ވަފާތެރިމަވީމޭ 13

”ކީއްވެ…؟ ކޮބާ ތަ ކައިގެ ކުށަކީ؟“ ނޭފަތް ދަމާލަމުން ކައިޝަލް ސުވާލު ކުރިއެވެ. ހީވީ ނުރޯނަމޭ ބުނެލިހެންނެވެ. ”ރިއާ…“ ރިއާނާއަކަށް ދެން ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ”ސޮރީ…“ ރިއާނާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

(13 ވަނަ ބައި)

”ސޮރީ؟؟ ރިއާ… ޗީޓު… ކުރީ ތަ…؟“ ކައިޝަލް އަހާލީ އަޅައަޅައިގަންނަމުންނެވެ. ”އައިމް ސޮރީ ކައި… ރިއާއަށް އެހެން މީހަކުދެކެ ލޯބިވެވިއްޖެ…“ ރިއާނާ ހިތްވަރު ކޮއްލާފައި ބުނެލިއެވެ. ކައިޝަލް ދެން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ރިއާނާ ކަންފަތް މައްޗަށް ފޯނު ކަނޑާލީއެވެ.

ރިއާނާ ފުންނޭވާއެއް ދޫކޮއްލަމުން ހަމަ ޖެހިލިއެވެ. ކަން ކުރެވުނީ ކައިޝަލްއަދި އަމިއްލަ ނަފްސަށް ވެސް އެންމެ ރަނގަޅަށް ކަމަށް ބުނެލިއެވެ. ހަމަ ޖެހިލާފައި ދެން ގުޅާލީ އިޔާލްއަށެވެ. 5 ވަނަ ރިންގުގައި އިޔާލް ފޯނު ނެގިއެވެ.

”ހޭ؟ ކޭން ވީ މީޓް؟“ ރިއާނާ ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. ”ޝުއާރ. ކިހިނެތް ވީ އަނެއްކާ؟“ އިޔާލް އަހާލިއެވެ. ”އަމް… ވާހަކައެއް ދައްކާލަން… ސެންޓްރަލް ޕާކްއަށް… މާދަން ނޫން އަނެއް ދުވަހުން… އޯކޭ ތަ؟“ ރިއާނާ ލަދުން އިނދެ ބުނެލިއެވެ. ”އޯކޭ މިދަނީ“ އިޔާލް ފޯނު ބާއްވަމުން ބުނެލިއެވެ.

ކޮޓަރި ތެރޭގައިވީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. ނިދާބޮކީގެ މަޑު ނޫކުލައާއި އެކު ނިދިފައި އޮތް ޔޫއާގެ މޫނު މަތިން ފެންނަނީ މައުސޫމްކަމެވެ. ބަލާބަލާ ފޫހި ނުވާނޭ ފަދަ ރީތި ކަމެކެވެ. ޔޫއާގެ ހަށިގަނޑުގައި ބައްދާލައިގެން އޮތް ނިކްޔާން އޮތީ އެރީތި ކަމުގައި އާޝޯހު ވެފައެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟

ދެމީހުންގެ ހަށިގަނޑުގައި ވެސް އެއްވެސް ނިވާކަމެއް ނެތްއިރު ހަށިގަނޑު ނިވާ ކުރެވިފައިވަނީ ކޮނޑާއި ހަމައަށް އަޅާފައި އޮތް ފޮތިގަނޑެވެ. ނިދިފައި އޮތް ޔޫއާގެ އިތުރުން ނިކްޔާންގެ މޫނު މަތީގައި ވެސް ވަރުބަލިކަން ވިއެވެ.

ނިދިފައި އޮތް ޔޫއާ ކުކުރާލާފައި ދެލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ކަޅި ޖަހާ ނުލާ އޭނާއާއި ދިމާލަށް ބަލަން އޮތް ނިކްޔާންއެވެ. އެއާއި އެކު ހިނދުކޮޅެއްގެ ކުރީގެ ހާދިސާ ހަނދާން ވުމުން ކޯތާފަތަށް ހޫނުކަން އިހުސާސް ކުރެވުނެވެ. މޫނު މަތީގައި އަތް އެޅުނީ ގަންނާ ކުރެއްވީ ލަދުންނެވެ.

”ހެހެ ކިހިނެތް ވީ؟“ ނިކްޔާން ހީލާފައި ސުވާލު ކޮއްލިއެވެ. ”ކަ… ކަމެއް ނުވޭ…“ ޔޫއާ ކަރުކެހިލަމުން ބުނެލިއެވެ. ”ހެހެހެ އޯކޭ އޯކޭ. ދޫނީ…؟“ ޔޫއާގެ މޫނާއި ގާތްވެލަމުން ނިކްޔާން އޭނާގެ ބަރު އަޑުން ގޮވާލިއެވެ. ”މްމް؟“

”އެއްވެސް ތަނަކަށް ތަދުވޭ ތަ؟“ ޔޫއާގެ ހަށިގަނޑު ގަޔާއި ގާތް ކޮއްލަމުން ނިކްޔާން އަހާލިއެވެ. ”ނޫން… އަމް… ކުޑަކޮށް…“ ޔޫއާ ލަދުން އޮވެ ބުނެލިއެވެ. ނިކްޔާން ހީލާފައި ޔޫއާގެ ނިތުގައި ބޮސްދިނެވެ. ”ކަމް ހިއާރ“ ނިކްޔާން ޔޫއާގެ ހަށިގަނޑުގައި ގިލިގިލި ކޮއްޓާލިއެވެ. އެއާއި އެކު ޔޫއާގެ ލުއި ހުނުމުގެ އަޑު ކޮޓަރި ތެރޭގައި އިވިލިއެވެ.

ކަޅު ކުލައިގެ އަބާޔާއަކާއި އެކު އޮރެންޖު ކުލައިގެ ޝޯލްއެއް އަޅައިގެން ސެންޓްރަލް ޕާކުގައި އިން ރިއާނާގެ މޫނު މަތީގައިވީ ނުތަނަވަސްކަމެވެ. މެންދުރުގެ ވަގުތު ކަމުން ޕާކުގައި އަނެއްހެން އެއްވެސް މީހަކު ނެތެވެ. އެއީވެސް ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. އިޔާލް ގާތުގައި އަންނަން ބުނި ވަގުތުގެ 20 މިނިޓް ކުރިން އައިސް އޭނީ ވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާށެވެ. އިރުކޮޅެއް ފަހުން އިޔާލް އަންނަތަން ފެނުނެވެ.

ރީނދޫ ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ޖީންސެއް ލައިގެން ހުރި އިޔާލްގެ ތުންފަތްމަތީގައިވީ ލުއި ހިނިތުންވުމެކެވެ. އިސްތަށިގަނޑުގައި އެއްވެސް ސްޓައިލްއެއް ނެތް އިރު ވެސް ބަލާބަލާ ފޫހި ނުވާ ފަދަ ރީތި ކަމެކެވެ. ލައިގެން ހުރީ އަތްކުރު ޓީޝާޓެއް ކަމުން އަތުގައި ފުއްޕާލާފައި ހުރި ނާރުތަށް ފެނި ރިއާނާއަށް ހިންދިރުވާލެވުނެވެ.

”އަނެއްކާ ކޮން ވާހަކައެއް ތަ ދައްކަން ތިއުޅެނީ؟“ ރިއާނާ ގާތުގައި އިށީންނަމުން ނިކްޔާން އަހާލިއެވެ. ރިއާނާ ދެތިން ފަހަރަކު ފުންނޭވާއެއް ލަމުން ހަމަ ޖެހިލިއެވެ. އިޔާލް އިނީ ރިއާނާގެ ވާހަކަ އަހަން ތައްޔާރަށެވެ. ކުއްލިއަކަށް އިނދެފައި ރިއާނާ އިޔާލްގެ ތުންފަތުގައި ބޮސް ދިނެވެ.

ވަގުތުން އިޔާލް ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ރިއާނާ ދުރުކޮއްލަމުން ކޮޅަށް ތެދުވިއެވެ. ”ރިއާނާ!“ އިޔާލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ”އިޔާ… އައި ލައިކް ޔޫ… ނޫން… އިޔާދެކެ ރިއާ ވަރަށް ލޯބިވޭ…“ ރިއާނާ އެންމެ ފަހުން ބުންޏެވެ.

”ރިއާނާ މޮޔަވީ ތަ؟ ނޫން. ތިކަމެއް ދުވަހަކުވެސް ނުވާނެ! އަހަރެން މިއީ މީހެއްގެ ފިރިއެކޭ!“ ވާއަތުގައި އިން ކައިވެނީގެ އަނގޮއްޓި ދައްކާލަމުން އިޔާލް ބުނެލީ ރުޅިވެރި ރާގަކަށެވެ. ރިއާނާއަށް ހުރި ތަނަށް ތިރިވެވުނެވެ. އަޑުން އަޑުނަގާ ރޯން ފެށުނެވެ. ދެން ރިއާނާ ހަދާނީ ކިހިނެތް ހެއްޔެވެ؟

”އިޔާ… އޯކޭ ދެވަނަ އަންބަށް ވިޔަސް. ރިއާ ބޭނުމީ އިޔާގެ ހައްގަކަށް ވާން. ޕްލީޒް.. ރިއާ އެކަނި ނުކޮއްލާ. ރިއާއަކަށް އިޔާއާއި ނުލާ ނޫޅެވޭނެ“ ރިއާނާ އިޔާލްގެ ފައިގައި ހިފާ އާދޭސް ކުރަން ފެށިއެވެ.

”އަހަރެންގެ އަންހެނުންދެކެ އަހަރެން ވަރަށް ލޯބިވޭ. ލަޔާއެއީ މަގޭ ފުރާނަ. ދުވަހަކު ވެސް ލަޔާ ދޫކޮއްލާފަ ނުދާނަން. ސާފު؟“ އިޔާލް ބުނެލީ ހަރުކަށި ރާގަކަށެވެ. ރިއާނާ ކޮއްޕާލާފައި އިޔާލް ހިނގައިގަތެވެ. އޭރު އިޔާލް ރުޅި އައިސްގެން ރޫރޫ އަޅައެވެ. ރިއާނާއަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ.

ހަވީރުގެ ވަގުތެވެ. ދުވަހަކީ ޔޫއާއާއި ނިކްޔާން ސައިކަލު ދުއްވާލަން ދިޔަ ވަގުތެވެ. ލިފްޓުން ނިކުމެގެން އައި ޒުކާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދޮރުގައި ކޯޑު ޖަހާލަމުން އެތެރެއަށް ވަނީ ކުރަންއައި ކަމެއް ވާނެ ކަމުގެ ޔަގީންކަން ހިތުގައި އޮތް ހާލުގައެވެ. ދެމަފިރިންގެ ކޮޓަރިއަށް ވައިން ޒުކާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނީ ކުރަންއައި ކަންތަށް ކާމިޔާބު ވުމުންނެވެ.

ދުވަސްތަށް ފާއިތު ވަމުން ދިޔައެވެ. ޔޫއާއާއި ނިކްޔާންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ލަޔާލީގެ ލޯބި ކާމިޔާބު ކުރުމަށް އިޔާލް މަސައްކަތް ކުރަމުންދާ ފަދައިން، އިޔާލްގެ ލޯބި ކާމިޔާބު ކުރުމަށް ރިއާނާ ދިޔައީ ކުރެވުނު ކަމެއް ކުރަމުންނެވެ. ޔޫއާއާއި ނިކްޔާންގެ ދިރިއުޅުމަށް ވިހަ ލުމަށް ޒުކާ ދިޔައީ ކުރެވުނު ކަމެއް ކުރަމުންނެވެ. އެހެނަސް އެކަން ވަނީ އެދެމަފިރިންނަށް އަދި ވަންހަނާ ވެފައެވެ.

ފާހާނާ ތެރޭގައި ހުރި ލަޔާލީގެ މޫނު މަތީގައިވީ ނުތަނަވަސް ކަމެވެ. އަތުގެ ނިޔަފަތިތަށް ހެފެމުން ދިޔައިރު ހިތުގެ ވިންދުގެ އަޑުވެސް ކަންފަތާއި ހަމައަށް އިވެމުން ދިޔައެވެ. ފާޙާނާ ތެރޭގައި ހުރެ ދެކޮޅަށް ހިނގަމުން ދިޔައެވެ. އިރުކޮޅެއްފަހުން ފޯނު ސޯނާވިއެވެ. ލަޔާލީ ފުންނޭވާއެއް ދޫކޮށްލާފައި މޫނު ދޮންނަ ތަށިމަތީގައި އޮތް އެއްޗަށް ބަލާލިއެވެ.

(ނުނިމޭ)

ސާދަވަނަބައިގެ ތެރެއިން:

އާދައިގެ ހިނގުމެއްގައި ހިނގާފައި އައިސް ގެއަށް ވައިން ނިކްޔާންއަށް މަރްހަބާ ކިއީ ކަނު އަނދިރިކަމެވެ. ހުރިހާ ބޮތްކެއް ނިވާލާފައި ހުރުމުން ހައިރާން ވިއެވެ. ބޮކި ދިއްލާލުމާއި އެކު ފެނިގެން ދިޔަ މަންޒަރުން ދެލޯ ބޮޑުވެ ހިތް އަވަސްވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

Share this
Copy to Clipboard

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.