’އަމީ‘ ގެ ނަމުގައި ހުޅުވާފާއިވާ ފޯލްޑާރ އަށް ވިޝާމް ވަދެ ހުޅުވާލީ މެދު ތެރޭގައި އިން ފޮޓޯއެކެވެ. އޭގައި ތުއްތު އަމާޔާ އިނީ ބުޅި ބުޅި އިސްތަށިކޮޅު ކަނާއަތް ފަރާތު ކޮނޑުމަތިން ކުރިމައްޗަށް ގެނެސް ހާވާލައިގެންނެވެ. ފުދޭވަރަކަށް މަތިން ނަގާފައިވާ ފޮޓޯއެއް ކަމުން، އޭނާގެ ވައަތް ފަރާތު ކަންފަތް ނުހަނު ރީއްޗަށް ފެނެއެވެ. ވިޝާމް އެ ފޮޓޯ ޒޫމް ކޮށްލަން އަތް ލިއްލާލި ވަގުތު އަތުގައިވި ތުރުތުރު އެޅުން އިހުނަށް ވުރެން އިތުރު ވިއެވެ. ވިޝާމްއަށް ވަމުންދާ ގޮތް ފެނި ޒަންޔާއަށް ގޮވާލެވުނެވެ.
”ވިޝާމް.. ޔޫ އޯލް ރައިޓް؟“
”ޒަންޔާ ކެން ޔޫ ހެލްޕް މީ.. މި ފޮޓޯ ޒޫމް ކޮށްލަ ދީބަ ..އައި.. އައި ކުޑުންޓް“ ވިޝާމްގެ އަޑު ކުރެހިއްޖެއެވެ. އިތުރު ގޮތެއް ނެތުމުން ލާފައި ހުރި ހެދުމުގެ ނުފުށުން އޭނާގެ އަތް ފުހެލިއެވެ. ވިޝާމްގެ ބުނި ގޮތައް އެ ފޯނު އަތުލުމަށްފަހު އެ ފޮޓޯ ޒޫމް ކޮށްލަ ދިނެވެ. އަމީރާގެ ކަންފަތް ކައިރިން ފެނުނު ކަޅުކުލައިގެ ކުޑަ ލަފަތް ، އަމާޔާގެ ކަންފަތް ކައިރިން ފެނުނު ހިނދު ވިޝާމްއަށް ދެލޯ މަރާ ފިތާލެވުނެވެ.
****
”ވިޝާމް .. ވިޝާމް“ ދެލޮލުން ފޭބި ކަރުނުތަކާއި އެކު ރެއިލިންގްގެ ދަގަނޑުގައި ބާރަށް ހިފާލެވުނެވެ. އެހެން ހުރިއިރުވެސް އަމީރާ އެލަފަތް އޭނާއަށް ސިފަވަމުން ދަނީއެވެ. އެއީ އޭނާގެ ލެޔަށް ވެދާނެބާއެވެ. އަތުން ފޯނު ދޫވެގެން ޓައިލްސް މައްޗަށް ވެއްޓިޖެހުނު ހިނދު ތަނުގެ ހަމަހިމޭންކަން ގެއްލިއްޖެއެވެ. ވިޝާމްގެ ހިތް ރޯލިއެވެ. އަމީރާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ސުރެން، ފެންނަ ކޮންމެ ވަގުތެއްގައި ކުރެވެމުން ދާ ތަފާތް އިޙްސާސެކެވެ. ޔަގީނުން ވެސް ވެސް ގޯސް އިޙްސާސެއް ނޫނެވެ. ނަމަވެސް ގާތް ކަމެކެވެ. އެ އަންހެންކުއްޖާ ފެނުމުން ޒާތެއްގެ ފިނިކަމެއް ހިތައް އަބަދުވެސް ލިބެއެވެ. އަމީރާގެ ހިނިތުންވުން އެގޮތުގައި ހުންނަތަން ދެކެން ބޭނުންވެއެވެ. އިޠާންއާއި ދެމީހުންގެ މައްސަލަ ޖެހުނު ދުވަހު ވާރޭގެ ތެރޭގައި އަމީރާ ރޯން ހުރި މަންޒަރާއި ޒަންޔާއާއި އަލަށް ބައްދަލްވި ދުވި ރުއި މަންޒަރު ފެނުމުން ވެސް ވިޝާމްގެ ހިތައް ވީ ތަދު އަދިވެސް އިޙްސާސްވެއެވެ.
އެއިން ވާހަކައެއް އިޔާން ކުރެން ވެސް ދެއްކިފައި ނެތީ ހިތައް އަރާފާނެ އެއްޗަކާއި މެދު ވިސްނާފައެވެ. އެންމެ ގާތް އެކުވެރިއާއަށް ވީ ނަމަވެސް ޖެހިލުންވީއެވެ.
ވިޝާމްގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އަމާޔާގެ އުފަން ތާރީހާއި އަމީރާގެ އުފަންތާރީހް އެއް ދުވަހެކެވެ. ބުޅިބުޅި އިސްތަށިކޮޅާއި އެ ހީލުމެވެ. ތަފާތެއް ނެތެވެ. ވިޝާމްގެ ދެލޯ އިހުނަށް ވުރެން ބޮޑަށް މަރާލާ ފިއްތާލެވުނެވެ. ވިޝާމް ގޮތެއް ނިންމިއެވެ. އިތުރު މީހެއްގެ ކަންފަތާއި ހަމައަށް އެހަބަރު ގެންދިއުމުގެ ކުރިން އޭނާ ބޭނުންވީ އިތުރަށް ޔަގީން ކުރުމެވެ. ހިތައް އުނދަގޫ ވީ އެއީ އޭނާގެ ކޮއްކޮ ކަމަށް ވަންޏާ ސްޕެއިން ފަދަ ތާކަށް، އެކުއްޖާއަށް ދާންޖެހުނީ ކީއްވެކަން ނޭނގުމުންނެވެ.
“ވަރަށް ބިރުގަނޭ އެބަ.. ކިހިނެތްތަ ވީ.. މީހަކު ނިޔާވީތަ؟“ ވިޝާމް ދެލޯ ފުހެލީ ކައިރީގައި ހުރެ ޒަންޔާ ގޮވާތާ އިރުގަނޑެއް ވީފަހުންނެވެ. ދެލޯ ފުހެލަމުން ޒަންޔާގެ މޫނަށް ބަލައިލިއެވެ. އޭރު ދެލޯ ނުހަނު ރަތެވެ.
”ނޫން.. އަމް ފައިން… އަމް ސޮރީ އަލަށް ވާހަކަ ދައްކަން އައި ހިނދު ވެސް މިފަދަ ކަމެއް ދިމާވީމަ“
“އެ ކަމެއް ނޫން.. އާރ ޔޫ ޝުއާރ، ޔޫ އޯކޭ؟“
ޒަންޔާގެ ސުވާލަށް މިފަހަރު ވެސް ވިޝާމް ބޯޖަހައިލިއެވެ.
”އައި ތިންކް ވީ ހޭވް ޓް ގޯ ނައު، ކެން ވީ މީޓް ޓްމޯރޯ؟ އައި ހޭވް ސަމްތިންގ ޓް ޓޯކް“
”އޯކޭ… “ ޒަންޔާ ހީލިއެވެ. ނަމަވެސް ދާދި ދެންމެ އަކު ވިޝާމް އުޅުނު ގޮތުން އޭނާ ހުރީ ހިތް ބިރުގަނެފައެވެ. އިތުރު ވާހަކައެއް ދެއްކުމެއް ނެތި ދެމީހުން ގެއަށްވަނެވެ. އޭރު ވިޝާމްގެ އިންތިޒާރުގައި ސަދަފް އިނެވެ. ޒަންޔާގެ އިންތިޒާރުގައި ޒާހިރްއާއި ލައިލާ ތިއްބެވެ. ވިޝާމް ދެލޯ ހޯދާލީ އަމީރާއެވެ. ނަމަވެސް އެވަގުތު އަމީރާއެއް ނެތެވެ. ޒާހިރްއާއި ލައިލާއަށް ސަލާމް ގޮވާލާފައި އޭނަވެސް ނުކުތީ ގެއަށް ދިޔުމަށެވެ. އެމީހުންވެސް އޭރު ދާންވެގެން ތެދުވަންނަނީއެވެ. އެ ގޭގައި އޮންނަ ރަންކިއުމުގެ ހަފްލާއަށް ދިޔުމަށްޓާކައި ތައްޔާރްވާން ޖެހެތީ ވިޝާމް ލަސްކުރާކަށް ނުހަދައެވެ.
***
”އައި ކާންޓް ބްލީވް ދިސް .. ހަމަ ރޫމްގަ ތަޅު ލެވިގެން ދޯ ތި އިނީ.. ޒަން ވެސް އެދިޔައީ ވަރަކަށް އިރޫ ހޯދަން އުޅެފަ.. ވީ ޕްލޭންޑް އެއްނު ސަޕްރާއިޒް ބްރައިޑަލް ޝަވާރ އެއް ރެޑީ ކުރަން ވެސް.. ނާޔޫދައްތަ ވެސް އެންމެ ފަހުން އެދިޔައީ “ ސަދަފް އައީންސުރެން ކޮޓަރިން ނުނިކުމެ އިން އިރަމް ފެނިގެން އަމީރާ އައިސް ހުއްޓިލިއެވެ. ސުވާލް ކުރަން ފެށުމުން ކިޔައިދޭން ފެށިއެވެ. އިރަމް ވާހަކަ ނިންމާލާފައި ބަލައިލުމުން އަމީރާގެ ގާތައް އައީ ހިންޏެވެ. އެހުރިހާ ވާހަކައެއް އެއީ ކުރިން އެނގިފައިވާ ވާހަކަތަކެއް ނަމަވެސް އެކަމެއް އަމީރާގެ މޫނު މައްޗަކުން ނުދެއްކިއެވެ. ސަދަފް އެދެއްކީ އިރަމްގެ ވާހަކަކަން އެނގެއޭ ބުނަން ބޭނުންވި ނަމަވެސް މަޑުޖައްސާލިއެވެ. އެ ވާހަކަ އޭނާގެ ދުލުން ބުނުން ރަނގަޅެއް ވެސް ނުވާނެތާއެވެ. އިރަމްއަށް ޓަކައި ސަދަފް ރޭވި ކަންތައްތައް އެނގޭތީ އަދި އަމުދުން ބޭނުމެއް ނުވިއެވެ.
”އިރޫ.. އެބަ އިނޭ ވާޙަކައެއް ކިޔައިދޭން ވެފަ“
”ކޮން؟“ ކަރުނު ފޮހެމުން އިރަމް އިސްއުފުލާލަމުން ބަލައިލިއެވެ. އަމީރާ ނުތަނަވަސް ހިތުންވުމެއް ރައްދުކޮށްލަމުން ވިސްނާލިއެވެ. ހަމަ ބުނަން ވީބާއެވެ. އިރަމް ކޮއްޓާލުމުން އެންމެފަހުން އިޔާންއާއި ގުޅުނު ހަބަރު ދިނެވެ. އެހިނދު ކަރުނުތަކާއި އެކު ވެސް އިރަމްއަށް ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެ ބަލަން ފެށިއެވެ.
”ވަޓް ދަ ހެލް؟ އާރ ޔޫ ޖޯކިންގ ރައިޓް ނައު؟“ އިރަމްއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަމީރާގެ މޫނަށް ވެރިވި ލަދުވެތިކަމާއި އެކު އިރަމްގެ އަތުގައި ހިފާ ތިރިކޮށްލަމުން އިޔާންއާއި ދެމެދުގައި ހިނގި ކަންތައް އަލުން ތަފްސީލާއި އެކު ކިޔައިދިނެވެ. އަދި ފަހުން ދެމީހުން އަލުން ވާހަކަ ދައްކައިގެން، އެ ކަންތައް ހައްލުކުރި ގޮތް ކިޔައިދިނެވެ. އޭރު ވެސް އިރަމްގެ މޫނުމަތިން ހައިރާންކަން ނުފިލައެވެ. ނަމަވެސް މިހާރު އެ މޫނުން އުފާވެފައިވީ ވަރު ހާމަވެއެވެ.
”އަޅޭ … އަމް ސޯ ހެޕީ އެމީ.. އާހްހް ފައިނަލީ؟ ގިވް މީ އަ ހަގް“ ތުން ނެރެލައި ގެން އިނދެ އިރަމް ދެއަތް ހުޅުވާލިއެވެ. އަމީރާ ގާތައް ހިނިއައިސް އިނދެވެސް އިރަމްގެ ގައިގާ ބައްދާލިއެވެ.
”ސޯ .. ބޭސްޑް އޮން މައި އެކްސްޕީރިއަންސް، އެއްޗެއް ބުނަންތަ؟ ބުނިޔާ އަޑު އަހާނަންތަ؟“ އަމީރާ ސުވާލްކޮށްލުމުން އިރަމް ބޯޖަހައިލިއެވެ.
”އެހާ އަވަހަށް ސަދަފްއާއި މެދު ގޮތް ނިންމުން ކަމަކު ނުދާނެ އިރޫ.. އަހަންނަށް ވަރަށް ބޮޑަށް އިހްސާސް ކުރެވިއްޖެ ދެފުށް ބަލާ ނުލާ ގޮތް ނިންމުމުގެ ހިތިކަން.. އަދި ގޮތް ދޫނުކޮށް ގޮތުގައި ހިފެހެއްޓުމުގެ ހިތިކަން ވަރަށް ބޮޑަށް އަރުތެރޭގަ ލައިފި.. އިރޫ.. އަހަރެން ބޭނުމެއް ނޫން މިހުރިޙާ އަހަރެއް ވަންދެން މި އެކްސްޕީރިއަންސް ކުރި އެއްވެސް ކަމެއް އިތުރު އެހެން މީހަކު ތަހައްމަލް ކުރާކަށް.. ދެޓްސް މޯރ ޕެއިންފުލް ދޭން އިޓް ލުކްސް.. އަހަރެންގެ ހިތެއް ނުބުނޭ ސަދަފް، އިރޫ ދެކެ ލޯބި ނުވާނަމަ އެހާ ވަރުން އުޅެދާނެއެކޭ.. އަ-“
”ވަޓް؟ ވަޓް ޑޫ މީން؟ ސަދަފް؟ އަހަރެން ދެކެ؟ ނޯ ވޭ؟“ އަމިއްލަ މޭގައި ޝަހާދަތް އިނގިލި ވިއްދާލައިގެން އިނދެ އިރަމް އެއްސެވެ. އަމީރާއަށް ދެލޯ ހަނިކޮށްލެވުނެވެ.
”ވާހަކައިގެ ކުރި ނުމަރާ މަޑުން އިދެބަލަ.. އޯކޭ ލިސަން.. ދެންމެ އޭނަ އައިސް އެވީ ވަގުތުކޮޅުގެ ތެރޭގައި ވީ މި ރޫމްގެ ދޮރުން، އެންމެ ސިކުންތަކަށް ވެސް ނަޒަރް ވަކިނުކޮށްލާ.. ސަދަފް އިންނަނީ މީހަކު އިރޫގެ ނަން ނުބުނެގެން.. އިރޫ ކޮބައިތޯ ނާޔޫ ދައްތަ އެހިއިރު ވެސް ސަދަފް އިން ބަލަހައްޓައިގެން.. އެ ނޫނަސް މަޖުއްތަ މެންގެ އަގައިން އިރޫގެ ނޭމް ބޭރުވިޔަސް އޭނާގެ ފުރިހަމަ ސަމާލްކަން ލިބޭ.. އަނެއްކޮޅުން ކުރީ ރޭ އިރޫގެ ފޯނަށް އޭނަ ގުޅާފަ ހުރި އެވަރަށް .. އާންމުކޮން ފިލްމުތަކުން އެކަހަލަ މަންޒަރެއް ފެންނާނީ.. ބަޓް މީ ރިއަލް ލައިފް.. ހަމަ ކޮސްވި އެހާ ވަރަށް ގުޅާފަ ހުރިތަން އިރޫ ދެއްކި ވަގުތު.. ހަމައެކަނި ރައްޓެއްސެއްގަ ގޮތުގަ ދެކޭނަމަ ޔަގީން ނުގުޅާނެ…މަށައް މާ އަވަހީހެން އިރޫ ސްޓެޕް ނެގިލެއް… ފަހަރުގައި ވެދާނެ އެންނު އެދުވަހު ސަދަފް އެދެއްކީ އިރޫގެ ވާހަކަ ކަމަށް ވެސް .. އޭނާ ގަޔާ ވިޔަސް ފުރަތަމަ ބަލާނީ އަނެއް މީހާ ދެކޭ ގޮތެއްނު… ސޯ ވަޓް ޑޫ ޔޫ ތިންކް؟“ އަމީރާ ވާހަކަ ނިންމާފައި ބަލައިލި އިރު އިރަމްގެ މޫނުން ވަކި ތަފާތު ކުލައެއް ނުފެނެއެވެ. އެއްޗެއް ނުބުނެ އިނދެފައި އަމީރާއާއި ދުރައް ޖެހިލަމުން ހެޑްބޯޑުގައި ލައްވެގަތެވެ. މޭގައި ކަކޫ ޖައްސާލަމުން ދެއަށް ވަށާލިއެވެ.
”އައި ޑޯންޓް ތިންކް… ނޭނގޭ ވިސްނަން ވީ ގޮތެއް.. އެނގޭތަ މިއަދު ކާރު ތެރެއިން ވީ ގޮތެއް“ އިރާމް ބުނެލީ ވިޝާމް ނުކުތް ވަގުތު ސަދަފް ވާހަކަ ދެއްކި ވާހަކައެވެ.
”ސަދަފް ބަލަން ހުންނަ ގޮތާއި، އެ ބަހައްޓާ ގާތް ކަމުން އަހަރެން ވެސް ހީކުރީ އޭނާ ބޭނުންވާ ކަމަށް.. އެކަމަކު އެދުވަހު ވާހަކަ ދެއްކި ގޮތުން ހަމަ ހިއެއް ނުވޭ މިހާރު… އަހަރެން ރުޅި އަންނަނީ ބޭނުން ނުވާ އިރު ވެސް އަހަންނަށް އޮޅޭހެން ކަންތައް ކުރީމަ.. ދެން އަހަރެން ފޯނު ނަގަންވީ ކީއްކުރަން؟ އަނެއްކާ މިއަދު ކާރުތެރެއިން އެ ފާޑަށް ބަލަހައްޓާއިގެން ހުރީ.. އޭނައަކަށް ނޭނގޭތަ އަހަންނަށް ކުރާ އަސަރެއް އެހެން ހެދީމަ.. ހަމަ ސީދާ ޕްލޭ ބޯއީ އުޅުން.. އިތުރަށް މަށައް އެހެން ނުހެދިޔަސް ދާން ބޭނުންވާ މީހެއްގެ ގާތައް ދިޔައީމަ ވީނު“ ތުންފިއްތާލައިގެން އިނދެ އަނެއްކާ ވެސް އިރަމް ރޯން ފެށިއެވެ. އަމީރާއަށް ދެލޯ މަޜާލެވުނެވެ. އެހުރިޙާ ވާހަކައެއް ދެއްކުމުން ވެސް އޭގެ ހެޔޮ އަސަރެއް އިރަމްއަށް ނުކުރިތާއެވެ. ދެވަނަ ސިކުންތު އަމިރާ ދެލޯ އަޅާލިއެވެ.
”އަޅެ އިރޫ.. ސަދަފް ބަލަހައްޓާއިގެން ހުންނަނީ ލޯބިވާތީ އޭ! މަށާ ދިމާލަކަށް ގައިމުވެސް އެހެންނެއް ނުބަލާ.. އަދި ނުވެއޭ އޭނަގެ ކޯލްތަކަށް ރެސްޕޮންޑް ނުކޮށް ހުންނާކަށް.. އަޅެ މި ސިކުނޑިން ނިކަން ވިސްނާލަބަލަ“ އިރަމްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން އަމީރާ ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާ އެއްޗެއް ކިޔައޭ އިރަމްއަށް ހީނުވާ ކަހަލައެވެ. ރޯން އިން ގޮތައް އިނީއެވެ.
“ މި ދެއްކި ޥާހަކައާއި މެދު ވިސްނާލައްޗޭ ނިދަން އޮއްތާލާފަ… ދެން ހުއްޓާލާފަ ތެދުވޭ.. ހިނގާ ތައްޔާރް ވާން .. މަންމަ އަންނަން ވާއިރަށް ރެޑީ ވާން ޖެހޭނެ.. ނޫނީ ގަޑިއަކަށް ނުދެވޭނެ.“ އިރަމްގެ އަތުގައި ހިފާ ނަގަމުން ފާހާނައާއި ދިމާލަށް ކޮއްޕާލިއެވެ. އަދި އޭނާއާއި ދިމާލަށް ތުވާލި އެއްލިއެވެ. ގަދަ ނުހަދާ ދިޔުމުން އަމީރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް އިރަމްގެ ބޯހަރުކަމާއި ޅަކަމުން، ސަދަފްއަށް އެހީވުމަށް ހީކުރިވަރަށް ވުރެން ބޮޑަށް އުނދަގޫވެގެން ދިޔައެވެ.
”އާހްހް.. ދިސް ގާލް، ދައްކާ އެއްވެސް ވާހަކައެއް އަހަނީ އެއްވެސް ނޫން .. ކިހިނެތް ދެން ހަދާނީ ވެސް… އެހެން ގޮތެއް ހޯދަން ވީ… “
އިރަމް ފާހަނައިން ނުކުންނަން ދެން އަމީރާ އިށީނީ އެނދުމަތީގައެވެ. އެހެން އިނދެ އިރަމްއަށް ވިސްނާ ދޭން ހަނދާނެ ގޮތަކާއި މެދު އަމީޜާ ދިޔައީ ވިސްނަމުންނެވެ.
***
މޭޒު ދޮށުގައި އިން އިޔާންގެ މޫނުމަތީގައި ނުތަވަސްކަމެވެ. އަތުގައި ގަނޑުތަކަށް ބަލަމުން ދިޔައިރު ހާސްވެފައި ހުރިވަރުން އިށީންދެއިން ގޮނޑިން ފޫ ޖައްސައިގެން ވެސް ނީނދެވުނެވެ. ނިތުގައި ހިލިފައިވާ ދާ ތިކިތައް އަތުގެ ނުފުށޫން ފުހެލި އިރު، ކުރެވެން މިއުޅެނީ ރަނގަޅު ކަމެއްބާއޭ ދިޔައީ ހީވަމުންނެވެ. އެއްގޮތަކަށް ވެސް ޝައްކުކުރަން ބޭނުން ނުވާ މީހަކަށް މިހާރު މިވަނީ ޝައްކު ކުރަން ޖެހިފައެވެ.
އަތުގައި އޮތީ ލިޕޯޓެކެވެ. އޭގައިވާ ގޮތުން ހައިކަލް ހުށައަޅާފައިވާ މައްސަލަ އެންމެ ފަހުން ބާތިލް ކޮށްލާފައިވަނީ ސާދިގްއެވެ. އެ ލިއުމުގައި ސާދިގް ސޮއިއާއި އޭނާގެ ތަތްގަނޑު ވެސް ޖަހާފައިވެއެވެ. ނަމަވެސް ހައިރާން ވާންޖެހޭ ކަމަކީ އެއީ ސާދިގް މަސައްކަތެއް ނޫނެވެ.
”ހުރިހާ ކޭސް އަކަށް ބަލާފަ ވަކި އެއްޗެއް ނިންމަން ވީ ކަންނޭގެ“
ޑިއުޓީގެ ވަގުތު ނިމިފައިވީ ނަމަވެސް ގެއަށް ދިޔުމަށް އޭނާ ބޭނުންވީ ހޯދަން ބޭނުންވީ މައުލޫމާތު ލިބުމަށް ފަހުގައެވެ. އޭނާ ގަސްތުކުރީ ނިމިފައިވާ ކޭސްތަކުގެ މައުލޫމާތު ފެންނަން އިންނަ ހާއްސަ ޕޯޓަލްއަށް ވަނުމަށެވެ. ސިއްރު ކޯޑެއް ޖެހުމަށް ސްކްރީނަށް އެރުމުން، ޑޮކިއުމަންޓްގެ އެންމެ ފަހު ޞޮފްހާގައި އިން ހާއްސަ ކޯޑު ޖަހާލިއެވެ. އެހިނދު ޑެސްކްޓޮޕް ސްކްރީނުން ފެނިގެން ދިޔައީ ނިމިފައިވާ މައްސަލަތަކުގެ ލިސްޓެވެ. އެ އަހަރު ޖެހި ހިނދު އަމާޔާގެ މައްސަލައިގެ ކޭސް ނަމްބަރު ލޮލުގައި އަޅައިގަތެވެ. ޖުމްލަ އެގާރަ ފަހަރު މައްސަލަ އަލުން ބެލުމަށް ހައިކަލް ހުށައަޅާފައި ވާ މައްސަލަ ފެންނަން އިނެވެ. މައްސަލައިގެ ބަޔާންތައް ތަކްރާރްކޮށް އިޔާން ކިޔެވެ. އޭގެ ތެރެއިން ދިހަ ފަހަރު އެ މައްސަލައިގެ ހުރިހާ ޑޮކިއުމަންޓް އެއްގެ ތިރީގައި މައްސަލަ ބާތިލް ކުރެވިފައިވާ ވާހަކަ ޖަހާފައި އެކަމަށްޓަކައިވާ ހާއްސަ ތައްގަނޑުގެ ނިޝަންވެސް އިނެވެ.
”ވަޓް؟ ސާދިގް ސާރ؟“ އެހުރިޙާ ފައިލެއްގެ ތިރީގައި ވީ ސާދިގްގެ ނަން ފެނި އިޔާންއަށް ހުއްޓުން އަރައިގެން ދިޔައެވެ. އެއިން ކޮންމެ ބަޔާނެއް އިޔާން ވަކިވަކިން ބެލި ބެލުމުން، އެއިން ކޮންމެ ފަހަރަކުވެސް އެ މައްސަލަ އަލުން ހުޅުވާލުމުގެ ހުރިހާ ޝަރުތެއް ހަމަވާކަން ދެނެގަވުނެވެ. އެގޭގެ ސެކިއުރިޓީ ފޫޓޭޖްއާއި އެކު ދެން ލާފައި ހުރި މައުލޫމާތު ހާމައަށް ފެންނަން ހުއްޓެވެ. ނަމަވެސް ސުވާލަކީ ސާދިގްގެ މަގާމާއި ނުބައްދަލް ކަމެއްގައި އޭނާ އެހާވަރަކުން އުޅެފައި މިވަނީ ކީއްވެ ހެއްޔެވެ. ވިސްނާ ވިސްނާވެސް އޭނަގެ ސިކުޑިއަކަށް އެ ސުވާލާއި އެކަށީގެންވާ ޖަވާބެއް ނައެވެ.
”އޯއި ބޮސް.. ދަމުން މިބަލާލީ މި ކެބިން އަދިވެސް އަލިކޮން ހުރީމަ.. ގެއަށް ނުދާ ރެއަކީ ތަ؟“ ދޮރު ހުޅުވާލަފައި އެތެރެއަށް ބޯ ދިއްކޮށްލީ މަހުދީއެވެ. އެއްޗެއް ނުބުނެ އަތުން އިޔާން އިޝާރަތް ކޮށްލީ އޭނާގެ ކައިރިއަށް އައުމަށެވެ. މަހުދީ އައިސް ހުއްޓިފައި ނިތް އަރުވާލުމުން، އިޔާން ސްކްރީން އަނބުރާލިއެވެ. ހަށަމް ބަނދެލަމުން އޭނާ ވެސް ސްކްރީނުން ފެނިގެންދާ ޑޮކިއުމަންޓް ތަކަށް ނަޒަރް ހިންގާލިއެވެ.
”ވަޓް ދަ؟“ އެންމެ ފުރަތަމަ ފައިލްއިން ފެށިގެން ދިހަ ފައިލް ބަލާ ނިމުނު އިރު މަހުދީގެ މޫނުމަތިން ސީރިއަސްކަން ފެނިލިއެވެ. އޭނާއަށް ދެން ނަޒަރެއް ދެވުނީ އިޔާންގެ މޫނަށެވެ.
”ވެއިޓް.. މްމް.. ބުނީމެންނު ބްރޯގެ ބައްޕައާއި މީނަ ވަރަށް ގާތޭ.. ހައިކަލް އާއި ނަދީމްބެގެ ގާތްކަން އަހަންނަށް ވެސް ފެނިފަ ހުރީ.. ހިތައް މި އަރަނީ ހައިކަލްއަށް އެހީވުމުގެ ގޮތުން ނަދީމްބެ ވާހަކަ ނުދައްކާ ބާއޭ ސާދިގްއާއި އެއް؟“ މަހުދީގެ ޖުމްލަތަކުން އިޔާންއަށް އިންތަނުން ތެދުވެވުނެވެ. އެއީ އަދި ކުރިން އޭނާއަށް ނުވިސްނި އޮތް ތަންކޮޅެކެވެ. އޭނާގެ ދެލޯ ދިއްލުނެވެ.
”އާހް.. މަ ކުޑަކޮން ވެސް ހަނދާނަކަށް ނައޭ ތި ތަންކޮޅު.. އެހެންވީމަ ބައްޕަ ކައިރީގަ އަހަންވީ މި ކަމާއި ބެހޭ ގޮތުން.. މިހުރިހާ ދުވަސްތަކެއް ވަންދެން ކުރިއެރުމެއް ނުލިބި އަދި އެ ކުއްޖާއަށް އިންސާފެއް ނުލިބި މިއޮތީ އެކަމުގެ ފަހަތުގަ ކޮންމެވެސް ނޭނގޭ ކަމެއް ފޮރުވިފަ އޮތީމަ ކަންނޭގެ.. ނޫންތަ؟“
”އެހެން މިބުނީ… އަޅެ އަހާލަން ވީނު ގެއަށް ގޮސްފަ“ މަހުދީ ބުނެލިއެވެ. އިޔާން ބޯޖަހައިލިއެވެ.
ނަދީމްއާއި ސާދިގް އޮތް ޒަމާންވީ ގާތް ގުޅުމުގެ ޒަރީއާއިން ހައިކަލްއަށް އެހީވާން މަސައްކަތް ނުކޮށް ނަދީމް ނުހުންނާނެކަން އޭނާ އަށް އެނގެއެވެ. އެންމެ ރަނގަޅުވާނީ ނަދީމް ކުރެން އެހުމެވެ. ނޫންނަމަ ހައިކަލް ކުރެން އެހުމެވެ. ރައްކާކުރަންޖެހޭ ފައިލްތައް ލޮކަރަށް ލުމަށްފަހު އިޔާން ނުކުތެވެ. ފަހަތުން މަހުދީ ވެސްއައެވެ. ދެ ޒުޥާނުން ވަކިވީ ސްޓޭޝަންގެ މުއައްޒަފުންނަށް ހާއްސަ ޕާކިންގ ޒޯނާއި ހިސާބުންނެވެ.
ހަލަބޮލި މަގުތަކުގައި ދުއްވުމަށްފަހު ގެއާއި ހިސާބަށް ފޯރުނު އިރު މަޖުދާއާއި ނީޝާން އަދި މީރާން ތައްޔާރްވެގެން ދޮރުމަތީގައި ތިއްބެވެ. މަގުގެ އެއްފަރާތުން ހުސް ޖާގައެއް ލިބުމުން ކާރު ބޭއްވުމަށް ފަހު ކާރުން ފައިބައިގެން ދިޔައެވެ. އޭނާ ފެނުމާއި އެކު މަޖުދާގެ މޫނު ބަނަކޮށްލިއެވެ. އިޔާން ހިނިއައިސް ހުރެ އެމިހުންގެ ގާތައް ހުއްޓިލިއެވެ.
”ދަރިފުޅާ މިއަދު އަޅެ އޮފް ހަދާލި ނަމަ“ ފުރަތަމަ ވެސް އަހަން ޖެހުނީ މަޖުދާގެ ޝަކުވާގެ އަޑެވެ.
”އާއްޗާ ހާދަ ރީއްޗޭ ހުރިޙާ ކުދިން.. މަންމަ ހީވަނީ އިރޫއަށް ވުރެން ޔަންގްހެން“
”ބަލާލަ ވާހަކަ އޮޅުވާލިގޮތް.. ކޮންހާ ފޮނި އަނގައެއް ތަޅާކަށް .. ދާންވީ އަވަހަށް ރެޑީވާން“ މަޖުދާގެ ފަހަތުން އިޔާން ބައްދާލުމުން ހިތްހަމަ ނުޖެހިފައި ހުރެވެސް ހެވުނެވެ. މަޖުދާއާއި ނީޝަން ހުރީ ރަތްކުލައިގެ ވިދުމެއް ހުރި ފޮއްޗަކުން އެރެއަށްޓަކައި ފަހާފައިވާ ހާއްސަ ދިގު ހެދުން ލައިގެންނެވެ. މަޖުދާ އަޅައިގެން ހުރި ރަތްކުލައިގެ ޝޯލްގެ ދަށުން ރަން ކުލައިގެ ހިމަ ފައްޓަރުބައެއް ފެނެއެވެ. ނީޝަން ވެސް ރީތި ގޮތައް ފަން އިސްތަށިގަނޑުން ހުޅީއެއް ޖަހާލާފައިވީ އިރު އެފަދަ ފައްޓަރުބައެއް ކަރުގައި އޮތެވެ. އޭރު މީރާން ހުރީ ފުސްމޫނު ހަދައިގެންނެވެ. އޭނާ ލާން ބޭނުން ވީ ހުދު ގަމީހާއި އެކު ޓްރައުޒާއެކެވެ. ނަމަވެސް އިރަމްއާއި ނާޔާ ބާރުފޯރުވައިގެން އެންމެ ފަހު ވަގުތު މުންޑު ލާންޖެހުމުން ހުރީ ރުޅިގަދަވާ ގޮތްވެފައެވެ.
”މިއަދު ދިޔުމުންނޭ ލިބެން އިނީ ޗުއްޓީ.. އެހެންވެ ދިޔައީ.. އެހެންނޫނަސް މިހާރު ވަރަށް އެހެން ކަހަލަ ކޭސް އެއްގަ މިއުޅެން ޖެހެނީ.. ތައްޔާރް ވެގެން އެބަ އަންނަން“ މަޖުދާ ބޯޖަހައިލުމުން އިޔާން އތެރެއަށް ވަނީ ތައްޔާރުވެލުމަށެވެ. މަޖުދާވެސް ބޯޖަހާލާފައި ދައްކާލީ ކާރު ނެރެގެން އައިސް މަޑުކޮށްލި ނަދީމެވެ. ރީއާ ކޮބާއިތޯ އެހުމުން އަމީރާއާއި އިރަމްއާއި އެކު މާކުރިން ދިޔަ ހަބަރު ލިބުނެވެ.
****
ޒާހިރްއާއި ލައިލާގެ ’މާވިނަ‘ ގޭގައި މިރޭ ވަނީ އުފާވެރިކަމެވެ. ހީވަނީ ބަހާރުމޫސުން އައިސްފައިވާ ހެންނެވެ. ޒަންޔާއާއި ވިޝާމްގެ ރަންކިއުމުގެ ހަފްލާއަށްޓަކައި އެންމެފަހުގެ ތައްޔާރީތައް ވަމުން ދިޔައިރު ގޭގެ އުޅޭ ހުރިޙާ ނޯކަރުންނާއި މަސައްކަތު މީހުންގެ އަތްމަތި ހުރީ ނުހަނު އަވަސްކޮންނެވެ. ރަތް ކުލައިގެ ދިގު ހެދުމާއި އެކުލައިގެ ޝޯލް ބުރުގާގައި ތައްޔާރުވެގެން ހުރި އިރު މޭކަޕެއް ނެތިވެސް ހީވަނީ ނޫކަށިފުރައިގެ ޒުވާނެއްހެންނެވެ. އެވިދުން މޫނުމަތިން ފެންނަން ހުއްޓެވެ. ކޮޅުކޮޅަށް ހަލުވި ހިނގުމުގައި އުޅެމުން ދިޔައިރު، ޒާހިރް ވެސް ހިނިއައިސްފައި ހުއްޓެވެ.
”ލައިލާ އަޅެ ތަންކޮޅެއް ލަސްލަހުން އުޅެބަލަ … “ ޒާހިރް ގަމީހުގެ އަތުކުރި ރަނގަޅު ކޮށްލަމުން ސޯފާގައި އިށީންދެލިއެވެ. އޭރު އޭނާގެ އެއްބަނޑު އެއްބަފާ ހަތް ބެއިންނާއި އެމީހުންގެ ދަރިން ވެސް އެރޭގެ ހާއްސަ ހަފްލާއަށް އައިސް ތިއްބެވެ. ލައިލާއަށް އަތްގާތް ކޮށްލަ ދިނުމުގައި އަންހެންވެރިން އުޅުނު އިރު ފިރިހެންވެރިން ތިބީ ލިވިންގ ރޫމުގެ ސޯފާ ސެޓްގައެވެ.
”ދޮންބެދައްތާ އެބުނާހެން ނިކަން ހަމަޖެހިލަބަލަ“ޒާހިރްގެ ކޮއްކޮއަކު ވެސް ގޮވާލިއެވެ.
”ކިހިނެތް މަޑުން ހުންނާނީ އެންމެން އަންނަ ވަގުތު ޖެހެނީ ވިއްޔަ.. ބަލާ ޒާހިރް އިންލެތް އަރާމްކަން.. މީނައަށް ވާކަމެއް ނޫނެއްނު“ ބަގީޗާގެ ތެރޭގައި ތައްޔާރު ކުރެވިފައިވާ ސަރަހައްދަށް އެންމެ ފަހު ފަހަރަށް ނަޒަރު ހިންގާލަމުން، ދޮރުކައިރީގައި ހުރެ ލައިލާ ގޮވާލިއެވެ. ޒާހިރްގެ ގާތައް ހިނި އައެވެ.
”އަހާން މަޖޫ އަވަހަށް އާދޭ“މަޖުދާ ފެނުމުން ތައުރީފް ނުކޮށްލާ ލައިލާއަކަށް ނުހުރެވުނެވެ. އޭނާގެ އަތުގައި ހިފާލައިގެން ގެންގޮސް ބަދިގެތެރެއަށް ވަނެވެ.
”ކޮބާ ކޭކުގެ ފައިނަލް ލުކް ރަނގަޅުތަ؟؟… މިހާރު ވެޑިންގް ކޭކާއި އެކު ހުންނަ ޕޭސްޓްރީތައް ވެސް އޯލްމޯސްޓް ނިމިފަ އެހުރީ.. ފޮންޑަންޓްވެސް ނިމިފަ.. މާދަމާ ފަށާނަން އިންޝާﷲ“
”ދެން ދައްކާ ވާޙަކަ.. ކޭކް ކަމުދާނެ އެންނު.. މަޖޫ ކޭކްސް އެއީ ހަމަ ޓޮޕް މާޝާﷲ.. ޒާހިރްގެ ފެމެލީއަށް ވެސް ވަރަށް ކަމުދިޔަ .. “ ލައިލާގެ ޖަވާބުން މަޖުދާއަށް ލިބުނު ހިތްހަމަޖެހުމުގައި ހީލެވުނެވެ. ދެމީހުން ތަފާތު ވާހަކައިގާ ތިބެ މިސްރާބް ޖެހީ ގޭޓް ކައިރިއަށެވެ. އެމީހުންގެ ފަހަތުން ޒާހިރް ވެސް ނުކުމެގެން އައެވެ. ނޯކަރަކު އައިސް ހައިކަލް އާއި އާމިލާގެ އާއިލާ އައި ހަބަރު ދިނުމުން އެމީހުންގެ ފިޔަވަޅުތައް ތަންކޮޅެއް ހަރުކޮށް ބެހެއްޓިއެވެ. ދެވުނު އިރު ކާރުން ފައިބަނީއެވެ. އާމިލާ ފެނުމާއި އެކު ލައިލާގެ މޫނުމަތީ ގައިވި ހިނިތުންވުން ފުޅާވިއެވެ.
”އަވަހަށް އާދޭ ހުރިހާ ކުދިން“ އާމިލާގެ ގައިގާ ބައްދާލަމުން އެންމެން ވަނުމަށް ތަންދެއްކިއެވެ. އެންމެ ފަހަތުގައި ވިޝާމް ހުރިއިރު އޭނާ ސިހުނީ އިޔާން އޭނާގެ ކޮނޑުގައި ޖެހިގަތުމުންނެވެ. އިޔާންއާއި ދިމާ ބަލާލި އިރު އޭނާގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ނަމަވެސް އެއްޗެއް ނުބުންޏެވެ.
”ސޮރީއޭ ދެން.. ޗުއްޓީ ނެގެނީ މިއަދު ގޮސްގެން.. އެހެންވެ މިދިޔައީ“ ވިޝާމްގެ ނުރުހުމުގެ އަސްލަކީ ކޮބައިކަން އެނގިގެން އިޔާން ވާހަކަ ދެއްކިއެވެ.
”ހޯން.. ހަނދާން ކުރާތި މިކަންތައް ނުނިމެނީސް ދެން އޮފީހަށް ގޮސްފިއްޔާ މަ ނުދައްކާނަން ވާހަކައެއް“
”ބަލަ ނުދާކަށް ނޫންތަ މިއައީ ލީވް ޖަހާފަ.. ނިކަން ބޭބީ ވެސް ވާ މީހެއް މީ.. މިއޮތްފަދަ ރޭ ވެސް ތުންދަމައިގެން ހުރީމަ ކިހިނެތް ވާނީ“ އިޔާންގެ ގާތައް ހިނިއައި ވަރުން ވިޝާމްގެ އުނަގަނޑުގައި ޖަހާލިއެވެ. އިޔާން ފަރާތްފަރާތައް ނަޒަރު ހިންގާލީ އަމީރާގެ ހިލަމެއް ވޭތޯއެވެ. މަސައްކަތުގެ ވަގުތު ބުރަވުމުގެ ސަބަބުން އަމީރާއަށް މިއަދު މެސެޖެއް ވެސް ނުކޮށްލެވުނެވެ. ފެންނަން ނެތުމުން ފޯނު ނަގައި މެސެޖެއް ކޮށްލަން ބަލައިލި ހިނދު، އޭނާގެ ހިލަމެއް ނުވެގެން އަމީރާ ކޮށްފައިވާ މެސެޖްތައް ފެނި ތުންފަތުގައި ދައިގަނެވުނެވެ.
”ކޮބާ ހަނދާންކޮށް ރިންގް ގެނައިންތަ؟“ ވިޝަމް އަހާލުމުން އިޔާން ބޯޖަހައިލިއެވެ.
އެތެރެއަށް ވަތް ހިނދު އެ އާއިލާގެ ފަރާތުން ހޫނު މަރްހަބާއެއް ކިއެވެ. މުޅިންވެސް ފެނިގެންދަނީ އުފާވެރި މޫނުތަކެވެ. ރެއަށްޓަކައި ބަގީޗާގައި ތައްޔާރު ކޮށްފައި ހިސާބަށް އެމީހުން ގޮވައިގެން ގެންދިޔައެވެ. އެހިސާބު އޮތީ ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. އެންމެންނަށް ތިބެވޭނެހެން ދިގުދިގަށް ހުރި މޭޒުގެ ދެފަރާތުގައިވާ ގޮނޑިތަކުގައި ހައިކަލްގެ އާއިލާ އިށީނުމުން، ޒާހިރްގެ އާއިލާ ވެސް ހުސް ގޮނޑިތަކުގައި އިށީނދެ ފުރާލިއެވެ. އެންމެން މެދުގައި ދެކެވެން ފެށުނީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ވާހަކައެވެ. އިންތިޒާރުގެ ވަގުތުތައް ގުނަން ފެށުނީ ޒަންޔާ އަންނަންދެނެވެ.
ވަކިން ދެ ގޮނޑި ބައިންދާފައި އިން އިރު އެއީ ޒަންޔާއާއި ވިޝާމްއަށް ހާއްސަ މަގާމެވެ. އޭގެ ފަހަތައް އިނީ ނުހަނު ފުރިހަމައަށް ތައްޔާރްކޮށްފައިވާ ބެކްޑްރޮޕެކެވެ. ނިއޯން ލައިޓުން ’ރަންކިޔުމުގެ ދަރުބާރު‘ ޖަހާފައިވާ ބޯޑެއް ހަރުކޮށްފައިވާ އިރު ، ތަން ތައްޔާރުކުރުމަށް ބޭނުން ކޮށްފައިވާ ރަތްކުލައިގެ ތާޒާ ފިނިފެންމަލުގެ ގުލްދަސްތާ ތަކުން އިތުރު ފުރިހަމަ ކަމެއް ލިބެއެވެ. ލައިޓްތަކުން ބަގީޗާ އޮތީ ހުޅުދާންވެފައެވެ. ހީވަނީ ރޭގަނޑުގެ އަލި ދުވާލަށް ބަދަލްވެފައިވާ ވާ ހެންނެވެ. ރީތި އަގުބޮޑު ’ޑެކޮރޭޝަން’އަށް އެންމެންގެ ހިތް ދޫކޮށްލައިގެން ތިބި އިރު ވިޝާމް އެތަނުން އެއް ގޮޑީގައި އިށީންދެލިއެވެ.
ވިޝާމްގެ ސަމާލްކަން ހުއްޓުނީ ރީއާ އުރާލައިގެން ދުރުގައި ހުރި އަމީރާއަށެވެ. އިހްތިޔާރެއް ނެތި ތުންފަތައް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ބޮޑާވެފައި އަމީރާގެ ކޮނޑުގައި ރީއާ ބައްދަމުން ދިޔައިރު އަމީރާ އުޅެމުންދިޔައީ އޭނާއަށް ތަނުގައި ވާ ރީތި ލައިޓްތައް ދައްކައިގެން ވެސް މަތަކޮށްލެވޭތޯއެވެ. ރަތްކުލައިގެ ދިގު ހެދުމުގައި ރީތިގޮތައް ބުޅި އިސްތަށި ކޮޅު އައްސާލާފައި ހުރިއިރު ހާދަ މައުސޫމެވެ. ވިޝާމްގެ ދެލޯ ތެމެމުން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނު ހިނދު ހިންދިރުވާލެވުނެވެ. ނަޒަރު ދުރުކޮށްލަމުން ހަމަޖެހިލިއެވެ.
”މާޝާﷲ .. ލޯބިކަން“ އިސްޖަހައިގެން އިނދެފައި ވިޝާމް އިސްއުފުލާލީ މަޖުދާގެ އަޑުންނެވެ. އޭރު ހުދުކުލައިގެ ދިގު ހެދުމުގައި އައިސް ހުއްޓިލީ ޒަންޔާއެވެ. ލުއި މޭކަޕެއް ކޮށްފައިވީ އިރު ފަން އިސްތަށިގަނޑު ހިފަހައްޓާލައިވަނީ ދޫކޮށް އައްސާފައި އޮތް ހުޅީންނެވެ. ހުޅިއަށް ޖަހާފައިވާ ހުދުކުލައިގެ ދަތީގެ އެހީގައި ހުދު ލޭސްފޮތިން ތައްޔާރު ކޮށްފައި ތުނި ވެއިލް ފުރަގަހުން ތިރިއަށް ވައްޓާލާފައި އޮތެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވުމުން ޒަންޔާ ލަދުގަތްވަރުން މޫނަށް ވެރިވި ފިޔާތޮށިކަމުން އެ މޫނު އިތުރަށް ފުރިހަމަ ވިފަދައެވެ. އެހެންޏާ ޒަންޔާ ފެނުމުން ނުބެލޭވަރަށް ވިޝާމްއަށް ބެލިއްޖެއެވެ. އެކަން އިޙްސާސްވީ، އެއްލިކަޅިއަކުން ލާނެތް ޒާތަކަށް ހީލައިގެން އިން އިޔާން ފެނިފައެވެ. އޭނާގެ ފޯނު ދިއްކޮށްލައިގެން އިނުމުން ވިޝާމްއަށް ދެލޯ ހަނިކޮށްލެވުނެވެ.
އަނެއްކާ ވެސް ޒަންޔާއަށް ނަޒަރެއް ދިނެވެ. ޒަންޔާ ވެސް ބަލައިލި ވަގުތު ކަމުން، ވިޝާމް ބަލަހައްޓާއިގެން އިނުމުން ލަދުރަކި ހިނިތުންވުމެއް އޭނާގެ ތުންފަތައް ވެރިވިއެވެ. ޒަންޔާ އިށީނުމުން ކޮޅަށް ތެދުވެ ވާހަކަ ދެއްކީ ޒާހިރްއެވެ. އޭނައަށް ފަހު ހައިކަލްއެވެ. ދެމީހުންގެ މޫނުމަތީން އުފާވެރިކަން ސިކުންތަކަށް ވެސް ފަނޑު ނުވެއެވެ.
އެއަށްފަހު ޒަންޔާގާތުގައި ރަން ކިޔާނީ ކިހާ ވަރަކަށްތޯ އެހިއެވެ. ޒަންޔާއަށް ބަލައިލެވުނީ ލައިލާގެ މޫނަށެވެ. އޭނައަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެ ސުވާލަށް ދޭނެ ޖަވާބަކާއި މެދު ރޭން ސުރެން ވިސްނި ނަމަވެސް ، ބުނާނެ އެއްޗެއް ސިކުނޑިއަށް ވެސް ނައެވެ. އެންމެން އެއްފަހަރާ ސުވާލް ކުރަންފެށުމުން ދެއަތް ދެއަތާއި މޮޑެލެވުނެވެ.
”ހޭއި؟ ވަޓްސް ޔޯ އެމައުންޓް؟“ ސިހުނީ މަޑުމަޑުން ވިޝާމް ގޮވާލުމުންނެވެ. ހާސްވެފައި އިނދެ ވިޝާމްގެ މޫނަށް ބަލައިލެވުނެވެ. އޭނާ ނިތްއަރުވާލުމުން ޒަންޔާއަށް ތުންފިއްތާލެވުނެވެ. ހަމަގައިމުވެސް ބޮޑު އަދަދެއް ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭނުންކޮށްފަ ބާކީ ވާވަރަށް ވެސް ފައިސާ ލިބުނު ނަމަވެސް އެއްވެސް އިރެއްގައި އެހާ މޮޅުކޮން އުޅޭކަށް ނުވިސްނައެވެ. ފެށުނީންސުރެން ވެސް ބައްޕައާއި މަންމަފަދައިން އޭނާވެސް ދިރިއުޅުން ބައްޓަންކުރީ ނުހަނު އާދައިގެ ގޮތަކަށެވެ. ހާއްސަގޮތެއްގައި ފައިސާގެ ކަމެއްގައި ގޮތް ނިންމުމަކީ އޭނާއަށް އިންތިހާއަށް އުނދަގޫ ކަމެކެވެ.
”ވަން ތައުޒަންޑް“ކިރިޔާ ވިޝާމްގެ ކަންފަތައް ފޯރާވަރަށް ޖަވާބްދިނެވެ. އޭނަ ބަލަހައްޓައިގެން އިނީ ގަބޫލް ނުކުރިފައި އިނދެއެވެ. ވިޝާމްގެ ވެރިވި ކުލަވަރުން ޒަންޔާއަށް ފެނުނީ ނުހޭން އުޅޭ ކަހަލަ އަސަރުތަކެކެވެ.
”ސޮރީ.. ނޮޓް ހިއާރ ފޯރ ސެކަންޑް ހޭންޑް ޑީލްސް ..ޗޭންޖް ޔޯ އެމައުންޓް“
”އައި ޑޯންޓް ނޯ.. އީވެން އިފް ވީ އާރ ސްޓްރޭންޖާރސް، ކާންޓް ޔޫ ޖަސްޓް ހެލްޕް މީ؟“ ޒަންޔާ ވާޙަކަ ދެއްކީ ވިޝާމް ދެއްކިހާ މަޑުންނެވެ.
”ގާލް، އައި ކޭންޓް ހެލްޕް ވިތް ދެޓް! އަހަންނަކަށް ނުބުނެވޭނެ މިވެނި ވަރަކަށް ރަން ކިޔާށޭ.. ޔޫ ކެން ސޭ އެނީ ޕްރައިސް“ ވިޝާމްގެ ޖަވާބު އަހާފައި ކުރިއަށް ވުރެން ބޮޑަށް ޒަންޔާއަށް ތުންފިއްތާލެވުނެވެ.
”ދަރިފުޅާ ދެން ބުނެބަލަ“ މިފަހަރު ގޮވާލީ ޒާހިރްއެވެ. އެހީއަކަށް އެދި އޭނާއަށް ބަލައިލެވުނީ އާމިލާގެ ގާތުގައި ހުރި ލައިލާގެ މޫނަށެވެ. ދަރިފުޅުގެ އިޙްސާސްތައް ވިސްނިގެން ޒަންޔާގެ ގާތައް އަންނަން އުޅެނިކޮން ލައިލާއަށް ވުރެން ކުރިން އާމިލާ އައެވެ.
”ކޮބާ ދަރިފުޅާ ފައިނަލް ވެއްޖެތަ؟ އެހާ ހާސްވާ އެއްޗެއް ނޫން.. މަންމަ ވެސް ތިހެން އުޅުނީ ބައްޕައާއި އިންނަން އުޅުނު ދުވަސްކޮޅު“ ލާނެތްގޮތަކަށް ހީލަމުން ހައިކަލްއަށް ބަލާލާފައި އާމިލާ ބުނެލިއެވެ. ފޮޓޯގްރާފަރުން ކެމެރާ ހިފައިގެން ތިބިގޮތުން ޒަންޔާއާއި އެހާ ގާތެއް ނުވެވުނެވެ.
”ފައިވް ތައުސަންޑް“
”ނޯ“
”ދިހަ ހާސް ރުފިޔާ.. ފަނަރަ ހާސް ރުފިޔާ… ވިހި ހާސް ރުފިޔާ .. ނޫނެކޭ؟…ދެން އާއެކޭ ބުނެބަލަ .. އަހަންނަކަށް ނޭނގެއޭ ރަންކިޔާކަށް“ ބުނާ ކޮންމެ އަދަދަކަށް ވިޝާމް ނޫނެކޭ ބުނާ ގޮތުން ޒަންޔާ އިނީ ހަނދާނެ ގޮތް ހުސްވެފައެވެ. އަނެއްކޮޅުން އެހެން މީހުން ވެސް ދިޔައީ ތަން ހަލަބޮލި ކުރަމުންނެވެ. ޒަންޔާގެ ނަމުން ގޮވާ ، އަވަހަށް އަދަދެއް ބުނުމަށް، ބުނަމުން ދިޔައެވެ.
”ނޫން.. މައި މޯމް އެންޑް ޑޭޑް ވުޑް ލިޓްރަލީ ކިލް މީ އިފް އައި އެކްސެޕްޓެޑް ޔުއާރ ރޭޓްސް“ ވިޝާމްއަށް ބޯހޫރުވާލެވުނެވެ.
”އޯހްހް ގޯޑް….ދެން ހެލްޕް މީ؟ އަމް ބޭޑް އެޓް ދިސް“ އޭރު ހައިކަލް އާއި ޒާހިރް އާއި ލައިލާ ވެސް އާމިލާގެ ގާތައް ހުއްޓިގެން ތިއްބެވެ.
”ޒަންޔާ ބުނީ ދިހަ މިލިއަން އެމެރިކާ ޑޮލާރ“ އެންމެ ފަހުން ވިޝާމް ބުނެލިއެވެ. ޒަންޔާގެ ބޮލުން ހީވީ ތަރިބުރައިގެން ދިޔަހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެ އޭނާއަށް ވިޝާމްގެ މޫނަށް ބަލައިލެވުނެވެ. ދެނެހުރިކަމަށް ނުހަދާ ވިޝާމް އިސްޖަހައިލައިގެން އިނެވެ. ދެން ބަލައިލެވުނީ ޒާހިރްއާއި ލައިލާގެ މޫނަށެވެ. ޒާހިރް އަނގަމަތީގައި އަތް އަޅާއިގެން ހުރިއިރު، ލައިލާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ޖަވާބު ދިނީ ޒަންޔާ ކަމާއި މެދު ވެސް އެމީހުންނަށް ޝައްކެވެ.
އެންމެންގެ އުފާވެރި ހަޅޭކުގެ އަޑުގުގުމާލި އިރު ޒަންޔާއަށް މޫނުމައްޗަށް އަތް ހުރަސްކޮށްލެވުނީ އެއިންމީހަކާއި ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ. އެ ހަބަރު ގެއިން ބޭރުވެއްޖެއްޔާ ކޮންމެވެސް އޮންލައިން ނޫހެއްގެ ފަލަ ސުރުހީއަށް އަރާނެކަން ގައިމެވެ. އޭނައަށް ހިންދިރުވާލެވުނެވެ. އެވަގުތުވެސް ވިސްނާލެވުނީ އެހާ ބައިވަރު ލާރި ހިފައިގެން އޭނާ ކުރާނެ ކަމަކާއި މެދުގައެވެ.
”އިޓްސް އޯކޭއޭ“ ޒަންޔާ އިން ގޮތުން ވިޝާމްއަށް ދިޔައީ ހެވެމުންނެވެ. އެއިންގޮތައް އިނދެ ފެނުނީ އޭނާ ދެލޯ އަޅާލި ތަނެވެ.
”ދަރިފުޅާ އެ ދެން ކޯއްޗެއް.. ތިއަށް ވުރެން ރަނގަޅު އެމައުންޓަކަށް ބުނަން ޖެހޭނީ.. އެނގޭތަ މަންމަ ރަން ކީވަރު.. ވަން ބިލިއަން“ ޒަންޔާގެ ކަންފަތް ދޮށުގައި އާމިލާ ބުނެލިއެވެ. ޒަންޔާ ސިހުނެވެ. އާމިލާގެ މޫނަށް ބަލައިލި އިރު ގަބޫލް ކުރަން ދަތިވެފައި ވެސް ހީލެވުނެވެ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ އޭނާގެ ހުވަފެނުން ވެސް ނުދެކެއެވެ. އެއްފަހަރާ ފަސްހާސް ރުފިޔާ ޒާހިރް ދިންނަމަވެސް އޭނާ ކަންތައް ބޮޑުވެގެން އުޅޭ ހަނދާން އެވަގުތުވިއެވެ. އިތުރު ކަމަކާއި ވިސްނޭ ވަރެއް ނުވިއެވެ. ދެމީހުންގެ ދެފަރާތުން އަތައް ލައިދިނީ ކުޑަ މަހުމާ ފޮއްޓެކެވެ.
ވިޝާމް ފޮށި ހުޅުވާލި ހިނދު ހުދު ރަނުގެ ޖަވާހިރު އަނގޮޓީގެ ވިދުން ދަޅައަޅާލިއެވެ. ފޮށިން އަނގައްޓި ނަގާ އިން ގޮނޑި ތެދުވެ ޒަންޔާގެ މޫނަށް ބަލައިލުމުން ވެސް އޭނާއަށް ހުރެވުނީއެވެ. އާޝޯހް ކޮށްލިއެވެ. މަޑު ތުރުތުރު ލަމުން ދިޔަ އަތް އޭނާއަށް ހިތްލާލަން އެނގުނީ ވެސް މަގަތުގައި ހުރެ ލައިލާ ބުނެދިނުމުންނެވެ.
”ސޮރީ“ މާފަށް އެދެމުން، އޭނާއަށް ބަލައިލެވުނީ އޭނާގެ ވައަތު ކަށީ އިނގިލީގައި ވިޝާމް އަނގޮއްޓި އަޅުވާލަ ދިން މަންޒަރެވެ. އަމިއްލަ އަތައް ދޫކޮށްލި ނަޒަރާއި އެކު ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. ނަވާރަ އަހަރުވީ ހަޔާތުގައި ނެގޭ އެންމެ ބޮޑު ފިޔަވަޅަށްޓަކައި ވަގުތު ކުޑަތަންވެފައިވީ ވަރު އިޙްސާސްވެގެން ދިޔައެވެ. ހިތައް ފިނިވެލިއެވެ. ލޮލުގެ ހިމަކޮޅުން ވިޝާމްގެ މޫނަށް ބަލައިލެވުނެވެ. ލޯބިން ކުރެވޭ ކައިވެންޏަކަށް ނުވީ ނަމަވެސް އެ މޫނުމަތިން އޭނާއަށް ދެރަގޮތެއް ހަނދާފާނެހެން ހިއެއް ނުވެއެވެ. އެއަށްވުރެން ހަރުދަނާ ވައްތަރު ޖަހައެވެ. ނަމަވެސް މީހެއްގެ މޫނަކުން އޭނާގެ މުޅިދިރުޅުމުގެ ވައްޓަފާޅިއާއި ފަލްސަފާއެއް އަދި މިޒާޖެއް ނޭނގޭނެތާއެވެ. ޒަންޔާ ފިނި ހިތަކުން ވިސްނާލިއެވެ. ޔަގީންވާ ކަމަކީ ލައިލާއާއި ޒާހިރް އޭނާއަކަށް ދެރަގޮތެއް ނުހަދާނެ ކަމެވެ. ނަމަވެސް އޭނާގެ ހިތުގައި ރިއްސާލިއެވެ. ވިޝާމްގެ މަގާމުގައި ހުންނަން އޭނާގެ ހިތް އެދުނީ އެހެންމީހެކެވެ. ވިޝާމް ބަލާލަން ވެސް ހަޑިއެއް ނޫނެވެ. އުޅުން ހެވެވެ. ރަދަނާ ވެފައި ޒިންމާ ދާރެވެ. މިޒަމާނުގައި މިއުޅޭ ތޯތޯ ފިރިހެން ކުދިންގެ އެއްވެސް ސިފައެއް ނުވެއެވެ
ކުއްލިއަކަށް ހިތައް އަރައިގެން ދިޔަ އެއްޗަކުން ތެޅިގަނެވުނެވެ. ހިތައް ވެރި އަސަރުތައް މޫނާއި ހަމައަށް ފޯރުމުގެ ކުރިން ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. ލައިލާގެ އަތުގައި އިން ފޮށީގައި އިން އަނގޮއްޓި ނަގާފައި ވިޝާމްގެ އަތުގައި އަޅުޥާލަ ދިނެވެ. ކިރިޔަ ކިރިޔާ އެއަތުގައި ބީހިލެވުމުން ވެސް ޒަންޔާ ލަދު ގަންނަގޮތްވިއެވެ.
އެއަށްފަހު އޮތީ ދެއާއިލާއިން ހަދިޔާ ބަދިޔާ ބަދަލްކުރުމެވެ. އާމިލާމެން ދީފައިފައި ހުރި އަގުބޮޑެތީ ގަހަނާ ފޮށިތައް ފެނި ޒަންޔާއިނީ ހިތް ބިރުގަނެފައެވެ. އޭގެ ވިދުންތަކާއި ދަޅަތަކުން ލޯ ތަރަތަރަޖަހައިގެން ދެއެވެ. އޭގައަތްލަން ނުކެރިފައި އިންދާ އެންމެ ފަހުން އާމިލާ އޭނާގެ އަތު ތެރެއަށް ފަހަރަކު އެއްޗެއް ލައްވަމުން ދިޔައެވެ. ޒަންޔާގެ އާއިލާއަކީ ފުދިގެން އުޅޭ އާއިލާއެއް ނަމަވެސް، އެ ލިބުނު ތަކެތީގެ އަގު ޒާހިރްގެ ހުރިހާ ފައިސާއަކަށް ވުރެން އެތައް ގުނައަކަށް އަގުއަޜާނެކަން ޔަގީނެވެ.
ފޮޓޯ ސެޝަނަށްފަހު ދެން އޮތީ ރެއަށް ހާއްސަ ކެއުމެވެ. ދިވެހި ކެއުމުގެ އެކި ވައްތަރުތަކުން މޭޒުގެ ދެފަރާތް ފުރާލާފައިވެއެވެ. ތަށިތަކުގެ ގާތައް ކައިރިވަމުން ދިޔަ ވަރަކަށް އަރަމުންދިޔަ މީރުވަހުން ކުޅުދިޔާވާހާވެއެވެ. ތައްޓަކަށް ކާއެއްޗިހި އަޅައިގެން މޭޒު ދޮށުގައި އިށީންދެފައި އިޔާންއަށް ބަލައިލެވުނީ އެންމެން ތިބިއިރުވެސް އަމީރާގެ ހިލަމެއް ނުވާތީއެވެ. ރީއާ ވެސް ފެންނާކަށް ނެތެވެ. ޒަންޔާ ގޮވައިގެން އައީ ވެސް އިރަމް އެވެ.
”އިރޫ..އިރޫ..“ މަޖުދާގެ ގާތުގައި މަޑުކޮށްލައިގެން ހުރި އިރަމްއަށް އިޔާން ގޮވާލިއެވެ. އަރުުގެ އިޝާރާތުން އައުމަށް އެދުނެވެ.
”ކޮބާ އެމީ؟ ރީއްކޮއެއް ވެސް ނެތް“ އިޔާން އަހައިލީ އެހެން މީހަކަށް ނީވޭހާ މަޑުންނެވެ.
”ދެންމެ އެވަނީ ރީއްކޮ ގޮވައިގެން އެތެރެއަށް.. ރީއްކޮ ހުން ވައްތަރުވެފަ ހުރީމަ ބޮޑާވެގެން އެމީގެ ގައިން ވަކި ވެސް ނުވި.. އެހެންވެ މަންމަ މި ފޮނުވާލީ “
”ގެއިން އައި އިރު ނެތް ހުމެއް އެކަމަކު.. “ ކާން ގެންގުޅުނު ތަށި ބެހެއްޓުމަށްފަހު އިޔާން އުޅުނީ ރީއާގެ ގާތައް ދާށޭވެ. ނަމަވެސް އިރަމް ގޮވާލުމުން މަޑުޖެހިލިއެވެ.
”ވެއިޓް.. ދޮންބެ ރަނގަޅަށް ކައިގެން ދޭ .. އޭރުން އެމީއަށް ވެސް އެއްޗެއް ކާލަން އާދެވޭނީ.. ރީއްކޮއަށް ފަހަރެއްގަ ނިދިފަ ވެސް އޮވެދާނެ.. އަހަރެން އައި އިރުވެސް ކިރިޔާ ދެލޯ ހުޅުވެނީ“ އިރަމް ބުނެލިއެވެ. އިޔާން ބޯޖަހައިލުމަށްފަހު އިށީންދެ ކާންފެށިއެވެ. އިރަމް ވެސް ، ކާއެއްޗެހި އަޅައިގެން، އިޔާންއާއި ޖެހިގެން އިން ގޮނޑީގައި ތަށި ހިފައިގެން އިށީނެވެ.
ރަނގަޅަށް ކާން ނުފެށި އުޅެނިކޮން އުނގުމަތީގައި އޮތް ފޯނު ވައިބްރޭޓް ވެގެން ބަލާލި އިރު ސަދަފްގެ މެސެޖެކެވެ.
”އޮބްސެސްޑް“ އަނގަޔަށް ލީ ފުރަތަމަ ސުއާއާއި އެކު އިރަމްއަށް ހުއްޓިލެވުނެވެ. ވަށައިގެން ވީ މާހައުލަށް ކަޅި ހިންގާލެވުނީ ސަދަފްގެ ހިލަމެއް ވޭތޯއެވެ. ހައިކަލްއާއި ނަދީމްގެ މެދުގައި އިން ސަދަފް އޭނާއަށް ފެނުނީ އިރުކޮޅެއްގެ މަސައްކަތުންނެވެ. އެމީހުން ތިބީ ފުދޭވަރަކަށް ދުރުގައި ނަމަވެސް، ސަދަފްގެ ކަޅި ސީދާވެފައި ވަނީ އިރަމްގެ މޫނަށެވެ. ހީވީ އޭނާ ލަދުގަންނުވާލަން މަސައްކަތް ކުރަމުންދާހެންނެވެ. އަނގަޔަށް ބޮނޑިވި ކާއެއްޗިހި ނުހަނު އުނދަގުލުން ދިރުވާލަމުން ކަރުކެހިލިއެވެ.
”ކޮން މާނަ އެއްގަ ބާ؟“ ހިތާހިތުން އިރަމްއަށް ވާހަކަ ދެއްކުނެވެ. އެ މެސެޖަށް ޖަވާބު ދޭކަށް އިރަމް ނުވިސްނިއެވެ. ކައި ނިމުނު އިރުވެސް ސަދަފް ބަލަން އިނުމުން ކެވުނީ ވެސް ނުހަފާ ދިރުވައިގެން ކަހަލަ ގޮތަކަށެވެ. އެކަމުގެ ސަބަބުން ކަރުގައި ހިފާލާފައިވާ ތަދަކާއި ހުރެ އިރަމް ދިޔައީ އެހިސާބުގައި އަތުން ފިރުމަމުންނެވެ.
”ދޮންބޭ.. ގެނެސްދީބަ ފެން“ ފެންތަށި ހުސްވެފައި އިނުމުން ، އިޔާން ތެދުވަތް ވަގުތު އިރަމް ބުނެލިއެވެ. އިޔާން ވެސް ބޯޖަހައިލަމުން ތެދުވެގެން ދިޔައީ އެކަން ކޮށްދިނުމަށެވެ. ލަސްތަކެއް ނުވެ އޭނާ އެނބުރި އައިސް އިރަމްގެ އަތައް ފެންތަށި ދިއްކޮޅަމުން އިށީންދެލިއެވެ.
”ރީއްކޮ ނިދައިފިއޯ އެކަމަކު އެމީގެ ގައިން ވައްކެއްނުވި.. އެންމެ ފަހުން މަންމަ އެ އައީ އެމީއަށް ކާއެއްޗިހި ބަލާ.. “ ސްޕާރީ ޕެކެޓެއް އަނގަޔަށް އަޅާލަމުން އިޔާން ވާހަކަ ދެއްކިއެވެ.
އިރަމް ބޯޖަހަލާމުން ފެންތަށި ނަގާ ތުމުގައި ޖަހާޅި ވަގުތު ފޯނު ދިއްލުނުތަން ފެނިގެން އެއިންގޮތައް އިނދެ ބަލައިލިއެވެ. މިފަހަރުވެސް ސަދަފްގެ މެސެޖެއް އިނުމުން ހުޅުވާލިއެވެ.
”ކޭންޓް ސްޓޮޕް ލުކިންގް އެޓް ޔޫ“
މެސެޖް ކިޔާލެވުނު ވަގުތު އިރަމް ދިޔައީ ކޮށި އަރައިގެންނެވެ. އަނގައިގާ ވާހާ ފެނެއް ބުރުއްސައިގަން ދިޔައިރު މުޅި ކުއްޖާ ހުރީ ދެލޯ ބޮޑުވެފައެވެ. ކެއްސަމުން ދިޔައިރު އިޔާން ތެޅިގަނެފައި ތެދުވެ އޭނާގެ އުނަގަނޑުގެ ތަޅާލިއެވެ.
”ކިހިނެތް ތިހެދީ؟ އޯކޭ ތަ މިހާރު؟“ އިރަމްގެ ތުމުގައި ފެންތަށި ޖައްސާލަދެމުން އިޔާން އެހީ ކަންބޮޑުވެފައި ހުރެމެއެވެ. ކޮށިއެރިވަރުން ދެލޮލުން ފޭދިފައި ހުރި ފެންތައް ފުހެލަމުން އިރަމް ބޯޖަހައިލިއެވެ. އޭރު އިރަމްއަށް ވީ ގޮތުން ކައިރިއަށް އައި އެހެން މީހުން ވެސް ރަނގަޅުތޯ ސުވާލް ކުރަންފެށިއެވެ. އެންމެނަށް ބޯޖަހާލަމުން އޭނާ ހީލިއެވެ. އެއް ނޭވާއިން ފެންތަށި ބޯލައިގެން ދުރަށް ހިނގައިގަތީ ސަދަފްއަށް ނުރުހުމުގެ ނަޒަރެއް ދީފައެވެ. އިރަމްގެ ހިތައް އަސަރް ވެސް ކުރިއެވެ. ކަންވެފައި އޮތް ގޮތުން އޭނާ ހީކުރީ ސަދަފް އުޅޭނީ ދެމެދުގައި ވީ ނުތަނަވަސްކަން ފިލުވާލުމަށް ކަމުގައެވެ. އެކަން އެގޮތުގައި ބާއްވާފައި އަދި ވެސް ސަދަފްއަށް އެނގުނީ އެގޮތައް ’ފްލާރޓް‘ ކުރަން ހެއްޔެވެ. އިތުރަށް އޭނާގެ އިހްސާސްތަކަށް އަނިޔާވެރިވާން ހެއްޔެވެ. އޭނާގެ ހިތް އޮތް ގޮތެއް ނޭނގުނު ނަމަވެސް އެންމެ ރަނގަޅެވެ. ނަމަވެސް ސަދަފްގެ މެސެޖްތައް ބަލާފައި ވެސް، ޖަވާބްދިނުމެތި ހުންނައިރުވެސް ސަދަފްއަށް މަޑުން ހުންނާކަށް ނޭނގޭހެއްޔެވެ. އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން އޭނާ ވަނީ ގޭތެރެއަށެވެ. ބޭނުމަކަށް ވީ އަމީރާގެ ގާތައް ގޮސް ޝަކުވާތައް ބަންޑުން ކޮށްލާށެވެ. ނަމަވެސް ސިޑިކައިރީގައި ހުއްޓާ ލައިލާ ގޮވާލާފައި ކަމަކު އެދުމުން އެކަމަށް އަވަސްވެ ގަންނަން ޖެހުނެވެ.
އިރަމް ލޯމަތިން ގެއްލެން ދެން ބަލަހައްޓާއިގެން ހުރެފައި އިޔާން ދެން ބަލައިލީ މޭޒުގެ އަނެއް ފަރާތުގައި އިން ސަދަފްއަށެވެ. އިރަމް ދިޔަ ދިމާލަށް އެނބުރިލަމުން ސަދަފް ބަލަހައްޓާއިގެން އިންގޮތް ފެނި އިޔާންއަށް ދޫކޮށްލެވުނީ ނުތަނަވަސް ނޭވާއެކެވެ. ސަދަފްގެ މޫނުމަތިން ހިސާބެއްގެ މާޔޫސްކަމެއް ފެނުނުއިރު އިރަމް ބަދަލްވެގެން ދިޔަ މިޒާޖް ވެސް އޭނާއަށް ފެނުނެވެ. އެތަނުގައި އެވަގުތު ތިބި އެހެން މީހަކަށް އެކަން ފާހަގަ ނުވި ނަމަވެސް އޭނާއަށް ފާހަގަ ވެއްޖެއެވެ. އަނެއްކާ އެދެމެދުގައި ކަމެއް ހިނގަނީ ހެއްޔެވެ. ހިތައް ވެރިވި ހިޔާލަކުން އިޔާންއަށް ވަގުތުން ބޯ ހޫރުވާލެވުނެވެ. ނޫނެކެވެ. އެހެންވެގެންނެއް ނުޥާނެއެވެ. އިރަމް ހަމަހޭވެރިކަމުގައި ހުރެ އެފަދަ ކަމެއް ނުކުރާނެއެވެ. އޭނާ ނުރުހޭ ފަދަ އެއްވެސް ކަމެއް މީގެ ކުރިން ވެސް އިރަމް ކޮށްފައެއް ނެތެވެ.
”މާ ބޮޑަށް ކަންނޭގެ މި ވިސްނެނީ.. އިރޫ އެހާ މޮޔަ އެއް ނުވާނެ.. ޝީ ވިލް ނެވާރ ޑޫ އެނީތިންގް ލައިކް ދެޓް.. “ އިޔާން އެންމެ ފަހުން އެހިޔާލްގައި ހުރެ ގޭތެރެއަށް ވަންނަން ދިޔައެވެ. ރީއާ އޮތް ކަމަށް ބުނާ ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި އަތްލި އިރު ހުރީ ހުޅުވާފައެވެ.
އިޔާން މަޑުމަޑުން ވަތް އިރު އަމީރާގެ ކޮނޑުގައި ބޯ އަޅާލައިގެން ރީއާ އޮތެވެ. އޭރު މަޖުދާ ވެސް ކާއެއްޗިހި އަޅާފައި ހުރި ތަށި ހިފައިގެން އަމީރާގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އިޔާން ފެނުމުން އަމީރާގެ ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިޔާންއަށް އެހިނިތުންވުމަށް ރައްދުގައި ހީލަން ވެސް ހަނދާން ނެތިފައި ހުރެވުނެވެ. ރަތްކުލައިގެ ދިގު ހެދުމާއި ލުއި މޭކަޕްގައި ހުރިއިރު ހާދަ ފުރިހަމައެވެ. އިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައި ވާއިރު ދެފަރާތުން ކަންފަތް ކައިރިން ގެނެސްފައިވާ ދެ އިސްތަށިކޮޅު ގެނެސް އިސްތަށިގަނޑުގެ މެދަކާއި ހިސާބުން، ދައްޗެއްގެ އެހީގައި ރަތްކުލައިގެ ފިނިފެންމަލެއް ހަރުކޮށްލާފައި އިނެވެ. މަޖުދާ ގޮވާލުމުން ސިހިފައި ބަލައިލިއެވެ.
”ދަރިފުޅު ކައިފިން ތަ؟“
”ލައްބަ ކައިގެން މިއައީ .. އަންނަން އުޅެނިކޮން އިރޫ ބުނެފި ކައިގެން ދާން މަޑުކުރާށޭ“
މަޖުދާއާއި ވަހަކަ ދެއްކި ނަމަވެސް އިޔާންގެ ފުރިހަމަ ސަމާލުކަން ހުރީ އަމީރާއަށެވެ. އެ މޫނުމަތިން ފެނުނު ވަރުބަލިކަމަށް ވުރެން އިޔާންގެ ނަޒަރު ހުއްޓުނީ ރީއާގެ މޫނަށް އޭނާ ބަލަހައްޓައިގެން ހުރި ގޮތެވެ. ލޯބިވެތި ނަޒަރަކުން ބަލަހައްޓައިގެން އިން އިރު ނުފިލާ ހިނިތުންވުމެއް އެ ދެތުންފަތުން ފައުޅުވެއެވެ. ރީއާގެ އިސްތަށިކޮޅުގައި ފިރުމަމުން ދިޔައިރު ދޭތެރެއަކުން ނިތްކުރިއަށް ބޮސްދެއެވެ. އިޔާންގެ ހިތައް ކުރުވީ އާދަޔާއި ހިލާފް އަސަރެކެވެ. ހިތްހަމަޖެހުނު ވަރުން ލޯ ތެމިލިއެވެ. އަމީރާ އައި ފަހުން ، އިޔާންއަށް ވުރެން ބޮޑަށް ރީއާ ދޯޅުއީ ވެސް އަމީރާއަށް ކަން އޭނާ ދަނެއެވެ.
”އެމީއަށް ކެވުނީމަ ދެން ދާންވީ.. ވަރަށް ހުންބާރު ރީއްކޮ“ މަޖުދާ ބުނެލިއެވެ. އޭނާ ގާތްވެ ރީއާ ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކުކުރާލާފައި ކުރިއަށް ވުރެން ބާރަށް އަމީރާގެ ގައިގާ ބައްދާލިއެވެ.
”ނޫން…މަންމި..މަންމި“ އަމީރާގެ މޭގެ ތެރޭގައި ބޮނޑިވެލަމުން ރީއާ ބުނެލިއެވެ. އެހިނދު އަމީރާއަށް ހުއްޓުން އެރިއެވެ. މެޔަށް އާދަޔާއި ހިލާފަށް ފިނިވެގަތެވެ. ގަބޫލް ކުރަން ދަތިވިއެވެ. އެ ތުއްތު ކުއްޖާ، އޭނާއަށް ހަމަ އެ ގޮވާލީ ’މަންމާ’އޭ ކިޔާފަ ހެއްޔެވެ. އަނގަހުޅުވިފައި އިނދެމެ މަޖުދާގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތިން ވެސް ފެނިގެންދަނީ ހައިރާންކަމެވެ. ނަމަވެސް އުފާވެރި ކަމެއް ވެސް ފެނިލިއެވެ.
”ދަރިފުޅޫ ކީކޭ؟“ ރީއާގެ ނިތްކުރީގައި ފިރުމާލަމުން މަޖުދާ އެއްސެވެ.
”މަންމި“ މަޑުމަޑުން ރީއާ ބުނެލިއެވެ. އަމީރާއަށް އަނގަމަތީގައި އަތް އެޅުނު އިރު ލޮލަށް ޖަމާވި އުފާވެރިކަމުގެ މުތީތައް ކޮންޓްރޯލް ކޮށްލެވުނީ ކިރިއާއެވެ. މަޖުދާ ހެވިފައި އިނދެ ބަލައިލުމުން، ހިންދިރުވާލަމުން އޭނީ ހީލިއެވެ.
”އެހެން ހިނގާލަން ނުކުމެ އުޅޭ ދުވަހެއްގަ ވެސް މަގުމަތިން އިޔާގެ ރައްޓެއްސެ އަންހެނުން ފެނިގެން އިޔާ ވާހަކަ ދެއްކިޔަސް ރީއްކޮ ވަރަށް ރުޅި އަންނާނެ..ހެހެހެ.. އަބަދު ހުންނާނީ ތުންދަމައިގެން .. ފެނުނެއްނު ޒޯޔާއައި ރޭ ވެސް ރީއްކޮ އުޅުނު ގޮތް… އެކަމަކު އެމީ ފުރަތަމަ ފެނުނު ދުވަހުން ސުރެން ވަރަށް އެޓޭޗް ވެފަ ހުންނަނީ.. މަންމަ ވެސް ފުރަތަމަ ހައިރާންވީ.. ތީ ފުރަތަމަ ކުއްޖާ ރީއްކޮ ގަޔާވި“ މަޖުދާއަށް އަމީރާގެ ބޮލުގައި ފިރުމާލެވުނެވެ. އިޔާން އައިސް އަމީރާގެ ފުރަގަހަށް ހުއްޓުނު ހިނދު އޭނާއަށް ބަލައިލެވުނެވެ. އެއްފަހަރު އިޔާންގެ މޫނަށެވެ. އަނެއް ފަހަރު އަމީރާގެ މޫނަށެވެ. އެވަގުތު ހިތައް އަރައިގެން ދިޔަ އެއްޗަކުން މަޖުދާގެ މޫނު އިހުނަށް ވުރެން އަލިވިއެވެ. މައުނަވީ ގޮތަކަށް ހީލެވުނެވެ.
އިޔާން ގާތްވެލާފައި ރީއާ އުރާލަން އުޅުމުން މިފަހަރު ދިޔައެވެ.
”އެމީ އަވަހަށް ކާލާ.. މިޙާރު ހުންނާނީ ބަނޑުހައި ވެފަ… އެބަ އަންނަން ޑްރިންކްސް ހިފައިގެން އިނގޭ“ މަޖުދާ ނުކުންނަން ދަމުން ބުނެލިއެވެ. އަމީރާ ވެސް ބޯޖަހާލާފައި އިސްތަށިގަނޑުގައި ދައްޗެއް ޖަހާލިއެވެ. ހެދުމުގެ އަތް އޮޅާލަމުން ކާންފެށިއެވެ. ބަނޑުހައިވެފައި ހުރި ވަރުން އިޔާންގެ ނަޒަރު ހުއްޓިފައި ހުރިކަމެއް ވެސް ނޭނގުނެވެ. އެހާ ވެސް ބޮޑަށް އަމީރާ އިނީ ކެއުމަށް ގެއްލިފައެވެ. މަޖުދާ ފޮނުވައިގެން އިރަމް އައިސް ޖޫސްތަށި ދިއްކޮށްލުމުން ވެސް އޭގައި ހިފާފައި އަނެއްކާވެސް ކާންފެށިއެވެ. އިޔާން އިނުމުން ދިމާ ކުރާ ޒާތަކަށް ބަލާލަފައި އިރަމްވެސް ދިޔައެވެ.
”ސްލޯލީ ސްލޯލީ ދޫނީ“ އަމީރާ ސިހުނީ ނިމެން ކައިރިވެފައި ހުއްޓާ އޭނާގެ ކޮލަށް އިޔާންގެ ތުންފަތް އިޙްސާސްވެގެންނެވެ. ތެޅިގަނެފައި ދުރަށް ޖެހިލެވުނު އިރު އަނގައިގާ ވާ ކާއެއްޗިހި ވެސް ދިރުވާލަން އުނދަގޫވިއެވެ. އަމީރާ ބަލައިލީ ރީއާ ކޮބައިތޯއެވެ. އެނދުގައި އޮތްތަން ފެނިގެން އިޔާންގެ މޫނަށް ބަލައިލެވުނެވެ.
”އިޔާ.. ބީ ކެއާރފުލް.. މީހަކަށް ފެނިދާނެއޭ“ ތަށީގެ ތެރެއަށް އޫ ދޫކޮށްލަމުން ބަހައްޓާފައި އަމީރާ ތެދުވަތެވެ. އެއް ނޭވާއިން ފެންތަށި ދަމާލަމުން ރީއާގެ ގާތައް ޖެހިލަން އުޅުނީ ހުން ހުރި ވަރެއް ބަލާލުމަށެވެ. އޭނާގެ އަތުގައި ހިފާ ދަމާލުމުން ދުރުވާކަށް ނުކެރުނެވެ. ފަހަތުން އަމީރާގެ ބަނޑުގައި އިޔާން އަޅުވާލިއެވެ.
”އިޔާ..ނޯ.. ދައްތަ ..ދައްތަ ވެސް އައިސްފާނެ“ އަމިރާގެ ހިތް ތެޅެމުން ދިޔައެވެ. އިޔާންގެ އެ ގައިގޯޅިކަމުން ވާހަކަ ދެއްކުނީ ވެސް ނުހަނު ހިތްވަރުންނެވެ.
”އައި ޑޯންޓް ކެއާރ.. މުޅި ދުވަހު ފިލައިގެން އުޅެފަ ކައިރިވީމަ ވެސް ބަލާ ފޮނުވާލަން އުޅޭ ވަރު“ އަމީރާގެ ކޮނޑުގައި އިޔާން ދަތްތޮޅި ޖައްސާލިއެވެ. އަމީރާގެ އިސްތަށިގަނޑު އެއް ފަރާތްކޮށްލަމުން ކަނދުރާގައި ތުންފަތް ޖައްސާލިއެވެ. އެހަށިގަނޑުން އަރަމުން ދިޔަ މީރުވަހާއި ތުނބުޅީ އިސްތަށިތަކުގެ އިޙްސާސް ވުމާއި އެކު އަމީރާގެ ނޭވާވެސް ހީވީ ތާށިވެގެން ދިޔަހެންނެވެ. ދެލޯ މަރާލެވުނު އިރު ހިތުގައި ހިލިގަތް ޖަޒުބާތުތަކުން، އަނގައިގާ ލޭ ރަހަ ލާވަރަށް ތުންފަތުގައި ދަތްއެޅުނެވެ.
”އިޔާ… މަންމަ..“
”ޝުޝްޝް.. ގުޅީމަ ފޯނު ނުނެގީ ކީއްވެ؟“
”ތިހެން އަހަން ރީއްޗެއް ނޫނޭ.. ބަލާބަ އަހަރެން މެސެޖް ކުރިވަރު.. އެހެން ނޫނަސް ރީއްކޮ ގޮވައިގެން އުޅޭއިރު އެހެން މީހުންގެ މަތިން ނުވިސްނޭނެ އެންނު..“
އަމީރާގެ ޖަވާބުން އިޔާންއަށް ހީލެވުނެވެ. އަމީރާގެ ގައިގާ ހިފަހައްޓަލައިގެން ހުރި އަތައް ބާރުކޮށްލެވުނެވެ.
”އެމީ… ތެންކިއު ސޯ މަޗް.. ތެދަށް ބުނާނަމަ ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ.. އެމީ އައުމުގެ ކުރިން ރީއްކޯގެ ލޯންލީ ލައިފް އިތުރަށް ލޯންލީ ކުރެވުނީ އަހަންނަށް.. ގިނަވަގުތު އޮފީހުގަ އުޅެވޭތީ އޭރުވެސް އަހަންނަށް ވުރެން ބޮޑަށް މަންމަމެންނަށް އެޓޭޗް ވެފަ ހުންނަނީ.. ދޮންތަ ވަރަށް ހިތްހަމަ ނުޖެހިގެން ބުނަންވެސް ބުނާނެ.. އެކަމަކު ވެސް އަސްލު ވަގުތު ދޭން ވާ މިންވަރަކަށް އަހަންނަކަށް ވަގުތެއް ނުދެވޭ ރީއްކޮއަކަށް އަކަށް.. ބަޓް އެމީ އައިފަހުން ޝީ ޗޭންޖްޑް.. މާ ބޮޑަށް ވެސް އެކްޓިވް ވެފަ، ކުރިން އިރޫއާއި ހެދި އުޅޭ ގޮތައް މިހާރު އެމީ އާއި ހެދި އެއުޅެނީ.. އިރޫގެ ފަހަތުން ވެސް މިހާރު ރީއްކޮ ނުދޭ.. އަބަދުވެސް އެމީގެ ފަހަތުން.. އަމް ސޮރީ އިފް އިޓް މޭކްސް ޔޫ ލިލް އަންކޮމްފޮޓަބަލް-“
އިޔާންގެ ފަހު ޖުމްލައާއި އެކު އަމީރާއަށް ދުރުވެލެވުނެވެ. އިޔާންއާއި ކުރިމަތިލީ އިރު އަމީރާގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.
”ހައު ކުޑް ޔޫ އީވެން ތިންކް؟ އަންކޮމްފޮޓަބަލް؟ ވަޓް ދަ.. އިޔާން ތިހެން ހިތައް އެރީމަ ވެސް ދެރަ ވެއްޖެ.. އަހަރެން ކީއްވެ އެކަމާ އަންކޮމްފޮޓަބަލް ވާންވީ؟… އާފްޓާރ އައި ކޭމް ހިޔާރ، ތެދުތެދަށް ބުނާނަމަ އެންމެ ބޮޑަށް މާޒީއިން ހީލް ކޮށްދިން މީހަކީ ރީއްކޮ.. ދެމީހުން އެކަނި އުޅޭ ވަގުތު އިތުރު ކަމެއް މައިންޑްއަކަށް ނާދޭ.. ވެން ވީ އާރ ޓްގެދާރ، އިޓް ފީލްސް ލައިކް އަވާރް އޯން ވޯލްޑް.. ސްޓްރެސް ފްރީ އެންޑް ފުލް އޮފް ލަވް…އައި ލަވް ޓް ބީ ވިތް ހާރ.. އިޔާން އައި ލަވް!.. އިޓްސް ނޮޓް ބިކޯޒް ޝީ އިޒް ޔުއާރ ޑޯޓާރ، ބަޓް އައި ފެލްޓް ލައިކް ޝީ އިޒް މައިން.. ބައެއްފަހަރު ހިތައް އަރާ އަމިއްލަ ދަރިއެއް ލިބޭ ދުވަހަކުން ވެސް ރީއްކޮއާއި ދޭތެރެގަ މިއޮންނަ ބޮންޑް އިނދެ ދާނެބާއޭ.. އައި ނޯ ދެޓްސް ވިއާރޑް.. ބަޓް ހަމަ އަސްލުގަ ވެސް ހިތައް އަރާ.. އައި ރިއަލީ ލަވް ހާރ.. ދެންމެ އެކުއްޖާ ގޮވާލި ބަސް އަދިވެސް މައިންޑްގަ އެބައިން ހަރުލާފަ“ ފެންކަޅިވެފައި ހުރެ އަމީރާ ވާހަކަ ދެއްކުނެވެ.
”އަމް ސޮރީ.. ގޯސް މާނައެއްގަ ނޫން މިބުނީ.. އާހްހް .. ކަމް ހިޔާރ “ އަމީރާއަށް ރޮވުނުތަން ފެނި އިޔާންގެ ހިތުގައި ހީވީ ވިކައިގަތް ހެންނެވެ. މޭގައި ފޮރުވާލަމުން، އިސްތަށިގަނޑުގައި އަތުން ފިރުމާލިއެވެ. އަމީރާ އެގޮތުގައި މާގިނަ އިރަކު ނުތިބެވުނެވެ. ދުރުވެލަން ޖެހުނީ ދޮރުގެ ތަޅުގައި މީހަކު އަތްލިހެން ހީވެގެންނެވެ. ނަމަވެސް އޭރު އަމީރާ ހުރީ ހަމަޖެހިފައެވެ. މޫނު ފުހެލަމުން ގޮސް ރީއާގާތުގައި ހުއްޓި ނުލެވެނީސް އެތެރެއަށް ވަދެގެންއައީ ނާޔާއާއި މަޖުދާއެވެ.
”ޒަން އެބަ ވަރަކަށް ހޯދާ އެމީ … އިރޫ ވެސް ނުފެނުން“
”ބައްޕަ ކައިރީގަ ބުނަންވީނު އެހެންވީމަ އިރޫ މެން ގޮވައިގެން އަންނަން.. ރީއްކޮ ގޮވައިގެން މިދަނީ“
”ބައްޕަ ގޮސްފި ނީއްކޮ އާއި މީރާން ގޮވައިގެން .. މިހާރު އެކެއް ޖަހަނީ“
”ޔުމާން ކައިރީގަ ބުނެލާނަން އެމީމެން ގެންގޮސްދޭން.. މަންމަ ވެސް ދާނަން ދޯ އިޔާ އާއި އެއްކޮން؟… މިހާރު އަނެއްކާ ވެސް ހުން މަޑުވެއްޖެ ދޯ“ ރީއާ ކޮނޑުމައްޗަށް ލައިގެން އިޔާން ނުކުންނަން ދިޔަ ވަގުތު ނާޔާ އަތް ޖައްސާލިއެވެ. އިޔާން ބޯޖަހައިލިއެވެ.
”އާން މަންމަ ވެސް ދާން މިދަނީ.. ރީއްކޮ ދެން ހޭލެވޭ އިރަށް ނިކަން ބޮޑާ ވާނެ..“ މަޖުދާ ވާހަކަ ދެއްކިއެވެ. އެމީހުންގެ ފަހަތުން އަމީރާ ތިރިއަށް ފޭބިއެވެ. އިޔާންއާއި އެކު މަޖުދާމެން ދިޔުމުން ޒަންޔާގެ ގާތައް އަމީރާ ދިޔައެވެ. އޭނާ ދިޔައިރު އިރަމް ވެސް އިނެވެ.
”ކިހިނެތް ވެފަ؟“ އިރަމް އިން ގޮތުން އަމީރާއަށް އެހުނެވެ.
”ފިލަން ވަދެ“ އިރަމް ދައްކާލީ ފޯނެވެ. ސަދަފްގެ މެސެޖްތަކެވެ. ބައްދަލް ކުރަން ބޭނުންވާ ވާހަކަ ބުނެ އާދޭސްކޮށްފައި ހުއްޓެވެ. މެސެޖްތައް ކިޔާލެވުނު ހިނދު އަމީރާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. އަމީރާއަށް އެއްޗެއް ނުބުނެވެނީސް ކިޔައިދިނީ އިރުކޮޅެއްގެ ކުރީގެ ހާދިސާއެވެ. އެމެސެޖްވެސް ފެނުމުން އޭނާގެ ގާތައް ހިނިއައެވެ.
“ދެން އޭނައަށް ޗާންސެއް ދީބަލަ އިރޫ..“
”ނޯ!“
”ދެންން އިރޫ ! ހާދަ ބޯހަރޭ! ކީކޭތަ ބުނާނީ ވެސް.. މީހަކު ދައްކާ ވާހަކައެއް އަޑުއަހަނީއެއް ވެސް ނޫނޭ؟“ އިރަމްގެ ގައިގާ ފޯނުން ބޮޑިއެއް އަޅާލާފައި އަމީރާ ލޯއަޅާލިއެވެ.
“ ވަޓް ހެޕެންޑް ގާއީޒް؟“ ޒަންޔާއަށް ދެމީހުންގެ ވާހަކަ އިވިގެން އަހައިލިއެވެ. ދައްކަނީ ކާކުގެ ވާހަކައެއް ކަމެއް ނޭނގުނު ނަމަވެސް އެކަމަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތެވެ. އޭނާ އިނީ ރީތިވާ މޭޒުގެ ކައިރީގައެވެ. މޫނުގައި ޙާކާފައިވާ މޭކަޕްތައް ފުހެމުގެ މަސައްކަތުގައި އޭނާ އިނދެ ފަސް އެނބުރި އެމީހުންނަށް ނިތް އެއްލިއެވެ. އަމީރާއަށް ބަލައިލެވުނީ އިރަމްގެ މޫނަށެވެ. އިރަމް ދެފަރާތައް ބޯހުރުވާލީ ސަދަފްގެ ނަން ނުބުނުމަށް އެދިއެވެ.
ސަދަފްގެ ނަން ނުބުނެ އިރަމްއާއި ސަދަފްއާއި ދެމެދު އޮތް އާދަޔާއި ހިލާފަ ގުޅުން އަމީޜާ ޒަންޔާއަށް ވެސް ކިޔައިދިނެވެ. ޒަންޔާ ކަނުލާ އަޑުއަހަން އިން އިރު ހިސާބަކަށް އޭނާގެ ގާތައް ހިނިވެސް އައެވެ. ތުނދަމައިގެން އިން އިރަމް ފެނި އިތުރަށް ހެވުނެވެ. ލައިލާއާއި މަޖުދާގެ އެކުވެރިކަމުގައި އިރަމް އަކީ ކުރިން ވެސް ދަންނަ ކުއްޖެކެވެ. ނަމަވެސް ފަހަކަށް އައިސް އަމީރާގެ ސަބަބުން އެ ދެމީހުންގެ މެދުގައި ގާތް އެކުވެރިކަން އުފެދުނެވެ. އިރަމްގެ އެ ޅަކަން އަލަށް ފެނުނުމުން އޭނާއަށް މަޖާވީއެވެ.
”ކޮން ނަމެއް ކިޔަނީ އެ ފިރިހެން ކުއްޖާއަށް؟ އައި ތޯޓް ސަދަފް ކަމަށް“
”ވަޓް؟؟“ ޒަންޔާގެ ސުވާލާއި ޖަވާބު އަހާފައި އިރަމްއަށް އިންތަނުން ތެދުވެވިއްޖެއެވެ. އޭނާ ފެށީ ހޭށެވެ.
”އަޅާނުލާ.. އިރޫގެ ސްޕެޝިއަލް މީހަކު ހުރިއްޔާ އެވާހަކަ ނުބުނުން ކަންނޭގެ ރަނގަޅުވާނީ“ ޒަންޔާ ބުނާ ހިޔާލެއް ނުކުރިއެވެ. ނަމަވެސް އިރަމް ދެފަރާތައް ބޯހޫރުވާލަމުން ބުނަން އެދުނެވެ.
”މިރޭ ޕާޓީގަ އަހަންނަށް ރަންކިޔަން ނޭނގިގެން އުޅެނިކޮން އައި ސޯ އޭނަ .. ބަލަހައްޓައިގެން އިނީ ސީދާ އިރޫ އަށް.. ތި ވާހަކަ ފެށީމަ ހީކުރީ އޭނާގެ ވާހަކަ ކަމަށް“ ޒަންޔާ ބުނެލިއެވެ. އިރަމް ހިން ދިރުވާލަމުން އަލުން ގޮސް އިށީނީ އެނދުގައެވެ. އޭނާ އަމީރާއަށް ނަޒަރެއް ދިން އިރު އޭނާ އިނީ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލައިގެންނެވެ. ނުހޭން އިންފަދައެވެ.
”ދެން ކީއްކުރަންތަ ނުބުނެ ހުންނަނީ އިރޫ.. ވީ އާރ ޓޯކިންގ އަބައުޓް ހިމް.. އިޓްސް ސަދަފް“ އެންމެފަހުން އަމީޜާ ބުނެލިއެވެ. ޒަންޔާ އެހުރިގޮތައް ހުރެ ލޯ ބޮޑުކޮށްލިއެވެ. އިރަމް އިންގޮތައް ފަހަތައް އެނދަށް ވެއްޓިގަތެވެ.
”ދެން ކީއްވެ އެހާ ސްޓްރޭންޖްކޮން ތިއުޅެނީ؟ޝެޑީއެއީ ކިހާ ރަނގަޅު ކުއްޖެއް ބަޓް އިޔާންބެ އާއި އެނިމީސް ރައިޓް؟“ ޒަންޔާ އަނެއްކާވެސް ބުނެލިއެވެ. ”އެންޑް އެނގޭތަ، ކުރިން އެމީގެ އިޔާންއޭ މާކް ކީ އިރު ވެސް އައި ޑިޑިންޓޯ އިޓް ވޯޒް މަޖުއްތައާއި ނަދީމްބޭ ގެ އެ އިޔާންބެ ކަމެއް.. އެމީއާއި ދެމީހުން މިކޮޅުން ދިމާވި ރޭ އައި ފައުންޑް އައުޓް.. އިރޫ އަމް ރިއަލީ ސޮރީ، އައި ހޭވް ބޭޑް މައުތްޑް އެބައުޓް ހިމް އަލޮޓް، އައި ނެވާރ ތޯޓް އެމީގެ އިޔާން ވުޑް ބީ އިޔާންބެ.. ކުރިން މަދުމަދުން ފެނިފަ ހުއްޓަސް އެންޑް ރައްޓެހިންނަށް ނުވިއަސް، ވީއާރ ނޮޓް އެނީމީސް ދޯ “ ޒަންޔާ ކިޔައިދިނެވެ. ދިމާވެގެން އުޅުނު ކަންތަކުން ތަބީއަތު ހަރާބްވެފައި ހުރެމެ އިރަމްއަށް އެވާހަކަ ތަކުން ހިނިއައެވެ. އެއީ މައްސަލައެއް ނޫންކަމަށް ބުނެ ބޯ ޖަހައިލިއެވެ. އަދި އެކަމާއި ހުރެ އޭނާއަށް ވެސް އިޔާންއާއި ދިމާލަށް އެއްޗިހި ކިޔުނު ކަމައް އިރަމް ވެސް އެއްބަސްވިއެވެ.
ޒަންޔާ، މާކިންގެ ވާހަކަ ބުނުމުން އަމީރާގެ މިޒާޖަށް ބޮޑެތި ބަދަލްތަކެއް އައެވެ. ހިނިތުން ވެލައިގެން އިންނަމަވެސް މުޅިންހެން ވާހަކަ ދެއްކުން ހުއްޓުނެވެ. އެކަން އިޙްސާސް ވެގެން ޒަންޔާ ވެސް ފަހުން މާކިންއޭ ބުނެ އެއްވެސް ވާހަކައެއް ނުދައްކައެވެ.
”އާހްހް.. އިޓްސް ޓައިމް ޓް ގޯ … ރީއްކޮ ވެސް ވަރަށް ބަލިކޮން އުޅެނީ..“ އަމީރާ އެންމެ ފަހުން ތެދުވެލިއެވެ. އެވަގުތަކީ އޭނާ ކޮބައިތޯ އިޔާންވެސް މެސެޖްކުރި ވަގުތު ކަމުން، ހުރީ ދާން ބޭނުންވެފައެވެ. އަނެއްކޮޅުން މާދަމާ އާމިލާގެ ގެޔަށް، ވަރަށް ހެނދުނާ ދާންޖެހެއެވެ. އިރަމްއާއި އާއި އަމީރާއާއި އެކު ޒަންޔާ ވެސް ގޭޓާއި ހިސާބަށް ދިޔައެވެ. މަޖުދާ ބުނި ގޮތުން ވިއްޔާ، ޔުމާން ކާރުގައި ގެޔަށް ގެންގޮސްދޭނެއެވެ.
”ޒަން ބުނީ މެންނު އެގަޑީ ރޫމްގަ ހުރެފަ، ރަން ކިޔަން ނޭނގިގެން އުޅުނު ގަޑީ އޭ..ގެޓް ނުވެފަ މިހުންނަނީ އެހެން ބުނީމަ“ ކޮޓަރީގައި ތިބެ ދެއްކި ވާހަކައިން ހަނދާވެގެން އަމީރާ އެއްސެވެ.
އެހިނދު ލަދުގަތްފައި ހުރެމެ ޒަންޔާ ހޭންފެށިއެވެ. އެވަގުތު އުޅެވުނު ގޮތް ހަނދާންވެ މިހާރު އޭނާ ގަންނަނީ ލަދެވެ. އެގަޑީގައި ވިޝާމްގެ މޫނުމައްޗަށް އަރާފޭބި ކުލަވަރު ހަނދާންވުމުން މާ ބޮޑަށް ހެވެމުންދިޔައެވެ. ދެމީހުންނަށް މިރޭ ޒަންޔާ އުޅުނުގޮތް ކިޔައިދިނެވެ. ވިޝާމްގެ ޖުމްލަތައް ވެސް މެއެވެ. ދެ އަންހެންކުދީން ހޭންފެށި ގޮތައް، ލޮލުން ފެންއަންނަން ދެން ހުނެވެ.
”ސީރިއަސްލީ؟؟ހަހަހައްހާ“
”އާއެކޭ.. އެހެން މީހަކަށް ނޭނގޭނެ… އެއަށް ވުރެން މަޑުން ދެމީހުން ވާހަކަ ދެއްކީ“ އިރަމްގެ ސުވާލަށް ޖަވާބްދެމުން ޒަންޔާ ބުނެލިއެވެ. އެހިނދު ދެމީހުންގެ ހުނުން ގަދަވިއެވެ.
“ ނޮޓް ހިއާރ ފޯރ ސެކަންޑް ހޭންޑް ޑީލްސް އޯ ..ހަހަހްހާ.. ވިޝާމްބެ އަސްލަށް ވެސް އުޅޭނީ އެހާ މަޖާކޮން.. ކޮންމެވެސް ސަކަރާތެއް ދޮންބެ އާއި އެންމެން އަބަދުވެސް ޖަހާނެ.. އެމީހުންގެ ގާލްސްގެ ކައިރީގަ އެކަނި މަޑުން އެތިބެނީ“ ލޮލުން ފެން ފުހެމުން އިރަމް ދިޔައެވެ. މާވަރަކަށް ހުނުމުގެ ސަބަބުން އޭނާއަށް ހުރީ ރޮވިފައެވެ.
”ކޮބާ ބަ ދޮންތަބެ؟“ އިރަމް ފޯނު ނަގާފައި ގުޅާލި އިރު ޔުމާން ވަރަށް ފަސޭހައިން ފޯނު ނަގައިފިއެވެ. ކޮންތާކުތޯ އަހާލުމުން ޔުމާން ދިން ޖަވާބުން އިރަމްގެ ފިޔަވަޅުތައް ހުއްޓުނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެވި ހުއްޓާ، ޔުމާން ގޮވާލުމުން އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑާލިއެވެ.
”ކިހިނެތް ވީ؟“ އިރަމްއަށް ވީ ގޮތުން އަމީރާ އަހައިލިއެވެ. އޭނާ އެއްޗެއް ނުބުނެ ގޭޓުން ނުކުތެވެ. ކުރިމަތީގައި ކާރު ޕާކު ކޮށްގެން ދޮރުފަތުގައި ލެނގިލައިގެން ހުރި ސަދަފް ފެނި އިރަމް ފިޔަވަޅުތަކަށް މަޑުޖެހުމެއް އައި ނަމަވެސް ނުހުއްޓުނެވެ. ސަދަފްއާއި ނުހަނު ގާތްވެފައި ހުއްޓާ ފައި ވެސް މަގުން ކައްސާލިއެވެ. އަރި އަޅާލި ވަގުތު ސަދަފް އަތް ދިއްކޮށްލިއެވެ. ނަމަވެސް އޭނާގެ އަތުގައި ހިފަން ނޫޅެ، ނުހަނު އުނދަގުލުން ފައި ސާބިތުކޮށްލިއެވެ. އަވަސް އަވަހަށް ގޮސް ފަހަތު ސީޓަށް އަރައިފިއެވެ. ސަދަފް ވެސް އަތްތިރިކޮށްލިއެވެ.
ގޭޓު ކައިރީގައި ހުރި ޒަންޔާއަށް ނަޒަރެއް ދެމުން، ބަނޑަށް ހެމުން އަމީރާ ވެސް ކާރަށް އަރައިފިއެވެ. އޭނާ ފެނުމުން ސަދަފްވެސް ކަމެއް ނުވާކަމަށް ހަދާލާފައި ވާހަކަ ދެއްކިއެވެ.
ކާރަށް އެރިގޮތައް އިރަމް އިނީ ދޮރުފަތުގައި ބޯ ޖައްސާލައިގެން ދެލޯ މަރާލައިގެންނެވެ. ސަދަފްއާއި އަމީރާ ދޭތެރެއަކުން ވާހަކަ ދައްކާ އަޑު އިވުނު ނަމަވެސް އަޅައެއް ނުލިއެވެ. ނަމަވެސް ސަދަފްގެ އަނގައިން ބަހެއް ބޭރުވާ ކޮންމެފަހަރަކު ހަށިން ހީބިހި ނަގައިގަނެއެވެ. އަމީރާ ބުނި އެއްވެސް ޖުމްލައެއް އޭނާއަށް ނީވޭ ކަހަލައެވެ. ހަމައެކަނި އޭނާގެ ކަންފަތް ހުޅުވިފައި ހުރީ ސަދަފްގެ އަނގައިން ބޭރުވާ ކޮންމެ ބަހަކަށް ފަދައެވެ.
”އިރޫ މިއޮތް އާދެވުނީ ގެއަށް“ އަމީރާގެ އަޑަށް އިރަމް ދެލޯ ހުޅުވާލިއެވެ. ދޮރު ހުޅުވާލުމަށްފަހު އަމީރާ ނުކުތް ވަގުތު އިޔާން ގޭޓު ކައިރީގައި ހުއްޓާ ފެނުނެވެ. އަމީރާ ހީލާފައި ފަސް އެނބުރުނު އިރު އިރަމްވެސް ކާރުން ފައިބައިގެން އަންނަނީއެވެ. އިޔާން ފެނުމުން ކަންނޭގެއެވެ. ސަދަފްވެސް މަޑުނުކޮށް ގޮސްފިއެވެ.
”ކޮބާ ރީއްކޮ؟“ އަމީރާ އަހާލުމުން އިޔާން ޖަވާބެއް ނުދީ ހުރީ، އިރަމް ގޮސް ލިފްޓަށް އެރި މަންޒަރު ދެކޭށެވެ. އިޔާން މަޑުކޮށްލީ އިރަމް މައްޗައް އަރަންދެންނެވެ. ލިފްޓް އަނބުރާ ތިރިއަށް އައުމުން އިޔާން ވެސް އަމީރާ ގޮވައިގެން އެރިއެވެ. އޭނާ ވާހަކަ ދެއްކީ އަމިއްލަ އެޕާޓްމަންޓަށް އަމީރާ ގޮވައިގެން ވަނުމަށްފަހުއެވެ.
”ރީއްކޮ މިހާރު ހުންމަޑު ކުރިއަށް ވުރެން.. އައި ގަޑީގަ ހޭލީމަ ބޭސްދީފަ އަނެއްކާ ވެސް އެއޮތީ.. ސުވާލެއް ކޮށްފިއްޔާ ދޮގު ނުހަދާ ތެދަށް ޖަވާބު ދޭނަންތަ؟“ އިޔާންގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ. އެ މޫނަށް ވެރިވެފައިވީ ކުލަވަރުން ހައިރާންވެ ހުރެ އަމީރާއަށް ނިތް އަރުވާލެވުނެވެ.
”އިރޫ އާއި.. މްމްމް.. މި…ސަ..ސަދަފް އެއްވެސް ގުޅުމެއް އޮވޭތަ؟“ އިޔާން ކުރި ސުޥާލުން އަމީރާއަށް ކީކޭ ހޭ އަހާލެވުނެވެ.
”އައި ސެއިޑް، ސަދަފް އާއި އިރަމްއާއި ދެމީހުންގެ ދެމެދުގަ އެއްވެސް ކަމެއް ހިނގާހޭ؟ އައި ނޯ އިރޫއާއި ބެހޭގޮތުން އެހެން މީހުންނަށް ނޭނގޭނެ ވަރަށް އެމީއަށް އެނގޭނެ ކަން.. ޔޫ ބެޓާރ ނޮޓް ޓް ލައި! “
އިޔާން މޫނުމަތީގައިވީ ކުލަވަރާއި އަޑުން އަމީރާއަށް ހިންދިރުވާލެވުނެވެ. އިރަމްއާއި ސަދަފްއާއި ދެމެދު، އަދި ގުޅުމެއް އުފެދިފައި ނުވާ ނަމަވެސް ދެމީހުން އެކަކު އަނެއްކަކަށްޓަކައި ހިތުގައި އިޙްސާސްތަކެއް ވާކަން އޭނާ ދަނެއެވެ. ނަމަވެސް އިޔާންގެ ގާތުގައި އެކަން އެގޮތައް ބުނުން ވެސް ވާނީ ހެދޭ ބޮޑު ގޯހަކަށެވެ. އަދި ގުޅުން ނުފެށީސް ހުރިހާ ކަމެއްގައި ސިއްކަޖެހުން ފަދަ ކަމަކަށް ވާނެއެވެ. އަމީރާ ވިސްނާލިއެވެ. އެ ދެމީހުންގެ މައްސަލަތައް ހައްލުވެ، ގުޅުމުން އިޔާން ގާތުގައި ބުނާނީއެވެ. އިޔާން ރުޅި އިސްކޮށްފި ނަމަ އޭނާ ވާހަކަ ދައްކާނީއެވެ. ހިތްހަމަ ނުޖެހިއްޖެޔާ އާދޭސްކުރާނީއެވެ. ސަދަފްއަކީ ގޯސް ޒުވާނެއް ނޫންކަން ވާޙަކަ ދެކެވުނު ދުވަސްކޮޅު އޭނާއަށް ވަނީ އެނގިފައެވެ.
”މްމްމް.. ނޫނޭ ހަމަ އެއްވެސް ގުޅުމެއް ނެތް .. ދެމީހުން އެއީ ވާހަކަ ދައްކާ ހަދާ ބައެއް ވެސް ނުނެއްނު..“ މޫނުމަތީގެ އުދާސީ ކަން ފަނޑުކޮށްލަމުން ފުޅާ ހިނިތުންވުމަކުން ތުންފަތް ފަވާލިއެވެ. އޭނާގެ ޖަވާބަށްފަހު ވެސް އިޔާން ލޮލުގެ ހިމަކޮޅުން ބަލަހައްޓައިގެން ހުއްޓެވެ. އަމީރާ ކުރިއަށް ވުރެން ބޮޑަށް ނުތަވަސް ވާގޮތްވިއެވެ.
”ކީއްވެތަ އެމީ ތިހަދީ ދޮގުކަމަށް އަހަރެންގެ ހިތް މިބުނީ؟“
”ދެން އިޔާ..މްމް…އޯކޭ!ޑޯންޓް ބިލީވް … ހިނގާ އިރޫގެ ގާތައް.. ސަދަފްއާއި އަހަރެން ވާޙަކަ ދައްކަން.. އިޔާ އަށް އެނގޭނެ އެކަން.. ދެންމެވެސް ދެމީހުން ވާހަކަ ދެއްކިން، އެކަމަކު އިރޫ ކާރަށް އެރިގޮތައް އިނީ … އަނެއްކާ އަހަރެން ވާހަކަ ދައްކާތީ ވެސް ހިތްހަމް ނުޖެހޭތަ؟“ އަމީރާ ބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އެއީ ކަންވެސް ހިނގިގޮތެވެ. އެންމެ ފަހުން އިޔާން ބޯޖަހައިލިއެވެ.
”ނޫން.. އަހަންނަށް އެނގޭ އެމީ، އޭނައާއި ގޯސް ގުޅުމެއް ނުބާއްވާކަން .. ސޯ އައި ޑޯންޓް މައިންޑް.. މި ދުނިޔެމަތީގަ އެކަކަށް ވެސް އިތުބާރު ނުކުރާ މިންވަރަށް އެމީއަށް އަހަރެން އިތުބާރުކުރަން… އެކަމަކު ހީ ކޭންޓް ޑޭޓް މައި ސިސްޓާރ.. ހީ ކޭންޓް!“ އިޔާންގެ ފަހު ދެބަހުގައި ވި ޔަގީން ކަމެވެ. އެ ގުޅުމަށް އޭނާ ދުވަހަކުވެސް މަރްހަބާ ނުކިޔާނެކަން އަންގާލަދީފިއެވެ. އަމީރާ މާޔޫސް ވީ ނަމަވެސް އެހާ އަވަހަށް ހިތްވަރު އެލުވާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އެވަގުތު އެމައުލޫއު އާއިގެން ކުރިއަށް ދާކަށް އެވަގުތު ނޫޅުނެވެ.
”ޝަދަފް ފްލާވާރ ބުކޭ ދިނީމަ ރުޅިއެއް ނާދޭތަ؟“ އިޔާންގެ ތަބީއަތު އެހާ ރަނގަޅުނޫން ކަން އެނގުމުން އަމީރާ ގާތައް ޖެހިލިއެވެ. އިޔާންގެ އުނަގަނޑުގައި ދެއަތް އަޅުވާލިއެވެ. އިސްއުފުލާލަމުން ލޯބިގޮތަކަށް ހީލިއެވެ. އެ ހިނިތުންވުމުން އިޔާންއަށް ވެސް ހީލަން މަޖުބޫރުވިއެވެ.
”ނުވެއޭ ދޫނި.. ބުނީ މެންނު އޭނައަށް ކުޑަ ހެލްޕެއް ވެދީމަ ދިން ހަދިޔާއެކޭ.. އެމި ހަމަ އޭނާއާއި ވާހަކަ ދައްކަން ވީ .. އޭނާގެ މޫނުމަތިން އެކަނި ވެސް އެނގޭ އެމީއާއި ދޭތެރޭގެ ދެކޭގޮތް .. ހަމައެކަނި ގާތް ރައްޓެއްސެއްގެ ގޮތުގަ ދެކެނީ.. އެކަމަކު އޭނާ އިރޫ އާއި ދިމާ ބަލާލާ ގޮތުން އަހަރެން ބިރުގަނޭ..“
”ދެން ބޭބް.. އިޓްސް އޯކޭއޭ.. ބަލާނަން އެނގޭ އިރޫ އުޅޭ ގޮތް.. އިޓްސް އަވާރ ޓައިމް ނައު.. ކިހާ އިރެއް ހަގްއެއްވެސް ނުދެވޭތާ“ އިޔާން އެ މައުލޫއަށް ވާޙަކަ ދެއްކުން ހުއްޓުވާލަން އަމީރާއަށް ފެނުނީ އެންމެ އުކުޅެކެވެ. ކުރިއަށް ވުރެން ބާރަށް ބައްދާލަމުން، އެ މޭގައި ބޯއަޅާލިއެވެ. އިޔާން ހީލި އަޑުއަހާފައި އެހެން އޮވެވެސް އަމީރާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.
”އޮންލީ ހަގް؟ ހައު ބޯރިންގ“
”ތިބުނީ؟“ އިޔާން ބުނި އެއްޗެއް ފަހްމް ނުވެގެން އެމޭމަތިން ބޯ ނަގަމުން މޫނަށް ބަލާލިއެވެ. އިޔާން އެއްޗެއް ނުބުނެ އަމީރާގެ ދެލޮލުގެ ތެރެއަށް ފީނައިގަތެވެ. ހީވީ ހިތުގެ އެދުން އަމީރާއަށް އަންގާލަދެން އުޅުނުހެންނެވެ. ނަމަވެސް އެއަދާއަކުން އަމީރާއަކަށް އެކައްޗެއް ވެސް ފަހްމްވީ ހެންނެއް ހިއެއް ނުވެއެވެ. ބުމަ އަރުވާލީ ވެސް އެހާ މައުސޫމްކޮންނެވެ.
”އަމް ޓޯކިންގ އެބައުޓް ދިސް“ އަމީރާގެ މޫނުގެ ދެފަރާތުން އިޔާންގެ ދެއަތްތިލަ އަޅުވާލިއެވެ. އޭނާގެ ބޭނުން އިޙްސާސްވެގެން ލަދުގަތެވެ. އެކޯތާފަތައް މަޑު ރަތްކުލައެއް ފާއްދާލިއެވެ. އިޔާންގެ ނޭވާ އިޙްސާސްވި ހިނދު ދެލޯ މެރެމުންދިޔައެވެ. އިރުކޮޅަކަށް ދެމިގެން ދިޔަ ވަގުތުކޮޅަށް ފަހު އިޔާން ދުރުވެލިއެވެ.
”އައި ސްޓިލް ކްރޭވް ޔޫ..ކްއައިޓްލީ، ވައިލަންޓްލީ،އިންޑްލެސްލީ“ އަމީރާގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން އިޔާން އިއްވާލިއެވެ. ކުރިއަށް ވުރެން ބޮޑަށް މޯޅިވެ، އެ ދިގު އެސްފިޔަތައް ތިރިވެގެން ދިޔައެވެ.
”އި..އިޔާ..، އައި ތިންކް އައި ޝުޑް ގޯ“
”މްމްމް .. އޯލްރައިޓް… މިރޭ ދޫކޮށްލަފާނަން.. ބަޓް ނެކްސްޓް ޓައިމް، އައި ވޯންޓް ލެޓް ޔޫ އެސްކޭޕް ސޯ އީޒިލީ“ އިޔާން ބަލަހައްޓައިގެން ހުރިގޮތުން އަމީރާގެ އަތްފައި ފިނިވެ ހީވީ ގަނޑުފެނުގެ ތެރޭގައި އުޅެވެމުން ދާހެންނެވެ. ލަދުރަކި ހީލުމުގައި ހުރެ އަވަސްއަވަހަށް ނުކުމެތް އިރު އިޔާންގެ މޫނުމަތިން ފެނިގެންދަނީ ފިރިހެންވަންތަ ހީލުމެކެވެ.
***
އިރު އަރައިގެން އައި ވަގުތު ބައްދަލްކުރީ ވިއްސާރަ ދުވަހަކާއި އެވެ. ގަދަވަޔަށް ކެތްނުވެގެން ގަސްތައް އެގޮތް މިގޮތައް ވައިގެތެރޭގައި ހޫރެމުންދިޔައެވެ. ކެރިބޯކަމުން ޖެހިގެން ހުންނަ މީހާ ވެސް ވަކި ނުވާނެކަން ގައިމެވެ. އުޑުމަތީގައި ޖަމާވެފައިވާ ކަޅު ވިލާތަކުން މި އިން އިރަކު ހުއްޓާނެކަމުގެ ނިޝާނެ ނެތެވެ. ގަނޑިން ހަތެއްޖެހިކަން އިއުލާނު ކުރިއިރު ވެސް އަނދިރިކަމުން ހީވީ އިރުނާރާ އޮތްހެންނެވެ.
ބަގީޗާގެ ތެރޭގައި ވެސް ވަނީ ހުރިހާ ލައިޓްތަކެއް ޖައްސާފައެވެ. ހިޔާކޮށްފައިވާ ބައިގާ ހުރި ސޯފާގައި އާމިލާ އިން އިރު ފޯނުން ދިޔައީ ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުންނެވެ. އެހާ ހެނދުނާވެސް ރީތިވެގެން އިންގޮތުން ތާކަށް ދާން އިންކަން ޔަގީންވެއެވެ.
”ވިއްސާރަ ކަމުން ކަންނޭގެ އެ އެޕްލިކޭޝަން ވެސް ޑައުން ވެފަ އިންނަނީ“ އާމިލާ ބުނާ އަޑު އިވެއެވެ. ”އާން.. ފްލައިޓް ޖައްސާ ގަޑިއެއް ވެސް ނޭނގޭނެ އެންނު މިހެން ވަންޏާ.. ޝާއިރާ ބުނި ދެ ގަޑިއިރަށް ޑިލޭވި ވާހަކަ.. އެއްވެސް ކުއްޖެއް ކައިރީގަ ވެސް ނުބުނަން މިއަދު އެމީހުން އަންނަ ވާހަކައެއް… ޥާނުވާ އަންގާލާފަ ގުޅައްޗޭ“ އާމިލާ ފޯނުބާއްވަމުން ފަސް އެނބުރީ ފިޔަވަޅުތަކެއްގެ ހިލަން ވެގެންނެވެ. ކޮފީއެއް ހިފާލައިގެން އޭނާއާއި ދާދި މަގަތައް ހުއްޓުނު ސަދަފް ފެނި ނިކަން ލޯބިން ހެނދުނު ސަލާމް ކިޔާލިއެވެ.
”ގުޑް މޯނިންގ މަންމާ.. ކާކުގެ ވާހަކައެއްތަ ތިކިޔަނީ؟ ކޮން އެޕްލިކޭޝަންއެއް؟“ ސަދަފް ކޮފީތަށި ތުމުގައި ޖަހާލައިގެން އިނދެ އަހާލިއެވެ. އާމިލާ ދޫކޮށްލީ ފިނި ނޭވާއެކެވެ.
”މްމްމް.. މަންމައާއި ބައްޕަ މިތިބީ ނުބުނަން ވެގެން.. ސަޕްރައިޒްއެއް ދޭން ވެގެން .. އެހެންވެ ފްލައިޓް ކައިރިވީމަ މިތިބީ އެއާރޕޯޓަށް ދާންވެގެން..އެކަމަކު ވިއްސާރަ ކަމުން ފްލައިޓް ދަތުރުކުރާ މެޕްތައް ފެންނަހެން މި އިންނަ އެޕް މަސައްކަތެއް ނުކުރޭ.. ހުއްޓިފަ އެއިނީ.. “
”ލައްބަ ވިއްސާރަ ވީމަ އެއީ.. ކާކުތަ އަންނަނީ މަންމާ؟“
”ދަރިފުޅުމެންގެ އާންޓް.. ޝާއިރާ އާންޓް އަދި ބޭބެ.. ދެން މަންކޮ ”އާމިލާ ދިން ޖަވާބު އަހާފައި އެތެރެއަށް ދިރުވާލި ކޮފީފޮދުވެސް ބޭރުނުވީ ކިރިޔާއެވެ. އެމީހުން އަންނަން އަންނަން ކީ ނަމަވެސް އެހާ އަވަހަށް އައިސްފާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ. ވިޝާމްގެ ގާތުގައި ވެސް އެވާހަކަ އަދި ނުދެއްކެއެވެ. ފުރަތަމަ ވެސް ވިސްނާލެވުނީ ވިޝާމްއާއި ދޭތެރޭގައެވެ. ވާނީ ކިހިނެތްބާއޭ ހިތައް އަރަމުން ދިޔައެވެ. ރުޅިއާއި ޖެހިލުން ވުމުގެ އަސަރްތައް ހަށީގައި ހިނގައިގަތެވެ. ބޭރުގައި އުފެދިފައިވާ ތޫފާނަށް ވުރެން އެތެރެ ހަށީގައި އުފެދުނު ތޫފާނު ބާރު އެތައް ތަނެއް ވަރުގަދައެވެ.
”ކޮން އިރަކުން އަންނަނީ؟“
”މިހާރު ލޭންޑް ކޮށްފާނެ އާންޓް ބުނެފަ އިން ގޮތުން ނަމަ… ދެންމެ މިވާހަކަ ދެއްކީ ބައްޕައާއި“ އާމިލާ ބުނެލިއެވެ. އާމިލާގެ މޫނުމަތިން އުފާވެރިކަން ފެނުނު ނަމަވެސް ސަދަފްގެ މޫނުމަތީގައި ވީ ތާޒާކަން އެކުއެކީ ވަޅު ޖެހިއްޖެއެވެ.
”ބައްޕަ ވެއްޖެ މިހާރު ޑްރައިވަރާއި އެއްކޮން އެއާރޕޯޓަށް ގޮސްފަ..ދަރިފުޅު ދޭބަ ތިއްތިބެ-“ އާމިލާގެ ޖުމްލަ ފުރިހަމަ ނުވަނީސް އިވުނީ ހައިކަލްގެ އަޑެވެ. ގޭޓް ކައިރިން އިތުރު ބައެއްގެ އަޑުވެސް އެވަގުތު އިވިގެން ދިޔައެވެ.
”އާމީ..އާމީ.. މިއޮތް އައީ އެމީހުން..ހަމަ ގަޑިއަށް ދެވުނީ“
އާމިލާ އިންތަނުން ތެދުވެ އެމީހުންގެ ގާތައް ދިޔައެވެ. ނުދާން އިނދެ އިނދެފައި ވެސް އާމިލާ އޭނާއަށް ގޮވާލުމުން ސަދަފްއަށް ތެދުވެގެން ދާން މަޖުބޫރުވިއެވެ. ސަދަފްއަށް ނުކުމެވުނު އިރު ނާޔާއާއި ޔުމާން ވެސް ޔޫވީން ގޮވައިގެން ސިޑިން ފައިބަނީއެވެ.
ކާރުގެ ދޮރު ހައިކަލް ހުޅުވާލަ ދިނުމުން އެތެރެއިން ނުކުމަތް އަންހެންކުއްޖާ ދުވެލާފައި އައިސް ހިޔާކޮށްފައި އޮތްތަނުގައި މަޑުކޮށްލިއެވެ. ނަމަވެސް އެހިސާބަށް ދެވެން ވާއިރަށް ކޮންމެވެސް ވަރަކަށް އޭނާ ތެމުނެވެ. އެއްއަތުން މޫނުގައި ހޭކިފައި ހުރި ފެންތައް ސާފްކޮށްލިއެވެ.
”މަންކޯ“ އާމިލާ ދުވެލާފައި ގޮސް މަންހާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. އިރުކޮޅަކު އެގޮތުގައި ހުރެ މަންހާ ދުރުވެލިއިރު ތުންފަތް މަތީގައި ދެމިލާފައި ވަނީ ރީތި ހިނިތުންވުމެކެވެ. އާމިލާ އޭނާގެ ކޮލުގައި މަޑުމަޑުން ހިފާލުމުން އެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އާދައިގެ ވަރެއްގެ އިސްކޮޅަކާއި އެކު ރޫފަ ރީއްޗެވެ. އޮމާން ހަންގަނޑަށް އަރަނީ ހުދުކުލައެވެ. އުނަގަނޑާއި ހަމައަށް އޮތް ރާޅުބާނީ، ކަޅުކަންގަދަ އިސްތަށިގަނޑުގެ އެކި ހިސާބުތައް ރަންކުލައިން ވަނީ ހައިލައިޓް ކޮށްލާފައެވެ.
މަންހާގެ ފަހަތައް ހުއްޓިލީ ޝާއިރާއާއި ފިރިމީހާ އާޝިއުއެވެ. އާޝިއު ސަލާމަށް އަތް ދިއްކޮށްލިއެވެ. ސަލާމަް އިޖާބަދެމުން އޭނާއަށް ހިނިތުންވުމެއް ރައްދުކޮއްލި ނަމަވެސް އާމިލާގެ ސަމާލުކަން ދެވުނީ މަގަތައް ހުއްޓުނު ޝާއިރާއަށެވެ. ކޮނޑަށްވުރެން ތިރިއަށް އޮތް އިސްތަށިގަނޑުގައި ހުރީ ޒާތެއްގެ ރަތް ކުލައެއް ޖައްސާފައެވެ. ދޮންމޫނުގައި ހާކާފައިވާ މޭކަޕްތަކުގެ ސަބަބުން ދައްކާ ޒުވާންކަމުން، ފަންސަވީސް އަހަރުގެ އަންހެން ދަރިއަކާއި އަށާރަ އަހަރުގެ އަންހެން ދަރިއެއްގެ މަންމައެކޭ ބުނަން ވެސް ދައްޗެވެ. ނަމަވެސް ކައިރިވުމުން އެ މޫނުގައި ވާ ކުދި ކުދި ރޫތައް ނުހަނު ރީތިކޮން ފެނެއެވެ. ގަޔަށް ބާރު ޖިންސާއި ކުރުގަމީސް ކޮޅެއް ލާފައި ހުރި އިރު ފަރާތަކަށް އަރިވެލި ނަމަވެސް ބަނޑާއި އުނަގަނޑުން ބޮޑު ބައެއް ފެނިގެންދެއެވެ. ދެލޯ ފޮރުވާލާފައި ވީ އަވިއައިނު ނެގީ އާމިލާ ކައިރިވިތަން ފެނުމުންނެވެ.
”ޝާއިރާ.. ކިހިނެތްތަ ކޮއްކޮ؟“ އުފާވެރި ހިނިތުން ވުމެއްގައި އާމިލާހުރެ، ހުރި ހަމައެކަނި ކޮއްކޮގެ ގައިގާ ބައްދާލިއެވެ. ނަމަވެސް އާމިލާގެ ތަބީއަތުގައި ވީ އުފާވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ޝާއިރާގެ މޫނަކު ނުވެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ލާމަސީލް މިސާލެކެވެ. މަސްނޫއީ ހިނިތުންވެމެއްގައި ހުރެ ހޫމް އަޅުވާލަމުން އާމިލާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. އެއަދާއިން ވެސް ބޮޑަށް ސިފަވީ ދެއްކުންތެރިކަމެވެ. ހީވީ ކޮންމެހެން ކުރަން ޖެހިގެން ކުރި ކަމެއް ހެންނެވެ. އޭނާގެ ކަޅި ހުއްޓިފައި ހުރީ ދުރުގައި ހުރި ސަދަފްގެ މޫނަށެވެ. އެ ބެލުމުގައި ވީ ނަފްރަތާއި ފޫހިކަމުގެ އެންމެ ފުން މާނައެވެ. ހީވީ އެ ނަޒަރުން އެކަނިވެސް ސަދަފް ފިއްސާލަން އުޅުނު ހެންނެވެ.
****
(ނުނިމޭ)


Comments (6)
Malaasays:
ޖެނުއަރީ 5, 2026 at 23:27Sooo goood
Ma sha allah
When next 💖
Hudhersays:
ޖެނުއަރީ 5, 2026 at 23:29Vishaam :second hand 😭😭🤣🤣🤣
They are good int ha scene
Varah loabi story dha goii
I think shaaira is the villain
Ahhh i hate the vibe she gave😩😩😑😑
Cant wait to read next ep❤️❤️❤️
Ainth zaasays:
ޖެނުއަރީ 5, 2026 at 23:33Mi saaira mi ragalhu meehe noon
Manha ves thui veje ennu aamila dhahtha ge ruhun hoadhan
Kon dhuva thakehga thavaahaka genesdheny
Varah kiyaahiyvaa vaahakaeb miyakee
Eemyiisays:
ޖެނުއަރީ 6, 2026 at 08:05Dhenn 😭😭
V salhi
I love love love amyra and reekko vibe🤗🤗
I also have bad feeling about this shaaira👀👀 ehaa fashionable vefa
Biruves ganehje emyha gadu sifaveema
Your sifa kurun thah hama 💯 masha Allaj❤️❤️❤️
Lahusays:
ޖެނުއަރީ 6, 2026 at 08:21Ma sha allah
Varah reethi🖤🖤
Dhen kihineh hadhan ba mi ai manje miulheny…Zan aai vishaam dhur nukurathi
Igeyne hadhaane goi😙😙Their mahr night was hilarious 😂😂😂 avahah upload kohla dhechey next ves🖤🖤🖤
Anonymoussays:
ޖެނުއަރީ 15, 2026 at 12:38when
next