“މިހާރު ނައިން މިނެޓާއި ސެކަންޑް ކޮޅެއް މިއިނީ.. އަލާ މެން ސޭފް ބާ” ޒެވިއަލް ބެލީ ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެވޭތޯއެވެ. ތިންވަނަ ފްލޯއިން ނުކުމެވި އޭނާ މިސްރާބު ޖެހީ އަލާރާ ހޯދުމަށެވެ. ހިތް ތެޅެމުން ދިޔައިރު ހިތުގައި އުފެދުނު ބިރުވެރިކަން ދެގުނަ ވީ އަލާރާއާއި ސޯފިޔާ ބައިތިއްބާފައި ދިޔަ ތާގައި ނެތުމުންނެވެ. މުޅި ފްލޯ ބެލުނު ހިނދު އެތަނުގައި އަލާރާ މެންގެ އެއްވެސް ހިލަމެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނު އިރު ޒެވިއަލް ރަނގަޅަށް ވެސް ބޯ ހާސްވިއެވެ.
****
އޭރު މުޅި ބޯޓުން އެލާމް އަޅަމުންދިޔައެވެ. ލުއި ފިޔަވަޅުތަކެއްގައި ޒެވިއަލް ތިރިއަށް މިސްރާބު ޖެހިއެވެ. ތިންފްލޯ ކަޑައްތު ކުރެވުނު އިރު އެއްވަނަ ފްލޯގެ ސިޑިމަތީގައި ހުއްޓާއި ކުއްލިއަކަށް އިވެން ފެށީ ބަޑީގެ ބާރުގަދަ އަޑުފަންގަނޑެވެ. އެއަޑު އަންނަމުން ދިޔައީ އެންމެ ތިރިންނެވެ. މީހުންގެ އަޑުގަދަ ކުރާ އަޑު އިވުނީވެސް އެވަގުތުއެވެ. ލޯންޗް އިންޖީނުގެ އަޑުތަކާއި އެމަޖެންސީ ސައިރެންތަކުގެ އަޑުވެސް އިވެމުންދިޔައެވެ. އެހުރިހާ އަޑެއްގެ ތެރެއިން އޭނާގެ ނަމުން ނުހަނު ބާރަށް އެތައް ބަޔަކު ގޮވާ އަޑު އިވުމުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭރުވެސް މުޅި ބޯޓުން ވަމުންދާ އެލާމްތަކުގެ އަޑު ވެސް ހުއްޓުމެއް ނެތި އިވިއިވި ހުއްޓެވެ.
އަތުގައިވާ ފިސްތޯލް ލޯޑްކޮށްލަމުން ޒެވިއަލް ތިރިއަށް ދެވުނު އިރު ހީވި ހަނގުރާމައިގެ މައިދާނަކަށް ހާޒިރްވެވުނު ހެންނެވެ. ޕޮލިހުންނާއި ސިފައިންނާއި ދެކޮޅަށް ޝަވަންމެން ބަނޑީގެ ގަދަފަދަ ހަމަލާތައް ބަދަލްކުރެވެމުން ދަނީއެވެ. ޒެވިއަލްއަށް ހުރެވުނީ ޝަވަންމެންގެ ފަހަތުގައެވެ. ސަފާރީގައިވާ ބޮޑެތި ދަގަނޑު ފޮށިތަކެއްގެ ނިވަލުގައި އެމީހުން ތިބިއިރު، އޭގެ އަނެއް ފަރާތުގައި ތިބީ ސިފައިންނެވެ. އެހިސާބުން އަލާރާއާއި ސޯފިޔާ ތިބީ ދޯނީގައި ކަން ޔަގީން ވުމުން ޒެވިއަލް އަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ޒެވް…ޒެވްވް…ޒެވްވް”ސިފައިގެން ގެ ފުރަގަހުން އިވެމުން ދިޔައީ އަރްކާންގެ އަޑެވެ. ޒެވިއަލް މަޑުކޮށްލައިގެން ހުރީ ޝަވަންމެންނަށް ނުފެންނާނެހެން އިތުރު ދަގަނޑު ފޮއްޓެއްގެ ފަހަތުގައެވެ. ޝަވަން އާއި ސާމިއު ކެނޑިނޭޅި ހަމަލާތައް ބަދަލް ކުރެވެމުން ދިޔައިރު ޖެހިލުމެއް ނެތި އީވާ ވެސް ވަޒަނަކަށް ފަހު ވަޒަނެއް ދޫކުރަމުން ދިޔައެވެ.
“ޒެވް އަހަރެންގެ އަޑު އިވޭތަ” އަރްކާންގެ މާޔޫސްވެފައިވީ އަޑު އެވަގުތު އަނެއްކާ ވެސް އިވިގެންދިޔައެވެ.
“ކިތައް މިނެޓް ބާކީ އިނީ ” ޝަވަން އަޑުއައެވެ. ބާކީ އިނީ “ފަސް މިނެޓް” ކަމަށް ބުނެ އޭނާއަށް ޖަވާބު ދިނީ އީވާއެވެ. އޭރު ޔޫޝަމް ފެންނާކަށް ނެތެވެ.
“ކޮބާތަ ޔޫޝަމް” ޝަވަން ހުރީ ރުޅިގަދަވާ ގޮތްވެފައިއެވެ.
“އޭނާ ޑިންގީއަށް ދިޔައީ…ޝަވަންއެއްނު ބުނީ ދާށޭ ޑިންގީއަށް ވެސް” އީވާ އަނެއްކާވެސް ބުނެލިއެވެ. ޝަވަން ހަނދާންވީ ވެސް އީވާ އެހެންބުނުމުންނެވެ.
ޒެވިއަލް އަތުގައިވާ ޕެންޑްރައިވް އަތުގެ މުށުތެރެއަށް ލާފައި ފިއްތާލެވުނެވެ. އޭނާއަށް ކޮންމެ ގޮތެއް ވީ ނަމަވެސް ވަރިހަމައެވެ. ޒެވިއަލް ބޭނުން ވީ ސަލާމަތުން އެ ޕެންޑްރައިވް ޕޮލިހުން ތިބި ދިމާލަށް ގެންދެވޭނެ ފަދަ ގޮތެއް ވޭތޯއެވެ. ޒެވިއަލް އެތާގައި ހުރިކަން އެނގުމުން ޔަގީނުން ވެސް ޝަވަންމެން އަންނާނެއެވެ. ސޯފިއާ ދިން ފިސްތޯލުގައިވެސް ވީ އެންމެ ތިން ވަޒަނެވެ. އޭގެން ޝަވަން މެންނާއި ދެކޮޅަށް ކުރެވޭނެ ހަނގުރާމައެއް ނޯންނާނެއެވެ. ހަރުކުރެވިފައިވާ ބޮންތައް ގޮވަން ވެސް މާކަ ގިނަ ވަގުތެއް ނެތެވެ. ޒެވިއަލްއަށް ދެލޯ މަރައިލެވުނެވެ.
އެހެން ހުރެފައި ޒެވިއަލް ލޯ ހުޅުވާލިއެވެ. އޭނާގެ ބަޑި އަމާޒުކޮށްލީ ސީދާ ޝަވަންއާއި ދިމާލަށެވެ. އޭރުވެސް ޒެވިއަލް އެތާގައި ހުރިކަމެއް އެއިން މީހަކަށް ރެއަކާއި ނުލައެވެ.
“އާހްހްހްހް” ކުއްލިއަކަށް އިވިގެން ދިޔައީ ޝަވަންގެ ވޭނީ ހަޅޭކުގެ އަޑެވެ. އީވާއާއި ސާމިއުއަށް ލިބިގެންދިޔައީ ވަރުގަދަ ސިހުމެކެވެ. އޭރު ޝަވަންގެ އަރިކައްޓާއި ދިމާލަށް ވަނީ ވަޒަނެއް އަރާފައެވެ. އަތުގައިވާ ބަޑި އޭނާގެ އަތުން ދޫވެގެން ތިރިއަށް ވެއްޓުނު އަޑު އިވުނު އިރު ޝަވަން ވެސް ވެސް އަރިއަޅާލިއެވެ. އޭނާގެ ދެލޯ ބޮޑުވެފައިވީ އިރު ހަށިގަނޑުގައި އަޅަމުންދާ ގަދަ ވޭނުން ހެޔަށް ގޮތް ވަމުން ދިޔައެވެ. ވެއްޓި މިންމަތީގައި ޖެހުނު ވަގުތު ޝަވަން އަށް ޒެވިއަލް ފެނުނެވެ.
“އާހްހްހް… މަ.. ބާއް..ބާއްވާފަ އެމީހުންނާއި ދެކޮޅަށް ކު..ކުރެ..ވުނު ކަމެއް ..ކު..ކުރޭ..”
“ޝަވަން އެ.. ކިހިނެއް..” ޝަވަންއަށް ވެގެން ދިޔަގޮތުން އީވާއަށް ރޮއިގަނެވުނެވެ. ޝަވަން އަތް ހިއްލާލާފައި އިނގިލި ދިއްކޮށްލީ ޒެވިއަލްއެވެ. އީވާ އާއި ސާމިއުއަށް ޒެވިއަލް ފެނުނު ހިނދު ދެލޯ ބޮޑުވިއެވެ. އެއާއި އެކު ސާމިއުގެ އަމާޒު ބަދަލް ވެގެން ދިޔައީ ޒެވިއަލް އާއި ދިމާލަށެވެ. ވަޒަނަކަށް ވަޒަނެއް އަންނަމުން ދިޔައީ އެހާ ވެސް އަވަސް މިނުގައެވެ. އެއިން ކޮންމެ ފަހަރަކު އަލިފާން ކަނޑައިގެންދެއެވެ.
“ޒެވިއަލް..މި ވަންނަނީ އެތެރެއަށް..ބަޑިއެއް އޮތް ނަމަ ޝޫޓް..” ޒެވިއަލް ފެނިގެން ސިފައިންގެ އޮފިސަރެއް ގޮވާލިއެވެ.
“އެކަކު ވެސް ނުވަންނާތި.. މުޅި ބޯޓު ގޮވަން ނެތް ހަތަރު މިނެޓް ވެސް.. އެމީހުން ވަނީ ބޮން ހަރުކޮށްފަ.. ޓައިމް އިޒް ރަނިންގ..” ޒެވިއަލް ގޮވާލިއެވެ.
އެހިނދު އެންމެންނަށް ހުއްޓުން އަރައިގެން ދިޔައިރު އެއްބަޔަކު އެތެރެއަށް ވަދެއްޖެއެވެ. އޭރު އަނެއްކާ ޝަވަންވެސް ދަގަނޑު ފޮށީގައި ލައްވެގެން އޮވެ ބަޑިން ހަމަލާދޭން ފަށައިފިއެވެ. ލާފައިވާ ޓީޝާޓުން ބައެއް އިރާލުމަށްފަހު ވަޒަނ އަރާފައިވާ ދިމާލުގައި ބާރަށް އައްސާފައިވުމުން ކޮންމެވެސް ވަރެއްގެ ލުއެއް އޭނާއަށް އީހްސާސް ކުރެވެމުން ދިޔައެވެ. ނެތް ހިތްވަރު ޝަވަން ދައްކަމުން ދިޔައިރު، ހަމަލާތައް ވަރުގަދަވެފައި ވަނިކޮން ސާމިއުގެ މެޔަށް ވަޒަނެއް އަރައިގެން ދިޔައެވެ.
“ސޭމްމް..” ސަވަންއަށް ގަދައަޑުން ހަޅޭއްލަވައިގަނެވުނެވެ. ސާމިއު ވެއްޓުނު އިރު އެއްވެސް ހޭވެރިކަމެއް ނެތެވެ. އޭރު އީވާ ދުވެފައި ވަނީ ބޯޓުގެ އެތެރެއަށެވެ. އެ މަންޒަރު ފެނި ޝަވަންގެ ރުޅި ގަދަވެގެން ދިޔައީ އިންތިހާއަށެވެ.
“އީވާ.. އީވާ.. އަހަރެން ސަލާމަތް ކޮށްދީ” ޝަވަން ގޮވިއެވެ. ނަމަވެސް އީވާ އެއަޑު ނޭޙިތާ ފަސް އެނބުރި ބަލައިވެސް ނުލިއެވެ. ބަޑި ޖަހަން މަސައްކަތް ކުރި ނަމަވެސް އެކަން އޭނާއަކަށް ކާމިޔާބު ވާގޮތެއް ވިއެވެ. މާ ބޮޑުކަމެއް ނުކުރެވުނު އިރު ސިފައިން އެތެރެއަށް ވަދެގަތެވެ.
“ހީ އިޒް ނޯ މޯރ.” އެތަނުން އޮފިސަރަކު ސާމިއުގެ ކަރުގައި އަތްޖައްސާލަމުން ބުނެލިއެވެ. ސާމިއުގެ ހަށިގަނޑު ނަގައިގެން ބޯޓްއަށް ލާފައި ޝަވަން ވެސް ބޯޓްއަށް އެރުވިއެވެ.
“ދޫ ކުރޭ.. ކަލޭމެންނާއި ހެދި ސާމިއު މަރުވީ..” ބަނޑަށް ވަޒަން އަރާފައިވާ ތަނުގައި އަޅަމުންދިޔަ ގަދަފަދަ ވޭނަށް ކެތްނުކުރެމުން ދިޔައިރު ވެސް ޝަވަން ދިޔައީ ގަދަހަދަމުންނެވެ.
”ގޭގަ މަޑުން ހުރި ނަމަ މިހެން މިއަދު ނުވީހެންނު..އަދިވެސް އަހަރެމެންނާއި ދެކޮޅަށް ތަ ތިއަޑު އުފުލަނީ..”އޮފިސަރަކު ތަންކޮޅެއް ބާރަށް، ޝަވަންއަށް ރައްދު ދިނެވެ.
“އަވަސް އަވަސް އެންމެން އަރާ.. ނޯ ޓައިމް..”އަރްކާން އައިސް ޒެވިއަލްގެ ގައިގާ ބައްދާލާފައި ދުރުވެލުމުން ޒެވިއަލް ގޮވާލިއެވެ.
“ކިތައް މިނެޓް ބާކީ އިނީ..” އަރްކާން އަހައިލިއެވެ.
“ނޭނގޭ މިނެޓެއް ވެސް އިން ކަމެއް” ސަފާރީ އުސް ކަމުން ކޯސްޓްގާޑް ލޯންޗަށް އަރަން ޖެހުނީ ހަރުގަނޑެއްގެ އެހީގައެވެ. އެކަމުގައި ފުދޭވަރަކަށް ވަގުތު ހޭދަވިއެވެ. ޒެވިއަލް އާއި އަރްކާން ތިބީ އެންމެ ފަހަތުގައެވެ. ފަހަރަކު މީހަކު އެރުމަށްފަހު، އަރްކާން ލޯންޗަށް އެރިވަގުތު ފުރަތަމަ ބޮން ގޮވި އަޑު އިވުނެވެ. ކަންފަތްތައް ބަށްވެގެން ދާ ފަދަ ގަދައަޑު ފައްގަނޑެކެވެ. އެއާއި އެކު ބޮމަކަށް ފަހު ބޮމެއް ގޮވަމުން ގޮސް ސަފާރީ ތެރޭގައި ހުޅު ރޯވިއެވެ. ކަޅު ބޯ ދުންތަން މުޅި ތަނަށް ފެތުރިފައި ވީ އިރު ތަނެއް ދޮރެއް ވަކިވާ ވަރެއް ނުވިއެވެ.
“ސަސްޕެކްޓް އީވާ.. އޭނައެއް ނެތް..” ޒެވިއަލް އަރަން ފައި ހިތްލާލި ވަގުތު އޮފިސަރަކަށް ފާހަގަ ވެގެން ބުނެލިއެވެ. އެހިނދު ޝަވަން ޖަހައިލީ ހިނިގަނޑެކެވެ.
“ދެން އޭނަ އެއް ނުފެންނާނެ.. އޭނާ ދުވީ ބޯޓް އެތެރެއަށް..ވަން މިނެޓް ބާކީ” ބަނޑުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ އަނެއް އަތުގައިވާ ގަޑި ދައްކާލިއެވެ. މަޑުން އިންނަން ބުނެ އޮފިސަރެއް އަމުރު ކޮށްލުމުން އޭނާ މަޑުވެގެން އިނެވެ.
“އޭނަ ހޯދަން ދާނެ ވަގުތެއް މިހާރު ނެތް ..ޒެވް އަރާ” ޝަވަން ދައްކަމުން ދިޔަ ވާހަކަ އަށް ބެލުމެއް ނެތި އަރްކާން އަތް ދިއްކޮށްގެން ހުރެ ގޮވަލިއެވެ. ޒެވިއަލް ބޯޖަހާލާފައި ބޯޓަށް އެރިއެވެ. ޒެވިއަލް ލަސްނުކޮށް އަތުގައިވާ ޕެންޑްރައިވް އެންމެ އިސްކޮން އުޅުނު އޮފިސަރް އަސި ސޯފިޔާގެ ބައްޕަ އަޖުވަދާއި ހަވާލްކޮށްލި އެވެ. އޭރު އެ ލޯންޗް ފިޔަވައި އެހެން ލޯންޗްތައް ނައްޓާލައިފި އެވެ. އަޒީޒްއާއި އެކު އަލާރާއާއި ސޯފިޔާ ވެސް އޭގެން ލޯންޗަކުން ގެންދެވުނު ހަބަރު އަރްކާން ދިނެވެ. އޭނާ އެރުމާއި އެކުހެން ބޯޓު ނައްޓާލަން އުޅުނު ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.
“އާހްހްހް” އެންމެން ސިހިގެން ދިޔައީ ޒެވިއަލްގެ ވޭނީ ހަޅޭކްގެ އަޑަށެވެ.
“ޒެވިއަލް ވޮޗް އައުޓް” ލޯންޗު ސަފާރީއާއި ދުރުވަމުން ދިޔަ ހިނދު، ސަފާރީއާއި ފުރަގަސްވާހެން ޒެވިއަލް ކޮޅަށް ހުއްޓައި، އޭނާގެ ކަނދުރާއަށް އަރައިގެން ދިޔައީ ވަޒަނެކެވެ. އެންމެ ވަޒަނެއް ނޫނެވެ. ހަލުވި ސްޕީޑްގައި އައި ހަތަރު ވަނަ ވަޒަން އެރީ ޒެވިއަލްގެ އުނަގަނޑަށެވެ. އޭރު ސަފާރީގެ ދޮރު ކައިރީގައި ބަޑި ދިއްކޮށް ލައިގެން އެހުރީ އީވާ އެވެ. އެ ކުއްލި ހަމަލާއިން އަރްކާންއާއި އެހެން މީހުން ތިބީ ސިހިފައެވެ. ހުރިހާ ކަމެއް ވެސް ވެގެން ދިޔައި ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ލިބިފައިވާ ޝޮކްތަކުން އަރައިގަނެވުނު ހިނދު ތެޅިގަނެފައި ޒެވިއަލްގެ ގައިގާ ހިފާ ޝުހާދު ތިރިކޮށްލިއެވެ. ޒެވިއަލްއާއި އެންމެ ކައިރިޔަށް ޝުހާދު ހުރިނަމަވެސް، އޭނާއަށް ވެސް ލިބުނު ސިހުމުގައި ހަރަކާތެއް ގެނެވުނީ ސިކުންތުކޮޅެއް ފަހުންނެވެ. އިތުރު އޮފިސަރެއް އީވާގެ ބޮލަށް އަމާޒުކޮށް ޖަހާލި ވަޒަން ސީދާ ނަމަވެސް ހުޝިޔާރުކަމައި އެކު އީވާ ރެކިގަތެވެ. އޭނާ އެތެރެއަށް ވަދެގަތް ނަމަވެސް ދެން އޭނާގެ ފަހަތުން ދާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ.
“ޒެވް..ޒެވް..ޒެވްވްވް” ޒެވިއަލް އޮތްގޮތް ފެނި އަރްކާންއަށް ހަޅޭއްލަވައިގަނެވުނެވެ. އެންމެންހެން ތެޅިގަނެފައި ޒެވިއަލްއަށް އަވަސް ފަރުވާ ދޭން އުޅެމުން ދިޔައެވެ. ނަމަވެސް ދުނިޖަހާފައި އަންނަމުން ދިޔަ ލޭތައް މުޅި ތަން ކަޅިކޮށްލީ މަދު އިރުކޮޅެއް ތެރޭގައެވެ. ޒެވިއަލް ދެލޯމެރެމެން ދިޔައިރު އަރްކާންއަށް ރޮވުނެވެ. ޒެވިއަލްގެ ނަމުން ގޮވަމުން ގައިގާ ހިފާ ތަޅުވައިގަނެވުނެވެ.
“ހިތްވަރުކުރޭ.. އިހަށް އެއްކައިރި ވެލަމާ.. ހީ އިޒް އަ ޑޮކްޓާރ” ޒެވިއަލްގެ ގައިން އަރްކާން ދޫ ނުކޮށްލުމުން ފުލުހަކު އޭނާ ދުރުކޮށްލީ ގަދަކަމުންނެވެ. ޒެވިއަލްގެ ދެލޯ ބޮޑުވެފައިވީ އިރު ވިންދު ހުރީ ކިރިޔާއެވެ. މުޅި މޫނު ހުދު ވެފައިވީ އިރު އޭނާއަށް ފަރުވާދޭން އިން ޑޮކްޓަރު ވެސް ތެމިފޯވަމުން ދިޔައީ ހަށިގަނޑުން ބޭރުވަމުން ދިޔަ ލެއިންނެވެ. އޮކްސިޖަން މާސްކްގެ އެހީގައި ނޭވާ ކިރިޔާ ލެވެމުން ދިޔައިރު އެ މަންޒަރު ފެނުނު ހެން އަރްކާންއަށް ދިޔައީ ރޮވެމުންނެވެ.
އެމީހުންނަށް ސަފާރީއާއި ދުރަށް ދެވުނީ ކިރިޔާއެވެ. އެތެރޭގައި ހުޅުފަޅައިގެން ގޮސްފައިވާ އަލިފާން ގަނޑުވެސް އިހުނައްވުރެން ބޮނޑުވެގެން އައިސް މުޅި ސަފާރީ އެކީގައި ގޮވައިގެން ދިޔައީ ބަލަބަލާހުއްޓައެވެ.
***
ޒެވިއަލް އާއި އަރްކާން އަންނަ ލޯންޗްގެ އިންތިޒާރުގައި އޭރު އަލާރާއާއި ސޯފިއާ ވެސް ފާލަން ކައިރީގައި މަޑުކޮށްގެން ތިއްބެވެ. ދެ އަންހެން ކުދިންނަށް އެހީވުމުގައި ފުލުސް އޮފިސަރުން ވެސް ހަރަކާތްތެރި ވަމުންދިޔައެވެ. ތަންކޮޅެއް ދުރުގައި އަޒީޒްވެސް ފޯނެއްގައި ހުރިއިރު ދޭތެރެއަކުން އަލާރާ މެންނަށް ވެސް ނަޒަރެއް ދެމުންދިޔައެވެ. ދެމީހުން އެހެން ތިއްބާ ނަވާޒް އާއިއެކު ލިއާނާ އާއި ދިނާޔާ އައިސް މަޑުކޮށްލިއެވެ. އެމީހުންގެ ފަހަތުން ކަޔާންއާއި ސޯފިޔާގެ ބޭބެ ޝާމިން ވެސް އައިއެވެ.
“ދަރިފުޅާ” ދިނާޔާއަށް އަލާރާ ފެނުނު ހިނދު ދުއްވައިގަނެވުނެވެ. އަލާރާގެ ގައިގާ ބައްދާލެވުނު ހިނދު ދިނާޔާއަށް އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ. އަލާރާއަށް ވެސް ވެގެން ދިޔައީ އެފަދަ ގޮތެކެވެ. ދިނާޔާގެ ފިރުމުން އިޙްސާސް ކުރެވުނު ހިނދު ގިސްލެވުނެވެ.
“ދަރިފުޅާ.. މަންމަގެ ދޫނި ރަނގަޅުތަ.. ތަނަކަށް އަނިޔާއެއް ކުރިތަ އެމީހުން..ބުނޭ.. ދަރިފުޅު” ދިނާޔާއަށް ރޮވޭވަރުން ވާހަކަ ދެއްކުން ވެސް ވީ އުނދަގޫކަމަކަށެވެ. ލޯބިވާ ދަރިފުޅު ފެނުނުމުން ދިނާޔާ މިހުރިހާ ދުވަހަކު ކުރި ހިތްވަރަށް ނިމުން އައިފަދައެވެ. ދެމީހުން ބައްދާލައިގެން ތިބި އިރު އެހެން މީހުންގެ ތުންފަތްތައް މަތީގައި ވެސް ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.. އަޒީޒްވެސް ދެލޮލުން ފޭދުނު ކަރުނުތިކި ފުހެލުމަށްފަހު ހީލިއެވެ. ދިނާޔާއާއި އަލާރާއަށް ވަގުތު ކޮޅެއް ދިނުމުގެ ގޮތުން އަޒީޒް މަޑުކޮށްލައިގެން ހުރީ ތަންކޮޅެއް ދުރުގައެވެ.
“މަންމާ…ވަރަށް ހަނދާން ވި”
“މަންމަ ވެސް ވަރަށް ހަނދާން ވި.. މީގެ ފަހުން ކިތަންމެ ކުޑަ ކަމެއް މީހަކު ކުރަން އުޅުނަސް މަންމައަށް އަންގަންޖެހޭނެ.. މިއީ މަންމަ އެންމެ ލޯބިވާ ދަރިފުޅު.. މަންމަގެ ފުރާނަ.. ދަރިފުޅަށް އެމީހުން ކަމެއް ކޮށްފާނެ ތީ އެކަމާއި ވިސްނި މަންމަ ހާދަ ދެރައެއް ވިއޭ” އަލާރާގެ ބޮލުގައި ފިރުމާލަމުން ދިނާޔާ ބުނެލި ހިނދު ، ރުއިމުގެ ތެރެއިންވެސް އަލާރާއަށް ބޯޖަހައިލިއެވެ. ފަހަތުގައި ހުރެފައި ލިއަނާ ވެސް އައިސް އަލާރާގެ ގައިގާ ބައްދާލިއެވެ.
”ސޯފީ” ދިނާޔާއާއި އަލާރާ ވެފައިވާ ގޮތް ފެނި ރޮވިފައި ހުރި ސޯފިއާއަށް ސިހުމެއް ލިބުނީ ސާމިންގެ އަޑަށެވެ. ނަމަވެސް ސޯފިއާއަކަށް އަނގައިން ބުނާކަށް ނުކެރުނެވެ. ހުޅުވާލި އަނގަ ވެސް ލައްޕާލަން ޖެހުނީ އަޑު ނުނިކުތުމުންނެވެ. ލޯބިވާ ދޮންބެގެ ދެލޮލުން ފެނިގެންދާ ހިތާމަވެރި ޝުއޫރުތަކަށް ބަލާނެ ހިތްވަރެއް ސޯފިޔާގެ ނެތެވެ.
“އާރ ޔޫ އޯކޭ” ޝާމިން އަށް އިތުރަށް ކެތް ނުވެގެން ސޯފިޔާގެ ގައިގާ ބައްދާލެވުނެވެ. ކޮއްކޮގެ ބަދަލްވެފައިވާ މިޒާޖުން ހިތައް ކުރި އަސަރުން ކެތް ނުވީއެވެ. ސާމިންގެ މޭގައި ބޯ އަޅާލައިގެން އޮވެ ސޯފިޔާ ހަމައެކަނި ބޯޖަހައިލިއެވެ. ނަމަވެސް އޭނާ ރޮމުން ދިޔަކަން އެނގި ސާމިން ގަޔާލާ ބޮނޑިކޮށްލިއެވެ.
“ކީއްވެތަ ޒެވް މެން އެހާ ލަސް ވަނީ” ކަޔާން އަހައިލީ އެތަނުން ފުލުހެއްގެ ކައިރީގައެވެ. އޭނާ ޖަވާބު ދިނުމަށް އަނގަހުޅުވާލި ވަގުތު އެތަނަށް މަޑުކޮށްލީ ދެ އެމްބިއުލޭންސްއާއި އިތުރު ޕޮލިސް ޖިޕްތަކެވެ. އިސާހިތަކު މަގު ބަންދު ކުރުމަށް އެއްބައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
“ކަމެއް ގޯސްވީތަ” ދިނާޔާއަށް ކަޔާން ގާތު އަހައިލެވުނެވެ. ކަޔާން އަށް އަދި، އެތަނުގައި އެވަގުތު ތިބި ދެ ފުލުހަކަށް ވެސް ނޭނގޭ ކަމަށް ބުނެ ވެގެން އުޅޭގޮތެއް ސާފް ކޮށްލުމަށް އެމީހުން ދިޔައީ ފަހުންއައި ފުލުހުންގެ ކައިރިއަށެވެ.
“ތި ދެމީހުންނަކަށް ނާންގާތަ.. ސަސްޕެކްޓް އީވާ ޝޮޓް އެއް ޖަހައިގެން ކޮންމެވެސް އެއް ބޭފުޅަކު ވަރަށް ސީރިއަސް ކަމަށް އެކޮޅުން ހަބަރު ދެނީ.. މާ ބޮޑަކަށް އަދި ސާފް ވާ ގޮތެއް ނުވޭ ކޮން ބޭފުޅަކަށް ކަމެއް އަނިޔާވީ”އެ އޮފިސާރ ދިން ހަބަރުން ކަޔާންއާއި އެހެން އެންމެނަށް ލިބިގެންދިޔައި ވަރުގަދަ ސިހުމެކެވެ.
“އަރްކާން މިހާރު ނުނަގާ ފޯނެއް ވެސް..” އަޒީޒް ވެސް އަރްކާންއަށް ނުގުޅިގެން ކަންތައް ބޮޑުވެފައި ހުއްޓެވެ.
“ދޮންބެ ތަ.. ކަޔާން ބަލާ ދީބަ އަހަރެންގެ ދޮންބެ ތޯ” ލިއާނާއަށް ހުރީ ރޮވޭގޮތް ވެފައެވެ. އޭނާގެ ހިތް ތެޅެން ފެށިއިރު ސިކުނޑީގައި ނުރައްކާތެރި ރަނގަބީލެއް އެޅެމުންދިޔައެވެ.
“ރިލެކްސް ލިއާ.. ހަމަޖެހިލާ.. އިންޝާﷲ ޒެވް ރަނގަޅުވާނެ” ލިއާނާގެ އަތުގައި ހިފާލަމުން ކަޔާން ބުނެލިއެވެ. ނަމަވެސް އޭނާގެ ހިތުގައި ވެސް ވަނީ ބިރުވެރިކަމެވެ. ޒެވިއަލް ހަތިޔާރު ހުރިތަނަށް ދިޔަ ހަބަރު، އެތަނަށް އައުމުގެ ކުރިން އޭނާ ވަނީ އަހާފައެވެ.
“ޒެވް ބަ.. އަޅޭ ނޫން… ޒެވް ބަ” އަލާރާ ހިތާއި ދިމާލު މޭގައި އަތް އެޅުނު އިރު ހާސްވަމުން ދިޔައެވެ.
“އަލާ ޑޯންޓް ވޮރީ ހުރިޙާ ކަމެއްވެސް ރަނގަޅުވާނެ އިންޝާﷲ” ސޯފިއާ، އަލާރާއަށް ހިތްވަރު ދިނެވެ.
ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ކޯސްޓް ގާޑް ލޯންޗަށް މާލެއާދެވުނެވެ. ލޯންޗް ބަދަރުކުރެވުނު އިރު އެމްބިއުލޭންސް ކައިރިކޮށްލިއެވެ. ފުލުހުން ވެސް ދާދި އަވަހަށް ޖަމާވެ ވަށައިލިއެވެ. އާންމުންނާއި ނޫސްވެރިން ވެސް ކޮންމެވެސް ގޮތަކުން ހަބަރު ލިބިގެން އަންނަނަމުން ދިޔައެވެ. ލިއާނާ ގޮވައިގެން ކަޔާން ކައިރިއަށް ޖެހިލި ހިނދު އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ސްޓްރެޗާރ އަށް ލައިގެން ބޭލުވި ޒެވިއަލްއެވެ. ލެއިން ފޯވެފައިވީ އިރު އޮކްސިޖަން މާސްކްގެ އަޅުވާފައި އެއޮތީ އޭނާގެ ލޯބިވާ ދޮންބެއެވެ. ލިއާނާއަށް ފަހަތައް ޖެހެވުނު އިރު މުޅި ކުއްޖާއަށް ހުއްޓުން އަރައިގެން ދިޔައެވެ. އޭނާއަށް ހަމަހޭވެރިކަން ވީ ސިކުންތުކޮޅެއް ފަހުން ކަޔާން އޭނާގެ ކޮނޑުގައި ހިފާ ތަޅުވާގަތް ހިނދުއެވެ.
“ނޫން..ނޫން…ދޮންބޭ…ދޮން..ބޭ”ދެފާރާތައް ބޯ ހޫރުވަން ފެށުނެވެ. ދެފައިކޮޅުން ވާގި ދޫވެ ލިއާނާ ތިރިވަމުން ދިޔަ ވަގުތު ކަޔާން ހިފެހެއްޓިއެވެ. މޭގައި އަތްލެވުނު އިރު ނޭވާ ހާސްވަމުން ދިޔައެވެ.
“ލެޓްސް ގޯ .. ހިތްވަރު ކުރޭ” ކަޔާން ހިފަހައްޓާއިގެން ހުރިއިރުވެސް ލިއާނާ ތުރުތުރުއަޅަމުން ދިޔަ ގޮތުން ކަޔާންއަށް ހިފަހައްޓާލެވުނެވެ.
ފާސްޓް ފާސްޓް” ޒެވިއަލްއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރު ހަޅޭއްލަވައިގަތެވެ. ޑޮކްޓަރު ވެސް ލެއިން ފޯވެގެން ހުރެމެ ދިޔައީ ޒެވިއަލްއަށް ހިދުމަތް ކުރުގައި އަވަދިނެތި އުޅެމުންނެވެ. ޒެވިއަލް އެމްބިއުލޭންސްއަށް ލެވުނު އިރު، ކަޔާންއާއި އެކު ލިއާނާ އެރިއެވެ.ތުރުތުރު އަޅަމުންދިޔަ ދެއަތުން ޒެވިއަލްގެ އަތުގައި ހިފާލެވުނު އިރު ލިއާނާއަކަށް އިތުރަކަށް ކެތެއް ނުވިއެވެ.
ލިއާނާގެ ވޭނީ ރުއިމުގެ އަޑުން ކަޔާންވެސް ފެންކަޅި ވާގޮތް ވިއެވެ. އެންމެގާތް އެކުވެރިޔާ އޮތްނިކަމެތި ހާލު ފެނި ކަޔާންއަށް ވެސް ކެތްކުރަން ދަތިވިއެވެ.
ޒެވިއަލްގެ އަތުގައި ބޮސްދެވުނުއިރު ލިއާނާއަށް ގިސްލެވެއެވެ. ދިނާޔާ އެރުމުން އެމްބިއުލޭންސް ނައްޓާލިއެވެ.
“ދަރިފުޅާ ހިތްވަރު ކުރޭ.. އެއްވެސް ކަމެއް ނުވާނެ ދޮންބެއަކަށް އިންޝާﷲ” ލިއާނާގެ ގައިގާ ބައްދާލަމުން ދިނާޔާ ހިތްވަރު ދެމުންދިޔައެވެ.
***
“ދޫކުރޭ.. ދޫ ކުރާށޭ..އެމީހުންނާއި ހެދި މިހުރިހާ ކަމެއް ވީ” އެމްބިއުލޭންސްއަށް ޝަވަން އެރުވި ހިނދު ހަޅޭއްލަވަމުން ދިޔައެވެ.
“ދޫކުރާށޭ..މިބުނީނު ދޫ ކުރާށޭ” ޝަވަން ގަދަހަދަމުން ދިޔުމުން ފުލުހުން އޭނާގެ އަތުގައި ބިޑިއެޅުވިއެވެ.
“ޔޫޝަމް.. ކިޔާ ޒުވާނެއް ވެސް ބައިވެރިވި އެއްނު.. ކޮބާ އޭނާ” އަޒީޒް އަހައިލީ ލޯންޗުން ފައިބައިގެން އައި އަޖުވަދުގެ ގާތުގައެވެ. ގަސްތުގައި އީވާގެ ވާހަކަ ނމާހާ އޭނާ ދޫކޮށްލިއެވެ.
“އޭނަ ވެސް އެބަގެނޭ މިހާރު.. ޑިންގީއެއްގަ ފިލައިގެން ދަނިކޮން އަތުލައިގަތީ..”އަޖުވަދު ޖަވާބު ދިނެވެ.
“ދަރިފުޅާ ކިހިނެތް މިވީ” ޝަވަން ގޮވައިގެން އެމްބިއުލޭންސް ނައްޓާލި ވަގުތު، އަރްކާން ފެނުމުން އަޒީޒްއަށް ބުނެވުނެވެ. ރޮވިފައި ހުރިއިރު އަރްކާންއަކަށް ވާހަކައެއް ނުދެއްކުނެވެ. އަރްކާން ކުރެން، އަޒީޒްވެސް އިތުރަށް ސުވާލް ކުރަން ނުހަދާ ޝުހާދު އާއި ދިމާ ބަލައިލީ ޖަވާބެއް ލިބޭތޯއެވެ. ނަމަވެސް ޝުހާދުއަށް ވެސް ޖަވާބެއް ނުދެވުނެވެ. އަޒީޒް ބޯޖަހައިލަމުން އައުމަށް ބުނެ، ކާރަށް އަރަން ހިނގައިގަތެވެ. އެމީހުންނަށް ހޮސްޕިޓަލަށް ދެވުނުއިރު ޒެވިއަލް އޮޕެރޭޝަން ތީޢޭޓަރަށް ވައްދާފިއެވެ. ތީއޭޓަރު ބޭރުގައިވާ ގޮނޑިތަކުގައި އެންމެންހެން ތިއްބެވެ. ކޮންމެވެސް ގޮތަކުން ހަބަރު ލިބިގެން ލިއާނާއާއި ޒެވިއަލްގެ މަންމައާއި ބައްޕަގެ އާއިލާއިން ވެސް ބައެއް މީހުން އައިސް ތިއްބެވެ. މިއަދު އެމޫނުތަކުގައިވެސް ވީ ހިތާމައާއި މާޔޫސްކަމެވެ.
ރަމްލާގެ ގައިގާ ބައްދާލައިގެން އިން ލިއާނާ ފެނި އަރްކާންގެ ހިތައް ހީވީ ތޫނު އެއްޗެއް ހަރާލިހެންނެވެ. ލަސް ފިޔަވަޅުތަކެއްގައި އަރްކާން ހިނގާލާފައި ގޮސް ހުއްޓިލީ ލިއާނާގެ ގާތުގައި އެވެ. އަރްކާން ފެނިގެން ރަމްލާއާއި ޖެހިގެން އިން ގޮނޑީގައި އިނދެފައި ދިނާޔާ ތެދުވިއެވެ.
“ހޭއި” ލިއާނާގެ ކޮނޑުގައި އަރްކާން އަތް ޖައްސާލިއެވެ. އޭރުވެސް ލިއާނާގެ ގިސްލުމުގެ އަޑު ބޭރުވޭވޭ ހުއްޓެވެ.
“ދަރިފުޅާ ހުއްޓާލަ… މިހުރީ އަރްކާން ވެސް އައިސް” ރަމްލާ ނުހަނު ލޯބިން ވާހަކަ ދެއްކިއެވެ. ނަމަވެސް ލިއާނާ އެއޮތް ގޮތައް އޮތެވެ. ދެރަވެފައި ހުރެ ރަމްލާ ބަލައިލީ އަރްކާންގެ މޫނަށެވެ.
“އަރްކާން ދަރިފުޅާ ގެއަށް ގޮސް އެއްޗިހި ބަދަލްކޮށްލައިގެން އަންނަން ދާންވީނު..”އަރްކާން ނުދާނެ ކަން އެނގިހުރެ ދިނާޔާ ބުނެލިއެވެ. އަރްކާން ދެފަރާތައް ބޯހޫރުވާލިއެވެ. ތީއޭޓާރ އެތެރެއިން ނަރުހަކު ނުކުމަތްތައް ފެނި އަރްކާން އިންތަނުން ތެދުވިއެވެ.
“މިވަގުތު ވަދެވޭނެ ތިން ފަރާތަކަށް އެތެރެއަށް.. އަވަހަށް ވަންނަވާ” އޭނާ ދޮރު ހުޅުވާލުމަށްފަހު ވަންނަން ތަން ދައްކައިގެން ހުއްޓެވެ.
“ލެޓްސް ގޯ..” އަރްކާން، ލިއާނާގެ އަތުގައި ހިފާލާފައި ކޮޅަށް ނަގައި، އޭނާގެ ގަޔާއި ކައިރިކޮށްލައިގެން ހުރެ އެތެރެއަށް ވަންނަން ދިޔައެވެ. ދެމީހުންގެ ފަހަތުން އެތެރެއަށް ވަންނަން ގޮސްގޮސްފައި އަޒީޒް ހުއްޓުނީ ގޮނޑިބަރީގައި އިން ކަޔާންފެނިއެވެ.
“ކޮއްކޮ ވަދޭ .. ބޭބެ މަޑުކޮށްލާނަން” އަޒީޒް އެހެން ބުނުމާއިއެކު ކަޔާން އިންތަނުން ތެދުވެ އެތެރެއަށް ވަންނަން ދިޔައެވެ.
ތިންމީހުންނަށް ވެސް އެންމެ ފުރަތަމަ ވެސް ލާންޖެހުނީ އައިސޮލޭޝަން ގައުން އެވެ. މަޑު ނޫކުލައިގެ ރަބަރް ހެދުމާއި މާސްކް އަޅައިގެން ނަރުހުން އިރްޝާދު ދިންގޮތައް ވަދެވުނީ ހިމަ މަގެއްގެ ތެރެއަށެވެ. އެންމެ ބިއްދޮށައް ދެވުނު އިރު އެންމެ ފުރަތަމަ ވެސް ފެންނަން ހުރީ ޒެވިއަލް ބޭއްވިފައިވާ ކޮޓަރިއެވެ. ހަރުކުރެވިފައިވާ ބިއްލޫރިގަނޑުން ކޮޓަރީގެ އެތެރެ ފެންނަމުން ދިޔައިރު އެވަގުތުވެސް ހަވަރަކަށް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔައެވެ. ބިއްލޫރިގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން ހުރި އިރު ލިއާނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.
ޒެވިއަލް އޮތް ހާލު ފެނި، ނުރޯށޭ ބުނެ ހިތްވަރުދޭން އަނގަހުޅުވާލާނެ ހިތްވަރެއް ވެސް އަރްކާންގެ ކިބަޔަކު ނުވެއެވެ. ޒެވިއަލްގެ ހަށިގަނޑުގަ ހޮޅިއެއް ނުގުޅާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ބޮލުގައި އަޅާފައިވާ ބެންޑޭޖް ގަނޑުގައި ލޭގެ އަސަރް ވެސް ވެއެވެ. އެ މަންޒަރު ބަލަން ކެތް ނުވެގެން ކަޔާންއަށް ވެސް އިސްޖަހާލެވުނު ހިނދު ދެލޮލުން ފެންތައް ފައިބައިގެން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އެފަދަ ހާލަތެއްގައި ވަނިކޮން ދެކޭކަށް ކުޅަދާނައެއް ނުވިއެވެ.
އެހެން ތިއްބާ ދެ ޑޮކްޓަރަކު ނުކުމެގެން އަންނަތަން ފެނުނެވެ.
“އަޅުގަނޑު މީ ޑޮކްޓާރ ފާއިޒް..ދެން މިހުރީ ޑޮކްޓާރ ސްލައިމާން… އެނގޭ ދެރަ ވާނެ ކަން.. އެކަމަކު މިއީ ކެތްތެރިވެ ދުއާ ކުރަންވީ ވަގުތު..ބްލެޓް އަރާފައިވާ ހަތަރު ތަނުން ރިމޫވް ކޮށްފަ މިހާރު ވާނީ… އެންޑް ސްޓިލް ހީ އިޒް އިން ޑޭންޖާރ.. އެންމެ ހިތާމަވެރި ހަބަރަކީ ކަނދުރާއަށް އަރާފައިވާ ބްލެޓްގެ ސަބަބުން ލިބުނު ގެއްލުން.. ހީ ގޮޓް ހިޓް އިން ދަ ސްޕައިން.. އެނގޭދޯ އެކަމަކީ ކިހާ ނުރައްކާތެރި ކަމެއްކަން.. އެކަމުގެ ސަބަބުން ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކޮށްފަ ވަނީ އަދި އުނަގަނޑާއި ހިސާބަށް ގަންޝޮޓް އަރާފައިވާ އޭރިއާ ވަނީ ޓްރާންސިއެންޓް ޕެރެލައިސިސް އެއްގަ..އެއީ ޓެމްޕޮރަރީ މޮމޯންޓް ލޮސް އެއް އިނގޭ..ނޮޓް ޕާމެނެންޓް.. ސްޕައިންއަށް ވެފައިވާ އަނިޔާގެ ސަބަބުން އެގޮތައް ވާން މެދުވެރިވީ..ހަށިގަނޑުން ލޭ ބޭރުވެފަ ވާލެއް ގިނަވުމުގެ ސަބަބުން މިހާރު ލޭ އަޅަމުން އެދަނީ. ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން އެބަޖެހޭ އިތުރު އޮޕެރޭޝަންއެއް ކުރަން..އެހެން ނޫންނަމަ ޒެވިއަލްގެ ފުރާނަ ސަލާމަތް ކުރުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެއް..” ޑޮކްޓަރު ފާއިޒްގެ ވާހަކަތަކަށް ފަހު ތަނަށް ވެރިވެގަތީ މަރުފަދަ ހަމަހިމޭންކަމެކެވެ.
“ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިއްމު ކަމަކީ މި ކުރެވެން އުޅޭ އޮޕެރޭޝަކީ ލައިފް އޯ ޑެތް އޮޕެރޭޝަން އެއް…ނުކޮށްފިނަމަ ފުރާނައަށް ގެއްލުންވޭ.. ކޮންމެހެން ވެސް ކުރަންޖެހޭ އޮޕެރޭޝަން އެއް އަދި ހަމަ އެހެންމެ ކުރި ނަމަވެސް ސަކްސެސް ރޭޓް ދަށް އޮޕެރޭޝަންއެއް.. ފިފްޓީ ފިފްޓީ އޮޕެރޭޝަނެއް ” ޑޮކްޓަރުގެ ކޮންމެ ޖުމްލައަކުން ލިއާނާއަށް ދިޔައީ އިތުރަށް ރޮވެމުންނެވެ.
“އެ..އެ..ކޮން.. ކޮންކަހަލަ އޮޕަރޭޝަނެއް .. ކިހާ..ވަރެއްގެ ރިސްކް އެއް” އަރްކާންއަށް އަހާލެވުނެވެ.
“އެއީ ސްޕައިނަލް ޑިކޮމްޕްރެޝަން ސާޖަރީ.. މި އޮޕެރޭޝަން ކުރެވެން ކޮންމެހެން މަޖުބޫރުވަނީ، އެކްޗްއަލީ ބްލެޓް އިޒް ކްރަޝިންގ ދަ ސްޕައިނަލް ކޯޑް..ރިސްކް ދޯ..ރިސްކް އަކީ އެންމެ ރޯންގް މޫވް އަކުން ވެސް މުޅި ހަށިގަނޑު މުޅި އުމުރަށް ވެސް ޕެރެލައިޒް ވުމަކީ އެކަށީގެންވާކަމެއް.. އެހެން ގޮތަކަށް ބުނާނަމަ މަރުވުމަކީ ވެސް އެކަށީގެންވާ..ވީ މޭ ލޮސް ހިމް އޮން ދި ޓޭބަލް.. ދެން މި ސާޖަރީ ނުކޮށްފިނަމަ ނޭވާ ލާ ނިޒާމް ހުއްޓި ސަޕައިނަލް ޝޮކްއަކަށް ގޮސް ހިތުގެ ހިނގުން ވެސް ހުއްޓި ދާނެ.. އަސްލު މާ ބޮޑަށް ލަސް ކުރެވޭކަށް ނެތް.. ބިކޯޒް ދިސް ސާޖަރީ ވިލް ޓޭކް ޓްވެންޓީ ޓޫ އަވާރސް.. ލަސްވާ ކޮންމެ ސިކުންތަކީ ވެސް ޕޭޝަންޓްއަށް ބޮޑު ލޮސް އެއް..ކަމެއް ނުވާނެ ކަމެއް ދެއަތް އުރާލުމަކީ އަޅުގަނޑުމެން ޑޮކްޓަރުންގެ ގޮތެއް ނޫން.. ޕޭޝަންޓްގެ ލާސްޓް ބްރެތްއަށް ވެސް މެދުކެނޑުމެއްތި އަޅުގަނޑުމެން މަސައްކަތް ކުރާނަން” ޑޮކްޓާރ ސްލައިމާން ވެސް ބުނެލިއެވެ.
“އިޒް ދެއާރ އެނީވޭ ވީ ކޭން ޓްރާންސްފާރ ހިމް އެބްރޯޑް” ކުރެހިފައިވާ އަޑަކުން ކަޔާންއަށް އަހައިލެވުނެވެ.
“ނޯ ވޭ..މިހާރު އޮތް ހާލަތުގަ ޒެވިއަލްއަށް ފްލައި ކުރުމުގެ ހުއްދައެއް ނުދެވޭނެ.. އަމް ސޮރީ” މާޔޫސް ވެފައި ހުރެ ފާއިޒް ޖަވާބުދިނެވެ.
“ތިކޮޅުން ޖަވާބު ދިނީމަ ވީ ވިލް ސްޓާޓް ރައީޓް އަވޭ.. ”
“ލިއާ ލެޓްސް ނޮޓް ވޭސްޓް ޓައިމް” އަރްކާން، ލިއާނާގެ އަތައް ބާރުކޮށްލިއެވެ.
“އަ..އައި..އައި އެގްރީ..”ދެލޯ މަރާލަމުން ލިއާނާ ބުނެލިއެވެ. އެ ނޫން އިތުރު ގޮތެއް ވެސް ނެތެވެ. ހަތަރު އުދަރެސް ފެނުޖެހުނު ފަދަ އިޙްސާސްއެއް ކުރެވެމުން ދިޔައެވެ. ހިތްވަރުކޮށްފައި ލިއާނާ އެދުނީ ޒެވިއަލްގެ ގާތައް ވަނުމުގެ ފުރުސަތަކަށެވެ.
“ވަރަށް ބޮޑަށް ސޮރީ.. ބަޓް ކާންޓް ގޯ އެނީ ކްލޯޒާރ ..މިއަށްވުރެން”ބިއްލޫރިގަނޑަށް އިޝާރާތްކޮށްލަމުން ޑޮކްޓަރުގެ ޖަވާބުދިނެވެ. މާޔޫސްވެފައިވާ ހާލު ކަރުނަތަކާއި އެކު ލިއާނާ ބޯޖަހާލިއެވެ.
“ލިއާނާ ކަމް ވިތް މީ.. އެބަޖެހޭ ޑޮކިއުމަންޓްސް ތަކުގަ ސޮއި ކޮށްލަން” އެތަނަށް އެމީހުން ގެނައި ނާރސް، ބުނެލިއެވެ.
“އައިލް ޑޫ އިޓް” ލިއާނާގެ ހާލަތު ހުރިގޮތުން އެކަން ނުވާނެކަން އެނގުމުން ކަޔާން އެކަމާއި ހަވާލްވެ އޭނާގެ ފަހަތުން ދިޔައެވެ.
“ލެޓްސް ހޯޕް ފޯރ ދި ބެސްޓް.. އަބަދުވެސް ހުންނާން މިގޮތުގަ” ލިއާނާ ގޮވައިގެން އަރްކާން މިސްރާބު ޖެހީ އެތަނުން ނުކުތުމަށެވެ. ވީޙާވެސް އަވަހަށް އޮޕަރޭޝަން ފެށުމަށް ޑޮކްޓަރުން ބޭނުންވާތީ އެތަނުގައި މަޑުކުރަން ބޭނުންވި ނަމަވެސް އެކަން ވާކަށް ނެތެވެ.
“އަރްކާން..އަހަރެން ބޭނުން ގެޔަށް ގޮސްލަން “ލިއާނާ އެދުނެވެ. އަރްކާން ވަގުތުން ބޯ ޖަހާލަމުން އެއަތައް ފިތާލިއެވެ.
“ކީކޭ ޑޮކްޓަރު ބުނީ”އަރްކާން އާއި ލިއާނާ ނުކުން ހިނދު އެންމެން އެއްފަހަރާހެން އަހައިލިއެވެ. ކަޔާން ވެސް ލިއުންތަކުގައި ސޮއި ކޮށްފައި އެވަގުތު ނުކުމަތުމުން އަރްކާން އިޝާރާތް ކޮށްލީ އެވާހަކަތައް ކިޔައިދިނުމަށެވެ. ކަޔާން ބޯ ޖަހައިލުމުން ލިއާނާ ގޮވައިގެން އަރްކާން ނުކުމަތީ ގެޔަށް ދިޔުމަށެވެ.
“އައިލް ގޯ ” ރައިހާ ވެސް ލިއާނާ ފެނުމުން އައެވެ.
“ދަރިފުޅާ އަލާ ކޮބައިތޯ ބަލާލާތި.. ގޭގަ ވީ.. ސޯފިއާ ވީ އަލާ ކައިރީގަ.. ވަރަށް ސަކަރާތް ވެފަ ހުރީ” އަރްކާން ދާންފެށުމުން ދިނާޔާ ބުނެލިއެވެ. އަރްކާން ވެސް ބޯ ޖަހައިލުމަށްފަހު ލަސްނުކޮށް ނުކުމަތެވެ.
****
ރެއިން ޝަވަރުން ހުރަހެއް ނެތި އޮހެމުން ދިޔަ ފެންތައް ބިއްލޫރި ބިތުގައިގައި ލަތްވެގެން ހުރި އިރު އަލާރާގެ ގައިގާ ބީހެމުން ދިޔައެވެ. އެ ފެންތިކިތަކާއި އެކުވެގެން އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް އޭގެ މަގާމު ދޫކޮށްފައި ފައިބައިގަތެވެ. ހިތައް ކޮށްފައިވި އަސަރު، ރަތްވެފައިވީ ދެލޮލުގައި ހާމައަށް ފެންނަން ހުއްޓެވެ.
ޒެވިއަލް އާއި އެކު އުޅުނު އުފާވެރި ދުވަސްތައް ސިފަވަމުން ދިޔައިރު އަލާރާއަށް ގިސްލެވެމުން ދިޔައެވެ. ލޮލަށް ފެނުމުން މަހުރޫމް ވެފައިވި ދުވަސްތަކުގައި އެގާތްކަމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ލިބުނު ގޮތެވެ. ނުފެންނަ ހާލުގައި ވެސް ޒެވިއަލްއަށް އެހިތް ދެވުނު ގޮތެވެ. ޝަވަންގެ ސަބަބުން އަނިޔާވެފައިވީ ހިތައް ޒެވިއަލްގެ ސަބަބުން ފަރުވާ ލިބުނު ގޮތެވެ.އެހުރިހާ ކަމަކަށް ފަހު ފެނުން އަނބުރާ އައި ހިސާބުން ޒެވިއަލް ފެނުމުން އެހިތައް ވަމުން ދިޔަ ގޮތް ވަކިން އަލާރާއަށް ހަނދާންވަމުން ދިޔައެވެ. ޒެވިއަލް ދެކެ އިންތިހާއަށް ލޯބިވެވޭ ނަމަވެސް، ޒެވިއަލް ލޯބި ހުށަހެޅުމުން އެ ލޯތްބަށް އަލާރާއަށް ފުރަގަސް ދޭންޖެހުނު ގޮތެވެ. އެހުރިހާ ކަމަކަށް ވުރެން އަލާރާ އެންމެ ބޮޑަށް ހިތުގައި ޖެހުނީ އޭނާ، ޒެވިއަލް ދެކެ ވާ ލޯބި ހާމަ ކޮށްދިނުމަށް އެންމެ ބަހެއް ވެސް ބުނެވިފައި ނުވީމައެވެ.
އަލާރާ ދެލޯ މަރާލި ހިނދު ހީވީ އެ ފިރިހެންވަންތަ ހިނިތުންވުމުގައި ޒެވިއަލް ހުރެ ކުރިމަތީގައި ހުރެ ގޮވާލިހެންނެވެ. “ޒެވްވްވް” ކުއްލިއަކަށް ލޯ ހުޅުވާލެވުނު އިރު ސިހިފައި އަލާރާއަށް ގޮވާލެވުނެވެ. ނަމަވެސް ވަހްމެއްކަން އެނގި ހިތާއި ދިމާ މޭގައި އަތްއަޅާލައިގެން ހުރެ އަލާރާއަށް އިހުނަށް ވުރެން ބޮޑަށް ރޮވެމުން ދިޔައެވެ.
****
(ނުނިމޭ)
Comments (2)
lizsays:
ޖުލައި 17, 2025 at 19:05nice
ދު ންޔާsays:
ޖުލައި 18, 2025 at 06:03ވަރަށް ރީތި އިނގޭ
ކީޕް އަޕް ދަ ގުޑް ވޯކް 🥰