ހޫރައިންގެ ހަޅޭއްކުގެ އަޑު ހީވީ ރުއާނާގެ ކަންފަތުގައި ހަރުލައިގެން ދިޔަހެންނެވެ. ބާރުހުރި ފިރެހެންނުން ތަކެއް ހޫރައިން ދަމާފައި ގެންދިޔަ ގޮތެވެ. އެހުރިހާ ކަމެއްގެ ތެރެއިން ހުވަފެނުން މިވީ ހަތަރު މަސްދުވަހު އެންމެ ބޮޑަށް ދައްކައިދެމުން ދިޔަ މަންޒަރު ވެސް ހީވީ އެވަގުތު ކުރިމަތިން ފެނިލި ހެންނެވެ. އެއީ އެދުވަހު ވަލުތެރޭގައި ރޮމުން ރުއާނާ ދުވި ގޮތެވެ.
ރުއާނާގެ އަތްތިލަ ތުރުތުރުލަމުން ދިޔައެވެ. ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނުތަކާއި އެކު ޒައްޔާންގެ އަތައް ބާރު ކޮށްލެވުނެވެ. ”ރުއާ.. އޯކޭ ތަ؟“ ރުއާނާއަށް އެމީހުން ވާހަކަ ދައްކަމުން ދިޔަ އަޑުވެސް ދިޔަ އަޑާއި އެންމެން އެންމެން އޭނާގެ ގާތައް ޖަމާވަމުން ދިޔަ މަންޒަރު ދިޔައީ ފުސްވެގެންނެވެ.
***
ރުއާނާގެ ހަށިން ވަރުދޫވެގެން އައިސް ތިރީގައި ޖެހުމުގެ ކުރިން ޒައްޔާން ގަޔާލާ ފިއްތާލިއެވެ. ޒައްޔާންގެ މޭގައި ބޯ އެޅިފައި އޮތް އިރު ވެސް ރޮވެމުން ދިޔައެވެ. އެވަގުތު އެތާގައި ތިބި އެކަކާއި ކުރިމަތި ލާނެ ހިތްވަރުވެސް އޭނަގެ ކިބަޔަކު ނެތެވެ. ހޫރައިން އާއި އެކު ހައްޔަރުވެގެން ދިޔައީ ލިއަމްގެ މައިންބަފައިން ކަމުގައި ވީ އިރު އެމީހުންގެ ހިތް އޭނާއާއި މެދު އޮތީ ކިހިނެތް ބާއެވެ. މެއިން ދިލަ ނަގައިގަތެވެ.
”ރުއާ ހުއްޓާލަބަ.. އިޓްސް އޯކޭ އޭ.. އޭގަ މަންމަގެ ވެސް އަދި ރުއާގެ ވެސް ފޯލްޓެއް ނެތޭ“ ރުއާނާ ރޯ މަންޒަރު ފެނި އީން ކައިރިއަށް ޖެހިލަމުން އެ މޫނު ފުހެލަދިނެވެ. ޔޫމީންވެސް ބޮލުގައި ފިރުމާލަމުން ހުއްޓާލުމަށް އެދުނެވެ. ނަމަވެސް ރުއާނައަށް އެކަން އެހަ ފަސޭހައެއް ނުވިއެވެ.
”ބަ..އްޕަ ކޮ..ކޮބާ؟“ ކުރެހިފައިވާ އަޑަކުން ރުއާނާ އެހިއެވެ. ޒައްޔާންއަށް ހިންދިރުވާލެވުނެވެ. އިތުރަށް ނުފޮރުވާ އޭނާގެ ލޯ މަތީގައި ރާބިއު ގެންދިޔަ ގޮތް ކިޔައިދިނެވެ. ރުއިންވީ އިތުރެވެ. ހުރިހާ އެންމެން ވެގެން ވާޙަކަ ދައްކައިގެން އިރުކޮޅެއްފަހުން ރުއިން ހުއްޓުނު ނަމަވެސް ކަރުނަވީ ދެލޮލަކުން ބަލައިލެވުނީ އޭނާއާއި ދުރުގައި އިން ލިއަމްއަށެވެ. އިސްޖަހާލައިގެން އިން އިރު ލިއަމްގެ ގާތައް ދާން ބޭނުންވި ނަމަވެސް އެހިތްވަރެއް ނުކުރެވުނެވެ.
”ކޮން ނަމެއް ކިޔަނީ ޝިއާގެ ކޮއްކޮއަށް؟“ ހުރިޙާ އިރު ހަމަހިމޭންކަން އިޙްތިޔާރް ކުރުމަށްފަހު ލިއަމް އެހިއެވެ. އަޑުމަޑުވެފައި އެއަޑުގައިވީ ހިތްދަތި އަސަރްތައް، ނުރޮވުނު ނަމަވެސް ރުއާނާއަށް އިޙްސާސްވިއެވެ.
ލިއަމްގެ ސުވާލާއިއެކު ޝިއާއަށް ނުތަނަވަސް ވެފައި އިނދެމެ ބަލައިލެވުނީ ޒައްޔާންގެ މޫނަށެވެ. އެ ސުވާލާއި އެކު ޒައްޔާން ވެސް ހިންދިރުވާލިއެވެ. ޒައްޔާން ކޮންމެވެސް އެއްޗެއް ބުނެލަން އަނގަހުޅުވާލި ހިނދު ކައިވަން، އޭނާ ސަލާމަތް ކޮށްދީފިއެވެ.
”އިހަށް މިވަގުތު ނާހަމާ..ޝިއާއަށް ވެސް އުނދަގުވާނެ އަދި އެމައުލޫމާތު ދޭން.. އެ ކިޔާ ދިނީ ހުރިހާ ކަމެއް.. އެހެންވީމަ މިހާރު އެގިއްޖެތާ މިރެއިލް ނޫންކަން ގޯހީ.. މިރެއިލްއަކީ ވެސް އެބުނާ ނީލްގެ ދުޝްމަނެއް.. ފިރިހެން ދަރިފުޅު ގެއްލި އެންމެ ވަފާތެރި އަޅު ވެސް މުޅި އުމުރަށް ގެއްލުނީ.. ނުވިތާކަށް ރަސްކަން ވެސް ގެއްލުނީ.. ނީލްއާއި ހޫރައިންއާއި ހުރި ގުޅުން އެބަ އިނގޭ.. އެކަމަކު މިރެއިލް އަދި ޒިވީ އާއި އިޒާންއާއި އެބުނާ ނީލް ކަނެކްޓް ވަނީ ކިހިނެތް ބާ އޭ މިހިތައް އަރަނީ..“ ކައިވަން ގެ ވާހަކާއާއި އެކު ހަމަހިމޭން ވިއެވެ. އެއީ ހުދު އެހެން މީހުން ވެސް ވިސްނަމުންދާ ކަންތައްތަކެވެ.
”އަށާރަ އަހަރު ފަހުން މި އެނގުނީ މަންމައާއި ބައްޕަ ދުނިޔޭގަ ތިބި ކަމެއް.. ހިތައް އަރަނި އެމީހުން ސަލާމަތުން ތިބި ބާއޭ“ ދެއަތް ޖޯޑު ކޮށްލަމުން ލިއަމް ދަތްދޮޅީގައި ޖައްސާލިއެވެ.
”އާން… ބައްޕަ ބުނާ ގޮތުން އޭނައަކީ އޭނާގެ ދުޝްމަނުން ކޮންމެހާލެއްގައި ވެސް ސަލާމަތުން ބަހައްޓާނެ މީހެއް.. އޭނާގެ އަނިޔާވެރިކަން އެމީހުންނަށް އަބަދުވެސް އިޙްސާސް ކޮށްދީދީ ބައިތިއްބާނީ..“ މިރެއިލްގެ ފަރާތުން އެނގިފައިވާ މައުލޫމާތައް ބިނާކޮށް ޝިޔާ ޖަވާބު ދިނެވެ.
”އެންޑް ވަން ތިންގ .. އެހުރިހާ ކަމަކަށް ފަހު ކޮއްކޮ ގުޅުން ކަނޑާލާފަ ދިޔުމާއި ގުޅިގެން ބައްޕަ ދިޔަ ނީލް ހޯދަން.. އެދުވަހު ބައްޕައަށް ވެސް ނީލްގެ މޫނު ފެނުން“ ޝިޔާ ދެން ބުނީ ޒައްޔާން ގާތުގައި ކުރިން ނުބުނާ ވާހަކައެކެވެ. ޒައްޔާންއަށް ބަލައިލެވުނެވެ. ޝިއާ މަޑުމަޑުން ’ސޮރީ‘ އޭ ބުނެލިއެވެ. ޒައްޔާން ހީލަމުން ބޯޖަހައިލިއެވެ.
ޝިއާއަށް އިތުރު އެއްޗެއް ބުނެވޭ ވަރަށް ވުރެން ކުރިން އެންމެން ގާތައް ޖަމާވެ ނީލްގެ ސިފައާއި ބެހޭގޮތުން ސުވާލް ކުރިއެވެ.
”އޭނާގެ މޫނާއި ހަށިގަނޑުގެ ބޮޑު ބައެއް ހުންނަނީ އަނދާފަ… އިތުރަކަށް ސިފަ ކިޔައިދޭކަށް ނޭނގެ“
”އަނދާފަ އޭ؟“ އަލާނިއަލްއަށް އެހުނެވެ. ޝިއާ ބޯޖަހައިލިއެވެ.
”އާންން.. އަނދާފަ“
”މިރެއިލްއާއި ބައްދަލް ކޮށްލެވޭނެ ގޮތެއް ވެދާނެތަ؟ ޕްލީޒް“ ލިއަމްއަށް ވެސް ކޮޅަށް ތެދުވެގެން އައިސް ހުއްޓިލީ ޝިއާގެ ކުރިމަތީގައެވެ. ވަގުތުން ޝިޔާގެ ދެލޮލަށް ކަރުނު ޖަމާ ވެއްޖެއެވެ.
”ލިއަމް .. ވީ ކޭންޓް ޕްރެޝާރ ހިމް.. މިރެއިލްއާއި ވާހަކަ ދެއްކުންއެހާ ބުއްދިވެރިއެއް ނޫން..“ އެމީހުންނާއި ބައްދަލް ކުރަން ޒައްޔާން އައީ، ޝިއާއާއި އެކު މިރެއިލްގެ ހާލަތު ދެކިލަން ގޮސްފައެވެ. އޭނާވެސް ޝިއާގެ ގާތުގައި އެދުނީ މިރެއިލްއާއި ބައްދަލްކޮށްލެވޭނެ ގޮތެއް ހެދުމަށެވެ. ޝިޔާ ބަހަކުން ބަހެއް ނުބުނެ، މިރެއިލްގެ ގާތައް ޒައްޔާން ގެންގޮސްދިނީއެވެ. ބަލިއެނދުގައި އެއްވެސް ހަރަކާތެއް ނެތި މިރެއިލް ވިތަން ދެކެފައި ޒައްޔާން ވެސް ސިހުނެވެ. އެންމެފަހުން އޭނާ ފެނުނު އިރު ހުރީ ގަދަވެ ސަލާމަތުންނެވެ. ނަމަވެސް މިހާރު ހާލަތު ތަފާތެވެ. އެހާލަތުގައި ވަނިކޮން މިރެއިލްއާއި ބައްދަލް ކުރަން ދިޔުން އެހާ ރަނގަޅެއް ނުވާނެތާއެވެ. ޒައްޔާން ބެލީ ލިއަމްއަށް ވިސްނައިދެވޭތޯއެވެ.
”ޒައްޔާންއަށް ވެސް އެނގެއެންނު އިތުރު ކަމެއް ކުރެވެން އޮތީ މިރެއިލް އާއި ބައްދަލް ވުމަށް ފަހުގައި ކަން.. ކީއްވެތަ ތި ހުރަސް އަޅަނީ..“
”ސްޓިލް ވީ ކޭންޓް ގޯ ލިއަމް!“ ޒައްޔާން ސީދާ މަނާކުރިއެވެ. އެހިނދު ލިއަމަގް މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. އިވިދިޔަ ހަގީގަތްތަކަށް ފަހު ވެސް ޒައްޔާން އެހެން ބުނުމުން އޭނާއަކަށް ބަލައެއް ނުގަނެވުނެވެ.
”ކަމޯން އިޓްސް އެބައުޓް މައި ޕޭރެންޓްސް! ޔޫ ޑޯންޓް އަންޑަސްޓޭންޑް އެބައުޓް ދެ ޕެއިން އޮފް ޕޭރެންޓްސް މިސިންގ! ”އެ ވަގުތު ލިއަމްގެ ސިކުނޑި ވެސް ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ.
”ކާމް ޑާއުން! ހޭވް ޔޫ އެވާރ ސީން އަ މާދާރ ޑައި އިންފްރޮންޓް އޮފް ހާރ ޗައިލްޑް، އަންއޭބަލް ޓް ސޭވް ހާރ؟ އިންފްރޯންޓް އޮފް ހާރ އޯން ސަން؟ ކެން ޔޫ އިމޭޖިންގ ދި ޕެއިން؟ “ ޒައްޔާން ބެލީ ލިއަމްއަށް ހާލަތު ވިސްނައިދެވޭތޯއެވެ. ލިއަމް ވާހަކަ ދެއްކި ގޮތުން ޒައްޔާންގެ ހިތައް އުނދަގޫވިއެވެ. ދެރަ ވެސް ވިއެވެ. ނަމަވެސް އޭނާ ބުނި ޖުމްލައެއް ބުނީ ރަނގަޅު ހާލަތުގައި ހުރެ ނޫންކަން އިހްސާސްވެއެވެ.
”އަމް ސޮރީ“ ޒައްޔާން ވާހަކައިން ލިއަމްގެ ރުޅި ފިނިވާ ގޮތްވިއެވެ. މާފަށް އެދުމުން އޭނާ ދެފަރާތައް ބޯހޫރުވާލިއެވެ.
”ޝިއާގެ ބައްޕަ ވަރަށް ބަލި.. ފެންނަން އޮތް ހަށިގަނޑެއް.. އެކަމަކު ދިރުމެއް ނެތް.. މެޝިންތަކާއި ހޮޅިތަކުގެ އެހީގައި އޮތީ“ އެންމެ ފަހުން، އިރުކޮޅެއް ކުރިން ޒައްޔާން ވެސް ބައްދަލްކުރަން ދިޔަ ކަމާއި، ނަމަވެސް ދިޔަ ހިނދު ފެނުނު ހައިރާން ކުރުވަނިވި މަންޒަރު ކިޔައިދިނެވެ. އެއާއި އެކު ލިއަމްގެ މޫނުމަތި މާޔޫސްކަމުން ބައްދާލިއެވެ.
”ދެން އޮތް ގޮތަކީ މާއިޝްބެއާއި ބައްދަލްކުރުން.. ދެދުވަހެއް ފަހުން ދޮންބެ އާއި އެއްކޮން ދާނަން އެކޮޅަށް..“ އަލާނިއަލް ބުނެލިއެވެ.
”އަހަރެން ވެސް ދާނަން“ އަލާނިޔަލް ބުނެލި ހިނދު ލިއަމް ވެސް އިއްވާލި އެވެ. ޒައްޔާން ވެސް އެމީހުންނާއި އެކު ދާނެ ކަމަށް ބުނެލިއެވެ.
ލިއަމްއަށް ރުއާނާގެ މޫނަށް ބަލައިލެވުނީ ފަހަރަކު މީހަކު އެތަނުން ނުކުންނަން ދިޔަ ވަގުތެވެ. ކަރުނުން ފުރިފައިވާ ދެލޮލަކުން ރުއާނާ ބަލަހައްޓާއިގެން ހުރި އިރުއެ ދެލޮލުގައިވީ އަސަރްތައް ލިއަމްއަށް އިޙްސާސްވިއެވެ.
”މާދަމާ އަންނާނަން އިނގޭ.. އޭގެ ކުރިން ލިއަމްއާއި އެކު ގެއަށް ގޮސް އަރާމް ކޮށްލާ.. އެހާ ބޮޑަށް ނުވިސްނައްޗޭ.. މިހާރު ގުޅޭނެ ފޯނަށް .. ކަމެއް ބޭނުންވީ ގުޅާލަ“ ޒައްޔާން ވެސް ރުއާނާގެ ގައިގާ ބައްދާލުމަށްފަހު ނުކުމެގެން ދިޔައެވެ. ބޯޖަހައިލަމުން ދެލޮލުން އައިސް ހުރި ކަރުނުތައް ފުހެލިއެވެ. އެހެނަސް ހަގީގަތް އެނގުމަށްފަހު ލިއަމް ބެހެއްޓި ދުރުކަމުން ރުއާނާ ދެރަވެފައި ހުރި ވަރުން އަނެއްކާ ވެސް ދެލޯ ފުރިގެން އައެވެ. ރުއާނާ މިސްރާބު ޖެހީ އެތަނުން ނުކުމަންނާށެވެ.
”ރުއާ“ އެހިނދު ލިއަމް ގޮވާލިއެވެ. ވަގުތުން ރުއާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސް އެނބުރުނު އިރު ލިއަމް މަގަތައް ހުއްޓެނީއެވެ. ރުއާނާއަށް އެ މޫނަށް ބަލައިލެވުނެވެ.
”ލެޓްސް ގޯ“ލިއަމް ވަކި އެއްޗެއް ނުބުނެ އޭނާގެ އަތުގައި ހިފާލިއެވެ. އޭނާގެ މޫނުމަތިން ފެނުނު ކުލަވަރު ތަރުޖަމާ ކުރާކަށް ރުއާނާއަކަށް ނޭނގުނެވެ. ނަމަވެސް ވާހަކަ ނުދެއްކުމުން ރުއާނާ ހައްތަހާ ބޮޑަށް ދެރަވަމުން ދިޔައެވެ. އިސްޖަހާލައިގެން ހިނގާލާފައި ދިޔައިރު ރުއާނާ ދިޔައީ ތުންފަތް ހަފަމުންނެވެ. ނޫންނަމަ ކޮންޓްރޯލް ނުވެގެން ރޮވިދާނެއެވެ. އެވަރުން ވެސް ލޮލުގެ މިޔަކަނުން ތިކި ޖަހާލިއެވެ. ލިއަމްއަށް ނުފެންނާނެހެން ޝަހާދަތް އިނގިލިން ލޯ ފުހެލިއެވެ.
****
ދުންފިނި ބޯކަމުން ޖެހިގެން ހުންނަ މީހަކުވެސް ވަކި ކުރަން އުނދަގުލެވެ. ބޯކޮން ސްނޯ ވެހެމުން ދިޔައުމުގެ ސަބަބުން މާހައުލު ހީވަނީ ގަޑުވާން ކައިރިވެފައިވާ ހެންނެވެ. ނަމަވެސް ގަދަ ފިނީގެ ތެރޭގައި ހިނގާފައި ބިލާލްއަށް އޭގެ އަސަރެއް ނުކުރެއެވެ. އާދައިގެ މަތިން ކަޅުކުލައިގެ ހޫޑީގައި އޭނާ ހުއްޓެވެ. ބޮލުގައި ހުޑް އަޅުވާލައިގެން ހުރި އިރު އޭނާގެ ފިޔަވަޅުތައް ހުއްޓާލީ ވަލާއި މަގު ގުޅިފައިވާ ހިސާބަށެވެ. ދެ ޖީބަށް އަތްޖަހާލައިގެ ހުރިއިރު ބިލާލްގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަން ހުރީ ގޭގެ ބެލްކޮންޏަށެވެ. އެދެމެދުގައި ފުދޭވަރަކަށް ދުރުމިން ހުރި ނަމަވެސް އޭނާގެ ދެލޮލަށް އެ މަމްންޒަރު ސާފްކޮން ފެންނަން ހުއްތެވެ. ބެލްކޮނީގެ ދޮރު ހިއްމިއަކަށް ހުޅުވާޅާފައި ވީ އިރު ރެއިލިންގައި އަތް އަޅުވާލައިގެން ރުއާނާ ހުރި މަންޒަރު ފެނުނެވެ.
އެތަނުގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ބިލާލް ދާންވެގެން، ވަލުތެރެއަށް ވަނެވެ. ދެތިން ފިޔަވަޅެއް އެޅުނު ފަހުން އޭނާގެ ރަތާއި ކަޅުކުލައިންވާ ދިގު ފިޔަގަނޑު ނެރެލަމުން މައްޗަށް އެރިއެވެ. ބިޔަ ގަސްތަކުގެ މަތިން ދުންފިނީގެ ތެރެއިން ބިލާލް އުދުހިފައި ދިޔައިރު އާދައިގެ އިންސާނެއްގެ ލޮލަށް ސިފަވާނީ ވިދާލި ވިދުވަރެއް ފަދައިންނެވެ. އެތައް އިރަކު އުދުހުނު ފަހުން ކަޅުކުލައިގެ ބޯ ވިލާގަނޑަކާއި ހިސާބަށް ފޯރިއެވެ. ދެތިން ފޫޓާއި ގާތްވި ހިނދު އެތެރެއަށް ދަމައިގަތެވެ.
ބޯ ވިލާގަނޑުގެ ތެރެއިން އޭނާއަށް ނުކުމެވުނީ ޖަންގައްޔެއްގެ ތެރެއަށެވެ. ހަރު ދުވެލީގައި އުދުހެމުން ގޮސް ބިލާލްގެ ދުވެލި މަޑުކޮށްލީ އައިސްބާގް ފަރުބަދަ ތަކެއްގެ ދިގު ސިލްސިލާ ފެށުނު ހިސާބުންނެވެ. ފަރުބަދަތަކުގެ ތެރެއިން ބިލާލް ނަޒަރު ސީދާ ވެފައި ހުރީ މެދަކާއި ހިސާބުގައި އުސްފަރުބަދައަކަށެވެ. ކައިރީ ވީހެން ކުދި ކުދި އަލިކޮޅުތައް ފެންނަން ހުއްޓެވެ. ބިލާލް ތިރިއަށް ފައިބަމުން ފިޔަގަނޑު ލައްޕާލިއެވެ. އެހިނދު ބޭރުގައި އެތަނަށް ފާރަވެރިވެގެން ތިބި އޭނާގެ އަޅުން އިހްތިރާމް އަދާކުރުމުގެ ގޮތުން ބޯ ގުދުކޮށްލިއެވެ.
“ މި ޖަލުން ނެރެގެން އެމީހުން ގެންދަން ވީ އަހަރެމެންގެ ގަނޑުވަރާއި ކައިރީގައި ހުންނަ ޖަލަށް“ ބިލާލްގެ ޖުމްލައާއި އެކު އެންމެން އެކަކު އަނެއްކަކު މޫނަށް ބަލައިލިއެވެ.
“ކިހިނެތް ވީ؟ މަށައް ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވުނީތަ؟“
”ނޫން.. ނޫން.. ހަމަ ގެންދަން ވީތޯ؟“ ބިލާލްގެ އެންމެ އަހު ފާރަވެރިޔާ ދަރަކް ބުނެލިއެވެ.
”އާން ގެންދަން ވީ“ އެއަށް ފަހު އިތުރު އެއްޗެއް ނުބުނެ ބިލާލް އެތަނުން ދިޔައެވެ. ފަރުބަދަ އެތެރޭގައިވާ ޖަލަށް ވަންނާކަށް އޭނާ ނޫޅުނެވެ.
”އެކަމަކު މިތަނަށް އެމީހުން ގެނައި ފަހުން މި ވީހާ ދުވަހެއް މިވީ އެތާގަ ތިބޭތާ،، ހަމަ ގެން ދަންވި؟“ ދަރަކްއަށް ގަބޫލް ކުރަން އުނދަގޫ އެހުނެވެ. އެމީހުން އެތަނަށް ގެނައިތާ އެތައް އަހަރެއް ވީފަހުން އެތަނުން ނެރުމުގެ ހުއްދަ ދިނީ އޭނާއަށް ހައިރާންވިއެވެ. ނަމަވެސް ވަގުތު ބޭކާރު ނުކޮށް ދަރަކް ދިޔައީ އެ ހާއްސަ އެންގުން އެހެން ފާރަވެރިންނަށް ވެސް އަންގަމުންނެވެ.
****
ފަތިސްވެގެން އައި އިރު ސައިޑް ޓޭބަލްގެ މަތިގައި އިން ގަޑި އެލާމް ވާންފެށިއެވެ. އެއަޑަށް ރުއާނާއަށް ހޭލެވުނެވެ. ނިދިން ރަނގަޅަށް ދެލޯ ނުހުޅުވޭ ނަމަވެސް ރުއާނަ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. އެންބުރި އައިސް ނަމާދު ކޮށްލައިގެން އެނދުގައި އިށީން ހިނދު ފޯނު ރިންގްވާން ފެށިއެވެ.
”ކާކުބަ މިގަޑީގަ؟ ދެފިކުރެއްގައި ހުރެ ރުއާނާ ބަލައިލިއެވެ. އިޒްވާގެ ނަން ފެނި ފޯނު ނެގިއެވެ. ހަލޯ އޭ ނުބުނެވެނީސް އިޒްވާ ވާހަކަ ދައްކަން ފެށިއެވެ.
”ދެން ރުއާ.. މިޙާރު އާދުވަހެއް ފެށުނީ..ހުރިހާ އެންމެން އެބަ އަހާ ރުއާ އާއި ދޮންބެ ނައީމަ އެ ވާހަކަ … ވަރަށް މަޖާ މިކޮޅު.. އައި މިސްޔޫ ސޯ މަޗް ހަނީ.. ދެދުވަހުގެ ޓްރިޕްއަކަށް އައި އިރު އިއްޔެގެ އެމަޖެންސީއެއް އައިސްގެން ދިޔަފަހުން ތިދެމީހުން ލޮލަށް ދައްކާ ނުލި.. ރޭގަ އަދްރެކް ވެސް އައިސްފި… އެހެން ނޫނަސް މިއަދު އެކަނި ދެން މިއޮތީ މާދަމާ އަނެއްކާ ޑިއުޓީއަށް ދާންވީ…“ އިޒްވާގެ ޝަކުވާތައް އިވުމުން ރުއާނާއަށް އެނދު މައްޗަށް ވެއްޓިގަނެވުނެވެ.
”އަހަރެން ވެސް ދާން ބޭނުމޭ.. އެކަމަކު އައި ކާންޓް ގޯ އެންނު އެކަނި.. “
”ކޮބާތަ ދޮންބެ؟.. އޭނަ ވެސް އަންނާނެ އޭ“
”ނޭނގޭ.. އިއްޔެ އިން ފެށިގެން އަދި ލޮލަކަށް ދައްކައެއް ނުލާ.. މޭބީ އައި ޝުޑް ޗެކް“
އިރުކޮޅަކު އިޒްވާއާއި ވާހަކަ ދެއްކުމަށްފަހު ރުއާނާ އެނދުން ތެދުވިއެވެ. ބޭރަށް ނުކުތްއިރު އަޑެއް ބަޑެއް ނީވެއެވެ. މުޅި ގޭތެރެގައި ވަނީ އާދައިގެ މަތިން ހަމަހިމޭންކަމެވެ.
ދެ ފިކުރެއްގައި ހުރެމެ ރުއާނާ އެކޮޓަރިގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެހިނދު ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔައެވެ. ރުއާނާ ދިޔައީ ސިހިގެންނެވެ. މޭގައި އަތް އަޅާއިގެން ހުރެ ބަލައިލި އިރު ހިސާބަކަށް ދޮރު ހުޅުވައިގެން ލިއަމް ހުއްޓެވެ. ކަޅުކުލައިގެ ޖިންސުގައި ހުރި އިރު އޭނާގެ ބައިމަތި ފުޅާ ހަށިގަނޑު ވަނީ ހާމައަށެވެ. ރުއާނާއަށް ވަގުތުން އިސްޖަހައިލެވުނެވެ. ލިއަމްއަށް ކުރިމަތި ލައިގެން ވެސް ހުންނަން ނުކެރިގެން ފަސް އެނބުރިލިއެވެ.
”މީ..މްމް.. ކޮބާތޯ ބަލާލަން ވެގެން“ އަމިއްލަ ކޯތާފަތުގައި ރުއާނާއަށް އަތް ޖައްސާލެވުނީ ލަދުގަތްވަރުން މޫނަށް ޒާތަކަށް ހޫނުވުމުންނެވެ. އޭނާ ހިފާލީ ރުއާނާގެ އަތުގައެވެ. އޭނާއަށް ބުމައަރުވާލެވުނެވެ. އެވަރުން ވެސް ލިއަމް ވާހަކަ އެއް ނުދައްކައެވެ. ދިރާސާ ކޮށްލާ ފަދައަކުން އޭނާއަށް ލޮލުގެ ހިމަކޮޅުން ލިއަމްގެ މޫނަށް ކަޅިއެއް އެއްލުނެވެ. ބޭނުން ވީ އެއްވެސް ވަރަކަށް އޭނާދެކެ ލިއަމް ހިތްހަމަ ނުޖެހިފައި ހުރިތޯ ބެލުމަށެވެ. ނަމަވެސް އެފަދަ ޝުއޫރެއް ނެތެވެ. އެ މޫނުން ފެންނަ ތާޒާކަމާއި އެއްވަރަށް ތުންފަތުގައި ވީ ސިއްރުވެރި ހިނިތުންވުމެކެވެ.
ކޮޓަރީގެ ތެރެއަށް ވަދެވުމަށްފަހު ރުއާނާ އިސް އުފުލާލުމުން އޭނާ އިޝާރާތް ކޮށްލީ އެނދުމަތީގައި ރޫ ޖެހިފައި އޮތް ކަޅުކުލައިގެ ގަމީހަށެވެ.
”އިސްތިރިކޮށްދީބަ“
”ކަނު އަނދިރީގަ؟“ ރުއާނާއަށް އެހުނެވެ. އާދައިގެ މަތިން އެތަނުގައި ވަނީ އުއްބައްތި ސްޓޭންޑްގައި ވާ އުއްބައްތި ތަކުގެ އަލިކަމެވެ. އެއްމިޔަކަނުން ހީލަމުން ލިއަމް ސްވިޗް ބޯޑުން ސްވިޗްއަކަށް އޮބާލިއެވެ. އެހިނދު ކޮޓަރިއަށް ފެތުރިގަތީ ހުދު އަލިކަމެވެ. ރުއާނާ ކޮސްވިއެވެ. އެގެޔަށް އައިތާ ފަސް މަސް ވާން ކައިރިވީ އިރު ވެސް އޭނާއަށް ހުދު އަލިކަމެއް އެފެނުނީ މުޅިން އަލަށެވެ. އެކަމަށް ވުރެން ބޮޑަށް ރުއާނާ ލަދުގަތީ ކޮޓަރި ތެރެއާއި ލިއަމް އެހާ ރީތިކޮން ފެނުމުންނެވެ. ލިއަމްގެ ވަރުގަދަ ހަށިގަނޑުގައި ފެނުނު އިރު ކަޅި ޖަހާނުލާ ރުއާނާގެ މޫނަށް ބަލަން އިން ގޮތުން ހިންދިރުވާލަން ވެސް އުނދަގޫވިއެވެ.
އަނެއްކޮޅުން އެނދުގެ ހެޑްބޯޑާއި ދިމާލުގެ ފާރުގައި ހުރި ކުރެހުންތައް ވެސް އެހާ ސާފް ކޮން ފެންނަން ހުރިއިރު ރުއާނާ ގަތީ އަމަށަކު ލަދެއް ނޫނެވެ. އިސްޖަހައިލާއިގެން ހުރީ އެ މަންޒަރު ނުފެންނަކަމަށް ހަދާލައިގެންނެވެ. ނަމަވެސް ލިއަމްގެ ތޫނު ނަޒަރު ތުރުތުރެއް މުޅި ހަށީގައި ހީބިހި ލެވިއްޖެއެވެ.
ރުއާނާ ވެސް ލިއަމް އެދުނު ފަދައިން ގަމީސް އިސްތިރިކޮށްދިނެވެ. އެންބުރި ގަމީސް ހިފައިގެން ގޮސް ލިއަމްގެ އަތައް ދިނެވެ. ލިއަމް ހިފައިލީ ރުއާނާގެ އަތުގައެވެ. ގެނެސް ގާތުގައި ބައިންދާލިއެވެ.
”އަމް ސޮރީ“ ލިއަމްގެ ދެލޮލަށް ބަލައިލަމުން ރުއާނާ ބުނެލިއެވެ. އޭނާ ނިތް އަރުވާލިއެވެ.
”ފުރަތަމަ ތި ގަމީސް ލާބަލަ“ ލިއަމްއާއި ދިމާ ބަލަހައްޓާއިގެން އިންނާކަށް ރުއާނާއަކަށް ނުކެރުނެވެ. އެހިނދު އޭނާގެ ފަރާތުން އިވިލީ ލުއި ހިނިތުންވުމެއްގެ އަޑެވެ.
”ކުރިއަށް އޮތްތާ ފެންނާނެ މިކަހަލަ މަންޒަރު ވަރަށް ގިނައިން.. މިއަށް ވުރެން ބޮޑެތި މަންޒަރު ވެސް ފެންނާނެ.. ސޯ ބީ ރެޑީ“ ބޯޖަހަލާމުން ގަމީސް ލުމަށްފަހު ގޮތްތައް އަޅުވާލަމުން ރުއާނާގެ މޫނަށް ނަޒަރެއް ދިނެވެ. ”ހެހެހެ.. އަބަދު ބްލަޝް ވެފައޭ މި އިންނަނީ“ ރަތްވެފައިވާ ރުއާނާގެ ކޮލާއި ދިމާލަށް ލިއަމް ގުދުވެލިއެވެ. އޭނާ ނުވިސްނާ ހުއްޓާ ކޯތާފަތުގައި ނިކަން ލޯބިން ބޮސްދިނެވެ.
”ލި..ލިއަމް.. ވަޓް ޔޫ ޑްއިން؟“ ކޮލުގައި އަތްލައިގެން ހުރެ ރުއާނާއަށް ދުރަށް ޖެހިލެވުނެވެ. ނަމަވެސް ލިއަމް އޭނާގެ އުނަގަނޑުގައި ހިފާ މަގަތައް ގެނައެވެ.
”ކިސް އެއް ދިނީނު ޗީކްއަށް..“
ރުއާނާއަކަށް ޖަވާބެއް ނުދެވުނެވެ. ލަދުން ވިރޭ ފަދަ އިޙްސާސްއަށް ކުރެވެމުން ދިޔައެވެ. ލިއަމް އަނެއްކާ ރަނގަޅުބާއޭ ހިތައް އެރިއެވެ. ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އުނަގަނޑުގައި ވަށާލާފައިވާ ލިއަމްގެ އަތް އިޙްސާސްވާ ވަރުން އެތެރެހަށީގައި ތުރުތުރެއް ލައިފިއެވެ. އެ ހާލަތުން އަރައިގަންނަން އޭނާއަށް ފެނުނީ އެންމެ މައުލޫއު އެކެވެ.
”މީ.. މީ… އަހަރެން ދެކެ ރުޅި އައިސްފަތަ؟“ ރުއާނާ އަހައިލިއެވެ. އެހިނދު އޭނާގެ މޫނާއި ދިމާލަށް ލިއަމް އަނެއްކާ ވެސް ގުދުވެލިއެވެ. ނަމަވެސް ދެތިން އިންޗިއާއި ހިސާބުން ހުއްޓިގެން ހުއްޓެވެ. އެއް އަތުން ރުއާނާގެ ދަތްދޮޅިގައި ހިފާލައިގެން އުފުލާލިއެވެ. އެހާ ގާތުން ލިއަމްއާއި ހަތަރުކަޅި ހަމަވުމުން ރުއާނާއަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ.
”ޑޫ އައި ލުކް ލައިކް؟“
”އިއްޔެ އައި ގޮތުން ހީކުރެވުނީ.. ރޭގެ ވެސް ފަހުން ނުނިކުތް“ ރުއާނާ ވާހަކަ ދެއްކިއެވެ. އެހިނދު ލިއަމް ދެފަރާތައް ބޯހޫރުވާލިއެވެ.
”ނޫނޭ.. ރޭގަ ދިޔައީ ޒައްޔާންއާއި އެއްކޮން.. އޭގެ ކުރިން ރޫމްގަ އޮތީ ހަމަ..އެހާ ބޮޑު ކަމެއް އުއްމީދުވެސް ނުކޮށް ހުއްޓަ އެނގުނީމަ ވާނީ ކިހިނެތް؟ މަންމައާއި ބައްޕަ ގެއްލުނު ފަހުން މިވީ އަހަރުތަކުގަ ރުއާއަށް އެނގޭތަ އެކަނި ވެސް އެމީހުން ހޯދަން ވަރަށް މަސައްކަތް ކުރިން.. ބޮޑުބޭބެ އައި ދޮންބެ މެން ވެސް މަސައްކަތް ނުހުއްޓާ… ކާފަމެން ބަލިކަށި ވެފައި އެތިބީ އެކަމުގަ އުޅެނިކޮން.. އެމީހުންނާއި ނުލާ ކިތަންމެ ބޮޑުވެފައި ތިއްބަސް ކިހިނެތް ހަނދާނުން ނެތޭނީ.. އެންމެ ފަހުން މި ލިބުނީ އިވިދާނެކަމަށް ބިރުން ހުރި ހަބަރު.. ދެވަނަ ފަހަރަށް މަންމައަށް އެދުނިޔެއިން މިކަހަލަ ހިތްދަތި ކަމަކާއި ތަހައްމަލް ކުރަން މިޖެހުނީ.. މަންމައާއި ބައްޕައަށް މިފަހަރު ހަނދާލާނެ ގޮތެއް ވެސް ނޭނގޭ“ ލިއަމްގެ ދެލޮލުގައި ބޮނޑިވަމުން ދިޔަ ކަރުނުތައް ފެނި ރުއާނާއަށް އެއަތުގައި ހިފާލެވުނެވެ. އެކަމުން ހިތައް އުނދަގޫ ވަމުން ދިޔައެވެ.
”ދެވަނަ ފަހަރަށޭ؟“ ލިއަމްގެ ވާހަކަ އިން ރުއާނާއަށް ފާހަގަވެގެން އެއްސެވެ. އޭނާ ބޯޖަހައިލިއެވެ.
”ވަޓް ހެޕެންޑް ޓް ހާރ؟“
”އޯކޭ ތަ ރަނގަޅު ވަގުތަކުން ކިޔައިދިނަސް.. އެކޮޅަށް ދާން ވެގެން އިޒީ އެގުޅަނީ“ އެއްއަތުން ރުއާނާގެ އަތައް ބާރުކޮށްލަމުން އަނެއް އަތުން ފޯނު ދައްކާލިއެވެ. ރުއާނާ ބޯ ޖަހައިލިއެވެ. ލިއަމް ތެދުވަތްތައް ފެނިގެން ރުއާނާވެސް ތެދުވިއެވެ.
”ލިއަމް..“
”ޔެސް؟“ ރީތިވާ މޭޒާއި ގާތައް ދަމުން ފަސް އެނބުރި ބަލައިލިއެވެ.
”އިފް ޔޫ ހޭވް އެނީތިންގް ޓް ޝެއާރ، އަމް އެވައިލަބްލް އެނީޓައިމް“ ލިއަމް ތެދުވަތް އިރުވެސް ދެލޮލުގައިވީ ތެތްކަން އެގޮތުގައި ހުއްޓެވެ. ރުއާނާގެ ހިތައް ވަމުން ދިޔަ އުނދަގޫ ތަކުން ކެތް ނުވެގެން ގޮސް ލިއަމްގެ ހަށިގަނޑުގައި ފަހަތުން ބައްދާލިއެވެ.
”ތެންކިއު ސްވީޓެސްޓް“ ރުއާނާގެ އަތްމަތީގައި އަތްބާއްވާލެވުނު އިރު ލިއަމްގެ ލޮލުގައި ވީ ކަރުނުތައް ލަސްލަހުން ފައިބައިގަތެވެ. ރެއިން ސުރެން ހިތްވަރުކުރަމުން ދިޔައިރު އެފަދަ އަޅާލުމަކަށް އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ހިތައްކޮށްފައިވާ އަސާރައި އެކު ރުއާނާއާއި ކުރިމަތިލަމުން ނުހަނު ބާރަށް ބައްދާލިއެވެ.
“ އިޓްސް އޯކޭ.. ”އަޑު ނީއްވި ނަމަވެސް ލިއަމްގެ ހޫނު ކަރުނުތައް ރުއާނާގެ ކޮނޑަށް އިހްސާސްވަމުން ދިޔައެވެ. އޭނާގެ އުނަގަނޑުގައި ރުއާނާއަށް ފިރުމާލެވުނެވެ. އެހިތައް ހަމަޖެހުމެއް ލިބެންދެން އެހެން ހުންނަން ގަސްތުކުރިއެވެ.
***
ކޯރެއްގެ އައްސޭރީގައިވާ ޕައިން ގަސްތަކެއްގެ ނިވަލުގައި ޓެންޓްތައް ޖަހާލައިގެން އެންމެ ތިބި އިރު ހުނުމާއި ސަކާރާތުގެ އަޑުން ވަނީ އެއް އަޑުވެފައެވެ. ކޯރާއި އިންވެގެން ފަހަތައް އޮތީ ފަރުބަދަ ތަކެވެ. ކޯރުގެ ފެންގަނޑުގެ މެދުން ދެފަރާތައް ދެވޭހެން ހަނި ބްރިޖެއް އޮތް އިރު އާލިއާ ހުއްޓިލައިގެން ހުރީ ބްރިޖްގެ މަތީގައެވެ. ދޭތެރެއަކުން އޭނާގެ އަތުގައިވާ ކެމެރާގައި މަންޒަރުތައް ރައްކާކޮށްލައެވެ. އެތާގައި ހުންނައިރު ހަމަހިމޭންކަމުން ނަފްސަށް އާދަޔާއި ހިލާފް ހިތްހަމަޖެހުމެއް ލިބެމުން ދިޔައެވެ. އާލިއާއަކީ އަބަދުވެސް އެފަދަ މަޑުމައިތިރިކަމަކަށް ލޯބިކުރާ ޒުވާނެކެވެ. ލާފައި ހުރި ކަޅުކުލައިގެ ކެހެރި ކޯޓުގެ ޒިޕް ކަހާލި ހިނދު ހަށިގަނޑުގައި އައިސް ބީހިލި ފިނިފިނި ވައިރޯޅިތަކުން ހީގަންނަމުން ދިޔައެވެ. ހީވީ ގަޑުފެންގަނޑެއްގެ ތެރެއަށް ވަދެވުނުހެންނެވެ. ކޮނޑާއި ހަމައަށް އޮތް ފަން އިސްތަށިކޮޅު ފަރާތް ފަރާތައް ނަށަމުން ދިޔައެވެ.
”އޭ ދޫނި އާދޭ މިކޮޅަށް ހީގަނެ ދާނެ ތިހެން ހުއްޓަ“ އާލިއާ ހުރި ގޮތް ފެނި މީރާ ގޮވާލިއެވެ. ބޯޖަހާލާފައި އެނބުރި އައިސް މަޑުކޮށްލީ ޔެނާގެ ކައިރީގައެވެ. އޭރު ހުރިހާ އެންމެން ކޮންމެވެސް އެއްޗެކޭ ކިޔާ ހެމުން ދިޔައެވެ. އޭނާ އައުމާއި އެކު ދައްކަމުން ދިޔަ ވާހަކަ މަޑުޖައްސާލިކަން ފާހަގަ ވިއެވެ. އޭނާއަށް ބަލައިލެވުނީ ކީވާންއާއި ދިމާލެވެ. ޝާއިންގެ ގާތުގައި އިން އިރުވެސް އޭނާގެ ނަޒަރު ހުރީ އާލިއާއަށެވެ. ކަރުކެހިލާފައި ވެސް ދެނެހުރިކަމަކަށް ނުހެދިއެވެ. އެތަނުގައި ދެކެވެމުންދަނީ އޭނާއާއި ކީވާންއާއި އުޅޭ ވާހަކައެއްކަން އެމީހުންގެ މޫނުތަކުން އެނގުނެވެ.
”ކޮބާ ބޭބީ؟.. އަދިވެސް ނިދާފަތަ؟“ އާލިއާ އަހާލީ ޔެނާގެ ގާތުގައެވެ.
”ޔެސް.. ދެންމެ ހޭލީމަ އަނެއްކާ ނިންދަވާފަ މައިއްކޮ ބާއްވާފަ މިއައީ ކައިރީގަ..ބަނޑުހައެއް ނުވޭތަ؟ އެއްޗެއް ކާލަން އުޅެންވީނު.. އިއްޔެ އެއްޗެއް ކެއި ގޮތައް ނުވެސް ކައި ތިހުރީ“
”އިރުކޮޅަކުން ކާނީ.. ހެނދުނު ސައިބުއީމޭ“ ޔެނާއަށް ޖަވާބު ދީފައި އާލިއާގެ ނަޒަރު ދަތުރު ކޮށްލީ ކީވާން ކުރާކަމަކަށެވެ. ބަލަބަލާ އިންދާ ކެއުމުގެ ކަންތައް ކުރުމަށް އެމީހުން ތައްޔާރު ކުރި ޓެންޓްގެ ތެރެއަށް ވަދެއްޖެއެވެ. އެނބުރި އައި އިރު އަތުގައި އޮތީ އައިސްކޮފީ އަކާއި ދެވައްތަރެއްގެ ސްވިސް ރޯލްސް އަޅާފައި ހުރި ތައްޓެވެ. އާލިއާއަށް އެއްޗެއް ނުބުނެވި އިންދާ އޭނާގެ އުނގުމަތީގައި ތަށި ބައިންދާފާފައި ގޮސް އޭނާ ކުރިންވެސް އިންތަނުގައި އިށީންދެލިއެވެ. މަނާކުރާކަށް ވެސް ނުކެރުނެވެ. ހުރިހާ އެންމެން ގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރި އިރު އެމޫނުތަކުން ފެންނަނީ ދިމާކުރުމުގެ އަސަރުތަކެވެ. ލަދުން އިނދެ ވެސް އަމިއްލަ ނަފްސަށް އިވޭވަރަށް ކީވާންއާއި ދިމާލަށް އަޑުލައިގަނެވުނެވެ. އަނެއްކޮޅުން އޭނާގެ މޫނަށް ބަލައިލަމުން ޔެނާ ވެސް ހީލިއެވެ.
”އަހަރެމެން ހާދަ އަންލަކީއޭ އަސްލު . އިނދެ އުޅޭތަ ފަސް އަހަރު ވީ… އަދި ތިކަހަލަ ޕްރިންޝަސް ޓްރީޓްމަންޓެއް ނުލިބޭ.. މާޝާﷲ އާލް.. “ ޝާއިންގެ އަންހެނުން މިލެނީ ބުނެލިއެވެ. އެހިނދު ފެނުނީ ޝާއިން ބޯކަހާލި މަންޒަރެވެ.
”ކަލޯ ގާގަނޑަކުން ޖަހައިފި..“ އަދްރެކްއަށް ވެސް ހީގަނެފައި ޝާއިންގެ ގައިގާ ވިކާލިއެވެ.
”ބުނެފިއެއްނު އެއްޗެއް..އާން ދެން މިހާރު ނުވާނެ ހަނދާނެއް.. އެހެން ނޫނަސް ސިންގަލް އިރު ވަރަށް ރޮމޭންޓިކް ވާނެ.. އެއީ ދުނިޔޭގަ އާދައޭ“
”އޮޅިގެން ވެސް ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް.. ފިރިހެނެއްގެ ދުލުން ތިއަށްވުރެން ބޮޑު ހަގީގަތެއް ނުބުނެވޭނެ.. ސިންގަލް އިރު ދުނިޔެވެސް އަތައް ލައިދޭނެ.. މެރީ ކުރުމަށްފަހު..އާހްހް، ދެން އެއީ ރައްޓެހިންގެ މީހެއް.. ކަލޯ އައިސްބަލަ ކޮފީއަކަށް.. އެދިޔައީ.. އެހެޔޮ ފާހާނަ ތަށިމަތިގަ އިނދެފަވެސް“ މިފަހަރު ރައްދު ދިނީ ޔެނާއެވެ. ވާހަކަ ދެއްކިއިރު އޭނާގެ ނަޒަރު ހުރީ ލޫތްއަށެވެ.
އެހިނދު އޭނާއާއި ދެތިން ފޫތު ދުރުގައި، އަލިފާން ރޯކުރުމަށް ލަކުނޑި ތަކެއް ފަޅަން އިނދެފައި ލޫތް ވެސް އައިސްފިއެވެ.
”އާއްޗާ.. ފިރިހެނުން އެކަނިތަ؟.. ތިހެން ބުނީމަ ވާހަކައެއް ބުނަންތަ.. މައުލޫއުއިން ބޭރު ވާހަކަ އަކަށް ވިޔަސް ތެދެއް ވާނީ ތެދެކަށް.. ބޭރަށް ނުކުމެވޭ ދުވަހަކުވެސް، ރައްޓެއްސަކު ފެނިއްޖެއްޔާ.. އައްދޭ ޔޫ ތަ؟ އަޅޭ ނުވެސް ބުނޭ.. ކޮންތާކުތަ ތިއުޅެނީ.. އަޅޭ..“ ޒާތެއްގެ އަންހެން އަޑެއް ނެރެލަމުން، ރަނޑު ވައްތަރެއް ޖައްސާލާފައި ލޫތް ދެއަތް ހޫރާލިއެވެ. އެހިނދު އެންމެން އެއްފަހަރާ ހީގަތެވެ. ހީ ހީ ގޮސް ލޮލުން ފެން އައިސް އިނދެ ލޫތްގެ ބަނޑުގައި ޔެނާ ފައިން ޖަހާލިއެވެ.
”ދެން އެހިސާބުން މި އަންހެންވެރިން ނިކަމެތި ފިރިންގެ މަތިން ހަނދާނެއް ނުހުންނާނެ.. މަ މިޙާރު މިހުންނަނީ ޔެން އާއި އެއްކޮން ޝޮޕިންއަށް ނުދާގޮތައް ނިންމައިގެން..ދާ ކޮންމެ ދުވަހަކު އޭތި ފަނިވޭ މީނަގެ ރައްޓެހިން ގިނަ ކަމުން“ ލޫތް އަނެއްކާ ވެސް ބުނެލިއެވެ. މިފަހަރު އޭނާ ވެސް ހޭންފެށިއެވެ.
”ކޮބާ މިހާރު މީނައާއި އިނީމަ އިހްސާސް ވެއްޖެ އެންނު.. ކީކޭ މަ ކުރިން ބުނީ.. ޔެންއާއި އިންނަންޏާ ބްރޯ ޖެހޭނެއޭ ވަރަށް ކެތްތެރިވާން. މަށައް ބުނެވުނީ އަޅެ ދޮގެއްތަ؟“ ކީވާންވެސް ހެމުހެމުން ލޫތްގެ ކަރުގައި ބައްދައިގަތެވެ. އެ ސަކާރާތެއްގައި ތިބިއިރު އެމީހުންނާއި މާ ދުރުނޫން ހިސާބެއްގައި ބިލާލް ހުއްޓެވެ. އެތަނުގައި އޭނާ ހުރެފައި ދިޔައިރު އެ މަންޒަރު ފެނުނީ އާލިއާއަށެވެ. ބިލާލްއާއި ހަތަރުކަޅި ހަމަވެގެން ދިޔަ ހިނދު މުޅިކުއްޖާ ގެ ގައިން ހީބިހި ހަލުވާލިއެވެ. އޭނާ ބަލައިލީ އެ މަންޒަރު އިތުރު މީހަކަށް ފެނުނުތޯއެވެ. ބިރުން އިނދެ ވެސް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލީ އެންމެން ވެސް ސަކަރާތް ޖަހަމުން ދިޔަ މަންޒަރު ފެނިއެވެ.
”ކޮބާތަ އިޒީމެން؟“ އެންމެން ތިބި އިރު ވެސް އިޒްވާއާއި އީތަން ފެންނަން ނެތުމުން ލޫތް އަހައިލިއެވެ.
”އެދެ ލޯބިވެރިންވީ އަމިއްލަ ދުނިޔޭގަ.. ހީވަނީ އެދިމާލު ކޮންމެ ވެސް މައުންޓެއިން އެއް ކައިރީގަ ވާނެހެން“ ޖަވާބު ދިނީ ކީވާންއެވެ.
***
”ބީ ކެއާރފުލް… ހޯލްޑް މައި ހޭންޑް “ އީތަން ހުރީ އުސްކޮން ހުރި ގާގަޑެއްގެ މައްޗަށް އަރައެވެ. ތިރީގައި އިޒްވާ ހުރި އިރު އޭނާ ހުރީ އޭގެ މައްޗަށް ނޭރިފައެވެ. ފުންމާ ފުންމާ ވަރުބަލިކަން އިޙްސާސްވީ އިރުވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ތުންދަމާލިއެވެ. އެ މަންޒަރު ފެނި އީތަންގެ ގާތައް ހިނިއަންނަން އުޅުނެވެ. އޭނާގެ އަތް ދިއްކޮށްލުމުން އަތުގައި ހިފަން ނުކެރިގެން އިޒްވާ ބަލައިލިއެވެ.
”ސާބަހޭ އިޒީ.. އަލަކަށް ނޫނެއްނު އަހަރެންގެ އަތުގައި ހިފަން ތިއުޅެނީ އެއް.. އެހެން ނޫނަސް ކައިވެނި ކުރަން ތައްޔާރުވެފަ އޮތް އިރު ވެސްތަ“ އީތަން ބުނެލިއެވެ.
އިޒްވާ ލަދުގަންނަ ގޮތްވިއެވެ. އެހިނދު އީތަން އަތައް ދަމާލަމުން މައްޗަށް އެރުވިއެވެ. އީތަންގެ ބާރު އިޙްސާސްވެ އިޒްވާގެ ހިތައް ފިނި ވެލިއެވެ. ހީވީ ލުއި ފަތްކޮޅެއް އުފުއްލާލިހެންނެވެ. ހިތައް ވެރިވި އަސަރްތައް އެއްފަރާތްކޮށް ލަމުން އީތަންގެ މަގަތުގައި އިޒްވާ އިށީންދެލިއެވެ. ދެމެދުގައި ކުޑަ ހުސް ޖާގައެއް ވިއެވެ.
”ކޮން ވާހަކައެއް އިޒީ ބޭނުންވީ ދައްކަން ؟“ އީތަން އަހާލިއެވެ.
”ހައު ޑިޑް ޔޫ ނޯ؟“ އިޒްވާ ކޮސްވިއެވެ. އީތަންއާއި ވަކިން ބައްދަލްކޮށްލަން އެދުނު ނަމަވެސް ވާހަކައެއް ބުނަން އޮތް ވާޙަކަ އޭނާ ނުބުނެއެވެ. ނަމަވެސް އީތަންއަށް އެނގުނީ ކިހިނެތް ހެއްޔެވެ.
”އައި ނޯ ޔޫ“ އީތަން ހީލިއެވެ. އެހެންމީހުންނާއި އެކަހެރި މާހައުލެއް ހޯދުމަށް އިޒްވާ އެދުމުން ވެސް ކަމެއް ވެއްޖެހެން އީތަންއަށް ހީވިއެވެ. އިޒްވާގެ މިޒާޖައް އަންނަ ކުޑަކަމެއް ވެސް އީތަން އަށް ފާހަގަ ވެއެވެ. ބަސްމޮށުންތެރިކަމަކާއި ނުލާ، އިޒްވާ ކޮށްލާ ކޮންމެ އިޝާރާތެއް ވެސްމެއެވެ.
”ބަތް ހައޫ އީތަން؟“
”ޔޫ ކާންޓް ގެސް ހައު މަޗް އައި ލައިކް ޔޫ… އައި ނޯރ އެވްރީތިންގ އެބައުޓް ޔޫ“
އިޒްވާގެ ލޮލާއި ގުޅުވާލަމުން އީތަން ބުނެލިއެވެ. އީތަންގެ ޖަވާބު ކިތަންމެހާ ވެސް ސާފެވެ. އެ ދެލޮލުން އިޒްވާ ހާއްސަ ވަރު ހުދު އިޒްވާއަށް ވެސް އިހްސާސްވެއެވެ. ދުލުން ނުބުނި ކަމުގައި ވީ ނަމަވެސް އިޒްވާގެ ހިތުން ވެސް އީތަންއަށް ހާއްސަ މަގާމެއް ދެވުނުތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެކަމަކު، އީތަންއާއި މެދު އުފެދުނީ ލޯބި ކަމެއް މުޅިއަކުން ޔަގީނެއް ނޫނެވެ. ތެދުތެދަށް ބުނާކަމުގައިވާނަމަ އިޒްވާ ގަބޫލްކުރަން ބޭނުން ނުވަނީއެވެ. އެނގެނީ އީތަންއާއި ނުލާ ދުވަހެއް ހޭދަކޮށްލަން އުނދަގޫ މިންވަރެވެ. ނުފެނި ސިކުންތުކޮޅެއް ވިޔަސް ހޯދަން މެސެޖް ކުރެވެއެވެ. ނިދެނީ ގުޅައިގެން އޮވެއެވެ. ހޮސްޕިޓަލަށް ދިޔަ ނަމަވެސް ފުރަތަމަ ދެވެނީ އީތަންގެ މޫނު ބަލައިލުމަށެވެ. ފާއިތުވެ ދިޔަ ދެހަފްތާ އޭނާގެ ހިތައް ވަމުން ދިޔަ ގޮތް އިތުރަށް ވަނީ ފުންވެފައެވެ.
އެއިންވެސް ވާހަކައެއް ދުލުކުރިއަށް ގެންނާކަށް އިޒްވާ ބޭނުމެއް ނުވެއެވެ. ނޫހްގެ ސަބަބުން ކުރިމަތިލާން ޖެހިފައިވި ކަންތަކުގެ ސަބަބުން ފިރިހެނަކަށް އިތުބާރުކުރަން އުނދަގޫވަނީއެވެ. އެހެން މީހަކަށް ވުރެން ބޮޑަށް އިތުބާރު ކުރެވެނީވެސް އީތަންއަށެވެ.. ނަމަވެސް ގޮތެއް ނިންމަން އޭނާ އަދި ބޭނުމެއް ނޫނެވެ. ކައިވެންޏަށް ފަހު ވެސް ބުނެވިދާނެތާއެވެ.
”އީތަން މި ޥާހަކަ ސިއްރުކޮށްގެން ހުންނަން ބޭނުން ނުވަނީ.. ކޮންމެ ގޮތަކަށް ކައިވެނި ކުރެވެން އުޅުނު ނަމަވެސް އަނދިރީގަ ބަހައްޓާކަށް ބޭނުމެއް ނޫން.. އަހަންނާއި ބެހޭގޮތުން ނޭނގޭ އެއްވެސް ކަމެއް އިނދެ، ފަހުން ވެސް ކުންޏެއް ޖެހޭކަށް ބޭނުމެއް ނޫން…“ އިޒްވާ ތުންފަތް ހަފާލިއެވެ. ހަމަ ކިޔައިދޭން ވީބާއޭ އިޒްވާގެ ހިތައް އެރިއެވެ.
”ޔޫ ކެން ޓެލް މީ އެނީތިންގް.. އަމް ޔުއާރސް.. އެނގޭ ތިބުނަން އުޅެނީ ނޫހްގެ ވާޙަކައެއްކަން“ މިފަހަރުވެސް އީތަން، އޭނާ ހައިރާން ކޮށްލިއެވެ. އިޒްވާ ހިސާބަކަށް ލޯ ހަނިކޮށްލިއެވެ.
”އީތަންއަށް އަޅެ ނޭގެނީ ކޮންކަމެއް!“ އިޒްވާ ބުނެލި ހިނދު އީތަން ޖަހައިލީ ހިނިގަނޑެކެވެ. އަވަހަށް ކިޔައިދޭށޭ ބުނުމުން އިޒްވާ ވާހަކަ ފެށިއެވެ.
”އަހަންނާއި ނޫހްގެ ރިލޭޝަންޝިޕްގަ ހުރިހާ ކަމެއް ވެސް އީތަންއަށް އެނގޭނެ އެންމެ ކަމެއް ފިޔަވައި.. ބަޓް އެގެއިން ކުރުގޮތަކަށް ކިޔާލަ ދޭނަން އޭރުން ކަންނޭގެ ގެޓްވާނީ.. ޓެން އިޔާސް އެކުގަ އުޅުނު އިރު، އޭނާގެ ކަމަކަށް އޮންނަނީ އަބަދު ބެގް ކުރުން.. މީ.. އަނެއް …މްމްމް.. ރޫމްއަށް ވަންނަން.. ބަޓް އައި ޑޯންޓް ވޯންޓް.. އޭނާ ވަރަށް ބެގް ކުރީމަ އެންމެ ދުވަހަކު ދިޔައިން.. ދެޓް ވޯޒް އެއިޓް އިޔާޒް އެގޯ.. އެދުވަހު ވީ ކަމެއް ވީ.. އައި ޙޭޓް އިޓް… ވަރަށް ބޮޑަށް ރިގްރެޓް ކުރަން.. އެންމެ ޑީޕްއަށް ނުދިޔަސް އެނގޭ ދޯ މިބުނަން އުޅޭ އެއްޗެއް… ރަނގަޅަކަށް ނޫން އުޅެވުނީ.. ހަމަ އެންމެ ގޯސްކޮން އުޅެވުން އެދުވަހު.. އޭގެ ފަހުން ތައުބާ ވީން.. ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރަން އަޒުމު ކަނޑައެޅިން… އެންޑް ނުވެސް ކުރަން… ކިސް ކުރަން ވެސް ދެކޮޅު ހެދިން.. “ ވާހަކަ ކިޔައިދިނުމަށް އެދުމުން އިޒްޥާ ކިޔައިދިން ވާހަކައަކުން އީތަންގެ މެޔަށް އުނދަގޫ ވެއްޖެއެވެ. ނުބައި ދިލައެއް ނަގައިގަތް ކަހަލަ އިޙްސާސްއެކެވެ. އިޒްވާއާއި އެކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން ވެފައިވާ އުފާވެރިވެރިކަން ވަޅުޖެހިއްޖެއެވެ. ނަމަވެސް ކެތްތެރިވިއެވެ. މޫނުމަތީގެ ކުލަތައް ފޮރުވަން އުޅުނެވެ. އީތަން ބަލައިލިއެވެ. އިސްޖަހާލައިގެން އިން އިރުވެސް އިޒްވާގެ ދެލޮލުން ކަރުނަ ފެނުނެވެ.
”އަމް ސޮރީ އީތަން ..ދެޓް ވޮޒް މައި ޕާސްޓް.. އައި ޑިޑް ދެޓް ޖަސްޓް ވަންސް.. މެރީ ކުރުމުގެ ކުރިން ހުރިހާ ކަމެއް ކްލިއާރ ކޮށްދޭން ބޭނުންވީ.. އައި .. އައި ރިގްރެޓް އިޓް އަ ލޮޓް“ ކަކުލުގައި އިޒްވާ ބޯ އަޅާލިއެވެ. އެހެން އޮތް އިރު އޭނާގެ ރޯކަން އެނގެއެވެ. ނަމަވެސް އަމިއްލަ ހިތައް ވެފައިވާ ގޮތުން ހިތްވަރުދޭނެ ގޮތެއް ނޭނގުނެވެ. އަތްލާން ނުލާން ކަހަލަ ގޮތަކަށް ހުރެފައި އިޒްވާގެ ކޮނޑުގައި އަތް ވަށާލިއެވެ.
”އިޓްސް އޯކޭ..“ މަޑުމަޑުން އީތަން ބުނެލިއެވެ. ދެރަވީ ނަމަވެސް ވެފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެތާއެވެ. “ އޭގެ ފަހުން އެކަހަލަ ކަމެއް ނުކުރީމަ ދޯ އޭނަ ބެގް ކުރަން ފެށީ.. ދެން ނުކޮށްދިނީމަ އަންހެން ކުދިން ގޮވައިގެން އުޅެންފެށީ؟ އެންމެފަހުން ޔީލާއާއި އެކު ؟“
އީތަން އަހައިލުމާއި އެކު އިޒްވާ ބޯ ޖަހައިލިއެވެ.
”މިބުނިހެން ގަދަކަމުން ވެސް ޙީ ޓްރައިޑް.. ކޮންމެ ފަހަރަކު ވެސް އަހަރެން ގަދަ ހަދާލާފަ ދުރަށް ދަނީ…އަބަދު ބެޑްއަށް ދާން ކިޔަނީ.. އަމް ސޮރީ އީތަން، ކުރިން ނުބުނެވުނީމަ… އޭރު ބުނުމުގެ ހިތްވަރެއް ނެތް.. ހިތައް އެރީ އީތަން އަނެއްކާ ހިތްހަމަ ނުޖެހިދާނެއޭ..އެކަމަކު އަހަރެންގެ ނަޒަރުގަ، ކައިވެންޏާއި ހިސާބަށް ދާއިރު އެވަރުގެ ކަމެއް ސިއްރު ކޮށްފަ ބޭއްވުމަކީ ކަޑަ ކަމެއް“
”އިޓްސް އޯކޭއޭ.. ވީ ކާންޓް ޗޭންޖް ޕާސްޓް ރައިޓް…“ އިޒްވާގެ ބޮޑު ދެލޮލުން އައި ކަރުނުތައް ފެނި އީތަންގެ ހިތައް އުނދަގޫވިއެވެ. ނުހަނު ލޯބިން އޭނާގެ ދެއަތުން އެ ކަރުނުތައް ފުހެލަ ދިނެވެ.
”ސީރިއަސްލީ .. ރުޅި އެއް ނާދޭތަ؟“
”ޔާހް ނާދޭ.. އިޒީ ހިތަކަށް ނާރާތަ އަހަންނާއި ޔީލާއާއި ދެމީހުން ގުޅިގެން އުޅުނު އިރު ކަމެއް ނުހިނގާބާއޭ؟“ އީތަން އަހާލިއެވެ. އެ ސުވާލާއި އެކު ހިސާބަކަށް އިޒްވާގެ ހިތް ތެޅިގަތެވެ.
”ކަމެއް ހިނގީތަ އަނެއްކާ؟“
”ނޫން.. އެންމެ ކުޑަ މިނުން ވީ ޑޯންޓް އީވެން ކިސް.. އެހެންވެ ޔީލާ ވެސް ފޫހިވީ އަހަރެން ދެކެ.. ނޫހްގެ ފެންވަރަކަށް ނުވެއްޓޭ ބަޓް ޔީލާ ބޭނުންވި އެކަހަލަ ކަންކަން .. އަހަރެންގެ ފަރާތުން އެކަން ނުވާނެ ކަން އެނގިގެން އޭނާ ދުރުވީ.. އެންމެ ފަހުން ޔީލާ ދެއްކި ރީޒަންއަކީ އަހަރެން އޯފެން އަކަށް ވުން… ދެން އޭނާއަށް ވުރެން އަހަރެން ކުޑަ ވުން .. އެކަން އެނގިހުރެ އޭ ރައްޓެހިވީ ވެސް“ އީތަން ހިތިގޮތަކަށް ހީލިއެވެ. އިސްޖަހާލައިގެން އިން އިރު އީތަންގެ އަތުގައި އިޒްވާ ހިފާލިއެވެ. އެއަތައް ބާރުކޮށްލަމުން އީތަން ހިނިތުންވެލިއެވެ.
”ވެދާނެ އެންމެ ޕާފެކްޓް މީހާ ނޫން ކަމަށް ވެސް ، އެކަމަކު ކައިވެނީގެ ކުރިން ގާތްވެ އުޅުމަކީ އަހަރެންގެ އުސޫލްތަކާއި ހިލާފް ކަމެއް.. އެނގޭތަ މައި ފަސްޓް ކިސް ވޯޒް ވިތް ޔޫ..އެންޑް އަމް ނޮޓް ސޯ ޕްރައުޑް އޮފް އިޓް.. އެގިއްޖެ ދޯ މިބުނާ ދުވަސް.. ޔީލާއާއި ނޫހްއަށް ދައްކަން އައި ހޭވް ކިސްޑް ޔުއާރ ޗީކްސް“ އިޒްވާއަށް އެބުނާ ދުވަސް އެނގުމުން ހީލެވުނެވެ. އީތަންގެ ވިސްނުން އެނގުމުން އިޒްވާގެ ހިތައް ލިބުނީ ބަޔާން ކުރަން ދަތި އުފާވެރިކަމެވެ. މިހާ ބޮޑަށް ބަދަލްވެފައިވާ ދުނިޔެއަކުން އެފަދަ ޒުވާނަކު ހުރިކަން އެނގުމުން ވެސް ހައިރާންވިއެވެ. ހާއްސަ ގޮތެއްގައި މިފަދަ ގައުމަކުންނެވެ.
”އެންޑް އަމް ޕްރައުޑް އޮފް ޔޫ.. އެއްފަހަރު ކަމެއް ކުރެވުމުން ތަކްރާރް ނުކޮށް ތައުބާވީމަ ވަރަށް އުފާވެއްޖެ“
އިޒްވާގެ ވާހަކަ ތަކުން އީތަން ހިތައް އިންތިހާއަށް މޮޅިވެރިކަން ވަތް ނަމަވެސް އުފާވެސް ވިއެވެ. ހިތުގައި ތަފާތު ގަދަރެއް އުފުލިގެން ދިޔައެވެ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެތާއެވެ. އިންސާނުން ވިއްޔާއެވެ. ހާއްސަގޮތެއްގައި އިޒްވާގެ ތެދުވެރިކަމުން ހިތައް ހަމަޖެހުން ގެނުވިއެވެ. ފޯނު ވައިބްރޭޓް ވެގެން ބަލައިލި އިރު މީރާގެ މެސެޖްއެކެވެ. ކުޑަ އިރުކޮޅެއް ވަންދެން އިޒްވާ ހިފަހައްޓާލަން އެދިފައެވެ. ކުރީންސުރެން އެމީހުން ކަމެއް ރޭވިކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެނގޭ ކަމަށް ނުހަދާ ހުރީއެވެ. ހިނިއައިސްފައި ހުރެ ޖަވާބު ފޮނުވާލުމަށްފަހު އިޒްވާގެ މޫނަށް ބަލައިލަމުން ހިނިތުންވުން ފުޅާ ކޮށްލިއެވެ.
އެހެން ތިއްބާ އާދަޔާއި ހިލާފަށް އަލި ވާހެން ހީވެގެން އިޒްވާ މައްޗަށް ބަލައިލިއެވެ. އެހިނދު ފެނުނު މަންޒަރު ފެނުނު މަންޒަރުން އުފާވެރި ގޮތަކަށް ހީގެންފައި އިންތަނުން ފުންމައިގެން ތެދުވިއެވެ. ”އީތަން.. ދިސް އިޒް ވަޓް އައި ލަވް މޯސްޓް“ އިޒްވާ އުޅުނީ އެތަނުން ފައިބާށެވެ.
”ލެޓް މީ ހެލްޕް“ އިޒްވާގެ އަތުގައި ހިފާލަމުން ފޭބުމަށް އީތަން އެހީތެރިވެދިނެވެ. ތިރީގައިވާ މަޑު ސްނޯގަނޑުގައި ފައި ޖެހުމާއި އެކު އިޒްވާ ދުއްވައިގަތެވެ. މަޑުކޮށްލީ ހާމައަށް އޮތް ސަރަހައްދަށް ހުއްޓެވުމުންނެވެ.
ފެހިކުލައާއި ޓީލްގެ އިތުރުން ވައިލެޓް ކުލައިގެ އަލިތައް އުނޑުމަތީގައި ނަށަމުން ދިޔައެވެ. ޕާމް އާއި އޯކް އަދި އެކި ޒާތުގެ ގަސްތަކުން އެއްފަރާތުގައި ޖަންގަލި ހެދިފައިވާއިރު އެގަސްތަކުގެ ކުރިތައް ވަނީ ސްނޯއިން ފޮރިވިފައެވެ. ދުރުން ފެންނަމުންދާ އައިސްބާގު ފަރުބަދަތައް ވެސް ގަނޑުފެނުން ފޮރުވާލާފައިވާއިރު ، ފަރުބަދަތަކުގެ ކޮޅަށް ’އަރޯރާ ބޮރެއަލިސް‘ އަލިތައް އެޅިލާ ގޮތުން އާޝޯހް ކޮށްލައެވެ. ހީވަނީ ބިއްލޫރިގަނޑަކަށް އަލިއެޅިގެންދާ ހެންނެވެ. ފަޑުފަޑުކޮން ތަރިތަކުގެ ވިދުން ވެސް ފެންނަމުން ދިޔައެވެ. ބަލާ ފޫހިނުވާފަދަ މަންޒަރެވެ. އިޒްވާ ދެއަތް ފުޅާކޮށްލަމުން މުޅިތަނުގައި ދުވަމުން ދިޔައެވެ. އިޒްވާގެ އުފާވެރި ހުނުމުގެ އަޑު މުޅި ހިސާބުގަނޑުގައި ހިފާލާފައި ވެއެވެ. އީތަން ހުރީ ތަންކޮޅެއް ދުރުގައެވެ. ކަޅިޖަހާނުލާ އިޒްވާގެ މައުސޫމް ހަރަކާތްތަކަށް ގެއްލި ހުރެވުނީއެވެ. އީތަން ތުންފަތްމަތިން ހިނިތުންވުން ފަނޑު ނުވެއެވެ.
***
”ކޮބާ އާދެވިއްޖެ ދޯ.. އަހަރެން މިކިޔަނީ ދެމީހުން ނާންނާނެއޭ“ ލިއަމް ފެނިގެން ކީވާން ބުނެލިއެވެ. އޭނާއާއި ފުދޭވަރަކަށް ފަހަތުގައި ރުއާނާ ހުއްޓިލައިގެން ހުއްޓެވެ.
“ ނައިސް ހުރެވޭތަ.. އިޒީ ހީވަނީ މޮޔަވެގެން އުޅޭހެން.. އަނެއްކޮޅުން ކަލޭ.. މިގުޅީ މި ބޭއްވީ“ ހީލައިގެން ހުރެ، އަތުގައި ހުރި ކޮތަޅުތައް ލިއަމް ދިއްކޮށްލީ ޔެނާގެ އަތަށެވެ. އެއީ އައުމުގެ ކުރިން ގެނެސްދިނުމަށް އެމީހުން އެދުނު ސާމާނެވެ. އޭރު އާލިއާއާއި މީރާ އަދި މިލެނީ ވެގެން އިޒްވާއާއި އީތަންއަށްޓަކައި އެމީހުން ރޭވި ކަންތަކަށް ޓަކައި، ތަން ތައްޔާރު ކުރަމުން ދިޔައެވެ. ރުއާނާ ވެސް އެމީހުންނަށް އެހީވެދިނެވެ.
ޓެންޓްގެ ދޮރާއި ދިމާ ވާހެން މެދުގައި ދިގު ބެނާއެއް ހަރުކޮށްލާފައި ވާއިރު އޭގެ ކައިރީގައި ތިރި ލަކުޑި މޭޒެއް ހުއްޓެވެ. އަދްރެކްއާއި ލޫކް އުޅެނީ މޭޒު ތައްޔާރުކުރުމަގައެވެ. ހުދުކުލައިގެ ތުނި ލޭސް ފޮތިގަނޑެއް ހިމަކޮށްލަމުން މޭޒުގެ މެދުގައި ދަމާލިއެވެ. ދެފަރާތުގައި އުއްބައްތި ރޯކޮށްލާފައި ބެހެއްޓިއެވެ. ހިމަ ފޮތިގަނޑު މެދުގައި ތުނި ލަކުނޑި ފޮތިތަކެއް ބަހައްޓަމުން އޭގެ މަތީގައި ތާޒާ ފިނިފެންމާ އަޅާފައި ހުރި ކުދި ވާސްތަކެއް ލޫތް ބެހެއްޓިއެވެ. ހުރިޙާ މީހުންނަށް ތިބެވޭ ވަރު ދިގު މޭޒެއް ކަމުން އެންމެނަށް އެކުގައި ކާން އެރޭނެހެން ތަށިތައް ވެސް އަތުރާލިއެވެ. މޭޒުމައްޗަށް ކޭކާއި ތަފާތު ބާވައްތަކުގެ ކާތަކެތިން ބަރާކޮށްލި އިރު ދުއާ މީރުވަހުން ބަނޑު ފުރޭހާވެއެވެ.
”ކޮބާ އަލިފާންގަނޑު ރެޑީ ވެއްޖެތަ؟ .. ސީފުޑްތައް ރެޑީ..“އަތައް ލައްވާފައިވާ އަންގި ނައްޓާލަމުން ޝާއިން ގޮވާލިއެވެ. ކީވާން އާއި ލިއަމްވެގެން އަލިފާންގަނޑު މަތީގައި އަޅަފައިވާ ދަގަނޑު ގަނޑުގައި ތެޔޮ ފޮދެއް ހާކާލަމުން ޝާއިން ތައްޔާރު ކޮށްފައި ހުރި ބާބަކިއު ސްޓިކްތައް އަތުރާލިއެވެ. އޭގެ ކައިރީގައި ހުރިދެގޮނޑީގައި ދެމީހުން އިށީންދެލީ ފިހެވެންދެނެވެ.
”ތި މީހުން ކިހިނެތް ކާރުގަ މި މޭޒު ގެނައީ“ ލިއަމް އަހާލިއެވެ.
”އަހަރެމެން އުޅެނީ ވަޑިއެއް ވެސް ގޮވައިގެންނޭ.. އޭނާ ހުއްޓާ ހާސްވާން ޖެހޭނެ ތަ“ ލިއަމްއަށް ޖަވާބު ދިނީ ކީވާންއެވެ. ވަގުތުން ލޫތްގެ ކަމެއްކަން އެނގިގެން ލިއަމް ބޮޑުވާ އިނގިލި ދިއްކޮށްލަމުން ތައުރީފްކޮށްލިއެވެ.
”އެ ދެން މޭޒެއްތަ .. ހަހަހަ .. ހަތަރު ގަސްބުޑު ހޯދައިގެން ގެނެސް ލަކުޑީ ގަޑެއް ބާއްވާލާފަ އެއޮތީ.. މަ ބުނީ ދޮންބެ ލަދެއް ވެސް ނުގަނޭތަ، ދޮންބެ ހުރިގޮތައް ހުއްޓަ އިޒީ ނިންމާލަނީ އެ“ ރުއާނާއަށް ބަލައިލާފައި ލޫތް ބުނެލީ ލާނެތް ފާޑަކަށެވެ.
”އާއެކޭ.. މީނަ ނިންމީމަ އޭ އަހަރެމެންނަށް ވެސް ވާން އޮތީ..ބޮޑެތި ކުދިން އަވަސް ކޮށްބަލަ“ ކީވާން ވެސް ބައިވެރި ވިއެވެ.
”އާއެކޭ ތިބުނީ ކީވާންތަ؟ ނިކަން މަށައް ބަލާލަބަލަ… އަހަރެމެން ދެމީހުން ކުރެން ހަގީ އަހަރެން.. ދެން ތީނަ ތިހުންނަނީ ކީއްވެގެންތަ؟ އަނގަ ހުޅުވާލެވޭ ވަރުގެ މީހުން އެނގޭ އަނގަހުޅުވާނީ“ ކީވާންގެ ވާޙަކަ ނިމުނުތަނުން ޔެނާ ފެށިއެވެ. އެހިނދު އެންމެންގެ ހުނުމުގެ އަޑު އިވިލިއެވެ. ލަދުގަތްފައި އިނދެ ވެސް ރުއާނާއަށްވެސް ހެވުނެވެ. އޭނާ ބަލައިލީ ލިއަމްއާއި ދިމާލަށެވެ.
”ކޮބާ ތާހިރު ވެއްޖެ.. ކިވީ ހިނގާބަލަ ޑަބަލް ވެޑިންއެއް ބާއްވަން އަހަރެމެން ދެމީހުން..“ ހެވިފައި އިނދެ ލިއަމް ބުނެލިއެވެ. ކީވާން ޖަހައިލީ ހިނިގަނޑެކެވެ.
”ފުރަތަމަ އިންނާނެ މީހަކު ވެގެންނު..“
”މީނަ މިއުޅެނީ މީހަކު އެއްޗެއް ބުނޭތޯތަ؟ މަށައް ކަންނޭގެ އެ މައުލޫއުއަށް އެއްޗެއް ކިޔެން ހުރީ މިތާގަ“ އަދްރެކް އަތުގައި އޮތް ސަމްސަލުން ކީވާން ބޮލުގައި ޖަހާލިއެވެ.
”ދެން އެންމެން އެއްވަރު ކާމިޔާބެއް ނުވާނެ ދޯ… އަލްހަމްދްލިއްލާޙް ފޯރ ޔޫ ގާއީޒް“ ކީވާން ވާހަކަ ދެއްކި އިރު ވެސް ނަޒަރު ހުރީ ރުއާނާގެ ގާތުގައި ބެނާ ހަރުކުރުމައިގެން އުޅުނު އާލިއާގެ މޫނަށެވެ. އާލިއާ ވެސް ބަލައިލި ވަގުތު ކަމުން ކީވާންގެ ނަޒަރުން ލަދުގަންނަގޮތްވިއެވެ. ކީވާންގެ މޫނުން ފެނުނު އަސަރްތައް ތަރުޖަމާ ކުރާކަށް ނޭނގުނެވެ. ނަމަވެސް އާލިއާއަށް ޔަގީންވީ އެދެލޮލުން އޭނާއަށް ޓަކައި ލޯބިވާ ކަމެވެ. މާޒީގައި ކީވާންއަށް ހެދުނު ގޯސް އޭނާއަށް އިޙްސާސް ވެއްޖެކަން އާލިއާ ދަނެއެވެ. ކުރީގެ ’ޕްލޭ ބޯއީ’ގެ އުޅުން އޭނާގެ ކިބައިން ނެތި ގޮސްފިކަން ވެސް އެނގެއެވެ. ނަމަވެސް އަލުން އެ ފުރުސަތު އެހާ އަވަހަށް ކީވާންއަށް ދޭކަށް އޭނާގެ ހިތަކު ނެތެވެ. ކީވާން ބަލަހައްޓާއިގެން ހުރިގޮތުން ލަދުގަންނަ ގޮތްވިއެވެ.
”އެހެމް..މްމް .. ނިމުނީނު.. ލެޓްސް ކޯލް ދެމް“ އާލިއާ ބުނެލިއެވެ. މީރާ ފޯނު ނަގާފައި އީތަންއަށް މެސެޖް ކޮށްލިއެވެ.
”ދޮންތަބެ އެބައާދޭތަ؟“
”ދެންމެ ބުނި ދިހަ މިނެޓް ތެރޭގަ ފޯރާނެ ކަމަށް.. އެހެންވެ އީތަންގެ ކައިރީގަ އަންނަން މިބުނީ.. އެމީހުން އަންނަން ވާއިރަށް ސަމަރްއަށް ވެސް އާދެވޭނެ.. “ ލިއަމް އެހުމުން މީރާ ޖަވާބު ދިނެވެ. މީރާގެ ފިރިމީހާ ސަމަރް ހުރީ އެއާރްޕޯޓުން އައުމުގެ މަގުމަތީގައެވެ.
މަޖާ ވާހަކަތަކާއި އެކަކު އަނެއްކަކާއި ދިމާކުރުމުގައި ތިއްބާ ސަމަރް އައިސްފިއެވެ. އޭނާގެ ފަހަތުން އައި އަންހެން ކުއްޖާ ފެނި އެންމެން އެއްފަހަރާ އަޑުގަދަކޮށްލިއެވެ.
”ހާއީ ގައިޒް“ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެން ހުރީ ނީރާއެވެ. އެންމެން ބޮނޑިވެގަތް ގޮތުން އޭނާ ހުރީ ހާސްވާގޮތްވެފައެވެ. ”އަޅެ އެންމެން ތިއުޅެނީ އަހަރެން މަރާލަންތަ.. ނޭވާ ހާސްވެއްޖެއޭ“
”އެހެންނު ވާނީ އަހަރެއް ވާން އުޅެނީއޭ ދިޔަ ފަހުން ”ލިއަމް ވެސް ނީރާގެ ގައިގާ ބައްދާލިއެވެ.
އެކަކަށް ވެސް އިތުރު ޥާހަކައެއް ނުދެއްކިގެން އުޅެނިކޮން ދުރުން އީތަންއާއި އިޒްވާ އަންނަތަން ފެނިއްޖެއެވެ. ވަގުތުން އެންމެން ވެގެން ވާހަކަ ދައްކުވާފައި ނީރާ ވެއްދީ ބެނާ ހަރުކުރެވިފައިވާ ޓެންޓްގެ ތެރެއަށެވެ. ރަނގަޅަށް އޭނާ ފޮރުވާލުމަށްފަހު އެންމެން ހަމަޖެހިލިއެވެ. އެމީހުންނަށް އެހިސާބަށް ނޭރެނީސް ކީވާންއާއި ޔެނާ ގޮސް ދެމީހުންގެ ލޮލުގައި އަތް އަޅާއިގެން ގެނެސްފިއެވެ.
”އެކަމަކު ވާ އަހަންނަށް ތަނެއް ދޮރެއް ނުފެނޭ…“ ޔެނާ ހިފަހައްޓައިގެން ހުރިގޮތުން އިޒްވާ އުޅެނީ އުނދަގޫ ވެގެންނެވެ.
”ދެން ކެތްތެރިވެބަލަ.. އީތަން ހުރިހެން ބަސްއަހައިގެން ނިކަން ހުރެބަލަ“
ދެމީހުންނަށް އެހިސާބަށް އާދެވުނު އިރު ކާތަކެތީގެ ވަސްގަނޑު ނޭފަތުގައި ހަރުލައިގެން ދިޔުމުން، މީހަކު ނުބުނި ކަމުގައިވިޔަސް އެކުރަން އުޅޭކަމުގެ ހިލަން ވެއްޖެއެވެ. ލޯމަތިން އަތް ނެގި ނަމަވެސް އަދި ނުހުޅުވާ މަޑުކުރަން ބުނުމުން ދެމީހުން ވެސް ތިބީއެވެ.
”އޯކޭ ދެން ހުޅުވާ“
ލަސްލަހުން ލޯ ހުޅުވާލި އިރު ފެނުނު މަންޒަރުން ދެމީހުން ތިބީ ބަސް ހުއްޓިފައެވެ. އެމީހުން އެތަނުން ދިޔަ ވަގުތު އެ އެންމެން ވެފައިވާ ތައްޔާރީތައް ފެނި ރަނގަޅަށްވެސް ކޮސްކޮށްލިއެވެ. ވަށައިގެން އެ މާހައުލަށް ނަޒަރު ހިންގަމުން، އޭނާ ހިނގާލި އިރު ދެލޯ ވަނީ ބޮޑުވެފައެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.
”ދެން ތިހާ ވަރަށް ހައިރާން ނުވެބަ ދޫނީ.. އަދި ގިފްޓް އޮތިއްޔޭ“ އިޒްވާއަށް ވެފައި ހުރިގޮތުން ލިއަމް ހެވުނެވެ.
”އެކަމަކު ތި މީހުން.. އަޅޭ.. އަނެއްކާ ކޮން ގިފްޓެއް ތަ؟ މިވަރު ވެސް ފުދެއޭ“ ޖަޒުބާތީ ވެފައި ހުރިވަރުން އިޒްވާގެ ލޯ ތެމިލިއެވެ. ލިއަމް ޓެންޓާއި ދިމާލަށް އިޝާރާތްކޮށްލިއެވެ. އެއްވެސް ކަމެއް ނޭނގި އިޒްވާ ގޮސް ދޮރުފަތި ކަހާލަމުން އެތެރެއަށް ބޯ ދިއްކޮށްލިއެވެ.
”އާތްތް“ ސިހުނު ވަރުން އިޒްވާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެތެރެއަށް ވަތް ބާރުމިނުގައި ބޭރަށް ނުކުތެވެ. ފަސް އެނބުރުނު އިރު އެންމެން ހެނީއެވެ. އޭރު ހެމެހެމުން ނީރާވެސް ޓެންޓުން ނުކުމަންނަނީއެވެ.
”އިޒީ.. މީ މަށޭ.. އެކަމަކު ތިވަރު ވާކަށް ނުވާނެ އެންނު“ އިޒްވާއަށް ޝޮކުން އަރައިގަނެވުނީ ނީރާ ވާޙަކަ ދެއްކުމުންނެވެ. ދެވަނަ ސިކުންތު ގައިގާ ހުރި ބާރެއްލާފައި ބައްދާލިއެވެ. ދެމީހުން ބައްދާލިތާ މާގިނައިރެއް ނުވެ އިވުނީ އިޒްވާގެ ރުއިމުގެ އަޑެވެ.
”ނީ… މަގޭ ނީ.. ހުވާ މިބުނީ މި ނޫން ގޮތަކަށް ނާދެއޭ“
”ދެން އަހަރެންގެ ކަރުން ދޫކޮށްލަބަ“ އިޒްވާ ރޯ މަންޒަރު ފެނިގެން ނީރާވެސް ހުރީ ރޮވިފައެވެ. ނަމަވެސް ދެމީހުންގެ ތުންފަތުގައިވީ އުފާވެރި ހިނިތުންވުމެކެވެ.
”ހާދަ ދުވަހެއްގެ ޕްލޭނެކޭ މިއީ.. މީނަ ވަގަށް އަންނަން އުޅެނިކޮން ޒީހާން ބޮޑުބެއަށް އޮޅިގެން ބުނެވުނީ“ ކީވާން ބުންނެވެ. ނީރާ ހީލައިގެން ހުރެ އީތަންއާއިސަލާމްކޮށްލިއެވެ. އޭރުވެސް ނީރާގެ ފަހަތުން ބައްދައިގަތް ގޮތައް އިޒްވާ ހުއްޓެވެ.
”ކަންތަކާ ޖެހުނީ ތި.. އަހަންނާއި ލޫކްއާއި ރުއާގެ މަތިން ހަނދާނެއް ނުހުންނާނެ މީނަ ދެން“ އިޒްވާ އުޅުނު ގޮތުން އީތަންއަށް ވެސް ދިޔައީ ހެވެމުންނެވެ. ނީރާއަށް ރުއާނާއާއި އާލިއާ ފެނުމުން އެންމެ ފަހުން އިޒްވާގެ ގައިން ދުރުވެލަމުން އެމީހުންގެ ގައިގާ ބައްދާލިއެވެ. ރަނގަޅަށް ދުރު ނުވެވިގެން އުޅެނިކޮން އަނެއްކާ ވެސް ފަހަތުން ބައްދާލާފައިއެވެ.
”ސާބަހޭ އިޒީ.. އިޒީ ހަގް ޝޯ ފަށާނީ އިރުކޮޅަކުން ދެން.. މިހާރު ބަނޑުން އަޑު ކިޔާ އެބަ ހައިވެގެން ގޮސް“ ދެމީހުން ދުރު ނުވެގެން އެންމެ ފަހުން ނީރާގެ ގައިގާ ބައްދާލީ ލޫކްއެވެ. އިޒްވާ ތުން އަނބުރާލާފައި ވެސް އީތަންއާއި އެކު ގޮސް ހުއްޓުނީ ބެނާގެ ކައިރީގައިއެވެ.
”ފިއުޗާރ ހަސްބެންޑް އެންޑް ވައިފް.. މްމް ނޮޓް ބޭޑް“ އޭގައިވާ ލިއުންކޮޅު ކިޔާލަމުން އީތަން ބުނެލީ އެކަނި އިޒްވާއަށް އިވޭހާ މަޑުންނެވެ. އީތަންގެ މޫނަށް އިޒްވާ ބަލައިލި ހިނދު އެ ފިރިހެންވަންތަ ހިނިތުންވުން ރައްދުކޮށްލިއެވެ. އެހާ ގާތުން އީތަން ބަލަހައްޓާއިގެން ހުރުމުން ރަކިވިއެވެ.
ދެން ފެށިގެންދިޔައީ ފޮޓޯ ސެޝަނެވެ. ގަޑިއެއްގެ އިރް ފާއިތްވެގެން ދިޔަ ފަހުން ލޫކް ކެމެރާ ބޭއްވީ އަތް ވާޅުވެގެންނެވެ. އޭރުވެސް އަދި ނަގާށޭ އަންހެން ވެރިން ބުނާ އަޑު އިވެއެވެ. ބީރު ކަންފަތެއް ދެމުން އޭނާ ގޮސް މޭޒު ދޮށުގައި އިނދެ ކާންފެށިއެވެ.
”ރަނގަޅަށް ލޫކް ތިހެދީ.. އާން ދެން މިހާރު އެންމެންގެ ފޮޓޯ ނެގިއްޖެ.. ކާއެއްޗިހި ވެސް ހިހޫ ނުޥާ ކަމެއް ނޭނގޭ“ލޫކް އާއި އެއް އެއްބައި ވެލަމުން ސަމަރް ވެސް އިށީނެވެ.އަޑުގަދަ ކޮށްކޮށް ފައިވެސް ހުރިހާ އަންހެން ކުދިން އިށީންދެ ކެއުމާއިގެން އުޅެންފެށިއެވެ. ކެއުމަށްފަހު މާ ގިނަ ވާހަކަ ތަކެއް ނުދައްކާ ޓެންޓް ތަކަށް ނިދަން ވަނީ ފަތިސް ވުމާއި އެކު ގެއަށް މިސްރާބު ޖަހަން ޖެހޭތީއެވެ.
ފިނިގަދަ ކަމުން ހުރިހާ އެންމެންގެ ލޮލަށް ނިދި ސަވާރު ވާކަށް މާ ގިނަ އިރެއް ނުވިއެވެ. އެންމެންގެ އަޑު މަޑުވެ، ނިދާ ހިލަވަޅު އޮބުނު ފަހުން، ޓެންޓް ތަކާއި މާ ދުރުނޫން ހިސާބަކުން ބިލާލް ފެނިލިއެވެ. ނިވާވެގެން ހުރި ގަހުގެ ފުރަގަހުން ނުކުމެވުނު އިރު އޭނާގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ. ހީވީ އިންތިޒާރު ކުރަމުން ދިޔަ ވަގުތު އައިސްޖެހުނީ ހެންނެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކައިރިވަމުން ދިޔައިރު އޭނާގެ ފަސްފަހަތުން އައިސް ތިބި ދިހަވަރަކަށް މީހުން ވެސް އަންނަމުންދިޔައެވެ. އެ މީހުންގެ މޫނު ފޮރުވާލައިގެން ހުރިއިރު ބިލާލްގެ މޫނު ހާމައަށް ފެންނަން ހުއްޓެވެ.
****
(ނުނިމޭ)


Comments (1)
Fathsays:
ޑިސެމްބަރ 30, 2025 at 07:17Alhey ruaa gendhiya nudhehchey Ann vvvv reethi mibaives ♥️♥️♥️