އަލާރާ ދެލޯ މަރާލި ހިނދު ހީވީ އެ ފިރިހެންވަންތަ ހިނިތުންވުމުގައި ޒެވިއަލް ކުރިމަތީގައި ހުރެ ގޮވާލިހެންނެވެ. ”ޒެވްވްވް“ ކުއްލިއަކަށް ލޯ ހުޅުވާލެވުނު އިރު ސިހިފައި އަލާރާއަށް ގޮވާލެވުނެވެ. ނަމަވެސް ވަހްމެއްކަން އެނގި ހިތާއި ދިމާ މޭގައި އަތްއަޅާލައިގެން ހުރެ އަލާރާއަށް އިހުނަށް ވުރެން ބޮޑަށް ރޮވެމުން ދިޔައެވެ.
****
”ޒެވް.. އައިމް ސޮރީ“ އެތައް އިރެއް ވަންދެން އެގޮތުގައި އަލާރާ ރޯން އިނެވެ. ބާތްރޯބް ގަޔަށް މަހާލައިގެން، އަލާރާ ދޮރު ހުޅުވާލީ ފާހާނަ ދޮރުމަތީގައި ހުރެ ސޯފިއާ ގޮވާތަ ބައިގަޑީ އިރެއްހާ ފަހުންނެވެ.
”އަލާ.. އައި ތޯޓް ކަމެއް ވީ ކަމަށް.. ބިރުން ނާޒާއަށް ވެސް ގޮވައިފިން މިހާރު“ އަލާރާ ހުރިގޮތް ފެނި ސޯފިއާގެ ހިތައް ތަދުވިއެވެ. މުޅި މޫނަށް ވަނީ ރުއިމުގެ ސަބަބުން ފިޔާތޮށިކުލަ ފާއްދާލާ ފައެވެ. ދެލޯ ވެސް ދުޅަކަމުން، ސޯފިއާ ބިރުގަންނަގޮތްވިއެވެ.
”ކިހިނެތްވީ މެޑަމް“ ނާޒާ އައިސް ގޮވާލިއެވެ. މިހާރު ރަނގަޅުކަމަށް ބުނެ ނާޒާ ފޮނުވާލުމަށްފަހު، އަލާރާގެ މޫނަށް ނަޒަރެއް ދެމުން ސޯފިއާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
”އާރ ޔޫ އޯކޭ“ ވޯޑްރޯބް އިން އެންމެ އަވަހަށް އަތުޖެހުނު ހެދުން ނެގުމަށްފަހު އަލާރާގެ އަތައް ދިއްކޮށްލަމުން ސޯފިއާއަހައިލިއެވެ. އެކުވެރިޔާގެ މޫނު ފެނުނު ފެނުނުހެން އޭނާއަށް ހުރީ ރޮވޭގޮތްވެފައެވެ. ހަރަކާތެއްވެސް ނުގެނެސް ހުރެފައި އަލާރާ ރޯންފެށީ ސޯފިއާއައިސް ހެދުން ވެސް ލައްވާދިން ފަހުންނެވެ.
”އަ..އަހަ..އަހަރެންގެ ލޯތްބަށް އެދި ޒެވް އާދޭސް ކުރީމަ ވެސް އަހަރެން ރިޖެކްޓް ކޮށްލީ..މި.. މި..މިއަދު އަހަރެން ކީއްވެ މި ރޮނީ.. އަހަންނަށް ނުބުނެވުނު އަހަރެން ލޯބިވާ ވަރު ވެސް“
”އަލާ ހިތްވަރުކޮށްބަލަ.. އިރާދުކުރެއްވީތީ ދެރަ ގޮތެއް ނުވާނެ.. ޒެވް އަށް ވެސް އެނގޭނެ އޭރު އަލާ ރިޖެކްޓް ކުރީ ކީއްވެކަން.. އަސްލު އަހަންނަކަށް ނޭނގޭ ތިދެމީހުންގެ ރިލޭޝަންޝިޕް ގޮސްފަ އޮތް ހިސާބެއް.. އަލާ ރަނގަޅިއްޔާ ކިޔައިދެވޭނެ ތަ“ ސޯފިޔާ އެދުނެވެ. އަލާރާ ބޯޖަހާލުމަށްފަހު ޒެވިއަލް އެގެޔަށް އައި ހިސާބުން ކަންތައް ވީ ގޮތް ކިޔައިދިނެވެ. ލޯފަން ކުއްޖެއްގެ ގޮތުގައި ހުރެމެ، އޭނާއަށް ނޭނގި ހުއްޓާއި ޒެވިއަލް ދެކެ ލޯބިވެވުނު ގޮތެވެ. ހުރިހާ ވާހަކައެއް އަލާރާ ނިންމާލިއިރު ސޯފިޔާގެ ހިތުގައި ޖެހުނެވެ. އަލާރާ އެހާ ލޯބިވާ ފަރާތަކާއި ވަކިކޮށްލުމަށް ޝަވަން މެން ކުރި ޕްލޭންތަކުގައި ކޮންމެވެސް ހިސާބެއްގައި އޭނާއަށް ބައިވެރި ވެވިފައިވާތީ އިތުރަށް ދެރަވިއެވެ. އޭނާއަށް އަނެއްކާވެސް މާފަށް އެދެވުނެވެ.
”ނޫނޭ ސޯފީ.. އެކަންތައް ބާއްވާ.. ސޯފީއަށް މާފް ކޮށްފީމޭ އެރޭ.. އެކަމަކު އަހަންނަށް..ޒެވް ގެއްލެނީބަ.. އަހަރެން ހިތް ބިރުގަންނަނީ..“ ވާހަކަ ދައްކަން އިނދެ އިނދެފައި އަލާރާއަށް މޫނުމަތީގައި އަތް އެޅުނެވެ. އެ ލޯތްބަށް ފުރަގަސް ދެވުނު ދުވަހުގެ މަންޒަރު ސިކުނޑީގައި ރޯލްވަމުން ދިޔައިރު ދެލޯ މަރާލާ ފިއްތާލެވުނެވެ.
”ނޫނޭ އަލާ.. މިބުނީނު އިރާދުކުރެއްވިއްޔާ އެއްވެސް މީހަކަށް ދެރަގޮތެއް ނުވާނެ އޭ..ހިނގަބާލަ ރެޑީވެގެން ހޮސްޕިޓަލަށް ދާން.. ނަމާދު ކޮށްގެން ދާނީ ދޯ..އަހަރެންވެސް ވަރަށް ދުވަހަށް ފަހު މިއަދު މި އަރަން އުޅެނީ ނަމާދަށް.. ގިނަގިނައިން ދުއާ ކުރަމާ.. ޒެވް ރަނގަޅުވާނެ އިރާދަ ކުރެއްވިއްޔާ“ އަލާރާގެ އަތުގައި ހިފައި ސޯފިއާ ކޮޅަށް ނެގިއެވެ. ދެ އަންހެން ކުދިން ނަމާދު ކޮށް ނިމިގެން ތެދުވިއިރު ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އިވިގެން ސޯފިޔާ ގޮސް ހުޅުވާލިއެވެ.
”އެއްޗެއް ކައިފިންތަ“ އަރްކާން ވަދެގެން އައިސް އަހާލީ އަލާރާގެ މޫނަށް ބަލާލަމުންނެވެ. ގެއަށް އައިސް ފެންވަރާ ތާޒާވެލައިގެން އަރްކާން ފުރަތަމަ ވެސް އައީ އަލާރާ ދެކިލުމަށެވެ. އެ މޫނު އޭނާގެ ހިތައް ކުރުވީ ހިތްދަތި އަސަރުތަކެކެވެ. އެތައް އިރަކު ރޮއިފާ ވާކަން އެ ދެލޮލުން ހެކިދެއެވެ. އޭނާ ދޭން އައި ހަބަރު ދިނުމުން ވާނީ ކިހިނެތްބާއޭ ހީވެ އަރްކާންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަރްކާން ދެވަނަ ފަހަރަށް ސުވާލް ތަކުރާރް ކޮށްލުމުން ހަމައެކަނި ބޯ ހޫރުވާލިއެވެ.
”އެކަމަކު އެއްޗެއް ކާން ވާނެ އެންނު“ އަލާރާގެ ކައިރީގައި އީށީންނަމުން އަރްކާން ބުނެލިއެވެ.
”ޒެވް..ކިހިނެތް“ އަލާރާ އަހައިލިއެވެ. ފުރަތަމަވެސް އަރްކާން ވިސްނައިލީ އެ ސުވާލަށް ޖަވާބު ދޭނެ ގޮތަކާއި މެދުގައެވެ. އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ. ޒެވިއަލްގެ ހާލަތު ކިއައީދީ ނިމުނު އިރު އަލާރާއަށް ގިސްލެވެމުން ދިޔަތަން ފެނި ގަޔާއި ކައިރިކޮށްލަމުން އަލާރާގެ ބޮލުގައި އަރްކާން ފިރުމާލިއެވެ.
”އަރްކާން .. އެބަ އަންނަން ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ގެއަށް ގޮސްލާފަ.. މަންމަ ކައިރިއަކަށް އަދި ނުދެވޭ.. ވަރަށް އަވަހަށް އަންނާނަން..“ ޒެވިއަލްގެ ހާލަތު އެނގުމުން ޖަޒުބާތީވެފައި ހުއްޓާ ސޯފިއާގެ މަންމަ ގުޅަން ފެށުމުން ފޯނު އަރްކާން އަށް ދައްކާލިއެވެ.
”އެންމެ ރަނގަޅު.. ޑްރައިވާރ ގެންގޮސްދޭނެ.. މިގުޅަނީ“ އަރްކާން ފޯނު ނަގަމުން ބުނެލި ހިނދު ސޯފިއާ މަނާކޮށްލިއެވެ.
”ނޫނޭ އިޓްސް އޯކޭ.. ބައްޕަ އެއަންނަނީ އޯ ބަލާ“ ސޯފިޔާ ހީލިއެވެ.
”އަލާ.. ބީ ބްރޭވް.. އައިލް ބީ ބެކް“ ސޯފިޔާ ނުކުންނަން ދަމުން އަލާރާގެ ގައިގާ ލުއި ގޮތަކަށް ބައްދާލުމަށް ފަހު ނުކުމެގެން ދިޔައެވެ.
”ޒެވްއަށް އަލާ ތި ގޮތައް ރޯކަން އެނގުނީމަ ކިހިނެތްވާނީ.. ހީ ވިލް ބީ ސޭޑް.. އޭނަ އެހާ ލޯބިވާއިރު ބޭނުމެއް ނުވާނެ އަލާގެ ދެލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވެއްޓޭތަން ދެކޭކަށް..“ އަރްކާން ޓިޝޫއަކުން އަލާރާގެ މޫނު ފުހެދެމުން ދިޔައިރުވެސް ތާޒާ ކަރުނުތިކިތައް ދެލޮލުން ފައިބަމުން ދިޔައެވެ.
”އީވާގެ ހަބަރެއް ވިތަ“ އަލާރާ އަހާލިއެވެ.
”ނުވޭ.. ކޯސްޓްގާޑާއި ސިފައިން ގުޅިގެން ހޯދަމުން ދަނީ..ހާސްނުވޭ ސަލާމަތްވެގެން އެނބުރިއަޔަސް ދެން ނުކުރެވޭނެ އީވާއަކަށް އެއްވެސް ކަމެއް“ އަރްކާންގެ އަޑުގައިވީ ޔަގީންކަމެވެ.
”މްމްމް ދޮންބެ އެއްޗެއް އަހާލަންތަ“ އަރްކާން ބުނަން ނުބުނަން ހުރެފައި ބުނެލިއެވެ. އަލާރާ ވަކި ރައްދެއް ނުދި ބޯޖަހައިލިއެވެ.
”ކޮން އިރަކު އަލާއަށް ފެންނަން ފެށީ..“އަރްކާން އަހާލިއެވެ. އަލާރާ އިތުރަށް ސިއްރު ކުރުމެއް ނެތި އެވާހަކަ ކިޔައިދިނެވެ. ކަޔާންއާއި ރައިހާ އާއިއެކު ހޮސްޕިޓަލަށް ދިޔަވާހަކަ އަލާރާ ބުނެލިއެވެ.
”ލިއާ އަށް ވެސް އެނގޭ“ އަރްކާން ދެލޯ ބޮޑުކޮށްލައިގެން ހުރެ އަހާލިއެވެ. އަލާރާ ބޯޖަހައިލިއެވެ. ދެން އަރްކާން އަހައިލީ އެމީހުން ޝަވަންގެ އަތްދަށުވި ރޭ ވެގެން ދިޔަ ގޮތުގެ ވާޙަކައެވެ.
“ މިހާރު އަލާއަށް ފެންނަކަން ނޭނގޭ މީހަކު ހިއެއް ނުވޭ ހުންނާނެ ހެންނެއް.. ޒެވް އަށް ވެސް ޝައްކުވެގެން އުޅުނީ.. ޔަގީންވާނީ ބައްޕަގެ ރިޒޯޓް އޯޕެނިންގް ނައިޓްގަ..އެރޭ އީވާ އައިސް ވަރަށް އަޑުގަދަކޮށްފަ ނުކުމަތް ވަގުތު، ޒެވް އައިސް ޓަކި ދޭން ފެށީ ކުޑަދޮރުގަ.. އަލާ ވަރަށް ބްރޯކް ވެފަ ހުރީ އެވަގުތު.. ދޮރު ހުޅުވި ވަގުތު ޒެވް އަލާގެ އަތުގައި ހިފާ ދަމައިގަތީ.. ޒެވް ބުނީ ސުވާލު ނުކުރަން .. ދެން ކުޑަ ދޮރުން ފުންމާލި ގަޑީގަ ފައިވާން ވެސް ގެއްލުން.. އެވަގުތު ބުނިން ފެނެއޭ އަލާއަށް..ހީ ސެއިޑް ހީ ނޯ އޭ..ދެން ވީ ގޮތަކީ ޒެވް އަލާ ގޮވައިގެން ދިޔައީ ޖެޓީއަށް.. އޭރު ލޯންޗެއް ރެޑީގަ އޮތް.. އަލާމެން އައި އިރުވެސް އޮތީ ސްޓާޓްކޮށްފަ ހަމަ އެރުމުން ވަގުތުން ނައްޓާލައިފި“
“ މާލެ ދިޔަ ގަޑީގަ ޒެވް ބުނީ.. ޝަވަންއަށް އޮޅިގެން އަލާގެ ފޯނަށް ގުޅުނު ވަގުތު ޒެވް ފޯނު ނެގިގޮތުގެ ވާހަކަ.. އެ ފޯނު ބާއްވާފަ އަލާ ހޯދަން އައީ.. ޒެވް ބުނި ހާސް ނުވާށޭ، ދޮންބެއަށް އެނގޭނެ އޭ މިކަންތައް.. ލިއާ އާއި ދޮންބެ އެންގޭޖްމަންޓްގެ ހަބަރު ދިނުމުން އަމިއްލައަށް އެދުނިން އަލާ ގެއަށް ލާފަ އަލުން ދާން.. އެކަމަކު އެކަންތަކަށް ވުރެން ބޮޑަށް ޒެވް ބޭނުންވީ އަހަރެން ސޭފް ކޮށްދޭން.. މާލެ އައިސް ޓެކްސީއެއްގަ ދިޔައީ ޒެވް ހުޅުމާލޭގަ ހުންނަ ގެޔަށް.. ގެއަށް ވަތްތަނާ ފަހަތުން އެބަޔަކު އައިސް ޒެވްގެ ބޮލުގަ އެއްޗަކުން ޖެހީ.. އޭގެ ކުރިން ގެއަށް އައި މަގުމަތީގަ ޒެވް ބުނި ގޭގަ އުޅޭނެ އޭ ބޭރު ތިން މީހުން..އޭގެން މީހަކު ފެނޭތޯ އަލާ ދުވެފަ ވަނީ އެތެރެއަށް.. ބަޓް އަލާގެ ފަހަތުން އެތެރެއަށް ވަދެފަ ކޮންމެވެސް ކަހަލަ ފޮތިގަނޑެއް ކަހަލަ އެއްޗެއް މޫނުމަތީގަ އެޅި ..ދެން އެއްގޮތަކަށް ވެސް ނޭގޭ ވީ ގޮތެއް..ހޭ ވެރިކަން ވީ އިރު ކުޑަ ކޮޓަރިއެއް ކަހަލަ ތަނަކު އިނދެވުނީ..“ އޭގެ ފަހުން ޒެވިއަލް އަލާރާ އެ ކުޑަކޮޓަރި ތެރެއިން ސަލާމަތް ކޮށްގެން ނެރުނު ހިނދު ހިނގައިދިޔަ ހުރިހާ ކަމެއް ކިޔައިދެމުން ދިޔައެވެ. އެރޭގެ ހާދިސާ އަސަރާއި އެކު ކިޔައިދީ ނިމުނު އިރު އަރްކާން އަޑުއަހަން އިނެވެ. އެވާހަކަތައް އިވުމުން ކުރި އަސަރުން އަރްކާންއަށް އަލާރާގެ ގައިގާ ނުހަނު ބާރަށް ބައްދާލެވުނެވެ. އަލާރާގެ ސަލާމަތައް ޓަކައި ޒެވިއަލް ވީ ގުރުބާނީގެ އަގު އަދާކުރާނެ ގޮތެއް ވެސް ނޭނގުނެވެ.
”ދޮންބެއަށް ކިހާ ހިސާބަކަށް އެނގޭ ވާހަކަތަ ޒެވް އެބުނީ“ ދެލޮލުން ކަރުނު ފުހެމުން އަލާރާ އެއްސެވެ. އަރްކާން ކިއައިދިނީ ޒެވިއަލް ގުޅައިގެން ދިޔަ ރޭ، އީވާގެ ހަގީގަތް އެނގުނުގޮތުގެ ވާހަކައެވެ. ބޭންކްއަށް ގުޅުމުން ސާރާގެ ފަހަތުގައި އެކައުންޓްއެއް ހުޅުވައިގެން އުޅުނީ އީވާކަމަށް އަރްކާން ބުންޏެވެ.
”ސާރާގެ ނަމުގަ އެހުރިހާ ޖަރީމާއެއް ހިންގީ.. އެމީހުންގެ ކަންކަން ކޮށްދޭ މީހުންނަށް ލާރިދޭން ކޮންޕެނީގެ ސޭފްއިންލާރި ނަގާފަ ހުރީ… އެވެސް ސާރާގެ ނަމުގަ އީވާއާއި ޝަވަން އަދި ނަސްރާމެން ފަހަތުގަ ތިބެގެން..ޒެވް ވަރަށް ދުވަހުން ސުރެން އެ މަސައްކަތް ކުރަމުން ދިޔައީ.. އެކަމެއް ނޭޏގޭ އަހަރެމެން ތެރެއިން އެކަކަށް ވެސް …އެރޭ ހުރިހާކަމެއް އެނގުމުން، އެރޭގެ ފަހުން އަޒުމް ކަނޑައެޅިން ހުރިހާ ކަމަކާއި ދެމީހުން އެކުވެގެން އުޅެން.. ޒެވް ބުނި ކަޔާންއާއި ނުލާ ނުވާނެ އޭ.. އެހެންވެ ކަޔާން ވެސް ބައިވެރިކޮށްގެން އުޅުނީ.. އޭނަގެ ފަރާތުން އެންމެ ބޮޑު އެހީއެއް ލިބުނީ.. އެންޑް ޝުހާދު ވެސް ވަރަށް ހެލްޕްފުލް.. އެނގޭތަ ޒެވް އަލާ ދެކެ ލޯބިވާ ކަން ދޮންބެ އަށް އެނގުނީ ވަރަށް ފަހުން.. ކުރިން ދުވަހަކު ވެސް ކަޔާން ވަކިން ބައްދަލެއް ނުކުރެ..މިބުނާ ދުވަހު ވަކިން ބައްދަލް ކުރަން އެދުނީމަ ދިޔުމުން ބުނީ ޒެވް އަލާ ދެކެ ލޯބިވާ ކަމަށް.. އެކަމަކު ޝަވަންއާއި ކައިވެނި ކުރުމަށް އަލާ އެއްބަސްވީމަ އިތުރު ޗޮއިސްއަށް ޒެވް އަށް ނެތް ވާހަކަ… އެކަމަކު ވެސް ދޮންބެ މަޑުކުރީ ޒެވް ބުނަންދެން.. ހުރެ ހުރެ ނުބުނި.. ރިޒޯޓްއަށް ދިޔުމަށް ރެޑީވަނިކޮން ލިއާ ގުޅާފަ ބުނީ ޒެވް ނުދާން އުޅޭ ވާހަކަ..ޒެވް އެހާ ލޯބިވާ އިރު އަލާ އެހެން މީހެއްގެ ހައްގަކަށް އަލާ ވެގެން ދާ ތަން ދެކެން ކިހާ އުނދަގޫ ވާނެ.“
”ދެން ކިހިނެތް ޒެވް ދިޔައީ ފަހުން“ މަޑުމަޑުން އިނދެފައި އަލާރާ އަހައިލިއެވެ.
”ދޮންބެ އައީ އަލާގެ ކައިރިއަށް އެވާހަކަ ދައްކަން ..އަލާއާއި ރައި ރޫމްގަ ތިބެގެން ދެއްކި ވާހަކަ ދޮންބެއަށް އަޑުއިވުން..ބުނީމެންނު ޒެވްދެކެ ލޯބިވެއޭ..އެކަމަކު ޝަވަން ބިރު ދައްކާ ވާހަކަ.. އެދުވަހު އެނގުނީ އަނިޔާ ކުރާ ކަން ވެސް.. މި ރޫމްއަށް އަންނަނިކޮން ޝަވަން ނުކުމެގެން ދިޔައީ…ހަޔާތުގަ ވެސް އެންމެ ރުޅިގަދަވި ދުވަސް އެއީ.. ދޮންބެ މިތަނަށް ވަންނަން ނުހަދާ އަލުން ލިއާއަށް ގުޅީ… ފޯނު ބާއްވާފަ، ޒެވްގެ ކައިރިއަށް ލިއާ ގޮސްފަ ބުނީ އަލާ ލޯބިވާ ވާހަކަ.. އަސްލު މިކަން ސޯލްވް ކުރަން އަހަރެމެން އެންމެނަށް ވެސް އީޒީ ވީސް ކަންނޭގެ ތިދެމީހުން އެކަކު އަނެއްކަކު ދެކެ ލޯބިވާކަން އެނގޭނަމަ…ލިއާއަށް އެކަނި އެނގިފަ އޮތީ ދެމީހުން ލޯބިވާކަން.. އެކަމަކު ޕްރޮޕޯސްކުރަން ޒެވް އުޅުން ދުވަހު ވީ ގޮތް އަލާ ކިޔައިދިން ގޮތުން ލިއާ ވެސް ހުރީ އެއްޗެއް ބުނަން ނޭނގިފަ..“
”ކަޔާންއަށް ވެސް އެނގޭ ޒެވް ލޯބިވާ ކަން އެކަމަކު އަލާ ލޯބިވާކަމެއް ނޭނގެ..އެކަމަކު ރައިއަށް އެނގޭ އަލާ ލޯބިވާ ކަން ބަޓް ޒެވްގެ ގޮތެއް ނޭނގުނީ.. އަލާ ބުނެފަ އޮތީ ރައިގެ ކައިރީގަ އެކަކުގެ ގާތުގަ ވެސް ނުބުނަން..ދެން ހުރީ ކަޔާން.. ޒެވް ނުބުނާށޭ ބުނީމަ އޭނަ ވެސް ހުރީ ނުބުނަން.. އެކަމަކު ދޮންބެ އަށް އެނގޭ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން.. ދެމީހުންގެ އުޅުމުން އެކަން ވަރަށް ސާފް..ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންގ އެއްގެ ތެރޭގަ އަލާއާއި ޒެވް އުޅުނީ.. ތިދެމީހުންގެ ސަބަބުން އެހެންމީހުން ވެސް ތިބީ އޮޅުންގަނޑެއްގެ ތެރޭގަ..އެހެންވެ މިހުރިހާ ކަމެއް ވެސް މިވީ.. އާވައްތަރަކަށް ދެމީޙުންނަށް ލޯބިވެވިފަ ތިތިބީ“ އަރްކާން ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން އަމިއްލަ މޮޔަކަން އިހްސާސްވެ އަލާޜާ ދިޔައީ ޒާތަކަށް ލަދުގަންނަމުންނެވެ. ހުރިހާ ވާހަކައެއްގެ ތެރެއިންވެސް އޭނާ ދެކެ ޒެވިއަލް އެހާ ބޮޑަށް ލޯބިވާކަން އެނގުމުން ހިތައް ވެރިވީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.
”މިބުނާ ދުވަހު..އާފްޓާރ މައި ކޯލް.. މިބުނީނު ލިއާ ބުނި ވާހަކަ ޒެވް ކައިރީގަ އަލާ ވެސް ލޯބިވެއޭ.. އެންޑް ހީ ފައިނަލީ އެގްރީޑް ދާން… ދޮންބެ ގުޅި ވާހަކަ ނުބުނެ، އެރޭ އެހިނގާ ދިޔަ މިސްއަންޑަސްޓޭންޑިންގ ލިއާ އެންމެފަހުން ޒެވްއަށް ކްލިއާރ ކޮށްދިނީ… ދެން އެކޮޅަށް ގޮސް އެންމެ ފުރަތަމަ ވެސް ދޮންބެއާއި ޒެވް މީޓް ކުރީ.. ހަމަ ދިޔަ ގޮތައް ވަކިން ބައްދަލް ކޮށްފަ ބުނީ ތިމަންނަ އަލާ ދެކެ ވަރަށް ލޯބިވެއޭ.. ފާޑަކަށް ހިނިވެސް އައި.. ދެން ދޮންބެ ވެސް ބުނިން ލިއާ ގެ ވާހަކަ..އައުމުގެ ކުރިންވެސް އެނގޭނެ ޒެވްއަށް ދޮންބެއާއި ލިއާގެ ރިލޭޝަންޝިޕް އަދި އެރޭކުރި އެންގޭޖްމަންޓް ގެ ހަބަރު.. ހެނދުނު ހެނދުނާ ބޮޑު މެސެޖެއް ކޮށްފަ ދޮންބެ އިންނާނީ.. އެހެންވެ ފުރަތަމަ ވެސް ޒެވް ބުނީ ލިއާ ބޭނުން ވަންޏާ ތިމަންނައަށް އަލާ ދޭށޯ..ދެން ޒެވް އެހިސާބުން ޕްލޭން ޗޭންޖް ކުރީ.. އަލާ ހޯދައިގެން ވީ އެންމެ އަވަހަށް ދާން ޕްލޭން ކުރީ… އޭނާ ދިޔައީ އަލާ ހޯދަން .. ދެން އޭގެ ފަހުން ހަބަރެއް ނުވެގެން އަހަރެމެން އެންމެން ވަރަށް ގުޅާ ގުޅާ ބަލިވި ފަހުން ފޯނު ނެގީ ވަރަށް ލަސްވެފަ ހުއްޓަ..ފުރަތަމަ ވެސް އެއަޑު ޖެހުނީމަ ވެސް އެނގުން ކަންކަން އެހާ ރަނގަޅު ނޫން ކަން.. ހީ ސެއިޑް އަލާ ރިޖެކްޓް ކުރި ވާހަކަ.. ދެން ފޯނު ކަނޑާލި.. އެހިސާބުން ގޮތް ހުސްވެފަ ހުއްޓާ ބައްޕަ ގޮވައިގެން ވަނީ އިވެންޓް ހޯސްޓް ކުރަން.. އަނެއްކާވެސް މަޑުކޮށްލައިގެން ހުއްޓަ ސްޓޭޖުން ފޭބި ގަޑީގަ ދެން ގުޅީ.. ބުނި ޝަވަންގެ ފޯނު ކޯލްގެ ވާހަކަ.. އަލާގެ ރޫމް އިން ނުކުތް ވަގުތު މޭޒުމަތީގައި އޮތް އަލާގެ ފޯނު ރިންގުވަމުން ދިޔަތަން ފެނި ނެގީ އޯ އަލާ ވެސް ރޫމްގަ ނެތީމަ… ދެން ޝަވަން ވީމަ ޒެވް ވެސް ހުރީ ހަދާ އެއްޗެއް ބަލަން ފޯނު ނަގާފަވެސް ވާހަކަ ނުދައްކާ..އެވާހަކަ ބުނެފަ އެދުނީ ވީހާ ވެސް އަވަހަކަށް ލޯންޗް ރެޑީކޮށްދޭން“
”އެންމެ ފަހުން ޒެވްއާއި ކޮންޓެކްޓް ކުރެވުނީ އެގަޑީގަ.. މެސެޖް ކޮށްފަ ބުނި ހުޅުމާލެއަށް ގެންދާ ވާހަކަ.. ލިއާއަށް ބަލަން ބުނީ“ އަރްކާން ކިޔައިދިނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އަލާރާ ބޯޖަހައިލިއެވެ.
”އަލާ.. ދޮންބެ ބުނާނީ ޒެވް އެކަމުން ސަލާމަތް ވީމަ ވީހާ ވެސް އަވަހަކަށް ޒެވް ދެކެ ލޯބިވާ ވާހަކަ ބުނާށޭ.. ޒެވް ވަރަށް ބޮޑަށް އަލާ ދެކެ ލޯބިވޭ.. ދުވަހަކު ވެސް އަންހެންކުއްޖަކާ ދިމާ ބަލާ ވެސް ނުލާ އެކަމަކު އަލާ ފެނުނީންސުރެން އަލާއަށް އޭނާ ޓްރީޓް ކުރަމުން އައި ގޮތް މި ލޮލުން ދުށިން.. ޖޮބްއަށް ވިއަސް އޭނާ އަލާ ގެންގުޅެދިނީ ވަޒީފާއެއް އަދާކުރާ ބީދައިންނެއް ނޫން… ޒެވް ބަލަން ހުންނަގޮތާއި އަލާ ފެނުނީމަ ހީލާ ގޮތުން އެނގޭ.. އަލާ ނޫން އެހެން އަންހެން ކުއްޖަކަށް ހީލިތަނެއް ދޮންބެ ނުދެކެން.. ކުރިން އެކުގަ އުޅުނު އިރުވެސް..“ އަލާރާގެ އަތުގައި އަރްކާން ހިފާލިއެވެ. ކަރުނައިގެ ތެރެއިން ވެސް އަލާރާ ބޯ ޖަހައިލިއެވެ. އެރޭ ދިޔުމުގެ ކުރިން ޒެވިއަލް އާއި އެކު ހޭދަވި ވަގުތުކޮޅު ހަނދާންވެ ދެލޯ މަރާލެވުނެވެ.
”ދެމީހުން ހާދަ ނުބައި ޖަރީމާއެކޭ ތި ހިންގާލީ.. ކޮއްކޮމެން ޔޫސް ކޮށްގެން ޓްރޭޑް ކޮށްލީ“ އަލާރާގެ ޖުމްލައިން އަރްކާން ނޫނެކޭ ބުނެ ކުޑަކޮން ހޭންފެށިއެވެ. ތުން ދަމާލައިގެން އިން އިރު އަލާރާގެ ތުންފަތައް ވެރިވި ހިނިތުންވުން ފުޅާވިއެވެ. ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަރްކާންގެ ކޮނޑުގައި ބޯ އަޅާލިއެވެ.
ދެމީހުން އެހެން ތިއްބާ ދޮރު ހުޅުވާލުމަށްފަހު ހަފީޒާ އާއި ހައުލާ ވަދެގެން އައެވެ. ހަފިޒާގެ ދުވަސްވީ މޫނުމައްޗަށް މިއަދު އިތުރު ދިރުމެއް ލިބިފައިވީ ފަދައެވެ. އެހާ ގައި ބާރު ދެރަވެފައިވީ އިރު ވެސް އަލާރާ ފެނުމުން ދުވެލާފައި އައިސް ބައްދާލިއެވެ. ”މާމަގެ ދަރިފުޅާ“ ހަފީޒާ، އަލާރާގެ ގައިން ދޫވެސް ނުކޮށްލިއެވެ.
އަލާރާގެ ނިތުގައި ހަފީޒާ ބޮސް ދެމުން ދިޔަ ވަގުތު އަލާރާއަށް ރޮވުނެވެ. މާމަގެ ގައިގާ ދެއަށް ވަށައިލި އިރު ނުހަނު ބާރުކޮށްލެވުނެވެ.
”އަރްކާން ކޮބާ ލިއާ..“ ހަފީޒާއާއި އަލާރާއާއި ދިމާ ބަލަހައްޓައިގެން ހުރި އިރު ހައުލާ ފެންކަޅިވެފައި ހުރެ އަހައިލިއެވެ. އެމަންޒަރު ފެނި ޝާތިރްގެ މަތިން ވެސް ހައުލާ އިންތިހާއަށް ހަނދާންވިއެވެ. އިތުރަށް ޖަޒުބާތީ ވާގޮތްވެ ހިންދިރުވާލެވުނެވެ. ނަމާދު ކޮށްލަން މައްޗަށް ދިޔަ ވާހަކަ ބުނެފައި އަރްކާން އެއްކައިރިވެލީ ޕޮލިސް ސްޓޭޝަނުން ގުޅަންފެށުމުންނެވެ.
”ހޮސްޕިޓަލަށް ދުރުވެވޭނެ ތޯ ވަރަށް އަވަހަށް..“
”ކިހިނެތް ތޯ ވީ“ ހޮސްޕިޓަލަށް ދިޔުމަށް ބުނުމުން އަހާނުލާ އަރްކާންއަށް ނުހުރެވުނެވެ. އެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އަވަހަށް އައިސްދިނުމަށް އެދުނެވެ. ކޮން ހޮސްޕިޓަލަކަށް ތޯ އެހުމުން ޒެވިއަލް ބޭއްވިފައިވާ ހޮސްޕިޓަލްގެ ނަން ބުނުމުން އަރްކާން ރައްދު ދިނުމަށްފަހު ފޯނުބޭއްވިއެވެ.
”ސޮރީ މާމާ ދާން ޖެހިގެން.. ދޮންތަމެން މަޑުކުރާނަން ދޯ“ އަރްކާންގެ ޖީބަށް ފޯނު ލަމުން ބުނެލިއެވެ. ހައުލާ އާއި ހަފީޒާ އެކުއެކީގައި ހެން ބޯ ޖަހައިލުމުން އަރްކާން ކޮޓަރިން ބޭރަށް ނުކުމަތެވެ.
”ހާދަ ނުގަޑިއެއްގަ ކިހިނެތް ވީބަ..“ ވިސްނުމަކަށް ގެއްލި ހުރެފައި އަރްކާން ދިޔައީ ދިޔުމުގެ ކުރިން ލިއާނާ ދެކިލުމަށް މައްޗަށްށެވެ. ނަމަވެސް ސިޑިއާއި ހިސާބުން ރައިހާ ފެނުމުން ލިއާނާއަށް ނިދިފައިވި ހަބަރު ލިބިގެން ނުވަދެ އަރްކާން ބޭރަށް ނުކުތެވެ.
ގެއިން ނުކުމެ ނުކުމެ ހުއްޓާ ގަރާޖުން ޝުހާދު ކާރު ނެރެގެން އައިސް ގޭޓްގެ ކައިރިއަށް މަޑުކޮށްލިތަން ފެނި އަރްކާންއަށް ހުއްޓިލެވުނެވެ.
”ހަމަ ހޯދަން ދާން މިއުޅެނީ“ ޝުހާދު އަށް އަރްކާން ފެނިގެން ކައިރިއަށް އައިސް ހުއްޓުނެވެ.
”ޕޮލިސް ސްޓޭޝަނުން ދެންމެ ގުޅި“ ޝުހާދު ބުނެލުމާއި އެކުހެން އަރްކާންއަށް ވެސް ގުޅި ހަބަރު ދިނެވެ. ނަމަވެސް އަރްކާން ހުރި ގޮތުން ވެގެން އުޅޭ ގޮތުގެ ހިލަމެއް އަދި ނުވާކަން ޝުހާދުއަށް އެނގުނެވެ.
”ޔަގީން އީވާ ފެނުނު ކަން ނޭނގޭކަން“ ބުމަ އަރުވާލައިގެން ހުރެ ޝުހާދު ބުނެލިއެވެ. އެހިނދު ކާރަށް އަރަން ހިއްލާލި ފައި ތިރިކޮށްލެވި ފަސް އެނބުރި ޝުހާދުގެ މޫނަށް ބަލައިލެވުނެވެ. އެ މޫނުމަތިން އޭނާ ސިހުނުވަރު ހާމަވެއެވެ. އެކަން ޔަގީން ކޮށްދޭފަދައަކުން ޝުހާދު ބޯޖަހައިލިއެވެ. އިތުރު އެއްޗެއް ނުބުނެ ކާރަށް އަރައިގެން ދެމީހުން މިސްރާބު ޖެހީ ހޮސްޕިޓަލަށް ދިޔުމަށެވެ.
***
”މަންމާ..“ އަޖުވަދާއި އެކު ގެއަށް ވަދެގެން އައި ސޯފިއާ ފެނި ލިވިންގރޫމު ސޯފާގައި އިށީންދެ އިން ހުދާއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ކަރުނުން ފުރެން މާގިނަ އިރެއް ނުނެގިއެވެ. އެތައް ދުވަހަކަށްފަހު ލޯބިވާ އަންހެން ދަރިފުޅު ފެނުނު އިރު ހުދާއަށް މާގިނައިރެއް ވަންދެން ކެތެއް ނުކުރެވުނެވެ. އަޑުން އަޑު ނަގައި ރޯންފެށުނެވެ.
“މަންމާ…މަންމާ އައެމް ސޮރީ“ ދުވެލާފައި ގޮސް ސޯފިއާއަށް ހުދާގެ ގައިގާ ބައްދާލެވުނެވެ. ސޯފިއާގެ ފަހަތުން ސާމިން ވެސް ބައްދާލިއިރު މަންމައާއި ކޮއްކޮއަށް ވެފައިވާ ގޮތުން ޖަޒުބާތީ ވާގޮތްވިއެވެ.
”ދެން ދުވަހަކު ވެސް އެހެނެއް ނޫޅޭނަން.. އައި ޕްރޮމިސް..“
”މަންމާ..ވަރަށް އުފާވެއްޖެ މިއަދު ދަރިފުޅަށް ވިސްނުނީމަ.. ތާއަބަދު ހިތާމަ ކުރަމުން ދިޔަ ކަންތައް މިއީ.. އެންމެ އަންހެން ދަރިއެއް ހުރިއިރު ތަހައްމަލް ކުރަންޖެހުނު ކަންތައްތަކަށް ނިމުމެއް ގެންނަން ހާދަ ބޭނުންވިއޭ.. އަބަދުވެސް އިންތިޒާރުކުރެވެނީ ދަރިފުޅަށް ހެޔޮ ވިސްނުން ލިބިގެން މަންމަގެ ގާތައް އަންނާނެ ދުވަހަކަށް..“ ހުދާގެ ކަރުނަތައް ހުއްޓެން އިރުގަނޑެއް ނެގިއެވެ. އެތައް ޝަކުވާއެއް ސޯފިއާއާއި ކުރެވުނެވެ. ހުދާ ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް ސޯފިއާ އަޑުއަހަން އިން އިރު ބޯ ޖަހަމުންދިޔައެވެ. މާޒީގައި ހެދިފައި ހުރި ގޯސްތަކަށް އެތައް ފަހަރަކު މާފަށް އެމުން ދިޔައެވެ.
”ކޮބާ ދޮންބެ ދައްތަ “ ސާމިންއާއި ދިމާ ބަލައިލަމުން ސޯފިއާ އަހައިލި ހިނދު، އޭނާ ދައްކައިލީ އެމީހުންނާއި ތަންކޮޅެއް ދުރުގައި ހެވިފައި ހުރި އޭނާގެ އަންހެނުން ނުހާ އެވެ. ސޯފިއާ ހިނިތުންވުމަކާއި އެކު ގޮސް ނުހާގެ ގައިގާ ބައްދާލަމުން މާފަށް އެދުނެވެ. އޭނާއަށް ނުހާއާއި މެދުވެސް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ރާއްޖެތެރޭގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުން އަބަދުވެސް އުޅެވިފަ ހުރީ ނުހާއާއި ނުހަނު ބޮޑަށް ޖައްސާލައިގެންނެވެ.
***
އަރްކާންއާއި ޝުހާދު ލިފްޓުން އަރައިގެން އެންމެ ފުރަތަމަ ވެސް ގޮސް ވަނީ ޕްރައިވެޓް ކޮޓަރިތައް ހުންނަ ފްލޯއަކަށެވެ. ލިފްޓުން ފެށިގެން މުޅި ފްލޯގެ އެކި ހިސާބުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު ތަން އޮތީ ނުހަނު ބޮޑަށް ގާޑްކުރެވިފައެވެ.
އަރްކާން ފެނުމުން އީވާ ބޭއްވިފައިވާ ކޮޓަރީގެ ދޮރުމަތީގައި ވާ އޮފިސަރު އެއްކައިރިވެލިއެވެ. އަރްކާން ވަނުމުން ޝުހާދުވެސް މަޑުކޮށްލީ ބޭރުގައެވެ.
އެތެރެއަށް ވައިން އިރު އިތުރު ދެ އޮފިސަރުން ތިއްބެވެ. އީވާ ބޭއްވިފައިވި އެނދުގެ ކައިރީގައި ޑޮކްޓަރަކާއި ނަރުހަކު ވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
”އަޅުގަނޑުމެންނަށް އީވާ ފެނުނީ ސަފާރީ އޮތް ހިސާބާއި ވަރަށް ދުރުން އޮޔާއި ދަނިކޮން… ފުދޭވަރަކަށް އަނިޔާވެފަ ހުރީ… ހޭވރިކަމެއް ނުވޭ ފެނުނުއިރު އެކަމަކު ވިންދު ހުރީމަ އަވަސް ފަރުވާދީފަ މިކޮޅަށް ވެސް ގެނައީ.. ބޮޑަށް ލަފާ ކުރެވެނީ އެގަޑީގަ އެތެރެއަށް ވަދެ ސަފާރީ ގޮވުމުގެ ކުރިން އަނެއް ފަރާތުން އީވާ ފުންމާލީ ކަމަށް…“ އޮފިސަރު އަރްކާންއަށް ކިޔައިދީފައި އީވާއަށް ލިބިފައިވާ އަނިޔާތައް ވެސް ތަފްސީލް ކޮށްދިނެވެ. އީވާގެ ހަށިގަނޑުން އެކި ހިސާބުތައް ފިހިފައިވާއިރު ކޮންމެވެސް ތަނެއްގައި ޖެހި ބޮލަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
އަރްކާން، އީވާއާއި ކައިރިވެލިއިރު ދެލޯ މެރިފައިވާއިރު ހިސާބެއްގެ ވަރުބަލިކަމެއް އެ މޫނުމަތީގައިވިތަން ފެނި އަރްކާންގެ ހިތުގައި ހަމްދަރްދީ އުފެދިގެން ދިޔައެވެ. އީވާގެ ބޮލުގައި ބެންޑޭޖް ގަނޑެއް އަޅާފައިވާއިރު ނިތްކުރި މަތިން ވެސް ތަންކޮޅެއް ފިހިފައިވެއެވެ. ބޭއިހްތިޔާރުގައި އަރްކާންއަށް އީވާގެ އެނދާއި މަގަތައް ޖެހިލެވުން އިރު މަޑުމަޑުން އެއަތް ހަރަކާތް ކުރިއެވެ. އީވާ މޫނާއި ޖެހޭ ނުޖެހޭ ހިސާބަށް އަތް ކައިރިވި ހިނދު ކުއްލިއަކަށް އަރްކާން އަށް ހަމަހޭވެރިކަން ވިއެވެ. އަވަސްއަވަހަށް އަތް ދުރުކޮށްލެވުނު އިރު ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލިއެވެ. ޒެވިއަލް އެންމެ ފަހުން އޮތްގޮތް ސިފަވެގެން ދިޔަ ހިނދު އެ މޫނަށް ރުޅި ވެރިކަން ވެރިވާކަށް މާގިނަ އިރެއް ނުވިއެވެ.
”ހޭ އެރިހާ އަވަހަކަށް ގޮޅިއަށް ގެންދޭ.. އާއިލާއަކުން މީނައަކާ ހަވާލެއް ނުވާނަން“ އެންމެ ގާތައް ހުރި އޮފިސަރު ކޮނޑުގައި ޖަހާލަމުން އަރްކާން އެތަނުން ނުކުމަތީ ހުންނަން ބޭނުން ނުވެގެންނެވެ.
”ހާދަ އަވަހަކަށް.. ހުރިހާ ކަމެއް ރަނގަޅުތަ“ ކޮޓަރީގެ ބޭރުގައި ޖަހާފައިވާ ސޯފާތަކުން ސޯފާއެއްގައި އިށީންދެ އިން ޝުހާދު ތެދުވެ އަރްކާންއާއި ހަމަކުރިއެވެ. އަރްކާން ވަކި އެއްޗެއް ނުބުނެ ރައްދުކޮށްލީ ހިތި ހިނިތުންވުމެކެވެ. އެއަމަލުން ޝުހާދުއަށް ވެސް އިތުރަށް އަހާކަށް ނުކެރުނެވެ. އަރްކާންގެ ކޮނޑުގައި ޖަހާލަމުން އޭނާގެ ފަހަތުން ޝުހާދުވެސް ލިފްޓަށް އަރައިގެން ދިޔައެވެ.
***
އިރުގެ ރަންދޯދިތަކުން ފަޒާ ދިއްލާލި އިރު އެއް ބައެއްގެ ހިތްތަކަށް ދިރުން ގެނެސްދިން އިރު އަނެއް ބައެއްގެ ހިތްތައް މިލާ މޯޅިކުރުވިއެވެ. ހޮސްޕިޓަލްގެ ވީއައިޕީ މީހުންނަށް ހާއްސަކުރެވި ފައިވާ އޮޕަރޭޝާން ތީއޭޓަރުގެ ކުރިމަތީގައިވާ ސޯފާތަކުގައި އާއިލާގެ މެމްބަރުން ތިބިއިރު އެންމެންގެ ހިތްތައް ތެޅެމުން ދިޔައީ ޑޮކްޓަރުން ދޭނެ ޖަވާބަކާއި މެދު ވިސްނިފައެވެ. ތީއޭޓަރުގެ ދޮރުގެ މައްޗަށް ވާހެން އިން ސްޓޭޓަސް ބޯޑު ރަތްކުލައިން ދިއްލިފައިވާ އިރު އޮޕަރޭޝަން ނިމެން ބާކީ ތިރީސް މިނެޓް އިން ކަމަށް އަރާފައިވެއެވެ.
”ޑޮންޓް ވޮރީ ބޭބީ.. އަމް ވިތް ޔޫ“ އަރްކާން އާއި ލިއާނާ ތިބީ އެހެން މީހުންނާއި އެކަހެރިކޮންވާ ސޯފާއެއްގައެވެ. އަރްކާންގެ އަތުގެ ތެރޭގައިވާ ލިއާނާގެ މަޑު އަތްތިލައަށް ފިތާލިއެވެ. ލިއާނާގެ ދެލޮލުގައި ވާ ރަތްކަން އަދިވެސް ނުކެނޑި ހުއްޓެވެ. އެ އަތުގައި އުފެދިފައިވި މަޑުމަޑު ތުރުތުރު އަރްކާން އަށް އިޙްސާސްވެ ގަޔާއި ކައިރިކޮށްލިއެވެ.
”އަމް އެފްރެއިޑް“ އަރްކާންގެ މޭގައި ބޯ އަޅާލެވުނު އިރު ލިއާނާއަށް މަޑުމަޑުން ބުނެލެވުނެވެ.
”އިންޝާﷲ ދެރަގޮތެއް ނުވާނެ .. ލެޓްސް ހޯޕް ފޯރ ދި ބެސްޓް..އެއްވެސް ޑޮކްއެއް ވެސް ނާންގައެންނު ގޯސްކަމެއް ހިނގިވާހަކައެއް.. އުއްމީދު ކަނޑާލާކަށް ނުވާނެ އެހާ އަވަހަކަށް“ ލިއާނާގެ ބޮލުގައި ފިރުމާލަމުން އަރްކާން ނުހަނު ލޯބިން ބުނެދިނެވެ.
”އަލާ ދައްތަ ރަނގަޅު ތަ“ ލިއާނާ ކުއްލިއަކަށް ހަނދާންވެގެން އަހާލިއެވެ. އަރްކާން ބޯ ޖަހައިލުމަށްފަހު އޭނާއާއި އަލާރާގެ މެދުގައި އިއްޔެ ދެކެވުނު ވާހަކަތައް ލިއާނާއަށް ކިޔައިދިނެވެ. ލިއާނާގެ ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
”ދޭ ޑިޒާވް އޯލް ދަ ހެޕިނެސް އިން ދި ވޯލް..“
”ޔެސް… ލުކް އެ އަންނަނީ އަލާ“ ލިއާނާއަށް ޖަވާބު ދެމުން އަރްކާން ދައްކައިލީ ސޯފިއާއާއި އެކު ވަދެގެން އައި އަލާރާއެވެ.
”ލިއާނާ“ އެންމެންގެ ނަޒަރު ހުއްޓުނީ އޮޕަރޭޝަން ތީއޭޓަރުގެ ދޮރު ހުޅުވާލުމަށްފަހު ނުކުމަތް ޑޮކްޓަރު ސްލައިމާން ފެނިފައެވެ. އިންތަނުން ތެދުވެ ސްލައިމާންގެ ކައިރިއަށް ނުހަނު ހަލުވިކޮން ހިނގާލާފައި ލިއާނާ ދިޔައެވެ.
”ދޮންބެ ރަނގަޅުތަ“ އަވަސްވެފައިވާ ހިތަކާއި އެކު ލިއާނާއަށް އަހާލެވުނެވެ. ހިނިތުން ވުމަކާއި އެކު ސްލައިމާން ބޯޖަހާލިއެވެ.
”އަލްހަމްދުލިއްލާހް“ އެހިނދު އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނުތައް ލިއާނާގެ ދެލޮލުން ފައިބައިގަތެވެ. ސާލިޔާއާއި ޒާފިރް ފަދައިން ޒެވިއަލް އޭނާ ދޫކޮށްފައި ގޮސްފާނެކަމުގެ ބިރު އެހިތުގައި އުފެދިފައިވީ އިންތިހާއަށެވެ. އޭނާއަށް އެދެވުނީ ޒެވިއަލް ދެކިލުމުގެ ފުރުސަތަކަށެވެ.
”ލައްބަ އޮފްކޯޒް.. އެކަމަކު ކުރީ ފަހަރު ހެން ތިންބޭފުޅަކަށް ވަދެވޭނީ.. ޒެވިއަލްގެ ހާލަތާއި ބެހޭގޮތުން އިތުރަށް ކިޔާލަދޭން ބޭނުންވާ އެއްޗިހި އެބަހުރި.. ވަދެލަން ވީނޫންތޯ“ ސްލައިމާން އެއްފަޜާތަކަށް ޖެހިލުމަށްފަހު ލިއާނާ ވަނުމަށް ތަންދެއްކިއެވެ. ލިއާނާގެ ފަހަތުން އަރްކާން ވައިންއިރު ދެން ވަނީ އަޒީޒްއެވެ. ސާޖިކަލް މާސްކާއި ރަބާރ ގައުން ގަޔަށް މަހާލައިގެން ތިންމީހުން ސްލައިމާން އާއިއެކު ގޮސް މަޑުކޮށްލީ ޒެވިއަލް ބާއްވާފައިވާ އެނދު ފެންނާނެހެން ދުރުގައެވެ. އެންމެ ބޮޑަށް ވެސް ކައިރިވެވުނީ ބިއްލޫރި ބިތާއި ހަމައަށެވެ.
”އަލްހަމްދުލިއްލާހް ބާވީސްގަޑިއިރާއި ތިރީސްމިނެޓްގެ އޮޕަރޭޝާން ކާމިޔާބް..މިރެކްލް އެކޭ ބުނެވޭނީ..ބިކޯޒް ސްޕައިނަލް ކޯޑްއަށް ވާ އެވަރުގެ ބޮޑެތި ގެއްލުންތަކަކީ މަރުގެ އެތިފަހަރެއް ހަމަ. ވަރަށް ރެއަރ ސަކްސެސްއެއް ދުނިޔޭގެ ރޭޓްއަށް ބެލިނަމަވެސް.. އަލްހަމްދްލިއްލާހް.. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޒެވިއަލް މިވަގުތު ވަނީ ކޯމާއެއްގަ..“ ސްލައިމާން ކިޔައިދިނެވެ.
”ކޯމާ..“ ފެންކަޅިވެފައި ހުރެލިއާނާއަށް އަހާލެވުނެވެ. ސްލައިމާނު ބޯ ޖަހައިލުމަށްފަހު ގޮވާލީ އޭނާއާއި އެއްކޮން ދެން އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓާރ ފާއިޒްއަށެވެ. ދެމީހުންވެގެން ޒެވިއަލްގެ ހާލަތު ކިޔައިދިން ހިނދު ތިންމީހުންނަށް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.
”އޭރު ބުނެދިން ގޮތައް ޓްރާންސިއެންޓް ޕެރެލައިސިސް ވެފައިވާ އޭރިއާ ހަމަ އެގޮތުގައިވަނީ ..ހޭ އެރިހާ އަވަހަކަށް އިތުރު އެގްޒާމިން ހަދާލީމަ ވަކި އެއްޗެއް ބުނަން އެނގޭނީ.. މިވަގުތައް ހުރިހާ ކަމެއް ވެސް ބަރާބަރު.. އޮޕަރޭޝަން ނުކޮށް އެންމެ މިނެޓްއެއް ލަސްވި ނަމަވެސް ޒެވިއަލް ވަރަށް ބޮޑު ރިސްކަކަށް ދިޔައީސް.. އަލްހަމްދުލިއްލާހް.. ފައިވް އަވާރ ތެރޭގަ އިތުރު މައްސަލަ އެއް ނެތްނަމަ ޕްރައިވެޓް ރޫމްއަކަށް ޗޭންޖް ކޮށްލެވޭނެ.. މިވަގުތު ޕޭޝަންޓް އައި ސީ ޔޫ އަށް ލުމުގެ މަސައްކަތް އެ ކުރެވެމުންދަނީ.. ލިއާނާ ވަދެލަންވީނު ޒެވިއަލް ގެންދިޔުމުގެ ކުރިން..“ ފާއިޒް ބުނެލި ހިނދު އަވަސްއަވަހަށް ބޯޖަހާލުމަށްފަހު ނަރުހަކާއިއެކު ލިއާނާ އެތެރެއަށްވަނެވެ.
މެޝިންތަކުގެ ބީޕްއަޑުތަކުން މުޅި ކޮޓަރީގެ ހަމަހިމޭންކަން ވަނީ ނަގާލެވިފައެވެ. ޒެވިއަލްގެ ހަށިގަނޑުގެ އެތަން މިތަނަށް ގުޅާލެވިފައިވާ އެތައް ބައިވަރު ހޮޅިތަކެއް ވާއިރު، އަނިޔާއެއް ވެދާނެތީ ޒެވިއަލްގެ ގައިގަ އަތްލަން ވެސް ލިއާނާއަށް ޖެހިލުން ވިއެވެ. މަޑުމަޑުން ޒެވިއަލްގެ އަތުގައި ހިފާލުމަށްފަހު އެއަތްތިލާގައި ބޮސްދިނެވެ.
”ދޮ..ންބޭ އައި މިސްޑް ޔޫ“ ދެލޮލުން ވެއްޓުނު ކަރުނުތިއްކާއި އެކު ލިއާނާ ނުރުއިމަށް ކުރަމުން ދިޔަ މަސައްކަތް ބޭކާރުވިއެވެ. ނުރޯން ކިތަންމެ ހިތްވަރު ކުރި ނަމަވެސް ޒެވިއަލް އޮތް ނިކަމެތި ހާލުން ލިއާނާގެ ހިތައް ކެތެއް ނުވިއެވެ. މާ ބޮޑަށް ރޮވެންފެށުމުން ނަރުހަކު އައިސް ލިއާނާގެ އަތުގައި ހިފައިގެން ނެރުނެވެ. އެމީހުންގެ މޫނުމަތީގައިވެސް ވީ ހަމްދަރްދީއެވެ.
ޒެވިއަލް އައި ސީ ޔޫއިން ނެރެންދެން އެކަކުވެސް ނުގޮސް މަޑުކޮށްލައިގެން ތިއްބެވެ. ހަވީރުވާން އުޅެނިކޮން ޕްރައިވެޓް ރޫމަކަށް ބަދަލް ކުރެވުނު އިރު ފަހަރަކު މީހަކު ޒެވިއަލްގެ ގާތައް ވަންނަމުން ދިޔައެވެ. ނަމަވެސް އަލާރާގެ ގަޔަކު ޒެވިއަލް އޮތް ހާލު ދެކޭނެ ހިތްވަރެއް ނެތެވެ. އަރްކާން އައިސް ކިޔަން ފެށުމުން ވެސް ދާ ހިޔާލެއް ނުކުރިއެވެ. ޒެވިއަލް ބޭއްވިފައިވާ ކޮޓަރީގެ ބޭރުގައި އަލާރާ ހުރިއިރު ދެލޯ ނުހިކެއެވެ.
”އަލާ ހަމަ ނުވަންނާނަންތަ“ކޮޓަރީގެ ތެރެއިން ނުކުމަތް ކަޔަން އަހައިލިއެވެ. އަލާރާ ބޯ ޖަހައިލިއެވެ.
”ޔާންއަށް އިނގޭތަ އީވާއޮތް..ރޫމް އެރޫމަށް ގެންގޮސްދީބަލަ“ އަލާރާ އެދުނެވެ. ކަޔާން އިރުކޮޅަކު ވިސްނާލަން ހުރެފައި އެންމެ ފަހުން ބޯޖަހައިލިއެވެ.
“ ދެވަނަ ފްލޯ އެއީ.. ހިނގާ ލިފްޓަށް“ ކަޔާން އާއި އެކު އަލާރާ ހިނގައިގަތެވެ.
***
”ކޮބާ ކީކޭ ޑޮކްޓަރުން ބުނަނީ“ ޕޮލިސް ޔުނީފޯމުގައި އައިސް މަޑުކޮށްލި އަޖުވަދު އަހައިލީ އީވާ ބާއްވާފައިވާ ކޮޓަރީގެ ދޮރު މަތީގައި ގާޑްކުރަން ތިބި ދެ އޮފިސަރުން ގާތުގައެވެ.
“ އޭނާގެ ނެތް މާ ބޮޑު މައްސަލައެއް މިހާރު.. ވެއްޓި ޖެހުނު ގޮތުން ބަނޑާއި ބޮލުގެ ތަންކޮޅެއް ހަލާކުވެފަ.. ދެން ހުރީ ފިހިފަ ވާ ތަންތަން.. ޑޮކްޓަރުންވެސް ބުނަނީ މިއަދުގެ ވަގުތެއްގަ ހޭ އަރާފާނެ ވާހަކަ“ އެމީހުން ކުރެ އެކަކު އަޖުވަދަށް ރައްދު ދިނެވެ. އަޖުވަދު ފޯނުނަގާފައި އަޒީޒްއަށް އެ ވާހަކަ ބުނެ މެސެޖްއެއް ކޮށްލިއެވެ. އަޒީޒްއާއި ދިނާޔާ ކުރެން އެކަކުވެސް އީވާ ދެކިލަން ނާންނަކަން އޭނައަށް އެނގެއެވެ. އެމީހުންގެ އިހްސާސްތައް އަޖުވަދަށް އިހްސާސްވެއެވެ. އީވާގެ ގާތައް ފަސޭހައިން ނާދެވޭނެކަން އޭނާއަށް އެނގެއެވެ. މިއަދު އީވާގެ މަގާމުގައި ސޯފިއާ އޮތްނަމަ އޭނާއަށް ވެސް ވާނީ އެފަދަގޮތެކެވެ.
ފޯނު ޖީބަށް ލުމަށްފަހު އެތެރެއަށް ވަނުމަށް ހުޅުވާލި ދޮރާއިއެކު އޭނާގެ ދެފައި ގަނޑުވިއެވެ. އީޥާ ބޭއްވިފައިވި އެނދު އޮތީ ހުސްކޮންނެވެ. އުރަ ދަމައިގަނެފައިވި ބާލީސް ތައް ތިރިއަށް ވެއްޓިފައި އޮތް އިރު އެނދުގައި އަޅާފައިވާ ބެޑްޝީޓެއް ވެސް ނެތެވެ. އައި ވީ ސްޓޭންޑް ވެސް އޮތީ ކެނިއުލާއާއި އެކު ބިންމަތީގައި އެވެ.
”އިވާއެއް ނެތް“ އަޖުވަދުއަށް ހަޅޭއްލަވައިގަނެވުނު އިރު ބޭރުގައި ތިބި މީހުންވެސް ތެޅިގަނެފައި އެތެރެއަށް ވަނެވެ.
”އެކަމަކު ހަމަ ދެންމެ މި ނުކުތީ.. ސާރ އައުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން“ އެކަކު ވަރަށް ހާސްވެފައި ބުނެލިއެވެ.
”ހުރިހާ ތަނެއް ހޯދާ.. ޓެރޮރިސްޓުންނަށް ސަލާމަތްވެގެން ދިޔުމުގެ އެއްވެސް ފުރުސަތެއް އޮވެދީގެން ނުވާނެ… ވެއިޓް“ ވާހަކަ ދައްކަމުން ގޮސް ހުއްޓިލެވުނީ ހުޅުވިފައިވި ކުޑަދޮރު އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ. ތިންމީހުން ކުދަ ދޮރު ކައިރިއަށް ދިޔަ ހިނދު ފުރަތަމަ ވެސް ފެނުނީ ކުޑަދޮރާއި ޖެހިގެން ހުރި ކަބަޑުގެ ފައިކަށީގައި އައްސާފައިވާ ދިގު ވާގަނޑެއް ކުޑަދޮރުން ބޭރަށް ތިރިކުރެވިފައިވި ތަނެވެ.
”ތިރިއަށް ފައިބާ އެއްބަޔަކު..އަޖުވަދުގެ އަމުރާއެކު ދުވެފައި އެއްބަޔަކު ނުކުމަތެވެ.
”ސާރ މި ވާގަނޑު ހަދާފަ މިވަނީ ބެޑްޝީޓާއި ބާލީސް އުރަތައް ގުޅުވާލައިގެން.. މާ ދިގެއް ވެސް ނޫން ކިރިޔާ އެއްވަނަ ފްލޯއިން ތިރިއަށް މިހުރީ.. ހީވާގޮތުން އެހިސާބުން ތިރިއަސް އޭނާ އެ ފުންމާލީ“
”އާން ސަލާމަތްވާން ބޭނުންވާ މީހަކު ނުބަލާނެ ލިބޭނެ އަނިޔާއަކަށް.. ދެމިހުން މަޑުކޮށްފަ ދެން ތިބި މީހަކު ހިނގާ ތިރިއަށް…. މުޅި ހޮސްޕިޓަލް ބަންދުކުރޭ ..އެތެރޭގަ ތިބި އެކަކަށް ވެސް ބޭރެއް ނުވެވޭނެ.. ބޭރުގަ ތިބި މީހުން ތެރެއިން ވެސް އެމަޖެންސީއެއްގައި އަންނަ މީހަކު ނޫނީ ކުރިއަށް އޮތް ފަނަރަ މިނެޓް ތެރޭގަ ނުވެއްދޭނެ..އަދި ސީސީޓީވީ ފޫޓޭޖް ރެޑީކުރަން ކޮންޓްރޯލް ރޫމަށް އަންގާ“ ނުކުންނަން ދަމުން އަޖުވަދު ބުނެލިއެވެ. ފޯނުނަގައި، އޭނާ އަވަސްވެގަތީ އެހަބަރު ސްޓޭޝަނަށް ދިނުމަށްވެ.
ކަޔާންއާއި އަލާރާއަށް ދެވުނީ މުޅިތަން އެންމެ ވަރުގަދައަށް ހަލަބޮލިވެފައި ވަނިކޮންނެވެ. އެމީހުން ފެނުމާއި އެކު އެތަނުގައި އެވަގުތު ތިބި ދެމީހުން ވެގެން އުޅޭ ގޮތް ބުނެދިނެވެ.
”ވަޓް..އީވާ ހަމަ ފުންމާލީތަ…“ އަލާރާއަށް އަނގަމަތީގައި އަތްއެޅުނެވެ. ގަބޫލްކުރަން ނުހަނު އުނދަގުވިއެވެ. އޭނާ ބޯޖަހައިލީ ޔަގީން ކޮށްދޭފަދައަކުންނެވެ. އެދެމީހުން ދުރުކޮށްލާފައި އަލާރާ އެތެރެއަށް ވަދެފައި ބެލިއެވެ. ތެދެކެވެ. ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ޒަލްޒަލާއެއް އައިސް އޮތްހެންނެވެ. އެ ވާގަނޑުވެސް ތިރިއަށް އެލިފައި ވާތަން ފެނި އަލާރާއަށް ބޯހޫރުވާލެވުނެވެ.
“ އޭނާއަކަށް މާ ދުރަކަށް ނުދެވޭނެ.. ހިނގާބަލަ ކަޔާން“ އަލާރާއަށް ލިފްޓާއި ދިމާލަށް ދުއްވައިގަނެވުނެވެ. ހިތްއަވަސްވެފައި ހުރިވަރުން ހީވީ ލިފްޓް ދަތުރުކުރަމުން ދިޔަލެއް ވެސް ލަސްހެންނެވެ. ދެމީހުން ނުކުމެން އިރު ފުލުންނާއި ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. ވަންނަ ދޮރު ވެސް ބަންދުކުރެވިފައިވި އިރު ވެގެން އުޅޭގޮތެއް ނޭނގޭތީ ބައެއް މީހުން އެކަމާއި ނުރުހުން ފާޅުކުރަމުން ދިޔައެވެ.
”ކެން ވީ ލީވް.. ”ކަޔާން ކައިރިވެލުމުން އެތަނުން ފުލުހަކު އެއްކައިރި ވެލުމަށްފަހު އެދެމީހުން ނުކުތުމަށް ތަންދެއްކިއެވެ. ދެމީހުން ފުރަތަމަވެސް މިސްރާބު ޖެހީ އީވާގެ ކޮޓަރި އިން ދިމާ ތިރިއަށެވެ.
”އެއްވެސް ހިލަމެއް ނެތް ދޯ“ އެހިސާބުގައިވެސް އީވާ ހޯދަމަށް މިހުން ހަރަކާތްތެރިވަމުން ދާތަން ފެނި ކަޔާންއަށް ބުނެވުނެވެ.
”އާން ނުވޭ ހަމަ..ސީސީޓީޥީ ފޫޓޭޖްއިން ވެސް ފެންނަނީ އީވާ ފުންމާލައިގެން ކޮރާ ތަޅަމުން ހޮސްޕިޓަލްގެ ދޮރާއި ހަމައަށް އަންނަ މަންޒަރު..ނުކުމަތް ކަމެއް ނުނިކުމަންނަ ކަމެއް ނޭނގޭ..އެހިސާބުގެ އެއްވެސް ކެމެރާއަކަށް އަރާފަ އެއް ނެތް..“ އޮފިސަރަކު މައުލޫމާތު ދިނެވެ. އަލާރާއަށް ދޫ ކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާ ދުނިޔޭޣައި ހުއްޓާ އީވާއަށް ސަލާމަތް ވިޔަ ނުދޭން ހިތުގައި އޮތެވެ.
”އީވާ ފެނިއްޖެ.. ހޮސްޕިޓަލްގެ ޓެރެސް މަތިން ފެނުނީ..ހުރިޙާ އެންމެން އެބަ ޖަމާވޭ އެތަނަށް.. ވަރަށް ބޮޑާށް ގާޑްކޮށްފަ މިވަގުތު ވަނީ“ ދެމީހުން ހަނދާނެ ގޮތް ހުސްވެފައި ތިއްބާ ޝުހާދު އައިސް ބުނެލިއެވެ.
***
(ނުނިމޭ)
Comments (16)
Santhisays:
ޖުލައި 21, 2025 at 8:42 ޕމOmgsdhshshshs warah reethi 😭😭 can’t wait for the next please thankolheh avahah up kohla dhenchey
Yuseesays:
ޖުލައި 21, 2025 at 8:52 ޕމV reethi mi part vess
Nimeny dhw mihaaru😭😭😭😭
Amayasays:
ޖުލައި 21, 2025 at 8:54 ޕމVarah reethi
Hama dheravany ala ukhey gothun
Hithah thadhuveyyy nikan😭😭😩😩😩😩
This is soooo gooodd
Adhi kiriya ey mi comment kureveny
Aneh site ga inna gothun couldnt commen😩😩
Cant waitttyy
Na.ellsays:
ޖުލައި 22, 2025 at 6:21 އމVrh vrh reethi mi part ves masha allah
Vrh dhuvahah fahu mi comment eh kohlevuny
Can’t wait for the next part
Alhe alaa aa zev avahah gulhuvaba
Sofia ss kaakaa ba dhn vaany
Also kayaan and rai ge bai kiyaalan bes can’t wait hama
Keep up the good work 🫶🏼
Next part ves vrh avahah kiyaalan libeyne kaman ummeedhh kuran 🥺🫶🏼
Anonymoussays:
ޖުލައި 22, 2025 at 6:35 އމDefinitely our shuhadh baby🥰🥰
Lam’aasays:
ޖުލައި 22, 2025 at 6:38 އމVvvvv reeethi mi part ves
Hama bunaane ehcheh ves neyge
Asku vvvv unbelievable dhw sofia ah visnunyma
E jealousy ga I thought eyna ves jail ah dhaane ey eeva mennaa ekkon
Vvv curious
🤍🤍🤍
Anonymoussays:
ޖުލައި 22, 2025 at 2:10 ޕމthis part is also vry nice as always can’t wait for the next and why are u uploading in this site i was so confused at first
LIM🖤says:
ޖުލައި 22, 2025 at 4:33 ޕމThis story makes me feel so good…vrh reethi when’s next
Mrs gray 🩶says:
ޖުލައި 23, 2025 at 5:18 ޕމAssu vessh hama gadi bla bala bala website bala bala idheveny❤️🩹
Hiiyummsays:
ޖުލައި 23, 2025 at 12:49 ޕމDhen higaaba zev hey aruvannnn
Ahannnakah ketheh nuvaane 😭😭🤍🤍🤍
Ayansays:
ޖުލައި 23, 2025 at 12:50 ޕމVvv reethiiii vvvvv furihama
Cant wait for the next partt
Nainerrsays:
ޖުލައި 23, 2025 at 7:28 ޕމBoys kolhu iss hereeee 😩😩🤍🤍
Hoodhsays:
ޖުލައި 23, 2025 at 5:13 ޕމI tried comment kuran
Finallyyyy its here ❤️
Cant wait girl for the next part ❤️
Mrs gray 🩶says:
ޖުލައި 23, 2025 at 5:17 ޕމGyall wheeennnnnn nexttt
We cant wait ukr🥹🩶
Ummisays:
ޖުލައި 23, 2025 at 9:01 ޕމMy zeev🥺🥺
Eeva eyoh hani dheytherein ves fileee ey dhw e😒
Huri nubaikan
Ragalhu ladeh dheyn vehje ehna ah
Meekahsays:
ޖުލައި 23, 2025 at 9:36 ޕމQué bonita esta historia!
❤️🔥❤️🔥❤️🔥❤️🔥❤️🔥