ހިރާސް 2 (17)

ފިނިގަދަ ކަމުން ހުރިހާ އެންމެންގެ ލޮލަށް ނިދި ސަވާރު ވާކަށް މާ ގިނަ އިރެއް ނުވިއެވެ. އެންމެންގެ އަޑު މަޑުވެ، ނިދާ ހިލަވަޅު އޮބުނު ފަހުން، ޓެންޓް ތަކާއި މާ ދުރުނޫން ހިސާބަކުން ބިލާލް ފެނިލިއެވެ. ނިވާވެގެން ހުރި ގަހުގެ ފުރަގަހުން ނުކުމެވުނު އިރު އޭނާގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ. ހީވީ އިންތިޒާރު ކުރަމުން ދިޔަ ވަގުތު އައިސްޖެހުނީ ހެންނެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކައިރިވަމުން ދިޔައިރު އޭނާގެ ފަސްފަހަތުން އައިސް ތިބި ދިހަވަރަކަށް މީހުން ވެސް އަންނަމުން ދިޔައެވެ. އެ މީހުންގެ މޫނު ފޮރުވާލައިގެން ހުރިއިރު ބިލާލްގެ މޫނު ހާމައަށް ފެންނަން ހުއްޓެވެ.

****

ޓެންޓްތަކާއި ނުހަނު ގާތްވެފައި ވަނިކޮން އިތުރު މީހެއްގެ ހިލަމެއްގެ އިހްސާސް ވެއްޖެއެވެ. ބިލާލްގެ ހަވަނަ ހިއްސު އެކަން އޭނާގެ ސަމާލުކަން ގެނައީ ފަޅިސިކުންތެއްގެ ތެރޭގައެވެ. ބިލާލް އެއް އަތް އުފުލާލަމުން މަޑުޖެހިލިއެވެ. އޭނާގެ އިޝާރާތައް ފަހަތުން އައި މީހުންވެސް ތިބިތާގައި މަޑުކޮށްލިއެވެ.

”ހީވަނީ ބަޔަކު އެބައުޅޭހެން“ ބިލާލް އެނބުރި ކޮޅުކޮޅަށް ކަޅި ހިންގަންފެށިއެވެ. ނަމަވެސް، ޝައްކުވާފަދަ ކަމެއް ނުފެނުނެވެ. އެހެން މީހުންގާތު މަޑުކޮށްލުމަށް ބުނެ ބިލާލް ދިޔައީ ސީދާ ރުއާނާ އޮތް ޓެންޓާއި ދިމާލަށެވެ. ޓެންޓާއި ދެފިޔަވަޅެއް ކައިރިވެފައި ވަނިކޮން އެހިސާބުން މީހެއްގެ ބޫޓުގެ ނިޝާން ފެނިގެން ހުއްޓުނެވެ. ބަލާބެލުމަށް ބޮޑަށް ވައްތަރުވީ ފިރިހެނެއްގެ ފިޔަވަޅާއެވެ. ސްނޯތަކުން ފޮރުވިފައިނުވާތީ އެއީ ދާދި ދެންމެއަކު މީހަކު ހިނގާފައިވާ ނިޝާންކަން އޭނާއަށް ޔަގީންވިއެވެ. ފަސްޖެހުނު ނަމަވެސް އޭނަ މަސައްކަތެއް ނުހުއްޓާއެވެ. ޓެންޓްގެ ދޮރު ކަހާލީ ހިލަމެއް ނުވާހާ މަޑުންނެވެ.

އަރާމްކޮން ނިދިފައި އޮތް ރުއާނާ ފެނި ބިލާލްއަށް ހުއްޓިލެވުނެވެ. ދިގު އެސްފިޔަތައް ތަޅުވާލާފައި ތުންފިއްތާލަމުން އަނެއްކާ ވެސް ނިދީގެ ތެރެއަށް ގެނބުނީ ވެސް ލޯބިގޮތަކަށެވެ. ރުއާނާގެ މައުސޫމް މޫނު ފެނި  ބިލާލް ކުރަން އައިކަންތަކުގެ މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތިއްޖެއެވެ. އެއީ އަމިއްލަ ލެއެވެ. އެތަނަށް އޭނަ އައީ އެލެޔަށް އަނިޔާވެރިވުމަށެވެ. ނަމަވެސް އެވަގުތު އޭނާގެ ސާބިތު ހިތް ގުނޑައިގަތް ދިޔައެވެ. ރުއާނާ ބޭއްވުވަމާށް ފަހު ހުސްއަތާ ދިޔުމަށް އަންގަމުން ދިޔަ ކަހަލައެވެ.

ނަމަވެސް ބިލާލްގެ ސިކުނޑި އެކަމާއި ދެކޮޅެވެ. ހިތް ވިސްނާދިން ގޮތައް ކަންކުރުމަށް ބާރު އެޅުމުގެ ބަދަލުގައި ބިލާލްއަށް ވިސްނައިދިނީ އިތުރު މީހަކު އައުމުގެ ކުރިން، ކުރަން ބޭނުންވި ކަންތައް ކުރުމަށްފަހު އެތަނުން ދިއުމަށެވެ. ހިނދުކޮޅަކަށް ނަމަވެސް  ހިތައް ވެގެން ދިޔަ ގޮތުން ބިލާލް ހާސްވެފައި އިނދެ މެ ދެފަރާތައް ބޯހޫރުވާލާފައި އޭނާ އަޅައިގެން ހުރި ދިގު ފަސްބައި ލީ ހެދުމުގައިވީ ޖީބަކުން ނެގި ސިރިންޖެއް ހިފައިގެން ރުއާނާގެ ގާތައް ޖެހިލިއެވެ. އިތުރު ވިސްނުމަކާއި ނުލާ ފަލަ ކަށިލީ ސިރިންޖް ރުއާނާގެ ކަނދުރާޔަށް ކޮއްޕާލިއެވެ.

 

ނިދިފައި އޮތްވާ ކުއްލިއަކަށް ހޭލެވުނީ، މުޅިހަށިގަނޑަށް އަރައިގެން ދިޔަ ގަދަފަދަ ތަދުގެ ސަބަބުންނެވެ. އެތަދަށް ކެތްކޮށްލުން، ފަސޭހަކަމަކަށް ނުވިއެވެ. ނުބައި ޒާތަކަށް ހިނިއައިސްހުރި ބިލާލްވެސް ފެނުނީ އެވަގުތެވެ. ބިރުގަންނަންވެސް ރުއާނާއަށް އެވަގުތު ނޭނގުނެވެ.  ފަހަރަކަށް ވުރެން ފަހަރެއް ތަދު އިތުރުވެ، ހެއަށް ގޮތްވާން އުޅޭ ކަހަލަ ގޮތެއް ވަމުންދިޔައެވެ. ހަޅޭއްލަވައި ގަންނަން ބޭނުންވީ ނަމަވެސް އަޑެއް ނުނިކުތެވެ. ދެލޯ ފުރިގެން އައި ކަރުނުތައް އިންޒާރަކާއި ނުލާ ފޭބިއެވެ.

”ފައިނަލީ!.. ލެޓްސް ގޯ ބޭބީ ސިސްޓާރ!“ ރުއާނާއަށް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކޮށްލެވިގެން ތެޅިފޮޅެމުން ދަނިކޮން ދެވަނަ ސިރިންޖެއް ބިލާލް ނަގައިފިއެވެ. އަވަސް ހަރަކާތަކާއި އެކު ސިރިންޖް މިފަހަރުވެސް ހަރާލީ އެހިސާބަށެވެ. އެއާއި އެކު ރުއާނާގެ ހަރަކާތް ހުއްޓިއްޖެއެވެ. ހޭވެރިކަން ހުރި ނަމަވެސް އަތެއް ފަޔެއް ގުޑުވައެއް ނުލެވުނެވެ. އިންތިހާއަށް  ވޭން އަޅަމުން ދިޔައެވެ. އެހާލެއްގައި ވަނިކޮން ކައިރިއަށް ޖެހި، ބިލާލް ދެއަތް ފުޅާކޮށްލީ ރުއާނާ ނެގުމަށެވެ. ނަމަވެސް ހުއްޓުނީ ކުއްލިއަކަށް ބޭރުން އިވުނު ހަޅޭކުގެ އަޑުއިވިފައެވެ.

”ހަމަ މިޙާރު ދޫކުރޭ.. ދޫކުރާށޭ..!“ އިވުނީ އާލިއާގެ އަޑެވެ. ރުއާނާ އޮތްގޮތައް ބާއްވާފައި ބިލާލް ބޭރަށް ނުކުތް އިރު، އޭނާގެ ފާރަވެރިން ކުރެން ދެމީހަކު އާލިއާގެ ގައިގާ ހިފަހައްޓާއިގެން ތިއްބެވެ. އާލިއާ ގަދަހަދަމުން ދިޔައީ އެމީހުންގެ ކައިރިން ސަލާމަތްވެ ރުއާނާ އޮތް ޓެންޓްގެ ތެރެއަށް ވަދެވޭތޯއެވެ. ކަހާލާފައި ހުރި ދޮރުފޮތި ގަނޑުގެ ދަށުން އެ މަންޒަރު ފެނި ރުއާނާއަށް ރޮވެމުންދިޔައެވެ. ނަމަވެސް އެ ވޭނަށް ކެތްނުވެގެން ލަސްލަހުން ރުއާނާގެ ދެލޯ މެރެމުން ގޮސް، އެކުއެކީގައި މެރުނެވެ.

”ދޫކުރާށޭ އެންނު މިބުނީ!އޭތް!“

”އަޑުމަޑުކޮށްގެން ހުރެބަލަ.. އެއިން މީހަކު އައިސްފިނަމަ ކަލޭއަކަށް ވެސް ސަލާމަތެއް ނުވެވޭނެ“

”ހެވޭ.. އަހަރެން ގެންދެބަލަ.. އޭނަ ބަހައްޓާފަ.. އެއީ ކަލޭގެ އަމިއްލަ ކޮއްކޮއޭ..އެވަރު ނޭނގޭތަ؟“ އާލިއާ ތުރުތުރު އަޅަމުން ދިޔައިރު ހުއްޓުމެއްނެތި ދިޔައީ ގަދަ ހަދަމުންނެވެ. ނަމަވެސް ބިލާލް ޖަހައިލީ ގަދަފަދަ ހިނިގަނޑެކެވެ. އާލިއާގެ އަނގަމަތީގައި އަތްއެޅުމަށް ބިލާލް އަންގާލުމުން ދެމީހުންގެ ބާރުގެ އިހްސާސް އާލިއާ ކުރަންޖެހުނެވެ. ކަރާއި އަނގަމަތީގައި ހިފައިގެން ތިބިގޮތުން ނޭވާ ލާންވެސް އުނދަގުވިއެވެ. އެމީހުންގެ ދިގު ނިޔަފަތިތަކުން އާލިއާގެ ކަރުގެ ހަންގަނޑު ފޫއަޅުވައިލި ހިނދު ވީ ތަދުން އާހެއްގެ އަޑުން އަނގައިން ބޭރުކޮށްލެވުނެވެ. ދެލޯ މަރާލާފިތާލެވުނެވެ.

”ނިކަން ދޭބަލަ އޭނާ ސަލާމަތް ކުރަން ހިތްވަރެއް ހުރިއްޔާ! ބޮޑާ ނުހާކާ މަޑުން ހުރޭ ނޫނީ އޭނަ އޮތް ގޮތައް ކަލެއަށް ވެސް ވާނީ“ ބިލާލްގެ ބަސްތައް ބޭރު ކުރެވުނު ހިނދު މުޅިތަން ފުސްވެގެންދާން ފެށިއެވެ. ސްނޯގަނޑުގެ މަތީގައި އާދަޔާއި ހިލާފް ވައި ރޯޅިއެއް އުފެދި ކުދި ސްނޯކޮޅުތައް އެގޮތް މިގޮތައް ވައިގެ ތެރޭގައި އެނބުރެމުން ދިޔައެވެ.  އައިނައި ތަނެއް ނޭނގި އޭނާގެ ލަޝްކަރުގެ ވަށާލީ، ހުދު ކުލައިގެ ހުޑުތަކުން ބޮލާއި މޫނު ނިވާކޮށްގެން ތިބި ބައެކެވެ.  ވިއްސަކަށް މީހުންތިބިއިރު  ، މާހައުލުގައި އުފެދިފައިވާ ފުސް ކަންވެސް މުޅިއަކުން ސާފެއް ނުވެއެވެ.

އެމީހުން ފެނުމާއި އެކު ބިލާލްގެ ހުރިހާ އަޅުންގެ މޫނުމަތިން ސިހުން ފެންނަން ފަށައިފިއެވެ. އެމީހުންގެ ފަހަތުން ބިލާލްގެ ކުރިމައްޗަށް ހުއްޓިލީ ލިއަމްއެވެ. ދެން ހުރީ ޒައްޔާންއެވެ. ވަގުތުން އާލިޔާގެ ގައިގާ ހިފަހައްޓައިގެން ތިބި ދެމީހުން އޭނާ ދޫކޮށްލިއެވެ.

ލިއަމްގެ ނަފްސަށް ވެރިވަމުން ދިޔަ ރުޅިވެރިކަމާއި ބިލާލްއާއި ކުރިމަތިލުމަށް ދިޔައެވެ. ނަމަވެސް ވިދާލި ވިދުވަރެއް ފަދައިން އޭނާއާއި ބައިވެރި އެކުއެކީގައި ލޯމަތިން ކަޝްފްވިއެވެ. ލިއަމް އިޝާރާތް ކޮށްލުމުން އެމީހުންގެ ވަށައިގެން ހުދު ހެދުމުގައި ތިބި އެންމެން ވެސް ލޯމަތިން ގެއްލުނެވެ.

”ލިއަމް.. އެ.. އެ ކޮންބައެއް؟“  ސިހިފައި ހުރެ ޒައްޔާން އެއްސެވެ. އެފަދަ ގޮތަކަށް ތިބި ބައެއް ޒައްޔާންއަށް ވެސް ފެނުނީ މުޅިން އަލަށެވެ.

”އެއީ ކާފައާއި ބޮޑުބޭބެގެ ވަފާތެރިން..އޭގެ ވެސް މަދުބައެއް..“

އިތުރަށް ލިއަމްވެސް ޒައްޔާން ވެސް ވާހަކަ ދައްކާކަށް ނުހަދައެވެ. ރުއާނާ އޮތް ޓެންޓްއަށް ވަތް އިރު އޮތް ގޮތް ފެނުމުން ދެމީހުންނަށް ވެސް ލިބިގެން ދިޔައީ ސިހުމެކެވެ. އެއްވެސް ހަރާކަތެއް ނެތް އިރު ފިނިކަމުން ހީވީ ގަނޑުފެނުގެ ތެރޭގައި ގެންގުޅެފައި ނަގާފައި އޮތްހެންނެވެ. ރުއާނާގެ ހާލަތު ދެނެގަތުމަށްޓަކައި ޒައްޔާން އެނބުރިލި އާލިއާގެ ބަހަކަށެވެ. ނަމަވެސް ތެޅިގަނެފައި ނުކުމެވުނީ އާލިއާ އުޑަފައިން ތަން ފެނިގެންނެވެ. ކަރުގައި ހިފަހައްޓާލައިގެން އިންގޮތުން ބޮޑު ވޭނެއް ތަހައްމަލް ކުރާފަދައެވެ. ޒައްޔާން ހީކޮށްގެން ހުރީ އާލިއާ ވެސް އެމީހުންގެ ފަހަތުން އައީ ކަމަށެވެ.

”ކިހިނެތްވީ އާލް؟“ އާލިއާގެ ކޮނޑުގައި އަތް ޖައްސާލެވުނު އިރު އޭނާގެ ގައިގާ ތުރުތުރު ލަމުން ދިޔައެވެ.

”ކަ.ކަރުގަ .. މާބޮޑަށް ހިފީ ކަންނޭގެ…އާހްހް“ އާލިއާ ވާހަކަ ދައްކަން ފެށީ ނުހަނު އުނދަގުލުންނެވެ. އަނގައިން ލޭތައް ފައިބައިގެން އިރު އޭނާގެ މޫނުވަނީ ހުދުވާން ފަށާފައެވެ.

”ޝިޓ*!“ އެފަދަ ބާރު ހުރި ބައެއްގެ ހަމަލާތައް ތަހައްމަލް ކުރެވޭނެހާ ހިތްވަރެއް އާލިޔާ ގެގައިގާ ނުހުންނާނެ ކަން އޭނާއަށް އެނގެއެވެ. އަތުލަފިކޮށްގެން ޒައްޔާން ދިޔައީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އޭރު ރުއާނާ ގޮވައިގެން ލިއަމްވެސް އާދެއެވެ. އެމީހުންނަށް ކާރާއި ހަމައަށް ދެވުނު އިރު އީތަން އަށް ޓެންޓް ތެރެއިން ނުކުމެވުނު ތަނުން އެ މަންޒަރު ފެނިގެން އައިސްފިއެވެ. އޭރު އަދި އެއިން ކަމެއްގެ ހިލަމެއް ބާކީ ތިބި އެއްވެސް މީހަކަށް ނުވެއެވެ.

”ކިހިނެތް ވީ؟“ އީތަންއަށް އެހުނެވެ. އެވަގުތު ވާހަކަ ދެއްކޭ ވަރަށް ވުރެން ޒައްޔާންއާއި ލިއަމްގެ ހަރަކާތް ހުރީ އަވަސްވެފައެވެ.

”އީތަން ކާރު ދުއްވަން އާދެބަލަ..ދާންވީ ހޮސްޕިޓަލަށް“ ލިއަމްގެ އަޑަށް އީތަން ބޯޖަހާލާފައި އެރިއެވެ. ކާރު ދުއްވާލަމުން އިޒްވާއަށް މެސެޖްކުރަން އުޅުނެވެ.

”އެއްވެސް މިހަކަށް މިއިން ކަމެއް އެނގިގެން ނުވާނެ .. އިޒްވާގެ ގާތުގަ ވެސް ނުބުނިއްޔާ ރަނގަޅީ“ އީތަން ފޯނު ނެގިތައް ފެނިގެން ލިއަމް ބުނެލިއެވެ. އީތަން ބަލާލައިފާ އެންމެ ރަނގަޅުކަމަށް ބުނެ އެމެޖެންސީކޮން ހޮސްޕިޓަލަށް ދާންޖެހިގެން ދިޔައީކަމަށް ބުނެ އިޒްވާއަށް މެސެޖްކޮށްލިއެވެ. ކާރުގެ ދުވެލި އެންމެ ބާރުކޮށްލިއިރު އެންމެ ސިކުންތެއް ވެސް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ.

”އަމް ސޮރީ“ ލިއަމްގެ އުނގުމަތީގައި ބޭއްވިފައި އޮތް ރުއާނާގެ މޫނަށް ބަލައިލެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައި އިނދެމެ އެ މަޑު ކޯތާފަތުގައި އަތުގެ ނުފުށުން ބީއްސާލެވުނެވެ. ލިއަމް ހަނދާން ކޮށްލީ ރޭގައި އާލިއާ، އޭނާގެ ގާތުގައި ވަކިން ބުނެލި ވާހަކައެވެ.

….

”ލިއަމްބޭ.. އަހަންނަށް ފެނިއްޖެ ބިލާލް.. ހިތެއް ނުބުނޭ އޭނާ ކަމެއް ނުކޮށް ހުންނާނެ އެކޭ.. ރުއާއަކީ އަހަރެންގެ ފެމެލީކަން އެނގުނު ފަހުން އެ ނޫން ކަމަކާއި ނުވިސްނޭ.. އެ ނުލަފާ ފިރިހެނާއާއި ބިލާލް ކަމެއް ކޮށްފާނެހެން ހީވެ ބިރު ގަންނަނީ..“ އާލިއާ ބުނެލިހިނދު ސިހިފައި ލިއަމްއަށް ކީކޭހޭ އަހާލެވުނެވެ. އާލިއާ ބުނެދިނީ ދެފަހަރަކު އޭނާއަށް ބިލާލް ދުރުން ފެނިލި ވާހަކައެވެ. ނުރައްކަލެއް އަންނަން އުޅޭކަމުގެ ސިގްނަލަށް ވެދާނެ ކަމަށް އާލިއާ ބުނެލިއެވެ.

”އާލް އަށް ޔަގީންތަ އެއި ބިލާލްކަން؟“ އާލިއާގެ ވާހަކަ އިވުމުން ލިއަމްގެ ހިތް ނުބައި ގޮތަކަށް ތެޅިލައިފިއެވެ. އެކަމަކު ބޭނުންވީ އިތުރަށް ޔަގީން ކުރާށެވެ. އާލިއާ ދެވަނަ ފަހަރަށް ވެސް އެހާ ޔަގީން ކަމާއި އެކު އެވާހަކަ ބުނެލިއެވެ.

އެވަގުތުން ފެށިގެން ލިއަމް ހުރީ ފާރައަށެވެ. ރުއާނާއާއި އާލިއާ ތިބި ޓެންޓް ފެންނަހާ ކައިރީގައެވެ. ލިއަމް އެތަނުން ދުރަށް ޖެހިލީ ޒައްޔާން އައުމުންނެވެ. ދަމުން ދިޔައީ އޭނާގެ ހާއްސަ ފާރަ ވެރިންނަށް ވެސް އަންގާފައެވެ. ހިނގިކަމެއް ހިނގީ އެމީހުން އައުމާއި ދޭތެރޭގައި އެވީ މަދު ވަގުތުކޮޅުގެ ތެރޭގައެވެ. ދެމީހުން ވާހަކަ ދައްކަން ތިބެފައި ބައެއްގެ ހިލަންވެގެން އައި އިރު ހުރިހާ ކަމެއް ވެ ނިމެނީއެވެ. އެހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ވެގެން ދިޔައިރު ވަރަކަށް ބިލާލް ތައްޔާރް ވެފައިވާކަން ލިއަމްއަށް އިހްސާސްވިއެވެ.

….

”މިއޮތް އާދެވުނީ“ އީތަން ކާރުން ޕާކް ކުރަން ވެސް ނޫޅެ ނުކުމެގެން އައިސް ފަހަތު ސީޓް  ހުޅުވާލަ ދިނެވެ. އާލިއާ ގޮވައިގެން ޒައްޔާން ދިޔައީ ހޮސްޕިޓަލްގެ މައި އިމާރާތުގެ އަވަސް ފަރުވާދޭ ހިސާބަށެވެ.

ރުއާނާ ގޮވައިގެން ލިއަމް އަވަސްވެގަތީ ޔުނިވާސިޓީގެ ބައިގެ ލިފްޓަށް އެރުމަށެވެ. ރުއާނާ އޮތް ހާލަތުގެ ސަބަބުން އިތުރު ބައެއްގެ ސުވާލް އެފަދަ ނާޒުކު ދަނޑިވަޅެއްގައި އަމާޒުވާކަށް ލިއަމް ނޭދެއެވެ. ލިއަމްގެ ފަހަތުން އީތަން ވެސް ދިޔައެވެ. ރުއާނާ އޮތް ގޮތުން އީތަން ހުރީ ޒާތަކަށް ހާސްވެފައެވެ. މުޅި ކުއްޖާ ނޫވެފައި އޮތް އިރު އެއްވެސް ހަރަކާތެއް ނުވެއެވެ. ހާއްސަ ގޮތެއްގައި ހޮސްޕިޓަލަށް ވަންނަން ނޫޅެ އެބަޔަށް އައުމުން އީތަންގެ ހިތުގައި ސުވާލް މާކެއް ޖެހުނެވެ.

”އަނެއްކާ… ރުއާ ވެސް.؟.“ އީތަންގެ ހިތައް އަރައިގެން ދިޔަ އެއްޗަކުން މެޔަށް ފިނިވެލިއެވެ. ހިތްތެޅިގަތީ އެ ސުވާލްގެ ޖަވާބަކަށް ބޭނުންވިވަރުންނެވެ.

ލިއަމް އެރީ އެންމެ މަތީ ފަންގިފިލާއަށެވެ. އެމީހުން އެތެރެއަށް ވަތް ހިނދު އިންތިޒާރުގައި ތިބީ އީންއާއި އަލާނިއަލް އަދި ޔަޒަކް އާއި މިލާންއެވެ. ދެން ތިބީ އީތަން ނުދަންނަ ބައެކެވެ. އޭނާ ފެނުމުން ނުތަވަސްވެފައި އެންމެން ބަލަން ފެށިގޮތުން، އެއީ ކީއްވެކަން އެނގުނެވެ. ނަމަވެސް އެކަން އެނގުނު ކަމަކަށް ނުހަދާ އީތަން ހުއްޓެވެ.

ރުއާނާ ވެއްދުނީ އެންމެ ފުރަތަމައަށް ހުރި ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ލިއަމް ވަންނަން ދިޔުމުން އަލާނިއަލް ހުއްޓުވިއެވެ.

”ޑޫ ސަމްތިންކް އޭސަޕް“ ލިއަމް ބުނެލި އާދޭހުގެ ރާގެއްގައެވެ. އަލާނިއަލް އާއެކޭ ބުނެ ހަމަޖެހުމަށް ނަސޭހަތްތެރިވިއެވެ.

”ލިއަމް މަޑުކޮށްލަ ބޭރުގަ.. ބަޓް ވީ މޭ ނީޑް އަ ހެލްޕަ“ އަލާނިޔަލް ގަމީހުގެ އަތުކުރި އޮޅާލަމުން ބަލައިލީ އީތަންއަށެވެ. ނަމަވެސް މިއީ ކީއްކުރާ ތަނެއްކަން އީތަންއަށް ހަމަ އަންގަންވީބާއޭ ހީވިއެވެ.

”ނީޑް ހެލްޕް؟“ އީތަންއަށް އަލާނިޔަލްގެ މޫނުމަތިން ދޭހަވެގެން ސުވާލްކޮށްލީ ލިއަމްއާއެވެ.

”އީތަން ކެންޔޫ؟ އެނގޭތަ މިއީ ކޮންތަނެއްކަން؟“

”މްމްމް.. ހައު މޭ އައި ހެލްޕް ޔޫ؟“ އީތަން ވަންނަން ދިޔައެވެ. ނަމަވެސް ލިއަމް އޭނާ ހުއްޓުވިއެވެ. ލިއަމްގެ މޫނުމަތިން ފެނުނީ ޖާސޫސްކުރާ ފަދަ ކުލަވަރެކެވެ. އީތަން އާއެކޭ އެބުނީ ކޮން މާނައެއްގަ ބާއޭ ހީވަމުންދިޔައެވެ. އެހެން ހުއްޓާ ހައިރާން ކޮށްލީ އީތަން ބުނެލި އެންމެ ޖުމްލައަކުންނެވެ.

”އަމް.. މްމްމް.. ވަން އޮފް ޔޫ“ ލިއަމްގެ ކަންފަތް ކައިރީގައި މަޑުމަޑުން އީތަން ބުނެލަމުން އެތެރެއަށް ވަންނަން ދިޔައެވެ. ލިބުނު ސިހުމުގައި މިފަހަރު އޭނާ ހުއްޓުވާކަށް ވެސް ލިއަމް ހަނދާނެއް ނުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ ލިއަމްއަށް ފަސް އެނބުރިލެވުނެވެ. ރީތި ހިނިތުންވުމެއްގައި ހުރެ އޭނާ ދޮރުން އެތެރެވިއެވެ.

ލިއަމްއަށް އެހުރިގޮތައް ބަސް ހުއްޓިފައި ހުރެވުނެވެ. އީންއާއި މިލާންވެސް ވަނުމުން ޔަޒަކްއާއި އަލާނިއަލް ބޭރުގައި މަޑުކޮށްލިއެވެ. އަލާނިއަލް ކައިރިވެ ގޮވާލި ނަމަވެސް ލިއަމްހުރީ އެއަށްވުރެން ބޮޑަށް ގެއްލިފައެވެ.

”އޭތް؟ކިހިނެތްވީ؟“ ވާހަކަ ދައްކާ ދައްކާ އޭނާގެ ހަބަރެއް ނުވުމުން އަލާނިއަލް އެންމެފަހުން ކޮނޑުގައި ޖަހާލިއެވެ. ސިހިފައި ލިއަމް ބަލައިލިއެވެ. އަލާނިއަލް ނިތް އަރުވާލިއެވެ.

”ކީއްވެ އީތަން އެވަނީ؟“ އޭނައަކަށް ނޭނގޭނެ އެންނު މިކީއް ކުރާ ތަނެއް ކަމެއް ވެސް..“

އަލާނިޔަލް ހާސްވެފައި ހުރެ ލިއަމްކުރެން އަހަމުން ދިޔައެވެ. ލިއަމްއަށް ހުރެވުނީ ދޭނެ ޖަވާބެއް ވެސް ނޭނގިފައެވެ. އޭނާގެ މޫނުމަތިން ފެނިގެންދާ ނުތަވަސްކަން ފޮރުވާލިއެވެ. އީތަންކުރެން އަހަންޖެހޭ އެތައް ސުވާލެއް ހުރުމުން އޭނާ ދަމުން ބުނެފަ ދިޔަ ޖުމްލަ، އަލާނިޔަލްގާތު ބުނާކަށް ލިއަމް ނުހަދައެވެ.

”މިހާރު ދެން އިޒީއާއި މެރީކުރަން އުޅޭއިރު އީތަން ވަކި އަނދިރީގަ ބަހައްޓާނެ ކަމެއް ނެތެއްނު.. އޭނާއަށް ސުވާލެއް އުފެދިއްޖެޔާ ކިޔައިދިނީމަ ނިމުނީ..ދެން މިކަހަލަ ފަރުވާގެ ،މާ ބޮޑު ތަފްސީލެއް ނޭނގުނު ނަމަވެސް އާންޓްމެން ބުނީމަ ބުނާގޮތް ހަނދަން އެނގޭނެތާ.. އެހެންނޫނަސް އިޒީ ނުކިޔާ ދީ ހިއެއް ނުވެ ހުންނާނެ ހެންނެއް.. އީތަންއަށް މިތަން ފެނުނީމަ ވެސް އެހާ ބޮޑަކަށް ސަޕްރައިޒްއެއް ނުވި އެންނު“ލިއަމް ބުންޏެވެ. އަލާނިއަލްވެސް އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެ ބޯޖަހައިލިއެވެ. ލިއަމް ބުނީ މުޅިއަކުން ދޮގެއް ނޫންކަން އޭނައަށް ވެސް ވިސްނުނީއެވެ.

އެތެރޭގައި ގަޑިއިރެއް ހޭދަވެގެން ދިޔަފަހުން، އީން އާއި އީތަން ނުކުތެވެ. މިލާން އާއި އެހެންމީހުން އޭރުވެސް ވީ އެތެރޭއެވެ. ފުރަތަމަވެސް ކުރިމަތި ލާންޖެހުނީ ލިއަމްގެ ސުވާލްތަކާއިއެވެ.

”ކިހިނެތް މިހާރު؟ ރަނގަޅުތަ؟ އިޒް ޝީ އެވޭކް؟ ވާހަކަ ދެއްކޭތަ؟“ ލިއަމްގެ ސުވާލްތައް އަންނަމުން ދިޔައީ އެއްފަހާރާއެވެ.

”ޔެސް .. ރަނގަޅު.. އެކަމަކު އެ އިންޖެކްޝާންގެ ސަބަބުން ކުޑަކޮން ހިނގާ ހަދަން އުނދަގޫ ވެދާނެ.. އެއީ ޝޯޓްޓާމްއަކަށް މީހާ ޕެރެލައިޒް ކޮށްލާ ފަދަ ވިހަ މާއްދާ ތަކެއް ހުރި އެއްޗެއް.. ހީވާ ގޮތުން އެ ނޫން ގޮތަކަށް ނޫނީ ބިލާލްއަށް، ރުއާ ގެންދެވެން ނެތީމަ އެގޮތް އިހްތިޔާރު ކުރީ“ އީން ކިޔައިދިނެވެ. އީން ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން އީތަން ދިޔައީ ސިހެމުންނެވެ. ހައްތަހާ ބޮޑަށް ހިތުގައި ޝައްކުތައް ހިނގައިގަތެވެ. އުފެދިފައިވާ ސުވާލްތަކުގެ ޖަވާބު ހޯދަން ބޭނުންވީ ނަމަވެސް އެކަން ކުރާނީ ވެސް ކިހިނަކުން ހެއްޔެވެ. އަހާނީ ކާކުގެ ގާތުން ކަމެއް ނޭނގުނެވެ.

”ރުއާ އަކީ އަހަރެމެން ނަސްލު؟ ބިލާލްއެއީ އެ ބިލާލްތަ؟“ހިތާހިތުން އީތަންއަށް ކިޔާލެވުނެވެ. އީތަންގެ މެޔަށް ފިނިވެގަތެވެ. ކޮންމެ ގޮތެއް ވެސް އެވަގުތުން ފެށިގެން އެ ސުވާލްގެ ޖަވާބް ހޯދަން އޭނަ ބޭނުން ވިއެވެ. ރުއާނާ ގެނައި އިރު އޮތް ހާލަތު ފެނުނު ހިނދު ވެސް އެއީ އާދައިގެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

”އިންޖެކްޝަންގެ އެއްވެސް އަސަރެއް ނުކުރޭ ދޯ ރުއާއަކަށް؟“ އަލާނިއަލް އެހިއެވެ. އީން ބޯޖަހާލިއެވެ.

”އިންޖެކްޝަންގެ އަސަރު އެހާ ބޮޑަކަށް ނުކުރޭ.. ޖެހި ވަގުތުވީމަ މުޅި ބޮޑީ އަށް ޒާތެއްގެ ހުއްޓުމެއް އަރާފަ، އެތަދު ހަށިގަނޑުގައި ހިފާލާފަ ހުރީ.. އެގަޑީގަ ހުރި އެއްވެސް ޕެއިންއެއް މިހާރު ނެތް ކަމަށް ބުނީ.. ހަމަ ރަނގަޅަށް މޫވް ވެސް ކުރެވޭ.“

”އެންމެ ރަނގަޅު.. ވަދެވޭތަ؟“

”ނޫނޭ .. އަހަރެމެންގެ މެޑިކޭޝާންއަށް ފަހު ނެރޭނެ..ސްޕްރައިޒިންލީ އަހަރެމެން އެންމެނަށް ވުރެން ރުއާ މާ އަވަހަށް ހީލްވޭ.. ލިއަމް ޔޫ ޝުޑް އާސްކް ހާރ އެބައުޓް ދީސް! ހީވަނީ ޕަވާރސް ގެއިން ވަނީހެން ..  އެހެންނަމަ ހީލް ނުވާނެ މިހާ އަވަހަކަށް..“ ލިއަމްއަށް ޖަވާބް ދެމުން އީން ޥާހަކަ ދެއްކިއެވެ. ލިއަމް ބޯޖަހައިލީ އެކަމާއި ގުޅޭގޮތުން ސުވާލް ކުރާނެ ކަން އަންގާލަމުންނެވެ.

”ހައު އިޒް ޝީ؟“ ޒައްޔާން އާއި އެކު އާލިއާ އައިސް ހުއްޓިލަމުން  އަހައިލިއެވެ. އޭރު އާލިއާގެ ކަރުގެ ދެ އަރިމަތިން ބެންޑޭކޮށްފަ ހުއްޓެވެ. ރުއާނާގެ ހާލަތު ކިޔައިދެމުން އާލިއާގެ ހާލަތު ލިއަމް ވެސް އޮޅުން ފިލުވިއެވެ.

”އަރާމް ކުރަން ބުނީ.. މާ ބޮޑަށް ކަރަށް ބާރުވެގެން އެހެން ވީ.. ދެން ހުރީ ފޮލޯ  ކުރަންޖެހޭ މެޑިސިންސް“ ޒައްޔާން ބުނެދިނެވެ. އާލިއާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުންދާތީ، ޒައްޔާން ގާތު އާލިއާ ގޮވައިގެން ގެއަށް ދިޔުމަށް ލިއަމް  އެދުނެވެ. ނަމަވެސް އެކަމާއި އާލިއާ ހެދީ ދެކޮޅެވެ.

****

ބިލާލް އުދުހެމުން ދިޔައިރު އޭނާގެ ބައިވެރިން ވެސް އޭނާގެ ފަހަތުން އެއް ސަފަކަށް އުދުހެމުން ދިޔައެވެ. ބިލާލްގެ މޫނުމަތިން ފެންނަނީ އިންތިހާ ރުޅިވެރިކަމެވެ. ކަރާއި ކަނދުރާގައި ފުއްޕާލާފައިވާ  ނާރުތަކުން ކަޅުކުލައިގެ ވިދުމެއް އަރައަރާ ހުއްޓެވެ. ވިލުނޫކުލައިގެ ދެލޮލަށް ވެސް ވެރިވެފައިވަނީ އަނގުރު އަލިފާންކުލައެވެ. ރުޅިގަދަވެފައިވާ ވަރުން އެދެލޮލުން ކަނިތައް ހީވީ ބުރަމުންދިޔަހެންނެވެ. ފަހަތުން އައި މީހުންގެ މޫނުމަތިން ފެނިގެންދަނީ ނުތަނަވސް ކަމެވެ. ހީވަނީ އެނބުރިދެވުމުން ބިލާލްގެ ފަރާތުން އައިސްފާނޭ ހަމަލާއަކަށްޓަކައި ބިރުގަނެފައި ތިބިހެންނެވެ.

އުދުހެމުން ގޮސް ވިލާގަނޑާއި ހަމައަށް އާދެވުނެވެ. އެހިސާބުގައި އުފެދިފައި ހުންނަ ދަމާ ބާރުން އެތެރެއަށް ދަމައިގަތެވެ. ނުކުމެވުނީ ފަރުބަދަ ތަކެއްގެ އައްސޭރިއަށެވެ. ކަނު އަނދިރިކަމުގައި ވެސް ފައިބަމުން ދިޔަ ގަނޑުފެންތައް ފާހަގަ ވަމުން ދިޔައެވެ. ދޭތެރެއަކުން އުޑުމަތީގައި ފެވިގެންދަނީ ’ އަރޯރާ ބޮރެއަލިސް‘ ހިތްގައިމް އަލިތަކެވެ. އެތައް މޭލު ދުރަކަށް އުދުހުނު ފަހުން މިސްރާބް ފެނުނެވެ. ނުހަނު ދުރުން ރަތާއި އޮރެންޖް އަލިތަކެއް ފެންނަމުން ދިޔައެވެ.  ކައިރިވެގެން ދިޔަ ވަގުތު ފެންނަން ހުރީ އުސް ފާރެކެވެ. މަތިން ފެނުނު އަލިކަމަކީ ފާރުގެ ބޭރުގައި ހުރި ދަންމަރުތަކުގައި ރޯކޮށްފައިވާ އަލިފާނުގެ އަލިކަމެވެ. އެހާމެ ބޮޑުވެފައި ކޮޅު ނުފެންނަހާ އުސްފާރެކެވެ. ގުނާއަދަދު ނުކުރެވޭހާ ގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އެކަކުގެ ވެސް މޫނެއް ނުފެނެއެވެ. މޫނުފޮރުވޭވަރަށް ބޮލަށް ވައްޓާލާފައިވާ ހުޑް އިން ތިބީ ރަނގަޅަށް ފޮރުވިގެންނެވެ.

އުދުހެމުން ދިޔަ ބިލާލް ތިރިވެ ފިޔަގަނޑު ލައްޕާލިއެވެ. އެތެރެއަށް ވަންނަން ހިނގައިގަނެފައި ވެސް، ފާރުގެ މެދުން އިން ބިޔަ ގޭޓު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. ހިތް ޒާތަކައް ނުތަނަވަސް ވެފައި ވީ އިރު ، އޭނާގެ ބައްޕައަށް އެހަބަރު ދޭނެގޮތަކާއި މެދު ވިސްނަމުން ދިޔައެވެ. އެހެންހުއްޓާ ގޭޓް ހުޅުވުނު އަޑުއަހާފައި އިސްއުފުލާލިއެވެ. އޭނާގެ އިސްތިޢުބާލުގައި ދަރަކް ނުކުމެގެން އައީއެވެ. އެންމެ ފަހުން ދެތިން ނޭވާ ބޭރުކޮށްލަމުން ހަމައަކަށް އެޅިލަން މަސައްކަތް ކުރަމުން، ދަރަކްގެ ފަހަތުން ބިލާލް އެތެރެއަށް މިސްރާބު ޖެހިއެވެ.

ގޭޓުގެ އެތެރެއިން ފެނިގެންދަނީ އާޝޯހް ކުރުވަނިވި މަންޒަރެކެވެ.  ކުރިމައްޗަށް ސީދާވެފައި އޮތީ ހިލައިން ހަދާފައިވާ ހަނި ބްރިޖެކެވެ.  ދެފަރާތުން ހިމަ ދަގަނޑުން ހަދާފައިވާ ރެއިލިންއެއް ލެވިފައިވާއިރު ރެއިލިންގެ ދަގަނޑުގައި ދެފަރާތުން ފާނޫޒް ތަކެއް ދިއްލާފައިވެއެވެ. އޭގެ އަލި މަޑުކޮށްފައި ވީ ނަމަވެސް ތަންތަން ސާފްކޮން ފެނެއެވެ.  ބްރިޖްގެ ދެފަރާތާއި ތިރިން ފެންނަނީ ބިޔަ ގަސްތަކުގެ ކުރިތަކާއި ގަނޑުފެނުން ބަރާވެފައިވާ ކުދި ފަރުބަދަ ތަކާއި އޭގެ ކޮޅުތަކުގައި ލެވިފައިވާ ބޯ ދުންފިނީގެ ފަށަލައެވެ. އެއީ ކިހާ އުހުގައި ހުރި ތަނެއްކަން ހިތައް ގެންނަން ވެސް ދައްޗެވެ. ހަނި ބްރިޖުގެ ކޮޅަށް ދެވުނު އިރު ފެންނަން ހުރީ އެ ހަވޭލީއެއް ފަދަ ގަނޑުވަރެވެ. ބިޔައެވެ. އެހާމެ އަނދިރިއެވެ. ގަނޑުވަރުގެ ވަށައިގެން ވެސް ދިއްލާފައިވާ ފާނޫޒްތަކެއް ތަކެއް ހުރި ނަމަވެސް އެއިން ވެސް ލިބެނީ ފަނޑުފަނޑު އަލިކަމެކެވެ.

ފެންނަނީ ހަމަ ހިމޭންކަމެވެ. އެހަމަހިމޭން ކަމުންވެސް ހިތްތައް ގުޑިގެންދާނެކަން ގައިމެވެ. ސިފަވަނީ އަނދިރި، ހިމޭން، ފިނި، އަދި ސިއްރުވެރިކަމެއް އެކުލެވިގެންވާ ތަނެއްގެ ގޮތުގައެވެ. ’ގޮތިކް‘ ޒަމާނުގެ ވާހަކަތަކުގައި ގެނެސްފައި ހުންނަ ތަނެއް ފަދައެވެ. އިންސާނެއްގެ ނިޝާނެއް ފެންނަން ނެތް ކަމުގައި ވިޔަސް، އެތަނުގައި ބަޔަކު ފާރަވެރިވެފައި ހުންނަ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ.

ބްރިޖްމަތިން ހިނގާލާފައި ދެމީހުން ދިޔައިރު ކޮޅުގައި ހުންނަނީ ސިޑިކޮޅެކެވެ. ސަންގުމަރުމަރު ހިލައިންވާ ސިޑީގެ ހަރުފަތްތައް ކަޑައްތު ކޮށްލުމަށްފަހު ހައިބަތު ހުރި ގަނޑުވަރުގެ ތެރެއަށް ވަދެވުނެވެ. އެއީ އެތައް ސަތޭކަ އަހަރެއްގެ ދުވަސްވީ، ތަނެއްކަން ޔަގީންވެއެވެ. އާސާރީ ގޮތެއް ވެސް ހުއްޓެވެ.ކުލަގަދަ އަދި ބަރު ހަރުފަރުބަދައިގެ ހިލައިން ބިނާކޮށްފައިވާ، ބަލާލުމަށް ޖެހިލުންވާފަދަ ގޮތަކަށް ހުރި ތަނެކެވެ. ކުރިމައްޗަށް ފެންނަން އޮތް ބަޔަށްވުރެން ފަހަތައް ދެމިފައި އޮތްބައި ބޮޑުކަމުން އެތަނުގެ ބޮޑުމިން އަންތާޒާކޮށްލަން ދައްޗެވެ. ހަތަރު ބަޔަކަށް މައްޗަށް އެކި ފަރާތުން ހިއްލާފައިވެއެވެ. ގިނަ އަދަދެއްގެ ކުޑަދޮރުތައް ހުރިއިރު މުޅި ތަނުގެ ފުރާޅުތަކުގެ ކޮޅުތައް ހުރީ ފޮޅިފައެވެ.  ގަނޑުވަރުގެ އެކި ދިމަދިމާލުގައި ގިނަ އަދަދެއްގެ ބުރުޒުތައް ހުއްޓެވެ. ބުރުޒުތަކުގެ ކޮޅުތައް ފެންނަނީ ވިލާތަކުގެ ތެރެއިންނެވެ. ބޭރުން ފެންނަ ބޯ ފާރުތައް ޒަމާންތަކެއް ވުމުގެ ސަބަބުންނާއި، ވައިގެ ނުފޫޒާއި ވާރޭގެ ސަބަބުން ހިލަތަކުގެ ބޭރު ފަށަލައަށް އަރަނީ ގަދަ އަޅިކުލައެވެ. ބިޔަ ގަސްތައް އެކި ފަރާތުން ފެންނަން ހުރި އިރު ނާމާން ވައްތަރެއް ޖަހައެވެ. ދޭތެރެއަކުން ވައިގެ އަސަރެއް ނެތި ވެސް ގަސްތައް  ހޫރިގަންނަގޮތުން އާދައިގެ އިންސާނެއް ނަމަ ބިރުން ރޫޅިގަންނާނެކަން ގައިމެވެ. ނަމަވެސް ބިލާލްއާއި ދަރަކް އެއިން ކަމަކަށް މާބޮޑު ސަމާލު ކަމެއް ނެތެވެ.

ބޭރުގައި މަރުފަދަ ހަމަހިމޭންކަމެއް ވީނަމަވެސް، އެތެރޭގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. އެހެނަސް އެމީހުންގެ ހިލަން މަޑެވެ. ފިޔަވަޅު އަޑެއް ނީވެއެވެ. ވާހަކަ ދެއްކުމެއް ނެތެވެ. ބިލާލްއާއި ދަރަކް އެތެރެއަށް ވަތް އިރު އެކި ހިސާބުތަކުގަ ޖަހާފައި ހުރި އުއްބައްތި ސްޓޭންޑް ތަކުގައިވާ އުއްބައްތިތަކުން އަންނަމުން ދިޔަ  ފަނޑު ފަނޑުއަލި ތަނަށް ފެތުރިފައިއޮތެވެ. އެއަލިކަމުގެ ޒައްރެއްގެ މިންވަރުވެސް ދޮރުން ބޭރަކަށް ނުފޯރައެވެ. ހާމައަށް އޮތީ ހޯލެކެވެ. އެތާގައި ހުރެފައި މައްޗަށް ބަލާލުމުން ހަތަރު ބައިގެ ބެލްކޮނިތައް ހާމައަށް މަތިން ފެންނަން ހުއްޓެވެ.

”ބައްޕަ ކޮބާ؟“ އެންމެ ފުރަތަމައަށް ޖެހުނު ސިޑިއާއި ހިސާބަށް ގޮސް ބިލާލް އެއްސެވެ. ދަރަކް ޖަވާބުދިނީ ކޮޓަރީގައި ކަމަށް ބުނެއެވެ. ބިލާލް ބޯޖަހައިލަމުން ހިލަ ސިޑިން މައްޗަށް އަރައިގެން ގޮސް ހަތަރުވަނަ ބަޔަށް އެރިއެވެ. އެބައިގައި ހަނިމަގެއް އޮވެފައި ދެފަރާތު ބިތުގައި ’ވޯލް ޓޯރޗް‘ ތައް ހަރުކޮށްފައި ހުއްޓެވެ. އޭގައިވާ އަލިފާން ރޯކޮށްފައި ހުރިއިރު ހިނގާ ހެދުމަށް ދައްޗެއް ނުވެއެވެ. ދެފަރާތައް ވާހެން ގިނަ ކޮޓަރިތަކެއްހުރި އިރު  ބިލާލް ހުއްޓިލި އެއްމެ ބިއްދޮށަށް ވަކިން އެކަހެރިކޮން އިން ކޮޓަރިއެއްގެ ދޮރުމައްޗަށެވެ. ދެތިންފަހަރު ޓަކި ޖަހާލި ހިނދު ދަގަނޑުން ހަދާފައިވާ ދޮރު އޭގެ ޒާތުގައި ހުޅުވިގެން ދިޔައެވެ.

”ބައްޕާ“ ބިލާލް ގޮވާލިއެވެ. ކޮޓަރީގެ ތެރެއަށް އެޅުނު ފުރަތަމަ ފިޔަވަޅާއި އެކު ވެސް އޭނާގެ ނަޒަރު ހުއްޓުނީ ކުޑަދޮރުތައް ކައިރީ ހުއްޓިގެން ހުރި މީހާއަށެވެ. ބިޔަ އިސްކޮޅެއްގެ ވެރިއެވެ. ގަޔަށް މަހާލައިގެން ހުރީ އެމީހުން ލައި އުޅޭ ޒާތުގެ ކަޅުކުލައިގެ ހެދުމެކެވެ. އޭގެ ކޯރި ބޮލަށް ވައްޓާލާފައި  ދެމިފައި ފަސްބައި ތިރިއަށް އޮތެވެ. ބިލާލްގެ އަޑަށް އޭނާ ފަސް އެނބުރިލި އެވެ. ކުޑަ ދޮރު ކައިރީގައި ހުންނަ ކުޑަ މޭޒުމަތީގައި އިން ފާނޫޒުން އަންނަ ރަންއަލިކަމުން ކޮންމެވެސް ވަރަކަށް އޭނާގެ މޫނުން ހާމަވެފައިވާ ބައި ފެނެއެވެ. ދެލޮލާއި މޫނުގެ އިތުރު ތަނެއް ނުފެނުނު ނަމަވެސް ނޭފަތުން ތިރި ފެނެއެވެ. އެހިސާބު ވައަތް ފަރާތު ކޯ ކައިރިންބޮޑު ލަކުނެއްގެ ބައެއް ފެންނަން އިނެވެ. ބަލާބެލުމަށް ފިހިފައިވާ ތަނެއްކަން ޔަގީންވެއެވެ. ދިގު ތުނބުޅި މޭކަށިކަނޑާއި ހަމައަށް ހުރި އިރު ، ގަދަ ޗޮކްލެޓްކުލައިގެ ތުންފަތުގައި ކުރަކި ކަމެއް ފެންނަމުން ދިޔައެވެ.

އޭނާ އެނބުރުމައި އެކު ބިލާލް ޖެހިލުންވެފައި ހުރެމެ ކުރަން ދިޔަ ކަންތައް ނާކާމިޔާބު ވީގޮތް ކިޔައިދިނެވެ. އެހިނދު އޭނާގެ ގޮށްމުށުގެ ހަމަލާއެއް ފާރަށް އަރައިގެން ދިޔައެވެ. އެހިނދު ހީވީ މުޅި ފާރުވެސް ގުޑައިގެން ދިޔަހެންނެވެ. ބިލާލްއަށް ހިތްދިރުވާލެވުނެވެ.  ނަމަވެސް ގަނެފައި ހުރި ބިރު ފޮރުވާލުމަށްފަހު ބައްޕަގެ ގާތައް ޖެހިލިއެވެ.

”މްމްމް… އެބައޮތް ހިޔާލެއް.. އެކަމަކު ބައްޕައަށް ކަމުދާނަމަ “

”އަވަހަށް ބުނޭ“ ބަރު އަޑެކެވެ. އޭނާގެ ނުރުހުމުގެ ތެރެއިން ވެސް ބިލާލްއާއި ވާހަކަ ދެއްކީ އޯގާތެރިކަމާއިއެކުއެވެ. އެކަމުން ވެސް ބިލާލްއަކީ އޭނާއަށް ކިހާ މުހިއްމު މީހެއްކަން ހާމަވެއެވެ.

ބިލާލް، އޭނާގެ ހިޔާލް ހުރި ގޮތް ހިއްސާކުރިއެވެ. ހުށައެޅި މޮޅު ޕްލޭން ކަމުދިޔައީ ކަންނޭގެއެވެ. ފެނުނީ ހީގަތްތެނެވެ. ބާރުހުރި އަޑަކުން ހެމުން ދިޔައިރު ބޯޖަހައިލީ އެކަން ކުރަން އަވަހަށް ފަށާށޭ ބުނަމުންނެވެ.

“ އެކަމަކު ފުރަތަމަ ޖެހޭނީ އިޒާން އެގޭ ރައްކާތެރިކުރަން އަޅުވާފަ އޮތް ސީލް ނައްތާލަން .. އެ ނޫނީ އެގެޔަށް ވަދެވޭނެ ގޮތެއް ނެތް.. މިހާރު ދުރުގައި ހުރެފަ އަންނަން މިޖެހެނީ އެހެންވެ.. އެކަމަށްޓަކައި އަހަރެން މާދަމާ ނުކުންނާނަން“ ބިލާލް އަޑުގައިވީ ޔަގީންކަމެވެ. އޭނާގެ މޫނުގައިވީ ނުރައްކާތެރިކަން ހިނދަކަށް ވެސް ފަނޑުނުވެއެވެ. ހީވަނީ ބައްޕަގެ އެދުން ހާސިލް ކޮށްދިނުމުގައި އޭނާގާ ޖާނާއި މާލް ގުރުބާންކުރަން ތައްޔާރަށް ވެސް ހުރިކަން އަންގާލަ ދިންހެންނެވެ.

****

ހެނދުނު ވެގެން އައިއިރު  އެހެން މީހުންވެސް ގެއަށް ދިޔައެވެ.އީތަންގެ ފުށުން އެންމެން އަޑުއަހާފަ ވަނީ، އެމެޖެންސީ ސާޖަރީއަކަށް ރުއާނާއާއި އީތަން އަދި އާލިއާ އަންނަން ޖެހުނީ ކަމުގައެވެ. ޒައްޔާންއަށް ކަމެއް ޖެހިގެން ލިއަމްވެސް އައީ ކަމުގައެވެ. ރުއާނާގެ ހަގީގަތް އިތުރު މީހަކަށް އަނގަން ލިއަމް ބޭނުން ނުވާތީ އެކަން އެގޮތުގައި ބާއްވަން  އީތަން ވެސް ގަސްތުކޮށް ގެން ހުރީއެވެ.

ރެއިން ސުރެން ހޮސްޕިޓަލުގައި އުޅެފައި ބަނޑުހައިކަމުގެ އިހްސާސް ކުރެވިގެން އީތަން ދިޔައީ ކެންޓީނަށެވެ. ކިއުގައި ހުރެފައި އޭނާއަށް ޖެހުމުން ކައުންޓަރަށް ގާތްވެލިއެވެ. މެނޫއަށް ބަލަބަލާފައި އައިސްކޮފީއަކާއި ބާގާރ އަކަށް އޯޑަރު ދިނުމަށްފަހު އީތަން ބޭރަށް ނުކުމެލިއެވެ. ސްނޯވްގެ ގަދަފަދަ ހަމަލާތައް ހަންގަނޑަށް ބީއްސަން ފެށުމުން އީތަންއަށް ލޯމަރާލެވުނެވެ. އެ ފިނިކަމަކީ އުނދަގުލެއް ނެތި އެގޮތުގައި އޭނާއަށް ހުރެވޭ ފިނިކަމެކެވެ.

”ނައު ހީ ނޯޒް.. ރޭގަ ފަހުން ސާޖަރީއަކަށް ދާން ނުޖެހުނު ނަމަ އެންނު ވާހަކަ ދެއްކޭނީ ވެސް.. މިއަދު ކޮންމެހެން ހަދާފަ ވެސް ވާހަކަ ދައްކަން ބޭނުން.. އޭރުން ކަންނޭގެ އަހަރެންގެ ސުވާލްތަކަށް އެކަށީގެންވާ ފަދަ ޖަވާބެއް ލިބޭނި ވެސް.“ އީތަން ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެލޯ ހުޅުވާލަމުން ހާމައަށް ސަރަހައްދަށް ނުކުމެލީ ޖެކެޓް ގަޔަށް މަހާލަމުންނެވެ. ސްކްރަބްގައި ގަދައަށް ވެހެމުން ދިޔަ ސްނޯގެ ތެރޭގައި އޭނާ ހުއްޓާ ފެނުމުން ހައިރާން ނުވާނެ މީހަކު ގައިމުވެސް ނުހުންނާނެ ތާއެވެ. ދެ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގާފައި ދަނިކޮން ހޮސްޕިޓަލްގެ ވެއިޓިން އޭރިޔާ ކައިރިއަށް މަޑުކޮށްލި ލިއަމްއާއި ރުއާނާ ފެނުނެވެ. ރުއާނާ ގަދަވެ ކޮޅަށް ހުރިތަންފެނި އީތަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

އެދިމާލަށް ދާން އުޅެފައި ވެސް އޯޑާރ ނިމިފައި ވާނެކަން އެނގޭތީ ފުރަތަމަ ދިޔައީ އެތެރެއަށެވެ. އެނބުރި ސާމާނު ހިފައިގެން ނުކުތް އިރު ވެސް ދެމީހުން ތިބިގޮތަކަށް ތިއްބެވެ. އެމީހުން ތިބިގޮތުން ދެމީހުންކުރެން އެކަކުވެސް ވާހަކަ ދައްކާ ހެންނެއް ހިއެއްނުވެއެވެ.

”ހޭއި ކިހިނެތް ރުއާ؟“ ކައިރިވެލާފައި އީތަން ގޮވާލުމުން ދެމީހުން އެއްފަހަރާ ބަލައިލިއެވެ.  ޖަވާބު ދިނުމުގެ ބަދަލުގައި ރުއާނާ ބަލަން ފެށީ އީތަންގެ އަތުގައި އޮތް ބާގާރ އަށެވެ. އެކަން ފާހަގަ ވެގެން ހިނިއައިސްހުރެ ބާގާރ ދިއްކޮށްލިއެވެ. އެހިނދު ރުއާނާ ޖަހައިގަތެވެ. ކާންފެށިގޮތައް ހުއްޓުމެއް އައީ އީތަންއާއި ލިއަމްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގުމުންނެވެ.

”ޔޫ ވޯންޓް ސަމް؟“ އީތަން އައިސްކޮފީ ތަށި ދިއްކޮށްލުމުން ރުއާނާ އެވެސް ޖަހައިގަތެވެ.

”އީޒީ އީޒީ.. “ ލިއަމް ގާތައް ވެސް ހިނިއައިސްގެން އަނގަމަތީގައި ނުފުށުން އަތް އަޅާލިއެވެ.  އެތަން ފެނި އެނބުރި ބަލާލުމަށްފަހު ރުއާނާ ލޯއަޅާލިއެވެ. ނަމަވެސް ކެއުން ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ.

”އީތަން .. ވީ ނީޑް ޓް ޓޯކް“ ރުއާނާއަށް ހީލަމުން ، މިފަހަރު ލިއަމްގެ ސަމާލްކަން ދިނީ އީތަންއަށެވެ.

”ޔާހް.. ބަޓް ވިތްއައުޓް ހާރ“ އީތަން ބުނެލިއެވެ.

”ދެން ތިހެން ބުނީމަ މަ ނުވެސް ދާނަން މިތާކުންނެއް“ ދެމީހުންގެ މޫނަށް ވަކިވަކީން ރުއާނާ ބަލައިލީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. އެދެމީހުން އެހާ ގާތްވީ ކޮން އިރަކުބާއޭ ވެސް ހިތައް އެރިއެވެ.

”ޕްލީޒް“ ލިއަމް އާދޭހުގެ ރާގެއްގައި ބުނުމުން ރުއާނާގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމެވެ. ނަމަވެސް އެއްޗެއް ނުބުނެ އިންތަނުން ތެދުވެ ގޮސްފިއެވެ. ދަމުން ބޮއުނު ހުސްކޮފީ ތައްޓާއި ބާގާރ ބަންދުކޮށްފައި އޮތް ކަރުދާސްގަނޑު އީތަންގެ އުނގުމައްޗަށް ލާފައި ތުންދަމައިގެން ހުރެ އެތަނުން ދިޔައެވެ.

”އޭނަ ރޭގަ ދޫކޮށްލީ.. މިއަދު ޑިއުޓީއަށް އެރީމަ އެކަމާއި އެއްޗެއް ބުނެގެން ހިތްހަމަ ނުޖެހިފަ ހުއްޓަ އަނެއްކާ ވެސް މިފޮނުވާލެވުނީ“

”އޯލް ދި ބެސްޓް“ އީތަންގެ މޫނުމަތިން ފެނުނީ ލާނެތްކަމެވެ.

”ސޯ.. ރޭގަ އެބުނީ ތެދަށްތަ؟“ ރުއާނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ލިއަމް އެއްސެވެ. ވަރަށް ހަމަޖެހިފައި އިނދެ އީތަން އާއެކޭ ބުނެލިއެވެ. ލިއަމްއަށް ބަހަލަހައްޓައިގެން އިނދެވުނިއެވެ. އީތަންގެ މޫނުމައްޗަކުން ސަމާސާގެ އެއްވެސް ކުލައެއް މިވަގުތު ފެންނާކަށް ނެތެވެ.

”އައި އޭމް!“ ދެވަނަ ފަހަރަށް އީތަން ބުނުމުން ވެސް ލިއަމްގެ މޫނުމަތިން ވަކި ޝުއޫރެއް ނުފެނެއެވެ. އެންމެ ފަހުން އީތަން ލޯމަރާލިއެވެ. އިރުކޮޅަކު އެގޮތުގައި މަޑުމަޑުން އެއްޗިހިތަކެއް ކިޔަމުން ދިޔައެވެ. އިސާހިތަކު އީތަންގެ ކަރަށް އަރައިގެން ދިޔަ ކަޅުކުލައިގެ ނާރުތައް ލިއަމްއަށް ފެނުނެވެ. ސިއްސައިގެން ދިޔަ ވަރުން އިންތަނުން ތެދުވެވުނެވެ. ވަށައިގެން ބަލައިލެވުނީ އެ މަންޒަރު ފެންނަ ހިސާބުގައި އިތުރު މީހަކުހުރިތޯއެވެ.

އީތަން ދެލޯ ހުޅުވަލިއެވެ. އެހިނދު ކަރުގައި ފުއްޕާލާފައިވާ ނާރުތައް އޮނބުނެވެ. ލޮލުން ފެނުނު ކްރިމްސަން ކުލަވެސް ލަސްލަހުން ފަނޑުވަމުން ގޮސް އެއްކޮން ފަނޑުވެއްޖެއެވެ.

”ކޮން ހިސާބަކުން؟ ކޮން އާއިލާއެއް؟ ކި..ކިހިނެތް“ ލިއަމްއަށް ވާހަކަ ދައްކަން އުނދަގޫވެފައި ހުރިވަރުން ދުލަށް ބަހެއް ނައެވެ.

”އެތަނަށް ރޭގަ އަހަރެން ވަނީ އަލަކަށްނޫން… މީގެ ކުރިން ވެސް އަހަރެންގެ ބައްޕައާއި އެއްކޮން އައިސް ވަނިން“

”ބައްޕައޭ؟ އިޒީ ބުނީ އޯފެންއެކޭ“ ލިއަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އީތަން ދެފަރާތައް ބޯހޫރުވާލީ އެވާހަކަ ދޮގު ކޮށްދެމުންނެވެ.

”އަހަރެން ބުނީއޭ އަހަންނަކީ އޯފެންއެކޭ.. އައި ނޯ ޑޮކްޓާރ އިޒާން.. މިވަގުތު އިހަށް މި ޓޮޕިކް ދޫކޮށްލަން ފެންނަނީ.. އަދި ފަހުން ކިޔައިދޭނަން“ އަމިއްލަ ދިރިއުޅުމައި ގުޅޭ އެއްވެސް ވާހަކައެއް އީތަންގެ ދުލުން ބޭރު ނުކުރަން އަމިއްލަ ނަފްސަށް ވެފައިވާ ވައުދު އުވިދާނެކަމުގެ ބިރަށް ބުނެލިއެވެ.

”އެންމެ ރަނގަޅު.. އެކަމަކު މިއިން އެއް ވެސް ކަމެއް ފަހުން އެނގިގެން އެއްވެސް ކަމަކަށް ގެއްލުމެއް ކުރިމަތިވެދާނެތަ؟ އަހަރެންގެ ބައްޕައާއި އީތަން މެންގެ ހުރި ގުޅުމެއް ވެސް ބޭނުން އެނގެން..“ ލިއަމް ބުންޏެވެ.

”ނޭނގެ ބުނާކަށް.. އެކަމަކު އަހަންނަށް އެނގިގެން ކަމެއް ގޯސްވާތަން ދެކޭކަށް ނުހުންނާނަން.. ޓްރަސްޓް މީ..“ އީތަންގެ އަޑުގައިވާ ޔަގީން ކަމަށް އެންމެފަހުން ލިއަމް ބޯޖަހައިލިއެވެ. އިޒާންއާއި އީތަންގެ އޮތް ގުޅުމެއް އެނގެން ބޭނުންވި ނަމަވެސް އީތަންގެ އެ ނިންމުމަށް އިހްތިރާމް ކުރިއެވެ.

”ސޯ ރުއާ ވެސް ދޯ؟ ވަޓް ހެޕެންޑް ޓް ހާރ؟ “

އީތަންއަށް ރޭގެ މަންޒަރު ފެނިފައި ވުމުން ދޮގު ނުހަދާ އެ ސުވާލަށް ތެދު ތެދަށް ލިއަމް ޖަވާބު ދިނެވެ. އަނެއްކޮޅުން އީތަންއާއި ރުއާނާގެ ގާތްކަން އެއީ އޭނައަށް އޮޅިފައިވާ ކަމެއް ނޫނެވެ. އެހުރިހާ ކަމެއް އެނގުމުން އީތަންއަށް ލިބުނީ ބޮޑު ސިހުމެކެވެ. ހިތްތެޅިގަތެވެ. މޭ ޖެހެމުން ދާފަދަ އިހުސާސްއެއް ކުރެވެމުންދިޔައެވެ.

”ދެޓް ވޯޒް،..“  އެޖުމްލައިގެ ބާކީބައި އޮތީ އީތަންގެ ހިތުގައެވެ.

”މްމް؟“ އީތަންގެ ޖުމްލަ ފުރިހަމަ ނުކުރެވުމުން ލިއަމް އެހިއެވެ. އޭނާ ދެފަރާތައް ބޯހުރުވާލިއެވެ.

***

”އާހްހް.. މިސްވާނެ ދޯ ކިޔަވަން މިއުޅުނު ދުވަސްތައް“ އިޒްވާއާއި ލޫކް ތިބީ ޓެރެހުގައެވެ. މޭޒެއްގެ މަތީގައި ފޮތްތައް އަތުރާލައިގެން ތިބެ ދިޔައީ ފިލާވަޅު ހަދަމުންނެވެ. އެކަކު އަނެއްކަކަށް ނޭނގޭ އެއްޗެއް ބުނެދެމުން ދިޔައިރު މޭޒުމަތީގައި ހުރި ކޮފީތަށިތައް ލަސްލަހުން ހުސްވަމުން ދިޔައެވެ. ކޯހުގެ ރަސްމީ ކިޔެވުމުގެ ގަޑިތައް ނިމިފައިވީ ނަމަވެސް އެންމެ ފަހު އިންތިހާނަށް ތައްޔާރު ވަމުންދާ ދުވަސްކޮޅަކަށް ވާތީ ކުރިއަށް އޮތީ، އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ނެގޭ އިތުރު ކްލާސްތަކެވެ.

”ޔާހް އަސްލު ވެސް.. ދޮންބެ އާއި ރުއާ ގެ ރޮމޭންސް އާއި އީތަންގެ ވަން ސައިޑެޑް ލަވް ވެސް ނުފެންނާނެ ދެން މިވާ ގޮތުން“

އިޒްވާ ކޮފީ ތަށި ތުމުގައި ޖަހައިގެން އިންދާ ލޫކް ބުނެލި ޖުމްލައިން ކޮށިނޭރީ ކިރިޔާއެވެ. ދެލޯ ހަނިކޮށްލައިގެން އިނދެ ތުންފަތް ކައިރި ޓިސޫއަކުން ފުހެލިއެވެ.

”ކީއްވެތަ ތިހެން ތިބުނީ؟ ވަން ސައިޑެޑް އޭ؟ އަހަރެމެން ދެމީހުން އެރޭންޖް މެރިއޭޖްއެއް ނޫން ގައިމުވެސް ކުރެވެން މިއުޅެނީ“

”އެހެންވާ ބުނަނެ އެންނު..އީތަން ދިވާނާއެއް ހެން އިޒީ މޫނަށް ބަލަން އިންނަ އިރު އިޒީ އިންނަނީ މާ ކިޔަވަ މީހަކަށަ ހެދިގެން.. ތަނެއް ދޮރެއް ނޭނގެއެންނު.. މަގޭ ގާތައް ހިނިވެސް އާދޭ.. ރުޅިވެސް އާދޭ.. ހިތައް ވެސް އުނދަގޫވޭ.. އެހެންޏަ ދެން ހަމަ އޭނާ ބަލަން އިން ކަމެއް އިޒީއަށް ނޭނގެނީތަ ބަލާލާފަ ސްމައިލް ވެސް ނުވެ އިންނަނީ؟“ ލޫކް އެއްފައްޗަކަށް އަމުނާލިއެވެ. އޭނާގެ ވާހަކަ ހުރިގޮތުން އިޒްވާއަށް ހެވުނެވެ. އީތަންގެ އެ މިޒާޖު ލޫކްއަށް ފާހަގަ ވެގެން ބުނިއިރު އޭނާއަށް ނޭނގުމުން އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ. ކޮންމެވެސް ވަރަކަށް އިޒްވާގެ މޫނުން ލަދުރަކި ކަމެއް ވެސް ފެނިލިއެވެ.

”ދެން ލަދު ގަންނާނެކަމެއް ނެތް.. މެރީ ކުރާކަށްނު ތިއުޅެނީ.. ދެން ރޫމުގަ އެވެސް ކުރިމަތީގަ ހުރެގެން އޭނަ ބަލާނީ.. މިހާރުން ސުރެން ޕްރެކްޓިސް ލިބެންޖެހޭނެ “ ލޫކް ދިޔައީ ހުއްޓުމެއްނެތި ދިމާކުރަމުންނެވެ. ލަދުގަތްވަރުން ދެނޭ ކިޔާފައި އިޒްވާ ކުސްތަޅައިލިއެވެ.

”ހެހެހެ.. އޭތް ކުޑޫ އެގުޅަނީ.. މަންމައާއި ބައްޕަގެ އެނިވާރސަރީގަ ސަޕްރައިޒްއެއް ޕްލޭންކޮށްގެން މިއުޅެނީ.. އެހެންވެ އެއުޅެނީ… އެބަ އަންނަން އެނގޭ.. “  ލޫކް ދަބަހަށް ފޮތްތައް އަޅާލަމުން ތެދުވެލިއެވެ.

”އޯކޭ.. ލެޓް މީ ނޯ އިފް ޔޫ ގާއިޒް ނީޑް އެނީ ހެލްޕް އެނގޭ“ އިޒްވާ ބޯޖަހައިލަމުން ބުނެލިއެވެ. ލޫކް ހީލާފައި އާއެކޭ ބުނެލިއެވެ.

ފިލާވަޅުގެ ބާކީ އަދި ނުނިމި ހުރުމުން ލިބިފައިވާ ހުސްވަގުތުކޮޅު އިޒްވާ އުޅުނީ އެކަން ވޭތޯއެވެ. ނަމަވެސް ލޫކް ބުނެފައި ދިޔަ ވާހަކައަކުން އެކަމަށް ވުރެން ބޮޑަށް އޭނާގެ ސިކުނޑިއަށް ވަންނަމުން ދިޔައީ އީތަންގެ ސޫރައަށެވެ. އެ ފިރިހެންވަންތަ ހިނިތުންވުން ހިތައް ގެނެވުނު ހިނދު އިޒްވާގެ ހަށިން ހީބިހި ހަލުވާލިއެވެ. ލިއަމުން ދިޔަ ގަލުމުން އަތްދޫކޮށްލަމުން ފޯނު ހުޅުވާލިއެވެ. އިޒްވާގެ ގެލެރީ ފުރިފައިވަނި އީތަންއަށް ނޭނގި އެގޮތް މިގޮތައް އޭނާ ނަގާފައި ހުރި ފޮޓޯތަކެވެ. އެއްބައި ފޮޓޯތަކުގައި ލޫކްއާއި ރުއާނާ ހުރިއިރު ގިނައީ އީތަން އެކަނި ހުއްޓާ ނަގާފައިވާ ފޮޓޯއެވެ.

”ހޭންޑްސަމް“ އެތަނުން އެއްފޮޓޯ ޒޫމްކޮށްލައިގެން އިނދެ އިޒްވާ ލޯބި ގޮތަކަށް ހީލިއެވެ. ގެއްލިފައި އިން އިރު އެފޮޓޯގައި އިނގިލި ހާކަލެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.

”ލޫކް އެކިޔަނީ ރަނގަޅު އެއްޗެއްބަ.. އީތަން ކްލާހުގަ ވެސް އެހެން ތަ“ ސިފަވީ އޭނާގެ ކުރިމަތިގައި ހުރެ އީތަން ބަލާ ގޮތެވެ. ތޫނު ނަޒަރުން އިޒްވާގެ ހިތުގައި އުތުރުއަރަނީ ބުނެދޭން ވެސް އުނދަގޫ ޖަޒުބާތެކެވެ. ފޯނަށް ގެއްލި އިންދާ ސިހުމެއް ލިބުނީ އޭނާގެ ކަނދުޜާއަށް މީހެއްގެ ހޫނުނޭވާ އެޅިލުމުންނެވެ. އެފަދަ ކަމެއް އީތަން ނުކުރާނެކަން އެނގޭތީ ކައްޓެއްޖެހި ހެން ތެދުވެވުނެވެ.

ފަހަތުގައި ޖައްސާފައި ހުރީ ނޫހްއެވެ. ވަގުތުން އެ މޫނުމަތީގައިވީ އުފާވެރިކަން ވަޅުޖެހިގެން ދިޔައެވެ. ނަފްރަތާއި ރުޅިވެރިކަމުން މުޅި މޫނު ފަވާލީ ސިކުންތެއްގެ ތެރޭގައެވެ. ނޫހް ހުރި ހިސާބު ގާތްކަމުން ވީ ފޫހިން އިޒްވާ ފަހަތައް ޖެހިލިއެވެ. އެތަނުގައި އިތުރު އެންމެ މިނެޓެއްވެސް ހޭދަކުރާކަށް ބޭނުމެއް ނުވިއެވެ. ދަބަހަށް ފޮތްތައް އެޅުނުގޮތަކަށް އަޅާލައިގެން އިޒްވާއަށް ދޮރާއި ހަމައަށް ދެވެން ވާއިރަށް ނޫހް އައިސް އޭނާގެ އަތުގައި ހިފައިފިއެވެ.

”ދޫކުރޭ!“ ދަތްތައް ޖައްސާ ބާރުކޮށްލަމުން އިޒްވާ އަތް ފޮޅުވާލިއެވެ. އެއަތުން މިންޖުވީ ނަމަވެސް އަނެއްކާ ވެސް ނޫހް އެއަށް ވުރެން ބާރަށް އޭނާގެ ގައިގާ ހިފަހެއްޓިއެވެ.

”ނުކުރާނަން! ޖެހޭތަ އޭނާގެ ފޮޓޯ ތި ފޯނުގަ ހުންނަން! ޖެހޭތަ!“ ނޫހްގެ ރުޅިގަދަވެފައި މޫނުން ފެނުނީ ނުރައްކާތެރިކަމެވެ. އިޒްވާގެ ހިތް ބިރުން ތެޅިފޮޅިގަތެވެ. ނޫހްގެ ފަރާތުން އަންނާނީ ކޮން ފަދަ ކަމެއްކަން ވޭސް ނޭނގެއެވެ. އެހީއަކަށް އެދުނު ނަމަވެސް އެއަޑު ފޯރާ ހިސާބުގައި މީހަކު ހުރިވެސް ކަމެއް ނޭނގެއެވެ.

”ދެން މަވީ ކަލޭގެ ފޮޓޯ ބަހައްޓަންތަ؟ ދޫކުރޭ…މިއަދު ދޫ ނުކޮށްފިއްޔާ ދޮންބެ ކައިރިއަށް ދާނީ.. އަޑު އިވިއްޖެތަ!“

”ހަހަހަ..ކަލޭ ތިހެން ބުނީމަ ދެން މަވީ ގަބޫލްކުރަންތަ؟… ހޭވް ޔޫ ގާއީޒް އީވެން ކިސްޑް؟ ނޯ .. ރައިޓް! ތީ މަށަށް ދައްކަން ކުރާކަމެކޭ.. ކަމޯން ސްޓޮޕް ޕްލެއިން ސޯ ހާރޑް“ ނޫހް ވާހަކަ ދެއްކީ މަލާމާތުން ފުރިގެންވާ ފަދަ ގޮތަކަށެވެ.

”ކަލެއަށް ކިހިނެތް އެނގެނީ؟ އޭތް!.. އަހަރެމެން ދެމީހުން ކައިވެނި ކުރަން މިއުޅެނީ ލޯބިންނޭ ކިތައް ފަހަރުތަ ބުނަންވީ!.. މަށައް ކޮންކަމެއް ކަލޭ ގަބޫލް ކުރިޔަސް ނުކުރިޔަސް.. އަހަރެމެން ދެމީހުން މިއުޅެނީ ވަރަށް އޯޕެންކޮށް… ބުނަންތަ ވާހަކަ އެއް!.. އަހަރެމެން ދެމީހުން އުޅޭނެ ހުރިހާ ގޮތަކަށް އުޅެން ރޫމް ވެސް ލިބޭ.. ބޭނުން ކޮންމެ ވަގުތަކު! ކަލެއަށް ހީވަނީތަ!.. ކިޔައިދެން ތަ އަހަރެމެން ދެމީހުން ކުރި ކަންތައް ؟އަޑު އެހުމުގެ ގާބިލިއްޔަތު އެބަހުރިތަ؟.. ވީ ޑިޑް އެވްރީތިންގ ދެޓް ޔޫއާރ އިމޭޖިންގް ރައިޓް ނައު!“ އިޒްވާ ރައްދުދިނެވެ. އަދި އެއަތުން މިންޖުވުމަށްޓަކައި ނުހަނު ބާރަށް ދަތްއަޅާލިއެވެ. އެހެނަސް އޭގެ ހިތިކަން ވެސް ތަހައްމަލްކުރަން ޖެހުނީ އޭނައަށެވެ. އިޒްވާ ދެއްކި ވާހަކައިން އެރި ފޯރިން ނޫހްގެ އަތުގެ ގޮތް މުށުގެ ހަމަލާއެއް އިޒްވާގެ އަނގަމައްޗަށް އެރިއެވެ. ވަގުތުން ތުންފަތް ކައިރި ފެޅިގެން ލޭތައް އަންނަން ފެށިއެވެ. ވީތަދުން އޭނާގެ ބޮލަށް ދިޔައީ އެނބުރުން އަރައިގެންނެވެ. ހަމައަކަށް އެޅުނު އެރުނު ރޮވިއްޖެއެވެ. ބިރުން ރޫރޫއަޅަމުން ދިޔައިރު އަނެއްކާ ވެސް ބެލީ ސަލާމަތްވެވޭތޯއެވެ.

ގަދަހަދާ ވަރުން ނޫހްގެ ހަމަލާއެއް އަނެއްކާވެސް އިޒްވާގެ މޫނަށް އަރައިފިއެވެ. މިފަހަރު ކޯމަތީގައި ޖެހީއެވެ. ދޮން ކޯތާފަތައް ނޫހްގެ އަތްތިލަ ހުރިގޮތައް އަރަން ގިނަ އިރެއް ނުނެގިއެވެ. ވީ ތަދަށް ވުރެން ބޮޑަށް އިޒްވާއަށް ރޮވުނީ ހިތައް ކުރި އަސަރުންނެވެ. އެފަދަ ރަހުމްކުޑަ ގޮތަކަށް އޭނާގެ ގަޔަށް އަތް އިސްކޮށްފާނެކަމަކަށް އޭނާ ދުވަހަކު ވެސް އުއްމީދެއް ނުކުރެއެވެ.

“ ދޫކުރާށޭ.. ތިއީ ތަ ނޫހް ވާ ލޯތްބަކީ؟ “

ތުރުތުރު އަޅަމުން ދިޔަ އަޑަކުން އިޒްވާ ބުނެލި ނަމަވެސް ނޫހް އަޅާ ވެސް ނުލިއެވެ. އެހެން ހުއްޓާ އަނެއްކާ ވެސް ލިބުނު ހަނި ދާއިރާއަކުން ދެމިގަނެގެން އިޒްވާ ދުއްވައި ގަނެގަނެ ހުއްޓާ، މިފަހަރުވެސް ނޫހް އޭނާގެ  ގެނެސް ދުރަށް ނުދެވޭނެހެން ހައްޔަރު ކޮށްލިއެވެ.

”ދެފަހަރަށް ހޭ އަރުވާލީމަ ވެސް މައިތިރިވާކަށް ނޭނގޭތަ؟ އޭން !؟“ ނޫހް އިނގިލި ދިއްކުރަމުން ދިޔަ ގޮތުން ހީވީ ދެންމެ ދެންމެ އިޒްވާގެ މޫނުގައި ޖެހިދާނެހެންނެވެ. އެއިން ކޮންމެ ފަހަރަކު ސިހިގެން ގޮސް އިޒްވާއަށް ފަހަތައް ޖެހިލެވެއެވެ. މޫނުމައްޗަށް އަތް ހުރަސްކޮށްލަމުން ރޮއިގަނެވެއެވެ. ދެލޮލުން ކަރުނުތައް ފައިބަމުން ދިޔައިރު ބިރުން ގޮސް ރޫރޫ އަޅަމުން ދިޔައެވެ. ގާތްވަމުން ގޮސް އޭނާގެ ތުންފަތާއި ދިމާލަށް ނޫހްގެ ނަޒަރު ހުރިގޮތުން، ކުރިއަށް ވުރެން ބޮޑަށް ރޮވުނެވެ. ދުވަސްކޮޅެއް ކުރިންވެސް ގަދަ ހަދަނިކޮން ނޫހް ދިޔައީ އެކަންތައް ކޮށްފައެވެ. ނޫނެކޭ ބުނެ ހަޅޭއްލަވައި ގަނެވުނު ނަމަވެސް މިފަހަރުވެސް އޭނާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުން ނޫހް އަމިއްލަ ބޭނުން ފުއްދިއެވެ. އިޒްވާގެ މޫނުގެ އެތަން މިތަނުގައި ބޮސްދެމުން ދިޔައިރު ދޫކޮށްލީ ރޮއެރޮއެ ހިނދެން ކައިރިވެފައި ވަނިކޮންނެވެ. ދޫކޮށްލީ އެއް ނޫނެވެ. ނަމަވެސް ނޫހްގެ ފޯނު ރިންގުވެގެން ދިއުމާއި އެކު މަޖުބުރުވީއެވެ.

އޭނައަށް ފޯނުކޯލަކާއި އެކު އިޒްވާގެ އަތުން ދޫކޮށްލާފައި ނުކުންނަން ދިޔައެވެ.

”ހަނދާން ކުރާތި މިއިން ވާހަކައެއް ދޮންބެގެ ކަންފަތައް އަރުވާފައިއްޔާ ކަލޭގެ އީތަންގެ ވަޒީފާ މިތަނުން ގެއްލޭނެ.. އަހަރެން ވާހަކައެއް ހަދާލައިފިއްޔާ ތިއްތިބެ ވެސް.. ކީވާންވެސް ގަބޫލް ކުރާނެ..“ ނުބައި ހިނިތުންވުމެއް ރައްދުކޮށްލަމުން އޭނާ ނުކުމެގެން ދިޔައެވެ. އިޒްވާއަށް ހީވީ ދެފައި ކޮޅުން ވަރު ހުސްވެގެން ދިޔަހެންނެވެ. މުޅި ކުއްޖާ ހުރިތަނަށް ތިރިވެވުނެވެ. ކޯކަށިގަނޑު ގައި އަޅަމުން ދިޔަ ވޭނައް ވުރެން ހިތައް ކޮށްފައިވާ އަސަރު މާ ވަރުގަދައެވެ. އެހެން ހުއްޓާ އިތުރު މީހަކަށް އޭނާ ފެންނާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރުއާނާ ގުޅަން ފެށި ގޮތައް ނުހުއްޓިއެވެ. ހިތްވަރުކޮށްލާފައި އިޒްވާ އެތަނުން ތެދުވެގެން ގޮސް ލިފްޓަށް އެރިއެވެ.

”ދޮންބެ ކައިރީގަ ބުނަން ވީތަ“ އިޒްވާގެ ހިތުގައިވީ ޝަކުވާއެވެ. ހުއްޓުމެއް ނެތި ދެލޯ ފުރިގެން އައި ކަރުނުތައް އެގޮތުގައި ވާން ދޫކޮށްލައިގެން ހުރީ ހިތައް ހަމަޖެހުމެއް އިޙްސާސް ވޭތޯއެވެ. ނަމަވެސް ވިސްނުން ކޮންޓްރޯލް ނުކުރެވޭތީ އިތުރަށް މޭގައި ރިއްސައިގަތެވެ.

“ ކޮބާ ބޭބީ.. ކޮންތާކުތަ؟ އަމް ސޯ ..ސޯ ހަންގްރީ.. މި ނިމުނީ ކްލާސް.. މިހާރު މިދަނީ ރައުންޑަށް.. ވަރަށް މުހިއްމު ލެސަން އެއް ޕްރޮފެސާރ ޑޭވިސް ކިޔައިދޭން އެބައިން ރައުންޑް ނިމޭ ތަނުން.. އަވަހަށް އަންނައްޗޭ“ ރުއާނާ ފޮނުވާފައިވާ ވޮއިސް މެސެޖް އަޑުއެހުމާއި އެކު އިޒްވާ ހާސްވިއެވެ. އެއީ އޭނާ ވެސް ކޮންމެހެން ދާން ޖެހޭ ތަނެކެވެ. ނަމަވެސް ނޫހްގެ ސަބަބުން އެހާ މުހިއްމު ކަމެއްގެ މަތިން ހަނދާނުން ކައްސާލިއެވެ. ރުއާނާ އެވަރަށް މެސެޖް ނުކުރިނަމަ ގަޑިޖެހޭ އިރުވެސް ނޭނގޭނެއެވެ. ހިތްވަރުކޮށްލާފައި ކަރުނުތައް ހުއްޓުވާލިއެވެ. އިތުރު މީހަކަށް ކަރުނުތައް ދައްކަން ބޭނުން ނުވާތީ، ލިފްޓުގެ ލޯގަނޑުން މޫނުމަތިން ސާފްކޮށްލިއެވެ. ނަމަވެސް ތުންފަތް ކައިރިން ފެޅިފައިވާ ތަންކޮޅާއި ވައަތު ކޮލާއި ދިމާ ރަތްވެފައިވާ ގޮތުން އެންމެ ފުރަތަމަ ވެސް އޭނަ އަވަސް ވެގަތީ މާސްކެއް ހޯދުމަށެވެ. ނޫންނަމަ ނުހަނު ބޮޑަށް އަޅާއިގަންނާނެއެވެ. ލޭއައުން ކޮންޓްރޯލްވެފައި ވި ނަމަވެސް ހުރީ ރަތްކޮންނެވެ. އެ ފްލޯއަށް ލިފްޓް ހުއްޓުމާއި އެކު ފައިބައިގެން ހަލުވި ފިވަޅުތަކެއްގައި އިޒްވާ ގޮސްވަނީ އެންމެ ކައިރިއަށް ހުރި ސްކޭން ކޮޓަރިއަށެވެ. އެވަގުތު އެތަން ހުސްކޮން އޮތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

 

”ހޭއި“ އިޒްވާ ވަތްތަން ފެނުމުން ރުއާނާ އައިގޮތައް އޭނަގެ އަތުގައި ހިފާލިއެވެ. އޭރު އޭނާ ނޫން އެންމެން ހަމައަށް ތިއްބެވެ.

”ކިހިނެތްވީ މާސްކް އަޅާފަ؟ ރޯގާ ޖެހުނީ ތަ؟“

”ޔާހް.. ކުޑަކޮން..އެހެންވެ ހިތައް އެރީ މާސްކު އަޅާލާނީއޭ.. ކޮބާ އީތަން؟“ ލޮލުގައި އީތަން އަޅައިނުގަތުމުން އެހުނެވެ. ރުއާނާ ދައްކައިލީ ކީވާންއާއި އެކު ވަކިން ހުރި އީތަން އެވެ. އިޒްވާ ބަލައިލި އިރު އީތަން ބަލަހައްޓާއިގެން ހުރި ގޮތުން މެޔަށް ފިނިވެލިއެވެ. މާސްކުން އަޅާއިގެން ހުރުމުން ކަންނޭގެއެވެ. އޭނާ ނިތް އަރުވާލިއެވެ. އީތަންގެ އިތުރު ސުވާލެއް އަމާޒު ވެދާނެ އިޒްވާއަށް އެ ނަޒަރު ފެންނަ ކަމަށް ނުހަދާ މޫނު އަނބުރާލިއެވެ. އެހެން ހެދިކަމުގައި ވީ ނަމަވެސް އެ ތަނުގެ ތެރެއިން ނުކުތުމުން އޭނާގެ ސުވާލްތަކާއި އެކު އަންނާނެ ކަން އެނގެއެވެ. އެހާ އިރުންސުރެން އިޒްވާ ވިސްނަން ފެށީ ، ނުކުމެފައި އީތަންއަށް ދޭނެ ޖަވާބަކާއި މެދުގައެވެ.

އެހެން ތިބޭތާ މާގިނަ އިރެއް ނުވަނީސް، ދޮރު ހުޅުވުނެވެ. އިސްކޮޅުން މާ ދިގު ނޫން ، އެހެނަސް ވަރުގަދަ ހަށިގަނޑެއް ލިބިފައި ހުރި ދުވަސް ވީ ފިރިހެނެއް ވަދެގެން އައެވެ. އޭނާގެ ހުދުކަން ގަދަ އިސްތަށިގަނޑުން އެކަނިވެސް އެއީ ކާކުކަން އެންމެނަށް އެނގިގެން ދިޔައެވެ. އޭނާއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެންމެން ހަމަހިމޭން ވެލިއެވެ. އޭނާގެ ފަހަތުން ލިއަމްގެ އިތުރު ކައިވާން އާއި އަލާނިޔަލްގެ އަދި ޔަޒަކް ވަދެގެން އައެވެ. ލޫތް އާއި ޔީލާ މެއެވެ.

”ހެލޯ އެވްރީވަން .. ދިސް އިޒް އިޒް ޕްރޮފެސާރ ޑޭވިސް.. ޒެންޓްރަސްގެ އެންމެ ދުވަސްވީ ޕްރޮފެސާރ.. އަޅުގަނޑުމެންގެ ރިޓަޔާރޑް ނިއުރޮލޮޖިސްޓް .. އާ  މޫނަކަށް ނުވާނެކަން ޔަގީން.. އުއްމީދުކުރަން ޕްރޮފެސާރ ޑޭވިސް ނަގައިދޭ މި ހާއްސަ ސެޝަން އިން ހުރިހާ ކުދިންނަށް ވެސް ރަނގަޅު އެއްޗެއް ދަސްވާނެކަމަށް“  ލިއަމް ވާހަކަ ދައްކަމުން ،ޑޭވިސްގެ ތައާރަފްއެއް ދިނެވެ. އަބަދުވެސް ހީލައިގެން ހުންނަގޮތުން ހިތްހެޔޮ މޫނެއްކަން ދޭހަވެއެވެ.

”ހުރިހާ ކުދިން ރަނގަޅުތަ؟ ވަރަށް އުފާވެއްޖެ ބައްދަލްވީމަ..“ ޑެވިސް ވާހަކަ ދައްކަން ފެށުމުން ހުރިހާ އެންމެންގެ ސަމާލްކަން އޭނާއަށް ހުއްޓުނެވެ. ލިއަމް އެއްފަރާތަކަށް ޖެހިލަމުން ބަލައިލީ ރުއާނާ ކޮބާތޯއެވެ. ހެނދުނު ބައްދަލުވި ފަހުން އޭނާގެ މޫނުވެސް އަދި ފެންނަ ވަރެއް ނުވެއެވެ. ބަލަނިކޮން އިޒްވާގެ ގާތުގައި ހުރި ރުއާނާ ފެނި ލިއަމްއަށް ހީލެވުނެވެ.

ޑޭވިސް ކިޔައިދެމުން ދިޔަ އެއްޗިހި އަޑުއަހަމުން އަތުގައި އޮތް ކުޑަ ނޯޓުފޮތުގައި ބައެއްފަހަރު ކޮންމެ އެއްޗެއް ލިޔަމުން ދެއެވެ. އެހާ ބޮޑަށް ޑޭވިސްގެ ވާހަކައަށް ގެއްލިގެން ހުރުމުން ލިއަމްގެ ތޫނު ބެލުން ހުއްޓިފައި ހުރިކަމެއް ވެސް ރުއާނާއަކަށް ނޭނގެއެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހިފާލައިގެން ހުރި ގަލަމުގެ ކޮޅުން ބޯކާހާލާފައި އަނެއްކާ ވެސް އޭނާގެ މަސައްކަތައް ރުޖޫއަވިއެވެ.  އެ މައުސޫމް އަދާތަކުން ލިއަމްގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ. އެހެން އިންނަތާ އިރުގަނޑެއް ފަހުން ސެޝަން ނިމުމާކާއި ގާތްވިއެވެ.

”ވަރަށް އިންފޯމޭޓިވް.. ކުރީ ދުވަހު އޮޅުން އެރި ޕާރޓް ވެސް އެނގިއްޖެ“ ރުއާނާ ނޯޓުފޮތް ލައްޕާލަމުން ދޫކޮށްލީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ. އޭނާ ވާހަކަ ދެއްކީ އިޒްވާއާއި ނަމަވެސް، އޭނާ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެއްދިމާލަކަށް ހުއްޓިފައި އިން އިރު ރުއާނާ ވާހަކަ ދައްކަމުން ދިޔަކަމެއް ވެސް ނޭނގޭ ކަހަލައެވެ. ކްލާސް ނިމިގެން ދިޔަ އިރުވެސް އެތަނުގައި ދެކެވުނު އެއްވެސް ވާހަކަ އެއް އޭނައަކަށް ނޭނގެއެވެ.

”އިޒީ.. ހޭއި..ހޭއި“ އޭނާގެ ވިސްނުންތަކުން އެނބުރި އާދެވުނީ ކޮނޑުގައި ހިފައި ރުއާނާ ތަޅުވައިގަތުމުންނެވެ. އިޒްވާ އިސްއުފުލާ ބަލައިލި އިރު އެސްފިޔަތަކަށް ކުޅަދާން ނުވާ މިންވަރަށް ވަނީ ކަރުން ބަރާވެފައެވެ.

ރުއާނާ ހުރީ ހައިރާންވެފައެވެ. އޭނާ މަޑުކޮށްލީ އޭރު އެތަނުން އެންމެން ނުކުންނަ ތަން ފެނުމުންނެވެ. ދެމީހުން އެކަނިވުމުން އެއްޗެއް ބުނަން އުޅުނު ވަގުތު މާސްކްގެ ވާފަށުގެ ކައިރިން އިޒްވާގެ ކޮލާއި ކަންފަތާއި ދޭތެރެއިން ތަންކޮޅެއް ރަތްވެފައި ވީތަން އޭނާގެ ލޮލުގައި އަޅާއިގަތެވެ. އެވަރު ވަކިވީ ވެސް އެހާ ކައިރިވެވުނީމައެވެ. ދުރުގައި ހުންނައިރު އެކަހަލަ ކަމެއް ފާހަގައެއް ނުވެއެވެ. ރުއާނާ ބަލާކަށް ނުހުރެ އިޒްވާގެ މާސްކުގައި ހިފައި ތިރިއަށް ދަމައިގަތެވެ.

”ނޫންން. ރުއާ.. ނޫން“ އިޒްވާ ތެޅިގަތް ނަމަވެސް، އޭރު މާ ލަސްވެއްޖެއެވެ. ރުއާނާއަށް އޭނާގެ މޫނު ފެނިއްޖެއެވެ. ދެލޯ ބޮޑުވެފައި ހުރެ ރުއާނާއަށް އަނގަމަތީގައި އަތް އެޅުނެވެ. އޭރުވެސް މޫނުގައިވާ ރަތްކަން އެގޮތުގައި ހުއްޓެވެ. ނޫހް ޖެހިގޮތުން ، ނިޔަފަތިން ހަލާކުވެފައި ކުޑަ ތަންކޮޅެއް ވެސް އިނެވެ. ތުންފަތްވެސް އިނީ ދުޅަވެފައެވެ.

”ވަޓް ދާ!.. ހޫ ޑިޑް ދިސް! .. ޓެލް މީ.. ހޫ ޑިޑް ދިސް!“  ރުއާނާގެ އަޑު ދިޔައީ ފަހަރަކަށް ވުރެން ފަހަރެއް ބާރުވަމުންނެވެ. ރުޅިގަދަވީވަރުން އޭނާއަށް ކޮންޓްރޯލް ކުރަން ވެސް ދިޔައި އުނދަގޫވަމުންނެވެ. އިޒްވާއަށް ބަހެއް ނުބުނެވުނެވެ. އިތުރަށް ކެތް ނުވެގެން ރޮވިއްޖެއެވެ. އެމީހެއްގެ އަތުގެ ނިޝާން ފުރިހަމައަށް އިޒްވާގެ ކޮލުގައި ވީއިރު ވެއްޓިގެން ވެފައިވާ އަނިޔާއެއް ނޫންކަން އޭނާއަށް ޔަގީންވެއެވެ. ފުރަތަމަވެސް ރުއާނާގެ ހިތައް އައީ ނޫހްގެ ނަމެވެ.

”އައި ސެއިޑް ހޫ ޑިޑް ދިސް ޓް ޔޫ!“ ރުއާނާއަށް ހަޅޭއްލަވައިގަނެވުނެވެ.

”އި..އިޓްސް.. ހިމް …“ އިޒްވާގެ ދެތުންފަތް ދޭޓެރެއިން ދެބަސް ނުކުތީ ނުހަނު އުނދަގުލުންނެވެ. ރުއާނާ ދިމާކޮށްލީ އެތަނުން ނުކުންނާށެވެ. އޭނަ އެދާ ބާރުމިނުގައި ގޮސް ނޫހްއާއި ކުރިމަތިލާފާނެ ކަމުގެ އޮތްވަރުން އިޒްވާއަށް ރުއާނާގެ އަތުގައި ހިފުނެވެ. ރުއިމުގެ ތެރެއިން ދެފަރާތައް ބޯހޫރުވާލީ ނުދާށޭ ބުނާ ފަދައަކުންނެވެ. ނަމަވެސް ރުއާނާ ހުރީ ހަތިޔާރު ބަހައްޓާ ގޮތަކަށް ނޫނެވެ.

”ރުއާ ޕްލީޒް.. މީހަކަ..އެ،.އެނގިއްޖެޔާ.. ވާނެ ގޮތެއް ވެސް ނޭނގެ“  އިޒްވާ ސިހުނީ ދޮރުން އެތެރެއަށް ވަތް އީތަން އާއި ކީވާން ފެނިފައެވެ. އަވަސް އަވަހަށް އިޒްވާ މާސްކް އަޅާލިއެވެ.

“ ސޯ ދެޓްސް ހިމް ރައިޓް!..ހައު ކުޑް ޔޫ އީވެން ސްޓޮޕް މީ!.. ދެޓް ފަ**ގ ބަސްޓާރޑް!.. “ ރުއާނާގެ އަޑު ބާރެވެ. ރުޅިގަދަވެގެން ތުރުތުރު އަޅަމުން ދިޔައިރު މުޅި މޫނަށް ރަތްކަން ފެތުރިގަތެވެ.

”ޕްލީޒް.. ދޮންބެއަށް އެނގިއްޖެޔާ ވަރަށް ގޯސްވާނެ“

”ކިހިނެތް މި ވަނީ؟“ އީތަންއަށް ވާނުވާ ނޭނގިހުރެ އެހުނެވެ. އިޒްވާ ރޮމުން ދާތަން ފެނި އޭނާއަށް ހުރީ ހައިރާންކަމެއް ލިބިފައެވެ. އަނެއްކޮޅުން ރުއާނާ ހުރީ މިއިން ދުވަހަކު ރުޅި ނާންނަވަރަށް ރުޅި އައިހެވެ.

”ރުއާ ކާމްޑައުން.. ވަޓްސް ގޮއިން އޮން ހިޔާރ.. ކެން ސަމްވަން އެކްސްޕްލެއިން؟“ އީތަން ފަދައިން ކީވާން ވެސް ހުރީ ވާނުވާގައެވެ. ދެމީހުން ކުރެން އެކަކަށް ވެސް ޖަވާބެއް ނުދެވުނެވެ. އިޒްވާ ހިފަހައްޓާއިގެން ހުއްޓާ ވެސް ކުއްލިއެއް ޖަހާލާފައި ރުއާނާ އަތް ވީއްލިއެވެ.

”ނޯ ވަން ކެން ސްޓޮޕް މީ ނައު.. ދިސް އިޒް ޓޫ މަޗް!“ ރުއާނާ އެންމެ ފަހުން އެތަނުން ނުކުމެގެން ދިޔައެވެ. އިޒްވާއަށް ކުރިއަށް ވުރެން ބޮޑަށް ރޮވުނެވެ.

”ނޫން ރުއާ.. ޕްލީޒް“ އިޒްވާ ދިމާ ކޮށްލީ ރުއާނާގެ ފަހަތުން ދާށޭވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ އީތަން ހިފެހެއްޓުމުންނެވެ. ދެމީހުން ކުރެން އެކަކު ނުބުނެދިނަސް ނޫހްއާއި ގުޅިފައިވާ ކަމެއްކަން އެނގުނެވެ. އިޒްވާ މާސްކް އަޅާފައި ހުރުމުން އޭނާ އައީވެސް އެސުވާލް ކުރާށެވެ.

”ކީއްވެ މާސްކް އަޅައިގެން ތިހުރީ.. އެހެންޏާ އެއްވެސް ވަރަކަށް ނާޅާ.. ވަޓް އިޒް ހެޕެނިންގ ހިޔާރ؟“ ކީވާންއަށް ވަމުން މިދާ ގޮތެއް ނޭނގޭތީ ހުރެވުނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. ރުއާނާއަށް ވެފައިވާ ގޮތުން ހިނގީ އާދައިގެ ކަމެއް ނޫންކަން އެނގޭ ވަރުވެއެވެ. ކީވާން ހިފައިލީ އިޒްވާގެ މާސްކުގައެވެ. ދެވަނަ ވިސްނުމަކާއި ނުލާ އޭނާ ތިރިކޮށްލައިފިއެވެ.

”***** ***“ އީތަންގެ މޫނުމަތީގައި ހީވީ މީހަކު ވަރުހުރި އެތިފަހަރެއް ޖަހާލިހެންނެވެ.

”ކާކު މިހެން ހެދީ؟“ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އިޒްވާ ކުރެން ކީވާން އެއްސެވެ.

”ނޫހް..“ އީތަންގެ ޖުމްލައިން ކީވާންގެ ދެލޯ ބޮޑުވިއެވެ.
”އިޓްސް ހިމް.. އޭނާ އިޒްވާއާއި ދިމާކުރުން މިއީ އަލަކަށް ވާ ކަމެއް ނޫން.. އެކަމަކު ދުވަހަކު ވެސް ހިއެއް ނުކުރަން މިހެން އަނިޔާ ކޮށްފާނެ ކަމަކަށް“ އީތަން ދާން އުޅެން ފެށުމުން ރޯންފަށާފައި އިޒްވާ، އޭނާގެ ގައިގާ ބައްދާލިއެވެ. އެކަމަކު ކީވާން ނުހުއްޓެވެ.

ރުޅިގަދަވެގެން ތުރުތުރު އަޅާ ހާލު ރުއާނާ ހިނގާލާފައި ދިޔައީ ނުހަނު ބާރަށެވެ. ކައުންޓަރު ކައިރީގައި ލިއަމް އާއި އަދްރެކް މަޑުކޮށްލައިގެން ހުއްޓާ ވެސް އޭނަގެ ލޮލުގައި އަޅައި ނުގަތެވެ. ކައުންޓަރު ކުރިމަތިން ލިފްޓާއި ގާތައް ގޮސް ހުއްޓުނެވެ. ލިފްޓުގެ ބަޓްން އަށް އޮބިނަމަވެސް އައުން ލަސްވާތީ، ތަންކޮޅެއް ބާރަށް އޭގައި ޖަހައިލިއެވެ.

”ދެކުނިންތަ ބްރަދާރ އިން ލޯ؟“ ރުއާނާ ގުޅާލީ ލޫކްގެ ފޯނަށެވެ. ނޫހް އާއި އޭނާއާއި ދެމީހުން މިތިބީ ޓެރެހުގައި ކަމަށް ބުނުމުން އިތުރު އެއްޗެއް ނުބުނެ ރުއާނާ ފޯނު ކަނޑާލިއެވެ.  ގެއްލިގެން ދާ ކޮންމެ ވަގުތަކީ ވެސް އިތުރު ލަސްވުމެކެވެ. އޭރު ލިފްޓް ވެސް ހުރީ އައިހެވެ. ލަސްނުކޮށް އެރިއެވެ.

”ބްރޯ.. ވަޓްސް ގޮއިން އޮން؟“ އަދްރެކް ވެސް ހުރީ އަނގަހުޅުވިފައެވެ. ލިއަމްވެސް ހައިޜާން ވެފައި ހުރެ ވީ ގޮތެއް ނޭނގޭ ކަމަށް ބުނެ ބޯހޫރުވާލިއެވެ. ރުއާނާ އެހާ ރުޅި އައިސް ހުއްޓާ ދެކުނު މީހަކު އެތާކު ނެތެވެ. ޖޯނާއާއި ސެރާ ކައުންޓަރުގައި ތިބިއިރު އެމީހުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުވަމުން އައިސް މަޑުކޮށްލި ކީވާން ފެނި އިތުރަށް ހައިރާންވިއެވެ.

”ރުއާ ދެކުނިންތަ؟“

”ޔާހް ޝީ ވެންޓް އަޕް.. ވަޓްސް ގޮއިން އޮން؟“ ކީވާން ހުރިގޮތުން ލިއަމްއަށް އެހުނެވެ. ކީވާން ދެފަރާތައް ބޯހޫރުވާލަމުން މާ ބޮޑު ކަމެއް ނުވާ ކަމަށް ބުނެ ޖެހިގެން އިން ލިފްޓައް އަރަން ދިޔައެވެ. ވިސްނާލާފައި އޭނާ ވީގޮތް ނުބުނެ މަޑުކޮށްލިއެވެ. ލިއަމްއަށް އެނގިއްޖެ ނަމަ ގޯޙުން ގޯހަށް ދާނެއެވެ. އެންމެ ރަނގަޅުވާނީ އަދި ނުބުނެ މަޑުކޮށްލައިގެން ހުރުން ކަން ވިސްނުނެވެ.

 

ރުއާނާ މައްޗަށް އެރި އިރު ނޫހް އާއި ޔީލާގެ އިތުރުން ލޫކް ތިއްބެވެ. ޔީލާ އިސްޖެހިފައި އިންއިރު، ލޫކް ދިޔައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. ރުއާނާގެ ރުޅިގަނޑު ހިލިގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ. ރުއާނާގެ މުޅި ހަށިގަނޑުގައި ހިލިގަތީ އޭނާއަށް ކޮންޓްރޯލް ވެސް ކުރަން ދަތި އިޙްސާސެކެވެ. ތަފާތު ބާރެކެވެ. ހަށިގަނޑުން ހޫނުގަނޑެއް އަރާ ޒާތެއްގެ އާއްވެއް އުފެދިފައި ހުއްޓެވެ. ހުރިހާ ކަމެއް ވެސް ރުއާނާއަށް ކުރެވެމުން ދިޔައީ ހަލުވި ސްޕީޑެއްގައެވެ. ލިފްޓުން ފެށިގެން އެ ދޮރާއި ހަމައަށް ވެސް ހީވީ ސިކުންތަކުން އާދެވުނު ހެންނެވެ. އަމިއްލަ ނަފްސަށް މިއައި ބަދަލާއި  އޭނާ ވެސް ސިހިއްޖެއެވެ. ރުއާނާ އަމިއްލަނަފްސަށް ބާރުފޯރުވަމުން އާދައިގެ ހިނގުމެއްގައި ގޮސް އެމީހުންގެ ކުރިމަތީގައި ހުއްޓުނެވެ. ނަމަވެސް އެހިސާބަށް ދެވުމާއި އެކު ވީ ގޮތެއް ނޭނގުނެވެ.

ފުރަތަމަ ވެސް ހިފެހެއްޓީ ނޫހު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ. ޔީލާއާއި ލޫކް ވެސް ދިޔައީ ސިއްސައިގެންނެވެ.

”އޭ އޭ ރުއާ ހަމަޖެހޭ.. ކިހިނެތް މިވަނީ“ ލޫކް ތެޅިގަނެފައި ގޮސް ރުއާނާ ހިފަހައްޓަން އުޅުނެވެ. ނަމަވެސް އޭނާގެ އަތް ރުއާނާ ފޮޅުވާލި ގޮތުން ލޫކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލޫކް ދިޔައީ ވެސް ޒާތަކަށް އެއްލިގެންނެވެ.

”ހޯލްޑް އޮން.. މަށައް ކީއްކުރެވުނީ.. ވަ-“ މައުސޫމްކަމާއި ނިޔަނެތިކަމާއިއެކު ވާހަކަ ދައްކަން ފެށި ހިނދު ނޫހްގެ މޫނުމައްޗަށް އަރުވާލި އެތިފަހަރާއި އެކު ނޭފަތުން ލޭގަނޑު އޮހިގަތެވެ. އެންމެ އެތިފަހަރެއް ނޫނެވެ. ތިންފަހަރަށް ޖެހިއެވެ. ވީ ތަދަށް ވުރެން، ރުއާނާ ފަދަ އަންހެންކުއްޖެއްގެ ކުރިމަތީގައި ބަލިކަށިވި ގޮތުން ނޫހްއަށް ލިބުނީ ހައިރާންކަމެކެވެ. އެއްވެސް ބާރެއް ވެސް ނުކޮށްލެވުނެވެ. މިއީ ކާކުހެއްޔެވެ. ޔަގީނުންވެސް އެ ދެމުންދާ ހަމަލާއިން އާދައިގެ އިންސާނެއްގެ ބާރު ނޫންކަން އިޙްސާސްވިއެވެ.

****

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

Share this
Copy to Clipboard

Comments (4)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.