~ސަލާމް، އަޅުގަނޑު މިވާހަކަ ގެނެސްދޭނީ ކޮންމެ ހޯމަ، އަދި ބުރާސްފަތި ދުވަހުއެވެ~
”އިއޫ ވަޓް ދި ހެކް؟ ވައި އޭމް އައި ބްލަޝިންގް އިއޫ“ ކޯތާފަތުގައި ދެއަތުން ޖަހަމުން އިނދެ ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ. އެވަގުދު ދޮރު ހުޅުވާލާފައި ވައިން މާޔާ ފެނި ޔޫއާގެ ހަރަކާތްތަށް މަޑު ވިއެވެ. ”ދަރިފުޅާ؟ ހާދަ މޫނު ރަތްވެފަ؟“ މާޔާ އެއްސެވެ. ”އާނ.. މީ.. މަދިރިޔެއް… އޭތި ފައްސާލަން..“ ޔޫއާ އަޅައަޅައިގަންނަމުން ބުންޏެވެ. ”ޕިސް ޕިސް.. ނިކްޔާން ކަންތަކޭ މިއީ.. އޮނަސައްތަ ފަހަރު މަންމައަށް ބުނެވިއްޖެ މިހާރު މި ދޮރު ލައްޕާފަ ބަހައްޓާށޭ. ނުލެއްޕޭ ވިއްޔަ. ދެން މަދިރިއާ މެއްސާ ވަންނާނުން“ މާޔާ ދެފަރާތަށް ބޯހޫރުވާލަމުން ބުންޏެވެ. ޔޫއާ ހީލިއެވެ.
(3 ވަނަ ބައި)
”ހަމަ ހުވާ މިކުރީ.. ހިތަށް އަރާ ހަމަ ދެލޯ ކޮނެލަފާނަމޭ ފެނުނަސްވެސް.. ހާދަހާ ފޮންޏޭ އެސޮރުގަނޑު“ ޔޫއާ އެނބުރި ގެއަށް އަހިސް ރިއާނާއަށް ގުޅާ ހުރިހާ ވާހަކައެއް ޔޫއާ ކިޔައިދިނެވެ.
”ހޫމް… ހީވަނީ ހަމަ ރިޕަންޒެލްއާއި ފްލިންހެން.. ޔަގީން މިދެމީހުން ދުވަސްކޮޅަކުން އެކަކު އަނެކަކަށްޓަކާ މަރުވާންވެސް ތައްޔާރުވާނެ ހަހަ.. ރިޕަންޒެލްއާއި ފްލިންވެސް ފުރަތަމަ އެހާ ރުޅި އައެއްނުން.. އެކަމަކު ފްލިން ސްޓެބް ވިގަޑީގަ ކޮންފަދަ ހަހަ“ ރިއާނާ ހެމުން އިނދެ ބުންޏެވެ.
”އައްޗީޑީ.. މަށަށް ވާނެ ނަމަ ރިޕަންޒެލް ގެންގުޅޭ ބޮނޑާއި އަހަރެން ކައިވެނި ކުރީހީ.. އެކަމަކުވެސް މަށަށް މިޖެހުނީ މި ޕިގްއާއި ވިއްޔާ މެރީ ކުރަން. ހަމަ ތެދެއް މިބުނީ.. އާރްގްގްގް“ ރިއާނާ ހޭތީވެ ޔޫއާގެ ރުޅިގަނޑު ގަދަވަމުން ދިޔައެވެ. ނަމަވެސް ރިއާނާ ދިޔައީ ހުއްޓި ނުހުރެ ހެމުންނެވެ.
”ހޫމް ހޫމް ހެޔޮ ދެން މަށަށް މަލާމާތް ނުކުރިޔަސްވެސް.. ދެން ކޮން އިރަކުންތަ ރިއާ އާއި ކައިޝަލްއާއި ކައިވެނި ކުރަނީ؟“ ކައިޝަލްއަކީ ރިއާނާގެ ލޯބިވެރިޔާއެވެ.
”ކައި ކޮޓަރި ހަދާ ނިމެންދެން މިހުންނަނީ.. އިއްޔެ ނޫން އަނެއް ދުވަހު ފާހާނާ ނިމުނީއެ. އަދި އެބައޮތް ދުވަސް އެހެންވެ ހެހެ.. އަބަދު ރިއާ ކުރިން މެރީ ކުރާނީއޭ ކިޔަ ކިޔާފަ އެންމެ ފަހުން ޔޫ ދޯ ތި މެރީ ކުރަނީ؟ ހެހެ“
”އެހެންތާ އެވީ.. އާރްގްގްގް އައި ހޭޓް ދިސް.. ޔޫ ބޭނުމީ ކިޔަވަން.. ޔޫ ބޭނުމީ ނަރުހަކަށް ވާން.. ޔޫ ބޭނުމެއް ނުވޭ ކިޔަވާ ނުނިމި ކައިވެނި ކުރާކަށް..“ ޔޫއާގެ އަޑު ކުރެހުނެވެ. ރިއާނާ އިސްޖަހާލިއެވެ. އެކުވެރިޔާގެ މަޖުބޫރީ ހާލަތު އެނގި ދެރަ ވުމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. ގޭގައި އޮވެފައި ޔޫއާ ބޭރަށް ނިކުމެލީ ރިއާނާގެ ގެއަށް ދިޔުމަށެވެ. ރެއަކީ ހިތްގައިމު ރެޔެކެވެ. އުޑުމަތީގައި ފުރިހަމަ ހަނދުއިން އިރު، އުކާލެވިފައިވީ ޑިސްކޯ ތަކެއްހެން ކުދި ކުދި ތަރިތައް ބަބުޅަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން ޔޫއާގެ ހިތަށް ހަމަޖެހުން ގެނެސް ދިނެވެ. ލަސް ހިނގުމުގައި ދިޔަ ޔޫއާ ސިހުނީ ފަހަތުން ސައިކަލެއް ބަރުގޮނު އަޅުވާ އަޑު އިވުމުންނެވެ.
”ކޮބާ ވައިފީ ކޮންތާކަށް؟“ ނިކްޔާން ހީލިއެވެ. ”ވައިފީއޭ؟ ޗީޑި. ނިކްޔާން ބަލަން ޖެހޭތަ މަ ދާހާ ތަނެއް؟ މަ ދާތާކަށް މަ ހިނގައިދާނަން“ ޔޫއާ ކަޅި އަނބުރާފައި ފިޔަވަޅުތައް ހަލުވި ކޮއްލިއެވެ. ”އަސްތާ! ވާން އުޅޭ އަނބިމީހާ އުޅޭ ނޫޅޭ ގޮތް މަށަށް އެނގެން ޖެހޭނެ ކަންނޭނގެދޯ؟ ދެން ބުނެބަލަ އަޅެ“ ނިކްޔާން ތުންކޮޅު އޮޅާލިއެވެ.
”ވައި އާރް ޔޫ ސޯ އެނޯއިންގް؟“ ޔޫއާ ކަޅި އަޅާލިއެވެ. ”ހެހެ ދެން އަޅެ ބުނެބަލަ؟“ޔޫއާ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެނީސް އެތަނުން ނުދާން ނިކްޔާން ނަދުރެއް ބުނެގެން ހުރި ފަދައެވެ.
”މިދަނީ ޔޫގެ ބެސްޓީ ރިއާނާ ގާތަށް. އޯކޭއެއްނުން؟ ދެން ދާން އުޅޭ“ ޔޫއާ ފަސްއެނބުރި ހިނގައިގަތެވެ. ”އޯހް އެހެންތަ؟ ހެހެ. ބެސްޓީ ބަހައްޓަބަލަ. ހިނގާބަލަ ޑޭޓް އަކަށް ދާން“ ނިކްޔާން ޔޫއާ އާއި ސައިކަލު އެއްވަރު ކޮއްލިއެވެ. ”އައްޗީޑި ނޫޅެން..“ ޔޫއާ އަނގަ ކުނި ކޮއްލިއެވެ.
”އެންމެ ރަނގަޅު. މިރޭ ދެން ދޭ ބެސްޓީ ގާތަށް.. މާދަމާ ރޭ.. 8 ގަ. ސީ ޔޫ ދެން ބޭބީ ގާރްލް“ ނިކްޔާން އެއްލޯމަރާލާފައި ސައިކަލު ދުއްވާލިއެވެ.
”މީނަ ވާހަކަ ދައްކާ ނިމުނީމަ ދާންވީ ދޯ އަބަދުވެސް… ޕިސް ޕިސް.. ކައިވެނި ކުރެވުނީމަ ކިހާ ވަރެއް ވާނެބާއޭ ހީވަނީ“ ދެފަރާތަށް ބޯހޫރުވާލަމުން ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.
ހެނދުނުގެ ވަގުތެވެ. ނިދިފައި އޮތް ޔޫއާއަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ”ސާބަހޭ.. ދުވަސްކޮޅަކުން މީހެއްގެ އަންބަކަށް ޔޫ ވާނެ އެކަމަކު މިހާރު އަބަދު ނިދަނީދޯ؟ ކައިވެނި ހަމަ ޖެހުނީ ޔޫ ކަންނެއްވީ ޕިސް ޕިސް..“ ދޮރު މަތީގައި ހުރި ހިދާޔާ ދެފަރާތަށް ބޯހޫރުވާލިއެވެ.
”ދެން ޕީރިއެޑް ވެފަ ހުރީމައޭ..“ އާފުރިލަމުން ޔޫއާ ބުންޏެވެ. ”ހެހެ އޯކޭ އޯކޭ. ނާޔާ ބަލައިދީބަ.. ދޮންބެ ދައްތަ ފެންވަރާލަން މިދަނީ.. ދޮންބެ ދައްތަ މިއަދު ނިންމީމި ހަހަ“ ހިދާޔާ އުރުުގައި އިން ހިނާޔާ އަނގައިން އަތް ނެރެލަމުން ވާހަކަ ދެއްކިއެވެ. ޔޫއާ ބޯޖަހާލާފައި ހިނާޔާ އުރާލިއެވެ. ”މިހާރު ނާޔޫ ވަރަށް ބަސް ނާހާދޯ؟ އަބަދު އިނގިލިތައް ބޮނީ“ ޔޫއާ ހިނާޔާ އުރާލިއެވެ.
”ނާޔޫ… ކޭން ޔޫ ބިލީވް އިޓް؟ ދޮންތި މިއުޅެނީ މީހަކާ އިންނަން. ދެން ދޮންތި ޖެހޭނީ ނާޔާ ދޫކޮއްލަފަ ދާން.. ވަރަށް ދެރަވޭކަން… ދޮންތި ކިހިނެތްތަ ނާޔޫއާއި ދުރުގައި އުޅޭނީ“ ޔޫއާ ތުންކޮޅު އޮޅާލަމުން ވާހަަކަ ދެއްކިއެވެ. ހަގީގަތުގައިވެސް ހިނާޔާ ދޫކޮށްލާފައި ދާންވުމުން ޔޫއާ އިންނަނީ ވަރަށް ދެރަވެފައެވެ.
ޔޫއާގެ މޫނަށް ބަލަން އޮތް ހިނާޔާ ހީލިއެވެ. ”ދޮންތި ދާތީ ނާޔާ އުފާދޯ ވަނީ؟“ ޔޫއާ ތުންކޮޅު އޫކޮށްލިއެވެ. އެއާއި އެކު ހިނާޔާ މައުސޫމް ގޮތަކަށް ހީލިއެވެ. ”ހެހެ ދޮންތި ފުއްގަނޑު“ ހިނާޔާގެ ކޯތާފަތުގައި ޔޫއާ ބޮސްދިނެވެ.
ކުޑަ ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައި އެނދަކާއި ކުޑަ އަލަމާރިއެއްގެ އިތުރުން ކުޑަ ލޯގަނޑެއް ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ. ކޮޓަރި ތެރޭގައި ލުއި އަލި ކަމެއް ވީއިރު ކޮޓަރި ތެރޭ ކަނެއްގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ”ޔާން… ނޫން… ޔާން އެއީ ހަމައެކަނި އަހަރެންގެ ހައްގެއް. ހަމަ އެކަނި އަހަރެންގެ.. ޔޫއާ!.. ހައު ޑެއާރް ޔޫ.. ޔާން އެއީ ހަމަ އެކަނި އަހަރެންގެ މީހެއް. ދުވަހަކުވެސް ޔާން އަހަރެން ނޫން އެހެން މީހަކަށް ނުލިބޭނެ…“ އެކުއްޖާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުންޏެވެ. އޭރު އެކުއްޖާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
ހިދާޔާ ފެންވަރައިގެން ނިކުން އިރު އެނދުމަތީގައި އޮށޯވެލައިގެން ޔޫއާން އޮތެވެ. ”ކޮން އިރަކު އައީ؟ ސައިބޯން ވީނުން؟“ ބޮލުގެ އިސްތަށިގަނޑުގައި ތުވާލި އައްސާލަމުން ހިދާޔާ އެއްސެވެ. ”ހަމަ ދެންމެ މިއައީ.. ކޯއްޗެއް ހެދީ ސައިބޯން؟“ ޔޫއާން ތެދުވެ ހަށިގަނޑު ދަމާލިއެވެ.
”ހުންނާނެ ކުދި ޕިއްޒާ ހަދާފަ. އުޅޭ ކާން؟“ ހިދާޔާ މޫނުގައި ކްރީމް ކޮޅެއް ހާކާލަމުން ވާހަކަ ދެއްކިއެވެ. ޔޫއާން ހީލާފައި ގޮސް ހިދާޔާގެ ހަށިގަނޑުގައި ފަހަތުން ބައްދާލިއެވެ.
”މްމްމް ހާދަ މީރުވަސް ދުވައޭ..“ ޔޫއާން ހިދާޔާގެ ދޮންކަރުގައި ވަސްގަނެލަމުން މަޑުމަޑުން ތުން ޖައްސާލިއެވެ ”ހެހެ.. ދޮރު ތަޅުނުލާ އެހުރީ.. ޔޫ ވަދެދާނެ.. އާން އަށްވެސް އެނގޭނެ ޔޫއެއީ ކިހާ ލާނެތް ކުއްޖެއްކަން“ ޔޫއާން ދުރުކޮއްލަމުން ހިދާޔާ ބުންޏެވެ.
”ހެހެ ހަމަ ޖެހިބަލަ.. އާން މިއައީ ދޮރު ތަޅުލާފައޭ. ކޮބާތަ ނާޔާ؟ ޔޫ ގާތުގަ؟“ ހިދާޔާގެ މޫނާއި މޫނު ގާތް ކޮއްލަމުން ޔޫއާން ވާހަކަ ދެއްކީ މަސްތީ ރާގެއްގައެވެ. ހިދާޔާ ބޯޖަހާލިއެވެ. ޔޫއާން ހިނިތުންވެލާފައި ހިދާޔާގެ ތުންފަތަށް ބޮސް ދިނެވެ.
ހިނދުކޮޅެއް ފަހުން ހިދާޔާއާއި ޔޫއާން ކޮޓަރިން ނިކުތެވެ. އޭރު ހިނާޔާ ގޮވައިގެން ޔޫއާ ސިޓިންގް ރޫމްގައި އިނެވެ. ”އަސްތާ.. ފެންވަރަން ދިޔަ މީހާ މިއީދޯ މިގަންނަ ގަނޑަކީ؟ މަށަށް ދަރިފުޅު ހަވާލު ކޮއްފަ މިމީހުން މާފޮޅުވަނީދޯ؟“ ޔޫއާ ދިމާ ކުރަން ފެށިއެވެ.
”އޭ ބުނަންތަ ވާހަކައެއް؟ ދެން ދޮންބެއަށް ދިމާ ކުރާނެ ކަމެއް ނެތް އިނގޭ؟ ޔޫ ވެސް ދުވަސްކޮޅަކުން ކައިވެނި ކުރެވޭނެ. އޭރުން ދޮންބެވެސް ހަމަ ތިހެން ކިޔާނަން“ ޔޫއާން ދޫނެރެލަމުން ބުންޏެވެ. ”އައްޗީޑީ.. ލައިކް އައި ވިލް ޑޫ އެނީ ތިންގް.. އެ އިކްޔާން ނިދަންވެސް ޖެހޭނީ ހަމަ ބިންމަތީގަ.. އުނހޫން. ފާހަނާގަ އޮންނަން ޖެހޭނީ“ ޔޫއާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ޓިކްޓޮކް ބަލަން އޮތް ޔޫއާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 45 7 ކެވެ. 8 ޖަހާ އިރު ނިކްޔާންއާއި ދިމާ ކުރަން ބުނެފައިވީކަން ޔޫއާ ހަނދާން ވިޔެވެ. ”އޭނަ ހަމަ އަންނާނެބާ ޔޫ ބަލާ؟“ ހިތާ ހިތުން ޔޫއާއަށް ސުވާލު ކޮއްލެވުނެވެ. އެވަގުތު ޔޫއާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ.
(ނުނިމޭ)
ހަތަރުވަނަބައިގެ ތެރެއިން:
ލޯގަނޑު ކުރިމަތީގައި މޭކްއަޕް ކުރަން އިން ޔޫއާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ގުނަމުން މިދަނީ ”ޔޫއާ“ ގެ ގޮތުގައި އޭނާ ހޭދަ ކުރާނެ އެންމެ ފަހު ދުވަސްކޮޅެވެ. ދެން ޔޫއާ އަކީ ”ޔޫއާ“ އެއްނޫނެވެ. ޔޫއާ އަކީ ނިކްޔާންގެ ”އަންހެނުން“ ނެވެ. މިއީ ޔޫއާ އޭނާގެ ދިރިއުޅުން ސިފަ ކުރި ގޮތެއްވެސް ނޫނެވެ. ދުވަހެއްގެ ކޮޅުން ބޭނުންވީ ގޮތެއްވެސް ނޫނެވެ، ތަގްދީރުގެ ނިޔާ ދިމާކުރި ގޮތެވެ. ޔޫއާ ތައްޔާރު ކުރަން ތިބި ކުދިން ޔޫއާ ރީތިކޮއް ނިމުމުން ޔޫއާ އަތުގައި ހިފާ ލޯގަނޑު ކައިރީގައި ބެހެއްޓިއެވެ.
Comments (6)
🦋🦋 Aishath 🦋🦋says:
ޖުލައި 29, 2025 at 21:16Maashaa Allah mi part vx varah varah reethi…
Alhey yooaa and nikyan haadha maja ey… so cute..
E dhe meehun dhuru nukurahchey…..
Curiously waiting for the next part……
LY,Take care😌😌
Shihaamaa Alisays:
އޯގަސްޓް 1, 2025 at 18:32Jazaakallah khairan dearrr
Hehe balamaa dhw dhn vaa goii
Stay tuned for nextt
Ly, tc
Shaf_maansays:
ޖުލައި 30, 2025 at 08:13Maasha Allah mi prt vx vrh reethi
Yooaa n Nikyan is so cute💜
Kithanme rulhi ayas they love each other kahneyyne.. Or maybe in the future they will…
N who was that crying girl??????? Nikyan dheke loabi vaa kuljeh?? Or Nikyan ge gf???????
I can’t predict what is going to happen
Itz sooo curious
Can’t wait for the next prt
Impatiently waiting..
Whn nxt???????
Tc.. Lysm Shiher 💜💜
Shihaamaa Alisays:
އޯގަސްޓް 1, 2025 at 18:33Hehe balamaa dhw dhn vaa goi e girl aky kaaku kan vess hehe
Ly
unknown gurllsays:
ޖުލައި 31, 2025 at 21:53maasha allah mi part ves vrh furihama curiously waiting for the next part
Shihaamaa Alisays:
އޯގަސްޓް 1, 2025 at 18:33Jazaakallah khairan dear
Ly