ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 40

އެމީހުން ނުކުމެން  އަޑުއަހާފައި ޒެވިއަލް ދެލޯ ހުޅުވާލިއެވެ. “ބޯޓް… އަލާ ޖެހިގެން ހުރި ކޮޓަރީގަ” ޒެވިއަލްގެ ދެލޯ ވިދައިގަތެވެ. ކުރިއަށް ވުރެން ހަލުވިކަމާއި އެކު އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ފަނަރަވަރަކަށް މިނެޓް ތެރޭގައި އޭނާގެ މަސައްކަތް ކާމިޔާބު ވިއެވެ. އެއް ޗޭނުގަނޑުކަމުން އެންމެ ތަނަކުން ހަލާކުކޮށްލި ހިނދު މުޅި ޗޭނުގަނޑު ދޫވިއެވެ. ލަސްލަހުން ޗޭނު ބޮޅުފަތި ނައްޓަމުން ދިޔައިރު ޒެވިއަލްގެ ތުންފަތުގައި ދެމިލީ ފަތަހައިގެ ހިނިތުންވުމެކެވެ. ކުޑަކޮން ދުވެލާފައި ދޮރާއި ދިމާލަށް ދިޔަހިނދު ފަޔަށް ވެފައިވި ހާނިއްކަ އިހްސާސްކުރެވުނެވެ. ބަލައިލި ހިނދު ފައި ގެ ކަށިމަތިން ތަންގަނޑެއް މަށައިގެން ގޮސް ލޭ ހިލިހިލިވެއެވެ.  އެކަމަށް އަޅާއި ނުލާ އޭނާ ދުއްވައިގަތީ އަލާރާ ހޯދުމަށެވެ.

***

“ސޯފިޔާ މަރާލާށޭ” އީވާ ބުނެލި ޖުމްލައަކުން ސާމިއުއަށް ބުނެލެވުނީ ފުދޭވަރަކަށް ބާރަށެވެ. ސާމިއުއަށް ގަބޫލްކުރަން ދަތިވެގެން އީވާގެ މޫނަށް ބަލައިލެވުނެވެ. އީވާ ބޯ ޖަހައިލިއެވެ.

“ބަޓް ވައި… އީވް…އީވާއަށް ނުވިސްނުނަސް ޝަވަންއަށް ވިސްނެން ވާނެކަމަށް މަ ހީކުރީ.. އޭނަގެ ސަބަބުންނޭ މަ ސަލާމަތް ވެފަ މިއަދު މިހުރީ” ސާމިއުގެ މޫނުމަތީގައި ވީ ހިތްހަމަ ނުޖެހުމެވެ. ފަހަރަކަށް ވުރެން ފަހަރެއް އޭނާގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ.

“އެހެންވީމަ ސާމިއު ބޭނުންވަނީ ސޯފިއާ ބައްޕަގެ ޕޮލިސް ފައުޖްގެ އަތްދަށުވާން ދޯ.. ނޫނޭ ނޫނޭ.. މަ ބޭނުމެއް ނޫން… އައި ކާންޓް ލެޓް ދެޓް ހެޕެން… އަލާރާގެ ކިބައިން ބަދަލް ހިފާލެވޭނީ އަދު ހައެއްކަ ދުވަހު މަޑުކޮށްގެން .. އޭގެ ކުރިން ސަލާމަތް ވާނީ ސޯފިޔާ އަހަރެމެންގެ ފަސްބައިން ވަކިކޮށްގެން” އީވާގެ ނުބައި މޫނުގައި ވި ވިހަކަން އިންތިހާ ގުނައަށް އިތުރުވެފައިވީ ފަދައެވެ. އޭނާގެ ކޮންމެ ޖުމްލައަކުން ސާމިއުގެ ލޭ ދިޔައީ ކެކެމުންނެވެ. އެހިސާބަށް ސޯފިއާއާއި އެކު އައިސް އޭނާ ބޭރުކޮށްލާކަށް ސާމިއު ބޭނުމެއް ނޫނެވެ. އިތުރު މީހަކަށް ނޭނގުނު ނަމަވެސް އޭނާގެ ހިތުގައި ސޯފިއާއާއި މެދު އިޙްސާސްތަކެއް ވަނީ އުފެދިފައެވެ.

“ނޫނޭ.. ކަލޭމެންގެ ގޮތް ކުޑަކަން ދެކިބަލަ.. އަލާރާ ކައިރިން ބަދަލް ހިފަން އޭނާ ކިހާ ކަމެއް ކޮށްދީފި..އަދިވެސް އޭނަ އެހުރީ އަހަރެމެންނަށް ކިޔަމަން ވެގެން.. ޝަވަން ކަލޭ ވެސް ތިހުންނަނީ އީވާގެ ދަށުވެފަ.. އަހަރުން މިތަނަށް އައިސް މިތިބީ އީވާއަށް ކިޔަމަންވާކަށް ނޫން.. އަހަރެމެން ދެމީހުންގެ ވެސް ކޮއްކޮ މަރާލެވުނު ގާތިލުގެ ލޭގެ ކިބައިން ބަދަލް ހިފަން އައީ.. އެ އަންހެން ގޮލާއަށް އަނިޔާ ދޭން އައިސް މިތިބީ… އެކަމަކު އެހެންތަ މިވަނީ.. ޝަވަން ކުރާ ކަމެއް ކުރަން ވީނު ސޯފިއާއަށް ގޮތެއް ނުހަދާ.. އީވާ ކުރަން ބުނާ ހުރިހާ ކަމެއް ކުރަން ހަމަ ޖެހޭތަ” ސާމިއު އެންމެފަހުން ހަޅޭއްލަވައިގަތެވެ. އެއަޑު ބާރުވެފައި ހުރިލެއް ހަރުކަށިކަމުން ޝަވަން ވެސް ޖެހިލުން ވިއެވެ. ނަމަވެސް ބިރު ނުގަތީ އީވާއެވެ.

“ކަލޭ ކޮންހާ އަޑެއް ގަދައެއް ކުރާކަށް ތަ.. މަގޭ ބާރު ދެން ހިނގާނީ.. މަ ވެސް އައީ އަލާރާގެ ކިބައިން ބަދަލް ހިފަން.. މަގޭގެ ހުރިހާ އުފަލެއް ފޭރިގަތުމުގެ ހައްގު ޝަޒާ ދޭން އައީ.. އެކަމަކު އެކަމަށް ހުރަސް އެޅޭ ކަހަލަ ކަމެއް ވިޔަކަ ދޭކަށް މަ ބޭނުމެއް ނޫން.. ނޭނގޭތަ އެކަމަށް  ސޯފިއާއަކީ މިހާރު ހުރަހެއް ކަމެއް..” ބާރުގަދަ ފިރިހެނެއް ކުރިމަތީގައި ހުރެ އީވާ ބަވަމުން ދިޔައިރު ޖެހިލުންވުމުގެ ކަންފުޅެއް ވެސް އެމޫނަކު ނުވެއެވެ.

“ކަލޭގެ އަނ-” ސާމިއުގެ ގާތައް އިހުނަށް ވުރެން ރުޅިއައިސްގެން އީވާއާއި ދިމާލަށް ދިޔައެވެ. އެހިނދު އެދެމެދަށް ވަނީ ޝަވަންއެވެ.

“”ސޭމް އީޒީ..އީޒީ..ޕިސް.. ތިހާ ބާރަށް އަޑުގަދަކުރަން ވެއްޖެޔާ ސޯފީއަށް ނީވި ނުހުންނާނެ އެންނު.. އަހަރެމެން ނޫޅެމޭ ގޮތެއް ހަދާކަށް.. ދެމީހުން ކިހިނެތް ތިއުޅެނީ.. ސޭމް މަ ނޫޅެން އީވްގެ ދަށުވެގެންނެއް.. އޭނަ ވެސް އެ ދައްކަނީ ތެދުވާހަކަ އެއް.. އެކަމަކު ސޯފިޔާއަށް ގޮތެއް ނުހެދިޔަސް އޭނާއަށް ސިއްރުކޮށްފަ ބެހެއްޓިދާނެ އަހަރެމެން ކުރާ ހުރިހާ ކަމެއް..ޕްލޭންތަކުގެ ވާހަކަ ދެކެވެންވާނީ އަހަރެމެން ތިންމީހުންގެ މެދުގަ މީގެ ފަހުން.. އެކަމަކު ހަނދާން ކުރާތި އަހަރެމެންނަށް ކަމެއް އައިސްފިއްޔާ ސޯފިޔާގެ ބޮލަށް ކަނޑާލާފަ ފިލާނެކަން ” ސާމިއުގެ ގައިގާ ޝަވަން ކުޑަކޮން ބައްދާލަމުން ބުނެލިއެވެ. އެއަމަލުން އޭނާގެ ރުޅި ކޮންމެވެސް ވަރަކަށް ފިލަން ފެށުމުން ޝަވަންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އީވާ ރުޅިން ފޯވެފައި ހުރެވެސް އެތަނުގައިވާ މޭޒެއްގެ މަތީގައި އިށީންދެލިއެވެ. ތިންމީހުން ތިބީ ދުއްވަމުން ދިޔަ މާ ސިންގާ ބޯޓްގެ އިންޖީން ރޫމްތެރޭގައެވެ. ހަތަރު ބުރި ހިމެނޭހެންވާ ބޮޑް ސަފާރީގައި ނުވަދިހަ ފޫޓް ހުންނާނެކަން ގައިމެވެ. ހުދުކުލައިގެ އެ ސަފާރީއެއީ ޝަވަންގެ އެންމެ ފަހުން ބައްދަލްކުރި އުފަންދުވަހު ހަމްދީ ހަދިޔާ ކޮށްފައި އެއްޗެކެވެ. ވިއްސަކަށް ކޮޓަރި ވާއިރު ޖިމް ބަޔަކާއި ކައްކާކެވޭނެ ހެން ވާ ބޮޑުބަދިގެ އަކާއި ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތަކަށް ހާއްސަ ކޯޓެއްގެ އިތުރުން ސްވިމިންގް ފޫލްއެއްވެސް ވެއެވެ.

އެމީހުންގެ ވާހަކަ އަޑުއަހަން އިންޖީނު ރޫމް ބޭރުގައި ސޯފިއާ ހުރި އިރު ދެލޮލުގައި ވިދަމުން ދިޔައީ ރުޅިވެރިކަމާއި ނަފްރަތެވެ. އޭނާ ކާން އިންދާ ޝަވަން އައިސް ސާމިއު ގެންދިޔަ ގޮތުން ޝައްކެއް ވެގެން ސޯފިޔާ ފާރަލީއެވެ. އެމީހުންގެ ފަހަތުން ބޮނދަމުން ފާރައަށް އައިސް އޭނާ މަޑުކޮށްލީ އިންޖީނު ރޫމް ހުރި ގޯޅީގެ ފުރަގަހަށެވެ. އެމީހުން އެތެރެއަށް ވަނުމުން އޭނާ ވެސް އައިސް މަޑުކޮށްލީ އެތަނުގައެވެ. ދޮރު ލެއްޕެން ދިޔަ ވަގުތު ދުވެލާފައި އައިސް ހުށިޔާރު ކަމާއިއެކު، އަރައިގެން ހުރި ބޫޓު ކިބަ ތާށި ކޮށްލީ ދޮރާއި ފާރާއި ދޭތެރެއަށެވެ. ބޫޓު ކިބަ ނައްޓާލާފައި އެދޭތެރެއަށް އަތް ލައްވާލައިގެން ހުރެ އެމީހުން ދެއްކި ހުރިހާ ވާހަކައެއް ސޯފިއާ އަޑުއެހިއެވެ.

“ވަޓް ދަ ފ* އައި ޖަސްޓް ހާޑް.. ހައު ކުޑް ދޭ ޑޫ ދިސް ޓް މީ.. މަ ބައްޕަ ޕޮލިހުގަ އުޅެނިކޮން ހަމަ އެމީހުންނަށް އެހީވީ މި.. އީވާ..ކަލޭގެ ހުރި ނުބައިކަން .. މޮޅެތި ޕްލޭންތައް ހަދަނީ ކުޑަ ހަންޑިގަނޑު މާ ބޮޑުވެގެން.. ކަލޭ ހަނދާން ކުރާތި ކަލެއަށް ހޭ އަރުވާލާނަން” ސޯފިޔާގެ މުޅި މޫނު ރަތްވެފައިވީ ހިނދު ރުޅިގަދަވެގެން ތުރުތުރު އަޅާއިގަތެވެ. އެދިޔަ ގޮތައް ގޮސްފައި ސަފާރީގެ އެންމެ މައްޗަށް އެރިއެވެ. އިރު އޮއްސެމުން ދިޔަ ވަގުތު ކަމުން  ހިސާބަކަށް ވަނީ އަނދިރިކަން ވެރިވާން ފަށާފައެވެ. ގޭގަނޑުގެ އެންމެ ކޮޅަށް އެރިއިރު ސޯފިޔާގެ ދެފައި ވެސް ބިމުގައި ހަރުލާ ގޮތެއް ނުވިއެވެ. އުޑަފައިން އިށީންދެވުނު އިރު މަޑުމަޑުން މައްޗަށް ބަލައިލެވުނެވެ. އެއިންގޮތައް އިނދެފައި އަޑުގެ ނެތްތަނައް ހަޅޭއްލަވައިގަނެވުނެވެ. ހާމަ އުނޑުގައި ބޯވަމުންދިޔަ ވިއްސާރަ ވިލާތަކަށް ނަޒަރެއް ދެވުނު އިރު، ދެ ލޮލުން ވެއްޓުނު ކަރުނަތިކި ފިރުކިގަތީ ކޯތާފަތުން ތިރިޔަށެވެ. އެވަގުތު ފުރަތަމަ ފަހަރަށް އަމިއްލަ މީހާގެ އުޅުމަށް ވިސްނާލެވުނެވެ. އުމުރުން ވެގެން ދިޔަ ސައުވީސް އަހަރު އޭނާއަށް ހޭދަ ކުރެވުނު ގޮތް، ލޯ މަރައިލެވުނު ހިނދު އޭނާގެ ސިކުނޑިއަށް ފިލްމެއް ފަދައިން ރޯލްވެގެން ދިޔައީ މަދު މިނެޓް ކޮޅެއްގެ ތެރޭގައެވެ. ރަނގަޅު ދިރިއުޅުމެއް އުޅެން، މަންމަ އާއި ބައްޕަ ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދެވުނުގޮތް ހިތައް އެރުމުން ސޯފިއާގެ ބަޑި ފަޅައިގެން ދދިޔައެވެ. އަލާރާއާއި މެދު ކަންތައް ކުރެވުން ގޮތް ހިތައް އެރި އިރު އޭނާގެ ހިތައް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްދަތިކަމެކެވެ. އެ އެކުވެރިޔާއަކީ ދެގޮތެއް ނުވެ އޭނާއަށް ވަފާތެރިވި ހިތްހެޔޮ އެކުވެރިއެވެ. ނަމަވެސް އޭނާއަށް ކަންތައް ކުރެވުނީ އޭގެ އިދިކޮޅަށެވެ. “އަމް ސޮރީ މަންމާ.. ބައްޕާ.. ވަރަށް ބޮޑަށް ސޮރީ އަލާ.. އަހަންނަކީ އެކެއްގެ ވެސް މާފް ހައްގު ވާވަރަށް ވުރެން ބޮޑު އަނިޔާ ވެރިއެއް..”ގިސްލާ ރޮމުން ދިޔައިރު އޭނާގެ ހިތާ ދިމާލު މޭގައި ރިއްސަމުން ދިޔައެވެ. “ރަނގަޅު މީހުންގެ ނަސޭހަތުގަ ނުހިފި އެންމެ ގޯސްމަގު އިޙްތިޔާރުކުރެވުމުގެ ހިތިކަން ރަނގަޅަށް ވެސް ކަރުބުޑުގައި ލައިފި..އެހެން އިންދާ އިންޒާރަކާއި ނުލާ ވާރޭ އޮއްސާލިއެވެ. ވާރޭގެ ތެރޭގައިވެސް ރޯން އެތައް އިރަކު އިނދެފައި ސޯފިއާ އިންތަނުން ތެދުވިއެވެ. އޭނާ އެތެރެއަށް ވަންނަން ދިޔަ އިރު މޫނުމަތީގައި ވީ ތަފާތު ވިދުމެކެވެ.

“ރަނގަޅު ބަދަލެއް ހިފާލާފަ ދެން ހުއްޓާލާނީ އެ ތިންމީހުންގެ ކިބައިން ވެސް” ސޯފިޔާ ދެލޯ ފުހެލިއިރު އޭނާގެ މޫނުމަތިން ފެނުން ލުއި ހިނިތުންވުމެކެވެ.

***

ޒެވިއަލް ކޮޓަރީގެ ތެރެއިން ނުކުމެފައި ވަށައިގެން ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އިތުރު ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާ ބެހެއްޓިފައިވާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ފެނި ޒެވިއަލްގެ ދެލޯ ވިދައިގަތެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ތަޅުގައި ހިފައިލި ހިނދު ފަސޭހަކަމާއި އެކު ދޮރު ހުޅުވާލެވުނެވެ. ފުރަތަމަ ވެސް ފެނުނީ އެނދުގައި ކުރުގައެޅިގެން ހުރަހަށް އޮތް އަންހެންކުއްޖެކެވެ. އެންމެ ނަޒަރަކުން ވެސް އެއީ އަލާރާކަން ޒެވިއަލްއަށް ދެނެގަނެވުނެވެ.

“އަލާ..އަލާ..” އަލާރާއަށް ހޭލެވުނީ އޭނާގެ ނަމުން މީހަކު ގޮވާއަޑަށެވެ. ލަސްލަހުން އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައީ ޒެވިއަލްގެ ސޫރައެވެ. މުޅި ކުއްޖާ ކޮޅަށް ޖެހުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ދެލޯ ބޮޑުކޮށްލެވުނު އިރު ދެތިން ފަހަރު އެސްފިޔަތައް ތަޅުވާލެވުނީ ކުރިމަތީގައި އެއިނީ ޒެވިއަލްކަން ގަބޫލް ނުކުރެވިފައެވެ.

“އަލާ އިޓްސް މީ.. އާރް ޔޫ އޯކޭ” ޒެވިއަލްއަށް އަލާރާގެ މޫނުގެ ދެފަރާތުން އަތް ބީއްސާލެވުނެވެ. އަލާރާގެ ލޮލަށް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. މަޑު ރަތްކުލައިގެ ތުންފަތް ތުރުތުރު އަޅައިގެން ދިޔައިރު އަނގައިން އަޑުބޭރުވަމުން ދިޔައެވެ. އަލާރާގެ ގައިގާ ވި ޒަހަމްތައް ވެސް ޒެވިއަލްއަށް ފެނުނީ އެވަގުތުއެވެ. ތުންފަތް ކައިރި ވެސް ހަލާކުވެފައި ވީ އިރު އަތާއި ފައިގެ އެކި ތަންތަން ނޫފައިގަނެފައި ވާތަން ފެނި ޒެވިއަލްގެ ކެތްތެރިކަން ކޮޅުން ލައިގެންދިޔައެވެ. އަލާރާގެ ހަށިގަނޑުގައި ބައްދާލެވުނު ހިނދު އޭނާއަށް ވެސް ރޮވުނެވެ.

“އަމް ސޮރީ.. އަމް ސޯ ސޮރީ..” ކުރިޔަށް ވުރެން ވެސް ބޮޑަށް އަލާރާ ގަޔާލާ ބޮނޑި ކޮށްލެވުނެވެ.

“ޒެވް..އެމީ..އެމީހުން…އަހަންނަށް އެހެން ހަދާ ސަބަބު އެގިއްޖެ.. އަހަންނަކީ ކުށްވެރި އެއް” ޒެވިއަލްގެ މޭގައި ބޮނޑިވެލައިގެން އޮތް އިރު އަލާރާ ދިޔައީ ގިސްލަމުންނެވެ. އަލާރާއަށް އެކަންތައް އެނގޭކަން އެނގުމުން ޒެވިއަލްއަށް ދެލޯ މަރާލެވުނެވެ. އަޑު އަހަން އުނދަގޫ ނަމަވެސް އަލާރާ ރުއިމަށް ފުރަސަތު ޒެވިއަލް ދިނެވެ. ބޮލުގައި ފިރުމާލަ ފިރުމާލަ ހުރިއިރު އަލާރާ ހިތުގައި ޖެހިފައިވީ މިންވަރު ޒެވިއަލްއަށް އިޙްސާސް ވިއެވެ.

“ނޫނޭ.. ތިހެން ނުބުނޭ.. އަލާގެ އެއްވެސް ކުށެއް ނެތޭ.. ޔޫ އާރ އިނޮސެންޓް.. އެހެން މީހަކު ކުރި ކުށެއްގެ ޝަޒާ އަލާއަށް ލިބޭކަށް ނުޖެހޭ.. އެންޑް އައި ޕްރޮމިސް އައި ވިލް ޕްރޮޓެކްޓް ޔޫ ޓިލް ދަ ލާސްޓް ބްރީތް އޮފް މައިން..ސްޓްޕް ވޭސްޓިންގް ދީޒް ޕްރިސިއަސް ޓިއާސް “މަޑުމަޑުން އަލާރާގެ ގައިން ދޫކޮށްލުމަށް ފަހު، އެދެ ލޮލުން ފައިބައިގެން އައި ކަރުނުތައް ބީހެމުން ދިޔަ ކޯތާފަތުގައި ޝަހާދަތް އިނގިލިން ފިރުމާލިއެވެ. ޒެވިއަލް ދުރުވެލި އިރު އަލާރާގެ މޫނަށް ބަލައިލެވުނެވެ.

“ނުރޮއްޗޭ ދެން.. އަމް ހިޔާރ ފޯރ ޔޫ އޯލްވޭސް.. އިޓްސް ނޮޓް ޔުއާރ ފޯލްޓް..އެންޑް އިޓްސް ނެވާރ ބީ..”

“ބަޓް އެހުރިހާ ކަމެއް ވީ މާއިދުގެ ފުށުން ނޫން ތަ.. އަހަންނަކީ އޭނާގެ ދަރިއެއް އަދި އެހުރިހާ ކަމަކީ ޝަވަން އެބުނިހެން ތެދަކަށް ވާނަމަ އަހަރެން ކިހިނެތް ހަދާނީ.. މާއިދްގެ ސަބަބުން ޝަވަންއާއި ނަސްރާމެން ބަދަލް ހިފަން ނުކުންއިރު އެ ނިޔާވި އެންމެންގެ މަރުގެ ތުހުމަތު އެޅޭނީ އަހަރެންގެ ބޮލުގަ.. އެން..އެންމެ..ދެރަ ވަނީ..އަހަން…އަހަންނަކީ މަންމައާއި ބައް..ބައްޕަގެ ދަރިއެއް ނޫން ކަން އެނގުނީމަ ” ރުއިން ހުއްޓޭތޯ މަސައްކަތް ކުރި ނަމަވެސް އަލާރާއަށް އެކަމެއް ނުވިއެވެ. ހިތައް ވެފައިވާ އަނިޔާ އެއަށް ވުރެން ގަދަފަދައެވެ.

“ޝޫޝްޝް އަލާ.. ނޫނޭ..  އަލާ ބޮލުގަ ނޭޅޭނެ.. އެންމެ ފުރަތަމަ ކީއްވެގެން އެޅެންވީ..އަލާގެ އެއްވެސް ކުށެއް ނެތޭ.. އެމީހުން އެ ދުވަނީ އެއްވެސް ހަމަޖެހޭ ކަމެއްގެ ފަހަތަކުންނެއް ނޫން.. އެ ކުއްޖާ މަރުވީމަ މަ ވެސް ހިތާމަ ކުރަން… ނިޔާވެފަ އޮތްވަ ނަގާފަ ވާ ފޮޓޯއެއް ޝަވަން ދެއްކީމަ ބެލިން.. ވަރަށް ސަކަރާތްކޮން އޮތީ.. އެކަން ކުރި މީހާ މިއަދު ދުނިޔޭގަ ހުރެ އޭނާގެ މައްޗަށް ހުކުމް ތަންފީޒް ނުކުރެވި ޥާނަމަ ރަނގަޅު އޭނާގެ ފަހަތުން ބަދަލް ހިފަން ދާން.. އެކަމަކު އޭނަގެ ދަރިއަކަށް ވީތީ އަލާގެ ފަރާތުން ހިފަންޖެހޭނެ ބަދަލެއް ނޯންނާނެ..އެއީ އަލާ އުފަންވެސް ނުވާއިރު ހިނގާފައިވާ ކަމެއް.. ކީއް ކުރެވެނީ އެކަން ހުއްޓުވަން ވެސް އަލާއަށް.. މި އިން ކޮންމެ އަނިޔާއެއްގެ ބަދަލް ހިފާނަން ޝަވަން ހިތައް ވެސް ނާރުވާ ގޮތަކަށް”  ވާހަކަ ދައްކަމުން ގޮސް އަލާރާގެ އަތުގައިވާ ޒަހަމްތަކުގައި ޒެވިއަލް އަތްޖައްސާލި ހިނދު މޫނުން ހީވީ އަލިފާން ކަނިބުރަމުން ދިޔަހެންނެވެ.

ޒެވިއަލްއަށް އިތުރު ބަހެއް ނުބުނެވެނީސް އަލާރާ އަނެއްކާވެސް ޒެވިއަލްގެ ގައިގާ ބައްދާލިއެވެ. އެގޮތުގައި އިރުކޮޅެއް ވަންދެން ހުރި އިރު އަލާރާގެ ރުއިން ހުއްޓިގެން ދިޔައީ އިރުކޮޅެއް ފަހުންނެވެ.

“އަލާ ވީ ހޭވް ޓް ގެޓް އައުޓް އޮފް ދިސް ބޯޓް..”

“ބޯޓް އެކޭ.. ” ހައިރާން ވެފައި އަލާރާއަށް އަހާލެވުނެވެ.

“ޔެސް ދިސް އިޒް އަ ބޯޓް.. ހީވެސް ނުވޭ ދޯ .. ނައު ލެޓްސް ގެޓް އައުޓް އޮފް ހިޔާރ.” އަލާރާގެ އަތުގައި ހިފައިގެން ޒެވިއަލް ހިނގައިގަތެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު މީހަކު ފެންނަން ނެތުމުން ޒެވިއަލް އިޝާރާތް ކޮށްލުމުން އޭނާގެ ފަހަތުން އަލާރާތް ނުކުމަތެވެ. އެދެ ކޮޓަރިއާއި ދިމާ ކުރިމައްޗަށް ވާހެން ވަނީ ހަނި މަގެކެވެ. ދެ ފަރާތުގައި އިތުރު ކޮޓަރިތައް ވާއިރު މަގުގެ ކޮޅަށް ދެވުނު ހިނދު ދުރުން ފެންނަން އޮތީ ސިޑި އެވެ. އެއީ އެންމެ މަތިކަން އެނގެނީ އެދިމާލުގައި ހުރެފައި ތިރިއަށް ބަލައިލެވުނު ހިނދު  ތިރިއަށް އަދި ތިން ފްލޯއަށް ދެވޭނެ ހެން ސިޑީގެ ހަރުފަތްތައް ހުރިތަން ފެނިފައެވެ.

“އެންމެ ތިރިން އެމީހުން ފެންނާނީ .. ޝަވަން ގެންގުޅޭ ގަން އެއް ވެސް” ޒެވިއަލް އަލާރާގެ އަތައް ބާރުކޮށްލިއެވެ. އެ ޖުމްލައިން އަލާރާ ސިހުނު ތަން ފެނި ޒެވިއަލް، އެއަތައް އިހުނަށް ވުރެން ބާރު ކޮށްލިއެވެ.

“އަސްލު އެއްޗެއް ހަމަ.. ހީ އީވެން ޝޮޓް އޮންދަ ވޯލް އިންފްރޮންޓް އޮފް މީ.. ބީ ކެއާރފުލް ބިރު ނުގަންނައްޗޭ..އަހަރެން މިހުރީނު ލެޓްސް ބީ ބްރޭވް ޓްގޭދާރ” ޒެވިއަލް ސާބިތުކަމާއި އެކު ބުނެލިއެވެ. ފުންނޭވާއެއް ދޫ ކޮށްލުމަށްފަހު އަލާރާ ބޯ ޖަހައިލިއެވެ. އެއްފަރާތެއްގައިވާ އަލިފާން ނިވާ ފުޅި ފެނުމުން ދަމައިގަނެފައި ލަސްލަހުން ހިނގާފައި ޒެވިއަލް ތިރިއަށް ފޭބިއެވެ. ތިން ވަނަ ފްލޯ ފުދޭވަރަކަށް އަނދިރިކޮން އޮތްއިރު އެބައިގައިވަނީ ދިއްލާފައިވާ އޮރެންޖް ކުލައިގެ ދެ ބޮކީގެ ފަނޑު އަލިކަމެވެ. ދެވަނަ ފްލޯއަށް ދިޔުމަށް ސިޑިއާއި ހިސާބަށް ގޮސް ހުއްޓުނު ހިނދު ތިރިން އީވާގެ އަޑު އިވި ހުއްޓުން އެރިއެވެ.

“ކަލޭއަށް ޔަގީންތަ ސޯފިއާ ނުފޮރުވަންކަން”

“ކިހާ ބޮޑު މުސީބާތެއް މި ދެން އީވާ.. ކަލޭގެ ކައިރީގަ ހުރެފަ އެއް ނޫންތަ މަވެސް މިއައީ” ދެން އިވިގެން ދިޔައީ ސާމިއުގެ ނުރުހުން އެކުލެވިފައިވި އަޑެވެ.

“ދެން ކީއްވެތަ މިތާގަ އޭނަ ނެތީ ހުރިޙާ ފްލޯ އެއް ބެލުނު އިރު އޭނާ ނެތް ފެންނާކަށް.. އެންމެ މަތި އެކަނި ނުބެލެނީ.. ޔޫޝް ދާން ވީ އެންނު މަތި ބަލާލަން.. ޝަވަން އެހުރީ ދުއްވަން މިހާރު… މަ އަތުގަ މިއޮތް ބަޑީގެ ހުރި ވަރު ދައްކާލާނަން އެ އަންހެން މީހާ ފެނިއްޖެނަމަ” އީވާ އަމުރު ކުރަމުން ދިޔައިރު އެބުނާ މީހަކު ސިޑީން އަރައިގެން އަންނަ އަޑު އިވުނެވެ.

“ބަޑި އޯ” އަލާރާ ބިރު ނުގަންނަން މަސައްކަތް ކުރި ނަމަވެސް ޕެނިކް ވާގޮތްވެ ޒެވިއަލްގެ އަތްމައްޗަށް ތިރިވިއެވެ. ސިޑީން އަރައިގެން އައި މީހާގެ ފިޔަވަޅުތައް މާ ކައިރިން އިވިގެން ދާން ފެށުމުން ޒެވިއަލްއަށް އަލާރާ އަތުލަފިކޮށްގެން އެތަނުން ފިލޭނެ ފަދަ ތަނެއް ހޯދާލިއެވެ. އެމީހުން ކޮޓަރިތަކުގައި ނެތްކަން އެނގުމުން ހޯދާނެކަން ގައިމެވެ. އެހެންކަމުން ކޮރިޑޯ ދެފަރާތައް ޥާހެން ހުރި ކޮޓަރިތަކާއި ކުޑަ ދޮރުތައް އެހާ ރައްކާތެރި ނޫން ކަން ޒެވިއަލްގެ ހަވަނަ ހިއްސު ދެނެގަތެވެ. މުޅި ކޮރިޑޯ ބަލައިލި ހިނދު ފިލަން ވަންނާނެ ކަހަލަ ތަނެއް ފެންނާކަށް ނެތެވެ.

“ފެންލައިޓް އެއް.. ވަދެވޭނެބަ” ސިޑީގެމައްޗަށް ވާހެން އިން ފެން ލައިޓް ޒެވިއަލްގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ހަތަރެސްކަން ބައްޓަމަށް އިން ފެންލައިޓް ހިމަ ކަމުން ވެސް އެކަމާއި ވިސްނާލަން ޒެވިއަލްއަށް ޖެހުނެވެ. ފައި ހިއްލާލާފައި ބަލައިލި ހިނދު އެއީ ސަފާރީގެ ގެ ގަނޑު މައްޗެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެދޭތެރެ ނޫން ތަންކޮޅެއް އެވަގުތު ނެތެވެ. އަލާރާ އަތް ދަނޑި މައްޗަށް ލާފައި އެދޭތެރެއިން ބޭރު ކޮށްލެވުނެވެ. އެކަމުގައި ފުދޭވަރަކަށް ވަގުތު ހޭދަ ވިއެވެ.

“އަލާ..ކަމޯން..” އަލާރާ ބިރުގަނެފައި ހުރިވަރުން އަމިއްލަ ބާރުގައި އެރުން ވީ ދަތިކަމަކަށެވެ. ޒެވިއަލް، އަލާރާ އެރުމަށްފަހު އޭނާ އަރަން ފައި ހިއްލާލި ވަގުތު ވީ ސިޑީން އެމީހަކުވެސް އެރިވަގުތަށެވެ.

“ޒެވް.. ނޫން ނޫން ..ނޫން..ޒެވް..އަހަރެން އަތުގަ ހިފާ ” އެމީހަކަށް ޒެވިއަލް ފެނިގެން ދުވެފައި އައިތަން ފެނި އަލާރާއަށް ހަޅޭއްލަވައި ގަނެވުނެވެ. އޭނާގެ މޫނު ހުރީ ކަޅު މާސްކަކުން ފޮރުވާލެވިފައެވެ. ކާކުކަމެއް ވަކި ވާވަރެއް ނޫނެވެ. ޒެވިއަލް އަރަން އުޅުނު ވަގުތު އަތުގައިވާ ފިސްތޯލް ދިމާ ކޮށްލުމުން ހުއްޓެން މަޖުބޫރުވިއެވެ. އޭނާގެ އަތް ދަށުވާނެކަން ޔަގީންވުމުން ޒެވިއަލްއަށް ދެލޯ މަރައިލެވުނެވެ.

“ކަލެ އެންމެ ފިޔަވަޅެއް ކުރިއަށް އަޅަން  ހިތައް އެރުވިއަސް އަލާރާ މަރުވާނެ މަގޭ އަތުން” މާސްކް އަޅައިގެން ހުރި މީހާ ގޮވައިލިއެވެ. އޭނާ ހުރީ އެމީހުންނާއި ސީދާ ވާހެން އޭރުވެސް ބަޑި އަމާޒުކޮށްގެންނެވެ.  އަމާންދީފީމޭ ބުނާ ފަދައަކުން ދެއަތް މައްޗަށް ހިއްލާލައިގެން ޒެވިއަލް ކުރިއަށް ޖެހިލިއެވެ.

“އަލާ.. އަމް ސޮރީ..”

“ނޫން ޒެވް.. ހިފާ އަތުގަ.. ޒެވް” އަލާރާ ރޮމުން ދިޔަ އިރު ޒެވިއަލް ދެފަރާތައް ބޯ ހޫޜުވާލީ ނުރޯށޭ ބުނާފަދައަކުންނެވެ.

“ރޯމިއޯ އެންޑް ޖޫލިއެޓް ވަކިވާ ވަގުތު ޖެހުނީ ދޯ.. ހަހަހަ”

“އެހެންތަ މަށައް ހީވަނީ ކަލޭ ވަކިވާ  ވަގުތު ހެން ޖެހުނީ” އައި ނައި ތަނެއް ނޭނގި އެމީހެއްގެ ފަހަތައް ހުއްޓުނީ ސޯފިއާއެވެ.

ސޯފިއާ ފެނި ހައިރާންވެ ސިހިފައި ހުރި ޒެވިއަލްއަށް ހަމަހޭވެރިކަން ވީ ކުއްލިއަކަށެވެ. އަވަސް ހަރަކާތަކާއި އެކު އޭނާގެ އަތުގައި އޮތް ފިސްތޯލް ގައި، ޒެވިއަލް ފައިން ޖެހުމަށްފަހު ތިރިޔަށް ވައްޓާލިއެވެ. ފިސްތޯލް ވިއްސައިގެން ދިމާލަށް އޭނާ ފުންމައިގެން ދިޔަ ހިނދު، އޭނާއަށް ވުރެން ކުރިން ދުވެލާފައި ގޮސް ޒެވިއަލް އެ ހޯދިއެވެ. ދެވަނަ ސިކުންތުގައި އެމީހާގެ އަތް، އޭނާގެ ފަހަތައް ވާހެން ލައްބުވާލައި ރަނގަޅަށް ހައްޔަރުކޮށްލަމުން ފިސްތޯލުގެ މުއްގަނޑުން އޭނާގެ ބޮލުގައި ޖަހާލިއެވެ.

“ތަދުވެއްޖެ ދޯ ކަލެއަށް ވެސް.. ކަމެއް ނުވެގެން ކަމަށް ދޯ ކަލޭ ހީކުރީ، މަ ގޮތެއް ނުހަދާ މިހުރީ” ޒެވިއަލް އޭނާގެ މޫނުގައިވި މާސްކް ނަގަން އުޅުމުން ގަދަހަދަމުން ދިޔައެވެ. ނަމަވެސް ޒެވިއަލްގެ ބާރު އިޙްސާސްކުރަން ޖެހި މާ ބޮޑަކަށް އޭނައަކަށް ގަދައެއް ނުހެދުނެވެ. އެންމެ ފަހުން ޒެވިއަލް މާސްކް ދަމައިގަތެވެ.

“ކާކު ތީ” މާސްކްގެ ފުރަގަހުގައި ހުރީ ޒުވާން ފިރިހެން ކުއްޖާ ފެނި ޒެވިއަލް ސިހިގެންދިޔައެވެ. ނުވެސް ދަންނަ ފިރިހެން ކުއްޖެކެވެ. ޒެވިއަލް ދެން ބަލައިލީ ސޯފިއާއާއި ދިމާލެވެ. ސޯފިއާގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ފުރަތަމަ ފަހަރަށް އެފަދަ އަސަރެއް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައިރު ޒެވިއަލްއާއި އަލާރާއަށް ވެސް ގޮތެއްވިއެވެ. އެއްޗެއް ނުބުނެ ސޯފިޔާ ގޮސް ހުއްޓުނީ ފެންލައިޓް ކައިރީގައިއެވެ.

“އަލާ.. އަތުގާ ހިފާ “ސޯފިއާ އަތް ދިއްކޮށްލުމުން އަލާރާ ދެފިކުރެއްގައި ހުރެ އެއަތުގައި ހިފައިލިއެވެ. ތިރީގައި ފައި ޖެހުމުން އަލާރާ ދުވެލާފައި ދިޔައީ ޒެވިއަލްގެ ކައިރިއަށެވެ.

“ފަހުން ވާހަކަ ދައްކާނީ.. ހިނގާ މީގެން ފޭބޭނެ ގޮތެއް ވޭތޯ.. މީނާގެ އަނގައިން އަޑެއް ބޭރުވިޔަސް ތިރީގަ ތިބި މީހުން އަންނާނެ.. މި ސަފާރީގަ ވޭ އެތައް ބައިވަރު ނުރައްކާތެރި ބޮމެއް.. އެތައް ވައްތަރެއްގެ ހަތިޔާރާއި ބަޑިތައް ވޭ” ސޯފިއާ ބުނެލިއެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ވަރެއްގެ މަކަރުވެރި ކުލައެއް ފެންނަން ނެތް ނަމަވެސް ދެމީހުން ކުރެން އެކަކަށް ވެސް  އެ ދައްކާ ވާހަކަ ގަބޫލް ކުރަން ދަތިވިއެވެ. އޭރު ޒެވިއަލް ހިފަހައްޓައިގެން ހުރި ފިރިހެން ކުއްޖާ ދިޔައީ މިނިވަން ވެވޭތޯ ގަދަހަދަމުންނެވެ.

އަހަރުން ކިހިނެތް ތި ދައްކާ ވާހަކަ ގަބޫލް ކުރާނީ.. ބަލަ ސޯފިޔާގެ އަނދިރި ސައިޑު ނޭނގޭ ބައެއްނޫން އަހަރުން މީ..ހަހް… މަށައް ކިހިނެތް އެނގޭނީ ތި ޖައްސަނީ ވެސް އެމީހުން ބުނެގެން ގޭމްއެއް ނޫން ކަމެއް” ޒެވިއަލް ބުނެލީ ނުރުހުމާއިއެކުއެވެ.

“އޭންން މަ ދޫ ކުރޭ.. އެންމެން މަރާލާނަން މަ ހިފަހައްޓާއިފިއްޔާ”

“އެހެންތަ .. އޭގެ ކުރިން ކަލޭ ކަންނޭގެ މަ އަތުން މަރުވާނީ” ޒުވާނާ ގަފދަ ހަދަން ފެށުމުން އޭނާގެ ބޮލަށް ފިސްތޯލުގެ މުއްގަނޑުން ދެވަނަ ހަމަލާ ދިނެވެ. އޭނާގެ ބޮލަށް އެރި އެނބުރުމާއި އެކު އެރި ތަދުން ހަޅޭއްލަވައިގަންނަން އަނގަހުޅުވާލިއެވެ. ނަމަވެސް އެއަޑު ހިނދިގެން ދިޔައީ އޭނާގެ އަނގަމަތީގައި ޒެވިއަލް އަތް އަޅާލުމުންނެވެ.

“ޒެވިއަލް..އިހަށް ތިވާހަކަ ނުދައްކާ ހިނގާބަލަ މިތަނުން ސަލާމަތް ވާން..ހަމަ ރަނގަޅަށް ވެސް މިތާގަ ހަތިޔާރު އެބަހުރި ..ބޮން ވެސް އެބަހުރި.. ޒެވިއަލްގެ އަތުގައި ތިއޮތް ބަޑި ހެއްކަކަށް ފުދެއެންނު.. ޝަވަން އާއި ސާމިއު އަކީ ރާއްޖެ އަށް ފުޅާ ދާއިރާއެއްގަ ހަތިޔާރު އެތެރެކުރާ ބައެއް.. އެއީ އެމީހުންގެ ކަޅު ސިއްރު…  އެންޑް މި ފިރިހެނާއަކީ ޒެވިއަލްގެ ކޮއްކޮ ލިއާނާގެ އެކްސް ބީ އެފް އަދި ލިއާނާ ރޭޕް ކުރަން އޭނާގެ ފަހަތުން ދުވި ޔޫޝަމް.. ކަލޭ މަރާލާނަން މިވަގުތު މިއިން ކަމަކަށް ދޮގެކޭ ބުނެފިއްޔާ .. ބުނޭ ހަގީގަތައް”ވާހަކަ ދައްކަން ހުރެފައި އެންމެ ފަހު ޖުމްލައާއި އެކު، ސޯފިއާ އޭނާގެ ލައިގެން ހުރި ޖިންސުގެ ޖީބުން އިތުރު ފިސްތޯލެއް ނަގާ ޔޫޝަމްގެ ނިތާއި އަމާޒު ކޮށްލިއެވެ.

“ސޯފީ ނޫން.. ނޫން.. އަހަރެން މަޜާ ނުލާ.. ”

“ބުނަން ވީ ތެދަށް” ޒެވިއަލް ތުރުތުރު އަޅާއިގެން ހިނދު ޔޫޝަމްގެ ކަރުގައި ހިފައިގަތެވެ.

“ޔޫޝަމް އަޑެއް ނީވޭތަ.. ބުނާށޭ” ސޯފިޔާގެ އަޑު ބާރުވަމުން ދިޔައިރު  ޔޫޝަމް ގަނެފައިވާ ބިރު ފެނުމުން މަލާމާތުގެ ހިންޏެއް ހީލިއެވެ.

“އާން..ސޯފިއާ އެހަދަނީ ތެދު..ލިއާނާއާއި ބެހެން އުޅުނިން އަހަރެން… އަހަންނަށް މާ..އާހްހްހް” ޔޫޝާމްގެ އަނގައިން ޖުމްލަ ބޭރުވި ހިނދު، ފިސްތޯލު ޖަހައިލި ބާރު އަޑަކާއިއެކު ތަނަށް ބުރައިގެން ދިޔައީ ލޭތަކެވެ. ޒެވިއަލްގެ ފައި ދަށައް ތިރިވި ޔޫޝާމް ވޭނީ ރުއިމަކުން ރޮއިގަތެވެ. ތުރުތުރު އަޅަމުން ދިޔައިރު ޒެވިއަލްގެ އެ ކުއްލި ހަރަކާތުން އަލާރާވެސް ދިޔައީ ސިހިގެންނެވެ. ވަޒަން އަރާފައި ވަނީ ޔޫޝަމްގެ ދެފަޔަށޭވެ.

“ހުރި ނުބައިކަން.. ކަލޭ ކީއްކުރީ ލިއާއަށް.. އޭތް ބުނާށޭ” އަޅާ ވޭނުން ކެތް ނުކުރެވިގެން ތެޅެމުން ދިޔަ ޔޫޝަމްގެ ލާފައިވި ޓީޝާޓުގެ ކަރުވަޅުގައި ހިފައި ދަމައިގަންނަމުން ޒެވިއަލް އަހަމުން ދިޔައެވެ.

“ކާކު… ޔޫޝަމް … ސޯފިއާ…ޔޫޝަމް.. ޔޫޝް” އިވިގެން ދިޔައީ ޝަވަންގެ އަޑެވެ. ތިރީ ފްލޯއިން ނުހަނު ބާރަށް ދުއްވައިގަތް އަޑުއަހާފައި އަލާރާއަށް ތެޅިގަނެވުނެވެ.

“ޒެވް.. ޝަވަން އަންނަ އަޑު އެއިވެނީ.. ހިނގާ މިތަނުން ދާން..” އަލާރާއަށް ރޮވެން ފެށިއިރު ޒެވިއަލްގެ ބަނޑުގައި ބައްދައިގެން ހުރެ ޔޫޝަމްއާއި ދުރު ކޮށްލިއެވެ.

“ތެދެއް ޒެވިއަލް.. އޭނާ ބާއްވާފަ ހިނގާ މިތަނުން ދާން…  ވަރަށް ހަނި ފުރުސަތެއް އިނީ މިތަނުން ސަލާމަތް ވުމުގެ.. މާ ސިންގާ ކަނޑު” ސޯފިޔާ ހަލުވި ފިޔަވަޅު ތަކާއި އެކު  ހިނގައިގަންނަމުން އޭނާގެ ފަހަތުން އައުމަށް ބުނެލިއެވެ. ދިޔުމުގެ ކުރިން ޒެވިއަލް ފިސްތޯލް ޔޫޝަމްގެ ބޮލަށް އަމާޒު ކޮށްލުމުން އަލާރާ ނޫނެކޭ ބުނެ ބޯހޫރުވާލިއެވެ.

” ޑޯންޓް.. އަހަރެން ބޭނުމެއް ނޫން ޒެވް ޖަލުގެ ތޭރިތަކުގެ ތެރޭގަ ބަންދުވެފަ ހުންނަ ތަން ދެކޭކަށް.. އޭނާ މި ބޯޓުން ސަލާމަތުން މާލެ ދެވުނިއްޔާ ދެން ބައްދަލް ކުރާނީ ޖަލުން..” އަލާރާގެ ބަހަށް ޒެވިއަލް ބޯ ޖަހައިލިއެވެ. ދެމީހުން ސޯފިޔާގެ ފަހަތުން ދުވެފައި ދިޔައީ ބޯޓުގެ ފަހަތު ކޮޅުން އެންމެ މައްޗަށް އެރެން އިން ސިޑިއަށެވެ.  ބޭނުން ނުކުރާ ސާމާނު ސިޑީގެ އެކި ހިސާބުތަކުގައި ވާތީ މައްޗަށް އެރުނީ ފުދޭވަރެއްގެ މަސައްކަތަކުންނެވެ.

ތިންމީހުންނަށް އެތަނަށް އެރުނު އިރު ވަޔާއި ކެރިއާއި އެއްވަރެއް އަންނަމުން ދިޔައިރު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ތެމިފޯވިއެވެ. ހިމަ ކޮރިޑޯއެއް ހެން އިނދެފައި ހިޔާވާން އިނީ ކުޑަތަންކޮޅެކެވެ. ހިމަދަގަނޑު ލީ ރެއިލިންގް ގައި އަތް އަޅުވާލެވުނު އިރު ފިނިބޮޑުވެގެން އަލާރާ ތުރުތުރު އަޅަމުންދިޔައެވެ. ތިންމީހުންނަށް ވަދެ ހަމަޖެހިލެވުމުން އެތަނަށް އެރެން އިން ފެންލައިޓެއް ފަދަ ކުޑަ ދޮރު އެތެރެއިން ތަޅުލިއެވެ.

“ކަމް” އަލާރާއަށް ވެފައިވީ ގޮތުން ޒެވިއަލް އުނދަގޫ ވަމުންދިޔައެވެ. އެންމެ ފަހުން އަލާރާ ގެނެސް ގަޔާލާ ބޮނޑީ ކޮށްލިއެވެ. ޒެވިއަލްގެ އެއަމަލުން ސޯފިޔާ އަނެއް ފަރާތައް އެނބުރި ކަރުކެހިލިއެވެ. އަލާރާ ލަދުރަކި ހީލުމަކާއި އެކު ޒެވިއަލްގެ މޫނަށް ބަލައިލި ހިނދު ޒެވިއަލް ވެސް ހީލިއެވެ.

“ސޯ.. ކީއްވެ އަހަރެމެންނަށް ހެލްޕް ވީ” ޒެވިއަލް އަހައިލިއެވެ.

“ދޭ އާރ ޕްލޭނިންގ ޓް ކިލް މީ” ސޯފިއާ މަޑުމަޑުން ބުނެލިއެވެ.

” ވަޓް ތިއީ އެމީހުންނަށް އެހީވި މީހެކެއްނު” އަލާރާއަށް ލިބުނު ޝޯކްގައި ބުނެލެވުނެވެ.

“އާން މަ ކައިރިއަށް ގޮސްވެސް އެކަހަލަ ވާހަކަ ތަކެއް އީވާ އާއި ޝަވަން ދެއްކި.. އެމީހުން ހީކުރީ މަ އޮތީ ނިދާފަ ކަމަށް” ޒެވިއަލް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“ޔެއާ…ވެއިޓް އަހަރެންގެ ފޯނު އެބެއް ޖީބުގަ..އޯހް ގޯޑް މި ހަނދާން ވީ މީގެ މަތިން” ސޯފިއާ ކުއްލިއަކަށް ހަނދާން ވެގެން ތެޅިގަނެފައި ލައިގެން ހުރި ޖީބުން  ފޯނު ނެގިއެވެ. ފޯނު ނަގައި ޒެވިއަލްގެ އަތައް އޭނާ ދިއްކޮށްލިއެވެ.

ނަސީބު ކަންދިމާ ކުރިގޮތުން ފޯނަށް ގޮތެއް ނުވެ އޮތެވެ. މީހަކަށް ގުޅޭތޯ ބަލައިލި އިރު މޫސުން ގޯސްވުމުގެ ސަބަބުން ރޭންޖް ދަށްވެ ކޯލް ފެއިލް ވަނީއެވެ. ބޯޓްގައި ވާ ވައިފައި ސޯފިއާގެ ފޯނަށް ވެސް ކަނެކްޓް ކުރެވިފައިވާތީ ބޯޓް އޮތް ހިސާބު އެތައް މަސައްކަތަކުން ބަލައިލެވުނެވެ.

“ބޯޓް މިވަގުތު މިއޮތީ ކާފު އަތޮޅު ނިމޭ ހިސާބުގަ..” ފޯނަށް ބަލަން ހުރެ ޒެވިއަލް ބުނެލިއެވެ. ރޭންޖު ކުޑަކޮން ރަނގަޅުވެގެން ދިޔަ ދަނޑިވަޅެއްގައި ދެން އޭނާ އަވަހަށް ގުޅަން މަސައްކަތް ކުރީ އަރްކާންއަށެވެ. ދެފަހަރަކު ފޯނު ރިންގް ވި ހިނދު އަރްކާން ފޯނު ނަގައިފިއެވެ.

****

(ނުނިމޭ)

Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.