ކާރާއި ހިސާބުން އިޔާންގެ އަތް އަމީރާ ފޮޅުވާލީ ދެލޮލުން ކަރުނަތައް އޮހިގަތުމުންނެވެ. ކުރަމުން ދިޔަ ހިތްވަރު ނެތިގެން ދިޔައީއެވެ. ފަސް އެނބުރުނީ އެއިން އެންމެ ތިއްކެއް ވެސް އޭނާއަށް ދައްކާ ހިތް ނެތީމައެވެ.
”ކާރަށް އަރާ “ އިޔާންގެ ހަރުކަށި އަޑު އިވުމުން އިތުރަށް ކެތްކުރަން އުނދަގޫ ވިއެވެ. އިތުރު އެއްޗެއް ބުނުމުގެ ކުރިން އަމީރާ ފަހަތު ސީޓުގެ ދޮރު ހުޅުވާލާފައި އެރިއެވެ. ސިހުމެއް ލިބުނީ އޭނާގެ ފަސް ފަހަތުން އިޔާން ވެސް ފަހަތު ސީޓަށް އެރީމައެވެ. އިޔާންއަށް ފެނުމުގެ ކުރިން މޫނު ފުހެލަން އުޅުނު ނަމަވެސް ހުއްޓެން ޖެހުނީ އެއަތުގައި ހިފާ ގާތައް ދަމާލުމުންނެވެ. މިފަހަރު އަމީރާ ގަދަ ހަދާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެއަށްވުރެން ބޮޑަށް ހިތައް ވަނީ އަސަރުކޮށްފައެވެ.
****
”އެމީ.. އަމް ސޮރީ އައި ވޯޒް ޓޫ ޙާރޝް އާލިއާރ“ އަޑު ނީއްވާ، ތުން ފިއްތާލައިގެން އިނދެ އަމީރާ ރޮމުން ދިޔަގޮތުން އިޔާންގެ ހިތައް އަސަރު ކުރިއެވެ. އެއީ އޭނާއަށް ބަލަން ކުޅަދާނަ މަންޒަރެއް ނޫނެވެ. ތުންފަތުގައި ދައިގަނެގެން އިނދެ، ދެލޯ ފުހެމުން ދިޔަ ނަމަވެސް ކަރުނުތައް ނުހުއްޓެއެވެ. އެ މަންޒަރު ފެނި އިޔާންގެ ހިތައް ތޫނު އިޙްސާސެއް ކުރެވިގެން ދިޔައީ ނުހަނު ބޮޑަށެވެ.
”ޓޯކް ޓް މީ އެމީ“
އަމީރާގެ މޫނުގެ ދެފަރާތުން އިޔާން ހިފާލިއެވެ. އޭނާގެ ހަރަކާތުން އަމީރާ ކެތްކުރަމުން ދަނިކޮން އަޑުބޭރުވާން ފެށިއެވެ. ކާރުގެ ތެރޭގައިވީ މަޑު ހިމޭން ގިސްލުމެއްގެ އަޑެވެ. ހިތައް ކޮށްފައިވާ އަސަރު ދުލުން ހާމަ ނުކުރިނަމަވެސް އެއިން ކޮންމެ ތިކިތަކެއް ދިޔައީ ބުނެދެމުން ކަހަލައެވެ.
”ކެން ޔޫ ޓޯކް؟“
”އައި ކޭންޓް!.. އިޔާން އައި ވޮނަ ގޯ ހޯމް!“ ރިހުމް އެކުލެވޭ އަޑަކުން އަމީރާ އެދުނެވެ. ހިތްދަތިކަމާއި އެއްވަރަށް މާޔޫސްކަމުގެ އެންމެ ފުން އަސަރް އޭނާގެ ތަބީއަތައް ނުހަނު ބޮޑަށް ކޮށްފިއެވެ. ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ. މިއަދު އެގޮތައް އައިސް އޭނާގެ މޫނުގައި ދެއަތް އަޅުވާލައިގެން އެއިނީ ކޮން ހައިސިއްޔަތަކުން ބާވެއޭ ހިތާއި ސުވާލް ކޮށްލެވުނެވެ. އެ އަޅާލުން އަމީރާ ބޭނުންވީ އެގޮތަކަށް ނޫނެވެ. އިޔާންގެ އަތް ދުރުކޮށްލަން މަސައްކަތް ކުރި ހިނދު އޭނާގެ ބާރު އިޙްސާސްވެ އެކަން ވާގޮތެއް ނުވިއެވެ. ހިތާމައިގެ މައްޗަށް ރުޅި ކުރި ހޯދިއެވެ. އިޔާން ފޯނުން ވާހަކަ ދެއްކި މަޑުމައިތިރި ގޮތްފެނި އެ އިޙްސާސް ފުންވެގަތެވެ. އަދިވެސް އެވާހަކަ ތަފްސީލް ކޮށްދޭކަށް އިޔާން ނޫޅުނެވެ. އެހެންހުއްޓާ އަނެއްކާ ވެސް އިޔާންގެ ފޯނު ރިންގް ވެއްޖެއެވެ. ނުބަލަން އިނދެވެސް އަމީރާ ނަޒަރު އެދިމާލަށް ދަތުރުކޮށްފިއެވެ. އެހާ ބޮޑަށް ހިތުގައި ޖެހިފައި އިންދާ އަނެއްކާ ވެސް، ޒޯޔާގެ ނަން ފެނި ކަރުނައިގެ ކޯވަރެއް ބޮވުނެވެ.
”ހައު ކުޑް ޔޫ ޓޭކް ދެޓް ކޯލް ވެން އައި ވޯޒް ސްޓޭންޑިންގ ރައިޓް އިންފްރޮންޓް އޮފް ޔޫ.. ލައިކް އައި ޑިޑްންޓް މެޓާރ؟ “ އެ ޖުމްލަ ވީ އަމީރާގެ ހިތުގައެވެ. އިޔާންގެ ފޯނުން ސްޕީކަރަށް ނުލާ ހުރި ނަމަވެސް އަނެއްކޮޅުން ދައްކާ ވާހަކަ ސާފްކޮން އިވެން ހުއްޓެވެ.
”އަމްމް ކެން ވީ ގޯ ފޯރ އަ ޑިނާރ.. އެކަންތައް ޑިސްކަސް ކޮށްލަން“ ޒުވާން އަންހެން އަޑެކެވެ. އިޔާން ’ޔެސް‘ އޭ ބުނެ ފޯނު ކަނޑާލި ގޮތުން އަމީރާގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. އަމީރާއަށް ބަލަހައްޓައިގެން އިނދެވުނީ އިޔާން އެ ކަންތައް އޮޅުން ފިލުވާލަ ދޭތޯއެވެ. ނަމަވެސް އެކަހަލަ އިޝާރާތެއް މިފަހަރުވެސް ނުކުރިއެވެ. ކަމަކަށް ފަހު ކަމެކެވެ. އިޔާން ކުޜާ އެއްވެސް ކަމަކީ ބޮޑު ކަމެއް ނޫން ފަދައެވެ. އޭނާގެ ހިތް ވިރިގެން ދިޔަސް އަދިވެސް ވީ ކެތްކުރަން ހެއްޔެވެ.
”ދުރުން ހުރެފާނަންތަ! ތި އަތުން، ގައިން ތަންކޮޅެއްގަ ޖެހުނަސް އަންނަނީ ކެތް ނުކުރެވޭހާ ގަދަފަދަ ރުޅިއެއް.. ދެން..ދެން އަހަރެން މަސައްކަތް ކުރާނީ އިޔާންއާއި ދުރަށް ދާން.. އަހަރެންގެ ބޮލަށް އެންމެ ފަސޭހަވާނީ އިޔާން ވެސް..އި..އިޔާން ވެސް އެހެން..ކަމަކާއި އުޅުނީމަ.. އައި ޑޯންޓް ކެއާރ އެހެން މީހަކާއި މެރީ ކުރިޔަސް.. ޖަސްޓް ސްޓޮޕް މޭކިންގ އިޓް ސޯ ޑިފިކަލްޓް!.. އައި ޙޭޓް ޔޫ!.. އައި ރިއަލީ ހޭޓް ޔޫ!.. ބޭނުމީ ހިތައް ތަދުކުރާ ހުރިހާ ހަނދާން ތަކެއް ނައްތާލަން..“ ތުރުތުރު އަޅާމުން ދިޔަ ގޮތުން ވާހަކަ ވެސް ދެއްކުނީ އިންތިހާ ހިތްވަރުންނެވެ. އަމީރާ ބުނިހާ ވެސް އެއްޗެއް ބުނީ ހިތާއި ދެކޮޅަށެވެ. ހިތައް ކެތްނުވާ މިންވަރަށް ވޭން އިޙްސާސް ކުރެވެމުން ދިޔައިރު މެޔަށް ނުހަނު ބާރުވިއެވެ. ނަމަވެސް، އެއީ އޭނާއަށް ހެނދުނު އަނެއް ގޯހެވެ.
”ވަޓް؟ ކިތަންމެ ދެރަވިޔަސް ތިހެން ނުބުނޭ.. އަހަރެންގެ މޭގަ ވެސް މިވަނީ ހިތެއް.. އަހަންނަށް ވެސް ދެރަ ވާން އެނގެޔޭ އެމީ.. ކެ-“
”އަހަރެންގެ ބޯ ނުގޮއްވާ އިޔާން ހުރެފާނަން ތަ؟ “
އަމީރާގެ ރުންކުރު އަޑުން އިޔާންގެ ދެލޮލުގައި ބޮނޑިވެފައިވީ ކަރުނުތައް ހީވީ ދެންމެ ދެންމެ ފައިބާފާނެ ހެންނެވެ. ނަމަވެސް ކެތްތެރިވިއެވެ.
”އެމީ ޕްލީޒް.. އަހަރެން އެމީދެކެ މިވާ ލޯތްބާއި ސުވާލް ނުއުފައްދާ.. މިއީ ތެދުވެރި އިޙްސާސެއް.. އަހަރެންގެ މިދެލޮލުން ލޯބި ނުފެނޭތަ އެމީ؟ ހަމަ ގައިމުވެސް އެމީގެ މި ދެލޮލުން އަހަންނަށް ފެނޭ އަހަރެންދެކެ ލޯބިވާ ވަރު.. ތިކަހަލަ އެއްޗިހި ނުކިޔާ“
އިޔާން އަނެއްކާ ވެސް ހިފަހައްޓާލީ އަމީރާގެ މޫނުގައެވެ. ނަމަވެސް ކުއްލިއެއް ޖަހާލާފައި އަމީރާ ދުރުވެލިއެވެ.
”މިބުނީނު ބޭނުމީ ހަނދާން ނައްތާލާށޭ.. އަޑެއް ނީވޭތަ! .. މިބުނިހެން މަ އެންމެ ބޮލަށް ފަސޭހަ ވާނީ އިޔާން އާ ދިރިއުޅުމެއް ފެށިއްޔާ….އައި ހޭޓް ޔޫ އިޔާން ..އައި ހޭޓް. ޔޫހްހް!“ އަމީރާގެ ބާރު ހަޅޭކުގެ އަޑު ކާރުތެރޭގައި ގުގުމާލިއެވެ. އިޔާންގެ ދެލޮލުން ވެއްޓުނު ކަރުނު ތިއްކާއި އެކު އަމީރާއާއި ދުރަށް ޖެހިލިއެވެ. އަމީރާ މޫނުން ނަޒަރު ވަކިކޮށްލާފައި ފަސް އެނބުރުނު އިރު އެމޫނުން ފެނުނީ ހިތްތަދިކަމުގެ އެންމެ ފުންމާނައެވެ. އެހިތުގައި ނުރިއްސާ އެންމެ ތަންކޮޅެއް ވެސް ނުވެއެވެ. އެވަރުން ވެސް ކެތްތެރިވެވޭތޯ ބެލީ އަމީރާދެކެ ވާ ލޯތްބަށްޓަކާއެވެ. އަމީރާއާއި ހަމަ ދުރަށް ދާންވީ ހެއްޔެވެ. ގަބޫލް ކުރަން އުނދަގޫ ނަމަވެސް އެ ލޯބި އަލުން ލިބޭނެކަމާއި މެދު މިހާރު ޝައްކެވެ. ކުށަކާއި ނުލާއި މިލިބެނީ ކޮންފަދަ ހިތްދަތި ކަމެއް ތޯއެވެ. އެ ދެފައި ބުޑަށް ވެއްޓި ކުރި އާދޭހަށް ބީރު ކަންފަތެއް ދިން މީހަކު އަލުން އޭނާގެ ވާހަކަ އަހާނެ ހެއްޔެވެ. އެ ފަހުން މިވަގުތާއި ޖެހެންދެން ކުރި ހުރިހާ އާދޭހަކަށް ދެމުން ދިޔައީ ބީރު ކަންފަތެވެ. މިވަގުތު އިތުރަށް ސަލާމް ޖެހުމުގެ މާނައެއް އިޔާންއަކަށް ނުފެނުނެވެ. ހިތާއި ދެކޮޅަށް އޭނާ ގޮތެއް ނިންމިއެވެ. އަމީޜާ އެބުނި ގޮތައް އޭނާ ބޭނުންވީ ކަންތައް ކުރާށެވެ.
ހިތުގައި އަތް އަޅާފައިވާ އިޔާން ފުންނޭވާއެއް ދޫކޮށްލިއެވެ.
”އޯކޭ އަހަންނާއި ޥާހަކަ ނުދެއްކިއަސް.. އެކަމަކު މިއަދު މި ކާރުން ފޭބޭނީ މަ ދައްކާ ވާހަކަ އަޑުއަހާފަ.. އެއަށްފަހު އަހަންނާއި އަހަރެން..އަމީރާއާއި އަމީރާ“ ބިއްލޫރިގަނޑުން ބޭރު ބަލަން އަމީރާ ފެށިގޮތުން އިޔާން ވެސް ސީޓުގައި ލައްވެލިއެވެ.
”އެދުވަހު އަމީރާގެ އަތައް ދިނުމަށް އެދި މަހުދީއާއި މަ ހަވާލުކުރި ސިޓީއެއް ނޫން، އެދުވަހު އަރީފް ގެންގޮސް އަމީރާގެ ދިނީ.. “ އިޔާންގެ ޖުމްލައަކުން އަމީރާ ނުސިހެއެވެ. އަނެއްކާ ވެސް ހިތައް ވެރިވެގަތީ ރުޅިއެކެވެ. އެއިންގޮތައް އިނދެ އިޔާންގެ މޫނަށް ރުޅިވެރިކަމާއި އެކު ބަލައިލެވުނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި ހިނދު އިޔާން އަތް ހިއްލާލިއެވެ.
”އަޑު އަހާ ފުރަތަމަ!.. މިއީ އެދުވަހު ލިއެ ނިންމާފަ މަހުދީއާއި ހަވާލު ކުރުމުގެ ކުރިން މަ ނެގިން ފޮޓޯއެއް.. އެއްޗެއް ހިތައް އަރައިގެން ވަކި ކަމެއް ވާނެކަން ކުރިން އެނގިގެންނެއް ނޫން.. އެކަމަކު އެ ވެސް ސްވީޓް މެމޮރީއަކަށް ވާނެއޭ ހިތާ އޭގެ ފޮޓޯއެއް ނެގީ.. ދެން އެކަމަކު ނަސީބެއް މިކަން ވެސް ކުރެވިފަ އޮތްކަން .. ހިތައް އަރާފާނެ ކިއްވެހޭ ކުރިން މި ނުދެއްކީ.. އަމީރާ މިކޮޅަށް އައުމުގެ ކުރިން އަހަންނަށް ދާން ޖެހުނު އޮޕަރޭޝަނެއްގެ ތެރޭގަ، އޭރު ގެންގުޅުނު ފޯނު ހަލާކުވީ.. ކުރިން މަހުދީއަށް މި ފޮނުވާފަ އިންނާނީ އޭރު ކަންތައް ވެގެން ދިޔަ ގޮތުން.. އޭނާގެ ފަރާތުން މިއަދު މި ލިބުނީ.. ނައު ޗެކް އިޓް ޔުއާރ ސެލްފް“ އިޔާން ފޯނުން އަމީރާގެ ފޯނަށް ފޮޓޯއެއް ފޮނުވާލިއެވެ. އަމީރާ އިނީ ނުބަލަން ހިތުލައިގެން ކަހަލައެވެ. ފޯނު ހުޅުވާލުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތެވެ. އިޔާންއަށް ތުންފަތް ހަފާލެވުނެވެ.
”ކިޔާ ނިމޭ ހާއިރު ވީމަ، އިތުބާރު ހިފޭ ވަރުގެ މީހަކު ފޮނުވާނަން ގެއަށް ގެންގޮސްދޭން“ އިރުކޮޅަކު އެގޮތުގައި އިނދެފައި އިޔާން ކާރުން ފައިބައިގެން ދިޔައެވެ. ބަލާލާފައި ވެސް އަމީރާ އެއްޗެއް ނުބުނެ އިންގޮތައް އިނެވެ. ދަމުން ދިޔައީ ޑްރައިވަރު ސީޓާއި ޖެހިގެން އިން ސީޓުގައި އޮތް ވިއްސާރަ ކޯޓެއް ނަގައިގެންނެވެ. އޭރު ވެސް ތުނިކޮން ވާރޭ ވެހެމުން ދިޔައެވެ.
އިޔާން ލޯމަތިން ގެއްލުނު ފަހުން އަމީރާގެ އަތް ހަރަކާތް ކޮށްލިއެވެ. ފޯނު ހުޅުވާލަމުން އިޔާންގެ ފޮނުވާފައި އޮތް ފޮޓޯ ބަލަން އަވަސް ނަޒަރެއް ދިނެވެ. ނޭނގޭ ބާރު މިނެއްގައި ހިތް ތެޅިގަތް އިރު ކުށެއް ކުރެވިއްޖެކަމުގެ އިޙްޝާސް ކުރެވެމުން ދިޔައީ އާދަޔާއި ހިލާފަށެވެ. ފުރަތަމަ ވެސް އޮތީ އަމީރާގެ ގާތުން މާފަށް އެދިފައެވެ.
”އަމް ސޮރީ އެމީ.. ސަމްތިންގ ރިއަލީ އަންއެކްސްޕެކްޓެޑް ހެޕެންޑް.. އުއްމީދު ކުރަން މިހަބަރު ލިބުމުން އަހަންނާއި ވަކި ނުވާނެކަމަށް.. ސިޓިލް ކޭންޓް ބިލީވް އިޓް އެމީ.. މިއަދު އަހަރެންގެ ދަރިއަކު ހުންނަކަން އެނގިއްޖެ.. ހިތައް ވެސް ނާރާ ހުއްޓަ.. ކޮންމެ ގޮތަކަށް މާޒީގައި ވެފައި އޮތް ނަމަވެސް އަމިއްލަ ލޭ ހިނގާ ތުއްތު ފުރާނައިގެ ހަބަރު ލިބުމުން ހީވީ ދުނިޔޭގަ ހުރިހާ އުފަލެއް ލިބިއްޖެ ހެން .. މަދީ ހަމައެކަނި އެމީ….“ ދިމާވުމުން ހުރިހާ ކަމެއް އަދި ތަފްސީލްކޮން ކިޔައިދޭނެ ކަމުގައި ބުނެފައި، ކުރީގެ އަންހެނުން ޔަނާލްގެ ވާހަކަ ކުރުގޮތަކަށް ބުނެދީފައި އޮތެވެ. ތަފްސީލާއި އެކު ނާޔާއާއި ދެމެދުގައި އެރޭ ފޯނުން ދެކެވުނު ވާހަކަތައް ވެސް އިޔާން އޭގައި ބަޔާން ކޮށްދީފައި ހުއްޓެވެ. ރީއާގެ ހަބަރު އެރޭ ލިބުނު ގޮތެވެ. އެ ފޯނު ކޯލާއި އެކު ދެވަނަ ވިސްނުމަކަށް ނުގޮސް ރާއްޖެ އަންނަން ޖެހުނު ގޮތެވެ. އަދި އެހުރިހާ ކަމެއްގައި މަހުދީގެ އެހީތެރިކަން ލިބުނު ގޮތެވެ. އެރެއިން އެރެއަށް އިޔާންއާއި އެކު އަމީރާ ގެނައުމަށް ޓިކެޓް ނަގަން އުޅުނު ނަމަވެސް، ޓިކެޓް ނުލިބުނު ވާހަކައެވެ. އަދި މަހުދީ އާއި ނަވާޒް އާއި އެކު ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމާއި، ރާއްޖެ އައިސް އިޔާންއާއި ގާތައް އަމީރާ ގެނެސް ދެވެންދެން މަހުދީ ބަލާދޭނެ ކަމަށާއި އެހުރިހާ ވާހަކައެއް ސިޓީއަކުން ބުނެދޭން ޖެހުނީ ބައްދަލް ކުރަން ދިޔައިރު އަމީރާއަށް ނިދިފައި އޮތުމުން ކަމަށް ބުނެފައި އޮތެވެ. އަދި އެއާރޕޯޓަށް ދާންޖެހޭ ވަގުތު ކުޑަތަން ވެފައި ހުރުމުން އިތުރު ގޮތެއް ނެތިގެން ނުގޮވާ ދިޔަ ވާހަކަ ވެސް މެއެވެ. ޜާއްޖޭގައި އިޔާން ބޭނުން ކުރާ ފޯނު ނަމްބަރާއި އެޑްރެސް އެންމެ ތިރީގައިވާ އިރު، ރާއްޖެ ދެވުނުހާ އަވަހަކަ ގުޅާނަމޭ ބުނެފައިވެއެވެ.
ކިޔާ ނިމުން އިރު އަމީރާގެ މުޅި ހަށިގަނޑުގައި ތުރުތުރު ލަމުން ދިޔައެވެ. ފިނިވެގެން ގޮސް މުޅި ކުއްޖާ ހުދުވެފައި ވާކަހަލައެވެ. ދެފަރާތައް ބޯ ހޫރުވުނު އަދަދެއް ނޭނގެއެވެ. އަމީރާގެ ހިތް ހީވީ ފިތިގެން ދިޔަހެންނެވެ. އާ ކަރުނުން ދެލޯ ބަރާވަމުން ދިޔައިރު ފޯނުގެ ސްކްރީނު ދިޔައީ ލަސްލަހުން ފުސްވަމުންނެވެ. ކަރުނުން ބަޜާވެފައިވާ ވަރުން އެސްފިޔަތަކަށް ކެތްވާނެ ކަމެއް ވެސް ނޭނގެއެވެ. ގަބޫލްކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އިޔާން އެ ދެއްކީ ތެދު ފޮޓޯއެއްކަން ހާމަވާ ވަރުވިއެވެ. އެ ސިޓީ ލިޔެފައި އެވަނީ އޭރު އަމީރާ ގެންގުޅުނު ނޯޓު ފޮތުގެ ކަރުދާހުގައެވެ. އެ އަތު ލިޔުމެވެ. އަމިއްލަ ފޯނު ނަމްބަރެވެ. މިހާރު ވެސް ގެންގުޅެނީ އެ ނަމްބަރެވެ. އަރީފް އެ ދެއްކީ އޭނާ އަމިއްލައަށް ހަދައިގެން ގެނައި ސިޓީއެއްކަން ޔަގީންކުރެވުނުއިރު، ވަރު ދޫވެފައި ވާ ފަދައަކުން އަމީރާގެ އަތް ތިރި ވެވުނެވެ. ”ކީއް މިކުރެވުނީ..“ ދެލޯ މެރިގެން ދިޔަ ހިނދު ސިފަ ވީ އިޔާން އެ ފައި ދޮށަށް ތިރިވެ ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދި ކުރި އާދޭހެވެ. އިޔާންގެ އަތް ފޮޅުވާލަމުން އަމީރާ ފައި ދުރަށް ލީ ގޮތެވެ. އެފަހުންވެސް އިޔާން ވާހަކަ ދައްކަން އުޅުނުގޮތެވެ. އެކަމަކު އޭނާ ހެދީ ކިހިނެތް ހެއްޔެވެ. އެ މަންޒަރު ސިފަވެގެން ދިޔުމާއި އެކު އަމީރާއަކަށް ކެތެއް ނުވިއެވެ. ދާދި ދެންމެ އަކު ހިނގި ހާދިސާ ހިތައް އެރުމާއި އެކު ގިސްލުމުގެ އަޑު ބާރުވިއެވެ.
”އި..ޔާ.. ވަޓް އައި ހޭވް ޑަން.. އަ..އަ..އަމް ސޮރީ“ ރޮމުން ރޮމުން އަމީރާއަށް ކާރުން ބޭރަށް ނުކުމެވުނެވެ. ބޭރުގެ ތޫފާން ވެސް ހީވީ އަމީރާގެ ހިތުގެ ހާލަތާއި އެއްބައިވެފައި ވާހެންނެވެ. ވައިގަދަވެ ކެރި ބޯކޮށްލީ ޖެހިގެން ހުންނަ މީހާވެސް ވަކިނުވާހާ ބޮޑަށެވެ. އިޔާންއަށް ގުޅޭތޯ ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ފޯނުގެ ޑިސްޕްލޭއަށް ހުއްޓުމެއްނެތި ފައިބަމުން ދިޔަ ފެންތިކި ތަކާއި ހުރެ ފޯނު މަސައްކަތެއް ނުކުރިއެވެ. ސްކްރީނަށް ހުއްޓުން އެރިގޮތައް ފޯނު ނިވިއްޖެއެވެ. މާޔޫސްވީ ވަރުން ކުރިއަށް ވުރެން ބޮޑަށް ރޮވެމުން ދިޔައެވެ.
އިޔާން ދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގުނެވެ. ޔަގީންވަނީ އޭނާ ސްޓޭޝަނަށް ނުވަންނަ ކަމެވެ. އިޔާން ކާރުން ފައިބައިގެންވެސް ހިނގައިގަތީ ސްޓޭޝަން ހުންނަ ފަރާތްނޫން އަނެއް ފަރާތަށެވެ. އަމީރާ ރަނގަޅަށް ހަނދާންހުއްޓެވެ.
”އާހްހްހް.. އިޔާ އަމް ސޯ ސޮރީ… ވެއާރ އާރ ޔޫ … އަމް ސޮރީ.. އަމް ސޯ ސޮރީ.. އައި ..އައި ޑޯންޓް ނޯ ވަޓް ޑޫ.. އައި..އައި ވޮނަ ޓޯކް“ ވެފައި ހުރި ދެރައިން ކިޔެމުން ދިޔައީ ކީކޭކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. ބޯ ވާރޭގެ ތެރޭގައި ރޮމުން ރޮމުން އަމީރާއަށް ދުއްވައިގަނެވުނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ރޮނގުތައް ވާރެ ތިކިތަކުގެ ތެރެއިންވެސް ފާހަގަ ވަމުން ދިޔައެވެ. ވިސްނަމުން ދިޔަ ވަރުން ބޮލާއި މޭގައި ގަދަ ވޭނެއް ހިފާލާފައި ހުއްޓެވެ.
“އިޔާ..އަ..އައި..އަމް ސޮރީ“ ހިތްވަރުކޮށްލާފައި މަގު ފެންނަ ހިސާބަށް އަމީރާއަށް ނުކުމެވުނެވެ. ފަހަރުގައި އޭނާއަށް ނޭނގި ނަމަވެސް ސްޓޭޝަނަށް ވަދެފާނެ ކަމަށް ބަލާފައި އަމީރާ އެތަނަށް އައީއެވެ. ނަމަވެސް ހުރެވުނީ ރެސްޓޯރެންޓް ހުރި ފަޅީގައި ކަމުން މަގުހުރަސް ކޮށްގެން ނޫނީ އެފަރާތައް ދެވޭކަށް ނެތެވެ. ހަދާނެ ގޮތް ހުސްވެ، އިންތިހާއަށް މާޔޫސްވިއެވެ. ކަރުނަތަކާއި އެކު ލޯމާރާލައި ބެލީ ހަމަޖެހިލާފައި ވެސް އިޔާންއަށް ޓަކައި މަގު ހުރަސްކުރުމުގެ މަސައްކަތް ކުރެވޭތޯއެވެ. މަގުގެ ދެކޮޅަށް ހަލުވި ސްޕީޑުގައި ދަތުރު ކުރަމުންދިޔަ ވެހިކަލްތައް ފެނި ބޮލުގައި ހުރި ރިހުން ދެގުނަވިއެވެ.
ހުރަސް ރޮނގު މައްޗަސް އަރައަރާ ހުއްޓާ އެއްލި ކަޅިއަކުން، ދެން ފެނުނު މަންޒަރުން ހީވީ ހިތުގައިވާ ޒަހަމްގަނޑުގައި ލޮނުމިރުސްގަނޑަށް އެޅިގެންދިޔަ ހެންނެވެ. އަމީރާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާއާއި ދިހަވަރަކަށް ދުރުގައި ހުރި ފިހާރައެއްގެ ތެރެއިން އެ ނުކުތީ އިޔާންއެވެ. ނަމަވެސް އެކަންޏެއް ނޫނެވެ. ގާތުގައި ޒުވާން އަންހެން ކުއްޖެއް ހުއްޓެވެ. ވިއްސާރަ ކޯޓުގެ ހުޑް ބޮލާށް މަހާލައިގެން ހުރިގޮތުން އޭނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.
އިޔާންއަށް އަމީރާ ފެނުމާއި އެކު ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުއްޓެވެ. ނުދާށޭ ބުނާކަހަލަ ގޮތަކަށް އަމީރާއަށް ދެފަރާތައް ބޯހޫރުވާލެވުނު، ނަމަވެސް އިޔާން އަޅާވެސް ނުލިއެވެ. ޗަކަ ފެންކޮޅަކަށް އެރެވި މަގަތުގައި ހުރި އަންހެން ކުއްޖާ އަރިއަޅާލުމުން ގެނެސް ގަޔާއި ކައިރި ކޮށްލިތައް ފެނި އަމީރާއަށް ކަރުނަތަކާއި އަނގަމަތީގައި އަތް އެޅުނެވެ. ހީވީ އަމީރާ ބަލަން ހުރިކަން އެނގުމުން ދެރަކޮށްލަން އުޅުނުހެންނެވެ. އޭނާ ގޮވައިގެން، ފިހާރައިގެ އެއް ފަރާތުގައި ޕާކް ކޮށްފައި ހުރި ސައިކަލަށް އަރައިގެން ގެއްލުނީ އަމީރާގެ ލޯ ކުރިމަތީގައެވެ. މިހާ އަވަހަށް އިޔާން އެހެން ބައިވެރިއެއް ހޯދީ ހެއްޔެވެ. ސިޓީއާއި އެކު ކާރު ތެރެއަށް އޭނާ ދޫކޮށްލާފައި އައިތާ ތިރީހަކަށް މިނެޓް ވެސް އަދި ނުވެއެވެ.
”ނޫން..ނު..ނޫން.. އިޔާ .. ނޫން“ ރުއިމުގެ އަޑު ބޭރުވަމުން ދިޔައިރު، އަމީރާގެ ދެފައި ހަރަކާތް ކުރިއެވެ. އެދިމާލަށް ދެވުނެވެ. ހީވީ އެ ސައިކަލް ދަށުވެ އަމީރާގެ ހިތް ޗިސް ވެގެން ދިޔަ ހެންނެވެ. ކޮންމެ އެއްޗެއް އިޔާންއާއި ދިމާލަށް ގޮވާލި ނަމަވެސް، އިރުކޮޅެއް ކުރިއާއި ޖެހެންދެން އޭނާ ހީކުރީ އިޔާންއަކީ ހަމައެކަނި އޭނާގެ ހައްގެއް ކަމުގައެވެ. ހަމައެކަނި އަމީރާގެ މިލްކެއް ކަމުގައެވެ. ނަމަވެސް… ހާލަތު ބަދަލްވެ ނިމިއްޖެއެވެ. ސިފަވީ އިޔާން ލޯބިވާ ވާހަކަ ބުނެލިގޮތެވެ. އެއަށްފަހު ވެގެންދިޔަ ހުރިހާ ކަމަކަށްފަހު އެ ކަރުނަވީ ދެލޮލުން ބަލަން ހުރެ، ވާހަކަ ދެއްކުމަށް އެދުނު ގޮތެވެ. އެހުރިހާ ކަމެއް ފިލްމެއް ފަދައިން ރޯލްވެގެން ދިޔައިރު، ދުވަހެއްގެ ކޮޅުން ވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރެވޭނެހާ މިންވަރަށް އަދު ކުށްވެރި ކުރެވުނެވެ. ހުރި ފިޔަވަޅު މަތީގައި ހުރެވުނީ އަދިވެސް އިޔާން އައިސް އަމީރާ ގޮވައިގެން ދާނެ ކަމުގެ އުއްމީދު ހިތުގައި އާލާކޮށް ލަމުންނެވެ. އެއީ ވުމަށް ވުރެން ނުވުން ގާތް ކަމެއް ކަން އެނގިހުރެއެވެ.
ރެސްޓޯރެންޓްގެ އެންޓްރެސްގައި މަޑުކޮށްލައިގެން އާމިލާ ހުރީ ވިއްސާރަ ބޯކަމުން ބޭރަށް ނުނިކުމެވިފައެވެ. ޑްރައިވަރު އާދަމް ކާރު ގާތް ކުރާ ހަބަރު ގުޅާފައި ދިނުމުން އޭނާ އެތަނުގައި ހުރީއެވެ. އެއްލިކަޅިއަކުން، ޕާކިން ޒޯން ކައިރީގައި ތެމިފޯވެގެން ހުރި އަމީރާ ލޮލުގައި އަޅައިގަންނަ ގޮތްވިއެވެ. ”އެ..މީ؟“ ވާރޭގެ ހަމަލާ ހުރެހެއް ނެތި ދެމުން ދިޔަ ނަމަވެސް އެއްވެސް ފަރުވާލެއް ނެތް ފަދައެވެ. ފަހަތުން ފެނުނު އިރު ވެސް އަމީރާގެ ހާލަތު ރަނގަޅު ނޫންކަމުގައި އާމިލާގެ ހިތް ބުނަން ފަށައިފިއެވެ.
އާދަމް ކާރުގައި އައިސް ކައިރި ކޮށްލަމުން ކުޑަ ހިފައިގެން ފޭބިއެވެ. ކުޑަ ދިއްކޮށްލަމުން އޭނާ އަވަސްވެގަތީ ތެމުނަ ނުދީ އާމިލާ ކާރާއި ހަމައަށް ގެނެސްދިނުމަށެވެ.
”އާދަމް.. އެއީ އެމީތަ؟“ އަމީރާކަން އެނގުނު ނަމަވެސް އާމިލާ ޔަގީން ކޮށްލުމުގެ ގޮތުން އެއްސެވެ. އޭނާ ބުނި ދިމާލަށް ރަނގަޅަށް ބަލައިލަމުން އާދަމް ވެސް ބޯޖަހައިލިއެވެ. އާދަމް ވެސް ހުރީ ހިސާބަކަށް ހައިރާންވެފައެވެ.
”ކާރުގަ މަޑުކޮށްލާ އިނގޭ.. އެބަ އަންނަން..“ އާދަމްއަށް ބަހެއް ނުބުނެވެނީސް އާމިލާ ވާރޭގެ ތެރެއަށް ނުކުތެވެ. ގަދަވަޔަށް ނުކަތައިގެން ކުޑަ ވެސް ރޫޅި ހަލާކުވާން މާގިނަ އިރެއް ނުނެގިއެވެ. ”އާހްހް“ ތެމި ފޯވެގެން ދިޔުމުން އާމިލާއަށް އަޑެއް ލައްވާލެވުނެވެ. އޭނާ ކުޑަކޮން ދުވެލާފައި ގޮސް އަމީރާގެ ގާތައް ދިޔައެވެ.
”އެމީ؟ ކިހިނެތް ވެފަ؟ ހާދަ ބޯކޮންނޭ ކެރި މިއަން-“ އާމިލާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަމީރާގެ މޫނުމަތި ފެނި ހުއްޓުން އެރިއެވެ. ”އެ..މީ؟ ޔޫ އާރ ބްލީޑިންގ..އެމީ“ އަމީރާގެ ނޭފަތުން ފައިބަމުން ދިޔަ ލޭތައް އާމިލާއަށް ފެނުމުން ދެލޯ ބޮޑުވިއެވެ. އަމީރާ އެއްވެސް ހަރަކާތެއް ނުކޮށްލައެވެ. ގިސްލެވެމުން ދިޔައިރު އޭނާގެ ދެލޮލަށް ފުސް މަންޒަރެއް ފަދައިން ސިފަވަމުން ދިޔައީ އިޔާން އެއަންހެން ކުއްޖާ ގޮވައިގެން އޭނާގެ ލޯމަތިން ދިޔަ ގޮތެވެ.
”އެމީ؟ ކިހިނެތްވީތަ.. ދައްތަ ކައިރީގަ ބުނެބަލަ .. ހާދަ ލެއެކޭ މި އަންނަނީ.. ބޮލުގަ ރިއްސަނީތަ؟“ އަމީރާގެ ކޮނޑުގައި ހިފާ އާމިލާއަށް ތަޅުވައިގަނެވުނެވެ. މީހެއްގެ އަޅާލުން އިޙްސާސް ވުމުން ކަރުނުތައް ވީ އިތުރެވެ. އާމިލާގެ ގައިގާ ބައްދާލެވުނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. ހިތާމަތަކުގެ ތެރެއިން ވެސް ކުރެވުމުން ދިޔައީ ތަފާތު އިޙްސާސެކެވެ. އެގޮތުގައި ހުރެ ހިތުގައިވާހާ ޝަކުވާތަކެއް ބޭރުކޮށްލަން ބޭނުންވިއެވެ. ހިތް ފުރެންދެން ރޯލަން ބޭނުންވިއެވެ.
އާމިލާއަށް ތޯއެވެ. ތެމިފޯވެގެން ދިޔައިރު ވެސް ހުރެވުނީ އެ އަންހެން ކުއްޖާ އޭނާއާއި ދުރުކޮށްލަން ބޭނުންނުވެފައެވެ. އަމީރާ ކުޑަކުއްޖެއް ފަދައިން ރޮމުން ދިޔަ ގޮތުން އާމިލާގެ ހިތައް ކުރަމުން ދިޔައީ ނުބައި އަސަރެކެވެ. މެޔަށް ބާރުވެގަތެވެ. އާމިލާ ހަނދާންވީ އޭނާގެ ގެއްލިފއިވީ ދަރިފުޅުގެ ހިޔާލެވެ. އަމާޔާވެސް ދެރަވެއްޖެނަމަ، އެގޮތައް އޭނާގެ ގައިގާ ބައްދާލައިގެން ހުރެ ރޯނެއެވެ. އެ ނުސިޔާނު ވަގުތު ހިތައް ވެރިވި ހިޔާލުން އެއްކިބާ ވުމަށް ބޯހޫރުވާލެވުނެވެ.
އެންމެ ފުރަތަމަ އަމީރާއާއި ދިމާވި ދުވަސް ހަނދާންވެ، އޭނާ އުޅެންފެށީ އަމީރާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އެދުވަހު އަނބުރައިގަނެ، އެގޮތައް ނޭފަތުން މިހެން ލޭ އައެވެ. އަތުލަފިކޮށްގެން ކާރާއި ހަމައަށް ގެންދެވުނު އިރު، އާދަމްގެ އިތުރުން ވިޝާމް ވެސް ނުކުމެ ހުއްޓެވެ.
”ބްރޯ.. އެމީ ފެނިއްޖެ.. އެބަ ގުޅަން“ ވިޝާމް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، ތިރިކޮށްލީ އާމިލާއާއި އެކު އަމީރާ އައި ގޮތް ފެނިއެވެ. ވިޝާމްގެ ދެލޯ ބޮޑުވިއެވެ.
”ވަޓް ހެޕެންޑް؟“ ވިޝާމްއަށް އެހުނެވެ. އާމިލާ ދެފަރާތައް ބޯހޫރުވާލީ މިވަގުތު ވާހަކަ ދެއްކުން ބުއްދިވެރި ނޫންކަން އަންގާލުމަށެވެ. އެ އިޝާރާތް ވިސްނި ވިޝާމް އިތުރަށް އެއްޗެއް އޮޅުން ފިލުވުމަށް ނޫޅެ އެމީހުންނާއި އެކު ދިޔުމަށް ކާރަށް އެރިއެވެ. ”އެންމެ ކައިރިއަށް ހުރި ހޮސްޕިޓަލަށް އިނގޭ… ހާދަ ވިއްސާރައޭ ދޯ މިއަދު..އާދަމްބޭ ތަންކޮޅެއް އަވަހަށް ދެވޭތޯ ބަލައްޗޭ“ ވިޝާމް ފަހަތައް އެނބުރިލަމުން އަމީރާއަށް ނަޒަރެއް ދިނެވެ. ރަތްވެފައިވާ ދެލޮލުގައިވާ ދުޅަކަމުގެ އަސަރް އިރު، މޫނުގައި ވެސް ހުރީ ފޮއްސިވެފައެވެ. ލޭ އައުމުގެ ސަބަބުން ނޭފަތާއި ހިސާބު އާދަޔާއި ހިލާފަށް ރަތެވެ.
އާމިލާ ޓިޝޫތަކެއް ބޮނޑިކޮށްލާފައި އަމީރާގެ ނޭފަތުގައި ޖައްސަމުން ދިޔައެވެ. ލޭ އައުން ހިސާބަކަށް މަޑުޖެހިފައި ހުރި ނަމަވެސް ދޭތެރެއަކުން ތިކި ޖަހަމުންދިޔައެވެ. ފެނުގެ އަސަރުގައި އެގޮތް މިގޮތައް މޫނުގައި ވަކި ހިއްޕާލާފައިވާ އިސްތަށިތައް އެއްކައިރި ކޮށްލަ ދެމުން އާމިލާ ފޯނު ނަގާފައި މަޖުދާއަށް މެސެޖެއް ކޮށްލިއެވެ. ރުއިމުގެ އަޑު ކެނޑިފައިވީ ނަމަވެސް އަމީރާގެ އިނީ އިސްޖެހިފައެވެ. އާމިލާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
”ކޮބާ މިއޮތް އާދެވުނީ!“ އާދަމްގެ އަޑަށް ވިޝާމް ނުކުމެފައި އާމިލާއާއި އަމީރާ ނުކުތުމަށް އެހީތެރިވިއެވެ.
އަވަސް ފަރުވާދޭ ކޮޓަރީގެ ތެރެއަށް އަމީރާ ވެއްދުމުން އާމިލާ ފަހަތުން ވަނެވެ. ޑޮކްޓަރުންނަށް ހާލަތު ކިޔައިދިނުމުން، އެމީހުން އެދުނީ ބޭރުގައި މަޑުކޮށްލުމަށެވެ. ނުކުންނަން ބޭނުން ނުވެފައި ހުރެވެސް އާމިލާ ނުކުތެވެ.
”މަންމާ އެބަ އަންނަން“ އާމިލާ ގާތައް އައިސް ހުއްޓުނު ހިނދު އިޔާން ގުޅަން ފެށިއެވެ. އޭނާއަށް ފޯނު ދައްކާލަމުން ވިޝާމް ބޭރަށް ނުކުތެވެ.
ވިޝާމް ވަނީ ހިޔާ ކޮށްފައި އޮތް ގޯތިތެރެއަށެވެ. ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކައް އިށީންދެ ތިބެވޭނެހެން ބެންޗްތައް ޖަހާފައި ވެއެވެ. ވިޝާމްގެ ލޮލުގައި އަޅާއިގަތީ އެންމެންނާއި ދުރުގައި ވަކިން ބެންޗެއްގައި އިން އިޔާންއެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވިޝާމް ކައިރިއަށް ހުއްޓި އޭނާގެ ބޮލުގައި ޖަހާލިއެވެ.
”އަނެއްކާ އަނެއް ބޮނޑި ބޮއެގަތީ ދޯ!“ ވިޝާމް އިށީންދެލަމުން އިޔާންގެ މޫނަށް ނަޒަރެއް ދިނެވެ. ވިއްސާރަ ކޯޓުގެ ހުޑް ބޮލަށް މަހާލައިގެން އިން އިރު ވެސް އޭނާ ތެމިފައި ހުރުމުން، ނިއްކުރި މައްޗަށް ހުރީ ބައެއް އިސްތަށިތައް ފައިބާފައެވެ. އެދެލޮލުގައިވީ ރަތްކަމުން ވިޝާމްއަށް ހިންދިރުވާލެވުނެވެ. އެންމެ ގާތް އެކުވެރިޔާގެ އެ ހާލަތު ފެނި ހިތައް އުނދަގޫ ވިއެވެ.
“ ޒޯޔާ ތަ އެއީ؟“ ވިޝާމްގެ ސުވާލް އަމާޒުވުމުން އިން ގޮތައް އިނދެ ބޯޖަހައިލިއެވެ. އަނގައިން ބުނާނެ ހިތްވަރެއް ވެސް އޭނާގެ ކިބަޔަކު ނެތެވެ.
”ހައުޒް ޝީ؟“
”އެތެރެއަށް ވައްދާފަ ވީ ..މީހަކު ނުކުތީމަ އެއްޗެއް ބުނަން އެނގޭނީ.. އެކަމަކު ވަރަށް ވީކް ވެފަ އެކުއްޖާ ހުރީ.. ވަރަށް ބައިވަރު ބްލީޑް ވެފަ ހުރި.. އޭނާގެ ބާތްޑޭ ގަ އިޔާ ކޮންކަހަލަ ސަޕްރައިޒްއެއް ތި ދިނީ.. ހިއެއް ނުވޭ ތިހެން ހަދައިގެންނެއް ވަކި އިޔާ އަކަށް ވެސް ހަމަޖެހުމެއް ލިބޭނެ ހެންނެއް.. ވަޓްސް ޔޯ ޕްލޭން؟“ ވިޝާމްގެ އަޑުން ހިތްހަމަ ނުޖެހުން ފާޅުވެއެވެ. އެކުވެރިޔާ އަމިއްލައަށް މި ތެޅޭ ގަނަޔާއިގެން ކެތްވާނީ ކިތައް ދުވަހަށް ތޯ،އޭ ހިތައް އަރަމުން ދިޔައެވެ.
”ވިލިންގ ޓް ކޮންޓިނިއު“
އިޔާންގެ ޖަވާބު އަހާފައި ބެންޗްގެ ލެނގޭ ބަޔަށް، ވިޝާމްއަށް ހަށިގަނޑު ދޫކޮށްލެވުނެވެ. ”އާރ ޔޫ ކްރޭޒީ؟ ކެން ޔޫ ޑޫ އިޓް؟“
އެ ސުވާލް އަމިއްލަ ހިތާއި ކޮށްލެވުނެވެ. އިޔާންއަށް ކެތް ކުރެވޭނެ ހެއްޔެވެ. އަމީރާއާއި ދުރުގައި ހުރެވޭނެ ހެއްޔެވެ. އެއް ފުރާޅެއްގެ ދޮށުގައި، އެ މޫނު ފެންނަ ފަށުގައި، ހުރެމެ އެ އަންހެންކުއްޖާ އާއި ދުރުމިން ބަހައްޓައިގެން ހުރެވޭނެ ހެއްޔެވެ. އެ ނޫން އަންހެން ކުއްޖަކަށް ހިތުގައި ޖާގަ ދެވިފައި ނުވާއިރު، އެންމެ ސައުވީސް ގަޑީއިރަށް ވެސް މިގޮތުގައި ހުރެވޭނެ ބާއެވެ. އިޔާންއަށް ޝައްކެވެ.
”އަހަރެން ޒޯޔާ ގާތުގައި އެދުނީ ދުވަސްކޮޅަކަށް .. އެމީ ދެކެ ލޯބި ނުވާތީ އެއް ނޫން .. އެކަމަކު މިއަދު.. މި..މިއަދު ..މި..މި.މިއަދު “ އިތުރަކަށް އެންމެ ބަހެއް ވެސް ނުބުނެވުނެވެ. ދެއަތުން މޫނު ފޮރުވާލެވުނު ގޮތައް އެއަޑު ކުރެހިއްޖެއެވެ. އިނގިލިތަކުގެ ދޭތެރެއިން ފެންތިކިތައް ޖަހަމުން ދިޔަތަން ފެނި ވިޝާމް ވެސް ދެރަވިއެވެ. އިޔާން އެހާ ބޮޑަށް ބަލިކަށި ވީތަން އޭނާ ދުށީ މީގެ ހަތަރު އަހަރު ކުރިންނެވެ. ނަމަވެސް މިފަހަރު ހާލަތު މާ ގޯސް ހެން ހީވެއެވެ. ކިތަންމެ ދެރަވެފައި ހުއްޓަސް ވެސް އެގޮތުގައި ރޮނިކޮން އޭނާ ނުދެކެއެވެ.
”ޝުޑް އައި ހެލްޕް ޔޫ؟“ އިޔާންގެ ބުރަކަށީގައި ވިޝާމް އަތް އަޅުވާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ބުނާނެބަހެއް އޭނާއަކަށް އެވަގުތު ނުވިސްނުނެވެ. އިޔާން ދެފަރާތައް ބޯހޫރުވާލިތަން ފެނުމުން ދެން ހަދާނެ ގޮތަކާއި މެދު ވިޝާމްއަށް ޖެހުނީ ވިސްނާލާށެވެ.
***
”އިޒް ޝީ އޯކޭ؟“
”މިހާރު އެމް އާރ އައި ސްކޭން ހަދައިފި.. އޭގެ ރިޒަލްޓްސް އިރުކޮޅަކުން ލިބުނީމަ މަންމަ ބުނި، ޑޮކްޓާރ ބުންޏޭ އިތުރު ގޯހެއް މިވަގުތައް ނެތިއްޔާ ފޮނުވާލާނަމޭ..“ ސަދަފްގެ މެސެޖެއް ޖަވާބު ދިނުމަށްޓަކައި، ފޯނުން ޓައިޕް ކުރަމުން ދިޔައިރު ދޭތެރެއަކުން އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލައެވެ. އޭނާ އިށީންދެގެން އިނީ މަޖުދާ އާއި އާމިލާގެ ގާތުގައެވެ. ސަދަފްއާއި ވާހަކަ ދެއްކިކަމުގައި ވިޔަސް އޭނާގެ ފުރިހަމަ ސަމާލުކަން އެދެމީހުން ދައްކަމުން ދިޔަ ވާހަކައެއް ހުއްޓެވެ.
”އެމީ ވަރަށް ރޮވުނު އެވަގުތު.. އަހަންނަކަށް ނޭނގޭ ވީ ގޮތެއް ވެސް.. އަނެއްކާ އަނެއްކޮޅުން އެހާ ބޮޑަށް ބްލީޑް ވޭ.. ފިނިކަމުން ވެސް ހީވަނީ އަތް ޖައްސާލިއަސް ގަނޑުވެދާނެ ހެން“ އާމިލާ ބުނާ އަޑު އިވުނެވެ. މަޖުދާ ވެސް އިނީ ހައިޜާންވެފައެވެ. އަމީރާ އެހާވަރަށް ރޯ ތަން އޭނާ ފަދައިން ގޭގަ އެކަކަށް ވެސް އަދި ފެނިފައި ނުވެއެވެ.
”އެމީ އެކަމަކު…އެކަމަކު ކިހިނެތް ވެގެންބާ އެގޮތައް ތެމިގެން ހުންނާނީ.. އެހާ ބޮޑު ކަމަކަށް ކޮން ކަމެއް ބާ ވީ؟ ދަރިފުޅާ.. އިރޫ އަށް އެނގޭތަ އެއްވެސް ކަމެއް އެމީއަށް ވި ކަމެއް؟“
”ނޫން.. މިއަދު އައި އިރު ވެސް ވަރަށް ކޫލް ކޮން ހުރީ.. އިރޫ ވެސް، އެމީއަށްޓަކައި މިރެއަށް ރޭވި ބާރތްޑޭ ސެލެބްރޭޝަންގެ ކަންތަކާއި އުޅުނީ ފަހުން..“ އިރަމްވެސް ވިސްނަމުން ދިޔައީ އެކަމާއިއެވެ.
”ހެލޯ؟ ޔޫ ދެއާރ؟“ ފޯނު ވައިބްރޭޓްވެގެން ދިޔުމުން އިރަމް އަނެއްކާ ވެސް ފޯނަށް ބަލައިލިއެވެ.
”ކޮފީއަކަށް ދާ ކަހަލަ ތަ؟.. ހާދަ ފިންޏޭ.. ކޮންމެ ވެސް މީހަކާއި އެއްކޮން ދާންވީއޭ ހިތާ ހުއްޓާ ފުރަތަމަ ވެސް ހިތައް އައީ އިރޫގެ ނޭމް“ ކުރިން ސަދަފް ކޮށްފައިން މެސެޖްގައިވިއެވެ. އިރަމްގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުރެހުން އެޅިގެންދިޔައެވެ. ނަމަވެސް ސަދަފް ބުނެލި ގޮތުން ކުޑަކޮން ހިނިއަންނަ ގޮތްވެފައި އިނދެ އަލުން މެސެޖް ލިއަން ފެށިއެވެ.
”ކޮންމެ ވެސް މީހެކޭ؟“
”މްމްމް..އިރޫ.. ކަޑަ ތަ؟ “
”ނޫނޭ..އައި މީން.. އެހެން ފްރެންޑްސް ވެސް އުޅެއެންނު.. ވައި މީ؟ ލައިކް ވީ އާރ ނޮޓް އީވެން ފްރެންޑްސް.. ރައިޓް؟ އަނެއްކާ އެހާ ކުޑަ “ އިރަމް ކޮލަށް ދޫ ހަރާލައިގެން އިނެވެ. ކާން ދިޔަ ރޭގެ ފަހުން ފަހުން ތިންދުވަސް ވެގެން ދިޔައިރު ، ސަދަފްއާއި އޮތް ގުޅުން އޮތީ މަޑުމަޑުން ބަދަހިވާން ފަށާފައެވެ. ސަދަފްއާއި ވާހަކަ ދެއްކުމަށް އަދިވެސް ލަދު ގަތަސް އެދެމެދުގައި އިހު ހުރި ބީރައްޓެހިކަން ވެސް ހިސާބަކަށް ވަނީ ފަނޑުވާން ފަށާފައެވެ. އެރޭގެ ފަހުން ކޮންމެ ދުވަހަކު ވެސް މެސެޖްގެ ޒަރީއާއިން ވާހަކަ ދައްކައެވެ. އެކަމަކު، ކޮންމެ ފަހަރަކުވެސް އިސްވެ ވާހަކަ ދައްކަނީ ސަދަފްއެވެ. އިރަމްވެސް އިސްވެ މެސެޖް ކުރަން ބޭނުންވެއެވެ. ނަމަވެސް ހަށިގަނޑުގައި އަށަގަނެވެފައި ހުންނަ ސިފައަކަށް، ލަދުރަކިކަން ވީތީ ނުކެރެނީއެވެ.
”ވީ އާރ ނޮޓް ފްރެންޑްސް؟ އައި ތޯޓް ވީ ބިކޭމް“
އިރަމްގެ ހިތައް ލިބުނީ ޒާތެއްގެ ހިތްހަމަ ޖެހުމެކެވެ. ހިނިތުންވުން ފުޅާވިއެވެ. ފިރިހެން އެކުވެރިއެއް، އޭނާގެ އަށާރަ އަހަރުވީ ހަޔާތުގައި ނުގެން ގުޅޭއިރު ސަދަފްގެ ގާތްކަން ބަލައިގަންނަން ވެސް އުނދަގޫވިއެވެ. ”އައި ކޭންޓް ގޯ އެލޯން“ ދޭނެ ޖަވާބެއް ނޭނގިގެން އިނދެފައި އެންމެ ފަހުން އިރަމް ބުނެލައިފިއެވެ. އެންމެ ރަނގަޅުކަމުގައި ބުނެ، ބަލާ އަންނަނީ ކަމުގައި ސަދަފް ބުނެލިއެވެ.
މަޖުދާއަށް ފަހްމް ނުވާނެހެން ދަބަހުން ކުޑަ ލިޕްސްޓިކް ފުޅިއެއް ނެގުމަށްފަހު ތުންފަތުގައިވާ ކުލަ ގަދަ ކޮށްލިއެވެ. ފޯނުގެ ކެމެރާއިން މޫނަށް ބަލައިލަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ސަދަފް އައި ނަމަވެސް އިރަމް ދާންހުރީ އަމީރާގެ ހަބަރެއް ލިބުމުން ކަމުގައިވާތީ އަދި މަޖުދާގެ ގާތުގައި ހުއްދައަށް ނޭދި މަޑުކޮށްލިއެވެ. އިންތިޒާރުގައި މާގިނަ ވަގުތެއް ހުންނާކަށް ނުޖެހުނެވެ. އަމީރާގެ އެހީތެރިއަކަށް ގޮވާލުމުން އެމީހުން ވަނެވެ. އާމިލާ އެދުމުގެ މަތިން ތިން މީހުނަށް އެތެރެއަށް ވަނުމަށް ފުރުސަތު ލިބުނެވެ.
އެނދުގައި އޮތް އަމީރާ ފެނި އިރަމްގެ ހިތުގައި ރިއްސާލިއެވެ. ދުޅަވެފައިވާ ދެލޮލާއި ހިކި ކުރަކި ކަމެއް ހުރި ތުންފަތެވެ. ހީވަނީ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ ކުއްޖެއް ހެންނެވެ. އިރަމްގެ ދެފަޔަށް ލިބުނީވެސް އާދަޔާއި ހިލާފް ބާރެކެވެ. އަމީރާގެ ގާތައް ދެވުނު ގޮތް ވެސް ނޭނގެއެވެ. ”އެމީ.. އާރ ޔޫ އޯކޭ؟“ އަމީޜާގެ އަތުގައި ހިފާލެވުނެވެ.
ތުންފިއްތާލައިގެން އަމީރާ ބޯޖަހައިލިއެވެ. އެހާ ބަލިކަށިވެފައި އޮއްވާ ބައެއްގެ އަޅާލުން އިޙްސާސްވުމުން ހީވީ ކަރުނުތައް ބާރުގެ ދަށުން ދޫވާން އުޅުނުހެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ ކުރިމަތީގައި އިތުރަށް ރޯކަން އޭނާ ބޭނުމެއް ނޫނެވެ. އެމީހުންގެ ސުވާލްތަކަށް ދޭނެ ޖަޥާބެއް އޭނާގެ އަތަކު ނެތެވެ.
”ކުރިން ވެސް އަޅުގަނޑުމެން ބުނިން ބަލައިގެން އުޅެން.. ހިސްޓްރީއަށް ބަލާފަ އެބަޖެހޭ ވަރަށް ބަލައިގެން ގެންގުޅެން.. އެހެންނޫނީ ދެރަކަމަކާއި ކުރިމަތި ވެދާނެ.. މެމޮރީސްގެ ވާހަކަ ބުނެލާފަ އިނ-“
”މްމްމް ޑޮކްޓާރ.. އަމް ފައިން “ ޑޮކްޓަރުގެ ވާހަކައިގެ މިސްރާބު ހުރިގޮތުން އަމީރާއަށް ތެޅިގަނެވުނެވެ. އެކަހަލަ އެއްޗެއް ބުނެފާނެކަމަކަށް ވިސްނިފައި ވެސް ނެތެވެ. ކުރީފަހަރު ގެނައި ހިނދު، އޭނާގެ ހަނދާނުން ބައެއް ގެއްލިފައި ވާ ވާހަކަ އިޔާން ބުނީކަން އެނގުމުން ދެލޯ މަރާލެވުނެވެ. ލަސްލަހުން ތެދުވެ އީށިންދެލަން އުޅުމުން، އިރަމް އާއި މަޖުދާ ދެފަރާތުން އެހީވިއެވެ.
”މާ ބޮޑަށް ބޮލަށް ބާރު ނުކުރާތި.. ވިސްނާ ފިކުރު ކުރުމާއި މުޅިން ދުރުހެލި ވާންޖެހޭ.. މިއީ ހަމަ ބްލަޑް ޕްރެޝާރ މާ ބޮޑަށް ހައިވާނެ ކަންތައް ތައް..އެހެންނޫނީ ސްޓްރޯކްއެއް ޖެހުމުގެ ޗާންސް އެބައޮތް.. ހާއްސަގޮތެއްގައި މިހެން އާންމު ގޮތެއްގަ ބްލީޑް ވުން އެއީ ވަރަށް ރިސްކީ ކަމެއް.. ސްކޭންއިން އިރާދުކުރެއްވީތީ ގޯހެއް ނުފެނޭ .. އެކަމަކު ވީހާ ވެސް ބޮޑަށް ސަމާލުވެލައްވާތި“ ޑޮކްޓަރުގެ ވާހަކައަށް ފަހު އަމީރާއަށް ގެއަށް ދިޔުމުގެ ހުއްދަ ލިބުނެވެ. ނަމަވެސް އިންޖެކްޝަނެއް ޖެހުމަށްފަހު، އިތުރު ގޯހެއް އުޅޭތޯ ބެލުމަށް ތިންގަޑި އިރު އެތާގައި މަޑުކޮށްފައެވެ.
”މިހާރު އިރުއޮއްސެނީ ދޯ.. ދޮންބެއާއި ގުޅައިގެން ދަރިފުޅު ގެއަށް ދޭ އިނގޭ.. އެމީ ދާން ވާއިރަށް އޭރުން ސަޕްރައިޒްގެ ކަންތައް ތައް ނިމޭނީ“ އިރަމް ގޮވައިގެން މަޖުދާ ޖެހިލީ އެއް ކައިރިއަށެވެ. އޭނާ ޥާހަކަ ދެއްކީ އިރަމްއަށް އިވޭހާ މަޑުންނެވެ.
”މަންމާ އިރޫއަށް ފެންނަނީ މިރޭ އެމީއަށް ރެސްޓް ކޮށްލަން ފުރުސަތެއް ދޭން.. މިތަނުން ދެވޭ އިރު ހުންނާނީ ދިހައެއް ޖަޙާފަ.. ނައިންގަ ފޮނުވާލަނަމޭ ބުންޏަސް އެހާ އިރުން ގެޔަށް ދެވޭނީ.. މިރޭ އެންމެން ވެސް ރެޑީކުރި ގިފްޓްސް ދީފަ ހިނގާ މާދަމާއަށް މިކަންތައް ލަސްކޮށްލަން … މި އައިޑިއާ ކަމުދޭތަ؟ މީރާން ބުނެފި ކޭކް ވެސް ދޮންބެގެ އެޕާޓްމަންޓްއަށް ލީ ވާހަކަ“ އިރަމް ބުނެދިނެވެ. ވިސްނާލުމަށްފަހު މަޖުދާ ބޯޖަހައިލީ އިރަމް ދިން ހިޔާލާއި ރުހިގެންނެވެ. އެކަމަކު މަޖުޑާ ބޭނުންވީ ކޭކް ފަޅާ ވަގުތު، އޭނާ ތައްޔާރު ކުރި ހަދިޔާ ދޭށެވެ. އިރަމް ބުނިހެން މިރޭ އަމީރާގެ ހާލަތު އެފަދަ ކަމަކަށް ތަނެއް ނުދެއެވެ.
”މަންމާ.. މީ .. މްމްމް.. އިރޫ ބޭރަށް ދަންތަ؟ އެމީ ގެޔަށް ގެންދަން ވާއިރަށް ދާނަން..އައި ޕްރޮމިސް“ ދުރުގައި ފޯނު ކޯލެއްގައި ހުރި އާމިލާއަށް އިވިދާނެތީ އިރަމް ވާހަކަ ދެއްކީ ކިރިޔާ މަޖުދާގެ ކަންފަތައް އެއަޑު ކިރިޔާ ފޯރާހާ މަޑުންނެވެ. އަމީރާއާއި މެދު ކަންބޮޑުވެފައި ހުރިނަމަވެސް އިރަމް ބުނިގޮތުން މަޖުދާގެ ގާތައް ހިނިއަންނަން އުޅުނެވެ.
”މްމް ޑޯންޓް ޓެލް މީ އިޓްސް ސަދަފް!“ ހެވިދާނެތީ އަނގަމަތިގައި އަތްއަޅާލައިގެން ހުރެ މަޖުދާ ވެސް ވާހަކަ ދެއްކީ އިރަމް ދެއްކިހާ މަޑުންނެވެ.
”އިޓް އިޒް.. މްމްމް ކެން އައި ގޯ؟“ އިރަމް ލަދުގަނެފައި ހުރިވަރުން، މަޖުދާ ހޭންފެށިއެވެ. މައްސަލައެއް ނެތް ކަމުގައި ބުނެ، ހުއްދަ ދިނުމުން އިރަމް ހުރިހާ ދަތެއް ފެންނަވަރަށް ހީލިއެވެ.
”އެކަމަކު، އެހާ ބޮޑަށް ގައިގަ އަތް ނުލައްޗޭ“ ދާން ހިއްލާލި ފިޔަވަޅާއިއެކު މަޖުދާ އިއްވާލި ޖުމްލައިން އިރަމް ދެލޯ ބޮޑުވިއެވެ. މަޖުދާއަށް ގޮވާވެސް ލެވުނީ ފުދޭވަރަކަށް ބާރަށެވެ.
”ދެން މަންމާ! ވީ އާރ ފްރެންޑްސް!!“
”ފުރަތަމަ ފްރެންޑްޝިޕް ޒޯން..ދެން އެއަށްފަހު އަންނާނެ ދެން ހުރި ޒޯންތައް.. މަންމަ ވެސް ފުރަތަމަ އުޅުނީ ބައްޕަޔާއި ދެމީހުން ފްރެންޑުންނޭ ކިޔައިގެންނޭ..“
”ހޫމް ހޫމް..ދެން ހުއްޓާލާ މަންމާ.. ލަދުން ހަލާކު.. ދެން ދަނީއޭ“ ހެމުން ހެމުން އިރަމް އެތަނުން ހިނގައިގަތެވެ.
ހޮސްޕިޓަލުން ނުކުމެވުނު އިރު، މާދުރު ނޫން ހިސާބެއްގައި ސަދަފް ކާރުގައި ލައްވެލައިގެން ހުއްޓެވެ. ވާރޭ ނުވެހުނު ނަމަވެސް ބަނަ ވިލާތަކުން އުނޑުމަތި ބައްދާލާފައި ވުމުންނާއި އިރުއޮއްސިފައިވާތީ ފުދޭވަރަކަށް އަނދިރިއެވެ. ކަޅުކުލައިގެ ވިއްސާރަ ކޯޓާއި އެކު ކަކުލުން މައްޗަށް ހުރި ޑެނިމް ސޯޓުގައި އޭނާ ފެންނަނީ ނުހަނު ފުރިހަމަ ކޮންނެވެ.
އިރަމް ފެނުނީންސުރެން ސަދަފް ކަޅި ޖަހައި ނުލާ ބަލަހައްޓައިގެން ހުރި ގޮތުން ދެފައިވެސް ނޯޅުނީ ކިރިއާއެވެ. އިރަމް ކައިރިވީތަން ފެނި ފިރިހެންވަންތަ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
”ހާއި“ ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލަ ދެމުން ސަދަފް އެއްކައިރިއަށް ޖެހިލީ އިރަމް ވަނުމަށް ތަންދެމުންނެވެ. އެތެރެއަށް ވަނުމަށް ދިޔަ ވަގުތު ސަދަފްއާއި ގާތުން ވައި އެޅިލެވުނު އިރު ދުވި ހިތްގައިމް ފިރިހެން ސެންޓްގެ ވަސް އިރަމްގެ ސިކުޑީގައި ހަރުލި ފަދައެވެ.
”ސޯ.. ކޮންތާކަށް ދާނީ“ މެސެޖް ކުރި ކަމުގައި ވީ ނަމަވެސް، އިރަމް ފެނުމުން ސަދަފް ވެސް އިނީ ހިސާބަކަށް ފިނިވެފައެވެ. އިރަމްގެ މޫނަށް ބެލެވަރުން ސަދަފް އިނީ، ހިތުގެ ލަގަން ދޫވެ ދާނެ ކަމުގެ ބިރު ހީވެފައެވެ. އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގެ އިރަމްގެ ސޫރަ ފެނުމުން އަމިއްލަ ހިތައް އަންނަ ބަދަލް އޭނާއަށް ނަގައިގަނެވެއެވެ. ކުރިމަތީގައި ހަރުކުރެވިފައިވާ ލޯގަނޑުން އަދިވެސް އެއްފަހަރު އިރަމްގެ މޫނަށް ބަލާލުމަށް ހިތް އެދުމުން އިޖާބަދިނެވެ.
”އިންވައިޓް ކުރި މީހާއަށް އެނގޭނީ.. ހަމަ ކޮންމެ ތަނެއް ވެސް ރަނގަޅުވާނެ“ އިރަމްގެ އަޑު މަޑެވެ. ކައިރިއަށް އާދެވުމުން ލަދުގަންނަނީ ހަމައެކަނި އޭނާއެއް ނޫނޭ ހިތާއި، ސަދަފް އަށް ހީލެވުނެވެ. މަންޒލަށް ދެވެންދެން ދެމެދުގައި އޮތީ ހަމަހިމޭންކަމެވެ.
ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކާރު ދުއްވުމަށްފަހު ސަދަފް މަޑުކޮށްލީ އަތިރިމަތި ފެންނަހެން އޮތް ހިސާބަކަށެވެ. ކާރު ވައްދަން ޖެހުނީ ހަނިކޮން އޮތް މަގަކަށް ނަމަވެސް، ހީކުރިވަރަށް ވުރެން ފަސޭހައިން، ޕާކް ކޮށްލަން ދޭތެރެއެއް ލިބުނެވެ. އޭނާ ފޭބުމަށްފަހު، އިރަމް ފޭބުމަށްޓަކައި ދޮރު ހުޅުވާލަދިނެވެ.
”އިޓްސް އޯކޭ އޭ.. އެހާ ބޮޑެތި ތަކުލީފް ނުއުފުލިޔަސް ރަނގަޅުވާނެ“
”ހެހެހެ..އިޓްސް ނަތިންގ…މްމްމް.. މިހާރު އަނެއް ވިލާގަނޑު އައިސް ބޯ މަތިވީ.. ކާރުގަ ކަންނޭގެ ކޮފީ ބޯން ޖެހޭނީ“
”އައި ލަވް އިޓް! ވާރޭ ވެހޭ މަންޒަރު ބަލަން ތިބެގެން ވެސް ކިހާ ސަޅިވާނެ ކޮފީ ބޯލަން.. ސްޕެޝިއަލީ ވިންޑޯއެއްގެ ކައިރީގަ.. އައި ލާވްވް އިޓް!!“ ރާގަކަށް ދަމާލާފައި އިރަމްއަށް ބުނެވުނު އިރު ހުރީ ތަފާތު ފޯރިއެއް އައިހެވެ. ވިއްސާރަ މޫސުމާއި ވާރެއަކީ އޭނާ މަރުދޭ ކަންކަމެވެ. ހާއްސަ ގޮތެއްގައި ކޮފީއަކީ ގިނަވަގުތު އޭނާގެ ބައިވެރިޔާއެވެ. ކިޔަވަން އިނަސް އަދި އެއްޗެއް ބޯލާ ހިތުން ބުއިމެއް ހޯދަންޏާ ވެސް ލިސްޓުގެ ކުރީގައި އިންނާނީ އެ ނަމެވެ. މިމޫސުމުގައި ކޮފީއެއް ބޯލުމަކީ އޭނާގެ ހިތްހަމަޖެހުމެވެ.
”ގޯޝްޝް.. ސޯ ޕްރިޓީ“ ހުއްޓާ ނުލާ އިރަމް ވާހަކަ ދައްކަމުން ދިޔަ ވަގުތު ސަދަފްއަށް ބޭއިހްތިޔާރުގައި ބަލަހައްޓައިގެން ހުރެވުނެވެ. ވާހަކަ ދައްކަމުން މޫނައް ހަދާލާ ގޮތްތަކަށް އޭނާގެ ހިތް ދަމައިގަންނަމުން ދިޔައެވެ. މިއިން ކަމެއްގެ ހިލަމެއް އިރަމްއަށް އިޙްސާސް ވެސް ނުވާ ކަހަކލައެވެ. އެ މަންޒަރު އިތުރަށް ފުރިހަމަ ވީ އަނެއްވާ ވާރޭގެ ތުނި ހަމަލާތައް ލަސްލަހުން އަންނަން ފެށުމުންނެވެ.
”ކާރުގަ މަޑުކޮށްލާ އިނގޭ.. އެބަ އަންނަން“ އިރަމް ހީކަރުވައި ގަނެގެން އުޅެފާނެތީ ސަދަފް ބެލީ އޭނާ ތެމުމުގެ ކުރިން ކާރަށް ލާށެވެ. ސަދަފް މިސްރާބު ޖެހީ އެހިސާބާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ފިހާރައަކަށެވެ.
ބިއްލޫރިގަނޑުގައި ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔަ ފެންތިކިތައް ދެކެން ފޫހިކަމެއް ނެތި އިރަމް އިނެވެ. އޭސީގެ ފިނިކަމާއި މޫސުމުގެ ފިނިކަމުން އޭނާ އިނީވެސް ހީގަންނަ ގޮތްވެފައެވެ. މާގިނައިރެއް ނުވެ ސަދަފް އައިސްފިއެވެ. އިރަމްގެ އަތައް ދިއްކޮށްލީ ދެ ތަށި ކޮފީ ލާފައި އިން ކުޑަކަރުދާސް ފޮށިކޮޅެވެ. އޭނާގެ ކޯޓު ބާލާފައި ކުޑަކޮން ފެންތައް ފޮޅާލުމަށްފަހު ފަހަތު ސީޓަށް އެއްލިއެވެ.
”ލަސް ތަ؟ “ ކަނދުރާއާއި ހަމައަށް އޮތް އިސްތަށިގަނޑުގައި ހަރުލާފައި ވާ ފެންތިކިތައް ފޮޅާލަމުން ސަދަފް ވާހަކަ ދެއްކިއެވެ.
”ނޫނޭ ހަމަ އޯކޭ..“ ސަދަފްއަށް ސިއްރު ކަޅިއެއް އެއްލަމުން، ކޮފީތަށިން ފުރަތަމަ ފޮދުވަރު އިރަމް އެތެރެއަށް ދަމާލިއެވެ. ކޮފީގެ މީރުވަސް ވަނީ ކާރުގެ ތެރެއަށް ފެތުރިލާފައެވެ.
”ކެން އައި އާސްކް ޔޫ ސަމްތިންގ؟ލައިކް އިޓްސް ޕާސަނަލް އައި ގެސް“ ސަދަފް ވާހަކަ ދެއްކީ ދުރުދުރުންނެވެ. އޭނާ ބޭނުންވީ އެންމެ ސުވާލެއްގެ ޖަވާބު ހޯދާށެވެ. އޭރުން މިވަގުތައް އޭނައަށް ފުދެއެވެ. އިރަމް ބޯޖަހައިލިތަން ފެނުމުން ހިތްހަމަޖެހުނެވެ.
”އަހަންނާއި އެކު މިގޮތައް ބޭރަށް އައީމަ ހިތްހަމަ ނުޖެހޭނެ މީހަކު ހުންނާނެ ތަ؟ އަމް ނޮޓް ޓޯކިންގ އެބައުޓް އިޔާން… މްމް ގެޓް؟“ ސަދަފްއަށް އެފަދަ ސުވާލެއް ކުރަން އުނދަގޫ ވެސް ވިއެވެ. އެކަމަކު ވެސް އޮޅުން ފިލުވަން ހިތް އެދުނު ވަރުން، ކެތްތެރިކަމެއް ނެތި އިރަމްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ.
”ނު..ނޫން.. އަމް ސިންގަލް“ ސަދަފްގެ އަސްލު ސުވާލް ދެނެގަނެވުނީ ކަންނޭގެއެވެ. އިރަމްގެ ކޯތާފަތައް ޖަންބުކުލަ ފާއްދާލިއެވެ. އޭނާ އިސްޖަހައިގެން އިން ނަމަވެސް ސަދަފްއަށް އެ މަންޒަރު ފެނި ބޯކަހާލެވުނެވެ.
”ދެންން ވަޓް އެބައުޓް ޔޫ؟“
”އޮބްވިއަސްލީ އަމް ސިންގަލް.. މްމް އަނޮދާރ ކުއެޝަން.. އަހަރެމެން ދެމީހުން ޓޯކް ކުރާކަން އެނގޭނެ ތަ އެއްވެސް މީހަކަށް“ ފުރަތަމަ ރޭ ބައްދަލް ކުރަން ދިޔައީ މަޖުދާގެ ގާތުން ހުއްދަ ހޯދާފައިކަމަށް އިރަމް ވަނީ އެރޭ ބުނެފައެވެ. އޭނާ ބަލަން ބޭނުންވީ އިޔާންއަށް އެއްވެސް ގޮތަކުން އޭނގޭނެ ތޯއެވެ. އިރަމް ނޫނެކޭ ބުނުމުން ސަދަފް ބޯޖަހައިލިއެވެ. ދެމީހުންގެ ދެމެދުގައި ކުދިކުދި ވާހަކަތައް ދެކެވެމުން ދިޔައެވެ. އެކަކު އަނެއްކަކާއި ބައްދަލްކުރެވޭ ނަޒަރުތައް އިތުރުވެ ، ބައްދަލުކުރެވޭ ހިނިތުންވުން ތައް ވެސް އިތުރުވަމުން ދިޔައެވެ. ސަދަފް ބަލައިލާ ކޮންމެ ފަހަރަކު އިރަމްގެ މޫނަށް ވެރިވާ ރަތްކަން އޭނާއަށް ދެނެވުނެވެ. އެންމެ ކަމުދިޔައީ ވެސް އެ ލަދުރަކި ކަމެވެ. އެސްފިޔތައް ތިރިކޮށްލާފައި ހީލާގޮތުން ބަލަން ކިތަންމެ އިރަކުވެސް އިދެވިދާނެފަދަ ޖާދޫއެއް އެ އަންހެންކުއްޖާގެ ކިބައިގާ ހުއްޓެވެ. ދެ ޒުވާނުން ގެއަށް ދިޔުމުގެ ހިޔާލް ގެނައީ ދިހައެއް ޖެހުމާއި ގާތްވި ފަހުންނެވެ. ދާހިތަކުން ނޫނެވެ. ނަމަވެސް އިރަމްއަށް މަޖުދާ ގުޅަންފެށުމުންނެވެ.
***
އަރައިގެން އައި އިރާއި އެކު އަމީރާއަށް ހޭލެވުނީ ތުއްތު އަތަކުން މޫނުގައި ބީހިލިކަން އިޙްސާސް ވުމުންނެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލާފައި ބަލައިލި އިރު ރީއާ އިނީ މަގަތުގައި ޖައްސާފައެވެ. އަމީރާގެ ތުންފަތައް ހިނިތުންވުން ވެރިވާކަށް ގިނަވަގުތެއް ނުނެގިއެވެ. އަމީޜާ ބަލައިލުމާއި އެކު ލޯބި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އިޔާންއާއި ދެމީހުންގެ ހައިޖާނުގަނޑު އޮތްގޮތައް ބާއްވާފައި ރީއާއާއި އަމީރާ ބެހެއްޓީ ކުރިން ވެސް ބަހައްޓަމުން ދާ ގާތްކަމެވެ. އެހެންނޫނަސް އެ ތުއްތު ކުއްޖާގެ ކުށެއް އެކަމުގައި ނުވެސް ވެއެވެ. ވިސްނުމުގައި ވަގުތުތައް ހޭދަކޮށް އޭނާއަށް ރޭވެސް ނިދުނީ ވަރަށް ލަސްވިފަހުންނެވެ.
”ދޫނީ“ ރީއާގެ ގައިގާ ބައްދާލަމުން، ކޮލުގައި އަމީރާ ވަރަށް ލޯބިން ބޮސްދިނެވެ.
“މިޝްޝް ޔޫ.. ގެޓް ވެލް ނޫން“ އަމީރާގެ ކޮލުގައި އަތް ބީއްސާލަމުން ތުއްތު އަޑުން ބުނެލިއެވެ. ލޯބިން އަމީރާގެ ހިތް ބަނޑުންވިއެވެ.
”އޯވްވްވް… ތެންކިއު ދޫނީ.. މިހާރު ދައްތި ހަމަ ބެސްޓްއޭ..ނުލިބި ހުރި ސްޓްރެންތްކޮޅު ވެސް ލިބިއްޖެ ބޭބީ ފެނުނީމަ.. ”ރީއާ ގަޔާލާ ބޮނޑިކޮށްލިއެވެ. އެބަ އަންނަން ކަމުގައި ބުނެފައި އަމީރާ ފާހަނާއަށް ވަނީ މޫނު ދޮވެލުމަށެވެ. ނަމާދު ނުކުރެވޭ ދުވަސްކޮޅެއް ކަމުން އޭނާ ބޭނުންވީ ތަންކޮޅެއް އަވަހަށް ސައިހެދުމަށް ދާށެވެ. އޭރު ފަސް ގަޑި ބައިވާން ވެސް ގިނަ އިރެއް ނެތެވެ. އެނބުރި ފާހާނާއި އައި އިރު ރީއާ ނެތެވެ. ހެދުން ބަދަލް ކޮށްލައިގެން ބޭރަށް ނުކުމަތް އިރު ސޯފާގައި ނަދީމްއާއި މަޖުދާ އާއި ނީޝަން ތިއްބެވެ. އިރަމް ބަދިގޭގައި އުޅޭ އަޑު އިވެއެވެ.
”އެމީ.. މިހާރު ރަނގަޅުތަ؟.. ދައްތަ އެބަ އަންނަން ޖޫސް ތައްތެއް ހިފައިގެން“ އަމީރާ ފެނުމާއި އެކު މަޖުޑާ ތެދުވަން އުޅުމުން އަމީރާ އޭނާ ހުއްޓުވިއެވެ.
”ނޫނޭ.. ޑިއުޓީއަށް ދިޔުމުގެ ކުރިން ދެން އެއްޗެއް ބޯލާނީ“
”މިއަދު ދާނަން ޑިއުޓީއަށް؟ ނޯ ވޭ! ޔޫ ލުކް ވީކް.. މިއަދު ބަލާލާފަ މާދަން ދާނީ ދޯ“ މަޖުދާ ވަގުތުން ދެކޮޅު ހެދިއެވެ.
”މިހާރު ހަމަ ބަރާބަރު.. އެކޮޅުގަ ފްރެންޑްސް އިން ކަމެއް އޯގަނައިޒް ކޮށްފަ އިނީ ވެސް.. ސޯ އައި ޝުޑް ގޯ.. “ އަމިރާ މިފަހަރު ބުނެލިގޮތުން މަޖުދާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މައްސަލައެއް ނެތް ކަމުގައި ބުނެ، ނަދީމް އޮފީހަށް ދާއިރު ގެންގޮސްދޭނެ ކަމަށް ބުނެލިއެވެ.
އަމީރާ ބޯޖަހައިލިއެވެ. އެންމެން އެތާގައި ތިއްބާ ވެސް އިޔާން ނުފެނުމުން އޭނާގެ ނަޒަރު ކޮޅުކޮޅަށް ހިންގާލިއެވެ.
”ދޮންބެ ކޮބާ މިއަދު؟“ އަމީރާގެ މޫނަށް އަރާ ފޭބި ކުލަވަރު ދިރާސާ ކުރާ ފަދައަކުން ބަލަހައްޓައިގެން އިނދެ ނީޝަން ބުނެލިއެވެ. އޭނާގެ މޫނަށް އަމީރާ ބަލައިލަން އުޅޭހެން ހީވެ މަޖުދާއަށް ސަމާލްކަން ދިނެވެ.
”އެބައިން ހޭލައިގެން.. ކޮފީއެއް ބޯލަން އިނީ އައި އިރު.. އެހެންޏާ މިތާގަ އައިސް އިންނަ މީހާ މިއަދު ނޭނގެ ކިހިނެތްވީ ކަމެއް“ މަޖުދާ ޖަވާބުން އެހެންހޭ ނީޝަން ބުނެލިއެވެ. އިރުގެ އަށްވައް މިލައިގެން ދިޔަ ފިނިފެންމަލެއް ފަދައިން، އަމީރާގެ މޫނު މިލައިގެން ދިޔަތަން ފެނި ނީޝަންއަށް ވިސްނާލަން ޖެހުނެވެ. ކިތަންމެ ހަގަކަސް އޭނަގެ ސިކުނޑި ބަރާބަރަށް މަސައްކަތް ކުރެއެވެ. އޭނާ މިސްރާބް ޖެހީ މީރާން ހޯދުމަށެވެ.
”އޭ .. ހޭލަބަލަ .. ކުޑަބޭ“ ނީޝަން ވަތް އިރު މީރާން އޮތީ ގަދަ ނިދީގައެވެ. ދެތިން ފަހަރަށް ގޮވާލުމުން މީޜާން މޫނު ހަދައިގެން ހުރެވެސް ހޭލިއެވެ.
”ކޮޓަރި ތަޅު ނުލާ ނިދުނިއްޔާ މީނަގެ އުނދަގުލުން ސަލާމަތް ނުވެއޭ..“
”ޑަބަލް ކީ އަކީ ވެސް އޮންނަ އެއްޗެއް.. ތަޅުލާފަ ނިދައިގެން ވަކި އޮވެވޭނެ ކަމަށްތަ ހީކުރީ“
”ހޫންން ދެން ތި ކިޔަން އުޅޭ އެއްޗެއް ކިޔާފަ މަ ނިދިޔަ ދީބަލަ .. ބޮޑު ވެއްޖެ ނުހޮރުއްޕާނެއް މިވެސް“ އެހާ އަރާމުގައި އޮތްވާ ނީޝަން އޭނާ ނެގި ގޮތުން ހުރީ ރުޅިގަދަ ވެފައެވެ. ނީޝާން އަނގަޔަށް ވައްތަރައް ޖައްސާލަމުން އޭނާ ކިޔަން އައި ވާހަކަ ފަށައިފިއެވެ. ފުރަތަމަ ޖުމްލައާއި އެކުވެސް މީރާންގެ ނިދި ފިލައިފިއެވެ.
“ ދޮންބެއާއި އެމީ ދައްތިގެ ވާހަކަ އެކޭ.. ހެނދުނު ނީޝް ސޯފާގަ އިންދަ ބައްޕައަށް، މަންމަ ކިޔައިދިން އިއްޔެގަ ވާހަކަ.. އާމިލާ ދައްތަ އަށް ޝޯ ފެނުނީ.“ އާމިލާއަށް އަމީރާ ފެނުނުގޮތް މީރާންއަށް ކިޔައިދިނެވެ. މީރާން އިނީ ހައިރާންވެފައެވެ. އެކަމަކު، އެކަމަކާއި އިޔާންއާއި ހުރި ގުޅުމެއް އޭނާއަކަށް ނޭގުނެވެ.
”ތީގަ ދޮންބެ އަންނަނީ ކިހާ ހިސާބަކުން؟“
“އެއީ އެއް ނޫންތަ ދައްކަން އައި ވާހަކަ.. މިއަދު މަ މިއިނީ ދައްތި ނުކުންނަން ދެން ހަމަ.. ކުރިމައްޗަށް އެރީން ސުރެން އެ މޫނުގެ ކުލަވަރު ދުށިން ގޭގެ އެންމެން ތިބެފަ ދޮންބެ ނެތީމަ ކަންނޭޣެ ވަށައިގެން ހޯދާ ބެލީ.. ސޯ މަންމަ ކުރެން އަހަރެން އެހިން ދޮންބެ ކޮބާތޯ..އެހެންބުނީމަ ސިހިފަ މަގޭ މޫނަށް ބަލައިލި.. ދެން ދޮންބެ އެބައިގަ ކޮފި ބޯން އިން ހަބަރު މަންމަ ދިނީމަ މުޅި މީހާގެ މޫނުމަތިން މިލައިފި.. މަށައް ޔަގީން ކަމެއް އުޅޭކަން“
”ތިހެން ބުނީމަ މި ހަނދާން ވީ.. އިއްޔެ ހަވީރު އެންމެން ހޮސްޕިޓަލްގަ އުޅުނެއްނު.. ރީއްކޮ ނިދާފަ އޮތީމަ ނީޝް ވެސް ކައިރީގަ އޮވެގެން ނިދީ.. ވާރޭ ވެހޭ ވަރުން މަށައް ވެސް ހޮސްޕިޓަލަށް ނުދެވިގެން ވައިވެފަ ސޯފާގަ އޮއްވަ ދޮންބެ އައިސްފި.. ރީއްކޮ ކޮބާހޭ އެހީމަ މަ ބުނިން ނިދާފަ އޭ.. މުޅި މީހާ ތެމި ފޮވެގެން ހުރީ.. މޫނުމަތިން ވެސް ހީވި ކަމެއް ވެފަ ހެން.. ވަރަށް ރަތްކޮން ހުރީ“ މީރާން ވެސް އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. އެއާއި އެކު ނީޝާންގެ ޝައްކު ފާޑަކަށް ޔަގީންވިއެވެ.
”ގޯހެއް އެބަ އުޅޭ.. މަށައް ހީވަނީ ކުޑޫ ވައްދައް ވީހެން ދެން މިކަމަށް.. އަހަރެމެންނަށް ވުރެން ދައްތައާއި ބޮޑަށް ކްލޯޒް އީ ވެސް ކުޑޫ ދޯ..އިތުރަށް ހަނދާނެ ގޮތެއްވެސް އެނގޭނީ އޭރުން“ މީރާން ހިޔާލަށް މިފަހަރު ނީޝަން ދެކޮޅަށް ނުހެދިއެވެ. މީރާން ބުނާހެން އިތުރަށް ކަމެއް ކުރަން ވެސް އެނގޭނީ އޭރުންތާއެވެ.
***
އޮފީހުގައި ހުންނަ މެހެމާނުންނާއި ބައްދަލްކުރާ ކޮޓަރީގައި، ހައިކަލް މަޑުކޮށްލައިގެން އިނީ، ދުވަސް ވީ ރަހްމަތްތެރިއާ ޒާހިރް އިންތިޒާރުގައެވެ. ޒާހިރް އަންނަނީ އޭނާ ބައްދަލް ކޮށްލަން އެދިގެންނެވެ. ކެތްތެރިކަމާއި އެކު އިނެއް ކަމަކު ދޭތެރެއަކުން އަތު ކުރީގައި އަޅާލާފައި އޮތް ރޮލެކްސް ގަޑިއަށް ހައިކަލް ނަޒަރެއް ދެއެވެ. މިއަދު އޭނާ ނިންމައިގެން ހުރީ ވިޝާމްއާއި ޒަންޔާގެ ކައިވެންޏަށް އެދޭށެވެ. އަމިއްލަ އާއިލާއާއި ހިއްސާކޮށްފައި ވީ ނަމަވެސް އަދި ޒާހިރްގެ ގާތުގައި އޭނަ ސިދާ ބޭނުންވާ ގޮތެއް އަދި ހާމައެއް ނުކުރެއެވެ. އޭނާ އެކަމާއި ދެކޭނީ ކިހިނެތްބާއޭ ހީވެ އިނީ ފިނިވާ ގޮތްވެފައެވެ.
”ކޮބާ ލަސް ވިތަ.. ވިއްސާރަ ކަމުން މި ލަސްވީ..ނިކަން ބައިބޯ މަގުތަކުގަ ވެސް“ ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައި ޒާހިރްފެނި ހައިކަލް ގޮނޑިން ތެދުވިއެވެ.
”ނޫނޭ ތިއައީ ހަމަ ބަރާބަރު ގަޑިއަށް.. އިށީންދޭ.. އިށީންދޭ .. ކޮބާ ތަ އެ މަންޖެ؟ އެނގޭތަ.. ޔޫވީ އަށް މާ ކަމު ގޮސްފި ޒަން.. ގެޔަށް އައިސް ވެސް އެވާހަކަ ދެއްކީ“ ހައިކަލް ހޭންފަށަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.
”އަހަހަހަ..އެހެންތަ..މާ ރަނގަޅަކަށްނު މިވީ… ތިޖެހުނީ އެ ދަރި ގެންދަން … ލައިލާ ވެސް ކުޑަކުއްޖަކު ނެތިގެން ފޫހިވެގެން ނިކަން އުޅޭނެ..އަހަހަ“ ހައިކަލްއަށް ޖަޥާބު ދީފައި ޒާހިރް އަނެއްކާ ވެސް ކިޔައިދިނީ ޒަންޔާގެ ދިރިއުޅުން ހުރި ގޮތެވެ.
”ލައިލާ ވާހަކަ ދެއްކި ފަހުން ހަމަ ރަނގަޅު ވެފަ ހުރީ …އެކަމަކު މާ ބޮޑަށް ވިސްނަނީ މާކިން ވެސް ނުފެނި ގިނަ ދުވަސްވާތީ.. އެކުވެރިން މަތިން ހަނދާންވެ ރޯން ފަށާފާނެ ހުރެލާފަ..ލައިލާ ވެސް ވަރަށް ލޯބިން އެގެންގުޅެނީ އެމަންޖެ.. އެކަމަކު ހަގަށް ތިބޭ ކުދިންގެ ކަންކަމުގަ ވެސް އުޅެން ޖެހޭނެ ތާ ދޯ“
“ ޒާހިރް ތި ވާހަކަ ތައް ކިޔާ ކޮންމެ ފަހަރަކު ހަނދާންވޭ ކުއްޖަކު މަތިން.. އަހަރެންގެ އެހެން އެކުވެރިއެއް ގެ ގޭގައި މިހާރު ގެންގުޅޭ ސްޕެއިންގެ ދެމަފިރިއަކު ރާއްޖެއިން އެޑޮޕްޓް ކޮށްގެން ގެންގުޅުނު ކުއްޖެއް.. ސްޕެއިންގަ އުޅެއުޅެފަ އެ ކުއްޖާ ވެސް ބޭނުންވީ ފަހުން ރާއްޖެ އަންނަން.. އަހަރެމެންގެ ގޭގަ މި ބަހައްޓަނީ.. އަހަރެން ދަންނަ ގިނަ ބައެއް ހާދަ ބޮޑަކަށް ސްޕެއިންއާއި ގުޅިފައޭ ދޯ މިވަނީ..ހެހެހެ.. ޒާހިރް.. އެއްކަލަ ކަންތަކުގަ، ކޮބާ ޒަން ކުރެން އެހިންތަ ހަމަ ފަހުގެ ނިންމުން ތޯ އެއީ“ ހައިކަލް އަހާލިއެވެ. އޭނާ ދޫކޮށްލީ ފުންނޭވާއެކެވެ.
”ދެންމެ ވެސް އަހާފަ މިއައީ .. ބުނީ ބައްޕަ ބޭނުން ކުއްޖަކާއި ކައިވެނި ހަމަޖައްސާށޯ.. އަހަރެން މިހުންނަނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ.. ދެންމެ އެހިން އަދި، ބައްޕަމެން ކައިވެންޏާއި ބެހޭ ގޮތުން ސުވާލް ކުރާވަރުން ބޮލަށް އުނދަގޫ ވެގެންހޭ ތިހެން ތިކިޔަނީ.. ބުނި ހާއިރުން ބުނެފި ނޫނަކޯ.. “ ޒާހިރްގެ ވާހަކައިން ހައިކަލްގެ ހިތައް ހަމަޖެހުން ލިބެމުން ދިޔައެވެ.
”ތިހެން ވީ އިރު ރަނގަޅު.. އަހަރެން ކަމަކު އެދެން ވެގެންނޭ މިގެނައީ “ ހައިކަލްއަށް ތުންފަތް ހަފާލެވުނެވެ. ޒާހިރް ބުނާށޭ ބުނާ ފަދައަކުން ނިތް އަރުވާލިއެވެ.
”އަހަރެންގެ ފިރިހެން ދަރި، ވިޝާމް … ކައިވެނި ކުރަން ނޫޅޭތީ އަހަރެމެން މިކިޔަނީ އެ ވާހަކަ ތާ އަބަދު.. އަހަންނަށް އެނގޭ އޭނާ އަމިއްލައަށް އެކަމާއި ނޫޅޭނެކަން.. ނުކިޔަން ހުއްޓަސް އެހެންވެ ކިޔެނީ ވެސް..ދެން ހުރެ ހުރެފަ އިހަށް ދުވަހު ބުނެފި ބައްޕަ ބޭނުން ކޮންމެ މީހަކާއި ވެސް ކައިވެނި ކުރާނަމޯ.. ބޭނުން ކުއްޖަކާއި ކައިވެނި ހަމަޖައްސުވާށޯ.. ޒާހިރް .. އަހަންނަށް އިނގޭ އިނގޭ ޒަން އާއި ވިޝާމްގެ އުމުރުގެ ތަފާތް ހުންނާނެކަން.. އެކަމަކު ވެސް އަހަރެމެންނަށް ވަރަށް ކަމުދޭ ޒަން.. އެދެކުދިން ގުޅުވުމާއި ދޭތެރޭގަ ކީކޭ ބުނަނީ؟ ފެންނަ ކަމެއްތަ؟“ ހައިކަލް އެންމެފަހުން ބުނަން ބޭނުންވި ވާޙަކަ ދުލުކުރިއަށް ގެނައެވެ.
***
(ނުނިމޭ)


Comments (9)
Ranasays:
ނޮވެމްބަރ 24, 2025 at 03:56After a long wait dhw🥹 . Hureveneekee ves noon next part kiyaa hithun
Lahusays:
ނޮވެމްބަރ 24, 2025 at 07:25Dhen nooooo
I cried so hard after reading it
Ehen nuhadha ahren ge dharinkolhah😭😭😭
This is crazy😭😭😭
When next 😭😭
ErZuhsays:
ނޮވެމްބަރ 24, 2025 at 07:26I just don’t understand why iya ehen ehedhy
I mean even its fake thoh
It hurts 😩
V reeethi mi part ves 💖✨
Nonamereadersays:
ނޮވެމްބަރ 24, 2025 at 07:33Neeshan kahala sibling
Eh beynun🥲🤍🤍
Ahhhh🥲🥲🥲🥲
I want i want i want
Varah asari ebahuri mi part
Ma sha allah🤍🤍
Cant wait for the next🥹🤍
Hathuusays:
ނޮވެމްބަރ 24, 2025 at 08:03Varah reethi mi part ves
Ekmaku rovihje
🥺🥀
Lam’says:
ނޮވެމްބަރ 24, 2025 at 08:25In my view iyan ehedhy ragalhah
Likeamyra dhera kohlumuge gothun viyya thats hama good thing since she doesn’t blv anything he say
He didn’t do anything wrong❤️🩹❤️🩹
😑 if i were him i wont even look back🌚
I just felt he did right thing
She bavaalii kihineh😭😭
I loveeeee it ❤️❤️❤️❤️
When bext gurlyyy❤️❤️❤️❤️
Maishaansays:
ނޮވެމްބަރ 24, 2025 at 08:36V reethi mi part ves
V zamaan fahu mi comment eh ves kohlevuny🖤
Mimisays:
ނޮވެމްބަރ 24, 2025 at 11:08Aaahhh this is so heartbreaking
💔
Kudusays:
ނޮވެމްބަރ 24, 2025 at 11:14Majuhtha i so naughty 😈
I live this needhan gurk🥰😂
Haadha majaley eyna
Balaala adhi meerasn hallaala hoi
Hahahah
Curiously waiting for next❤️❤️❤️❤️