ހިރާސް 2 (12)

”ބޭބޭ..ބޭބޭ“ ބާރު އަޑަކުން ޒައްޔާންއަށް ހަޅޭއްލަވައި ގަނެވުނެވެ. ވައިރޯޅިތައް މަޑުވެ ފުސްކަން ފިލައި މާހައުލު ސާފްވީ އިރު އެތަނުގައި އެމީހުންގެ ހިލަމެއް ނުވެއެވެ. ޒައްޔާންގެ އަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. ދެން ހަނދާނެ ގޮތެއް ނޭނގުނެވެ. ދުވަހަކު ވެސް އެހާ ބޮޑަށް މާޔޫސްނުވެއެވެ.

****

”ބޭބޭ!“ ފަރުބަދަ މައްޗަށް އަރައިގެން ޒައްޔާން އައިލެތް ހަލުވިކަމުން ހީވީ ވިދާލި ވިދުވަރެއް ހެންނެވެ. މާނޭވަ ލެވެމުން ދިޔައެވެ. ހާސްވީ ވެފައި ހުރި ވަރުން އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާ ދަމައިގަނެވުނެވެ. ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ޒައްޔާން މުޅި ހިސާބުގަނޑު ބަލާ ފާސްކުރިއެވެ. ރާބިއުގެ އެއްވެސް ހިލަމެއް ނުވިއެވެ. ބިލާލްގެ ބައިވެރިންގެ ހިލަމެއްވެސް ނެތެވެ.

”އާހްހް.. ޝިޓ*!! ރުއާ އާއި ކިހިނެތް ފޭސްކުރާނީ!“ ވަކިން ހުރި ހިލަގަނޑެއްގަ މަގަތައް ޒައްޔާންއަށް ތިރިވެލެވުނެވެ. ސިކުނޑި ސުމަކަށް ގޮސްފިއެވެ. ބޯ ހާސްވެފައިވާ ވަރުން ވިސްނަން ވީ އެއްޗެއް ވެސް އޭނާއަކަށް ނޭނގުނެވެ. ފަތިސްވުމުގެ ހިލަންތައް ފެންނަމުން ދާން ފެށިއިރު ވެސް ޒައްޔާންއަށް އިންތަނުގައި އިނދެވުނެވެ.

***

ރުއާނާއަށް ހޭލެވުނީ ފޯނު އެލާމްވީ އަޑަށެވެ. ދެބަޔަށް ހުޅުވިފައިވީ ދެލޮލުން ގަޑިއަށް ނަޒަރެއް ދިން އިރު ހައެއް ޖަހަނީއެވެ. އާފުރިލަމުން ތެދުވެ ހެޑް ބޯޑްގައި ލަތްވެލީ ނިދިފިލުވާލުމުގެ ބޭނުމުގައެވެ. ރަނގަޅަށް ދެލޯ ހުޅުވާލެވޭ ވަރުވުމުން ބަލައިލި އިރު ސޯފާގައި ނިދިފައި އޮތް ލިއަމް ފެނި އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އޮތީ އެނދާއި ފުރަގަސްވާހެން ހެންނެވެ.

”ވައި ހި-.. އޮހް..އޯހްހް“ ލިއަމް އެ ކޮޓަރީގައި ނިދިކަން ވެސް ރުއާނާއަށް ހަނދާންވީ އެވަގުތުއެވެ. އަނގަމަތީގައި އަތްއަޅާލެވުނީ އަމިއްލަ ނަފްސާއިވެސް ވާހަކަ ދެއްކެވުނު ލެތް ބާރުކަމުންނެވެ. އެކަން އިޙްސާސްވީ ލިއަމް ތެޅިގަތްތަން ފެނިފައެވެ. ތެޅިލާފައިވެސް އަނެއްކާ ނިދީގެ ތެރެއަށް ގެނބުނު ގޮތް ފެނި ރުއާނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެނދުމަތިން ތެދުވީ ލުއި ލުއި ފިޔަވަޅުތަކެއްގައެވެ. އޭނާ ކޮޓަރީގެ ތެރޭގައި ހުއްޓާ، އަޑެއް އިވިގެން ލިއަމްއަށް ހޭލެވޭކަށް ބޭނުމެއް ނޫނެވެ. އަޑެއް ނީއްވާލާ ދަބަހުގެ ތެރެއިން ބޭނުންވާނެ ސާމާނުތައް ނަގާލެވުމުން ހިތް ހަމަޖެހުނެވެ.

ބުރުސް އަނގަޔަށް ޖަހާލަމުން ރުއާނާއަށް ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރެއް ދެވުނެވެ. އިހްތިޔާރެއް ނެތި ހީލެވުނެވެ.“ އޯހް މައި ގޯޑް.. އަމް ގޮއިންގ ޓް ލިވް ވިތް ހިމް.. ކާންޓް ބިލީވް.. އޯހް މައި މައި..“ ރުއާގެ ދެތުންފަތް ހަރަކާތް ކޮށްލިއެވެ. ކޯތާފަތައް ޖަންބުކުލަ ވެރިވެގަފައި ވާ ގޮތުން ހީވަނީ ފިއްސަކުން ފަނޑު ރަތުގެ ކުލައެއް ޖައްސާލާފައި ހުރިހެންނެވެ. ހިތައް ސިފަ ކޮށްލެވުނީ މިއަދު ދެމީހުން ބައްދަލް ވާއިރު ވާނެގޮތަކާއި މެދުއެވެ. ރުއާނާއަށް އިސްވެ ވާހަކަ ދައްކަން ކެރޭނެބާއެވެ.

”ކޮމްޕްލީޓްލީ އޯކްވާރޑް!.. އާރގްގް.. މިވަރުގެ ކަމެއް އޭނަ ކޮށްދިނީމަ ވެސް ތޭންކިއު ވެސް ނުބުނެ އަދި މިހުންނަނީ“ ހެދުމުގެ އަތުކުރި އޮޅާލާފައި ރުއާނާ ބަލައިލީ  ޒަހަމް ކޮޅަކަށެވެ. ކުރިން އެހިސާބުގައި އަޅާފައިވާ ބެންޑޭޖްގަނޑުގެ ބަދަލުގައި މިހާރުވަނީ މަލަނެކެވެ. ކުރީގައި ހުރި ދިލަ ވެސް އެއްކޮން ކެނޑިފައި ވާއިރު، ދެދުވަސް ވީ އިރު އޭނާ ބިރުގަންނަހާ އަވަހަށް އެތަންތަން ދިޔައީ ފަސޭހަ ވަމުންނެވެ. ގިނަ ތަންތާގައި ހުރީ ކުރަމަކާލި ލާންފަށާފައެވެ. އެރޭ އަވަހަށް ގެއަށް އަންނަމުން ލިއަމްއަށް ޝުކުރުގެ ބަހެއް ވެސް ރައްދުނުކޮށްލެވެއެވެ. މިއަދު ކޮންމެހެން ހަދާފައިވެސް އެކަން ކުރުމަށް ރުއާނާ އަޒުމް ކަނޑައެޅިއެވެ.

އޭނާގެ ހިތުގައި ބައިވަރު ސުވާލް ވެސް ހުއްޓެވެ. އެރޭ ދެފުޅީގައި ހުރި އެއްޗިހި އޭނާގެ ހަށިގަނޑަށް އެޅި އިރު އެއީ މިއިން ދުވަހަކުވެސް ފެނިފައި ނުވާ ޒާތު އެއްޗެކެވެ. އެ ކޯއްޗެއްކަން އެނގެން ރުއާނާ ބޭނުމެވެ.

ރުއާނާ ފާހާނައިން ނުކުތީ އޭނާ ކްލާހަށް ދިޔުމަށް ލާން ނެގި ހެދުން ވެސް ލައިގެންނެވެ. އޭރު ވެސް ލިއަމް އޮތް ގޮތައް އޮތެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ދަބަސް ތައްޔާރު ކޮށްލާފައި ލިއަމްއަށް ގޮވަން ގާތްވެލިއެވެ. ސޯފާއާއި ގާތައް ފިޔަވަޅު ގާތްވަމުން ދިޔަވަރަކަށް  ހިތައް އެނގުންވަމުން ދިޔައެވެ. ފިނިވަމުން ދިޔައިރު ވެސް ދެއަތް ދެއަތާއި މޮޑެލެވުނެވެ. ފަހަތުން ފެންނައިރު ވެސް ބައިމަތި ފުޅާ ހަށިގަނޑުގެ ވަރުގަދަކަން ހާމަވެއެވެ.

”މްމްމް.. ސާރ.. ވަޓް ރުއާނާ.. ހާދަ ސްޓްރޭންޗް ވައިބެކޭ.. ކީކޭ ކިޔާފަތަ ގޮވާނީވެސް.. ލިއަމް ތަ ލިއަމް ސާރ ތަ..“ ސޯފާގެ ކައިރީގައި ކޮޅަށް ހުރެ ރުއާނާ ކިޔާލިއެވެ. އެއަޑުން އެކަނިވެސް ކަންބޮޑުވެފައި ހުރި ވަރު ހާމަވެއެވެ. ރުއާނާ ހީކުރީ އަދިވެސް ލިއަމް ގުޑުމެއް ވެސް ނާރުވާލާ އޮތުމުން އޮތީ ނިދާފާ ކަމަށެވެ.

ލިއަމްއަށް ހޭލެވުނީ ރުއާނާ ފާހާނައިން ނުކުތް އަޑުއަހާފައެވެ. އޭނާ މަޑުކޮށްލީ ރުއާނާ ހަދާ އެއްޗެއް ބަލާށެވެ. ފަސްދީގެން އޮތުމުން އޭނާ ކުރާކަމެއް ނުފެނުނަސް އެކަނި ހުރެ ވާހަކަ ދައްކަމުން ދިޔަ ގޮތް ފެނި ކެތްކޮށްލައިގެން އޮވެވެނީ ކިރިއާއެވެ.

”މޭބީ އައ ޝުޑް ކޯލް ހިމް އަންކަލް.. ހީ އިޒް ޓޫ އޯލްޑް“ އެންމެ ފަހުން އަނގަޔަށް މަޖާ ވައްތަރެއް ޖައްސާލާފައި ރުއާނާ ބުނެލިއެވެ. އެއަޑުއަހާފައި  ލިއަމްއަކަށް ނޯވެވުނެވެ.

”އެހެމްމް..“ ހެވިދާނެތީ ނުހަނު ބާރަށް ކަރުކެހިލިއެވެ. އެހާ ކުއްލިއަކަށް ތެދުވުމުން ކަންނޭގެއެވެ. ރުއާނާ ދިޔައީ ސިއްސައިގެންނެވެ.

”ޔޫ އެވޭކް؟“ ރުއާނާ ލަދުގަތެވެ. އަނެއްކާ އޭނާ ދެންމެ ކީ އެއްޗިހި ލިއަމްއަށް އިވޭނެބާއެވެ. ލިއަމް ތުންފަތް ހަފާއިގެން އިން އިރުވެސް ހެވެން އުޅޭ ކަހަލަ ގޮތެއް ވަމުންދާތަން ފެނި ރުއާނާއަށް އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ. ސޯފާއިން ތެދުވެ ހަމައިސްކޮޅަށް ދެމިލި އިރުވެސް ރުއާނާއަށް ބަލަހައްޓާއިގެން ހުރެވުނެވެ. ލިއަމް ދިގުކަމުން ރުއާނާއަށް އެ މޫނަށް ވެސް ބަލައިލަން ޖެހުނީ މޫނު މައްޗައް ޖަހައިގެން ހުރެއެވެ. އެހާ ވެސް ބޮޑު ތަފާތެއް ދެމެދުގައިވިއެވެ. ކުރިން އެހާ ކައިރީގައި ނުތިބެވޭތީ ކަންނޭގެ އެވެ. އެ ކަން އޮތީ އެހާ ބޮޑަށް ފާހަގަ ނުވެއެވެ.

”ޔެސް.. ވެއިޓް ފޯރ މީ.. ޑްރޮޕް ކޮށްދޭނަން“ ނިދާ ހޭލި ގަޑިއަށް ވެފައި އޭނާގެ އަޑު ވަކިން ބަރެވެ. އިސްތަށިގަނޑު ތަރުތީބު އޮތީ ގެއްލިފައެވެ. ތުންފަތުގެ ކުލަ ވަކިން ގަދައެވެ. ރުއާނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރިގޮތުން ހީވީ މެޔަށް އައިސްކިއުތަކެއް އޮއްސާލިހެންނެވެ.

”މް..މްމްމް.. ވެއިޓިންގ“ ރުއާނާގެ އަނގައިން ނުކުތެވެ. ލިއަމް ބޯޖަހައިލަމުން ނުކުމެގެން ދިޔައެވެ.

”ބައި ދި ވޭ .. އަމް ޖަސްޓް ތާރޓީ.. ނޮޓް ދެޓް އޯލްޑް“ ދޮރުން ނުކުމެ ނުކުމެ ހުރެ ލިއަމް އިއްވާލިއެވެ.  ރުއާނާއަށް ތެޅިގަނެވުނެވެ. ލަދުން ގޮސް މޫނު ރަތްވާން ނެގީ ސިކުންތެކެވެ. އިސްއުފުލާލި އިރު ލާނެތް ހިންޏެއް އައިސް ހުރެ ލިއަމް ދޮރު ޖަހާލިއެވެ.

”ވަޓް ދަ.. ހީ ހާރޑް؟ ސޯ ނިދާފަ ކަމަށް ހެދިގެން ދޯ އެއޮތީ؟ އަޅެ ހެޔޮނުވާނެ އެންނު؟ “ ދެލޯ ބޮޑުކޮށްލައިގެން ހުރި އިރު ދެކޮޅަކަށް ހިނގާލެވުނެވެ. “ މިއަދު ދެން ނުކެރޭނެ އޭނާއާއި އެކު ދާކަށް.. އައި ޝުޑް ގޯ.. ކާކުގެ ކައިރިން މިހާ އަނގަ ގަދަ ވާން ދަސްވީ.. އަންކަލް އޯ..މައި ފޫޓް!“ ލަދުން ގޮސް މުޅި ކުއްޖާ ހިސާބަކަށް ހުރީ ހޫނުވެފައެވެ. އެންމެ ސިކުންތެއް ވެސް ލަސްނުކޮށް ރުއާނާ  ގެއިން ނުކުތީ އަމިއްލަ ކާރުގައި ދާން ވެގެންނެވެ. ދަމުން ލިއަމްގެ ފޯނަށް މެސެޖެއްކޮށްލާފައި ދާކަން އަންގާލިއެވެ. ނޫންނަމަ އޭނާ ހޯދުން ވެސް އެކަށީގެންވެއެވެ.

***

”ޒައްޔާން ހަމަ ޔަގީންތަ އެ ބިމަށް ނޫން ކަން ދިޔައީ؟“ ފާރުގައި ބޯ ޖައްސާލައިގެން ހުރި އަލާނިޔަލް ހުރީ ބޮލުގައި ރިއްސައިގަނެފައެވެ. މަގަތުގައި ކައިވަން ހުއްޓެވެ. އެމީހުން ތިބީ ކައިވަންގެ ގޭގައެވެ. ޒައްޔާން ސޯފާގައި އިނދެ ބޯޖަހައިލީ ޔަގީންކަމާއި އެކުއެވެ.

”ބެލިން މުޅި ސަރަހައްދު ބޭބޭ…. މަތިން ވެސް އެކަހަލަ އެއްވެސް ނިޝާނެއް ނުފެނުން .. ހިތް ބުނަނީ އެހިސާބުގައި ވާނެއޭ.. އެކަމަކު މުޅި ސަރަހައްދު ބެލިން.. ނުފެނުނު ..“އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ވަދެގެން އައީ ޔަޒަކްއެވެ. އެއީ އޭނާ ނުދަންނަ ފަރާތަކަށް ވުމުން އިތުރަށް ވާހަކަ ދައްކަން ނޫޅުނެވެ. އަލާނިޔަލްއަށް ނަޒަރެއް ދިނެވެ.

”އިޓްސް އޯކޭ..އެއީ ޔަޒަކް.. ބުނީމެންނު“ އަލާނިޔަލްގެ ޖަވާބް އަހާފައި ޒައްޔާން  ބޯޖަހައިލިއެވެ. ޒައްޔާންއަށް ޔަޒަކް ހީލިއެވެ.

”މިހިސާބަށް ދިޔައީމަ އަހަންނަށް ފެންނަނީ އިތުރަށް ލިއަމް އަނދިރީގަ ނުބަހައްޓުވާ މި ވާހަކަ ކިޔައިދޭން.. މަންމަ އެންމެ ފަހުންވެސް އެދުނީ ދައްތަ ސަލާމަތް ކޮށްދިނުމަށް.. އެކަމަކުއ އެކަމެއް ވެސް ނުވި.. މިޙާރު ރާބިއުބޭބެ.. ރުއާއަށް ގޮތެއް ވެއްޖެޔާ ނޭނގޭ ވާނެގޮތެއް ވެސް.. ދުވަހަކު ވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ..ބޭބެ އަށް ކިހިނެތް ފެންނަނީ؟“ ޒައްޔާން ލަފާ އަހާލީ އަލާނިއަލް ކުރެންނެވެ. އިރުކޮޅަކު އަލާނިއަލް ވިސްނާލާފައި ބޯޖަހައިލިއެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަން އޭނާއަށް ވިސްނުނެވެ. އެންމެންގެ ބާރުގެ މިންވަރަށް ބެލިކަމުގައި ވީނަމަވެސް ލިއަމްއާއި އެއް ހަމައަކަށް އެކަކަށް ވެސް ނުދެވެއެވެ. ޒައްޔާންއެކަމާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލިއެވެ.

”އަހަރެންގެ ސުވާލަކީ ކާކުތަ އޭރު ވެރިޔަކަށް ހުރީ؟ މާއިޝްބޭބެގެ ފަހުން ދެން އައީ މިރެއިލް ކިޔާ މީހަކު.. އޭނާގެ ފަހުން މިހާރު އަނެއްކާ އެހުރީ މާއިޝްބެ.. ބައްޕަ ބުނާ އަޑުއެހިން، މާއިޝްބޭ މިހާރު ބަލިކަށިކަމުން އިތުރަށް ވެރިކަން ނުކުރެވޭނެތީ އިސްތިއުފާ ދޭކަހަލަ ވާހަކައެއް ކިޔޭ… މްމްމް..މީ.. ހޫރައިންގެ ފިރިމީހާގެ އަސްލު ނަމަކީ ކޮބާތަ؟“ އެމީހުންގެ ވާހަކަ އަޑުއެހުމަށްފަހު ޔަޒަކް ކޮށްލި ސުވާލުން ތަން ހިމޭންވިއެވެ. އެއީ އަދި އަލާނިޔަލްމެންނަށް ވެސް ވިސްނާ ނުލެވި އޮތްކަމެކެވެ. އެރޭ ވެސް އެހުރިހާ ކަމެއް އެނގުމަށްފަހު، އެންމެން އަވަސްވެގަތީ ރުއާނާގެ ސަލާމަތަށެވެ.

”މާއިޝްބެ އެކަހަލަ ކަމެއް ނުކުރާނެ..އެއީ އަހަރެމެންނަށް ޔަގީން ކަމެއް.. އެހެންނޫނަސް މާއިޝްބެ ދަރިއަކަށް ހުރީ ނިޔަލް.. އޭނަގެ ނިމުން އައިތަން އަހަރެމެންނަށް ފެނުނެއްނު..“ އަލާނިއަލް ބުނެލިއެވެ.

”މިރެއަލް އަކީ އަދި ނީވޭ ނަމެއް.. އޭނާގެ ހުރޭތަ އެވަރުގެ ދަރިއެއް؟ “

”އެވަރުގެ ދަރިއެއް ހުރެދާނެ.. އެއީ ވެސް އުމުރުގެ ގޮތުން ބައްޕަމެންނާއި މާބޮޑު ތަފާތެއްހުރި މީހެއް ނޫން.. އޭނަ ވެރިކަމަށް ހޮވިފަ  ފަހުން ވީ ކިހިނެތް ކަމެއް ނޭނގޭ.. ހައެއްކަ މަސް ދުވަސް ނުވަނީސް އިސްތިއުފާ ދީފި.. އެފަހުން އޭނާ ވެސް ނުފެންނަ ކަމަށް ވަނީ…އެހެންވެ އަނެއްކާ ވެސް މާއިޝްބޭބެ ވެރިކަމަށް އައްޔަންކުރެވުނީ“ ކައިވަން އަށް ޖަވާބު ދިނީ ޔަޒަކްއެވެ. އެހެންހޭ ބުނެ ކައިވަން ވެސް ބޯޖަހައިލިއެވެ.

”ކިހިނެތް ހުންނަނީ މިރެއިލް؟“

”ވަރަށް ދިގު ވާނެ.. ހުދުކުލައިގެ ވަރަށް ދިގު އިސްތަށިގަނޑެއް އޮންނާނީ.. އަހަރެމެންގެ ބައްޕަމެން ހާ ވާނީ.. އެހެންވީމަ ފުދޭވަރަކަށް ދުވަސް ވާނެ..އޭނާގެ އެންމެ ހާއްސަ ސިފަ އަކީ އެދެލޯ .. ޔޫމީ މެންގެ އެހުންނަ ފެހި ކުލައަށް ވުރެން މަޑު ފެއްސެއް ހުންނާނީ“ އަލާނިއަލް ކިޔައިދިނެވެ.

”މި..ރެ..އި..ލް“ ލަސްލަހުން ޒައްޔާންއަށް ކިޔާލެވުނެވެ. ޒައްޔާން ހަނދާން ވީ ލިއަމް ބުނެގެން ފާރައަށް ވަލު ތެރޭގައި ހުރި ގެޔަށް ދުވަހު ފެނުނު މަންޒަރެވެ. އެ ގޭގެ ކައިރިން ދިމާ ވި އާދަޔާ ހިލާފް މީހާއެވެ. އެދުވަހު ލިއަމް ގާތު އެމީހާގެ ވާހަކަ ޒައްޔާން ދެއްކިއެވެ. ނަމަވެސް އެފަހުން ރުއާނާގެ ކަންތަކުގައި ރާބިއު އާއި އެކު އުޅެން ޖެހުމުން އޭނާއަށް އަދި އެތާކަށް ދެވޭގޮތެއް ނުވެއެވެ.  އެއީ ހަމަ އޭނާއެވެ. އަލާނިއަލް ކިޔައިދިން ހުރިހާ ސިފައަކާއި އެތަނުން ފެނުނު މީހާގެ ސިފަތަކާއި ދިމާވެއެވެ. ދިގު އިސްކޮޅެކެވެ. އަލާނިޔަލް ބުނިފަދައިން އުނަގަނޑާއި ހަމައަށް އަރާ ހުދުހުދު އިސްތަށިގަނޑެއް ވެއެވެ. މާސްކްގައި ހުރި ނަމަވެސް މަޑު ފެހިކުލައިގެ ކަޅިއެއްވާ ލޯ ލޯފެނެއެވެ. މޫނުގެ އިތުރު ހިސާބެއް ނުފެނިވެސް، އެވަރުން އޭނާއަށް ޔަގީންވެއްޖެއެވެ.

”ޒައްޔާން؟ ހެލޯ“ ޒައްޔާން ސިހުނީ ކައިވަން ކޮނޑުގައި ޖަހާލުމުންނެވެ. އޭނާ އިސް އުފުލާލިއެވެ.

”ކޮން ހިޔާލެއްގަ؟ “ އޭނާގެ ސުވާލެއް ޒައްޔާން ދެފަރާތައް ބޯހޫރުވާލިއެވެ. އޭނާ އަދި އެވާހަކަ އެމީހުންނަށް ކިޔައިދިނުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ސަބަބަކީ ފުރަތަމަ ބޭނުންވީ ލިއަމްއާއި ވާހަކަ ދައްކާލުމަށެވެ. އެ ނޫން ގޮތަކަށް އޭނާގެ ސިކުނޑިއަކަށް ލުޔެއް ލިބޭކަށް ނެތެވެ.

”ލިއަމްއަށް އެނގޭތަ އެކުއްޖާ އަހަރެމެން ނަސްލުކަން؟“ ޔަޒަކް އަހައިލީ ރުއާނާގެ ވާހަކައެވެ. އަލާނިއަލް ދެފަރާތައް ބޯހޫރުވާލިއެވެ.

”އެރޭ އެރޫމްއިން ބޭރަށް ނެރުނިން ކިޔައިދޭން.. އެކަމެއް ވެސް ނުވި.. ޔެންގެ ކައިރިއަށް ދާން ވެގެން ދިޔައީ.. އަނެއްކޮޅުން އެތާގައި ހުއްޓަ ރާބިއު ގުޅައިފި އެގެޔަށް ދާން އެދިފަ..  އެކަމަކު ރުއާގެ ގަޔަށް އިންޖެކްޝަން ތައް ޖެހި ހިސާބުން، މިހާރު ލިއަމްއަށް ޝައްކުވާނެ…އެއީ އާދައިގެ އިންސާނަކަށް ކެތްކޮށްލެވޭނެ ފަދަ ވޭނެއް ނޫން.. އެވަރުގެ ކަމެއް ހިނގީމަ ލިއަމްގެ ތޫނުފިލި ސިކުނޑިއަށް އެއްޗެއް ނުވިސްނި ނުހުންނާނެ..  ރުއާ އަދި ބާރެއް ބޭނުންކޮށްފައި ނެތަސް މި ނަސްލު ވީމަ އެ ފަދަ ވޭނެއް ގޯ ތުރޫ ކުރާނެހާ ސްޓްރެންތް އެ ހުންނަނީ“ އަލާނިއަލް ވާހަކައަށްފަހު ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

އެމީހުންގެ ވާހަކަ ތައް އެހުމަށްފަހު ލިއަމްއާއި އޭނާ ވީހާ ވެސް އަވަހަކަށް ބައްދަލްކުރަން ނިންމިއެވެ. އެކަމަކު އަދި އެމީހުންނާއި ސިއްރުންނެވެ.

***

ބާރު ހިނގުމުގައި ރުއާނާ ކްލާހަށް އައިސް ވަތްއިރު އިޒުވާ އާއި އީތަން ތިއްބެވެ. އައިލެތް ބާރުކަމުން ފަހަތުން އައި ލޫކް ގޮވަމުން ދިޔަކަމެއް އޭނައަކަށް ނޭނގުނެވެ. ދެމީހުންނަށް އޭނާ ފެނުމާއި އެކު އިށީންދެ ތިބި ގޮނޑި ތަކުން އިޒްވާ އާއި އީތަން އަށް ތެދުވެވުނެވެ.  ކްލާހުގައި އެވަގުތު ތިބި ކުދިން ވެސް ވާނުވާ ނޭނގިގެން ބަލަހައްޓައިގެން ތިއްބެވެ.

”އިޓްސް ނަތިންގ“ ހުރިހާ ކުދިންގެ ނަޒަރު ހުއްޓިފައި ހުރުމުން ރުއާނާ ލަދުގަންނަ ގޮތް ވިއެވެ. ފަހަރަކު ކުއްޖަކު ބޯ ޖަހައިލަމުން އޭނާއަށް ހިނިތުންވެލިއެވެ.

”ރުއާ.. ހާދަ ބާރަކަށް؟ އަހަރެން ގޮވާ އަޑު ވެސް ނީވުނުތަ؟“

”ހޭންން؟ ގޮވިންތަ؟.. ސޮރީ ނޭނގޭ ގޮވިކަމެއް ވެސް“ ލޫކްއަށް މާފަށް އެދެމުން ރުއާނާ ބަލައިލީ އީތަންއާއި އިޒްވާއަށެވެ. ދެމީހުން ހަމަހިމޭން ވެފައި ތިބިއިރު ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. ރުއާނާއަށް ހުރިހާ ދަތެއް ފެންނަ ވަރަށް ހީލެވުނެވެ. ހަތަރު ދުވަސްފަހުން އެމީހުންނާއި ބައްދަލް ވީ އިރު، ލައްކަ ޝަކުވާ އަންނާނެކަން އޭނާއަށް މާކުރިން ވެސް އެނގެއެވެ. ނުވިތާކަށް ދެމީހުން އެހާ ވަރަށް ގުޅީމަ ވެސް އޭނާއަށް ފޯނު ވެސް ބަލާ ނުލެވެއެވެ.

”އަމް ސޮރީ“  ތުން ނެރެލައިގެން ހުރެފައި ރުއާނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ދެމީހުން ކުރެން އެކަކު ވެސް އެއްޗެއް ނުބުންޏެވެ. އެކަމުން އެކަނިވެސް އެމީހުން ހިތްހަމަނުޖެހިފައި ތިބިވަރު އަންތާޒާ ކޮށްލެވުނެވެ. ރުއާނާގެ ހިތައް އުނދަގޫވިއެވެ. އިޒްވާގެ އަތުގައި ހިފާ ތަޅުވާލަމުން ކުރިއަށް ވުރެން ބޮޑަށް ތުން ބޮޑުކޮށްލިއެވެ.

”އެކްސްޕްލެއިން އެވްރީތިންގ! މީނަ މާ ހިނިއައިސް މިހުރީ މިއަދު ކިހިނެތް ވީބާ؟“ އެއްޗެއް ނުބުނެ ހުރެފައި އިޒްވާ ބުންޏެވެ. އެހެން އެބުނީ ކީއްވެކަން ނޭނގިގެން، ރުއާނާ ފަސް އެނބުރުނެވެ. އޭރު ލިއަމް އެތެރެއަށް ވަދެގެން އައިސް  މޭޒުމަތީގައި ލެޕްޓޮޕާއި ފޮތްތައް ބަހައްޓަނީއެވެ. ރުއާނާ ވަގުތުން ގޮނޑީގައި އިށީން ގޮތައް ފޮތެއް ހުޅުވާލިއެވެ. އިސްޖެހިގޮތައް ހީވީ ނުބަލަން ހުވާ ކޮށްގެން އިންހެނެވެ.

”ހެލޯ އެވްރީވަން.. ރަނގަޅުތަ އެންމެން؟… ކޮބާ ސަންޑޭގަ ދިން ވޯކްޝީޓް؟ އަވަހަށް ނަގާ“ ލިއަމްއަށް ޖަވާބު ދެމުން، އެންމެން ކަހަލަ ގޮތަކަށް އެބުނާ ގަނޑުތައް ނަގާ މޭޒުމަތީގައި އަތުރާލިއެވެ. އެއާއި ބެހޭގޮތުން ލިއަމް ކިޔައިދޭން ފެށިއެވެ. ސުވާލެއް ވެސް ނުއުފެދޭހާ ސާފްވާނެހެންނެވެ. އެއަށްފަހު އެ މަސައްކަތުގެ ނުނިމޭ ބައި ހެދުމަށް ބުނެ ލިއަމް މޭޒާއި ދިމާލަށް ދިޔައެވެ.

”އާހްހް..“ފޮތުގެ ތެރެއަށް މޫނު ހަރައިގެން އިން އިރު އޭނާ މަސައްކަތު ގަނޑުތައް ވެސް ކައިރީގައި ހުއްޓެވެ. ދޭތެރެއަކުން ލިއަމްގެ މޫނަށް ސިއްރު ނަޒަރެއް ދެއެވެ. ނުފިލާ ހިނިތުންވުމެއް މިއަދު އެމޫނުމަތީގައި ވެއެވެ. އެއީ ކީއްވެކަން އޭނާއަށް އެނގެއެވެ. ހެނދުނުގެ އެ ހާދިސާ ހަނދާންވާ ކޮންމެ ފަހަރަކު ގަނެފައިވާ ލަދު ދެގުނަވެއެވެ. ދެލޯ މަރާލާ ފިއްތާލެވެއެވެ. މޭޒުގައި ބޯޖަހައިލެވެއެވެ. “ ރުއާނާ ޔޫ އާރ ކްރޭޒީ..“ އެއްފަހަރު މޭޒުގައި ބޯ އަޅާލައިގެން އޮވެ އިސްތަށިގަނޑށް ވެސް ދަމާލިއެވެ.

”އަދި ފޮތެއް ހުޅުވާކަށް ނުބުނަން“ އެހެން އޮތްވާ ސިހުނީ ދާދި ގާތުން ލިއަމްގެ އަޑު އަޙާފައެވެ. މުޅި ކުއްޖާ ކޮޅަށް ޖެހުނެވެ. ގައިމު ފިޔަވަޅު އަޑެއް ވެސް ނީވެއެވެ. މިއީ ކޮން ކަހަލަ ފިރިހެނެއް ހެއްޔެވެ. ފާޅުވަނީ ވެސް ކުއްލި ކުއްލިއަށެވެ.

”ވޯކްޝީޓް ނިމުނީތަ؟“ ލިއަމް އެއްސެވެ. ލަސްލަހުން ރުއާނާ ދެ ފަރާތައް ބޯ ހޫރުވާލިއެވެ. ނިމޭނީ ކިހިނެތް ހެއްޔެވެ. ނިމޭނީ ވެސް ފަށައިގެންތާއެވެ. އެގަޑީގައި ލިއަމް ކިޔަވައިދިން އެކައްޗެއް ވެސް ރުއާނާއަކަށް ނޭނގެއެވެ. އެހެން ކުދިން ނަޒަރު ހުއްޓެން ވާއިރަށް މޭޒުމަތިން ގަނޑު ނަގާ ދައްކާލަމުން އަލުން އިށީންދެ މަސައްކަތް ފެށިއެވެ. ލިއަމް ދިޔަކަން އެނގުމުން ރުއާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. އެންމެ ތަންކޮޅެއްވެސް އެއިން އެނގޭގޮތެއް ނުވީއެވެ. ރަނގަޅަށް ބަލައިލި އިރު ތިރީހަކަށް ގަނޑު އޮތުމުން އޭނާ ދެލޯ ބޮޑުވިއެވެ.

”މާދަމާ އައުމުގެ ކުރިން ނިންމާތި.. މިއީ ފައިނަލް އެގްޒާމްއަށް ވަރަށް މުހިއްމު އެސެސްމެންޓްއެއް“ ގަޑިޖެހުމުން ލިއަމް އިއްވާލިއެވެ. ލިއަމްއަށް ބޯޖަހާލަމުން ފަހަރަކު ކުއްޖަކު ކްލާހުން ނުކުމެގެން ދާން ފެށިއެވެ.  ރުއާނާ ވެސް ލަސްލަހުން ދަބަހަށް ސާމާނުތައް އަޅާލިއެވެ. ދަބަސް ކޮނޑގައި އަޅުވާލަމުން ބަލައިލި އިރު އެކުވެރިން އިންތިޒާރުގައި ތިއްބެވެ.

”ނީޑް ހެލްޕް ވިތް ދި ވޯރކް؟“ މިއަދު ހަވާލްކުރި މަސައްކަތާއި ގުޅޭގޮތުން އިޒްވާ އެހިއެވެ. ޖަވާބެއް ނުދެވިގެން އުޅެނިކޮން ޖިންސުގެ ޖީބުން ފޯނު ވައިބްރޭޓްވި އަޑަށް ރުއާނާ ބަލައިލިއެވެ.

”ގެއަށް ގޮސް އައިލް ހެލްޕް ވިތް ދި ވޯކް.. އަމް ހެޑިންގް ޓް ސީ ޕޭޝަންޓްސް .. އާފްޓާރ ދެޓް ވީ އާރ ގޮއިން ހޯމް ޓްގެދާރ..  ކޮން ކަމެއް އޮތީ މިނިއަން؟“ ’މިނިއަން‘ ރުއާނާގެ ތުންފަތް ހަރަކާތްކުރިއެވެ. ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. ލިއަމް އަމިއްލަ ޝެޑިއުލްގެ އޭނާއަށް އެ އަންގާލަ ދިނީ ކޮން މާނައެއް ގައި ބާއެވެ. އަނެއްކޮޅުން އެކީގައި ގެއަށް ދާ ވާހަކަ ވެސް ބުނެފިއެވެ. އޭނާ އަލަން އެ ބޭނުން ކުރި ނަން އަނެއްކާ ވެސް ކިޔާލެވުނު ހިނދު ތުންފަތް ހަފާލެވުނެވެ. ދޭނެ ޖަވާބެއް ނޭނގުމުން މެސެޖް އިންގޮތައް ބެހެއްޓުމަށްފަހު ފޯނު ލޮކް   ކޮށްލިއެވެ.

ރުއާނާ އުޅެމުން ދިޔަގޮތައް ކަޅި ހުއްޓާއިގެން އިޒްވާ އާއި އީތަން  އަދި ލޫކް ތިއްބެވެ. އެންމެ ފަހުން އިޒްވާ އޭނާގެ އަތުގައި ހިފައިގެން ކްލާސް ރޫމް ތެރެއިން ނުކުމެގެން ދިޔައެވެ. އިޒްވާ ހުއްޓުނީ އިޒްވާމެން ތިބޭ ފަންގިފިލާގެ ހުންނަ ތީއޭޓާރ ކޮމްޕްލެކްސް އެއްގެ ކުރިމަތީގައެވެ.

”މިތަނަށް ތިގެނައީ އަހަރެންގެ ތަނެއް ފަޅާލަން ތަ“ ރުއާނާ ގާތައް ހިނިއަންނަ ގޮތްވިއެވެ.

”ހާންން.. ރަނގަޅެއްނު ބަސް ނާހާ ކުދިން ރީޒަންއެއް ނެތި ވެސް އޮޕަރޭޓްކޮށްލަން.. ”ރުއާނާގެ ބޮލުގައި އިޒްވާ ޖަހައިލިއެވެ.

”އަސްލު މިތަނަށް މިގެނައީ މި ކޮމްޕްލެކްސް ކޮންސްޓްރަކްޝަން ކަމަކަށް ބަންދުކޮށްފަ އިނީމަ މި ސަރަހައްދުގަ  މީހުން މަދުވާނެ ތީ.. މިތާގަ މިހުރި ދެތިން ރޫމު ވެސް މިއީ މިވަގުތު މަރާމާތައް ނަގާފަ ހުރި ތަންތަން.. އޭނީނު ބޯޑު“ އިޒްވާ ބުނެލިގޮތައް މަސައްކަތައް ބަންދުކޮށްފައިވާ ހިސާބެއްކަން އަންގައިދޭން ހާއްސަ ބޯޑެއް އެތާގައި ބެހެއްޓިފައި ހުއްޓެވެ.

”ރުއާ..އައި ތިންކް ވީ ހޭވް އަ ލޮޓްސް އޮފް ތިންގްސް ޓް ޓޯކް..މި ހަތަރު ދުވަހު ކިހިނެތްތަ ވީ؟ މިއަދު ވަރަށް އެހެން ކަހަލަ ހަބަރެއް ވެސް ލިބިއްޖެއޭ“ އިޒްވާ ހަށަން ބަދެލަމުން އަހައިލިއެވެ. އޭނާ ސީރިއަސްވާން މަސައްކަތް ކުރާވަރުން، ރުއާނާގެ މޫނުމައްޗަށް ވެރިވާ ކުލަވަރުތަކުން ހެވެން ވެސް އުޅުނެވެ. ނަމަވެސް އަސަރެއް ދައްކާ ނުލާ އިޒްވާ ހުއްޓެވެ.

ރުއާނާ ވިސްނާލިއެވެ. ހުރިހާ ވާހަކައެއް ތަފްސީލާއި އެކު ކިޔައިދިނުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. ”މްމްމް ވީ ގޮތަކީ … ގޭގަ އުޅެނިކޮން އަތައް ވަރަށް ބޮޑު އަނިޔާއެއް ލިބުނު.. ރަނގަޅު ވާނެކަމުގެ އުއްމީދުގަ ހޮސްޕިޓަލަށް ނައިސް ހުރީ ގޭގަ ބޭސް އަޅާލައިގެން.. އެކަމަކު އެހެންނެއް ނުވި.. ދެދުވަސް ވީ އިރުވެސް ރޯކޮން އިނީ.. އެންމެ ފަހުން ކްލާހަށް އައި ދުވަހު ހުންގަދަ ވީ.. މްމްމްމް.. ޔޯ..ބްރަދާރ.. ސޭވްޑް މީ ..އެގެއިން“ ލިއަމްގެ ވާހަކަ އިޒްވާގެ ގާތުގައި ބުނުން ވީ އޭނާއަށް ކުރުން ވަރަށް އުނދަގު ކަމެކެވެ. ރުއާނާ ވާހަކައެއް ހަދާލަން އެގޮތައް ބުނިކަމުގައި ވީ ނަމަވެސް، ބުނެވުނީ މުޅިއަކުން ދޮގުވާހަކައެއް ވެސް ނޫނެވެ.

”ރިއަލީ؟ މިހާރު ކިހިނެތްތަ؟ ހައުޒް ޔޫ ޑާލިންގ؟“ އިޒްވާ ތެޅިގަނެފައި ރުއާނާގެ އަތް ބަލަން އުޅެން ފެށިއެވެ.  އަތް ހިއްލާލަމުން މަލަން ތަތްކޮށްފައިވާ ހިސާބުތައް ރުއާނާ ދައްކާލިއެވެ.

”މިހާރު ވަރަށް ރަނގަޅު… އަސްލު އެދުވަހު ލިއަމް ބޭސް އެޅިފަހުން ވަރަށް ބޮޑަށް ފާރުވެސް ހިކިފަ އިނީ“  ގަސްތުގައި އިންޖެކްޝަންގެ ވާހަކަ އޭނަ އޮއްބާލިއެވެ.

”ނަސީބެންނު އަޅެ ދޮންބެއަށް ފެނުނު ކަން..  ވަރަށް ތަދުވޭތަ؟“  އެތަނުގައި ޝަހާދަތް އިނގިލި ހާކާލަމުން އިޒްވާ އެއްސެވެ.

”ނޫނޭ މިހާރު ނުވޭ ތަދެއް.. އެރޭ ހަމަ ހުންގަނޑު އޯކޭ ވެއްޖެ.. ހުން އަތަނުން ބޭސް ވެސް ނުކައި އުޅެވުނީމަ އެހާ ވަރެއް ވީ.. މި މަލަން ތައް ވެސް ނައްޓާލެވޭނެ ހެން ހީވޭ ދެދުވަހެއް ތެރޭގަ.. އެދުވަހު އިޒީ މެން ކްލާހަށް ނާންނާތީ އެ ނުފެނުނީ.. ކިހިނެތް ތަ ވީ އެދުވަހު؟ ދެމީހުން އެއްކޮން އަދި އެވެސް ގެއްލުނީ“ ވާހަކަ ދައްކަން ތިބެފައި ދެމީހުން ސިހުނީ އިށީންދެ ތިބި ގޮނޑިބަރިއާއި ފުރަގަހަށް ހުރި ކޮޓަރިން ބަޔަކު ނުކުތް އަޑުއަޙާފައެވެ. އެހާ ހަމަހިމޭން މާހައުލެއް ކަމުން ކުއްލިއަކަށް އަޑުއިވުމުން ދިޔައީ ވެސް ސިއްސައިގެންނެވެ.

”އިޒީ.. މިތާގަ؟“ އެތަނުން ނުކުތީ ޔީލާ އާއި ނޫހް އެވެ. ދެމީހުން ނުކުތީ ޖެހިގެން ހުހަށް ހުރި ކޮޓަރިއެއް ތެރެއިންނެވެ. އިޒްވާގެ ކުރިމައްޗަށް ނުކުމެވުމުން ޔީލާ ހުރީ އަނގަ ސަކަރާތްވެފައެވެ.

ނޫހުގެ ގަމީހުގެ އެއްބައި ގޮށްތައް ހުރީ ނޭޅުވިއެވެ. ޔީލާގެ ހޭވިފައިވާ ދިގު އިސްތަށިގަނޑާއި ހެދުމުގެ އެއްކޮނޑު އޮތީ ފައިބާފައެވެ. އޭނާގެ ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތްކުލައިގެ އަސަރު ނޫހްގެ ތުންފަތް ކައިރިން ފެންނަން ހުއްޓެވެ.

އިޒްވާ ހުރީ ބޯ އަނބުރައިގަންނަ ގޮތް ވެފައެވެ. ރުއާނާއަށް ވެސް ބަލަން އެހާ ކަމުދާ މަންޒަރަކަށް ނުވާތީ އިސްޖެހުނެވެ.

”ސިސް ދިސް އިޒް އަ ހޮސްޕިޓަލް.. “ އިޒްވާގެ ނަފްސަށް ވެރިވެފައި ވަނީ އާދަޔާއި ހިލާފް ރުޅިއެކެވެ. ހަމައިން ނެއްޓޭ ހިސާބަށް ދިޔައީ ޔީލާ އަވަސް އަވަހަށް އިސްތަށިގަނޑު ރީތިކޮށްލި އިރު ވެސް ނޫހް ހުރިގޮތައް ހުރުމުންނެވެ. ނޫހް ޖަހައިލީ ހިނިގަނޑެކެވެ.

”ކޮބާތަ ޔުއާރ ބޯއީ ފްރެންޑް.. އެހެން މީހުން ކުރާ ކަންކަމަށް ބޯ ދިއްނުކޮށް އަމިއްލަ ލައިފްއާއި ގެން އުޅެބަލަ“ ނޫހްގެ ވާހަކަ ހުރިގޮތް ކަމު ނުގޮސްގެން ޔީލާއަށް ބަލައިލެވުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އިޒްވާ އަންގާލަ ދިން ފަދައިން މިއީ ހޮސްޕިޓަލަކެވެ. އެތައް ބަޔަކު ހިދުމަތް ހޯދަން ސައުވީސް ގަޑިއިރު ފުރިބާރުވެފައި އޮންނަ މައިދާނެކެވެ. މިއީ އެފަދަ ކަމެއް ކުރަން ހެޔޮވާވަރުގެ ތަނެއް ނޫނެވެ. ނޫހް ގަދަކަމުން ނުވެއްދިނަމަ އޭނާއަކަށް ވެސް އެކަމުގައި ބައިވެރިއެއް ނުވެވުނީހެވެ.

“މަށައް މި ވާހަކަ ދެއްކުނީ ނޫހް އާއި ތަ!.. އެހެންނޫނަސް އަހަރެން ރައްޓެހިވެގެން އުޅޭ މީހަކާއި މިކަމަކާއި ހުރީ ކޮން ގުޅުމެއް ތަ؟ މިހާރު ހުރިހާ އެއާރލައިނެއްގެ ބޯޓްފަހަރު އަޅާފައި އޮތް ރަންވޭ އޮތީ މި ހޮސްޕިޓަލުގެ ތެރޭގަ ތަ؟ ނޫނީ މިތަނަށް ހިސާރުވީތަ؟ ދުވާލަކު ބާރަ ފަހަރު މިތަނުން އެބަ ފެނޭ!“

”ލުކް..ލުކް އިޒީ.. ވަރަށް ބޮޑަށް މާފަށް އެދެން.. އެކަމަކު ލެޓްސް ރެސްޕެކްޓް އީޗް އަދާރ..“ އިޒްވާގެ ރުޅި އަކީ ނޫހްގެ ޥާހަކަ ހުރިގޮތުން އައިސް ހުރި ރުޅިއެއްކަން އެނގިހުރެމެ ޔީލާ ބުނެލިއެވެ. ދެމީހުންގެ ދެމެދުގައި ހައިޖާނެއް އުފެދެން އޭނާ ބޭނުން ނުވީއެވެ. ނޫހް ރުޅިއައިސްފި ނަމަ ވާ ގޮތް އެނގޭނީ އޭނާއަށް ތާއެވެ. އެކަމުގެ ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ އޭނާއަށެވެ.

”ސިސް؟ ކާންޓް ޔޫ ސީ ދެޓް؟ ހީ އިޒް ގެޓިން އޮން މައި ނާރވްސް؟ ސިސް އައި އޭމް ސޮރީ .. އޭޒް އައި ސެއިޑް ބިފޯރ، އައި ހޭވް ނޯ ރެސްޕެކްޓް ފޯރ ހިމް.. “

”އޯކޭ.. އައި ޑޯން ކެއާރ.. އައި ވިޝް ހީ ބްރޭކްސް އަޕް ވިތް ޔޫ.. ތިހާ ސައިޒްވެގެން އުޅޭ މީހަކަށް ދުވަހަކު ވެސް އުފާވެރިކަމެއް ނުލިބުނިއްޔާ ރަނގަޅުވާނީ.. “ ނޫހްގެ ޖުމްލައިން ޔީލާ ކުރަމުން ދިޔަ ހިތްވަރު ވެސް ހީވީ ނެތެން އުޅުނު ހެންނެވެ. އެތާގައި ހުންނަން ވެސް ބޭނުން ނުވީއެވެ. އިޒްވާއާއި ހަތަރުކަޅި ހަމަ ކޮށްލަން ނުކުޅެދިގެން އެންމެފަހުން ކަރުނަވީ ލޮލަކުން ބަލައިލަމުން ޔީލާ އެތަނުން ދިޔައެވެ.

ނޫހްގެ ޖުމްލަ ހީވީ އިޒްވާގެ ހިތް ކޮށާ މަށާލިހެންނެވެ. ކުރި އަސަރުން ލޯ ފުރިގެންއައެވެ.  ނަމަވެސް ހިތްވަރު ކޮށްލާފައި އެތަނުން ދާން ހިނގައިގަތީ އެ ކަރުނުތައް ނޫހްއަށް ނުދައްކާށެވެ.

”އައި ސްވެއާރ .. މަ ދުނިޔޭގަ ހުއްޓާ ދުވަހަކުވެސް އުފަލެއް ލިބުނަކަ ނުދޭނަން“ އިޒްވާ އެއްޗެއް ނުބުނެ ދާތީ ނޫހްއަކަށް ކަމަކު ނުދިޔައެވެ.

”ވަޓް ދަ ހެލް!“ ރުއާނާ އެހާ ކެތްކުރަމުން ދިޔަ ނަމަވެސް ކެތްތެރިވެވޭ ގޮތެއް ނުވިއެވެ. ދުވަހަކު އަނގައިން ބުނި މީހެއް ނޫނަސް  އެފަދަ ގޮތަކަށް އިޒްވާ ބަލިކަށިކޮށްލުން ބަލައެއް ނުގަނެވޭނެއެވެ. އިޒްވާގެ ދެލޮލުން އައި ކަރުނުތައް ފެނި ލޭ ކެކިގަތީއެވެ. ދިޔަ ބާރު މިނުގައި  ގޮސް ނޫހްގެ މޫނުމައްޗަށް އަތުގެ ހޫނު ހަމަލާއެއް ދޫކޮށްލީ ނުވެސް ވިސްނާ ހުއްޓާއެވެ. ނޫހް  ފަހަތައް ދިޔަ ގޮތުން އަރި އަޅާލިއެވެ.

”ވަޓް ދާ-“ ވީ ތަދުން ނޫހްއަށް ދެލޯ ހުޅުވަން ވެސް އުނދަގޫވިއެވެ. އޭނާގެ މޫނުމަތީގައި މީހަކު އެ ޖެހީއަލަށެވެ. އެއަށް ވުރެން ބޮޑަށް ހައިރާންވި އެ އަންހެންކުއްޖާގެ ބާރު އިޙްސާސްވެފައެވެ.

”އައި ޑޯންޓް ކެއާރ ހޫ ދަ ފަ** ޔޫ އާރ…ސޭ ދެޓް އެގެއިން އެންޑް ސީ ވަޓް ހެޕެންސް!“ ރުއާނާ ޝަހާދަތް އިނގިލި ދިއްކޮށްލި އިރު ހީވި ދެލޮލުން އަލިފާން ކަނި ބުރައިގެން ދިޔަ ހެންނެވެ.

އިތުރަށް މަޑުނުކޮށް އިޒްވާގެ ފަސް ފަހަތުން ރުއާނާވެސް ދިޔައެވެ. ޥާނުވާ ނޭނގުނު ނަމަވެސް ނޫހްއާއި އިޒްވާގެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަމުގައި ހިތް ބުންޏެވެ. އެންމެ ބޮޑަށް އޭނާގެ ސިކުނޑީގައި ގުގުމާލާފައި ވީ އިޒްވާގެ ’ބޯއިފްރެންޑް’އޭ ނޫހް ބުނެލިގޮތެވެ. ހައިރާންވީ އިޒްވާއަކީ ފިރިހެނުންނާއި ދުރުން އުޅޭ ކުއްޖަކަށް ވާތީއެވެ. އެންމެ ގާތްކޮން ވެސް އިޒްވާ ވާހަކަ ދައްކަނީ އީތަންއާއެވެ. ”އަނެއްކާ އީތަން؟ ނޫން.. ނޫން.. ނޯވޭ ..“ ހިތައް އެރި އެއްޗަކުން ރުއާނާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.

ދެމީހުން ގޮސް އީތަންއާއި ލޫކް ތިބޭ ކޮޓަރީގެ ތެރެއަށެވެ. މިވަގުތު އެމީހުން ނޫޅޭނެ ކަން އެނގިހުރެއެވެ.

”ވަޓްސް ގޮއިން އޮން؟“

”އަމް ސޮރީ ރުއާ.. ކާމް ވާން ބޭނުން.. ފަހުންދޯ ޥާހަކަ އެ ދައްކާނީ.. ބަޓް ތޭންކިއު ފޯރ ދެޓް ހިޓް“ އިޒްވާގެ އަޑު މަޑެވެ. އަދިވެސް ރުޅީގެ އަސަރު ހުއްޓަސް ވެސް އެދެލޮލުން ވޭނެއްގެ އަސަރު ރުއާނާއަށް ފެނުނެވެ. އިރުކޮޅެއް ކުރިން އިޒްވާއަށް ވެފައި ހުރި ގޮތުން ރުއާނާއަކަށް އިތުރަށް އަހާކަށް ނުކެރުނެވެ. ރުއާނާ ގަސްތުކުރީ އޭނާ ހަމަޖެހިލަން ވަގުތު ދޭށެވެ.

”ޑޮކްޓާރ އަދްރެކް އެގުޅަނީ..  ރައުންޑްއަށް ދާން ވެގެން އެގުޅަނީ… އިފް ޔޫ އާރ ރެޑީ ޓް ޓޯކް، ކޯލް މީ.. އައިލް ބީ ހިޔާރ.. “ އިޒްވާ މޭޒުގައި ބޯޖަހައިލައިގެން އޮތްތަން ފެނި ރުއާނާ ހުރީ އެތަނުން ދާން ވެސް ނުކެރިފައެވެ. އެކަމަކު އަދްރެކް ދެވަނަ ފަހަރަށް ގުޅަން ވާއިރަށް ދާން ވެސް ބޭނުންވިއެވެ. ބަހެއް ނުބުނެ އޮވެފައި އިޒްވާ ބޯ ޖަހައިލިއެވެ. ހިތާ ދެކޮޅަށް ރުއާނާ އެންމެ ފަހުން ނުކުމަތެވެ. އޭނާގެ މިސްރާބު ބެހެއްޓީ ލިފްޓަށެވެ.

”ކިހިނެތް ބާ މިވަނީ؟ އެންމެ ފުރަތަމަ މީޓިންގް އޮތް ދުވަހު ޑޮކްޓާރ ލޫތް އިންޓްރޯ ކޮށްދިން އިރު އިޒީ ބުނީ ތިއްތިބެއޭ.. ބަޓް އެދުވަހުވެސް ނޫހް ގެ އަސްލު ނަމުން މުހާތަބު ކުރީ.. އަނެއްކާ އެހާ ވިއާރޑް ކޮން ބުނީ.. އެދުވަހުވެސް އައި ނިއު ސަމްތިންގ އިޒް އޮފް ހިޔާރ.. ވަޓްސް ގޮއިންގ އޮން ވިތް ދެމް؟ ކާކުބާ އިޒީގެ ބީ އެފް އަކީ؟ ހާދަ ގިނަ ސުވާލެއް އެބަހުއްޓޭ..“

”އާހްހް އިޒީ އެހެން ބައިންދާފަ އަންނަން ވެސް ހާދަ ހިތްދަތި ވެއޭ އެބަ“ އަމިއްލަ ނަފްސަށް އިވޭވަރަށް ރުއާނާ ވާހަކަ ދެއްކިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ލިފްޓްއަށް އަރައިގެން މައްޗަށް ދެވުނު އިރު އަދްރެކް ދެވަނަ ފަހަރަށް ގުޅަނީއެވެ.

”އަމް ސޮރީ.. ލިފްޓް ނައިސްގެން ލަސްވީ.. އެކަމަކު މިހާރު މިއެރީ“ ލިފްޓުން ފޭބި ގޮތައް ރުއާނާ ދިޔައީ ކުޑަކޮން ދުވެލާފައެވެ. އަތުގައި އޮތީ އަންނަމުން ގެނެސްދިނުމަށް އެދްރެކް ބުނި ބަލިމީހެއްގެ ރިކޯޑް ފައިލެކެވެ.

ރުއާނާ ވަނީ ޕްރައިވެޓް ވޯޑަށެވެ. ދެފަރާތުގައި ބަރިބަރިއަށް ކޮޓާރިތައް ހުރިއިރު އެންމެ ގާތައް ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

”ބޮލުގައި ރިހުން ހުންނަ ނަމަ އެވޮއިޑް ސްޓްރެސް، ލައުޑް ނޮއިސް، އެންޑް ސްރީންސް… އެންޑް ކީޕް ޔުއާރ ހެޑް ސްލައިޓްލީ އިލަވޭޓެޑް.. ޔޫސިންގް ވަން އޯރ ޓޫ ޕިލޯސް..“ ފުރަތަމަ ވެސް އިވުނީ ލިއަމްގެ އަޑެވެ. ރުއާނާ ހީކުރީ އޮޅިގެން ނުބައި ތާކަށް ވަދެވުނީ ކަމަށެވެ.

”ރުއާ..ކަމް!“ ނުކުންނަށް ހިނގައިގަތް ވަގުތު އަދްރެކްގެ އަޑު އިވި ހުއްޓުނެވެ. ފަސް އެނބުރުނު އިރު ލިއަމް ހުރީ އޭނާގެ މޫނަށް ބަލަހައްޓައި ގެންނެވެ. އަދްރެކް އައިވީ ސްޓޭންޑާއި ގާތުގައި ހުރުމުން ކުރިން ފެންނަގޮތް ނުވީއެވެ. ރުއާނާ ފެނިގެން ލޫކް ވެސް ހީލިއެވެ.

”ބަލާލިންތަ؟“ އަދްރެކް އަތައް ފައިލް ދިނުމުން އެހިއެވެ. ރުއާނާ ބޯޖަހައިލިއެވެ. އަދްރެކް ވެސް ބޯޖަހައިލަމުން ފައިލް ހިފައިގެން ލިއަމްއާއި ގާތައް ދިޔައެވެ.

”ވަޓް ޑޫ ޔޫ ތިންކް ޑޮކްޓާރ ރުއާނާ.. އެބައުޓް ދިސް ކޭސް؟ ރުއާނާގެ ނަޒަރުގަ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެންޖެހޭނީ ކޮންކަމަކަށް؟ “ ލިއަމް އަހައިލިއެވެ.

”މީ؟“ އަމިއްލަ މޭގައި ޝަހާދަތް އިނގިލި ޖައްސާލަމުން ރުއާނާއަށް ބުނެވުނެވެ. ލިއަމް ބޯޖަހައިލިއެވެ.

”މްމްމް އައި ތިންކް..މްމްމް.. މީގެ ކުރިން ޕޭޝަންޓްގެ ބޮލުން ޓިއުމާރ އެއް ނަގާފައި ވާއިރު، މިހާރު އަނެއްކާ ވެސް އާ ޓިއުމަރެއް މިވަނީ ފެނިފަ.. ސޭމް ސްޕޮޓް އިން.. ސޯ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދުޅަ ކޮންޓްރޯލް ކުރުމާއި އިންފެކްޝަން ޖެހުމުން ރައްކާތެރިކުރުމާއި ނިއުރޮޖިކަލް ސްޓޭޓަސް މޮނިޓާރ ކުރުމަށް.. މްމްމް… އައި ތިންކް އަ ރިޕީޓް ކްރޭނިއޮޓޮމީ ފޯރ ޓިއުމާރ ރިމޫވަލް މައިޓް ބީ ދި ބެސްޓް އެޕްރޯޗް..“ ރުއާނާގެ ފުރިހަމަ ޖަވާބު އަހާފައި ލިއަމްގެ ހިނިތުންވުން ފުޅާވިއެވެ.

”އިމްޕްރެސިވް.. ވަރަށް ރަނގަޅު.. އެންމެ މުހިއްމު ކަންތައްތައް ހަމަ ތި ފާހަގަ ކުރީ..އެކަމަކު ސޭމް ސްޕޮޓް ވީމަ ވީހާ ވެސް ގެއްލުން ކުޑަ ގޮތެއް ބަލަން ޖެހޭނެ… ހާއްސަކޮން އެ އޭރިއާގައި ހުންނަ ޓިޝޫތައް ވަރަށް ސެންސިޓިވް ވާނެ.. ކްރޭނިއޮޓޮމީ އަކީ ބޮލުގެ ނާށިގަނޑު ހުޅުވާލައިގެން ކުރާ އޮޕަރޭޝަންއެއް.. ސިންސް އިޓްސް ރިސްކީ، ހަށިގަނޑަށް ލިބޭ ގެއްލުންތައް ވީހާ ވެސް ކުޑަ ވާނެ ގޮތެއް ބަލާނީ.. އެކަމަކު ވީ ނީޑް ޓް ރިވިއު އިމޭޖިންގ ރިޒަލްޓްސް .. އޯވާރއޯލް ޕޭޝަންޓްގެ ކޮންޑިޝަން ބަލާފަ ޑިސައިޑް ކޮށްލާނީ.“ ލިއަމްގެ ފަރާތުން ބަހަކަށް އިންތިޒާރު ކޮށްގެން ހުއްޓާ، އަދްރެކް އިތުރަށް އޮޅުން ފިލުވާލަ ދިނެވެ. ޝައުގުވެރިކަމާއި އަޑުއަހަން ހުރެފައި ހިނިތުންވެލަމުން ރުއާނާ ބޯޖަހައިލިއެވެ.

އިތުރު ބަލިމީހުންގެ ގާތުގައި ވަގުތު ހޭދަކުރުމަށްފަހު އެމީހުންނަށް އެކަމުން އަވަދި ވެވުނު އިރު ވަރުބަލިކަމުގެ އިޙްސާސް ނުހަނު ބޮޑަށް ކުރެވެމުންދިޔައެވެ.

“ ބުރަ ދުވަހެއް މިއަދު ވެސް މިއީ.. ރުއާ ..އައި ލައިކް ދި ވޭއި ޔޫ މެނޭޖްޑް.. ވެލް ޑަން“ އެންމެ ފަހު މީހާގެ ހާލަތުބެލުމުގައި މަޑުކޮށްލި ވަގުތު، އަދްރެކް ބުންޏެވެ. ބަލިމީހުންނާއި މެދު ރުއާނާ ބަހައްޓަނީ ނުހަނު ގާތްކަމެވެ.  ރުންކުރު ރުޅި ގަދަ މީހުންނާއި ވެސް ވާހަކަ ދައްކާލަނީ އެމީހުންގެ ހިތް އަތުލައިގަންނަ ފަދައަކުންނެވެ. އެހާ ހިތްހެޔޮ ކޮންނެވެ.

އަދްރެކް ސަލާމް ކޮށްލަން ރުއާނާއަށް ދިއްކޮށްލި އަތުގައި ހިފާލަމުން ލިއަމް ތިރިކޮށްލިއެވެ. އަދްރެކްގެ ގާތައް ހިނިއައި ވަރުން ޖެއްސުމަށް ކަރުކެހިލިއެވެ. މަޑުން ހުރުމަށް ލިއަމް ކޮށްލި އިޝާރާތާއި އެކު އަދްރެކްއަށް އަނގަމަތީގައި އަތުގެ ނުފުށުން އަތް ހާކާލެވުނެވެ. ލިއަމް ހުރި ގޮތުން އޭނާއަށް ހެވުނީއެވެ. ރުއާނާއަށް ފަހްމްވެދާނެތީ ނިކަން އަވަހަށް ހިނިގަނޑު ފޮރުވާލަމުން، ދޮރާއި ގާތައް އޭނާ ގޮސްފިއެވެ. ހެނދުނު އައި ގޮތައް ރުއާނާގެ ވާހަކަ ލިއަމް ކީން ސުރެން އަދްރެކްއަށް ހުރީ އާދަޔާއި ހިލާފް ފޯރިއެއް އަރާފައެވެ. އޭނާ ހުރީ ކީވާން އާއި ޝާއިން ނުފެނިގެންނެވެ.

“އަމް ހެޑިން އައުޓް އަންކަލް“ ދޮރާއި ހިސާބުގައި ހުރެފައި އަދްރެކް ބުނި ޖުމްލައިގެ އަޑު ކަންފަތުގައި ޖެހުނު ހިނދު ހީވީ ލައިލައި ހުރި ނޭވާވެސް އަރުގައި ތާށިވިހެންނެވެ. މުޅިކުއްޖާ ލަދުން ގޮސް ރަތްވިއެވެ. އިސްއުފުލާލަން ވެސް ނުކެރުނެވެ. ރުއާނާ ގާތައް ރުޅި ވެސް އައެވެ. އެމީހުން ގާތް ވަރު އޮޅިފައި ނެތަސް އެފަދަ އެއްޗެއް ލިއަމް އަދްރެކް ގާތުގައި ކިޔާފާނެ ކަމަށް ހިއެއް ނުކުރެއެވެ.

”ވަޓް ދަ ފ**“ ގަތް ލަދާއި އައިސްހުރި ރުޅީގައި ރުއާނާއަށް ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެހާލަތުގައި ހުރެ އިހްތިޔާރުން ބޭރުގައި އޭނާއަށް ބުނެވުނު އެތިން އަނެއްކާ ވެސް ވެސް ލިބުނީ އިތުރު ލަދެކެވެ.  އޭރު ލޫކް އާއި ލިއަމް އަދި ބަލި އެނދުގައި އޮތް ބަލިމީހާގެ އިތުރުން އޭނާގެ އެހީތެރިޔާވެސް ތިބީ ދެލޯ ބޮޑުފައެވެ. އަނގަމަތީގައި އަތް އެޅިގޮތައް ރުއާނާ ބާރަކަށް ބޭރަށް ނުކުމަތެވެ.

”ވަޓް؟ އިޒް ދެޓް އަވާރ ރުއާ؟“ ލޫކްއަށް ހުރެވުނީ ހޭންވެސް ނުކެރިފައެވެ. ލިއަމް ކޮބައިތޯ ބަލައިލިއިރު އޭނާ އޭރު ހަލުވި ހިނގުމުގައި ނުކުމެގެން ދަނީއެވެ. ވީ ގޮތެއް ނޭނގޭތީ އޭނާވެސް އެމީހުންގެ ފަހަތުން ނުކުތެވެ.

ރުއާނާ ދުވަމުން ދުވަމުން ގޮސް ހުއްޓުނީ، އެ ފަންގިފިލާގައި ހުންނަ ނަރުހުންގެ ސްޓޭޝަނުގެ ކައުންޓަރު ދޮށުގައެވެ. އޭރު އޭނާއަށް މާ ނޭވާ ލެވެމުން ދިޔައެވެ. އެތަނުގައި އަދްރެކްގެ އިތުރު ކީވާން ހުއްޓާ ފެނުމުން ރުއާނާއަށްދެލޯ މަޜާ ފިތާލެވުނެވެ. “ އޯހް .. ޝިޓ*.. މިހާ އަވަހަށް އޭނަ އައީތަ މިތަނަށް..އަހަރެން ހީކުރީ މިމީހުން ކޮފީއަށް ދާ ގަޑި ކަމަށް މިއީ.. ކިއްވެތަ އަޅެ މިގަޑީގަ އެންމެން މިތާ މިތިބީ؟ ވައީ؟ ވައި އަމް ސޯ އަންލަކީ!“ކަރުއެލުވާލައިގެން ހުއްޓާ އަދްރެކްއަށް އޭނާ ފެނިގެން ގޮވާލައިފިއެވެ.

”ހޭއި ރުއާ.. އާދޭ އާދޭ “ އަދްރެކްގެ މޫނުމަތިން ނުހޭން އުޅޭ ކަހަލަ އަސަރުތަކެއް ފެންނަން ހުއްޓެވެ. ޒާތަކަށް ތުންފަތް ހަފާލާފައި ރުއާނާއަށް އަނެއްކާވެސް ގޮވާލަމުން ކައުންޓަރުގައި ހުސް ގޮނޑި ދައްކާލިއެވެ. ޖޯނާ ހުރިތަން ފެނުމުން ހިސާބަކަށް ހިތްހަމަ ޖައްސާލަމުން އޭނާ އެގޮނޑީގައި އިށީނެވެ. އެހެން އިނދެ އިޒްވާ ކޮބާތޯ ވެސް މެސެޖެއް ކޮށްލިއެވެ.

”ގާއީޒް ބަޑުހައި ނުވޭތަ.. ހީވަނީ ބަނޑުން އަޑު ކިޔާހެން.. މިއައީ ދެ ރައުންޑް ޖަހާފަ“ކީވާން ބަލަން އިން ފައިލް ލައްޕާލަމުން މޯޅިއަކަށް ދެމިލިއެވެ. ބުރަ ދުވަހެއް ކަމުން އޭނާ ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ.

”ޖޯ.. ކޮބާތަ އާލިއާ؟“ އާލިއާ އަދި ނުފެންނާތީ ކީވާންއަށް ނާހާލާ ނުހުރެވުނެވެ. ދެތިން ފަހަރު ހަނދާންވެގެން މެސެޖް ވެސް ކޮށްލައިފިއެވެ. ނަމަވެސް މެސެޖް ބަލާފައިވެސް އެއިން މެސެޖަކަށް ޖަވާބް ދެކަށް ނޫޅުނެވެ.

”އައްދޭ.. ކަލެއަށް ހާދަ ވަރެއް ވެފައޭ ދޯ ތިހުންނަނީ “

”ހަހަހަ.. އާލް ވީ ޑޮކްޓާރ އީތަން ބުނެގެން ތިރިއަށް ގޮސްފަ.. ތިރީގަ ހީވަނީ އެމަޖެންސީ ސާޖަރީއަކަށް ތައްޔާރު ވަމުންދާހެން.. ޑޮކްޓާރ ޝާއިން އެކަހަލަ ވާހަކައެއް ބުނި ދެންމެ“ ޖޯނާ ބުނެލިއެވެ. އެހެންހޭ ބުނެ ކީވާން ވެސް ބޯޖަހައިލިއެވެ.

”އާން ވަރެއް ވާނެތާ؟ މެސެޖް ސީން ކޮށްފަ ވެސް ޖަޥާބެއް ދެނިއްޔެއް ނޫނޭ“

”ކެން ޔޫ ކަމް؟“ ފޯނު ވައިބްރޭޓް ވީ އަޑަށް ރުއާނާ ބަލައިލިއެވެ. ލިއަމްގެ މެސެޖެކެވެ.  ދަތްކުނޑި ވިކައިގަނެވުނެވެ. މެސެޖް ބަލާފަ ވެސް އެއްޗެއް ނުބުނެ އިނީ ލިއަމް ހަދާ އެއްޗެއް ބަލާށެވެ.

”ކޮންތާކު؟“ ދެވަނަ މެސެޖް އައެވެ. މިފަހަރު ވެސް އެއްޗެއް ނުބުނެ އިންދާ އޭނާގެ ފޯނަށް ލިއަމް ގުޅަން ފެށިއެވެ. ބިރުވެސް ގަތެވެ. ލިއަމް އެގުޅީ މުޅިން އަލަށެވެ. ސާޖަރީ ތަކުގެ ހަބަރުތައް ވެސް ދޭން އާންމު ގޮތެއް މެދުވެރިޔާގެ ރޯލު އަދާކުރަނީ އަދްރެކްއެވެ. މުހިއްމު އެނގުމެއް އޮތަސް  ވެސް އަންގަނީ އަދްރެކް ލައްވާއެވެ. ރުއާނާ ފޯނު ކަނޑާލިއެވެ. އަނެއްކާ ވެސް ފެނުނީ ރުއާނާ ހައިރާން ކޮށްލާފައި ލިއަމް ގުޅާ ތަނެވެ.

“ ދަނީތަ ރުއާ؟“ ރުއާނާ އިންތަނުން ތެދުވިތަން ފެނި ކީވާން އެއްސެވެ. ގަދަކަމުން ވެރިކުރި ހިނިތުންވުމުގައި ހުރެ ރުއާނާ ބޯޖަހައިލިއެވެ.  އިތުރު މީހަކަށް އެއްޗެއް ނުބުނެވެނީސް ހަލުވި ފިޔަވަޅު ތަކެއްގައި ދިޔައީ ޗޭންޖިން ރޫމާއި ދިމާލަށެވެ. ލިއަމްއަށް ފެނުމުގެ ކުރިން އޭނާ ބޭނުންވީ ގެއަށް ދާށެވެ.

***

ޕާކްގެ ތެރޭގައި ވަނީ، ޗެރީ ބްލޮސަމް އަދި މެގްނޯލިއާގެ ބިޔަ ގަސްތަކުގެ ބަގީޗާއެކެވެ. ލުއިލުއި ވައިރޯޅިތަކާއި އެކު ގަސްތައް އެއް ރާގެއްގައި ހެލިލައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ގަހުން ވިހުރިގެން ދާ ފިޔާތޮށީގެ އެކިކުލަތަކުގެ ފިޔަތައް ވައިގެ ތެރޭގައި އެގޮތްމިގޮތައް އެނބުރިގަނެއެވެ. އެ ފިޔަތަކުން ބިންމަތި ވެސް ވަނީ ފޮރުވިފައެވެ. މަޑު މީރުވަހަކުން ވަނީ ފަޒާގައި ހުވަނދު ލެވިފައެވެ. ޕާކްގެ އެކި ހިސާބުތަކުގައި ބެންޗްތަކެއް ޖަހާފައި ހުރިއިރު، ތަންކޮޅެއް ދުރުން ކާއެއްޗިހި ވިއްކަން ހަދާފައި ހުރި ދެތިން ސްޓޯލް ފެންނަން ހުއްޓެވެ. ޕާކްގެ އެއްފަޜާތުން ފުޅާ މަގެއް އޮވެފައި، ދެން އޮތީ އުސް ހިލަތަކުން ފެންސް ޖަޙާފައި ވާ ސަރަހައްދެވެ. އޭގެ ބޭރުން މޫދެވެ.  ލޯބިވެރިން އެމީހުންގެ އުފާވެރި ވަގުތުތައް ހޭދަކޮށްލަން އެންމެ ކަމުދާނެ ފަދަ ހިތްގައިމު މަންޒިލެކެވެ. އާއިލާތަކާއި އެކުވެރިންގެ ގުރޫޕްތައް އެކުގައި ޕިކްނިކް ހަދާލުމަށް އައިސް ތިބި ލެއް ވެސް މަދެއް ނޫނެވެ. ކުލަކުލައިގެ މެޓްތައް ފަތުރާލައިގެން ލޯބި ލޯބި ކުދިން ތައް ދޫކޮށްލާފައި، އެކުދިންނަށް ކުޅިވަރު ދެއްކުމައިގެން އުޅޭ ދެމަފިރިން ވެސް އުޅެއެވެ. ވައި ގާ ހިފާލާފައިވަނީ އުފާވެރި ހުނުންތަކުގެ އަޑެވެ. ސަކަރާތާއި މަޖަލުގެ އަޑެވެ.

މޫދާއި ވީ ފަރާތުން ބެންޗެއްގައި އިޒްވާ އިނެވެ. ދެފައި އަރުވާލައިގެން، ކަކުލުގައި ބޯ އަޅާލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މާހައުލުގެ ހިތްގައިމުކަމަށް ހިތްދޫކޮށްލަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. އެކަނިވުމުން އޭނާގެ ހިތުގައި ފޮރުވާފައި އިހްސާސްތައް  ނިއުޅިއްޖެއެވެ. މޫނުމަތިން ފެނިގެންދަނީ މޮޅިވެރިކަމުގެ އަސަރެވެ. ދާދި ދެންމެ އަކު ވެސް ރޮއެފައި ހުރިކަން އެދެލޮލާއި ކޯތާފަތް ހެކިދެއެވެ. ދިގު އެސްފިޔަތަކުގައި މުތީތަކެއް ފަދައިން ކަރުނަ ތިކިތައް ހަރުލާފައި ވާއިރު، ރުއިމުގެ ސަބަބުން ފަނޑުރަތް ކަމެއް މޫނުގައި ވިއެވެ.

ހިތުގައި އިންތިހާއަށް ދަނީ ރިއްސަމުންނެވެ. ލޯބިވާ އެންމެންގެ ކުރިމަތީގައި އޭނާ ކެތްތެރިވެގެން ހުންނަނީ ހާދަ ހިތްވަރަކުންނެވެ. ނޫހް އާއި ޔީލާ އެކުއެކީގައި ފެންނަ ކޮންމެ ފަހަރަކު ހިތް ހީވަނީ ޗިސްވެގެންދާ ހެންނެވެ. ބަލިކަށިވެފައި ނަފްސު ހަމައަކަށް އަޅުވާލަމުން އައު އަޒުމަކާއި އެކު ކުރިއަށް ދިޔުމަށް ހިނގައިގަންނަ  ކޮންމެ ފަހަރަކު އޭނާއަށް އަމާޒުކޮށް ނޫހް ބުނަމުންދާ ވިހަގަދަ ބަސްތަކުން ހިތުގައި ލެވެނީ އިތުރު ފުން ޒަހަމް ގަނޑެކެވެ.  އެހާ އަނިޔާ ހިތައް ދީފައި ވެސް، ނޫހްއަށް އެވަރު ނުފުދެނީ ހެއްޔެވެ. ކުރެވުނު ވަރު ކުޑައީ ހެއްޔެވެ. ނޫހްއާއި ދުރަށް ދާން މަސައްކަތް ކުރާ ވަރަކުން ކޮންމެވެސް ސިފައެއްގައި އައިސް އެބަ ހިތައް އިތުރު ތަކްލީފް ޖައްސައެވެ.

”އިޒީ“ ލޮލުން އައިސް އައިސް ހުރި ކަރުނުތައް ފުހެލަން އިޒްވާ އަވަސްވެ ގަތެވެ. ނަމަވެސް އީތަން އެދެ އަތުގައި ހިފެހެއްޓިއެވެ. އިޒްވާއާއި ގާތުގައި އިށީންނަމުން، އޭނާ ގެނައި ދެ ހޮޓް ޗޮކްލެޓް ބެންޗްގެ ހުސްތަންކޮޅުގައި ބައިންދާލިއެވެ.

”ރޯލަން ބޭނުންވީމަ ނުހިފަހައްޓާ ރޯލާ .. ދެރަކަމަކާއި ނުވަތަ ނާކާމިޔާބީއަކާއި ކުރިމަތި ވީމަ ރޯލީމަ ހަމައަކަށް އެޅޭނީ..އޭރުން އިމޯޝަންތައް ހަމައަކަށް އެޅި އެކަމުން އަރައިގަންނަން އެންމެ ފަސޭހަވާނީ.. އެކަމަކު ވެސް ބުނަންތަ ވާހަކައެއް އިޒީ.. އެކަހަލަ ބޭކާރު މީހުންނަށްޓަކައި މި ޕްރިޝިއަސް ކަރުނުތައް ބޭކާރު ނުކުރޭ.. ރޯންވާނީ ރޯންވާ ކަހަލަ ކަންކަމުގަ..“ އިޒްވާ އިނީ އީތަންގެ ވާހަކައަށް ރައްދު ދެވޭ ކަހަލަ ހާލަތެއްގަ އެއް ނޫނެވެ. އީތަން ބަލައިލީ އިޒްވާގެ މޫނަށެވެ. ކަރުނުން ބަރާވެފައިވާ ދެލޯ ފެނި ހިތައް އުނދަގޫވިއެވެ. އެ ދެލޮލުގައި ދުޅައެއް ވެސް ހުއްޓެވެ. އިޒްވާ ކިތަންމެ ފޮރުވަން މަސައްކަތް ކުރި ނަމަވެސް އެހިތުގައި އަދިވެސް ހިސާބަކަށް ނޫހްއަށްޓަކައި ލޯބިވާކަން އީތަންއަށް ގަބޫލް ކުރެވުނެވެ. އެ ނޫންނަމަ އެ ގޮތަކަށް ނުރޯނެއެވެ. އެއީ އާދައިގެ ކަންކަމާއި އެހާ ފަސޭހައިން ރޯ ކުއްޖެއް ނޫނެވެ.

”އީތަން…ކޮންމެ ވެސް ވަރަކަށް ވިސްނޭ އޭނާއާއި މެދު ..އެކަމަކު ކުރިން ލޯބި ވާހާ ބޮޑަކަށް ނޫން..އޭނާއާއި އޭނާއާއި ގުޅިފައިވާ ހުރިހާ ކަމަކާއި ދުރުވާން މި މަސައްކަތް ކުރަނީ..އެކަމަކު ކޮންމެ ވެސް ސިފައެއްގަ ނޫހްގެ އުނދަގޫ އެބަ އަހަންނަށް ޖެހޭ.. އިޓް ހާޓްސް އީތަން ..އިޓް ރިއަލީ ހާޓްސް“ އިޒްވާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައިރު އީތަންއަށް ވާ އުނދަގޫ ފޮރުވަމުން އިޒްވާގެ ކޮނޑުގައި އަތް ވަށާލިއެވެ. އެކަމުން ވެސް އީތަންއަށް ކުރުވީ ގޮތްނޭނގޭ އަސަރެކެވެ. އަތް ދުރުކޮށްލަން ވެސް ހިތައް އެރިއެވެ. ނަމަވެސް އިޒްވާ އިނީ އެފަދަ އަޅާލުމަކަށް ބޭނުންވެފައެވެ. އަތް ވަށާލި ހިނދު އިޒްވާ އީތަންގެ މެދު ހަށީގައި ނުހަނު ބާރަށް ބައްދާލިއެވެ.

”ހިތުގެ އަޑިން މުޅި އުމުރަށް ފޫހިވާން ބޭނުންވަނީ.. ދެން ދުވަހަކުވެސް އެނބުރި ނުދާނަން.. އެނގޭ މިއީ ތަހައްމަލްކުރަން އުނދަގޫ ޕެއިންއެއް ކަން ..ވަރަށް ވަރަށް..ވަރަށް..އުނ..އު.. އުނދަގޫ“ ރޮމުން ރޮމުން ވާހަކަ ދެއްކިއިރު އިޒްވާގެ އަޑު އަނެއްކާ ވެސް ކުރެހިގަތެވެ.

”މިއަދު އޭނަ ކީއްކުރީ؟ ޓެލް މީ އެވްރީތިންގް“ އިޒްވާގެ ބޮލުގައި އަތް ޖައްސާލަމުން އީތަން އެހިއެވެ. އެއޮތް ގޮތައް އޮވެ ރުއާނާއާއި އެކު ހުއްޓާ ދިމާވި ހާދިސާގެ އަޑު އިވުނެވެ. ނޫހްގެ ވިހަ ބަސްތަކާއި ޔީލާ، ނޫހްގެ ކޮޅަށް އެރިގޮތެވެ. ކެތްނުވެގެން ރުއާނާ ގޮސް ނޫހްގެ މޫނުމަތީގައި ޖެހިގޮތެވެ.

”އައި ..އައި ޖަސްޓް.. ކާންޓް ބިލީވް.. އެވަރުން ވެސް ކުޑޫ ނެގީ އޭނަގެ ސައިޑް.. އެއީ މި ދުނިޔެ މަތިން ވެސް އެންމެ ލޯބިވި ދައްތަ.. ޝީ ނިއު ހައު މަޗް އައި ލަވް ހާރ.. “ އެ ކަރުނުތަކުން އީތަންގެ ގަމީސް ތެމެމުން ދިޔައެވެ. ނޫހްގެ ވާހަކަ އިވުނީން ސުރެން އީތަން ރުޅިގަދަވެގެން ގޮސް ހަމައިން ނެއްޓޭ ވަރުވިއެވެ. އޭނާއަކީ ރުޅި ކޮންޓްރޯލް ކުރަން ނުދަންނަ ޒުވާނެއް ނަމަ  އެވަގުތު ނޫހް ހުރިތާކުން ހޯދައިގެން އައިސް އޭނާ މަރާލެވުނަސް ނޭގޭހާ ރުޅި ހުރީ އައިހެވެ.

”އޭނާ ހަމަ ނުހުއްޓި ދޯ.. އިޒީ ދެން ނުވާނެ މަ ހިފަހައްޓައިގެން!… އޭނާ ހީކުރީ ކަމެއް ކުރަން ނުކެރޭތީ ކަމަށްތަ މަޑުން މިހުންނަނީ! މިކަމުގެ އެއްވެސް ހިލަމެއް އަދިވެސް އިޒީގެ ދޮންބެއަށް ނޭނގޭތަ؟“

ބޮލުގެ އިޝާރާތުން އިޒްވާ އާއެކޭ ބުނެލިއެވެ. އީތަން ދުކޮށްލީ ފިނި ނޭވާއެކެވެ. އެ ވަގުތުން ފެށިގެން އޭނާ އިންތިޒާރު ކުރަމުން ދިޔައީ ނޫހް ދެން ފެންނާނެ އިރަކަށެވެ. އެތެރެ ހަށީގައި ހުޅުހިފާފައިވާ ރުޅީގެ ތޫފާނަށް ނިމުމެއް އަންނާނީވެސް އޭރުންނެވެ. އިޒްވާ އެގޮތައް ތާ އަބަދު ރޯ މަންޒަރު ބަލާކަށް އޭނާއަކަށް ނުހުރެވޭނެއެވެ.

****

ހޮސްޕިޓަލުން އައިގޮތައް ކޮޓަރީގެ ތެރޭގައި އޮވެފައި ރުއާނާ އެނދުން ތެދުވީ ލިއަމް ނިދާހާ އިރުކޮށްފައެވެ. ބަނޑުހައިވެގެން އަޑު ކިޔަން ފެށުމުން އިތުރު ގޮތެއް ވެސް ނެތިގެންނެވެ. ބޭރުން ކާ އެއްޗިހި ގެނައުމަށްޓަކައި އޯޑާރ ކުރަންބެލި އިރު އެހިސާބަށް ޑެލިވަރީ ކޮށްދޭ ތަނެއް ނުފެނުނެވެ. ނަސީބު ދެރަކަމުން، އޭނާއަށް މާ ގިނަ ތަންތަނެއް ނުވެސް އިނގެއެވެ. މާޔޫސް ވެގެން އަނެއްކާ ގޮސް އެނދަށް ޖެހިގަތެވެ.  ނަމަވެސް ބަނޑުގައި ހީވަނީ ކޮކާތަކެއް އުދުހެމުން ދާ ހެންނެވެ. ނިދަން އުޅުނު ނަމަވެސް އެއްޗެއް ނުކައި ނުނިދޭނެކަން ޔަގީންވުމުން އެންމެ ފަހުން ކޮޓަރިން ނުކުންނަ ހިޔާލް ކުރިއެވެ.

”އޭނާ ނިދީތަ؟“ ހަނި ގޮތަކަށް ދޮރުހުޅުވާލައި ގެން ހުރެ ރުއާނާ ކުޑަގޮތަކަށް ބޯ ނެރެލިއެވެ. އެއްވެސް ހިލަމެއް ނުވާއިރު މުޅި ގޭތެރެ އަނދިރި ކޮށްލާފައި އޮތުމުން ހައްތަޙާ ބޮޑަށް މާޔޫސް ވާގޮތްވިއެވެ.

އެހެން އޮތްވާ ތިރިއަށް ފައިބާކަށް އޭނައަކަށް ނުކެރޭނެއެވެ. ސިޑިއާއި ހިސާބަށް ގޮސް ވެސް އަނބުރާލާފައި އައިސް ހުއްޓުނީ ލިއަމްގެ ކޮޓަރީގެ ދޮރުމަތީގައެވެ. އެ އަނދިރިކަމުގައި އެންމެ މިނެޓެއް ވޭތު ކޮށްލުމަކީ ވެސް އޭނާއަށް ނޭވާ ނުލާ ކަނޑު އަޑީގައި އުޅުން ފަދަ ކަމެކެވެ. ލާހިކަ ކުޅަދާނައެއް ނޫނެވެ. ”ޝުޑް އައި ކޯލް ހިމް؟“ ރުއާނާއަށް ދެލޯ މަރާލެވުނެވެ. ބަނޑުގައި އަތް ހާކާލަމުން ދެލޯ މާރާލިއެވެ. އެންމެފަހުން މަޑުމަޑުން ދޮރުގައި ޖަޙާލިއެވެ.

”ހެލޯ؟“ ތިންފަހަރަށް ޖެހިނަމަވެސް އަޑެއް ނީވެއެވެ. އެންމެ ފަހުން ރުއާނާ ދޮރު ހުޅުވާލިއެވެ. އޭނާ ހީކުރީ ހުންނާނީ ތަޅުލާފައިކަމަށެވެ. ނަމަވެސް ހައިރާންކޮށްލާފައި ދޮރުހުޅުވުނެވެ.

”ޑޭމްމްމް“ ރުއާނާގެ އަނގަހުޅުވުނެވެ. އެ ކޮޓަރީގެ ހިތްގައިމްކަމުން ބަސްހުއްޓުނެވެ. އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އޭނާ ދާހިތްލައިގަތެވެ. އެ މޫސުމުގައި ވެސް ކޮޓަރި ހޫނުކޮން ބޭއްވުމަށްޓަކައި ހީޓާރ ޖައްސާފައިވާތަން ފެނި ހައިރާންވިއެވެ.

އޭނާ އުޅެފައި އައި އެޕާރޓްމަންޓް ވެސް އެކޮޓަރިއަށް ވުރެން ކުޑަވާނެކަން ގައިމެވެ. ފާރުތަކުގައި ލާފައި ހުރި ކުލައިން ފެށިގެން އެތަނުގައިވާ ހުރިހާ ސާމާނެއް ވަނީ ކަޅާއި ގަދަ އަޅިކުލައިންނެވެ. ޙާދަ ސިއްރުވެރިއެވެ. ބޭރުގައި ހުރި ކަހަލަ އެހެނަސް އެއަށް ވުރެން ބޮޑު އުއްބައްތި ސްޓޭންޑެއް ހުއްޓެވެ. ހުރިހާ އުއްބައްތިއެއް ދިއްލާފައި ހުރިއިރު ތަނުގައިވާ އަލިކަމަކީ ވެސް އެއީއެވެ. އަނދިރިކަމަށް ހާދަ ބޮޑަކަށް ލޯބިކުރާ ޒުޥާނެކެވެ. ކަޅުކުލައިގެ ފާރުތަކުގައިވަނީ މަޑުއަޅިކުލައިގެ މަންޒަރެއް ސިފަވާހެން ބޮޑު ފްރޭމެއް ހަރުކުރެވިފައެވެ. ރުއާނާއަށް އެ ފްރޭމްގައިވާ މަންޒަރު ފެނުނީ އެވަގުތުއެވެ. އަންހެންނާއި ފިރިހެނެއް ގައިގޯޅި މަންޒަރެއް ސިފަވާނެހެން ހުރިއިރު އިސްއުފުލާލި ބާރުމިނުގައި އިސްތިރިކޮށްލިއެވެ. ނުހަނު ބޮޑަށް ލަދުގަތެވެ.

”ޑާކް ރޮމޭންސް އެޑިކްޓެއް ބަ؟ ޗާކޯލް ބެޑް.. މޭޓް ބްލެކް ފާރނީޗާރ…ސެންޓް އޮފް ސެންޑަލްވޫޑް..އެހާ ހޫނު ..އެހާ އަނދިރި…  “ އެކޮޓަރިން އޭނާއަށް ފެނުނީ އުއްމީދު ނުކުރާފަދަ ކަމެކެވެ. ހަމަހިމޭން ކަމާއި އަނދިރިކަމުގެ އެންމެ ފުން މާނައެވެ. ބޭރުގައި ވާފަދަ އަނދިރިކަމެއް ހުންނާނެ ހެން އޭރުވެސް ހީވި ނަމަވެސް އޭނާ ބޮޑަށް އުއްމީދުކުރީ ލިވިންގް އޭރިއާ ފަދައިން އާސާރީ ވަންތަކަމަށެވެ. މިފަދަ ތަފާތު ސިފައަކަށް ނޫނެވެ.

”އައި ކާންޓް އިމޭޖިންގ މައި ފަސްޓް ކިސް ހެޕެނިންގ އިން އަ ޕްލޭސް ލައިކް ދިސް.. އޯވްވް.. އޯހް މައި ގޯޑް.. ދިޒް އިޒް ކްރޭޒީ“ ރުއާނާ ލޯބިވެތި ގޮތަކަށް ހީލަމުން މުޅި ކޮޓަރި ތެރޭގައި އެނބުރިގަތެވެ.

”ބަލާ ނުނިމޭތަ؟“ އަމިއްލަ ދުނިޔެއަށް ގެއްލި ހުއްޓާ، ކަންފަތް ދޮށުން އިވިލީ ލިއަމްގެ އަޑެވެ.  ރުއާނާ ލައިލައި ހުރި ނޭވާވެސް ހީވީ އަރުތެރޭގައި ތާށިވާން އުޅުނު ހެންނެވެ. ހިންދިރުވާލެވުނީ އޭނާއާއި ގާތުން ލިއަމްގެ ފިޔަވަޅު އިހްސާސް ވުމުންނެވެ. ފިޔަވަޅު އަޑު ނީއްވާ ލިއަމް ކޮންމެ ފަހަރަކު އައިސް ކުރިމަތީގައި މިހުންނަނީ ކިހިނެތްބާއެވެ.

”މްމް..މްމް އައި.. އަ..އައި“ ފަސް އެނބުރުނު އިރު ރުއާނާގެ އަނގައިގާ ހީވީ ތަޅެއް އެޅުވިގެން ދިޔަހެންނެވެ. ވާހަކަ ދައްކަން އުޅެ އުޅެ ދޫ ހަރަކާތެއް ނުކުރިއެވެ. ބުނާނެ ބަހެއް ދުލައް ނުވެސް އައީއެވެ. ކަޅުލައިގެ ސްވީޓްޕޭންޓްގައި ހުރި އިރު މަތިން ޓީޝާޓެއް ނުލައެވެ. އެ ވަރުގަދަ ހަށިގަނޑަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރެވުނީއެވެ. ގޮޅިއަރާފައި ވާއިރު މަސްތައް އެތުރިފައި ވާގޮތުން ބަލާ ފޫހިނުވެއެވެ. އުއްބައްތީގެ ރަން އަލި އެ ހަށިގަނޑަށް އެޅިފައި ހުރީ ސިހުރެއް ފަދައިންނެވެ. ރުއާނާގެ ހިތް ދިވާނާ ކުރުވަމުން ދިޔައެވެ.

”ވަޓް ޔޫ ޑުއިން ހިއާރ؟“ ރުއާނާ ސިހުނީ ލިއަމްގެ އަޑުންނެވެ. ހުރެވުނު ގޮތް އިޙްސާސްވެ ގަތްލަދުން އަވަހަކަށް އިސްޖަހާލިއެވެ. ޔަގީނުން ވެސް އޭނާ ބަލަން ހުރިތަންލިއަމްއަށް ފެންނާނެއެވެ. ރުއާނާ ދިމާ ކޮށްލީ އެތަނުން ދާށެވެ. މިރޭ އެއްޗެއް ކާން ނުލިބުނަސް ވަރިހަމައެވެ. އެއަށް ވުރެން ބޮޑަށް އޭނާ ލަދުގަނެފިއެވެ. ލިއަމް ކަޅި ޖަހާނުލާ ބަލަމުން ދިޔަކަން، އެ މޫނަށް ނުބެލި ކަމުގައިވެސް ރުއާނާއަށް އިޙްސާސްވަމުން ދިޔައެވެ.

”ވެއިޓް!  ޝުޑް އައި ފުލްފިލް ޔޯ ޑްރީމް؟“ ރުއާނާގެ އަތުގައި ލިއަމް ހިފާލަމުން ހުއްޓުވިއެވެ. އޭރު ރުއާނާ ހުރީ އިސްޖަހައި ގެންނެވެ. އިތުރަށް އެ ރީތި އަންހެންކުއްޖާ ލަދު ގަންނަވާލަން ހިތް އެދެމުންދިޔައެވެ. އުއްބައްތި ސްޓޭންޑާއި ދިމާލައް ރުއާނާ އެނބުރިގެން ހުރިމުން އެމޫނާއި ތުންފަތުގައި ވީ ރަތްކަން އެއަލީގެ ތެރެއިން ފެންނަމުން ދިޔައެވެ. ހާދަ ރިއްޗެވެ. ލިއަމްގެ ދެފައި ހަރަކާތް ކުރިއެވެ. ރުއާނާގެ އަތައް ދަމާލަމުން ކައިރިވެލަމުން އެ ހިމަ އުނގަނޑުގައި އަތް އަޅުވާލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ހިނދުހީވީ ވަށައިގެންވާ މާހައުލު ވެސް ފުސްވެގެން ދިޔަހެންނެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (7)

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.