ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 45 (ފަހުބައި)

”އަމް ސޮރީ މައި ލަވް“ ފޯނުގައިވާ ޒެވިއަލްގެ ތަސްވީރަށް ލޮލުން ފޫދެމުން ދިޔަ ކަރުނައާއި އެކު އަލާރާ ބޮސްދިނެވެ. އެ ފިރިހެންވަންތަ ހިނިތުންވުން ދެން ފެންނާނީ ކޮންދުވަހަކުން ބާއެއޭ ހިތައް އެރިއެވެ. ޒެވިއަލްގެ ސޫރަ ނުދެކި އެންމެ ދުވަހެއް ވެސް އަލާރާ ހޭދަކޮށްލާނެ ގޮތެއް ތަސައްވުރު ކުރަންވެސް ދައްޗެވެ. ނަމަވެސް ތަގްދީރުގައި ދެމީހުން ގުޅެން ހުރި ނަމަ ދިމާވާނެކަމަށް އަލާރާއަށް އުއްމީދު ކުރެވުނެވެ.

****

(ދެ އަހަރު ފަސް)

***

ގޭގެ ދޮރުމައްޗަށް ނުކުމަތް އިރު ރައިހާގެ މޫނު މަތިން ފެނިގެންދަނީ ވަރުބަލިކަމެވެ. އަޅާފައިވާ ފްލޯރަލް ޝޯލްއިން އިސްތަށިގަނޑު ފޮރުވާލާފައި ވާއިރު ކަޅުކުލައިގެ އަބާޔާގައި ނުވަމަހުގެ ބަނޑާއިއެކު ނުހަނު ލޯތްބެވެ. މޫނަށްވެސް ފުށްކަމުން ޖަންބުކުލަ އަރައެވެ. އެތް އަތުން އުނަގަނޑުގައި އަތްވިއްދާލައިގެން ހުރިއިރު އަނެއް އަތުން އަތްދަބަހާއި ފައިލް އަތައް ލައިގެން ހުއްޓެވެ.

“މިހާރު އަޅެ އަންނަން ވެއްޖެ އެއް ނޫންތަ އޭނަ.. މަ ނުލިބިގެން އުޅުން އިރު އޭނާ އަންނާނެ އެއްގަޑިއިރު ކުރިން..މިހާރު ދެން ހެޔޮ ގަޑި އެއްގެ އިރު ފަހަނައަޅާ ދިޔަސް“ތުންކޮޅު އޫ ކޮށްގެން ހުރެ ކުދިކިޔަމުން ދިޔައިރު ދެތިން ފަހަރަކު ފޯނުން ގުޅި ނަމަވެސް އެކޮޅުން ޖަވާބު ނުދޭވާހަކަ ބުނުމުން ރައިހާ ހައްތަހާ ބޮޑަށް ރުޅި އަންނަގޮތްވިއެވެ.

”ދަރިފުޅާ ތިޔަ ތަންކޮޅެއް ހަމަޖެހިލަން ވީނު..ޔާން އޮފީހުގައި މާ ބުރަވީ ކަމަށް ވާނީ.. މަންމަ ދާނަމޭ ގަޑިއަށް އޭނާއަށް ނާދެވިއްޖެޔާ“ ރައިހާ އުޅެމުން ދިޔަ ގޮތުން ރަމްލާ ގާތައް ހިނިއަންނަ ގޮތްވަމުން ދިޔައެވެ.

”މާ ބަނޑު ދުވަސް ވަރު ރަމް ވެސް އުޅުނު ގޮތައް ރައި ވެސް އެއުޅެނީ.. ހަމަ އެ ސިނގުރުޅިގަނޑު.. ކަޔާން ވާ ކެތްގަދަ.. ނަސީބެއް ޕޮލިހުން ކެޑިފަ ޒެވްއާއި އެކު ކޮމްޕެނީގަ ވޯކް ކުރާކަން..އެހެންނަމަ އޮޕަރޭޝަނަކަށް ގޮސް ހުއްޓާ ވެސް ރައި ގުޅީމަ ބިރު ގެއަށް އައިސްފާނެ“ ދެފަރާތައް ބޯހޫރުވާލަމުން ޝާފިއު، ރައިހާގެ ދެކޮނޑުގައި ހިފައި ގެންގޮސް ސޯފާގައި ބައިންދާލިއެވެ. ޝާފިއު ޖުމްލައިން ބަދިގެއަށް ގޮސްގޮސްފައި ވެސް ރަމްލާއައިސް ޝާފިއުގެ ބުރަކަށީގައި ޖަހާލިއެވެ. މަންމަ އާއި ބައްޕަގެ ކޯޅުން ފެނި ކަޔާންދެކެ އައިސް ހުރި ރުޅި ވެސް ފިލާ ރައިހާގާތައް ހިނިއައެވެ.

”ދެން ޖޫސް ފޮދެއް ބޯލާ.. އަދި އެ ބަލަންފެށީ ކިރިޔާ.. ގެޔާއި ދުރީކީ ވެސް ނޫނެއްނު.. އެހާ ލަސްވާނެ އަނެއްކާ ބަލަން ވެސް“ ރައިހާގެ އަތައް އޮރެންޖް ޖޫސް ތައްޓެއް ދިއްކޮށްލަމުން ރަމްލާ އައިސް މަގަތުގައި އިށީނެވެ.

ރައިހާއާއި ކަޔާންގެ ކައިވެނި ކުރެވުނީ ދެ އާއިލާގެ ފުރިހަމަ ރުހުމާއި އެކު ނުހަނު ކުލަގަދަ ހަފްލާއަކާއި އެކުއެވެ. ދެއަހަރު ކުރިން ޒެވިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުން އިރު ކަޔާންއާއި އެކު ހޭދަކުރެވުނު ވަގުތަކަށްފަހު ޝާފިއުއަށް ވެސް ވަނީ ކަޔާންއަކީ ޝާފިއުހީކުރި ފަދަ ގޯސް ސިފަތަކެއް ހުރި ޒުވާނެއް ނޫން ކަން އެނގިފައެވެ. އެހެން ހުއްޓާ ސޯފިއާ އާއި އޭނާގެ މަންމަ ހުދާ އެގެޔަށް ޒިޔާރަތް ކުރިއެވެ. ސޯފިއާއަށް ހެދުނު ގޯސް ތަފްސީލާއި އެކު ކިއައިދީ ރައިހާގެ ކިބައިން މާފަށް އެދި އެފަދަ ކަމެއް ދެން އޭނާގެ ފަރާތުން ތަކުރާރް ނުވާނެ ކަމަށް ބުނެދިނެވެ. ރައިޙާ ވެސް އުފަލާއިއެކު މާފް ކުރިއެވެ. ކަޔާންގެ ކުށެއް ނެތްކަން އެނގުމުން ފުރަތަމަ އޭނާ ރުއީއެވެ. ކަޔާންގެ ގާތައް ރައިހާ އިސްވެ ގޮސް މާފަށް އެދުނެވެ. އަލުން ދެމީހުން ގުޅި ކައިވެނި ކުރެވުނު އިރު އެކަމާއި އެންމެ ބޮޑަށް އުފާފާޅުކުރީ ސޯފިއާއެވެ.

”އަމް ސޯ ސޮރީ.. އޮފީހުގައި ބިޒީވީ މާ ބޮޑަށް.. މިއަދު މީ އަނެއްކާ ޒެވް މޫޑީ ދުވަހެއް..އެނގެ އެންނު އެކަމަށް ވެސް ތައްޔާރުވާން ޖެހޭނީ އަހަރެން ކަން…“ ގޭތެރެއަށް ވަދެގެން އައި ކަޔާން ފެނުމުން ރައިހާ މޫނު ކުނިކޮށްލިތަން ފެނި ހެވުނެވެ.

”އެ ފަކީރުވެސް އަލާ ދިޔަފަހުން ހާލެއްގަ އެބައުޅޭ.. މިގެއަށް ވެސް ނައިސްގެން ބައްޕަ ވަރަށް ކިޔާތާ ހަފްތާއެއް ވިފަހުން ރޭގަ އާދެވޭ ވަރުވީ.. ދަރިފުޅުމެން ހަމަ ބޭރަށް ދިޔަގަޑީގަ.. އަހަން ނާހަން ވެގެން އިނދެފައި ވާހަކަ ދައްކަމުން ގޮސް އަހާލިން އަލާ ގެ ވާހަކަ އެއް.. ވަގުތުން ޓޮޕިކް ޗޭންޖްކޮށްފި“ ޝާފިއު ވެސް ދެރަވެލާފައި ބުނެލިއެވެ.

”ވަގުތު ނަގާނެ ތާ ދޯ.. ޒެވް ބޭބެ އެހާ ލޯބިވި.. އަލާ ދައްތަ އެގޮތައް ދިޔުމުން  ދެން ވާނީ ކިހިނެތް.. ޓޫ އިޔާޒް މީ އެއްވެސް މުއްދަތެއް ނޫން މޫވް އޮން ކުރަން“ ރައިހާއަށް ބަލައިލެވުނީ ކަޔާންގެ މޫނަށެވެ. ކަޔާން އާއި އޭނާއަށް ޒެވިއަލްގެ ވޭން އިޙްސާސް ކުރެވެއެވެ. އެވޭން ވަނީ އެދެމީހުންވެސް ތަހައްމަލް ކޮށްފައެވެ. ހިނގައިދިޔަ ކަމަކަށް ފަހު ދެމީހުން އެކަކު އަނެއްކަކު ލޯތްބަށް އިންތިހާއަށް ފެންބޮވައި ގަނެފައި ވާއިރު ވެސް ދެމީހުންނަށް އެ ލޯބި ހާސިލް ކުރެވުނީ އެތައް ދުވަހެއް ވީ ފަހުންނެވެ. އެވެސް އެއްފަސްގަނޑެއްގައި ތިބެމެވެ. ނަމަވެސް ޒެވިއަލްއަށް އޭނާގެ ލޯބި ވަކިވެގެން ގޮސްވަނީ މާދުރުގައެވެ. އެތަކެއް މޭލު ދުރެއްގައެވެ.

”މަންމަ ހާދަ ދުއާ އެއް ކުރަމޭ ޒެވްއަށް އުފާވެރި ދިރިއުޅުމެއް ދެއްވާތޯ.. އިރާދުކުރެއްވިއްޔާ ރަނގަޅު ވަގުތު ހުރިހާކަމެއް ވެސް ބަދަލްވާނެ.. ދަރިފުޅުމެންނޭ މާދަމާ ނޫން އަނެއް ދުވަސް މީ ބޮޑު ދުވަހެއް ދޯ.. ދެ އަހަރު ފާއިތުވެ ތިން އަހަރު ފާއިތުވާން އުޅެނިކޮން ބޮޑު ކަންތައްގަނޑު ނިމެނީ.. އީވާމެންނަށް ހުކުމް ތަންފީޒް ކުރެވެނީ“ ރަމްލާ އުފާވެރި އަޑުން ބުނެލިއެވެ.

“އާން ހަމްދީ އޭރު ކޯމާގައި އޮތުމުން އަސްލު މިހާ ލަސް މިވީ.. އަދި ނަސްރާ ކުށައް އިއުތިރާފް ނުވީމަ ވަރަށް އުނދަގޫ ވެފަ އޮތީ ޒެވް އާއި ލިޔާގެ މަންމަމެންގެ ކަންތަކުގަ އިންސާފް ހޯދާދޭން.. އެންމެ ފަހުން ހުއްޓާ ކޮންމެ ވެސް ނުދަންނަ މެއިލް އައި ޑީ އަކުން ލާސްޓް މަންޑޭގަ ޒެވް އަށް ފޮނުވާފަ އިންނަނީ އޯޑިއޯ ކޮޅެއް.. ނަސްރާ އެ ވީޑިއޯކޮޅުގަ ހުރިހާ ކަމަކަށް އިއުތިރާފް ވެގެން ވާހަކަ ދެއްކީ.. މިހާރު އިރާދު ކުރެއްވިއްޔާ އެއްވެސް ހުރަހެއް ނެތް ޝާލިއާދައްތަ މެންނަށް އިންސާފް ލިބޭކަށް“ ކަޔާންގެ އަޑުގައިވަނީ ހިތްހަމަ ޖެހުމެވެ. އެންމެ ގާތް އެކުވެރިޔާގެ ހިތާމަތަކެއް ލުޔެއް ލިބުމަކީ އޭނާ ވެސް އަބަދުމެ ކުރާ ދުއާއެކެވެ.

****

މޫނު ދޮންނަ ތަށީގެ އަރިމަތީގައި އަތް އަޅުވާލައިގެން ހުރިއިރު ލިއާނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މޭ ނުބައި ކުރާވަރުން އެތަނުން ބޭރަށް ނުކުންނަން ވެސް ލިއާނާ ހުރީ ނުކުޅެދިފައެވެ. އެހެން ހުއްޓާ އަނެއްކާވެސް ހޮޑުލެވެން ފެށިއެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓް ހޭދަވިއިރު އޭނާގެ ގައިގާ އެއްވެސް ހަކަތައެއް ނެތެވެ. ބޮލަށް ވެސް އެނބުރުން އަރާވަރުން ކޮޅަށް  ނުހުރެވިގެން ފާރުގައި ލެނގިލަމުން ވަރަށް އުނދަގުލުން ލައިގެން ހުރި ޖީންސްގެ ޖީބުން  ފޯނު ހޯދާލުމަށްފަހު އަރްކާންގެ ނަމްބަރަށް ގުޅިއެވެ.

”ބޭބީ އަމް ޑައިން“ލިޢާނާއަށް މާނޭވާލެވެމުން ދިޔައެވެ. އޭނާ ހުރިތަން ބުނެފައި އިތުރަށް އެއްޗެއް ނުބުނެ ފޯނު ކަނޑާލިއިރު ލިއާނާއަށް މާނޭވާ ލެވެއެވެ. މާ ލަސްތަކެއް ނުވެ ދުވެފައި އައިސް އަރްކާން ފާހާނަތެރެއަށް ވަނެވެ.

”ވަޓް ހެޕެންޑް ލަވް.. ހޮޑު ލެވުނީތަ.. ގޭސް ވީތަ“ އަރްކާން އަވަސް އަވަހަށް އަހައލިއެވެ. ލިއާނާ އަތުން އިޝާރާތް ކޮށްލީ އޭނާ ކޮޓަރިއަށް ގެންދިޔުމަށެވެ. ލިއާނާއަށް އެނދުގައި ބައިންދާލުމަށްފަހު އެމޫނުކޮޅުގައި ފިރުމާލުމަށްފަހު އަރްކާން އަނެއްކާ ވެސް އަހާލިއެވެ.

”ނޫނޭ..މި“ ޖީންސްގެ ޖީބަށް އަށްކޮށްޕާލުމަށްފަހު އެއްޗެއް ނަގަން އުޅެފައި އޭނާ މަޑުޖެހިލަމުން އަރްކާންގެ މޫނަށް ބަލައިލިއެވެ. އޭނާ އިންލެތް މައުސޫމް ކަމުން ލިއާނާގެގާތައް ހިނިވެސްއައެވެ.

”މިރޭ މީ ހަތަރުވަނަ ބުރު ވޮމިޓް ކުރާ.“ ވަށްކަޅިން ބަލަން އިނދެފައި ލިއާނާ ބުނެލިއެވެ. އެވަރުން ވެސް އަރްކާންއަށް ރެއަކާއިލާ ގޮތެއް ނުވިއެވެ. އަނެއްކާ ވެސް އެ މައުސޫމް ކަންމަތީގައި އިނދެ ވާހަކަ ދައްކަން ފެށިއެވެ.

”ޔަގީން ތިއުޅޭނީ ކޮންމެވެސް އެއްޗެއް ކައިގެން ގޭސްޓްރިކް ވެގެން .. މާދަން ޝެފްއަށް އަންގާނަން ރަ“

”ސާބަހޭ އިޓްސް ނޮޓް ގޭސްޓްރިކް..“ އަރްކާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ލިއާނާ މެދުކަނޑާލިއެވެ.

”ދެން ވަޓް.. އެނގޭތަ އަހަރެންގެ ފްރެންޑްއެއްގެ ވައިފް ވެސް މިދޭތެރެއިން މާވަރަކަށް ވޮމިޓް ކުރެވޭތީ ދައްކަން ވެގެން ދިޔުމުން އެނގުނީ ސިސްޓް އެއް އޭނާގެ ބަނޑުގަ އިންކަން.. އައި ޑޯންޓް ވޯންޓް އެންމެ މިނީ ޕެއިންއެއްވެސް މައި ބޭބީ ގޯ ތްރޫ ކުރާކަށް.. ލެޓްސްގޯ ހޮސްޕިޓަލަށް..“ ލިއާނާގެ އަތުގައި  ހިފާލައިގެން ހުރެ އަރްކާން ބުނެލި ހިނދު ލިއާނާއަށް ދެފަރާތައް ބޯހޫރުވާލެވުނީ އޭނާގެ މޮޔަކަން އިޙްސާސްވެފައެވެ.

“ މީގެ ފައިވް މަންތް ކުރިން އަހަންނަށް މެރީ ކުރެވުނީ ކުޑަކުއްޖަކާތަ.. އަޅެ ފަހެ އަރްކާން ތިއިންނަނީ ދިވާނާ ވެފަތަ“ އަރްކާންގެ ބޮލުގައި ލިއާނާ އަތުން މަޑުމަޑުން ޖަހައިލިއެވެ. އެވަރުން ވެސް އަރްކާންއަށް އެއްޗެއް ފަހްމް ވާ ގޮތެއް ނުވިއެވެ.

“ އޯހް ގޯޑްޑް.. ކޮންގްރެޖްލޭޝަންސް ޑިއާރ ޑެޑީ.. ޔޫއާރ އެބައުޓް ޓް ހޭވް އަ ޕާމެނަންޓް ތާރޑް ވީލް“ އެންމެފަހުން ޖީބުގައި ފޮރުވައިގެން ގެންގުޅުނު ޕްރެގްނަންސީ ޓެސްޓް ކިޓް ނެގުމަށްފަހު އަރްކާންގެ އަތައް ލިއާނާ ލައްވާލަ ދިނެވެ. ދެލޯ ބޮޑުވެފައި ހުރި އަރްކާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

”ވަޓްޓް..ވީ އާރ ހޭވިން އަ ހިއުމަންން.. އައި މީން އަ ބޭބީ“ އަރްކާންއަށް ވާހަކަ ދެއްކޭ ވަރުވީ އިރުގަނޑެއް ފަހުންނެވެ. އުފާވެރިކަމުގެ ކަރުނުތައް ދެލޮލަށް ޖަމާވެގެން ދިޔަ ހިނދު ލިއާނާއަށް ބޯ ޖަހައިލެވުނެވެ.

”އާހްހްހް“ ލިއާނާގެ ހަށިގަނޑުގައި ނުހަނު ބާރަށް އަރްކާން އަށް ބައްދާލެވުނެވެ.

”އަލްހަމްދްލިއްލާހް..ތޭންކިއު ސޯ މަޗް މައި ލަވް …މިއީ އަހަރެންގެ ހަޔާތައް އައި އެންމެ އުފާވެރި ދުވަސް.. ހަމަ ނޭނގޭ މި ފީލިންގްސް ކިޔައިދޭކަށް.. ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ އަހަންނަށް ލިބިއްޖެހެން ހީވަނީ..އަލްހަމްދުލިއްލާހް“  ދެލޮލުން ފައިބަމުން ދިޔަ ފެންތިކި ތަކާއިއެކު ލިއާނާގެ ނިތްކުރީގައި އަރްކާންއަށް ނިތް ޖައްސާލެވުނެވެ.

”ސޭމް.. އައި ކާންޓް ވެއިޓް ޓް ހޯލްޑް މިނީ މީ.. އައި ޖަސްޓް ކާންޓް ވެއިޓް.. “ ދެމަފިރިންގެ މޫނުމަތީގައި އިންތިހާ އުފާވެރިކަމެވެ. މިހާރުން ސުރެން ތުއްތު ދަރިފުޅު ދެކިލާހިތްވެފައިވާ މިންވަރު ހާމަވެއެވެ.

”އެންޑް ޔޫ ހަމަ އެހާ ގަމާރުތަ.. ނޭނގުނުތަ ހަމަ އެވަރަށް ބުނެދިނުމުން ވެސް“ އަރްކާންގެ ދެއަތުގައި ހިފާލަމުން ލިއާނާ ތުންއޫކޮށްލިއެވެ. އަރްކާން ޖަހައިލީ ހިނިގަނޑެކެވެ. އަމިއްލަ މޮޔަކަން އިހްސާސް ލަދުވެސް ގަންނަ ގޮތްވިއެވެ.

”އެހެންނު ވާނީ ޒެވް ގުޅައިގެން ކަމަކާއި އުޅުނީމަ ކުޑަކޮން ގޮވާފައޭ ހުރީ“ އަރްކާން އެންމެ ފަހުން ބުނެލިއެވެ. ލިއާނާ ނިތް އަރުވާލަމުން ކިހިނެތް ވީހޭ އަހައިލިއެވެ.

“ މާދަން ނޫން އަނެއް ދުވަހު ކޯޓްއަށް ދިޔުމުގެ ކުރިން ޒެވް އެދުނީ އެ މެއިލް އައިޑީގެ ފަހަތުގަ ހުރި މީހެއް ބަލައިދިނުމަށް.. “ އަރްކާން ބުނެލިއެވެ.

”އެކަމަކު ދޮންބެ އެހާ ހެކް ކުރަން މޮޅު އިރު ދޮންބެއަށް ނުވި ކަމެއް އަހަރެމެންނަށް ވާނެތަ .. ހީ އިޒް އަ ޕްރޯ“

”ތި ވެސް ތެދެއް .. އެކަމަކު ދެންމެ ބެލި ބެލުމުން ކަމެއް ދެނެގަނެވުން… އައި ތިންކް ހީ ނޯޒް އެ ކާކު ކަން.. އެހެންވެ އެބުނީ ވެސް ބަލަން.. ލިއާ ތިބުނިހެން ޒެވް އެއީ ޕްރޯ އެއް .. އަހަންނަކަށް ވެސް ހިއެއް ނުވޭ އޭނާ އެ ކާކުކަން ނޭނގޭނަމަ އަހަރެންގެ ކައިރީގަ އެމީހެއް ހޯދަން ބުނާނެ ހެންނެއް އެކަހަލަ ކަމެއްގަ.. އެނގޭތަ ޝުހާދު ލައްވާ މި ބެލީ އެ މެއިލް އެޑްރެސް ލޮކޭޓް ވާ ތަން.. އާހްހް އެނގޭތަ ލޮކޭޝަން އައިސް އިންތަން.. އޮސްޓްރޭލިއާއިން އައިސް އިނީ“ އަރްކާންގެ ވާހަކަ ނިމުމުން ލިއާނާއަށް ނުހަނު ބާރަށް ކީކޭހޭ އަހާލެވުނެވެ. ފުރަތަމަ ވެސް ލިއާނާގެ ހިތައް ވެރިވީ އަލާރާގެ ނަމެވެ. އެކަމަކު އެހެން ވާނެ ގޮތެއް އޭނާ އަކަށް ނުވިސްނުނެވެ.

”އަލާ ދައްތައަށް ވެދާނެ ތަ“ އެންމެ ފަހުން ލިއާނާ ބުނެލިއެވެ. އަރްކާން ބޯ ޖަހައިލިއެވެ.

”ޔާހް ވެދާނެ… އެކަމަކު ސުވާލަކީ ކިހިނެތް ހޭ އަލާއަށް ލިބެން ވީ މި ވީޑިއޯ.. މިހުރިހާ ދުވަހަކު އަލާ އެހެންވީމަ އެހުރީ އޮސްޓްރޭލިއާގަ.. އެވަރަށް ހޯދި އިރުވެސް ކީއްވެތަ އަލާ ނުފެނުނީ.. އަލާ ނުހޯދުމަށް ބައްޕަ އިންޒާރު ދިނީމަ ވެސް އަހަރެމެން ސިއްރުން އެކަން މިކުރީ“ އަރްކާން މާޔޫސީ މޫނު ފެނި ލިއާނާގެ ހިތައް އުނދަގޫ ވިއެވެ.  އަރްކާންގެ މެދުހަށީގައި ބައްދާލައިގެން އިނދެ ބުރަކަށީގައި އޯގާތެރިކަމާއި އެކު ފިރުމާލިއެވެ.

”އިޓްސް އޯކޭ އޭ ލަވް“ ލިއާނާގެ ހިތްވަރު ދިނުމުގެ ބަސްތައް އިވުމުން އަރްކާން އިތުރަށް ޖަޒުބާތީވިއެވެ. ދިނާޔާއާއި އަޒީޒްގެ ކުރިމަތީގައި ކިތަންމެ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެކަނިވުމުން އަލާރާގެ މަތިން ހަނދާންވެ ދެރަވެ ވިސްނެއެވެ. އަރްކާންގެ ހިތައް އެވަގުތު އުނދަގޫ ކުރަމުން ދިޔައީ އަލާރާ އެމީހުން ދޫކޮށްފައި ދިޔަ ދުވަހުގެ ހަނދާނެވެ.

……

އަލާރާ ހޯދުމަށް އެދުވަހު ސޯފިއާ އެނބުރި ދިޔައިރު ބޭރުގައި ނެތުމުން، އޭނާ އެނބުރި އެތެރެއަށް ވައިން ހިނދު ފުރަތަމަ ވެސް ބައްދަލް ކުރީ ދިނާޔާ އާއި އަޒީޒްގެ ރުއިމުގެ އަޑެވެ. އެތަނުގައި އެވަގުތު އަރްކާން ހުރި އިރު ހުރީ ހަނދާނެ ގޮތް ހުސްވެފައެވެ. ހާސްވެފައި ހުރެ، އަލާރާ ނުފެނުން ވާހަކަ ބުނެލި ހިނދު ސޯފިއާގެ އަތައް އަރްކާން ދިނީ އަލާރާ ދިން ގަނޑުކޮޅެވެ. އޭގައިވީ އަލާރާގެ ފަރާތުން އަޒީޒްއާއި ދިނާޔާ އަދި އަރްކާން ގެ ދިރިއުޅުމަށް ކުރިމަތިވި ހުރިހާ ކަމަކަށް މާފަށް އެދިފައެވެ. އެހެން އެންމެންގެ ދިރިއުޅުމަށް ވެސް އަދި އޭނާގެ ދިރިއުޅުމަށް ވެސް ހަމަޖެހުމެއް ދެން އަލުން ލިބޭނީ އެންމެންނާއި ދުރަށް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ވަކިން ދެވުމުން ކަމަށެވެ. އަދި އަލާރާ އެންމެ އުފާވާނީ އެންމެ އަވަހަށް އަރްކާން އާއި ލިއާނާގެ ކައިވެނި ވީހާވެސް އަވަހަށް ކުރެވިގެން ދިޔުމުން ކަމަށެވެ.

އެ ކިޔާފައި އަރްކާންގެ ހިތުގައި ނުހަނު ބޮޑާށް ޖެހުނެވެ. ސޯފިޔާގެ ފަރާތުން އަލާރާ ދަބަހެއް ގެންދިޔަކަން އެނގުނެވެ. އަދި އަލަމާރީގެ ތެރެއިން ވަކިން ކުޑަ ދަބަހެއް ހޯދަން ބުނިކަން ވެސް އެނގުނެވެ. އެދުވަހު ސޯފިޔާ އައީ ބޮޑު ދަބަހުގެ ތެރެއަށް އެ  ވެސް ލައިގެންނެވެ. އެބުނާ ކުޑަ ދަބަހަކީ އަލާރާގެ ޕާސްޕޯޓްއާއި މުހިއްމު ލިޔެކިޔުންތައް ލައިގެން ގެންގުޅޭ އެއްޗެއްކަން އަރްކާން ވެސް އަދި ގޭގެ އެންމެން ވެސް ދަނެއެވެ. އަރްކާންއާއި ޝުހާދުވެގެން އެއާރޕޯޓާއް ވެސް ދިޔައެވެ. ނަމަވެސް ދިމާވާގޮތެއް ނުވިއެވެ. އެތައް އިރަކު ބެލިބެލުމުން އެނގުނުހާވެސް އެއްޗަކީ އަލާރާ ޓިކެޓް ނަގާފައި ވާ ފްލައިޓް އަބޫދާބީއަށް ދިޔުމަށް ނައްޓާލި ކަމެވެ.އަދި އެ ފްލައިޓް އަކީ އޮސްޓްރޭލިއާއަށް ޓްރާންސިޓް ވާ ފްލައިޓެއް ކަމެވެ. އަރްކާން އާއި ޝާފިއު އަދި ޝުހާދު އަބޫދާބީއަށް ވެސް ގޮސްގެން އެތަނުގެ އެޖެންޓްތަކާއި ގުޅިގެން އަލާރާ ހޯދަން މަސައްކަތް ކުރިއެވެ.  އަދި އޮސްޓްރޭލިއާއަށް ވެސް ގޮސް ބެލިއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެކަމުގައި ދިނާޔާ ނުހަނު ބޮޑަށް ބަލިވިއެވެ. ވިސްނަމުން ގޮސް ލެޔަށް ބޭސްކާންޖެހި ނުހަނު ބޮޑަށް ބަލިކަށިވިއެވެ. އަޒީޒް އެދުނީ އެއްވެސް މީހަކު ދެން އިތުރަށް އަލާރާ ހޯދުމަށް މަސައްކަތް ނުކުރުމަށެވެ. ނަމަވެސް އަރްކާން ނުހުއްޓުމުން އެންމެ ފަހުން އަރްކާންއަށް އިންޒާރުދީގެން ހުއްޓުވިއެވެ. އެއަށްފަހު ދެން އަލާރާ ހޯދުމުގެ މަސައްކަތް އަރްކާން ކުރީ ސިއްރުންނެވެ.

އަރްކާންއަށް ރާއްޖެ އާދެވުނީ އަލާރާ ހޯދުމަށް އުޅުމަށްފަހު އޭގެ މަހެއް ފަހުންނެވެ. އެންމެ ފުރަތަމަ ވެސް އޭނާ ދިޔައީ ޒެވިއަލްގެ ގާތަށެވެ. ލިއާނާ މެދުވެރިކޮން ޒެވިއަލްގެ ހާލަތު އިނގުނު ނަމަވެސް އޭނާ އުޅެމުންދިޔަ ގޮތް ދެލޮލަށް ފެނުމުން އަރްކާންގެ ހިތައް ތަދުވިއެވެ. މުޅި ކޮޓަރި އަނދިރި ކޮށްލާފައި ވާއިރު މުޅީ ކޮޓަރި ތެރޭގައި ދުވަނީ ސިނގިރޭޓްގެ ގަދަ ވަހެވެ. އަރްކާންގެ ބޮލަށް އެނބުރުން ވެސް އަރައިގެން ދިޔައެވެ. މުޅި ކޮޓަރި ތެރެ ދިއްލާލިއިރު ކޮޓަރިތެރެއަށް ވެސް ހީވޭ ކުޑަވަރެއްގެ ސުނާމީއެއް އަރާފައިވާހެންނެވެ. އަބަދުވެސް ސާފްތާހިރްކަމަށް ލޯބިކުރާ ޒުވާނާގެ ކޮޓަރީގައި އެއްވެސް ތަރުތީބެއް ނެތެވެ. ޒެވިއަލް އިނީ ބެލްކޮނީގައެވެ. އޭނާ އިން ގޮނޑީގެ ވަށައިގެން ވީ އެތައް ބައިވަރު ސިނގިރޭޓް ފިލްޓާރ ތަކުން ފުރިފައެވެ.

”ޒެވް.. ވަޓް އާރ ޔޫ ޑްއިންގ“އަރްކާންއަށް ޒެވިއަލްގެ އަތުން ސިނގިރޭޓް ދަމައިގަނެވުނެވެ. ނަމަވެސް އެއްޗެއް ނުބުނެ އަނެއްކާ ވެސް ސޯޓުގެ ޖީބުން އިތުރު އެއްޗެއް ނަގާ ރޯ ކޮށްލިއެވެ.

”އަލާ ހޯ-“ ، ”ސްޓްޕް އިޓް އަރްކާން“ އަރްކާންއަށް އަލާރާގެ ނަން ބުނެވުނު ހިނދު ޒެވިއަލް ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. އަރްކާން ވެސް ދިޔައީ  ސިހިގެންނެވެ.

”ޒެވް.. މި ދައްކަނީ އަލާރާގެ ވާހަކަ އޭ“

”މަ ބޭނުމެއް ނޫން އޭނާގެ ނަން ވެސް ގަންނާކަށް..އަރްކާން.. އަހަންނަށް ..އަހަންނަށް ހާދަ އުނދަގުލޭ“ ޒެވިއަލްގެ އަޑު ދިޔައީ ކުރެހިގެންނެވެ. ދެލޮލުން އައި ކަރުނަތައް ކޯތާފަތްމަތިން ފައިބައިގެން ދިޔަތަން އަރްކާންއަށް ފެނުނެވެ. ޒެވިއަލްގެ ހިތުގައި ޖެހިފައި ހުރިވަރުން އަންދާޒާ ވެސް ކޮށްލަން ދައްޗެވެ. އަލާރާ ކަންތައް ކުރިގޮތުން ޒެވިއަލްގެ ކުރިމަތީގައި އަރްކާން ލަދުގަންނަ ގޮތްވިއެވެ. މިއަދު ޒެވިއަލްގެ  ކުރިމަތީގައި އެހުރީ ކޮން ހައިސިއްޔަތުން ބާއޭ ހީވަމުން ދިޔައެވެ.

”އަމް ސޮރީ“ އަރްކާންއަށް ޒެވިއަލް ބުރަކަށީގައި އަތް ޖައްސާލެވުނެވެ.

”އިޓްސް ނޮޓް ޔުއާރ ފޯލްޓް.. ކޮންމެ ވެސް ދުވަހަކުން އިހްސާސް ވާނެ އަހަރެން މިވާ ލޯބި“ދެލޯ ފުހެލަމުން ޒެވިއަލް އެތެރެއަށް މިސްރާބު ޖެހިއެވެ. އެއަޑުގައި ވީ ހިތްދަތިކަން ޒެވިއަލް އިޙްސާސްވިއެވެ. ޒެވިއަލް އެނބުރި އައިސް ދިއްކޮށްލީ އަލާރާ ޒެވިއަލްއާއި ހަވާލްކުރި ނޯޓުކޮޅެވެ.

”ޒެވިއަލް އަހަރެންގެ މަތިން ހަނދާން ނައްތާލާ.. އަހަންނަށް ވުރެން ރަނގަޅު އެތައް މީހުންނެއް ވާނެ.. ވަރަށް ބޮޑަށް މާފަށް އެދެން އަހަރެން ޒެވިއަލްއާއި ގުޅުނީ ބެޓަކަށް.. އެންމެނަށް ވެސް ހީވީ އަހަރެން ލޯބިއޭ.. ނޫންތަ.. އެކަމަކު އެއީ ހީވި ގޯހެއް.. މިއަދު އަހަރެން މިދަނީ އެންމެންނާއި އަދި ޒެވިއަލްއާއި ވެސް ދުރަށް..ޒެވިއަލްގެ އަތައް މި ނޯޓުކޮޅު ލިބޭއިރު އަހަރެން ނުހުންނާނެ.. މާފްކޮށްދޭނެ ކަމަށް އުއްމީދުކުރަން..އަލާރާ“ ކިޔާ ނިމުން އިރު އަރްކާންގެ ހިތައް ނުބައި ގޮތެއްވިއެވެ. މިއީ ރޭގަނޑުކަން އެނގޭ ފަދައިން، އަލާރާ އޭގައި ލިޔެފައި އެވަނީ ދޮގުކަން އަރްކާންއަށް އެނގެއެވެ.

”މީގަ ލިޔެފައި އެވަނީ ތެދުހެން ޒެވްއަށް ހަމަ ހީވޭތަ“ އަރްކާންއަށް ބުނެވުނެވެ. ޒެވިއަލް ދެން ދައްކައިލީ ފޯނެވެ. އަރްކާންއަށް ލިބުނީ އިތުރު ސިހުމެކެވެ. އިތުރު ފިރިހެނަކާއި އެކު ނަގާފައިވާ ފޮޓޯއެކެވެ. އަލާރާ ނުހަނު ބޮޑަށް ހެވިފައި ހުރިއިރު އެ ފިރިހެން ކުއްޖާގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ.

”ގުޅޭ ގޯޑެއް ދޯ…އަރްކާން ހީކުރީތަ މި ކަރުދާސްގަނޑު ފެނުނީމަ އަހަރެން ހަމަ ގަބޫލް ކުރީ ކަމަށް.. އަހަރެން އެހާލުގަ ވެސް ހޮސްޕިޓަލް އިން ނުކުތިން އެއާރޕޯޓަށް ދާން.. ފަންސާހަކަށް ފަހަރު ގުޅިން.. ފޯނު ހަމަ ބިޒީ ކުރަނީ.. ހޮސްޕިޓަލުގެ ދޮރުން ނުކުމެ ނުކުމެ ހުއްޓާ، ބާއި ޖަހާފަ މެސެޖްއެއް ކުރީ..ދެން އަހަންނަށް އޭނާ އެންމެ ފަހުން ފޮނުވި އެތި ތިއީ.. އެދެލޮލުން އެ ފެންނަ އުފާވެރިކަން ނިކަން ދެކިބަލަ“ ޒެވިއަލްގެ ކޮންމެ ޖުމްލައެއް އަރްކާންއަށް ގަބޫލް ކުރެވުނެވެ. ރުޅިއައުމުގެ ބަދަލްގައި އަރްކާން ވީ ދެރައެވެ. މި ދުނިޔެއިން ވެސް އޭނާ އެންމެ އިތުބާރު ކުރި ކޮއްކޮ އެހެން މީހަކަށް އެހާ ބޮޑު ދެރައެއް ދީފާނެކަމަށް ކިތަންމެ ގަބޫލް ކުރަން އުނދަގޫ ނަމަވެސް އެކަން އެއޮތީ ކުރެވިފައެވެ.

”ކާކަށް ކުރި ބެޓެއްގެ ވާހަކަ އެއްބަ ދެން އެބުނީ“

”އޭނައަށް އެނގޭނީ އެ ބެޓް ކުރި މީހެއް ވެސް.. އަރްކާން.. އަހަރެން ހާދަ ލޯބިވެއޭ އަލަރާ ދެކެ.. އުމުރުން ސައްބީސް އަހަރުވާން އުޅެނިކޮން ފުރަތަމަވެސް އަހަންނަށް އަންހެން ކުއްޖަކު ދެކެ މިހާވަރަށް ލޯބިވެވުނީ.. ހާސިލްކުރަން އިންތިހާއަށް އުނދަގުވި ލޯތްބެއް.. އެތައް މަސައްކަތަކުން ލިބި ލިބި ވަނިކޮން އަހަންނަށް ކެހި ދީފަ ދިޔައީ.. މި ނޯޓް ފޮނުވީމަ އެންމެ ފުރަތަމަ އަހަރެން ހީކުރީ ވީ ހުރިހާ ކަމަކަށް ފަހު ދެރަވެގެން ހުރިހާކަމަކުން އޭނާ ސްޕޭސް ބޭނުންވީ ކަމަށް.. އެކަމަކު ..އެކަމަކު“ ޒެވިއަލްއަށް އިތުރަށް ވާޙަކައެއް ނުދެއްކުނެވެ. އަޑު ބެދުނު އިރު އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި އަރްކާންއަށް ހިންދިރުވާލެވުނެވެ. ހާދަ ދެރައެވެ. އަލާރާއަށް ވިސްނިގެން އަލުން އެނބުރި ޒެވިއަލްގެ ދިރިއުޅުމަށް އަންނާނެ ނަމައޭ އެތައް ފަހަރަކު ހިތައްއެރިއެވެ.

”އަހަރެން ވަރަށް ލަދު ގަނެއްޖެ މިއަދު..އަހަރެމެން ދެމީހުންގެ ގުޅުން ހީނަރުވެފަ އޮތްވަ ރަނގަޅުވެފަ ވަނިކޮން އަދި އަނެއްކާ ލިއާއާއި ކައިވެނި ކުރުމަށް ޕްލޭން ކުރެވެމުން ދިޔަ ދަނޑިވަޅެއްގަ މިހެން މިވީ.. ހިއެއް ނުކުރަން އަލާ މިހެން ހަދާފާނެ ކަމަކަށް.. އަހަންނަށް ވަރަށް އުނދަގޫވެއްޖެ ފޭސް ކުރަން ވެސް“ އަރްކާންއަށް އިސްޖަހައިލެވުނީ އިތުރަށް ޒެވިއަލްއާއި ވާހަކަ ދެއްކުމަށް ހިތްވަރު ނެތީމައެވެ.

”ނޫނޭ.. އަހަރެމެން ދެމީހުންގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ.. އަރްކާން މަށައް ރަނގަޅީ ވީހާވެސް އަވަހަކަށް ލިއާ އާއި މެރީ ކުރިއްޔާ… މިހާރު ދެން މަޑުކުރާނެ ކަމެއް ނެތް އިތުރު  މީހަކު އަންނަން ދެންނެއް.. މިއަދު މި ވާހަކަ ތައް މިކިޔާދިނީ އަރްކާންއަށް ކޮންމެހެންވެސް އެނގެންޖެހޭ ވާހަކަތަކެއް ވީމަ.. ދެން މީގެ ފަހުން އަހަރެންގެ ކައިރީގަ އަލާރާގެ އެއްވެސް ވާހަކައެއް ވެސް ސުވާލެއް ވެސް ނުކުރާތި..އޭނާއެއީ..އަހަރެންގެ މާޒީގެ ސަފްހާއެއް މިހާރު.. ކިތަންމެ ލޯބިވިޔަސް އެފަހަރު މަށައް ބިޓްރޭޔަލް އެއް ދެވޭނީ“ ޒެވިއަލް ބުނެލިއެވެ. އެހެން ބުނެލި އިރުވެސް އެދެލޮލުގައި އަލާރާއަށް ޓާކައި ވާ ލޯބި ވަނީ ހާމައަށްށެވެ. އަރްކާން އާއެކޭ ބުނެ ބޯ ޖަހައިލިއިރު ތުންފަތުގައި ފެވިލީ ހިތި ހިނިތުންވުމެކެވެ.

…..

ހިޔާލުގެ ތެރެއިން އަރްކާންއަށް ނުކުމެވުން އިރު އަރްކާންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ.

“ ލިއާ.. ކޮންމެ ގޮތަކަށް ވާހަކަ ދައްކާފަ ނޯޓްއެއް ދޫކޮށްލާފަ ދިޔަނަމަވެސް އަދިވެސް ވިސްނެނީ.. ޒެވްއަށް ހެދިގޮތް ވެސް ރަނގަޅެކޭ ނޫން މިބުނަނީ..  އެކަމަކު އެއީ އަދިވެސް އަހަރެންގެ ކޮއްކޮ އަހަންނަށް ކެތްވަނީ އެއްނޫން އަލާ އާއި ދުރުގަ ހުންނަން.. ޒެވް، ލިއާ ދެކެ އެ ވާ ލޯބި އަހަރެން ވެސް އަލާ ދެކެ ވޭ..“ ކުޑަކުއްޖަކު ފަދައިން ލިއާނާގެ މޭގައިބޯ އަޅާލަމުން އަރްކާން ދެލޯ މަރާލެވުނެވެ.

”އިނގެއޭ ދެރަވާނެ ވަރު.. އަހަންނަށް ހަމަ ހީވަނީ ތެދެއް ނޫން ހެން އަލާ ދައްތަ އެހެދީ.. އަހަރެންގެން ކައިރީގަ ދޮންބެ ދެކެ ލޯބިވާ ވަރު ބުނީ ވަރަށް ރޮއި ރޮއިފަ.. މަޖުބޫރުވެގެން ޝަވަންއާއި އެކު އުޅުނު އިރުވެސް އެދެލޮލުން ދޮންބެއަށް ލޯބި ފެނޭ.. ފޮޓޯ އެއް ނެގި ދާނެތާ ދެން ރޭންޑަމްކޮން ފެންނަ މީހަކާއި އެއްކޮންވެސް..“ ލިއާނާގެ ވިސްނުން ބުނެލިއެވެ. މީހަކު ފެނިގެން ޒެވިއަލް ދޫކޮށްލާފައި ދާވަރަށް ވުރެން އަލާރާ ވީ ލޯބި ފުންކަން ލިއާނާ ދަނެއެވެ. ދެރައީ ޖަޒުބާތުގައި ޖެހިގެން ވެސް އަލާރާ އެންމެ ފަހުން ދެއްކި ކުލަތައް ޒެވިއަލްއަށް ގަބޫލް ކުރެވުނީމައެވެ. ޒެވިއަލްއާއި މެދު ވިސްނާއިރު އޭނާ ވެސް ގޯހެއް ނޫނެވެ. މައްސަލައަކީ ދެރަވެފައި ހުރިވަރުން ނަމަވެސް އެންމެންނާއި ދުރަށް އެފަދަ ގޮތަކަށް އަލާރާ ދާން ނިންމި ނިންމުމެވެ. އަލާރާ އެނބުރި އައި ނަމަވެސް ޒެވިއަލް ފަސޭހައިން މާފް ނުކުރާނެކަން އޭނާ ދަނެއެވެ.

****

ބޭރަށް ތުނިތުނިކޮން ސްނޯ ވެހެމުންދިޔަ މަންޒަރު ބަލަން ކުޑަ ދޮރު ކައިރީގައި ހުރިއިރު އަލާރާގެ މޫނުމަތީގައިވީ ހިތާމައެވެ. ދެލޮލުގައި ތެތްކަމެއް ވީ އިރު ދާދި ދެންމެ ރޮއިފާ ވާކަން އިނގެއެވެ. ދިގު އިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައިވާއިރު މަޑު ފިޔާތޮށިކުލައިގެ ސްވެޓާއަކާއި ކަޅު ޖީންސްގައި ނުހަނު ފުރިހަމައެވެ.

”މްމްމް އިޓްސް ޓާއިމް ޓް ގޯ ބެކް ޓް ފޭސް ރިއަލިޓީ.. އައި ހޯޕް ދޭ އޯލް ވުޑް ފޮގިވް މީ..“  ކުޑަ ދޮރުގެ ފަޑީގައި ބުރަކަށި ހަމަޖައްސާލަމުން އަލާރާ ފިނި ނޭވާއެއް ދޫކޮށްލިއެވެ.

”ދޭ ވިލް.. އަހަރެމެންނަށް މި ވާހެން އެމީހުންނަށް ވެސް އަންޑަސްޓޭންޑް ވާނެ.. ޔޫރ ދި ބެސްޓް މައި ގާލް“ އަލާރާ ސިހިފައި ބަލައިލީ މީހަކު ވާހަކަ ދެއްކި އަޑަށެވެ. ބަލައިލި އިރު އޭނާގެ އުމުރުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ހުއްޓެވެ. ވާހަކަ ދެއްކީ އެ އަންހެންކުއްޖާއެވެ. ދެމީހުންގެ ދަރިފުޅު އުރާލައިގެން ފިރިހެން ކުއްޖާ ހުއްޓެވެ.

”ހަޔާ..އަދުހަމް… އައި ވިލް މިސް ޔޫ ގާއީޒް.. ހާއްސަކޮން މި ޝެލީ ފުއްކޮޅު “ އެމީހުން ފެނުމުން އަލާރާ ހީލަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވިއެވެ. އޭނާއަށް ރޮވުނީއެވެ. އެ މަންޒަރުފެނި ހަޔާ އައިސް އަލާރާގެ ގައިގާ ބައްދާލިއެވެ.

”އަލާ އަށް ހީވޭތަ އަލާ އެކަނި ދޫކޮށްލަ ފާނެހެން.. ގެސް ވަޓް ވީއާރ ކަމިންގް ވިތް ޔޫ“ އަދްހަމް ބުނެލި ޖުމްލައިން ރޮވެމުން ދިޔަ އަލާރާއަށް ކުއްލިއަކަށް ހުއްޓުމެއް އައެވެ.  ވަކިވަކިން ހަޔާއާއި އަދުހަމްގެ މޫނަށް ބަލައިލި އިރު ދެމީހުންގެ މޫނުމަތިން ހިނިތުން ވުން ފެނުމުން އެހަދަނީ ތެދުކަން އެނގެއެވެ. އަދުހަމް އާއި ހަޔާއަކީ އަލާރާ އާއި އެކު އޮސްޓްރޭލިއާގައި ކިޔަވަން އުޅުން ދެ ޒުވާނުންނެވެ.

”ދެން ވެސް ދޭބަ އަވަހަށް ޕެކް ކުރަން … އެނގޭތަ މިފަހަރު މިދަނީ އަހަރެމެން ވެސް އެއްކޮން އެނގޭ.. ހަޔާއަށް ”ބީއައި“  ހޮސްޕިޓަލްއިން ޖޮބް އޯކޭވެ އަހަންނަށް ވެސް ކޮންޕެނީއަކުން ޖޮބް އޯކޭ ވެގެން“ ދެން އަދުހަމް ދިނީ އެއަށް ވުރެން ވެސް އުފާވެރި ހަބަރެކެވެ.

”ވަޓްޓް..އާރ ޔޫ ގާއިޒް ސީރިއަސް“ އަލާރާއަށް އަނގަމަތީގައި އަތް އެޅުނެވެ. ދެމީހުން ހެވިފައި ތިބެ އެކުގައި ބޯ ޖަހައިލުމުން އުފާވެރިގޮތަކަށް އަލާރާއަށް ހަޅޭއްލަވައި ގަނެވުނެވެ.

”ދެން ވެސް ދޭބަ ޕެކް ކޮށްލަން ..ވަން އަވާރ އިނގޭ ލިބޭނީ.. ވީ އޯލްރެޑީ ޕެކް ކޮށްފިން“ އަދުހަމްއަށް އަށް ފޯނެއް އައުމުން ބޭރަށް ނުކުންނަމުން ގޮވާލިއެވެ. އަލާރާ ބޯޖަހާލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ.

ފޮށި ނެގުމަށްފަހު އޭނާގެ ހުރިހާ ސާމާނެއް، އަދުހަމް ބުނި ގަޑީގެ ތިރީހަކަށް މިނެޓް ކުރިން އަޅާލާ ނިމުނެވެ. އެއަށްފަހު ފޯނު ނަގާ އޭނާ އެނދުމަތީގައި ޖައްސާލިއެވެ.

”ސޯފީއަށް ގުޅާލަން ވީ ކަންނޭގެ..އެ ނޫން މީހަކަށް ނޭނގޭނެ އަހަރެން މިތާގަ ހުރިކަމެއް.. އާން ގުޅާލަންވީ“ ސޯފިއާގެ ނަމްބަރަށް އަލާރާ ގުޅާލިއެވެ.މާ ގިނަ އިރެއް ނުވެ އެކޮޅުން ފޯނުނެގިއެވެ.

”ހޭއި ދޫނި.. ކިހާ އިރަކު އަންނަނީ.. އައި ކާންޓް ވެއިޓްޓް“ ފުރަތަމަ ވެސް ސޯފިއާގެ އަޑުއިވިލިއެވެ.

”އިންޝާﷲ ތިކޮޅަށް މާދަމާ މޯނިންގ ނައިން ގަ ފްލައިޓް ޖައްސާނެހެން ހީވަނީ.. މިހާރު މި ޕެކް ކުރީ.. އަދުހަމް އެދިޔައީ އިރުކޮޅަކުން ނުކުންނަން ބުނެފަ“ ސޯފިއާއާއި އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އަލާރާ ފޯނު ކުރުކޮށްލިއެވެ.

”އާހްހް.. މައި ހާޓް“ އޭޏާގެ ފޯނުން ދިނާޔާއާއި އަޒީޒްގެ ފޮޓޯގަނޑަކަށް ބަލާލަމުން މޭގައި ފޯނު ލައްކޮށްލިއެވެ. ފާއިތުވެދިޔަ ދެއަހަރު ދުވަސްތައް ދައުރުވެގެން ދިޔައިރު އޭނާއަށް ހީވީ ދެ ގަރުނު ފާއިތުވެއްޖެހެންނެވެ. ދިނާޔާއާއި އަޒީޒް ނުފެނި ހުންނަން އިންތިހާއަށް އުނދަގޫވިއެވެ. މިއަދު އަނބުރާ އެމީހުންގެ ގާތައް ދާން ތައްޔާރުވަމުން ދާއިރު ހިތުގާ ލަދުވެތިކަމެއް ވެސް ވެއެވެ. މީހެއްގެ ކައިރީގަ ނުބުނި ނަމަވެސް އެދުވަހު އެންމެން ދޫކޮށްފައި އާދެވުމުން އެކަމާއި އޭނާހިތާމަކުރެއެވެ. ނަމަވެސް އެދުވަހު އޭނާގެ ހާލަތު ހުރީ ނުހަނު ނާޒުކު ފައްތަރެއްގައެވެ. އޭނާގެ ފޯނު ނަގާފައި ރިކޯޑިންގ ބަޔަށް ވަދެ އެންމެ ފުރަތަމައަށް އިން ރިކޯޑިންގް ޖައްސާލިއެވެ. އެއާއިއެކު އިވިގެން ދިޔައީ ނަސްރާގެ އަޑެވެ. އެހެން އޮތްވާ އެދުވަހުގެ ހަނދާންތަކުން ސިކުނޑި ފުރުނެވެ. އަލާރާއަށް ދެލޯ މަރާލެވުނެވެ.

…..

ހޮސްޕިޓަލުން ނުކުމެ އަލާރާ ކާރަށް އެރުމަށްފަހު ފުރަތަމަ މިސްރާބު ޖެހީ އެއާރޕޯޓާށް ދިއުމަށެވެ. ނަމަވެސް ދިޔުމުގެ ކުރިން އޭނާގެ ހިޔާލް ބަދަލްވިއެވެ. ފްލައިޓް ނައްޓާލަން އަދި ވަގުތު އޮތުމުން އޭނާ މިސްރާބު ބަދަލް ކޮށްލީ ޕޮލިސް ސްޓޭޝަނަށެވެ. ހުސްއަތާ އެނބުރި ދިޔުމުގެ ބަދަލްގައި ޒެވިއަލްއާއި ލިއާނާއަށް އެންމެފަހުން ކޮށްދެވޭނެ ކަމެއްގެ ގޮތުގައި ނަސްރާއާއި ދެކޮޅަށް ހެއްކެއް ހޯދަން އަލާރާ ބޭނުންވީއެވެ.

ސްޓޭޝަންގެ ތެރެއަށް ވަނުމަށްފަހު ހީކުރި ވަރަށް ވުރެން އަވަހަށް އޭނާއަށް ނަސްރާމެން ބައި ތިއްބާފައިވާ ގޮޅިތަކާއި ދިމާލަށް ދެވުނެވެ. އަލާރާ  ފެނުމުން ނަސްރާ އިންތަނުން ތެދުވިއެވެ. އޭނާގެގޮޅިއާއި ޖެހިގެން އިނީ އީވާ ބައިންދާފައި އިން ގޮޅިއެވެ. އަލާރާ ފެނުމާއި އެކުހެން ސިހިފައި އީވާއަށް ވެސް ތެދުވެވުނެވެ. ނަމަވެސް އަލާރާއަކަށް ގޮވާލާކަށް އީވާއަކަށް ނުކެރުނެވެ.

އަލާރާ ގޮވައިގެން އެތަނަށް އައި އޮފިސަރުގެ ގާތު އޭނާއަށް އެކަނި ވެރި ވަގުތު ކޮޅެއް ދިނުމަށް އެދުމުން ބޯޖަހާލާފައި އޭނާވެސް ނުކުތެވެ. އޮފިސާރ ނުކުމަތްތައް ފެނި އޭނާގެ ހެދުމަށްޖަހާފައިވާ ”ސްޕައި ވޮއިސް ރިކޯޑާ“ ރަނގަޅުކޮށްލިއެވެ. އަދި އޭނާގެ ފޯނުން ކެމެރާ ޖެއްސިއެވެ. އެއިން ކަމެއް ނަސްރާއަކަށް ރެއަކާއި ނުލައެވެ.

”ހުންނަ ލަދުކުޑަކަން.. އަހަރެމެން އެންމެން ގޮޅިއަށް ފައްތާފަ ކަލެއަށް ހަމަ ޖެހިގެންނެއް ނުހުރެވޭނެ“ ނަސްރާ ހަޅޭއްލަވައިގަތުމުން ފަސްޖެހުމުގެ ބަދަލްގައި އަލާރާ ޖަހައިލީ ހިނިގަޑެކެވެ.

”ކަލޭ ރީތިކޮން ހުއްޓަތަ ހައްޔަރު ކޮށްގެން ގެނެސް ތިހުރީ.. އަހަރެން ގައިގަ އެބަހުރި ގަޓް ކުށެއް ކޮށްފަ އަމިއްލައަށް އައިސް ޕޮލިހުންނާއި ހަވާލުވާނެހާ.. އެކަމަކު ކަލޭ ތީ ބޮޑު ފިޑި އެކެއްނު ހަހަހަ“ އަލާރާ ފުރަތަމަ ވެސް ބެލީ ނަސްރާ ރުޅި އަރުވާލެވޭ ތޯއެވެ. ރަނގަޅަށް ރުޅި އަރުވާލުމަށްފަހު ނަސްރާގެ ސިކުނޑީއާއި ކުޅެލަން މާ ފަސޭހަވާނެކަން އަލާރާ ދަނެއެވެ.

“ކަލޭ ހީކުރީ އަހަރެން އެއްބަސް ވާނެ ކަމަށްތަ.. ދުވަހަކު ވެސް ނުވާނަން.. އެއްބަސް ނުވަންޏާ މިކަން ނުނިމުނަސް ދިގު ދެމިގެން ދާނެއެންނު..“

”ހޫމް އިންޓްރެސްޓިންގް… ކަލޭ ގަމާރުތަ.. ނޫނީ ސިކުނޑީގެ އެއްބައި އުނީތަ.. މިތަނަށް އަޅެ ގެނެސް ތިހުރީ ހިސާބަކަށް ހެކި ހުރެގެންނޭ..“ ނަސްރާގެ ޖުމްލަ އިވި އަލާރާއަށް އަނެއްކާ ވެސް ޖަހައިލެވުނީ ހިނިގަނޑެކެވެ.

”އެ ކޯއްޗެއް.. ހައެއްކަ އަހަރު ޖަލުގަ އޮވެފަ ނުކުމެވޭނެ އެންނު.. އެނޫނަސް ހަމަ ހުރެދާނެ ދޯ މަ އެއްބަސް ވެގެން ނޫނީ ކުރިއަށް ނުދެވޭނެ ކަންކަން.. ވިސްނާލަބަލަ ކަލޭގެ ޒެވިއަލްގެ މައިންބަފައިންގެ ކަންތައް“ ނުބައި ހިނިތުންވުމެއް ތުންފަތައް ވެރިކޮށްލަމުން ނަސްރާ ބުނެލިއެވެ.

”މިހާ ވަރު ވީމަ އަހަރެން ނަމަ އެއްބަސް ވީސް ހުރިހާ ކަމަކަށް.. ފުރަތަމަ އަލާރާ މަރާލަން ޝަވަން އާއި ދެމީހުން ވެގެން ޕްލޭން ކޮށްފަ އެކަން ނުވެގެން ސިޑީން ވައްޓާލުން..އަހަރެން ވެސް އިނޮސެންޓް އެކޭ ނުބުނަން އެކަން ކުރިއިރު ކައިރީގަ ވެސް ހުންނާނެ.. ކަންކަމުގަ ބައިވެރިވެސް ވީން..އެކަމަކު އެހުރިހާ ކަމެއް ނަސްރާ އެންނު ފެށީ…އޭގެ ފަހުން ޝަވަން ގެއަށް ފޮނުވައިގެން އަލާރާއަށް ބިރުދައްކާ އަދި ގުޅައިގެން ވެސް އިންޒަރު ދީ ހެދީމެންނު ދޯ.. އަލާރާއަށް ޝަވަން އަނިޔާ ކުރީ ވެސް ނަސްރާ ބުނެގެން.. ފުރަތަމަ އީމާން ކަންތަކުގަ އެވީ ކަންތައްތަކަށްފަހު ޒެވިއަލްގެ މަންމަ އެ މައްސަލައާއި ހަވާލުވެގެން ހުރީމާ އޭނާ މަރާލީ ބަޔަކަށް ލާރި ދީގެން ހިޓް އެންޑް ރަން އެކްސިޑެންޓެއް ކޮށްފަ.. ދެން  އެވަރު ނުވެގެން އެދެމީހުން މަރާލަން ހަވާލު ކުރި މީހުންނާއި ނަސްރާ ވާހަކަ ދައްކާ އެމީހުންގެ އަތައް ލާރި ދިން މަންޒަރު މިފެނުނީ ތިގޭގަ އުޅޭ އެކުވެރިއަކާއި ބައްދަލު ކުރަން އަހަރެމެންގޭގަ އުޅުން ފާރޫގް ދިޔަތަނުން އޭނާއަށް .. އޭނާ މަރާލީ ދެން .. އޭނާ މަރާލި ދުވަހު ޒެވިއަލް ޖަލަށް ގެންދިޔައީ އޭނާ އެކަމުގަ ފްރޭމް ކޮށްފަ..ޒެވިއަލްއަށް ފެނުނީ ސާމިއު، ފާރޫގްގެ ގަޔަށް ވަޅި ހަރަނިކޮން …އޭރު ނަސްރާ ހުރީ ދުރުގަ ކެމެރާ ސެޓް ކޮށްގެން..  ޒެވިއަލް ދުވެފަ ގޮސް ފާރޫގްގެ މެޔަށް ހަރާފަ އިން ވަޅި ނައްޓުވަން އުޅުނީ.. ނަމަވެސް ނަސްރާ ހުރީ އެ ވަޅީގަ ޒެވިއަލް ހިފިތަން ފޮޓޯ ނަގާފަ.. އަރްކާންގެ އަޑުއިވިގެން ނަސްރާ އާއި ސާމިއު ފިލީ އެތަނުން.. އަރްކާންއަށް ވެސް ފެނުނީ ޒެވިއަލް ވަޅި ނުނެއްޓިގެން ހިފަހައްޓައިގެން އިންދަ.. ދެން އެތަނަށް ސާމިއު ދިޔައީ… ގޮސް ބުނީ އަރްކާންގެ ކައިރީގަ  އިތުރު މީހަކުވެސް ހުއްޓޭ ޒެވިއަލް އާއި އެކު.. ޒެވިއަލް ވަޅި ހަރަނިކޮން ދެކުނީމޭ… އޭނާ ދެއްކި ނަސްރާ ދިން ކެމެރާ.. އަރްކާންއަށް ވެސް ގަބޫލް ކުރެވުނީ… އޭގެ ކުރީ ދުވަހު ޒެވިއަލްގެ މައިނަބަފައިން މަރުވީ..އެފަދަ ހާލަތަކެއް ސަކަރާތް ވެގެން ވެސް ކުރެވިދާނެ ކަމަށް އަރްކާން އަށް ނިންމުނީ… އެހިސާބުން ޒެވިއަލް އާއި އަރްކާންގެ ފްރެންޑްޝިޕްވެސް ނިމުމަކަށް އައީ.. ފާރޫގްއަކީ އަހަރެމެންގެ މައިންބަފައިންނަށް ވުރެން، އަރްކާން ކްލޯޒް މީހެއް..އެވަރު ކަމެއް ވީމަ ދެން ވިސްނާލާ ވާނެ ގޮތް.. ހުރިޙާ ވެސް ނުބަޔަކީ ނަސްރާ…އެންމެން ވެސް މެރިމީހަކީ ނަސްރާ… ދެންމެ މިބުނީނު ޒެވިއަލްއާއި އެކު އިތުރު މީހަކު ހުއްޓޭ ސާމިއު ބުނިކަމަށް..އެބުނާ އިތުރު މީހަކީ ނަސްރާ މެންގެ  ގޭގައި ގެންގުޅުނު ބޭރު މީހެއް..އެމީހާ އެއްވެސް ކުށެއް ނެތި އޭނާ ވެސް ބައްދާލީ.. އެކަމުގެ ހިތާމައިގެ ޖަލުގަ ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން އޭނާވެސް މަރުވީ.. އަދި އެދުވަހު ފާރޫގް މަރާލި ސްޕޮޓްގަ ހުރި ކެމެރާ ތައް ވެސް ހަލާކު ކޮށްލީ ޝަވަން.. ޒެވިއަލް އިނޮސެންޓް..ހީކުރަން މި ވާހަކަތަކުން އެހީއެއް ލިބޭނެ ކަމަށް.. މީ މިހާރު މަށައް ކޮށްދެވެން ހުރި ވަރަކީ..އަހަރެން ކުރި ހުރިހާ ކުށަކަށް ކޯޓުގައި އެއްބަސްވާނަން..“ އީވާ ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމަށްފަހު އިތުރަށް މަޑުނުކުރެއެވެ. އަލާރާގެ އަތުގައި އޮތް ފޯނަށް ބަލާލުމަށްފަހު ގޮޅީގެ ބިތްދޮށަށް ވަނެވެ.

އަލާރާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެހުރިޙާ ވާހަކައެއް އެކިޔާ ދިނީ ހަމަ އީވާގެ ދުލުން ހެއްޔެވެ. އަމިއްލަ ފޯނަށް  އަލާރާއަށް ނަޒަރެއް ދެވުނީ އޭނާގެ ފޯނުން ކެމެރާ ޖައްސާފައިވާކަން އީވާއަށް އެނގިއްޖެކަން އެނގުމުންނެވެ. މިއަދު އަލާރާއަށް އީވާ އެހީވާ ސަބަބެއް އެއްގޮތަކަށް ވެސް  ނުވިސްނުނެވެ. ގެއްލިފައި ހުރި އަލާރާއަށް ހޭވެރިކަންވީ ނަސްރާގެ ނުބައި ހިނިގަނޑުގެ އަޑުންނެވެ.

“ އީވާ ކަލޭ ހީކުރީތަ ތިހެން ކިޔާފަ ދިޔައީމަ މަ ބިރުގަންނާނެ އޭ.. ކަލޭ އަށް ކީއްކުރެވޭނީ.. އާންން އާންން އީވާ އެބުނީ ހުސް ތެދު.. އަހަރެން ޝާލިއާއާއި ޒާފިރް މަރާލަން ފައިސާ ވެސް ދިނިން..  ނުވިތާކަށް ސާމިއު ލައްވާ ފާރޫގް މަރާލާފަ އެކަން ޒެވިއަލްގެ ބޮލުގެ އަޅުވާފަ އޭނާ ފަސް އަހަރު ވަންދެން ޖަލުގަ ވެސް ބެހެއްޓިން.. ހަހަހަހަހަހަ އެއޮތީ އެކަން ކޮށްފަ…އެ މީހުން އަނބުރާ އަންނާނެ ތަ މިއަދު…ނޫނީ ޒެވިއަލްގެ ހަޔާތުން ގެއްލުނު ދުވަސްތައް އަނބުރާ ލިބޭނެތަ“ނަސްރާ ހިތުން ކުރެވުނީ ނުހަނު މޮޅުކަމެކެވެ. ޖޯޝުގާއި ހުރެ އޭނާ ކޮށްފައިވާ ހުރިހާކަމެއް ކިޔައިދީ ނިންމާލިއެވެ.

”އެހެންކަމެއް ނުވިއްޔާ އެމީހުންނަށް އިންސާފް ލިބެނެ އެންނު“  އަލާރާ އިތުރަށް މަޑުނުކޮށް ނުކުންނަން ދިޔައީ އޭނާ ކުރަން އައިކަންތައް ކުރެވުމުންނެވެ. ފަހުން ނަސްރާ ކިޔަމުން ދިޔަ އެއްވެސް އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމެއް އަލާރާގެ ނެތެވެ. އެހުރިހާއިރު އަލާރާ ވީޑިއޯ ކުރިކަމެއް ނަސްރާ ނުދެނެހުއްޓެވެ.

ދިޔުމުގެ ކުރިން އޭނާ ގޮސްހުއްޓުނީ އީވާގެ ގޮޅީގެ ކައިރިޔަށެވެ. އަލާރާ ފެނުމުން ބަލައިލާފައި ވެސް އީވާ އިންގޮތައް އިނެވެ.

”ވަރަށް ބޮޑަށް ތޭންކިޔު“ އީވާ ފެނުނީންސުރެން އޭނާ ދިޔައީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެންމެ ފަހުން ފެންތިއްކެ ކޯތާފަތް މައްޗަށް ވެއްޓުނެވެ. ނަމަވެސް އަވަސް އަވަހަށް ފުހެލިއެވެ. އެ މަންޒަރު ފެނި އީވާ ތަންކޮޅެއް ކައިރިއަށް އައެވެ.

”އެނގޭ މިއަދު މިހިރީ އާއިލާގެ ކައިރިން ކަމު ކިޔަންޖެހޭ ކަހަލަ ހާލަތަކު ނޫން ކަން.. އެކަމަކު ވެސް އެބަ އިން ކަމަކު އެދެން ވެފަ“ އީވާ ހުޜީ ނުހުނު ބީރައްޓެހި ގޮތަކަށެވެ.

”ކޮން ކަމެއް.. ކޮށްދެވެން އިނިއްޏާ ކޮށްދޭނަން“ އަލާރާ މަޑުމަޑުން ބުނެލިއެވެ.

“އަހަންނަށް އެނގޭ ފޯނުން ވީޑިއޯ ކުރިކަން.. އަދި ސްޕައި ބޭނުން ކޮށްގެން ރިކޯޑް ވެސް ކުރިކަން.. އިތުރު ގޮތެއް ނެތިގެން ނޫނީ ކޯޓުގައި ވެސް ތި ވީޑިއޯ ނާޅުވަފާނަންތަ.. މިބުނީ ތި ނެގި އޯޑިއޯ ރިކޯޑިންގް އިން ވެސް ސާބިތު ވާނެ މިހާރު.. އެކަމަކު މަޖުބޫރު ވެއްޖެ ހާލަތެއްގަ މައްސަލަ އެއް ނެތް އެކަން ކުރިއަސް.. ޖަލުން ސަލާމަތް ވާން ހެޔޮ އެދެނީ އެއްނޫން.. މަންމަ އެދުވަހު ދެއްކި ވާހަކަތައް އަހަންނަށް ގަބޫލް ކުރެވުން..ހަމްދީ އަކީ ނަސްރާ ދެކެ އިންތިހާއަށް ލޯބިވާ މީހެއް.. ހަމައެކަނި އަލާރާއަށް އެއާއިލާއިން އެހީވި މީހާއަށް ބަލާފަ އޭނާއަށް ކުރާ ރެސްޕެކްޓްއެއްގެ ގޮތުގަ ވީޑިއޯގެ ބަދަލްގަ އޯޑިއޯ ބޭނުން ކޮށްދޭންވީ.. އަހަންނަށް މިހާ ގޯސް ކޮން ކަންތައް ކުރެވުނު އިރުވެސް އަލާރާއަށްޓާކާ ހަމްދީ ކޮށްދިން ކަންތައް އިހްސާސްވެ ހިތް މަޑުވި.. އަޑުއެހިން އަދިވެސް ހަމްދީ އޮތީ ކޯމާގަ ކަމަށް.. އެންމެ ލޯބިވާ މީހާގެ އެހާ އަނދިރި ސިފަ އެއް އިވުމަށްވުރެން ފެނުން މާ ހިތްދަތި.. ދެޓްސް އޯލް.. އަހަރެންނާއި މެދު ހާސްވާކަށް ނުޖެހޭނެ.. ކޯޓުގައިވެސް ހެކި ބަސް ދޭނަން..މިހެން ބުނީމަ ގަބޫލް ކުރަން ވެސް އުނދަގޫ ވެދާނެ..އެކަމަކު ހިތުން ބުނާ ވާހަކަ ތަކެއް މިއީ“ އީވާ ވާހަކަ ނިންމާލުމަށްފަހު އަލާރާގެ މޫނަށް ބަލައިލިއެވެ. އިރުކޮޅަކު ވިސްނާލުމަށް ފަހު އަލާރާ ބޯޖަހައިލިއެވެ. އީވާ އެބުނީ މުޅިން ދޮގުވާހަކައެއް ވެސް ނޫނެވެ. ކޮންމެ ގޮތެއް ވިއަސް އޭނާގެ އުފަން މަންމަ އާއި އޭނާއަށް އެ އާއިލާގެ ފަރާތުން އެހީވި ހަމައެކަނި މީހަކީ އެއީއެވެ.

މާލަސް ނުކޮށް އަލާރާ އެއާޕޯޓަށް ދިޔުމަށް ދަތުރު ފެށިއެވެ. ޗެކިން ވެގެން  އެތެރެއަށް ވަންނަން ދިޔަ ހިނދު ޒެވިއަލް ގުޅަމުން ދިޔަތަން ފެނުނެވެ. އެތައް ފަހަރަކު ގުޅި އިރުވެސް ފޯނު ނަގާނެ ހިތްވަރެއް އަލާރާ ކިބަޔަކު ނެތެވެ. ހުއްޓުމެއް ނެތި ޒެވިއަލް ކުރަމުން ދިޔަ މެސެޖްތައް ފެނި އިތުރަކަށް އަލާރާއަކަށް ކެތެއް ނުވިއެވެ. ރޮވޭ ވަރުން ހީވީ ދެންމެ ދެންމެ އަޑުބޭރު ވެދާނެ ހެންނެވެ. އެންމެފަހުން ފާހާނަ ބަރިއާއި ދިމާލަށް އަލާރާ މިސްރާބު ޖެހިއެވެ.  ވޮޝްރޫމް ތެރެއަށް ވަދެވުން ހިނދު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އެތާގައި މީހަކު ހުރިތޯ ވެސް ނެތްތޯ ވެސް އަލާރާއަކަށް ނުބެލުނެވެ. ފާރުގެ ކައިރިއަށް ތިރިވެ ކަކުލުގައި ބޯ އަލުވާލައިގެން ރޯން އިން ހިނދު އޭނާ ސިހުމެއް ލިބުނީ މީހަކު އޭނާގެ ގައިގާ ކޮއްޓާލުމުންނެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނި އަލާރާގެ ރުއިން ހުއްޓި ޝޮކެއް ލިބުނެވެ.

”އަލާ“

”ހަޔާ“ ދެމީހުންނަށް އެއްފަހަރާހެން ގޮވާލެވުނެވެ. ކުރިމަތީގައި ހުރީ އަލާރާއާއި އެކު  އޮސްޓްރޭލިއާގައި ކިޔަވަން އުޅުން ކުއްޖެކެވެ.

”ހައު ހޭވް ޔޫ ބީން…ވަޓް ހެޕެންޑް ގާލް..ހާދަ އެހެން ކަހަލަ ގޮތަކަށޭ މިދިމާވީ އެތައް ދުވަހެއް ފަހުންވެސް.. އަލާ ކަމެއް ދިމާވެގެން ދޯ ތިއުޅޭނީ.. ނިއުސް ދެކުނީމޭ.. ހުރިހާ ކަމެއް ރަނގަޅުތަ“ އެތައް ސުވާލެއް ހަޔާ ދިޔައީ އަލާރާއާއި ކުރަމުންނެވެ. އަލާރާއަށް ޖަވާބު ދެވޭ ވަރެއް ނުވިއެވެ. އަނެއްކާވެސް ރޮވުނީއެވެ.

”އަޅޭ..ކިޔާދީބަ.. ފުރަތަމަ ކާމް ވެލަމާ .. ފުން ނޭވާ އެއްލާފަ ލޯ މަރާލަބަ“ އަލާރާގެ ބޮލުގައި ފިރުމާލަމުން ހާސްވެފައި ހުރެ ހަޔާ ބުނެލިއެވެ. އިރުކޮޅެއް ފަހުން އަލާރާ ހަމައަކަށް އެޅުމުން ހަޔާ ފުރަތަމަ ވެސް އެހީ އަލާރާ ދާ މަންޒިލާއި ބެހޭ ގޮތުންނެވެ.

”އަބޫދާބީއަށް މިދަނީ.. އެކޮޅުން އޮސްޓްރޭލިއާ އަށް ދާން.. ޑައިރެކްޓް ކޮން ނުދެވުން ކުއްލިއަކަށް ޓިކެޓް ނެގީމަ“ އަލާރާގެ ޖަވާބުން ހަޔާ ނުހަނު އުފާވެފައި ހުރެ އެމީހުން ވެސް ދަނީ އަލާރާ ދާ ފްލައިޓް އިން ހަމަ އޮސްޓްރޭލިއާއަށް ދިޔުމަށް ކަމުގައި ބުންޏެވެ.

”މާ ރަނގަޅަކަށްނު މިދިމާވީ.. ކިހިނެތް ލައިފް“ އަލާރާ ބެލީ ބޯޑިންއަށް ގޮވާލުމުގެ ވަގުތު ގާތްވާން ފެށުމުން ތައްޔާރުވެލެވޭތޯއެވެ. ކިތަންމެ ދެރަވި ނަމަވެސް މިހާރު އަލުން އަނބުރާ ދެވޭކަށް ނެތެވެ.

“ޔެސްސް.. އަދުހަމް އާއި މެރީ ކޮށްގެން ނައު ޓޫ އިޔާޒްގެ ބޭބީއެއްވެސް ހުރޭ.. ބަޓް އަލާ ކެން ޔޫ ޓެލް މީ އެބައުޓް ޔުއާރ ލައިފް.. އަހަންނަކީ ސައިކޮލޮޖީ ކިޔަވާ މީހެއް.. އައި ނޯ ދެންމެ އަލާއަށް ތި އުޅުން ގޮތުން ބޮޑު ކަމެއް ގޯ ތްރޫ ކުރާކަން.“ އަލާރާ ނިމުމުން އަތުގައި ހިފައިގެން ހަޔާ މިސްރާބު ޖެހީ ބޯޑިން ގޭޓާއި ދިމާލަށެވެ. އެތަނުން ހަޔާގެ ފިރިމީހާ އަދުހަމްއާއި ދަރިފުޅާއި ބައްދަލްވިއެވެ. އަދްހަމް ވެސް ކިޔެވީ ހަޔާ ފަދައިން އަލާރާއާއި އެކު އެއްކްލާހެއްގައެވެ.

”އަލާ.. ހައު އާރ ޔޫ ގާލް“ އަލާރާ ފެނުމުން އަދުހަމްއަށް ވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ. ނަމަވެސް އުފާވެފައި ހުރެ ސަލާމަށް އަތްދިއްކޮށްލިއެވެ.

”ހަޔާ އިފް ޔޫ ޑޯންޓް މައިންޑް އޯކޭ ތަ އަދުހަމްއާއި އެކު ފޮޓޯއެއް ނަގާލާފަ މީހަކަށް ފޮނުވާލިއަސް.. ”އެވަގުތު ވެސް ޒެވިއަލް ގުޅަން ފެށުމުން އަލާރާ ހިތައް ކެތް ނުޥާ މިންވަރަށް ދިޔައީ އުނދަގޫ ވަމުންނެވެ. ހިތުގައި އަޅަމުންދިޔަ ބަޔާން ކޮށްދެވޭ ވަރަށް ވުރެން ވޭންގަދައެވެ. ހަޔާ ބޯޖަހައިލުމުން އަދުހަމްގެ އިޒްނައާއި އެކު ފޮޓޯއެއް ނަގާ ޒެވިއަލްއަށް ފޮނުވާލިއެވެ.

ފްލައިޓް އަށް އެރުމަށްފަހު އަދުހަމްއަށާއި ހަޔާއަށް އަލާރާ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ނޭވާ ލާންވެސް އުނދަގޫ މިންވަރަށް މޭގައި ރިއްސަމުން ދާން ފެށުމުން ހުރިހާކަމެއް ވެސް ހިއްސާކުރީއެވެ. ކުޑަ ލުޔެއް ވެސް ލިބުނީ އެވާހަކަތަކަށް ފަހުން ހަޔާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޯލި ފަހުންނެވެ. އަލާރާ ހިތްހަމަ ޖައްސައިދިނުމަށް އެތައް ވާހަކަ އެއް ދެމީހުން ދެއްކިއެވެ.

”އެކޮޅަށް ގޮސްފަ ހިނގާ އަހަރެމެންނާއި އެކު ދާން.. މިދަނީ ޓޫ ރޫމްގެ ތަނެއް ނަގައިގެން.. ޝެލީގެ ކައިރިއަށް ނެނީއެއް ގެންނަން ޖެހޭނެތީވެ އެގޮތައް ހެދީ.. ސިކުނޑި ހަމަޖެހި މީހާ ފްރެޝްވާނީ ވެސް ބައެއްގެ ތެރޭގަ އުޅެލީމަ… ޝެލީގެ ކައިރީގަ ދުވަސްކޮޅެއް ވަންދެން ނަމަވެސް ހުރެލަދޭންވީނު..ޝެލީ ވަރަށް ފްރެންޑްލީ ވާނެ..ވަރަށް މަޖާކޮން އުޅޭނީ.. އަހަރެން ބޭނުން އަލާ އުޅޭ ނޫޅޭ ގޮތް ބަލަން.. ޓްރީޓް ވެސް ކުރެވޭނީ އެއްތާކު ތިބުމުން“އަލާރާގެ ދެއަތުގައި ހިފާލަމުން ހަޔާ ބުނެލި ހިނދު އެދެލޮލުގައި ވީ އުއްމީދެވެ. އަދުހަމްވެސް އެއީ ތެދެކޭ ބުނެލިއެވެ.

އޮސްޓްރޭލިއަށް ދިޔުމަށް ފަހު އަލާރާ އުޅުނީ ހަޔާއާއި އަދުހަމް އާއި އެމީހުންގެ ދަރިފުޅު ޝެލީގެ ކައިރީގައެވެ. މޫނުމަތިން ކުޑަނަމަވެސް ހިނިތުންވުމެއް ފެނިގެންދަނީ ހަމައެކަނި ޝެލީއާއި އެކު ހުންނަ ވަގުތުއެވެ. އޮސްޓްރޭލިއާއަށް އައިތާ މަހެއް ފަހުން ސޯފިއާއަށް އަލާރާ ގުޅިއެވެ. ސޯފިއާ އެންމެ ފުރަތަމަ ވެސް ރުއީއެވެ. އެތަކެއް ޝަކުވާއެއް ކުރިއެވެ. އަލާރާއަށް އެހެން ހަދަން ޖެހުނުގޮތް ސޯފިއާއަށް އެދުވަހު ކިޔައިދނެވެ. އަލާރާ ބުނަންދެން އެއްވެސް މީހަކަށް ނޭންގުމަށް އެދިއެވެ. ކޮންމެ ދުވަހަކު ދިނާޔާއާއި އަޒީޒްއަދި ޒެވިއަލްގެ ހާލުބަލައެވެ. ދޭތެރެއަކުން އީވާގެ ޙާލުވެސް ބަލާލައެވެ.

އެކަނިވުމުން އާއިލާ އާއި ޒެވިއަލްގެ މަތިން ހަނދާންކޮށް ރޮވެނީ މަދަކުންނޫނެވެ. އޭނާ އެދެ އަހަރު އަހަރު ހޭދަކޮށްލި ގޮތް  އެންމެ ކައިރިން  ފެންނާނީ ހަޔާ އާއި އަދްހަމްއަށެވެ.

ހިޔާލުގެ ވާފަށް ކެނޑި އަލާރާއަށް ހަމަބިމަށް އާދެވުނީ ކޮޓަރީގެ ދޮރުހުޅުވާލާފައި ހަޔާ ވަދެގެން އައުމުންނެވެ.

”ކޮބާ އެބަ އާދޭ ޓެކްސީ ވެސް..އޭގެ ކުރިން އަވަހަށް އާދޭ ޖޫސް ތައްޓެއް ބޯލަން“ ހަޔާއަށް އިޖާބަދިނުމުގެ ގޮތުން އަލާރާ އެނދުން ތެދުވިއެވެ.

****

ކަޅުކުލައިގެ ރޯލްސް ރޯއިސް ގެ ލަ ރޯސް ޑްރޮޕް ޓެއިލް ކާރު އައިސް މަޑުކޮށްލީ ”އަލްވާރސް“ ކުންފުނީގެ މައި އޮފީހުގެ ކުރިމައްޗަށެވެ. ކާރުން ފައިބައިގެން އައިސް އެ ފަނަރަ ފަންގިފިލާގެ އިމާރާތުގެ ތެރެއަށް ވަދެގެން އައި އިރު ޒެވިއަލްގެ ފިޔަވަޅުތައް ހުރީ ނުހަނު އަވަސްކޮންނެވެ. އެންމެ ހެނދުނާއި ވެސް ބޭރުގެ ކުންފުންޏަކާއި އެކު އޮންނަ މުހިއްމު ބައްދަލުވުމެއް އޮންނާތީ ދޭތެރެއަކުން ގަޑި ބަލައިލައެވެ. އެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. އެދިގު އިސްތަށިގަނޑު ފަހަތައް އައްސާފާއި ވާއިރު ދިގު ތުނބުޅިގެ ތެރެއިން އެރަތް ތުންފަތް ފެންނަނީ ސިހުރުވެރި ގޮތަކަށެވެ.

”އަލްވާރސް“ އަކީ މީގެ އެއް އަހަރާއި ހަމަސް ދުވަހުގެ ކުރިން ޒެވިއަލް ފެށި މަސައްކަތެވެ. އެއީ ޒެވިއަލްގެ ”އަ އިޓީ“ އޮފީހެވެ. އެ ދާއިރާއިން ރަނގަޅަށް ކިޔެވިފައި ހުރުމުން އިތުރަށް ލަހެއް ވެސް ކުރާކަށް ޒެވިއަލް ބޭނުމެއް ނުވިއެވެ. އަލާރާގެ މަތިން ހަނދާންތައް ހިތައް ތަދުކުރާވަރުން އެ ހިޔާލްތަކާއި ދުރުވެލުމަށް ޒެވިއަލް ބޭނުންވީ އިތުރު ކަމަކާއި ބުރަވާށެވެ.

ކަސްޓަމަރުންނަށް ހަމައެކަނި ޒަމާނީ އިންފޯރމޭޝަނަލް ޓެކްނޮލޮޖީގެ ހިދުމަތްދިނުމަށް ޒެވިއަލް އޮފިސް ހުޅުވި  ނަމަވެސް އެކަން ފުޅާވެ  ކުރިއަރާއި ހަމަސް ދުވަސް ވާން ވާއިރަށް ކުޑަ އޮފީހްގެ ބަދަލުގައި ބޮޑު ކޮމްޕެނީއަކަށް ވެގެން ދިޔައެވެ. އަދި ތަނުން ދެވެމުން ދިޔަ ހިދުމަތްތައް  ވެސް ފުޅާވެގެން ގޮސް، ސޮފްޓްވެއާރ ތަރައްގީ ކުރުމާއި ނެޓްވޯކް ސިސްޓެމްތައް ބެލެހެއްޓުމާއި ސައިބާ ސެކިއުރިޓީ އަދި ގްރެފިކް ޑިޒައިނިންގް ފަދަ އެތައް ހިދުމަތެއް ތައާރަފްވިއެވެ. މިއަދު ޒެވިއަލްގެ ގާތުގައި ދުވިސައްތައެއްހާ މުއައްޒަފުން އެބަތިއްބެވެ. ރާއްޖެ އާއި ބޭރުގައި އެ ކުންފުނީގެ ނަން އެއްދުވަހަށް ވުރެން އަނެއް ދުވަހު ވިދުންގަދައެވެ.

ޖަލު އޮފިސަރުގެ ވަޒިފާއިން ކަޔާން ވެސް ވަކިވެ ޒެވިއަލްއާއި ބައިވެރި ވިއެވެ. އަދި ސޯފިޔާ ވެސް ކިޔަވާފައިވީ އެ ދާއިރާއިން ކަމުން މަސައްކަތް ކުރަމުންދިޔައީ ޒެވިއަލް ގާތުއެވެ.

”ހަލޯ ކީކޭ ބްރޯ“ ލިފްޓަށް އަރަން އައި ވަގުތު ފޯނު ރިންގްވާން ފެށުމުން ނަގާ ބަލާލިއިރު ގުޅަނީ ކަޔާންއެވެ.

”ބްރޯ މިއުޅެނީ ރައި ބަނޑުގަ ރިއްސާތީ ހޮސްޕިޓަލަށް ދާން ވެގެން އިނގޭ.. އެހެންވެ އޮފީހަށް ނުދެވޭ ވާހަކަ ބުނެލަން މެސެޖް ކުރަން ވެސް ނޫޅެވިގެން މިގުޅީ.. އެހާ މުހިއްމު މީޓިން އެއް އިން އިރު ވެސް މިއަދު ދެވޭ ގޮތެއް ނުވި.. “ ދެރަވެލާފައި ކަޔާން މާފަށް އެދުނެވެ.

”އެ އޯކޭ ވާނެ .. ބްރޯ މިއަދު ވާނީ ރައި ކައިރީ ހުންނަން.. މީޓިންއާއި މެދު ހާސް ނުވޭ… އައިލް މެނޭޖް.. މީޓިން ނިންމާފައައިސް ކޯޓުން އަވަދިވެގެން ދާނަން  ޑެޑީ ކައިރިއަށް“ ވާޙަކަ ދައްކަމުން ގޮސް ޒެވިއަލް، ކަޔާން އާއި ދިމާކޮށްލިއެވެ. ކަޔާންވެސް ހިނިގަނޑެއް ޖަހާލާފައި އެންމެ ރަނގަޅޭ ބުނެ ފޯނު ބޭއްވިއެވެ.

ލިފްޓް ހުއްޓުމާއި އެކު ފުރަތަމަ ވެސް ބައްދަލު ކުރީ އޭނާގެ ޕާސަނަލް އެސިސްޓެންޓް ޒާއިން އެވެ. ހިނިތުންވެފައި ހުރެ އޭނާއަށް ދިއްކޮށްލީ އައިޕެޑް އެކެވެ.

”އޯކޭ.. އެހެންވީމާ..މި މީޓިންގ ގެ ފަހަށް މިއަދު ހުރި ހުރިހާ ކަމެއް ކްލިއާރ ކޮށްލާ..“ ޒެވިއަލް އިރުޝާދު ދެމުން އޭނާގެ ކެބިންއަށް ވަނެވެ. ފަހަތުން ޒާއިން ވެސް ވަނެވެ.

“ ލައްބަ އޯލްރެޑީ ޑަން..އަސްލު މި ދައްކާލީ ސާރ ބަދަލެއް ގެންނަން ބޭނުން ވޭތޯ ބަލާލަން.. ކިހާ އިރާކު ތޯ ކޯޓަށް ދުރުވަނީ“ ޒާއިން އަހައިލިއެވެ.

”މެންދުރު ފަހު ދޭއް“ ޒެވިއަލް ޖަވާބު ދިނުމުން އެހެން ހޭ ބުނެ ޒާއިން ނުކުމަތެވެ. ޒެވިއަލް ގޮނޑީގައި ލެނގިލީ ބޮލުގައި ކުޑަކޮން ރިއްސަން ފެށުމުންނެވެ.  އެހެން އިނދެ ލޯ މަރާލި ހިނދު އޭނާއަށް ފުރަތަމަ ވެސް ސިފަވީ އަލާރާގެ ރީތި ހިނިތުންވުމެވެ. އެ އަސަރުގަދަ ދެލޮލެވެ. ޒެވިއަލްގެ ހިތައް އެނގުންވެލިއެވެ. ނޭނގުމެއްގެ ތެރޭގައި ވެސް ހީލެވުނެވެ. ނަމަވެސް ހިނިތުންވުން ނުހަނު ހިއްޗެވެ.

”ވައި އަމް ސްޓިލް މިސިންގ ހާރ.. ކީއްވެތަ މި ހަނދާންތަކާއި ދުރުނުވެވިގެން މިއުޅެނީ.. ވައި އައި ލަވް ހާރ ސޯމަޗް.. އިޓް ހާޓްސް އަ ލޮޓް..“ އެހެން އޮތް އިރު ޒެވިއަލްގެ ދެލޮލުގެ މިޔަކަނުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަލާރާގެ ހަނދާންތައް އެހިތައް ތަދުނުކުރާ އެންމެ ދުވަހެއް ވެސް، އެންމެ ސިކުންތެއްވެސް ނުދެއެވެ. އަދިވެސް އެ ލޯބި ތާޒާކަންމަތީގައި ޒެވިއަލްގެ ހިތުގައި ވެއެވެ. އަލާރާގެ ކޮންމެ ހަރަކާތެއް ހިތުގައި ބިންވަޅު ނެގިފައިވަނީ ނުހަނު ބޮޑަށެވެ. އެހެން އިންދާ މީހަކަށް ވަދެވިދާނެތީ ޒެވިއަލް ދެލޯ ފުހެލަމުން ހަމަޖެހިލިއެވެ. މޭޒުމަތީގައި އޭނާ ބާއްވާފައިވާ ޕެންޑްރައިވް ނެގުމަށްފަހު ބަލައިލިއެވެ. އެއީ ނުދަންނަ އީމެއިލް އަކުން، ނަސްރާ މެންނާއި ދެކޮޅަށް އޭނައަށް ފޮނުވި އެންމެ ވަރުގަދަ ހަތިޔާރެވެ. މެއިލްގެ ލޮކޭޝަން ޒެވިއަލް ބެލި ހިނދު އޮސްޓްރޭލިއާއިން އައިސް އިނުމުން ޔަގީނާއި ގާތައް އެއީ އަލާރާކަން އޭނާއަށް އެނގުނެވެ. ނަމަވެސް އޭގައި އަލާރާގެ އަޑެއް ނީވެއެވެ. ހަމައެކަނި އިވެނީ އީވާއާއި ނަސްރާގެ އަޑެވެ. ހީވާ ގޮތުން އަލާރާގެ އަޑު އެވަނީ އޭގެން ކަނޑާފައެވެ.

”އަހަރެންދެކެ ތިހާ ރުޅި އަންނައިރު އެހީ ވީ ކީއްވެ“ ޒެވިއަލްގެ ޖުމްލަ ފެވިގަތީ ހިތުގައެވެ.

އެހެންކަމަކަށް ސަމާލްކަން ދެވޭތޯ މަސައްކަތެއް ފެށި ހިނދު ދޮރުގައި ޓަކިޖަހަން ފެށުމުން ވަންނާށޭ ޒެވިއަލް ގޮވާލިއެވެ. އެތެރެއަށް ވަދެގެން އައީ ސޯފިއާއެވެ. ކަޅުކުލައިގެ ޝޯލްއާއި ކަކުލާއި ހަމައަށް ހުރި އޮފީސް ގަމީސް އަދި ޖީންސުގައި އޭނާ ނުހަނު ފުރިހަމައެވެ.

”ހޭއީ.. ކޮބާ އާރ ޔޫ ރެޑީ“ އަތުގައި އޮތް ފައިލް ދިއްކޮށްލަމުން ސޯފިޔާ އިށީންދެލީ ޒެވިއަލްގެ މޭޒުގެ ކުރިމައްޗަށް ވާހެން އިން ގޮނޑީގައެވެ.

”ފައިލް ހިފައިގެން އައިސް ތި އެހީ މީޓިންގް އަށް ރެޑީ ހޭ ތަ ނޫނީ ކޯޓަށް ދާން ރެޑީ ހޭ ތަ..   އެހެން ނޫނީ އަހަންނާއި އެކު ކޯޓަށް ދާއިރު ޝުހާދު ފެންނާނެ ތީ އެކަމަށް ރެޑީ ހޭ ތަ“ ޒެވިއަލްގެ ޖުމްލަތައް އިވުމުން ސޯފިއާ ދަތްކުޑި ވިކާލަމުން އޭނާ ގެނައި ފައިލް އިން ޒެވިއަލްގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. އަލުން ގޮނޑީގައި އިށީންދެ ޒެވިއަލްއާއި ދިމާލަށް ދެލޯ އަޅާލިއެވެ.

”ދެން ތިހާ ނޫން ކަމަށް ނުހެދިބަ..“ޒެވިއަލް ހިނިއައިސް އިނދެ އަނެއްކާ ވެސް ބުނެލިއެވެ.

”އަޅެ ދެން މިމީހުން އެބަހުއްޓޭނު ފޯރިއެއް.. މުޅި އޮފީސް ހުރިހާ ޑިޕާޓްމަންޓަކަށް މިހާރު ފޯރާއިފި މަށާއި އާބަން ގްރިޑްގަ އުޅޭ ޝުހާދުގެ އަޅުވާން ކިޔުންގަނޑު.. އޭނާ ނޫޅެ އޭ އަހަރެންގެ ފަހަތަކުން“ ތުންފަތް އޫ ކޮށްލަމުން ސޯފިޔާ ދުރުބަލައިލިއެވެ.

”ހަހަހަހަ..ކިހިނެތް ތަ ދެން އަޅުވާ ކިޔުންގަނޑު…ދެޓް މީންސް ޔޫ އާރ އިން ލަވް އޭ..ރައިޓް“

”ޒެވް މިއަދު ކޮން ކޮޅަކުން އިރު އަރައިގެން އިން ދުވަހެއްތަ.. މާވަހަރެއް ލިބުނީ ތަ..އެހެންޏާ އަށް ވުރެން ގިނައިން ހޭން ވެސް ހޭއެބަ“ ސޯފިއާ ކިޔަމުން ދިޔަ އެއްޗިހިނުން ޒެވިއަލް ގާތައް ހައްތަހާ ވެސް ހިނިއަންނަ ގޮތްވިއެވެ. އެކަމަކު  ބާރަށް ނުހީ ހިފަހައްޓާލިއެވެ.

”އެހެންނު ވާނީ ޝުހާދު މި އޮފިސްއަށް އައިސް ސޯފީ ފެނިއްޖެޔާ ބަލަން ހުންނަ ގޮތުން ދެން ކިޔާނެ ދޯ.. އަދި އެބަ ބުނެއޭ އޭނާ ނޫޅެއޭ ތިމަންމަ ފަހަތަކުންނެއް.. އޭތް އަދި ހަނދާން ނެތިފަ މިހުންނަނީ..ކުރީ ރޭ ދަންވަރު ސޯފިއާ ކިޔާ މީހަކު ނިދީގަ މަ ފޯނަށް ގުޅީ.. ގުޅާފަ ވަރަށް ރުޅި އައިސް އޮވެ ބުނަނީ ޝުހާދޫ އައި ހޭޓް ޔޫ އޯ.. ސޯފި ލޯބިވާ ކަމެއް ނޭނގޭހޭ.. އިޒް ދެޓް ޔޫ“ ޒެވިއަލް އަނގަމަތީ އަތް އަޅާއިގެން، ސޯފިއާގެ މޫނަށް ވެރިވަމުން ދިޔަވަރު ދެކެން އިނެވެ.

”ވަގު ހިފިއްޖެ…ބަލާލަ ބްލަޝް ވީ ވަރު.. މިހާރު ޔަގީން މިވީ.. އެއްބަސް ނުވާނެ ތީ މަ ކޯލް ވެސް ރިކޯޑް ކުރީމޭ.. އަޑު އަހާލަން ބޭނުންތަ“ ސޯފިޔާގެ މޫނު މައްޗަށް ވެރިވި ކުލަ ވަރުން އެންމެފަހުން ނީނދެވިގެން ޒެވިއަލްއަށް ހޭންފެށުނެވެ. ސޯފިޔާ ދެލޯ ބޮޑުކޮށްލައިގެން އިނެވެ.

”ލާ.. ހަމަ އަހަންނަށް ތިހުރިހާ އެއްޗެއް ކިޔުނުތަ.. އަޅެ ތިބުނާ ރިކޯޑިން އިއްވާލަބަ“ ސޯފިޔާ  ކުސްތަޅާލިއެވެ. ޒެވިއަލް ފޯނު ނަގާފައި ވަގުތުން އެ އިއްވާލިއެވެ.

”އޯހް ނޯ“ ޒެވިއަލް ހެދީ ދޮގެއް ނޫންތާއެވެ. ދިމާ ކުރަން އެންމެ ފަހުން ކޯލް ވެސް ރިކޯޑް ކުރީއެވެ. ގަތްލަދުން ވަގުތުން މޭޒުމަތީގައި ސޯފިއާ ބޯ ޖެހިއެވެ.

”ޕްލީޒް ޕްލީޒް ޑޯންޓް އެކްސްޕޯސް މީ.. އާހްގްގް.. އެންމެ ނުބައި މީހާއަށޭ މި އިވުނީ ވެސް“ އަނގަޔަށް އިނގިލި ހަރައިގެން އިނދެ ސޯފިއާ ބިމުގައި ދެފައި ތަޅައިލިއެވެ.

”ކާމް ޑައުން.. އަދި އިހަށް މި ބައިންދާނަން ގޮތެއް ނުހަދާ“

“ ވަޓް ޑޫ ޔޫ މީން އަދި އިހަށް“

”ލެޓްސް ސީ ދޯ.. ހިނގާ ދެން ބޮޑާ ނުހާކާ މީޓިން އަށް ދާން.. މެނޭޖާރ ސާމިން ވެސް އިންނާނެ..މެނޭޖާރ އަށް މި އޯޑިއޯ ކޮޅު ފޮނުވާލަން ވީ..އޭރުން އެނގޭނެ ކޮއްކޯފުޅު ލޯބީގަ ދިވާނާ ވެފަ ހުރިވަރު“ ޒެވިއަލް ލާނެތް ހިންޏެއް ހީލައިގެން އިނދެ ގޮނޑިން ތެދު ވީ ޒާއިން ވަދެފައި މީޓީން ގަޑީގެ ވަގުތު ކުޑަ ތަންވި ކަން އަނގާލުމުންނެވެ. ޒެވިއަލްގެ ފަހަތުން ނުކުންނަމުން ލޯ އަލާލައިގެން ހުރެ ޒެވިއަލްގެ އަތުގައި ސޯފިއާ ވިކައިގަތެވެ. ދެމީހުންގެ ކޯޅުން ފެނި ޒާއިން ވެސް ހެމުން ހެމުން އެމީހުންގެ ފަހަތުން ނުކުމަތެވެ.

”ފޮނި މީހާގަނޑާ.. އަހަރެންގެ އެހާ މުހިއްމު ޕާޓް އެއް ނީންނާނެ އެންނު ދޯ މިގަޑީގަ…ވަރަށް މުހިއްމު ކަމަކު އެއާރޕޯޓަށް އެބަޖެހޭ ދާން .. ވަން ގެ ކުރިން އިންޝާﷲ ހުންނާނީ އޮފީހުގަ“  ޒެވިއަލް ސުވާލެއް ކޮށްފާނެތީ ސޯފިއާ ހުރީ ކަންތައް ބޮޑުވެފައެވެ. ގަޑިއަށް ނަޒަރެއް ދީފައިވެސް ސުވާލެއް ކުރުމެއް ނެތި ޒެވިއަލް ބޯޖަހައިލުމުން ސޯފިޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޒެވިއަލްއާއި ޒާއިން ދިޔަތަންފެނި ސޯފިއާ ފޯނު ނެގިއެވެ.

”ޝުހާދުއަށް ގުޅަންވީތަ ހަމަ.. އެކަމަކު ހާދަހާ ވާ ލަދެއް ވެސް މިހާރު މި ވާގޮތުން އެބަ ގަނެއޭ..“މޭގައި އަތްއަޅާލައިގެން ހުރެ ސޯފިއާ އެންމެ ފަހުން ސުހާދުއަށް ގުޅިއެވެ. ފޯނު ނެގުމަށްފަހު އޭނާ ހަލޯ އޭ ބުނެލިއެވެ. އެއަޑު ޖެހުމުން ސޯފިއާ ވަގުތުން ފިނިވިއެވެ. ވާހަކަ ދައްކަން ވެސް ހަނދާން ނެތުނެވެ.

”ހަލޯ ”ޝުހާދު ދެވަނަ ފަހަރަށް ގޮވާލުމުން ސޯފިއާ ހޭވެރިކަންވިއެވެ.

“މްމް..ކެން ޔޫ ޑްރޮޕް މީ..ޓް..ޓް ދި އެއާރޕޯޓް“ސޯފިއާ ވާހަކަ ދެއްކީ ނުހަނު އުނދަގުލުންނެވެ.

”އެކްޗްއަލީ އަމް ހިއާރ.. ތިރީގަ މިއޮތީ..އާދޭ“ ސޯފިއާ އެއްޗެއް ބުނަންދެން މަޑުނުކޮށް ޝުހާދު ފޯނު ކަނޑާލުމުން ސޯފިއާއަށް އަނގަހަދާލެވުނެވެ. އަތްދަބަސް ހިފައިގެން ތިރިއަށް ފޭބި އިރު ޝުހާދު ކާރުގެ ކައިރީގައި މަޑުކޮށްގެން ހުއްޓެވެ. ސޯފިއާ އެރުމަށް ކުރީ ސީޓްގެ ދޮރު ހުޅުވާލަ ދިނުމަށްފަހު ސޯފިޔާގެ މޫނަށް ކަތި ނަޒަރަކުން ޝުހާދު ބަލައިލިއެވެ.

”ވޯޙްހްހް“ އޮފީހަށް ވަންނަން އައި ދެތިން ކުއްޖަކަށް އެ މަންޒަރު ފެނިގެން އަނގަމަތީގައި އަތް އެޅިތަން ފެނި ސޯފިއާއަށް މޫނުމަތީގައި އަތް އެޅުނެވެ. އިތުރަށް މަޑުނުކޮށް ގޮސް ކާރަށް އެރިއެވެ.

”އެނަދާރ ރޫމާރ“ ލަދުގަނެފައި އިނދެ އަމިއްލަ ނަފްސަށް އިވޭވާރަށް ބުނެލި ޖުމްލަ ވެސް ސޯފިއާ އަށް ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެކަން އިޙްސާސްވީ ޝުހާދު ޖަހާލި ހިނިގަނޑުންނެވެ.

”މިއަދަށް ފަހު ހަމައެކަނި ރޫމާރ އެއް ނޫނޭ މީ.. މީ ހަމަ ރިއަލް ލައިފް ކަޕްލް އެއް“ ޝުހާދުގެ ފަރާތުން އިވުނީ ސޯފިއާ އުއްމީދުކުރިވެސް ޖުމްލައެއް ނޫނެވެ.

”ވަޓް“ ސޯފިޔާއަށް ޝުހާދުގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޝުހާދު ހިނިތުންވުމުގައި ހުރެ ސޯފިޔާގެ މޫނާއި މޫނު ކައިރިކޮށްލިއެވެ. ދެމީހުންގެ ނޭވާ އިޙްސާސްވާހާ ކައިރިވެވުމުން ސޯފިޔާއަށް ލޯމަރައިލެވުނެވެ. ޝުހާދު ދެކުނީ އެއީ ލިބުން ދައުވަތެއް ކަމުގައިއެވެ. ހިނދުކޮޅަށް ދެމިގެން ދިޔަ ވަގުތުކޮޅަކަށް ފަހު ސޯފިއާއާއި ދުރުވެލިއެވެ. އޭރު ސޯފިޔާގެ ތުންފަތައް ފާއްދާލާފައިވީ މަޑު ރަތް ކުލައެވެ.

”ޝު..ޝުހާދު “ ލަދުން ވިރެން ކައިރިވެފައިވީ ހިނދު ސޯފިއާގެ ދޫ ލަސްލަހުން ހަރަކާތް ކުރިއެވެ.  ޝުހާދު އެހިނިތުންވުމުގައި އިނދެފައި އޭނާގެ ފޯނު ނަގާފައި އަޅުވާލި އޯޑިއޯ އިން ސޯފިޔާ ގަތީ އަމަށަކު ލަދެއް ނޫނެވެ.  ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އިވިގެން ދިޔައީ އޭނާ ނިދީގައި ހުރެ ޒެވިއަލްއަށް ގުޅައިގެން ދެއްކި ވާހަކައެވެ.

”ޒެވިއަލް އަމް ގޮނަ ކިލް ޔޫ ހަންޑިބެއްޔާ“ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން އިނދެ ސޯފިޔާއަށް ބުނެވުނެވެ. ރަނގަޅަށް ޝުހާދުއާއި ހަތަރުކަޅި ހަމަކޮށްލަން ވެސް އޭނާއަށް ދެން ލާހިކެއް ނޫނެވެ.

”ހައު ޑިޑް ޔޫ ގޮޓް ދިޒް“ ޝުހާދުއަށް އެ ފޮނުވާނީ ޒެވިއަލްކަން އެނގިހުރެ ވެސް ސޯފިއާ އަހައިލިއެވެ. ޝުހާދު އެއްޗެއް ނުބުނެ އިނދެ ހޭތީ ޒެވިއަލްހޭ ސޯފިއާ އަހައިލުމުން އޭނާ ބޯޖަހައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކޮންމެއަކަސް  ސޯފިއާ މިވަނީ ނުހަނު ބޮޑަށް ބޭޒާރުވެފައެވެ.

”ކިހާ ދުވަހެއް ވެއްޖެ ސޯފީ ދެކޭ ގޮތެއް ނޭނގިގެން މިހެން ނުބުނެވި ހުންނަނީ.. އައި ރިއަލީ ލަވް ޔޫ.. ވިލް ޔޫ ބީ މައިން“ ޝޯފިއާގެ ދެލޮލާއި ހަތަރުކަޅީ ހަމަކޮށްލަމުން، އަތްތިލަ ދިއްކޮށްލަމުން ޝުހާދު އަހައިލިއެވެ. ސޯފިޔާގެ މޫނަށް ވެރިވެފައިވީ ޖަންބު ކުލަ އިހުނަށް ވުރެން ގަދަވިއެވެ. ލަދުން އިނދެ ބޯޖަހައިލަމުން ޝުހާދުގެ އަތުގައި ހިފާލިއެވެ.

”ތި އަނގައިން ބުނާ އަޑުއަހަން ބޭނުންވަނީ..އެކަމަކު ތިވަރުވެސް ފުދޭ.. ވަރަށް ވަރަށް އުފާވެއްޖެ..“  ސޯފިޔާގެ ލޫޅާފަތި ހަށިގަނޑުގައި ބައްދާލެވުނުއިރު ޝުހާދު އުފާވެފައި ވީ ވަރު އިޙްސާސްކުރެވި ސޯފިއާގެ ނަފްސަށް އާދަޔާއި ހިލާފް އުފާވެރިކަމެއް ލިބުނެވެ. ލޯބީގެ ވަގުތު ކޮޅަކަށްފަހު ޝުހާދުއާއި ސޯފިޔާ ދުރުވެލީ ފޯނު ރިންގުވަމުން ދާންފެށުމުންނެވެ.

”ދޫނި ކޮބާ ފްލައިޓް ޖެއްސީތަ.. މިދަނީ އިނގޭ..“ އަލާރާގެ ނަން އަރާފައި ވުމުން ސޯފިއާ ވާހަކަ ދައްކަންފެށިއެވެ. ފޯނުބާއްވާފައި ބަލައިލި އިރު ޝުހާދު ދެލޯ ހަނިކޮށްލައިގެން އިންގޮތްފެނި ސޯފިއާގާތައް ހިނިއައެވެ.

”ނޯ..ނޯ.. އިޓްސް މައި ބެސްޓީ.. އަލާ“ ސޯފިއާ އެންމެފަހުން ބުނެލިއެވެ އެޖުމްލައިން ޝުހާދު ހައިރާންވެގެން ކީކޭހޭ އަހައިލިއެވެ.

”ވަޓް.. އަލާ އޭ“

ސޯފިއާ ހަމައެކަނި ބޯޖަހައިލިއެވެ. ކޮންމެ ގޮތެއް ވިއަސް މިއަދު އެންމެންނަށް އަލާރާގެ ހަބަރު ލިބޭނެއެވެ. އިތުރަށް ފޮރުވުމުގެ މާނައަށް ވެސް ނެތްތާއެވެ.

***

“ އަމް ނާވަސް“ ހަޔާގެ އަތުގައި ހިފާލައިގެން ހުރި އަލާރާގެ އަތުގައި އުފެދިފައިވާ މަޑު ތުރުތުރު އެޅުން އޭނާއަށް ވެސް އިޙްސާސް ވަމުން ދިޔައެވެ. ހަމްދަރުދީއާއި އެކު ހަޔާއަށް ވެސް ބަލައިލެވުނެވެ.

”އިންޝާﷲ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އަހަންނާއި އަދުހަމް ދާނަމޭ އަލާ އާއި އެއްކޮން ޒެވްގެ ގާތައް.. އަހަރެމެން ހަމައެކަނި އަދުހަމް އާއި އަލާގެ އެއްވެސް ރިލޭޝަންއެއް ނެތްކަން ބުނެލަދީފަ އަލާއަށް ފުރުސަތު ދޭނަން އަލާ ވާހަކަ ދައްކަން“ ހަޔާ ހިނިތުން ވެލަމުން ބެލީ ކުޑަކޮން ވެސް އަލާރާގެ ހިތައް ތަސައްލީއެއް ހޯދާދެވޭތޯއެވެ.

”އެކަމަކު ޒެވިއަލް ވެސް އަލާއަށް ހިއުމިލިއޭޓް ކުރަން އުޅެފިއްޔާ މަށެއް ނުހުންނާނަން މަޑުންނެއް.. އައެމް ވެލް ޕްރިޕެއާޑް..ޑޯންޓް ވޮރީ އަލާ.. ހަމަގައިމު ވެސް ދިނާ ދައްތަ މެންނަކީ ގޯސް ބައެއް ނޫން އެމީހުން ވެސް ބަލައިގަންނާނެ.. އަލާ ވެސް ތިއުޅުނީ އެމީހުންނާ ވަކިން، ވަކި ހެޕީކޮންތަ“ އަދުހަމް ވެސް ބެލީ އަލަރާއަށް ހިތްވަރު ދެވޭތޯއެވެ.

”އަލާ“ ސޯފިއާގެ އަޑު އިވިގެން އަލާރާ ފަސް އެނބުރި ބަލައިލި އިރު އޭނާ ދުވެލާފައި އައިސް އަލާގެ ގައިގާ ބައްދާލިއެވެ. އިސާހިތަކު އެތަނުގައި ހިފާލީ ދެމީހުންގެ ރުއިމުގެ އަޑެވެ. އެއާރޕޯޓުން ނުކުންނަމުން ދިޔަ މީހުންގެ ނަޒަރު އެމީހުންނާއި ދިމާވަމުން ދާތީ ޝުހާދު ދެމީހުންގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖައްސާލިއެވެ.

”އަލާ ހައުކުޑް ޔޫ ޑޫ ދިސް ޓް މީ..އައެމް ގޮނަ ކިލް ޔޫ“ އަލާރާގެ ގައިގާ ބައްދާލައިގެން ހުރެ ސޯފިއާ ދިޔައީ ހުއްޓުމެއްނެތި ކުޑަކުއްޖަކު ފަދައިން ޝަކުވާ ކުރަމުންނެވެ.

”ދެން ސޮރީއޭ ސޯފީ..މަށައް އެނގޭ ރޯނެކަން..އެހެންވެ އެވަރަށް ބުނިން އައުމުގެ ކުރިންވެސް އަހަރެން ރޮއްވާލައިގެން ނުވާނެއޭ“ އަލާރާ ބުނެލިއެވެ.

”އަދިވެސް މަތަ ގޯހީ.. ދެން ނުވާނެ އަހަރެން  ބަހައްޓާފަ ގޮސްގެންނެއް…އަޅެ ހެޔޮވާނެތަ އެހެން ހަދަން އަހަންނަށް.. ކިޑްނެޕް ކޮށްގެން ވެސް މަ ގެންދިޔަނަމަ“ ސޯފިއާ ރޮމުން ރޮމުން ބުނެލިއެވެ. އެތައް އިރަކު ރޮއުނު ފަހުން ދެމީހުން ހަމަޖެހުމުން އެންމެ ފަހުން ދެމީހުންގެ ކޮނޑުގައި ހިފާ ޝުހާދު ދުރުކޮށްލިއެވެ. އޭރު އެހާ ސީރިއަސް ވެފައި ހުއްޓާވެސް އެދެމީހުން އުޅެމުން ދިޔަގޮތުން ހަޔާއާއި އަދުހަމްއަށް ވެސް ހެވެމުންދިޔައެވެ.

”ކޮބާ ވާ ވަރު ވެއްޖެތަ.. މަ މިހާރު ލަދުގަންނަން ފަށައިފި“ ޝުހާދު ދައްކައިލީ ވަށައިގެންވާ، މާހައުލެވެ. އެންމެންގެ ނަޒަރު އަމާޒުވެފައި ވީތަން ފެނި ދެމީހުންގަތީ ލަދެވެ.

”ދެން ވެސް ހިނގާބަލަ ނުތިބެ“ ދެއަތުން މޫނުފޮރުވާލަމުން އަލާރާ ހިނގައިގަތީ ޝުހާދުގެ ފަހަތުން ކާރާއި ދިމާލަށެވެ.

”ބޭބެ އާދި ދައްތަ އެބަތިބި ބަލާ އައިސް.. ޝެލީ ހަވާލުކޮށްލާފަ އެ ކާރުގަ މިދަނީ އިނގޭ“ ހަޔާ ގޮވާލުމުން އަލާރާ ބޯ ޖަހައިލާފައި ކާރަށް އެރިއެވެ.

އެމީހުން މިސްރާބު ޖެހީ ޒެވިއަލްގެ ގެޔަށެވެ. ޝުޙާދު ކާރު ދުއްވަން އިން އިރު ފަހަތުގައި އަލާރާއާއި ސޯފިއާ ތިއްބެވެ.

”އާރ ޔޫ ނާވަސް“ ޝުހާދު  އަހައިލިއެވެ. އަލާރާ ވެސް ކުޑަ ގޮތަކަށް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

”ޑޯންޓް ބީ.. ވީ އާރ ވިތް ޔޫ“ އަލާރާގެ ކޮނޑުގައި ސޯފިއާ ހިފާލިއެވެ.

***

މީޓިން ނިމުމުން ޒެވިއަލް މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. އަޑުއެހުމަށް ދިޔުމުގެ ކުރިން ޒެވިއަލް ބޭނުންވީ ގެއަށް ގޮސް ތާޒާވެލުމަށެވެ. ބްރިޖްމަތިން އަރައިގެން އޭނާގެ މިސްރާބު ބެހެއްޓީ ހުޅުމާލެއެއަށް ދިޔުމަށެވެ. އޮފީހުން ތައްޔާރުވެވެން ހުރި އިރު ވެސް ކަޔާން އާއި ރައިހާއަށް ޒިޔާރަތް ކުރުމުގެ ބޭނުމުގައި ގެއަށްއައީއެވެ.

ދޮރުވާނުން ގޭގެ އުސް ބިޔަގޭޓު ހުޅުވާލަ ދިނުމުން ވަދެ، ގަރާޖަށް ކާރުލުމަށްފަހު ގޭތެރެއަށް ވައިން އިރު މަސައްކަތު މީހުން އެކިކަންކަމުގައި މަސްއޫލުވެފައި ވީތަން ފެނި ޒެވިއަލްއަށް ހިނިތުންވެވުނެވެ. އެ ބޮޑުގޭގައި ވާ ހަމައެކަނި ދިރުމަކީ އެމީހުންނެވެ. ޒެވިއަލްގެ ހިތްހެޔޮ ކަމުން އެމީހުންގެ ހިތުގައި ވެސް ޒެވިއަލްއަށް ނުހަނު ބޮޑު ގަދަރެއް ދެވިފައިވެއެވެ.

ހުދުކުލައިގެ ގަނޑުވަރެއް ފަދަ އެރީތި ގޭގެ ލިވިންގްރޫމުގައި ވީ ރަންކުލައިގެ ބޮޑު ޗާންދަލިޔާ އިން  ތަނަށް ވެރިފައިވީ ހުވަފެނީ ރީތިކަމެކެވެ. ހުދު ކުލައިގެ ފަރްނީޗަރުތަކުން ދަޅައަޅަމުން ދިޔަ ގޮތުން ތަފާތު ވިދުމެއް މުޅިތަނަށް ފެތުރިލާފައި ހުއްޓެވެ. އާޝޯހް ވާފަދަ ރީތި ގެއެކެވެ. ކޮޓަރިއަށް ވަދެ ތާޒާ ވެލައިގެން އަލުން ޒެވިއަލް ނުކުމަތީ ބަނޑުހައިކަން އިޙްސާސް ކުރެވިގެން އެއްޗެއް ކާލުމުގެ ބޭނުމުގައެވެ.

”ސާރ.. އެބަހުންނެވި އަންހެން ކުއްޖަކު ހޯދަން އައިސް “ ޒެވިއަލް ކައިގެން މޭޒުދަށުން ތެދުވިތަނުން ނާފިޒު އައިސް ބުނެލިއެވެ.

”ކާކު..“އަންހެންކުއްޖެކޭ ބުނުމުން ޒެވިއަލް ހައިރާން ވިއެވެ. ނާފިޒު ނޭނގޭ ކަމަށް ބުނެ އެތަނުން ދިޔައެވެ. ހަގީގަތުގައި ހޯދަން އައިސް ހުރީ އަލާރާއޭ ބުނަން ނާފިޒު ހުރީ ފަސްޖެހޭ ގޮތްވެފައެވެ. ސަބަބަކީ އަލާރާ ދިޔުމުން ޒެވިއަލް އުޅުނު ގޮތް ގޭގެ އެންމެނަށް އޮތީ ފެނިފައެވެ.

ޒެވިއަލް ޓިޝޫއަކުން މޫނު ފުހެމުން ގޮސް ދޮރުހުޅުވާލި ހިނދު ގަނޑުވިއެވެ. ދެލޯ ބޮޑުވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ނޭވާލާން ވެސް ހަނދާން ނެތުނު ފަދައެވެ. ކުރިމަތީގައި އަލާރާ ހުރިއިރު ފެންނަނީ ހުވަފެނެއް ކަމެއް ނޫނީ އަލާރާ ކަމެއް ނޭނގުނެވެ.

”ޒެވް“ ޒެވިއަލްއަށް ހަމަ ބިމަށް އާދެވުނީ އަލާރާގެ ތުރުތުރު ލެވިފައިވާ އަޑުންނެވެ. އެ މޫނަށް ކަޅި ޖަހައި ނުލާ ބަލަހައްޓާއިގެން ހުރެވުނު އިރު ޒެވިއަލްގެ ދެލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތައް އެސްފިޔަތައް ހިސޯރުކޮށްފިއެވެ. ހިތުގައި ހަލަބޮލިވަމުން ދިޔަ ޖަޒުބާތުތައް ކޮންޓްރޯލުން ނެއްޓޭ ވަރު ވަމުންދިޔައެވެ. އެ ސޫރަ ފެނި ހިތުގައިވީ ރޯ ފާރުގަނޑަށް ހީވީ ވަގުތުން ދިރުން ލިބުނުހެންނެވެ. ގަޔާލާ ބޮނޑިކޮށްލަން ބޭނުންވިއެވެ. އެހިތް ރޮއްވާފައި ދިޔުމުން ޝަކުވާކޮށް އަލުން އެނބުރި އައުމަށް އާދޭސް ކުރަން ބޭނުންވިއެވެ.

”ޒެވް.. އައި..އައި ވޮނަ ޓޯކް“ ޒެވިއަލްއަށް ވެގެން ދިޔަގޮތުން އަލާރާގެ ހިތް ރޯލިއެވެ. އެދެލޮލުގައި ބޮނޑިވެފައި އެވާ ކަރުނައިގެ އަސްލަކީ އޭނާއެވެ. ޒެވިއަލް އޭނާއަށް މާފް ކުރާނެ ބާއޭ ހީވަމުންދިޔައެވެ.

”ނުބައި ތާކަށް ތި އާދެވުނީ.. ގެޓް ލޮސްޓް“ އަލާރާވީ ފަޅި ނޫން އަނެއް ފަޅިއަށް މޫނު އަނބުރާލި އިރު އެސްފިޔަތަކަށް ކެތް ނުވެގެން ކަރުނަތައް އޮހޮރުނެވެ. ޒެވިއަލް ދިމާކޮށްލީ ދޮރުޖެހުމަށެވެ. ނަމަވެސް އަލާރާ އެއަށް ވުރެން ހުޝިޔާރެވެ. ޒެވިއަލް އެފަދަ ކަމެއް ކޮށްފާނެކަން މާ ކުރިން ވެސް ހުރީ ނިންމައިގެންނެވެ. ދޮރާއި ފާރާއި ދޭތެރެއަށް ހުޝިޔާރު ކަމާއި އެކު އަތްކޮއްޕާލިއެވެ. އެއާއި އެކު އިވުނީ އަލާރާގެ ތޫލި ހަޅޭކުގެ އަޑެވެ. ޒެވިއަލް ސިހިފައި ބަލައިލި އިރު އަލާރާގެ އަތުން ލޭ އަންނަތަން ފެނި ދުވެފައި ދެވުނު ގޮތް ވެސް ނޭގެއެވެ.

”ތަދުވޭތަ.. އަމް ސޮރީ .. އަމް ރިއަލީ ސޮރީ ..“

”ޔޫ އޯކޭ“ އަލާރާގެ އަތުގައި ހިފައިގެން ޒެވިއަލް މިސްރާބު ޖެހީ ސޯފާއަށެވެ. އެ ބީހުން އިހްސާސްވުމުން އަލާރާގެ އަތުގައި އަޅަމުން ދިޔަ ވޭން ވެސް ވައިންތަނެއް ނޭނގެއެވެ. އެ މޫނަށް ކަޅި ޖަހައި ނުލާ ބެލުނެވެ. ނަމަވެސް ޒެވިއަލް ބަލާ ވެސް ނުލިއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ އަލާރާގެ އަތަށެވެ. ފަސްޓްއެއިޑް ބޮކްސް އެއް ހިފައިގެން އައިސް އަލާރާގެ އަތުގައި ބޭސް އަޅާލަ ދޭން ފެށިއެވެ. އެ ފިރިހެންވަންތަ މޫނާއި އެންމެ ފަހަރަކުވެސް އަލާރާގެ ނަޒަރު ވަކި ކޮށްނުލައެވެ. ދެއަހަރު  ވެދިޔަ އިރުވެސް އެއްވެސް ބަދަލެއް ނާދެއެވެ.

”ވަރަށް ބޮޑަށް ސޮރީ.. ހިއެއް ނުކުރަން އަތް ފިތިދާނެކަމަކަށް.. ހޮސްޕިޓަލަށް ދާން ވީ އެންނު“އަލާރާގެ އަތުން ލޭތައް ސާފް ކޮށްލަ ދިނުމަށްފަހު ޒެވިއަލް މަލަންކޮޅެއް ޖަހައިލަދިނެވެ. އަތުގެ އެހިސާބު އެކީ ރަތްވެފައިވީތަން ފެނި ޒެވިއަލްގެ ހިތައް ތަދުވިއެވެ. އެތަކެއް ފަހަރަކު އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ.

”އިޓްސް އޯކޭ އޭ..އަމް އޯލްރައިޓް..“

”އެހެންވިއްޔާ ނައު ޔޫ ކޭން ގޯ.. ބަޓް ކަމެއް ގޯސް ވަންޏާ އަހަންނަށް ގުޅާލަ.. ސްޓިލް ސޭމް ނަމްބާރ“ ޒެވިއަލް މިސްރާބު ޖެހީ އިންތަނުން ތެދުވެ މައްޗަށް ދިޔުމަށެވެ. އަލާރާގެ ސޫރަ ފެންނަ ހިސާބުގައި މާގިނައިރުވާން ވެއްޖެ ނަމަ އޭނާގެ ބަސްނާހާ ހިތް ބޭޒާރުވެދާނެއެވެ.

”ޒެވް..ކެން ޔޫ ޕްލީޒް ލިސެން ޓް މީ އެންމެ ފަހަރަކު ވެސް.. ޔެސް އައި މޭޑް އަ މިސްޓޭކް.. އެހެންވެ މިއައީ ވާހަކަ ދައްކަން.. ކޮންމެ  މީހަކަށް ވެސް ސެކަންޑް ޗާންސް ހައްގެއް ނޫން ތަ“ އަލާރާ ހިފެހެއްޓުމުން ވެސް ޒެވިއަލް އަތް ފޮޅުވާލިއެވެ. ދެރަވީވަރުން އޭނާއަށް ރޮވުނެވެ.

”ބަޓް އައި ޑޯންޓް ގިވް ސެކަންޑް ޗާންސެސް“ ޒެވިއަލް ހިތާ ދެކޮޅަށް ރައްދު ދިނެވެ.

”ޒެވް އަހަންނަށް ކުރެވުނު ކުށަކީ ޒެވް ދޫކޯށް ދިޔުން.. އަހަރެން ވަރަށް ބޮޑަށް މެންޓަލީ ވީކް ވެފަ ހުރެ ނެގުނު ސްޓެޕް އެއް އެއީ…އައި ލަވް ޔޫ ޒެވް .. އައި ލަވް ޔޫ ސޯ މަޗް.“ އަލާރާ  ތަންކޮޅެއް ބާރަށް ބުނެވުނު ހިނދު ޒެވިއަލް ހުއްޓި ފަސް އެނބުރުނެވެ. އޭރު އެދެލޮލުގައި ވީ ހިތާމައާއި ރުޅިވެރިކަމެވެ.

”ދެން ކީއްވެހޭ މަ ލޯބިވާ ކަން އެނގިހުރެ ގޮސް ފިލީ.. އޭންން.. އަލާރާ ހީކުރީ މަ މީ އަލާރާ ބޭނުންވީމަ ބޭނުން ގޮތަކަށް ކުޅެން ހުރި ބުދެއް ކަމަށް ތަ.. އަލާރާ އެކަނި ތަ ދެރަ ވަނީ.. ނޫނީ ހިތެއް ވެސް އޮންނަނީ އަލާރާގެ އެކަނިތަ.. މިއަދު ތިހެން ލޯބިވެއޭ ބުނީމަ ހުރިހާ ކަމެއް އަނެއްކާ ވެސް އެނބުރެން ޖެހެނީ އަލާރާ ބޭނުންވާ ކޮޅަކަށްތަ.. އަމިއްލަ އެދުން ބޮޑަސް ތީ ތަންފުކެއް ބޮޑުވަރު.. ތިޙާ ލޯބި ވަންޏާ މި ކޮން ކަމެއް ދެން.. އިތުރު ފިރިހެނަކާއި ބައްދައިގެން އޮވެ އޮވެ ވަރުބަލިވީތަ.. އޭނާ މަތިން ފޫހިވީ އެހެންނު“ އެވަގުތު ވާހަކަ ދެއްކުނީ ދުވަހަކު ވެސް ޒެވިއަލް ވާހަކަ ނުދައްކާހާ ބާރަށެވެ. ވެފައިވީ ދެރައާއި އައިސް ހުރި ގަދަފަދަ ރުޅި އެކުވެގެން ދިޔަ ހިނދު އޭނާއަށް ރޮވުނެވެ.

އަލާރާގެ އަތުގެތެރެއަށް ޒެވިއަލްގެ ފޯނު ލައިދިނީ އެއްމެފަހުން އޭނާއަށް އަލާރާ ފޮނުވި ފޮޓޯއަށް ލުމަށްފަހުއެވެ. އެހިނދު އަލާރާގެ ކަރުނުތައް ވީ އިތުރެވެ. އަނގައިން އަޑުބޭރުވަމުން ދިޔައެވެ. އޭނާގެ ކުށެއް ނެތި ވެސް ޒެވިއަލްގެ ކުރިމަތީގައި މިއަދު އޭނާއަކީ ބޮޑު ކުށްވެރިއެކެވެ. އެކަން އެހެންވީވެސް އަމިއްލަ އަށް ކުރެވުނު މޮޔަކަމަކުންނެވެ. އެދުވަހު އެހެން ނުހެދުނު ނަމައޭ އެތައް ފަހަރަކު އަލާރާގެ ހިތައް އަރަމުންދިޔައެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ޒެވިއަލްގެ ފަރާތުން މާފް ލިބުން އެއީ ނުވާނެ ކަމެއް އެނގި މޭޒުމައްޗަށް ފޯނު ދޫކޮށްލުމަށްފަހު އަލާރާ ބޭރަށް ނުކުތެވެ.

”އަލާ އާދޭ .. އެހާ އަވަހަށް ގިވްއަޕް ނުކުރޭ..މި ކުށްހީ ޒެވިއަލްއަށް ކްލިއާރ ކޮށްދީ…“ ދޮރާއި ހަމައިން އަލާރާ ހުއްޓުވީ އަދުހަމްއެވެ.

”ނޫނޭ ޒެވް އިނީ އިތުރު ފުރުސަތެއް ދޭ ގޮތަކަށް ނޫން..އަމް ވެއިޓިންގ ކާރުގަ“ އަދުހަމްގެ އަތް ފޮޅުވާލާފައި އަލާރާ ދުވެފައި ގޮސް އެރީ ކާރަށެވެ. ދެރަވެފައި އެންމެންނަށް ވެސް އެދިމާ ބަލައިލެވުނެވެ.

”ލެޓްސް ގޯ“ އަދުހަމްގެ މޫނަށް ބަލައިލަމުން ހަޔާ ބުނެލިއެވެ. އޭނާ ބޯޖަހައިލުމަށްފަހު އެތެރެއަށް ވަނެވެ. ދެމީހުންގެ ފަހަތުން ސޯފިއާއާއި ޝުހާދު ވެސް ވަނެވެ. އޭރު ޒެވިއަލް އިނީސޯފާގައެވެ. އެމީހުން ފެނުމާއި އެކު އޭނާ ކޮޅަށް ތެދުވިއެވެ.

އަދުހަމް ފެނުމުން ޒެވިއަލްގެ ލޭ ކެކިގަތެވެ. އަލާރާއާއި އެކު ހުރީ އެޒުވާނާކަން ޒެވިއަލްއަށް އެނގުނެވެ.

”ބްރޯ ކާމްޑައުން.. މަށާ އަލާގެ ނެތް ތިހީކުރާ ވަރުގެ ނުބައި ގުޅުމެއް… އަހަރެމެން މީ ކްލާސް މޭޓްސް.. މިހިރީ މަގޭ އަންހެނުން.. ހަޔާ.. އަހަރެމެން ދެމީހުން މެރީކޮށްގެން ބޭބީ އެއްވެސް ހުންނާނެ އަލާ މި ފޮޓޯ ފޮނުވި ދުވަހު ވެސް“ ޒެވިއަލްއަށް ވީ ގޮތުން އަވަހަށް އަދުހަމް ބުނެލިއެވެ. އެހިނދު ޒެވިއަލްގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ހަޔާގެ މޫނަށް ބަލައިލެވުނެވެ. ހަޔާވެސް ބޯ ޖަހައިލަމުން ދިއްކޮށްލީ ބޮޑު ކޮތަޅެކެވެ.

”އިނގޭތަ މީ ކޯއްޗެއްކަން..ހުސް ބޭސް.. އަލާރާ މުހައްމަދު އަޒީޒް ކައިފަ ހުރިހާ ބޭސް.. ކެން ޔޫ އިމޭޖިން ހާރ ޕެއިން.. މި ދޮރު ކައިރީގަ އަހަރެމެން މިތިބީ .. ދެމީހުން ދެއްކި ހުރިހާ ވާހަކައެއް އިވުން.. އެނގެއެންނު އަލާ ގޯ ތްރޫ ކުރި ކަންތައް.. އޮފްކޯޒް އެކަމާއި ދެރަވެ އޭނާގެ ސަބަބުން އެންމެންގެ ލައިފް ވެސް ވޯރސް ވާ ކަމަށް ހީކުރެވި އެކުއްޖާ ފަކީރު ދިޔައީ އެންމެންނާވެސް ދުރަށް.. އަހަރެމެން ނަމަވެސް ވާނީ އެހެން…ޒެވިއަލްގެ މައިންބަފައިން ނިޔާވީ އަލާގެ ބައްޕަގެ ދުޝްމަނުންގެ އަތްދަށުން..ދެން ބުނެބަލަ އެކުއްޖާއަށް ވާނެ ގޮތް.. އެހާ ބޮޑަށް ޑައުންވެފަ ހުއްޓަ އަހަރެމެންނާއި ދިމާވީ“ ހަޔާ ކިޔައިދިނީ އެއާރޕޯޓް ތެރެއިން އަލާރާ ފެނުނު ގޮތެވެ. އެމީހުންނާއި އެކު އަލާރާ އުޅުނުހާލެވެ. ހަޔާގެ އެތައް މަސަކަތަކުން އެތައް ބޭހަކުން އަލާރާ އާންމު ހާލަތައް އެޅުނު ގޮތެވެ. އަލާރާ އެތަނުގައި އުޅުނީ އެއްވެސް ވަރަކަށް އުފަލުން ނޫން ކަމަށް ބުނެދިނެވެ.

”ކުރީކޮޅު ބައެއް ދުވަސް ދުވަހު އަދުހަމް އާއި ހަޔާ އެބަތިބޭ ވަޒީފާއަށް ނުދެވިފަ.. މާ ބޮޑަށް ދެރަވެގެން ރޮވޭތީ ދާން ނުކެރިފަ.. އަހަންނަށް އެނގޭ މިހުރިހާ ދުވަހު ވެސް އަލާ ހުރީ އެތާ ކަން.. ހުރިހާ ވާހަކައެއް ހަޔާގެ ދުލުން ވެސް އަލާގެ ދުލުން ވެސް އިވިފަ ހުރީ.. އެކަމަކު އަލާ ބުނީތީވެ ނުބުނެ ހުރީ.. ހަމަ ހަގީގަތް އެކިޔާދިނީ.. ޒެވް.. އަލާ އެއީ ތިހީކުރާ ކަހަލަ ގޯސް ކުއްޖެއް ނޫން.. ދުވަހަކުވެސް ޝަވަންއާއި ހެދި ނޫޅޭ ވަރަށް ޒެވްއާއި ހެދި އެއުޅެނީ“ ޒެވިއަލްގެ ކޮނޑުގައި އަތް ޖައްސާލަމުން ސޯފިއާ ބުނެލިއެވެ. ޒެވިއަލްއަށް ބަހެއް ނުބުނެވުނެވެ. ސޯފާގެ ތެރެއަށް ޖެހިގަނެވުނެވެ.

”އަހަންނަށް ވެސް އެނގޭ އަލާއަށް ހާޓް ވާނެ ވަރު ހަގީގަތް އެނގުނީމަ.. އެކަމަކު އެހެން ފިރިހެނަކާއި އެކު އެހެން ފެނުނީމަ ކެތް ނުވީ.. އެ ސިޓީއަށް ފަހު އެގޮތައް ހެދީމަ ކިހިނެތް ވާނީ..އެކަމަކު އައި ޑިޑިންޓް ނޯ ޝީ ހޭޑް ގޯން ތްރޫ ދީސް އޯލް.. އާހްހް… އަލުން ކައިރިއަށް އައީމަ ވެސް އިތުރަށް ދެރަ މިކުރެވުނީ“ ދެލޯ މަރާލެވުނު ޒެވިއަލްއަށް ސިފަވީ ރޮމުން ރޮމުން އަލާރާ ނުކުމަތް ގޮތެވެ. އިންތަނުން ތެދުވީ އަލާރާގެ ގާތައް ދިޔުމަށެވެ.  ނަމަވެސް ޝުހާދު ޒެވިއަލްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

”ވެއިޓް.. އަމް ޝުއާ ޝީ ވިލް ފޮގިވް ޔޫ.. މިތަނަށް އަހަރެމެން އައި ކަންތައް ވެއްޖެ.. އެއީ ޒެވްއަށް ހަގީގަތް އެންގުން.. އަލާގެ ފަހަތުން މިހާރު ދެން ގޮސްފިނަމަ ކޯޓަކަށް ވެސް ޒެވްއަކަށް ނުދެވޭނެ.. އައި ހޭވް އޭން އައިޑިއާ“ ޝުހާދުގެ ޖުމްލައިން ޒެވިއަލް ބުމަ ހިއްލާލިއެވެ. ޝުޙާދުގެ ހިޔާލު ހުށައަޅާލުމުން ޒެވިއަލްއަށް ވެސް އެހެން މީޙުންނަށް ވެސް  އެހިޔާލް ކަމުދިޔައެވެ. އެގޮތާއި ރުހިގެން އެމީހުން ނުކުތީ ސޯފިއާގެ ފޯނަށް އަލާރާ ގުޅަން ފެށުމުންނެވެ.

ކާރުގައި ގެއާއި ހަމައަށް ދެވުނު އިރު ދޮރާށި ކައިރީގައި ހުރި ދިނާޔާއާއި އަޒީޒް އަދި ހަމްދީ ފެނުމުން އަލާރާގެ ހިތް ތެޅިލިއެވެ. ހާސްވި ވަރުން ސޯފިއާގެ މޫނަށް އަލާރާއަށް ބަލައިލެވުނެވެ. ސޯފިއާ ހީލިއެވެ.

“ސަޕްރާއީޒް ބޭބީ.. އައި މޭޑް އިޓް އީޒީ ފޯރ ޔާ“ އެއް ލޯ މަރާލަމުން ސޯފިއާ ކާރުން ފޭބީ ހައިރާންކަމެއްގެ ތެރެއަށް އޭނާ ދޫކޮށްލާފައެވެ. ޝުހާދު ވެސް ހިނިއައިސްފައި އިނދެ ކާރުން ފޭބުމަށް ބުނެލިއެވެ.

”ދަރިފުޅާ..މަންމަގެ ދަރިފުޅާ“ އަލާރާ ކާރުން ފައިބައިގެން އައި ހިނދު ދިނާޔާ  ގޮސް އަލާރާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. އޭނާގެ ފަހަތުން އަޒީޒްވެސް ގޮސް ދެމައިންގެ ގައިގާ ބައްދާލިއެވެ.

ލޯބިވާ މަންމައާއި ބައްޕަގެ އަޅާލުން ދެއަހަރަށް ފަހު އިޙްސާސް ކުރެވުމުން އަލާރާގެ ހިތައް ނުހަނު ފުން އަސަރުތަކެއް ކުރުވިއެވެ. މަންމަގެ ހިމާޔަތް ލިބުމުން ޒެވިއަލްގެ ސަބަބުން ވެފައިވީ ދެރައާއި އެކު ނުހަނު ބޮޑަށް އަލާރާއަށް ރޮވުނެވެ.

”ދަރިފުޅާ އެއާރޕޯޓަށް ދަރިފުޅު ބަލާ ދިޔުމުގެ ކުރިން ސޯފީ ކިޔައިދިން ހުރިހާ ވާހަކައެއް.. ދެން ދުވަހަކު ވެސް އެއްވެސް ތާކަށް ނުވާނެ ގޮސްގެން.. މަންމައާއި ބައްޕަ އާއި ދޮންބެ މިހުރީ އަބަދުވެސް ދަރިފުޅާއިއެކު.. ވެދިޔަ ކަންތަކުގަ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް.. އެހެރީ ދަރިފުޅުގެ ބޭބެ“ އަލާރާގެ ނިތުގައި ބޮސްދެމުން އަޒީޒް ނުހަނު ލޯބިން ވާހަކަދެއްކިއެވެ. އަޒީޒް ދައްކާލީ ހަމްދީއެވެ. ދެލޯ ފުހެލަމުން ހަމްދީއާއި އަލާރާ ކުރިމަތިލިއެވެ.

”ބޭބެއަށް މާފް ކުރާނަންތަ އަލާ“ އަލާރާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ހަމްދީ ބުނެލިއެވެ. އޭނާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ.

އަނެއްކާވެސް ރޮވިދާނެތީ އަނގަ ނުހުޅުވަން ހަމްދީގެ ގައިގާ ކުޑަކޮން ބައްދާލަމުން އަލާރާ ބޯޖަހައިލިއެވެ. އެތައް ދުވަހެއް ވަންދެން ކުރި ހިތާމަ މިއަދު ނިމުމަކަށް އައިއިރު ދިނާޔާއާއި އާއި އަޒީޒްގެ ދެލޮލުގައިވެސް އުފާވެރިކަމުގެ ކަރުނައެވެ.

***

”ކުރެވިގެންދިޔަ ހުރިހާ ކުށަކަށް ހުކުމް އިއްވުމުގެ ކުރިން ނަސްރާ އެއްޗެއް ބުނަން ވެފަ އެބަ އިންތޯ“ ގާޒީ ސުވާލު ކުރީ ނަސްރާއާއެވެ. ނަސްރާ ދެފަރާތައް ބޯހޫރުވާލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ވެސް ނެތެވެ. ދެއަހަރަށް ފަހު އޭނާ އެންމެފަހުން ހަތިޔާރު ބަހައްޓާން ޖެހުނެވެ. ދާދި ދެންމެއަކު އެޅުވުނު އޯޑިއޯ އަކީ އޭނާ އާއި އީވާ އަދި އަލާރާގެ މެދުގައި ދެކެވުނު ވާހަކައެކެވެ. އެ އަޑުތައް އެދުވަހު އަލާރާ ރިކޯޑް ކުރިކަން ނަސްރާއަށް އެނގުނީ މިއަދުއެވެ.

”މައްސަލައެއްނެތް“ ގާޒީވެސް ބޯޖަހައިލިއެވެ. އެއަށްފަހު ކުށްވެރިންނަށް ހުކުމް ކުރެވިގެން ދިޔައެވެ. ނަސްރާގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ތުހުމަތާއި ބިރުދެއްކުމާއި ހިއުމަންޓްރެފިކިން، އަދި ރިޝްވަތުދިނުން ފަދަ އެތައް ކުށެއް ސާބިތުވެ މަރުގެ ހުކުމް އިއްވުނެވެ. އަދި ޝަވަންއާއި އީވާއާއި ޔޫޝަމް އަށް އެމީޙުން ކުރި ހުކުމްތަކަށް އުމުރުދުވަހުގެ ޖަލުހުކުމެއްއައެވެ. ނަސްރާގެ ކުށްތަކުގައި އެހީވި ލަތީފްއަށް ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އައި އިރު އެކަމުކުގައި އެމީހުންނަށް އެކި ގޮތްގޮތުން އެހީވި އެންމެންނަށް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެވި ޖަލު ހުކުމްތައް އިއްވިގެން ދިޔައެވެ.

”އަލްހަމްދުލިއްލާހް.. “ ޒެވިއަލްއަށް ދޫ ކޮށްލެވުނީ ފުންނޭވާއެކެވެ. ހަތްއަހަރަށް ފަހު އޭނާގެ ހިތައް ހަމަޖެހުމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އިހްސާސްވިއެވެ. ފަހަރަކާއި މީހެއް ނުކުންނަމުން ގޮސް މައިދާނުގައި ޒެވިއަލް އެކަނި ވިއެވެ. ”އާހް މަންމައާއި ބައްޕައަށް އެންމެފަހުން އިންސާފް ލިބިއްޖެ .. އެކަން ކުރި މީހުންނާއި އެކަމުގަ ބައިވެރިވި އެންމެންނަށް އެތިބީ ހައްގު ޝަޒާ ލިބިފަ.. ހަޔާތުގަ އެންމެ އުފާވި ދުވަސް“ ފޯނުގައި ޝާލިއާއި ޒާފިރްގެ ފޮޓޯއަށް ބަލަހައްޓާއިގެން އިން އިރު  އުފާވެރިކަމުގެ ކަރުނު އެދެލޯ ވަނީ  ބަރާވެފައެވެ. ތަން ސާފް ކުރަން ވަން މީހުން ފެނި ދެލޯ ފުހެލަމުން ޒެވިއަލް ބޭރަށް ނުކުތެވެ. ދޮރާއި ތަންކޮޅެއް ދުރުގައި ހުރި އަރްކާން ފެނި އޭނާ މިސްރާބު ޖެހީ އެދިމާލަށެވެ.

”މިކަން ވެސް މި ނިމިގެން މިދިޔައީ.. އަލްހަމްދުލިއްލާހް“ ޒެވިއަލްގެ ކޮނޑަށް އަތް ވައްޓާލަމުން އަރްކާން ހޯދައިލީ ކޯޓުން ނެރެގެން ފުލުހުންގެ ޖިޕްތަކަށް އަރުވަމުން ދިޔަ މީހުންގެ ތެރެއިން އީވާއެވެ. ނަސްރާގެ ފަހަތުން ގެންދިޔަ އީވާ ފެނި އަރްކާންއަށް ބަލައިލެވުނެވެ. އީވާއަށް ވެސް އަރްކާން ފެނިގެން ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަރްކާން ވެސް ހިތި ހިނިތުންވުމެއް ރައްދު ކުރިއިރު އީވާ އެރި ޖިޕް އޭނާގެ ލޯ މަތިން ގެއްލިއްޖެއެވެ.

”ލެޓްސް ގޯ ބްރޯ“ އަރްކާންއަށް ވީ ގޮތުން ޒެވިއަލް ބެލީ އެތަނުން އަވަހަށް ދިޔުމަށެވެ.  ދެމީހުން އެކުގައި ގޮސް ކާރަށް އަރައިގެން ދިޔައެވެ.

***

(އެއް މަސް ފަސް)

”އަޅޭ ބޭބީ.. ދޮންތި އޭ މީ ..ދެން ގޮވާލަބަ ތިހެން ނުހަދާ..“ ލިއާނާގެ ބަނޑުގައި ކަންފަތް ޖަހައިގެން  އިނދެ އަލާރާ ގޮވަމުން ދިޔަގޮތުން ލިއާނާއަށް ވެސް ދިޔައީ ހެވެމުންނެވެ. ދޭތެރެއަކުން ބަނޑުގައި ޝަހާދަތް އިނގިލިން ކޮއްޓާލާފައި ބޭބީއަށް ތަދުވާނެހޭ ވެސް އަހާލައެވެ.

”ހާންން ދޫންޏާ.. ބޭބީ މިހާރު ބުނާނެ ކޮންކަހަލަ ދޮންތިއެއް ހޭ މިހާރު ވެސް އެތޮޅެނީއޭ“ އަރްކާންއަށް އަލާރާގެ އަޑު އިވިގެން ކޮޓަރިއަށް ވަންނަމުން ހޭންފެށިއެވެ. އެއަޑަށް އެނދުމަތިން ބާލީހެއް ނަގާ އަރްކާންއާއި ދިމާލަށް އެއްލަމުން އަލާރާ ދެލޯ އަޅާލިއެވެ.

”ދޮންބެ ކީއްކުރަންތަ ތިއައީ.. ވީ ގާލްސް އާރ ޖަސްޓް ޗިލިންގ އޭ..  ހަމަ އައިސް ޑިސްޓާބް ކޮށްލީ އެންނު..ދޯ ލިއާ“ އަލާރާ ތުންދަމާލިއެވެ. ލިއާނާ ވެސް އަލާރާއާއި އެއްބައިވެލަމުން އާއެކޭ ބުނެލިއެވެ.

”އޯކޭ އޯކޭ..ދެމީހުން މިއަޅާއާއި ދެކޮޅަށް ހަނގުރާމައަށް ނުނިކުތަސް ގޮސްފާނަމޭ.. ވައިފީ މިދަނީ އެކޮޅަށް ދާން އެނގޭ“ އަލާރާ ތުން އަނބުރާލިހެން ތުން އަނބުރާލަމުން އަރްކާން އައިސް ހުއްޓުނީ ލިއާނާގެ ގާތުގައެވެ. އަލާރާ ހުއްޓައި ލިއާނާގެ ކޮލުގައި ބޮސްދީފައި އަރްކާން ދިޔުމުން ލިއާނާ އިނީ ލަދުގަންނަ ގޮތްވެފައެވެ.

”ހޮއެ ހޮއޭ.. ހާދަހާ ވާ ރޮމޭންޓިކްއޭ ދޯ ދެކުދިން“ އަލާރާ ހިނިގަނޑެއް ޖަހާލާފައި ބެލީ ލިއާނާއާއި ދިމާކޮށްލެވޭ ތޯއެވެ.

”ދެން ދޮންތި ވެސް ދޯ..“ ލިއާނާ ވެސް ލަދުރަކި ގޮތަކަށް ހީލިއެވެ.

”ކޮބާ އަލާ.. މީނީ ދޯ..ދެން ދޭބަލަ ތައްޔާރުވާން ދޮންބެ އާއި ކަޔާންއާއި ޝުހާދު ވެއްޖެ ތަންކޮޅެއް ކުރިން ދާންވެގެން ނުކުމެފަ“ އަލާރާ ހޯދަން އައި ދިނާޔާއަށް އޭނާ އިންގޮތް ފެނި ބުނެވުނެވެ. އާއިލާ އެންމެން، ދުވަހުގެ ހަވީރު އޮންނަ ހާއްސަ ސައިފޮދަކަށް އަޒީޒްގެ ރިޒޯޓަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަލާރާ އިނީ އެކަން ހަނދާނުން ކައްސާލާފައެވެ. ދިނާޔާ އެހެން ބުނުމާއި އެކު މިދަނީ އޭ ބުނެ ނުކުތީ ތައްޔާރު ވެލުމަށެވެ.

”އަދިވެސް ރެއަކާއި ނުލާ ދޯ ވާން އުޅޭ ގޮތެއް“ އަލާރާ ނުކުމަތް ހިނދު ދިނާޔާ ނުހަނު ސިއްރުން ލިއާނާގެ ކަންފަތް ދަށުގައި ބުނެލިއެވެ.

”ލައްބަ.. ދެންމެވެސް ދޮންބެ އޭ ކިޔަ ކިޔާފަ ވަރަށް ރުއި …ވަރަށް ފަހުން ހުއްޓާލީ .. ވަރަށް ހާޓް ވެފަ އެހުންނަނީ އަސްލު.. ޝުހާދުގެ ޕްލެއިން ވޯކް ކުރޭތޯ ހާދަ އެބަ ދުއާ ކުރެވޭ އެބަ..“ ލިއާނާވެސް މޭގައި އަތް ޖައްސާލައިގެން އިނދެ ބުންޏެވެ.

”ވާނެ އިރާދުކުރެއްވިއްޔާ.. ޒެވްއަށް ބިޒްނެސް މީޓިންއަކަށް ރާއްޖެއިން ބޭރަށް ދާން ނުޖެހުން ނަމަ މިހާރު މިއަށް ވުރެން އަވަހަށް ވެސް މިކަން ވީސް..އަލާ ދެރަ ވެފަ ހުންނާތީ މަންމަ އަވަހަށް އޮފީހަށް ވެސް ފޮނުވަން ފެށީ..ހަޔާއާއި އަދުހަމްއަށްވެސް އިންވައިޓް ކުރިން މަންމަ.. އެކަމަކު ވަރަށް ދެރަ އެދެ ކުދިން ވެސް އާއިލާއާއި އެކު ވިލިނގިލިއަށް ޕިކްނިކް ގޮސް“

“ ހިނގާ އަހަރެމެން ވެސް އަވަހަށް ތައްޔާރުވާން.. މަންމަ މިއައީ ދަރިފުޅަށް ހެލްޕްވާންވެގެން.. ފަހުން ހޮޑް ލެވުންތަ “ ލިއާނާގެ އަތުގައި ހިފާ ނަގަމުން ދިނާޔާ ވަރަށް ލޯބިން އަހާލިއެވެ.

”ނޫން.. މިހާރު ތްރީ މަންތްސް ވީމަ ތަންކޮޅެއް މަދުވާން ފަށައިފި އެބައި.. ހެނދުނު ލެވުން ގޮތައް އަދި ނުލެވޭ“  ލިއާނާ ވެސް ބެލީ ގަޑީގެ ކުރިން ތައްޔާރު ވެވޭތޯއެވެ.

***

ލޯންޗްތަކަށް ރިޒޯޓްގެ ބަދަރުން އެތެރެވެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ފަހަރަކު ލޯންޗަކުން މީހުން ފައިބަމުން އައިސް އެންމެންނަށް ފޭބުނު އިރު ބަގީތައް ވެސް ތިބީ ޖައްސާފައެވެ. ފަހަރަކު އެއްޗަކުން މީހުން އަރަމުން ގޮސް އަލާރާއާއި ލިއާނާއާއި ދިނާޔާ އެރީ އެންމެ ފަހަށް އޮތް ބަގީއަށެވެ. ބަގީ ދުއްވަމުން ދިޔައިރު ބޭރުގެ މަންޒަރުތަކަށް އަލާރާ ގެއްލުނެވެ.

ދެއަހަރު ކުރިން އެ ރިޒޯޓުގައި ހިނގާދިޔާ ކަންތައް ހަނދާންވެ ހިތި ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. އަލާރާ ފުންނޭވާއެއްލާފައި ތެދުވެލީ މަންޒިލަށް އާދެވިއްޖެކަން ޑްރައިވަރު އަންގާލުމުންނެވެ.

“ލިއާ އޯކޭތަ“ ލިއާނާ އަނގަމަތީގައި އަތްއަޅައިގެން ހުރިތަންފެނި އަލާރާ އަހައިލިއެވެ.

”ޔާހް އޯކޭ.. ކުޑަކޮން ތެޅުވީމަ އެނބުރުން އަރާފަ ހުންނަނީ.. އިރުކޮޅެއްފަހުން އޯކޭ ވާނެ “ ދިނާޔާ ދިއްކޮށްލި ކަރަންފުލެއް ލިއާނާ އަނގަޔަށް ލިއެވެ.

”މައި ކުޑުކުޑު ކީވް ކޮޅު“ ރައިހާ އާއި ކަޔާންގެ ދަރިފުޅު ކީވާ ގޮވައިގެން ރައިޙާ އައުމުން އަލާރާ އުރާލިއެވެ.  މަހެއް ވެގެން ދިޔައިރު ކީވާ އިންނަނީ ނުހަނު ލޯބިގޮތަކަށެވެ.

“މި ހަމަ ރައީ ގެ ތުންބުރި“ ދިނާޔާ، ކީވާ އުރާލައިގެން ހިނގައިގަންނަމުން ތުއްތު ބަހުރުވައިން ކީވާއާއި ވާހަކަ ދައްކަން ފެށިއެވެ.

ކެއުން އޮތީ އާއިލާއަށް އަށް ހާއްސަކުރެވިފައިވާ ރެސްޓޯރެންޓްގައެވެ. އެތަނުގައި ތިބޭއިރު ހާމައަށް އޮތް މޫދާއި ސާފް ގޮނޑުދޮށް ނުހަނު ފުރިހަމައަށް ފެނެއެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތު ކުދި ދޫނިތައް ވެސް އުދުހެމުން ދިޔައެވެ. މޫސުން ރީތި ދުވަހެއް ކަމުން ކަނޑުވެސް ނުހަނު މަޑެވެ.

”ހާދަ މީރޭ ހުރިހާ އެއްޗެއް ވެސް“ ކެއުމަށް އިންސާފް ކުރަމުން ދިޔަ ވަގުތު ރަމްލާ އެތަނުގެ ކާއެއްޗިސް ތައުރީފް ކޮށްލިއެވެ. އެހެންމީހުންވެސް އެކަމާއި އެއްބައިވިއެވެ.

”ކޮބާތަ ދޮންބެ މެން“ އައީންސުރެން އަރްކާންމެން ނުފެންނާތީ އަލާރާ ސުވާލް ކޮށްލީ އެވަގުތުއެވެ. ސިއްރުން އެކަކު އަނެއްކަކު މޫނަށް އެހެން ބަލައިލުމުން އަލާރާއަށް ބުމަ އަރުވާލެވުނެވެ. އަރްކާން މެން ވެސް މިހާރު އެބަ އަންނަކަމަށް ލިއާނާ ބުނެލުމުން އަލާރާ އެހެންހޭ ބުނެލިއެވެ.

އެހެންމީހުން ދައްކަމުން ދިޔަ ވާހަކައަށް އާން ހޫން ކިޔާލަ ކިޔާލަ އިނެއްކަމަކު އަލާރާގެ ސިކުނޑީގައި މުޅިންހެން ވަނީ ޒެވިއަލްގެ ނަމެވެ. އޭނާ އަޑުއަހާފައިވާ ގޮތުން މަސައްކަތުގެ ބަހަނާގައި ރިޒޯޓަށް ވެސް ނައެވެ. އަލާރާ ނިންމައިގެން ހުރީ އޭނާ އަންނާތީ އެހެންވެ ޒެވިއަލް ނައީ ކަމުގައެވެ. އެކަމާއި ހިތުގަ ޖެހިފައި އިންދާ ސޯފިއާ އައިސް އަލާރާ އިންތަނުން ނެގިއެވެ.

”ހިނގާބަ ބީޗް ބަލައިލަން ބެސްޓީ“ އަލާރާގެ އަތުގައި ހިފައިގެން އަތިރިމައްޗަށް ނުކުމެވޭހެން އިން ކަހާލާ ދޮރުފަތް ހުޅުވާލުމަށްފަހު ސޯފިއާ ނުކުމަތެވެ.

”ސޯފީ ހާދަ ވަރަކަށްށޭ ތިޔަ ފޯނަށް ބަލަނީ.. މަ ގޮވައިގެން އައިސް ވެސް ޝުހާދުއަށް މެސެޖް ކުރުމުގަ.. “ ތުންދަމައިލާގެން ހުރެ އަލާރާ ޝަކުވާ ކޮށްލިއެވެ.

”ދެން ނޫނޭ ޑާލް.. އޭ އެބަ އަންނަން ދެމީހުންނަށް ޑްރިންކް އެއް ހިފައިގެން..ދޭބަ އެކޮޅަށް ހިނގާލަން .. މި އަންނަނީ އިނގޭ.. މިކޮޅު ބަންދު ކޮށްފަ އޮތީ“ އަލާރާއަށް އެއްޗެއް ނުބުނެވެނީސް ސޯފިއާ ދުވެލާފައި ގޮސް އެތެރެއަށް ވަނެވެ. ދެކޮނޑު އަރުވާލައިގެން ހުރެ ސޯފިއާ ބުނި ދިމާލަށް އަލާރާ ހިނގާލަން ހިތުލައިގެން ދިޔައެވެ. އަތައް ފައިވާން ލައިގެން ލާފާއިވި ދިގު މެކްސީގެ ފަސްބައި އަނެއް އަތުން ހިފައިގެން ރާޅުފެން ދަށުގައި ހިނގާލިއެވެ.
ޢިރު އޮއްސެމުން ދިޔަ ވަގުތުކަމުން ގުދުރަތުގެ ހިތްގައިމުކަން ފެންނަމުންދިޔައެވެ. އުޑުމަތި ވަނީ ރަންކުލައާއި ދިލުދިލު ރަތްކުލައިގެ ފޭރާމަކުން ޒީނަތްތެރިވެފައެވެ. އިރުގެ ފަހު ދޯދިތައް، މަޑުމަޑުން ކަނޑުގެ އޮފުނަށް ފައިބަމުންދާއިރު، ކަނޑުގެ ސަތަޙަ ވަނީ ރަނުގެ އެކި ކުލަތަކުން ދިއްލާލާފައެވެ. ދޮންވެލިގަނޑުގެ މަތީގައި، އިރުގެ ހޫނުކަން އަދިވެސް ހުރިއިރު، އެތަނަށް ފައިތިލަ އެޅުމުން ލިބިގެންދަނީ ވަރަށްވެސް ހިތްފަސޭހަ އިޙުސާސެކެވެ.
މަޑުމަޑުން ގޮނޑުދޮށަށް ބީއްސަމުން ދިޔަ ކުދި ރާޅުތަކުގެ އަޑަކީ ކަންފަތަށް އިވިގެންދާ ހަމަޖެހުމުގެ ލަވައެކެވެ. އެއަޑާއެކު ދެމިލާ ތުނިހީނި ރޯޅި، ހަށިގަނޑުގައި ބީހިލާއިރު، ދުވާލުގެ ވަރުބަލިކަން ފިލައި، ހިތަށް ސުކޫނެއް ގެނެސްދެއެވެ. އެވަގުތު މުޅި މާހައުލު ވަނީ އަމާންކަމާއި ރީތިކަމުގެ ތެރޭގައި ޣަރަޤުވެފައެވެ. ހުރިހާ ދިމާލަކުން ފެންނަނީ ގުދުރަތުގެ ފުރިހަމަ ފަންނެވެ.

”ވޯޙްހް“ ފޯނު ނެގުމަށްފަހު ކެމެރާގައި އެ މަންޒަރުތައް ރައްކާކޮށްލިއިރު އޭނާގެ ތުންފަތް މަތީގައިވީ އުފާވެރިކަމުން ފުރިގެންގާ ފަދަ މައުސޫމް ހިނިތުންވުމެކެވެ. އޭނާގެ ފަންފަން އިސްތަށިގަނޑު ވަޔާއި އެކު ވިހުރެމުން ދިޔައިރު، ރަންކުލަ އިން ދިއްލެމުން ދިޔަ ގޮތް ވެސް ނުހަނު ޗާލެވެ. ހިތުގައިވާ ހިތާމައަށް އެހުރިހާ ގުދުރަތީ ރީތި މަންޒަރަކުން ފަރުވާ ލިބުނު ފަދައެވެ.

”ގޯރޖަސް“ ހިޔާލީ ދުނިޔެއަށް ގެލިފައި ހުއްޓާ އަލާރާއަށް ސިހުމެއް ލިބުނީ އޭނާގެ ފަހަތުން ޒެވިއަލްގެ އަޑު އިވުނުހެން ހީވެފައެވެ. ކުއްލިއަކަށް ފަހަތައް އެނބުރުނު އިރު އެހުރީ ޒެވިއަލްއެވެ. އޭނާ އެސްފިޔަ ތަޅުވާލީ ޔަގީން ނުވާ ފަދައަކުންނެވެ. އަލާރާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ޒެވިއަލްގެ ދިގު އިސްތަށިގަނޑު ކޮނޑާއި ހަމައަށް ކޮށާލެވިފައި ވީތަން ފެނިއެވެ. ކަޅު ޖީންސްއާއި އަތްދިގު ކަޅު ގަމީހުގައި ޒެވިއަލް ވަރަށް ހިތްގައިމެވެ.

”އިޓްސް މީ“ ދެވަނަ ފަހަރަށް ޒެވިއަލް ވާހަކަ ދެއްކިއެވެ. ޒެވިއަލް ބަލަހައްޓައިގެން ހުރި ގޮތުން ހީވީ އޭނާގެ މުޅި ހަށިގަނޑު އެކްސްރޭ ކޮށްލިހެންނެވެ. އެދެލޮލަށް ބަލަން ކެތްނުވެގެން އަލާރާ އިސްޖަހައިލިއެވެ. އަލާރާއަށް ހީވަމުންދިޔައީ އެއީ ޒެވިއަލް އޭނާއަށް ކޮށްލާ ސަމާސާއެއް ކަމުގައެވެ. އަލާރާ ދިމާ ކޮށްލީ އެތަނުން ދުރަށް ދިޔުމަށެވެ. އެވަގުތު އޭނާއަށް އައިސްފައި ހުރި ހިސާބު ރެއަކާއި ލިއެވެ. އިރުއޮއްސޭ މަންޒަރަށް ގެއްލި ހުރެގެން އޭނާއަށް ވަނީ ނުހަނު ދުރަށް އާދެވިފައެވެ. އެތަނުން ދިނާޔާމެން ތިބި ހިސާބަށް ދާކަށް ވެސް ނޭނގުނެވެ.

”އާރ ޔޫ ލޮސްޓް ބޭބީ ގާލް“ އަލާރާގެ ފަހަތުން ޒެވިއަލް އައިސް ހުއްޓިލީ ޖެހޭ ނުޖެހޭ ކައިރީގައެވެ. އެ ޖުމްލައިން އޭނަ ލަދުގަންނަ ގޮތްވިއެވެ. އަލާރާގެ ހިތް ތެޅެމުން ދިޔައީ އާދަޔާއި ހިލާފު ބާރުމިނެއްގައެވެ. ޒެވިއަލްގެ އާދަތައް އެހުރިގޮތުން ނަގަންވީ ކޮން މާނައެއް ކަން އޮޅުނެވެ. އެހެން ހުރެފައި އަލާރާ ޒެވިއަލްއާއި ކުރިމަތިލިއެވެ. އެހިނދު އެހިމަ އުނގަނޑުގައި ޒެވިއަލް އަތް އަޅުވާލިއެވެ. އެހިނދު އެދެލޮލާއި އަލާރާގެ ދެލޯ ގުޅިގެންދިޔައެވެ. އެ ނަޒަރުން ކެތް ނުވެގެން އެންމެފަހުން އަލާރާ އިސްޖަހައިލިއެވެ.

”ކެން އައި ހޯލްޑް ޔޫ“ ޒެވިއަލް ހުއްދައަށް އެދުނެވެ. އަލާރާ ދެފަރާތައް ބޯހޫރުވާލީ ނޫނެކޭ ބުނާފަދައިންނެވެ.

”ވާހަކައެއް ނުދައްކާނަން ތަ…“ ޒެވިއަލް އަނެއްކާވެސް އަހައިލިއެވެ. އަލާރާ ހީވީ ވާހަކަ ނުދައްކަން ހުވާ ކޮށްގެން ހުރިހެންނެވެ.

”އޯކޭ ބަޓް އައިހޭވް ޓް “ އަލާރާ ނުވެސް ވިސްނާ ހުއްޓާ ޒެވިއަލް އޭނާ ނަގާ ކޮނޑު މައްޗަށް ލިއެވެ. އަލާރާގެ ދެލޯ ބޮޑުވިއެވެ. އަނގައިން ނުބުނެ ޒެވިއަލްގެ ބުރަކަށީގައި ދެތިންފަހަރު ޖަހައިލިއެވެ. ޒެވިއަލް އަޅާވެސް ނުލާ އަލާރާ ގޮވައިގެން ގޮސް ވަނީ އެދިމާ ތަންކޮޅެއް ބިއްދޮށުން ވަދެވެން ހުރި ޕްރައިވެޓް ވިލާއަކަށެވެ. އެތަނުގެ ދެވަނަ ފަންގިފިލާއަށް އެރެން ހުރި ސިޑި ކަޑައްތުކޮށްފައި އަލާރާ ގޮވައިގެން ޒެވިއަލް އެރީ ކުޑަ ޓެރެސްކޮޅަށެވެ. އެހިސާބުން  އަލާރާ ކޮނޑުމަތިން ބޭލުވިއެވެ.

ވަށައިގެންވީ މަންޒަރުތަކަށް އޭނާއަށް ފެނުނީދެނެވެ. އިރުއޮއްސެމުންދިޔަ މަންޒަރުތައް ނުހަނު ރީތިކޮން ފެންނަމުން ދިޔައިރު ވަށައިގެން ވީ އެތައް ސަތޭކަ އުއްބައްތިއެއް ދިއްލާލައިފައިއެވެ. ރަތްކުލައިގެ އެތައް ބައިވަރު ފިރިފެންމާ ފިޔައެއް ބިންފޮރުވޭ ވަރަށް އަޅާލެވިފައިވީ އިރު  މަތީގައި ވީ ދޫކޮށްލަން ތައްޔާރުކުރެވިފައި ވި ލެންޓާން ތަކެވެ. ބަލާ ފޫހިނުވާހާ ހުވަފެނީ މަންޒިލެކެވެ.

”ނޭނގޭ ކޮން ހިސާބަކުން ކަމެއް ފަށަންވީ…  ބަޓް އަމް ރިއަލީ ސޮރީ“ އަލާރާގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ އެ މޫނުގެ ދެފަރާތުގައި ޒެވިއަލް ހިފާލިއެވެ.

”އެންމެ ފުރަތަމަވެސް އަލާ ފެނުނު ދުވަހު ހާއްސަވި.. ނުވެސް އެނގިހުއްޓަ މަޑުމަޑުން ފެލް ވަމުން ގޮސް ތި ލޯތްބާއި ވަކިން ނޫޅެވޭ ވަރަށް ފެލްޓް ވީ.. ވަރަށް ވަރަށް ލޯބިވޭ.. ދުވަހަކުވެސް މިވަރަށް ވެސް ގާތްވެފަ ނުވަން އަންހެންކުއްޖަކާ.. ޔޫއާރ ދި ފަސްޓް…ބަޓް ޕާސްޓް ޓޫ އިޔާޒްއެއީ އަހަރެންގެ އަށާވީސް އަހަރުވީ ހަޔާތުގެ އެންމެ ވޯސްޓް ދެއަހަރު.. އަލާއާއި ނުލާ އެންމެ ސިކުންތެއް ވެސް ކެތް ކުރުން އަހަރެންގެ ހިތައް ކުޅަދާނައެއް ނޫން..މި މޫނުކޮޅު ނުފެނިގެން ހިތް ބޭގަރާރް ވަމުންދާތާ ކޮން ދުވަހެއް.. އެތައް ފަހަރަކު ހިތައް އެރި އެދުވަހު އެރި ވަޒަނާއި އެކު މަރުވި ނަ-“ ޒެވިއަލް ވާހަކަ ދައްކަމުން ގޮސް ހުއްޓުނީ ރޮވިފައި ހުރެ އަލާރާ އޭނާގެ މޫނުމަތީގައި ޖަހާލުމުންނެވެ.

”ތަދުވެއްޖެތަ..“

”ޒެވް މަރުވިނަމައޭ ބުނި އިރު ނޭނގޭތަ އެކަހަލަ ދުވަހެއް އައިސްފިނަމަ އަހަންނަށް ވާނެ ގޮތެއް.. އެނގޭތަ އަހަރެން އުޅުނު ހާލު“ ލޮލުން ފެންތައް ފައިބަމުން ދިޔައިރު ވެސް ތުންފިއްތާލައިގެން ހުރީ އަޑު ބޭރުވެދާނެތީއެވެ. އެ މަންޒަރު ފެނި ޒެވިއަލްގެ ހިތައް ތަދުވަމުން ދިޔައެވެ.

”އައި ނޯ އެވްރީތިންގް.. އެދުވަހު މާ ބޮޑަށް ދެރަވެފަ ހުރިވަރުން ފަހަތުން ދާން ބޭނުންވެފަ ވެސް ހުރެވުނީ… ހަމަޖެހިލެވުނީމަ އަލުން އެކްސްޕްލެއިން ކޮށްދޭން ޗާންސް ދޭން ހުރީ..އެކަމަކު އެއަށް ވުރެން ކުރިން އަދުހަމްއާއި ހަޔާ ހުރިހާ ވާހަކައެއް ކިޔައިދިން.. އަލާ އެއްވެސް ކަމެއް އެކްސްޕްލެއިން ކޮށްދޭކަށް ނުޖެހޭނެ..އަމް ރިއަލީ ސޮރީ ފޯރ އެވްރީތިންގް ސްޕެޝިއަލީ އޯލް ދޯސް ތިންގްސް އައި ސެއިޑް ދެޓް ޑޭ“ ފެންކަޅިވެފައި ހުރެ ޒެވިއަލް މާފަށް އެދުނުއިރު އަލާރާއަށް ދެފަރާތައް ބޯ ހޫރުވާލެވުނެވެ.

”ޒެވް ނުޖެހޭނެ މާފަށް އެދޭކަށް.. އެކަމަކު އެހެން ހީވަންޏާ މާފްކޮށްފިން.. ބަޓް އަމް ދަ ވަން ހޫ ބްރޯކް ޔޯ ހާޓް.. ވިލް ޔޫ ފޮގިވް މީ“ ކަރުނައިގެ ތެރެއިން އަލާރާ ބުނެލިއެވެ. ޒެވިއަލް ބޯޖަހައިލި އިރު އަލާރާއަށް މޫނުމަތީގައި އަތް އެޅުނީ ވީ އުފަލުންނެވެ. ޒެވިއަލްގެ މާފް ނުލިބޭނެކަމަށް ހިތައި އޭނާ ހާދަ ރޮއެފިއެވެ. ހާދަ ވިސްނައިފިއެވެ.

“ބަޓް އޮންލީ ވަން ކޮންޑިޝަން..ދުވަހަކު ވެސް އެއްވެސް ކަމެއް ވެގެން ނުބުނެ ނުހުންނާތި.. ޔޫ ހޭވް ޓް ޝެއާރ އެވްރީތިންގް..އަބަދުވެސް އިތުބާރުކުރާނަން ނޯމެޓާރ ވަޓް… އަލާއަށް އަންދާޒާ ވެސް ނުކޯށްލެވޭނެ ލޯބިވާ ވަރު“ ޒެވިއަލްގެ ކޮންމެ ޖުމްލައަކަށް އަލާރާ ބޯ ޖަހަމުންދިޔައެވެ.

”އާރ ވީ ކޫލް “ ދެލޯ ފުހެލަމުން އަލާރާ ބުނެލިއެވެ.

”ނޮޓް ޔެޓް.. ކްލޯޒް ޔޯ އައީޒް“ ހިނިތުންވެލަމުން ޒެވިއަލް އަލާރާގެ ދެލޮލުގައި އަތް އަޅުވާލިއެވެ. އަލާރާ ދެލޯ މަރާލުމުން ޒެވިއަލް ފަހަތައް ބަލައިލިއެވެ. ޒެވިއަލް އަތުން އިޝާރާތް ކޮށްލުމާއި އެކު އެންމެން އޭރު އެތަނަށް ވަދެގެން އައެވެ. އެއިންކަމެއް އަލާރާއަކަށް ރެއަކާއި ނުލައެވެ. ޒެވިއަލް އެއް ފައިމައްޗަށް އިށީންދެ އަލާރާގާތު ލޯ ހުޅުވުމަށް ބުނެލިއެވެ.

އަލާރާ ލޯ ހުޅުވި ވަގުތު ސިޔައީ ސިއްސައިގެންނެވެ. ޒެވިއަލް ޖީބުން ނެގި ހުދުރަނުގެ ޖަވާހިރު އަނގޮޓިއަށް އުއްބައްތީގެ ދަޅަތައް އެޅިގެން ދިޔަގޮތުން އާޝޯހްކޮށްލިއެވެ. ދުރުގައި ތިބި އާއިލާގެ މެމްބަރުން ފެނި އަލާރާ ހައިރާންވިއެވެ.

”ޒެވް..ވްވް“ އަލާރާގެ ދެތުންފަތް ދޭތެރެއިން ލަސްލަހުން ނުކުތެވެ.

”އަލާ ޔޫ އާރ މައި ފޭވަރިޓް ޕާސަން، ބެސްޓްފްރެންޑް، އެންޑް މައި ހޯމް..ހިތައް ވެސް ނުގެނެވޭ އަލާއާއި ނުލާ އިތުރަށް ލައިފް ކޮންޓިނުވެގެން ދާނެ ގޮތެއް.. އައި ކާންޓް އިމޭޖިން.. މި އެންމެންނަށް ފެނިގެންދާނެ އަލާ އާއި ނުލާ އަހަރެންގެ ލައިފް .. ސޯ ވިލްޔޫ މޭކް މީ ދަ ހެޕިއެސްޓް ޕާސަން އަލައިވް އެންޑް ވިލް ޔޫ ލެޓް މީ، މޭކް ޔޫ ދި ހެޕިއެސްޓް..“ އަލާރާގެ ދެލޮލާއި ދެލޯ ސީދާ ކޮށްލަމުން ޒެވިއަލް އަހައިލިއެވެ. އަލާރާ ބޯ ޖަހައިލީ ބުނާނެ ބަހެއް ދުލަށް ނައުމުންނެވެ. އެއަށް ވުރެން އޭނާ ހުރީ ޖަޒުބާތީ ވެފައެވެ.

“އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ އަދި އަލާގެ މުޅި އާއިލާ އަދި އަހަރެންގެ ހުރިހާ އެކުވެރިންގެ ކުރިމަތީގަ މި އަހަނީ.. ވިލް ޔޫ މެރީ މީ“ ޒެވިއަލްގެ އެ ޖުމްލައިން މުޅިތަނުގައި ހޯއް ގޮވުމާއި އަތްތިލަ ބަޑިތަކުގެ އަޑުން ގުގުމާލިއެވެ.

”ޔެސް…ޔެސް..ޔެސް“ އުފަލުން ފޮޅިފައި ހުރިއިރު އުފާވެރިކަމުގެ ކަރުނު ހުއްޓުމެއްނެތި ދެލޮލުން އޮހެމުން ދިޔައެވެ. އަލާރާގެ ހިމަ އިނގިލިތަކުގައި ހިފާލަމުން ވައަތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވާލަމުން ޒެވިއަލް ތެދުވިއެވެ. އެހިނދު މުޅި ފަޒާއަށް ދޫކޮށްލެވުނީ އެތައް ސަތޭކަ ލެންޓާންތަކެވެ. ހީވީ ޗައިނީޒް ނިއު އިޔާރގެ މަންޒަރެއް ހެންނެވެ. އެހާ ވެސް ފުރިހަމައެވެ. މުޅި ފަޒާ ދިއްލިފައިވާ އޮރެންޖްގެ އެކިކުލަތަކުންނެވެ. އަލާރާގެ ގައިގާ ޒެވިއަލް ނުހަނު ބާރަށް ބައްދާލިއެވެ. އެއުފާވެރި ވަގުތު ކޮޅު ކަޔާން އާއި ޝުހާދު ދިޔައީ ކެމެރާގައި ރައްކާކުރަމުންނެވެ. އަލާރާގެ މޫނުމަތިން އެތައް ދުވަހެއް ފަހުން ހަގީގީ އުފާވެރިކަން ފެންނަމުން ދިޔައިރު ދިނާޔާ އާއި އަޒީޒް އަދި އަރްކާންގެ ދެލޯ ވެސް ފުރިގެން އައީ އުފާވެރިކަމުގެ ކަރުނުންނެވެ.

ލޯބިވާ ދޮންބެގެ ހަޔާތައް ބަހާރު މޫސުން އައި އިރު ލިއާނާއަށް ވެސް ވީ އެފަދަ ގޮތެކެވެ. އުފާވެރި ހިނިތުންވުމެއްގައި ހުރިއިރު ލޮލުގެ ހިމަކޮޅުން ފޭދުނު ކަރުނުތިކި ނުހަނު ލޯބިން އަރްކާން ފުހެލަދިނެވެ. ލިއާނާ ބަލައިލުމާއި އެކު ނުހަނު ލޯބިން އަރްކާން ބައްދާލިއެވެ.

”ހިނގާ އެދެކުދިންނަށް ވަގުތުކޮޅެއް ދީފަ އެންމެން ދާން“ ސޯފިއާގެ ޖުމްލައިން އެންމެން އަވަހަށް ދިމާކޮށްލީ އެތަނުން ނުކުތުމަށެވެ.

”ހަނދާންވޭތަ އަހަރެން ސަފާރީގަ ހުރެ ބުނި ޖުމްލަ މަތިން“ ޒެވިއަލް އެހުރިގޮތައް ހުރެ އަހައިލިއެވެ. އެވަގުތު ޒެވިއަލްގެ ގައިން ދުރުވެ އަލާރާ ބަލައިލިއެވެ. އެބުނީ ކޯއްޗެއްކަން ފަހުމް ނުވެގެންނެވެ.

”އައި ސެއިޑް މި ޗީކް ކޮޅަށް ކިސް އެއް ދީފަ އަދި އަންނާނަމޭ ނެކްސްޓް ކިސް އަތުލަން..“ ޒެވިއަލްގެ ޖުމްލައިން އަލާރާގެ މުޅި މޫނު ރަތްވިއެވެ. ޒެވިއަލްގެ ނަޒަރު އަލާރާގެ ތުންފަތައް ހުއްޓުނު އިރު އޭނާގެ ހިތުގެ ގޮވުމަށް އިޖާބަ ދިނެވެ. އެތައް ކޮޅިގަނޑަކަށް ފަހު ދެ ޒުވާނުންގެ ލޯބީގެ ދަތުރު ކާމިޔާބީގެ އައްސޭރި އަށް ފޯރީއެވެ. ދެ ޒުވާނުންގެ މޫނުމަތިން ފެނިގެންދަނީ ކޮޅުނެތް ކޮޅަށް އުފާވެރިކަމެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ވާ މަތިވެރި ލޯބި ޙާމަވަމުންދިޔައެވެ. ނޭވާ ލާ ހިނދު ގާތުގާ ވާނަމޭ ދެމީހުން އެކުއެކީގައި ބުނާކަހަލައެވެ.

*****

(ނިމުނީ)

Share this
Copy to Clipboard

Comments (20)

  • Manaalsays:

    އޯގަސްޓް 13, 2025 at 08:46

    Varah salhi
    Hama inmeedhu kuri fadha reethi ninmumeh
    Sunset sceness ohhhhh myyyyyy godddddd😭😭😭😩😩😩🥰🥰🥰🥰
    Vvvvvvvvvvvvv hamaa mindowing

    Haaafha miss vaane ey mi vaahaka mathin
    Enme fav story plus fav writer ever🥺🥺💗💗💗

  • Enashsays:

    އޯގަސްޓް 13, 2025 at 08:50

    I really loved this story from the start to the end. The characters and moments will stay in my heart forever. I feel sad it’s ending, but I’m happy I got to read it. Thank you for this beautiful journey. 🥹❤️‍🩹❤️‍🩹

  • Nafusays:

    އޯގަސްޓް 13, 2025 at 08:56

    Aahhhhhhh dnme i saw insta story in
    Camew hereeee

    Sooooooo sooooo goooooooohhh😩😩😩 but hama nimeykah beynumeh nooon
    I cant i cant i cant hamaaaa misssss vaane hesskiyaafa
    Haaadha furihama ey sifa kurun thah vess🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
    Hama vvvvv cute propose ves
    Laa eii mihaaru ahren ge dream🥰🥰🥰🌸🌸🌸

  • Peackooosays:

    އޯގަސްޓް 13, 2025 at 09:16

    Vvvvvvvvvvvv baivaru vvvvvvvv laafa mibuny this the best story i have read in 2025🙌🙌

    Haaadhahaaa reeachey
    Maashaa allah❤️‍🩹

    Aneh ka ves im gonna start it again😭😭😭🥹🥹🙌🙌
    Vvvvvvvvvv salhiiiii
    Beynun fadha endin eh ❤️❤️❤️❤️

  • Labubusays:

    އޯގަސްޓް 13, 2025 at 09:38

    😭😭😭😭
    45 ep ves madhu😭😭
    Heevany maa avahah hen nimuny
    Vvvvvvvv reeethi mi part ves
    Whole story is giving me butterflies 🦋🤭😩
    Soooo loabii
    Ma sha allah
    My faww ✍️

  • Amayasays:

    އޯގަސްޓް 13, 2025 at 10:05

    Ohhh gohddd😭😭 whyyyy nimunyyyy
    I dont want end it from here
    Wedding ves beynunnnn😭😭😭😭😭😩😩😩
    Bonus episode eh nerey kahala ehnu😭😭😭🥹🥹🥹🥹🤭🤭🤭
    Varah reethi❤️❤️❤️❤️❤️

  • Shiu🤍says:

    އޯގަސްޓް 13, 2025 at 14:26

    Nimuny dhww 😭💔 I’m gonna miss this story a lot..
    Varah Reethi mi vaahaka Masha Allah…
    Sifa kurun thah Varah furihama. Heevany vaahakaige thereyga ulheveyhen…
    Your one of My Fav Authors 🤍
    Lysm Annora 🤍

  • Shaf_maansays:

    އޯގަސްޓް 14, 2025 at 10:17

    Maasha Allah this is one of the best stories i have ever read💜
    It ended in a way i never expected..
    Xev n Alaa…
    Sofy n Shuhaadh…
    Liaa n Arkaan…
    Rai n Kayaan..
    Best couples ever💜💜💜
    I want a s2 of this stry so badly😭😭
    Or a bonus episode..
    Xev n Alaa marry koh kudhin libi…..
    Cant wait for another story like this one..
    Tc.. Lysm Annora sis💜💜💜💜

  • Na.ellsays:

    އޯގަސްޓް 14, 2025 at 10:23

    Omggg finallyyy
    Ekm haadha dhera ey vhk nimuny viyya ekm vrh vrh reethi mi vhk .. masha allah
    Sifa kurun thah ves dhww image kurevun … sunset scene omg 🤩🤩 vrh vrh reethi
    Alaa and liaa ge scene vrh cute .. thank u for this amazing masterpiece 🫶🏼🤩

  • Izwasays:

    އޯގަސްޓް 14, 2025 at 10:30

    First of all
    I can say you aremy fav
    Mi generation ah hama ehvana🙌🙌🙌
    Vvvvv reethi
    Secondly
    You are my inspiration
    I read every peace of ur work
    Bcx im in love with them sooooo muchhh🥹🥹
    Me and my whole family read yours😭🥰🥰
    Mi vaahaka mathin miss vaane heskiyaafa
    Duty anna gothah i abadhuves check epp eh ais in thoo🫶🏼🫶🏼🫶🏼

    I love it ssoooooo muchhhh
    I love love love
    Dreamy proposal ehhh zev edhiny ala ah
    😭😭🫶🏼🫶🏼🫶🏼
    Gurll i cant live without your storiess

    Its my stresss reliever❤️‍🩹❤️‍🩹
    Vvvv salhi every single part
    And it gives me butterflies ❤️❤️❤️

    Love you sooo beeeg
    I cant wait to read mis jismuga vany ❤️❤️❤️😭😭😭

    • Vishersays:

      އޯގަސްޓް 14, 2025 at 12:30

      Me and my cousins literally check irukolhakaa hen story kobaa tho
      Eh ep kiyaafa nimey gothun discuss ves kuran
      This is really precious masterpiece
      I will really miss them
      Ohh mu zev & ala

      I dont know how much time i can stay still without reading it again and again

      Ahhhh rohvaalaa hehvaalaa enemies dheke rulhi aruvaalaa
      Ragalhakah ves aashoah kohlaafi
      I really live it
      Really enjoyed 😩😩😩
      I will miss them sooo badly

      To be honest aisha naseem nagaafa YOU ARE THE BEST BEST BEST BEST AND MY FAVVVVVVVVVVV😙🥰🥰❤️❤️❤️

  • unknown gurllsays:

    އޯގަސްޓް 15, 2025 at 19:18

    this is literary a masterpiece im gonna miss this story so badly i love it mi story ves ann ge ehen vaahaka tha vrh reethi cant wait for your next story

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.