ނިކްޔާން ލަސް ލަހުން ޔޫއާގެ މޫނަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. ”އަނބި ގަބޫލު ކޮއްފިން…“ ނިކްޔާން ބުނެލިއެވެ. ޔޫއާ އަށް ދެލޯ މަރާލެވުނެވެ. އެމަންޒަރު ބަލަން ދުރުގައި އޭނާ ހުއްޓެވެ. އޭނާ އަވަސް އަވަހަށް ނޭވާ ލަމުން ދިޔަ އިރު ދެލޮލުގައި ރުޅިވެރިކަންވީ އޭގެ އިންތިހާއަށެވެ.
(5 ވަނަ ބައި)
ކައިވެނީގެ ހަފްލާ ނިމުމުން ޔޫއާއަށް ތަފާތު އިހުސާސްތަކެއް މަރްހަބާ ކިޔެވެ. ލޯބިވާ މަންމައާއި ބައްޕަގެ އިތުރުން ދޮންބެއާއި ހިނާޔާ އަދި ހިދާޔާ ދޫކޮއްލާފައި ދާން ވުމުން ޔޫއާގެ ހިތުގައި ރިއްސާލިއެވެ. ޔަޒީދާގެ ހަށިގަނޑުގައި ބައްދާލުމާއި އެކު އެހުރިހާ އިހުސާސްތައް ކަރުނައިގެ ސިފައިގައި ނިކުތެވެ.
”ހުއްޓާލާ ދަރިފުޅާ.. ދަރިފުޅާ.. ބަސް އަހައިގެން އުޅެއްޗޭ…“ ޔަޒީދާގެ ދެލޮލުގައި ހުރި ކަރުނަތަށް ފުހެން މަސައްކަތް ކުރަމުން ޔަޒީދާ ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ދެލޮލުން ކަރުނަ ފުހެލާފައި ޔަޒީދާ ގާތުގައި ހުރި ޔޫއާން އުރުގައި އިން ހިނާޔާ އުރާލިއެވެ. ”ނާޔޫ.. ދޮންތި ވަރަށް މިސްވާނެ.. ކޮންމެ ދުވަހަކު އަންނާނަން އިނގޭ ނާޔޫ ގާތަށް.. ދޮންތި ވަރަށް ލޯބިވޭ..“ ޔޫއާ މަޑު މަޑުން ބުންޏެވެ. އަދި ހިދާޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. ”އެންމެ ފަހުން ޔޫގަނޑު ދަނީދޯ؟“ ޔޫއާގެ ކޮލުގައި ހިފާލަމުން ޔޫއާން ބުންޏެވެ. ޔޫއާ ހީލިއެވެ. އަދި ޔޫއާންގެ ހަށިގަނޑުގައި ބައްދާލިއެވެ.
އެންމެނަށް ވަދާޢީ ސަމާލް ކިޔާފައި ކާރަށް އަރައިގެން ޔޫއާ ދިޔައީ ނިކްޔާންގެ ގެއަށެވެ. ބަރުހިތަކާއި އެކުއެވެ. ނަމަވެސް ފެށެން އުޅޭ އައު ދިރިއުޅުމަށް ތައްޔާރު ވެގެންނެވެ.
ކޮޓަރިއަށް ވަދެވުމާއި އެކު ޔޫއާ ހާސްވާން ފެށިއެވެ. ދެން މިރޭ ކަންވާނީ ކިހިނެތްބާއެވެ؟ ”ޔޫ؟“ ބިރުން ހުރި ޔޫއާ ސިހުނީ ނިކްޔާން ގޮވާލުމުންނެވެ. ”ޔެސް؟“ ޔޫއާގެ އަޑުގައި ހުރި ތުރުތުރުލުން ނިކްޔާން އަކަށް ސިއްރެއް ނުކުރެވުނެވެ. ”ހެހެ ހާދަ ބިރުން ތިހުރީ؟ ޔާން ނޫޅެމޭ ކަމެއް ކުރާކަށް. ޔޫގެ ނުގަބޫލުގަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން.. ޔޫ ޔާންއާއި އެކު ސްލީޕް ކުރަން ބޭނުން ނޫނީ ޔާން ފޯސްއެއް ނުކުރާނަމޭ“ ނިކްޔާން ބުނެލިއެވެ. ޔޫއާ ހިނިތުންވެލިއެވެ.
”އަން.. މިއީ ޔާންގެ ކައިވެނީގެ ހަދިޔާ“ ޔޫއާ އަތަށް ސިޓީ އުރައެއް ދެމުން ނިކްޔާން ބުންޏެވެ. ޔޫއާ ނިތް ހިއްލާލާފައި އޭގައި ހިފިއެވެ. ”ޔޫ އާރް އެކްސެޕްޓެޑް ޓު އެމް.އެން.ޔޫ ފޯރް ފައުންޑޭޝަން އިން ނާސިންގް…؟“ އޭގައި އިން އެތި ޔޫއާ ބާރަށް ކިޔާލިއެވެ. އޭރު ނިކްޔާން ހީލައިގެން ހުއްޓެވެ. ”ޔާން… މިއީ…؟ ޔޫއަށްތަ؟“ ނިކްޔާން ބޯޖަހާލިއެވެ. ”އެކަމަކު.. ޔޫގެ ބައްޕަ އޯކޭއެއް ނޫނޭ ޔޫ ކިޔަވާކަށް.. ދެން-“
”އޭރު ޔޫ ހުރީ ޔޫގެ ބައްޕަގެ ބެލުމުގެ ދަށުގައެއްނުން؟ މިހާރު ޔޫ ތިހުރީ ޔާންގެ ބެލުމުގެ ދަށުގަ. ޔޫގެ ހަޔާތުގެ މިކަހަލަ ނިންމުން ތަކުގައި އެއްބާރުލުން ދޭން ޖެހޭނީ މިހާރު ޔާންއަށް.. ޔާން ޔޫ ކިޔަވަން އެހީވެދޭނަން. ހުރިހާ ހަރަދެއް ކޮއްދޭނަން.. ޔޫ ކިޔަވާ ނިމުމުން ޔޫ ބޭނުމިއްޔާމުން ޔޫ ވަރިވެސް ކޮއްދޭނަން..“ ނިކްޔާން ހިނިތުންވުމަކާއި އެކު ބުންޏެވެ.
ޔޫއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔޫއާ ނިކްޔާންއާއި ދިމާލަށް ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ. ”ތެންކްޔޫ ސޯ މަޗް“ ޔޫއާ ބުންޏެވެ. ”ތެންކްސް ގަބޫލު ކުރެވޭނީ ރަނގަޅަށް ކިޔަވާ ނަރުހަކަށް ވެވުނީމަ. ހެހެ“ ނިކްޔާން ހީލިއެވެ. ”ޔެސް… ޔޫ ވަރަށް ރަނގަޅަށް ކިޔަވާނަން.. ޕްރޮމިސް“ ޔޫއާ އެސިޓީ އުރަ މޭގައި ޖައްސާލިއެވެ. ނިކްޔާން ހީލިއެވެ. އަދި ނިދަންލާ ޓީޝާޓްއާއި ސޯޓު ހިފައިގެން ފާޙާނާއާއި ދިމާލަށް ދިޔައެވެ.
”ޔޫ އެއްޗެހި ބަދަލު ކޮއްލާ. ނިމުނީމަ ގޮވާލާ އޭރުން ނިކުންނާނަން“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ބޮލުގައި އިން ޝޯލް ބާލާފައި ޔޫއާ ކައިވެނީގެ ހެދުން ބަދަލު ކޮއްލިއެވެ. އަދި ފާހާނާ ދޮރުގައި ޓަކި ޖަހާލިއެވެ. ”ނިމިއްޖެ“ ޔޫއާ ޓަކި ޖަހާލުމުން ނިކްޔާން ނިކުތެވެ. އަދި ބާލީހާއި ފޮތިގަނޑެއް ހިފައިގެން ސޯފާގައި އޮށޯއޮތެވެ. ”ޔޫ ނިދާ އެނދުގަ“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ.
ފާހާނާއަށް ވަދެ ޔޫއާ މޫނު ދޮވެލިއެވެ. އޭރު ޔޫއާގެ މޫނު މަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. ނިކްޔާން އަކީ ޔޫއާ ހީކުރިހާ ”ފޮނި“ މީހެއް ނޫންތާއެވެ.
ފަތިހުގެ ފިނި ފިނި ވަގުތެވެ. ނިދިފައި އޮތް ޔޫއާއަށް ހޭލެވުނީ ނިކްޔާން ގޮވަން ފެށުމުންނެވެ. ”ޔޫ.. ބަންގި ގޮވައިފި.. ތެދުވޭ ނަމާދު ކުރަން“ އޭރު ނިކްޔާން ހުރީ މިސްކިތަށް ދާން ތައްޔާރު ވެގެންނެވެ. ނިކްޔާންގެ އެޢަމަލުން ޔޫއާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. މިޒަމާނުގައި އެކަހަލަ ފިރިހެނުން އުޅޭ ކަމެއް ޔޫއާ ނުދެނަހުއްޓެވެ. މިހާރުގެ ފިރިހެން ކުދިންނަށް މިސްކިތް ގޭދޮރުމަތީ ހުއްޓަސް މިސްކިތަށް ދިޔުން ވަނީ ބޮޑު ވޭނަކަށްނުން ހެއްޔެވެ؟ ޔޫއާ ހިނިތުންވެލާފައި ތެދުވެ އިށީނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.
”ޔާން މިސްކިތަށް މިދަނީ އިނގޭ. ނުނިދައްޗޭ ދެން“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. އަދި ފާހާނާއަށް ވަނެވެ. ފަތިސް ނަމާދުކޮށް ނިމުމުން އިރުކޮޅަކު ޤުރްޢާން ކިޔަވަން ޔޫއާ އިނެވެ. އިރުކޮޅެއް ފަހުން ނިކްޔާން ވަނެވެ. ”ފިނިކޮށް ކިރު ތައްޓެއް ގިރާދީބާ“ ނިކްޔާން އެދުނެވެ. ޔޫއާ ބޯޖަހާލާފައި ބަދިގެއަށް ދިޔައެވެ. އިރުކޮޅެއް ފަހުން ނިކްޔާންވެސް ނިކުތެވެ. އަދި ޔޫއާ ގިރައިދިން ކިރުތަށި އެއްނޭވާއިން ބޯލިއެވެ. ”ޖިމްއަށް މިދަނީ އިނގޭ.. އަންނާނަން އިނގޭ 15 7 ހާއިރު.. 8 ޖަހާއިރު ޑިއުޓީ އިންނާނެ. އެއްޗެއް އިސްތިރި ކޮއްލަ ދެއްޗޭ“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ.
ނިކްޔާން ދިޔުމުން ޔޫއާވެސް އިށީނީ ސައިބުއިމަށެވެ. ޔޫއާ ސައިބޯން އިންދައި މާޔާ ބަދިގެއަށް ވަނެވެ. ”އަނހާ ސައިބޮނީދޯ؟ ނިކްޔާން ދިޔައީތަ ޖިމްއަށް؟“ މާޔާ އެއްސެވެ. ”ހަމަ ދެންމެ އެދިޔައީ“ ޔޫއާ ހިނިތުންވެލިއެވެ. މާޔާ ވެސް ކޮފީ ތައްޓެއް ގިރައިގެން އަހިސް ޔޫއާ ގާތުގައި އިށީނެވެ. ”އަސްލު އިނގޭތަ؟ ނިކްޔާނަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ކުއްޖެއް. ބައެއް ފަހަރު އަރާ ފޯރީގަ އޭނަ ވަރަށް މީހުނަށް ޖެއްސުން ކުރާނެ ހެހެ.. އެކަމަކު ނިކްޔާން ވަރަށް ހަރުދަނާ ވާނެ. އަބަދުވެސް ގަޑިއަށް ފަރުވާތެރި ވާނެ. މީހުނަށް އިހުތިރާމް ކުރާނެ.. ހޮސްޕިޓަލުގައި ވެސް މީހުން އެންމެ އިތުބާރު ކުރާ ލެބޯޓަރިސްޓް ނިކްޔާނަކީ“ މާޔާ ވާހަކަ ދެއްކީ ފަޙުރުވެރި ވެފައި އިނދެއެވެ.
”މަންމަގެ ހުރިހާ އުންމީދެއް ފުރިހަމަވީ ދެންމި.. ނިކްޔާންއަށް ފަހު މަންމައަށް އިތުރަށް ދަރިން ލިބުމުން މަހުރޫމްވީ.. ވިހެއުމުގެ ތެރެއިން.. މިހާރު ނިކްޔާން އެހުރީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައި.. ދެން މިހާރު ނިކްޔާންގެ ކައިވެނިވެސް ކުރެވުނީއެ.. ދެން ކާމިޔާބު ނުވެ އޮތީ އެންމެ އުންމީދެއް ހެހެ..“ މާޔާ ބުންޏެވެ. ”އެއީ ކޮން އުންމީދެއްތަ؟“ ޔޫއާ އެއްސެވެ. ”މާމަ ދަރިއެއް ލިބުމެއްނުން؟ ހެހެ“ މާޔާގެ ޖަވާބާއި އެކު ޔޫއާގެ ދޮން މޫނަށް ޖަންބު ކުލަ ވެރިވިޔެވެ.
”އުޅޭ ސައި ހަދަން.. ކޯއްޗެއްތަ ދަރިފުޅަށް އެންމެ މީރީ؟“ މާޔާ ހީލާފައި އެއްސެވެ. ”އޯކޭ ހަމަ ކޮންމެ އެއްޗެއްވެސް.. މަންމަ ކޯއްޗެއް ހަދަން ތިވިސްނަނީ؟“ ޔޫއާ އެއްސެވެ. ”ހުންނާނެ ރޭގަ ބިސް ގަނެފަ. މިއަދު ބިސް ރިހައާއި ރޮށި ހަދަން ކަމަށް“ މާޔާ ބުންޏެވެ. ”ލައްބަ އޯކޭ.. އެބަ އަންނަން ނިކްޔާންގެ އެއްޗެހި އިސްތިރި ކޮއްލަ ދީފަ“ ޔޫއާ ބުންޏެވެ.
ނިކްޔާންގެ އެއްޗެހި އިސްތިރިކޮށް ނިމުނު ތަނާހެން ނިކްޔާން ވަނެވެ. ނިކްޔާން ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓު ގައިގައި ތަތްލާފައި ހުރި އިރު ދާހިލިފައި ހުރުމުގެ ސަބަބުން ބޮލުން ފެންތިކި ޖަހަމުން ދިޔައެވެ. އަތުގައި އޮތް ފެންފުޅީގައި ތުންޖަހައިގެން ހުރި އިރު ޔޫއާއަށް ހުރެވުނީ ކަޅި ޖަހާނުލާ ނިކްޔާންގެ ކަސްރަތީ ހަށިގަނޑާއި ދިމާލަށް ބަލަންށެވެ. ފެންފުޅި ހުސްކޮއްލާފައި ނިކްޔާން ޔޫއާ އާއި ދިމާލަށް ބަލައިލިއެވެ. ދެލޯ ބޮޑުކޮއްގެން ހުރި ޔޫއާ ފެނި ނިކްޔާންއަށް ހެވުނެވެ. ”ކިހިނެތްވީ؟ އަހަރެން މޫނު މަތީގަ އެއްޗެއް އޮތީތަ އަނެއްކާ؟“ ނިކްޔާން ހީލާފައި އެއްސެވެ. އެއާއި އެކު ޔޫއާ އަށް ހަމަ ބިމަށް އާދެވުނެވެ. ”ހޫމް.. އަގްލީނެސް“ ދޫނެރެލާފައި ޔޫއާ ބުންޏެވެ. ނިކްޔާން ހީލާފައި ފާހާނާއަށް ވަނެވެ. އެއާއި އެކު ޔޫއާއަށް މޭގައި ފިރުމާލެވުނެވެ.
(ނުނިމޭ)
ހަވަނަބައިގެ ތެރެއިން:
އެހެނަސް ޔޫއާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މައެއްގެ އުންމީދު ހަލާކު ކޮއްލެވުނު ކަހަލަ އިހުސާސެކެވެ. ނިކްޔާނާއެކު އުޅޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނިކްޔާންގެ މޫނަށް އެރި ކުލަވަރުން ޔޫއާގެ މޫޑު ވަކިން ހަރާބު ވިއެވެ.
Comments (8)
Aanaasays:
އޯގަސްޓް 4, 2025 at 20:41Masha allah mi part vs vrh reethi
Haadha vrkh site ah vadhe vihjey mi part kiyaa hithun
Aanaa vs hiikurii yaan eii vrh foni miiheh kamh
Yoo ah anehkaa yaan dheke loabi vevunii tha?
6th part ge therein kiyaafa vrh curious eba vey
Next part kuda thankolheh dhigu kohlevidhaanthe? Mi part vs vrh kiyaa hithun huhta nimunyy:(
When next?
Lyyy🫶🫶
Shihaamaa Alisays:
އޯގަސްޓް 7, 2025 at 13:57jazaakallah khairan dear
next episode is pending rnn
💕💕 Pink girl 💕💕says:
އޯގަސްޓް 4, 2025 at 23:07Wowww… mi part vx varah varah reethi…..
Alhey yooaa kideh beynun nuvee kanneyge??
Yooaa divorce vaan beynun v
Eynage akee kaaku??
Vrh bai varu suvaalu ufedhihje…..
Alhe yooaa ah nikyaan dheke loabi vevey enme nama!!
Haadh curious ey next part kiyaahithun…..
Mi part nikumehje thw vx varah belihje….
Dhn vaa goii balaahithun eba vrh baqarah hiyy thelhey!!
Shihaamaa Alisays:
އޯގަސްޓް 7, 2025 at 13:57jazaakallah khairan dearr
next episode is pending now
Sh🤍says:
އޯގަސްޓް 5, 2025 at 08:03Mi part vx varah Reethi Masha Allah.
Varah ginain belijje mi part up vefa inthoa.. Yoo ah Yaan dheke loabi veveynama and Yaan ah vx Yoo dheke. 😁 6 vana part ge therein kiyaalaafa varah curious vejje.. are they gonna get divorced.. 😭pls don’t make that happen.. 😅
Can’t wait for the next part 🤍
Lysm Shiher 🤍✨
Shihaamaa Alisays:
އޯގަސްޓް 7, 2025 at 13:58jazaakallah khairan dearr
next episode is pending ga now
unknown gurllsays:
އޯގަސްޓް 6, 2025 at 21:16mi part ves vrh reethi cant wait for next part
Shihaamaa Alisays:
އޯގަސްޓް 7, 2025 at 13:58jazaakallah khairan dearr
next episode is pending rn