ވަފާތެރިމަވީމޭ 1

(1 ވަނަ ބައި)

ބާބު 1: ވިއްސި ވިހާލިވީ އުންމީދު

ހެނދުނުގެ ވަގުތެވެ. 7 ޖަހަން 10 މިނިޓްއަށް ވީ އިރު އުމުރުން 19 އަހަރުގެ ޔޫއާ އިނީ ސިޓިންގް ރޫމްގައި ސައިތައްޓެއް ބޯންށެވެ. އަތުގައި ނޯޓް ފޮތެއް އޮތް އިރު އޭގައި ހުރި އެއްޗެއް ޔޫއާ ދިޔައީ ފަރުވާތެރި ކަމާއި އެކު ކިޔަމުންނެވެ. ”ސާބަހޭ ދޫންޔާ. ތި ފޮތް ލޮލުގަ ތަތް ކުރަންވީނުން؟“ އެވަގުތު ސިޓިންގް ރޫމްއަށް ނިކުން ޔޫއާގެ ދޮންބެ ޔޫއާން ހީލާފައި ސޯފާގައި އިށީނެވެ.

”ކިހިނެތްތަވީ؟“ ޔޫއާ ގަލަމާއި ފޮތް މޭޒުމަތީގައި ބާއްވާލިއެވެ. ”ދޮންބެ ނޫޅުނިއްޔަ ކިޔަވާކަށް. އެހެންވެ ޔޫ ކިޔެވޭތޯ މިއުޅެނީ. މަންމަމެންވެސް ބޭނުންވާނެ ދޯ ކިޔަވައިގެން ހުރި ކުއްޖެއް ހެހެ“ ޔޫއާ ދޫނެރެލިއެވެ.

”ނުކިޔެވީއާ ކީއްތަ؟ މިހާރުވެސް ދޮންބެ މިއުޅޭ އޮފީހުން ދޮންބެއަށް އެބަ ލިބޭ 20 ހާސް ރުފިޔާ. ދޮންބެގެ އަންހެނުންނާއި ދަރިފުޅަށް މީގެން ހަރަދު ދެވޭ“ ފޮނި ވެލާފައި ޔޫއާން ބުންޏެވެ.

”ހޫމް އެންމެ ރަނގަޅޭ. ކޮބާތަ ނާޔާ؟ ހޭލީތަ؟“ ހިނާޔާއަކީ ޔޫއާންގެ ދަރިފުޅެވެ. ”“ހޫމް ހޭލައޮބޮތް ކޮޓަރީގަ ފިޑް. ދާޔާ ފީޑު ކުރަނީ“ ޔޫއާން ބުންޏެވެ. އެއާއި އެކު ޔޫއާ އަށް އެރީ ވަރުގަދަ ފޯރި އެކެވެ. ވަގުތުން ސޯފާއިން ތެދުވިޔެވެ.

”އޭ ކީއް ކުރަން ތިދަނީ؟“ ޔޫއާން ނިތް ހިއްލާލިއެވެ. ”ދެން ނާޔާ އުރާލަންށޭ“ ޔޫއާ ބުންޏެވެ. ”ނާޔާ އުރާނީ ފީޑް ކޮއް ނިމުނީމަ ދެން ބަސް އަހައިގެން އިނދޭ. ދާޔާ މަވެސް ނެރުނީ ވިއްޔާ“ ތުންކޮޅު އޮޅާލާފައި ޔޫއާން ބުންޏެވެ.

”ހަހަ ދޮންބެއަށް ބްރެކްފާސްޓް ނުލިބެނީދޯ މިހާރު ބޭބީއެއް ލިބުނީމަ؟“ ޔޫއާ ހީގަންފައި ބުންޏެވެ. ޔޫއާ އެބުނީ ކީކޭކަން އެނގުމުން ވަގުތުން ޔޫއާންގެ މޫނު ރަތްވިޔެވެ. ”އަސްތާ ދޮންބެ އަށްވެސް ލަދު ގަންނަން އެނގޭތަ؟“ ޔޫއާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ”ހޭނެ ކަމެއް ނެތޭ“ ޔޫއާން ކުޑަ ކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ.

ކުޑަ ހިނދުކޮޅެއް ފަހުން 4 މަހުގެ ކުޑަ ކުޑަ ހިނާޔާ ގޮވައިގެން ޔޫއާންގެ އަންހެނުން ހިދާޔާ ނުކުތެވެ. ހިނާޔާ ފެނުމާއި އެކު ޔޫއާ ދުވެފައި ގޮސް ހިޔާނާ އުރާލިއެވެ. ”ހޫމް ދެންމެ އެނިކުތީ އިނގޭ ފީޑް ކޮއްގެން ދެން ހޮޑު ދުއްވާލާ ތަޅުވަ ތަޅުވާފަ“ ޔޫއާން ބުންޏެވެ.

”ޔޫއަށް އިނގެޔޭ ބޭބީޒް ގެންގުޅެންދޯ؟ ޔޫ މާ މޮޅު ނާޔާ ގެންގުޅެން ނާޔާ ބައްޕިއަށް ވުރެ“ ޔޫއާ އާއި ބައިވެރި ވެލަމުން ހިދާޔާ ބުންޏެވެ. ”ހޫމް ދެމީހުން މަށާ ތޮޅެން ހިފާފަ ހުރި ދުހެއް ދޯ؟“ ޔޫއާން ތުން އަނބުރާލިއެވެ.

ހިދާޔާ ނުކުތުމުން އާއިލާ އެކުގައި ނާސްތާ އިންސާފު ކުރުމަށް އިށީނެވެ. ”ދަރިފުޅު ކޮބާ ކޮން އިރަކުން ޓެސްޓު އޮތީ؟“ ކެއުމުގެ ތެރެއިން ޔަޒީދާ އެއްސެވެ. ”މިއަދު 1 ޖަހާ އިރު“ ޔޫއާ ބުންޏެވެ. ޔޫއާ އަކީ އޭލެވެލް ކިޔަވަމުން ދާކުއްޖެކެވެ.

އަހަރަކީ ޔޫއާގެ ފަހު އަހަރު ވުމުން އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ނަމަވެސް ޔޫއާ ކުރަމުންދާ މަސައްކަތް ފެނި ގްރޭޑް 10 އަދި 11 ގައި ފަދައިން 12 ގައިވެސް ފާސްވާނެ ކަމުގެ އުންމީދުގައި ޔޫއާގެ މައިންބަފައިން ދެމިހުއްޓެވެ.

ސައިބޮއެ ނިމުމުން ކޮޓަރިއަށް ވަދެ ޔޫއާ ފޯނު ނަގާ ރިއާނާއަށް ގުޅާލިއެވެ. ރިއާނާ އަކީ ޔޫއާގެ އެންމެ ގާތް އެކުވެރިޔާއެވެ. ”ކޮބާ ރިއާ ރެޑީތަ؟“ ރިއާނާ ފޯނު ނެގުމުން ޔޫއާ އެއްސެވެ. ”އެހެން ކަމަށް. އާހް… މައި ހާޓް.. ހިތް ތެޅޭ ވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެން“ ރިއާނާ ބުންޏެވެ. ”ދޯ؟ ސޭމް.. އިންޝާ ﷲ ރަނގަޅުވާނެ ހެހެ“ ޔޫއާ ބުންޏެވެ.

ހަވީރު 4 ޖަހަން އުޅެނިކޮށް ޔޫއާ އާއި ރިއާނާ ޓެސްޓު ނިންމާފައި ސުކޫލް އިން ނުކުތެވެ. ބޮލުން ބޮޑު ބަރެއް ނެގެވުނު ކަހަލަ އިހުސާސެއް ދެކުދިންނަށްވެސް ކުރެވުނެވެ. ކުލާސް ކުދިންނާއި އެކު ޓެސްޓުގެ ވާހަކަ ދެއްކުމަށް އިރުކޮޅަކު ތިބެފައި ހުރިހާ ކުދިންތަށްވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ.

”ދަރިފުޅާ ކޮބާ ޓެސްޓު ކިހިނެތް؟“ ގެއަށް ވަދެގެންއައި ޔޫއާ ފެނި ސޯފާގައި ހިނާޔާ އުރައިގެން އިން ޔޫއާގެ މަންމަ ޔަޒީދާ އެއްސެވެ. ”އަލްހަމްދުލިއްލާހި ވަރަށް ބެސްޓު.. ނާޔޫ އާދެބަ ދޮންތި ގާތަށް“ ހިނާޔާ އުރާލަމުން ޔޫއާ ސޯފާގައި އިށީނެވެ. ”ދެން ދަރިފުޅު ފުރަތަމަ ދަގަ ޔުނީފޯމް ބަދަލު ކޮއްލަން“ ޔަޒީދާ ބުންޏެވެ. ”ދެން މަންމާ އިރުކޮޅަކުން ދާނަމޭ“ ޔޫއާ ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދު ކޮއްލައިގެން ޔޫއާ ދިޔައީ ޔަޒީދާއާއި އެކު ކެއުން ތައްޔާރު ކުރުމަށެވެ. ”ކޮބާ ދޮންބެ ދައްތަ؟“ ބަދިގެއަށް ވައިން އިރު ހިދާޔާ ފެންނަން ނެތުމުން ޔޫއާ އެއްސެވެ. ”ހޫމް އެދެމީހުން މިއަދު ބޭރަށް ކާން ދިޔައީ“ ޔަޒީދާ ބުންޏެވެ. ”އެހެންތަ؟ ނާޔާ ނިދީތަ؟“ ޔޫއާ އެއްސެވެ. ޔަޒީދާ ބޯޖަހާލިއެވެ.

ކުޑަ އިރުކޮޅެއް ފަހުން ހުމައިދު އަހިސް ބަދިގެއަށް ވަނެވެ. ހުމައިދު ކާގެއަށް ވަނުމުން 3 މީހުން ކާން އިށީނެވެ. ”ބައްޕާ.. އަންނަ މަހުން އެބައިން އެމް.އެން.ޔޫ އިން ނާސިންގ ކޯހަކަށް އެޕްލައި ކުރަން ހުޅުވާފަ. އަޅުގަނޑު އެޕްލައި ކުރިޔަސް އެންމެ ރަނގަޅުތޯ؟“ ޔޫއާ މަޑު މަޑުން އެއްސެވެ. ޔޫއާގެ ސުވާލާއި އެކު އައި ރުޅީގައި ހުމައިދު ސަމްސާ ތަށި މައްޗައް ދޫކޮށްލިއެވެ.

”ޔޫއާ ގާތު މަށަކަށް ނުބުނެވޭތަ އަންހެން ކުދިން އެވަރަށް ކިޔަވާކަށް ނުޖެހޭނޭ؟“ ހިތްހަމަ ނުޖެހިފައި ހުމައިދު އެއްސެވެ. ”ކާކުތަ އެހެން ބުނީ؟ ކޮންތާކު އޮތް ފޮތެއްގަތަ އެހެން އިނީ؟ ޔޫ ބޭނުން ކިޔަވަން. ޔޫ ބޭނުން ނަރުހަކަށް ވާން..“ ޔޫއާ ބުންޏެވ. ”ހެވޭ ބޭނުމަސް.. މިހާރު ތިހުރީ އޭލެވެލްވެސް ހެދިފައި. 19 އަހަރުވެސް ވެއްޖެ. ދެން ޔޫއާ ޖެހޭނީ މީހަކާ އިންނަން. އަންނަ ހަފްތާ ރަންކިޔުން ހަމަ ޖައްސާނަން. ބައްޕަ ރައްޓެހި ނާހިލްގެ ނިކްޔާންއާއި ކައިވެނި ކުރަން ތައްޔާރުވޭ!“ ހުމައިދު ބުންޏެވެ. އަދި ޔޫއާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ކާގެއިން ނިކުމެގެން ދިޔައެވެ.

(ނުނިމޭ)

ދެވަނަބައިގެ ތެރެއިން:

”ލަދުންނޭ؟ ނޯވޭ. ސަޕް ލިޓްލް ގާލް.“ ނިކްޔާން ޔޫއާ އާއި ކައިރި ވެލާފައި ޔޫއާ އާއި އެއްވަރަށް ތިރިވެލަމުން ބުންޏެވެ. ”ލިޓްލްއޭ؟ މިވެސް ބޮޑުވެފަ ހުރި އަންހެނެއް އިނގޭ؟“ ޔޫއާ ކަޅި އަޅާލަމުން ބުންޏެވެ. ”އެހެންތަ؟ އަހަރެން ހީކުރީ އަދި 12 އަހަރު ކުއްޖެއް ކަމަށް“ ޔޫއާގެ ކޮލުގައި ހިފާލަމުން ނިކްޔާން ބުންޏެވެ. ”ޔޫ ބާސްޓާރްޑް“ ޔޫއާ ކަޅި އަޅާލިއެވެ.

Share this
Copy to Clipboard

Comments (16)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.