ހިރާސް 2 (15)

”އެ ގޭގެ ބިއްދޮށަށް ޥާހެން، މާ ދުރުނޫން ހިސާބެއްގައި އޮންނާނެ ވަރަށް ރީތި އޮއި ދެމޭ ކޯރެއް.. އެތަން ބަލަން، އަހަރެމެން އޭރު ވަރަށް ގިނައިން ދިޔައިން.. އެންމެ ގިނައިން ކޮއްކޮ އަންނާނީ.. ބައެއް ދުވަސް ދުވަހު ގޮވައިގެން ބައްޕައަށް ނާދެވޭތީވެ، ނޯކަރުން ކުރެ މީހަކާއި އެކު އަންނާނެ.. އެގޮތެއް އައި ދުވަހެއްގަ.. ކޮއްކޮއަށް އިވުނީ އެވަރުގެ އަންހެން ކުއްޖަކު ރޯ އަޑު.. އަޑު އަންނަ ދިމާލަށް ނޯކަރާއި އެކު ދަނިކޮން ފެނުނީ އަންހެނަކު ހައްޔަރު ކޮއްގެން ގެންދާތަން .. އެހެން ހުއްޓާ ރަތްކުލައިގެ ހެދުން ކޮޅެއް ލާފަ ހުރި އަންހެން ކުއްޖަކު ރޮނިކޮން ދުށްކަމަށް ބުނީ. އެކުއްޖާއަށް ވަރަށް އަނިޔާ ކޮށްފަ ހުރީ.. ރަނގަޅަށް ނުވެސް ހިނގޭ ކަމަށް ވަނީ.. ކޮރު ޖަހަމުން ދުވެފަ ގޮސް އެ އަންހެން މީހާ ސަލާމަތް ކުރަން އުޅުނީ.. އެ އަންހެން މީހާ މިބުނީ ހޫރައިން.. އޭރު ހޫރައިންގެ ހޭވެރިކަމެއް ނެތޯ.. ހުސް މޫނު ނިވާ ކޮށްގެން ތިބި މީހުން ތިބީ.. އެހެންވެ މީހެއްގެ ސޫރަ ވަކި ވާވަރެއް ނުވި.. އެމީހުންގެ ބައި ބޯ ކަމުން ފެނިއްޖެޔާ ސަލާމަތް ނުވާނެތީވެ ފިލައިގެން ތިބީ.. ކޮއްކޮ އަކީ ކުޑަ ކުއްޖެއް …ދެން ހުރީ ނޯކަރު އޫޒް.. އޭނާއަށް ގޮތެއް ވެދާނެތީ އޫޒްއަކަށް ވެސް ނުކެރުން ދާކަށް… އޫޒް ނުދާން އެދުނީމަ ވެސް ކޮއްކޮ ދާން ގަދަ ހަދާލި .. އެންމެ ފަހުން އޫޒްއަށް ޖެހުނީ ކޮއްކޮގެ ގައިގަ ހިފަހައްޓަން.. ވަރަށް ބިރުކުޑަ ޖެހިލުން ކުޑަ ފިރިހެންކުއްޖެއް އެއީ.. މީހަކަށް އަނިޔާވެރިވެގެން ދާނަމަ އޭނައަކަށް ބަލާކަށް ނުހުރެވޭނެ.. އެތަނުން މީހަކު ހޫރައިންއަށް އަނިޔާ ކޮށްކޮށްފައި ގޮވި ކަމަށްވޭ ހޫރައިންގެ ނަމުން.. އެހެންވެ އެއަންހެން މީހާއަށް ކިޔަނީ ހޫރައިން ކަން އެނގުނީ.. ދެން އެތަނަށް އައީ އިޒާން.. އަދި އޭނާގެ އަންހެނުން..އަހަންނަށް ވެސް އަދި ކޮއްކޮއަށް ވެސް އިޒާން އެނގޭނެ.. އެއީ ބައްޕައާއި ގާތް ގުޅުމެއް އޮންނަ މީހެއް..އެތައް ފަހަރަކު ފެނިފަ ހުރި މީހެއް“ ޝިޔާ ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ޒައްޔާން އަށް ހީވީ ދުނިޔެ އެނބުރެމުން ދިޔަ ހެންނެވެ. ހޫރައިންއާއި އެކު ހައްޔަރުކުރި ދެމަފިރިންނަކީ އިޒާންއާއި ޒީވާ ހެއްޔެވެ. އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ. ބޯ ހާސްވި ވަރުން ޒައްޔާންއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.

***

ޒައްޔާންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލާ ވާން ކޮށްލެވުނެވެ. ބޯ ހާސްވީ ވަރުން އޭނައަށް އިތުރު އެއްޗެއް ވިސްނޭ ވަރެއް ވެސް ނުވިއެވެ. ހޫރައިން އާއި އެކު ހައްޔަރު ވެގެން ދިޔައީ ހަމަ އިޒާން އާއި ޒީވާ ހެއްޔެވެ. އެ ސުވާލް ހިތާ ހިތާއި ކޮށްލެވުނު އަދަދެއް ނޭނގެއެވެ.

”އެދުވަހު އަލަށް  ނީލްގެ ސޫރަ ފެނުނު ބަޔަކަށް“ ސިއާ ބުނެލި ހިނދު އެ ހާލަތުގައި ހުރެވެސް ޒައްޔާން އިސްއުފުލާލިއެވެ.

”ކީކޭ؟ ނީލް އަކީ އޭނާގެ މޫނު ދުވަހަކު ވެސް ބަޔަކަށް ދެއްކި މީހެއް ނޫން.. އެންމެ ކުޑަ މިނުން އޭނާގެ ސޫރަ އަހަރެންގެ ކާފަމެންނަށް ވެސް ނޭނގޭ.. ކާފައާއި ނީލްގެ ބައްޕައާއި ދެމެދު އޮންނަ ގާތް ކަމަކުން އޭނާ އާއި ހޫރައިން ދައްތަގެ ކައިވެނި ވެސް ކުރެވުނީ.. އަބަދުވެސް މޫނު ފޮރުވައިގެ ހުންނަނީ.. އަހަރެން ވެސް އޭނާ ދުށީ އެންމެ ފަހަރަކު …  ހުޑް ވައްޓާލާފަ ހުންނަ ގޮތުން އޭނާގެ މޫނު އެއްވެސް ވަރަކަށް ނުފެނޭ.. އަހަރެމެންގެ ދެލޯ ފެނެއެންނު.. އޭނާގެ ނުފެންނާނެ.. ރުއާއަށް ވެސް އޭނާގެ މޫނު ނުފެންނާނެ އަދި“ ޒައްޔާންއަށް  ގަބޫލްކުރަން ދަތިވިއެވެ.

”އެކަމަކު އަހަރެންގެ ކޮއްކޮއަށް އެމީހާގެ މޫނު ފެނުނު…ހޫރައިން ބިންމަތީގައި އޮއްވާ އޭނާއާއި  ކައިރިވެ ނީލްގެ ހުޑް ނެގީ.. އެވަގުތު އެ ކުޑަ އަންހެން ކުއްޖާއަށް ވެސް އޭނާގެ މޫނު ފެންނާނެ.. އޭނާގެ މޫނު ފެނުމުން ހެން ބޮޑަށް ހީވަނީ އިންޖެކްޝަން ޖެހީ“

”އިންޖެކްޝަނޭ؟“

”އާންން.. ކިތަންމެ ނުބައި ބައްޕައަކު ވެސް އަމިއްލަ ދަރިއަކަށް އަނިޔާ ނުކުރާނެ ހެން ހީވި ނަމަވެސް، އޭނާ ކުރި.. މިބުނީނު އަހަރެންގެ ކޮއްކޮއަށް އާއި އޫޒްއަށް ހުރިހާ މަންޒަރެއް ފެނުނޭ.. އެމީހުންނަށް ފެނުނު ކަމަށްވޭ ކުޑަ އަންހެން ކުއްޖާގެ ގަޔަށް އެ އިންޖެކްޝަން ޖެހި މަންޒަރު ..  އެއާއިއެކު މަޑުމަޑުން އޭނާ ތިރިވީ.. ނީލް އަންގައިގެން އޭނާގެ ހާއްސަ ގާޑުން، އެކުއްޖާ ދުރަށް ގެންދިޔައީ.. އެގަޑީގަ އިޒާން އާއި ޒީވާ އައީ.. އެމީހުންނަކަށް ކުޑަ ގާލް އެއް ނުފެނޭ.. ފެނުނީ ހޫރައިން.. ހޫރައިންގެ ގާތައް އެހީވާން ދިއުމުން އެމީހުން ވެސް ހައްޔަރު ކުރީ.. ހޫރައިން އާއެކު .. އެހުރިހާ ކަމެއް ނިމުނު ފަހުން އިތުރު ދެމީހަކު އެހިސާބަށްއައި.. އެމީހުންނަށް އެ ގާލް ފެނިގެން ގޮވައިގެން ދިޔައީ.. “

”އޯހް މައި ގޯޑް! އޯހް މައި ގޯޑް!“ ޒައްޔާންއަށް އެތަނުން ގޮނޑިއަކަށް ތިރިވެވުނެވެ. ޝިއާ ވެސް އޭނާގެ ގާތުގައި އިށީންދެލިއެވެ.

”އެގޭތަ އެމީހުން ގެންދިޔައީ ކޮންތާކަށް ކަމެއް؟“ ޒައްޔާން އެއިން ގޮތައް އިނދެ އެއްސެވެ. ޝިޔާ ދެފަރާތައް ބޯހޫރުވާލި ގޮތުން، ކުރިއަށް ވުރެން ބާރަށް އިސްތަށިގަނޑަށް ވާން ކޮށްލެވުނެވެ.

”އެމީހުން އެންމެންގެ ހިލަން ކެނޑުމުން އޫޒް ނުކުތީ ކޮއްކޮ ގޮވައިގެން ވަލު ތެރެއިން… ހައުއެވާރ ދޭ އިންޑެޑް އަޕް ގެޓިން ބަސްޓެޑް.. ނީލްގެ މީހުންނަށް އެމީހުންގެ ހިލަން ވެގެން ފާރައަށް ތިބީ.. ވަލު ތެރެއިން ނުކުތް ވަގުތު އެމީހުން އޫޒް ވަށާލި… އޫޒް އެންމެ ފަހު ނޭވާއާއި ހަމައަށް ވެސް ކޮއްކޮ ސަލާމަތް ކުރީ.. ހަމަލާ ދޭން އުޅުނީމަ އޫޒް، ކޮއްކޮ ފޮނުވާލީ.. ނުދާން އުޅުނީމަ، އޫޒް ބުނިކަމަށް ވަނީ އިތުރު މީހެއްގެ އެހީ ހޯދަން ދިޔުމަށް… އެހެންވެ ދިޔައީ .. ކޮއްކޮ އެނބުރި ބައްޕައާއި އެހެންމީހުން ގޮވައިގެން އައި އިރު އޫޒް ކިރިޔާ ދިރިއޮތްކަމަށް ވަނީ.. އެމީހުންގެ އަނިޔާތަކަށް ކެތްނުވެގެން އޭނަ ނިޔާވީ.. ނިޔާވުމުގެ ކުރީން ބުނި ކަމަށް ވަނީ އެމީހުންގެ ނެކްސްޓް ޓާގެޓަކީ ބައްޕަ ކަމަށް.. ޝިއާ ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ޒައްޔާންގެ ސިކުނޑީގައި އުފެދިފައިވާ ވަރުގަދަ ހައިޖާނުގަނޑު ދިޔައީ އިތުރުވަމުންނެވެ.

”ދެން ކިހިނެތް ވީ؟ ކޮބާ ކޮއްކޮ މިހާރު؟ ކޮން ނަމެއް ކިޔަނީ؟ ”ޒައްޔާން އިންތަނުން ތެދުވެލިއެވެ. ޝިއާ ދޫކޮށްލީ ފުން ނޭވާއެކެވެ.

”ކަމްއޯން ޔޫ ކޭން ޓެލް މީ.. އީވެން އިފް އިޓް އިޒް ހާރޑް.. “

”ޒައްޔާން..،ބިފޯރ ދެޓް، ކެން އައި އާސްކް ޔޫ އެބައުޓް ޔުއާރ ޕްލޭން؟ކުރިއަށް އޮތީ އިޒާންގެ ފެމެލީ އާއި ޓޯކް ކުރުން ތަ؟ “

”އޮފްކޯޒް އަމް ގޮނަ ގޯ ޓް ލިއަމް.. “ ޒައްޔާން ވަގުތުން ޖަވާބު ދިނެވެ. ޝިޔާ ވެސް އިތުރު އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

”އެހެންވީމަ އަދި ކޮއްކޮގެ އިންފޯމޭޝަން ދޭނަން ފަހުން.. އައި ހާރޑް ހީ އިޒް ގެޓިންގ މެރީޑް“ ތުން ފިއްތާލަމުން ޝިއާ ބުނެލިއެވެ. ޒައްޔާން ސުވާލެއް ކުރުމަށް އަނގަ ހުޅުވާލުމުން  ޝިއާ އަތް ހިއްލާލުމަށްފަހު މަނާ ކުރިއެވެ. އޭނާ ވެސް އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ.

 

”އޯކޭ..އަމް އިން ޓޫ.. ދެން މިކަމުގެ ތެރެއަށް ވަނީމަ ކަންނޭގެ ކޮއްކޮގެ ރުހުން ލިބޭނީ.. އެ ނޫނީ ބައްޕަގެ ހިތާމައަކަށް ނިމުމެއް ނާންނާނެ.. އެހެން ނޫނަސް ބައްޕައަށް އެހާލު ޖައްސާފަ އެ ފިރިހެނާއަކަށް ވަކި ސަލާމަތަކުން ނުހުރެވޭނެ.. ލެޓްސް ވޯކް އޮން އިޓް ޓްގެދާރ..ސޯ؟“ ޝިއާ ސަލާމަށް ދިއްކޮށްލި އަތުގައި ހިފުމުގެ ކުރިން އިރުކޮޅަކު ޒައްޔާން ވިސްނާލިއެވެ. އެންމެ ފަހުން އެއަތުގައި ހިފާލީ، މިވީ އެއް ދުވަސް ތެރޭގައި ވެސް އޭނާއަށް ކުރެވެނު އިތުބާރުގެ ސަބަބުންނެވެ. އެތައް ދުވަހެއް ވަންދެން އުޅެގެން ނޭނގުނު ކަމެއް ޝިއާގެ ފަރާތުން އެނގުމުން އިތުބާރު ނުކުރަންވީ ސަބަބެއް ވެސް ނެތްތާއެވެ.

***

”މަންމާ..އާހްހް“ ކުއްލިއަކަށް އެނދުން ތެދުވި އިރު ރުއާނާގެ ދެލޮލުން ނިދީގެ އަސަރު ވަނީ އެއްކޮން ކެނޑިފައެވެ. ތަކްރާރްކޮށް އެއް ހުވަފެނެއް ފެންނަމުން ދާތާ ދެމަސް ފާއިތުވެގެން ދިޔައިރު، އަމިއްލަ ހަށިގަނޑަށް އަންނަމުންދާ ބަދަލާއި ގުޅިގެން ރުއާނާ ހުންނަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިއެވެ. އެނދުގައި އިށީންދެގެން އިންއިރު ކަކުލުގައި ބޯ އަޅުވާލިއެވެ. އެއޮތް ގޮތައް އޮތް އިރު ބޮލުގައި އަތް އަތް އެޅިއެވެ.

”އާހްހްހް.. އިޓްސް ބީން އަ ޓޫ މަންތްސް ޓްރެޕްޑް އިން ދިޒް ޑްރީމް.. ހައު އޭމް އައި ސަޕޯސްޑް ޓް ސާވައިވް؟.. އެންޑް ބައްޕަ.. އިޓްސް ބީން ފޯރ މަންތްސް ވިތްއައުޓް ޔޫ .. ވެއާރ އާރ ޔޫ ޑޭޑް؟ އާހްހްހް“ ބޯ ހާސްވެފައިވާ ފަދައަކުން ރުއާނާ ދިޔައީ ކަކުލުގައި ބޮލުން ތަޅަމުންނެވެ. އަލާނިޔަލް އާއި ކައިވަން އާއި ބައްދަލް ކުރެވުނު އަދަދެއް ނޭނގެއެވެ. ކޮންމެ ފަހަރު ވެސް ލިބެނީ އެއް ޖަވާބެކެވެ. ރާބިއުގެ ހަބަރެއް ނުވާ ކަމުގައެވެ. ހޯދަން މަސައްކަތް ކުރާކަމުގައެވެ. ދެ ފަހަރެއްގެ މަތިން ގެއަށް ވެސް ގޮސްފިއެވެ. ނަމަވެސް ކޮންމެ ފަހަރަކުމެ އެނބުރި އަންނަން ޖެހެނީ މާޔޫސްކަމާއި އެކުއެވެ.

ކަކުލުން ބޯ ނެގުމަށްފަހު ރުއާނާ ހަމަޖެހިލިއެވެ. އޭރު މުޅި ކުއްޖާގެ މޫނުން ރަތްކަމެއް ފެނެއެވެ.  ދެލޮލުގައި ޖަމާވެފައިވަ ކަރުނުތައް ރާސްތާ ހަދާލައިގެން  ކޯތާފަތުން ތިރިއަށް ފިރުކެމުން ދިޔައެވެ. އަތްކުރި އޮޅާލަމުން އަތައް ރުއާނާބަލައިލިއެވެ. އާދައިގެ މަތިން ނާރުތައް ފުއްޕާލާފައިވާ ތަންތަން އެގޮތުގައި ވިޔއެވެ. ރުއާނާ ބަލަ ބަލާ އިންދާ ނާރުތައް ހިނދި އެ ތަންތަނުގައިވާ ނޫކުލަ އޮނބިއްޖެއެވެ.  ފުންނޭވާއަކަށް ފަހު ރުއާނާ ނުކުތީ ކޮޓަރިއާއި އިންވެގެން ހުރި ބެލްކޮނީ އަށެވެ.

ބެލްކޮނީގެ ތެރެއިން ވައި ވައްދާލާ އިރު އެ ފިނިކަމުން ރުއާނާއަށް އުނދަގުލެއް ވާހެންނެއް ހިއެއްނުވެއެވެ. ލައިގެން ހުރީ  އަތް ދިގު ޓީޝާޓެއް ނަމަވެސް ކުރު ސޯޓުކޮޅެކެވެ. އޭނާގެ ހަށިގަނޑަށް އައި އެންމެ ބޮޑު ބަދަލަކީ އެއީއެވެ. އެންމެ ޅަ އިރުންސުރެން ސްނޯއާއި އެ ފިނިކަމަކީ ރުއާނާގެ ހިތެވެ. ކިރިޔާ ފިނިކަމެއްގައި ޖެހިލި ނަމަވެސް ރޯގާޖެހި ބަލިވެއެވެ. ނަމަވެސް ފިނިކަމަށް ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން، ކިތަންމެ ބޮޑަށް ބަލިވިކަމުގައި ވީ ނަމަވެސް ފިނިމޫސުމުގައި އޭނާ ގިނަ ވަގުތު ހޭދަ ކުރަނީ ސްނޯގެ ތެރޭގައެވެ. ގެއިން ބޭރަށް ދިޔުމަށް ރާބިއު މަނާކޮށްފައި އޮންނާތީވެ ގެޔާއި އިންވެގެން އޮންނަ ސރަހައްދުގައި ހުންނަ ބެންޗަކީ ރުއާނާގެ މަންޒިލެވެ. ނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައި އޭނާއަށް ކެތްކޮށްލެވުނީ ފިނީގެ އެތައް އަންނައުނެއް އަޅައިގެންނެވެ. ކެހެރި ބޯ ޖެކެޓްތަކާއި ބޯ ސްކާފްތަކާއި ކޯރިތަކުގެ އެހީގައެވެ. ނަމަވެސް މިއަދު ތަފާތު ވެއްޖެއެވެ. ހުރިހާ ކަމެއް ބަދަލްވެއްޖެއެވެ.

ފިނިމޫސުން ފެށިގެން ދިޔައިރު އެވަގުތުވެސް ދިޔައީ ސްނޯ ވެހެމުންނެވެ. ލުއި ހަމަލާތައް ރުއާނާގެ ހަށިގަނޑަށް ކުރަމުންދިޔައެވެ. ކުދި ސްނޯ ކޮޅުތައް އިސްތަށިގަނޑުގައި ހަރުލާފައިވީ އިރު، މާބްލް ތަޅުމުގައި ހުސްފަޔާއި ހުރިއިރުވެސް ފިނީގެ ޒައްރެއްގެ މިންވަރުވެސް އެހަށިގަނޑަށް އިޙްސާސް ނުޥާފަދައެވެ. ރުއާނާ ދެއަތް މައްޗަށް ހިއްލާލިއެވެ. އެހިނދު އަތައް ސްނޯވްކޮޅުތައް ޖަމާވަމުންދިޔައެވެ. ބޭއިހްތިޔާރުގައި ރުއާނާއަށް ހަޅޭއްލަވައިގެނަވުނެވެ. ނަމަވެސް އެއީ އުފަލަކުންނޫނެވެ. ދެލޮލުގައިވަނީ ބިރުވެރިކަމެވެ. ލިއަމްއާއި އެއް ހިޔާވައްސެއްގައި އުޅުނު ނަމަވެސް އޭނާއަށް އަންނަމުންދާ ބަދަލްތައް ލިއަމްއަށް ވެސް އޮތީ ވަންހަނާވެފައެވެ. ލިއަމް ހަމައެކަނި ވެގެންދިޔަ ހިލަމަކީ އޭނާގެ ހަލުވި ސްޕީޑެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރާނެ ގޮތް ހަފްތާއެއްގެ މަސައްކަތައް ފަހު އޭނާގެ ފަރާތުން އެނގުނެވެ. ނަމަވެސް އިތުރު ކަމެއް ރުއާނާ ނުބުނެއެވެ. އެންމެ ކުޑަމިނުން ހުވަފެނުގެ ވާހަކަ ވެސް ސިއްރުކުރީއެވެ. ސަބަބަކީ އެކަމުގައި ލިއަމް ހާސްކުރުވަން އޭނާގެ ހިތް ނޭދުނީއެވެ. ހުދު އެކާމާއި އޭނާ ވެސް ވިސްނަން ބޭނުން ނުވެފައި ހުރެވުނީއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ގުޅިފައި ހުރީ ރާބިއު ހޯދުމާއިއެވެ. ރުއާނާ ހީކޮށްގެން ހުރީ ދުވަސްވާ ވަރަކަށް ހުރިހާ ކަމެއް ހަމައަށް އެޅިގެންދާނެ ކަމަށެވެ. ނަމަވެސް ވަމުން ކަންތައް ވަމުން މިދަނީ އޭގެ އިދިކޮޅަށެވެ.

”އާހްހް..ކިހިނެތް ތަ މިވަނީ؟ ލިއަމް އަހަންނަށް މިކަންކަން ދަސްކޮށްދޭން އުޅުމުން އަދި މަޑުކޮށްލުމަށް ބުނެވުނު މޮޔަ ހީވެއްޖެ“ އެހުރިހާ ކަމެއްގެ ވާހަކަ ދެއްކެން އޮތީ ޒައްޔާންއާއި އެވެ. ޒައްޔާން ވެސް ލޮލަށް ނުފެންނަ ތާ ހަތަރު މަސް ފާއިތުވެއްޖެއެއެވެ. ރުއާނާ ނަޒަރު ހިންގާލެވުނީ ބެލްކޮނިން ބޭރަށް، ދުރު ދުރަށް ދާންދެން ފެންނަން އޮތް މަންޒަރަށެވެ. ފެހިކަން ގަދަ ބިޔަ ގަސްތަކެވެ. ސްނޯގެ ސަބަބުން ބޯ ވެފައިވާ ދުންފިނީގެ އަސަރުން ގަސްތަކުގެ ކުރި ނުފެނެއެވެ.

ހެނދުނު ހޭލީން ސުރެން ކޮޓަރީގައި އުޅުމަށްފަހު ރުއާނާ ނުކުންނަން ގަސްތުކުރީ ފަހެއް ޖެހުމާއި ގާތްވެފައި ވަނިކޮންނެވެ. އެހުރިހާ ވަގުތެއް އޭނާ ހުސްކޮށްލީ ބެލްކޮނީގައެވެ. ބޮލަށް ހަމަޖެހުމެއް އިހްސާސްކުރެވޭތޯ ވާޙަކަ ފޮތް ކިޔުމާއި ފިލްމް ބެލުމުގައި ވަގުތު ހުސްކޮށްލީއެވެ.  މިއަދު ބަންދު ދުވަހެއް ކަމުގައިވާތީ އޭނާ ހީކުރީ ލިއަމްވެސް ނިދަނީ ކަމަށެވެ. ފޯނަކަށް މެސެޖެއް ވެސް ނާދެއެވެ. ނަމަވެސް ކޮޓަރިއަށް ވަދެ ލޯގަނޑުކައިރީގައި ހުއްޓާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ.

”ހޭލީ ބަ“ ކަލުކުލައިގެ އަތްދިގު ސްވެޓާރ އަކާއި ދޫ ހަރުވާޅެއްގައި ރުއާނާ ތައްޔާރު ވެލަމުން ލުއި މޭކަޕެއް ވެސް ކޮށްލިއެވެ.އާންމުކޮން މޭކަޕް ނުކުރިނަމަވެސް ލޮލުގައިވާ ރަތްކަން ލިއަމްއަށް ފާހަގަ ވެގެން ސުވާލް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ހިތްހަމަ ޖެހޭ ވަރު ވުމުން ކޮޓަރިން ނުކުމަތް އިރު ލިއަމްގެ ހިލަމެއް ނުވެއެވެ. އެ ކޮޓަރީގެ ދޮރު މައްޗަށް ހުއްޓި ދޮރުފަތުގައި ކަންފަތް ޖަހާލިއެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ދޮރު ހުޅުވާފައި އެތެރެއަށް ވަންނާކަށް ވެސް ނުކެރުނެވެ.

”ޓަކި ޖަހާފަ ކޮންތާކަށް ބަ އެދިޔައީ؟.. މޭބީ ތާކަށް ދިޔައީ ކަންނޭގެ“ ދެކޮނޑު އަރުވާލާފައި ރުއާނާ ތިރިއަށް ފޭބިއެވެ. ސިޑީގެ އެންމެ ފަހު ހަރުފަތްކޮޅަށް އެރުނުއިރު ބަދިގެއާއި ދިމާލުން ބަނޑު ފުރިގެން އަރާ ފަދަ މީރުވަހެއް ދުވަމުން ދިޔައެވެ. ކައިރިވީވީ ހެން ވަސްގަނޑު ގަދަވެއެވެ. ދޮރުމައްޗަށް އެރުނު ހިނދު ރުއާނާ ހައިރާންވިއެވެ. އުނދުން މަތީގައި ތެއްޔެއް އުނދާފައި ހުރިއިރު އޭގެ މަގަތުގައި ހުރެ ލިއަމް ދޭފަތުން ހާކަމުން ދިޔައެވެ. އޭޕްރޯނު އަޅާއިގެން ހުރި އިރު ތަފާތުކަމެއް ކަމެއް ފާހަގަވީ ނަމަވެސް ލިއަމް އުޅެމުން ދިޔަގޮތުން ރުއާނާގެ ގާތައް ހިނި އަންނަ ގޮތްވިއެވެ. އުޅެމުން ދިޔައީ އެހާ ހަލުވި ކޮންނެވެ. ނުވިތާކަށް މުޅި ބަދިގޭގެ ތެރެއަށް ހީވި ކުޑަ ވަރެއްގެ ސްނާމީއަށް އަރާފައި އޮތްހެނެވެ. ކައްކަން ގެންގުޅުނު އެއްޗިހިނުން މުޅި ކައުންޓާރމަތި ވަނީ ފުރާލާފައެވެ.  އެގެޔަށް އައި ފަހުން މުޅިން ވެސް ކައި އުޅުނީ ބޭރުން ގެނެހެވެ. ދެމީހުން ކުރެ އެކަކުވެސް ގޭގައި ކައްކާ ނުހަދައެވެ. ދުވަހުގެ ބޮޑުބައި ހޮސްޕިޓަލްގައި ހޭދަ ކުރަން ޖެހުމުން އެކަމަށް ވަގުތުވެސް ނުވަނީއެވެ.

”އެހެމް އެހެމް“ ދޮރުކަނީގައި ލެނގިލަމުން ރުއާނާ ހަށަމް ބަދެލިއެވެ. އެއަޑަށް ކެއްކުމުގައި އުޅެމުން  ލިއަމް ފަސް އެނބުރުނެވެ. ނިތުގައި ހިލިފައިވާ ދާތައް ޓިޝޫއަކުން ފުހެލަމުން ފުރިހަމަ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

”ހީކުރީ ތި ސިފައިގަ ހުރި ގޯސްޓެއް ކަމަށް..“ ރުއާނާ ހީލައިގެން ހުރެ ބުނެލިއެވެ. އެއާއި އެކު ލިއަމްގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.

”ކީއްކުރާނީ އަންހެންކުދިން އިމްޕްރެސް ކުރަން ބޭނުމިއްޔާ އާކަންކަން ވެސް ތަޖުރިބާ ކުރަން ޖެހޭނެތާ“ ލިއަމްގެ ޖަވާބުން ރުއާނާގެ ކޮލުގައި ހީވީ ފިއްސަކުން މަޑު ފިޔާތޮށިކުލައެއް ޖައްސާލި ހެންނެވެ. ލިއަމް ބަލަހައްޓާއިގެން ހުރިގޮތައް ހުރުމުން އެސްފިޔަތައް ތިރިކޮށްލަން ރުއާނާއަށް މަޖުބޫރުވިއެވެ.

”ޔޫ އާރ ބްލަޝިންގ “ ލިއަމް ކައިރިއަށް އައި ކަމެއް ވެސް ރުއާނާއަކަށް ނޭނގުނެވެ. ރަތްވެފައިވާ ކޯތާފަތުގައި އެ ފިނި އިނގިލިތަކުން ހިފާލި ގޮތުން ރުއާނާގެ މުޅި ހަށިގަނޑުން ހީބިހި ހަލުވާލިއެވެ.

”ކަމް.. މުޅިއަކުން ޔަގީނެއްނު ނޫން މި ކެއްކެނީ ރަނގަޅަށް ކަމެއް.. ބަޔަކު އަންނާތީ މިއުޅެނީ.. ކެން ޔޫ ޗެކް؟“ ރުއާނާގެ އަތުގައި ހިފައިގެން  ލިއަމް ގެންދިޔައީ އުނދުން ކައިރިއަށެވެ.

”އާރ ޔޫ އާސްކިންގ މީ؟“ އަމިއްލަ މެޔަށް ޝަހާދަތް އިނގިލިން އިޝާރާތް ކޮށްލަމުން ރުއާނާ އެއްސެވެ. ލިއަމް ޒާތަކަށް ހިނިއައިސް ހުރެ ބޯޖަހައިލިއެވެ.

”ސޮރީ ޓް ސޭ ދިސް، ބަޓް އަމް އަ ބޭޑް ކުކް..އަހަރެން ކައްކާ އެއްޗެއް ކާން އުޅެފިއްޔާ ޔަގީނުން ވެސް އަނބުރައިގަންނާނެ. ދުވަހަކުވެސް ނުކައްކަން ..މުޅިން ބައްޕަ ކައްކައިދީ ހަދަނީ..  އެންޑް އަމް މިސިންގ ހިމް އަ ލޮޓް“ މަޖާވެފައި ހުރެ ވާހަކަ ފެށި ނަމަވެސް ނިންމާލި އިރު ރުއާނާގެ އަޑު ކުރެހުނެވެ. އެ މަންޒަރު ފެނި އުނދުން ނިއްވާލުމަށްފަހު ލިއަމް އައެވެ.

”ހޭއި ހޭއި.. އަމް ސޮރީ..އިންޝާﷲ ވަރަށް އަވަހަށް ބައްޕަ ފެންނާނެ“ ރުއާނާގެ ގައިގާ ދެއަތް ވަށާލަމުން އެ މޭގައި ފޮރުވާލިއެވެ. އެކަމުން ވަކިން ބޮޑަށް ރުއާނާ ޖަޒުބާތީ ވާގޮތް ވިއެވެ. ލިއަމްގެ މޭގައި ބޯ އަޅާލައިގެން ހުރެ ހިތް ފުރެންދެން ރޯލިއެވެ. ”ހުއްޓާލަބާ.. އަމް ވޯކިންގ އޮން އިޓް.. މިހެން ރޯކަން އެނގިއްޖެޔާ ބައްޕަ ވެސް ދެރަވާނެ އެންނު..“ ލިއަމްގެ ބަސްތަކުން މާ ބޮޑަށް ޖަޒުބާތީވިއެވެ. އޯގާތެރިކަމާއި އެކ ރުއާނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެފަދަ އަޅާލުމަކަށް އެވަގުތު ރުއާނާ ހުރީ ނުހަނު ބޭނުންވެފައެވެ. ލިއަމްގެ ގައިގާ ހިފަހައްޓާލައިގެން ހުރި ދެއަތައް ބާރުކޮށްލެވުނެވެ. ދުރުވެލަން މަޖުބޫރުވީ ކެނޑި ނޭޅީ  އަޅަމުން ދިޔަ ގޭގެ ރަނގަބީލާއި ހުރެއެވެ.

”އެމީހުން އައީ ކަންނޭގެ.. އެބަ އަންނަން އެނގޭ ހުޅުވާލާފަ“

”ކޮން ބައެއް؟“ މޫނު ސާފް ކޮށްލަމުން ރުއާނާ އެއްސެވެ.

“ އިޒީ އާއި އީތަން.. ދެން އަހަރެންގެ ރައްޓެހިން.. އެންޑް ކަޒިންސް.. އެ އަންނަނީ އިޒީގެ ކޮންމެވެސް ޝަވާރ އެއް ބާއްވަން ވެގެން މިތާ ކައިރި މައުންޓެއިން އެއްކައިރިއަށް ދާން.. ރޭގަ ރުއާ ނިދާފަ އޮއްވަ އެއްބަޔަކު އައިސް ސާމާނުތައް މިގެއަށް ލާފަ ދިޔައީ“ ލިއަމް އެހާ ހަމަޖެހިލާފައި ބުނުމުން ރުއާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ އެގޭގައި އުޅޭކަމެއް އަދިވެސް އިޒްވާއަކަށް ނޭނގޭނެއެވެ. އީތަންއަށް އެނގިގެން އޭނާގެ ގާތައް ޝަކުވާ ހިފައިގެން އައުމުން ރުއާނާ އެދުނީ އެވާހަކަ އަދި އިޒްވާއަށް ސިއްރުކުރުމަށެވެ. ހާއްސަކޮން އެއްވެސް ގުޅުމަކަށް ލިއަމްއާއި އެކު ނުދާއިރު އެގެއިން އޭނާ ފެނުމުން އާއިލާ ކުދިން ހިތައް އަރާނީ ވެސް ކީކޭ ހެއްޔެވެ.  ގައިގާ ހުރި ބާރެއްލާފައި ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ނަމަވެސް ލިއަމް ފަހަތުން އައިސް އަތުގައި ހިފާ ހުއްޓުވިއެވެ.

”އެ  އޯކޭ ވާނެ އޭ.. އަބަދަކު ނޫޅެވޭނެ އެންނު އިޒީއާއި ފިލައިގެންނެއް ވެސް“

”ނޫން ނޫން.. އަދި އިޒީއަށް ފެންނާކަށް ބޭނުމެއް ނޫން.. ޝީ ވޯންޓް ފޮގިވް މީ އާފްޓާރ ދިސް.. ޕްލީޒް ހެލްޕް މީ “

”އަހާންން.. ނޫނޭ.. ރުއާ ވެސް ދާނަމެންނު ޕިކްނިކް..“

”އައި ކޭންޓް..އެއިވެނީ އެމީހުން އަންނަ އަޑު.. އަޅެ ނޫން“

”ޖަސްޓް ކާމް ޑައުން“ ފަހަރަކު މީހަކު އައިސް އެތެރެއަށް ވަދެގެން އައި އިރުވެސް ރުއާނާގެ އަތުން ލިއަމް ދުލެއް ނުކޮށްލިއެވެ. ސަލާމަތުން އޮތް އަތުން ލިއަމްގެ އަތުގައި ވިކައިވެސް ގަނެވުނެވެ. ހަމައެކަނި ލިއަމްއަށް އިވޭވަރަށް އާދޭސް ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެންމެ ފަހުން ކުރަމުން  ދިޔަ މަސައްކަތް ހުއްޓުވާލަން ޖެހުނީ އަދްރެކްގެ އަޑަށެވެ.

”ހާއީ ފަހަރި“ އެންމެ ފުރަތަމަ ފުރަތަމަ އެތެރެއަށްވަނީ އަދްރެކްއެވެ. އޭނާގެ ފަހަތުން ކީވާން އާއި ޝާއިން އެވެ. ޝާއިންގެ އަންހެނުންނާއި އާލިއާގެ އިތުރުން ލިއަމްގެ ދެބެންގެ ދެދަރި ކުދިންނެވެ. އެންމެ ފަހަތުގައި ހުރީ އިޒްވާއާއި އީތަންއެވެ. އީތަންއަށް ރުއާނާ ފެނުމާއި އެކު އައީ ލާނެތް ހިންޏެކެވެ.

”އިޒީ އެހެރީ އަހަރެން ބުނި ކުއްޖާ.. ނިކަން ބަލާލަބަލަ“ އީތަން ލާނެތް ވެލާފައި ދައްކައިލީ ރުއާނާއެވެ. އެންމެން ބަލާ ވަރުން މުޅި ކުއްޖާގެ މޫނު ޓޮމާޓޯއެއްހާ ރަތެވެ. އީތަން ދައްކާލި ދިމާލަށް ބަލާލި ހިނދު  އިޒްވާ ވެސް ސިހުނެވެ. ދެލޯ ބޮނޑުވެ އަނގަ ހޫޅުވޭކަށް ގިނަ އިރެއް ނުނެގިއެވެ.

”ހޮލ* ޝިޓ*“ އީތަންގެ އަތް ފޮޅުވާލާފައި އިޒްވާ އައިގޮތައް އައިސް ހުއްޓިލީ ރުއާނާގެ ކުރިމަތީގައެވެ. އޭރުވެސް ލިއަމް ހުރީ ރުއާނަ އެތަނުން ގޮސްފާނެތީ އަތުގައި ހިފަހައްޓާލައި ގެންނެވެ.

”އަތުން ދޫކޮށްލަބަ“ ރުއާނާ ހަމައެކަނި ބުނެލީ ލިއަމްއަށް އިވޭހާ މަޑުންނެވެ. އެއަށް ވުރެން ބާރަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ވެސް އެވަގުތު ނުލިބުނީއެވެ.

”އީތަން މަގޭ އަތުގަ ވިކާލަބަ.. ކާކުތަ މިހުރީ؟ .. ކެން ސަމްވަން އެކްސްޕްލެއިން؟“ ރުއާނާގެ ދެކޮނޑުގައި ހިފައި އިޒްވާ ތަޅުވައިގަތެވެ. އެއާއިއެކު އެހެން މީހުންނެކޭ އެއްފަދައިން ރުއާނާގެ ގާތައް ވެސް ހިނި އަންނަ ގޮތްވިއެވެ.

“ ނޮޓް ނައު .. ބަލާ އެކުއްޖާ ލަދުން ހަލާކުވަނީ އެއޮތް“ ރުއާނާއާއި މެދު ހަމްދަރްދީވެގެން ކީވާން ބުނެލިއެވެ.

”ޑޯންޓް ޓެލް މީ ޔޫ ޑޯންޓް ނޯ އެބައުޓް ދިސް!“ އީތަންގެ މޫނަށް އިޒްވާ ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. އީތަން މާފަށް އެދެމުން ފަހުން ވާހަކަ ދައްކާނީ އޭ ބުނެ އިޒްޥާ ހަމައަކަށް އަޅުވާލިއެވެ.

”ހުވާ ކޮށްފަ މިބުނީ.. އާހްހް.. އައި ސްވެއާރ އަމް ގޮނަ ކިލް ޔޫ އޯލް.. ކަމޯން ދޫނީ“ ލިއަމް އާއި އީތަން އަދި ރުއާނާއަށް ވަރުގަދަ ނަޒަރެއް އިޒްވާ ދިނެވެ. ދެވަނަ ސިކުންތުގައި ރުއާނާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ.

”އަމް ސޮރީ.. ވަރަށް ބައިވަރު ކަންތައް ވެއްޖެ.. ކިއައިދޭނަން  ރަގަޅު ވަގުތަކުން.. ބަޓް އިޒީ ވެސް ވަކި ރަނގަޅެއް ނޫން އިނގޭ.. އީތަން އާއި ދެމީހުން މެރީ ކުރަން ހުރިހާ ކަމެއް ހަމަޖެހުނު އިރުވެސް އަހަންނަށް އެނގުނީ ހަފްތާއެއް ކުރިން“ އިޒްވާ ބައްދާލުމުން މާފަށް އެދިފައި ވެސް ހިތުގައި އޮތް ޝަކުވާ ދުލާއި ހަމައަށް ރުއާނާ ގެނައެވެ.

”އަމް ސޮރީ އޭ ދެން“ އިތުރު މީހަކައް އިވިދާނެތީ ދެމީހުން ވެސް ވާހަކަ ދެއްކީ އެކަކު އަނެއްކަކަށް ކިރިއާ އިވޭ ވަރަށެވެ.

”މީތަ ފަހަރި އަކީ.. މާޝާﷲ .. ލޯބި ކުއްޖެއް“ ޔެނާ، ރުއާނާގެ ގާތައް ހުއްޓުނު ގޮތައް ތައުރީފްކުރުން ނުހުއްޓިއެވެ. އޭނާއަށް ފަހު މީރާއެވެ. ހުރިހާ އަންހެން ކުދިންތައް ވަށާލުމުން ރުއާނާއަށް ބަލައިލެވުނީ ލިއަމްގެ މޫނަށެވެ. ’ފަހަރި‘ އޭ ކިޔާ ގޮވާލާ ކޮންމެފަހަރަކު ރުއާނާގެ މުޅި މޫނު ރަތްވެއެވެ. އެފަދަ ގުޅުމެއް ނެތޭ ބުނަން ވެސް އޭނާއަކަށް ނުކެރުނެވެ. އޭނާއަށް ބުނަން ނުކެރިފައި ހުރިތާގައި ލިއަމްވެސް އެމީހުންގެ ކުށް ރަނގަޅު ކޮށްދޭކަށް ނޫޅުނެވެ. އެންމެންގެ ކައިރިން ސަލާމަތް ވެގެން ރުއާނާ ދެން އުޅެން ފެށީ ފަހަރަކު ކުޑަކުއްޖެއް އުރާށެވެ.

”އަޅެ އެންމެން ގެދާރ ވާ  ކޮންމެ ފަހަރަކު ނީގެ މަތިން ހާދަ މިސްވެއޭ.. ކޮބާ ލޫކް؟“ އިޒްވާ ބެލީ އެތަނުގައި ނެތް މީހުންނެވެ. ލޫކްގެ އިތުރުން ޔީލާއާއި ނޫހް އެތަނުގައި ނެތްކަން އެނގުނު ނަމަވެސް އެމީހުންގެ ވާހަކަ އަހާކަށް އޭނާގެ ހިތަކު ނެތެވެ. އިޒްވާއާއި ޔީލާގެ ގުޅުން ހީނަރުވެފައިވާކަން އެއީ މިހާރު މުޅި އާއިލާ ދަންނަ ހަގީގަތެކެވެ. ވީ ކީޢްކަމެއް ނޭނގުނު ނަމަވެސް ދެމީހުން އެކަކު އަނެއްކަކާއި ބާއްވާ ދުރުކަން އެންމެނަށް ވެސް ފާހަގަ ވެއެވެ. އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އިޒްވާ މައުޝޫއު ބަދަލްކޮށްލާ ގޮތުން މާ ބޮޑަކަށް އަހާކަށް ނުކެރެއެވެ.

”އަހަރެމެން ދާން އުޅޭ ހިސާބުގައި ވެއްޖެ ލޫކް އާއި ދޮންތަ ބެ.. އެހެން ކުދިން ދާން ހިނގާ.. ރުއާ ކައިރީގަ ލިއަމް ނުވެސް ބުނޭދޯ؟ ދޭ ތައްޔާރު ވެލައިގެން އަންނަން.. މަޑުކޮށްލާނަން “ މީރާ ބުނެލުމުން ރުއާނާ އެނބުރި ކޮޓަރިއަށް ވަންނަން ދިޔައެވެ.

އެހެންމީހުން އަމިއްލަ ވާހަކައަށް ގެއްލުނުތަން ފެނި ލިއަމް މައްޗަށް އަރައިގެން ދިޔައެވެ. ލިއަމް ވަތް އިރު ދަބަހެއް ނަގައިގެން ބޭނުންވާނެ ސާމާނު ރުއާނާ ދިޔައީ އަޅަމުންނެވެ.

”އަމް ސޮރީ“ ރުއާނާ ބަލައިލީ ލިއަމްގެ އަޑު އިވިގެންނެވެ. ވަގުތުން މޫނު ހަދާލިއެވެ. އެއްޗެއް ނުބުނެ ފަހަރަކު އެއްޗެއް ދަބަހުގެ ތެރެއަށް ޖަހަމުން ދިޔަގޮތުން ހިތްހަމަ ނުޖެހިފައި ހުރި ވަރު އަންދާޒާ ކޮށްލެވުނެވެ. ހިނިއައި ނަމަވެސް ، ހިނިތުންވުން ފޮރުވާލަމުން ލިއަމް އެތެރެއަށް ވަދެފައި ކޮޓަރީގެ ދޮރު ތަޅުލިއެވެ. ރުޅި އައިސް ހުރި ކަމުގައި ވީނަމަވެސް ތަޅުލިއަޑަށް ރުއާނާ ސިހުނެވެ.

”ރުޅި އައިސްފަތަ؟“ ރުއާނާއަށް ލޯ ބޮޑުކޮށްލެވުނީ އޭނާގެ ފަހަތުން ލިއަމް ބައްދާލުމުންނެވެ. ރުޅި ފިލައިގެން ދިޔައިރު ލަމުން ދިޔަ ނޭވާ އަވަސްވެ ހިތް ތެޅިގަތެވެ. އޭނާގެ އުނަގަނޑުގައި ލިއަމްގެ އަޅުވާލެވިފައިވި ދެއަތް އިހުނަށްވުރެން ބޮޑާށް ފިތާލިއެވެ.

”ލި..ލި..ލިއަމް“ ހިތައްވަމުން ދިޔަ ގޮތުން ރުއާނާއަށް ވާހަކަ ދެއްކުމަށް ވެސް އުނދަގޫވިއެވެ. އަތައް ނެގި ހެދުން ވެސް އަތުން ދޫވިއެވެ. ފަސް އެނބުރިލީ ލިއަމްއާއި ދުރަށް ޖެހިލުމުގެ ނިޔަތުގައެވެ. ނަމަވެސް ދުރަށް ޖެހުމުގެ ބަދަލުގައި ރުއާނާގެ އުނަގަނޑުގައި ލިއަމް އަތް އަޅުވާލާ ގާތައް ދަމާލިއެވެ.

”މްމްމް.. އަދިވެސް ރުޅި އައިސްފަތަ؟“ ރުއާނާގެ ކަންފަތް ދޮށާއި ގާތްވެލަމުން ލިއަމް ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮން ދޮރުގައި ޖެހި އަޑަށް ލިއަމް  އަނގައިން އަޑެއް ލައްވާލިއެވެ.

ލިއަމް ދުރުވެލުމުން އަވަސް ވެފައިވާ ނޭވާތައް ހަމައަކަށް އަޅުވާލަމުން ރުއާނާ މޭގައި އަތް އަޅާލިއެވެ. ބައެއްފަހަރު ލިއަމް އެކޮށްލާ އެފަދަ ކަންކަމުން ރުއާނާއަށް ހިތްމަތަކޮށްލެވެނީ ކިރިޔާއެވެ. ރުއާނާއާއި މެދު ދެކޭގޮތް ސީދާ ހާމަ ނުކުރިކަމުގައި ވީ ނަމަވެސް ލިއަމް އެބަހައްޓާ ގާތްކަމުން ކޮންމެވެސް ވަރަކަށް ދެކޭގޮތް އިޙްސާސް ވެއެވެ. އެބެލުމާއި ރައްދު ކޮށްލާ ހިނިތުންވުމަކީ ލިއަމްގެ ފުށުން އިތުރު އަންހެންކުއްޖަކަށް ނުފެންނަ ސިފައެކެވެ.

”ޑޮކްޓާރ އަލާނިއަލް އެގުޅަނީ.. ލިއަމް ފޯނު ނުނަގައިގެން.. ރުއާ ވެސް ނުނަގާ ކަމަށް ބުނީ.. ހޮސްޕިޓަލަށް އަންނާށޯ ދެމީހުން ވެސް.. އަހަރެން ވެސް އެބަ ޖެހޭ އެކޮޅަށް ދާން .. ހިނގާ އެއްކޮން ދާން“ ދޮރުމަތީގައި ހުރީ އަދްރެކްއެވެ. ދެމީހުންގެ ފޯނު އޭނާގެ އަތުގައި އޮތެވެ.  ބަދިގޭގައި ފޯނު ބޭއްވުނު ހަނދާންވީ ވެސް އެހިނދުއެވެ.

”ކިހިނެތް ވީ ކުއްލިއަކަށް؟“ ލިއަމް ފޯނު ބަލާލަމުން އަދްރެކް ކުރެން ސުވާލް ކުރިއެވެ.

”ޒައްޔާން އައީހެން ހީވަނީ“ އަދްރެކްގެ މޫނުމަތީގައި ވީ ސީރިއަސް ކަމެވެ. އާންމުކޮން އެމޫނުގައިވާ ސަކަ ކަމެއް އެވަގުތަކު ނެތެވެ. ”ހިނގާ ބަލަ އަވަހަށް ދާން“ އަދްރެކް ޖަވާބާއި އެކު ސިހިފައި ދެމީހުން ބަލައިލުމުން އޭނާ އަނެއްކާ ވެސް ބުނެލިއެވެ.

ސުވާލް ކުރަން އުޅެފައި ވެސް ރުއާނާ އެހިޔާލް ދޫކޮށްލިއެވެ. ޒައްޔާންގެ ނަން އިވުމާއި އެކު ވެސް އޭނާ އެންމެ ވަގުތު ކޮޅެއް ވެސް ބޭކާރު ކުރާކަށް ބޭނުމެއް ނުވިއެވެ. އެދެމީހުން ބޭރަށް ނުކުތުމުން ކުޑަ ގޮތަކަށް ތައްޔާރު ވެލައިގެން އޭނާވެސް ނުކުތެވެ. ބޭރަށް ނުކުތް އިރު ދެމީހުން ކާރުގެ ކައިރީގައި އޭނާގެ އިންތިޒާރުގައި ތިއްބެވެ.

ތިންމީޙުންނަށް ހޮސްޕިޓަލާއި ހަމައަށް ދެވުނު އިރު ނުހަނު ބޯކޮން ސްނޯ ވެހެމުން ދިޔައެވެ. މަގުމަތީގައިވެސް ސްނޯގެ ދޫލައެއް ލެވިފައިވީ އިރު އެކި ހިސާބުތަކުގައި ސްނޯއިން ކުދިކުދި ފަރުބަދަހެދިފައި ހުއްޓެވެ. ރުއާނާއަށް ފިނީގެ އެއްވެސް އުނދަގުލެއް ނުވެއެވެ. އެކަން ލިއަމްއަށް ޝައްކް ވެދާނެ ކަމުގެ ބިރަށް ދެއަތް ދެއަތާއި އުނގުޅާލަމުން ދެއަތުން ގައިގާ ވަށާލިއެވެ. އޭނާ ބަލައިލި އިރު ލިއަމް ޒާތަކަށް ބަލަހައްޓާއިގެން ހުރެ ހިނިއައިސްފައި ވާ ގޮތުން ނިތް އަރުވާލެވުނެވެ. ލިއަމް ކަމެއް ނުވެއޭ ބުނެ ދެފަރާތައް ބޯހޫރުވާލިއެވެ.

“ މި ދަނީ އަހަރެންގެ ޕޭޝަންޓްއެއް ވަރަށް ކްރިޓިކަލް ވެގެން އިންފޯމް ކުރީމަ.. ޖޮއިން ވާނަން އިނގޭ“ ލިފްޓާއި ހިސާބުން އަދްރެކް މިސްރާބް ބަދަލްކޮށްލި ތަން ފެނިގެން ލިއަމް އަހާލުމުން އޭނާ ޖަވާބު ދިނެވެ. ލިއަމް ވެސް ބޯޖަހާލަމުން ރުއާނާއާއި ލިފްޓަށް އެރިއެވެ.

”ޑޯންޓް ވޮރީ.. ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ “ ލިފްޓުން ފައިބަމުން ރުއާނާ ދެއަތް ދެއަތާއި މޮޑެލި ގޮތް ފެނި  ލިއަމް ބުނެލިއެވެ. އަލާނިއަލްގެ ކޮޓަރިއާއި ހަމައަށް ދެވެން ދެން ލިއަމް ހުރީ ރުއާނާގެ އަތުގައި ހިފާލައިގެންނެވެ.

”އައި ޑޯންޓް ނޯ، ހީވަނީ ދެރަ ކަމެއް ވާން އުޅޭހެން .. ހިތް ބިރު ގަނެފަ ހުންނަނީ.. އެހާ ދުވަސް ފަހުން ޒައްޔާންބޭ އެއައީ ހަމަ ގޯސް ހަބަރަކާއި އެކުގަ އޭ ހިތް ބުނަނީ.. ވަޓް ޑޫ ޔޫ ތިންކް؟“  ލިއަމްގެ މޫނަށް ރުއާނާ ބަލައިލިއެވެ.

”އަދި އެހާ ދުރަށް ނުވިސްނަމާ.. އަހަރެން މިހުރީނު .. އެއްވެސް ކަމެއް ނުޥާނެ އިންޝާﷲ“ ލިއަމްގެ އަތައް ބާރުކޮށްލާފައި ދޫކޮށްލީ ކޮޓަރިއަށް ވަންނަން ވެގެންނެވެ. އެތެރެއަށް ވަތްއިރު އޭރު އެމީހުންގެ އިންތިޒާރުގައި ކައިވަން އާއި އަލާނިޔަލްއާއި އީން އަދި މިލާންއާއި ޔޫމީން ތިއްބެވެ. އެމީހުންނަށް ވުރެން ބޮޑަށް ދެމީހުންގެ ނަޒަރު ގޮސް ހުއްޓުނީ އެއްފަރާތު ފާރަށް ލެނގިލައިގެން ހުރި ޒައްޔާންއާއި އޭނާގެ މަގަތުގައި ހުރި ނުދަންނަ އަންހެންކުއްޖާއަށެވެ.

ރުއާނާ ހުއްޓިލީ ޒައްޔާންގެ މަގަތުގައެވެ. އެހެން މީހުން ތިބުމުން ވާހަކަ ދައްކަން ނުކެރުނު ނަމަވެސް ޒައްޔާންގެ އަތުގައި ރުއާނާ ވިކާލިއެވެ. ތަދުވެގެން ޒައްޔާން ބަލައިލުމުން ރުއާނާ ލޯ އަޅާލިއެވެ.

”ލިއަމް.. ހުރިހާ ކަމެއް ވެސް ވަރަށް ގޯސް ހެން ހީވަނީ؟“ އަލާނިޔަލް ބުންޏެވެ. ލިއަމްއަށް ފަހްމް ނުވެގެން ކީކޭހޭ އަހާލެވުނެވެ.

”ލިއަމް..ވިހި އަހަރަށް ފަހު މަންމައާއި ބައްޕަގެ ހަބަރެއް ވެއްޖެ.“ އަލާނިއަލް އިތުރުކޮށްލިއެވެ.

ލިއަމްގެ ދެލޯ ބޮޑުވިއެވެ. ހުއްޓުން އަރައިގެން ދިޔައިރު އިރުކޮޅެއް ވަންދެން ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުރެވުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ކޮށްލާނެ ސުޥާލެއް ވެސް ދުލަށް ނައެވެ. އެމީހުންގެ މޫނަކުން ސަމާސާއެއް ކުރާ ކަމުގެ އަލާމާތެއް ނުފެނެއެވެ.

”ޑޯންޓް ޓޯކް.. ދެމީހުން ގެނައީ އެހެންވެ…ވާހަކަ ދައްކާ ނިމެން ދެން އަޑު އަހާ .. ސުވާލް ކުރާނީ ފަހުން“ އަލާނިއަލް، ޒައްޔާންއަށް އިޝާރާތް ކޮށްލުމުން އިންތަނުން ތެދުވެ އައިސް ލިއަމްގެ ގާތުގައި ހުއްޓި ފުރަތަމަ ވެސް ތައާރަފްކޮށް ދިނީ ޝިއާއެވެ.

”އެގެއިން ފެނުނު މިރެއިލްގެ އަންހެން ދަރިފުޅު މިއީ.. ޝިއާ..“

”މިރެއިލް؟ އޯހް އޯކޭ އޯކޭ.. ތަންކޮޅެއް ރީތިކޮން ކިޔައިދީބަލަ“ ޒައްޔާން މާ ލަސްކުރާތީ ލިއަމްއަކަށް ކަމަކު ނުދިޔައެވެ. ބޯޖަހަލައިލަމުން ލިއަމްއަށް ޒައްޔާން ކިޔައިދޭންފެށިއެވެ. އިތުރު އޮޅުވާލުމެއްގެ ތެރޭގައި ދެމީހުން ކުރެން އެކަކުވެސް ބަހައްޓާކަށް އޭނާއަކަށް ނުފެނުނެވެ. އެހެން ނޫނަސް އެއީ އެމީހުންނަށް އެނގެން ޖެހޭ ކަމެކެވެ. އެދުވަހު ޝިއާގެ ކޮއްކޮއަށް ފެނުނު ކަމަށް ބުނި ހުރިހާ މަންޒަރެއް ކިޔައިދިނެވެ. ހޫރައިން އާއި އެކު އިޒާންއާއި ޒީވާ ގެންދިޔަ ގޮތް ކިޔައިދިން ހިނދު ލިއަމްއަށް ހީވީ މީހަކު އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލިހެނެވެ. ފާރަށް ލެނގިލެވުނު އިރު އޭނާގެ ގައިގާ ތުރުތުރެއް ވިއެވެ.

ރުއާނާގެ ހާލު މާ ދެރައެވެ.  ލިބުނު ސިހުމާއި އެކު ކޮޅަށް ވެސް ނުހުރެވުނެވެ. އެފަދަ ކަމަކަށް ޒައްޔާން ވިސްނައިގެން ހުރުމުން ވެއްޓުނަ ނުދީ ހިފަހައްޓާލެވުނެވެ. އަނެއް ފަރާތުން ޔޫމީން ވެސް ރުއާނާއާއި ކައިރިވެލިއެވެ. އެހާ އަވަހަށް ދެލޮލުން ފެންތައް ފައިބަން ފެށިއެވެ.

ހަގީގަތް އޭނައާ ހަމައަށް ފޯރައިގަތް ވަގުތު، އޭނަގެ ވަށައިގެންވާ މާހައުލު ހިމޭންވެ،  ހީވީ ކަންފަތް ބައްވެގެން ދިޔަހެންނެވެ. ސިކުނޑިއަށް އެނގުމުގެ ކުރިން ހަށިގަނޑަށް އެ ހަގީގަތް އެނގިފައިވާ ފަދަ އިހްސާސެއް ކުރެވެމުންދިޔައެވެ. މެޔާއި ބޮލަށް ބާރު ކުރަން ފެށިއެވެ. ޒައްޔާން އެކިޔައިދިން މަންޒަރު ހީވީ ކަޅާއި ހުދުގެ މަންޒަރުތަކަކުން ކުރިމަތީގައި ރޯލް ވެގެން ދިޔަ ހެންނެވެ. ހޫރައިންގެ ހަޅޭއްކުގެ އަޑު ހީވީ ރުއާނާގެ ކަންފަތުގައި ހަރުލައިގެން ދިޔަހެންނެވެ. ބާރުހުރި ފިރެހެންނުން ތަކެއް ހޫރައިން ދަމާފައި ގެންދިޔަ ގޮތެވެ. އެހުރިހާ ކަމެއްގެ ތެރެއިން ހުވަފެނުން މިވީ ހަތަރު މަސްދުވަހު އެންމެ ބޮޑަށް ދައްކައިދެމުން ދިޔަ މަންޒަރު ވެސް ހީވީ އެވަގުތު ކުރިމަތިން ފެނިލި ހެންނެވެ. އެއީ އެދުވަހު ވަލުތެރޭގައި ރޮމުން ރުއާނާ ދުވި ގޮތެވެ.

ރުއާނާގެ އަތްތިލަ ތުރުތުރުލަމުން ދިޔައެވެ. ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނުތަކާއި އެކު ޒައްޔާންގެ އަތައް ބާރު ކޮށްލެވުނެވެ. ”ރުއާ.. އޯކޭ ތަ؟“ ރުއާނާއަށް އެމީހުން ވާހަކަ ދައްކަމުން ދިޔަ އަޑުވެސް ދިޔަ އަޑާއި އެންމެން އެންމެން އޭނާގެ ގާތައް ޖަމާވަމުން ދިޔަ މަންޒަރު ދިޔައީ ފުސްވެގެންނެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (6)

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.