ވަފާތެރިމަވީމޭ 2

”ޔޫއާ ގާތު މަށަކަށް ނުބުނެވޭތަ އަންހެން ކުދިން އެވަރަށް ކިޔަވާކަށް ނުޖެހޭނޭ؟“ ހިތްހަމަ ނުޖެހިފައި ހުމައިދު އެއްސެވެ. ”ކާކުތަ އެހެން ބުނީ؟ ކޮންތާކު އޮތް ފޮތެއްގަތަ އެހެން އިނީ؟ ޔޫ ބޭނުން ކިޔަވަން. ޔޫ ބޭނުން ނަރުހަކަށް ވާން..“ ޔޫއާ ބުންޏެވެ. ”ހެވޭ ބޭނުމަސް.. މިހާރު ތިހުރީ އޭލެވެލްވެސް ހެދިފައި. 19 އަހަރުވެސް ވެއްޖެ. ދެން ޔޫއާ ޖެހޭނީ މީހަކާ އިންނަން. އަންނަ ހަފްތާ ރަންކިޔުން ހަމަ ޖައްސާނަން. ބައްޕަ ރައްޓެހި ނާހިލްގެ ނިކްޔާނާއި ކައިވެނި ކުރަން ތައްޔާރުވޭ!“ ހުމައިދު ބުންޏެވެ. އަދި ޔޫއާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ކާގެއިން ނިކުމެގެން ދިޔައެވެ.

(2 ވަނަ ބައި)

”މަންމާ… ބައްޕަ ކީއްވެތަ ޔޫދެކެ ލޯބި ނުވަނީ؟ ކޮބާތަ ޔޫގެ ކުށަކީ؟ ޔޫ ބޭނުމޭ ކިޔަވަން.. ދޮންބެ ބޭނުމެއް ނުވި ކިޔަވާކަށް. އެކަމަކު ދޮންބެ ގާތުގަ ބައްޕަކީ ކިޔަވާށޭ. ވަޒީފާއަށް ދެވޭނީ އޭރުންނޭ. ދޮންބެ ކައިވެނިވެސް ކުރީ 24 އަހަރުވީ ފަހުން. ކީއްވެ ޔޫ ހަމަ 18 އަހަރު ވީމަ ކައިވެނި ކުރަންވީ؟“ ޔޫއާ ރޮމުން ޔަޒީދާ ގާތުގައި ޝަކުވާ ކުރިޔެވެ. ”ދަރިފުޅާ.. އެއީ ދެން ބައްޕަގެ ވިސްނުން ހުންނަ ގޮތެއްނުން ހަމަ؟ ހުއްޓާލާ ދަރިފުޅާ“ ޔަޒީދާ ބުންޏެވެ. ހަގީގަތުގައި ޔޫއާ ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް ޙުދު ޔަޒީދާއަކަށް ވެސް ނޭނގެއެވެ.ހުމައިދުގެ އެސިފައަކީ ޔަޒީދާއަށް އެއްގޮތަކަށްވެސް ކަމުދާ ސިފައެއްނޫނެވެ.

ޔަޒީދާގެ އަތް ދުރުކޮއްފައި ޔޫއާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ބަންޑުން އޮށޯވެ އޮވެ ޔޫއާ ކިތަންމެ އިރަކު ރުޔެވެ. އަންހެން ކުއްޖަކަށް ވެވުނީއާ ނުކިޔެވެންވީ ކީއްވެގެން ހެއްޔެވެ؟އަަންހެން ކުއްޖަކަށްވީތީ އަބަދު ފަޙުރުވެރިވީ ޔޫއާ މިއަދު އަންހެން ކުއްޖަކަށް ވީތީ ހިތުގައި ޝަކުވާއުފެދުނެވެ.

ޖެހިގެން އައި ދުވަހެވެ. ރޭގައި އެހާ ގިނަ އިރު ރުއިމުގެ ސަބަބުން ޔޫއާ އަށް ހޭލެވުނީ 10 ޖަހަން އުޅެނިކޮށެވެ. ހޭލާފައިވެސް ތެދުވާ ހިތް ނުވުމުން ޔޫއާ އޮތް ގޮތަށް އޮތީއެވެ. ނަމަވެސް އިރުކޮޅަކުން ދޮރުގައި މީހަކު ޓަކިދޭން ފެށުމުން ޔޫއާ ގޮސް ދޮރު ހުޅުވާލިއެވެ. ”މިއަދު މެންދުރު ނިކްޔާންގެ އާއިލާ މިގެއަށް ކާން އަންނާނެ. ރީތި ވެގެން ހުންނާތި“ ހުމައިދު ބުންޏެވެ. އަދި ހަމަ އެސިކުންތުގައި ހިނގައިގަތެވެ. ޔޫއާ މޫނު ކުނި ކޮއްލާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ”ރީތިވާށޭ؟ ޔޫއަށް ވީ އެންމެ ހަޑިކޮށް ހަމަ ހުންނާނީ“ ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.އަދި ވިހަގޮތަކަށް ހީލިއެވެ.

ފެންވަރައިގެން ނިކުމެ ޔޫއާ ކަބަޑު ހުޅުވާލިއެވެ. އަތުގައި އޮތް އެންމެ ބާހެދުން ލާފައި ކަޅު ކުލައިގެ ވަށް ބުރުގަލެއް އަޅާލިއެވެ. ސެންޓުވެސް ޖަހާލުމެއް ނެތި ޔޫއާ ކޮޓަރިން ނިކުތެވެ. އޭރު ބަދިގެ ތެރޭގައި ޔަޒީދާ އަދި ހިދާޔާ ކެއްކުމައިގެން އުޅުނެވެ. ”ކޯއްޗެއް ތިހަދަނީ؟“ ޔޫއާ އަތް ދޮވެލިއެވެ. ”އަލުވި ބަތާއި ކެރެޓު ބަތް.. ނިކްޔާންއަށް ވަރަށް މީރު އެއްޗެކޯ އަލުވި ބަތަކީ.. ނިކްޔާންއަށް ހާއްސަކޮށް އެހެންވެ އަލުވި ބަތް ހަދަން މިއުޅެނީ“ ހީލާފައި ޔަޒީދާ ބުންޏެވެ. ޔޫއާ އަނގަ ކުނި ކޮއްލިއެވެ. ނަމަވެސް ޔަޒީދާ އަދި ހިދާޔާއަށް އަތް ގާތް ކޮއްލަ ދިނެވެ.

ބާބު 2: ތައްޔާރީ

މެންދުރު 1 ޖެހި ތަނާހެން ނިކްޔާންގެ އާއިލާ އެގެއަށް އައެވެ. ”އައްސަލާމު އަލައިކުމް…“ ނާހިލް ގެއަށް ވަދެ ސަލާމް ގޮވާލިއެވެ. ”ވާލައިކުމް ސަލާމް.. އަވަހަށް ވަދޭ“ ހިނިތުންވެލާފައި ހުމައިދު ބުންޏެވެ. ”މިއީ ޔޫއާ“ ގާތުގައި ހުރި ޔޫއާގެ އަތުގައި ހިފާލަމުން ހުމައިދު ބުންޏެވެ. ”މާޝާ ﷲ ދަރިފުޅު ހާދަ ލޯއިތްބޭ..“ ޔޫއާގެ އަތުގައި ހިފާލަމުން ނިކްޔާންގެ މަންމަ މާޔާ ބުންޏެވެ. ”މިއީ ނިކްޔާން.. ދަރިފުޅު ހާދަ މަޑުން ތިހުރީ..؟ ދެން އާދެބަލަދޯ؟ ލަދުންތަ ތިހުރީ؟ ހެހެ“ ނިކްޔާންއާއި ދިމާލަށް ބަލައިލަމުން މާޔާ އެއްސެވެ.

ޔޫއާ ނިކްޔާންއާއި ދިމާލަށް ބަލައިލިޔެވެ. ފެންނަ ފެނުމުން ނަމަ މިހާރުގެ ކުދިންގެ ”ޑްރީމް ބޯއި“ އެކެވެ. އިސްކޮޅުގައި 6 ވަރަކަށް ފޫޓު ހުންނާނެކަން ގައިމެވެ. ނިކްޔާންގެ ފަންދިގު އިސްތަށިގަނޑު ދޫކޮއްލާފައި އޮތް އިރު ދެލޮލަށް އޭނާގެ އިސްތަށިކޮޅުތަށް އުނދަގޫ ކުރަމުން ދިޔައެވެ. ކަޅުކަން ދެލޮލާއި ކަސްރަތީ ހަށިގަނޑެވެ. ނަމަވެސް ނިކްޔާންގެ މޫނު މަތިން ފެންނަނީ ”ފޮނި“ ކަމެވެ. ނަމަވެސް ޔޫއާ ހިނިތުންވެލިއެވެ.

”ލަދުންނޭ؟ ނޯވޭ. ސަޕް ލިޓްލް ގާލް.“ ނިކްޔާން ޔޫއާ އާއި ކައިރި ވެލާފައި ޔޫއާ އާއި އެއްވަރަށް ތިރިވެލަމުން ބުންޏެވެ. ”ލިޓްލްއޭ؟ މިވެސް ބޮޑުވެފަ ހުރި އަންހެނެއް އިނގޭ؟“ ޔޫއާ ކަޅި އަޅާލަމުން ބުންޏެވެ. ”އެހެންތަ؟ އަހަރެން ހީކުރީ އަދި 12 އަހަރު ކުއްޖެއް ކަމަށް“ ޔޫއާގެ ކޮލުގައި ހިފާލަމުން ނިކްޔާން ބުންޏެވެ. ”ޔޫ ބާސްޓާރްޑް“ ޔޫއާ ކަޅި އަޅާލިއެވެ.

”ހެހެ ދެން ކާން އުޅެމާ ހިނގާދޯ؟“ ހުމައިދު ބުންޏެވެ. ނިކްޔާނަށް ކަޅި އަޅާލާފައި އެންމެ ފުރަތަމަ ކާގެއަށް ވަނީވެސް ޔޫއާއެވެ.

”އެހެންވެ މިއަންނަ ހަފްތާ ނޫން އަނެއް ހަފްތާ ހޯމަ ދުވަހުން ކައިވެނި ކުރާގޮތަށް ދޯ؟“ ހުމައިދު އެއްސެވެ. ”އާން ދެން ލަސް ކުރުމެއް ނެތެއްނުންދޯ؟ ދަރިފުޅާ ޔޫއާ މިއަދު އަންނަންވީނުން ބައްޕަ މެންނާއި އެކު ގެއަށް؟ އިންނާނެ ދަރިފުޅުގެ ހެދުން ގެނެސްފައި. މަންމައާއި ދެމީހުން އެކަމާ އުޅިލަން؟“ ނިހާލް އެއްސެވެ. ޔޫއާ ހިނިތުންވެލިއެވެ. ”ރަނގަޅު ޙިޔާލެއް. ދަރިފުޅު ދާންވީނުން؟“ ހުމައިދު ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ.

ދެފަރާތުގެ އާއިލާ ދެކެވެމުން ދިޔަ ވާހަކަ އަހަން އިން ނިކްޔާން ފައިން ޔޫއާގެ ފައިގައި ކޮއްޓާލިއެވެ. މަޑު މަޑުން އިން ޔޫއާ ދިޔައީ ސިއްސައިގެންނެވެ. ނިކްޔާނާއި ދިމާލަށް ކަޅި އަޅާލާފައި އަލުން ކެއުމައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް ދެންވެސް ނިކްޔާންއަކަށް މަޑުންނެއް ނީންދެވުނެވެ. އެއްފައި ނަގާ ޔޫއާގެ އުނގުމަތީގައި ބޭއްވިއެވެ. އެއާއި އެކު ޔޫއާ ރުޅި އަހިސްފައި ނިކްޔާން ފައިގައި ހުރި އިސްތަށީގައި ހިފާ ދަމައިގަތެވެ. ”އައްދޯތް“ ނިކްޔާން ހަޅޭ ލަވައިގަތެވެ. އަދި ކުއްލި ގޮތުގައި ފައި ހިއްލާލުމާއި އެކު މޭޒުގައި ފައި ޖެހުނެވެ.

”ދަރިފުޅާ؟ ކިހިނެތް ތިއުޅެނީ؟“ ނިހާލް އެއްސެވެ. ”އާހް…“ ނިކްޔާން އެއްވެސް އެއްޗެއް ނުބުނެ ޔޫއާ އާއި ދިމާލަށް ކަޅި އަޅާލިއެވެ. ޔޫއާ ހިނިތުންވެލީ ފަޙުރު ވެރި ވެލާފައެވެ.

ކައި ނިމުމުން ނިކްޔާންގެ އާއިލާއާއި އެކު ޔޫއާ ދިޔައީ އެގެއަށެވެ. އާދައިގެ ގެއެއް ނަމަވެސް ބަލައިލަން ވަރަށް ރީއްޗެވެ. ގޭދޮރާށި ގާތުގައި ހުދު ކުލައިގެ ބޯގަންވިލާ ގަހެއް ހުރި އިރު ގޭގެގައި އެކި ކަހަލަ މޭވާ ގަސްގަސް ހުއްޓެވެ. އަނބާއި އަތަ ގަހެވެ. ފޭރާއި ކުންނާރު ގަހެވެ. ”ވަދޭ ދަރިފުޅޫ. ނިކްޔާން.. ދޭބަލަ ޔޫއާ ގޮވައިގެން ކޮޓަރި ދައްކާލަން. މަންމަ މިއަންނަނީ ފެންވަރާ ތާޒާ ވެލައިގެން ޔޫއާގެ ހެދުން ލައްވަން.. ވަރަށް ދާހިތްލާފަ“މާޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ.

”ލެޓްސް ގޯ ލިޓްލް ގާލް“ ނިކްޔާން ޖީބަށް އަތް ޖަހާލަމުން ހިނގައި ގަންނަމުން ބުންޏެވެ. މޫނު ކުނި ކޮއްލާފައި ޔޫއާ ނިކްޔާންއާއި އެކު ހިނގައިގަތެވެ.

ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. ސީލިންގުގައި ”ނިއޯން ލައިޓްސް“ ހަރުކޮއްފައިވީއިރު ވަރަށްވެސް ރީއްޗެވެ. ކޮޓަރި ކަނެއްގައި ކިންގް ސައިޒް އެނދެއް އޮތް އިރު މުޅި ކޮޓަރި ތެރެވަނީ އަޅިންނާއި ހުދުން ޖަރީ ކޮއްލެވިފައެވެ.

”ސޯ ލިޓްލް ގާލް.. މަޖުބޫރު ކައިވެންޏަކަށް ދާން ޖެހުނީ ބިޓެއް ނުލިބުނީތަ؟ އައި މީން… ބަލާލާފަ ހީވޭ ވަރަށް އެހެން ހެހެ“ ނިކްޔާން ބުންޏެވެ. ”އެކްސްކިޔުޒް ޔޫ؟ މަގޭ ހުތުރޭތަ ތިބުނީ؟“ ޔޫއާ ތުންކޮޅު އޫކޮށްލަމުން އެއްސެވެ. ނިކްޔާން ހީލިޔެވެ. ”އާން ދެން… މުޅިއަކުން ދޮގެއްވެސް ނޫން“ ނިކްޔާން ހީލިޔެވެ. ”މަށެއް ނޫން ކަންނޭނގެ ތީނަ ކަންނޭނގެ ހުތުރީ. އަންހެން ކުދިންނަށް އަބަދު ވަށް ބަހުން އެއްޗެހި ކިޔާ މީހަކުދެކެ ކާކުތަ ލޯބިވާނީ. އަހަރެން އަދި ފުރަތަމަ ހީކުރީވެސް ފިރިހެން ކުދިން ފަހަތުން އުޅޭ ސޮރެއް ބާއޭ. އެހެންނުން ވާނީ އިސްތަށިގަނޑުވެސް އަންހެނެއްހެން. އެހެންވެ އެކުޅި ހުއްޓުވަން ކަންނޭނގެދޯ މަށާ އެދެވީވެސް ހަހަ“ ޔޫއާ ހަރަމް ބަނދެލަމުން ބުންޏެވެ.

ނިކްޔާން ހީލާފައި ޖީބަށް އަތް ޖަހާލިއެވެ. އަދި ޔޫއާ އާއި ދިމާލަށް ލަސް ހިނގުމުގައި ހިނގައިގަތެވެ. ނިކްޔާން ކައިރި ވާން ފެށުމުން ޔޫއާ ފަހަތަށް ޖެހެން ފެށިއެވެ. ޔޫއާ ފަހަތަށް ޖެހުނު ވަރަކަށް ނިކްޔާން ދިޔައީ ކުރިއަށް ޖެހެމުންނެވެ. ނިކްޔާންގެ މޫނަށް ބަލަން ހުރި ޔޫއާ އެނދުގައި ޖެހުމުގައި އެކު އަރިއަޅާލިއެވެ. ޔޫއާ ވެއްޓުނަ ނުދިނުމަށް ނިކްޔާން ޔޫއާގެ އުނގަނޑުގައި ހިފިއެވެ. ނަމަވެސް ދެމީހުން އެއްކޮށް އެނދު މައްޗަށް ވެއްޓުނެވެ.

”ޔޫ ޕާރްވާރްޓް“ ހަށިގަނޑު މަތީގައި އޮތް ނިކްޔާން މޭގައި އަތް އަޅާ ކޮއްޕާލަން މަސައްކަތް ކުރަމުން ޔޫއާ ބުންޏެވެ. ނަމަވެސް ނިކްޔާން ހުރީ ޔޫއާގެ އެއަމަލަށް ތައްޔާރު ވެގެންނެވެ. ޔޫއާގެ ދެއަތުގައި ހިފާ އަތް މައްޗަށް ނަގާ ހައްޔަރު ކޮއްލިއެވެ. ”ވާން އުޅޭ ފިރިމީހާއަށް ވެސް ތިހެންތަ ވާހަކަ ދައްކަނީ؟“ ނިކްޔާން ނިތް ހިއްލާލަމުން އެއްސެވެ. ”މީ މަގޭ ބޭނުންވެގެން ވީ ކަމެއްތަ؟ ވާން އުޅޭ ފިރިމީހާއޯ މައި ފުޓް“ ޔޫއާ ތުންއަނބުރާލިއެވެ.

”އޯހް ޔޫ ލިޓްލް ވަން.. ބޭނުން ނޫނަސް މަގޭ އަންހެނުނަށް ވާށެއްނުން ދެން ޖެހޭނީ ހެހެ“ ޔޫއާގެ ތުންފަތު ކަނުގައި ތުންޖައްސާލަމުން ނިކްޔާން ބުންޏެވެ. އެއާއި އެކު ޔޫއާގެ ދެލޯ ބޮޑު ވިއެވެ. ޔޫއާގެ ބޮޑުވެފައިވީ ދެލޮލަށް ބަލައިލާފައި ހީލަމުން ނިކްޔާން ތެދުވިއެވެ. އަދި ކޮޓަރިން ނިކުތެވެ. އެއާއި އެކު ޔޫއާ ތެދުވެ އިށީނެވެ. އެވަގުތު ކަބަޑުގައި އިން ލޯގަނޑުން ޔޫއާއަށް އޭނާގެ މޫނު ފެނުނެވެ. ރަތްވެފައިވީ ޔޫއާގެ މޫނު ފެނި ޔޫއާއަށް ކޯތާފަތުގައި އަތް ޖައްސާލެވުނެވެ.

”އިއޫ ވަޓް ދި ހެކް؟ ވައި އޭމް އައި ބްލަޝިންގް އިއޫ“ ކޯތާފަތުގައި ދެއަތުން ޖަހަމުން އިނދެ ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ. އެވަގުދު ދޮރު ހުޅުވާލާފައި ވައިން މާޔާ ފެނި ޔޫއާގެ ހަރަކާތްތަށް މަޑު ވިއެވެ. ”ދަރިފުޅާ؟ ހާދަ މޫނު ރަތްވެފަ؟“ މާޔާ އެއްސެވެ. ”އާނ.. މީ.. މަދިރިޔެއް… އޭތި ފައްސާލަން..“ ޔޫއާ އަޅައަޅައިގަންނަމުން ބުންޏެވެ. ”ޕިސް ޕިސް.. ނިކްޔާން ކަންތަކޭ މިއީ.. އޮނަސައްތަ ފަހަރު މަންމައަށް ބުނެވިއްޖެ މިހާރު މި ދޮރު ލައްޕާފަ ބަހައްޓާށޭ. ނުލެއްޕޭ ވިއްޔަ. ދެން މަދިރިއާ މެއްސާ ވަންނާނުން“ މާޔާ ދެފަރާތަށް ބޯހޫރުވާލަމުން ބުންޏެވެ. ޔޫއާ ހީލިއެވެ.

(ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

ކުޑަ ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައި އެނދަކާއި ކުޑަ އަލަމާރިއެއްގެ އިތުރުން ކުޑަ ލޯގަނޑެއް ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ. ކޮޓަރި ތެރޭގައި ލުއި އަލި ކަމެއް ވީއިރު ކޮޓަރި ތެރޭ ކަނެއްގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ”ޔާން… ނޫން… ޔާން އެއީ ހަމައެކަނި އަހަރެންގެ ހައްގެއް. ހަމަ އެކަނި އަހަރެންގެ.. ޔޫއާ.. ހައު ޑެއާރް ޔޫ.. ޔާން އެއީ ހަމަ އެކަނި އަހަރެންގެ މީހެއް. ދުވަހަކުވެސް ޔާން އަހަރެން ނޫން އެހެން މީހަކަށް ނުލިބޭނެ…“ އެކުއްޖާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުންޏެވެ. އޭރު އެކުއްޖާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.

Share this
Copy to Clipboard

Comments (10)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.