”އަހާން މިއޮތް އައީނު“ އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ޒާޙިރްގެ އާއިލާއަށެވެ. އެހެން މީހުން ފަދައިން އޭނާ ވެސް ކޮޅަށް ތެދުވީ އެ އާއިލާއަށް މަރްހަބާ ކިއުމުގެ ގޮތުންނެވެ. އަމީރާއަށް ހުއްޓުމެއް އެރީ މެދުއުމުރު އަންހެންމީހާއާއި ފިރިހެންމީހާގެ ފަރާތުން ވަދެގެން އައި ޒުވާން އަންހެންކުއްޖާ ފެނިފައެވެ. އެއީ އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އަމީރާގެ ދެލޯ ބޮޑުވެގެން ދިޔައިރު ހީވީ މޫނުމައްޗަށް އަނދިރިވާން އުޅުނު ހެންނެވެ. ސިހުނު ވަރުން އެއްހަމައެއްގައި ފައިހަމަ ކުރަންވެސް ނުކުޅެދުނެވެ. އަމީރާއަށް ވެގެން ދިޔަ ގޮތް މަޖުދާއާއި އާމިލާއަކަށް ސިއްރެއް ނުވިއެވެ. ދެމީހުން ސިހިފައި އަމީރާގެ ގައިގާ ހިފެހެއްޓިއެވެ. ލޮލަށް ކަރުނު ޖަމާވަމުން ދިޔައިރު އަމީރާއަކަށް ވާހަކައެއް ވެސް ނުދެއްކުނެވެ. އެއީ އަމީޜާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. ދުވަހަކު ވެސް ނޯޅޭނެއެވެ.
”ޒަ..ޒަން..ޒަންން“ އަމީރާ އިސްއުފުލާލެވޭ ވަރުމުން ބުނެލި ޖުމްލަ ޒަންޔާގެ ކަންފަތައް ފޯރީ ހުވަފެނެއް ފަދައިންނެވެ. ތެޅިގަނެފައި އިސްއުފުލާލި ހިނދު ފެނުނު ސޫރައިން އޭނާއަށް ޖެހިލެވުނީ ފަހަތަށެވެ. ”އެ..އެމީ..“ ދެލޯ ފުރިގެން އައި ކަރުނުތަކާއި އެކުވެސް ޒަންޔާއަކަށް ގުޑިވެސް ނުލެވުނެވެ.
****
”އެމީ.. އެމީ.. ދަރިފުޅާ ކިހިނެތް ތިވަނީ“ އަމީރާގެ އަނގައިން އަޑު ބޭރުވަމުން ދާތަން ފެނި، މަޖުދާއަކަށް ނުހުރެވުނެވެ. އިންގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އަމީރާގެ ކޮނޑުގައި ހިފާ މަގަތައް އަނބުރާލެވުމުގެ ކުރިން، ޒަންޔާއައިސް ހުއްޓުނެވެ. އޭރު އޭނާއަށް ވެސް ދިޔައީ ރޮވެމުންނެވެ. ޒަންޔާއަށް އަމީރާގެ ގައިގާ ބައްދާލެވުނު އިރު ދެމީހުންގެ ރުއިމުގެ އަޑު މުޅި މާހައުލުގައި ހިފާލައިފިއެވެ.
ލައިލާއާއި ޒާހިރް ފިޔަވައި ވަމުންދާ ގޮތުގެ ހިލަމެއް ވެފައިވާ އެކަކުވެސް އެތަނުގައި ނުވެއެވެ. އެމީހުންގެ ފަހަތުން ވަދެފައި އިޔާންވެސް މަޑުކޮށްލިއެވެ. އެންމެ ފަހުން ދެމީހުންގެ ގާތައް ލައިލާ މަޑުކޮށްލިއެވެ.
”ކިހިނެތް މިވަނީ؟ އެމީ އާއި ޒަން ކިހިނެތް ދަންނަނީ؟“ އާމިލާ އަހައިލީ ލައިލާ ކުރެންނެވެ. ލައިލާ އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެލި އިރު އޭނާގެ ދެލޯ ވެސް ހުރީ ފެންކަޅިވެފައެވެ.
“ދެން ހުއްޓާލަ.. އެންމެފަހުން ދެކުދިން ދިމާވީނު..“ ދެމީހުންގެ ފަހަތުން ލައިލާ އަތްވަށާލިއެވެ. އިރުކޮޅެއް ވީފަހުން ޒަންޔާގެ ރުއިން ހުއްޓުނެވެ. އަޑުކެނޑިފައި ވީނަމަވެސް އަމީރާގެ ދެލޮލުން އޭރުވެސް ފެންތައް ފައިބައެވެ.
ޒަންޔާ ފެނުމުން އަމީރާއަށް ކޮންޓްރޯލް ނުކުރެވުނީއެވެ. ދެރައާއި އުފާވެރިކަން އެކުލެވިފައިވީ އަސަރްތަކާއި އެކު ރޮވުނީއެވެ. ޒަންޔާ ސަލާމަތުން ހުރިތަން ފެނުމުން ދިރުމެއް ލިބިއްޖެއެވެ. އެންމެ ފުރަތަމަ ވެސް ހިތް ކެތްތެރިކަމެއް ނެތި ހާސްކުރުވަމުން ދިޔައީ މާކިންގެ ހަބަރެއް އޮޅުން ފިލުވުމަށެވެ. “ މާ..ކް.. ކޮބާ މާކިން؟“ އަމީރާއަށް އެހުނެވެ.
ޒަންޔާއަކަށް ޖަވާބެއް ނުދިނެވެ. ކަރުނައިގެ ތެރެއިން ދެފަރާތައް ބޯހޫރުވާލިއެވެ. އަމީރާއަށް އަނގަމަތީގައި އަތްއެޅުނު އިރު، އޭނާއަށް އެއިން މާނަ ނެގުނީ މުޅިން ގޯސްކޮންނެވެ. އަމިރާ ހީކުރީ މާކިންއަށް ދެރަ ކަމެއް ދިމާވީ ކަމަށެވެ. މުޅިކުއްޖާ ހުދުވިއެވެ.
”ނޫން ނޫން.. އެމީ، މާކްއަކަށް ކަމެއް ނުވެއޭ.. އެކަމަކު މާކްގެ އެއްވެސް ހަބަރެއް ނުވޭ“ ޒަންޔާއަށް ވިސްނުނީ މާ ފަހުންނެވެ. ނަމަވެސް އެ ޖަވާބުން އަމީރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އިތުރަށް ހާސްވެ ރޮވުނީއެވެ. މާކިން ނުފެންނަ ކަމުގައި ޥާނަމަ ދުނިޔޭގައި ސަލާމަތުން ހުރިކަމެއް ޔަގީންނެއް ނުވާނެއެވެ. ހޫގޯ އަކީ އޭނާ ނުދަންނަ މީހެއް ނޫނެވެ.
”ދެކުދިން ވާހަކަ ދައްކާލަންވީނު.. އޭރުން ދެން ހަމައަކަށް އެޅޭނީ.. ބައްޕަމެން ބޭރަށް ނުކުމެލާނަން“
”ނޫން ބައްޕަމެން މަޑުކުރޭ.. އަޅުގަނޑަށް ވަރަށް ބޮޑަށް ސޮރީ.. މިވަގުތު އެހެން ހުރިހާ ކަމަކަށް ވުރެން އެމީ އާއި ވާހަކަ ދައްކާލުން މުހިއްމު … ބައްޕަމެން ރުހޭ ކޮންމެ ގޮތަކީ އަޅުގަނޑަށް ވެސް ކަމުދާނެ ގޮތެއް..“ އަމީރާގެ އަތުގައި ހިފައި ނަގަމުން ޒަންޔާ ބުނެލިއެވެ. ހިތާއި ރުހުމުން ޒާހިރް އާއި ލައިލާ ބޯޖަހައިލިއެވެ. އެތައް ދުވަހެއް ފަހުން ޒަންޔާގެ މޫނަށް މިރޭ ދިރުން ގެނުވައިފިއެވެ. އެއަށްވުރެން ބޮޑަށް އެމީހުންގެ މޫނުމަތިންވެސް ފެނުނީ، އަމީރާ ފެނުމުން ލިބިފައި ހިތްހަމަ ޖެހުމެވެ.
”އާދޭ އިށީންދެލަން“ އާމިލާ ހިނިތުންވެލަމުން އެމީހުންނަށް އިށީނުމަށް ގޮނޑިތައް ދެއްކިއެވެ.
”ކިހިނެތް މިވީ؟“ އެމީހުން ގޮނޑިތަކުގައި އިށީނދެ ހަމަޖެހިލުމުން ސުވާލް ކޮށްލީ ހައިކަލްއެވެ. ޒާހިރްއާއި ލައިލާ، އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނެވެ. ޒާހިރް އިނީ ލައިލާގެ އިޝާރާތަކަށް ބަލަ ބަލާހެން ހީވުމުން ލައިލާ ބޯޖަހައިލިއެވެ.
”އެއީ ޒަން އެގޮތައް އެއުޅޭ ސަބަބަކީ…އެމީ ގެއްލުނު ފަހުން މުޅި ކުއްޖާ ބަދަލް ވެގެން ދިޔައީ“ މާކިންގެ ވާހަކަ ބުނާކަށް ޒާހިރް ބޭނުމެއް ނުވިއެވެ. ނަމަވެސް އެޖުމްލައާއި އެކުވެސް އެހެން މީހުންގެ ސުވާލްތައް އައިސްފިއެވެ. އެނާ އެހީއަކަށް އެދި ލައިލާގެ އަތުގައި ކޮއްޓާލިއެވެ. އެސުވާލްތަކަކީ އޭނާއަށް ވަކި ޖަވާބު ދޭން ފަސޭހަ ސުވާލްތަކެއް ނޫނެވެ.
”ވައި؟ ވައި އެމީ؟ އެމީއަށް ޒަން ކިހިނެތް އެނގެނީ؟ މީގެ ކުރިން އެމީ އުޅުނީ ސްޕެއިންގަ“ މަޖުދާއަށް ހައިރާންކަމާއި އެކު އެހުނެވެ. ލުއިސް ބުނެފައިވާ ގޮތުން އެއީ އެމީހުން ރާއްޖެއިން ’އެޑޮޕްޓް‘ ކޮށްގެން ގެންގުޅޭ ކުއްޖެކެވެ. ޒަންޔާއަކީ ފެށުނީންސުރެން ވެސް ރާއްޖޭގައި އުޅުނު ކުއްޖެކެވެ.
”އިޓް ހެޕެންޑް.. ޒަން ވެސް ސްޕެއިންގަ އުޅެފަ އެއައީ.. އޭގެ ފަހުން އެއުޅެނީ އެހެން.. އެކަމަކު ބަލާ އެކުއްޖާގެ މޫނުމަތި މިރޭ.. އެވަރަށް ރޮއި ރޮއިފަ ވެސް މޫނު އަލިވިގޮތް ..“ ލައިލާ ޖަވާބު ދިނީ މަޖުދާއަށެވެ. ނަމަވެސް މަޖުދާގެ ސުވާލަކަށް އޭނާ ބޭޏުންވި ޖަވާބެއް ނުލިބުނެވެ. އެންމެން ތިބުމުން އަހާކަށް ވެސް ނުކެރުނެވެ. ނަމަވެސް އޭނަގެ ތޫނުފިލި ސިކުނޑި އެވަގުތު މަސައްކަތް ކުރީ ރަނގަޅަށެވެ. އަމީރާއާއި ބެހޭގޮތުން ލައިލާމެން ކަމެއް ސިއްރުކުރާކަން އޭޏާ ދެނެގަތެވެ.
”މަޖޫ ނުވެސް ބުނަމެންނު ކުއްޖަކު ގެންގުޅޭ ވާޙަކަ.. ކުރިން އެނގުނު ނަމަ ކޮންމެވެސް ގޮތަކުން ދިމާވީސް ކަންނޭގެ މިއަށްވުރެން އަވަހަށް.. ކިހިނެތް މަޖޫއަށް އެމީ ލިބުނީ؟“
”އޭރު ނޭނގޭ ޒަން އެހެން އުޅުމުގެ އަސްލަކީ އެމީކަން“ މަޖުދާ ވެސް ލައިލާގެ ސުވާލަށް ޖަވާބު ދޭކަށް ނުވިސްނައެވެ. ޖަވާބެއް ދޭންވެގެން ބަހެއް ބުނެލީއެވެ. ގެއަށް ދެވުމުން އަމީރާ ކުރެން އެހުމަށް އެތަކެއް ސުވާލެއް އޭރު ދިޔައީ މަޖުދާގެ ހިތުގައި ލިސްޓްކުރެވެމުންނެވެ. ލުއިސްއަށް ގުޅުމަށްވެސް އެބަޖެހެއެވެ. މިވާގޮތުން ލުއިސް އެހެދީ ހަމަ ތެދެއްބާއޭ ހީވެ ސުވާލް އުފެދުނެވެ. މަޖުދާއަށް ބަލައިލެވުނީ ނަދީމްގެ މޫނަށެވެ. ނަދީމްވެސް ދެއަތާއި ދެއަތް ޖޯޑުކޮށްގެން އިން އިރު އެކަމާއި ވިސްނާކަން ހާމަވެއެވެ.
”އެކުދިން އެނބުރި އަންނަން ދެން މަޑުކޮށްލަންވީނު.. ޒަން އެހެން ބުންޏަސް މިވަރުގެ ކަމެއް ޒަންގެ ލަފާ ނުހޯދާ ނިންމާކަށް ނުވާނެ“
އާމިލާގެ ހިޔާލަށް އެހެން މީހުންވެސް އެއްބައިވިއެވެ. އަމިއްލަ ވާހަކަތަކަށް ހުރިހާ ބޮޑެތި މީހުން ގެއްލެމުން ދިޔައިރު، ސަދަފްއަށް އިނދެވުނީ ނެގި މަޑުވެފައެވެ. އަމީރާގެ ވާހަކަ އިވިފައި ވީނަމަވެސް ސަދަފްއަށް އެފެނުނީ މުޅިން އަލަށެވެ. އެ އަންހެންކުއްޖާ ފެނުމާއި އެކު ސަދަފްއަށް ހުއްޓުން އެރީއެވެ. ކޮންމެވެސް ތާކުން ދުށް ހަނދާނެއް ވާންއުޅޭހެން ހީވަނީއެވެ. ނަމަވެސް ކޮންތާކުން ކަމެއް އެއްގޮތަކަށް ވެސް ނޭނގުނެވެ. ކުރުވީ އެހާވެސް ގާތް އިހްސާސްއެކެވެ.
”ތިއްތިބޭ..“ އޭނާއާއި އެންމެ މަގަތައް އިނީ ވިޝާމްއެވެ. ސަދަފް ބޭނުންވީ ވިޝާމްއާއި އެވާހަކަ ހިއްސާކުރުމަށެވެ. ނަމަވެސް ވިޝާމްގެ އަނެއް ފަޜާތައް އިޔާން އިނުމުން ހިސާބަކަށް ޖެހިލުންވި ވިއެވެ. ވިޝާމް އޭނާއަށް ބަލާލާފައި ނިތް އަރުވާލުން މަގަތައް އައުމަށް އެދުނެވެ.
”ތިއްތިބެއަށް ސްޓްރޭންޖްއެއް ނޫންތަ އެއްވެސް ކަމެއް؟“ ސަދަފް ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ. އޭނާ ދެއްކި ވާހަކައެއް ވިޝާމްއަކަށް ރެއަކާއި ލާ ގޮތެއް ނުވިއެވެ.
”އެބައުޓް ދެޓް ގާލް.. އައި ޑޯންޓް ނޯ.. ވަރަށް ސްޓްރޭންޖް ފީލިންގް އެއް އަންނަނީ.. އަދި އަލަށް މިދެކުނީ ވެސް.. ޑޯންޓް ޔޫ ފީލް ދެޓް؟“ ސަދަފް އެއްސެވެ. މިފަހަރު ވިޝާމްއަށް އެބުނި އެއްޗެއް ފަހްމް ވެއްޖެއެވެ. ވަކި އެއްޗެއް ނުބުނެ ގޮނޑީގެ ލެނގޭ ބައިގާ ލައްވެލިއެވެ. ސަދަފްއަށް ވެސް، އަމީރާ ފެނުމުން އޭނާއަށް ކުރެވޭ އިޙްސާސް ކުރެވެނީ ހެއްޔެވެ. ވ
”ކަމުދިޔައީތަ؟“ އިޔާން ގާތުގައި އިނުމުން ވިޝާމް ބުނެލީ އިވޭވަރަށެވެ.
”ނޯ ވޭ!.. އައި ސްވެއާރ!.. މީނައަށް ނޯވޭ ދޯ މަޖާކުރަން ވަކި ވަގުތެއް.. އައި އޯލްރެޑީ ހޭވް އަ ގާލް.. ދެން ބުނެބަލަ މި ފީލިންގް އާދޭތަ އެކުއްޖާ ފެނުނީމަ.. ވަރަށް ގާތް ހެން ހީވަނީ.. ކޮންމެވެސް ތާކުން ދެކުނުހެން ހަމަ ހީވަނީ.. އައި ޑޯންޓް ނޯ.. އެ ކުއްޖާ އެހާ ވަރަށް ރުއީމަ ދެރަވެސް ވެއްޖެ“ ސަދަފް ކިޔައިދިނެވެ. މިފަހަރު ވިޝާމްވެސް ސީރިއަސް ވެއްޖެއެވެ. އެއީ އޭނައަށްވެސް ވާގޮތްގޮތެވެ. އެހާ ރީތިކޮން އެހުރިހާކަމެއް ސަދަފް ކިޔާލަ ދީފިއެވެ. ހައިރާންވެގެން އޭނާއަށް ދުލުކުރިއަށް ބަހެއް ވެސް އެވަގުތު ނައީއެވެ. ސަދަފް އަތުގައި ކޮއްޓާލުމުން ގެއަށް ގޮސްފައި ވާހަކަ ދައްކާނަމޭ ބުނެލިއެވެ. ވިޝާމް އެވާޙަކަ ދައްކަން އުޅެފައިވެސް މާހައުލުގެ ގޮތުން ހިޔާލް ބަދަލްކޮށްލިއެވެ. އެކަމަކު އޭރުވެސް ސަދަފްގެ އެބުނި ޖުމްލަތައް ސިކުނޑީގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. އަމީރާ ރޮވުނު މަންޒަރު ބެލުމަށް މިއަދުވެސް އޭނާއަށް އުނދަގޫ ވިއެވެ. ހީވީ ހިތުގައި މީހަކު ނުބައި ގޮތަކަށް ވިކައިގަތްހެންނެވެ.
އެމީހުންގެ ވާހަކަ އަޑު އިވުމުން އިޔާންއަށް ވެސް އެކަމާއި ވިސްނާލެވުނެވެ. ނަމަވެސް އެކަމަށް ވުރެން ބޮޑަށް އިޔާންގެ ހިތް ދަތުރުކޮށްފައިވީ އަމީރާގެ ދުލުން ބޭރުކުރިނަމާއި ދިމާލަށެވެ.
”މާކް.. މާ..ކި..ން“ އިޔާންގެ ދޫ ލަސްލަހުން ހަރަކާޔްކުރިއެވެ. އެއީ ކާކުހެއްޔެވެ. އަމީރާއަށް އެހާ ވަރެއް އެވީ އެ ނަމެއް އިވިފައެވެ. އެކަމުން އިޔާންގެ ހިތައް ވަމުން ދިޔައީ ނުބައި ގޮތެކެވެ. ނަމަވެސް އެކަމާއި އޭނާ މިހާރު ވިސްނުމުގެ ބޭނުމެއް ނެތްތާއެވެ.
”މަ ބުނީ ފަހަރި ކަމުދޭތަ؟ މަށާއި ގުޅޭތަ؟ ކިހިނެތް ވަނީ؟“ ވިޝާމް އަހައިލި ގޮތުން އިޔާންގެ ގާތައް ހިނިއަންނަން އުޅުނެވެ.
”ޝީ އިޒް އަ ޓެން.. ޔޫ؟ ގުޅޭ ހެއްޔޭ؟ މޯރ ލައިކް އަ ގްލިޗް އިން ދި ސިސްޓެމް!“ އިޔާން ދިން ޖަވާބުން ވިޝާމްއަށް އަޑުވީއްލާ ނުހީ ހިފަހައްޓާލެވުނީ ކިރިޔާއެވެ. ސަދަފްއަށް ވެސް އެމީހުންގެ ވާހަކަ އިވި ހެވިދާނެތީ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލައިގެން އިނެވެ.
”ކިހާ ވަރުގަދަ ކަމެއް.. ކަލޭ ގޮވައިގެން ނުވާނެ“
”މަ ނުލާ ވަކި ކަމެއް ވޭތަ..“
”ހޫމް ދެން ހެވޭ.. މަ މީ މިހާރު ގްލިޗްއެއް ދޯ އެހެންވީމަ“ ވިޝާމް ހެމުން ދިޔައީ ހަމައެކަނި އެމީހުންނަށް އިވޭ ވަރަށެވެ. ބޯޖަހައިލަމުން އިޔާންވެސް ހޭންފެށިއެވެ. ހިތް ނުތަނަވަސްވެފައި ހުރެވެސް އެމީހުންގެ ކުރިމަތީގައި، ކަމެއް ވެފަ ހުރިކަން ވެސް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. ވިޝާމްއަށްޓަކައި އައިސް އިން އިރު ތަބީއަތު ގޯސްވެފައި އިނުން ވެސް އެހާ ރީއްޗެއް ވެސް ނޫންތާއެވެ.
”ވިޝާމް ، ދަރިފުޅު ދޭބަލަ ޒަންމެން އޯކޭ ތޯ.. “ ހައިކަލް އަންގާލިއެވެ. ވިޝާމް އެކަނި ނުދާންވެގެން އޭނާ ތެދުވީ އިޔާންގެ އަތުގައި ހިފައިގެންނެވެ.
”މަ ބަހައްޓާފަ ދޭބަލަ“
”ނޯވޭ.. އިފް އައި ގޯ ޑައުން، ޔޫ ގޯ ޑައުން ވިތް މީ“ އިޔާން ނުދާންވެގެން ވައްތަރެއް ޖައްސާލުމުން އުނަގަނޑުގައި އަތްއަޅާއި ކޮއްޕަމުން އެތަނުގެ ތެރެއިން ނެރުނެވެ. މޫނު ހަދައިގެން ހުރެވެސް އެންމެފަހުން އިޔާން ގަދަނުހަދައި ހިނގައިގަތެވެ. ދެމީހުން ދިޔައިރު ޒަންޔާއާއި އަމީރާ ތިބީ ޓެރެހުގެ އާއިލާއަށް ހާއްސަ ކުރެވިފައިވާ ބައިގައެވެ. ދޮރަށް ފުރަގަސް ދީގެން ތިބުމުން ބަޔަކު އައިކަމެއް ނޭނގެއެވެ. ދޮރު ހުރީ ހިސާބަކަށް ހުޅުވިފައި ކަމުން އެމީހުން އެތަނުގައި ތިބެ ދައްކަމުން ދިޔަ ވާހަކަ ނުހަނު ރީތިކޮން އަޑުއިވެއެވެ.
ސްޕެއިން އިން ފެށިގެން ރާއްޖެއައި އައިގޮތާއި އޭގެ ފަހުގައި ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ އަމީރާ ކިޔައިދެމުން ދިޔައިރު ޒަންޔާ އަޑުއަހަން އިނެވެ. އެހާ ދުރުން އަމީރާ އައިގޮތް އަހާފައި ޒަންޔާއަށް ތައުރީފް ކޮށްލެވުނެވެ. ހާއްސަކޮށް ޖިނާންގެ ފުށުން ސަލާމަތް ވުމަށް އުޅުނު ހިނދު އެކްސިޑެންޓް ވެގެން ދިޔަގޮތް އެނގުމުން ހިތައް ނުބައި އަސަރެއް ކުރުވިއެވެ. ޒަންޔާ ވެސް އޭނާގެ ވާހަކަ ކިޔައިދިނެވެ. މާކިން އާއި އަމީރާ ނުފެނުމުން އޭގެ ފަހުގައި ކަންތައް ވީ ގޮތް ކިޔައިދިނެވެ.
”އެދުވަހު ރޫމްއެއް ނަގައިގެން ވަދެ އިނީ.. އެމީގެ ފޯނު ވެސް ނޯންނާނެކަން އެނގުނީ މާ ފަހުން.. ބައްޕައާއި މަންމައަށް ގުޅީ ދެން.. ބައްޕަ އަންނަން ދެން އެތަނުން ނުނިކުމެ ހުންނަން އެދުމުން އެގެއިން ނުނިކުންނަން.. އެކަމަކު ދެމީހުން އެއްކޮން ގެއްލުނީމަ ވަރަށް ވެސް ބޮޑަށް ބަލިކަށިވެފަ ހުރީ.. މާކް އެންމެ ފަހުން އެދުނު ކަންތައް ވެސް ފުލްފިލް ނުކޮށްދެވުނު ގިލްޓް އިންނަނީ.. ބައްޕަ އައިސް ކޭސްއެއް ރިޕޯޓްކުރި ދެކުއްޖަކު ގެއްލިގެން އުޅޭ ކަމަށް .. އެތަނުގެ ފުލުހުން މަސައްކަތް ކޮށްކޮށް ވެސް ނުފެނުނު.. ދެން ހޫގޯގެ އަތްދަށުވީ ކަމަށް ޔަގީން ކުރެވުނީ“ ޒަންޔާ އެދުވަހު އުޅުނު ގޮތް ކިޔައިދިނެވެ.
“ ޒަން ތިބުނަނީ އޭގެ ފަހުން މާކްގެ އެއްވެސް ހަބަރެއް ނުވެއޭތަ؟ އަހަންނަކަށް ނޭގުނު މާކް ހޯދަން ހަނދާނެ ގޮތެއް ވެސް.. އަލުން އެނބުރި ދާން ހިތައް އެރި އަދަދެއް ނޭނގޭ… އައުމުގެ ކުރިން ލުއީސްއާއި އެކު ޒަން ގެއްލުނު ހިސާބަށް ވެސް ދިޔައިން އެކަމަކު އެއްވެސް ނިޝާނެއް ނުފެނުން“ މާކިންގެ މަތިން ހަނދާންވަމުން ދިޔަ ވަރަކަށް އަމީރާ ހިތްދަތި ވަމުން ދިޔައެވެ. އަމީރާގެ އަތުގައި ހިފައި އެގެއާއި ދުރަށް ކޮއްޕާލި ހިނދު އެންމެ ފަހުފަހަރަށް މާކިންގެ މޫނު ފެނުނު ވަގުތުކޮޅު ސިފަވަނީއެވެ. އަމީޜާއަށް ދެލޯ މަރާލެވުނެވެ.
”އެމީ ހުއްޓާލަ.. އަހަންނަށް ހީވަނީ މަންމަގެ ބަހަށް އިތުބާރު ކޮށްފަ އެގޮތައް ދެން ވިސްނަންވީ ހެން.. އެމީ ރާއްޖެ އައި ހަބަރާއި އެކު އެކަމުގެ ރުޅި މާކްއަށް ހޫގޯ ބާލަފާނެ.. އެކަމަކު ވެސް ހޫގޯއަށް ގޮތެއް ހަދާކަށް ނުކެރޭނެ ކަންނޭގެ.. އެހެންނަމަ މިހާ ދުވަސްވީ އިރު މާކްގެ ކޮންމެވެސް ހަބަރެއް ލިބުނީސް.. ފޮރުވައިގެން ގެންގުޅޭތީވެ ކަންނޭގެ އޭނާގެ ހަބަރެއް ނުވެގެން އެއުޅެނީ“ ޒަންޔާ ބުނެލިއެވެ. އޭނާގެ ހިތުގައި އޮތީ އެގޮތައް ނޫން ނަމަވެސް އަމީރާ ރޯ މަންޒަރު ފެނި އުނދަގޫވީ ވަރުން ބެލީ ހިތްހަމަ ޖައްސައިދެވޭތޮއެވެ. ނަމަވެސް އެއިން ކުޑަވެސް ހަމަޖެހުމެއް އަމީރާއަކަށް ނުލިބެއެވެ. އެކަމަށް ހެކި ދެނީ ކެނޑިނޭޅި ދެލޮލުން ފައިބަމުން އެދާ ކަރުނުންނެވެ.
”އާހްހްހް.. މިހާރު ޒަންވެސް ފެނުނީ.. އައި ތިންކް އިޓްސް ޓައިމް ޓްގޯ ބެކް ދެއާރ..“
”މޮޔަވީތަ އެމީ؟ ޔޫ ވޮނަ ޑާއި؟ އެތަނަށް ގޮސްފިއްޔާ އެމީ ޖެހޭނީ ޖިނާންއާއި މެރީ ކުރާށޭ!“ ޒަންޔާގެ ޖުމްލަ ވިހަގަދަ ތީރެއް ފަދައިން އިޔާންގެ މެޔަށް ހެރިއްޖެއެވެ. ލިބިގެންދިޔަ ސިހުމާއި އެކު އޭނާއަކަށް އެތާކު ނުހުރެވުނެވެ. އޭނާ އުޅެން ފެށީ އެތެރެއަށް ވަންނާށެވެ. ނަމަވެސް ވިޝާމް އޭނާ ހުއްޓުވިއެވެ.
”ދެން އަހަރެންވީ ދެއަތް އުރާލައިގެން ހުންނަންތަ؟ މާކް އެހާ ބޮޑު ގުރުބާނީއެއް ވީމަ ވެސް އަހަރެން ކިހާ ރީތިކޮން މިކަންތައް ކުރީ.. އެ ފަކީރު ގަނަ ތެޅެން ދޫކޮށްލާފަ އަހަރެން މިއުޅެނީ މިތާގަ އެހާ އުފަލުން.. ހީ ޑަޒްންޓް ޑިޒާރވް ދިސް.. އަލް ގޯ ދެއާރ“ އަމީރާގެ ވިސްނުން ހުރިގޮތުން ޒަންޔާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. އެފަދަ ކަމެއް އޭނަ ކޮށްފިނަމަ އަމީރާއެއް ވެސް އަދި މާކިން އެއް ވެސް ސަލާމަތެއް ނުޥާނެއެވެ. ޖިނާންއަކީ ދެވަނަ ހޫގޯއެވެ.
”ޑޯންޓް އީވެން ތިންކް އެބައުޓް އިޓް!… އެމީ އެންމެ ލޯބިވާ ފަރާތާއި އެއް ފަސްގަނޑެއްގައި ހުރެވުނު އިރު މާކް އެންމެ ބޭނުންވާނީ އެމީ މެރީކޮށްގެން ރީތި ދިރިއުޅުމެއް ފަށަން.. މީގެ ފަހުން އަލުން އެނބުރި އެތަނަށް ދިޔުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެއްޗޭ!.. ޕްލީޒް.. އެމީ! އެހެންނޫނީ މާކިންއަށް ވެވޭ ބޭއިންސާފަކަށް ވާނީ.. އޭނާ އެވީ ގުރުބާނީގަ އެއްވެސް ފައިދާއެއް ނުހުންނާނެ.. ހުރިޙާ ކަމެއް ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށް ވާނީ“ ޒަންޔާ ބެލީ އަމީރާއަށް ވިސްނައިދެވޭތޯއެވެ.
”ޒަން އަހަރެންގެ ލޯބިވާ މީހާ އަހަންނަށް ގެއްލިއްޖެ.. އެކަމަށް އިންތިޒާރުކުރުމަށް ވުރެން ރަނގަޅެއްނު ޖިނާންއާއި އިނަސް“
’ވަޓްސް ރޯންގް ވިތް ޔޫ އެމީ؟ އަހަރެން ދުނިޔެގަ ހުއްޓަ އެމީ އެ ޖިނާންއާއި ކައިރިވިޔަކަ ނުދޭނަން… ކޮބާތަ އެމީގެ އިޔާން؟.. މާކް މަށައް އެރޭ ހުރިޙާ ވާހަކަ އެއް ކިޔައިދިން.. “ މާކިންގެ ވާހަކަ ބުނެފައިވެސް ޒަންޔާ އެއް ތަންކޮޅު ސިއްރު ކުރިއެވެ. އެއީ މަސްލަހަތައް ބަލާފައެވެ. އެހެން ނޫނަސް އެވާހަކަ ބުނުމަކީ އޭނާއަށް އެހާ ފަސޭހަވެސް ކަމެއް ނޫނެވެ.
”އައި ލޮސްޓް ހިމް“ އަމީރާއަށް ދެލޯ މަރާލެވުނު އިރު ގިސްލެވެމުން ދިޔައެވެ. އެފަދަ ދަނޑިވަޅެއްގައި އިޔާންގެ ވާހަކަ ފެށުމުން އޭނާގެ ހިތައް މާބޮޑަށް އަސަރްކުރިއެވެ. ނަމަވެސް އެއިން ކަމެއްގެ ހިލަމެއް ޒަންޔާއަކަށް ނޭނގޭނެތާއެވެ.
ޒަންޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަމީރާއަށް އޭނާގެ ލޯބި ގެއްލުނު ނަމަވެސް ، ޖިނާންއާއި ކައިރިވިޔަކަ ޒަންޔާ ނުދޭނެއެވެ. އެއީ ކިހާވަރެއްގެ އަނިޔާވެރިއެއް ކަން އޭނާއަށް އެނގެއެވެ. އަމީރާގެ ބޮލުގައި ފިރުމާލަމުން ދިޔައިރު ޒަންޔާ ވިސްނަމުން ދިޔައީ އަމީރާ އަނެއްކާ މާކިން ހޯދަން ގޮސްފާނެތީ އެކަމާއިއެވެ.
”އެމީ.. އެއްފަހަރު ލޯބި ނާކާމިޔާބު ވުމުން އޭގެ މާނައަކީ މުޅި އުމުރު ދުވަހު އެކަމާއި ވިސްނާ ފިކުރުކޮށް ރުއިމެއް ނޫން… އަލުން ހަގީގަތާއި ކުރިމަތިލާ އާ ހަޔާތެއް ހޯދަން މަސައްކަތް ކުރަންވީ .. ގިނަ މީހުންނަށް އެމީހުންގެ ފުރަތަމަ ލޯބި ކާމިޔާބެއް ނުވާނެ.. އަހަންނަކަށް ވެސް ނުވި ..“ ޒަންޔާ ހިތްދިރުވާލިއެވެ. އަމީރާ ބަލައިލިކަން އެނގުމުން ޒަންޔާ އިސްޖަހައިލިއެވެ.
”ވަޓް ޔޫ މީން؟ “
”އައި މީން ކުރިން މީހެއް ދެކެ ލޯބިވީމޭ.. އެކަމަކު އެއީ ވާން ނެތް ކަމެއްކަން އެނގުނު ހިސާބުން އެކަމާއި ދުރުވުމުގެ މަސައްކަތޭ ދެން ފެށީ.. މިހާ ފަސޭހައިން ބުނެލި ނަމަވެސް އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް.. މިއަދު ނުވެސް ދަންނަ މީހަކާއި އިންނަން އެއްބަސް ވެގެން އައިސް މިހުރީ .. އުއްމީދުކުރަނީ ރަނގަޅު ގޮތެއް ވާނެކަމަށް.. އެހެންނޫނަސް މައިންބަފައިން ނުދައްކާނެ ގޯސް މަގެއް“ އަމީރާގެ އިތުރު ސުވާލެއް އައިސް ފާނެތީވެސް ޒަންޔާ އިނީ ކަންބޮޑުވެފައެވެ.
”ޒަން.. އަހަރެންގެ ނެތޭ މައިންބަފައިންނެއް.. އެމީހުން އަހަރެން އެއްލާލައިފަ، ފިލައިގެން ގޮސް ވީ ހިސާބެއް ވެސް ނޭނގެ.. އަހަންނަށް ނޭނގޭ ކުރެވުނު ކުށަކީ ކޮބައިކަމެއް ވެސް..“
”މިހާރު އަހަރެން މިހުރީ އެންނު.. އެމީހުންނަށް އެކުރެވުނު ކަންތައް އަދި އިޙްސާސްވާނެ .. އަހަރެންގެ ހިތް ބައެއްފަހަރު ބުނޭ އެމީގެ ފެމިލީއަކަށް ނޭނގެއޭ އެހާ ވަރަށް ސަފާރ ކުރި ކަމެއް.. “
”ނޫނޭ.. އެހެންނަމަ އެވަރުގެ ބޮޑު އެގްރީމެންޓް އެއް ނުހަދާނެ .. އެ އެގްރީމެންޓްގަ ސޮއި ކޮށްފަ އެ އަންހެން މީހާ މެދުވެރިކޮން އެއްލާލީ ހޮހޮޅައަކަށް.. އަހަރެންގެ ހަނދާނެއް ހުރިނަމަ އެޓްލީސްޓް މައިންބަފައިންނޭ ކިޔުނު މީހުންގެ ސޫރަ އެނގުނީސް.. ދިމާވާ ދުވަހަކުން ކޮށްލަން ބޭނުމީ ދެ ސުވާލް.. އެއީ ކީއްވެތޯ ހޫގޯ ފަދަ ނުބައި މީހެއްގެ އަތްމައްޗަށް ދޫކޮށްލީ..އަދި ރާއްޖޭގައި ވެސް ނުބަހައްޓުވާ ސްޕެއިންއަށް ގެނެސް އެ އަނިޔާވެރި ހޮހޮޅައަށް ގެންދިޔަ އިރު އެއްވެސް އެއްޗެއް ހިތައްވެސް ނާރާ ތޯ .. އަހަރެންގެ ހިތުގަ އެމީހުންނާއި ދޭތެރޭގަ ވަނީ ހަމައެކަނި ނަފްރަތު.. ޒަންއަށް އެނގޭތަ.. އާމިލާ ދައްތަގެ ދަރިއެއް ވެސް ގެއްލިފަ ވީ ..އެކުއްޖާގެ އުފަންދުވަހު ވެސް އެމީހުންގެ ލޮލުން ކަރުނު ނުހިކޭ .. ދުރުގަ ހުރި ނަމަވެސް އެކުއްޖާއަށް ހެއޮ ދުއާ ކުރާނެ ލޯބި މަންމައެއް އެބަހުރި.. އެކަމަކު އަހަރެންނޯ؟ ހުރިޙާކަމަކުން އެންމެ ބަދުނަސީބް މީހާ..ހިތައް އަރާ އެކަހަލަ މަންމައެއް އަހަންނަށް ވެސް ލިބުނު ނަމައޭ“ ރޮމުން ރޮމުން ދިޔައިރު އަމީރާގެ ހިތުގައިވި އުދާސްތައް ބޭރުކުރެވެމުން ދިޔައެވެ. ޒަންޔާ ބެލީ ހިތްވަރު ދިނުމުގެ އެންމެ ބަހެއް ވެސް ބުނެވޭތޯއެވެ. އެކަމަކު އެ ނިކަމެތި ކުއްޖާގެ އިޙްސާސްތައް ބުނެދެމުން ދިޔަ ހިނދު އޭނާ ވެސް މުޅިން ބަލިކަށި ވެއްޖެއެވެ. އަމީރާގެ ގައިގާ ބައްދާލައިގެން އިން އިރު އޭނާއަށް ވެސް ރޮވުނީއެވެ. އޭނާއަށް ވެގެންވަންޏާ އިތުރު އެންމެ އަނިޔާއެއް ވެސް އެކުއްޖާއަށް ދެން ލިބުނަކަ ނުދޭނެއެވެ.
”އަހަން..އަހަންނަކަށް ނޭނގޭ މައިވަންތަކަމުގެ ލޯތްބަކީ ކޯއްޗެއް ކަމެއް ވެސް..ހީކުރީ ލޯލާގެ ފަރާތުން އެ ލިބުނު ލޯތްބަކީ މަންމަ އަކު ދަރިއަކަށް ދޭނެ ފަދަލޯތްބެއް ކަމަށް.. އެކަމަކު ..އެކަ..މަކު“
”ޝުޝްޝް… ދެން ހުއްޓާލާ އެމީ.. ޕްލީޒް.. ނުރޮއެ..“ އަމީރާގެ ދެލޮލުން ކަރުނު ފުހެދެމުން ޒަންޔާ ދިޔައިރު ވެސް އާ ކަރުނު ދެލޯ ފުރެއެވެ.
ދޮރު ބިއްދޮށުގައި އެމީހުންގެ ވާހަކައަޑުއަހަން ހުރި އިރު އިޔާންގެ ދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. ހިންދިރުވާލަމުން އަނެއްކާ ވެސް ބަލައިލެވުނީ އަމީރާއަށެވެ.ޒަންޔާގެ ގައިގާ ބައްދާލައިގެން އިނދެ އަމީރާ ރޮމުން ދިޔައީ އޭނާގެ ހިތް ގުޑިގެންދާ ފަދައަކަށެވެ. އަމިއްލަ ނަފްސު އިޔާންއަށް ކުށްވެރި ކުރެވުނީ އިންތިހާއަށެވެ. ކުރިން ނޭނގޭ ވާހަކަތަކެއް އެނގުނު ނަމަވެސް އެއިން ގިނަ ކަންތައްތަކަކީ އޭނާއަށް އަމީރާ ކިޔައިދީފަ ހުރިކަންކަމެވެ. ނަމަވެސް އެއިން ކަމަކާއި ގުޅޭގޮތުން އަމީރާގާތުގައި އޭނާއަށް ސުވާލް ވެސް ނުކޮށްލެވުނެވެ. ރާއްޖެ އައުމުގެ ކުރިން އަމީރާ އެކްސިޑެންޓްވި ހަބަރު އެލިބުނީ ވެސް މުޅިން އަލަށެވެ. ޖިނާންއަކީ ކާކު ހެއްޔެވެ. އަމީރާއާއި ކައިވެނި ކުރުމަށް އެބުނާ މީހަކު އުޅުނީ ހެއްޔެވެ؟ އޭނާގެ ފަރާތުން އަމީރާއަށް އަނިޔާއަށް ލިބުނީ ހެއްޔެވެ؟ އެ ސުވާލްތަކާއި އެކު އިޔާންގެ ހިތް ތެޅިފޮޅެމުން ދިޔައެވެ.
އިޔާންގެ ގާތުގައި ވިޝާމްއަށް ހުރެވުނީ އެފަދަ ގޮތެއް ވެފައެވެ. ދެލޯ ތެމޭހެން ހީވިއެވެ. ނަމަވެސް ހިންދިރުވާލީ އޭނާގެ ފަހަތުން މަޖުދާގެ އަޑު އިވިފައެވެ. ބަލައިލި އިރު މަޖުދާއާއި އާމިލާ ތިއްބެވެ. ލޯތަކުގައި ވިދަމުން ދިޔަ ކަރުނުތަކުން، އަމީރާ އާއި ޒަންޔާގެ ދެމެދުގައި ދެކެވުނު ވާހަކަ އިވުނުކަން ހާމަވެއެވެ. ނަމަވެސް އިވުނީ ކިހާ ހިސާބަކަށް ކަމެއް ނޭނގެއެވެ. އޭނާއަށް ވެސް އެމީހުން ފެނުނީ ވާހަކަ ދެއްކި އަޑު އިވިގެން ބަލާލުމުންނެވެ.
”އެއީ ހަމަ އެމީތަ؟ އިޔާ ދަންނަމެންނު އެމީ ކުރިން ވެސް .. ކިހިނެތްތަ އެމީއަށް ވީ؟“ ރޮވިފައި ހުރެ މަޖުދާއަށް އެހުނެވެ. ނަމަވެސް އިޔާންއަކަށް ޖަވާބެއް ނުދެވުނެވެ. އޭނާ ވިޝާމްއަށް ބަލައިލީ އެހީ އެއް ވެދޭށޭ ބުނާފަދައަކުންނެވެ. އެކަމަކު ވިޝާމްއަށް ވުރެން ކުރިން އާމިލާ ވާހަކަ ދެއްކިއެވެ.
”އެހެމް.. މިވަގުތު އަޅާނުލަމާ .. އެދެކުދިން ގޮވައިގެން އަހަރެން ދާނަން .. މަޖޫ ރޮނިކޮން ފެނިއްޖެޔާ އެމީ އަނެއްކާ ދެރަވާނެ“ އަމިއްލަ ދެލޯ ފުހެލަމުން އާމިލާ އެދުނެވެ. އިޔާން ގާތު މަޖުދާ ގޮވައިގެން ދިއުމަށް އެދި ވިޝާމް މަޑުކޮށްލިއެވެ.
”މަންމާ.. މަޖުއްތަ އަށް ކިހާ ހިސާބަކަށް އިވުނު؟“ ވިޝާމް އަހައިލިއެވެ.
”އެގްރީމެންޓް އޭ ކިޔަފަ ފެށި ހިސާބުން“ އާމިލާގެ ޖުމްލައާއި އެކު ވިޝާމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިޔާންއާއި އަމީރާގެ ގުޅުމުގެ ވާހަކަ ދެއްކުވުނު އިރު އެތަނުގައި އެމީހުން ނެތް ކަން ޔަގީން ވުމުން ހިތްހަމަޖެހުނެވެ. އާމިލާ އެދުމުގެ މަތިން އޭނާ ވެސް އެތަނުން ދިޔައެވެ.
ވިޝާމް ދިޔަކަން ޔަގީންވުމުން އެހުރިޙާ އިރު ހިފަހައްޓާއިގެން ހުރި ކަރުނުތައް އާމިލާއަށް ބޭރުކޮށްލެވުނެވެ. ވީ ކީއްކަމެއް ނޭގުނެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ނުރުއިމަށް މަސައްކަތް ކުރިނަމަވެސް އެ ކަރުނުތައް މެދުކަނޑައެއް ނުލެވުނެވެ. އަމީރާގެ ވާހަކަ އިވިގެން ހިތައް ކެތްނުވާ ދަރަޖައަށް ތަދުވަމުން ދިޔައެވެ. ނޭނގުމެއްގެ ތެރޭގައި އޭނައަށް ކުށެއް ކުރެވިއްޖެއޭ ހިތް ބުނާ ކަހަލައެވެ. އަމީރާ ރޮމުން ދިޔަ މަންޒަރު ފެނި އާމިލާ ބޭޏުންވީ އެކުއްޖާގެ ދެލޮލުން ފައިބަމުން ދިޔަ ފެންތައް ފުހެލައި ދޭށެވެ. ރުއިން ހުއްޓާލަން މަޖުބޫރުވީ ދެ އަންހެން ކުދިން އިންތަނުން ތެދުވިތަން ފެނިގެންނެވެ. ބުރުގަލުގެ އެތެރެފުށުން މޫނުމަތި ސާފްކޮށްލިއެވެ. ނަމަވެސް ދެލޯ ހުރީ ފެންކަޅިވެފައެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ގަދަކަމުން ވެރި ކޮށްލިއެވެ.
”ހުރިހާ އެންމެން އެބަތިބި ދެކުދިންގެ އިންތިޒާރުގަ.. ހިނގާ އަވަހަށް ދަމާ“ އާމިލާ ނިކަން ލޯބިން ވާހަކަ ދެއްކިއެވެ. އަމީރާގެ ދުޅަވެފައިވާ މޫނު ފެނުމުން އާމިލާ ހިތްވަރުކޮށްގެން ހުއްޓާވެސް ހީވީ ރޮވެން އުޅުނުހެންނެވެ.
އެތެރެއަށް ވަންނަން ދިޔަމަގުމަތީގައި އެންމެ ފުރަތަމަ ފެނުނު ފާހަނައަށް އަމީރާ ވަނެވެ. މޫނު ސާފްކޮށްލައިގެން އިސްތަށިގަނޑުން ބައެއް ކުރި މައްޗަށް ގެނެސް މޫނަށް ހިޔާ އެޅޭހެން ބޭއްވިއެވެ. އޭރުން މޫނުމައްޗަށް ވެފައި ހުރިގޮތް ފުދޭވަރަކަށް ބޮޑަށް ފޮރުވެއެވެ. ދެލޮލާއި މުޅި މޫނުވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ.
”އަހާން މިއޮތް އައީނު.. އަވަހަށް އިށީންދޭ“ ތިން މީހުން ފެނުމުން ހައިކަލް ގޮވާލިއެވެ. މަޖުދާގެ މަގަތުގައި އަމީރާ އިށީންދެލިއެވެ. އެމީހުންގެ ގާތައް ޒަންޔާ ދަނިކޮން، އާމިލާ އެދުނީ ވިޝާމްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނުމަށެވެ. ޒަންޔާ އިށީނދެލުމުން ވިޝާމް ބަލާލާފައި ހީލިއެވެ. ރައްދުގައި ޒަންޔާ ވެސް ހީލިއެވެ. ނަމަވެސް އިސްވެ ވާހަކަ ދައްކާކަށް ދެމީހުން ކުރެ އެކަކަށް ވެސް ނުކެރުނެވެ.
”ކޮބާ ކޮން ދުވަހަކަށް ކައިވެނީގެ ކަންތައް ނިންމަން ދެކުދިން ބޭނުންވަނީ؟“
”ވީހާވެސް އަވަހަކަށް“ ޒަންޔާގެ މޫނަށް ލޮލުގެ ހިމަކޮޅުން ބަލާލާފައިވެސް ވިޝާމް ބުނެލިއެވެ. ޒަންޔާ އެކަމަކާއި ދެކޮޅަކަށް އެއްޗެއް ނުބުނެއެވެ.
“ދަރިފުޅަށް ކިހިނެތް ފެންނަނީ؟“ ޒާހިރް އަހައިލީ ޒަންޔާ ކުރެންނެވެ. އިސްއުފުލާލިއިރު އެންމެންގެ ނަޒަރު ހުއްޓިފައި ވާތަން ފެނި ފުދޭވަރަކަށް ލަދުގަންނަމުން ދިޔައެވެ.
”އޯކޭ“
”އޯކޭ އޭ؟ އެވެސް ޖަވާބެއްތަ ދަރިފުޅާ؟“ ލައިލާއަކަށް މަޑަކުން ނީނދެވުނެވެ. ޒަންޔާ ބަލައިލުމުން ވާހަކަ ދެއްކުމަށް ލޮލުން އަންގާލިއެވެ.
”ކޮންމެ ތާރީހެއް ވެސް ހަމަ އެންމެ ރަނގަޅު“ އެންމެ ފަހުން ޖަވާބުދިނެވެ. ލައިލާ ބަލަން އިނުމުން ޒަންޔާ ލަދުން އިނދެފައި ލޯ އަޅާލިއެވެ. އެއްޗެއް ނުބުނެ ލާނެތް ކަމާއިއެކު އޭނާ ހީލިއެވެ.
ޒަންޔާގެ ޖަވާބާއި އެކު ކައިވެނީގެ މައުޟޫއަށް ބަހުސް ކުރެވެން ފެށުނެވެ. ހުރިހާ ބޮޑެތި މީހުން އެކަމާއި ވާހަކަ ދައްކަމުން ގޮސް ނިމުނީ ކުރިއަށް އޮތް ހަފްތާގައި ކައިވެނި ކުރުމަށެވެ. ދެމީހުން ކުރެ ލަފާ ހޯދުމުން ހަމައެކަނި ބޯޖަހައިލުމަކުން ފުއްދާލިއެވެ. އެވަރުވެސް އެމީހުންނަށް ފުދުނީ ކަންނޭގެ އެވެ. އިތުރަށް ބަހުސްއާއިގެން ކުރިއަށް ދިޔައެވެ. ކައިވެނީގެ ވަލީމާ ބާއްވާ ގޮތައް ހަމަޖެހުނީ ހައިކަލްގެ އެންމެ އަގުބޮޑު ރިޒޯޓް ކަމުގައިވާ ’ކްރިސްޓަލް ކޯވް’ގައެވެ. ހުރިހާ ޒުވާނުންނަށް ހަވާލް ކުރެވުނީ އެދެމީހުންގެ ކައިވެނީގެ ހެދުމާއި ތަނުގެ ’ޑެކޮރޭޝަން‘ ކުރިއަށް ގެންދާނެ ގޮތެއް ފައިނަލް ކުރުމަށެވެ. ހުރިހާ ކަމެއް ނިމިގެން އަމިއްލަ ގެއަށް ދިޔުމަށް ނުކުމެވުނު އިރު ބާރަ ޖަހަނީއެވެ.
”މާދަމާ ދިމާ ވާނެ އެނގޭ.. އައިލް ކޯލް ޔޫ“ ގެއަށް ދިޔުމަށް ނުކުމެފައި އަމީރާގެ ގައިގާ ޒަންޔާ ބައްދާލިއެވެ. އަމީރާ ވެސް ހިނިތުންވެލަމުން ބޯޖަހާލާފައި އިރަމްއާއި އެއްވަރަށް ހިނގައިގަތެވެ. އެމީހުން ދިޔަ އިރު މަޖުދާއާއި މީރާންއާއި ނީޝަން، ނަދީމްގެ ކާރުގައި ގޮސްފިއެވެ. އިރަމް ދައްކާލީ އެދެމީހުންގެ އިންތިޒާރުގައި ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި އިޔާންއެވެ.
އިޔާން ފޯނު ޖީބަށް ކޮއްޕާލީ އެދެމީހުން ފެނުމުންނެވެ. އަމީރާ އިސްޖަހައިގެން ހުރިއިރު އިޔާންގެ މޫނަކަށް ބަލައެއް ނުލިއެވެ. ”އާދޭ އަރަން..“އިޔާންވެސް ލަސް ނުކޮށް ޑްރައިވަރު ސީޓުގައި ހަމަޖެހިލިއެވެ. އަމީރާ އެރީ ފަހަތު ސީޓަށެވެ.
“އާހްހް“ ދެ މީހުންގެ ފަހަތުން އިރަމް ވެސް އަރާ އަމީރާގެ ގާތުގައި އިށީންދެލިއެވެ. ކާރު ދުއްވަމުން ގޮސް ބްރިޖަށް އެރުނު އިރުވެސް ވަނީ ހަމަހިމޭންކަމެވެ. އިޔާން ދޭތެރެއަކުން އަމީރާއަށް ބަލައިލަމުން ދާތަން ލޯގަނޑުން އިރަމްއަށް ފެނުނެވެ. ނަމަވެސް އަމީރާގެ މޫނުން އެއްވެސް ޝައުގެއް އެކަމަކަށް ނެތް ފަދައެވެ.
”އައި ހޭވް އަ ލޮޓް ޓް އާސްކް“ އަމީރާ ވާހަކައެއް ދައްކަން ނޫޅުމުން އިރަމް އެންމެފަހުން ބުނެލިއެވެ. އަމީރާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އޭނާ ވިސްނާލިއެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އިރަމްއާއި އެހާ ގާތް ގުޅުމެއް އުފެދުނު އިރު އޭނަގެ ފަރާތުން މާ ބޮޑު ކަމެއް އަންގާގާދެވިފައެއް ނުވެއެވެ. ނަމަވެސް އިރަމް އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އޭނާއާއި ހިއްސާކުރެއެވެ. އަމީރާ އެފަދަ ދުރުކަމެއް ބެހެއްޓުމުން އެވެވެނީ އިރަމްއަށް ބޭއިންސާފެވެ. ދެރަވެސް ވިއެވެ.
ގެއަށް އާދެވުމުން ދެއަންހެން ކުދިން މިސްރާބް ޖެހީ ކޮޓަރިއަށެވެ. އިޔާންގެ ލޯމަތިން ގެއްލެންދެން ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ބަހެއް ނުބުނެއެވެ. އިރަމް ވާހަކަ ދައްކަން ފެށީ ކޮޓަރީގެ ހަތަރު ފާރު ތެރެއަށް ވަދެވުމަށް ފަހުގައެވެ. ދުރުދުރުން ވާހަކަ ދައްކާކަށް އިރަމް ބޭނުމެއް ނުވިއެވެ. ފެށީ ކުރަން ބޭނުންވި ސުވާލުންނެވެ.
”އެމީ.. ދޮގު ހަދަން ހިތައް ވެސް ނާރުވާތި.. ޓެލް މީ އެވްރީތިންގ.. ދޮންބެ އާއި ދެމީހުންގެ ދޭ ތެރޭގަ ކޮންކަމެއް ހިނގީ؟“
އަމީރާއަށް ލޯ ބޮޑުކޮށްލެވުނެވެ. އިރަމްއަށް އެނގުނީ ކިހިނެތްބާއެވެ. ސިހުނުވަރުން އަމީރާއަށް ބުނާނެ ބަހެއް ދުލު ކުރިއަކަށް ނައެވެ. އޭނާ ހީކުރީ ދައްކަން އެ އައީ ޒަންޔާއާއި ދެމީޙުން ދިމާވުމުން ހިނގިކަންތާއި ގުޅޭ ވާހަކައެއް ކަމަށެވެ.
”ކިހިނެތްވީ؟ ކީއްވެ ދެމީހުން ބްރޭކް އަޕް ވީ؟ ކޮންކަމެއް ދެމީހުންގެ ދެމެދުގައި ހިނގާ ދިޔައީ؟“ ހަށަން ބަދެލައިގެން ހުރެ ސުވާލަކަށް ފަހު ސުވާލެއް އިރަމް ކުރިއެވެ. ހިތްހަމަ ނުޖެހިފައި ހުރި ވަރުން އަޑު ވެސް ހުރީ ފުދޭވަރަކަށް ބާރުވެފައެވެ.
”އަމް ސޮރީ“
”ކޮންކަމަކަށް؟ އެމީ ހީކުރީ ދޮންބެ އާއި ދެމީހުންގެ ކަންތައް އެނގުނީ އަހަރެން މިހުރީ ރުޅި އައިސްފަ ކަމަށްތަ؟ ނޫނޭ .. ދެރަ ވެފަ މިހުރީ އަހަރެން ދެކުނު ގާތްކަން އެމީ ނުދެކުނީމަ.. އަހަން މިއުޅެނީ ކުރީ ދުވަހު އެމީ ވާރޭގަ ހުރެ ރުއީ ކީއްވެގެން ތޯ..އެމީ ހާދަ ބޮޑަކަށް އަހަރެން ދުރު ކޮށްލައިފިއޭ “
”ވަޓް؟ ނޫނޭ .. ނޫނޭ.. އިރޫ ތީ އަހަންނަށް ލިބުނު އެންމެ ގާތް އެކުވެރިޔާ.. އަމް ސޮރީ ކަންކަން އެހާ ބޮޑަށް ޝެއާރ ނުކުރެވޭތީ.. ބޭނުން ނުވާތީ އެއް ނޫން ހުރެވެނީ.. އަހަރެންގެ ލައިފްގަ އެހާ އިންޓްރެސްޓިންކަމެއް ނުހިނގާ.. ފާޑާކަށް ފްލޮޕް ވެފަ އޮތް ލައިފް އެއް.. އިށީންދެލާ.. މިރޭ ކިޔައިދޭނަން“ އަމީރާ ޖެހިލީ އޭނާގެ ސާމާނު އަޅާފައި ހުންނަ ކަބަޑާއި ވީ ފަރާތަށެވެ. ދޮރުފަތް ހުޅުވާލުމަށްފަހު އޭނާގެ މުހިއްމު ލިޔެކިއުންތައް ބަހައްޓާފައި ހުންނަ ވަތް ގަނޑުން ނެގީ ކަރުދާސް ގަނޑެކެވެ. އެހިފައިގެން އައިސް އަމީރާ ދިއްކޮށްލީ އިރަމްގެ އަތަށެވެ.
”މީ ކޯއްޗެއް؟“ އޭގައި ހިފާފައިވެސް އިރަމްއަށް ސުވާލް ކޮށްލެވުނެވެ.
”ޒަންޔާ އާއި އެކު ހުއްޓާ އަހަރެން ދުށިން މަޖުއްތަމެން ޓެރެސް ކައިރިން.. މޭބީ ދޭ ހާރޑް އަ ލޮޓް.. ހީވަނީ އިރޫ ގާތުގަ އަހާނެ ހެން ކަމެއް އެނގޭތޯ.. އިރޫ..އަމް ގޮނަ ޓެލް ޔޫ އެވްރީތިންގ .. ބަޓް މިއިން އެއްވެސް ވާހަކައެއް އިތުރު މީހަކަށް ނާންގައްޗޭ.. މިއީ އަމިއްލަ މައިންބަފައިން އަހަރެން ބޭނުން ނުވެގެން ބަޔަކަށް އަހަރެން ވިއްކާލަން ހަދާފަ އޮތް އެގްރީމެންޓްއެއް..“ އަމިރާގެ ޖުމްލައާއި އެކު އިރަމް ސިހިއްޖެއެވެ.. ދެލޯ ބޮޑުވެފައި ހުރެ ރަނގަޅަށް ކިޔާލިއެވެ. ހޫގޯ މެންގެ އަތް ދަށައް ދިޔަ ގޮތާއި ލޯލޯ ކަންތައް ކޮށްދިން ގޮތާއި ހޫގޯގެ އަނިޔާވެރިކަން ތަހައްމަލް ކުރަން ޖެހުނު ގޮތް އަމީރާ ކިޔައިދިނެވެ. އެއަށްފަހު ގެއިން ފިލައިގެން ގޮސް މަގުމަތީގައި ދުވަނިކޮން އިޔާންއާއި ބައްދަލް ވިގޮތާއި އެފަހުން އެދެމެދުގައި އޮތް ގުޅުން ލޯތްބަށް ބަދަލް ވެ ދެން ހިނގައިދިޔަ ހިތްދަތި ކަންތައްތަކާއި އަލުން އެނބުރި ހޫގޯގެ ގެޔަށް ދިޔަގޮތް ވެސް މެއެވެ. މާކިން އަކީ ކާކު ކަމާއި މާކިންގެ ފުށުން އަމީރާއަށް ލިބުނު ހިމާޔަތް ވެސް މެއެވެ. އަދި މާކިން އާއި ޒަންޔާ ވެގެން އޭނާ އެތަނުން ސަލާމަތް ކުރަން އުޅުނު ގޮތާއި އޭގެ ފަހުން ވެގެން ދިޔަ ގޮތް ތަފްސީލްކޮން އަމީރާ ކިޔައިދިނެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ސިއްރެއް ފޮރުވުމެއްނެތި އިރަމްގެ ކުރިމަތީގައި ބަންޑުން ކޮށްލެވުމުން ހިތައް ލިބުނީ އާދަޔާއި ހިލާފް ހިތްހަމަޖެހުމެކެވެ. ލޮލުގެ މިޔަކަނުން ތިކިޖަޙަލި ތިކިތައް އަތުގެ ނުފުށުން ސާފްކޮށްލަމުން އަމީރާ ބަލައިލީ އިރަމްއަށެވެ.
އިރަމްއަށް ރޮވުނެވެ. އެހާ ހިތްވަރާއިއެކު އެހުރިޙާ ކަމަކާއި އަމިރާ އެކުރިމަތީ ލީ ކިހިނެތް ހެއްޔެވެ.
”އާހްހްހް… ކަމް ހިޔާރ ލަވް“ އަމީރާގެ ގައިގާ ބައްދާލި ހިނދު އިރަމްގެ ކޮނޑު ތެމެމުން ދިޔައީ އޭނާގެ ހޫނު ކަރުނުންނެވެ.
”އަމް ސޮރީ އެމީ.. ދޮންބެއެއް ކަމަކު އެހެން ހަދައިގެން ނުވާނެ.. ހަގީގަތް އަންގާދީފަ އިތުރު ފުރުސަތެއް ނުދޭން ހިތުގަ އޮތިއްޔާ އެހެން އެމީއަށް އިތުރު ހިތާމަ ޖައްސާކަށް ނުޖެހޭނެ.. ޑީޓެއިލް ކޮން ނޭނގުނަސް އެމީގެ ބާރތްޑޭ ނައިޓްގަ އެނގިފަ އޮތީ ދޮންބެއާއި ދެމީހުންގެ އެ ސައިޑް.. ހާދަ ރުޅިއެއް އައޭ އެ މަންޖެއަކު ގޮވައިގެން އައީމަ..“ އިޔާންއާއި މެދު ހިތުގައި އޮތް ހިތްހަމަ ނުޖެހުން އިރަމް ދިޔައީ ބޭރުކުރަމުންނެވެ. އަމިއްލަ ބޭބެ ނަމަވެސް އިޔާން އާއި އެއްކޮޅަށް އެރޭކަށް ނެތެވެ. އޭނާ އެކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ.
”ވެދިޔަ ހުރިހާ ކަމަކަށް ވުރެން އެންމެ ބޮޑަށް ދެރަވަނީ އެކަމާ… އިޔާއަށް އެނގޭ އަހަރެން އެފަދަ ތަނެއްގަ ހުރެފަ ކަން އައީ .. އިރޫއަށް އެނގޭތަ އަހަންނަށް މުޅިން ވެސް ކުރިމަތިލާން ޖެހިފަ ހުރީ މީހުންގެ ބިޓްރޭޔަލް އާއި .. ފުރަތަމަ އަމިއްލަ މައިންބަފައިން.. އެފަހުން ދެން ލޯލާ..އިރޫ އަށް ނުފެންނާތީ ގަބޫލް ކުރަން ވެސް ދަތިވާނެ.. ލޯލާއަކީ ހާދަ ރަނގަޅަށް ކަންތައް ކުރި މީހެކޭ.. އަހަންނަށް އޮޅިފަ ހުރީ.. މަޔަކު ދަރިއަކަށް ކަންތައް ކޮށްދޭނެހާ ގާތްކޮން ކަންތައް ކޮށްދިނީ.. ފަހުވަގުތު ކެހި ދިނީ.. ދެގޮތެއް ނުވެ އަހަންނާއި އެކު ހުރެދިނީ ހަމައެކަނި މާކިން .. މާކް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް އަނގާ ދޭން މަސައްކަތް ކުރި ލޯލާގެ ހަގީގަތް ..އެދުވަހު އަޑުއެހުނު ނަމަ މިއަދު މިހެން ނުވީސް.. މައިންބަފައިން ހެދިގޮތުން މީހަކަށް އިތުބާރު ކުރަން އަސްލު އުނދަގޫވެފަ ހުރީ .. އެހެންވެ މާކް ދައްކަމުން ދިޔަ ވާހަކަ ވެސް އަޑޫ ނޭހުނީ“
”ދެން އިޔާގެ ނަމުގަ އެގޮތައް ލެޓާރ އެއް ފޮނުވީމަ ގަބޫލް ކުރެވުނީ.. މިބުނިހެން މުޅިން ވެސް ބިޓްރޭޔަލްއާއި ފޭސް ކުރަން ޖެހިފަ ހުރީމަ.. އަނެއްކާ އެވަގުތު އަރީފް އެދިން ސިޓީއަކީ އިޔާން ލިޔުނު އެއްޗެއްކަމަށް މަހުދީ ބުނީ.. އޭރު ނޭނގޭ އަރީފް އެކްސްޗޭންޖް ކުރިކަމެއް… އެކަމާއި މުޅިން ސަކަރާތްވެގެން އެގެޔަށް ދެވުނީ .. އެފަހުން ސަލާމަތްވެގެން މިކޮޅަށް އައިސް ދިމާވުމުން އިޔާން އެދުނީ ވާހަކަ ދެއްކުމަށް ޗާންސްއަކަށް.. އެކަމަކު އެހާ ވަރަށް ބްރޯކްވެފަ ހުރީމަ އިޔާން ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދިނިން.. ދެފައިގަ ހިފާފަ ވެސް އިޔާ އާދޭސް ކުރި ޗާންސްއަކަށް.. އެކަމަކު ވެސް އަހަރެން ގަދަ ހަދާލީ.. ހިތައް ކޮށްފަ ހުރި އަސަރުން އެހެން ހެދުނީ .. ބާރތްޑޭގަ ދެން އެ ފޮޓޯއާއި އެކު އަހަރެން ކާރުތެރެއަށް ދޫކޮށްލާފަ އޭނާ ދިޔައީ.. ކުރިން ވެސް އެގޮތް އޮތެންނު.. މިސާލަކަށް އަހަރެން ކިތަންމެ ގަދަ ހެދިނަމަވެސް އިޔާ އަށް ހަމަ ވާޙަކަ ދެއްކޭނެ އެންނު.. އަހަންނަށް ހުރިހާ ކަމެއް އެނގުނީމަ ނުކުތިން ވާރޭގެ ތެރެއަށް… އިޔާ އާއި ބައްދަލް ކުރަން .. އެކަމަކު ފެނުނީ ޒޯޔާއާއި އެކު.. އަހަރެން ދޫކޮށްލާފަ ދިޔަތާ ތިރީސް މިނެޓް ވެސް ނުވެއޭ އިރޫ.. “ ހިތް ކުދިކުދިވެފައިވާ ފަދައަކުން އަމީރާ ރޮމުންދިޔައެވެ. އިރަމްގެ ކޮނޑުގައި ބޯ އަޅާއިގެން އޮވެ ހިތް ފުރެންދެން ރޯލިއެވެ. އިރަމް އޭނާގެ ބޮލުގައި ފިރުމަމުން، ހިތްވަރު ދެމުން ދިޔައިރުވެސް، އަމީރާގެ ޝަކުވާތަކަށް ހުއްޓުމެއް ނައެވެ. އިޔާންއާއި މެދު ހިތުގައިވާހާ ޝަކުވާއެއް އޭނާ ބޭރުކޮށްލަމުން ދިޔައެވެ.
”ހުރިހާ ކަމަކާއި މީގެފަހުން އެކަނި ކުރިމަތިލާކަށް ދާކަށް ނުޖެހޭނެ..އަހަރެން މިހުރީނު.. އިރެއްގަ އެމީހުންނަށް އެހެން ހެދުނަސް މިހާރު ލާހިކެއް ނޫން.. ޒަންޔާ އެބުނި ހެން މާކިން ހޯދަން އެމީ ދާކަށް އަހަންނަކަށްވެސް ނުފެނޭ.. ޖިނާންގެ އަތާއި ހިސާބަށް އެމީ ގޮސްފިނަމަ، އޭނަ އެބުނާހެން މާކިން އެވީ ގުރުބާނީގައި އަގެއް ނުހުންނާނެ.. ދެން ނޭނގޭ ޖަލެއްގައި ނޫންކަމެއް ބަހައްޓާނީ“ އަމީރާ ހުއްޓުނީ އިރަމްގެ ފަރާތުން ހިތްވަރުދިނުމުގެ އެތައް ބަހެއް އިއްވާލަ ދިން ފަހުންނެވެ. މާ ބޮޑަ ރޮވުމުން، ވަރުބަލިވީ ކަންނޭގެއެވެ. އެނދުމަތީގައި ބާއްވާލަ ދިނުމުން މާގިނައިރެއް ނުވެ އަމީރާއަށް ނިދިއްޖެއެވެ. ގައިމަތީގައި ކްއިލްޓްއަޅާލަ ދިނުމަށްފަހު، އަމީރާގެ ނިތްކުރިއަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިތައް އިރަމް އެއްފަޜާތް ކޮށްލިއެވެ.
އިރަމް ހެޑްބޯޑަށް ލައްވެލިއެވެ. އަމީރާގެ މޫނަށް އޭނާ ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެ އަންހެންކުއްޖާގެ ހާލަތުގެ ސަބަބުން އޭނާގެ ހިތައްވެސް އިންތިހާއަށް އުނދަގޫ ކުރަމުންދިޔައެވެ. އަމީރާ ހާދަ ހިތްވަރުގަދައެވެ. އެއް އުމުރެއް ކަމުގައި ވީނަމަވެސް އެފަދަ ބޮޑެތި ކަންތައް ތަހައްމަލް ކުރަން ޖެހިއްޖެ ނަމަ އިރަމް ދުނިޔޭގައިވެސް ހުންނާނެ ކަމެއް ނޭނގެއެވެ. އެކުވެރިވެވި މިވީ މުއްދަތުގެ ތެރޭގައި އަމީރާއަކީ އިރަމްއަށް ނުހަނު މުހިއްމު ފުރާނައެކެވެ. އެންމެ ގާތް އެކުވެރިއާއަށް ވެފައި ވީއިރު، ކޮންމެ އުފަލެއްގައިވެސް، އޭނާއާއި އެކުގައި ވުމަށް ބޭނުންވެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިރަމް ވެސް އަމީޜާގެ މަގަތުގައި އޮށޯވެލީ ނިދާލެވޭތޯއެވެ.
****
ބެލްކޮނީގެ ސޯފާގައި އިޔާން އިށީންދެލައިގެން އިރު އެ މޫނުމަތިން އެއްވެސް ދިރުމެއް ނުވެއެވެ. މަރުވެފައިވާ މައްޔިތެއް ފަދައެވެ. މުޅި ހަށިގަނޑަށް ވަރުބަލިކަން ގަދަވެފައި ވާއިރު، އޭނާގެ ދެލޮލުން ފެންނަނީ ނުނިދާހުރުމުން އެކަމުގެ އަސަރުތަކެވެ. ދެލޯ އެހާ ރަތެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުން ބައެއް ނިތްމައްޗަށް ފައިބާފައި އޮތެވެ. އަތުގައި އޮތް ސިނގިރޭޓް ފިލްޓާރ، ކޮފީ މޭޒުގެ މަތީގައި ހުރި އަޅިކެނޑީގެ ތެރެއަށް ލުމަށްފަހު އާ އެއްޗެއް ނަގައި ރޯކޮށްލިއެވެ. އަޅިކެނޑިއާއި މޭޒުމަތީގެ އެކި ހިސާބުތަކުގައި އެތައް ފިލްޓަރެއް އެގޮތްމިގޮތައް ވިހުރިފައި ހުއްޓެވެ. ރެއިން ސުރެން އޭނާ އިނީ އެތަނުގައެވެ. ހަލަބޮލިވެފައިވާ ސިކުނޑިއަށް އަރާމެއް ލިބޭތޯ އިންނަމަވެސް އެކަމަކަށް އަލިމަގެއް ލިބުނު ކަމުގެ އަސަރެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.
”އަމް ސޮރީ..“ ދެ ލަފްޒު ބުނެވުނީ ހިތާއި ހިތުންނެވެ. އަމިއްލަ ކުށްވެރިކަން އިޙްސާސް ވާ ނަމަވެސް، ލަފްޒްތައް އަމީރާގެ ކުރިމަތީގައި ހުރެ ބުނާނެ ހިތްވަރެއް އެނާގެ ނެތެވެ. އެތަނުގައި އިނުމަށްފަހު އެންމެ ފަހުން އިޔާން ތެދުވީ، ގަޑިން އަށެއް ޖެހުމާއި ގާތްވުމުނެނެވެ. އޭރު ރީއާ ހޭލައިގެން މާކުރިން ވަނީ މަޖުދާއާއި އެކު ގޮހެވެ.
ނުނިދާ ހުރުމުގެ ސަބަބުން ބޮލުގައި ގަދަ ރިހުމެއް އުފެދިފައިވާތީ ، އޮފީހަށް ސަލާމް ބުނެލިއެވެ. ކޮންމެސް ވަރަކަށް ނިދާލެވޭތޯ، ހިތްވަރެއް ނެތް މީހެއް ފަދައިން އެނދުގައި ޖައްސާލީއެވެ. ނަމަވެސް އިތުރު ގަޑިއިރެއް ފާއިތްވިއިރުވެސް ނިދޭގޮތެއް ނުވިއެވެ. ސިކުނޑީގައި ގުގުމަމުންދިޔަ ހަނދާންތަކުގެ ސަބަބުން ނިދުމަށް ހުރަސް އަޅަނީއެވެ. ބޮލުގައިވީ ރިހުން އިތުރުވެ، ނުތަނަވަސްކަން އޭނާގެ މުޅި ހަށިގަނޑުގައި ވަނީ ހިފާލާފައެވެ. އެންމެ ފަހުން އެނދުން ތެދުވެ ސައިޑް ޓޭބަލް ހުޅުވާ ބޭސް ގުޅައެއް ދިރުވާލިއެވެ.
”އާހްހްހް.. ޑޭމްއިޓް“ ބޮލުގެ ތެރެއަށް ދެއަތް މަހާލައިގެން އިންދާ ދެލޮލުގެ މިޔަކަން ތެމުނެވެ. ބޭރުން ރީއާގެ އަޑު އިވުމުން މޫނު ފުހެލަމުން، އިޔާން އެންމެފަހުން އެނދުން ތެދުވެލިއެވެ. އެހެން ހުއްޓާ ދަރިފުޅަށް ފެންނަން ބޭނުން ނުވިއެވެ. ކިތަންމެ ކުޑަނަވެސް ރީއާ އަކީ ވިސްނުން ތޫނު ކުއްޖެކެވެ. ކަންކަން ނަގައި ގަންނަލެއް ނުހަނު އަވަހެވެ.
”މިއަދު ހުރިހާ ކުދިން އެއްފަހާރާ އޭ ދޯ މި ގެއްލުނީ ވެސް.. ކުޑޫ ބުނި ކްލާސް ނިމޭހާ އަވަހަކަށް ޖޮއިން ޥާނަމޭ“ އަމީރާގެ އަޑު އިވުމުން އިޔާންގެ ހިތައް އެނގުން ވެލައިފިއެވެ. ހިއްމިއަކަށް ދޮރު ހުޅުވާލައިގެން އޭނާ ބަލައިލިއެވެ. އޭރު ރީއާ ސޯފާގައި އިނެވެ. ޓިވީ އިން ކާޓޫން އެޅުވުމަށްފަހު އަމީރާވެސް ރީއާގެ މަގަތުގައި އިށީންދެލިއެވެ. ކާޓުންއަށް ގެއްލިފައި ތިބެ ދެއަންހެން ކުދިން ދިޔައީ ތައްޓަކަށް އަޅާފައި ހުރި ކުދި ޕޭން ކޭކްތަކެއް ލަސްލަހުން ކަމުންނެވެ. މަޖާ ތަންކޮޅެއް ފެނުމުން ހީގަނެފައި އެކަކު އަނެއްކަކުގެ ގައިގާ ބައްދާލައެވެ.
ދޮރު ކަނީގައި އަތްވިދެލައިގެން ހުރެ އެ މަންޒަރު ދެކެން އިޔާން ހުއްޓެވެ. ހިތައް އެހާ ތަދުވެފައި ހުއްޓާ ވެސް ދެއަންހެންދިންގެ ހަރަކާތްތައް ފެނި މެޔަށް ފިނިވެލިއެވެ. އެހާ ބޮޑަށް އަމީރާ ދެރަ ކޮށްލި އިރު ވެސް ރީއާއާއި މެދު ކުޑަވެސް ބުރަކަމެއް ނުބާއްވައެވެ. ރީއާދެކެ އަމީރާ އެވާ ލޯބި އެދެލޮލުން ފެނެއެވެ.
”ދައްތި މިގެއަށް އާދެބަ ކޮއްކި މަންމިއަށް ވެގެން“ ކާޓޫނަށް ގެއްލިފައި އިންދާ އަމީރާއަށް ސިހުން ގެނުވީ ރީއާގެ ޖުމްލައިންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ ރީއާގެ މޫނަށް ބަލައިލިއެވެ.
”ކީކޭ ބޭބީ؟“
”ކޮއްކި މަންމިއަށް ވެބަ ދައްތީ..“ ރީއާ މައުސޫމް ކަމާއިއެކު ތަކުރާރްލިއެވެ.
”އޭލުން ކޮންމެ ދުހުކުވެސް އެއްކޮން ކާލާނީ ވެސް.. ސްލީޕް ކޮއްލާނީ ވެސް..“ އަމީރާގެ ގައިގާ ރީއާ ބައްދާލިއެވެ. އަމީރާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެހާ ތުއްތު ކުއްޖަކު އެ އެދުނީ ހާދަ ބޮޑުކަމަކަށެވެ. އަމީރާ ހަނދާން ވީ ކުރިން އެދުވަހަކުވެސް ރީއާ ބުނެލި ޖުމްލައެވެ. އެދުވަހު ބުނީ އެއްކޮން އެގެޔަށް އައުމަށް އެދިއެވެ. އަމީރާ ހިނިތުންވެލަމުން ރީއާގެ ކކޮލުގައި ކުޑަގޮތަކަށް ހިފާލިއެވެ.
”ދައްތި ޔެސް ބުނެބަ“ އަމިރާ އެއްޗެއް ބުނަން އުޅުނު ހިނދު މުޅި ގެއިން ކަރަންޓް ކެނޑުނެވެ. އެއާއި އެކު ރިއާ ބިރުން ތެޅިގަނެފައި އަމީރާގެ ގައިގާ ކުރިއަށް ވުރެން ބާރަށް ބައްދާލިއެވެ.
”ކޮއްކި ބިރު ގަންނަނީ“ ތުން ފިއްތާލަމުން ނިކަން ބާރަށް އޭނާ ރޯންފެށިއެވެ.
”އިޓްސް އޯކޭ ބޭބީ..އިޓްސް އޯކޭ.. ހީވަނީ ވިއްސާރަ ކަމުންހެން ކަރަންޓް އެ ކެނޑުނީ“ ކަރަންޓް ކެނޑުމާއި އެކު ވެރިވި ހަމަހިމޭންކަމުން ވާރޭ ވެހޭ އަޑު ސާފްކޮން އިވެމުން ދިޔައެވެ. އެހިސާބުން ދޮރާއި ހަމައަށް ވެސް އެ އަނދިރިކަމުގައި ދާން ނޭނގެއެވެ. ޖީބުން ފޯނު ނަގާ ދިއްލާލިއެވެ. އުއްބައްތިއެއް ފެނޭތޯ ތަންތަން ހާވާލުމުގެ ބޭނުމުގައި، ސޯފާގައި ރީއާ ބައިންދަން އުޅެ އުޅެ ކާމިޔާބެއް ނުވިއެވެ.
”ދޫނީ އިޓްސް އޯކޭއޭ.. މިއުޅެނީ ކޭންޑްލް ކޮޅެއް ފެނޭތޯ…އިނގޭތަ ބައްޕި ކޭންޑްލް ލާ ތަންތަން؟“ ވަރަށް މަސައްކަތުން ރީއާ ސޯފާގައި ބޭންދޭވަރު ވިއެވެ. އަމީރާ ޓީވީ ރެކް ގެ އެކި ވަތްގަނޑުތައް ހާވަން ފެށިއެވެ. އެއްވެސް ތާކުން އުއްބައްތިއެއް ނުފެނެއެވެ. އެހެން ހުއްޓާ ފަހަތުން ފިޔަޅެއްގެ އަޑު އިވިގެން އެނބުރިލިއެވެ.
”ހިޔާރ“ އިޔާންގެ އަޑު އިވުމުން ދެ އަންހެން ކުދިން ދިޔައީ ސިއްސައިގެންނެވެ. ތޫލި އަޑަކުން އަމީރާއަށް ހަޅޭއްލަވައި ގަނެވުނު ހިނދު ރީއާ ވަރަށް ބާރަށް ރޯން ފެށިއެވެ. ފިޔަވަޅު އަޑެއް ވެސް ނީއްވާ އިޔާން އައުމުން ވާނީވެސް އެހެންތާއެވެ. އަމީރާއަށް ރީއާ ނަގައި އުރާލެވުނު ގޮތް ވެސް ނޭނގެއެވެ.
”އިޓްސް ބޭބީ..އޫމްމް..އޫމްމް“ ދެފަރާތައް އެކުއްޖާ ގޮވައިގެން އަމީރާ ހިނގަމުން ދިޔައިރު، އިޔާން އައިސް އުރާލަން އުޅުމުން ރީއާ ނުދިޔައެވެ. ހީވީ އިޔާންދެކެ ރުޅި އައިސް ހުރިހެންނެވެ. ކައިރިވުމުން ކުރިއަށް ވުރެން ބާރަށް ރޯންފަށާފައި އަތްއެއްލީއެވެ. އިޔާންދެކެ ހިތްހަމަ ނުޖެހިފައި ހުއްޓާ ވެސް އަމީރާއަށް ހެވުނުވެ.
”ސޮރީއޭ. ދޫނި.. ބައްޕިއަށް ނޭނގުނީ.. ލެޓް މީ ފިކްސް ދިސް“އިޔާން ކުޑަކޮން ހިނިއައިސް ހުރެ ގެނައި އުއްބައްތިތައް ރޯކުރަން ފެށިއެވެ. މުޅި ލިވިންގް ރޫމް ހުޅުދާންވުމުން އަމީރާގެ ކޮނޑުން ރީއާ ބޯ ހިއްލާލިއެވެ.
”ސީ.. ބިއުޓިފުލް ރައިޓް؟“ އުއްބައްތި ތަކާއި ގާތްވެލަމުން އަމީރާ އުޅުނީ ރީއާ ހެއްވާލެވޭތޮއެވެ. ރުއިން ހުއްޓާލާފައި އިން ނަމަވެސް އޭރުވެސް އިޔާންދެކެ އައި ރުޅިގައި ރީއާ އިނީ ތުންދަމައި ގެންނެވެ.
”ކޭންޑްލް ލައިޓްގަ ކުލަ ޖައްސަން ބޭނުން ތަ؟“ އަމީރާ އަހާލިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ރީއާ ބޯޖަހައިލިއެވެ.
އިޔާން ކޮޓަރިއަށް ވަދެ އައީ ރީއާ ކުރެހުމަށް ބޭނުންވާނެ ސާމާނުކޮޅެއް ހިފައިގެންނެވެ. އެ ސާމާނުތައް ފެނިގެން އަމީރާގެ އުނގުން ފައިބައިގެން ގޮސް އިށީންދެލި ސޯފާގައެވެ. ރީއާއިން ސޯފާގެ ކުރި މައްޗަށް ހުރި ސޯފާގައި އަމީރާ އިށިންދެލިއެވެ.
”ބޭބީ ރީތިކޮން ޖައްސާލައްޗޭ.. ލައިންގެ އެތެރޭގަ ވާ-“ ރީއާއަށް ހުރިހާ ސަމާލުކަމެއް ދީގެން އިންދާ ވެސް އަމީރާ ސިހުނީ އިޔާން، އޭނާގެ މަގަތުގައި އިށީންދެ ފަހަތުން އުނަގަނޑުގައި އަތް އަޅުވާލުމުންނެވެ. ސިހިފައި އިސްއުފުލާލި އިރު ކަޅި ޖަހާނުލާ އޭނާގެ މޫނަށް އިޔާން ބަލަހައްޓައިގެން އިނެވެ. ރީއާގެ ކުރިމަތީގައި އެފަދަ ކަމެއް އިޔާން ކޮށްލުމުން އަމީރާ ތެޅިގަނެފައި އެއަތް ދުރުކޮށްލިއެވެ. އެހެންނޫނަސް އިޔާން އެކަން އެކުރީ ކޮން މާނަ އެއްގައި ހެއްޔެވެ. ޒޯޔާގެ މަތިން އަނެއްކާ ފޫހިވީބާއެވެ. ނޫނީ ޒޯޔާއާއި ރުޅި ހަދާލައިގެން އުޅޭ ދުވަހަކީ ބާއެވެ. އެހެންނޫނީ އޭނާ ދެރަކޮށްލަން ހިތުލައިގެން ހުރީ ހެއްޔެވެ. ކޮންމެއަކަށް އިޔާންގެ އެ ބީހިލުމުން އަމީރާއަށް ވެގެންދިޔައީ ނުބައި އުނދަގުލެކެވެ.
”ވަޓް؟“ދެވަނަ ފަހަރަށް އިޔާން އޭނާގެ އުނަގަނޑުގައި އަތްއަޅުވާލުމުން އަމީރާގެ އަނގައިން ނުކުތެވެ.
”ކަމް ވިތް މީ.. އޯރ އެލްސް އައިލް ކިސް ޔޫ ރައިޓް ހިޔާރ“ އިޔާންގެ ޖުމްލަ އިވި އަމީރާގެ އަނގަހުޅުވުނެވެ.
”އާރ ޔޫ ކްރޭޒީ؟ ހައު ކުޑް އައި ލީވް ހާރ.. އަނދިރިކަން ދެކެ އެ ކުއްޖާ ބިރުގަންނަ ވަރު ނޭނގެނީތަ؟ އެހެންނޫނަސް އަހަރެމެން ދެމީހުން ދައްކާނެ އިތުރުވާހަކައެއް ނެތް.. މަ ކީއްކުރަންތަ އިޔާންއާއި އެއްކޮން ދާންވީ“
”ކެންޔޫ ޖަސްޓް ޝަޓް އަޕް އެންޑް ކަމް؟ ރީއްކޮ ބިރުގަންނަނީ އެއްކޮން އަނދިރިވީމަ.. އުއްބައްތި އަލިކަމުގައި އިނދެފާނެ ކިތަންމެ އިރެއް ވަންދެން ވެސް.. އޭޒް ޔޫ ނޯ، ޝީ ލަވްސް ކޭންޑްލް ލައިޓް“
”އަހަރެމެން ދެމީހުން ދައްކާނެ އިތުރު ޥާހަކައެއް ނެތެކޭ ނޫންތަ މިބުނީ.. ބީރުވެސް ވީތަ؟ ކޮބާތަ ޒޯޔާ؟ އޭނަގެ ގާތައް ދިޔައީމަ ވީނު!“ ހަރުކަށިކަމާއި އެކު ބުނެލި ނަމަވެސް އަމިޜާގެ އަޑުމަޑެވެ. ރީއާއަށް ދެމީހުން ދެބަސްވާ އަޑު އިއްވާކަށް ބޭނުމެއް ނޫނެވެ.
”ކައުންޓިން ތްރީ.. ނުގޮސްފިއްޔާ މިތާގަ ބާއްވާފަ ކުރާކަމެއް ކުރާނީ.. ތްރީ .. ޓޫ“ އިޔާން ބެލީ ބިރު ގަންނުވާލައިގެން ވެސް އަމީރާއާއި ވާހަކަ ދައްކާލެވޭނެ ފަދަ ގޮތެއް ވޭތޯއެވެ. އަމީރާ ބިރުގަތީ ކަންނޭގެއެވެ. އިންތަނުން ތެދުވެއްޖެއެވެ. އިޔާންއާއި ދިމާ ބަލައިލަމުން ލޯ އަޅާލިއެވެ. ނަމަވެސް އިޔާންގެ ފަހަތުން ދިޔުމުގެ ބަދަލްގައި އޭނާގެ މިސްރާބް ހުރީ ބޭރު ދޮރަށެވެ.
”ސީރިއަސްލީ؟ އިޒް ޝީ ޓެސްޓިންގ މައި ޕޭޝަންސް؟“ އެއްމިޔަ ކަނުން ހީލައިގެން ހުރެ އިޔާން ދިޔަ ބާރުމިނުގައި އަމީރާގެ ހިމަ އުނަގަނޑުގައި ހިފާ އުރާލިއެވެ.
“އިޔާން“ އަމީރާ ދެލޯ ބޮޑު ކޮށްލައިގެން ހުރެ ބަލައިލީ ރީއާ ކޮބައިތޯއެވެ. ރީއާ ފޯރީގައި ކުރަހަމުން ދިޔަތަން ފެނި ހިތްހަމަ ޖެހުނު ނަމަވެސް އިޔާން އެފަދަ ގޮތައް އޭނާ އުރުމުން ރުޅި އަންނަގޮތްވިއެވެ. ފައިބަންވެގެން ގަދަ ހަދަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ނާޒުކު ކަމުން އެފަދަކަމަކަށް ތަނެއް ނުދިނެވެ. އިޔާންގެ ބާރު އަންދާޒާ ކޮށްލެވުނު މާޔޫސްކަމާއި ސަލާމަތް ވުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލިއެވެ.
***
(ނުނިމޭ)


Comments (6)
Yoaummmsays:
ޑިސެމްބަރ 6, 2025 at 14:00V roefin mi part kiyaafa
Varah salhi
Malhersays:
ޑިސެމްބަރ 6, 2025 at 14:28Ahhhh
😒
Konthaakah thinninmaalii
V reethi mi bai
Ves
Hama heevany miga therei ulhevey hen
Varah furihama
Ameera. Ves dhen goi dhoo kuran fennany
Lam’says:
ޑިސެމްބަރ 6, 2025 at 16:45Voooo
Varah reethi
Just make things right wmy and iya
Eyrun dhen reethi vaaany
Kobatha mark alhe😭😭🤍🤍
Anonymoussays:
ޑިސެމްބަރ 6, 2025 at 22:33Anehkkaa aneh week madu kuran dhw jeheynee next episode ahh…. Can’t wait for the next episode… Varah kiyaa hithun indha e nimunee 😭😭
Na.ellsays:
ޑިސެމްބަރ 7, 2025 at 10:21Ehaa kiyaa hithun indha e nimuny😭😭
Can’t wait dhn in ep kiyan
Finallyy zan and amy meet viyyey dhw
Kihinehbaa dhn vaany iyaan and amy ah
Vrh avahah dhn in ep ves kiyaalan libeyne kamah mi balany
Vrh reethi mi part ves Masha Allah ❤️🤩
Huxeiisays:
ޑިސެމްބަރ 7, 2025 at 10:26I have no words
V reethi mi mi epp ves
Dhekudhin goi dhoo kuran ulhey dhen bas ahaagen
Eyrun dhen emee ge parents ves hoadheyny
Cant wait for the next epppp🥰❤️🩹