މި ޖިސްމުގާ ވަނީ 26

mijism

”ސީރިއަސްލީ؟ އިޒް ޝީ ޓެސްޓިންގ މައި ޕޭޝަންސް؟“ އެއް މިޔަކަނުން ހީލައިގެން ހުރެ އިޔާން ދިޔަ ބާރުމިނުގައި އަމީރާގެ ހިމަ އުނަގަނޑުގައި ހިފާ އުރާލިއެވެ.

“އިޔާން“ އަމީރާ ދެލޯ ބޮޑު ކޮށްލައިގެން ހުރެ ބަލައިލީ ރީއާ ކޮބައިތޯއެވެ. ރީއާ ފޯރީގައި ކުރަހަމުން ދިޔަތަން ފެނި ހިތްހަމަ ޖެހުނު ނަމަވެސް އިޔާން އެފަދަ ގޮތައް އޭނާ އުރުމުން ރުޅި އަންނަގޮތްވިއެވެ. ފައިބަންވެގެން ގަދަ ހަދަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ނާޒުކު ކަމުން އެފަދަކަމަކަށް ތަނެއް ނުދިނެވެ. އިޔާންގެ ބާރު އަންދާޒާ ކޮށްލެވުނު މާޔޫސްކަމާއި ސަލާމަތް ވުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލިއެވެ.

***

މުޅި ކޮޓަރި ތެރެ އަނދިރިކޮން އޮތްއިރު ހުރި ހަމައެކަނި އަލިކަމަކީ ބެލްކޮނީގެ ބިއްލޫރި ދޮރުފަތުގެ ލޭސް ކާޓޭއިން ކަޙާލާފައިވާތީ ލިބޭ އަލިކަމެވެ. އަމީރާގެ ގައިން އިޔާން ދޫކޮށްލީ ބެލްކޮނީގެ ތެރެއަށް ވަދެވުމުންނެވެ. އަމީރާ ހަށަމް ބަދެލަމުން ނިތް އަރުވާލީ މިތަނަށް ގެނައީ ކޮންބޭނުމަކު ހޭ އަހާފަދަ އަކުންނެވެ.
“ ޖިނާންއަކީ ކާކު؟“ އަމީރާއާއި ގާތައް ޖެހިލަމުން އިޔާން އެއްސެވެ. ދުރު ބަލަހައްޓާއިގެން ހުރެވެސް އެ ސުވާލާއި އެކު އޭނާއަށް އިޔާންގެ މޫނަށް ބަލައިލެވިއްޖެއެވެ. ކުއްލިއަކަށް ޖިނާންގެ ވާހަކަ އިޔާން އެ އެހީ ކީއްވެ ހެއްޔެވެ. ރޭގައި ޒަންޔާގެ ގާތުގައި ހުރެ ފަސް ދިން އިރު އިޔާންއާއި ވިޝާމްއަދި މަޖުދާއާއި އާމީލާ ފެނުނެވެ. ނަމަވެސް އަމީރާ ހީކޮށްގެން ހުރީ އެކަމާއި ގުޅޭގޮތުން އިޔާން ވާހަކަ ދައްކަން ނާންނާނެ ކަމުގައެވެ. ދެމީހުން ބައްދަލްވީ ކިހިނެތް ކަމެއް ވެސް އިޔާން ހީވި މިހުރިހާ ދުވަހަކު ހަނދާން ނެތިފައި ހުރިހެންނެވެ. ދެމީހުން ދުރުވާން ޖެހުނު ހާދިސާއާއި ގުޅޭ ގޮތުން ސުވާލެއް ނުކުރި ކަމުގައި ވީނަމަވެސް، ހޫގޯގެ ނުބައިކަން އެނގިހުރެމެ ވެސް ފުރަތަމަ ދިމާވި ދުވަހު އެހިގޮތައް އިޔާންއެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ފަހަކުން ނޭހިއެވެ. މިއަދު އެހުމުގެ ބޭނުމެއް ވަކި އެބައޮތް ހެއްޔެވެ.

”ކިހިނެތް ވީ؟“ އަސަރެއް ނެތް ފަދަ ގޮތަކަށް އަމީރާ އަހާލިއެވެ.

”ސުވާލެއް ކުރީމަ، އޭގެ ޖަވާބަކަށް އިތުރު ސުވާލެއް! ފުރަތަމަ މަ ކުރި ސުވާލަށް ޖަވާބު ދީފާނަންތަ؟“

”ހައްހައްހާ ޖެހޭތަ ދޭން؟“ އަމީރާ އެވަގުތު  ބޭނުންވީ އިޔާން ރުޅި އަރުވާލާށެވެ. އެއަށްފަހު ފެނުނީ ކޮޓަރިން ނުކުންނަން ދިޔަ ތަނެވެ. އެހާމެ ފިޔަވަޅުތައް ވެސް އަވަހެވެ.

ވަގުތުން އިޔާންގެ ދެބުމަ ގޮށްޖެހުނެވެ. އެހާ ދޫދީގެން އަމީރާގެ ފުށުން އިޔާން އޮޅުން ފިލުވަން ބޭނުންވާ ކަމެއް ނޭނގޭނެކަން އޭނާ ދަނެއެވެ. ދޮރާއި ހިސާބުން އިޔާންއަށް އަމީރާ އަތުވިއެވެ. އޭނާގެ އުނަގަނޑުގައި ހިފައި، ބެލްކޮނީގެ ބިއްލޫރި ބިތުގައި ތައްކޮށްލިއެވެ. ރުޅިވެރިކަމާއި އެކު ބަލައިލަމުން އަމީރާ އަނެއްކާވެސް ބެލީ ގަދައެއް ހެދޭތޯއެވެ. ނަމަވެސް އިޔާން ހިފަހައްޓައިގެން ހުރީ މާބާރަށެވެ. އޭނާގެ ދެފަރާތު ބިއްލޫރިގަނޑުގައި ދެއަތް ހިއްޕާލާ ،ރަނގަޅަށް ހައްޔަރު ކޮށްލިއެވެ.

”އިޔާން ކިހިނެތް ވެގެންތަ ތިއުޅެނީ؟ އިތުރަށް އަހަރެން ނުރޮއްވިއަސް އިޔާން ބޭނުންވާ ގޮތަކަށް އުޅެންވީއޭ.. އެއްވެސް ފަރުވާލެއް ނެތޭ.. އެކަމަކު އަހަންނަކީ ވެސް އިންސާނެއް.. ބޭނުން ގޮތަކަށް ކުޅެލަން ހުރި ބުދެއް ނޫން..“ ރޮވޭވަރުވެފައި ހުރެ އަމީރާ ބުނެލިއެވެ.

”އައި ސެއިޑް ޖިނާން އަކީ ކާކު ހޭ؟ހަމަ ރީތިކޮން ޖަވާބު ދީފައި ދާންވީއޭ “ އަމީރާގެ ދެލޮލުގައި ހުރި ކަރުނުތައް ފެނި އިޔާންއަށް ހިތް ދިރުވާލެވުނެވެ. ނަމަވެސް އަޅާނުލާ ސުވާލްތަކާއި އެކު އޭނާ ދިޔައީ ކުރިއަށެވެ. އަމީރާ ރޮއްވާލައިގެން ވެސް އޭނާ ހުރީ ހަގީގަތް ހޯދަން ހިތުލައިގެންނެވެ.

”ނުބުނާނަން؟ އަޑު އިވިއްޖެތަ؟ “ ރުޅިގަދަވަމުން ދިޔައިރު ކަރުނުތައް ވެސް އަމީރާގެ ދެލޮލުން ތިކި ޖަހަމުން ދިޔައެވެ. އިޔާން ކުރިއަށް ވުރެން ބޮޑަށް އަމީރާއާއި ގާތް ވިއެވެ.

”ޔޫ ހޭވް ތްރީ ޗާންސެންސް.. ޖިނާން އަކީ ކާކު؟ ބުނާނީ ތަ ނޫނީ..“ އަމީރާގެ ތުންފަތުގައި އިޔާން ޝަހާދަތް އިނގިލިން ހާކާލިއެވެ. ޖަހާލާފައިވާ ދޫ ހުޅިން ސޮހިފައިވާ ކުދި ބުޅިތައް އެ އޮމާން ކަނދުރާގައި ބީހެމުން ދިޔަ ގޮތުން އިޔާންގެ ހިއްސުތަކަށް އެނގުން ވަމުން ދިޔައެވެ. ހިތް އަންގަމުން ދިޔައީ އެ ވަގުތުކޮޅުގެ ބޭނުން ހިފުމަށެވެ. ނަމަވެސް އެހާ ބޮޑަށް ލޯބިވާއިރު އަމީރާގެ ނުރުހުމުގައި އެއްވެސް ކަމެއް އިޔާން ނުކުރާނެއެވެ. ފުންވަމުން ދިޔަ އިހްސާސްތައް ކޮންޓްރޯލް ކުރަމުން އިޔާން ބެލީ ރަނގަޅަށް ވެސް އަމީރާ ބިރުގަންނުވާލެވޭތޯއެވެ.

”ޖެހޭ ހޭ ބުނަން.. އެ ޒޯޔާގެ ގާތައް ދިޔައީމަ ވީނު“ އަމީރާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ.

”މީހުންގެ އަނބިން ގާތަކަށް އަބަދަކު ނުދެވޭނެ އެންނު… އަމް ކައުންޓިން.. ތިނެއް..“

”ވެއިޓް .. ވަޓް؟ ވަޓް ޔޫ މީން؟ “ ރުޅި އައިސްފަ ހުއްޓާ ވެސް އިޔާންގެ ޖުމްލަ އަހާފައި  އެ ރުޅިގަނޑު ވަތް ތަނެއް ނޭނގެއެވެ. ސިހުމާއި ހައިރާން ކަމުގެ އަސަރުތައް މޫނުން ފެންނަން ފަށައިފިއެވެ. ސުވާލް ކުރި ނަމަވެސް އޭނާގެ ސުވާލަކަށް ޖަވާބު ދޭން އިޔާން އުޅޭކަމުގެ އަލާމާތެއް އެ މޫނަކުން ނުފެނެއެވެ.

”ދެއެއް..“

”ވަޓް އިޒް ރޯންގް ވިތް ޔޫ އިޔާން؟ ކުރާ އެންމެ ސުވާލަކަށް ވެސް ޖަވާބެއް ދިނުމެއް ނެތް ދޯ؟“

”މަ ދައްކާ އެއްވެސް ވާހަކައެއް އަމީރާ ގަބޫލް ކުރާނަންތަ؟ ނުކުރާނަމެންނު ..ސޯ؟… ބޭކާރު ވާހަކަ ދައްކާކަށް ޓައިމް އެއް ނެތް .. އަމް ގިވިންގ މޯރ ޗާންސެސް.. އަވަސް ކުރޭ ..“ އަމީރާގެ މޫނާއި ދިމާލަށް އިޔާން ގުދުވެލިއެވެ.

”އައި ޕްރިފާރ ކިސް.. އިޔާން ނުބުނަންޏާ މަ ވަކި ބުނަނީ ކީއްކުރަންތަ؟“ އަމީރާ ކޮށްލީ އިޔާން އުއްމީދު ކުރި ކަމެއް ނޫނެވެ. ކޮރާލާފައި އިޔާންގެ ކަނދުރާގައި އަމީރާ ދެ އަތް އަޅުވާލިއެވެ. ލިބުނު ސިހުމުގައި އިޔާންއަށް ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުރެވުނީއެވެ. އެފަދަ ހާލެއްގައި ހުއްޓުން އަރާފައި ވަނިކޮން އަމީރާ ދުރުވެލިއެވެ. އެ ކުރެވުނު ކަންތަކާއި މެދު ހީވީ ފަހްރުވެރިވެފައި ހުރިހެންނެވެ. މީހެއްގެ ލޮލުގެ ހިމަކޮޅުން ބަލައިލި ނަމަވެސް އެކީ ރަތްވެގެން ދާ ކުއްޖާގެ މޫނުމަތިން ލަދުގެ އެއްވެސް އަސަރެއް ނުފެނުމުން އިޔާން ހުރެވުނީ ރަނގަޅަށް ވެސް އޮޅިފައެވެ.

”ޒޯޔާގެ ކައިރިގަ ބުނައްޗޭ ، އަމީރާ ދެންމެ ކިސް އެއް ދީފިއޭ“ އިޔާން އަތް ހާކާލި ފަދައިން އަމީރާ ވެސް އަމިއްލަ ތުންފަތުގައި ޝަހާދަތް އިނގިލިން ޙާކާލިއެވެ. އެފަދަ ހިތްވަރެއް ކުރީ ކިހިނަކުން ބާއެވެ. އިޔާން އެ ސިހުމުގައި ވާން ދޫކޮށްލާފައި އަމީރާ އެތަނުން ނުކުތެވެ.

”އަ ކިސް؟ ފްރޮމް ހާރ؟ އަންބިލީވަބަލް..“ ސިހުމުގައި ހުރެވެސް އިޔާންއަށް ހީލެވިއްޖެއެވެ. އަމީރާއަށް ބިރު ދައްކައިގެން އޭނާ ކުރަން ހިތުލައިގެން ހުރި ކަންތަކުގެ މަތިން ވެސް ހުރެވުނީ ހަނދާން ނެތިފައެވެ.

”މިހާ އީޒީ ކޮން އެމީ ނުކިޔައިދޭނެ.. އެހެން ގޮތެއް ދެން ހޯދަން ވީ.. އެބުނާ ޖިނާންއެއް އެމީއާއި މެރީ ކުރަން އުޅުނިއްޔާ، ލައްކަ ކަންތައް ވެސް ހިނގާފަ ކަންނޭގެ ހުންނާނީ.. ދެން ނުހުރެވޭނެ ވާނެ ގޮތެއް ޥާން ދޫކޮށްލައި ގެންނެއް.. ހަގީގަތް ނޭނގެނީސް މަ ދެލޮލަށް ނިދި ވެސް އަންނާނެ ކަމެއް ނޭނގެ.. އާހްހް.. މްމްމް..ފަހަރުގަ މި ފްލޯރއަށް ގެނެވިއްޖެޔާ މަށައް ތްވެންޓީ ފޯރ އަވާރސް އޭނާއަށް ޑިސްޓާރބް ކުރެވޭނެ.. “ އެގޮތް މިގޮތައް އިޔާން ދިޔައީ ވިސްނަމުންނެވެ. އެތައް އިރަކު އިނދެފައި އޭނާ އިންތަނުން ތެދުވީ ގޮތެއް ނިންމައިގެންނެވެ. ގަޑިއެއްގެ އިރު ކުރިން ތަބީއަތު ހަރާބުވެފައި ހުރި ޒުވާނާގެ މޫނުމަތިން، މިހާރު ފެންނަންހުރީ ނުފިލާ ހިނިތުންވުމެކެވެ.

***

ކޮލެޖްގެ ގޭޓުން ނުކުތް އިރަމް  މަޑުކޮށްލީ އެކުވެރިއަކާއި ވާހަކަ ދައްކާލުމަށެވެ. އެކުވެރިޔާ ބަލާ ބަލާ އައުމާއިއެކު އޭނާ ދިޔުމުން އިރަމް މަޑުކޮށްލީ ގޭޓް ކައިރީގައެވެ. ނަދީމް ނޫނީ އިޔާން ބަލައި އައި ނަމަވެސް އެންމެ ފަސޭހައިން ލޮލުގައި އަޅާއިގަންނާނީ އެތަނުގައި ހުރުމުންނެވެ. އުޑުމަތި ކަޅު ވިލާތަކުން ބައްދާލާފައި ވާގޮތުން އިރަމް ހުރީ އެތަނުގައި ހުއްޓާ ތެމިދާނެކަމުގެ ބިރުހީވެފައެވެ. މިއަދު ލެވިފައި ހުރި ހުދު ގަމީސްކޮޅުގައި ހުއްޓާ އެއްގޮތަކަށް ވެސް ތެމޭކަށް އޭނާ ބޭނުމެއް ނޫނެވެ.

އެހެން ހުއްޓާ ނަދީމް ގުޅިއެވެ. ފޯނު ނެގުމުން އޭނާ އަންގާލީ އަންނަން ނުކުތް ވަގުތު ކަމެއް ޖެހުނީކަމުގައެވެ. އަދި ދިހަ ވަރަކަށް މިނެޓް ވާނެކަމަށް ބުނުމުން އިރަމް އަށް އަޑެއް ލައްވާލެވުނެވެ. ބަހުގައި ގެއަށް ދިޔުމަށް އެދުމުން އެކަމަކަށް ނަދީމް އެއްގޮތަކަށް ވެސް އެއްބަހެއް ނުވިއެވެ. މާޔޫސް ވެފައި ހުރެ އިރަމް އަނގަހަދާލަމުން ދަބަހަށް ފޯނު ލިއެވެ.

”އާއީ.. މި ބައްޕަ ވެސް ދޯ.. މިހާރު އެ ވެހެން ފެށީ ވާރޭ.. އެބުނާ ދިހަ މިނެޓް އެއްގަޑި އިރަށް ނުވިއްޔާ ރަނގަޅު.. އަހަންނަށް ޔަގީން ތެމި ފޯވާނެކަން ގެޔާއި ހިސާބަށް ދާންވާއިރަށް… “ ތުނިކޮން ވާރޭ ވެހެން ފެށުމުން ،ގޭޓުގެ ހިޔާކޮން އޮތް ހިސާބަށް ކުޑަކޮން ދުވެލާފައި ގޮސް އިރަމް ވަނެވެ. ދަބަހުގެ ތެރެއަށް އަތުގައި ހުރި ފޮތްތައް ލުމަށްފަހު ދަބަސް ލައްކޮށްލީ މޭގައެވެ. ވާރޭގެ އަސަރު ހިސާބަކަށް ފޯރާފައި ހުރުމުން އިރަމް ލާފައިހުރި ގަމީހުގެ ތަންތަންކޮޅުން ހުރީ ތެމިފައެވެ. އެތެރެއިން ލާފައިވާ ޕެޓީކޮޅު، ފެނުގެ އަސަރު ހުރި ހިސާބުތަކުން ފެންނާތީ އިރަމް ހުރީ ލަދު ގަންނަ ގޮތްވެފައެވެ. އޭރު ވިއްސާރައިގާ ޖެހިގެން އެދިމާލަށް ދުވެލާފައި ދެތިން ފިރިހެންކުދިން އިރަމްގެ ލޮލުގައި އަޅައިގަތެވެ.

”އޯހް ގޯޑް.. ބައްޕަ އަޅެ އަވަސް.. މިކަހަލަ ދުވަސް ދުވަހު ހިތައް އަރާ މާލޭގަ އުޅެވޭ ނަމައޭ“ ތުންފަތް ހަފާލަ ހަފާލަ އިރަމް ހުއްޓެވެ. ރޭގައި ލަހުން ނިދުމުން އޭނާއަށް މިއަދު ހޭލެވުނީ ވެސް ކްލާހަށް އައުމާއި ނުހަނު ގާތްވެފައި ވަނިކޮންނެވެ. އިސްތިރި ނުކޮށް ލެވޭ ހެދުމަކަށް އިނީ އެޔެވެ. އަނެއް ކޮޅުން ކްލާހަށް އައި އިރު އުޑުމަތި އޮތީ ފުދޭވަރަކަށް އަލިކޮންނެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އެފަދަ ހެދުމެއް ލެވުނީ ވެސް އެހެންވެއެވެ.  އެހެން ހުއްޓާ އަނެއްކާ ނަދީމް ގުޅައިފިއެވެ.

”ދަރިފުޅާ ވިއްސާރަ ކަމުން ބައްޕަ ކަހަލަ ލޯ ސަކަރާތް މީހަކު ކާރުގަ ދިޔުން އެހާ ބުއްދިވެރިއެއް ނޫން.. ދޮންބެ އެއް ވެސް ނެތް ގެޔަކު.. އެހެންވެ ދޮންތަބެ ކައިރީގަ ބުނެފިން ދަރިފުޅު ބަލާދާން.. މިހާރު ނޭނގޭ ތިހިސާބަށް ނުފޯރާނެ ކަމެއް ވެސް.. އެގޭގެ މަޑުކޮށްލާ ކުޑަކޮން މޫސުމް މައިތިރި ވެލަންދެން.. “ ނަދީމް ބުނެލިއެވެ. އިރަމްއަށް ތުންފިއްތާލެވުނެވެ. ނަދީމް ކުރިން އެހެން ބުނި ނަމަ ޓެކްސީއެއްގައި ނަމަވެސް އޭނާ މިޙާރު އެގެޔަށް ދިޔަތާ ކިތަންމެ އިރެކެވެ. ރުޅިގަދަވެފައި ހުރެ އިރަމް ފޯނު ކަނޑާލައިފިއެވެ.

”ހޭއި ..“ ފޯނު ކުރުކޮށްލާފައި ބަލައިލީ މީހަކު ގޮވާލުމުންނެވެ. އެއީ ދެންމެ ގާތައް މަޑުކޮށްލި ތިން ފިރިހެން ކުދިންގެ ތެރެއިން އެކަކެވެ. އިރަމް ބިރު ހީވީ މީގެ ދެ މަސްދުވަސް ކުރިން އޭނާއަށް ދިމާވި ހާދިސާގެ މަތިން ހަނދާންވެފައެވެ. ބިރުން ހުރެމެ އިރަމް ނުތަނަވަސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

”ވިއްސާރައިގަ ޖެހުނީ ދޯ.. އަހަރެމެން ވެސް މިތިބީ ނުދެވިފަ.. ނޭނގެ ހުއްޓާނެ އިރެއް“  ގޯސް ވާހަކައެއް ނުދެއްކި ނަމަވެސް އިރަމް ހުރީ ސިހިސިހިއެވެ. މޫސުމްވެސް ހައްތަހާ ގޯސްވަނީއެވެ. އެމީހުން އެއްޗެއް ހިތައް އަރާފާނެތީ މިފަހަރު ވެސް އޭނާ ރައްދުކޮށްލީ ހިނިތުންވުމެކެވެ. ކުރިން ވާހަކަ ދެއްކި ފިރިހެންކުއްޖާ މާ ވަރަކަށް ބަލަމުން ދިޔަކަން އިޙްސާސްވެ އިރަމްގެ ހިތް ރޫރޫ އަޅައިގަތެވެ.

”ޔޫ އާރ ސޯ ޕްރިޓީ.. އާރ ޔޫ ސިންގަލް ؟“ އެންމެފަހުން އޭނާ އަހާލައިފިއެވެ. އިރަމް ދެލޯ ބޮޑުކޮށްލައިގެން ހުރެވެސް އެއްޗެއް ނުބުންޏެވެ.

”މީނަ ހަމަ ފެންނަހާ އަންހެން ކުއްޖަކާ އެބަ މައްލަވަ ކުރެއޭ.. ސޮރީ ގާލް“ އޭނާގެ މަގަތުގައި ހުރި އެކުވެރިއާއަށް އިރަމްގެ ހާލަތު ނަގައިގަނެވުނީ ކަންނޭގެއެވެ.

”ޝީ އިޒް ސޯ ޕްރިޓީ –“

”ސޮރީ ކިޑް .. ޝީ އިޒް ޓޭކެން“ އައި ނައި ތަނެއް ނޭނގި އެތަނަށް ވަނީ ސަދަފްއެވެ. އެމީހުންނެކޭ އެއްފަދައިން އިރަމް ވެސް ދިޔައީ ސިހިގެންނެވެ. ސަދަފް ހިފާލީ އިރަމްގެ އަތުގައެވެ.

އިރަމް ދެލޯ ބޮޑުކޮށްލައިގެން ހުއްޓާ ރައްދުކޮށްލީ ހިތްކަތިލެވިގެން ދާ ފަދަ ހިތްގައިމް ހިނިތުންވުމެކެވެ.. ސަދަފް ހުރީ ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ސޯޓް ބުރީގެ މަތިން ކަޅުކުލައިގެ ވިއްސާރަ ކޯޓު ލައިގެންނެވެ.  އޭގެ ހުޑު ބައިގެ ތެރެއިން އޭނާގެ ދިގު އިސްތަށިގަނޑުގެ ކޮޅުތައް ފެންނަން ހުރި އިރު، އިރަމްއަށް ހުރެވުނީ އެ މޫނުން ނަޒަރް ވެސް ވަކިކޮށްލަން ނޭނގިފައެވެ.

”ހެލޯ؟“ އިރަމް ސިހުނީ ސަދަފްގެ އަޑަށެވެ. ގެއްލިފައި ހުރިވަރުން ކައިރީގައި ތިބި ކުދިންތައް ދިޔައިރުވެސް އޭނައަށް ނޭނގުނެވެ. ސަދަފް އެއްމިޔަކަނުން ހީލައިގެން ހުރިގޮތުން އޭނާ ބަލަން ހުރިކަން އެނގުނީކަން، ދެނެގަނެވުމުން އިރަމްގަތީ ލަދެވެ.

”މަ އައީމަ އެމީހުން ބިރުން ގޮސްފި“ ސަދަފް ބުނެލިއެވެ. އަދިވެސް ހުރެވުނީ އިރަމްގެ އަތުގައި ހިފައިގެން ކަން އިޙްސާސްވީ އިރަމްގެ ނަޒަރު ދެމީހުންގެ ގުޅުވާލެވިފައިވި އަތްތިލައަށް ހުއްޓިފައި ހުރުމުންނެވެ. އޭނާގެ މޫނަށް ބެލުނުވަރުން ސަދަފް އަށް ވެސް ހުރެވުނު ގޮތް ރެއަކާއި ނުލީއެވެ.އަވަސް އަވަހަށް އިރަމްގެ އަތް  މިނިވަންކޮށްދިނެވެ.

”މީތި ލާ.. “ ސަދަފް ލައިގެން ހުރި ކޯޓް ބޭލުމަށްފަހު ދުރުބަލަހައްޓައިގެން ހުރެ އިރަމްއަށް ދިއްކޮށްލުމުން ، އަމިއްލަ ހަށިގަނޑާއި ދިމާ އިރަމްއަށް ބަލައިލެވިއްޖެއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. ގަމީސް ގަޔާއި ތަތްލަވާފައިވީ ގޮތުން ނުހަނު ބޮޑަށް ގައި ފެންނަމުން ދިޔައެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ކޯޓް ގަޔަށް މަހާލިއެވެ. ހީވީ ގޯންޔެއްގެ ތެރެއަށް އެރެވުނު ހެންނެވެ. އަތް ދިގު ކަމުން ވެސް އިރަމްގެ އިނގިލިތައްވެސް ފެންނަވަރުވީ އިރުކޮޅެއް ވަންދެން އަތުކުރި އޮޅިފަހުންނެވެ.

”އޯކޭ؟ ލެޓްސް ގޯ .. ހިއެއް ނުވޭ މިއިން އިރަކު ތުނިކޮށްލާނެ ހެންނެއް“ އިރަމްއަށް ނަޒަރެއް ދީފައި ސަދަފް ކާރާއި ހަމައަށް ދިޔައީ ކުޑަކޮން ދުވެލާފައެވެ.

އޭނާގެ ފަހަތުން އިރަމްވެސް ލަސްލަހުން ހިނގާލާފަ ދިޔައެވެ. ވާރޭގެ ތެރެއިން ވެސް ސަދަފްގެ ކޯޓުގައި ހިފާލާއިވާ މިރުވަސް، ނޭފަތް ވަނީ ހިސާރުކޮށްފައެވެ. ކުޑަކޮން ހިއްލާލައިގެން ހުރެ ކޯޓުގެ ވަސްބެލުނު އަދަދެއް ވެސް ނޭނގެއެވެ. “ އާހް ސޯ ގުޑް“ ބޭއިހްތިޔާރުގައި  އަނގައިން ނުކުތެވެ.

ކާރާއި ހިސާބަށް ގޮސް ވެސް އިރަމްގެ އިންތިޒާރުގައި ސަދަފް މަޑުކޮށްލިއެވެ. ލާފައި ހުރި އަތްދިގު ކަޅު ގަމީސް ތެމުނު އިރުވެސް އޭނާގެ ފަރުވާލެއް ނެތްފަދައެވެ. އިރަމް އެހާ މަޑުން ވާރޭގެ ތެރޭގައި ހިނގާލާފައި އައިއިރު ސަދަފް ގާތައް ހިނިވެސް އައެވެ. އިރަމް ހުއްޓުމުން ދޮރު ހުޅުވާލަ ދިނުމަށް ފަހު އޭނާ ކާރަށްއެރިއެވެ.

”ވާރޭގެ ތެރެއިން ހިންޏެއް މަރުވެދާނެތީތަ އެހާ ސްނެލް ހިނގުމުގައި ތިއައީ“ ސަދަފް ހޭންފެށިއެވެ. އަތުގައި ކުރީންސުރެން އަޅުވާލާފައި އޮތް ވޫލްކޮޅުން އޭނާ އޭނާގެ އިސްތަށިގަނޑު އައްސާލިއެވެ. ލޯގަނޑު ތިރިކޮށްލަމުން އަނެއްއަތުން ތުނބުޅި ރަނގަޅު ކޮށްލަމުން އިރަމްގެ މޫނަށް ނަޒަރެއް ދިނެވެ.

”އޭއްޗިސްއަށް ވެސް އެއްބަޔަކު ވާނެ އެންނު ބަލަން…ހެހެހެ“ ސަދަފްއަށް ރައްދު ދެމުން އިރަމް ވެސް ހީލިއެވެ. ސަދަފް ތެމިފައި ހުރިތަން ފެނި އިރަމް އިނީ ކުޑަކޮން އުނދަގޫވެސް ވެފައެވެ.

”ރަނގަޅު ރަނގަޅު.. އެކަމަކު މުޅި ކުއްޖާ މޫނު ތި އިނީ ޓޮމާޓޯއެއްހާ ރަތްވެފަ ވިއްޔާ.. އެއްޗެކޭ ހިތައް ނާރުވައްޗޭ.. އެބަ ޖެހޭ ޗޭންޖް ކޮށްލަން ނޫނީ ފްރީޒް ވެދާނެ “ އިރަމްގެ މޫނައް ބަލަހައްޓައިގެން އިނދެ ސަދަފް ގަމީހުގެ މަތީ ދެގޮތް ނައްޓާލިއެވެ. އިރަމް އަށް ވިސްނުނީ ކަންނޭގެއެވެ. ވަގުތުން އިސްޖަހައިލައިފިއެވެ. އެ މޫނަށް އަރާ ފައިބާ ކުލަވަރު ދެކެން އިނދެ ގަމީސް ބޭލުމަށްފަހު، ފަހަތު ސީޓުގައި އޮތް ކޮތަޅަކުން ޓީޝާޓެއް ނަގައި ގަޔަށް މަހާލިއެވެ. އިރަމްގެ ހުރިހާ ހަރަކާތަކަށް ބަލަން އިނުމުން ވަށްކަޅިން އޭނާއަށް ދިން ނަޒަރު ވެސް ސަދަފްއަށް ނަގައިގަނެވުނެވެ. އަދި އެމޫނުގައިވި ރަތްކަން ފާހަގަވެ އޭނާގެ ތުންފަތު ގައިވި ހިނިތުންވުން ފުންވިއެވެ.

”ތި ކޯޓު ލައިގެން އިނދެފިއްޔާ ގެޔާއި ހަމައަށް ދާންވާއިރަށް ރޯގާ ޖެހޭނީ.. އަންން ޓަވަލް އެއް“

އޭރު އޭނާ އިނީ ހުދުކުލައިގެ ކުޑަ ތުވާއްޔެއް ދިއްކޮށްލައިގެންނެވެ. އިރަމް އޭގައި އަތްލިއެވެ.  ލަސްލަހުން ކޯޓު ގައިން ވަކި ކޮށްލަމުން، ސަދަފްއާއި ދިމާ ބަލައިލީ ދެން ހަނދާނެ ގޮތެއް ނޭނގުމުންނެވެ.

ސަދަފް އޭގައި ހިފާފައި ފަހަތައް އެއްލިއެވެ. ނުބަލަން މަސަކަތް ކުރި ނަމަވެސް ސަދަފްއަށް ބެލެމުންދިޔައީ ބިރުގަންނަހާ މިންވަރަށެވެ. ގައިގާ ހިފާލައިފާ ހެދުމާއި އެކު ވާރޭ ގައި ޖެހުމުން  އިސްތަށިގަނޑު އޮތީ ފުދޭވަރަކަށް ބޮޑަށް ތެމިފައެވެ.

ފިނީގެ ސަބަބުން މޫނާއި ނޭފަތުގެ ކުރި ރަތްވެފައިވީ ތަން ފެނި ސަދަފް ކާރުގެ ފިނިކަން މަޑުކޮށްލިއެވެ. ”އަދިވެސް ހީކަރުވާތަ؟“

ތުވާލިން އިސްތަށިގަނޑު ހިއްކަމުން އިރަމް ނޫނެކޭ ބުނެ ބޯހޫރުވާލިއެވެ.

”އަހަރެމެން ގެއަށް އިރޫ ގެންގޮސްދޭށޭ ދޮންބެ ބުނީ.. ބޭނުމިއްޔާ ގެއަށްވެސް ގެންގޮސްދީފާނަން“

”ގެއަށް ބޭނުމީ.. “ ސަދަފް ބުނެލި ހިނދު އިރަމް ޖަވާބު ދިނެވެ. ނަމަވެސް އޭނާ ބުނެލީ ހިތާއި މުޅިން ދެކޮޅު ޖަވާބެކެވެ. ހިތް އެދުނީ ސަދަފް ފެންނަ ފަށުގައި މަޑުކުރުމަށެވެ. ނަމަވެސް އެހެދުމުގައި އެހާ ގިނައިރު ސަދަފްގެ ކުރިމަތީގައި އިންނާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާރުވެސް ގައިގާ ޖެހުނަ ނުދޭން އިނީ ބަނޑާއި ހިސާބުން ކުޑަގޮތަކަށް ހިއްލާލައިގެންނެވެ.

”އެހާ އަވަހަށް ހަމަ ދާންވީތަ“ސަދަފްގެ އަޑު މަޑެވެ. އިރަމްއާއި އެކު މަޑުކުރަން ބޭނުންވާކަން  އެ ރާގުން އެކަނިވެސް ހާމަވެއެވެ. ކާރު އޭރު ބުރިޖާއި ނުހަނު ގާތައް ވަނީ އާދެވިފައެވެ. އިރަމްއަށް ދޭނެ ވަކި ޖަވާބެއް ނޭނގުމުން ހީލުމަކުން ފުއްދާލިއެވެ.

”އޯކޭ.. ލެޓްސް ގޯ“ ތުންފަތް ވައްކޮށްލައިގެން އިނދެ ސަދަފް ބުނެލިއެވެ. އިރަމްއަށް ވިސްނާލެވުނެވެ. އަނެއްކާ ސަދަފް ހިތްހަމަ ނުޖެހުނީބާއެވެ. ބްރިޖްމަތީގައި ކާރު ދުއްވަމުން ދިޔައިރު ބިއްލޫރިގަނޑަށް ފިރުކިގަންނަމުން ދިޔަ އެތައް ހާސް ވާރޭ ތިއްކަކަށް ނަޒަރު ހިނގާލަ ހިންގާލަ އިނދެފައި އިރަމް ވާހަކަ ދެއްކިއެވެ.

”މީ.. މްމްމް.. ހެދުން ތަތްލަވާފަ ހުރީމަ“

”އޯވްވް އެހެންވެތަ.. ކާރުގަ އޭ ތިބޭނީ..  ހިނގާބަލަ ކޮފީއެއް ނަގަން.. މިޙާރު ހިކެންވެސް ފަށާފަ ތިހުރީ.. އެހެންނޫނަސް އައި އޯލްރެޑީ ސޯ“ ސަދަފް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

އިރަމްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ގަތް ލަދުން މުޅި ހަށިގަނޑުގައި ވީހާ ލެޔެއް ހީވީ މޫނަށް ޖަމާވެފައި ހުރިހެންނެވެ. ސަދަފްއަށް ފެނުނުކަން އޭނާއަށް ވެސް އެނގެއެވެ. ނަމަވެސް އެހާ ހަމަޖެހިލާފައި ބުނެފާނެކަމަކަށް އުއްމީދެއް ނުކުރެއެވެ. ކުރިއަށް ވުރެން ބާރަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.

”އައި ޕްރިފާރ ހޯމް“ ލަދުގަނެފައި އިންވަރުން އިރަމް ބުނެލިއެވެ. ސަދަފް ހިނިއައިސްފައި އިނދެވެސް ބަލަމުން ދިޔަ ގޮތުން އިތުރަށް އޭނާ އިނީ އިސް އުފުލާލަން ނުކެރިފައެވެ.

“ނޯވޭ.. މިހާރު ދެން ގެއަށް ދެވޭނީ މަ ބޭނުން ވީމަ.. ރޭގަ ވެސް ފިލައިގެން ދިޔައި އޭ.. އަދި ގުޅީމަ ފޯނު ވެސް ނުނެގި.“

”ނޫންން… ނުފިލަން… އެމީ އާއި އެއްކޮން ދިޔައީ.. ފަހުން ނިދުނީ“

”އިޒް ޝީ  އޯކޭ؟“ އަމީރާގެ ވާހަކަ އިރަމް ބުނުމުން ސަދަފް އަހާލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ވެސް ޝައުގުވެރިކަމެވެ. އިރަމްގެ ގާތުގައި ރޭގައި އޭނައަށް ކުރެވުނު އިޙްސާސް ކިޔައިދޭން އުޅެފައިވެސް އެއިން ގޯސް މާނައެއް އިރަމްއަށް ނެގިދާނެ ކަމަށް ބަލާފައި އެ ހިޔާލްދޫކޮށްލިއެވެ.

”ރޭގަ ފަހުން އޯކޭވި“ އިރަމް ޖަވާބު ދިނެވެ. މަންޒިލާއި ގާތްވެފައި ވަނިކޮން ސަދަފްއަށް ފޯނެއް އައުމުން ބަލައިލި އިރު ވިޝާމްއެވެ.  ނަގަން ނުނަގަން އިނދެފައި ވެސް އޮފީސް ކަމަކު ވެސް ގުޅާފާނެތީ އެންމެ ފަހުން ފޯނު ނަގާ ކާރުގެ ބްލޫޓޫތް ސްޕީކަރާއި ގުޅާލިއެވެ.

”މޮޔަ ވީ؟ މިގަޑީގަ ތަ؟ މޫސުމް ފެނޭ؟“ ފޯނު ނެގި ތަނުން ވިޝާމް އެދުނީ މޫދަށް ދިޔުމަށެވެ. ސަދަފްއަށް ފުރަތަމަ ވެސް ބަލައިލެވުނީ ކާރުގެ ލޯގަނޑުން ބޭރެވެ. އޭރުވެސް ވިއްސާރަ މުޅިއަކުން ނުހުއްޓެއެވެ. ވާރޭގެ އަސަރު ކުރިއަށް ވުރެން ތަންކޮޅެއް ތުނިވިޔަސް ނުހަނު ވައިރޯޅިތައް ބާރެވެ.

”އާން އެކޭ.. ދޮންބެ ވެސް ދާނެ…ދެން އާދެބަލަ.. ވަރަށް ސަޅި ކަމެއްނު މިއީ ވާރެ ވެހެނިކޮން މޫދަށް އެރުން …އަޅެ  ޕްލީޒް ޕްލީޒް“ ވިޝާމް ހުރީ ކުރުކުރާ ގޮތަކަށް ނޫނެވެ. އޭރު އެމީހުންގެ ވާހަކަ އިވިގެން ހިނިއައިސް އިރަމް އިނެވެ.

ސަދަފްއަށް ބޯހޫރުވާލެވުނެވެ. ކަމެއް ކުރަން ވެއްޖެއްޔާ ވިޝާމްއަށް ވަގުތެއް ވަގުތެއް ނޯވޭ ހެއްޔެވެ. އަމިއްލަ ނަފްސަށް އިވޭވަރަށް ކުދިކިޔަވަމުން ސަދަފް ދިޔައެވެ.  ”އަޖައިބެއް ނުވާނެތަ އެކަމަކު ދެން.. މިއަދަކު ނުކެރޭނެ މޫދަށް އެރޭކަށް.. ދެން ބާއްވަން އުޅޭ.. އެހެންނޫނަސް ޑޭޓްއަކަށް މަ މިއައީ..“ އިރަމްގެ މޫނަށް ނަޒަރެއް ދެމުން ސަދަފް ބުނެލިއެވެ.  ސަދަފްގެ ބަހުން އިރަމްއަށް ވެސް ބަލައިލެވުނެވެ.

 

”ޑޭޓަކަށޭ؟ ކޮބާ އެ މަންޖެ ފޮޓޯ؟ ފޮނުވާނަމޭ ބުނެ ހަނދާން ނައްތާލާފަ.. ހަމަ މިހާރު ފޮނުވާފަ އާދެ… އެހެންނޫނަސް ދެން މިރޭ ވެސް މީޓް ކުރެވޭނެ އެންނު.. ނައިސް ފިއްޔާ ނުހުއްޓާ ގުޅާނަން.. ފޯނު ނުނަގައިފިއްޔާ ކާރުގެ ލޮކޭޝަން ބަލައިގެން އަހަރެމެން ދާނަން…“ ވިޝާމް ބުނަން ބޭނުންވާ އެއްޗެއް ބުނެފައި ފޯނު ކަނޑާލައިފިއެވެ. ސަދަފްއަށް ދެދަތައްފިލާ ކާރުވާލެވުނެވެ. ފޯނުސްޕީކަރާއި ގުޅާލެވުނު މޮޔަހީވިއެވެ. ލޯގަނޑުން ބަލައިލި އިރު އިރަމްގެ މޫނުމަތިގައި އިރުކޮޅެއް ކުރިން ހުރި ހިނިތުން ވުމެއްނެތެވެ. އިރަމް ނުބުނި ކަމުގައި ވީ ނަމަވެސް އެ އަސަރުތަކުން ސަދަފްއާއިމެދު ވިސްނާކަން އޭނާއަށް ހާމަވިއެވެ. ހިތައް އުފާވެރިކަން ލިބުނު އިރު، ވިޝާމްގެ އަނގަގަދަ ކަމުން އޭނާގެ ބޮލުގައި ރިއްސައިގަތެވެ.

”ޖީ އެފް އެއް ހުރޭތަ؟“ އިރަމް އަހައިލިއެވެ. އިރަމްގެ މޫނުމަތިން ވެގެން ދިޔަގޮތް ދެނެގަނެވުނު ނަމަވެސް ސަދަފް ބޭނުންވީ އިތުރަށް ދެކޭގޮތް ޔަގީން ކުރާށެވެ. ވިޝާމް ދެއްކި ވާހަކަ އިރަމްއަށް އިއްވުނީތީ އޭނާ އިނީ އެކަމާއި ކަންތައް ބޮނޑުވެފައެވެ.

”ނޫން.. ބަޓް ދެއާރ އިޒް ސަމްވަން އައި ރިއާލީ ލައިކް..ލިބޭނެބާ؟“

އިރަމްގެ ބަދަލްވެފައިވާ ތަބީއަތައް އެ ޖުމްލައިން ކުރީ އިތުރު ނޭދެވޭ އަސަރެވެ. ދެރައާއި ރުޅި އެކުވެފައިވީ އިރު ކުރެވުނީ ރޮވެން އުޅޭކަހަލަ އިޙްސާސެކެވެ. ނަމަވެސް ސަދަފްގެ ކުރިމަތީގައި އެފަދަ ވަގުތެއްގައި ރުއިމަކީ މާ ހަމަޖެހޭ ކަމެއް ނޫންކަމަށް ވިސްނިގެން ހިންދިރުވާލިއެވެ. ސަދަފް ބަހައްޓާ ގާތްކަމުން އިރަމް ހީކުރީ އޭނާއަށް ވެސް އިރަމް ކަމުދަނީ ކަމަށެވެ. ހޭލާ ގޮތައް ނިދުމާއި ހަމައަށް ސަދަފް އޭނާ އަށް ނުހުއްޓާ މެސެޖްކުރެއެވެ. ބައްދަލް ކުރަންވެސް އެވަރަށް އެދެއެވެ.

”އިންޝާ ﷲ ލިބޭނެ.. ހޭއި މަންމަ ބުނި ގެއަށް އައިސް ދިނުމަށް .. ކެން ޔޫ ޑްރޮޕް މީ ދެއާރ..“ މަގުގެ އެއްފަރާތް ދައްކާލާފައި އިރަމް އެދުނެވެ.

”އާރ ޔޫ އޯކޭ؟ މި ވަރަށް ދުރެއްނު ގެޔާ“

”ޔާހް އަމް ފައިން .. ކިހިނެތްވީ؟ މްމް އޯކޭ ގެއާއި ކައިރިއަށް ގެންދިޔަސް“ އިރަމް ހަމަޖެހޭ ގޮތް ދައްކާލަމުން ގަދަކަމުން ހިނިތުންވެލާފައި ހުރެ ފޯނަށް ބަލައިލިއެވެ. އެފަދަ ހިނިތުންވުމެއް ވެރިކުރެވުނީވެސް ނުހަނު މަސައްކަތައް ފަހުގައެވެ. ސަދަފް ވެސް ވަކި އެއްޗެއް ނުބުނެ ދެފަރާތައް ބޯހޫރުވާލިއެވެ. އެއަށް ފަހު ގެޔާއި ހަމައަށް ދެވެންދެން ވެސް ދެމެދުގައި އޮތީ ހަމަހިމޭންކަމެވެ. ސަދަފް ވާހަކަ ދައްކަން އަނގަ ހުޅުވާލާފައި ވެސް އިރަމް އިންގޮތުން ފަސްޖެހުނެވެ. ދެވެންދެން އިރަމް އިނީ ފޯނަށް ނަޒަރު ހުއްޓައިގެންނެވެ.

”ތޭންކްސް..“ގޭގެ ދޮރު މައްޗަށް ކާރު ހުއްޓުމާއި އެކު އިރަމް ދާންވެގެން ނުކުންނަން ދިޔަޔައެވެ. ނަމަވެސް ހުށިޔާރު ކަމާއި އެކު ސަދަފް، އިރަމްގެ އަތުގައި ހިފެހެއްޓިއެވެ.  އޭނާ ސިހިފައި ހުއްޓުނެވެ.

”މާދަމާ ރޭ  ނައިން އަށް ރެޑީ ވާތި.. ބަލަާ އަންނާނަން..“

”ކަމެއް އޮތީތަ؟“

”ޔެއާ.. މައި ގާލް އަށް ގިފްޓްއެއް ހޯދަންވެގެން.. އަންހެން ކުދިންނަށް ކަމުދާނެ އެއްޗިސް އެނގޭނީ އަންހެން ކުދިންނަކަށްނު.. އެނގެޔޭ ނުބުންޏަސް ހެލްޕް ވާނެކަން“

ސަދަފް އެހާ އުއްމީދާއި އެކު ބުނެލިގޮތުން އިރަމް އަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ބޯޖަހާލާފައި އޭނާ ނުކުމަތެވެ. އެވަގުތު ދެކޮޅު ނުހެދި ނަމަވެސް ފަހުން ބަހަނާއެއް ދައްކާލާފައި ގޭގައި މަޑުކޮށްލެވި ދާނެތާއެވެ. ސަދަފް އެހެން އަންހެން ކުއްޖެއްގެ ވާހަކަ ދައްކާ އަޑުއަހާކަށް އޭނާއަކަށް ނުހުރެވޭނެއެވެ.  ވެފައި ހުރި ދެރައިން އިތުރަކަށް އިރަމް ހިފަހައްޓާކަށް ނޫޅުނެވެ. ލިފްޓަށް އެރިގޮތައް ރޮވުނެވެ.

”ސްޕެޝަލް ކުއްޖެއް ހުރިއްޔާ ވައި ހީ އިޒް އެކްޓިންގް ލައިކް ، ހީ  އިޒް ސެޑިއުސިން މީ“ ކަރުނައިގެ ތެރެއިން ވެސް އިރަމްއަށް ދެތުންފަތް ފިއްތާލެވުނެވެ.

***

”ދަރިފުޅާ.. ދޮންބެ އައިސްފިތަ ؟“ ގެއަށް އައިސް ސަދަފް ވަތް ތަން ފެނިގެން އާމިލާ  އަހައިލިއެވެ. ސަދަފް ނުނެކޭ ބުނެ ދެފަރާތައް ބޯހޫރުވާލިއެވެ. އިތުރަށް އެއްޗެއް ނުބުނެ ހިނގައިގަތީ އެވަގުތު އޭނާގެ ތަބީއަތް ހިސާބަކަށް ބަދަލްވެފައި ހުރުމުންނެވެ. ގެއަށް ވަދެފައި  އޭނާ ކުރި މެސެޖް ބަލާފައި ވެސް އިރަމް ޖަވާބެއް ނުދެއެވެ. ހިތައް އުނދަގޫވީ ނަމަވެސް ސަދަފް ކެތްތެރިވީ ވިޝާމް ފެންނަން ދެންނެވެ. ވިޝާމްގެ ނަން ހިތައް އައުމާއި އެކުވެސް ދަތްކުނޑި ވިކައިގަނެވުނެވެ.

”ދަރިފުޅާ ކަމެއް ވެފަ ތަ ؟ ހާދަ ގޮތަކަށް؟“ ފޯނަށް ގެއްލިފައި ހުރިވަރުން އާމިލާ، އޭނާގެ ކޮނޑުގައި އަތްލުމުން ވެސް ދިޔައީ ސިހިގެންނެވެ.

”ނޫނޭ މަންމާ.. ހަމަ ވަރަށް ރަނގަޅު.. ކޮބާ ތިއްތިބެ؟“

”އެކަމަކު ހާދަ ބޮޑަކަށޭ ތިޔަ ސިހުނީ..  ދެންމެ ހިނގައްޖެ ރޫމަށް ކޮފީއެއް ހިފައިގެން..“

”އެ ފޯނަށް ގެއްލިފަ ހުރީމަ.. ހެހެހެ“ ދަމުން ސަދަފް ހީލިއެވެ.  އާމިލާވެސް އެހެންހޭ ބުނެ އިތުރު ސުވާލެއް ނުކޮށް ދިޔައެވެ.

ސިޑިން އަރައިގެން ގޮސް ވިޝާމްގެ ކޮޓަރީގެ ތެރެއަށް ވަދެވުނު އިރު ސަދަފްގެ މޫނުމަތި ހުރީ ރަނގަޅަށްވެސް ބަނަވެފައެވެ. ކޮޓަރީގެ އެއްވެސް ހިސާބަކުން އޭނާގެ ހިލަމެއް ނެތެވެ. ދެން ނުކުތީ ބެލްކޮންޏަށެވެ. ސޯފާގެ މައްޗަށް ހަށިގަނޑު ދަމާލައިގެން ވިޝާމް އެހާ ހަމަޖެހިލާފައި އޮތްތަން ފެނ ބޯހޫރުވާލެވުނެވެ. ބާރުބާރަށް ހިނގާލާފައި ވިޝާމްއާއި ދިމާލަށް ދިޔައިރު އިތުރު މީހަކު އިން ކަމެއް ނޭނގެއެވެ.

”އޭތް.. މިހުރިހާ ދުވަހު ސިންގަލްކޮން ހުރެވުނީމަ އޭގެ އުގޫބާތް ތަ އެހެން މީހުންނަށް ތި ދެނީ.. އަނގަގަދަ ކަމުން ހުރިހާ ކަމެއް ފްލޮޕް“ ސަދަފް އައިސް ހުއްޓުނީ ވިޝާމްގެ ކުރިމަތީގައެވެ. ދެދަތްފިލާ ކާރުވާލައިގެން ހުރެ ބުނެލި ގޮތުން ވިޝާމްގެ ގާތައް ހިނިއައެވެ.

”ކިހިނެތް ވީތަ ؟“

”ބިކޯޒް އޮފް ޔޫ .. ބިކޯޒް އޮފް ޔޫ.. ހުރިހާ ކަމެއް ހަމަ ސްޕޮއިލް ވެއްޖެ..އާހްހް“

”މަ އަދި މިއުޅެނީ ޑޭޓްއެއް ގައޭ ބުނީމަ ވެސް އަނގަ ގަދަ ކޮށްފި.. އެނގޭ ދޯ ކާރުގަ އިނިއްޔާ ކޯލް އެއް އަންނައިރު ސްޕީކާރއަށް ލާނެކަން .. އޭނާއަށް އިވުނު އެ މަންޖެ ފޮޓޯ އެކޭ އަނެއް އެއްޗެކޭ ބުނި އަޑު“ ސަދަފް ކިޔައިދިނީ ދެންމެ ކާރުގައި ހިނގި ކަންތަކެވެ. އިރަމްގެ ނަން ނީއްވާ ސަދަފް ހުރިހާ އެއްޗެއް އަކުރު އަކުރަށް ކިޔައިދިނެވެ.

ވިޝާމް އަޑުއަހަން އިނދެފައި ފެށީ ހޭށެވެ. ލޮލުން ފެން އަންނަންދެން ހުނެވެ. ވިޝާމް ގެނެސްފައި ހުރި ކޮފީތަށި ނަގައިގެން ސަދަފް އިށިންދެލިއެވެ. އޭނާ މޫނު ހަދައިގެން ހުރިގޮތުން ވިޝާމްއަށް މާ ބޮޑަށް ހެވުނެވެ.

”ދެން ކިހިނެތްތަ އެނގޭނީ އަދިވެސް ނުބުނާކަމެއް.. ހަހަހަ.. އަދިވެސް މީހަކު ގުޅާ އިރަށް ސްޕީކަރާ ފޯނު ކަނެކްޓް ކުރާތި.. ބުނެފަ އެއް ނޫން ދޯ އެކަހަލަ ލަނޑު ލިބެނީ“ ވިޝާމް އަދިވެސް ހެނީއެވެ. އޭނާ ބުނިހެން ފޯނު ނަގާ ކަންފަތުގައި ޖެހުނު ނަމައޭ އެތައް ފަހަރަކު ހިތައް އެރިއެވެ.

”ދެން ބޯ ގޮވާ އެއްޗެއްތަ؟ އެ މަންޖެ ބުންޏެއްނު މާދަމާ ނުކުންނާނެ ވާހަކަ“

”އަހަންނަށް އަދި ކުރެވުނީ މޮޔަ ކަމެއް“ ސަދަފްއަށް ކޮފީ މޭޒުމަތީގައި ބޯޖަހައިލެވުނެވެ. އެއޮތް ގޮތައް އޮވެ އިރަމްގެ ގާތުގައި ދެންމެ ބުނެފައި ގޮތައް ބުނެލިއެވެ.

”އަސްތަގްފިރުﷲ ޝެޑީ.. ކީއްކުރާނީ ޑޭޓް ކުރުމުގެ ތަޖުރިބާ ނެތީމަ ވާނީ ވެސް ތިހެން.. ތިއްތިބެ ހިތައް އަރާ އެބަ މިހާރު އެ މަންޖެ ޝެޑީގެ މޫނުގަ ނުޖެހީ ކީއްވެބާއޭ ވެސް.. އަދި ބުނެފި އެންނު އަންހެން ކުދީންގެ އެއްޗިހި ގަންނަން އެނގޭނީ އަންހެން ކުދިންނަށޭ.. ހައްހައްހާ.. އަޅެ ކޮން ނަމެއް ކިޔާ ކުއްޖެއްތަ އެއީ؟“

”އޭނަގެ ނަން ބުނެފިއްޔާ މިގޭ މީހުން އަނބުރައި ގަންނާނެ.. ފ-“ ސަދަފް ގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ވަކިން އިން ސޯފާގައި އިޔާން ފެނުނީ އެހިސާބަށް ވާހަކަ ދެއްކުނު ފަހުންނެވެ. ވަދެގެން އައިސް އެހުރިހާ އިރެއް ވީ އިރު ވެސް އިޔާން އެތާގަ ހުރިކަމެއް އޭނާ ނުދެނެ ހުއްޓެވެ. އިރަމްގެ ނަން ނުބުނެވުނުކަން ވެސް ނަސީބެކޭ ހިތައް އެރިއެވެ. އިޔާންގެ މޫނުމަތިން ވެސް ހިސާބަކަށް ހިނިއައިސް ހުރިކަން އެނގެއެވެ. އަނގަ ރަކިވިވަރުން ސަދަފް ކަރުކެހިލިއެވެ.

”ކީއްވެ ކުރިން ނުބުނީ؟“ ސަދަފް ބުނެލީ އެކަނި ވިޝާމްގެ ކަންފަތައް ފޯރާހާ މަޑުންނެވެ.

”އެހާ ކަނުވެސް ވީތަ މިހާރު.. ހަމަ ރީތިކޮން ފެންނަން ދޯ އެއިނީ“ ވިޝާމް ހެމުން ހެމުން ބުނެލިއެވެ. އޭނާ ބުނީ ދޮގެއް ނޫނެވެ. ކިރިޔާ ވެސް ރަނގަޅަށް ބަލައިލި ނަމަ އިޔާން ފެނުނީހެވެ.

”ހަމަ މޫދަށް ދާން ތަ ތިގެނައީ ޑޭޓް ފަނިކޮށްލާފަ“

”އާއެކޭ .. ކަޑަތަ؟ އޭނި މީހާ ވެސް ހަމަ ތިހެންވެ ގެނެސްފަ އެއިނީ“ ވިޝާމްއަށް މިފަހަރު ސަދަފް ހީލިއެވެ. އިޔާންއާއި ގުޅޭ ކަމެއްގައި އޭނާއަށް ބަހެއް ބުނަން ވެސް ނުކެރޭނެއެވެ. ފޯނު ރިންގްވަމުންދާތީ ބަލައިލި އިރު ގުޅަނީ ހައިކަލްގެ ބުލޫމޫން ރިޟޯޓުގެ ސްޓާފެކެވެ. އެއީ ކުރީ ފަހަރު މައްސަލަ ހުށަހެޅި މުއައްޒަފް ނާސިފެވެ. އޭނާގެ މައްސަލައަށް ބާރު ލިބޭ ފަދަ ހެއްކެއް ނެތުމުން،އޭގެ އަދަބެއްގެ ގޮތުގައި ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އަލުން މަސައްކަތައް ނުކުތީ ވެސް މިއަދުއެވެ. އަނެއްކާ ކަމެއް ގޯސްވީބާއޭ ހިތައް އެރިއެވެ.

“ވެއިޓް.. ބުލޫމޫން ރިޒޯޓުން އެގުޅަނީ.. ނާސިފް“

”ނާސިފް؟ ކަމެއް ވީތަ އަނެއްކާ؟“ސަދަފް ފޯން ދައްކާލުމުން ވިޝާމް ހައިރާން ވެގެން އެހިއެވެ. ނޭނގެއޭ ބުނާ ފަދައަކުން ކޮނޑު އަރުވާލަމުން ސަދަފް ފޯނު ހިފައިގެން ޖެހިލީ ދުރަށެވެ. ކޯލް ނެގި ހިނދު އޭނާއަށް ބަހެއް ބޭރުވެސް ނުކޮށްލެވެނީސް އެކޮޅުން ވާހަކަ ދައްކަން ފަށައިފިއެވެ.

”ކުރީ ފަހަރު ވެސް މިފަދަ ހަބަރެއް ދިނުމުން ހެއްކެއް ނެތޭ ބުނެ، އަހަރެންގެ އެއްވެސް ކުށެއް ނެތި ސަސްޕެންޑް ކޮށްލީ.. ފަހުން ދުވަހު ރިޒޯޓުން ހައްޔަރު ކުރި މީހުންގެ ހައްޔަރަށް ފަހު ވެސް ސަސްޕެންޝަން ބާތިލް ނުކޮށް އޮތުމުން ވަރަށް ދެރަ ވެއްޖެ.. އަހަންނަކީ މި ކޮމްޕެނީގައި ފަނަރަ އަހަރަށް ވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފަވާ ފަރާތެއް.. އެކަމަކު މިހާރު މި ވަޒީފާއެއް ބޭނުމެއްނޫން..  ސަސްޕެންޝަނަށް ފަހު އަލުން އެނބުރި މިއައީ ކޮންމެހެން ވަޒީފާގެ ބޭނުމަކު ނޫން.. އެކަމަކު ހައިކަލް ސާރއަށް ހަގު ދަރިފުޅުގެ ހަގީގަތް އަންގާލާ ދޭން ވަރަށް ބޭނުން .. އެ ބޭނުން ހާސިލް ވީމަ އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތީމަ މިހާރު ވާނީ ރިޒައިން ލާފަ… ސަދަފް.. މާއިން އާއި ޝަހީމް އަދި އިތުރު ބަޔަކު ރާފުޅިތަކެއް ހިފައިގެން މަސްތުގެ ހާލަތުގައި ވަނިކޮން ދުށިކަން… ސަދަފް އަށް ވީޑިއޯ އެއް ފޮނުވާލާފަ އިންނާނެ“ އިތުރު އެއްޗެއް ސަދަފްއަށް ނުބުނެވެނީސް އޭނާ ފޯނު ކަނޑާލައިފިއެވެ.

”ވަޓް؟ ވަޓް ދަ ހެލް އިޒް ރޯންގް ވިތް ދިސް މޭން“ އަނގަޔަށް ވައްތަރެއް ޖައްސާލައިގެން ހުރެއް ސަދަފްއަށް ބުނެވުނެވެ. ނަމަވެސް ނާސިފް ދެއްކި އެއް ވާހަކައިން ސަދަފްގެ ހިތައް ނުބައިގޮތެއްވިއެވެ. ”ރާ ފުޅި ތަކާއި އެކު މާއިން.. އަނެއްކާ އަދިވެސް އޭނާ ނުހުއްޓަނީތަ؟“ އޭނަގެ އުޅުން މަގުމަތީގެ އުޅުމަށް ބަދަލްވެފައިވީ އިރުވެސް މަސްތުވާތަކެތީގެ ތެރެއަށް އަލުން ވަދެފާނެ ކަމަކަށް ސަދަފް އުއްމީދެއް ނުކުރެއެވެ. އެފަދަ ކަމެއް އޭނާ ކޮށްފިނަމަ އޭނާއަށް ޓަކައި ސަދަފް ވީ ގުރުބާނީގެ އަގެއް ނެތެވެ.  ސަދަފް ބޯ ހާސްވީއެވެ. ގާތް އެކުވެރިއާއަށް އަނިޔާވެރިއަކަށް ވެސް ވެވުނީ މާއިންއަށް ޓަކައެވެ.  ނާސިފް ބުނާ ވީޑިއޯކޮޅު އައި އަޑުއަހާފައި ތެޅިތެޅިއޮތް ހިތަކާއި އެކު ސަދަފް އެ ބަލާލިއެވެ.

ފެނުނު މަންޒަރުން ސަދަފްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މުޅި ހަށިގަނޑާއި މޫނަށް އާދަޔާއި ހިލާފަށް ހޫނުވަމުން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން އަދި އެއްފަހަރު އަޅުވާލެވުނެވެ. ފެނިގެން ދަނީ މާއިންއާއި ޝަހީމް އަދި ނަން ހިނގާ ދެތިން މުއައްޒަފުން ދުނިޔެ މަތިން ކަމެއް ފަހުމް ނުވާހާ މިންވަރަށް މަސްތުގެ ހާލަތުގައިވާ މަންޒަރެވެ. ކައިރީގައި ރާފުޅިތައް ހުރި އިރު އަތުގައި ރާ ފުޅިއެވެ. އެންމެންގެ މެދުގައި މާއިން އިނީ ޒުވާން އަންހެން ކުއްޖެއް އުނގައް ލައިގެންނެވެ. ބަލައިލުމުން އެއީ ވެސް ދިވެއްސެއް ކަން ހާމަވެއެވެ. ނަމަވެސް އެ އަންހެން ކުއްޖާ ލާފައި ހުރީ ނިވާކަން ކުޑަ ހެދުމެކެވެ.

”ޝެޑީ އާރ ޔޫ އޯކޭ؟ ހޭއި ހޭއި.. “ ސަދަފްއަށް ވެގެން ދިޔަ ގޮތުން ވިޝާމްއަކަށް ދުރަކު ނުހުރެވުނެވެ. އެދެލޮލުން އޭނާއަށް ބޮޑުކަމެއް ވެއްޖެކަން ވިޝާމް ދެނެގަތެވެ. ނަމަވެސް ސަދަފް ބުނާ ހިޔާލެއް ނުކުރިއެވެ. ދުރުގައި ހުރި އިޔާންއަށް ނަޒަރެއް ދިން އޭނާ ވެސް ހުރީ ބަލަހައްޓައިގެންނެވެ.

”މްމް.. މީ .. އާޖެންޓްކަމެއްގަ ދާން ޖެހިއްޖެ.. “ ގަދަކަމުން ހީލާފައި ސަދަފް އެތަނުން ދިޔައެވެ.

”ޔޫ އޯކޭ؟“ ވިޝާމް ދެވަނަ ފަހަރަށް އެހުމުން ވެސް ދޮރާއި ހިސާބަށް ގޮސް އަތް މައްޗަށް ހިއްލާލަމުން ރަނގަޅު ކަމަށް އަންގާލިއެވެ.

”އޭނައަށް ކިހިނެތް އެވީ؟“ އިޔާންއަށް ނާހާލާ ނުހުރެވުނެވެ. ދޭނެ ޖަވާބެއް ނޭނގުމުން ވިޝާމް ވެސް ދެކޮނޑު އަރުވާލިއެވެ.

”އެއްޗެއް އަހާލަން ތަ؟“

”ކައެ ކޮން އިރަކުތަ ވާހަކައެއް ބުނަން ހުއްދަ ހޯދަން ފެށީ؟ ހަހަހަ“ އިޔާން އެހިގޮތުން ވިޝާމްގެ ގާތައް ހިނިވެސް އައެވެ. އިޔާންވެސް ސީރިއަސްވެފައި ހުރެވެސް ކުޑަގޮތަކަށް ހީލަމުން ހިތުގައި އުފެދިފައިވާ ސުޥާލް ކުރަން އުޅުނެވެ. އޭނާ އެގެޔަށް އައީ  ވިޝަމް ގުޅައިގެން ނަމަވެސް އިރަމް ވެސް ބަލައެވެ. ނަދީމް ބުނިގޮތުން ވިއްޔާ ޔުމާންއާއި އެކު އިރަމް އައީ އެގެޔަށެވެ. އައި އިރު އިރަމްގެ ހިލަމެއް ނުވާތީ ނާޔާ ކުރެން އެހުމުން ، ޔުމާން ބިޒީވެގެން ނާދެވުނު ވާހަކަ ބުނެލިއެވެ. އަދި އިރަމް ބަލާދިޔައީ ސަދަފް ކަމަށް ވެސް ނާޔާ ބުންޏެވެ. އޭނާ އެތާގައި އިން ކަމެއް ނޭނގި، ސަދަފް ދެންމެ ކީ އެއްޗިހި އިޔާންގެ ހަނދާނުގައި ރަނގަޅަށް ހުއްޓެވެ. އަނެއްކާ ސަދަފް އެކިޔަނީ އިރަމްގެ ޥާހަކަ ހެއްޔެވެ. އެހިޔާލް ހިތައް ވެރިވުމާއި އެކު ދެފަރާތައް އޭނާއަށް ބޯހޫރުވާލެވެނެވެ. ނޫނެކެވެ. އެކަމެއް ނުވާނެއެވެ. ސަދަފްއާއި މެދު ހިތުގައި ޖެހިފައި އޮތް ކުނިގަނޑު ނުފިލަނީސް އެކަމަކަށް އެއްބަހެއް ނުވެވޭނެއެވެ. ވަކި ކޮޅަކަށް ބަރޯސާ ވުމުގެ ކުރިން އިޔާން ބޭނުންވީ އަދިވެސް ޔަގީން ކުރާށެވެ.

”މްމް  މީ.. ބުނީމެންނު ސަދަފްގެ ވާހަކަ … އޭނާ އިނޮސެންޓް ހެން ހީވެއޭ ބުނީމެންނު.. އެކަންތައް ބަލާލިންތަ؟“ އެވާހަކަ ބުނަން އުޅެފައިވެސް އިޔާންގެ ހިޔާލް ބަދަލްވިއެވެ. ކަމެއް ޔަގީން ނުވެ އުޅެނިކޮން ބުނުން އެހާ ރަނގަޅު ނޫންކަން އޭނާއަށް އިޙްސާސްވީއެވެ.

”ސޮރީ މޭން.. އެހެން ކިޔަން އުޅެނިކޮން ކައިވެނީގެ ވާހަކަ ފެށުނީ.. އެހިސާބުން އަދި ނޭހިފަ .. އެކަމަކު ދެން ދޮންބެ ފެންނަހާ އަވަހަކަށް އަހާލާނަން އިނގޭ..“

އިޔާން އެންމެ ރަނގަޅުކަމުގައި ބުނެ ބޯޖަހައިލިއެވެ.

***

ސައިމަން އާއި މަހުދީ ތިބީ ، މަހުދީގެ މޭޒުގެ ކައިރީގައެވެ. ދެމީހުންގެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފެނިގެން ދެއެވެ.އިޔާން ހަވާލްކޮށްފައިވާ މަސައްކަތް ދެމީހުން ކުރަމުންދާ ތާ ތިން މަސް ފަހުން، އަލިމަގެއް ފެނުނީ މިއަދުއެވެ.  ހައިކަލްގެ ފަރާތުން އަލުން ހުޅުވާލުމަށް އެދުނު މައްސަލަ ލެވުނު އިރު ދެމީހުން ދިޔައީ އެކަމަށްޓަކައި ބޭނުންވާނެ ހެކިތަކެއް ހޯދަމުގެ މަސައްކަތް ކުރަމުންނެވެ. ސައިމަން އާއި ޒޯޔާ އެ ކަމުގެ ތެރެއަށް މަހުދީ ލީ އިޔާންގެ ހުއްދައަށްފަހުއެވެ. ކަމަކީ ބޮޑުކަމަކަށް ވުމުން އެކަނި ނުކުރެވޭނެ ކިތަންމެ ކަމެއް ހުއްޓެވެ.

”ސައިމަން..  މި ކޭސްގަ އަހަރުންނަށް ނޭނގި ކަންތައް ގަނޑެއް ހިނގާފަ ހުރިހެން ހިއެއް ނުވޭތަ؟“ މަހުދީ ބަލަމުން ދިޔައީ ސްކްރީނުން ފެންނަމުން ދިޔަ ޕީޑީއެފް ފައިލަށެވެ.

”ހީވޭ..ވަރަށް ބޮޑަށް ހީވޭ.. ބަލާބަލަ އެ ވީޑިއޯއާއި އެ ކެމެރާއިން ނަގާފަ ހުރި އެހެން މަންޒަރުތަކުގަ ހުރި ޑިފަރެންސް.. އެގޭގެ ކެމެރާތަކުން ވެސް ހަމައެކަނި ފެނުނީ ގޭޓް އިން ނުކުންނަ ތަން ދޯ؟“ ސައިމަން އަހާލިއެވެ.

”ޔާހް.. އެގޭގެ އެއްވެސް ކެމެރާއަކަށް އަމާޔާ އަރާފައެއް ނެތް.. އިނީ ހަމައެކަނި ތިބުނާ ތަންކޮޅު.. ގޭޓު އިން ނުކުތްތަން އެކަނި…ދެން އެގެޔާއި ދިމާލަށް މަގުގެ އަނެއް ފަރާތުގައި އެހުރި ކެމެރާގެ މަންޒަރު މިއީ.. މީގަ މިވަނީ އަމާޔާ ގެއިން ނުކުމެގެން މަގު ހުރަސް ކޮށްލާ މަންޒަރު.. އެ ފެންނަނީ އެންނު ވޭނެއް…އެ ހިސާބުން ވީޑިއޯކޮޅު ގޯސް ވަނީ.. ވަރަށް ސްޓްރޭންޖް.. މި ވީޑިއޯ ބަލަ ބަލާފަ އެދުވަހު މަށާއި އިޔާން ސާރ އާއި ދެމީހުން ވަރަށް އުޅުނިން އިތުރު ކަމެއް ފާހަގަ ވޭތޯ.. އަހަރެމެން ޑިސައިޑް ކުރިން މީގެ އޮރިޖިނަލް ވީޑިއޯ ހޯދަން.. އެކަން ކުރަން ވެގެން ރެކޯޑްކޮށްފަ އިނީ ކޮން މޮޑެލްއެއްގެ ކެމެރާ އަކުންތޯ އާއި އޭރުގެ ސަވައިލެންސް ސެކިއުރިޓީ ބެލެހެއްޓީ ކޮންބައެއްތޯ ބެލުމަށް ސާރ އެދުނީ.. ސޯ މިއަދު  ބެލިބެލުމުން އެނގިއްޖެ އޭރު ތިބި މީހުން ކުރެން އެކަކު އަދިވެސް މިތަނުގައި ވޯކް ކުރާކަން.. އަނެއްކާ އެއީ މި ސްޓޭޝަނުން ވެސް އެމީހަކަށް ސާރ އެންމެ އިތުބާރު ކުރާ މީހާ .. އަޅެ ސައިމަން ގެސް ކޮށްބަލަ “ މަހުދީ އެއްސެވެ.

”ޑޯންޓް ޓެލް މީ ސާދިގް ސާރ އޭ!“ ސައިމަންއަށް އެހުނު އިރު އަޑުން އެކަނިވެސް ހައިރާންވެފައިވާ ވަރު ހާމަވެއެވެ.

”އިޓް އިޒް!.. “ މަހުދީ އަނބުރާލީ ސިސްޓަމެވެ. އޭގައި ހުޅުވިފައިވާ ޕީޑީއެފް ފައިލްއިން ފެނިގެންދަނީ ފުލުސް އޮފިސަރުންގެ ލިސްޓެކެވެ. ނަމުގެ ކައިރިން އެމީހުންގެ މަގާމުތައް ފެނެއެވެ. ލިސްޓުގައި ސާދިގު ފިޔަވައި ދެން ތިބި މީހުންނަކީ މިހާރު ވަޒީފާގައި ނޫޅޭ މީހުންނެވެ.

”އެކަމަކު އެހެންވިއަސް ސާދިގްއަށް ޝައްކު ކުރެވޭކަށް ނެތް.. އަދި މި އެނގުނީ އޭނައަކީ އޭރު ސެކިއުރިޓީ ބެލެހެއްޓި މީހެއްކަން ..އަނެއްކާ އަނެއްކޮޅުން ހައިކަލްއާއި އޭނާއަކީ އެއްވެސް ގުޅުމެއް ވެސް އޮންނަ މީހެއް ނޫން ކަންނޭގެ“ މަހުދީ އިތުރުކޮށްލިއެވެ. ސައިމަން އޭރުވެސް އިނީ ހުއްޓުން އަރާފައެވެ.

”ސާރ އަށް އަންގައިފިންތަ؟“ އޭނާ އަހައިލިއެވެ. މަހުދީ ބޯޖަހައިލަމުން، އިޔާންއަށް އެ ލިސްޓް މެއިލްކޮށްލި ވާހަކަ ބުނެލިއެވެ.

****

އިޔާންއަށް ގެއަށް އާދެވުނީ ވަރަށް ލަސްވިފަހުންނެވެ. ގަޑި ބަލައިލި އިރު އެގާރަ ޖެހުމާއި ހުރީ ގާތްވެފައެވެ. ގަރާޖަށް ކާރުލުމަށްފަހު، ގެއަށް ވަންނަން އައި އިރު ނަދީމްއާއި އެކު އަމީރާވެސް ގެއަށް ވަންނަނީއެވެ. އިޔާން ފެނުމުން އަމީރާ އިސްޖަހައިލި ގޮތް ފެނި އިޔާން ގާތައް ހިނި އައެވެ.

”ޖަލީލޫ..ކޮބާ ނައިންތް ފްލޯރ ގެ ސީއަށް ގޮސްފިންތަ؟ ވިންޑޯ ރަނގަޅުވެއްޖެތަ؟ އެމީހުން ފަހުން ނުއެއް ގުޅާ“ ނަދީމް މަޑުކޮށްލީ ގޭގެ މަސައްކަތު މީހަކު ފެނިގެންނެވެ. ޖަލީލް ވާހަކަ ދައްކަން ފެށުމުން ނަދީމްވެސް އަވަހަކަށް އަންނާކަށް ނޫޅުނެވެ. އިޔާންއާއި އެކު ލިފްޓަށް އަރަން ޖެހިލުން ވެގެން އިރުކޮޅަކު ހުރެފައި އަމީރާ އެންމެފަހުން ހިނގައިގަތެވެ. އޭރު ލަސް ހިނގުމުގައި އިޔާން ވެސް އޭނާގެ ފަހަތުން އަންނަކަން އެނގުނެވެ. ނަމަވެސް ފަސް އެނބުރި ލާކަށް ނުކެރުނެވެ.

އިޔާން ފޯނު ރިނގްވާން ފެށުމުން ބަލައިލި އިރު ގުޅަނީ ޒޯޔާއެވެ. ޑިސްޕްލޭއަށް އެއް ފަހަރު ބަލައިލުމަށްފަހު އަނެއް ފަހަރު އަމީރާއަށް ނަޒަރެއް ދެވުނެވެ. ސިކުނޑިއަށް އައި ހިޔާލަކުން އިޔާންގެ ތުންފަތައް ވެރިވީ ހިނިތުންވުމެކެވެ. ލިފްޓް އަންނަން ދެން އަމީރާ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއާއި ދެފިޔަވަޅެއްހާ ދުރުގައި ހުރެފައި އެ ކޯލް އިޔާން ނެގިއެވެ. އެހިސާބުގައި ހުރެ އަމީރާގެ މޫނަށް އަރާ ފައިބާ ކުލަވަރު ދެކެން އިޔާން ހުއްޓެވެ.

”ކީކޭ ޒޯ؟“ އިޔާންގެ އަޑުން އަމީރާގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ. އަމީރާ ފަސް އެނބުރުނު ނަމަވެސް، އިޔާން ފެނުނު ކަމަށް ވެސް ހަދާނުލާ ލިފްޓަށް އަރައިފިއެވެ. އަމީރާގެ ހިތައް ވީ ތަދު އެދެލޮލުން ހާމަވެއެވެ. ފެންކަޅިވެ ހުރެމެ އިޔާންގެ ފަހަތުން ލިފްޓަށް އެރިއެވެ.

”މަހުދީތަ؟ އޯކޭ.. އެބަ ބަލާލަން ގެއަށް ވަދެފަ“ އިތުރު އެއްޗެއް ނުބުނެ އިޔާން ފޯނު ކަނޑާލިއެވެ. ކަޅި ޖަހައި ނުލާ އަމީރާއަށް ބަލަން ހުރުމުން އެ މޫނުމަތީގައިވި މޮޅިވެރިކަން އޭނާއަކަށް ސިއްރެއް ނުވިއެވެ. އެއްޗެއް ނުބުނެ ފުރެފައިވެސް ދެލޮލަށް ޖަމާވެފައި ކަރުނު ތަކާއި އެކު އަމީރާ ތުންފިއްތާލި ގޮތް ފެނި އިޔާންއަށް އިންތިހާއަށް އުނދަގޫވަމުންދިޔައެވެ. ލިފްޓް ހުއްޓުމާއި އެކު ނުކުމެގެން ދިޔައިރު އިޔާން ވެސް ފަހަތުން ނުކުމަތެވެ. އިޔާން ލިފްޓާއި ހިސާބުގައި މަޑުކޮށްލީ އަމީރާ ހަދާ އެއްޗެއް ބެލުމަށެވެ. ގެއަށް ވަނުމުގެ ބަދަލްގައި އޭނާގެ މިސްރާބު ހުރީ ޓެރެހަށް އަރަން ހުރި ސިޑިކޮޅަށެވެ.

އައްދަބަސް އެތަނުން ގޮނޑިއެއްގެ މަތީގައި ބާއްވާފައި އަމީރާ ހުއްޓިލީ ރެއިލިންގ ކައިރީގައެވެ. ދަގަނޑުގަނޑުގައި އަތް އަޅުވާލައިގެން ހުރެ ފުންނޭވާއެއް ދޫކޮށްލިއެވެ.

”ކާމް ޑައުން އަމީރާ.. މިހާރު ދެން ހޭނެން ވެއްޖެ އެންނު“ ނުރޯންވެގެން ފުޅާ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ ދެލޯ ފުހެލިއެވެ. ނަމަވެސް، އެ މަސައްކަތް ނާކާމިޔާބުވެ އޭނާގެ ލޮލުން ތާޒާ ކަރުނު ޖަމާވަމުން ދިޔައެވެ. އަމީރާ ފަސް އެނބުރިލީ ޓެރެހަށް ވަދެވެން އިން ދޮރު ޖެހުނު އަޑު އިވިފައެވެ. ބަލައިލި އިރު އިޔާންއެވެ. އަމީރާގެ ކުރިމަތިގައި ހުރެ ޒޯޔާއަށް ގުޅުމަށްފަހު ވެސް އެނބުރި އައީ ހެއްޔެވެ. އެފަދަ ކަމެއް އިޔާން ކުރާއިރު ވެސް އޭނާ ދެރަވާނެކަން ރަނގަޅަށް ވެސް އެނގޭނެއެވެ. ދެރައިގެ މައްޗަށް އަމީރާ ރުޅިވެރިކަން އިޙްތިޔާރް ކުރިއެވެ.

އެއްޗެއް ނުބުނެ ދަބަސް ނަގައިގެން  ދިމާކޮށްލީ އެތަނުން ދާށެވެ. ނަމަވެސް އިޔާން ކުރި ބެއްދުމުން ދެވޭ ގޮތެއް ނުވިއެވެ.

”މިހާރު ކިހިނެތް ވީ؟“

”މިސް ވެގެން“

”ހަހަހަހަ.. ލަދެއް ވެސް ނުގަނޭތަ.. އެއް މިނެޓް ޒޯޔާއާއި ވާހަކަ ދައްކަން ހުރެފަ އަނެއް މިނެޓް ގަ މަށައް އުނދަގޫ ކުރުން.. ހަހް  ޖޯކެއްނު“ އަމީރާ ވާހަކަ ދެއްކީ މަލާމާތުގެ ރާގެއްގައެވެ. އިޔާން އެއްޗެއް ނުބުނެ އަމީރާގެ މޫނަށް ބަލަހައްޓައިގެން ހުރުމުން، އަމީރާގެ ގާތައް ވަކިން ރުޅި އައެވެ.

”މާ އިނޮސެންޓް މީހަކަށް ވެގެން އެބަ ހުއްޓެއްނު.. ތަން ދައްކާ!“ އޭނާ އަމުރުކޮށްލުމުން ވެސް އިޔާން ފަހަތަކަށް ނުޖެހުނެވެ.

”ޒޯ އަކީ މަ ފަހަރިއެއް.. ވުޑް ޔޫ ބިލީވް އިޓް؟“  އިޔާން ބުނެލި ހިނދު އަމީރާގެ ދެލޯ ބޮޑުވިއެވެ. އައިސް ހުރި ރުޅިގަނޑު ފިލައިގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (4)

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.