މި ޖިސްމުގާ ވަނީ 05

mijism

އިސްކޮޅުން ކުރު، ހިމަ ތޮޅިކޮން ހުރި އަންހެންކުއްޖެކެވެ. އެ ކުއްޖާގެ ފުރިހަމަކަމުން، ދެވަނަ ފަހަރަށް ކަޅިއެއް އެއްލަން މަޖުބޫރުކުރުވާފަދަ ރީތިކަމެއް އޭނާގެ ވެއެވެ. ކޮނޑާއި ހިސާބަށް އޮތް ރާޅުބާނީ އިސްތަށިކޮޅު ވަޔަށް ވިހުރިލާފައިވާއިރު ތުންފަތުގައި ވީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. ފޮޓޯއަށް ވިދާލާފައިވާ އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ އުފާވެރިކަމާއި، ހިތްހަމަޖެހުމެވެ.

”އަމާޔާ އަހުމަދު ހައިކަލް.. ފައިވް އިޔާރޒް އޯލްޑް“ ފޮޓޯގަނޑުގެ މަތީގައި އިނގިރޭސި އަކުރުތަކުން ޖަހާފައިވާ ލިޔުން ކޮޅު ކިޔާލިއިރު، އިޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

***

”ކިއުޓް“ ފޮޓޯގަނޑަށް ބަލަހައްޓައިގެން އިންއިރު އިޔާންގެ ތުންފަތުގައި ވަނީ ރީތި ހިނިތުން ވުމެކެވެ. އެކަން އިޙްސާސްވީ ސިކުންތުކޮޅެއް ފަހުންނެވެ. އަނގަޔަށް ވައްތަރެއް ޖައްސާލަމުން އެހިނިތުންވުން ފޮރުވާލިއެވެ.

”ހަހް ވައި އަމް ލާފިންގް.. އޯކޭ ޓައިމް ޓް ބީ ސީރިއަސް“ ފޮޓޯގަނޑު ބާއްވާފައި ފޯނުން ގަޑިއަށް ނަޒަރެއް ދިނެވެ. ރީއާ އާއި އެކު ބޭރަށް ދާން އަދި ވަގުތުކޮޅެއް އޮތުމުން، މޭޒުމަތީގައި އިން ލެޕްޓޮޕް ހުޅުވާލިއެވެ.

***

ނިދަން އުޅެ އުޅެ އަމީރާގެ ދެލޮލަށް ނިދިނައެވެ. ދެލޮލާއި މުޅި ނިދި ވަކިވެފައިވާ ކަހަލައެވެ. ދެލޯ މަރައިގެން އޮތް އިރު،އެ ކޮޓަރީގެ ދޮރުގެ ކައިރިން މީހެއްގެ ހިލަން ވެއްޖެ ނަމަ ހިތްތެޅިގަނެއެވެ. ދެދުވަސް ވެގެން ދިޔައިރު ހޫގޯ ދެތިން ފަހަރު އޭނާއާއި ގާތައް އަންނަން އުޅުނު ނަމަވެސް އެއިން ކޮންމެ ފަހަރަކު ޖިނާން ނޫނީ މާކިންއަށް ކޮންމެ ވެސް ގޮތަކުން އާދެވި ހޫގޯއަށް ހުއްޓެން މަޖުބޫރުވެއެވެ. ކޮޓަރިއަށް ވަނުމަށްފަހު ލޯލާ އުޅޭނެތީ ހިތްހަމަ ޖައްސާލައިގެން ހުރި ނަމަވެސް ،އަބަދުވެސް ހިތުގެ ތެރޭގައި ވަނީ ކޮންމެ ވެސް ގޮތަކުން އޭނާއަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރެވެ.

ބަންކްބެޑްގެ މަތީގައި ގައި އޮތް އިރު ގައިމަތީގައި އަޅާލެވިފައިވާ ކްއިލްޓް އިން އޭނާގެ މޫނުވެސް އޮތީ ފޮރުވާލައިގެންނެވެ.
އެހެން އޮތްވާ ބާލީސްދޮށުގައި އޮތް ފޯން ވައިބްރޭޓްވި އަޑަށް އަމީރާ ދިޔައީ ސިއްސައިގެންނެވެ. ނުހަނު ބޮޑަށް ތެޅިވެސް ގަނެވުނެވެ.

”އެމީ.. ނުނިދަންތަ އަދިވެސް“ އިވުނީ ތިރީގައި އޮތް ލޯލާގެ އަޑެވެ.

”މް-“ ޖަވާބު ދޭން ހުޅުވާލި އަނގަ އަމީރާ ލައްޕާލިއެވެ. އޭނާ ނުނިދާކަން އެނގިއްޖެނަމަ ލޯލާ ތެދުވެގެން އަންނާނެއެވެ. އޭރުން އޭނާގެ ފޯނު ވެސް ފެންނާނެއެވެ. ލޯލާއަށް ވެސް ފޯނު އޮތްކަން ނޭންގުމަށް މާކިން ވަނީ އެދިފައެވެ. ލަސްލަހުން އެނދުގައި ހަމަޖެހިލަމުން އަމީރާ އޮށޯވެ ދެ ލޯ މަރައިލިއެވެ. އެހެން އޮތްވާ ތިރީ އެނދުން ލޯލާ ތެދުވި އަޑުއަހާފައި އަމީރާ އަށް ލޯ ތަގުޅި ކޮށް ލެވުނެވެ.

”ވަޓް އަމް ޑްއިންގް..ޑޫ އައި ހޭވް ޓް ޑޫ ދިޒް.. ވައި އަމް ހައިޑިން ޓް  ލޯލާ އާންޓް“ ހިތާހިތާ އަމީރާއަށް ކިޔާލެވުނެވެ.

ލޯލާ އެނދުގެ ސިޑި ގިރާކޮށްލާފައި ބަލައިލި އިރު އަމީރާ ދެލޯ މަރައިގެން އޮތްތަން ފެނި ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަރުން ވެސް ޔަގީން ކުރަން ބޭނުން ވާފަދައަކުން، އެނދުގެ ފަޑީގައި ހިފަހައްޓާލައިގެން އިރުކޮޅެއްވަންދެން ހުއްޓެވެ.

“ފައިނަލީ ދިޒް ބިޗ* އިޒް ސްލީޕިންގ.. ނިދީގަ އޮވެ ދޯ މި އެނބުރި ނަގަނީ.. ހަހް.. ފޫހި ކުއްޖާ ގަނޑު.. “ އެތަނުގައި ހުރެ ފަސް މިނެޓް ހިނގި އިރު އިތުރު ކަމެއް ނުފެނުމުން އަމީރާ އޮތީ ނިދާފައި ކަމަށް ނިންމާފައި ލޯލާ ތިރިއަށް ފޭބިއެވެ. އޭނާ ދެން ގޮސް ވަނީ ފާހަނައަށެވެ.

ލޯލާގެ ފައި ޓައިލްސް މަތީގައި ޖެހުނު އަޑަށް ކުއްލިއަކަށް އަމީރާ ލޯ ހުޅުވާލިއެވެ. އެ ބޮޑު ދެލޮލުގައި ހައިރާން ކަމާއި ލިބުނު ޝޮކްގެ އަސަރުތައް ބަބުޅަމުންދިޔައެވެ. ”ވަޓްޓް.. އަމް އަ ބިޗ*.. ލޯ.. ލޯ.. ލޯލާ އާން.. އާންޓް ..ޑިޑް ޝީ ޖަސްޓް ސެއިޑް އޯލް ދެޓް..ޓް މީ؟“ އަނގަމަތީގައި އަތް އެޅުނު އިރު ކަންފަތައް އިވުނު އަޑު އަމީރާއަށް ގަބޫލް ކުރާކަށް ބޭނުމެއް ނުވިއެވެ. އެއޮތް ގޮތައް އޮތްވާ ކޮޓަރި ތެރެއިން އެހެން ފޯނެއް ރިންގް ވި އަޑު އިވުނެވެ.  ފުދޭވަރަކަށް މަޑުން ރިންގުވި ނަމަވެސް ލޯލާގެ ހަރަކާތްތަކަށް ވިސްނައިގެން އޮތުމުން އަމީރާއަށް ލިބުނީ އިތުރު ސިހުމެކެވެ. ބާލީސް ދޮށުގައި އޮތް އޭނާގެ ފޯނު ނަގާ މޭގައި ޖައްސާލި އިރުވެސް ތިރިން ރިންގުވަމުން ދިޔަ ފޯނު އެގޮތުގައި ރިންގުވަމުން ދިޔައެވެ. އެހެން އޮތް ނުހަނު ބާރަށް ފާހާނަގެ ދޮރު ހުޅުވުމަށްފަހު ލޯލާ ދުވެލާފައި، ފޯނާއި ދިމާލަށް އައިއަޑު އިވުނެވެ. ހިސާބަކަށް މާކިންގެ ވާހަކަތަކަށް އޭނާއަށް ބުރަވެވުނީ އެވަގުތުއެވެ. ލޯލާ ކަމެއް ފޮރުވާކަމަށް ހިތާއި ސިކުނޑި އިއްތިފާގުން އޭނާއަށް އިންޒާރު ކުރަމުން ދާން ފެށުމުން އަމީރާ ހަރަކާތެއް ވެސް ނުގެނެސް އޮތެވެ. އަމީރާ އަނެއްކާ ވެސް ދެލޯ މަރާލީ އެއަޑަށް އަމީރާ ހޭލިތޯ ބަލަން އޭނާ އަންނާނެ ކަން އެނގޭތީއެވެ.

ކަންވީވެސް އެހެންނެވެ. ހަލުވި ފިޔަވަޅުތަކުގައި ލޯލާ އެރީ އަމީރާ އޮތްގޮތެއް ބަލާލަންވެގެންނެވެ. އަމީރާ ލޯ މަރާއިގެން ނިދިފައި އޮތްތައް ފެނުމުން، ދެތިން ފަހަރަކު އަތުގައި ކޮއްޓާވެސް ލިއެވެ. ކުޑަކޮން ތެޅިލާފައިވެސް އަމީރާ އަނެއްކާ ވެސް އެގޮތުގައި އޮތެވެ. ހިތްހަމަ ޖެހުނު ވަރުން ލޯލާ އަވަހަށް ފޭބިއެވެ.

”ހޫގޯ… ލޯބީ.. އަހަރެން ބުނީމެންނު ނުގުޅާށޭ.. އެ މޮޔަގަނޑު ނިދާފަ އޮތީމަ މި ސަލާމަތްވީ.. މި ފޯނު މަ ގެންގުޅޭކަން އެނގިއްޖެނަމަ ޝައްކުވެސް ކޮށްފާނެ“

ލޯލާގެ ޖުމްލަ އިވުނު ހިނދު، އަމީރާގެ ކަންފަތް މަތީގައި ހީވީ މީހަކު ބާރު ބޮނޑިއެއް އަޅާލި ހެންނެވެ.  މޭގަނޑަށް ގުޑުން އެރިއިރު ހަޔާތުގައި ވެސް އެފަދަ ނުބައި އަޑެއް އަމީރާއަށް އިވިފައި ނެތެވެ. ހިތާއި ސިކުނޑީގައި ހަލަބޮލި ކޮށްލި ވަރުގަދަ ތޫފާނުން އޭނާ އޭނާގެ ނޭވާ ވެސް ހިނދެއް ހިނދަކަށް އަވަސްވަމުންދިޔައެވެ. ދެފަރާތައް ބޯހުރުވާލެވުނު އިރު އިންޒާރަކާއި ނުލާ ކަރުނުތައް އޮހޮރިގަތެވެ.

”ހު..ހު..ހޫ..ހޫގޯ“ ތުރުތުރު އަޅަމުންދިޔަ ދެތުންފަތުގެ ދޭތެރެއިން އަޑު ފޭދިގެންއައެވެ. ލޯލާއަށް އިވިދާނެތީ ކްއިލްޓްގެ ކަން އަނގަޔަށް ގުޅަ ކޮށްލަމުން އަމީރާ ބެލީ ރުއިމުގެ އަޑު ނީއްވޭތޯއެވެ. ފުރަތަމަ ވެސް އެހިތައް ވެރިވެގަތީ މާކިންގެ ޖުމްލަތަކެވެ. ލޯލާގެ ހަގީގަތޭ ބުނެ ވާހަކަ ތަކެއް ދެއްކުމަށް މާކިން އެތައް އަހަރެން ވަންދެން ކުރި މަސައްކަތް އަމީރާގެ ސިކުނޑީގައި ރޯލްވެގެންދިޔައީ ފިލްމެއް ފަދައިންނެވެ. ލޯލާއާއި މެދު ސަމާލުވުމަށް ނުގޮތަކަށް އެތައް އިންޒާރެއް ދިނެވެ. އެންމެފަހުން ދެދުވަސް ކުރިން ޓެރެސް މަތިން މާކިން ބުނެލި ޖުމްލަތައް އޭނާގެ ސިކުނޑީގައި ގުގުމަމުންދިޔައެވެ. އަމީރާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. މާކިން ބުނަމުން ދިޔަ ކޮންމެ ބަހެއްގައި މާނައެއް ވާކަން މިއަދު އަމިރާއަށް ޔަގީންވެއްޖެއެވެ. ދެން އެންމެ ސިކުންތެއް ވެސް ބޭކާރް ކޯށްލާކަށް އަމީރާއެއް ބޭނުމެއް ނުވިއެވެ.

”ވެއިޓް ..ހާހް.. މިދަނީ އޭ.. ބޭނުން ކޮންމެ ވަގުތަކު އަހަރެންގެ ބޭނުން ކުރަން ލިބޭ އިރުވެސް  ހާދަ ކެތްތެރިކަން ކުޑަ ވެގެން ނޭ ދޯ ތިއުޅެނީ.“ ލޯލާ ބުނާ އަޑުއިވުނެވެ. އެކޮޅުން ހޫގޯ ބުނި އެއްޗެއް ބުނުމުން، ލޯލާ ހިނިގަނޑެއް ޖަހާލަމުން ގަޔަށް ސެންޓު ބުރުވާލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ނުކުމެގެން އޭނާ ދިޔައެވެ.

އަމީރާ ދެލޯ ހުޅުވާލީ ދޮރު ލެއްޕުނު އަޑު އަހާފައެވެ. އިތުރަކަށް ކެތެއް ނުވިއެވެ. ހިތުގައި އޮނބިދަނޑި އަޅައިގެން ހުރި ޝަކުވާތައް ކަރުނައިގެ ސިފައިގެ ބޭރު ކުރެވެމުން ދިޔައެވެ. ގިސްލަ ގިސްލާފައި ރޮވެމުން ދިޔައިރު ލަގޮނޑިއަށް ބާރުއަރަމުންދިޔައެވެ. އަމީރާގެ ހިތައް ކެތް ނުވީއެވެ. އެތަނަށް ގެނައި ދުވަހުންސުރެން އުފަން މަންމައަކު ލޯބިދޭނެ ފަދައިން ލޯލާ ދިޔައީ އޭނާއަށް އަޅާލަމުންނެވެ. އެހާ ވެސް ހެވެވެ. ހޫގޯގެ އަނިޔާތަކުން ސަލާމަތް ކޮށްދިނުމަށް ބަސްބުންޏެވެ.  ހޫގޯގެ ފަޜާތުން ލިބުނު އަނިޔާތަކުގައި އެދެއަތުން ބޭސް އަޅާދިނެވެ. ނަމަވެސް މިއަދު އަމީރާގެ ހިތް ލޯލާ މުޅިން ޒަހަމް ކޮށްލައިފިއެވެ.

”ކީއްވެ.. ކީއްވެ..އަހަންނަށް ކީއް ކުރެވުނީ..ކީއްވެ އެންމެން މިހެން ހަދަނީ“ އޭނާ މިދުނިޔެއިން ވެސް އެންމެ ބޮޑަށް އިތުބާރު ކުރީ ލޯލާއަށެވެ. ނަމަވެސް މިވަރުގެ ބޮޑު ދެރައެއް ލިބިދާނެ ކަމަކަށް ނޫނެވެ.

އަމީރާ ދެލޯ ފުހެލި ނަމަވެސް ކަރުނައިގެ އަސަރު ނުކެޑެއެވެ. އެހެން އިނދެފައި އޭނާ ފޯނު ނެގީ މާކިންއަށް ގުޅުމަށް ހިތައް އަރުވާލަމުންނެވެ.

”އެމީ.. ހާދަ މެސެޖް ކޮށްފީމޭ.. ކޮޓަރީގެ ބޭރުގަ އޭ މިހުރީ.. އެތާގަ ހުރެގެން މިގުޅަނީ..ކޮ-“ ފުރަތަމަ ވެސް އިވިލީ މާކިންގެ ޝަކުވާތަކުގެ އަޑެވެ. ނަމަވެސް އޭނާގެ އަޑު ހުއްޓުނީ އަމީރާގެ ރުއިމުގެ އަޑުއަހާފައެވެ.

”އެމީ.. ކިހިނެތް ވީ.. ވެއިޓް އެބަ ވަންނަން“ މާކިން ފޯނު ކަނޑާލިތާ މާ ގިނަ އިރެއް ނުވެ ދޮރުގައި ޓަކި ޖަހާލިއެވެ. ލަސްފިޔަވަޅުތަކުގައި އަމީރާ ގޮސް ދޮރު ހުޅުވާލިއެވެ.

ފުރަތަމަ ވެސް މާކިންއަށް ފެނުނީ އަމީރާގެ ރަތްވެފައިވާ ދެލޮލެވެ. އޭރުވެސް ހުއްޓުމެއްނެތި ކަރުނު ފައިބަމުން ދިޔައިރު އެ މޫނުން ވެސް ބޮޑު ކަމެއް ވެއްކަން މާކިން ދެނެގަތެވެ. ދެކޮޅު ބަލައިލުމަށްފަހު މާކިން އެތރެއަށް ވަނުމަށްފަހު އަމީރާގެ ދެކޮނޑުގައި ހިފާލިއެވެ.

”ކިހިނެތް ވީ.. އޭނަ ކީއްކުރީ.. ހަމަ މިހާރު ބުނޭ.. މަށައް ފެނުނޭ ނަލަހެދިގެން ނުކުމެ ދަނިކޮން..“ މާކިންގެ ރުޅިގަނޑު ހިލެން ފެށިއިރު އަމީރާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.

”ކަމެއް ނުކުރޭ.. ބަ..ބަޓް.. ނައު އައި .. އައި ނޯ ހޫ ޝީ އިޒް“  ދެލޯ މަރާލުމަށްފަހު ނުހަނު އުނދަގުލުން އަމީރާ ބުނެލިއެވެ. އަނެއްކާ ވެސް ރޮވުނީއެވެ.

”ވަޓް.. ކޮން ކަމެއް އެނގުނީ“ އަމީރާ ހުރިހާލަތުން މާކިންގެ ހިތައް ހައްތަހާ އުނދަގޫ ވަމުން ދިޔައެވެ.

”ޝީ .. ޝީ އެންޑް ހޫގޯ“ ރުއިމުގެ ތެރެއިން ދެންމެ ހިނގާދިޔަ ކަންތައް އަމީރާ ކިޔައިދިނެވެ. މާކިންގެ އަތް މުށް ކެވިގެން ދިޔައެވެ.

”ފައިނަލީ ޔޫ ރިއަލައިޒް.. އިނގޭތަ ހޫގޯގެ ރޫމަށް ކޮންމެ ރެއަކުވެސް ލޯލާ ވަދޭ.. އެހެންވެ މިރޭ މިބުނީ ނުކުނަން.. ލާސްޓް ޓޫ ޑޭސް އަސްލު ބުރަކޮން އުޅުނީ ކަމެއްގަ.. އެހެންނަމަ އެމީހުންގެ ކުޅިވަރު މިއަށް ވުރެން އަވަހަށް އެމީގެ ލޮލަށް ދައްކާނަން .. ވޮނަ ސީ؟ މިހާރު ވެސް ފެންނާނެ“ މާކިން އަހައިލިއެވެ. އަމީރާ ވަގުތުން ބޯ ޖަހައިލިއެވެ. މާކިންވެސް ބޯ ޖަހައިލުމަށްފަހު ، ކޮޓަރީގަ ހުރީ ޓިޝޫ ފޮއްޓަކުން ޓިޝޫއެއް ނެގުމަށްފަހު އަމީރާގެ އަތައް ދިއްކޮށްލިއެވެ. އޭގަ ހިފާ މޫނު ސާފްކޮށްލަމުން މާކިންގެ ފަހަތުން އަމީރާ ވެސް ނުކުމަތަވެ.

”ތި ކޮން ބޭގެއް“ މާކިންގެ ކޮނޑުގައި ދަބަހެއް އޮތުމުން އަމީރާއަކަށް ނާހާލާ ނުހުރެވުނެވެ.

”ޔޫ ވިލް ނޯ.. އެކަމަކު އަދި އެހާ އަވަހަށް ހިތްވަރު ދޫ ނުކުރައްޗޭ.. މިއަށް ވުރެން ބޮޑެތި ކަންކަން އެބަހުރި އަދި އެމީއަށް ނޭނގޭ.. އެކަމަކު ނާހާތި އަދި އެ ކޮން ކަންތައްތަކެއް ތޯ “ އަމީރާގެ އަތުގައި ލުއިގޮތަކަށް ޖަހާލަމުން މާކިން ބުނެލިއެވެ. އެދެލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއް ފުހެލަ ދޭން މާކިން ބޭނުންވެއެވެ. އަމީރާގެ ގައިގާ ބައްދާލައިގެ ހުރެ މަސަލަސް ކޮށްދޭން ހިތް އެދެއެވެ. އެކަމަކު ވެސް އެހިތްވަރު ކޮށްލާކަށް ނުކެރެއެވެ. އަމީރާގެ ހިތުގައި އެހެން މީހެއް ނަން ލިޔެވިފައިވާ ކަން މީ މާކިން ދަންނަ ކަމެކެވެ.  އެހެން ހިތައް އެރުމާއި އެކު މާކިންއަށް ތުންފަތުގައި ދަތް އެޅުނެވެ.

ދެމީހުން އެއް ހަމައެއްގައި ހިނގަމުން ގޮސް ފޭބީ އެންމެ ތިރީ ފަންގިފިލާއަށެވެ.  މާކިން އޭނާ ގޮވައިގެން އެ ފަންގިފިލާއަށް އައުމުން އަމީރާ ނުހަނު ހައިރާން ވިއެވެ.

”ވައި ހިއާރ.. ހޫގޯ އުޅެނީ އެންމެ މަތީގަ އެންނު“ އަމީރާ ސުވާލު ކޮށްލުމުން މާކިން އެދުނީ ވާހަކަ ނުދެއްކުމަށެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަމީރާވެސް ބޯޖަހައިލިއެވެ. ލިފްޓާއި ހިސާބުން މާކިން ދެން އުޅުނީ ހިސާބަކަށް ބޮނދަމުންނެވެ.

އެހިސާބުގައި މިހަކު ނެތް ނަމަވެސް ކެމެރާއަށް އަރައިފި ނަމަ ފަހަރެއްގައި އެމީހުންގެ ޝައްކުވެގެން އަތުލައިގަނެފާނެތީ މާކިން ވެސް ބަލަމުން ދިޔައީ ކެމެރާ ނެތް ހިސާބުތަކުން ދެވެތޯއެވެ. ހިނގަމުން ގޮސް މާކިން މަޑުކޮށްލީ އަނދިރިކޮން ވާ ހިމަ ގޯޅިއަކަށެވެ. އެތެރެއަށް ވަދެގެން ދިޔައިރުވެސް ދެފަރާތައް އެއްވެސް ކޮޓަރިއެއް ފެންނާކަށެވެ. މަގުގެ އެންމެ ކޮޅަށް ހިނގުނު އިރު ކަޅު ދޮރެއް ލާފައި ހުރި ކޮޓަރިއެއް ފެނުނެވެ.

”މި އެކޮޓަރިއަކީ.. ބަޓް މިތަން ހުންނާނީ ތަޅުލާފަ.. މިދިމާލުގެ ބޭރުން ދާއިރު އިންނާނެ ކުޑަ ދޮރު ..އެއީ ހޫގޯ އަބަދުހެން ހުޅުވާފަ ބަހައްޓާ  ދޮރެއް.. ބީ ކެއާރފުލް ގާލް.. ހޫގޯ ވަރަށް ކަންފަތް ތޫނު ވާނެ.. ކިރިއާ އަޑެއް އިވިލިޔަސް އޭނާއަށް ނޯޓިސް ވާނެ..ދޮރުގެ ފަހަތައް އޮންނާނީ ގާޑެން.. އެތަން އެއީ ޓްވެންޓީ ފޯ އަވާރސް، އޭނާގެ ހަތިޔާރު އެޅި ގުންޑާއިން ގާޑް ކުރާ ތަނެއް“ މާކިން ކިޔައި ދިން ގޮތުން އަމީރާގެ ހިތްތެޅިގަތެވެ. އެހާ ނުރައްކާތެރި ކަމެއް ކުރެވެން އުޅޭ އިރު ވެސް އޭނާ ހުރީ ނުގުޑާ ފަދަ އަޒުމެއްގައެވެ.

”އާރ ޔޫ ރެޑީ..“ މާކިން އަހައިލުމާއިއެކު އަމީރާ ބޯޖަހައިލިއެވެ. އެއާއިއެކު ފިޔަވަޅު އަޑު ވެސް ނީވޭހާ މަޑުން އެ ގޯޅީގެ ބިއްދޮށުން މާކިން ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން ދިޔައިރު މީހަކު ފެނިދާނެ ކަމުގެ ބިރު ހިތުގައި އޮތުމުން ފަރާތް ފަރާތައް އަމީރާއަށް ބެލެމުން ދިޔައެވެ.

ކަންދިމާކުރި ގޮތުން އެ ކޮޓަރީގެ ފުރަގަހުން، ކުޑަދޮރާއި ހިސާބަށް ދެވުނު އިރު މާކިން ބުނިގޮތައް ހުރީ ހުޅުވާފައެވެ. ކައިރި ވީވީހެން އިވެމުން ދިޔައީ ހޫގޯއާއި ލޯލާގެ ހިނިގަނޑުގެ އަޑެވެ. ކުޑަ ދޮރުގެ ދެފަރާތުގައި ދެމީހުން ތިބެ، ބޭރަށް ވަޔާއި އެކު ވިހުރެމުން ދިޔަ، ކޮޓަރީގެ ބޯ ފަރުދާގައި ހިފާ ކުޑަކޮން ދަމާލުމަށްފަހު، އެތެރެ ފެންނާނެ ހެން ދުރުކޮށްލިއެވެ.

އެހިނދު ފެނުނު މަންޒަރުން އަމީރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެ މަންޒަރު ފެނުމުގެ ކުރިން އޭނާގެ ދެލޯ އަނދިރިވި ނަމަ އޭ ވެސް އެވަގުތު ހިތައް އަރަމުން ދިޔައެވެ. ހޫގޯއާއި އެކު އެނދުމަތީގައި އެއްވެސް ފޭރާމެއްނެތި ލޯލާއޮތެވެ. ދެމީހުންގެ މަގަތުގައިވާ ސައިޑް ޓޭބަލްގެ މަތި ފުރިފައިވަނީ ރާ ފުޅި ތަކުންނެވެ.

”ވަޓް ދަ ހެލް.. ލޯލާ އާންޓް..“ އެ މަންޒަރު ބަލަން ކެތް ނުވެގެން އަމީރާއަށް ދޮރުފޮތިގަނޑުން އަތް ނައްޓުވާލާފައި ފާރު ބުޑަށް ތިރިވެވުނެވެ. އަމީރާގެ ދެލޯ ފެންކަޅިވި އިރު ، ފެންނަން ނުވާ އިތުރު މަންޒަރެއް ފެނިދާނެތީ، މާކިންގެ އަތުގައި ހިފައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ހިއްލާލި ފުރަތަމަ ފިޔަވަޅު ތިރިކޮށްލަން ޖެހުނީ ލޯލާ ބުނެލި ވާހަކައެއް އިވިފައެވެ.

”ޖިނާން އާއި  އަމީރާގެ ކައިވެނި އަވަސް ކުރަން ވީނު.. އޭރުން އޭނާ ފިލަން ހިޔާލު ކޮށްފާނެތީ ބިރަކުން އުޅޭކަށް ނުޖެހޭނެނު“ އެ ޖުމްލަ އިވި އަމީރާގެ ދެލޯ ބޮޑުވިއެވެ. މާކިންއަށް ވެސް ވެގެން ދިޔައީ އެފަދަ ގޮތެކެވެ.

”އާން ތިކަމާއި އޭ އަހަރެން މިއަދު އެހާ ވަރަކުން މިގެނައީ.. ވަޓް ޑޫ ޔޫ ތިންކް.. ޖިނާން ފެނުނުތަނާއި ހެން އަހަރެންގެ ވިސްނުމުގައި މިހާރު އިނީ ހަމަ އެކަންތައް.. ކުރިން އެވާހަކަ ދެކެވިފައި ވާ ނަމަވެސް އެކަމާ ނޫޅެވިފަ މިހުރީ މިކޮޅަށް އަންނަން، އޭނަ އެއްބަސް ނުވެގެން .. މަ އެހެންވެ އަމީރާގެ ފޮޓޯއެއް އޭނާއަށް ފޮނުވީ.. ދެން މިފެނުނީ ކުއްލިއަކަށް އޭނަ އައިތަން.. މަށައް ޔަގީން އެސޮރަށް އަމީރާ ކަމުގޮސްފިކަން.. ހަހަހާ“ ހޫގޯ ނުބައި ހިނިގަނޑެއް ޖަހައިލިއެވެ.

އަމީރާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. އަނގަމަތީގައި ބާރަށް ހިފަހައްޓާލައިގެން ހުރި އިރު، މުޅި ދުނިޔެ ވެސް އެނބުރެމުން ދިޔަހެން އަމީރާއަށް ހީވަމުން ދިޔައެވެ. އެއިން ކޮންމެ ލަފުޒަކީ މިޔަ ތޫނު ދިގު ކަނޑިއެއް ފަދައިން ހިތުގައި ހެރިގަންނަމުން ދިޔަ ލަފުޒުތަކެކެވެ.

އެމީލިއޯ މަރާލި ދުވަހު ޖިނާންގެ އަމަލުތަކުން ހީވީ، އޭނާއަށް ހެޔޮ އެދިގެން އުޅުނު ހެންނެވެ. ނަމަވެސް ހޫގޯގެ ޖުމްލަތަކުން އަމީރާގެ ހިތުގައި ގަދަފަދަ ހައިޖާނުގަނޑެއް އުފެދިގެން ދިޔައެވެ. ޖިނާންއާއި މެދު އުފެދުނު އިހްތިރާމް މުޅިން ގެއްލުނެވެ. ޖިނާންގެ ހަޤީޤީ ސޫރަ ވެސް އަމީރާއަށް ސާފުވެއްޖެއެވެ. އިތުބާރު ކުރަން ވީ ކާކަށް ކަމެއް އެއްގޮތަކަށް ވެސް ނޭނގުނެވެ. ކެތްނުވާވަރަށް މެއިން ދިލަ ނަގައިގަތެވެ.

ނޫނެކެވެ. އެކަމެއް ނުވާނެއެވެ. އޭގެ  ޖިނާން އާއި ކައިވެނި ކުރުމުގެ ކުރިން  އެތަނުން ސަލާމަތް ވުމަށް ހިތުގެ އަޑިން ގޮވަމުން ދިޔަ އެވެ.

ދެލޮލަށް ފޭބި ކަރުނުތިކި އަމީރާއަށް ނުފެންނާނެހެން ފުހެލަމުން މާކިން ބަލައިލި ހިނދު އަމީރާއިން ހާލުން ހިތްކުދިކުދި ވެގެން އައެވެ.

”އަމް ސޮރީ.. ކެން އައި ހޯލްޑް ޔޫ..“ މާކިންއަށް އަހައިލެވުނެވެ. ނަމަވެސް އަމީރާއަށް ބަހެއް ނުބުނެވުނެވެ. ރޮވެމުން ދިޔައިރު ބަހެއް ބުނާނެ ހިތްވަރު ވެސް ނެތެވެ. އެންމެ ފަހުން އަމީރާގެ އަޑު އަޑުބޭރުވާން ފެށިއެވެ.

”ހޫގޯ އެބަ އިވޭތަ އަޑެއް.. ބަޔަކު ވާހަކަ ދައްކާ ހެން ހީވަނީ“ އެނދުމަތިން ތެދުވެފައި ހަށިގަނޑު ނިވާކޮށްލަމުން ލޯލާ ބުނެލިއެވެ. ހޫގޯއަށް ވެސް އަޑު އިވިގެން ތެދުވިއެވެ.

”އެމީ ލެޓްސް ގޯ.. ދޭ ނޯޓިސްޑް އަސް“ އަތްދަނޑި މައްޗަށް އަމީރާ ލައިގެން މާކިން ތެދުވަތް ހިނދު މީހަކާއި މުޑި އެރުމުން ބަލައިލި އިރު، ކުރި މަތީގައި ހުރި މީހަކު ފެނި ދިޔައީ ސިއްސައިގެންނެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (11)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.