މި ޖިސްމުގާ ވަނީ 02

mijism

ހެނދުނު އަރައިގެން އައި އިރާއިއެކު އަމީރާއަށް ހޭލެވުނީ ފަޔަށް އަރައިގެން ދިޔަ ތޫނު ތަދާއިއެކު އެވެ. ނިދީގެ ތެރެއިން މަންޒަރު ކުލަވަމުން ގޮސް ކުރިމަތީގައި ހުރި ސޫރަ ފާހަގަ ވި ހިނދު އައިސް ހުރި ނިދިކޮޅު ފިލާ މުޅި ކުއްޖާ ކޮޅަށް ޖެހުނެވެ. ކުރިމަތީގައި ހުރި ފިރިހެން މީހާއާއި ހަތަރުކަޅި ހަމަވި ހިނދު އަމީރާ ދިޔައީ ރޫރޫ އަޅާއިގެންނެވެ. އެ މީހާ ބަލަހައްޓައިގެން ހުރި ގޮތުން އަމީރާގެ ޅަ ހިތުގެ ކަނެއްގައި ބިރުވެރިކަން އުފެދުނެވެ. ދެލޯ ކުޑަވެފައި ހުރި ގޮތުން ހީވަނީ މިހާރުވެސް މަސްތުގެ ހާލަތުގައި ހުރިހެންނެވެ. އޭނާ ވަނުމުން ކޮޓަރި ތެރޭގައިވެސް ހިފާލާފައިވަނީ ޒާތެއްގެ ނުބައި ހުތްވަހެކެވެ.

***

”ގޭގަ މަސައްކަތް ކުރަން ގެނެސްފަ ތިބޭ މީހުން ނިދަން ޖެހޭތަ“ އޭނާ ވާހަކަ ދެއްކީ ސްޕެއިން ބަހުންނެވެ. އެ ހަރުކަށި އަޑުން އަމީރާ އިތުރަށް ސިހޭގޮތްވިއެވެ. ދިގު އިސްތަށިގަނޑު ފުރަގަހަށް ގެންގޮސް ބޮލު މެދަށް އައްސާފައި ވާއިރު ކަންފަތުގައި ރިހިކުލައިގެ އެއްޗެއް ހަރުކޮށްފައިވެއެވެ. ކަރުގައި އެތައް ބައިވަރު ފަށްތަކެއް އަޅާފައިވާއިރު އެމީހާގެ ދޮން މޫނުން ފެންނަނީ ނުބައި ކުލަވަރެކެވެ.

”ހަމަ މިހާރު ތެދުވޭ.. ގޭގެ ހުރިހާ ނޯކަރުން މަސައްކަތުގަ އުޅޭ އިރު ތިހެން ނިދުން ހަޑި ދޯ..“ ހޫގޯ އަނެއްކާވެސް ގޮވާލިއެވެ.

”ލައްބަ..“ އަވަސް ހަރަކާތަކާއި އެކު އަމީރާ އެނދުން ފޭބިއެވެ. އެތަނުގައި ތުއްތުއިރުން ސުރެން އުޅޭތީ، ސްޕެއިން ބަހުން ވާހަކަ ދެއްކުމަކީ އަމީރާއަށް މާ ބޮޑު ކަމެއް ނޫނެވެ.

ހޫގޯ އެއްޗެއް ނުބުނެ ކަޅިއަޅާލައިފައި ނުކުމެގެން ދިޔައެވެ. ހޫގޯއަކީ ސްޕެއިންއަށް އާ ނަމެއް ނޫނެވެ. ”މާފިއާ ބޮސް“ ގެ ނަމުން ސްޕެއިންގެ އިތުރުން ދުނިޔެއަށް ވެސް މަޝްހޫރު ނަމެކެވެ. ”ކާސާ ސިއެލޯ“ ގެއަކީ އޭނާގެ ގެއެވެ.

ހޫގޯ އާއި އޭނާގެ ބައިވެރިންގެ އަތްދަށުގައި އެތައް ސަތޭކަ އަޅުވެރިން ގެންގުޅެއެވެ. އަމީރާއަކީ އޭނާގެ އަޅުންގެ ގޮތުގައި ގެންގުޅޭ އެންމެ އުމުރުން ހަގު އަންހެން ކުއްޖާއެވެ.

އެ ބޮޑުގޭގައި ހޫގޯ އިސްވެ ހުރެ ގޭންގުތައް އުފެއްދުމާއި، ބިރުދެއްކުމާއި އެކު މުދަލާއި ފައިސާ ފޭރިގަތުމާއި، ލޯން ޝާރކިން އަދި މަސްތުވާ ތަކެތި ގަނެ ވިއްކުމާއި  ޖުވާ ކުޅުމުގެ އިތުރުން އެމީހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންނާއި އެމީޙުންގެ ބާރުތަކާއި ދެކޮޅަށް ނުކުންނަށް މީހުން މެރުމަކީ ހޫގޯ އާއި އޭނާގެ އައުވާނުންގެ މައިގަނޑު މަސައްކަތްތަކެވެ. ގާނޫނާއި ހިލާފް އެތައް ކުށްތަކަކަށް އަރައިގަންނަމުން ދާއިރު ވެސް ގައުމުގެ އެއްވެސް ވެރިއަކަށް ވެސް އޭނާއާއި ދެކޮޅަށް ކަމެއް ކުރާކާށް ވެސް ނުކެރެއެވެ.

ކާސާ ސިއެލޯ ގޭގެ ހަތަރު ފާރުން ބޭރަށް ގޭގައި ހިނގާ އެއްވެސް ކަމެއްގެ ވާހަކަ ބޭރު ކުރުން އެއީ ބޮޑު ކުށެކެވެ. އެފަދަ ކަމެއް ކޮށްފި މީޙަކަށް ދެވަނަ ފުރަސަތެއް ނުދެއެވެ. އެމީހަކު މަރާލެވެނީއެވެ. ގޭގައި ގެންގުޅޭ ގިނަ އަޅުންނަކީ ވެސް ހޫގޯގެ ކުށްތަކުގައި ބައިވެރިވާ މީހުންނެވެ. އެފަދަ މާހައުލެއްގައި އުޅޭ ބޮޑުވެ ފުރާ ފުރިހަމަ ވެފައި ވީ އިރު ވެސް އަމީރާގެ ކިބައިގާ ވީ ލޯލާގެ ފަރާތުން ދަސްވެފައިވާ ރީތި ސިފަތަކެވެ.

އެގޭގައި އަޅުންނަށް ހާއްސަ ޔުނީފޯމްގައި އަމީރާ ތިރިއަށް މިސްރާބު ޖެހިއިރު ލޯލާގެ ހިލަމެއް ނުވާތީ އޭނާއަށް ފަރާތް ފަރާތައް ނަޒަރު ހިންގާލެވުނެވެ.

”ހޭއި“ އަމީރާ ލިފްޓަށް އެރުމާއި ހެން ލެއްޕެން ދިޔަ ދޮރު އެއްކޮން ނުލެއްޕެނީސް ފަހަތުން އައި މީހަކު ދޮރުގެ ދޭތެރެއަށް އަތް ކޮއްޕާލިއެވެ. އަމީރާ ދިޔައީ ސިއްސައިގެންނެވެ.

 ”މާކިން..ޔޫ“ ކުރިމަތީގައި ހުރީ އޭނާގެ އުމުރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. ބަލައިލަން ރީތި ބައިމަތިފުޅާ ހަށިގަނޑެއްގެ ވެރިއެވެ. ފަންފަން އިސްތަށިކޮޅު ކަނދުރާއާއި ހިސާބަށް ހުރިއިރު މޫނުމަތިން ހަރު ވައްތަރު ޖަހައެވެ.

މާކިން ފެނުމާއި އެކު ވަގުތުން އަމީރާގެ މޫނު ބަނަވެގެން ދިޔައެވެ.

”އެ ބަނަކޮށްލީ އެންނު މޫނުކޮޅު.. ދެން އަހަންނާއި ތަންކޮޅެއް ހިތްހެޔޮ ކޮން ވާހަކަ ދައްކަބަ“ މާކިން ގެ މޫނުމަތީގައި ދުވެލަ ދުވެލަ ހުރީ ސަކަ ހިނިތުންވުމެކެވެ.

”އަނެއްކާ ވެސް ތިއައީ ލޯލާއޭ ކިޔައިގެން ބޭޑް މައުތު ކުރަން ކަމުގަ ވަންޏާ މާކިންއާއި އަހަންނަކީ ހަމަ އެނިމީޒް..“ކުރިއާއި ހިލާފަށް މިފަހަރު އަމީރާ ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ.

”އޯކޭ.. އަހަރެންގެ ވާހަކަތަކަށް ވެސް ބާރު ލިބޭނެ ފަދަ ހެކިތަކެއް އަދި ފެންނާނެ“ މާކިން އެ ހީލުމުގައި ހުރެ އަމީރާ ބަލައިލުމުން އެއް ލޯ މަރާލިއެވެ. އަމީރާގެ މޫނު އިހުނަށް ވުރެން ބަނަވާގޮތްވިއެވެ. މާކިން އަކީ ލޯލާ ފަދައިން އެތަނުގައި އުޅޭ، ހޫގޯގެ ކަންތައްގަޑުގައި ނުޖެހޭ މަދު މީހެއްގެ ތެރެއިން އެކަކެވެ. އޭނާއާއި އެއް އުމުރެއްގެ ރާއްޖެއަށް އުފަން ޒުވާނެކެވެ. ނަމަވެސް މާކިން އެތަނަށް ގެނެވުނީ، އެތަނަށް ގެނެވުނު ތާ ހަތަރު އަހަރު ފަހުންނެވެ. އެތަނަށް އައި ފުރަތަމަ ދުވަހުން ސުރެން އަމީރާއާއި އަބަދުވެސް އެކުވެރިކޮން ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އަމީރާ ވެސް މައްސަރެއް ވަންދެން އެކުވެރިން ފަދައިން މާކިން އާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭގެ ފަހުން، ލޯލާއާއި ދެކޮޅު ވާހަކަތަކެއް އަމީރާގާތު ދައްކަން މަސައްކަތް ކުރާތީ  މާކިންއާއި ގުޅުން ކަނޑާލިއެވެ. ލޯލާއާއި ދެކޮޅަށް މާކިން އެފަދަ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު އަމީރާ އިންތިހާއަށް ރުޅި އާދެއެވެ.

“އަހަންނަށް އެނގޭ އެމީގެ އަސްލު ފެމެލީއާއި ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް“ އަމީރާ ބޭނުންވި ފްލޯއަށް ލިފްޓް ހުއްޓުމާއިއެކު ފައިބަން އެޅި ފުރަތަމަ ފިޔަވަޅާއި އެކު މާކިން ބުނެލިއެވެ. އަމީރާގެ ފިޔަވަޅުތައް ގަނޑުވި އިރު، ހިތައް އަރައިގެން ދިޔައީ ވަރުގަދަ ލޮޅުމެކެވެ. ދެލޯ ބޮޑުވެފައި ހުރެ ފަހަތައް އެނބުރުނު އިރު މާކިންގެ މޫނުމަތީގައި އިހު ހުރި ސަކަމެއް ނެތެވެ. ބަދަލުގައި ފެނިގެން ދިޔައީ ސީރިއަސްކަމެވެ. އަމީރާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

”އަހަރެންގެ މައިންބަފައިންނޭ.. ނޭނގޭތަ އެމީހުންގެ ސަބަބުން ކަމެއް މަށައް މި ހާލު ޖެހުނީއެއް.. އަމިއްލަ ފަސްގަނޑުން މިފަދަ ތާކަށް އެއްލާލި ބައެއްގެ ގާތައް ދާކަށް ބޭނުމެއް ނޫން.. “ އަމީރާގެ އަޑު ނުކުތީ ފުދޭވަރަކަށް ބާރަށެވެ. އެމޫނުމަތީން ފެނިގެންދަނީ ނަފްރަތެވެ.

”ކިހިނެތް އެނގެނީ އެމީހުން އެއްލާލީ ކަމެއް“ މާކިން ރައްދު ދިނެވެ.

”މި ފެންނަނީ ހެކި“ އަމިއްލަ ހަށިގަނޑަށް އިޝާރާތް ކޮށްލިއިރު ދެލޮލުގައި ބޮނޑިވަމުން ދިޔައީ ކަރުނައެވެ. އެ ކަރުނަތައް މާކިންއަށް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.

”ދެން ތިބުނީ މިތަނުން ސަލާމަތް ވާކަށް ވެސް މަސައްކަތެއް ނުކުރާނަމޭ ތަ“ އަނެއްކާ ވެސް މާކިން އަހައިލިއެވެ.

”އަހަރެން މިތަނުން ސަލާމަތް ވާނަން..އެކަމަކު ދުވަހަކު ވެސް އެމީހުންގެ ގާތަކަށް ނުދާނަން.. އެމީހުން ހޯދާކަށް ވެސް މަސައްކަތެއް ވެސް ނުކުރާނަން.. އަޑު އިވިއްޖެތަ“ އަމީރާ އެންމެ ފަހުން ހަޅޭއްލަވައިގަތެވެ. އޭރު ދެލޮލުގެ މިޔަކަނުން ރޮގެއްހެން ކަރުނަ ތިއްކެއް ޖަހައިލިއެވެ.  އެއަޑުގައި ވާ ވޭން މާކިން އަށް އިހްސާސްވިއެވެ. ދެރަވެސް ވިއެވެ.

”ހަގީގަތުގައި މިތަނުގައި އަމީރާ ހިފަހައްޓާއިގެން އުޅޭ މީހަކީ ލޯލާ.. ލޯލާއަކީ …ލޯލާއަކީ“ އަމީރާއަށް ވަމުންދިޔަ ގޮތުން މާކިންގެ ހިތުގައި އިންތިހާއަށް ހަމްދަރުދީ އުފެދެމުން ދިޔައެވެ. އޭނާ ބުނަން މަސައްކަތް ކުރި ޖުމްލަ މެދުކަނޑާލަން ޖެހުނީ އަމީރާ އަތް ހިތްލާލުމުންނެވެ. އަމީރާއާއި އެތައް ވާހަކައެއް ދައްކަން މާކިން ބޭނުންވެއެވެ. ނަމަވެސް އެ ފުރުސަތެއް އަމީރާ ނުދިނެވެ. އޭނާ ފަސްދީފައި ދަންދެން ހުރި ފިޔަވަޅު މަތީގައި މާކިން ހުއްޓެވެ.

***

އޮފީސް ނިމުމާއި އެކު ހުޅުމާލޭގެ ބޮޑެތި މަގުތަކުން ދުއްވާފައި، އިޔާންއަށް ގެއާއި ހިސާބަށް އާދެވުން އިރު ވަނީ އަށެއްޖަހަން ކުޑަތަންވެފައިއެވެ. ބާރަ ފަންގިފިލާގެ އިމާރާތުގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމަށްފަހު ގަރާޖުގައި ޕާކުކުރިއެވެ. ވަރުބަލި ވެފައި ވީ ނަމަވެސް އޭނާ އެންމެ ފުރަތަމަ ވެސް އިސްވެގަތީ ދަރިފުޅު ދެކިލުމަށެވެ.

”ބޭބީ..“ ގެއަށް ވަދެވުމާއި އެކު، ބަލައިލިއިރު ގޭތެރޭގައި ވީ ހަމަހިމޭންކަމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މިރޭވެސް އޭނާއަށް އުރާލެވުމުގެ ކުރިން ރީއާއަށް ނިދުނީކަން އެނގި އިޔާންގެ ހިތައް ތަދުވިއެވެ. ތަނަވަސް ލިވިންގރޫމާއި އެންމެ މަގަތައް ވާހެން ހުރި ކޮޓަރީގެ ދޮރު ހުޅުވާލި އިރު އަންހެން ކޮއްކޮގެ އަތްމަތީގައި ނިދިފައި އޮތް ތުއްތު ދަރިފުޅު ފެނި ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅަކު ބަލަން ހުރެފައި އިނގިލިތަކުގެ ކޮޅު ޖައްސައިގެން ހިނގާލާފައި އިޔާން ގޮސް ހުއްޓިލީ ރީއާގެ މަގަތުގައެވެ. ރީއާގެ މޫނުކޮޅު ފެނުނު ހިނދު އިޔާންގެ ތުންފަތުގައި ފެވިލީ ރީތި ހިނިތުންވުމެކެވެ. އެ ހިތް ލޯބިން ފުރުނެވެ. ވެފައި ހުރި ވަރުބަލިކަން ވެސް ދިޔަތަނެއް ނޭނގުނެވެ. ފަންފަން އިސްތަށިކޮޅުން އެ ދޮން މޫނަށް  ގޯނާ ކުރަން ކުރަމުން ދާތީ އިޔާން މަޑުމަޑުން އެއްފަރާތް ކޮށްލިއެވެ.

”އިރޫ..“ ދެތިން ފަހަރަކު އިޔާން ގޮވާލި ހިނދު އެސްފިޔަތައް ލަސްލަހުން ތަޅުވާލަމުން އިރަމްއަށް ހޭލެވުނެވެ.

”ދޮންބޭ..އައީތަ“ ރީއާގެ ބޯ ދަށުން އަތްދަމައިގަނެ އިރަމް ތެދުވެލިއެވެ. އިޔާން ހިނިތުންވެލަމުން އަތްދަނޑި މައްޗަށް ރީއާ ލައިގެން ނުކުތެވެ. އެ އެޕާޓްމަންޓް އިން ނުކުމެ ކުރިމަތީގައި ހުރި އެޕާޓްމަންޓަށް އިޔާން ގޮސް ވަނެވެ.

ކަޅުކުލައިން ޖަރީކޮށްފައިވާ ތަނަވަސް ކޮޓަރީގެ ތެރެއަށް، ވަދެ އެނދުމަތީގައި ރީއާ ބޭއްވުމަށްފަހު ނިތުގައި ނުހަނު ލޯބިން ބޮސްދިނެވެ.

މުޅި އެޕާޓްމަންޓާއި ކޮޓަރި ވަނީ ކަޅުކުލައިންނެވެ. ކަޅުކުލައަކީ އިޔާންގެ ހިތާއި ގުޅިފައިވާ ކުލައެއްކަން މުޅިގެއަށް ހިންގާލާ އެންމެ ނަޒަރަކުން ވެސް ދޭހާވާނެ ކަން ގައިމެވެ. ލާފައި ހުރި އަންނައުނު ތައް ދާ ވަށިގަނޑަށް ލުމަށްފަހު އޭނާ އަވަސް ވެގަތީ ފެންވަރާލުމަށެވެ. ތަނަވަސް ބާރތްރޫމްގެ ތެރޭގައި، ފެންވެރުމަށް ހާއްސަކުރެވިފައިވާ ބައި ވަނީ ބިއްލޫރި ބިތަކުން ވަކިކުރެވިފައެވެ.

ވެހެމުންދިޔަ ވާރޭއެއް ފަދައިން، ރެއިން ޝަވަރުން ވެހެމުން އައި ފިނިފެނުގެ ތިކިތައް އެ ފިރިހެންވަންތަ، ހަށިގަނޑުގައި ބީހިލި ހިނދު، ލިބުނު އަރާމާއެކު އިޔާންއަށް ދެލޯ މަރައިލެވުނެވެ. ޝަވަރު ދަށުން ދުރުވާ ހިތް ކެނޑި އެތައް އިރެއް ވަންދެން އެގޮތުގައި އިޔާންއަށް ހުރެވުނެވެ. އަމިއްލަ ދުނިޔެއަށް ހިތް ދޫކޮށްލައިގެން ހުއްޓާ، އޭނާގެ ސިކުނޑިއެއް ބާރުފޯރުވަން ފެށީ އެ ޒުވާން ހިތް ފަތަހަ ކޮށްފައިވާ އެ އަންހެން ކުއްޖާގެ ހިޔާލުތަކެވެ. އެ ރީތި އަންހެން ކުއްޖާގެ ތަސްވީރު ސިކުނޑީގައި ކުރެހުން އެޅުނު އިރު ހިތުގެ އެންމެ ހިމަ ނާރަށް ވެސް އެނގުންވެލިއެވެ.  އެ ފަރި ހިނިތުންވުމެވެ. އެ އަސަރުގަދަ ދެލޮލުގެ ފުންކަމެވެ. އިޔާންގެ ހިތުގެ ކޮންމެ ކަނެއްގައި އެ ސޫރަ ބިންވަޅު ނެގިފައިވަނީ އިންތިހާއަށެވެ. މާޒީގެ އެ ސަފްހާ ހިތިނަމަވެސް އެއީ އިޔާން ލައްޕާލަން ދުވަހަކުވެސް ބޭނުންވާނެ ސަފްހާއެއް ނޫނެވެ. އެ ހަނދާންތައް ކޮންމެ ދުވަހަކު އެހިތައް ތަދުކުރަމުންދެއެވެ.

”އެމީ..ވެއާރ އާރ ޔޫ“ ދެލޯ ހުޅުވާލެވުނު އިރު އިޔާންއަށް ދެއަތް އަޅުވާލެވުނީ ބިއްލޫރި ބިތުގައިއެވެ. ފެނުގެ ސަބަބުން ފުސްވެފައިވާ ބިއްލޫރިގަނޑު އެއް އަތުން ފުހެލިއެވެ. އިޔާންގެ ހިތައް ސިފަވެގެން ދިޔައީ އެންމެ ފަހުން އެ އަންހެންކުއްޖާއާއި ދުރަށް އޭނާ އައިގޮތެވެ. ކިތަންމެ ދެރަވި ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އޭނާއަށް މާފް ހައްގުވާވަރަށް ވުރެން، މައުސޫމް އަންހެން ކުއްޖެއްގެ ހިތުގައި ވަނީ ޖެއްސިފައެވެ. އެހެން ހިތައް އެރުމާއި އެކު އިޔާންގެ ހިތައް ވެގެން ދިޔައީ ނުބައި ގޮތެކެވެ.
”އައި މިސް ޔޫ ސޯ މަޗް“ ދެލޮލުން ވެއްޓިގެން ދިޔަ ކަރުނަތިކި، ޝަވަރުން އައިސް އިސް ހުރި ފެންތިކިތަކާއި އެކުވެގެން ތިރިއަށް ފިރުކިގަތެވެ. އެހެން ހުއްޓާ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށި އަޑަށް އިޔާން ޝަވަރު ބަންދު ކޮށްލުމަށްފަހު ތުވާލި އޮޅައިލިއެވެ.

”އިޔާ…އިޔާ.. ދަރިފުޅާ“ އިވުނީ މަޖުދާގެ އަޑެވެ.ފާހަނައިން ނުކުމެގެން އިޔާން އައިސް ދޮރު ހުޅުވާލުމާއި އެކު ފުރަތަމަ ވެސް އަޑުއަހަން ޖެހުނީ މަންމަގެ ޝަކުވާތަކެވެ.

”އަޅެ ދަރިފުޅާ ކީއްވެތަ އެއްޗެއް ނުކައި ތިއައީ .. އިޔާ އަންނަން ވާއިރަށް މަންމަ ދެންމެ އެހެރީ ފްރައިޑް ރައިސް ވެސް ހަދާފަ.. މަންމައަށް ގޮވާ ވެސް ނުލައޭ އަނެއްކާ ތި އައީ“ މަޖުދާ ބުނެލިއެވެ.

”ސޮރީ އޭ މަންމާ .. ދާ ހިތްލާފަ ހުރީމަ ފުރަތަމަ ފެންވަރަން މިއައީ..މިރޭ އެހާ ކާހިތެއް ނެތް… އެކަމަކު ވެސް ދެން މަންމަ އެހާ ވަރުން ކެއްކީމަ ކާން މިދަނީ ނަމާދު ކޮށްގެން“ އިޔާން ބެލީ މަޖުދާގެ ހިތްހަމަ ޖައްސާލަ ދެވޭތޯއެވެ. އިޔާންގެ ޖަވާބުން ހިތްހަމަ ޖެހުނު ވަރުން މަޖުދާ ހުރިޙާ ދަތެއް ފެންނަ ވަރަށް ހީލިއެވެ. އެއަށްފަހު ބޯޖަހައިލަމުން އޭނާ ނުކުތެވެ.

”ކޮބާ އިޔާ“ ގެއަށް ވައިން މަޖުދާ ފެނި، ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމުން ނަޒަރު ވަކިކޮށްލަމުން ނަދީމް އެއްސެވެ.

”މި އަންނަނީ އޭ ބުނީ.. އެބުނާ މިއަންނަނީގަ ހުންނާނީ ކިހާ ވަގުތެއް ކަމެއް ނޭގެނީ“ މަޖުދާ އިށީންދެލީ ނަދީމްގެ މަގަތުގައެވެ. މަޖުދާގެ ޖަވާބުން ނަދީމް ހިނިއަންނަގޮތްވިއެވެ.

”ދެން ފްރެޝް ވެލައިގެންނު އާދެވޭނީ.. އަނެއްކާ އެހާ ބިޒީ ކޮން މިހާރު އެކުއްޖާ އެއުޅެނީ ވޯޓް ލާ ދުވަސް ކޮޅު ކައިރިވާތީ..“ މަޖުދާއަށް ރައްދު ދިނުމަށްފަހު ނަދީމް އަނެއްކާ ވެސް ޓީވީއަށް ކަޅި ހުއްޓާލިއެވެ.

އިޔާންގެ އިންތިޒާރުގައި ތިބި ދެ މީހުންނަށް ބަލައިލެވުނީ ބަދިގެތެރެއިން ނުކުމަތް އިރަމް ކުރަމުންދިޔަ ކަމެއް ފެނިއެވެ.

ބޮޑު ބިއްލޫރި ބޯތައްޓެއް ދެއަތުން ހިފައިގެން އައިއިރު، ތަށީގައިވާ އައިސް ކްރީމަށް ވުރެން އެއަށް އިރަމް އަޅާފައިވާ ޗޮކްލެޓާއި މާޝްމެލޯތައް ފެނި މަޖުދާއަށް ނިތައް ރޫ ގިނަ ވިއެވެ.

”އާމިރޫ.. މިގޭގަ މިއުޅޭ ކުދިވެރިން މިއުޅެނީ މަ އަތުން ބޮނޑިއެއް ބޯންތަ..“ މަޖުދާގެ ޖުމްލައިން ނަދީމް ބަލައިލި އިރު އޭނާގެ ނަޒަރު ހުއްޓިފައިވީ ސީދާ އިރަމްގެ މޫނަށެވެ. ދަރިފުޅާއޭ ކިޔާ ނަދީމަށް ވެސް ގޮވައިލެވުނެވެ.

މަޖުދާ ދެލޯ އަޅާލައިގެން އިންގޮތުން އިރަމް އިނީ އަނގަޔަށް ލާން ނެގި ސަމްސާ ވެސް ކާލަން ނުކެރިފައެވެ.

އެ މަންޒަރު ފެނި އިރަމް އަށް ނަދީމް އަތުން އިޝާރާތްކޮށްލީ އަވަހަށް އެތަނުން ދިޔުމަށް އެދިއެވެ. އެއިންގޮތައް އިނދެ ސޯފާގެ ކުރިމަތީގައިވާ މޭޒުމަތީގައި އެ ތަށި ބަހައްޓާފައި ދުވެލާފައި ބަދިގެއަށް ވަނެވެ. މާގިނަ އިރެއް ނުވެ ދެން އައި އިރު ދެއަތުގައި ދެތަށި އިނެވެ. އެއްތަށީގައި ސެލެޑްއެއް ހުރި އިރު އަނެއް ތަށީގައި ހުރީ ބަތެވެ. މަޖުދާއާއި އެންމެ ގާތައް ވާހެން އިން ސޯފާގައި އިށީންދެ ބަތް ކާންފެށިއެވެ. އިރަމް ކައި ނިމެންދެން މަޖުދާ އެގޮތުގައި ކަޅި އަޅާލައިގެން އިނެވެ.

ނުހޭން ކުރަމުން ދިޔަ މަސައްކަތް ބޭކާރުވެދާނެތީ ނަދީމް އަތުގެ ނުފުށުން އަނގަމަތީގައި އަތް ބާއްވާލިއެވެ. އިރަމް ވެސް މަޖުދާގެ މޫނަށް ބަލަހައްޓައިގެން އިނދެ ތަށި ހުސްކޮށްލާފައި ދައްކާލިއެވެ.

”ކެން އައި ހޭވް މައި ސްނޭކްސް ނައު“ މޭޒުމަތީގައި ތަށި ތައް ބައިންދަމުން އިރަމް ބަލައިލީ މަޖުދާގެ މޫނަށެވެ. އަނގަމަތީގައި އަތް އަޅައިގެން އިނދެ ނަދީމް ހެމުން ދިޔަ ކަން އެނގި  އިރަމް ދެލޯ އަޅާލިއެވެ.

”ދަރިފުޅާ…މީރާން..ދަރިފުޅާ…ނީޝަން“ މަޖުދާ އެއިންގޮތައް އިނދެ ގޮވައިލިއެވެ. އެހިނދު ޖެހިގެން ކޮޓަރީގެ ތެރެއިން ނުކުމެގެން އައީ ސޯޅަވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކާއި ތޭރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ.

”ދެކުދިން ދެފަރާތުގައި ހިފައިގެން މި އައިސްކްރީމް ތަށި ގެންގޮސް ޑަސްބިންއަށް ލައިދޭންވީ.. އަސްލު މިގެނައީ އޭގަ ހުރި ކްރީމަށްވުރެން ޗޮކްލެޓާއި މާޝްމެލޯ ގިނަވީމަ ކުޑޫއަށް ބަރުކަމުން އުފުލާ ނުލެވިގެން އުޅޭތީ“ މަޖުދާ އެންމެ ފަހުން ބުނެލި ޖުމްލައިން ނަދީމް އެންމެ ފަހުްނ ހޭންފެށިއެވެ.

”މަންމާ.. އާރ ޔޫ ސީރިއަސް“ އިރަމްއަށް ގޮވާލެވުނެވެ. އެއާއި އެކު ފެނުނީ މަޖުދާ ބުނެލި ގޮތަށް މީރާން އެ ތަށި ގެންގޮސް ޑަސްޓްބިންއަށް ލީތަނެވެ. އިރަމް ނޫނޭކޭ ކިޔާ ބިމުގައި ފައި ތަޅާލިއެވެ.

”ޔޫ ތިންކް އަމް ޖޯކިން.. ފުރަތަމަ ކަމަކަށް ކީއްކުރަން ނާސިން ހަދަނީ ތި.. ކޮބާ ބޭނުމެއް.. އެނގެއެންނު މިގޭގަ މަނާ ވާނެކަން އިރުއޮއްސި ހައެއްގެ ފަހުން މިކަހަލަ އެއްޗެހި ކެއުން.. ގޭގަ ކައްކާފަ ނެތީތަ.. ނޫނީ އިރަމް ތިއުޅެނީ މަގޭ އަނގައިގަ އެންމެ ދަތެއް ވެސް އިނދެދާނެތީ މަ ލައްވާ އަނގަތަޅުވާ ހިތުންތަ..އޭންން.. އަދި ނުވިތާކަށް ހިމަ ހޯއްޔަށް ހެން ހުންނައިރުވެސް އެބަ ދޭ ޖޮގިންއަށް ހެލްތީކޮން ހުންނާށޭ ކިއާފަ…ކޮބާހޭ ބޭނުމެއް“ މަޖުދާ ވާހަކަ ދައްކަމުން ދިޔައިރު އިރާމް ތުން ހަދައިގެން އިނެވެ.

”މަންމާ .. މަންމަ ވެސް މިހާރު ހިކެން ދާން ވެއްޖެ އެންނު.. ހާދަ ފަލަ ވެއްޖެއޭ.. އެނގޭތަ ނީއްކޮގެ ކްލާސް މޭޓު ޒާރާގެ މަންމަ ހާދަ ހިކިއްޖެއޭ މިހާރު.. އަނެއްކާ ނުލާހިކް ފެޝަނަބްލް“ އާފަލެއް އަނގަޔަށް ޖަހައިގެން އައިސް މަޖުދާގެ މަގަތުގައި އިށީންދެލަމުން ނީޝަން ބުނެލިއެވެ. ނަދީމްއާއި މީރާން އަދި އިރަމްގެ ގެހިނިގަނޑު ފަޅާއިގެން ނުދިޔައީ ކިރިއާއެވެ. ނީޝަން އަބަދުވެސް މަޖުދާ ރުޅި އެރުވުމުގައި ކާމިޔާބު ހޯދައެވެ. މަންމަ ރުޅި އަރުވާލެވުމުން އޭނާއަށް އާދަޔާއި ހިލާފް އުފާވެރިކަމެއް ލިބެނީ ކަންނޭގެއެވެ.

އެހިނދު މަޖުދާގެ ނަޒަރު އަމާޒުވީ ނީޝަންގެ މޫނަށެވެ. ދެލޯ އަޅާލައިގެން އިން ގޮތުން ނީޝަން ބިރުގަންނަ ގޮތްވިނަމަވެސް ދެ ބުމަ ހިއްލާލާފައި އަނެއްކާ ވެސް އާފަލް ކެއުމައިގެން މައްސޫލުވެއްޖެއެވެ.

”އަނގަގަނޑު.. އަލިފާންގަނޑަށް އިތުރަށް ޕެޓްރޯލެއްނު ތިއެޅީ…ދެން މިރޭ އަހަރެމެން އެންމެނަށް ޖެހޭނީ ސޯފާގަ ނިދަން ކަންނޭގެ“ މީރާން ބުނެލީ ހަމައެކަނި ނީޝަންއަށް އިވޭވަރަށެވެ. އޭނާ އިނީ މަޖުދާ ރުޅިއައިސްފާނެކަމުގެ ބިރަށް އަޑު ނީއްވާ ހީހީ ބަނޑުގައި ރިއްސައިގަނެފައިއެވެ. އެންމެ ފަހުން ފޯނެއް އައުމުގެ ބަހަނާގައި ނަދީމް ވެސް އެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

”ވަޓްސް އަޕް ގާއީޒް“ ގޭތެރެއަށް އިޔާން ވަދެގެން އައެވެ. އެހިނދު މުޅިތަނުގައި ހިފައިލީ ”ކްލައިވް ކްރިސްޓިއަން“ގެ މީރުވަހެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓާއި ކަކުލާއި ހަމައަށް ހުރި ޖީންސް ސޯޓުގައި އިޔާން ފެންނަލެއް ނުހަނު ސްމާޓެވެ.

”ދަރިފުޅާ.. ހިނގާ އެއްޗެއް ކާލަން ދާން.. ދޮންތަ ގުޅިތަ“ އިޔާން ފެނި މަޖުދާގެ ރުޅިގަނޑު ވަގުތުން މަޑުވިއެވެ.

”ދެންމެ ގުޅި.. މާދަމާ ހެނދުނު ޑިއުޓީއަށް ދިޔުމުގެ ކުރިން ޔޫވީ ކައިރިއަށް ރީއްކޮ ގެންނައްޗޭ ބުނީ.. ދޮންތަ އޮފް ޑޭ ވީމަ ކޮންމެ ވެސް ތާކަށް ދާން ކަންނޭގެ“ އިޔާން ޖަވާބުދިނެވެ. މަޖުދާ ވެސް ބޯ ޖަހައިލާފައި ބަދިގެއަށް ވަނެވެ.

”މި ކޮން ކަމެއް..“ އިޔާން އިޝާރާތް ކޮށްލީ ސޯފާގެ ކުރިމަތީގައި އިން މޭޒުމައްޗަށް އަޅާފައި ވާ ތަށިތަކެވެ. މީރާން އާއި ނީޝަން އެކުއެކީގައި އިނގިލި ދިއްކޮށްލީ އިރަމްއާއި ދިމާލަށެވެ. އެހިނދު ކުޑަކުއްޖެއް ފަދައިން އިރަމް ތުން އޫކޮށްލިއެވެ.

”ކުޑޫ އާއި މަންމަގެ ހަނގުރާމަ“ މީރާން އެންމެ ފަހުން ކިޔައިދިނެވެ. އިޔާން ގާތައް އައީ ހިންޏެވެ.

”އަދިވެސް ކާނަންތަ.. އެނގެއެންނު ޑޮކްޓާރސް އިންގެ ތެރޭގަ ކަން މިޖެހެނީ އުޅެން.. ދޮންތަ އާއި މަންމަގެ ކައިރީގަ ބީ ކެއާރފުލް..ދޮންބެ ހާ ކޫލް އެއް ނުވާނެ“ މަޖުދާއަށް އިވިދާނެތީ އިޔާންވެސް ވާހަކަ ދެއްކީ މަޑުންނެވެ.

”އާނ އެކޭ.. ކުޑޫގެ ބޮލުގަ ތެތްކަމެއް ނުހުރެއޭ.. އެހެންވެ ނީއްކޮ ވެސް ނައިޓް ގަޑީގަ އައިސްކްރީމް ކާން ދޮންބެގެ ޕްލޭސްއަށް ދަނީ“ ފޮނި ވެލާފައި ނީޝަން އިއްވާލިއެވެ. އޭނައަށް އައިސް ހުރި ޖޯޝުގައި ވާހަކަ ވެސް ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ. ބަދިގެއިން ނުކުމަތް މަޖުދާއަށް ނީޝަންގެ ޥާހަކަ އިވިގެން ދުންޖަހާފައި އައިސް ހުއްޓުނީ ނީޝަންގެ ފަހަތުގައެވެ. ތިންމީހުންނަށް މަޖުދާ ފެނުމުން އެވާހަކަ ނީޝަންއަށް ލޮލުގެ އިޝާރާތުން ބުނެދޭން މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު އެއިން ކަމަކަށް ނީޝަންގެ ސަމާލުކަމެއް ނެތްފަދައެވެ.

”އަދި އެނގޭތަ.. މަންމަ މޮޔަކަމުން ނީއްކޮ ބުނާ އެއްޗެހި ގަބޫލް ވެސް ކުރަނީ އާދައިގެ ގޮތަކަށްނޫން…މިހެން ބުނަން ދެރަވެސް ވޭ.. އެކަމަކު ވެސް އައިސްކްރީމް ވިއްޔަ ދޯ.. އެނގޭތަ ފިލާވަޅު ހަދާށޭ ކިޔާފަ ވެސް ދަން ޕާސް ތެރެއަށް މެގްނަމް ލައިގެން.. ބައްޕަ ގަނެދޭނެ ކުޑަކޮން ރޯލީމަ.. ކުޑޫއާއި ކުޑަބެ ވެސް އެހެން ހަދާބަ.. ނޯ ވޮރީސް..ޖަސްޓް ޗިލް ގާއީޒް“ ވަރަށް ހަމަޖެހިލާފައި  ނީޝަން އޭނާގެ މޮޅު ޕްލޭން އިއްވާލިއެވެ. އޭރު މަޖުދާ ހަށަމްބަދެލައިގެން ނީޝަންގެ ފަހަތުގައި ހުރީ އޭނާގެ ވާހަކަ ނިމެންދެންނެވެ.

”ނީޝަން ނަދީމް.. ކީކޭ.. އަދި އެއްފަހަރު ތިޔަ މޮޅު ޕްލޭން މަންމައަށް އިއްވާލަބަލަ“ ނީޝަން ތެޅިގަނެފައި ފަސް އެނބުނު އިރު މަޖުދާ ހުރީ ފަހަތުގައި ޖައްސާފައެވެ. އިޔާން އަވަހަށް ބަދިގެއަށް ދިޔައިރު އޭނާގެ ފަހަތުން މީރާން ވެސް ތެދުވިއެވެ.

”އެންމެ ކުޑަ ހަނޑިގަނޑު ހާދަ އަނގަ ހެލެއޭ.. އަހަރެމެން ހަތަރު މީހުންނަށް މަންމަގެ ކައިރީގަ ކުރަން ނުކުރޭ ހިތްވަރު މީނަ އެބަ ކުރޭ“ މީރާން ބުނެލީ ހަމަ އެކަނި އިޔާންއަށް އިވޭވަރަށެވެ. ނީޝަންގެ މޫނު ފެނުމުން ނުހޭން ހުއްޓަސް ދެމީހުންނަށް ދިޔައީ ހެވެމުންނެވެ.

”އިރަމް އާއި ނީޝަން ދޯ.. ބޮޑު ސޯބު އެނބުރޭހެން ކުޑަ ސޯބު ވެސް މި އެނބުރެނީ.. ދެމީހުން މިރޭ ނިދާ ލިވިންގރޫމު ސޯފާގަ.. ކޮޓަރިއަށް ވަދެގެން ވެސް ނުވާނެ..“ ދެމީހުން ބޯޖަހައިލުމުން މަޖުދާ އަލުން ގޮސްވަނީ ބަދިގެއަށެވެ.

”އަނގަހިރުވާ ގަނެފަ ދޯ އަބަދު އިންނަނީ“ ސޯފާއިން ކުޝަން އެއް ނަގާ ނީޝަންގެ މޫނުގައި ޖަހަމުން އިރަމް ދިޔައީ ނިދާ ހެދުން ލައިގެން އައުމަށެވެ. އިރަމް މޫނުކޮށްލާފައި ދިޔަ ގޮތުން ނީޝަން ވެސް އިނދެފައި ވައްތަރެއް ޖައްސާލިއެވެ.

***

ފަރިތަކަމާއި އެކު ތަރުކާރީތަކެއް ކޮށަމުން ދިޔައިރު އަމީރާގެ މަސައްކަތް ނުހަނު ހަލުވިއެވެ. ފަހަރަކު ބައެއް ކޮށުމަށްފަހު ވަކި ވަކިން ތަށި ތައްޓަށް އަޅަމުން ދިޔައެވެ. އޭރު އުނދުން މަތީގައި އުނދާފައި ތެލިވެސް ދޭތެރެއަކުން ހާކާލައެވެ. އޭނާގެ މަސައްކަތް ބަލަން ތަންކޮޅެއް ދުރުގައި ހުރި ލޯލާ ނުހަނު ހެވިފައި ހުރެ ތައުރީފް ކުރަމުން ދިޔައެވެ. އަމީރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.

”އަމީ.. އެހާ ޔަންގް އިރު ވެސް ހުރިހާ މަސައްކަތައް އެހާ މޮޅު.. ހަމަ މޮޅު ޝެފެއް“ އަމީރާގެ އިސްތަށިގަޑުގައި ލޯލާ ފިރުމާލިއެވެ. އަމީރާގެ ތުންފަތުގައިވި ހިނިތުންވުމުން އިތުރަށް ފުޅާވިއެވެ.

ބުޅި އިސްތަށިކޮޅު ފަހަތައް އައްސާލާފައިވާއިރު ކަޅުކުލައިގެ އަތްދިގު ޔުނީފޯމްގައި އަމީރާ ފެންނަލެތް ނުހަނު ލޯތްބެވެ. އެ ދޮންމޫނުގައިވީ ވަރުބަލިކަމެވެ. އެހެން ހުއްޓާ ވަދެގެން އައީ ހޫގޯގެ އެންމެ އަރިސް މީހުންގެ ތެރެއިން މީހެކެވެ.

”އަމީރާ… ބްރިންގް ދޯސް ވައިންސް“ އެހެން ބުނުމަށްފަހު މަޑުނުކޮށް އޭނާ ދިޔައެވެ. އަމީރާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާ ދެން ބަލައިލީ ލޯލާގެ މޫނަށެވެ. ލޯލާގެ މޫނުން ވެސް ފެނިގެން ދަނީ އިންތިޙާއަށް ހަމްދަރްދީއެވެ.

”އޭމް އައި ދަ އޮންލީ ވަން ހޫ ހޭވް ޓް ބްރިންގ އޯލް ދީޒް ސްޓަފްސް ޓް ހިމް“ ޔުނިފޯމްގެ މަތިން އަޅުވާފައިވާ އޭޕްރޯނު ބޭލުމަށްފަހު  ކައުންޓަރުގެ މައްޗަށް އަމީރާ ޖެހިއެވެ.

”އަމް ސޯ ސޮރީ މައި ޑޯޓާރ“ ދެރަވެލާފައި ލޯލާ ބުނެވުނެވެ.

ދެލޮލަށް ބޮނޑިވަމުންދިޔަ ކަރުނުތައް އޮއްބާލަމުން އަމީރާ ބަދިގެއިން ނުކުމެ މިސްރާބު ޖެހީ ލިފްޓާއި ދިމާލަށެވެ. ލިފްޓަށް އެރުމާއި އެކު އެހިސާބުން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާ ދޫކޮށްލިއެވެ. އެފަދަ ކޮންމެ ވަގުތަކު، އޭނާ މިފަދަ ތާކަށް ގެނެސް އެއްލާލި ބަޔަކާއި މެދު ހިތުގައި އުފެދިފައިވާ ނަފްރަތު އިތުރަށް ބޮޑުވެގެން ދެއެވެ. ހެނދުން އަރާއިރާއެކު ހެން ނިދަން ވަންދެން އޭނާގެ މަސައްކަތަކީ ކެއްކުމެވެ. އަދި ހޫގޯގެ ހާއްސަ އެކުވެރިން އައުމުން ތަބަކުގައި ރާ ތަށިތައް ގެންގޮސްދިނުމަކީ އޭނާ ދެވަނަ ޒިންމާއެވެ. ދުވަހަކު އެއިން އެއްޗެއް ބޭނުން ނުކުރި ނަމަވެސް އަބަދުވެސް ހިތުގައި ބިރުވެރިކަމެއް ވެއެވެ. ހިތް ނުތަނަވަސް ވެއެވެ. އެއީ އޭނާ އެއްގޮތަކަށް ވެސް ބޭނުން ވެގެން ކުރާކަމެއް ނޫނެވެ. ނަމަވެސް އެ ނޫން އިތުރު ގޮތެއް ނެތުމުން  އެމީހުން އެންގިގޮތަކަށް އޭނާއަށް އުޅެން މިއަދު މަޖުބޫރެވެ. ދެލޯ ފުހެލަމުން އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

”ނީޑް ހެލްޕް“ އަމީރާއާއި ނުހަނު ގާތުގައި ހުރެ މީހަކު ވާހަކަ ދެއްކި އަޑަށް އޭނާއަށް ސިހިފައި ހަޅޭއްލަވައި ގަނެވުނެވެ. ދެލޯ ބޮޑުވެފައި ހުރެ މޭގައި އަތް އަޅާލި ގޮތައް ބަލައިލި އިރު ހިނިތުންވެލައިގެން އެ ހުރީ މާކިންއެވެ. އޭނާ އައިސް އެރިއިރު ވެސް މާކިން ހުރި ކަމެއް ނޭނގި ލިފްޓުގެ ތެރޭގައި ރޮއެވުން ހަނދާން ވެ ލަދުގަންނަ ގޮތްވިއެވެ.  އެއްޗެއް ނުބުނެ އަމީރާ އިސްޖަހައިލިއެވެ.

”ކިހިނެތް ވީ“ މާކިން އަނެއްކާ ވެސް އެއްސެވެ. އަމީރާ ޖަވާބު ދޭން އުޅެފައި ވެސް ކަމެއް ނުވެއޭ ބުނާފަދައިން ދެފަރާތައް ބޯހޫރުވާލިއެވެ.

”މްމްމް.. އަހަރެމެން އެންމެން ބިޒީ ވެގެން އުޅޭ އިރު މާކިން އަބަދުހެން މި ފެންނަނީ ކަމެއް ނެތިފަ ލިފްޓް އިން އަރާ ފައިބާ ތަން“ ލޮލުގެ ހިމަކޮޅުން މާކިންއަށް ނަޒަރެއް ދެމުން އަމީރާ ބުނެލިއެވެ. އެއާއި އެކު މާކިން ޖަހައިލީ ހިނިގަނޑެކެވެ.

”ލުކްސް ލައިކް ސަމްވަން އިޒް ބްލައިންޑް“ މާކިންގެ ޖަވާބުން ހިތްހަމަ ނުޖެހިފައި ރައްދު ދޭން އުޅެނިކޮން އޭނާ ދައްކައިލީ އޭނާގެ މަގަތުގައި އަތުރާލެވިފައި ތިން ފޮށިގަނޑެވެ.

”ޑްއިން ދަ ސޭމް ޖޮބް އޭޒް ޔޫ“ މާކިން ހިތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަމީރާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމަ ގައިމުވެސް މާކިންގެ ޖުމްލައިން ހިސާބެއްގެ ފުން އަސަރްތަކެއް އޭނާ ނަފްސަށްކުރިއެވެ. މާކިންގެ ޖަވާބުން އެ ފޮށި ތަކުގައި ހުރީ ރަލާއި މަސްތުވާ ތަކެތިކަން އަމީރާއަށް އެނގުނެވެ. ލިފްޓް ހުއްޓުމާއި އެކު ދެމީހުން އެކުއެކީގައި ފޭބިއެވެ. އަމީރާ ފޭބުމަށްފަހު ބަލައިލި އިރު މަތިމައްޗަށް ތިން ފޮށިގަނޑު ބަރި އަޅާލައިގެން ހުރެ މާކިން އުފުލާލަނީއެވެ. ލާފައިވި ކަޅުކުލައިގެ ޔުނީފޯމުގެ އަތް އުޅަބޯށިން މައްޗަށް އޮޅާލާފައިވާ ގޮތުން އެ  ވަރުގަދަ މުލައްދަނޑި ވަނީ ހާމަވެފައިއެވެ.

”އައްދޭ ހާދަ ރަނގަޅޭ ދޯ މިއަދު ބައެއް ކުދިން“ މާކިން ނުކުންނަން ދެން އަމީރާ ލިފްޓްގެ ދާރައިގައި އަތް ހުރަސްކޮށްލައިގެން ހުރިތަން ފެނި މާކިންގެ ގާތައް ހިނިއައެވެ. އޭނާ ދެކެ އެހާ ރުޅި އަންނަ ކުއްޖަކު އެފަދަ ކަމެއް ކޮށްދިނުމުން ހައިރާންވެސް ވިއެވެ.

އަމީރާ އެއްޗެއް ނުބުނެ ދެލޯ އަޅާލައިގެން ހުރެ އެތަނުން ދުރަށް ހިނގައިގަތެވެ. މާކިން ނުފެންނަ ހިސާބަށް ދެވުނު ހިނދު ފަނޑު ހިނިތުންވުމެއް ވެސް އެ ތުންފަތް މަތީގައި ދުވެލިއެވެ. ”ސަމްޓައިމްސް ހީ ރިމައިންޑްސް މީ އިޔާ“ ބޭއިހްތިޔާރުގައި އަމީރާގެ އަނގައިން ނުކުތެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (14)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.