“ކީއްވެހޭ” އަރްކާން އެއްޗެއް ނުބުނެ ހުންނަން ފެށުމުން ލިއާނާ އަނެއްކާވެސް އަހައިލިއެވެ.
“ބިކޯޒް އައި ލަވް ޔޫ ސޯ މަޗް” ލިއާނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ވައި އަޑުން އަރްކާން ބުނެލިއެވެ. ލިއާނާގެ ހަށިގަނޑުގައި ވާހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހިތުގެ ތެޅުން ދެގުނަ ވިއެވެ. އެދެލޮލުގައި ވަނީ ތަފާތު ޖަޒުބާތެކެވެ. ނިމުމެއް ނުވާ ލޯތްބެވެ. އަރްކާންގެ ހިތުގެ އަޑު އިއްވާލަމުން ދިޔައިރު ލިއާނާ ހިތް ވެސް ގޮވަމުން ދިޔައީ އެ ލޯތްބަށެވެ. އެސްފިޔަޖަހައިލަން ވެސް ނޭނގިފައި ލިއާނާއަށް ހުރެވުނީ އެ ރީތި ވަގުތު ކޮޅު ނިމުމަކަށް އައިސްފާނެކަމުގެ ބިރަށެވެ.
***
“ވަރަށް ބޮޑަށް ލޯބިވޭ ލިއާ..ހައު އެބައުޓް ޔޫ” ލިއާނާގެ ކޯތާފަތުގެ އަތް ބީއްސަމުން އަރްކާން ބުނެލިއެވެ. ލިއާނާގެ މުޅި ހަށިގަނޑުގައި ދުވެލީ ފިނި ރާޅެކެވެ. އަރްކާންގެ ބަލައިލުންތަކުން ކުރަމުން އަސަރު އެހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވާސިލް ވަމުން ދިޔައެވެ. ހިތުގެ ތެޅުން ހިތްތިހާއަށް އަވަސްވެފައިވީ އިރު އެއަޑު އަރްކާން އަށް ނީވޭނެބާއޭ ލިއާނާގެ ހިތައް އެރިއެވެ. އޭނާގެ ހިތް ވެސް އަރްކާންއަށް އެދޭ ނަމަވެސް ޒެވިއަލް އާއި އަރްކާންގެ ދެމެދުގައި ހިނގާފައި ކަންތައް މަތިން ހަނދާންވެ ޖަވާބް ދޭން ފަސްޖެހޭ ގޮތްވިއެވެ.
“މި.މި.. ދޮންބެ” އަރްކާންއެހާ ކައިރީގައި ހުރުމުން އިސްއުފުލާލައިގެން ހުރުމުން ވާޙަކަ ދައްކަން ވެސް އޭނާއަށް އުނދަގޫ ކަމަކަށެވެ. ލިއާނާ ތަންކޮޅެއް ފަހަތައް ޖެހިލި ހިނދު އަރްކާން، އެ ހިމަ އުނަގަނޑުގައި އަތް އަޅުވާލާފައި ކައިރިއަށް ގެނައި ގޮތައް އެ މޭގައި ތަތްކޮށްލިއެވެ. ލިއާނާގެ ނޭވާ ވެސް ހީވީ ކަރުތެރޭގައި ތާށިވި ހެންނެވެ.
“ޑޯންޓް ވޮރީ އެބައުޓް ހިމް.. ޒެވް އަމިއްލައަށް އެދުނު ދެމީހުންގެ ދެމެދުގަ ހިނގި ކަންތަކާއި މެދު ވާހަކަ ދައްކަން.. އެ ވާހަކަ ނުދައްކާ މަޑުކޮށްލަން މަ ބުނީ ޒެވް ކައިރީގަ.. އެއީ ކަމެއްގަ އަހަރެމެން ދެމީހުން މިދުވަސްކޮޅު އުޅޭތީ.. ޒެވް އޯކޭ ނުވިއްޔާ އޭނާގެ ދެފައިގާ ހިފާފަ އާދޭސް ކުރާނަން އޯކޭ ވަންދެން.. އޯކޭ އެންނު”އަރްކާން ވާހަކަ ދައްކަމުން ދިޔައިރު ތުންފަތް މަތީގައިވި ހިނިތުންވުމުން ލިއާނާއަށް ވެސް ހީލެވުނެވެ. އަރްކާންގެ މޭގައި ލިއާނާ ބޯއަޅާލިއެވެ.
“ދެން ބުނެބަލަ..ލޯބި ވޭތަ” އަރްކާން އަނެއްކާ ވެސް އަހައިލިއެވެ. ލިއާނާ ބޯ ހިތްލާލާފައި އެ މޫނަށް ބަލަހައްޓައިގެން ހުރެ ބޯ ޖަހައިލި އިރު އަރްކާންގެ ތުންފަތުގައި ވި ހިނިތުން ފުޅާވިއެވެ.
“އާހްހް.. ފައިނަލީ… ހީވަނީ ލިއާ ފެނުނު ފުރަތަމަ ދުވަހު ބޯ މައްޗަށް އަރާއޮތް ހިލަގަނޑެއް އަދިކިރިޔާ ބޯ މަތިން ކެހުނުހެން.. އާހްހް…އެކަމަކު ތި އަނގައިން ބުނާ އަޑުއަހާލަން ވަރަށް ބޭނުން” ލިއާނާގެ އަތުގައި ހިފާލައިގެން ހުރެ އަރްކާން ދޮންވެލިގަނޑު މައްޗަށް ތިރިވެ ކަކޫ ހަރުކޮށްލިއެވެ.
“އަހަންނަށް ފުރަތަމަ ދުވަހު ވެސް އަރްކާންގެ ކުރިމައްޗަށް އެރުނީ ހިލަގަނޑަކާއި އެކުތަ.. ނޫޅެން ބުނާކަށް ވެސް ދެން” ލިއާނާ ތުން އޫކޮށްލަމުން ދެލޯ އަޅާލިގޮތުން އަރްކާންގެ ގާތައް އައީ ހިންޏެވެ.
“އެހެންނެއް ނޫނޭ މައި ލަވް..”އިންތަނުން ތެދުގައި ލިއާނާގެ އަތައް ދަމާލާފައި އެނާގެ ކައިރީގައި ވެލިގަނޑުގެ މަތީގައި ބޭންދިއެވެ. އެހެން އިނދެފައި ގަޔާލާ ބޮނޑީކޮށްލި ގޮތުން ހީވީ ވައި ރޯޅިއަކަށް ވެސް އެދެމެދަށް ނުވަދެވެނެކަން އަންގާލި ހެންނެވެ. ލިއާނާ ދެކެ އަރްކާން ވާ ލޯބި ކޮންމެ އަދާއަކުން ހާމަވެއެވެ.
“އައި ލަވް ޔޫ ޓޫ.. ޑޯންޓް އެވާރ ލީވް މީ” އަރްކާން ދުރުވެލުމުން ލިއާނާ ބުނެލިއެވެ. އެހިނދު ލިއާނާގެ ނިތުގައި އަރްކާން އަށް ނިތް ޖައްސާލެވުނެވެ. ލޯ މަރާލެވުނީ ލިއާނާގެ އަނގައިން އެ ލަފްޒުތައް ބޭރުކޮށްލުމުން ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ.
” އައި ޕްރޮމިސް ..އައި ވިލް ނެވާރ ލީވް ޔޫ.. ލޯބިވާ ވަރު ބުނެދޭނެ ގޮތެއް ވެސް ނޭނގެ… އެތައް ދުވަހެއް ފަހުން އަހަންނަށް ލިއާ ފެނުނީ އަހަރެމެންގެ އަށް ޗޭންޖު ވީ ދުވަހު.. އެދުވަހުވެސް އަހަންނަށް ލިއާ އާއި މެދު ތަފާތެއް ފީލްވީ.. ކުރިން، މަށާ ޒެވްގެ އެކުވެރިކަމުގެ ޒަމާނުގަވެސް އަހަންނަށް ފާޑަކަށް ވިސްނޭ ލިއާ މެދު..އެކަމަކު ގަބޫލް ކުރާކަށް ބޭނުމެއް ނުވި…އެކަމަކު އަހަންނަށް ޔަގީން މިހާރު މި ކުއްޖާގަނޑާއި ނުލައެއް ނޭވާއެއް ވެސް ނުލެވޭނެކަން.. އަހަރެންގެ މުޅި ސިކުނޑިއާއި ހިތް ހިޞާރުކޮށްގެން އިންނަނީ ލިއާ.. ދުވަހަކު ވެސް އަންހެން ކުއްޖަކު ފެނުނީމާ ނުވާގޮތެއް ލިއާ ފެނުނުނީމަ ވަނީ… މި ރީތި ކުއްޖާ ފެނި ހިތުގެ ވިންދު އަވަސް ވޭ.. އަޑު ޖެހުނަސް ހިތަށް ފިނިކަން ލިބޭ..” އަރްކާންގެ ކޮންމެ ޖުމްލައަކުން ލިއާނާގެ ހިތައް ދިޔައީ ބަޔާންކުރަން ދަތި ފޮނިކަމެއް އިޙްސާސްވަމުންނެވެ.
“އަބަދު ބްލަޝް ވެފަ އިންނާނީ މި ޗީކު ކޮޅު”ލިއާނާގެ ރަތްވެފައިވީ ދެކޮލުގައި ހިފާލިއިރު އަރްކާން ހިފާލިއެވެ.
“ދެން އެހާ ވަރަށް ތައުރީފް ކުރަންޏާ އެހެން ވާނެ އެންނު.. އެހެންނޫނަސް އަބަދު އަރްކާން ބަލަނީ ވިއްޔަ” އަރްކާން އެހާގާތުގައި އިންއިރު ކަޅިޖަހާ ނުލާ ބަލާވަރުން ލިއާނާ އިނީ ލަދުން ވިރޭވަރުވެފައެވެ. އެހެން އިނދެ އަރްކާން އޭނާއާއި ގާތައް ޖެހިލި ހިނދު ލިއާނާގެ ހިތް އަވަސް ވެގެން ދިޔައެވެ. އަރްކާންގެ މޫނު ކައިރިވާން ފެށުމުން ލިއާނާއަށް ދެލޯ މަރާލެވުނެވެ. ދެމީހުންގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައި ހުއްޓާ އަރްކާންގެ ފޯނު ރިންގުވާން ފެށިއެވެ.
“ޝިޓ*”ލިއާނާއާއި ދުރު ވެލަން ޖެހުމުން އަރްކާންއަށް ބުނެވުނެވެ. ބަލައިލި އިރު ގުޅަނީ ޒެވިއަލްއެވެ. އަރްކާން ފޯނު ހިފައިގެން ދުރަށް ޖެހިލީ ޒެވިއަލް އެހާ ލަސްވެފައި ހުއްޓާ އާދައިގެ ކަމަކާއި ނުގުޅާނެ ކަން އެނގުމުންނެވެ.
“ޔެސް” ދުރުގައި ހުރި ލިއާނާއަށް ބަލައިލަމުން ހީލަމުން އަރްކާން ޖަވާބުދިނެވެ. ވީ އެންމެ އަވަހަކަށް ޒެވިއަލްއާއި ބައްދަލް ކުރަން ބުނެފައި ފޯނު ކަނޑާލި ގޮތުން އަރްކާންގެ ނިތައް ރޫ އަރައިގެން ދިޔައެވެ.
“ދޮންބެ ގުޅީމަ ތަ ތި ޖެހުނީ ދުރަށް.. ކީކޭތަ ދޮންބެ ބުނީ” ލިއާނާ އަހައިލިއެވެ. ޒެވިއަލް ބުނި ގޮތައް ބުނެފައި އަރްކާން، ލިއާނާގެ އަތުގައި ހިފާ ނެގީ ގެޔަށް ދިއުމަށެވެ.
“ވަޓް.. ދޮންބެ އަށް އަނެއްކާ އެނގުނީބަ” ލިއާނާ ބުނެލި އިރު ހިސާބަކަށް ނުތަވަސްކަން ފެންނަމުން ދިޔައެވެ.
“ނޫނޭ.. އަދި ނޭނގޭނެ އެންނު.. އެހެން ކަމެއް އެއީ..ކަމެއް ޖައްސައިގެން މިއުޅެނީ.. ދެން ހިނގާ އަވަހަށް ދާން.. ސޮރީ ބޭބް މިރޭ މި ވީ ގޮތުން.. ނެކްސްޓް ޓައިމް ވީ ހޭވް ޓް ކޮންޓިނު ދިޒް” އެއް ލޯ މަރާލަމުން ލިއާނާގެ އަތުގައި ހިފައިގެން އަރްކާން ހިނގައިގަތެވެ. އަރްކާންގެ ޖުމްލަތައް އިވި ލަދުގަތުމުން ދެނޭ ކިޔާ ލިއާނާ ކުސް ތަޅައިލިއެވެ..
***
ކޮޓަރީގައިވި ބެލްކޮންޏާއި އިންވެގެން ހުރި އިތުރު ކުޑަ ކޮޓަރި އެއްގައި، ޒެވިއަލް އިށީންދެ އިނީ ގިނަ ސްކްރީންތަކެއްގެ ކުރިމަތީގައެވެ. ގާތް ގަނޑަކަށް ހަވަރަކަށް ސްކްރީނެވެ. އޭގެ ކުރިމަތީގައި ވި ކީބޯޑުގައި އޭނާގެ އިނގިލިތައް އަވަސް ހަރަކާތްތަކަކާއި އެކު އުނގުޅަމުން ދިޔައެވެ. ކައިރީގައި އާވި އަރައަރާހުރި ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށްފަހު އަނެއްކާ ވެސް އޭނާ ކުރަމުން ދިޔަ މަސައްކަތައް ރުޖޫއަވިއެވެ. ސްކްރީން ތައް ބްލޭންކް ވެފައި ހުރި އިރު އިނގިރޭސި އަކުރުތަކާއި ހިސާބު ނަމްބަރުތަކުން ކޯޑުތަކެއް އެޅެމުން ދިޔައެވެ. އެހެން އިނދެފައި އޭނާ ފޯނު ހުޅުވާލާފައި އަރްކާން ދިން އެކައުންޓް ނަމްބާރް ހޯދާލުމަށްފަހު އޭނާ އަމާޒު ހިފީ އެ އެކައުންޓް ނަމްބާރ ރަޖިސްޓްރީ ކޮށްފައިވީ ކޮން ބްރާންޗް އެއްގަ ތޯ ބެލުމެވެ.
“ހުޅުމާލެ މެއިން” އެންމެ މަތީގައި އިން ސްކްރީނަށް އޭނާ ބޭނުންވި މައުލޫމާތު އެރުމުން ދެލޯ ހަނިކޮށްލައިގެން އިނދެވުނެވެ. އަނެއްކާ ވެސް ޓައިޕް ކުރަމުން ގޮސް އެތައް މަސައްކަތެއް ކުރި ފަހުން އެ އަކައުންޓުގެ އަސްލު ވެރި ފަރާތަކީ ސާރާ ނޫން ކަން އެނގުނެވެ. ނަމަވެސް އޭނާ ބޭނުންވި ފަދަ އިތުރު މައުޟޫމާތެއް ނުފެނުނެވެ.
“އޯހް ގޯޑް.. ހޭވް ޓް މޭކް އަ ކޯލް ބޭންކަށް.. އެހެންނޫނީ ބޭންކު ހެކް ކޮށްލަން ދެން ޖެހޭނީ.. އިޓް ވިލް ޓޭކް ޓައިމްސް” ޒެވިއަލް ދެން ގުޅީ އަރްކާން އަށެވެ. އޭނާގެ ގާތުގައި އައުމަށް އެދިފައި އަނެއްކާ ވެސް މަސައްކަތައް ރުޖޫއަ ވެއްޖެއެވެ.
“ސާރާގެ ނަންމަތީގަ މި އިން އެކައުންޓްގެ ވެރިފަރާތަކަށް ވާން ދެން ހުންނާނީ ވެސް ޝަވަން ..ނޫނީ..ދެން ޝަވަންގެ އެދުމަކަށް އީވާ ވެސް މިކަހަލަ ކަމެއް ކޮށްފާނެ” ޒެވިއަލް ވިސްނާލިއެވެ. އެހެން އިންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން އަރްކާން އައިސް ވަނެވެ.
“އައްދޭ މި ކޮން އިރަކު ކަމެއް..” އަރްކާން އިޝާރާތް ކޮށްލީ އެ ކުޑަ ކޮޓަރިއަށެވެ. އެތަނަކީ ސުކޫލް ދައުރުގައި ކިޔެވުމަށް ޒެވިއަލް ބޭނުން ކުރި ތަންކޮޅެކެވެ. އޭރު އެތައް ބަންދުކޮށްފައި ހުރިގޮތައް ފަހުން ނުހުޅުވައެވެ.
“މި ވާހަކަ ފަހުން..އެބަޖެހޭ ކަމެއް ކުރަން..” ކުރުގޮތަކަށް ހަދަންވީ ގޮތް ޒެވިއަލް، އަރްކާންއަށް ކިއައިދިނެވެ.
“އަހަންނަށް ފެންނަނީ ސިސްޓެމް ހެކް ކުރަން.. އެކޮޅުން ވެސް ތިބެ ދާނެ އެމީހުންނާ ވާގި ވެރިވާނެ ބައެއް ދޯ.. ތުންތުން މަތިން ވެސް އަހަރެމެން މިކަން ހޯދަން އުޅުނު ވާހަކަ އެމީހުންނާއި ހަމައަށް ނުދާނެ ގޮތެއް އޮންނާނީ އޭރުން..” އަރްކާންގެ ހިޔާލް ފާޅުކޮށްލިއެވެ.
“އެހެންވިއަސް އެކޮޅަށް ގުޅަން އެބަޖެހޭ.. މިބުނާ ގޮތައް ހަދާ”އަރްކާން ބޯ ޖަހައިލުމުން ހަދަން ވީ ގޮތް ޒެވިއަލް ކިއައިދިނެވެ. ބޭންކް އެކައުންޓުގެ ތަފްސީލް ސާރާގެނަން މަތީގައި ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށާއި ޒެވިއަލް ބެލިބެލުމުން އެއީ ވެރިފަރާތް ނޫން ކަމަށް އެނގުނު ވާހަކަ ބުނެދިނެވެ.
“އެހެންވީމަ ގުޅައިގެން ދޯ ވާން އޮތީ..އޭ ވެއިޓް.. އަހަންނަކީ ފިރިހެނެއް.. ހަމަ ވަގުތުން އެނގޭނެ ސާރާގެ ނޭމް ނުކިޔާނެ ކަން ފިރިހެނަކަށް” އަރްކާން ބުނެލުމާއި އެކު ޒެވިއަލްއަށް އަމިއްލަ ބޮލުގައި ޖަހައިލެވުނެވެ. އެއީ އޭނާއަށް ވެސް ނުވިސްނުނު ތަންކޮޅެކެވެ. ކުޑަކޮން ހިނިއައިސްފައި ހުރެ އޭނާ ބޭރަށް ނުކުމެފައި ގޮސް އައީ ލިއާނާ ގޮވައިގެންނެވެ.
“ދޮންބޭ ކިހިނެތް ވީތަ” ޒެވިއަލް މާ ބާރަކަށް އޭނާ ގެނައުމުން ވީ ގޮތެއް ނޭނގިގެން ލިއާނާ ހުރީ ހައިރާން ވެފައިއެވެ. އެތެރެއަށް ވައިން ހިނދު އަރްކާން ހުއްޓާ ފެނުމުން އޭނަގެ ފިއަވަޅު ތަކަށް މަޑުޖެހުމެއް އައެވެ. ލިއާނާ ހީކުރި ޒެވިއަލް ގާތު، އެމީހުންގެ ގުޅުމުގެ ވާހަކަ އަރްކާން ބުނީކަމަށެވެ. ހިތް ބިރުގަނެފައި ހުރެ ޒެވިއަލް ކައިރި ކޮށްލަދިން ގޮނޑީގައި އިށީން ދެލިއެވެ. އޭނާ އަރްކާންގެ މޫނަށް ބަލައިލިއިރު ހީލައިގެން ހުރުމުން ނިތްއަރުވާލެވުނެވެ.
“ވާން ވި ގޮތަކީ.. ބޭންކް އަށް ގުޅާލާފަ ކުޑަކޮން ގޭމް އެއް ޖައްސާލަދޭން ވީ” ޒެވިއަލް ބުނެލި ޖުމްލައިން ލިއާނާގެ ހިތައް ފިނިކަމެއް ލިބުނެވެ. ގަނެފައި ހުރި ބިރުވެސް ފިލާދިޔައެވެ. ދެވަނަ ސިކުންތުގައި އެއީ ކީއްކުރަންތޯ އަހައިލީ ހައިރާންވެ ހުރެއެވެ. ޒެވިއަލް ކުޑަ ގޮތަކަށް ކަންކުރާނެ ގޮތް އަނެއްކާ ވެސް ބުނެދިނުމުން ގުޅަން ނުގުޅަން ހުރެފައި ލިއާނާ ގުޅާލިއެވެ.
“މިރޭ ކިއައިދޭނަން މި ކުރާ ކަންތައް” ލިއާނާއަށް ވެފައި ހުރި ގޮތުން ޒެވިއަލް އެންމެ ފަހުން ބުނެލިއެވެ.
ފޯނު ރިންގް ވަމުން ދާތާ އިރުކޮޅެއްފަހުން ބޭންކްގެ މުވައްޒަފަކާއި ވާހަކަ ދެއްކޭ ވަރުވެއްޖެއެވެ. އެކޮޅުން ސަލާމް ގޮވާލުމަށްފަހު ލިއާނާގެ ބޭނުން އޮޅުން ފިލުވިއެވެ. ޒެވިއަލް އިޝާރާތް ކޮށްލުމާއި އެކު ލިއާނާ ސްޕީކަރަށް ފޯނުލިއެވެ.
“އަޅުގަނޑުގެ ބޭންކް އެކައުންޓްގެ އެކްސެސް ގެއްލިގެން..” ލިއާނާ ޒެވިއަލްގެ މޫނަށް ބަލަހައްޓައި ގެން ހުރެ ބުނެލިއެވެ.
“އާދެ.. އައިޑީ ކާޑު ނަންބާރ ވިދާޅުވެ ދެއްވާ”އެކޮޅުން ވާހަކަ ދެއްކި ބޭންކު މުވައްޒަފުގެ އަޑުން ލިއާނާ ދެލޯ ހަނިކޮށްލައިގެން ހުރެ ޒެވިއަލްއަށް ނިތް އަރުވާލިއެވެ.
“ބްރޯ އަހަރެން ވެސް ޝަވަންއަށް ޝައްކު ކުރީ..އެކަމަކު ލިއާ އެއީ އަންހެނެއް..ދޭ ވޯންޓް ބިލީވް އަސް ޝަވަންގެ އައިޑީ ކާޑް ނަމްބަރު ކިޔައިފިއްޔާ” އަރްކާން އަވަސްއަވަހަށް ބުނެލިއެވެ. އޭރު ހަށަން ބަދެލައިގެން ޒެވިއަލް ހުއްޓެވެ.
“ދޮންބޭ.. މަ ލަދު ގަނޭ އެބަ.. ދެވަނަ ފަހަރަށް އެ ގޮވީ..” ފޯނު މިއުޓަށް ލައިގެން އިނދެ ލިއާނާ ގޮވާލިއެވެ.
“އީވާގެ އައިޑީކާޑް ނަމްބާރ ބުނެބަލަ”
“ކީއްކުރަން އީވް ގެ..އީވް އަދި އެކައުންޓް އެއް އޯޕެންއެއް ނުކުރޭ..” ޒެވިއަލްގެ ޖުމްލައިގެން އަރްކާން ހައިރާންވިއެވެ. އިތުރު ބަހުސްއަކަށް ނުގޮސް، ޒެވިއަލް ދެވަނަ ފަހަރަށް ބުނުމާއި އެކު އަރްކާން އެ ހައިރާންކަމުގައި ހުރެ އީވާގެ އައިޑީ ކާޑު ނަމްބަރު ކިޔާލިއެވެ. ލިއާނާވެސް އަރްކާން ކިޔައިދިން ގޮތައް “އަންމިއުޓު” ކޮށްލުމަށްފަހު ކިޔާލިއެވެ.
“ލައްބަ..އީވާ މުހައްމަދު އަޒީޒް ދެއްތޯ.. ކުޑަ އިރުކޮޅެއްގެ ތެރޭގައި މެއިލް އެއް ދާނެ.. ޗެކް ކޮށްލަ ދެއްވާ” ޝުކުރު އަދާ ކޮށްފައި ލިއާނާ ފޯނު ބޭއްވިއެވެ. ޒެވިއަލްއަތައް ފޯނު ދެމުން މިވަނީ ކިހިނެތްހޭ އަހާލިއެވެ.
” ބްރޯ ތިބުނަނީ އީވާ އަދި އެކައުންޓް އެއް އޯޕެން އެއް ނުކުރެއޭ.. ރައިޓް” ލިއާނާގެ ސުވާލަށް ޖަވާބު ނުދީ ޒެވިއަލް އަހައިލިއެވެ. އަރްކާން ވަގުތުން ބޯ ޖަހައިލިއެވެ.
“ޔެސް ބީ އެމް އެލް އެކައުންޓް އެއް އީވްގެ ނީންނާނެ..އެމް އައި ބީ އެކައުންޓެއް އޭނާގެ އިންނާނީ..އެކަމަކު ތި ފޯނު ކޯލް އިން މަށައް އޮޅިފަ މިހުރެވެނީ.. އެބަ ގުޅާލަން ބައްޕައަށް.. މަށައް ނޭނގި ބައްޕައާއި އެއްކޮން ވެސް ހުޅުވާފަ ހުރެދާނެ” މި ވަދެވުނު އޮޅުން ބޮޅުންގަނޑުގެ ސަބަބުން އަރްކާން ހުރީ ފާޑަކަށް ބޮލުގައި ރިއްސައިގަނެފައެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ކޮއްކޮއާއި މެދު ޝައްކު ހިލިގެން ދިޔައިރު އީވާ މިހާރަކަށް އައިސް އުޅެމުން އަންނަގޮތުން އިތުރަށް ވިސްނާލަން ޖެހުނެވެ. އެއްފަރާތެއްގައި ހުރެ އަޒީޒް އާއި ފޯނު އިންވާހަކަ ދައްކާލަން ހުރެއައި އިރު އޭނާގެ ސިކުނޑީގައި އިތުރު ހައިޖާނުގަނޑެއް އުފެދިއްޖެއެވެ.
“ބައްޕަ ކީކޭ ބުނީ” ޒެވިއަލް އަހައިލިއެވެ. އަރްކާންއަށް ވެގެން ދިޔަގޮތުން އޭނާގެ ހީ ޔަގީންނަށް ވެގެން ދިޔަނަމަވެސް އަރްކާން ބުނަންދެން އޭނާ މަޑުކުރިއެވެ.
“ބައްޕަ ވެސް ބުނީ އެއީ އަދި ނޭނގޭ ކަމެއް ކަމަށް.. އެ މެއިލް ބަލަންޏާ ބޭނުންވާނެ އެންނު އީވާގެ މެއިލް އެޑްރެސް.. އަން މިއޮތީ.” އަރްކާން، އޭނާގެ ފޯނު ޒެވިއަލްއަށް ދިއްކޮށްލާފައި ގޮސް ލިއާނާ އިން ގޮނޑީގެ ބާކީ އިން ތަންކޮޅަށް ޖެހިގަނެވުނެވެ. އަރްކާންއަށް ވެފަ އިން ގޮތުން ދެރަވެފައި އިނދެ ލިއާނާއަށް އެއަތުގައި ހިފާލެވުނެވެ. އަރްކާން އަށް ލިއާނާގެ އަތްތިލައަށް ބާރުކޮށްލެވުނު އިރު ލޮލުގެ ހިމަކޮޅުން ވެއްޓެން ދިޔަ ކަރުނު ތިކި އަނެއް އަތުން ފުހެލިއެވެ.
“ބްރޯ ހާސް ނުވޭ.. އަހަންނަށް މާ ކުރިން ވެސް އެނގޭ އީވާގެ އަތެއް ވާކަން.. މިރޭ އަދި އެބައޮތް ލައްކަ ކަންތައް ބްރޯއަށް ކޮންމެހެން ވެސް ބުނެދޭން ޖެހޭ..”ޒެވިއަލް ދެން ފެށީ އަރްކާން ދިން މެއިލް އެޑްރެސް ހެކް ކޮށްލުމުގެ މަސައްކަތެވެ. އެކަން ކާމިޔާބުވިއިރު އޭގައި އެއްވެސް އެއްޗެއް ނެތުމުން އޭނާ ދެން އުޅުނީ ކުރީ ފަހަރު ހެކް ކޮށްލި އިރު ޝަވަންގެ ފޯނުން ފެނުން މެއިލް އެޑްރެސް ހެކްކުރުމުގެ މަސައްކަތެވެ. ހީކުރި ވަރަށް ވުރެން އަވަހަށް އެކަން ކާމިޔާބު ވިއެވެ. އެންމެ ފުރަތަމަ ވެސް އައިސްފައިވީ ބޭންކް އިން ފޮނުވާފައިވި މެއިލްއެކެވެ.
”އީވާ މުހައްމަދު އަޒީޒް.. ބޭންކް އެކައުންޓަކަށް މި އިނީ އަރްކާން ދެއްކި އެކައުންޓްގެ ނަމްބާރ..” ޒެވިއަލްގެ ޖުމްލަ އިވިފައި އަރްކާން ނިކަން އަވަހަށް އިންތަނުން ތެދުވެގެން އައިސް ސްކްރީންތަކުގެ ކުރިމަތީގައި ހުއްޓުނެވެ. ދެއަތުން މޭޒުގައި ބާރަށް ޖަހާލެވުނު އިރު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ހިތައް އެހާ ދަތިވި ވަގުތެއް ހަޔާތުގައި ވެސް އައިކަމެއް ނޭނގެއެވެ.
“ބްރޯ.. އާދެ މަށާ އެއްކޮން..” އަރްކާންގެ ކޮނޑުގައި އަތްޖައްސައިގެން ހުރެ ޒެވިއަލް ހިނގައިގަތީ ކޮޓަރިތެރެއަށެވެ. ފަހަތުން ލިއާނަ ވެސް އައެވެ.
” ހަމަޖެހެން މަ ކިތަންމެ ވަރަކަށް ބްރޯ ކައިރީގަ ބުންޏަސް ހަމައެއް ނުޖެހެވޭނެ ކަން އެނގޭ.. އެނގޭތަ އަމިއްލަ ލެއަށް އީވާ އަނިޔާވެރިވިތާ ކިތަންމެ ދުވަހެއް” އަރްކާން ސޯފާގައި އިށީނުމުން ޒެވިއަލް ލެޕްޓޮޕް ހިފައިގެން އައިސް ޙާވާލާފަ ދެއްކީ ކުރީ ފަހަރު ހެކް ކުރި އިރު އޭނާއަށް ޝަވަންގެ ފޯނުން ފެނުނު ސާމާނެވެ.
އީވާ އާއި ޝަވަން ގައިގޯޅި ކަންމަތީގައި ތިބެ ނަގާފައި ހުރި މަންޒަރުތައް ފެނުނު ވަގުތު އަރްކާންގެ ބޮލަށް ދިޔައީ އެނބުރުން އަރައިގެންނެވެ. ކައިރީގައި އިން ލިއާނާއަށް ވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ. އަނގަމަތީގައި އަތް އެޅުނު އިރު އޭނާގެ ދެލޯ ބޮޑުވިއެވެ.
“އަލާއަށް އެނގޭ ޝަވަން މިގަނޑެއް ގަތް ކަން..އެކަމަކު އަލާއަކަށް ވެސް ނޭނގޭނެ ކާކުކަމެއް ޝަވަންއާއި އެކު އުޅެނީ.. އެހެ-”
“ވެއިޓް ވަޓް..އަލާދައްތަ އަށް އެނގެއޭ…އެނގިހުރެ ވެސް ކައިވެންޏަށް އެ އެއްބަސްވީ އެމީހުން އިންޒާރު ދިނީމަ…އާހްހް.. މަށަކަށް ނޭނގޭ އަދި ތިކަމެއް.. އެހެންވީމަ ދައްތައަށް މިހުރިހާ ދުވަހަކު ވެސް އިންޒާރު ދިނީ ވެސް ޝަވަން ..އަދި ޝަވަން ޗީޓް ވެސް ކުރި..އެވެސް އެއްބަނޑު އެއްބަފާ ކޮއްކޮ އާ އެއްކޮން..ވަޓް ދަ ހެލް” ލިއާނާއަށް ނުހަނު ބާރަށް ބުނެވުނެވެ. އޭނާގެ ޖުމްލައިން ސިހުނީ އަރްކާންއެވެ.
“ކީކޭ.. ކާކު އިންޒާރު ދިނީ.. އަލާއަށް ތަ.. ބުނޭ ކާކު އިންޒާރު ދިނީ” ލިއާނާގެ ޖުމްލައިން އަރްކާންއަށް ލިބުނީ އިތުރު ޝޮކެކެވެ. އޭނާގެ ލޭ ކެކެން ފެށިއެވެ. މުޅި މޫނު ވެސް ވަނި ރަތްވެފައެވެ. މުޅިންވެސް މިރޭ މިލިބެނީ އާ ހަބަރެވެ. އަރްކާން ތުރުތުރު އަޅާ ވަރުން ޒެވިއަލް އިނީ އޭނާގެ ކޮނޑުގައި އަތް ޖައްސާލައިގެންނެވެ.
“ޔާ އަލާދައްތަ އަށް އިންޒާރު ދިނީ މީހަކު.. ގުޅައިގެން އިންޒާރު ދޭވަރުން ކޮންމެ ދުވަހަކު ބޮޑު ބިރުވެރިކަމެއްގެ ތެރޭ ދައްތަ ހުންނަނީ.. އެމީހުން ބުނާ ކަންކަން ކުރަން އަންގާފަ އޮތީ.. ނުކޮށް ފި ނަމަ އަދި އެމީހުންގެ ވާހަކަ މީހެއްގެ ގާތުގައި ބުނެފިނަމަ ނުރައްކާވާނެ ކަމަށް ބުނެފަ އޮތީ.. އޭގެ ހެއްކަކަށް ފުދެއެންނު ތިގެއަށް އެ ވައިން މީހުން.. މުޅިން ވެސް ދައްތައާއި ފޮށިފަ ހުރީ.. ދެން ފޮޓޯ ތައް ވާހަކަ ދޯ.. އައި ކާންޓް ސޭ ސިސް ހުރިގޮތެއް..ހީކުރަން އަންޑަސްޓޭންޑް ވާނެކަމަށް” އެހިސާބަށް ބުނެފައި ލިއާނާ ހުއްޓާލިއެވެ. އަލާރާ ހުރިގޮތް ޒެވިއަލް ވެސް ހުއްޓާ އަރްކާން ގާތުގައި ބުނެދޭކަށް ނުކެރުނެވެ. އޭނާ ދެން ބަލައިލީ ޒެވިއަލްގެ މޫނަށެވެ.
“ކޮން ފޮޓޯތަކެއް” އަރްކާން އަހައިލިއެވެ
“އެދުވަހު ވީ ގޮތަކީ.. ރޫމްގަ އެކަނި އޭރު އުޅެން އެނގޭ،..ސޯ ޝީ ޓްރައިޑް އެކަނިން ފެންވެސް ވަރަން.. ނިމިގެން ފާހާނާއިން ނުކުމަތް އިރަކު ނޭނގޭ ކޮޓަރި ތެރޭގަ އެމީހާ ހުރިކަމެއް.. ކުއްލިއަކަށްށޭ ބުނީ އައީ.. އެއްވެސް ކަމެއް ނުކުރޭ އެދުވަހު ވެސް އިންޒާރު ދިނީ.. އެކަމަކު އެދުވަހު ދަމުން ދިޔައީ ސިސް ހުރިގޮތް ފޮޓޯ ނަގައިގެން..ދެން ފަހުން ބިރުދެއްކީ، އެމިހުން ބުނާ ކަމެއް ނުކޮށްފިނަމަ ލީކް ކޮށްލާނަމޭ ބުނެ” ޒެވިއަލް ކުރިމަތިގައި ހުރުމުން ނުހުނު އުނދަގޫ ވެފައި ހުރެވެސް ލިއާނާ ޖަވާބުދިނެވެ. އަދި ޒެވިއަލް ހެކް ކޮށްގެން ފޮޓޯތައް ޑިލީޓް ކުރިވާހަކަވެސް ބުނެލިއެވެ.
“އެއްދުވަހަކު އެ ރޫމްއަށް ވަތް އިރު، ގުޅައިގެން އިން ވަގުތަކާއި ދިމާވީ…އެހިސާބުން މަށައް ވެސް އެނގުނީ.. އެދުވަހުން ސުރެން މި މަސައްކަތް ކުރީ ހަމަ.. ދެން..ދައްތަ ފޯނަށް…މްމްމް.. ގުޅާފަ ބުނީ ..ޝާތިރްބޭބެގެ ފުރާނަ ދުއްވާލީ ފޮޓޯތައް ހެކްކޮށްލީމަ އެކަމުގެ ބަދަލެއްގެ ގޮތުގައޭ” އިރުކޮޅަކު ވިސްނަން ހުރެފައި އަލާރާގެ ފޯނަށް މެސެޖް ކުރި ވާހަކަ ނުބުނެ، ގުޅި ވާހަކަ ލިއާނާ ބުނެލީ މަސްލަހަތައް ބަލާފައެވެ. އޭނާއަށް އިތުރަށް ބުނެވޭ އެއްޗަކުން ވެސް އަލާރާގެ ސިއްރު އެމީހުންނަށް ހާމަވެދާނެއެވެ. އަލާރާގެ ހާލަތު އެއްކޮން ކިއައިދިން އިރު ވެސް ލިއާނާ ސިއްރުކުރީ އެބައެވެ.
ލިއާނާއަށް އަނިޔާވި ރޭގެ ހާދިސާވެސް އަރްކާން ސުވާލުކުރުމުން ކިޔައިދިނެވެ.
” ދައްތަ ބުނި އީވާ ގޮސްފަ އެހާ ގިނަ އިރެއް ނުވެއޯ އެމީހާ އައި އިރުގައެއް.. މިހާރު މި އެނގުނީ ވީ ގޮތް..އެދަވަހު އަޒީޒްބެ ރުޅިއައިސްގެން އެއްޗެއް ބުނީމަ އީވާ ދިޔަކަމަށް ވަނީ.. އޭނާ ދަމުން އެމީހެއްގެ ކައިރީގަ ވަންނަން ބުނީހެން ވަރަށް ހީވޭ އެބަ..ދައްތަ ހަޅޭއްލަވައިގެން އަޑައް އަހަރެން ވެސް ދުވެފަ ދިޔައީ..އޭރު އެއްވެސް މީހެއްގެ ހިލަމެއް ވެސް ނެތް” ލިއާނާ ކިޔައިދިނެވެ.
އަރްކާންގެ ނަފްސަށް ވެރިވެގަތް އިޙްސާސްތައް ކޮންޓްރޯލް ކުރުމަށް ވެސް ވަނީ ނުކުޅެދިފައެވެ. އީވާގެ ނުބައިކަން ހާމަ ވީ އިރު އީވާ ފަދަކަމެއް ކުރަން ޖެހުނު ސަބަބެއް ވެސް ގައިމު އޮންނާނެ ތާއެވެ. ވިސްނާ ވިސްނާ ވެސް އަރްކާންގެ ހިތައް އެ ސުވާލްގެ ޖަވާބު ނައެވެ. އެއްވެސް މީހަކު އީވާއަކަށް ގޮތެއް ނުހަދައެވެ. އަނިޔާވެރިއެއްނުވެއެވެ. ދެރަވާ ފަދަ ބަހެއް ނުބުނާތާ ބުނާ ކޮންމެ ކަމެއް ލޯބިން ކޮށްދިނެވެ. އީވާއާއި މެދު ހަރުކަށިވާން ޖެހުނީ ދާދި ފަހުން އީވާގެ މިޒާޖަށް އައި ބަދަލްގެ ސަބަބުންނެވެ. ނަމަވެސް އީވާ މިވަނީ މާ ކުރިންވެސް އަމިއްލަލެޔާ ކުޅެފައެވެ.
“ތި ދެމީހުން މެޑްރިޑަށް ގޮސް އައި ދުވަހު އެއާޕޯޓަށް ދިޔަތަނާ މަ ދުށިން ޝަވަން އާއި އެކު އަންހެންކުއްޖެއް..ޝަވަންގެ މޫނު ފެނުނު އެކަމަކު އެ އަންހެންކުއްޖާ މޫނު ނުފެނެ.. އެދުވަހު މަށައް ޝައްކު އުފެދެންފެށީ ..ދެން އެހެން ހުއްޓަ ކަޔާންގެ ގާތައް ދިޔައީ ސޯފިއާ… އޭނަ ގޮސް ކަޔާންގެ ގާތުގަ ފޮޓޯތަކެއް ދައްކާލާފަ ބުނީ ޝަވަން އެހެން މީހަކާ ގުޅުން ބާއްވާ ޥާހަކަ..މަ އެހުރިހާ ދުވަހަކު ހީކޮށްގެން ހުރީ ސޯފިއާއާއި ކަމަށް ޝަވަން ގުޅުން ބާއްވަނީ…އޭނާ ދެއްކި ފޮޓޯތަކުގަ ވެސް ހުރީ ޝަވަންގެ މޫނު ފެންނަ ހެން އެކަމަކު އަންހެންކުއްޖާގެ މޫނު ނާރާ ހެން.. މި ފެނިފަ ހީވި ދަންނަ ހެން.. އެކަމަކު އީވާ ކަން އެނގުނީ ހެކް ކުރި ދުވަހު”ކަޔާން ދެއްކި ފޮޓޯތައް ވެސް އަރްކާންއަށް، ޒެވިއަލް ދައްކާލިއެވެ. ކަޔާން އާއި ސޯފިއާގެ އޮންނަ ގުޅުން ވެސް ޒެވިއަލް ކިއައިދިނެވެ. އަދި ޝާތިރްގެ ޖަނާޒާގެ ތެރެއިން އީވާ، ޝަވަންގެ ކާރުގައި އީވާ ދިޔަ ގޮތާއި އެތަނުން އޭނާގެ ފޮޓޯ ވެސް ދެމީހުންނަށް ދެއްކިއެވެ.އޭރު އަރްކާން ވެފައި އިން ގޮތުން ޒެވިއަލްގެ ހިތުގައި ރަހްމް އުފެދުނެވެ. އެހާ މައްޗަށް އެކަން ގޮސްފައި ވާކަން އެނގުމުން ލިއާނާ ވެސް ހުރީ ހައިރާން ވެފައެވެ.
“ކީކޭ ބުނާނީ ވެސް” އިސްޖެހިފައި އިން އިރު އަރްކާންއަށް އަނގަހުޅުވާލުމަށް ފަހު ބަހެއް ބޭރުކުރަން ވެސް ދަތިކަމަކަށެވެ. މެޔަށް ދިޔައީ އިންތިހާއަށް އުނދަގުވަމުންނެވެ. ކުއްލިއަކަށް އެހެން އިނދެފައި އަރްކާން ތެދުވީ ނުކުމެގެން ދާށެވެ. އީވާގެ ކުރިމައްޗަށް ގޮސް އަރްކާން ބޭނުން ވީ އޭނާގެ މޫނުމަތީގައި ޖަހާށެވެ.
އަރްކާން ދާން ހިނގައިގަތް ގޮތުން ޒެވިއަލް އޭނާ ހުއްޓުވިއެވެ. އެހާ ރުޅިގަދަ ވެފައި ހުރެ އޭނާއަށް އީވާގެ ކުރިމައްޗަށް ގޮސް، ދެރަވާންޖެހޭ ވަރުގެ ކަމެއް ވެސް ކުރެވިދާނެއެވެ.
“މާދަމާ ރޭ އޮންނަ އިވެންޓްއަށް ބަލާފަ ޔޫ ހޭވް ޓް ކާމް ޑައުން.. އެ ރިޞޯޓަކީ އަޒީޒްބެ ގެ ހުވަފެން.. އެންމެ ދުވަހަކަށް ޓަކައި މަޑުކޮށްލާ..އަދި އެބަ ހުރި އަހަރެމެންނަށް ނޭނގޭ ބައިވަރު ކަންތައް..” ޒެވިއަލް ވާހަކަ ދެއްކީ ވިސްނައި ދޭ ފަދައަކުންނެވެ. އެނބުރި އައިސް ކުރިން އިން ސޯފާއަށް ޖެހިގަނެވުން އިރު އަރްކާންގެ މޫނުމަތީގައި ވީ ހުސްކަމެވެ.
“މަށައް ހީވަ އެއްޗެއް ބުނަންތަ..ބޭންކް އެކައުންޓްގެ ފަހަތުގައި ހުރީ ސާރާ..އަހަރެމެންގެ މަންމައާއި ބައްޕަ، މަރާލި މީހުން ދޫ ކޮށްލީ ވެސް ސާރާ އަދި އެސް އެން ވީ ގެ ފަހަތުގައި ވެސް ހުރީ ސާރާ..ސޯ އަރްކާންމެގެ އޮފީހުގެ ކަންތަކުގެ ފަހަތުގަ މިހުރީ އީވާކަން އެގިއްޖެ ..އެކަމަކު އީވާ އެކަންތައް ކުރިނަމަވެސް ދެން މިހުރި ކަންތައް ހީވަނީ ތަފާތުހެން.. އެސް އެންޑް ވީ ކުންފުނި އުފެދުނީ ނަވާރަ ސަތޭކަ ނުވަދިހަ އަށެއްގަ..އެ ކުންފުނީގެ ޑޮކިއުމަންޓް ތަކުގަ އިން އެ އިންފޯ.. އޭރު ހަމަ ގައިމް ވެސް އީވާ ދުނިޔެއަށް ވެސް އުފަން ނުވާނެ.. މިހާރު އެބަ އިނގޭ ދޯ ޝަވަން ކަން މިހުރިހާ ކަމެއް ކުރަނީ..އެހެންވީމަ މީގަ އެބައުޅޭ އެހެން ވަރަށް ގިނަ ކަންކަންވެސް..ޝަވަން މި ކަންތައް ފަށައިގަތީ ކިހިނެތް ވެގެން ކަމެއް ވެސް އަދި ނޭނގޭ” ޒެވިއަލް ވިސްނަން އިނދެފައި ބުނެލިއެވެ. އެކަމާއި އަރްކާންއަށް ވެސް ވިސްނާލަން ޖެހުނެވެ. ތެދެކެވެ. އެހެންނޫނަސް އެފަދަ ކުންފުންޏެއް ވުޖޫދަށް ގެނައުމުގެ ޤާބިލް އީވާގެ ކިބަޔަކު ނުހުންނާނެއެވެ.
“ކީކޭ ތިކިޔަނީ..ކޮން އެސް އެންޑް ވީ އެއް.. މަންމަމެން ގާތިލުން ދޫކޮށްލީ އޭ…ކިހިނެތް މިހާރު މިވީ” ލިއާނާ ހައިރާންވެ ހުރެ ޒެވިއަލް ކުރެން އެހިއެވެ. ޒެވިއަލްއަށް ބަލައިލެވުނީ އަރްކާން ގެ މޫނަށެވެ. އަރްކާން ވެސް ބޯޖަހައިލީ ބުނާށޭ ބުނާ ފަދައަކުންނެވެ.
“ޑޯންޓް ބްލޭމް މީ.. ކިއާދޭން ވަރަށް މަސައްކަތް ކުރިން.. އެކަމަކު ރުޅި އައިސްގެން ލިއާ ނުދިން ޗާންސެއް ވެސް ވާހަކަ ދައްކަން” ޒެވިއަލް އެވާހަކަތައް ތަފްސީލާއި އެކު ކިޔައިދިނުމުން ލިއާނާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ޖެހި ބުދެއް ހެން އިން އިރު ދެލޯ ފުރިގެން އައީ ކަރުނައެވެ. މަންމައާއި ބައްޕަގެ ޣާތިލުން މިނިވަން ކުރި ބަޔަކަށް، ބަދަލް ހިފަން ހިތާހިތުން އޭނާ އަޒުމްކަނޑައެޅިއެވެ.
“އަންކަލް ގެ އެއްވެސް ކުށެއް ނެތި އެހެން ހަދާފަކަ ނުތިބެވޭނެ.. ސޯ ދެން ތިންމީހުން މިކަމާ އުޅެން ހިނގާ”
“ނޫނޭ ހަތަރު މީހުން.. ކަޔާން ނުލާ މިކަމެއް ނުޥާނެ..އެންމެ ބޮޑު އެހީ އެއް ހަގީގަތުގަ ލިބުނީ ޔާންގެ ފަރާތުން.. މިހާރުވެސް އޭނާ އެ މަސައްކަތް ކުރަނީ މަށައްޓަކައި” އަރްކާން ބުނެލި ހިނދު ޒެވިއަލް ރައްދު ދިނެވެ. އެކަމާއި އެއްބަސްވުމުގެ ގޮތުން އަރްކާން ބޯ ޖަހައިލިއެވެ. ނަމަވެސް ލިއާނާގެ މޫނުމަތިން ފެނިލީ ފޫހިކަމެވެ.
“އައި ޑޯން ޓް ވޯންޓް ހިމް”
“ކަޔާން ދެކެ ތި ރުޅި އަންނަނީ އެއްވެސް ހައްގަކާއި ނުލާ އެނގޭ.. ލިއާ ވެއްޖެ އެންނު ގޮތް ދޫ ކުރަން.. ތިހާ ބޯހަރުވެގެން ވެސް ދުނިޔެއަކު ނޫޅެވޭނެ.. ދޮންބެ ކިތައްފަހަރު ބުނާނީ ސޯފިއާގެ ސަބަބުން ވީ ކަމެކޭ އެއީ..” ޒެވިއަލް އަޑުލާން ފެށުމުން ލިއާނާ ކުރިއަށް ވުރެން މޫނު ބަނަކޮށްލިއެވެ. އެންމެ ފަހުން އަރްކާން ވެސް ބަލަހައްޓައިގެން ހުރުމުން އިތުރު ގޮތެއް ނެތިގެން އެއްބަސް ވިއެވެ. ކިތަންމެ ދެރަވެފައި ހުރި ނަމަވެސް ލިއާނާ އުޅޭ ގޮތުން ބައެއްފަހަރު ހޭން އަރްކާންއަށް މަޖުބޫރުވެއެވެ.
“އެހެންވީމަ އޯކޭ..ކަޔާންގެ ފަރާތުން އެނގޭ އެއްޗެއް ވެސް އަންގާލާތި… އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ލާހިކެއް ނޫން އަލާ އާއި ޝަވަންގެ ކައިވެނި ކުރެވޭކަށް” އަރްކާން ބުނެލީ ޔަގީންކަމާއި އެކުއެވެ. “އައި ހޭވް ޕްލޭން”އަރްކާން މަޑުމަޑުން ބުނެލިއިރު ޒެވިއަލް ނިތް އަރުވާލިއެވެ.
***
“ބޭބް އެއޮތް ހެނދުނު ވީ.. ސެވެން ވަނީ.. ” ޝަވަންގެ ގައިގާ ބައްދާލައިގެން އޮތް އީވާ ތެދުވެ އެނދުގައި އިށީނެވެ. ހޭވިފައިވި އިސްތަށިގަނޑު ރަމަތަ ކޮށްލަމުން ހުޅިއަކަށް ހަދާލާފައި އީވާ ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވާލާ ބޯ ދިއްކޮށްލީ ބޭރުން މީހެއްގެ ހިލަމެއް ވޭތޯއެވެ. އެކަކުވެސް ފެންނަން ނެތުމުން އެނބުރި ވައިން އިރު ޝަވަން ނިތް އަރުވާލިއެވެ.
“އެކަކުވެސް ނެތް.. މީހަކު އަންނަން ވާއިރަށް ދެން ވެސް ދޭބަލަ.. ކަމަނާފާނު މާ ދީން ވެރިވެގެން އުޅޭ އިރެއް.. ނަމާދަށް ހޭލާ އިންނާނެ ހަތިމް ހިފައިގެން މިހާރު” އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލައިގެން ހުރެ އީވާ އަވަސްވެގަތީ ދިނާޔާ ގޮވަން އަންނަން ވާއިރަށް ކޮޓަރިތެރެ ހަމައަކަށް އަޅުވާށެވެ. އެނދުގެ ތިރިއަށް ވެރިފައި ވި ދެމީހުންގެ އަންނައުނުތައް ނަގާ ސޯފާގެ މައްޗަށް ގުޅައަކަށް ޖަހާފައި ބަލައިލި އިރު ޝަވަން ވެސް ހިނިގަނޑެއް ޖަހާލާފައި އެނދުން ތެދުވިއެވެ.
“ބޭބް ޔޫ އާރ ސޯ ހޮޓް..” އީވާ ތުވާލި އޮޅާލައިގެން ހުރުމުން ޝަވަން ކަޅި ޖަހާ ނުލާ ބަލަމުން ދިޔައެވެ. ހުޅިޖަހާފައިވާ އިސްތަށިގަނޑު މިނިވަންކޮށްލަމުން ފަހަތުން އީވާގެ ގައިގާ ޝަވަން ބައްދާލިއެވެ. ރަކި ގޮތަކަށް ހީގަނެފައި ޝަވަންއާއި ދުރުވެލަމުން އޭނާގެ އަންނައުނުތައް އަތައް ލައިދެމުން އަވަހަށް ނުކުންނާށޭ ބުނެލީ ދިނާޔާ އައިސް ދޮރުގައި ތަޅާފާނެކަމުގެ ބިރަށެވެ.
“ދާ ހިތެއް ނުވޭ އެ ގޮލާ ކައިރިޔަކަށް.. އެކަމަކު ރަންކިޔާ ދުވަސް ވީމަ މަންމާފުޅާއި ބައްޕާފުޅުގެ ލޮލުގަ އަނދުން އަޅުވަން ނުގޮހެއް ނުވާނެ ތާ ދެން..” ޝަވަން، އީވާގެ މޫނާއި ކައިރިވެލި ހިނދު ދުރަށް ޖެހިލިއެވެ. ޝަވަން ނިތް އަރުވާލުމުން އީވާ މޫނު ކުނިކޮށްލައިގެން ހުރެ ފާހާނާއަށް ވަންނަން ދިޔައެވެ.
“މިގަޑީގަ ވެސް އޭނަގެ ވާހަކަ ފަށާތި..ހަހް ދުވަސް ހަރާބު..އޭނާއާ އިނދެގެން އެންމެފަހުން ދެކެ ލޯބި ނުވިއްޔާ ރަނގަޅު.. މަ ވެސް ބޭނުން އޭނަ ކައިރިން ސަލާމަތް ވެގެން އަހަރުން ދެމީހުން ކައިވެނިކުރަން” ފާހާނާއިން އެނބުރި ނުކުމެ އީވާ ބުނެލިއެވެ. ޝަވަންއަށް އަޑެއް ލައްވާލެވުނެވެ.
“ޑޯންޓް ބީ ޖެލެސް..މާ ގިނަ ދުވަހެއް ނުވާނެ ބޭބީ.. އީމާންއަށް އެމީހާ ހެދި ގޮތް، އަލާރާއަށް ވެސް ހަދާފަ މަ ހިތް ފުރޭވަރުވީމަ އަލާރާ ޖަހާނަން އަޒީޒްގެ ބޮލަށް..އެކަމަކު އެވެސް އެހާ އިރު ވާއިރު އޭނާ ދުނިޔޭގަ ހުރިއްޔާ..ހަހަހަހަ” ޝަވަން ޖަހާލީ ހިނިގަނޑެކެވެ. މަކަރުވެރި ކަމާއި ވިހަކަން އެމޫނުގައި ވިއެވެ. އީވާގެ މޫނުމަތިން ވެސް ފެނިލީ އެފަދަ ކުލަވަރެކެވެ. ޝަވަންގެ މޫނާއި ކައިރިވެލަމުން އޭނާ ހިތް އެދުނު ކަންތަކަށް ފަހު ދުރުވެލިއެވެ.
“ކާންޓް ވެއިޓް ޓު ސީ ދެޓް.. އެކަމަކު އޭނާއާއި ކައިރި ނުވައްޗޭ..އަނިޔާ ކުރިޔަސް ވަރިހަމަ .. އެނގޭ ދޯ މީން މި ކުރި ގޮތް.. މި ހޭންޑްސަމް ދެއަތުން އެންމެ ބީހިލުމެއް ވެސް އޭނައަށް ލޯބިން ފީލް ކޮށްދޭތަން ދެކޭކަށް އަހަންނަކަށް ނުހުރެވޭނެ..” އީވާގެ ދެލޮލުގައި ވީ ދިވާނާކަމެވެ. ޝަވަންގެ ޖާދޫގައި ހިތް ގެބެން ދިޔައީ، ފުން މިން ތަސައްވަރު ނުކުރެވޭހާ ކަނޑަކަށެވެ. ފަހުން އެކަމާއި ހިތާމަ ކުރަން ޖެހިދާނެކަމުގެ ބިރެއް ވެސް ނެތްފަދައެވެ.
“ދެން ދޭ ބޭބީ..ބޭބީ ފެނުނީމަ ވެސް ޝައްކު ކުރާކަށް ނޭނގޭނެތާ ދޯ.. އަލާރާގަނޑު ކައިރިއަށް އައިސް ކަމަށް ހީކުރާނީ..ހަހަހަހަ” ހިނިގަނޑެއް ޖަހާލަމުން ޝަވަންގެ ކައިރިން ދުރުވެލާފައި އީވާ ގޮސް ދޮރުހުޅުވާލިއެވެ. އޭނާގެ ފަހަތުން ޝަވަން ނުކުމެފައި ލުއި ގޮތަކަށް ބައްދާލުމަށްފަހު މިސްރާބު ޖެހީ ތިރިއަށެވެ.
***
ހަތިމް ލައްޕާލުމަށްފަހު އަލާރާ ތެދުވީ އަށެއް ޖެހުމުން ފޯނު އެލާމް ވިއަޑަށެވެ. އަޅައިގެން ހުރި ކުޑަ ވަށްބުރުގާ ބޭލުމަށްފަހު ހަތިމްއާއި އެކު އަލާމާރިއަށް ލާފައި އޭނާއައިސް އިށީނީ ޑްރެސިންގް ޓޭބަލްގެ މަގަތުގައި ވާ ގޮނޑީގައެވެ. ބޮލުގައި ފުނާ އަޅަމުން ދިޔައިރު ވެސް އޭނާގެ މޫނުމަތީ ގައި އެއްވެސް ދިރުމެއް ނުވެއެވެ. ބޯ އޮމާން ކޮށްލުމަށްފަހު ބަލައިލިއިރު ތުންފަތް ކައިރީގައިވި ޒަހަމް ކޮޅު ފެނުމުން، އެތަންކޮޅު ފޮރުވޭވަރަށް ކުޑަގޮތަކަށް މޭކަޕް ކޮށްލިއެވެ.
އެހެން އިންދާ ފޯނު ވައިބްރޭޓްވި އަޑަށް ބަލައިލިއެވެ. ބަލައިލި އިރު ޒެވިއަލް ފޮނުވާފައިވި ވޮއިސް މެސެޖްއެކެވެ. އަވަސްއަވަހަށް އަލާރާ ހުޅުވާލިއެވެ.
“ޑޮކްޓާރ އެޕޮއިންޓްމެންޓް.. ޓްމޯރޯ އެއިޓް ޕީ އެމް..ވިލް ޓޭކް ޔޫ ޓް ދެއާރ..” ޒެވިއަލްގެ އަޑުޖެހުނު ހިނދު އިޙްތިޔާރެއްނެތި އަލާރާއަށް ރޮވުނެވެ. އަލާރާ ގޮވައިގެން ހުޅުމާލެ ގޮސް އައި ރޭގެ ފަހުން ޒެވިއަލް އޭނާއާއި އެ މެސެޖެއް ކޮށްލީ ވެސް އަލަށެވެ. އަލާރާގެ ހިތުގައި ވީ ޝަކުވާއެވެ. ނޭނގި ހުއްޓާ ޒެވިއަލް ދެކެ މިހާ ބޮޑަށް ލޯބިވެވުނު އިރުވެސް، އެ ލޯބި ވެފައިވީ ދުވަހެއްގެ ކޮޅުންވެސް ކުލަވާން ނެތް ހުވަފެނަކަށެވެ. އެތައް އިރަކު އެ ވޮއިސް މެސެޖް ރީޕްލޭ ކޮށްލަކޮށްލަ އިން އިރު ދެލޮލަށް ޖަމާވަމުން ދިޔަ ތާޒާ ކަރުނުތައް ވީ އިތުރެވެ.
“ޒެވް.. ޕްލީޒް ހެލްޕް މީ” ފޮނު މެޔާލާ ބޮނޑިކޮށްލެވުނެވެ. ޒެވިއަލް އަންނާނެ ނަމައެވެ. އެހީވެދޭނެ ނަމައެވެ. މަޖުބޫރުވެފައިވާ އަޅެއްފަދައިން ޝަވަންގެ ވަކިތަކުގެ ހައްޔަރުވެގެން ދާއިރު އަލާރާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހިތް، ޒެވިއަލްއަށް އެދި އާދޭސް ކުރާއިރު އެ ލޯބި ހާސިލްވާނެ ކަމުގެ އެއްވެސް ސިގްނަލެއް ނުލިބެއެވެ. އެހެން އެތައް އިރަކު ރޯން އިންއިރު ހިތްވަރުކޮށްލާފައި ތެދުވީ އަތާއި ކަރުގައިވި ޒަހަމް ކޮޅުތަކުގައި ބޭސް އެޅުމަށެވެ.
ފަސްޓް އެއިޑް ބޮކްސް އެއް ގެނެސް ޒަހަމްކޮޅު ތަކުގައި ކުރިން އަޅާފަހުރި މަލަން ކޮޅުތައް ނައްޓާލާފައި އަލުން ބޭސް އަޅަމުންދިޔައެވެ. އެއިން އެއްވެސް ތަނެއް ފެނިގެން މީހަކު ސުވާލް ކުރާކަށް އަލާރާ ބޭނުމެއް ނުވިއެވެ. ސުވާލެއް ކުރި ނަމަވެސް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ.
ކަރުގައި އިން ޒަހަމް ކޮޅު މާ ބޮޑު ތަދެއް އިޙްސާސް ކުރަން ނުޖެހި އަލާރާއަށް ފަސޭހަކަމާއި އެކު ބޭސް އަޅާލެވުނެވެ. ނަމަވެސް ޝަވަން، އޭނާ ފާރަށް ޖެހިލެއް ބާރުކަމުން މުޅި އަތުގައި ރިއްސާވަރުން އަލާރާއަށް އަތް ގުޑުވާލަން ވެސް ވީ ވޭނަކަށެވެ. މަށައިގެން ގޮސްފާ ވާލެއް ބޮޑު ކަމުން ބޭސް އަޅަމުން ދިޔައިރު ދެލޮލުން ފެން އަންނަމުންދިޔައެވެ. އެތައް އިރަކު ފުމެމުން ވަރަށް ހިތްވަރު ކޮށްފައި އޭނާއަށް ބޭސް އަޅާލެވުނެވެ. މީހަކު ވަންނަން ވާއިރަށް ބޭސް އަޅަން ގެންގުޅުނު ހުރިހާ ސާމާނެއް ފޮރުވާފައި އޭނާއަށް އެނދުގައި ޖައްސާލެވުނީ ކިރިއާއެވެ.
“ދައްތާ މިއޮތީ މިރޭ ލާން އޮތް ހެދުން..ހަމަ ދެންމެ އެގެނައީ..”ރައިހާ ކޮޓަރިއަށް ވަދެގެން އައި އިރު އަތުގައި ރަތް ކުލައިގެން ދިގު މެކްސީއެއް އޮތެވެ. އެއީ މިރޭ ރިޞޯޓުގައި އޮންނަ ހަފްލާގެ ތެރޭގައި އޭނާއާއި ޝަވަންގެ ރަންކިޔުން ވެސް އޮންނާތީ އެކަމަށް ހާއްސަކޮން ފައްސާފައި އޮތް ހެދުމެކެވެ. އެހެދުން ރީތިކަމުން ރައިހާ ތައުރީފްކޮށްލިއެވެ. ފަނޑު ހިނިތުން ވުމެއް ދީފައި އަލާރާގެ އަނގަޔަކުން ބަހެއް ބޭރެއް ނުކުރެއެވެ.
“ދައްތާ މިޔާ އެއްކޮން ހީލް އަކަށް އެރީމަ ހާދަ ރީތިވާނެ އޭ.. މިހާރު އޯކޭ ވާނެ އެންނު ދޯ އަރަން” ލާނެއް ހިނިތުންވުމަކާއި އެކު ރައިހާ ބުނެލި ގޮތުން އަލާރާ ދެލޯ ހަނިކޮށްލިއެވެ.
“ވިލް ޓްރައި” މަޑުމަޑުން ބުނެލި އިރު ވެސް އެއްވެސް އުފާވެރިކަމެއް އެމޫނުމަތީގައި ނުވާތީ ރައިހާގެ ހިތައް ވެސް އުނދަގުވިއެވެ. އަލާރާގެ ދެއަތައް ފިތާލަމުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނެލިއެވެ.
“ޝަވަން އައިސް އެބަ އުޅޭ.. އޭނަ ކަންނޭގެ.. ބޭރުގަ މަޑުކޮށްލާނަން އެނގޭ” އަލާރާ ނުދާށޭ ބުނަން ވާއިރަށް ރައިހާ ދޮރާއި ދިމާލަށް ހިނގައިގަތީ ތަންކޮޅެއް ބާރަށް ދޮރުގައި ޓަކި ޖަހާލުމުންނެވެ. ރައިހާ ނުކުން އިރު ޝަވަންގެ ސޫރަ ފެނުމުން މޫނުމައްޗަށް ވައްތަރެއް ޖައްސާލެވުނެވެ. ޝަވަން އެތެރެއަށް ވަދެ ލައްޕާލުމުން ރައިހާއަށް ހުރީ ދޮރުގައި ކަންފަތް ޖަހައިގެންނެވެ.
“ހަހް..އަހަންނަކަށް ކަމަކު ނުދޭ މިހެދުމެއް..އެނގޭ ދޯ މަށައް ކަމުދާނެ ކަހަލަ ހެދުން” ކޮނޑުގައި އަޅުވާފައިން ހެދުމުގައި އަތް ހާކާލަމުން ޝަވަން ބުންނެވެ.
“ދެން މަ ކީއްތަ ކުރަންވީ.. ޝަވަން ބޭނުން ވީމަ ނިވާކަން ކުޑަ ހެދުން ވެސް އެއް އިރެއްގަ މަ ލީން..އެކަމަކު މިހާރަކު ނުލާނަން.. އެހެން ނޫނަސް ތި ބޭނުން ވެގެން އުޅޭ ކަމެއް ކުރެވޭނެ އެންނު ހަމަ މަ ކޮންމެ ހެދުމެއް ލައިގެން ހުއްޓަސް” ހަރުކަށިވާން މަސައްކަތް ކުރިނަމަވެސް އެންމެފަހުން ދުވަހު ޝަވަން ހަދާލިގޮތް ސިފަވެގެން ދިޔުމުން އޭނާ ބުނެލީ މަޑުމަތިރިކަމާއި އެކުއެވެ.
“ހަހަހަ.. މިހަރު ކެރޭ ދޯ ބަސް ބުނަން ވެސް.. މިހިރަ ޒަހަމްތައް އަލާރާގެ ހަށިގަނޑުގައި ލީ ގޮތް މިހާ އަވަހަށް ހަނދާނުން ކައްސާލީތަ.. އަނެއްކާ އަނެއް ބޮނޑި ބޯ ހިތް ވީތަ” ކުއްލިއެއް ޖަހާލާފައި ޝަވަން އަލާރާގެ އަނގައިގާ ހިފައިގަތެވެ. ދެލޮލުން ފެންތައް ފައިބަން ފެށި އިރު އިތުރަށް އަލާރާ އެއްޗެއް ނުބުނެއެވެ. އެހެން ހުއްޓާ އަލާރާގެ ތުންފަތް ކައރީގައިވި ޒަހަމްކޮޅު ޝަވަންގެ ލޮލުގައި އަޅައިގަތެވެ. މޭކަޕްގެ ސަބަބުން ވަރަށް ރަނގަޅަށް ބެލުމުން ނޫނީ އަޅައިވެސް ނުގަނެއެވެ.
“ކާކު ކުރި ކަމެއް މިއީ” އަލާރާގެ ތުންފަތައް ފިތާލަމުން ޝަވަން އެހިއެވެ. ދިލަ ނަގައިގެން ދިޔަ ނަމަވެސް އަނގައިން އަޑެއް ވެސް ލައްވާނުލާ އަލާރާ ހުއްޓެވެ. “އައި ސެއިޑް ކާކު ހޭ”
“ތިއެއް ނު އަނިޔާ ދިން މީހަކީ..ޝަވަންއެއްނު މަށައް އަނިޔާ ކުރީ.. ތުންފަތް ފަޅާލީ ވެސް ޝަވަން..ދެން މިހުރި ކަމެއް ވިއްޔާ ވެސް ކޮށްފަ މިހުރީ ޝަވަން” އަލާރާއަށް ބުނެވުނެވެ. ވޭޏް އަޅާވަރުން އޭނާއަށް ހުރީ ރޮވޭގޮތްވެފައެވެ.
“މާ ސްމާޓް ވާން ނޫޅެބެ..ދެލޯ ކަނުންނަށް ވެސް އެނގޭ ތަ މިހާ މޮޅަށް މޭކަޕް ކުރަން… ކާކުހޭ މިހިރީ މޭކަޕް ކޮށްފަ” ކުރިއަށް ވުރެން ބާރަށް ފިތާލަމުން ޝަވަން އެހިއެވެ. އޭރުން އެތަނުން ލޭ ހިލިއްޖެއެވެ.
“މަގޭ ކުރީ”ރައިހާ އެތެރެއަށް ވަނީ ދެން އިތުރަށް ބޭރުގައި ހުންނަން ކެތް ނުވުމުންނެވެ. ޝަވަން ދެކެ އަންނަ ރުޅި ދެގުނައަށް ވަނީ އިތުރުވެފައެވެ. ކުރިން އަނިޔާ ކުރާ ކަމެއް ނޭނގެއެވެ. ރައިހާ ފެނުމުން ތެޅިގަނެފައި އަލާރާގެ ގައިގާއަތްވަށާލިއެވެ. ނަމަވެސް ރައިހާއަށް އެ މަންޒަރު ފެނުނެވެ.
“ޓަކި ޖެހުމެއް ނޯވޭތަ” ރުންކުރުވެފައި ހުރެ ޝަވަން ބުނެލިއެވެ.
“އަލާ ދައްތަ އަހަންނަށް ފުރިހަމަ މިނިވަން ކަން ދީފަ އޮންނަނީ.. އެހެންނޫނަސް ދެމަފިރިއެއް އުޅޭ ތަނެއް ނަމަ ޓަކި ޖެހީސް” ރައިހާ ހުރީ ވަކި ދޫކުރާ ގޮތަކަށް ނޫނެވެ.
“މިހާރު އަނެއްކާ އިތުރު މީހަކަށް ވެސް އެންގީތަ.. ” ވައި އަޑުން އަލާރާގެ ކަންފަތް ބުޑުގައި ބުނެލި ހިނދު އަލާރާ ވަގުތުން ނޫނެކޭ ބުނެލިއެވެ. އަލާރާގެ މޫނުމަތީގައި ވީ ސިހުމެވެ. ޝަވަން ކޮށްފާނެ ކަމަކަށް އޭނާ ހުރީ ބިރުގަނެފައެވެ.
“ފާހާނަ ތެރެއަށް ވެއްޓުނު ވާހަކަ ދައްތަ ބުނެފަ އޮތީ.. އެހެން މީހުންނަށް ފެނުނީމަ ސުވާލް ކޮށްފާނެތީވެ އަހަރެން އެހުރީ މޭކަޕް ކޮށްދީފަ.. މިހާ ބޮޑު ދުވަހެއްގަ އެންމެން ވޮރީ ކުރާކަށް ދައްތަ ބޭނުމެއް ނޫން” އަލާރާ ލޮލުން ކޮށްލި އިޝާރާތް ދެނެގަނެވިގެން ރައިހާ މޮޅު ވާހަކައެއް ހަދާލިއެވެ. ޝަވަން ވަކި އެއްޗެއް ނުބުނެ އެތަނުން ނުކުމެގެން ދިޔުމުން ރައިހާ އައިސް އަލާރާގެ މޫނު ބަލައިލިއެވެ. ބަހެއް ނުބުނެ ފަސްޓް ބޮކްސް އަލުން ނަގާ އެތަނުގައި މަލަން ކޮޅެއް ތަތްކޮށްލަ ދިނެވެ. އެ ޥާހަކަ އަހަން އުޅެފައިވެސް ހާލަތުގެ ނާޒުކު ކަމުން ރައިޙާ އެހިޔާލު ދޫކޮށްލިއެވެ.
“ހިނގާ ތައްޔާރު ވާން.. މިހާރު ގަޑި ޖެހެން އެއުޅެނީ..” ރައިހާ ގެ ބަހަށް އަލާޜާ ވެސް ބޯ ޖަހާލިއެވެ.
ތިނެއް ޖަހަން ވާއިރަށް ގޭގެ އެންމެންނަށް ތައްޔާރުވެގެން ނުކުމެވުނީ އެކުއެކީ ކަހަލަގޮތަކަށެވެ. ދިނާޔާ އާއި އަޒީޒްވެސް ފެންނަނީ ނުހަނު ފުރިހަމަ ކޮންނެވެ. ރަތްކުލައިގެ އަބާޔާއާއި ޝޯލްގައި ދިނާޔާ ފެންނަނީ އުމުރަށް ވުރެން ވެސް ޒުވާންކޮންނެވެ. އަޒީޒްވެސް ކަޅާއި ރަތުގެ ޑިޒައިނެއް ހުރި ކޯޓް ފަޓުލޫނުގައި ހުރިއިރު ވަރަށް ފުރިހަމައެވެ.
އީވާ ކޮޓަރިން ނުކުމެގެން އައި އިރު އައީ ފޯނުން ޝަވަން އަށް މެސެޖް ކުރަމުންނެވެ. ތުންފަތް މަތީގައި ވީ ނުފިލާ ހިނިތުންވުމެކެވެ.ރަތްކުލައިގެ، އަތް ނެތް ސިލްކް ހެދުމެއްގައި ހުރި އިރު މޭމައްޗާއި ދެކޮނޑު އޮތީ ހާމައަށެވެ. ކަކުޅާއި ހަމައަށް ހެދުން ހުރި އިރު ފައިގެ ވެސް ބޮޑު ބައެއް އޮތީ ހާމަޔަށެވެ. ކޮނޑު ފޮރުވާލުމަށް އޭނާގެ ދިގު އިސްތަށިގަނޑުގެ ބޮޑުބައެއް ދެފަރާތުން ގެނެސްފައި އޮތް އިރު ބުރަކަށިން ވެސް ބޮޑު ބައެއް ފެނެއެވެ. ފޯނު ހިފައިގެން ހުރި އަތް ނޫން އަނެއް އަތުގައި ކަޅުކުލައިގެ ލެދާރ ޖެކެޓެއް އޮތް އިރު މާހައުލުގެ ހަމަހިމޭންކަން ނަގާލެވިފާވީ އަރައިގެން އައި އުސް ކަށިލީ ފައިވާނުގެ އަޑުންނެވެ.
“އީވާ..ކޯއްޗެއް ލައިގެން ތި ނުކުތީ” އީވާ ލައިގެން ހުރި ހެދުން ފެނި ދިނާޔާގެ މޫނުރަތްވިއެވެ. ދިނާޔާގެ އަޑައް ސޯފާގައި އިނދެ އަޒީޒް ބަލައިލި ހިނދު އިވާ ފެނި ރުޅިގަދަވިއެވެ.
“ހަމަ މިހާރު އަތުގަ ތި އޮތް ޖެކެޓް ލާ.. މި އާއިލާއަށް ކޮޅުން ލައްވާލާ މީހަކު ވެސް ތި ފާޑަކަށް ނޫޅޭ” އީވާގެ އަތުގައި އޮތް ޖެކެޓް ނަގާ ކޮނޑުމަތީގައި އަޅުވާލި އިރު ދިނާޔާގެ ލޭ ކެކެމުންދިޔައެވެ.
“އޭނާ ބަހައްޓާ.. ގަޑި ޖެހެނީ.. ގަޑި އިރެއްގެ ކުރިން އަހަރެމެން ވާނެ ދާން” އެހާ އުފާވެރި ދުވަހެއްގައި އީވާގެ ސަބަބުން ހަރާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އަރްކާން ސިޑިން ފައިބައިގެން އައި އިރު އީވާ ފެނި މޫނަށް ވެރިވީ އިންތިހާ ފޫހިކަމެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލާފައިވީ އިރު އަރްކާން ނުހަނު ފިރިހެންވަންތައެވެ. ޖީބަށް ޖަހާލާފައިވި ރަތް ކުލައިގެ ފޮތިކޮޅު ރީތިކޮށްލަމުން އޭނާ ސިޑީގެ ވަކި ހިސާބަކާށް ފައިބާފައި މަޑުކޮށްލީ އަލާރާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ރައިހާ އާއި އެކު ހުރި އަލާރާ ފެނުމުންގެ ބަސް ހުއްޓުނެވެ.
“މާޝާﷲ.. ދޮންބެގެ ޕްރިންސެސް” އަލާރާގެ ކޮނޑުގައި ހިފާލަމުން އަރްކާން ތައުރީފްކޮށްލިއެވެ. އަތް ދިގު ރަތްކުލައިގެ މެކްސީ ފައިގެ ތަނބިކައްޓާއި ހަމައަށް އަށް ހުރި އިރު ލުއި މޭކަޕެއް ވަނީ ކޮށްފައެވެ . ފަންފަން އިސްތަށިކޮޅު މިނިވަން ކަމާއިއެކު ދޫކޮށްލާފައި ވީ އިރު އާޝޯހްވާހާ ރީއްޗެވެ. އަރްކާންގެ އަޑު ޖެހުމުން ތުންފަތައް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު އަރްކާން އެހާ ލޯބިން ވާހަކަ ދެއްކީ އަދިކިރިއާއެވެ. އަލާރާގެ ހިތައް ކުޑަ ހިތްހަމަ ޖެހުން ލިބުނެވެ.
“ރައި ވެސް އިނގޭ” ރައިހާ ލައިގެން ހުރި ސިލްކް މެކްސީގައި ނުހަނު ފުރިހަމައެވެ. އަރްކާން ތައުރީފް ކޮށްލުމުން ޝުކުރު އަދާކޮށްލާފައި ރައިޙާ ހިލިއެވެ.
“ދޮންބެ ޔޫ ޓޫ”އަލާރާ އަނގައިން އިޙްތިޔާރެއް ނެތި ބޭރު ކޮށްލެވުނެވެ. ބުނެވުން އެތި ފަޙްމް ވީ ރައިހާ ވިކައިގަތުމުންނެވެ. ވަގުތުން އަލާރާއަށް ތުންފަތުގައި ދަތް އެޅުނެވެ.
“މްމްމް ވަޓް” ބުމަ ހިތްލާލައިގެން ހުރެ އަރްކާން އެއްސެވެ. އަލާރާ ފިނިވެފައި ހުރެ ރައިހާއަށް ވަށްކަޅިން ނަޒަރެއް ދިނެވެ.
“ކޮބާ ހިނގާ ދަމާ” އަޒީޒް އައިސް އެވަގުތު ވާހަކަ ދައްކަން ފެށުމުން ހިފަހައްޓައިގެން ހުރި ނޭވާ އަލާރާއަށް ދޫކޮށްލެވުނެވެ.
***
ލިއާނާ ތައްޔާރު ވެ ނިމިގެން ލޯގަނޑަށް ބަލައިލި އިރު ހިތްހަމަ ޖެހޭ ވަރު ވުމުން ހީލެވުނެވެ. ރަތް ކުލައިގެ ވރެޕް ހެދުމުގައި ލިއާނާގެ ރީތިކަން މިއަދު ވަކިން ފާހަގަވެއެވެ. ލިޕްސްޓިކް ފިޔަވައި އިތުރު މޭކަޕެއް ނެތިވެސް ވަރަށް ފުރިހަމައެވެ އިސްތަށިގަނޑު ކޮނޑުމަތިން ކުރިމައްޗަށް ގެނެސް އަތް ދަބަސް އަލުވާލަމުން ހިތް ފުރެންދެން ގަޔަށް ސެންޓް ޖަހައިލިއެވެ. އޭނާ ބޭރަށް ނުކުމަތް އިރު ވެސް ތައްޔާރު ނުވެ ޒެވިއަލް އިންތަން ފެނި ނިތް އަރުވާލެވުނެވެ. މުޅި ލިވިންގް ރޫމް އަނދިރި ކޮށްލައިގެން، ސޯފާގައި އޮތް ގޮތުން ލިއާނާއަށް ގޮވާލެވުނެވެ.
“ދޮންބޭ…ކީއްތަ ތިކުރަނީ ރެޑީ ވެސް ނުވެ.. ބަލާ ގަޑި ވެސް ޖެހެނީ” އަތުކުރީގައި އަޅާފަ އޮތް ގަޑިއަށް ލިއާނާއަށް ނަޒަރެއް ދެވުނެވެ. ލޯންޗް ނައްޓާލަން ބުނި ގަޑި ޖެހެން ތިރީސް މިނެޓް ވެސް އޭރު ނެތެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ގޮސް ލައިޓް ތައް ޖައްސާލުމުން މުޅި ތަނަށް ވެރިވެގެން ދިޔަ ގަދަ އަލިކަމުގައި ޒެވިއަލް އިންގޮތް ފެނި އޭނާގެ ދެލޯ ބޮޑުވިއެވެ.
“ލިއާ ދާން ވީ އެންނު.. ދޮންބެ މަޑު ކޮށްލާނަން” ލިއާނާއާއި ކުރިމަތި ލެވޭ ވަރުގެ ހިތްވަރެއް އޭނާގެ ނެތުމުން އިންތަނުން ތެދުވެ ކޮޓަރިއަށް ދިޔުމަށްޓަކައި ޒެވިއަލް ހިނގައިގަތެވެ. ކޮއްކޮގެ ކުރިމަތިގައި ބޭޒާރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ކުރިއަށް ދާން ހިނގައިގަތް ނަމަވެސް އޭނާއަށް ހުއްޓެން މަޖުބޫރުވީ ލިއާނާ އަތުގައި ހިފާލުމުންނެވެ.
”ޑޫ ޔޫ ލަވް ހާރ” ލިއާނާއަށް އަހާލެވުނެވެ. ޒެވިއަލްގެ ތަރުތީބު ގެއްލިފައިވީ އިސްތަށިގަނޑައި ރަތްވެފައިވި ދެލޯ ފެނުމުން ލިއާނާގެ ހިތައް ވަރަށް އުނދަގުވިއެވެ.
ލިއާނާގެ އެ ސުވާލަށް ޖަވާބު ދޭން ނޫޅެ ޒެވިއަލްއަށް ހުރެވުނެވެ. ބުނަން ބޭނުމެވެ. ނަމަވެސް އުނދަގޫވަނީއެވެ. ރެއާއި ހަމަޔަށް ލިއާނާގެ ކުރިމަތީގައި ހަމަޖެހޭ މީހަކަށް ވެގެން ހުރިނަމަވެސް އޭނާގެ ހިތައް ވާ ތަދު އިޙްސާސް ވާނީ އޭނާއަށްތާއެވެ. އެހެންމީހަކާއި އިނުމަށް އަލަރާ ރަތް ކިޔާ މަންޒަރު ދެކޭކަށް އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.
“ވަޓްސް ރޯންގް ވިތް ޔޫ..އަރްކާން ރޭގަ ކިޔައިދިން ޕްލޭން މަތިންވެސް ހަނދާން ނެތުނީތަ.. އަނެއްކާ އަލާ ދައްތަ ރަންކިޔާ ދުވަސް ކަން އެނގެ އެންނު.” ވާހަކަ ދައްކަމުން ދިޔައިރު ލިއާނާގެ އަޑުވެސް ފުދޭވަރަކަށް ބާރުވިއެވެ.
“އައި ޓްރައިޑް ލިއާ… އައި ޓްރައިޑް.. ބަޓް އައި ކާންޓް އެނިމޯރ” ޒެވިއަލްގެ އަޑުގައިވި މޮޅިވެރިކަން ލިއާނާއަށް އިޙްސާސް ކުރެވުނެވެ.
“ކީއްވެ..ދޮންބެ ރީތިކޮން ބުނެބަލަ..”
“އައި ލަވް ހާރ.. އަ ލޮޓް..ލޯބިވާ ފަރާތް އެހެން މީހެއްގެ ހައްގަކަށް ވާތަން ދެކެން ކާކަށް ކުޅަދާނަ ވާނީ”އެންމެ ފަހުން ޒެވިއަލްއަށް ބުނެވުނެވެ. ލިއާނާގެ ދެލޯ ބޮޑުވިއެވެ. ޒެވިއަލްގެ އަތުން ދޫކޮށްލެވުނު އަތް އަނގަމަތީގައި އެޅުނެވެ.
“ވަޓް.. އަލާދައްތަ ބުނި ދޮންބެ ޖީ އެފް އެއް ހުރެއޭ.. ކިހިނެތް މިވަނީ” ލިއާނާއަށް ބުނެވުނެވެ. ޒެވިއަލް އިސްޖަހައިލިއެވެ. އެއަމަލުން އެއީ ތެދެއް ހެނެއް ލިއާނާއަކަށް ހިއެއް ނުވިއެވެ. ޒެވިއަލްގެ އަތުގައި ހިފައި ތަޅުވައިގަތި ޖަވާބެއް ދޭށޭ ބުނާ ފަދައަކުންނެވެ.
ޒެވިއަލް ކުޑަކޮން އަލާރާއަށް ލޯބި ހުށައަޅަން އުޅުނު ރޭގެ ހާދިސާ ކިޔައިދިނެވެ. ލިއާނާއަށް ސޯފާއަށް ޖެހިގަނެވިފައި އިން އިރު އިނދެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެހެން އިނދެފައި އަލާރާ ދެއްކި ވާހަކަ ލިއާނާ ވެސް ކިޔައިދިނެވެ.
“ޝީ ލަވްސް މީ”ޒެވިއަލް އަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާލެވުނު އިރު އޭނާގެ ތުންފަތް މައްޗަށް ވެރިވެގަތީ އަޖައިބެއް ފަދަ އުފާވެރިކަމެކެވެ.
“ސީ ލަވްސް ޔޫ.. އެރޭ އަލާ ދައްތަ ބުނަން އުޅުނީ ދޮންބެ ގެ ވާހަކަ.. ދޮންބެ މާ އަވަހަށް ރިއެކްޓް ކުރީ.. އެހެންވެ ހިއުޖް މިސްއަންޑަސްޓޭންޑިންގް އެއް ތިއޮތީ ކްރިއޭޓް ވެފަ” ލިއާނާއަށް ބުނެވުނެވެ.
***
(ނުނިމޭ)