“ބޯޓް މިވަގުތު މިއޮތީ ކާފު އަތޮޅު ނިމޭ ހިސާބުގަ..” ފޯނަށް ބަލަން ހުރެ ޒެވިއަލް ބުނެލިއެވެ. ރޭންޖު ކުޑަކޮން ރަނގަޅުވެގެން ދިޔަ ދަނޑިވަޅެއްގައި ދެން އޭނާ އަވަހަށް ގުޅަން މަސައްކަތް ކުރީ އަރްކާންއަށެވެ. ދެފަހަރަކު ފޯނު ރިންގް ވި ހިނދު އަރްކާން ފޯނު ނަގައިފިއެވެ.
****
ލިއާނާއަށް ނިދި ޖެހުމުން ގައިމަތީގައި އޮތް ކްއިލްޓް ރަނގަޅު ކޮށްލަމުން އަރްކާން އެކޮޓަރިން ނުކުމެލިއެވެ. މުޅި ދުވަހު ނުކައި ހުރުމުން ހިސާބަކަށް އޭނާ ހުރި ބަނޑުހައިވެފައެވެ. ތިރިއަށް ދިޔައިރު ލިވިންގރޫމު ސޯފާގައި އަޒީޒް އާއި ދިނާޔާ ތިއްބެވެ. ހަފްތާއެއް ވެގެން ދިޔައިރު ވެސް ދިނާޔާ މުޅިއަކުން ރަނގަޅެއް ނޫނެވެ. ނަމަވެސް ކުރިއާއި ހިލާފަށް ހަމަޖެހެން މަސައްކަތް ކުރާތަން ފެނެއެވެ. ގިނަވަގުތު ގޭތެރޭގެ ކޮންމެވެސް ކަމަކާއި އުޅޭތަން ފެންނަ ނަމަވެސް ދެލޮލުގައި އަބަދުމެ ވާ ތެތްކަން ފެންނަ ކޮންމެ ވަގުތެއްގައި އަޒީޒްގެ ހިތައް ވެސް އަސަރު ކުރެއެވެ.
“ހާދަ ވިއްސާރަ ވެއްޖެ އޭ ދޯ.. ޕޮލިސް ސްޓޭޝަނުން ދެންމެ ވެސް ބައްޕައަށް ގުޅި … ވިއްސާރައަށް ބެލުމެއް ނެތި އެކުދިން އެކުރާ ބުރަ މަސައްކަތައް ހަމަ ސާބަސް ހައްގު” އަރްކާން ފެނުމުން އަޒީޒް ކައިރިއަށް އައިސް ބުނެލިއެވެ. އަރްކާން ބޯ ޖަހައިލަމުން އޭޏާއަށް ވެސް ގުޅި ވާހަކަބުނެލިއެވެ.
“މަންމަ ކިހިނެތް .. މިއަދު ފަހުން ރޮވުން ތަ” އަރްކާން އަހައިލިއެވެ.
“ނޫން ..ކުރިއަށް ވުރެން ރަނގަޅު ކޮންމެވެސް ވަރަކަށް… ލިއާ އަށް ވެފައިވާ ގޮތުން ބައްޕަ ކައިރީގަ، މަންމަ ބުނި ބަލާނަމޭ ނުރޮވެވޭތޯ ލިއާ ކުރިމަތީގަ.. ލިއާ އިތުރަށް ބަލިކަށިވެ ރޯކަށް މަންމަ ނޭދޭ.. އެނގެއެންނު މަންމަ އަލާ ދެކެ ލޯބި ވާވަރު އެހެންވެ އެދެރަވަނީ އެދެލޮލުން ކަރުނަ ފެނޭ އަބަދު ވެސް..” ލޮލުގެ ހިމަކޮޅުން ނިރާލި ކަރުނަތިކި ފުހެލަމުން އަޒީޒް ޖަވާބު ދިނެވެ.
“ބައްޕަ ވެސް ހިތްވަރު ދެރަ ނުކުރާތި އަދި ފެންނާނެ .. އިރާދަކުރެއްވީތީ ސަލާމަތުން” އަޒީޒްގެ ގައިގާ ލުއި ގޮތަކަށް އަރްކާން ބައްދާލިއެވެ.
“ކޮބާތަ ޝުހާދު” އަރްކާން އަހައިލިއެވެ.
“އޭނާ ވެއްޖެ ގެސްޓް ރޫމްގަ.. އަހަރެމެންނާއި އެކު މި ފްލޯއަށް އަންނާށޭ ކިޔާ ކިޔާ ނައޭ.. ރަނގަޅު ދަރިއެއް އެއީ.. އޭނާގެ ބައްޕަގެ ކިބައިގަ ވާ ހެޔޮކަން އެހުންނަނީ ހަމަ.. މިކަމެއް ޖެހުނީންސުރެން ދެގޮތެއް ނުވެ އެންމެ ކައިރިން އެހީވޭ އެބަ.. މިދުވަސްކޮޅު މިގެއަށް އައިސް ހުރެދޭކަން ވެސް ނަސީބު” އަޒީޒް އުފާވެރި ހިނިތުންވުމަކާއި އެކު ބުނެލި ހިނދު އަރްކާން ވެސް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.
“އަހާން ދަރިފުޅާ.. ލިއާއަށް ނިދުނީ ތަ” އަރްކާން އައިސް ސޯފާގައި އިށީނުމުން ދިނާޔާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަރްކާން ބޯޖަހައިލަމުން ޓީވީއަށް ނަޒަރެއް ދިނެވެ. ޓީވީއިން ދައްކަމުން ދިޔަ ކައްކާ ޕްރޮގްރާމެއް ބަލަން ޝައުގުވެރިކަމާއި އެކު ދިނާޔާ އިންތަން ފެނި އަރްކާންއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ދަރިފުޅާ ބަޑުހައެއް ނުވޭތަ.. ކާން ހަދާފަ ހުންނާނީ”
“އާންން ދެން ދާންވީ..” ދިނާޔާއަށް ރައްދު ދިނުމަށްފަހު އަރްކާން އިންތަނުން ތެދުވައިން ހިނދު ފޯނު ރިންގުވަމުން ދިޔަ އަޑުއަހާފައި ފޯނު ނަގާ ބަލައިލިއެވެ.
“ސޯފިއާ..” އަރްކާންގެ ނިތައް ރޫ އަރައިގެން ދިޔައެވެ.
“ސޯފިޔާއޭ” އަރްކާންގެ އަޑުއިވިގެން ދިނާޔާއާއި އަޒީޒްއަށް، އެއްފަހަރާހެން ބުނެލެވުނެވެ.
“އާން.. ސޯފިއާ..” ފޯނަށް އަރާފައިވާ ނަން ދައްކާލަމުން އަރްކާންއަށް ހައިރާންވެފައި ބުނެލެވުނެވެ.
“ދަރިފުޅާ ތި ފޯނު ނަގާބަލަ .. އަލާމެންގެ ހަބަރެއް ވެސް އެނގިދާނެ ” ކެތްތެރިކަން ކުޑަވެފައި ހުރެ ދިނާޔާއަށް އަހައުލެވުނެވެ.
“އަރްކާން..މީ..މަށޭ.. ޒެވިއަލް..”
“ޒެވް.. އޭތް.. ކޮންތާކު.. އަލާ..އަލާ ކޮބާ.. ރަގަނޅުތަ ދެމީހުން..” ފޯނު ނެގި ހިނދު ފުރަތަމަ ވެސް ޖެހުނީ ޒެވިއަލްގެ އަޑެވެ. އަރްކާންއަށް އިރުކޮޅަކަށް ހުއްޓުން އަރައިގެން ދިޔައެވެ. އޭރު އަޒީޒްއާއި ދިނާޔާ ވެސް ދެލޯ ބޮޑުވެފައި ތިއްބެވެ.
“އާން.. ދެމީހުން ވެސް ރަނގަޅު.. އަރްކާން ނޯ ޓައިމް އެނގޭ.. އެމީހުން އައިސްފާނެ ކޮންމެ ފަދަ ވަގުތަކު ވެސް.. އަހަރެމެން މިތިބީ ބޯޓެއްގަ.. ކާފު އަތޮޅު ނިމޭ ހިސާބުގަ މަޑުކޮށްގެން އޮތީ..ލޮކޭޝަން ފޮނުވާލާފަ އިންނާނެ މި ފޯނުން.. ސޯފިއާ އިޒް ވިތް އަސް.. ޝީ އިޒް ހެލްޕިންގ އަސް..މިވަގުތު ހުރިހާ އެއްޗެއް ނެތް ކިޔައިދެވޭކަށް.. ޝަވަން މެން އެބަ ގެންގުޅޭ ބަޑި އާއި ނުރައްކާތެރި އެތައް ހަތިޔާރެއް… ދެ އަންހެން ކުދިން ކައިރީގަ ހުރީމަ އައި ކާންޓް ޑޫ މަޗް.. ސޯފިއާ ބުނި އެމީހުން ރާއްޖެއަށް، ފުޅާ ދާއިރާއެއްގަ ހަތިޔާރު އެތެރެ ކުރާކަމަށް.. .އަމް ޓްރައިންގ ޓް ގެޓް އެވިޑެންސް.. ” ޒެވިއަލް އެއް ނޭވާއިން ހުރިހާ ވާހަކައެއް ކިޔާދީފައި އޭނާ މިވަގުތު ހުރިތަން ބުނެލި ހިނދު، އަރްކާން ކުރިއަށް ވުރެން ހާސްވާގޮތްވިއެވެ. ބޮލުގެ އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހާލައިގެން ހުރެވުނު އިރު ހިނގައިގަންނަން ވެސް ނޭނގުނެވެ.
“ޒެވް..ޒެވް.. އެމީހުންނަށް ފެނިދާނެ.. ތިބުނީ ހަތިޔާރު ގެންގުޅޭ ވާހަކަ ޑޫ ޔޫ ތިންކް ދެޓް ވިލް ސޭވް ޔޫ.. ނޯ ވޭ.. ޕްލީޒް މި ރިޕޯޓުކުރަނީ އެކޮޅަށް.. އެއްވެސް ކަމެއް ނުކޮށް ތިތާގަ ތިބޭ.. އަމް ގޮއިންގް.. ފޯނު ނެގޭ ހެން ހުންނާތި..” އަރްކާން ފޯނު ކަނޑާލިއިރު އިތުރަށް ހާސްވަމުން ދިޔައެވެ. އޭނާ ބުނިކަމުގައި ވިޔަސް ޒެވިއަލް ކުރަން ހިތުލައިފި ކަމެއް ނުކޮށް ނުހުންނާނެއެވެ.
ޒެވިއަލްއާއި އަލާރާގެ ހާލަތު އަޒީޒްއާއި ދިނާޔާއަށް އަރްކާން ކިއައިދިނީ ޕޮލިސް ސްޓޭޝަނަށް އެހަބަރު ދީފައެވެ.
“ޔާﷲ.. މިއަޅާގެ ދަރިންކޮޅު ސަލަމާތް ކޮށްދެއްވާނދޭވެ..” އަޒީޒްގެ ގައިގާ ބައްދާލެވުނު އިރު ދިނާޔާއަކަށް އިތުރަކަށް ކަރުނައެއް ނުހުއްޓުވުނެވެ.
“އިންޝާﷲ ރަނގަޅުވާނެ ހުރިހާ ކަމެއް.. ޒެވް ހުއްޓަ އަލާ އަށް ދެރަގޮތެއް ނުވާނެ.. އައި ޓްރަސްޓް ހިމް މޯރ ދޭން އެނީވަން…” ދިނާޔާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހުރިއިރު އަޒީޒްއަށް ވެސް ހިތާހިތާ ދުއާ ކޮށްލެވުނީ އަލާރާއާއި ޒެވިއަލް ސަލާމަތުން އެމީހުންނަށް ފެނުމުގެ ނަސީބު ދެއްވުމަށް އެދިއެވެ.
އަރްކާން ގުޅައިގެން ތިރިއަށް ޝުހާދުވެސް އައެވެ.
“ސޯފިއާ ކިހިނެތް ވެގެން ބާ އެހީވީ އެންމެ ފަހުން” އަޒީޒްއާއި ދުރުވެލަމުން ދެލޮލުން ކަރުނަތައް ފުހެލަމުން ދިނާޔާ އަހައިލިއެވެ.
“ކިހިނެތް އެނގޭނީ ވެސް…ޝުހާދު ހިނގާބަލަ ސްޓޭޝަނަށް..” އަރްކާން އާއި ޝުހާދު ނުކުންނަން ދިޔަ ވަގުތު އަޒީޒް ގޮޥާލުމަށްފަހު އޭނާ ވެސް ދާނެ ވާހަކަ ބުނެލިއެވެ.
“މަންމަ އޯކޭ.. މަންމަ މަޑުކޮށްލާނަން ލިއާ ކައިރީގަ.. ނަވާޒް މެން ވެސް މިތިބީނު” އަރްކާންއަށް ދިނާޔާގެ މޫނަށް ބަލައިލެވުނު ހިނދު ދިނާޔާބުނެލިއެވެ. ނަވާޒްއާއި ރަސަލް ވެސް ދިނާޔާއާއި ލިއާނާއަށް ބަލާނެ ކަމަށް ބުނުމުން އިތުރު ވިސްނުމަކަށް ނުގޮސް ތިން މީހުން ނުކުމެގެން ދިޔައެވެ.
****
“ދެން ބުނެބަލަ.. ކީއްވެތަ ސޯފިއާ މަރާލަން އެމީހުން އެއުޅެނީ.. ސޯފިޔާ ތީ ފެށުނީން ސުރެން ހެލްޕް ވި މީހެކެއްނު އެމީހުންނަށް” އަލާރާ އަހާލިއެވެ.
“ޔާހް އައި ޑިޑް.. މީހަލު މަރާ ނުލިޔަސް އައި ހެލްޕްޑް ދެމް އަލޮޓް…މްމްމްމް އަލާ .. އައި ނޯ.. އައި ނޯ ވަރަށް ދެރަ އަލާއަށް ދެވިއްޖެކަން..އެހެންވީމަ އިޓްސް ހާޑް ޓް ބިލީވް މައި ވޯޑްސް.. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ.. ބަޓް އައި ނޯ އަމް ވޯސް .. ބަޓް ސްޓިލް މިތަނުން ސަލާމަތް ވެވުނީމަ، ޖަލަށް ދިޔުމުގެ ކުރިން އަލާ އަށް ޖަސްޓިސް ހޯދާދޭނަން..” އަލާރާއަށް ރައްދު ދިން އިރު ސޯފިއާގެ ދެލޮލުންގައި ވީ ކަރުނައެވެ. ސޯފިއާ އެގޮތައް ރޮމުން ދިޔައިރު އަލާރާއަށް ވެސް ހުރެވުނީ ނެގިމަޑުވެފައެވެ. ހިތައް އަސަރް ކޮށްގެން އޭނާގެ ދެލޯ ވެސް ފެންކަޅި ވިއެވެ.
“އުއްމީދު ކުރަން އެ ކަންތައް ނިމުނީމަ މާފް ކުރާނެ ކަމަށް.. މިހުރިހާ އެއްޗެއް މިކިޔަނީ ޖަލަށް ލާފާނެ ކަމުގެ ބިރަކަށް ނޫން.. އިނގޭ އަހަންނަށް ޝަޒާ ހައްގުކަން.. އެހެން ހިތައް ނާރުވައްޗޭ… އަމް ޓްރޫލީ ސޮރީ ފޯރ އެވްރީތިންގް..” އަލާރާގެ އަތުގައި ހިފާލައިގެން ހުރެ ސޯފިޔާ ވާހަކަ ދެއްކިއެވެ. އެއިން ކޮންމެ ބަހަކުން އޭނާއަށް ކުރެވުނު ކުށް އިޙްސާސްވެފައިވާ ވަރު ހާމަވަމުން ދިޔައެވެ.
“ސޯފީއަށް ހަމަ އަސްލަށް ވެސް ކުރެވުނު ކަންތަކާ ރިގްރެޓް ވެވެންޏާ މާފަށް އެދޭކަށް ވެސް ނުޖެހޭނެ.. މާފް ކޮށްފިން.. ކޮންކަމެއް ކޮށްދޭނެ ވާހަކަ ތަ ތިބުނީ “މި ހުރިހާ ދުވަހު ސޯފިއާގެ ސަބަބުން ތަހައްމަލް ކުރަން ޖެހުނު ދެރައަށް ބެލުމެއް ނެތި އަލާރާ މާފްކުރިއެވެ. ސޯފިޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް، އެއީ މަކަރްވެރިކަމުގެ ދަޅައެއް ނޫން ކަން އަލާރާއަށް އިޙްސާސްވިއެވެ. ކުރިން ދުވަހަކުވެސް ސޯފިއާ އެފަދަގޮތަކަށް އޭނާގެ ކައިރިޔަކު ރޮއިފާނުވެއެވެ. އަބަދުމެ އެމޫނުމަތީގައިވާ ބޮޑާކަމާއި ކިބުރުވެރިކަމުގެ އެއްވެސް އަސަރެއް ވެސް މިއަދު އެމޫނަކު ނުވެއެވެ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ ކަމަށް އޭނާ ގަބޫލް ކުރެއެވެ. އަލާރާގެ ކިބައިގާ ވާ ހިތްތިރިކަމުން ހިތުގައި ހަމްދަރްދީ އުފެދިގެން ދިޔައީ އިންތިހާއަށެވެ.
“އެދުވަހު އަލާ ސިޑީން ވައްޓާލީ ޝަވަން.. އީވާ ވެސް ދުރުގަ މަންޒަރު ބަލަން ހުންނާނެ… އެދިމާލަށް ވާހެން އޭރު ނެތް ރަނގަޅު ސެކިއުރިޓީ ކެމެރާއެއް.. އެހެންވީމަ މަންޒަރު ފެންނާނެ ގޮތެއް ނީންނާނެ.. ބަޓް ޝަވަން މެންގެ އުޅުން ހުންނަގޮތުން މިކަހަލަ ދުވަހެއް އައިސްފާނެ ކަމުގެ ބިރު އޮވޭ އަބަދުވެސް.. އެހެންވެ އައި ޑިޑް ދެޓް.. ޝަވަން އަހަންނަށް މިކަންތައް އޮފާކުރަންވެގެން ގުޅި ފޯނުން..އެދުވަހުގެ ކޯލް ރިކޯޑިންގްސް.. އައި ހޭވް ދެޓް އިން މައި ޕެން ޑްރައިވް..” ސޯފިއާ ކިއައިދިނެވެ. އަލާރާއަށް އަނގަމަތީގައި އަތް އެޅުނެވެ. އީވާ ކިތަންމެ ނުބައި ކަމުގައި ވިޔަސް އެކަމުގައި، ޝަވަންއާއިއެކު އެކަމުގައި ވެސް ބައިވެރި ވެދާނެކަމަކަށް ކުޑަކޮން ވެސް އަލާރާއަށް ވިސްނިފައެއް ނުވެއެވެ.
“ވަޓް ދަ ހެލް.. ސޯފިއާ ނުވަންތަ އެކަމުގަ ބައިވެރިއެއް” އަލާރާގެ ދެލޮލުން އައިސްއައިސް ހުރި ކަރުނަތައް ފުހެމުން ޒެވިއަލް އަހައިލިއެވެ. ޒެވިއަލް، ޝަވަންއާއި އީވާދެކެ އައިސް ހުރި ރުޅި ދެގުނަވެގެން ދިޔައެވެ.
“ސޯފީ ރާއްޖެއައީ އޭގެ ފަހުން” ސޯފިއާ ޖަވާބު ދޭން އުޅުނު ހިނދު އަލާރާ އެ ސުވާލަށް ޖަވާބުދިނެވެ.
“އަލާ އެބުނީ ތެދެއް.. އަހަރެން ރާއްޖެ އައީ އަލާ ޖާމަނީއަށް ޓްރީޓްމަންޓްއަށް ގޮސް އައިސް ވީކްއެއް ވަރު ވި ފަހުން.. އެންޑް މިކޮޅަށް އައުމުގެ ވަން ޑޭ ކުރިން ޝަވަން ގުޅީ.. އަލާ އަށް އެނގޭނެ ފަހުން ފަހުން އަހަރެން ޗޭންޖް ވިކަން.. ދެޓްސް ބިކޯޒް އައިމް ޖެލަސް އޮފް ހާރ.. އީވާ އެއުޅޭ ގޮތައް ވަކި ކަމަކާއި ބަދަލެއް ހިފާކަށް ނޫން ބަޓް އެ ޖެލެސީގަ ހުރެމެ ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން ޝަވަންއާއި އެއްބައި ވި..އަސްލު ވީ ގޮތަކީ މުޅި ލައިފް ފާޑަކަށް ސްޕޮއިލް ވީ ކަޔާން، މަށައް ރިޖެކްޓް ކުރި ހިސާބުން.. އައި ލަވްޑް ހިމް ސޯ މަޗް.. އީވެން އިފް ވީ ވާރ ކަޒިންސް.. ތިންމީހުން އޭރު އެއްކޮން އުޅުނު އިރުވެސް އަލާ އަކަށް ވެސް ހުދު ކަޔާންއަކަށް ވެސް ނޭނގޭނެ ކަޔާންއަށް އަހަރެން ފެލް ވިކަމެއް..އޭނާ ރައިހާއަށް ޕްރޮޕޯސް ކުރަން އުޅުނު ދުވަހު އަހަންނަށް ރާއްޖެ އާދެވުނީ.. ފުރަތަމަ ވެސް ކަޔާން ހޯދަން ދެވުނީ.. ދިޔަ ތަނާ އަހަންނަށް އެނގުނީ ކަޔާން ދިޔައީ ރައިހާއަށް ޕްރޮޕޯސް ކުރަންކަން.. އޭނަ މަންމައަށް އޭނާ ކިޔައިދީފަ ހުރީ ރައިހާގެ ވާހަކަ..އަހަރެން ގޮސް ވަތްތަނާ ދޮންތަ ބުނީ އެވާހަކަ..ވަރަށް އުފަލުން ދޮންތަ ވެސް ހުރީ.. ދޮންތަ ވަރަށް ލައިކް ވޭ ރައި ދެކެ…އަހަންނަށް ހީވީ މުޅި ދުނިޔެ އަނދިރިވިހެން… އަހަރެން އޭނަ ދެކެ ލޯބިވާތާ ޓެން އިޔާރސް ވެއްޖެ.. ދެން އަހަރެން އެތަނަށް ގޮސްފަ ކޮންފެސްކުރިން..ކަޔާން ވަގުތުން ރިޖެކްޓް ކުރީ..އެކަމުގެ ބަދަލެއްގެ ގޮތުގަ އެތަނުގަ އައި ޑިޑް ސަމްތިންގް އައި ޝުޑްންޓް ހޭވް ޑަން.. ކަޔާން ރިޖެކްޓް ކުރާނެތީ ވެސް އަހަރެން ދިޔައީ އެއްޗެއް ހިފައިގެން..އާހްހްހް… ނައު އައި ރިގްރެޓް އަލޮޓް..”
“ހުރިހާ ކަމަކުން އަހަންނަށް ވުރެން އަލާ މޮޅުވެފަ އެންޑް ލަވް ލައިފްގަ ވެސް ޔޫ އާރ ޑުއިން ވެލް.. ޝަވަން އާއި އެކު އޭރު ގުޅިގެން އުޅުނު އިރު، އައި ސޯ ދެމީހުން އުޅުނު ގޮތް ކައިރިން.. އެ ކަންކަން ފެނި ފެނި އައި ގޮޓް ޖެލަސް…. އެއީ ޖެލޮސީ ކްރިއޭޓް ވި ހިސާބަކީ.. ކަޔާންގެ ކަންތަކުން ވެފައިވާ ދެރަ އެންޑް އަހަންނަށް އެކަމުން އެހާ ހިތާމަ ލިބި އެހެން މީހަކު މާ ހަމަ ޖެހިގެން އުޅޭތަން ދެކެން ފާޑަކަށް ހަޖަމް ނުވީ.. އާފްޓާ ކަޔާންގެ ރިޖެކްޝަން، އަހަރެންގެ އުޅުން އެއްކޮން ޗޭންޖްވި ..އައި ހޭޓް މައި ސެލްފް.. އަމް ސޮރީ އަލާ” އިސްޖެހިފައި ހުރެ ސޯފިޔާ ކިޔައިދެމުން ދިޔަ އިރު ދޭތެރެއަކުން ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ފުހެލައެވެ.
“އިޓްސް ނޮޓް ޔުއާރ ފޯލްޓް.. ކަޔާން ދެކެ ލޯބިވެވުމަކީ ސޯފީގެ ކުށެއް ނޫން.. ޑޯންޓް ބްލޭމް ޔޯ ސެލްފް”
“އައިނޯ ބަޓް.. އެހެން ކަންތައް ވާން މެދުވެރިވީ އެކަމުގެ ސަބަބުން.. އަލާ އަމް ރިއަލީ ސޮރީ” އަލާރާގެ އަތުގައި ހިފާލައިގެން ހުރެ ސޯފިއާއަށް ބުނެވުނެވެ.
“ޑޯންޓް ބެގް.. ސޮރީ ބުނާކަށް ނުޖެހޭނެ .. މާފްކޮށްފިން ސޯފީއަށް.. އެކަމަކު ދުވަހަކު ވެސް އީވާއަކަށް މާފެއް ނުކުރާނަން..” އަލާރާ ބުނެލިއިރު އެމޫނުމަތީގައި ވިދަމުން ދިޔައީ ނަފްރަތެވެ.
” ސޯ ޔޫ ޓޫ އޯކޭ ނައު ރައިޓް.. އޯލްރައިޓް.. ސޯފިއާ.. އެކަމަކު ކަޔާންއާއި ރައިހާގެ ކިބައިން މާފަށް އެދެން ޖެހޭނެ.. ސޯފިޔާގެ ކުށެއްނޫން ކަޔާން ދެކެ ލޯބިވުމަކީ ހަމަ އެހެން ކަޔާން އާއި ރައިހާގެ ކުށެއް ނޫން އެއީ އެދެމީހުން އެކަކު އަނެއްކަކު ދެކެ ލޯބިވުން..” ޒެވިއަލް ބުނެލިއެވެ. ރައިހާ އާއި ހެދި ކަޔާން އުޅޭގޮތް އެންމެ ކައިރިން ފެންނާނެ އެކަކީ އޭނާއެވެ.
“އައި ވިލް.. އައި ހޭވް ޓް.. ކުޑަ ކަމެއް ނޫން ކުރެވުނީ.. ކަޔާންގެ އަތުގަމެ އަހަންނާއި ދެކޮޅަށް ހެކި ހުރެމެ އޭނާ އެ ހުންނަނީ އަހަރެންގެ މަންމައަށް ބަލާފަ ކަމެއް ނުކޮށް.. އެވަރުވެސް އަހަންނަށް ރިއަލައިޒް ވާން އަހަންނަށް ޓޫ އިޔާރޒް މި ނެގީ” ސޯފިޔާގެ ވާހަކަތަކަށް ޒެވިއަލް ބޯ ޖަހައިލިއެވެ.
“މްމްމް އޯކޭ.. ހިނގާ މިކަމާ ވިސްނަން.. ހަމައެކަނި ސަލާމަތް ވެގެން ދާކަން ބޭނުމެއް ނުވޭ.. އައި ހޭވް އަ ބިޒްނެސް.. އަލާ ކައިރީގަ ސޯފިއާ ވެސް މިތާގަ މަޑު ކޮށްލަން ވީނުން..” ޒެވިއަލް ބުނެލިއެވެ. ދެ އަންހެން ކުދިން ނުރައްކަލުގެ ތެރެއަށް ގެންދާކަށް ޒެވިއަލް ބޭނުމެއް ނުވެއެވެ. ހަމަ އެހެންމެ ހަމައެކަނި ސަލާމަތް ވެގެން ދިޔުމުގެ ބަދަލުގައި އެމީހުންނާއި ދެކޮޅަށް ކަމެއް ކުރަން ވެސް ޒެވިއަލް ބޭނުން ވިއެވެ.
“ޒެވް ނޫން.. ނުދާތި.. މިހާރު ދޮންބެ މެން އަންނާނެ..ފެނިއްޖެޔާ އެގެންގުޅޭ ސާމާނުން އަނިޔާއެއް ވެސް ދީފާނެ” އަލާރާ ވަގުތުން ދެކޮޅު ހެދިއެވެ. ޒެވިއަލް ހާސްނުވުމަށް ބުނެ އަލާރާ ހިތްހަމަ ޖައްސާލަ ދޭން މަސައްކަތް ކުރިއެވެ.
“އެއްވެސް އެއްޗެއް އެނގޭތަ އެމީހުންގެ ހަތިޔާރު ބަހައްޓާފައި ހުންނަ ތަނާއި ބެހޭ..” ސޯފިޔާއަށް ނަޒަރެއް ދެމުން ޒެވިއަލް އަހާލިއެވެ.
“ޔެއާ.. ކިޔައިދޭން މިއުޅެނީ ހަމަ..އިންނާނެ ދެ އިންޖީނު ރޫމް..އެއީ ފަސްޓް ފްލޯއާއި ތާރޑް ފްލޯ ގަ… މިކިޔާ ދޭ އެއްޗިހި ރަގަނޅަށް ހަނދާނުގަ ބަހައްޓާތި.. ނަމަނަމަ އޮޅުވާ ނުލައްޗޭ.. އެ ސާމާނު ބަހައްޓާފައި ހުންނަނީ ފަސްޓް ފްލޯގަ.. އެކަމަކު އެތަނަށް ދެވޭނީ ވަކި ގޮތަކަށް..ހަމަ ދާ ގޮތައް ފަސްޓް ފްލޯއަށް ގޮސްގެން އެ އިންޖީނު ރޫމެއް ނުފެންނާނެ.. އެންމެ މަގެއް އޮންނާނީ އެތަނަށް ދެވޭ.. ތާރޑް ފްލޯގަ ހުންނަ އިންޖީނު ރޫމްގެ ތެރޭގަ، އިންޖީނު ފޮށި ބިއްދޮށުގަ އިންނާނެ ހަނިކޮން އިންނަ ރޫމެއް.. އެ ތަނުގެ ދޮރު ހުޅުވާލާ އިރަށް ފެންނާނެ ތިރިއަށް އިންނަ ސިޑިއެއް.. ބިންގަރާސް ފާޑަށް.. އެ ސިޑިން އެންމެ ތިރިއަށް ފައިބާއިރަށް ފެންނާނެ ދޮރެއް..އެ ދޮރަކީ އެމީހުންގެ ހުރިހާ ހަތިޔާރެއް ފޮރުވާފަ ހުންނަ ބަޑި ގުދަންނަށް ވަދެވެން އިންނަ ދޮރު” ސޯފިޔާ ކިޔައިދިން ހިނދު އަލާރާއަށް ބަލައިލެވުނީ ޒެވިއަލްއާއި ދިމާލެވެ. ވަގުތުން ދެކޮޅަށް ބޯ ހޫރުވާލެވުނެވެ.
“ޔެސް ތޭންކްސް ސޯފިއާ..” ޒެވިއަލް ބުނެލިއެވެ.
“ވެއިޓް ޒެވިއަލް.. މަރާއި ތިކުޅެވެނީ…”
“ވަޓް ޔޫ މީން…” ސޯފިޔާގެ ޖުމްލައިން ޒެވިއަލް އަހައިލިއެވެ.
“ހަތިޔާރު އެތެރެކުރުމަކީ ޓެރޮރިޒަމްގެ އަމަލެއް.. ބަސްޓް ވެއްޖެނަމަ އަންނާނެ އުމުރު ދުވަހުގެ ޖަލު ހުކުމެއް..އެފަދަ ދުވަހެއް އައިސްފިނަމަ އެތަން ގޮއްވާލުން އެމީހުންގެ ޕްލޭންއަކީ އަބަދުވެސް.. އެތާގަ ވަށައިގެން ވޭ ހަތް ދިހަ ކޮންމެ ވެސް ވަރަކަށް ބޮން ހަރުކޮށްފަ.. ޝަވަންގެ އަތުގަ އޮންނާނީ ރިމޯޓް.. އޭނާ ހަމަ އެންމެ ޕްރެސްއެއް ދޭން ޖެހޭނީ..މުޅި ބޯޓް ވެސް ގޮވާނެ.. އެންޑް ހީ ނައު ނޯޒް އަހަރެމެން އެންމެން އެއްތާކު ކަން ވާނީ.. ވަރަށް ޑޭންޖާރ ކަމެއް ތިއީ”
“ވީ ހޭޥް ޓް ފައިންޑް އެވިޑެންސް.. ” އަލާރާގެ އަތުގައި ހިފާލަމުން ޒެވިއަލް ބުނެލިއެވެ. ނަމަވެސް އަލާރާ ހުރީ އެކަމާއި އެއްބަސްވާ ގޮތަކަށް ނޫނެވެ.
“ނޫން ޒެވް.. ޕްލީޒް ސްޓޭ.. އައި ޑޯންޓް ވޯންޓް ޔޫ ޓް ގެޓް ހާޓް..” ޒެވިއަލްގެ އަތުގައި ހިފިގޮތައް އަލާރާ ދެފަރާތައް އަނެއްކާ ވެސް ބޯ ހޫރުވާލީ ނުދިޔުމަށް އެދިއެވެ. އެންމެ ފަހުން އަލާރާއަށް ރޮވުނެވެ. ދެމީހުންނަށް ފުރުސަތު ދިނުމަށްފަހު ސޯފިޔާ ދުރަށް ޖެހިލަމުން އެމީހުންނާއި ފުރަގަސް ދިނެވެ.
“ލުކް..އައިލް ބީ ކެއާރފުލް އެންޑް އައި ޕްރޮމިސް އައިލް ބީ ބެކް ސޫން..އިންޝާﷲ” އަލާރާގެ މޫނުގެ ދެފަރާތުގައި ހިފާލައިގެން ހުރެ ބުނެލިއެވެ. އެހާ ކައިރިން އަލާރާގެ ލޯ ފެނުނު އިރު ޒެވިއަލްއަށް ކަމެއް ވެދާނެތީ ގަނެފައިވާ ބިރު އެދެލޮލުން އެކަނިވެސް ހާމަވެއެވެ. އެކަމުން ޒެވިއަލްގެ ހިތައް ލިބުނީ އަޖައިބެއް ފަދަ ތަސައްލީއެކެވެ. އެމޫނާއި މޫނު ކައިރިކޮށްލަމުން އަލާރާގެ ކޯތާފަތުގައި ޒެވިއަލް ނުހަނު ލޯބިން ބޮސްދިނެވެ. މޫނު ދުރުކޮށްލަމުން ޒެވިއަލް ބަލައިލި ހިނދު އަލާރާގެ ކޯތާފަތައް ވެރިވެގެން ދިޔަ ރަތްކުލަ ފާހަގަވެ ކޮލުގައި ލުއިގޮތަކަށް ހިފާލަމުން އެ ފިރިހެންވަންތަ ހިނިތުންވުން ރައްދު ކޮށްލިއެވެ.
“އަވާރ ފަސްޓް ކިސް … ވިލް ބީ ބެކް ސޫން ޓް ސްޓީލް އަވާރ ސެކަންޑް” އަލާރާގެ ކަންފަތް ދޮށުގައި ބުނެލަމުން ޒެވިއަލް ދުރުވެލީ ދިޔުމަށެވެ. ލަދުގަނެފައި ހުރެ އަލާރާ ލުއިގޮތަކަށް ހިނިތުންވެލިއެވެ. އިތުރުގޮތެއް ނެތިގެން އެންމެފަހުން އަލާރާ ބޯޖަހައިލިއެވެ.
“ޒެވިއަލް..އަން ކީޕް ދިސް” ސޯފިޔާ ލައިގެން ހުރި ގަމީސް ދޮށައް ޖަހައިފާ ފިސްތޯލް ނަގަމުން ޒެވިއަލްގެ އަތައް ދިއްކޮށްލިއެވެ.
ޝުކުރު އަދާކޮށްފައި ޒެވިއަލް އެހިފައިގެން ކުޑަދޮރު ހުޅުވާލުމަށްފަހު ފުންމާލިއެވެ.
“އައި ގެސް ހީ ލަވްސް ޔޫ އަލޮޓް… އަލާއަށް ޑިޒާވް ވަނީ ވެސް ޒެވް ކަހަލަ ރަނގަޅު މީހަކު… ނޮޓް އަ ޖާރކް ލައިކް ޝަވަން” ޒެވިއަލް ދިޔަ ދިމާލަށް ބަލައިލަމުން ސޯފިޔާ ހީލިއެވެ.
“ވެލް އައި ހޯޕް ސޯފީއަށް ވެސް ރަނގަޅު ބައިވެރިއަކު ލިބޭނެކަމަށް.. ސޯފީ.. ކެން ވީ ބީ އަ ބެސްޓީސް އަގައިން..” ހިނިތުންވެފައި ހުރެ އަލާރާ ސަލާމަތް އަތް ދިއްކޮށްލި ހިނދު އެއަތުގައި ހިފަން ޖެހިލުން ވެފައި ސޯފިޔާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“އަލާ ކަހަލަ ހިތްހެޔޮ ކުއްޖެއްގެ ފްރެންޑްޝިޕް އަހަންނަށް ހަމަ ޑިޒާވްތަ..” ސޯފިޔާއަށް ބުނެލެވުނެވެ.
“ޔެސް ޔޫ ޑިޒާވް.. ވަގުތު ފާއިތު ވުމުގެ ވަގުތުކޮޅެއް ކުރިން ނަމަވެސް ސޯފީއަށް ހަމަ ވިސްނުން ލިބިއްޖެ.. މިހާރު އަހަރެންގެ ކުރިމަތީގަ ފެންނަން މިހުރީ ކުރީގެ ސޯފީއެއް ނޫން.. މުޅިން އާ ކުއްޖެއް.. އެންޑް ޔޫ ޑިޒާވް ބެޓާރ.. އިންޝާﷲ ސޯފީއަށް ޖަލުގެ ހުކުމް ނާންނަ ގޮތައް އަހަރެން ހަދާދޭނަން.. ”
“ނޯ…ނޯ.. ނޯ އަލާ.. ފަހަރެއްގައި ވެސް އަލާގެ ކިބައިން އެފަދަ ކަމަކަށް އެދޭކަށް ނޫން އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީގެން މާފަށް އެދުނީއެއް.. ހަމަ އަސްލަށް ވެސް ކުރެވުނު ކުށައް ތައުބާވާން ބޭނުންވާތީ މާފަށް އެދެން ބޭނުންވީ.. ޖަލަށް ދާން ބޭނުން ވަނީ.. އެންޑް އެނބުރި އައިސް އެންމެނަށް ވެސް ޕްރޫވް ކޮށްދޭނަން އަހަރެން ބަދަލް ވެއްޖެކަން..”ސޯފިޔާ އަލާރާގެ ނިންމުމާއި ދެކޮޅު ވަގުތުން ހެދިއެވެ.
“ސޯފީ.. އަހަރެން ގަބޫލް ކޮށްފީމޭ ތި ބުނެދިން ހުރިހާ ވާހަކައަކީ ހިތުގެ އަޑިން ބުނި ވާހަކަ ތަކެއް ކަމަށް.. އަހަރެން ބޭނުންވަނީ ދެ ކަންތައް ސޯފީގެ ފުށުން.. ފުރަތަމަ ކަންތައް …އަބަދުވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ ސޯފީ ހުރެދިނުން.. ދެވަނަ ކަންތައް.. ކަޔާން ބުނި ސޯފީގެ މަންމަ ވަރަށް ބަލި ވާހަކަ.. އެނގޭ ދޯ މަންމައަށް އެހެންވީ ކީއްވެކަން.. އަހަރެންގެ ހަމައެކަނި އެދުމަކީ ތިގޮތުގައި ހުރެ މަންމަގެ ހިތުގައި ޖެހޭ ކަހަލަ ކަމެއް އިތުރަށް ނުކޮށް އެ މަންމަ ކައިރީގަ ހުރެ ކުރިން ނުދެވުނު ލޯބި އަލުންދިނުން.. މި ދެކަންތައް އަހަންނަށް ކޮށްދޭނަން ތަ” އަސަރާއިއެކު އަލާރާ ބުނެލި ދެ ޖުމްލައިން ސޯފިއާއަށް ލިބުނީ އަޖައިބެއް ފަދަ ހިތްހަމަޖެހުމެކެވެ. އަލާރާގެ ގައިގާ ބައްދާލަމުން ބޯ ޖަހާލެވުން އިރު ހިތާހިތުން އަލާރާ ފަދަ އެކުވެރިއެއް ލިބުމުން ހަމްދު ކުރެވުނެވެ. އެ ހިތްހެޔޮކަމުގެ ސަބަބުން ސޯފިޔާގެ ހިތައް އަސަރްވެސް ކުރިއެވެ.
“ހޭ އެއޮތް އަންނަނީ ބޯޓް ތައް” ދިމާ ކުރިމަތިން ހަލުވި ސްޕީޑްގައި އަންނަމުން ދިޔަ ކޯސްޓްގާޑް ލޯންޗާއި ޕޮލިސް ލޯންޗްއެއްގެ އިތުރުން އަދިވެސް ދެތިން ލޯންޗެއްގެ އަލި ސީދާ އެމީހުންގެ ބޯޓާއި އަމާޒުވެފައިވާ ތަން އަލާރާއަށް ފެނި އުފަލުން ހަޅޭއްލަވައި ގަނެވުނެވެ. ސޯފިއާގެ މޫނަށް ވެސް އުފާވެރި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ވާރޭ ހުއްޓާފައިވާ އިރު އަދިވެސް ވައިރޯޅީގެ ހަމަލާތަކުން ދެމީހުން ތިބީ ހީކަރުވައިގަނެފައެވެ. ކަނޑު ވެސް ބާނި ހައްދާލާފައި ވާއިރު އެހާމެ ގަދައެވެ.
“އަޅެ ޒެވް ހާދަ ލަސްވެއްޖެޔޭ..” އަލާރާއަށް ސޯފިޔާގެ ފޯނުގެ ގަޑިއަށް ނަޒަރެއް ދެވުނެވެ. ދިހަ މިނެޓް ފާއިތުވި އިރު ވެސް ޒެވިއަލްގެ ހިލަމެއް ނުވިއެވެ. ހިސާބަކަށް އަލާރާގެ ހިތުގައި ވަނީ ބިރުވެރިކަމެއް ވެސް އުފެދިފައެވެ.
“އިންޝާﷲ ޒެވް ސަލާމަތުން އަންނާނެ..” ސޯފިޔާބުނެލިއެވެ. އެހެން ތިއްބާ ސޯފިއާގެ ފޯނު ރިންގުވާތަން ފެނި ބަލައިލި އިރު އަރާފައިވާ އަރްކާންގެ ނަން ފެނި، އަލާރާގެ އަތައް ސޯފިއާ ފޯނު ދިއްކޮށްލިއެވެ.
“ހަ..ހަލޯ.. ދޮންބޭ”
“ދޫނީ ހޭންގް އިން ދެއާރ..ވަރަށް ކައިރީގަ މިތިބީ.. ދެން ފޯނު ކަނޑާ ނުލައްޗޭ… ކޮބާ ތަ ޒެވް” އަރްކާންގެ އަޑު އިވުނު ހިނދު ޖަޒުބާތީ ވެގެން އަލާރާއަށް ވާހަކަ ދައްކަން އުނދަގު ވެފައިވީ ތަން ފެނި ސޯފިއާ ފޯނު އަތުލިއެވެ.
“ސޮރީ.. އިޓްސް މީ ސޯފިއާ.. އަލާއަށް ވާހަކަ ދެއްކޭ ކަހަލަ ހާލަތެއްގަ ނޫން ހުރީ.. ”
“އޯކޭ ފޯނު ކަނޑާ ނުލާ ތިބެއްޗޭ.. ކޮންތާކު ތިތިބީ .. ކޮބާ ޒެވް” އަރްކާން އަހައިލިއެވެ.
“ނުދާށޭ ބުނެ ބުނެ އޮތްވަ އެދިޔައީ.. އެވިޑެންސް އެއް ހޯދަން ވެގެންނޭ ބުނީ.. މި ބޯޓްގަ ހަމައެކަނި ސޭފް ތަންކޮޅުގަ އަހަރެމެން ދެމީހުން މިތިބީ.. ދެން އެއްވެސް ތަނެއް ސޭފް އެއް ނުވާނެ.. މިހާރު ދިޔަ ފަހުން ވެއްޖެ ޓެން މިނެޓްސް ވަރު..”
“ޝިޓް.. ޒެވް ހަމަ ދިޔައީ ދޯ.. ވީ އެންމެ އަވަހަކަށް މިދަނީ.. އަލާއަށް ބަލާލައްޗޭ..”
“އޯކޭ.. ޔެސް ވިލް ޑޫ” ފޯނު އަތައް ލައިގެން ހުރެ އަލާރާގެ އަތުގައި ހިފާލައިގެން ސޯފިޔާ ހުއްޓެވެ.
***
ޒެވިއަލް އެތެރެއަށް ދެމިގެން ހިނދު ބައްދަލް ކުރީ މަރުފަދަ ހަމަހިމޭން ކަމެކެވެ. އެއީ ހަތަރުވަނަ ފްލޯ ކަމުން އޭނާ މިސްރާބު ޖެހީ ސޯފިޔާ ބުނެދިން ފަދައިން ތިންވަނަ ފްލޯއަށް ދިޔުމަށެވެ. އެތެރޭގައި އިން ސިޑީގެ ބަދަލުގައި ޒެވިއަލް ހިޔާރްކުރީ ބޯޓުގެ ފަހަތައް ވާހެން އިން ސިޑިއެވެ. ހަރުފަތްތައް ގިރާކުރަމުން އޭނާއަށް ތިންވަނަ ފްލޯއަށް އެރުނު އިރު އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ލަސްފިޔަވަޅު ތަކެއްގައި ޒެވިއަލް މިސްރާބް ޖެހީ އިންޖީނު ރޫމްއާއި ދިމާލަށެވެ. ސޯފިޔާ ބުނިގޮތައް ދަނިކޮން މާގިނައިރު ނުވެ އެ މަންޒިލަށް އާދެވުނެވެ. ދޮރާއި ދިމާލަށް ދަނިކޮން ދުރު ޝަވަންގެ އަޑު ކަންފަތުގައި ޖެހި މަޑުޖެހެވުނެވެ. އެންމެ ގާތައް ހުރި ކޮޓަރީގެ ތެރެއަށް ވަދެ ހިންމިއަކަށް ދޮރު ހުޅުވައިގެން ބޭރު ފެންނާނެ ހެން ޒެވިއަލް މަޑުކޮށްލިއެވެ.
“މުޅި ބޯޓު ބަލައިފިން.. އެމީހުންގެ އެއްވެސް ހިލަމެއް ނުވި.. ލައިފް ޖެކެޓް ފެނިގެން ފުންމާލީހެން ހީވަނީ.. ބަސްޓް ވީނު މި..” ޝަވަން އާއި ސާމިއުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ދެމީހުންގެ ކޮނޑުގައި ބަޑިއެއް އަޅުވާލެވިފައިވެއެވެ.
“އެކަމަކު މިއޮތް ގަދަ ކަނޑަށް ފުންމާލާނެ ހެން ހާދަ ހީ ނުވެއޭ”
“އެހެންނު ވާނީ އީވާ ވެއްޖެ ވިއްޔަ ސޯފިޔާ މަރާ ވާހަކަ ދައްކަން.. އީވާގެ ނުބައި ރޭވުންގަނޑު ހުރިހާ ވެސް ގޯހަކީ.. އޭނާއަށް އިވުނީހެން މަށައް ހީވަނީ “ސާމިއު ރުޅިއައިސް ހުރީ އީވާ ދެކެއެވެ.
“ކާމް ޑައުން ސޭމް.. ސޯފިއާގެ ބައްޕަ އޯ އަލާރާ މެން ހޯދަން ހަރަކާތްތެރިވާ ފޯސް ކޮމާންޑް ކުރަނީ..އާއިން އެ ހަބަރު ދިނުމުން އަހަރެމެން ނަމަވެސް ވާނެ އެހެން..” ޝަވަން ޖަވާބު ދިނެވެ.
“އޭ ކަލޭމެން ތިބެނީތަ އެހެރަ އަންނަނީ ފައުޖުތައް.. ކޯސްޓްގާޑާޢި ޕޮލިހުންނާއި ސިފައިންގެ އުޅަނދުތައް.. ސަލާމަތް ވާނެތަ އަޅެ……”ދުވަމުން ދުވަމުން އައި އީވާ އެމީހުންނަށް ދިން ހަބަރަކުން ދެމީހުން ތެޅިގަތެވެ.
” ފަހަތުގަ އޮތް ޑިންގީ ނަގައިގެން ފިލަން ވީނު” ޝަވަން ދިން ހިޔާލް ދެން ތިބި ދެމީހުންނަށް ވެސް ކަމުދިޔައެވެ.
“ކަލޭގެ ކަންތައް މި.. ކުޅަނދުރެއް ހެން ޝަވަންގެ މޫނުމަތީގަ އެނބުރި އެނބުރިފައި އައިސް އަދި އަނގައޭ ކިޔައެންނު އެބަ” ސާމިއު، އީވާއާއި ދިމާލަށް ނުހަނު ބާރަސް ހަޅޭއްލަވައި ގަތް ހިނދު އީވާ ވެސް އައި ރުޅީގައި ރައްދު ދޭން އުޅެގަތެވެ. ނަމަވެސް އޭގެ ކުރިން ޝަވަން އެދެމެދަށް ވަދެ ހުއްޓުވިއެވެ. މިފަދަ ނާޒުކު ވަގުތެއްގައި ޒުވާބް ނުކުރަން ބުނެ ޝަވަން ވެސް ހަޅޭއްލަވައިގަތެވެ.
“ކޮންމެ މީހަކު އަތައް ގަންއެއް ނަގާފަ ލޯޑް ކޮށްގެން އާދޭ ޑިންގީ ވައްޓާލަން.. އީވާ ދޭ ޔޫޝަމް ގޮވައިގެން އަންނަން” ޝަވަން އެތަނުގައި މަޑުން ނުކޮށް ދިޔައެވެ. އޭނާގެ ފަހަތުން އައުމަށް ބުނުމުން ސާމިއު ވެސް ހިނގައިގަތެވެ.
“މި ސާމިއު މަ އަތުން ރަނގަޅު ބޮނޑިއެއް ބޯނެ އަދި” ސާމިއު ގޮސް އޮބާލުމުން އަމިއްލަ މީހާއަށް އިވޭވަރަށް އީވާ ބުނެ ހިނގައިގަތެވެ.
އީވާމެން ދިޔަ އަޑުއަހާފައި ޒެވިއަލް ނުކުމަތެވެ. އިންޖީނު ރޫމްގެ ދޮރު ހުޅުވާލުމަށްފަހު ސޯފިއާ އެބުނާ ދޮރެއް ފެނޭތޯ އިންޖީނުތަކުގެ ބިއްދޮށައް ވަނެވެ. މާގިނައިރެއް ނުވެ އެ ދޮރުވެސް ފެނުނުވެ. ދޮރުހުޅުވާލި އިރު ސޯފިއާ ބުނެދިން ފަދައިން ތިރިއަށް ދެމިފައިވާ ސިޑިއެއް ވެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ސިޑީގެ ހަރުފަތްތައް ހުރަސް ކޮށްލުމަށްފަހު ޒެވިއަލް ހުރީ ތިރިއަށް ހުރި ދޮރުމަތީގައެވެ. އެތެރެއަށް ވަންނަން މަޑުމަޑުން ހުޅުވާލި ދޮރާއި އެކު ޒެވިއަލް ފާޑަކަށް ގަނޑުވެގެން ދިޔައެވެ. ދިހަވަރަކަށް ހަރު ހުރިއިރު ކޮންމެ ހަރެއްގައި ވަނީ ތަފާތު ބާވަތްބާވަތުގެ ނުރައްކާތެރި ހަތިޔާރެވެ. ބަޑިއާއި ފިސްތޯލާއި ސްނައިޕާރ ތަކެވެ. ޓެކްޓިކަލް ނައިފް، މެގަޒިން އާއި ސްކޯޕްތަކެވެ. އެކި ވައްތަރުގެ ބޮމާއި ވަޒަން އަދި ސްޓަން ގްރެނޭޑްސް އަދި ޑްރޯންތަކެވެ. މިނޫނަސް އެތައް ވައްތަރެއްގެ ހަތިޔާރުވެއެވެ. ބަލާބެލުމަށް ހީވަނީ ހަނގުރާމަ އަކަށް ތައްޔާރު ވެފައިވާހެންނެވެ.
ސޯފިއާ ބުނިގޮތަށް ހަތަރު ފާރުގައި އެތައް ބައިވަރު ބޮމެއް ވަނީ ހަރުކުރެވިފައެވެ. ހުރިހާ ބޮމެއް ކޮންޓްރޯލް ކުރަން ހުރި މީޓަރ ހަރުކުރެވިފައި ވަނީ ވަންނަ ދޮރާއި ޖެހިގެން ހުރި ފާރުގައެވެ. އެލާމް އަޅާ ޒާތުގެ ބޮކިތަކެއް ވެސް އެކި ހިސާބު ތަކުގައި ވެއެވެ. ސޯފިޔާ އަދި އެހެން ބުނި ކަމުގައި ވީނަމަވެސް މިހާ ވަރަށް ހުރެދާނެކަމަކަށް ޒެވިއަލް އުއްމީދެއް ނުކުރެއެވެ.
ލިބިފައި ޝޮކުން އަރައިގަންނަން ވަގުތު ކޮޅެއް ހޭދަވިއެވެ. ހުރިހާ ހަރެއްގެ މެދަކަށް ވާހެން ހުރި ކޮމްޕިއުޓާރ ސިސްޓަމް ޒެވިއަލްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހުޅުވާލިއިރު ނަސީބަކުން އެއްވެސް ޕާސްވޯޑެއް ޖަހާކަށް ނާރައެވެ. ސްކްރީނުގައި ވެސް ފެންނަން އިނީ ދެ ފޯލްޑާރއެވެ. އެންމެ ފުރަތަމަ އިނީ ސީސީޓީވީ ކެމެރާ ޖަހާފައިވާ ފޯލްޑާރ އެކެވެ. ޖެހިގެން އިނީ “ޑީޓެއިލް “ޖަހާފައިވާ ފޯލްޑާރއެކެވެ.
“ނަސީބެންނު ކޯޑްއެއް ނެތް މީގަ..” ޑީޓެއިލް ޖަހާފައިވާ ބަޔަށް ވައިން އިރު ފޯލްޑާރ ތަކެއް ފެންނަން ހުއްޓެވެ. ފަހަރަކު ބަޔަކަށް ވައިން ވަންނަމުން ދިޔައިރު މާ މުހިއްމު އެއްޗެއް ނުފެނުނެވެ. ޒެވިއަލް އެންމެ ފަހަށް އިން ޑޮކިއުމަންޓް ފޯލްޑާރ އަށް ވަތްހިނދު ސިހުމެއް ލިބުނެވެ.
“ވަޓް ދަ ހެލް.. އެގްރީމަންޓްސް” ފެނިގެން ދިޔައީ ހަތިޔާރު އެތެރެ ކުރުމަށް އެކިއެކި ގުރޫޕް ތަކާއި އެކު ހަނދާފައިވާ އެއްބަސްވުންތަކެވެ. އެހުރިހާ އެއްބަސް ވުންތަކެއްގައި ވަނީ ޝަވަންގެ ނަމާއި ރަސްމީ ސޮއިއެވެ. އަދި އެމީހުންނަށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކެވެ. އަޒީޒްގެ ކުންފުނިން ފައިސާ ނަގާފައިވާ ސްލިޕްތަކެއް ވެސް ވަކިން ފޯލްޑާރ އެއްގައި ހުއްޓެވެ. އަދި އެހުރިހާ ކަމެއް ހަމްދީގެ ބޮލުގައި އެޅުވޭނެ ހެން ހަދާފައިވާ އަސްލުނޫން އެއްބަސްވުންތަކެއް ވެސް ފެނުނެވެ.
”ހުސް ވައްކަން… މީދޯ ހަމްދީ އެކަމާއި ނޫޅުނީމަ ހަމްދީއަށް ދޭން ނިންމާފައޮތް އަދަބަކީ..ހަހް.. ޝަވަން.. ކަލޭ ސަލާމަތް ވާން ދެން ވަންނާނީ ކޮންތާކަށް” އެ ސާމާނަށް ބަލަން ހުރި އިރު ޒެވިއަލްގެ ތުންފަތްމަތީގައި ދުވެލަ ދުވެލަ ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
ކޮންޕިއުޓާ ބައިންދާފައިވާ މޭޒުގެ އެކި ވަތްގަނޑުތައް ޒެވިއަލް ބަލަން ފެށީ އެ ސާމާނު އެޅޭނެ ފަދަ ޕެންޑްރައިވް އެއް ނަމަވެސް ލިބޭތޯއެވެ. ދެތިން ވަތްގަނޑު ބަލައިލި ހިނދު ޕެންޑްރައިވް އެއް އަތުޖެހުމުން ހުރިހާ އެއްޗެއް އަޅަން ޖެއްސުމަށްފަހު ސީސީޓީވީ ކެމެރާ ޖަހާފައިވާ ބަޔަށް ވަނެވެ. އޭގައިވީ ބޯޓުގެ އެކި ހިސާބުތަކާއި ޒެވިއަލްއާއި އަލާރާ ބައިތިއްބާފައިވާ ކޮޓަރި އަދި ހަތިޔާރު ބަހައްޓަފައި ހުރި ތަނުގެ ކެމެރާގެ މަންޒަރުތަކެވެ.
“އޯހް ނޯ” އެތަނުން އެއްޗެއް ޕްލޭ ކޮށްލަން އުޅުނު ހިނދު މުޅި ތަނުން އެލާމްއަޅަން ފެށިއެވެ. ޒެވިއަލް ބަލައިލި ހިނދު ތަނުގެ ވަށައިގެން ވާ އޮރެންޖް ކުލައިގެ ބޮކިތައް ނިވިދިއްލެން ފެށިއެވެ. އަވަސް ހަރަކާތަކާއިއެކު ޒެވިއަލް އެހުރިހާ އެއްޗެއް ވެސް ޕެންޑްރައިވްއަށް އަޅަން ޖައްސާލިއެވެ. އޭރު ކުރިން ޖައްސާފައިވާ އެއްޗިހިތައް ނިމިފައިވުމާއިއެކު ތަންކޮޅެއް އަވަސްމިނެއްގައި އެޅެމުން ގޮސް ނިމުނެވެ. ފެންޑްރައިވް ނައްޓާލުމަށްފަހު، އިތުރު އެއްޗެއް ފެނޭތޯ ބަލަން ޒެވިއަލް ހުއްޓާ ސިޑީން ބަޔަކު އަރައިގެން އަޑު އިވި، އެ މަސައްކަތް ދޫކޮށްލާފައި ގޮސް ހަރުތަކުން ހަރެއްގެ ފަހަތައް ވަދެ ފިލިއެވެ. އެތެރެއަށް ވަދެގެން އައީ ސާމިއު އާއި ޝަވަންއެވެ. ފަހަތުން އީވާ އައި އިރު ، ތިންމީހުންގެ މޫނުމަތީގައި ވީ ހާސްކަމެވެ.
“ބޭނުންވާ ވަރަށް ހަމަ ކުރޭ .. ބަޑިތައް ލޯޑް ކުރޭ.. އީވާ.. ޔޫޝަމްއަށް ސްނައިޕާރ އެއް ރެޑީ ކުރޭ..” ސާމިއުއާއި ޝަވަން އުޅެމުން ދިޔައީ އަތުޖެހުނު ސާމާނެއް ވިއްޔާ އަޅުވައިގެން ހުރި ބެކްޕެކްއަށް ލެވޭތޯއެވެ. ޝަވަން ބުނި މަސައްކަތް އީވާ ކުރަމުންދިޔައެވެ.
“ޑަން ..ލެޓްސް ގޯ” ސާމިއު ދަބަސް ކޮނޑުގަ އަޅުވާލަމުން ބުނެލިއެވެ. ޝަވަން ވެސް ބޯޖަހައިލުމަށްފަހު ނުކުންނަން ދިޔަ ވަގުތު ކޮމްޕިއުޓާރ ސިސްޓަމް ހުންނަ މޭޒުމަތީގެ ތަރުތީބު ގެއްލިފައިވާތަން ފެނި ހުއްޓިލެވުނެވެ.
“ވެއިޓް.. މަ ނުލާ އެކަކު ވެސް މިތަނަށް އައިން ތަ” ޝަވަން ޝައްކެއްގެ މަތީގައި ހުރެ އަހައިލިއެވެ. އީވާ އާއި ސާމިއު އެކުއެކީގައި ނޫނެކޭ ބުނެ ބޯ ހޫރުވާލިއެވެ.
“މިތަނަށް އެއިން މީހަކު ވަދެފަ މިހުރީ.. ބަލާ މިހުރީ ފައިލްތައް ހުޅުވާފަ..ޗެކް ހުރިހާ ތަނެއް.. ކެމެރާ ވެސް” ޝަވަންގެ މޫނަށް ވެރިވި ގަދަ ރުޅިވެރިކަމާއިއެކު އަމުރުކޮށްލިއެވެ.
“މިހާރު ދެން ނެތް ވަގުތެއް ތި ހުރިހާ ކަމަކަށް..ޕޮލިހުން ވެސް މިހާރު ވަރަށް ކައިރިގަ އޮންނާނީ” ސާމިއު އެތަނުން ނުކުންނަށް ދަމުން ބުނެލިއެވެ.
“ސޭމް.. ލެޓްސް ޑޫ އިޓް” ޝަވަން ޖީބުން ނެގި ކުޑަ ރިމޯޓް ސާމިއުއަށް ދައްކާލުމާއި އެކު ސާމިއު އާއެކޭ ބުނާ ފަދައަކުން ބޯ ޖަހައިލިއެވެ. ދެވަނަ ވިސްނުމަކާއި ނުލާ ޝަވަން ރިމޯޓްގައިވާ ހަމައެކަނި ފިތައް އޮބާލިއެވެ. އެއާއިއެކު މުޅިތަން އެލާމްވާ އަޑު ކުރިއަށް ވުރެން ބާރަށް އިވެމުންދިޔައެވެ. ފާރުގައިވާ މީޓަރަށް ވެސް ބާކީ އިން މިނެޓްއާއި ސިކުންތް އަރަމުން ދިޔައެވެ.
“ކިތައް މިނެޓް ބާކީ.” ފާޑަކަށް ބިރުގަނެފައި ހުރެ އީވާ އެއްސެވެ.
“ދިހަ މިނެޓް..ދިހަ މިނެޓް ފަހުން މުޅި ބޯޓް ގޮވާނެ.. ހަރީ” އީވާގެ އަތުގައި ހިފައިގެން ޝަވަން ބޭރަށް ދުއްވައިގަތް ހިނދު ސާމިއު ވެސް ދުވެފައި ނުކުތެވެ. އެމީހުން ނުކުމެ، ފިޔވަޅު އޮބުނު ފަހުން ޒެވިއަލް ނުކުމަތެވެ.
“މިހާޜު ނައިން މިނެޓާޢި ސެކަންޑް ކޮޅެއް މިއިނީ.. އަލާ މެން ސޭފް ބާ” ޒެވިއަލް ބެލީ ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެވޭތޯއެވެ. ތިންވަނަ ފްލޯއިން ނުކުމެވި އޭނާ މިސްރާބު ޖެހީ އަލާރާ ހޯދުމަށެވެ. ހިތް ތެޅެމުން ދިޔައިރު ހިތުގައި އުފެދުނު ބިރުވެރިކަން ދެގުނަ ވީ އަލާރާއާއި ސޯފިޔާ ބައިތިއްބާފައި ދިޔަ ތާގައި ނެތުމުންނެވެ. މުޅި ފްލޯ ބެލުނު ހިނދު އެތަނުގައި އަލާރާމެންގެ އެއްވެސް ހިލަމެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނު އިރު ޒެވިއަލް ރަނގަޅަށް ވެސް ބޯ ހާސްވިއެވެ.
****
(ނުނިމޭ)