ރޭގަނޑުގެ ވަގުތެވެ. ޓިކްޓޮކް ބަލަން އޮތް ޔޫއާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 45 7 ކެވެ. 8 ޖަހާ އިރު ނިކްޔާންއާއި ދިމާ ކުރަން ބުނެފައިވީކަން ޔޫއާ ހަނދާން ވިޔެވެ. އޭނަ ހަމަ އަންނާނެބާ ޔޫ ބަލާ؟“ ހިތާ ހިތުން ޔޫއާ ސުވާލު ކޮއްލެވުނެވެ. އެވަގުތު ޔޫއާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ.
(4 ވަނަ ބައި)
”8 ޖަހަން 15 މިނިޓް. ތައްޔާރު ވެގެން ހުންނާތި. 8 ޖަހަންވާ އިރަށް ދާނަން ޔޫއާ ބަލާ“ މެސެޖު ކިޔާލުމުން އެއީ ނިކްޔާންގެ މެސެޖެއްކަން ޔޫއާއަށް ދެނެގަނެވުނެވެ. އެހެން ކަމުން ފުންނޭވާއެއް ދޫކޮށްލާފައި ތެދުވެ ތައްޔާރު ވެލިއެވެ.
ބަރާބަރު އަށްގަޑި ސުންމިނިޓް ގައި ނިކްޔާން އަހިސް ބަރުގޮނު އަޅުވާލިއެވެ. ނިކްޔާން ސީދާ ގަޑިއަށް އައުމުން ޔޫއާ ހިނިތުންވެލިއެވެ. ގަޑިއަށް ފަރުވާތެރިވާ މީހުންނަކީ ޔޫއާ ވަރަށް އިހްތިރާމް ކުރާ ބައެކެވެ. ޔޫއާ ބޭރަށް ނިކުން އިރު ސައިކަލުގައި ނިކްޔާން އިނެވެ. އައިސް ބްލޫ ޖީންސަކާއި އެކު އަޅި ކުލައިގެ ޓީޝާޓެއް ލައިގެން އިން އިރު ނިކްޔާން ވަރަށް ސްމާޓް ކަމަށް ދައްކައެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައިވީ އިރު ކަރުގައި ރިހި ކުލައިގެ ފަށެއް އޮތެވެ.
”އަރާ“ ނިކްޔާން ބުނެލިއެވެ. ޔޫއާ ހީލާފައި ސައިކަލު ފަހަތަށް އެރިޔެވެ. ”ކޮންތާކަށްތަ މިދަނީ؟“ ޔޫއާ އަހާލިއެވެ. ”ހެހެ ކިތޭ ކުޑަޔަސް އަނގަ ވަރަށް ބޮޑުދޯ؟ މަޑުން އިނދެބަލަދެން ހެހެ“ ނިކްޔާން ބުނެލިއެވެ. ޔޫއާ އަނގަ ކުނި ކޮއްލާފައި ހަމަ ޖެހިލިއެވެ. ޔޫއާ އާއި ނިކްޔާން ސައިކަލުގައި ނައްޓާލިތަން ބަލަން ދުރުގައި އޭނާ ހުއްޓެވެ.
މަޑު ދުވެލީގައި އަހިސް ނިކްޔާން ސައިކަލު މަޑު ކޮއްލީ ”ވެލްވެޓް އަވާރް“ ނަމަކަށް ކިޔާ ރެސްޓައުރެންޓްއެއް ކުރިމަތީގައެވެ. ”ކޮބާ ފައިބަންވީނުން؟“ ނިކްޔާން ބުނެލިއެވެ.
ޔޫއާ ގޮވައިގެން މީހުން ތަންކޮޅެއް ދުރު ހިސާބެއްގައި ނިކްޔާން އިށީނެވެ. ”އޯޑަރު ޖަހަންވީނުން؟“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ”ކޯއްޗެއް ކާން ބޯން ބޭނުމީ؟“ ނިކްޔާން އެއްސެވެ. ”އާމް.. ޓޮމާޓޯ ޕާސްތާ؟ ދެން ބޯން ބްލޫ ބެރީ މިލްކްޝޭކް“ ޔޫއާ ބުންޏެވެ. ”އެކްސްކިޔުޒް.. 2 ޓޮމާޓޯ ޕާސްތާ އެންޑް ވަން ބްލޫ ބެރީ މިލްކްޝޭކް އެންޑް ވަން ޗޮކްލެޓް މިލްކްޝޭކް“ ނިކްޔާން އޯޑަރު ޖެހިއެވެ.
”ދެން ބުނެބަލަ. ކީއްކުރަންތަ އަސްލު ޔޫ ތިގެނައީ މިތަނަށް؟“ ޔޫއާ އެއްސެވެ. ”ކައިވެނި ކުރެވޭ އިރު މަޖުބޫރު ކައިވެންޏަކަސް ދެމީހުނަށް އެކަކު އަނެކަކާއި މެދު ކޮންމެވެސް އެއްޗެއް އެނގެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ.. ސޯ.. އައިމް ޔޫސުފް ނިކްޔާން ނިހާލް.. މީހުން ލޯބިން ކިޔަނީ ޔާން.. އުމުރުން 23 އަހަރު.. އަހަރެން މަސައްކަތް ކުރަނީ ރަށު ހޮސްޕިޓަލު ލެބޯޓްރީގައި.. ދެން ލޯބީގެ ލައިފްދޯ؟ އެންމެ ކުއްޖަކާ ރައްޓެހިވީ.. އެވެސް ވަރަށް ކުރިން.. 17 އަހަރުގަ.. ކިޔެވުމަށް އުނދަގޫ ވާތީ އޭނަ ދޫކޮއްލީ.. އޭގެ ފަހުން ކުއްޖަކާ ރައްޓެހިވެސް ނުވަން ލޯއިތްބެއްވެސް ނުވަން.. މަންމަ މީހަކާ އިންނަން ކީމަ އަހަރެން ބުނީ މަންމަ ބޭނުން ކުއްޖަކު ހޯދައިދޭށޭ.. ސޯ.. ދެޓްސް އޯލް.. ދެން ޔޫއާ ކިޔާ“ ނިކްޔާން ކިޔައިދިނެވެ.
”ހަހަ އޯކޭ.. އައިޝަތް ޔޫއާ ހުމައިދު. 19 އަހަރު.. އޭލެވެލް ކިޔަވާ ނިމުނީ އިހަކަށް ދުވަހަކު.. ފަހު ޓެސްޓު ހެދި ދުހު ނޫން އަނެއް ދުވަހު ނިކްޔާން އަހަރެންގެ ގެއަށް އައީ.. ދެން ލޯބީގެ ލައިފް.. ދުވަހަކުވެސް ލޯއިތްބެއް ނުވަން.. ކުއްޖަކާ ރައްޓެހިވެސް ނުވަން.. ދެން ވަޒީފާ އަކު ނޫން..“ ޔޫއާ ކިޔައިދިނެވެ. ”އޭ ލެވެލް ނިންމާފަ ކިޔަވާ ހިތް ކެނޑުނީތަ؟ ހެހެ“ ނިކްޔާން އެއްސެވެ. ”ނޫން.. ޔޫގެ ބައްޕަ ގަބޫލު ކުރާ ގޮތުގައި އަންހެން ކުދިން ނުޖެހޭނެ ކިޔަވާކަށް.. ވަޒީފާއަށް ދާކަށްވެސް.. އެއީ ފިރިމީހާގެ ވަޒީފާ.. އަންހެން ކުއްޖާ ޖެހޭނީ ގޭގައި ދަރިން ބަލަން ތިބެން.. ޔޫ ބޭނުން ކިޔަވަން.. އެކަމަކު.. މިއީ ޔޫގެ ބައްޕަގެ ނިންމުން.. ސޯ.. ޔާ..“ ޔޫއާ ބުންޏެވެ.
އޭރު ޔޫއާގެ މޫނުމަތީގައި ހުރި ހިތާމަވެރިކަން ފެނި ނިކްޔާންގެ އަނގަ ބެދުނެވެ. ”އައިމް ސޮރީ… އަހާލެވިދާނެތަ ކޮންކަހަލަ މީހަކަށްތޯ ވާން ބޭނުމީ؟“ ނިކްޔާން އެއްސެވެ. ”ނަރުހަކަށް..“ ޔޫއާ ބުންޏެވެ. އެވަގުތު ދެމީހުން އޯޑަރު ކުރި ކެއުން އައެވެ. އެހެން ކަމުން އެވަގުތަށް އެވާހަކަ މެދުކަނޑާލެވުނެވެ.
ކައި ނިމުމުން އިރުކޮޅަކު ދުއްވާލަން އުޅިފައި 30 10 ވުމުން ނިކްޔާން ޔޫއާ ގެއަށް ގެނެސް ދިނެވެ. ސައިކަލުން ފައިބާފައި ނިކްޔާންއަށް ހިނިތުންވުމެއް ދީފައި ޔޫއާ ހިނގައިގަތެވެ. ”ޔޫ…“ ނިކްޔާން ގޮވާލިއެވެ. ނިކްޔާން ގޮވާލުމުން ޔޫއާ ފަސް އެނބުރުނެވެ. ”މީހުން ރުޅި އެރުވުމަކީ ޔާންގެ މިޒާޖު.. އެކަމަކުވެސް ޔާންއަށް ކައިވެނި ކޮއްގެން ޔޫއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީންކަން ޔާން ދޭން..“ ނިކްޔާން އެހެންބުނެ، ސައިކަލު ދުއްވާލިއެވެ. ޔޫއާއަށް ހިނިތުންވެވުނެވެ.
ދުވަސްތަށް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް ދުވަހަކީ ޔޫއާ އާއި ނިކްޔާންގެ ކައިވެނި ކުރެވޭ ދުވަހެވެ. ލޯގަނޑު ކުރިމަތީގައި މޭކްއަޕް ކުރަން އިން ޔޫއާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ގުނަމުން މިދަނީ ”ޔޫއާ“ ގެ ގޮތުގައި އޭނާ ހޭދަ ކުރާނެ އެންމެ ފަހު ދުވަސްކޮޅެވެ. ދެން ޔޫއާ އަކީ ”ޔޫއާ“ އެއްނޫނެވެ. ޔޫއާ އަކީ ނިކްޔާންގެ ”އަންހެނުން“ ނެވެ. މިއީ ޔޫއާ އޭނާގެ ދިރިއުޅުން ސިފަ ކުރި ގޮތެއްވެސް ނޫނެވެ. ދުވަހެއްގެ ކޮޅުން ބޭނުންވީ ގޮތެއްވެސް ނޫނެވެ، ތަގްދީރުގެ ނިޔާ ދިމާކުރި ގޮތެވެ. ޔޫއާ ތައްޔާރު ކުރަން ތިބި ކުދިން ޔޫއާ ރީތިކޮއް ނިމުމުން ޔޫއާ އަތުގައި ހިފާ ލޯގަނޑު ކައިރީގައި ބެހެއްޓިއެވެ.
ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމާއި ގުޅުވައިގެން ހުދު ކުލައިގެ ޝޯލްއެއް އަޅުވާލާފައިވީ އިރު ޔޫއާގެ ދޮން މޫނު ފެންނަނީ 14 ވިލޭރޭގެ ހަނދުހާ ފުރިހަމަ ކޮށެވެ. ޔޫއާގެ ބޮލުގައި އިން ޝޯލް ޖަރީ ކުރުމުގެ ގޮތުން ބޮލުގައި ހުދު ކުލައިގެ ތާޖެއް އިން އިރު ލައިގެން ހުރި ހެދުމުގައި ޑިސްކޯ ހުރި އިރު އަތުގައި މާތަކެއް ހަރުކޮއްފައި ހުއްޓެވެ. މޫނު މަތީގައި ލުއި ކޮރެއަން މޭކަޕްއެއް ހުރި އިރު ޔޫއާގެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ.
”މާޝާ ﷲ ދަރިފުޅު ވަރަށް ލޯބި“ އެވަގުތު ކޮޓަރިއަށް ވައިން ޔަޒީދާ ބުންޏެވެ. ޔޫއާ ފަހަތަށް އެނބުރި މަންމައަށް ފުރިހަމަ ހިނިތުން ވުމެއް ހަދިޔާ ކޮއްލިއެވެ. ޔަޒީދާ ފުރަގަހުގައި ހިނާޔާ އުރައިގެން ހިދާޔާވެސް ހުއްޓެވެ. ”މާޝާ ދޮންތިގެ ނާޔޫ ޕްރިންސެސް ހާދާ ލޯބިއޭ..“ ހިނާޔާ އުރާލަމުން ޔޫއާ ބުންޏެވެ. ހިނާޔާ ލައްވާފައި ހުރި ކުޑަ ހުދު ކުލައިގެ ހެދުން ކޮޅުގައި ޑިސްކޯ ހުރި އިރު ޔޫއާގެ ހެދުމުގައި ހުރި ކަހަލަ މާތަކެއް ޖަހާފައި ހުއްޓެވެ. ހިނާޔާގެ ބޮލުގައި މަލެއް އިން ހުދު ކުލައިގެ ބޭންޑްއެއް އަޅާލާފައިވީ އިރު ވަރަށްވެސް ލޯއިތްބެވެ.
”ހިނގާ ދަމާ..“ ޔަޒީދާ ބުންޏެވެ. ޔޫއާ ހީލިއެވެ. ހިދާޔާއަދި ޔަޒީދާގެ އަތުގައި ހިފައިގެން ޔޫއާ ގޮސް ކާރަށް އެރިއެވެ. މަޑު ދުވެއްޔެއްގައި ކާރު ގޮސް މަޑު ކޮއްލީ ރަށު އަތިރި މަތީގައެވެ. އޭރު ޔޫއާގެ އިންތިޒާރުގައި ހުމައިދު ހުއްޓެވެ. ”މާޝާ ﷲ ދަރިފުޅު ވަރަށް ރީތި“ ހުމައިދު ހީލާފައި ބުންޏެވެ. އަދި ޔޫއާގެ އަތުގައި ހިފާލިއެވެ.
ހުމައިދު އަދި ޔަޒީދާގެ އަތުގައި ހިފައިގެން ޔޫއާ ހިނގައިގަތެވެ. ކައިވެނި ކުރެވެން ހަމަ ޖެހިފައިވީ މަންޒިލްގައި ޔޫއާގެ އިންތިޒާރުގައި ނިކްޔާން ހުއްޓެވެ. ކަޅު ކުލައިގެ ޓޮކްސީޑޯ އަކާއި އެކު އެތެރެއިން ހުދު ގަމީހެއް ލައިގެން ހުރި އިރު ނިކްޔާން ވަރަށްވެސް ފުރިހަމައެވެ. ނިކްޔާންގެ ފަން ދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލެވިފައިވީ އިރު އަންހެން ކުދިންތަށް ހޭނެތޭހާ ރީއްޗެވެ.
”ދަރިފުޅާ.. މިއަދު ވަރަށް އިތުބާރާއި އެކު ބައްޕަގެ މިހުރި ހަމަ އެކަނި އަންހެން ދަރިފުޅު ދަރިފުޅާ މިހަވާލު ކުރަނީ.. ޔޫއާ ރަނގަޅު ގޮތުގައި ބަލައްޗޭ..“ ޔޫއާގެ އަތް ނިކްޔާންގެ އަތަށް ލަމުން ހުމައިދު ބުންޏެވެ. ނިކްޔާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. އަދި ޔޫއާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި އިށީނެވެ.
ކައިވެނީގެ މަޖިލީސް ފެށިގެން ދިޔަ އިރު ޔޫއާ އަދި ނިކްޔާންގެވެސް ހުރިހާ ސަމާލު ކަމެއް ހުއްޓިފައި ހުރީ ގާޒީގެ ވާހަކަ ކޮޅަށެވެ. ”އަނބި ގަބޫލު ކޮއްފިންތަ؟“ ގާޒީ ސުވާލު ކޮއްލިއެވެ. ނިކްޔާން ލަސް ލަހުން ޔޫއާގެ މޫނަށް ބަލައިލިއެވެ. އަދި ހިނިތުން ވެލިއެވެ. ”އަނބި ގަބޫލު ކޮއްފިން…“ ނިކްޔާން ބުނެލިއެވެ. ޔޫއާ އަށް ދެލޯ މަރާލެވުނެވެ. އެމަންޒަރު ބަލަން ދުރުގައި އޭނާ ހުއްޓެވެ. އޭނާ އަވަސް އަވަހަށް ނޭވާ ލަމުން ދިޔަ އިރު ދެލޮލުގައި ރުޅިވެރިކަންވީ އޭގެ އިންތިހާއަށެވެ.
ފަސްވަނަބައިގެ ތެރެއިން:
އެންމެނަށް ވަދާޢީ ސަމާލް ކިޔާފައި ކާރަށް އަރައިގެން ޔޫއާ ދިޔައީ ނިކްޔާންގެ ގެއަށެވެ. ބަރުހިތަކާއި އެކުއެވެ. ނަމަވެސް ފެށެން އުޅޭ އައު ދިރިއުޅުމަށް ތައްޔާރު ވެގެންނެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ޔޫއާ ހާސްވާން ފެށިއެވެ. ދެން މިރޭ ކަންވާނީ ކިހިނެތްބާއެވެ؟ ”ޔޫ؟“ ބިރުން ހުރި ޔޫއާ ސިހުނީ ނިކްޔާން ގޮވާލުމުންނެވެ.
Comments (6)
Sh🤍says:
އޯގަސްޓް 1, 2025 at 16:30Varah Reethi Mi part vx Masha Allah<33
Yoo and Yaan what a cute couple🥰
Who is "Eyna" ???
Can't wait for the next part!
Your one of my fav authors 🤍
Lysm Shiher 🤍✨
Shihaamaa Alisays:
އޯގަސްޓް 1, 2025 at 18:30Jazaakallah khairan dearr
Hehe ikrr
Eyna aky kaaku aky kaaku kan adhi fahun ingeynee hehe stay tuned
Next in sha allah on monday stay tuned
Awwhhhh very happy to know so🥺❤️
Ly
unknown gurllsays:
އޯގަސްޓް 1, 2025 at 18:02mi part ves varah reethi maasha allah so curious who is eynaa !! cant wait to read next part
Shihaamaa Alisays:
އޯގަސްޓް 1, 2025 at 18:31Jazaakallah khairan dearr
Stay tuned for next
Eyna aky kaaku kan adhi fahun ingeynee hehe
Next part on monday in sha allah
Aanaasays:
އޯގަސްޓް 1, 2025 at 22:00Masha allah mi part vs vrh reethi
Anehkaa vs ”eyna“ eh dhww
Curiously waiting
When next?
🫶
Shihaamaa Alisays:
އޯގަސްޓް 3, 2025 at 20:04jazaakallah khairan dearr
hehe yeaa
in sha allah maadhamaa