“އަހަންނަށް ވަރަށް ރަނގަޅު ދޮންބެގެ ނަން ތި އަނގައިން ބޭރު ނުކުރިއްޔާ..ފާޑެއްގެ ރުޅި އެއް އަންނަނީ… އަޒީޒްބޭ ގާތުގަ ބުނިން މިއަދު ދެން އެއްވެސް ކަމެއް ނެތީމަ މިކޮޅުގަ ހުރި ރައްޓެއްސަކާއި އެއްކޮން ޕްލޭން އެއް ހެދިޔަސް އޯކޭހޭ އޭ..ހުއްދަ ދީފަ އޮތީ..ޔޫ ކޭން އާސްކް ހިމް..” އަރްކާންގެ އަނގައިން ޒެވިއަލްގެ ނަން ބޭރުކުރާ ކޮންމެ ފަހަރަކު ލިއާނާގެ ލޭ ކެކި ގަނެއެވެ. ބޮލަށް އުނދުވެއެވެ. އިތުރަށް މަޑު ނުކޮށް ލިއާނާ ހިނގާގައިން ހިނދު ހުއްޓުން އެރީ އަރްކާން އޭނާގެ އަތައް ދަމާލާފައި ދެން ކޮށްލިކަމަކުންނެވެ.
****
“ވަޓް ދަ ފަ*” ދެލޯ ބޮޑުކޮށްލައިގެން ހުރި ލިއާނާ ލަސްލަހުން އޭނާ ލައިގެން ހުރި ހެދުމަށް ކަޅި ހިންގާލިއެވެ. ރުޅިގަދަވެގެން ލިއާނާ އޭރު ހުރީ ކޮންޓްރޯލުން ނައްޓާވަރުވެފައެވެ.ހެދުމުގައި ހުރި ކޮފީތަކަށް ނަޒަރެއް ދެމުން ކުއްލިއެއްޖަހައި އަރްކާންގެ އަތް ނައްޓުވާލުމަށްފަހު ލިއާނާ ފާހާނާއަށް ދިޔައީ ހެދުމެއް ހިފައިގެންނެވެ.
ކާމިޔާބީގެ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރި އަރްކާންގެ އަތުގައިވާ ކޮފީ މަގު ކުރިން ހުރި ގޮތައް ސޯފާގެ ކުރިމަތީވާ ކޮފީ މޭޒުގެމަތީގައި ބެހެއްޓިއެވެ. ބައްދަލްވުމަށް ދިޔުމުގެ ކުރިން އޭނާ އެއްބައި ބޮއެފައި ބޭންދި ކޮފީ މަގެއްކަމުން އެ ހުރީ ހިހޫވެފައެވެ. ލިއާނާ ވާހަކަ ދެއްކިގޮތުން ރުޅިގަދަވި ވަރުން އަރްކާން އެ ކޮފީ މަގު ޖަހައިލީ ލިއާނާގެ ހެދުމަށެވެ. ކުރެވުނު ކަންތައް އިޙްސާސްވީ ލިއާނާގެ މޫނު ފެނުނުވަގުތުއެވެ. އެ މޫނުން ރުޅިވެރިކަން ފެނި އަރްކާންއަށް އުނދަގުލެއް ވެސް ވީހެން ހީވިއެވެ. ނަމަވެސް އެކަން ގަބޫލް ކުރާކަށް އަރްކާން ބޭނުމެއް ނުވިއެވެ.
ދިހަވަރަކަށް މިނެޓް ތެރޭގައި ލިއާނާ ނުކުންއިރު ހުރީ ހެދުން ބަދަލްކޮށްގެންނެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ކުޑަގޮތަކަށް މޭކަޕްކޮށްލައިގެން ނުކުންނަން ދަމުން އަލިފާނުގެ ބެލުމަކުން އަރްކާންއާއި ދިމާ ބަލައިލިއެވެ.
“ނެކްސްޓް ޓައިމް ބީ ޕްރިޕެއާރ” ލިއާނާގެ ރުޅިވެރި އަޑުއިވުމުން އަރްކާން ހީލީ ހައްތަހާ ވެސް ބޮޑަށް ލިއާނާ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. ދެލޯ އަޅާލައިގެން ލިއާނާ ނުކުންތާ އިރުކޮޅެއްފަހުން އަރްކާންވެސް ބޭރަށް ނުކުތެވެ. އަރްކާންގެ ބޭނުމަކަށްވީ އެހާ ތައްޔާރުވެގެން ލިއާނާ ދަނީ ކާކާއި އެކުތޯ ބެލުމެވެ. ކިތަންމެ ރުޅިއަންނަ މީހަކުކަމުގައި ވީނަމަވެސް ގޮތްނޭނގޭ މާހައުލަކަށް ލިއާނާ ދޫކޮށްލަން އަރްކާންގެ ހިތް އެވަގުތު ދެކޮޅެވެ. އެހެންނޫނަސް ލިއާނާއަށް ކަމެއް ވެއްޖެނަމަ އަނެއްކާ ވެސް އޭނައާއި ޒެވިއަލް ދާންޖެހޭނީ ބޮޑު ހަނގުރާމައަކަށެވެ. އެގޮތެއް މިހާރަކު އޭނާ ބޭނުމެއް ނޫނެވެ.
ލިއާނާ އެރި ލިފްޓާއި ޖެހިގެން އިން ލިފްޓަށް އަރްކާން އެރިއެވެ. ލިފްޓް ތިރިއަށް ހުއްޓުމާއިއެކު ފޭބި އަރްކާން ބޮނދަމުން ގޮސް ހުއްޓިލީ މާދުރު ނޫން ހިސާބެއްގައި ހުރި ތަނބެއްގެ ނިވަލުގައެވެ.
އޭރު ލިފްޓުން ފައިބައިގެން ލިއާނާ ވެސް ތަންކޮޅަކަށް ހިނގައިގަނެފައި ފޯނު ނަގައި މީހަކަށް ގުޅައިލަމުން ވަށައިގެން ހޯދިއެވެ. ހީވާ ގޮތުން އެމީހަކު ހުރީ އެތާގެ ކޮންމެވެސް ހިސާބެއްގައެވެ. ކުއްލިއަކަށް ނިކަން އުފާވެރި ހިނިތުންވުމެއްގައި ހުރެ ލިއާނާ ދުއްވައިގަތީ ރިސެޕްޝަން އޭރިޔާ ކައިރިން އައި ޒުވާން ފުރައިގެ ފިރިހެނަކާއި ދިމާލަށެވެ.އޭރު އެމީހަކު ވެސް ހިނިއައިސްފައި ހުރެ ފޯނު ކަންފަތުގައި ޖަހައިގެން އާދެއެވެ.
“ސާމިއު” އަރްކާން އަށް ވައި އަޑުން ކިޔައިލެވުނެވެ. އޭރު މީހާގެ ނިއްކުރިއަށް ރޫ އަރައިފިއެވެ. ތަނބުގެ ނިވަލަށް ވަދެ ހުރެފައި އެމީހުން ގޮސް އޮބާލުމުން އަރްކާން އަލުން ކޮޓަރިއަށް ދިޔައެވެ. އޭރު އަރްކާންގެ ސިކުނޑީގައި އެތައް ކަމެއް ހިލިގެން ދިޔަފަދައެވެ.
“ލިއާނާ އާއި އޭނަ..ޕާފެކްޓް..މާ ބޮޑަށް ވެސް ޕާފެކްޓް..އަ ބިޗ* އެންޑް ޖާކ* ޓްގެދާރ..ނޮޓް ބޭޑް” އަނގަޔަށް ވައްތަރެއް ޖައްސައިލި ނަމަވެސް އެކަމާއި އަރްކާންއަށް ފާޑެއްގެ އުނދަގުލެއްހުރީ ވެފައެވެ.
…
ޖެހިގެން އައި ދުވަހު އަރްކާން ތައްޔާރުވާން ފެށީ ކުންފުނިން މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދަށް ދިޔުމަށެވެ. ފެންވަރައިގެން ނުކުމެ ބޮލުގައި ޖެލް ހާކަންހުރެ ލިއާނާ ކޮބައިތޯ އޭނާ ބަލައިލިއެވެ. ލިއާނާގެ ހިލަމެއް ފެންނަން ނެތުމުން އޭނާ ލާން ކުރީންސުރެން ތައްޔާރުކޮށްފައިވާ ގަމީސް ލުމަށް އަލާމާރީ ހުޅުވާލި ވަގުތު ފެނުނު މަންޒަރުން އަރްކާންގެ ދެލޯ ބޮޑުވިއެވެ. އަރްކާން ލާން އިން މަޑު ނޫކުލައިގެ ގަމީހުގެ ބޮޑުބައެއް އިސްތިރި ޖައްސާ ވިރުވާލާފައި ޥާއިރު ބާކީ ހުރި ގަމީސްތަކުގައި ރަތްކުލައިގެ ގަދަ ލިޕްސްޓިކަކުން ވަނީ ކުރަހާފައެވެ. އަރްކާން ގާތައް އައި ގަދަ ރުޅިން އަޑު ހަރުކޮން ލިއާނާއަށް ގޮވަން ފެށިއެވެ.
”ތިއުޅެނީ މިތަނުގައި މިވަގުތު ތިބިއްޔާ ތިބިހާ ބަޔަކު އެއްކުރަންތަ” އެހުރިހާއިރަކު ކޮޓަރި ދޮރުކައިރީގައި ބޭރުގައި މަޑުކޮށްގެން ހުރެފައި ލިއާނާ އެތެރެއަށް ވަނީ އަރްކާންގެ އަޑުންނެވެ. އެތެރެއިން ވައިން ހިނދު އަރްކާންގެ މޫނު ފެނި އޭނާ ގާތައް އައީ އަމަށަކު ހިންޏެއް ނޫނެވެ. ހެވިދާނެތީ ފާޑަކަށް ކަރުކެހިލަމުން ގޮސް އިށީނީ ސޯފާގައެވެ. އެހާ ހިފެހެއްޓީމަ ވެސް ލިއާނާ ހުނުންގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.
ލިއާނާގެ އެ އަމަލުން އަރްކާން ގާތައް އައިސްހުރި ރުޅިވީ އިތުރެވެ. އަނދަ އަނދާހުރި އަލިފާނަށް އެޅި ޕެޓްރޯލްފަދައެވެ. ދިޔަގޮތައް ގޮސް ލިއާނާގެ އަތުގައި ހިފައި ދަމައިގަނެ އުނަގަނޑުގައި އަތް އަޅުވާލި ގޮތައް ސޯފާގެ ކައިރިގައިވާ ފާރަށް ތައްކޮށްލިއެވެ. އަރްކާން، ލިއާނާ އުފުލާލި ގޮތުން ހީވީ ލުއިފަތެއް ހިއްލާލިހެންނެވެ. އަރްކާންއާއި ލިއާނާގެ މޫނު ނުރައްކާތެރި ހިސާބަކަށް ކައިރިވެފައިވީ އިރު ދެމީހުންގެ ނޭވާވެސް އެކަކު އަނެއްކަކަށް އިޙްސާސްވެއެވެ.
ލިއާނާ އިސްއުފުލާލި ހިނދު އަރްކާންގެ ދެލޯ ފެނި ހީވީ ކަރުގައި ނޭވާ ތާށިވިހެންނެވެ. އެހާ ކައިރިން އަރްކާންގެ ނަފްރަތުން ފުރިފައިވި ދެލޯ ފެނި ލިއާނާއަށް ހިންދިރުވާލެވުނެވެ. ފުރަތަމަފަހަރަށް އަރްކާންގެ ފިރިހެންވަންތަ ކަމަށް ހިތާހިތުން އެއްބަސް ވެވުނެވެ. އެހާ ރުޅިއައިސްހުރި އިރުވެސް ހާދަ ފުރިހަމައެވެ. ތުނިކޮން ބަހައްޓާފައި ހުރި ތުނބުޅިއާއި އިސްތަށިގަނޑުން އޭނާގެ ޝަހުސިއްޔަތު ވަރުގަދަކަން ހާމަވެއެވެ. ޖެހިފިތިގެން ހުރިއިރު އަރްކާން ބޭނުންކޮށްފައިވާ ސެންޓްގެ ވަސް ލިއާނާގެ ސިކުނޑިއާއި ހަމައަށް ވެސް ވާސިލްވިއެވެ.
”ކީއްވެގެން އެހެން ހެދީ..އަހަރެން ނެތް ލާނެ އެއްވެސް އެއްޗެއް..”ކިތަންމެ ހަރު އަޑުން ވާހަކަ ދައްކަން އުޅުނު ނަމަވެސް ލިއާނާގެ މައުސޫމްމޫނު ފެނި އޭނާގެ ރުޅިވެރިކަން ވައިންތަނެއް ވެސް ނޭނގެއެވެ. އެމޫނު އެހެންޏާ ނުބެލޭހާ ގިނައިން މިއަދު ބެލިއްޖެކަން ހުދު އޭނާއަށް ވެސް އިޙްސާސް ވިއެވެ. ހިތަކީ އަޖައިބެއް ކަހަލަ ނުސިޔާނު މަސްކޮޅެކެވެ. ލިއާނާއަކީ އޭނާގެ ދުޝްމަނެކެވެ. ވީ އިރު މިހެންވެގެން ނުވާނެތާއެވެ. ނޫނެކެވެ. އޭނައަކަށް ލިއާނާ ރީއްޗެއް ނޫނެވެ. ބޮޑު އަނގައެކެވެ. ތާއަބަދު އޭނައަށް ޖެއްސުންކުރާ އަންހެނެކެވެ. އަރްކާން އަވަސްއަވަހަށް ލިއާނާއާއި ދުރުވެލިއެވެ.
“އަހަރެން މިއަހަނީ ކީއްވެހޭ މިވަރު ކޮށްލީ..އަހަރެން ކޮފީ ޖެހީ ލިއާނާގެ އެންމެ ހެދުމަކަށް…މައިންބަފައިން ރިވެތި އަހްލާގެއް ދަސްކޮށްދީފަ ނެތީތަ..މި-” ރުޅިވެރި އަޑަކުން އަރްކާން ދެވަނަ ފަހަރަށް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަން ޖެހުނީ ލިއާނާގެ ހޫނު ހަމަލާއެއް އޭނާގެ މޫނުމައްޗަށް އަރައިގެން ދިޔުމުންނެވެ. އަރްކާންގެ މޫނު މަތިން ތަރި ބުރައިގެން ދިޔަހެން ހީވިއެވެ. ނަގަމުން ދިޔަ ދިލައިގެ ސަބަބުން އޭނާގެ މޫނުމަތީގައި ލަސްލަހުން އަތް ހާކައިލެވުނެވެ. އަރްކާން އިސްއުފުލާ ބަލައިލި ހިނދު ލިއާނާގެ މޫނު ފެނި އޭނާއަށް ހިންދިރުވާލެވުނެވެ. ބުނެވުނު ޖުމްލައިގެ އިހްސާސް ކުރެވުނު އޮރު ވާނެ އެއްޗެއް ވެއްޖެއެވެ.
ލިއާނާގެ މޫނު ރުޅިން ގޮސް ރަތްވެފައި ވީ އިރު ކުއްޖާ ތުރުތުރު އަޅައެވެ.
“ފުރަތަމަ ތި ސުވާލު އަރްކާން އަމިއްލަ ނަފްސާއި ކޮށްބަލަ..އެންމެ ފުރަތަމަ ލިފްޓު ތެރޭން މަށާއި ދިމާލަށް މިކޮޅަށް އައި ދުވަހު ކީ އެއްޗިހި ހަނދާން ކޮށްބަލަ..އެ އެއްވެސް ކަމެއްގެ ބަދަލެއް އަހަރެން މިއަދާއި ހަމައަށް ވެސް ނުހިފަން..އަހަންނާއި އަހަރެމެން އާއިލާއަށް ނިސްބަތް ކޮށްފަ އަރްކާން ދެއްކި ވާހަކަތަކަށް އަހަރެން ރައްދު ނުދިނީ ތި ފެންވަރުގެ މެނާރލެސް ޖާކް އަކަށް އަހަރެންގެ ރެޕިއުޓޭޝަން ވޯތް ނޫން ވީމަ..އެކަމަކު އެދުވަހު މަޑުން ހުރެވުނީމަ މިހާރު ސަމްޓައިމްސް އައި ރިގްރެޓް އަލޮޓް..އަނެއްކާ މިއަދު އަހަރެންގެ މައިންބަފައިންނާ ތި ފޮށެނީ އެމީހުން އަރްކާންއަށް ކޮން އުނދަގުލެއް ކުރީތަ..އޭންން..މިހިރަ މޮޔަޔާ އެމީހުންވީ ވެލިގަނޑުގެ ދަށުގައޭ.. އެ ނިޔަމެތި މީހުންގެ އެއްވެސް ކުށެއް ނެތް..އަހަންނަށް ލިބިފަ ހުރި ސިފައެއް ލިބުނު ހިސާބަކީ ތިނުބައި އިފުރީތު އަހަރެންގެ ދޮންބެ އަށް އެ ހާލު ޖެއްސި ފަހުން..ސޯ އިޓް އޯލް ސްޓާޓެޑް އެންޑް ހެޕެންޑް ބިކޯޒް އޮފް ޔޫ… ހަނދާންކުރާތި އަހަރެންގެ މައިންބަފައިންނަށް ކުޑައިމީސްކޮށް ދެން ތި އަނގަ ހުޅުވާލައިފިއްޔާ އަހަންނަކީ ހަމައެކަނި މި ލެވެލްއަށް ވެއްޓޭނެ މީހެއް ނޫން…ދެން މިއަށް ވުރެންވެސް ގޯސްވާނެ…އަހަރެން ދުވަހަކުވެސް މީހެއްގެ މަޔަކަށް ބަފަޔަކަށް ދަށްވާހެން ވާހަކައެއް ނުދައްކަން…ނުވެސް ދައްކާނަން..އެނގޭތަ ކިއްވެކަން..ސަބަބަކީ އެއީ ކިހާ ވޭން ހުރި ބަސްތަކެއްކަން މަށައް އިހްސާސްވާތީ..ތިއަކީ މީހެއްގެ އިހްސާސްތައް ދަންނަ ވަރަށް ވުރެން އަނދިރި ދުނިޔެއެއްގަ އުޅޭ ނާތަހުޒީބް މީހެއް..ފީލިންގްލެސް.. މެނާރލެސް..މީހަކަށް ރެސްޕެކްޓް ކުރަން ނޭނގުނު އުމުރުން ތިރީހަށް މީހާ އަޅާއިރުވެސް.. އެންޑް އެބައުޓް ލާސްޓްނައިޓް..އަހަރެންގެ ދެވަނަ ބެސްޓްފްރެންޑް އަހަންނަށް ނުފެންނަތާ ވެއްޖެ ފަސް އަހަރު..ރެއަކީ އޭނާގެ ދައުވަތަކަށް އަހަރެން ބޭރަށް ދާން އޮތް ރޭ..އެކަމަކު އަރްކާން ހެދީ ކިހިނެތް..ފުރަތަމަ ވެސް ބުނީމެންނު އަޒީޒްބޭގެ ގާތުން ހުއްދަ ހޯދީމޭ..ދެން އަރްކާން ޖެހޭތަ އަހަރެންގެ ލައިފްގަ ހުރިހާ ކަމަކަށް އިންޓަފެއާރ ކުރަން..މަށައް ކޮންބެހޭ ކަމެއް އަރްކާން ކޮންމެ ސަކަރާތެއް ޖެހިޔަސް..ހަމަ އެހެން މަ ކޮންމެ ސަކަރާތެއް ޖެހިޔަސް އަރްކާންއަށް ބެހެވޭނެތަ…ލަދު ކޮބާ..އޭންން” ކިޔަން ބޭނުންވި ހުރިޙާ އެއްޗެއް ކިޔައި ނިމުނު އިރު ލިއާނާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އަރްކާން ޖެހި ބުދެއް ހެން ހުރި އިރު ފަސްއަހަރަށް ފަހު ލިއާނާ އެގޮތައް ރޯތަން ފެނުމުން ހިތައް އުނދަގުވިއެވެ. ލިއާނާ އެފަދަ ގޮތަކަށް އެންމެ ފަހުން ރޯތަން އޭނައަށް ފެނުނީ ޝާލިއާއާއި ޒާފިރް ނިޔާވި ދުވަހުއެވެ.
ވަރަށް ބޮޑުކަމެއް ވެގެން ނޫނީ މީހެއްގެ ކުރިމަތީގައި ލިއާނާ ނުރޮވެއެވެ. ނަމަވެސް އޭނާގެ މަންމައާއި ބައްޕައާއި ދިމާލަށް މީހަކު އެއްޗެއް ބުނެފިނަމަ އަބަދު ވެސް ބަލިކަށިވެއެވެ. ރުޅިގަދަވެއެވެ.ދެރަވެގެން ރޮވެއެވެ. އެ މީހުންނަކީ އޭނާގެ ބަލިފައެވެ. ސޯފާގެ ކައިރީގައި ކަކުލުގައި ބޯ ޖަހައިގެން އިނދެ އެތައް އިރެއް ވަންދެން ލިއާނާ ރުއެވެ. އެންމެ ފަހުން ސައިޓަށް ދާން ޖެހޭ ގަޑީގެ ތިރީސް މިނެޓް ކުރިން، އެކަން ހަނދުމަ ކުރުމަށް އޭނާގެ ފޯނުން ޖައްސާފަ އިން އެލާމް ވުމުން ލިއާނާ ބޯ ހިއްލާލައިގެން ގޮސް ފާހަނާއަށް ވަނެވެ. އޭރު ރުއިމުގެ ސަބަބުން މުޅި ކުއްޖާގެ މޫނު ވަނީ ރަތްވެ ދުޅަވެފައެވެ. ދަމުން އަލަމާރިން އޭނައަށް ހާއްސަ ކުރެވުނު ބައިން ގަމީހެއް ނެގުމަށްފަހު އަރްކާންއަށް ފެންނާނެހެން ސޯފާގައި ބޭއްވިއެވެ. އެއީ އޭނާ ކުރީންސުރެން އެތަނަށް ފޮރުވަން ލާފައިވާ ގަމީހެކެވެ. ލިއާނާގެ ބޭނުމަކަށް ވި އަރްކާން ގަދައަށް ރުޅި އަރުވާލުމަށްފަހު އެ ގަމީސް ދެއްކުމެވެ.
އެ މަންޒަރު ފެނި އަރްކާންގެ ހިތައް ޒާތެއްގެ ތަދެއްވިއެވެ. މިހާރު ރަނގަޅަށް ވެސް އޭނާއަށް މިއޮތީ ކުށެއް ކުރެވިފައެވެ. ނަމަވެސް އޭނާއަކީ އޭނައަށްކުރެވޭ ކުށް ފާހަގަވެގެން ދުވަހެއްގެ ކޮޅުން ވެސް މާފަށް އެދުނު މީހެއް ނޫނެވެ. ތުންފިއްތާލައިގެން ހުރެ އަރްކާން އެ ގަމީސް ނަގާ ލިއެވެ.
***
“ޝަވަން ކިހިނެތް ހަދަން ތި ގަސްތުކުރަނީ” ނަސްރާ ވާހަކަ ދެއްކީ ޝަވަން އާއި އެވެ. ނަސްރާ އެއީ ހުރި މީހަކަށް ވެސް ހަދާނުލާ އޭނާ ކުރިން ސުރެން ކުރަމުންދިޔަ މަސައްކަތް ކުރަމުންދިޔައެވެ. ފޯނުން ކޮންމެވެސް މީހަކާއި ޗެޓް ކުރަމުން ދިޔައިއިރު ދޭތެރެއަކުން ތުންފަތައް ހިނިތުންވުމެއް ވެރިވެއެވެ. އެކަން ފާހަގަ ވެގެން ނަސްރާގެ ނިތައް ރޫ އަރައިގެން ދިޔައެވެ.
“އޭއި…ޝަވަން” ، “އަލާރާއާއި ކައިވެނި ކުރާކަށް ނޫންތަ މި ތައްޔާރުވަނީ..އެނީތިންގް އެލްސް” ނަސްރާގެ ސަބަބުން ބޮލަށް އުނދަގުވެފައިވާ ފަދައަކުން ޝަވަން ބުނެލިއެވެ. އެއަޑުގައިވި ފަރުވާ ކުޑަކަމަކުން ނަސްރާއަށް ބުމައަރުވާލެވުނެވެ.
“މިއަދަށް މިވީ ތިން ދުވަސް އަލާރާ ހޮސްޕިޓަލްގައި ބޭއްވުނު ތާ…އަދިވެސް ޝަވަން ނުދަމެންނު އެރޭ ދިޔަގޮތައް އަލާއަށް ގޮވާލަން ވެސް”
“އިރުއިރުކޮޅުން ނުދިޔަސް ވެދާނެ އެންނު..އެހެންނޫނަސް ވަރަށް ބިޒީކޮން މިއުޅެނީ..” ނަސްރާގެ މޫނަށް ވެސް ބަލައިލުމެއް ނެތި ޝަވަން އަނެއްކާ ވެސް ޖަވާބުދިނެވެ.
“އެހެންތަ..އެހެން ވީ އިރު ދޭ އަވަހަށް ގޮސް އަޒީޒްގެ ގާތުގަ ތިމަންނަ އަލާރާއަކާއި ނީންނާނަމޭ ބުނަން.. އާން އެހެންޏަ..އެންމެން އެތިބެނީ ޝަވަންއާއި މެދު ނުރުހިފަ..އެކަމަކު ދަރިފުޅު ތި އިންނަނީ ޗިލް ވެލާފަ ގޭގަ..މީހަކާއި އިންނަން އުޅޭ މީހަކު އުޅޭހެން އުޅެނިއްޏާ ވީ ކީއްތަ… މަންމަ ގޮސްފިން ވިއްސަކަށް ފަހަރު..ދަރިފު އޮފީހުން އަންނަ ގޮތައް ބޭރުގަ އުޅެ ބާލާފަ ގެޔަށް އައިސް ނިދުން ނޫން ކަމެއް ނުކުރޭ.. ކޮން ސިފައަކަށްތަ އުޅެން ދިމާކޮށްފަ ތިހުރީ” ނަސްރާ އެތަކެއް އިރެއް ވަންދެން ނުރުހިފައި ވާހަކަ ދެއްކި އިރު ވެސް ޝަވަން އިންގޮތައް އިނެވެ.
“މަންމާ ތިވަރަށް ތިހެން ނުކިޔަކަސް އަލާރާ ދޫކޮށްލީމަ ދާނަން..”
“އަހަންނަށް ހެޔޮ އެކުއްޖާ ދޫކޮށްލީމަ ޝަވަން ނުދިޔަސް..ސާމިއު އަހަރެންގެ ދަރިއަކަށް ނުވިއަސް ޝަވަންއަށް ވުރެން މާ ރަނގަޅު..މާ ބަސްއަހާ ..ގޮތް ދޫކުރޭ..މީނަ ކައިރީގަ ކިތަންމެ ވަރަކަށް ކިޔަސް އެއްޗެއް ކިޔައޭ ހީނުވާނެ” ނަސްރާ އެތަނުން ދާން ހިނގައިގަތީ ޝަވަންގެ ފަރާތުން ކުރިއެރުމެއް ނުލިބުނީމައެވެ.
“ސޮރީ..ދާނަން މިއަދު..ސޭމް އަންނަނީ ކޮން ދުވަހަކުން” ނަސްރާ، ސާމިއުގެ ވާހަކަ ބުނެލުމުން ޝަވަންއަށް އާދަޔާއި ހިލާފް ޖޯޝެއް އައެވެ. ވަގުތުން ފޯނު ބެއްވުމަށްފަހު ނަސްރާގެ ޖަވާބަކަށް ކެތްމަދުވެފައި އިނެވެ.
“އާން ދާންވާނެ މިއަދު.. ސޭމް އަންނާނެ މާދަމާ ނޫން އަނެއް ދުވަހު” އިތުރަށް މަޑުނުކޮށް ހަމްދީ ގުޅަން ފެށުމުން ނަސްރާ ފޯނުން ވާހަކަ ދައްކަމުން އެތަނުން ނުކުތެވެ.
***
ހޮސްޕިޓަލްގައި އަލާރާ، ތިން ދުވަސްވާންދެން އެނދުމަތި ކުރެވިފައި ބޭއްވުނެވެ. އަލާރާގެ ހާލަތު މަޑުމަޑުން ރަނގަޅުވެގެން އައި ނަމަވެސް ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން އެކަނި ހިނގާ އުޅެން ދައްޗެވެ. ފާއިތުވި ތިން ދުވަހު ހޮސްޕިޓަލްގައި އަލާރާއާއި އާއި އެކު ގިނަވަގުތު ހޭދަކުރީ ޒެވިއަލްއެވެ. އިރުއިރުކޮޅުން އަޒީޒް ދިޔަނަމަވެސް އަރްކާންވެސް ނެތް ދަނޑިވަޅެއް ކަމުން ވިޔަފާރީގެ ކަންތަކުގައި އަޒީޒްއަށް އުޅޭންޖެހުމުގެ ނަތީޖާއަކަށްވީ އަޒީޒްއަށް ވެސް އަލާރާގާތު ހުރެވޭ ވަގުތު މަދުވުމެވެ. ދޭތެރެއަކުން ދިނާޔާ އާދެއެވެ. އަޒީޒް އާއި ދިނާޔާގެ އާއިލާގެ މީހުން ވެސް ދޭތެރެއަކުން އަލާރާ އާއި އީވާއަށް ޒިޔާރަތް ކުރެއެވެ. އޭގެން މީހަކު ކައިރިގައިވެސް އީވާ ހުންނަން އެއްބަހެއް ނުވެއެވެ. އީވާގެ ހާލަތު ގޯސްކަމުން ދިނާޔާއަށް ދެތަނަށް ދިޔުންވީ ނުހަނު އުނދަގޫ ކަމަކަށެވެ. އެދުވަހަށްފަހު އެންމެ މިނެޓްއަކަށް ވެސް އީވާ އެކަނި ހުންނަން ބިރުގަނެއެވެ. އީވާއަށް ވަނީ ނަފްސާނީ ގޮތުން ނުހަނު ބޮޑަށް އަސަރުކޮށްފައެވެ.
އަލާރާއާއި ޒެވިއަލްގެ އެކުވެރިކަން ކުރިއަށް ވުރެން ވަނީ ގާތްވެފައެވެ. އެދެމެދުގައި ދެކެވޭ ވާހަކަތައް ގިނައެވެ. އެތައް ކަމެއް ހިއްސާކުރެވެއެވެ. ގިނައިން ވާހަކަ ދައްކަނީ އަލާރާއެވެ. އަލާރާ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ފޫހިކަމެއްނެތި ޒެވިއަލް އަބަދުވެސް އަޑުއަހަން އިނދެއެވެ.
ޒެވިއަލް މިއަދުވެސް އިނީ އަލާޜާގެ ގާތުގައެވެ. އޭރު ހުއްޓުމެއްނެތި އަލާރާ ދައްކަމުން ދިޔައީ ސުކޫލް ދުވަސްވަރު ދިމާވި މަޖާވާހަކައެކެވެ. އަލާރާ ވާހަކަ ދައްކަން އިންނަ ވަގުތު އެ ރީތި މޫނަށް ޒެވިއަލްއަށް ބަލަން އިނދެވުނެވެ. އަލާރާ ހީލާ އިރު މޫނަށް ވެރިވާ ކުލަވަރުން ޒެވިއަލްގެ ތުންފަތައް ވެސް ހިނިތުންވުމެއް ވެރިވެއެވެ.
“ދެން އެދުވަހު އަލާ ދިޔައީ ބޭރަށް މިބުނާ ބޯއީ އާއެކު.ދެން އެތަނަށް ޝަވަން..އަ..އައީ”އަލާރާ ދައްކަމުންދިޔަ ވާހަކައިގެން ތެރެއިން ޝަވަންގެ ނަން ބުނެވުނު ހިނދު ހުއްޓެމެއް އައެވެ. ޝަވަން ދެކެ ފޫހިވާން މަސައްކަތް ކުރި ނަމަވެސް އަދިވެސް ޝަވަންދެކެ އޭނާއަށް ވެވޭ ލޯބި ފަނޑެއް ނުވެއެވެ. އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ ހިތްވަރު ކުރިނަމަވެސް އަދިވެސް ހިތުގައި އެހާ ވޭން އަޅާއެވެ.
އަލާޜާއަށް ވެފައި އިންގޮތުން ޒެވިއަލްއަށް ތުންފަތް ހަފާލެވުނެވެ. ޝަވަންގެ ނަން އެ ދުލުން ބޭރު ކުރާތާ ދެވަނަ ސިކުންތު އަބަދުވެސް އަލާރާ އަށް އިންނަނީ އެކަހަލަ ގޮތެއް ވެފައެވެ.
“މްމްމް..ކުރީ ދެ ރޭ ވާރޭ ވެހެފަ މިރޭ އެބައޮތް ވަރަށް ރީތި މޫން އެއް ދައްކާލާފަ…އެނގޭތަ މޫން ފެންނަ ކޮންމެ ފަހަރަކު އަހަރެން ވަރަށް ކުރާކަމެއް ބޭރަށް ނުކުމެ ހުރުން..ބޭނުންތަ ބޭރަށް ނުކުމެލަން..އައި މީން ޖަސްޓް ފީލް ދަ ހެޕިނަސް..” ޒެވިއަލް ބުނެލުމާއި އެކު އަލާރާ ވަގުތުން ބޯ ޖަހައިލިއެވެ. ޒެވިއަލް އުފާވެރި ހިނިތުންވުމެއްގައި ހުރެ ބޯ އަލާރާ ބޭރަށް ނެރުމަށް ގެންގުޅޭ ވީލްޗެއާރ ހިފައިގެން އައެވެ. މަޑުމަޑުން އަލާރާ ގޮނޑީގައި ބޭންދުމަށްފަހު ޒެވިއަލް ބޭރަށް ނުކުތެވެ. ގޮނޑ ދުއްވަމުން އައިސް މަޑުކޮށްލީ އީސްޓަން ބަޑް ގަސްތަކުގެ ތެރޭގައިވާ ބެންޗްގައެވެ. ފަޒާގައި ދިއްލާލެވިފައިވާ ފުރިހަމަ ހަނދާއި ބަގީޗާގެ ތެރޭގައިވާ ގާޑެން ލައިޓްތަކުން މާހައުލް ވަނީ ހުޅުދާންވެފައެވެ. ބަގީޗާގައި ހައްދާފައިވާ މާމެލާލިން މާހައުލުގެ ވަސްވެސް ރަނގަޅެވެ.
“ވާއު ދިސް ސްމެލް..އާހް އެކަމަކު ލޮލަށް ނުފެންނަ އިރު ކިހިނެތް މޫން-” ، “ކަމޯން..ސޮފްޓް ކެއާރސް އޮފް ދި މޫން، ފެލްޓް ނޮޓް ބައި ސައިޓް، ބަޓް ބައި ދި ސޯލް…ޖަސްޓް ޓޭކް އަ ޑީޕް ބްރީތް އެންޑް ފީލް އިޓް” އަލާރާގެ ލޮލުގައި އަތް ލަމުން ލައްޕާލަ ދިނުމަށްފަހު ޒެވިއަލް އަތް ދުރުކޮށްލަމުން އަލާރާގެ މޫނަށް ބަލައިލިއެވެ. އިރުކޮޅެއް ނުވެ އެ މޫނުމަތިން ފެނިލީ ލުއި ހިނިތުންވުމެކެވެ. އެ މަންޒަރު ފެނި ޒެވިއަލްއަށް ދޫކޮށްލެވުނީ ހިތްހަމަ ޖެހުމުގެ ނޭވާއެކެވެ.
“އައިޒް ޝަޓް، ހާރޓް އަވޭކް…ފީލިންގް ދި މޫންސް ސައިލެންޓް ސެރެނޭޑް”އަލާޜާގެ ޖުމްލައިން ޒެވިއަލްއަށް ހީލެވުނެވެ. އެ ހީލުމުގައި އިނދެ މަޑުން މަޑުން “ހޫމް” އޭ ބުނެލިއެވެ.
“ގުޑް ގާލް…އެތެރެއަށް ވަންނަން ބޭނުން ވީމަ ބުނައްޗޭ..ޔޫ ނޯ ވަޓް ގޯސްޓް ވެސް އުޅޭނެ ” ޒެވިއަލްގެ ސަމާސާގެ ރާގެއްގައި ބުނެލިއެވެ.
” ޒެވް އިނިއްޔާ އަހަރެން ކޮންކަމަކާއި ތަ ޙާސް ވާންވީ..ގޯސްޓް ވެސް އަޔަދީ..” މަޖާވެލާފައި އަލާރާ އިން އިރު ދޭތެރެއަކުން ހީލައެވެ.
” މަންމަމެން ނާންނާނެ ކަންނޭގެ ދޯ އަވަހަކަށް..” ޒެވިއަލް އަހައިލުމާއި އެކު އަލާރާ ބޯޖަހައިލިއެވެ. ރޭގަނޑަކީ ޒެވިއަލްއަށް އަލާރާގެ ގާތުގައި މަޑުކުރަން ޖެހޭ ވަގުތަކަށް ނުވި ނަމަވެސް މިރޭ ދިނާޔާ ވީ އީވާ ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ގޮސްފައި ކަމުން މަޑުކުރަން ޖެހުނީއެވެ. އަޒީޒްވެސް ވީ ބޭރުގެ ކުންފުންޏަކާއި އޮތް ބައްދަލް ވުމަކަށް ކައިރި ރިޒޯޓަކަށް ގޮހެވެ.
ދެމީހުން އެތައް އިރެއް ވަންދެން ތިބެފައި އެނބުރި ގެޔަށް ވަނީ އަޒީޒްވެސް ދިޔަ ބައްދަލްވުމުން ނިމިގެން އެނބުރި ގެއަށް އައިސް ޒެވިއަލްގެ ފޯނަށް ގުޅުމުންނެވެ.
***
އަލާރާ އާއި ޒެވިއަލް އެކު އެކީގައި ގެޔަށް ވައިން މަންޒަރު ބަލަން ހުރި ޝަވަންގެ މޫނުމަތީގައި ވީ ރުޅިވެރިކަމެވެ. އޭނާ އެތަނުގައި އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުންނަތާ ފުދޭވަރަކަށް އިރުވެއްޖެއެވެ. ޒެވިއަލް އަލާރާއަށް ބަލަހައްޓާއިގެން ހުންނަ ގޮތުން ޝަވަންގެ ހިތުގައި ނަފްރަތު އުފެދިގެން ދިޔައީ އިންތިހާއަށެވެ. “މީ ދޯ މީނަ މަށައް ބޮޑު ޝަރުތެއް ހުށައެޅި ސަބަބަކީ” ޝަވަންގެ މޫނުމަތިން ރުޅިއާއި އެއްވަރަށް ފޫހިކަންވެސް ދިޔައީ ފެންނަމުންނެވެ. އެގެޔަށް ވަންނަން ނުހަދާ އޭނާ މިސްރާބުޖެހީ އެގެއިން ބޭރަށް ނުކުތުމަށެވެ.
***
(ނުނިމޭ)