ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 03

ޒެވިއަލް ކޮޓަރިތެރޭގައި އުޅެފައި ނުކުތީ އަސްރު ނަމާދަށް މިސްކިތައް ދިޔުމަށެވެ. ޒެވިއަލް ސިޓިންގްރޫމު ހުރަސްކުރިއިރު ސޯފާގައި ފޯނު އަތައް ލައިގެން ހުއްޓުން އަރާފައި އިން ލިއާނާ ފެނި އެދިމާލަށް ދެވުނެވެ.

“ލިޔާ ކިހިނެތް ވީ..” ، “ކިހިނެތް ނުވަނީ” ޒެވިއަލް އަހައިލި ހިނދު ލިއާނާ ބުނެލައިފިއެވެ. އެއިންގޮތައް އިނދެ ދާދި ދެންމެ އަކު އަޒީޒް ގުޅާފައި ދެއްކި ވާހަކަ ކިޔައިދިނެވެ. އޭރު ޒެވިއަލް ހައިރާން ވެގެން ކީކޭހޭ އަހައިލައެވެ.

ލިއާނާގެ މޫނުމަތިން ފެނުން ނުރުހުން ފެނި ޒެވިއަލްގާތައް ހިނިއަންނަން އުޅުނެވެ.

“ދޮންބެ ހީކޮށްގެން މިހުރީ ލިއާ އެމީހުންދެކެ ރުޅި އަންނަ ކަމަށް..ހާއްސަ ކޮން އަރްކާން އާއި އަޒީޒް ދެކެ..” ޒެވިއަލްއަށް ނުހިފެހެއްޓިގެން ހޭންފެށުނެވެ.

“އާންން ހީވޭތަ ދާނެހެން ބޭނުންވެގެން..މިބުނީއެއްނު ބަހަނާ ވެސް ދެއްކީމޭ..އެކަމަކު ކުއްލިޔަކަށް ހަނދާންވީ ހަމަ ބައްޕަ މަތިން..ބައްޕަ އަބަދުވެސް ބުނެއޭނު އަޒީޒްބެގެ އާއިލާއާއި ގުޅުން ކަނޑާނުލާ ގުޅިގެން އުޅޭށޭ.. އަނެއްކޮޅުން ރަމް ދައްތަ އާއި ޝާފީބެ ކިތަންމެ ހެވަސް އަޒީޒްއާއި ނުޖެހި ހިޔެއްނުވޭ އުޅެވިދާނެހެނެއް.. ރައި މެންގެއަށް ވެސް ދެވުނީ އެމީހުންނަކީ އަޒީޒްބެގެ ރައްޓިހިންވީމަ..ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް އަޒީޒްބޭ ތާ ދޮންބެ ޖަލުން ނެރުނީ..އޭނަ ނުނެރުން ނަމަ އަހަންނަށް ދޮންބެ ދިހަ އަހަރަށް ގެއްލުނީސް.. އެއިހްސާންތެރިކަމުގެ އަގު އަދާކުރެވޭނީ މިފަދަ ގޮތަކަށް..އޭޒް ޔޫ ނޯ އަރްކާން ގަނޑު ދެކެ ވަރަށް ފޫހިވޭ.. އޭނާގެ ސަބަބުން ނެއްނު ދޮންބެ ޖަލަށް ލެވުނީ..އެހެންވެ ފޫހިވާނެތާ ..އެހުންނަ އެރޮގެންޓް ޕްލަސް ނުލަފާ ކަމަކުން އައި ހޭޓް ހިމް އަލޮޓް.. ކާންޓް ބިލީވް އަދިވެސް، އަރްކާން އާއި ދޮންބެ ބެސްޓްފްރެންޑްސް އިންނަށް ވެފަ ތިބެ އޭނަ  ދޮންބެއަށް އެފަދަ ލަނޑެއް ދިނީމަ..ދެން އީވާ އެނގޭ.. ވީ އާރ ސޭމް އޭޖް..އެގެއަށް ދެވުނު ހަތަރު ފަހަރު ވެސް ވަރަށް ފްރެންޑްލީ ކޮން އީވާ ވާހަކަ ދެއްކި..އެކަމަކު އަލާރާ ނޭނގޭ..އަހަންނަށްވުރެ އަލާރާ ބޮޑުވާނެ އޯ ދެއަހަރު… ދޮންބެ އަށް އެނގޭތަ އަލާރާ..އަލާރާއޭ އެއުޅެނީ އެކްސިޑެންޓް ވެގެން” ވިސްނަން ހުރެފައި ލިއާނާ އަހައިލިއެވެ. “އަލާރާ” އެހިނދު ޒެވިއަލްއަށް މަޑުމަޑުން އަލާރާގެ ނަން ކިޔައިލެވުނެވެ.

“އަރްކާން އާއި އެކު އުޅުނު ދުވަސްވަރު އޭނާގެ ފަރާތުން އިވޭ ކޮންމެވެސް ވަރަކަށް އަލާރާ އެއްގެ ނަން.. އޭރު ވަރަށް ގިނައިން ދަން އެކަމަކު ދުވަހަކުވެސް ނުއެއް ދެކެން..އީވް ފެންނަނީ އޭރުވެސް..” ޒެވިއަލް ވިސްނަން އިނދެފައި ޖަވާބުދިނެވެ.

***

އިރުކޮޅެއް ކުރިން ކަޔާން ގުޅާފައި ބައްދަލްކޮށްލަން އަންނަ ވާހަކަ ބުނުމުން މިސްކިތުން ނުކުމެފައި ،ޒެވިއަލް އެންމެ ފުރަތަމަ ވެސް ގުޅައިލީ ކަޔާންގެ ނަމްބަރަށެވެ. ފޯނު ރިންގަވަމުން ދާތާ އިރުކޮޅެއް ވީ އިރު ވެސް ކަޔާން ފޯނު ނުނެގުމުން ޒެވިއަލް މިސްކިތުގެ ފާރު ބޭރުގައި އެއްފަރާތަކަށް ޥާހެން މަޑުކޮށްލިއެވެ. އިންތިޒާރުގައި މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ޕްރިޒަން ޔުނީފޯމުގައި ހުރި ކަޔާން ސައިކަލުގައި އައިސް އެތަނަށް މަޑުކޮށްލިއެވެ.

“ވަރަށް ލަސް ވެއްޖެ ދޯ.. އަސްލު ވީ ގޮތަކީ ނުކުންނަނިކޮން ކުޑަކަމެއް ޖެހުނީ” ކަޔާން އެންމެ ފުރަތަމަ ވެސް ލަސްވުމުން މާފަށް އެދުނެވެ.

“ނޫނޭ މާގިނަ އިރެއް ނުވޭ..” ޒެވިއަލް، ކަޔާންގެ ސައިކަލް ފަހަތައް އެރުމަށްފަހު އަވަހަށް ދުއްވާލުމަށް އެދުނެވެ. މަގުން ހިނގާ ޒުވާން އަންހެނުންގެ ނަޒަރު އަމާޒުވަމުންދާތީ ޒެވިއަލްގެ މޫނުމަތިން ފާޑެއްގެ ފޫހިކަމެއް ފެނިގެން ދެއެވެ.

“ބްރޯ ހޭންޑްސަމް ކަމުންނޭ އެބަލަނީ..”ޒެވިއަލްއަށް ވެގެން ދިޔަގޮތުން ކަޔާން ހޭންފެށިއެވެ. އޭނާގެ ހުނުމުގައި ޒެވިއަލްވެސް ބައިވެރިވިއެވެ. ދެމީހުން ސައިކަލުގައި ގޮސް މަޑުކޮށްލީ “ކްރަމްބްލް” ރެސްޓޯރެންޓްގެ ކުރިމައްޗަށެވެ. ރޫފްޓޮޕް ތަނަކަށް ވުމުން އެތާގައި ތިބޭއިރު ދުރުދުރަށް ދާންދެން ލޮނުޒިޔާރާތް ޕާކާއި ބްރިޖް ފެންނަމުން ދިޔައެވެ. ދެމީހުން އިށީންދެ ތިބީ ހާމައަށް އޮތް ހިސާބެއްގައި ކަމަށް ވުމުން ޖެހެމުންދިޔަ ލުއިލުއި ތާޒާ ވައިރޯޅިތަކުގެ އަސަރު ހުރަހެއް ނެތި އެމީހުންނަށް ކުރަމުންދިޔައެވެ.

“އަހަރުމެން ދެމީހުން ވާހަކަ ދައްކާ ހެދިޔަސް އަދިވެސް ޒެވް އުޅޭތަނެއް ވެސް އަހަންނަކަށް ނޭނގޭ..ސޯ ޓެލް މީ އެބައުޓް ޔުއާ ސެލްފް ޒެވް..” ވެއިޓަރު އައުމުން ކޮފީއަށް އޯޑަރު ދިނުމަށްފަހު ކަޔާން އަހައިލިއެވެ.

ހަޔާތުގައި ކުރިމަތިވި ކަންތައްގަނޑަށް ފަހު އެއްވެސް މީހެއްގެ އެކުވެރިކަން ބަލައި ނުގަންނަން ޒެވިއަލް ހުއްޓާ ކަޔާން އޭނާއާއި ވާހަކަ ދައްކަން މަސައްކަތް ފެށީ ޖަލަށް ގެންދިޔަތާ ދެވަނައަށް ވީހަފްތާގައެވެ. އެއީ ކަޔާންވެސް ވަޒީފާއަށް އަލަށް ނުކުން ދުވަސްކޮޅެވެ. އޭނާ އެހެންމީހުންނާއި އެކަހެރިވެގެން ވަކިން އިންނާތީ އެ މަންޒަރު ފެނި ކަޔާން އައިސް ވާހަކަ ދައްކަން ކިތަންމެ އިރަކުވެސް ހުރެފާނެއެވެ. ނަމަވެސް ޒެވިއަލް އޭރު އަޅާވެސް ނުލާނެއެވެ. އެގޮތުގައި އަހަރެއް ފާއިތުވެގެން ދިޔަ އިރު މަޑުމަޑުން ޒެވިއަލްއާއި ކަޔާންގެ ގުޅުން ބަދަހިވަމުން ގޮސް ގާތް އެކުވެރިންނަށް ވިއެވެ. ނަމަވެސް މާޒީގެ ހިތިކަން ކަރުބުޑުގައި ހިއްޕާލައިފާ ވާލެއް ގަދަކަމުން އެކަކަށް ވެސް އިތުބާރުކުރުމަކީ ޒެވިއަލްއަށް ނުހަނު އުނދަގޫކަމެކެވެ. ހާއްސަކޮން އެކުވެރިންނަށް އިތުބާރުކުރުމަކީ އޭނާއަށް  ކުރަން އެންމެ އުނދަގޫކަންތަކެވެ. ކަޔާންގެ އަމިއްލަ  ދިރިއުޅުމުން ފެށިގެން އާއިލާގެ ވާހަކަތައް ވެސް ޒެވިއަލްއަށް ކިޔައިދީފައި ވާއިރު ޒެވިއަލްއާއި ބެހޭގޮތުން ކަޔާން އަށް އިނގެނީ އަތުން ގުނާލެވޭހާ މަދު ކަންކަމެވެ.

ކަޔާންގެ ސުވާލުން ޒެވިއަލް ދޫކޮށްލެވުނީ ފިނިނޭވާއެކެވެ. ކަޔާން އެހާ އުންމީދާއި އެކު އެހުމުން  ފުރަތަމަ ފަހަރަށް ކުރުގޮތަކަށް އަމިއްލަ ހާލަތު ކިޔައިދިނެވެ. ލިއާނާގެ ވާހަކަ އާއި މަންމައާއި ބައްޕަ ނިޔާވި ވާހަކަ ވެސް ފުރަތަމަ ފަހަރަށް މީހަކުގާތު އޭނާ ބުނީ މިއަދުއެވެ.

“އޯހްހް..އަމް ސޯ ސޮރީ ..މިހާރު ކޮބާ ތަ އެމީހުން.. ދޫކޮށްލާފަ ތިބީތަ” ޒެވިއަލްގެ މައިންބަފައިންނަށް ދިމާވި ހާދިސާ އެނގުމުން ކަޔާން ދެރަވިއެވެ.  އެސުވާލް ކުރެވުމުން މާފަށް ވެސް އެދުނެވެ.

“ނޫނޭ..މަންމައާއި ބައްޕަ މަރާލި ދުވަހު އެމީހުން ހައްޔަރު ކޮށްފި..އޭރުން ސުރެން އުމުރު ދުވަހުގެ ޖަލު ހުކުމެއްގަ އެތިބެނީ..އެނގޭތަ އާބަން ގްރިޑް..އެ ކޮމްޕެނީގެ އޯނާ އަޒީޒް އަކީ އަހަރެންގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ..އަޒީޒްގެ ނުފޫޒުން އެމީހުން ހައްޔަރު ކުރި…”ޒެވިއަލް ބުނެދިނެވެ. އެހިނދު ކަޔާންގެ މޫނުމަތިން ފެނިގެންދިޔައީ ހައިރާންކަމެވެ.

“ވަޓް..އާބަން ގްރިޑް އޭ..އާބަން ގްރިޑް އާއި އަޒީޒްގެ ނަން ބުނީމަ ނޭނގޭނީ ކާކަށް..އަލްހަމްދުލިއްލާހް އެކަހަލަ ނަން ހިނގާ މީހެއްގެ އެހީވެސް ލިބުނުކަން ދޯ..ތިހެން ބުނީމަ މިހަނދާން ވީ..އަހަރެން އަޑުއެހިން އަޒީޒްގެ ދޮށީ އަންހެންދަރި ވަރަށް ބޮޑު އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކަ.. ހުރިހާ ނޫހެއްގަ ވެސް އެވާހަކަ.. ކިހިނެތްތަ އެ މަންޖެ މިހާރު” ކުއްލިޔަކަށް ހަނދާން ވެގެން ކަޔާން އަހައިލިއެވެ.

“ނޭނގެ އެ ކާކު ކަމެއް…ކުރިން ވަރަށް ގިނައިން ދަން އެގެޔަށް.. އެގޭ އެންމެނާ ދިމާވެފަ ހުރީ އެކަމަކު ދުވަހަކުވެސް އެބުނާ ކުއްޖަކު ނުދެކެން..” ، “އޭންން..ޒެވް އަށް ހަމަ ނުފެނޭތަ..އޭނާ އެއީ މަޝްހޫރު މޮޑެލް އެއްނު…ވަރަށް ރީތި ކުއްޖެއް އެއީ…” ކަޔާން ޒާތަކަށް ހީލައިގެން އިނދެ ބުނެލިއެވެ. އޭނާގެ އެ އަމަލުން ޒެވިއަލް އެއްބުމަ ހިއްލާލިއެވެ.

“ހާދަ މައުލޫމާތު ވެސް މުއްސަންޖޭ ޔާން…މޮޑެލް އޭ..އަހަންނަށް އެނގޭނީވެސް ކިހިނެތް.. ޖެއިލްގަ ފަސް އަހަރުވަންދެން އުޅެފަ އައިސް ދެދުވަސް މިވީ ހެހެ.. އެހެންނޫނަސް އަހަންނަކަށް ނޭނގޭނެ އެކަހަލަ ކަންކަމުގަ އުޅޭ މީހުންނެއް..ފިލްމު އެއްޗިސް ބަލާ ޓީވީ ބަލައެއް ނޫޅެން..އޮންލައިން ހަބަރުތައް ބަލަން ވެސް ގިނަފަހަރު ހަނދާން ނެތިފަ ހުންނަނީ” ޖަލުން ނުކުންތާ މިވީ ދެދުވަސްތެރޭގަ އެންމެ ގިނައިން އިވުނު  ނަމަކަށް އެ އަންހެންކުއްޖާގެ ނަން ވެއްޖެއެވެ. ޒެވިއަލްގެ ހިތުގައި އުފެދުނު ކުއްލި ޝައުގުވެރިކަމެއްގެ ސަބަބުން ކަޔާން ގާތު ސުވާލް ކުރިއެވެ.

“ހެހެހެ..އަސްލު ވާގޮތަކީ އެ ކުއްޖާއަކީ އަޒީޒްގެ ދަރިއަކަށް ވީމަ އެހާ މަޝްހޫރީ..ބިލިއަނާރ އެއްގެ އާއިލާއަށް މީޑިޔާގެ ކަޅިވެސް ހުއްޓޭނެ އެންނު…އަލާރާ ދޯ ކިޔަނީ..އޭނަ މޮޑެލް ކުރަމުން އަޒީޒްގެ އޮފީހުގަ ވެސް ވޯކް ކުރެޔޯ މަތީ މަގާމެއްގެ..ވަރަށް މޮޅަށް ކިޔަވައިގެންނޯ ހުރީ..އޭނާ އެކްސިޑޭންޓް ވީ އަޒީޒްގެ ބިޒްނަސް ޕާޓްނާ ހަމްދީގެ ފިރިހެން ދަރިފުޅާ ކައިވެނިކުރަން ތައްޔާރުވެފައި ވަނިކޮން..އެމީހުންގެ ކައިވެނީގެ ވާހަކަ ވަރަށް ގަދަޔަށް  ދެކެވެނިކޮން އިވުނީ އަލާރާގެ އެކްސިޑެންޓްގެ ވާހަކަ…މިހާރު މުޅި މީސްމީޑިޔާގަ އެވާހަކަ.” ކަޔާން ހިފާލައިގެން އިން ކޮފީ ޖޯޑުން ކޯވަރެއް ދަމާލަމުން ކިޔައިދިނެވެ.

“އޯހް”  ޒެވިއަލްއަށް ލައްވާލެވުނެވެ. އެގޮތުގައި ދެމީހުންނަށް ތަފާތު ވާހަކައިގާ ތިބެފައި ގެޔަށް ދިޔުމަށް ނުކުމެވުން އިރު މަގްރިބް ނަމާދަށް ގޮވަން އުޅެއެވެ.

****

ހެނދުނުގެ ހަލަބޮލިވަގުތު  މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ދުއްވާފައި އައި ކަޅުކުލައިގެ “އެސްޓަން މާރޓިން”ގެ ކާރު މަޑުކޮށްލީ “އާބަން ގްރިޑް” ކުންފުނީގެ މައި އިމާރާތުގެ ކުރިމައްޗަށެވެ. ފަނާރަ ފަންގިފިލާ އެކުލެވޭހެން ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތެކެވެ. އިމާރާތުގެ ބޭރަށް ބަލާލިޔަސް އެކުންފުނީގެ ހައިބަތު ފެނިގެންދެއެވެ. އިމާރާތަށް ވަންނަން ދާއިރު ދެފާރަތައް ވާހެން ފެންއަރުވާ ވަޑާމެއް ވެއެވެ. ޒައިތޫނި ގަސްތަކުގެ ބަގީޗާއެއް އިމާރާތުގެ ފުރަގަހަށް ވާހެން ހުރި އިރު އެތަނުގައި ބެންޗް ޖަޙާފައިވެއެވެ. އެތާގައި ތިބޭއިރު ހާމައަށް އޮތް ރަސްފަންނު ފެނެއެވެ.

އިމާރާތުގެ މައި ދޮރުގެ ކައިރިޔަށް ހުއްޓުނު ކާރު މަޑުކޮށްލުމާއިއެކު، ތަނުގެ ސެކިއުރިޓީ އޮފިސަރަކު ދޮރުފަތް ހުޅުވާލަ ދިނުމުން އެތެރޭގައި އިން އަރްކާން ނުކުމަތެވެ. ކަޅުކުލައިގެ ޓްރައުޒާ އަދި މަޑުފެހިކުލައިގެ ގަމީސް ބެގީ ކޮށްފައި ހުރިއިރު އޭނާފެންނަލެއް ފުރިހަމަވެފައި ޝަހުސިއްޔަތު ވަރުގަދައެވެ. އޮފީހަށް ވަދެ ނުކުމެ ހަދާ އެންމެންގެ ނަޒަރު އޭނާއަށް އަމާޒުވަމުން ދާތީ ފޫހިވައްތަރެއް އަނގަޔަށް ޖައްސާލައިގެން ހުރެ އަތުގައި އޮތް ކަޅުކުލައިގެ “ރޭބަން” އަވިއައިނުން އެ ތޫނުފިލި ދެލޯ ފޮރުވާލަމުން އަޅާފައިވާ ކަޅުކުލައިގެ ހިމަ ދިގު ޓައީ ރަނގަޅު ކޮށްލިއެވެ. އިމާރާތުގެ ތެރެއަށް ވަދެވެން އިންނަ  އެންޓްރެސްގައި ހުރި ސިޑީގެ ކުދި ހަރުފައްތައް ގިރާކޮށްލި އަރްކާންގެ ފަހަތައް ހުއްޓުނު ޝުހާދު ވެސް އަވަސް ފިޔަވަޅުތަކެއްގައި އައެވެ.

“ޝާރ..މިއަދު ދޭއްޖަހާއިރަށް ޝެޑިއުލް ކުރެވުނު އަޒީޒް ސާރގެ ބިޒްނަސް ޕާޓްނާރ ހަމްދީ ސާރ އާއި އެކު އޮންނަ ބައްދަލުވުން މާދަމާއަށް ރީޝެޑިއުލް ކުރުމަށް އެކޮޅުން އެބަ އެދޭ..ކިހިނެތްތޯ ހައްދަވަން ވީ..” ޖެހިލުންވެފައި ޝުހާދު އަހައިލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ލިފްޓާއި ނުހަނު ގާތުގައެވެ.

“އެމީހުންގެ ކަމެއް އައުމާއި ނައުން..ބައްޕަގެ ސެކްރެޓަރީ އަށް ވިޔަސް ސުހާދުއަށް ވެސް އެނގެންވާނެ ދޯ މަ ނިންމާފަ އޮންނަ ކަމެއް ބަދަލެއް ނުކުރާނެކަން..ބުނޭ މަ ބުންޏޭ ނައުމަކީ އެމީހުންގެ ކަމޭ..ނައިސްފިއްޔާ މަ ބޭނުން އެއްޗެއްގައި ސޮއިކޮށްފަ ފޮނުވާނަމޭ” އަރްކާންގެ ޖަވާބަކަށް ވީ އެއެވެ. އެވަގުތު ލިފްޓްވެސް އައުމާއި އެކު އިތުރަށް އެއްޗެއް ނުބުނެ އޭނާ ލިފްޓަށް އަރައިގެން ދިޔައެވެ. އަރްކާންގެ ޖަވާބު އިވިފައި ޝުހާދުއަށް ތުންފިއްތާލެވުނެވެ. އޭރު އެތަނަށް ހުއްޓުނު އޮފީހުގެ ތަންކޮޅެއް ދުވަސްވީ މުއައްޒަފެއް ކަމަށް ވާ މުހުސިންއަށް  އަރްކާންގެ ޖުމްލަތައް އިވި ހުރީ ހިނއަންނަގޮތްވެފައެވެ.

“ސީރިއަސްލީ..މަ ހިތައް އަރާ ހަތަރު އަހަރުވަންދެން މި މީހުންނާއި އެއްކޮން މަ މި ކެތް ކުރީ ކިހިނެތްބާއޭ” ޝުހާދު ދަތްތައް ޖައްސާ ބާރުކޮށްލައިގެން ހުރެ ކުދި ކިޔައިލިއެވެ.

“ކޮއްކޯ ހިތްވަރުކޮށްލާ..ފަހުން ރަނގަޅުވާނެ” ދެކޮނޑު އެލުވާލައިގެން ހުރި ސުހާދުގެ ކޮނޑުގައި ޖަހާލަމުން ޖެހިގެން އިން ލިފްޓް އައުމުން މުހުސިން ހެމުންހެމުން ދިޔައެވެ.

“އާބަން ގްރިޑް” ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިޜާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެ ކުންފުނީގެ ކޮންސްޓްރަކްޝާން މަސައްކަތްތައް ފުޅާ ދާއިރާއެއްގައި އަންނަނީ ހިންގެމުންނެވެ. “އާބަން ގްރިޑް”ގެ އިމާރާތްތައް ފުރިހަމަ ކަމުން އާންމުންގެ މެދުގައި ނުހަނު މަގުބޫލެވެ. އެކުންފުނީގެ ވެރިޔާ މުހައްމަދު އަޒީޒްގެ ނަމަކީ ފަނޑުނަމެއްނޫނެވެ. ދުނިޔޭގެ ބިލިޔަރުންގެ ތެރޭގައި އޭނާ ހިމެނުމުގެ ނަތީޖާއަކަށްވީ އެއާއިލާގެ ކޮންމެ ކަމަކަށް އަބަދުވެސް މީޑިޔާގެ ނަޒަރު ހުއްޓިފައިވާކަމެވެ.

****

“ހޫމްމް..އަދި މިއޮތީ ވާ ދުވަހެއް..އެ ހަންޑި ބެއްޔާ ނޭނގޭ ފެންނައިރަށް މަ ކައި ނުލާނެ ކަމެއް ވެސް..” ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރަނގަޅުކޮށްލަމުން ލިއާނާ އާބަން ގްރިޑްގެ އެތެރެއަށް ވަންނަން ދިޔައެވެ. މަޑު ފިޔާތޮށިކުލައިގެ ގަމީސްކޮޅާއި ހުދު ކުލައިގެ ޖިންސުގައި އޭނާ ފެންނަލެއް ނުހަނު ރީއްޗެވެ. އެއްވެސް މޭކަޕެއް ނެތް ނަމަ ވެސް ތުންފަތުގައި ހާކާލާފައި ވާ މަޑުފިޔާތޮށި ކުލައަކުން އެ ދޮންމޫނަށް ދިރުމެއް ގެނެސްދީފައިވާ ފަދައެވެ. މިނިވަންކަމާއިއެކު ދޫކޮށްލާފައިވާ ކޮނޑާއި ހަމަޔަށް އޮތް އިސްތަށިކޮޅުގައި އަތް ހާކަލަމުން ލިއާނާ ފުރަތަމަ ވެސް ގޮސް ހުއްޓުނީ ރިސެޕްޝަންގެ ކައިރީގައެވެ. ލިޔާނާ ފެނުމާއި އެކުހެން ހިނިތުންވެލަމުން ރިސެޕްޝަނިސްޓް އިޝްވާ، ލިޔާނާގެ ބޭނުން އަހާ އޮޅުން ފިލުވިއެވެ. ލިޔާނާ އޭނާގެ ބޭނުން ބުނުމުން ރިސެޕްޝަންގެ ކުރިމަތީގައިވާ ވެއިޓިންގް އޭރިޔާ ދެއްކުމަށްފަހު މަޑުކޮށްލުމަށް ބުނެ މޭޒުމަތީގައި އިން ކޯޑްލެސް ފޯނު ނަގައި އިޝްވާ ކަންފަތުގައި ޖަހާލިއެވެ. ލިއާނާވެސް ބޯޖަހައިލަމުން ގޮސް އެތަނުން ސޯފާއެއްގައި އިށީންނެވެ. މާގިނައިރު އެގޮތުގައި އިންނާކަށް ނުޖެހުނެވެ.

“ލިއާނާ ތޯ” ޒުވާން ފިރިހެނެއް އޭނާގެ ގާތައް ހުއްޓި ހީލަމުން އަހައިލިއެވެ. ހިނިތުންވުމެއްގައި ހުރެފައި ލިޔާނާވެސް ބޯޖަހައިލިއެވެ.

“އޯކޭ..އަމް ޝުހާދު..އަޒީޒް ސާރ ގެ ސެކްރެޓަރީ..”ސުހާދު ސަލާމަށް އަތްދިއްކޮށްލުމުން ލިއާނާ ވެސް ސަލާމް ބަލައިގަތެވެ. ސުހާދު، އޭނާގެ ފަހަތުން އައުމަށް ބުނެ ހިނގައިގަތުމުން ލިޔާނާ ވެސް ހިނގައިގަތެވެ. އެންމެ ފުރަތަމަ ލިޔާނާ ގެންދިޔައީ ޝުހާދުގެ ކެބިންއަށެވެ. ތަނުގެ ގަވާއިދާއި ވަޒީފާގެ މަސްއޫލިއްޔަތު ޝުހާދު ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އޭނާގެ މިޒާޖު އޭނާއާއި އެކު ހޭދަވެގެންދިޔަ ގަޑި އިރެއްގެ ތެރޭގައި ލިޔާނާއަށް ދަސްވިއެވެ. ޝުހާދުގެ އެހުންނަ އެކުވެރިކަމާއި މަޖާ މިޒާޖުން އިރުކޮޅެއް ކުރިން ލިއާނާގަނެފައި ހުރި ބިރުވެސް ފިލައިގޮސް ހެއްވާލިއެވެ. ލިއާނާގެ ކިބައިގާ ހުންނަ އެކުވެރިކަމަކުން ކޮންމެ މީހަކާއިވެސް ނުހަނު ފަސޭހައިން އޭނާއަށްވެސް އެކުވެރިވެވެއެވެ.

“އަސްލު ބޮސް ގާތުގައި އަހަރެން އެދުނިން އަހަންނާއި އެކު ތަމްރީނަށް އެޓްލީސްޓް ވީކް އެއް ވަންދެން، އަންނަ ކުއްޖާ މަސައްކަތް ކުރަން ބަހައްޓުވަން..އަޒީޒް ސާރ ވެސް އެކަމަށް އެއްބަސްވެފަ ހުރީ އެކަމަކު ކުއްލިޔަކަށް ހުރިހާ ކަމެއް މިދިމާވީ ދޯ..އެހެން ވެ އެގޮތަކަށް ނުވި..އެކަމަކު ލިޔާނާއަށް ނޭނގޭ އެއްޗެއް ވިއްޔާ އެހޭނެ އެނގޭ..ކެން އައި ކޯލް ޔޫ ލިއާ..” ޝުހާދު ވާހަކަ ދައްކަމުން ގޮސް އަހައިލިއެވެ.

“ޔެސް އޮފް ކޯސް..އެންމެން ވެސް ކިޔާނީ އެހެން…ހެހެ..ވަޓް އެބައުޓް ދިސް އަރްކާން ގާއި” އަރްކާންގެ ނަން ލިއާނާ ބުނެލީ ނިކަން މަޑުމަޑުންނެވެ. އެވަގުތު ޝުހާދު ބިރުގަނެފައިވާ ޒާތަކަށް ހޭންފެށިއެވެ.

“އައި ޑޯންޓް ހޭވް އެނީތިންގް ޓް ޓެލް އެބައުޓް ހިމް..ޔޫ ވިލް ސީ ދެޓް … ބޮސް ފެނުމުގެ ކުރިން ލިއާ ބިރުން ފިލައިފިއްޔާ ދެން އަންނާނީ މަށާ ދިމާލަކަށްނު..” ޝުހާދު ތުންފިއްތާލަމުން ބުނެލިގޮތުން ލިއާނާ ވެސް ބިރުގަނެއްޖެއެވެ.

“އެނީވޭސް ސާރ ބުނުއްވި ވަން އަވާރ އެންޑް ތާރޓީ މިނެޓް ވަންދެން ކިޔާލަ ދޭށޭ…މިހާރު ނުވަގަޑި ބައިވަނީ.. ނައު އިޓްސް ޓައިމް ޓް ގޯ..ހިނގާ ގެންގޮސްދޭނަން..” ، “އޭނާއަށް އެނގޭނެތަ މަމީ ކާކު ކަން..” ޝުހާދުގެ ވާހަކަ ނިމުމުން ލިއާނާ އަހައިލިއެވެ.

“އޮފްކޯސް އަޒީޒް ސާރ ބުނެފަ އޮތީމަނު އޭނާ ވިއްޔަ އަހަރެން ކައިރީގަ ބުނީ ލިއާ އަންނާނެ ވާހަކަ އެންޑް އިންޓްރޯ ދޭން..” ،

“ހޭންންން..އަރްކާން އޭ..” ސުހާދު އެބުނެލި އެއްޗަކުން ލިއާނާ ރަނގަޅަށްވެސް ހައިރާން ވެއްޖެއެވެ. އޭނާ އަންނަކަން އެނގިހުރެ ވެސް އަޅާ ނުލާ ހުރުމުން ލިއާނާ ރަނގަޅަށް ވެސް ކޮސްވިއެވެ. އޭނާ ދެކެ އަރުކާން އަންނަ ރުޅި އޭނާއަށް އޮޅިފައެއް ނުވެއެވެ.

“ވެއިޓް..ލިއާއަށް ހާދަ ޗޭންޖެއް އެބާދޭ އަރްކާން ސާރ ގެ ނަން ބުނާއިރަށް.. ސާރ އާއި ލިޔާ ހިސްޓްރީއެއް އޮންނަނީތަ..އަ”  ،

“ނޫނޭ..ނޫނޭ.. އަހަރެންގެ ބައްޕަ އާއި އޭނާގެ ބައްޕަ ފްރެންޑް ވާނެ..ލައިކް އެއީ ބެސްޓީސް..އައި ޑޯންޓް ނޯ ހިމް ޕާސަނަލީ..އަޒީޒްބޭ ކައިރިން އަހަރެންގެ ނަން އެނގުނީ ކަމަށްވާނީ ” ސުޙާދުގެ ޖުމްލަ ނުނިމެނީސް ލިއާނާ އަވަހަކަށް ނޫނެކޭ ބުނެލައިފިއެވެ. އޭރު ލިފްޓް އައިސް ފަނަރަ ވަނަ ފްލޯއަށް ހުއްޓުނެވެ. ދެމީހުން އިތުރަށް މަޑުނުކޮށް ގޮސް ހުއްޓުނީ އަރްކާންގެ ކެބިންކުރިމަތީގައެވެ.

“ވެލް ކަމް ޓް ހެލް..އައި މީން ވެލް ކަމް..ވެލް ކަމް” އެހިސާބަށް އާދެވުނުއިރު ޖެހިލުންވެފައި ދެލޯ މަރާ ތަގުޅިކޮށްގެން ހުރި ލިއާނާއާއި ނުހަނު ބާރަށް ސަލާމް ކޮށްލުމަށްފަހު ޝުހާދު އަވަހަކަށް ގޮސްފިއެވެ.

ހިތްވަރުކޮށްފައި ލިޔާނާ ދޮރުގައި ޓަކި ޖަހައިލިއެވެ.

“ކަމް އިން” އެތެރެއިން އަރްކާންގެ އަޑުއިވުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ލިއާނާ އެތެރެއަށް ވަދެއްޖެއެވެ.

“ލިއާނާ” އެތެރެއަށް ވައިން ލިއާނާ ލައިލައި ހުރި ނޭވާ ތާށިވީ އަރްކާންގެ ހަރުކަށި އަޑުއިވިފައެވެ. އިސްއުފުލާ ބަލައިލި ހިނދު ލިއާނާއާއި ދިމާލަށް ކަޅި ހުއްޓާލައިގެން އިން އަރްކާން ފެނި ހިންދިރުވާލެވުނެވެ. ނަމަވެސް ފަސްއަހަރަށް ފަހު ދިމާވިއިރު އިރު އޭނާއަށް އައިސްފައި ހުރި ބަދަލްތައް ފެނި ލިއާނާގެ ހިތައް ގޮތެއް ވެލިއެވެ. ދެވަނަ ސިކުންތުގައި ދެފަރާތައް ބޯ ހޫރުވާލެވުނެވެ. ހިތުގެ އަޑިން އަރްކާން ކޮށްފައިވާ ކަންތައް ހަނދާން އާކޮން ރުޅިވެރިކަން ހިތުގައި ފަވާލައިފިއެވެ.

“ހީވާ ގޮތުން ޝުހާދު ހުންނާނީ ލިއާނާ އަދާކުރަންޖެހޭ ހުރިހާ ޒިންމާއެއްގެ ވާހަކަ ތަފްސީލާއި އެކު ބުނެދީފަ..ލިއާނާ އިންނަން ޖެހޭނީ މި ކެބިންއަށް ވަންނަން އައި އިރު ފެންނަން އިން މޭޒުގަ..އެ މޭޒުމަތީގަ އޮތް އައިޕެޑްގަ އިންނާނެ އަހަރެންގެ މިއަދުގެ ޝެޑިއުލް ޝުހާދު ހަދާފަ..އެކަމަކު މާދަމާއިން ފެށިގެން އަމިއްލައަށް އެ ހުރިހާ ކަމެއް ވެސް ކުރާތި.. އިފް ޔޫ ވޯންޓް ނައު ޔޫ ކޭން ގޯ” އެއްފައްޗަކަށް އަރްކާން ބުނަން ބޭނުންވި ބަސްތައް އަމުނާލިއެވެ.

އަނގައިން އެއްޗެއް ނުބުނެ ލިއާނާ ބޯ ޖަހާލައިފާ ދިމާކޮށްލީ ނުކުންނާށެވެ. ދޮރާއި ހިސާބަށް ގޮސްފައި ހުއްޓެން މަޖުބޫރުވީ އަރްކާން އޭނާއަށް ގޮވާލަމުންނެވެ. “ފ*”ދެލޯ ހަނިކޮށްލައިގެން ހުރެ ބަނޑަށް އިވޭ ވަރަށް ބުނެލަމުން އަރްކާން އާ ކުރިމަތިލީ ގަދަކަމުން ތުންފަތައް ވެރިކޮށްލި ހިނިތުންވުމަކާއި އެކުއެވެ.

“ބުނަންތަ ވާހަކައެއް…ލިއާނާއަށް އޮޅިފައެއް ނޯންނާނެ ކަންނޭގެ އަހަރެން ރުޅިއަންނަ ވަރު.. ފަސް އަހަރުފަހުން ދިމާ ވުމުން ވެސް އަދިވެސް ތިއުޅެނީ އަހަރެން އެންމެ ފޫހިވާ ގޮތައް.. ދެން ވެސް ވިސްނައިގެން އުޅޭތި… މަށާއި މީޓް ކުރަން އައިސް މަ ދާށޭ ބުނީމާ ދޯ ދާންވާނީ..” އަރްކާން ރުޅިވެރި އަޑަކުން ބުނެލައިފިއެވެ.

މިހުރިހާއިރު ހިފަހައްޓައިގެން ނަމަވެސް އިތުރަށް ރުޅިވެރިކަން ފޮރުވާކަށް ލިއާނާ ނުހަދައެވެ.

“މަ މިތަނަށް އައީ އަރްކާންގެ ހިތްރުއްސާކަށް ނޫން..ހީވޭތަ އަހަރެން ވަކި ބޭނުން ވެގެން އަންނާނެހެން.. އެކަމަކު އަހަންނަކީ އަހަރެންގެ ޒިންމާތަކަށް ފަރުވާ ކުޑަކުރާނެ މީހެއްނޫން…ޔޫ ކޭން ގޯ  އޭ ބުނީމަ ދާން މިހިނގައިގަތީ..” އިތުރަށް އެއްޗެއް ބުނެވިދާނެތީ ލިއާނާ އިސްޖަހައިލިއެވެ.

“ދިވެހި ބަހަކުން ނޫން ދޯ  މަ ބުނީ އެއް” ،

“ސީރިއަސްލީ..ދެން ކީއްކުރަންތަ އިނގިރޭސިން ވާހަކަ ދެއްކީ” އަރުކާންގެ ޖަވާބު އިވިފައި ލިއާނާ ލޯބޮޑުކޮށްލިއެވެ.

“ކޮންމެ ގޮތަކަށް މަ ވާހަކަ ދެއްކިޔަސް ލިއާނާއަށް ކީއް..ބެހެވޭނެތަ..” އަރްކާން ދުލެއް ނުކުރިއެވެ. ހަގީގަތުގައި ދާށޭ ބުނެވުނުކަން އޭނާ ހަނދާނުން ކައްސާލީއެވެ.

“އެންމެ ރަނގަޅު އިއްޒެތްތެރި ވެރިޔާ..އަޅުގަނޑު ދުރުވިއަސް އެއްވެސް މައްސަލަ އެއް އެބައޮތްތޯ” ދަތްކުނޑި ވިކާލަމުން ލިއާނާ ރައްދުދިނެވެ.

“ޑޯންޓް ޓްރައި ޓް ބީ އޯވާރ ސްމާޓް..” ،

“ކީކޭ ތޯ ތިބުނުއްވީ…އިނގިރޭސިން ބުނީމަ އަޅުގަނޑަކަށް ނޭނގުނު އިނގޭތޯ” އަރްކާންގެ ޝަހާދަތް އިނގިލި އިންޒާރު ދޭފަދައަކުން ހިތްލާލާ ބުނެލި ޖުމްލައަށް ލިއާނާ ރައްދުދިނީ މަލާމާތުގެ ރާގެއްގައެވެ.

“އިނާރ ޕީސް..އިނާރ ޕީސް..އާހްހްހް..”އަރްކާންގެ ރުޅިގަދަވާން ފެށުމުން ދެއަތް ހިއްލާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް އެއްޗެއް ނުބުނެ އަތުގެ އިޝާރާތުން ލިއާނާ ގާތު ދިޔުމަށް ބުނެލީ ލޯ އަޅާލާފަ ހުރެއެވެ. ލިއާނާ ވެސް ލޯ އަޅާލައިގެން ހުރެ ނުކުމަތެވެ. އަރްކާން އަށް ނުފެންނަ ހިސާބަކަށް ދެވުމުން ވައްތަރެއް ވެސް ޖައްސާލިއެވެ.

***

ތިން ހަފްތާގެ ބޭސް ފަރުވާއަކަށް ފަހު އަލާރާ ގޮވައިގެން އަޒީޒް އާއި ދިނާޔާ މާލެ އައީ ނާއުންމީދާއި އެކުގައެވެ. އެތައް ހޮސްޕިޓަލަކަށް ދެއްކުމުން ވެސް ދިނީ އެއް ޖަވާބެކެވެ. އަލާރާގެ ދެލޮލުގެ ފެނުން އެއްކޮން ގެއްލިފައިވާ ހަބަރެވެ. ސިންގަޕޫރު މަސްހޫރު  އެތައް ހޮސްޕިޓަލް ތަކަކަށް ދެއްކުމުން ލިބުނު ޖަވާބު ގަބޫލް ގަބޫލް ނުކުރެވިގެން ކެނެޑާ، ޖަރުމަން އަދި އެމެރިކާ ފަދަ ގައުމުތަކުގެ އެތައް ހޮސްޕިޓަލްތަކަކަށް ދެއްކުމުން ވެސް ލިބުނީ އެ ނާއުންމީދީ ޖަވާބެވެ.

“ދޮންތި ކޮބާ މިހާރު” ކޮލެޖުން ނިމިގެން ގެޔަށް ވަދެގެން އައި އީވާ އަހައިލިއެވެ. އޭރު ލިވިންގރޫމު ސޯފާތަކުގައި އަޒީޒް އާއި  ދިނާޔާގެ އިތުރުން އަޒީޒްގެ މަންމަ ހަފީޒާ ތިއްބެވެ. އީވާ އައިގޮތައް އިށީނީ ހަފީޒާގެ ގާތުގައެވެ.  އީވާއާއި އަލާރާ ސިފައިގެ ގޮތުން ވައްތަރު ގޮތެއް ހުރި ނަމަވެސް އަލާރާއާއި ހިލާފަށް އީވާ ދިގެވެ. އުޅުމުގައިވެސް ހުންނަނީ ކުޑަކުއްޖެއްގެ އުޅުމެވެ.  އެވަގުތުވެސް އީވާއޮތީ ހަފީޒާގެ އުނގުގައި ބޯ އަޅާލައިގެން  ސޯފާގެ ލެގޭ ބައިގެ މައްޗަށް ފައި އަރުވައިގެން ދެފައި ހަލުވާލަ ހަލުވާލައެވެ.

“ނިދިފަ  މިހާރު އޮތީ…އީވް ދެން ތީ ކުޑަކުދިން އުޅޭ ގޮތޭ..ތަންކޮޅެއް ހަރުކުއްޖެއް ހެން އުޅެބަލަ..މާމަގަޔަކު ނުހުންނާނެ ތިހެން އުޅޭކަށް މިހާރު ވަރެއް…ހަމަ މިހާރު ތެދުވޭ..”ދިނާޔާ އަޑުލައިގަތުމުން ޒާތަކަށް ހޭންފަށާފައި އީވާ ކުރިއަށްވުރެން ގަދަޔަށް ފައި ހަލުވަން ފެށިއެވެ. އޭރު ހަފީޒާއާއި އަޒީޒްގެ ގާތައް ވެސް އީވާގެ އެއަމަލުން ހިނިއައިސްފައި ތިއްބެވެ.

“ދެން ދަރިފުޅުމެން ކިހިނެތް ހަދަން ތިވިސްނަނީ..އަލާ ވިސްނާ ވިސްނާ ގޮސް ހަލާކުވާން ދޫކޮށްލައިގެން ނުވާނެ އަހަރެމެން” އަޒީޒް އާއި ދިނާޔާގެ މޫނަށް ވަކިވަކިން ހަފީޒާ ބަލައިލިއެވެ. ހަފީޒާގެ ދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަ ތިކިތަކުން މާމަ ދަރިފުޅާ މެދު ކަންބޮޑުވެފައިވީ މިންވަރު ހާމަވެއެވެ. އޭރު އޮފީސް ނިންމާފައި އަރުކާން ވެސް އައިސްވަންނަނީއެވެ.

“ހުރިހާ ތާކުން ވެސް ދިނީ އެއް ޖަވާބެއް..ލޮލާއި ބޮލުގެ ބޮޑު ދެ އޮޕަރޭޝާން އެއްފަހަރާ ކޮށްފަ ހުރުމުން ދެއަހަރު ނުވަނީސް އިތުރު އޮޕަރޭޝަން އަކަށް ރިކޮމެންޑް ނުކުރެވޭނެއޭ ޑޮކްޓަރުންބުނަނީ.. އެހެންނޫނަސް އޮޕަރޭޝާން ކުރުމަށް ވުރެން ނުކުރުން ބުއްދިވެރިކަމަށް އަންގަނީ ހުރިހާ ޑޮކްޓަރުންވެސް..އެއީ އަލާގެ ފުރާނައަށް  އޭގެން ގެއްލުމެއް ލިބިދާނެތީ” ދިނާޔާ ބުނެލިއިރު ހަފީޒާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފުހެލިއެވެ.

“ޔާﷲ ކާކުގެ އެސްފީނާއެއްބަ މިޖެހުނީ މަގޭ ދަރިއަށް” ހަފީޒާ ރޯންފެށުމުން އިވާ ތެދުވެ މާމަގެ ގައިގާ ނިކަން ލޯބިން ބައްދާލިއެވެ.

“މަންމާ..ބައްޕާ އަހަރެން އެބައޮތް ވާހަކަ އެއް ބުނަން ވެފަ..” އަރްކާން ތުންފަތުގައި ދައިގަނެ އިނދެ ބުނެލިއެވެ. އަޒީޒް ބޯ ޖަހައިލުމުން އަރުކާން އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“އަހަންނަށް ހީވަނީ މަންމައާއި ބައްޕަ ވޯކް ކުރަން ނުގޮސް ފިއްޔާ އަލާ އެކަމާ ވިސްނާނެހެން..ބައްޕައަށް ވެސް އެނގެއެންނު އަލާ އަކީ އޭނަގެ އުނދަގޫ އެހެން މީހަކަށް ޖެހިދާނެތީ ކިހާ ކަންބޮޑުވާ ކުއްޖެއްކަން..އުމުރުގެ ބޮޑު ބައެއް ރާއްޖޭން ބޭރުގައި ހޭދަ ކުރުމަށްފަހު އައިސް ތިން އަހަރު ނުވެ މިހެން މިދިމާވީ..އަހަންނަށް ފެންނަނީ ކުރިން ދިޔަހެން މަންމައާއި ބައްޕަ ވެސް މަސައްކަތަށް އެނބުރި ދިޔުން..އެއްވެސް ގޮތަކަށް ބައްޕަ ނެތަސް އަހަންނަކަށް އުނދަގުލެއް ނުވޭ..އެކަމަކު ބައްޕައަށް ވެސް އަލާގެ ގޮތް އޮޅިފައެއް ނޯންނާނެ..” އަރްކާން ބުނެލި ޖުމްލައިން އަޒީޒް ވިސްނުމަކަށް ގެއްލުނު އިރު ދިނާޔާ ވަގުތުން ދެކޮޅުހެދިއެވެ. ހަފީޒާވެސްހެދީ ދެކޮޅެވެ.

“ދަރިފުޅާ..މަންމަ ކިހިނެތް އަލާ އެފަދަ ހާލެއްގައި ވަނިކޮން ގޮސް ވޯކް ކުރާނީ..”

“ލައްބަ މަންމާ..އަހަރެން ވެސް ބޭނުންވޭ އަލާ ގާތުގަ ހުންނަން..އެކަމަކު އަލާ ވިސްނާނީ އޭނާއާއި ހެދިއޭ މަންމަމެން ވޯކްއަށް ނުގޮސް ތިތިބެނީ.. މަންމައަށް އެނގޭނީ އެންމެ ރަނގަޅަށް އޭނަގެ ވިސްނުން..އޭނަ ވިސްނާ ވިސްނާ ގޮސް ނަފްސާނީވާކަށް އެކަކު ވެސް ބޭނުމެއް ނުވާނެ ކަންނޭގެ” ދިނާޔާގެ ވާހަކައަށް އަރްކާން ބުނެލިއެވެ.

“އަރްކާން އެބުނަނީ ތެދެއް ..ދިނާ އަށް އެނގެއެންނު ދެންމެ ވެސް ކިހާ ވަރަކަށް ރޮއެފަ ކަން އަލާ އެ ނިދީ..އޭނާގެ ސަބަބުން އަހަރެމެން މަސައްކަތްތައް ހުއްޓާފައި ތިބެނީ އޭ ނޫނީ އޭނަގެ ސަބަބުން ކޮންޕެނީއަށް ގެއްލުންވާނެއޭ..މިފަދަ ގޮތަކަށް އަލާ ވިސްނާނީ މިހާރު..އެހެންވީމަ ދަރިފުޅާ ކިހިނެތް ހެދިއްޔާ ރަނގަޅުވާނީ.. އަލާ ހެޕީ ކޮށްދީފަ އަބަދުވެސް ބަހައްޓަން ވާނީ” އަޒީޒްގެ ޖަވާބުއިވިފައި އަރްކާންގެ ހިޔާލަށް ހަފީޒާއާއި ދިނާޔާ ވެސް އެންމެފަހުން ތާއީދުކުރިއެވެ.

“އަލާއާއި އެކު ސައުވީސް ގަޑި އިރު ހުރެދެވޭނެ މީހަކު ހޯދަން ވާނީ… ގެންދަންޖެހޭ ކޮންމެތާކަށް ވެސް ގެންދެވޭ ވަރު އަދި އަލާގެ ހުރިހާ ކަމެއް ހޭންޑްލް ކޮށް އަހަރެމެންނަށް ވަގުތުން ވަގުތައް އަލާގެ ކަންތައް އިންފޯމް ކުރެވޭ ވަރުގެ ގާބިލް މީހެއް ހޯދަން ޖެހޭނީ..ބައްޕައަށް މި ކަމަށް ކަމުދާނެހެން ހީވާ ވަކި މީހެއް އެބަހުރިތަ” އަރުކާން އޭނާގެ ވިސްނުން ހާމަކޮށްލަމުން އަހައިލިއެވެ. އަޒީޒްގާތު އެވާހަކަ ދެއްކި އިރުވެސް އަޒީޒް ގެންނާނީ ކާކުކަން އަރްކާންއަށް އެނގެއެވެ.

އަރްކާންގެ ވާހަކައަށް ފަހު އަޒީޒްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަކި ނަމެއް ގުގުމާލި ކަހަލައެވެ. އެހިނިތުންވުމުގައި އިނދެފައި ދިނާޔާގެ މޫނައް ބަލައިލިއެވެ. ކިހިނެތްހޭ ވީ އަހާފަދައަކުން ދިނާޔާ ނިތް އަރުވާލުމުން ލޮލުގެ އިޝާރާތުން މަޑުކޮށްލުމަށް އަޒީޒްބުނެލިއެވެ.

“ބައްޕާ ކާކު ތަ…ޝުހާދުބެ ރަނގަޅުވާނެނު..”ހިޔާލެއް ފިކުރެއްނެތި އީވާ ބުނެލި ހިނދު އަރްކަން ގާތައް ހިނިއަންނަ ގޮތްވިއެވެ. އީވާ ވަގުތުން އަރްކާންއާއި ދިމާ ބަލައިލަމުން ލޯ އަޅާލިއެވެ.

“ދަރިފުޅާ އަޒީޒް..އެ ހަމްދީގެ ޝަވަން ނުގެންނާތި އަލާބަލާށޭ ކިޔާފަ މިގެޔަށް…އޭނާއަށް އެނގޭނެ އަލާއަށް ދިމާވި ގޮތް..އެކަމަކު އޭނާއަށް އާދެވުނުތަ އެންމެފަހަރަކު ނޫނީ އަލާ ދެކިލަން.. އިންނަން ތައްޔާރުވެފައި އިން ކުއްޖާއަށް މިވަރުގެ ބޮޑު ހާދިސާއެއް ދިމާވި އިރުވެސް ޝަވަންގެ ހިތުގައި ރަހުމެއް ނެތީމަ އެހުރީ ނާދެވިފަ.. އަޅެ ހަމްދީ އާއި ނަސްރާ ވެސް އެއްޗެއް ނުބުނާތީނު އެހެން އެއުޅެނީ..އެދެކުދިންގެ ގުޅުމަށް މަންމަ އެންމެ ފުރަތަމަވެސް ދެކޮޅު ހެދީ ކަމުނުދާ ފާޑަކަށް އެ ސޮރު އުޅޭތީ” ހަފީޒާ އެވަގުތު ޝަވަންގެ ވާހަކަ ބުނެލި އިރު އިނީ ނުހަނު ހިތްހަމަ ނުޖެހިފައެވެ.

“އާންން..އަލާ ހަމައަކަށް އެޅުނީމަ އެވާހަކަ ދައްކަން މިހުންނަނީ… ޝަވަން އެހެން ހަދާތި އެކަންތައް ފޮރުވަން ހަމްދީއާއި ނަސްރާ ގުޅާފަ އެހާ ވަރަށް އެ ހާލުބަލަނީ… އަހަރުމެންނަށް ވުރެން އަލާގާތު ބޮޑަށް އަޒީޒް އެހިއްޔާ ރަނގަޅުވާނެ ދޯ..” ދިނާޔާގެ ބަހަށް ތާއީދު ކުރުމުގެ  ގޮތުން ހަފީޒާވެސް ބޯ ޖަހައިލިއެވެ.

އަލާރާ ހަމައަކަށް އެޅުމުން އެވާހަކަ ދައްކާނެ ކަމަށް ބުނެ ދިނާޔާ ގޮވައިގެން އަޒީޒް އެއްފަރާތައްކަށް ޖެހިލީ އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލް އަނބިމީހާއާއި ހިއްސާކުރުމަށެވެ.

***

އެނދުބިއްދޮށައް އެނބުރި އޮތް އަލާރާގެ ދިގު އެސްފިޔަތައް ފޫ އަޅުވާލާފައި ކަރުނަތައް ފައިބަމުން ދިޔަ ހިނދު ލޯ ކާރިއާއި އެ ދޮން ކޯތާފަތައް ވެސް ވަނީ މަޑު ޖަންބުކުލައެއް ފާއްދާލާފައިއެވެ. އަލާރާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ހިފާލައިފާ ވީ އިރު އެ އަޑުގައި ހާސް ވޭން ގަދައެވެ. ދެލޯ ހުޅުވިފައި ވީ ނަމަވެސް އޭނާގެ ދުނިޔެ އަނދިރިއެވެ. ހުރިހާ މަންޒަރެއް ވެސް ވަނީ ކަޅުގެ ކުލަތަކުންނެވެ.

“އަހަންނަކީ ހާދަ ނަސީބު ދެރަ މީހެކޭ…ކީއްވެގެންތަ މިހެން މިވީ.. އަހަންނަށް އެއްވެސް އުފަލެއް ނެތީތަ ލިބެން .. މުޅިން އެކަނިވެރިވެއްޖެ …ބޭނުން ވި ހިނދު ރައްޓެއްސެއް ނެތް..ދެކެމުން ދިޔަ ހުރިހާ ހުވަފެންތަކެއް، އުއްމީދުތަކާއި އެކު ވިއްސިވިހާލިވެއްޖެ…..އާހްހް” އަމިއްލަ ނަފްސަށް އިވޭވަރަށް ޝަކުވާ ކުރެވެމުން ދިޔައެވެ. ކިތަންމެ ހިތްދަތިވި ނަމަވެސް މިއީ ވެސް އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވުމަށް ގަދައަޅާ މަސައްކަތް ކުރަން އެބަޖެހެއެވެ. އޭނާއަކީ މިހެން އެއްވެސް ކަމަކާއި ފިނޑިވެގެން ރޯ ކުއްޖެއް ނޫނެވެ.

އެތައްއިރަކު އެހެން ރުއިމަށްފަހު އަލާރާ އެނދުން ތެދުވަން ހިޔާލުކުރިއެވެ. އެނދުން ބޯ ހިތްލާލި އިރު އަނދިރިކަން ވަށާލި ނަމަވެސް ހިތްވަރު އެލުވާނުލާ  ތެދުވެވޭތޯ މަސައްކަތްފެށިއެވެ. އެނދުގެ ފަޑީގައިވާ ދަގަނޑު ގަނޑުގައި މަޑުމަޑުން ހިފާއިލި އަލާރާއަށް މަޑުޖެހުމެއްއައީ ކޮޓާރީގެ ބޭރުން އިވިލި އަޑަކުންނެވެ. ފަންކާ ނުޖަހާ ހަމައެކަނި އޭސީގައި ހުރުމުން އަޑުމަޑުކަމުން ހުރަހެއް ނެތި އެއަޑު އަލާރާއަށް ކަންފަތާއި ހިސާބަށް ފޯރިއެވެ. ވަގުތުން އެނދުގައި އޮތްތާލީ އެއީ މިވަގުތު ކުރިމަތި ލާން އެއްވެސް ވަރަކަށް ބޭނުން ނުވާ ފަރާތަކަށް ވާތީއެވެ. ދޮރު ހުޅުވިގެން ދިޔަ އަޑުއިވުމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.