އީތަން ވިސްނާލިއެވެ. އިޒްވާގެ ވާހަކަ ހުރި ގޮތުން ލަސްނުކޮށް އީތަން ބޭނުންވީ އޭނާ ދައްކަން އައި ޥާހަކަ ފަށާށެވެ. ނަމަވެސް ދެރައީ، އެހުރިހާކަމެއް އެގޮތުގައި ހިނގަމުން ދާއިރު ވެސް އަދިވެސް އިޒްވާގެ ހިތުގައި ހިސާބަކަށް ނޫހްގެ ގެ ހިޔާލްތައް އެނބުރޭކަމެވެ. އެކަމުގެ ސަބަބުން އިޒްވާގެ ޖަވާބަކަށް ވާނީ ކީކޭ ކަމެއް އީތަންއަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް އެންމެ ފަހުން އީތަން ވާހަކަ ފަށަން ގަސްތުކުރިއެވެ. ”އަހަންނާއި އެއްކޮން އުޅެން އަންނަން ވީނު.. އެއްކޮން“
”ތިބުނީ؟“ އިޒްވާއަކަށް ނުވިސްނުނެވެ.
”އިޒީ އައި ތިންކް އައި ރިއަލީ ލައިކް ޔޫ“ އިޒްވާގެ ލޮލާއި ލޯ ގުޅުވާލަމުން އީތަން އިއްވާލިއެވެ. އިޒްވާގެ ބޮދުވެގެން ދިޔަ ލޮލަށް ގެއްލި އިނދެފައި އިސްޖަހައިލެވުނީ، އިތުރަށް އިޒްވާގެ މޫނަކަށް ބަލަން ކުޅަދާނަ ކަމަކަށް ނުވީމައެވެ. އިޒްވާގެ ހިތުގެ ހާލަތު އެންމެ ރަނގަޅަށް އެނގިހުރެ އޭނާގެ އަމިއްލަ ބޭނުން އިސްކުރުމުން އެހިތައް އަރާނެ އެއްޗެއް ވެސް ނޭނގެއެވެ. ޔަގީނުން ވެސް ރުޅި އަންނާނެއެވެ.
***
”ވަޓްޓް؟ އީ-“
”ވެއިޓް އިޒީ.. އިޒީ ދެކެ މަ ލައިކް ވާތީ އޭގެ މާނައަކީ، އަނބުރާ އިޒީވެސް ލައިކް ވާން ޖެހޭނެ އެކޭ ނޫން..ދުވަސްކޮޅެއް ވެއްޖެ މިވާހަކަ ބުނަން ބޭނުންވެފަ ހުންނަތާގަ.. އެނގޭ މިއީ ނޫންކަން މި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތަކީ.. އައި ޖަސްޓް ޑޯންޓް ވޮނަ ލޫޒް ޔޫ.. އެންޑް ދިސް ހޭ..ން..ޑް“ އީތަންގެ އަޑު މަޑެވެ. ފަހު ޖުމްލައާއި އެކު އިޒްވާގެ އުނގުމަތީގައި އޮތް އަތްތިލަ ނަގާ އޭނާގެ ދެއަތުގެ ތެރެއަށް ލާ ފިތާލިއެވެ. އިޒްވާ އޭރުވެސް އިނީ އެ ސިހުމުގައެވެ. އީތަން ފުށުން އުއްމީދު ނުކުރާ ކަމެއް ފެނުމުން ވާނީ ވެސް އެހެން ނޫން ހެއްޔެވެ. އީތަންގެ އަތުން އެވަގުތު އިޒްވާ ދޫކޮށް ހިތެއް ނުވިއެވެ.
”އިޒީ .. މިވަގުތައް އަހަރެންނަށް މުހިއްމެއް ނޫން އިޒީގެ ޖަވާބެއް.. ހާއްސަކޮން އަހަންނަށް ރިޖެކްޓް ކުރާ އަޑު އަހާކަށް ވެސް ބޭނުމެއް ނޫން.. ސްޕެޝިއަލީ މި އޮތް ގާތް ގުޅުން ކެނޑިގެން ދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫން…ބަޓް އަހަންކަށް މިހާރު ފަސޭހައެއް ނޫން އެގޭގެ އިޒީ ބާއްވައިގެން އަމިއްލަ ގޭގަ ހަމަޖެހިލައިގެން އަރާމުގަ އޮންނާކަށް.. ނޫހް މިއަދު ތިކުރި ކަމަކުން ވަކިން އުނދަގޫ ވެއްޖެ.. ކޮންމެދުވަހަކު ތިގެއަށް އެހެން ދާން ވެއްޖެޔާ އިޒީއަށް ކޮން ސޭފްޓީއެއް އޮތީ.. ސޯ ވުޑް ޔޫ ލައިކް ޓް މޫވް އިން ވިތް މީ؟ އޯރ މްމްމް …ވުޑް ޔޫ މްމް އާހްހް.. ވުޑް ޔޫ މެ… އާހްހް ޖަސްޓް ފޮގެޓް އިޓް“
އީތަން ބުނަން މަސައްކަތް ކުރި ޖުމްލަ އެންމެ ގޮތަކަށް ވެސް ކުރިޔަކަށް ނުދިޔައެވެ. އެންމެ ފަހުން ޖުމަލް މެދުކަނޑާލަމުން އިސްޖަހައިލިއެވެ. ނަމަވެސް އޭނާއަށް ސިހުން ގެނުވީ އިޒްވާގެ އަޑުންނެވެ. އީތަން ކޮޅަށް ޖެހުނެވެ. އިޒްވާގެ މޫނަށް ބަލައިލެވުނު އިރު އީތަންގެ ހައިރާންކަމުން ދެލޯ ވަދައެވެ. އެހުރިގޮތައް ހުރެ ’ކީކޭ‘ ހޭ އަހައިލެވުނެވެ.
”އައި ސެއިޑް، އައި ވިލް މެރީ ޔޫ!“ އީތަންއާއި ހަތަރު ކަޅި ހަމަކޮށްލަމުން އިޒްވާ އަނެއްކާވެސް ތަކްރާރް ކޮށްލިއެވެ. އިޒްވާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާއާއި މެދު އީތަން އެބަހައްޓާ ގާތްކަމުން، އެކަމަށް އޭނާގެ ހިތް އެދެވެއެވެ. ކުރިން ކިރިޔާ ކަމެއް ވާހިނދު ދެވެނީ ލިއަމްގެ ގާތަށެވެ. ނަމަވެސް މިހާރު ތަފާތެވެ. މިހާރު ކޮންމެ ފަދަ ކަމެއް ދިމާވިއަސް އީތަންގެ ގާތަށެވެ. ނޫހްގެ ސަބަބުން ލިބޭ ހިތްދަތިކަމަށް ޝިފާއެއް ލިބެނީ އީތަންއާއި ވާހަކަ ދައްކާލެވުމުންނެވެ.
އެކަމުގެ ސަބަބުން ކުރިން ދެރަވާ ވަރަކަށް ދެރައެއް ނުވެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ އީތަންއާއި މެދު އިޒްވާގެ ހިތުގައި އަދި އެފަދަ ޖަޒުބާތެއް ނެތްކަމެވެ. އެކަން އީތަން އެނގޭނެ ވެސް މެއެވެ. މިރޭ އިޒްވާ އެދެލޮލާއި ހަތަރުކަޅި ހަމަކޮށްލުމުން ފެނުނީ ތަފާތު ވިދުވަރެކެވެ. އެދެލޮލުން އޭނާއަށް ޓަކައިވާ ހާއްސަކަމެއް ފެނުނެވެ. ސީދާ ލޯބިވެއޭ ނުބުނި ކަމުގައިވިޔަސް ގަޔާވާކަން އީތަން އަންގާލަ ދިން އިރު ، ނުތަވަސް އިޙްސާސަކުން ހިތް ބަނދެވުމުގެ ބަދަލުގައި ލިބުނީ ހިތްހަމަ ޖެހުމުކެވެ. އިޒްވާ ހައިރާންވެސް ވިއެވެ. އެވަގުތު އީތަން ޖުމްލަ ހުއްޓާލި ނަމަވެސް ބުނަން އުޅުނީ ކީކޭކަން އިޒްވާއަށް ދޭހަވިއެވެ. އިޒްވާ އެކަމަށް އާބަސް ބުނީ، އެކަމާއި ފުން ނަޒަރިއްޔާތަކުން ވިސްނާލާފައި، އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ހިތާއި ސިކުނޑި އިއްތިފާގު ވުމުންނެވެ. ނޫހްއަށް ފަސޭހައިން އައިސް ވަދެވޭ މާހައުލަކަށް ވެފައި، އޭނާ ކިތަންމެ ވަރަކަށް އަޔަސް އެކަމާއި ސުވާލް އުފައްދާނެ ވަރުގެ މީހަކު ގެޔަކަށް ނޫޅެއެވެ. އެކަމުގެ ސަބަބުން އެގެއިން އިޒްވާއަކަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އަނެއްކޮޅުން އެއިން ކަމެއްގެ ވާހަކަ އާއިލާގެ ގާތުގައި ބުނަކަށް ވެސް ނުކެރޭނެއެވެ.
”ޑޫ ޔޫ ރިއަލީ މީން އިޓް؟“ އީތަން ޔަގީން ކުރަން ބޭނުންވެގެން އަނެއްކާވެސް އެހުނެވެ. އިޒްވާ ހީލަމުން މިފަހަރު ބޯޖަހައިލިއެވެ. ނަމަވެސް އިޒްވާގެ ހިތް ނުތަނަވަސްވިއެވެ. އޭނާގެ ހަގީގަތް އެނގިއްޖެނަމަ އީތަން ހަދާނީ ކިހިނެތްބާވެއެވެ.
“ ދޮންބެ ގާތައް ދާން ވީ ދޯ އެހެންވީމަ.. އިޒީ ނެތްތަ ބުނާނެ އެއްޗެއް؟“އީތަންގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ.
”ނޫން އެބަހުރި.. ކައިވެނި ކުރަން އެއްބަސް.. ގެއަކުން އެއްވެސް ރައްކާތެރިކަމެއް ނެތް.. އެކަމަކު އެއިން ވާޙަކައެއް މާމަ އާއި ކާފަ އަދި ދޮންބެގެ ކައިރީގަ ބުނުމުގެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް.. އަހަރެން ކިތަންމެ ނުރުހިފައި ހުއްޓަސް، ގެއިން މީހަކު މަނާ ނުކުރާނަމަ އޭނަ ގެއަށް ވެސް އަންނާނެ.. އެންޑް..އެނގޭތަ.. ހަމައެކަނި އެއީ އެއް ނޫން ކައިވެންޏަށް އާ ބަސްބުނި ރީޒަން އަކީ… އީތަން.. ޔޫ ނޯ ހައު އައި ފީލް ރައިޓް؟.. އެއްވެސް މީހަކު ދެކެ ގަޔާޥެ ލޯބިވުމުގެ ގާބިލްކަމެއް މިވަގުތު ނެތް.. ނޫހްގެ ސަބަބުން ލިބިފައިވާ ހިތާމަ އެއަށް ވުރެން ބޮޑު.. އެހާމެ ވޭންގަދަ.. އެހާބޮޑަށް ފޯލްވެފަ ހުއްޓަ މިހާލު ޖެއްސީ.. އީތަންއަށް އެކަން އެންމެ ރަނގަޅަށް އެނގޭނީ.. ބޭނުންވަނީ ރައްކާތެރިކަމާއި އޭނާގެ މަތިން ހަނދާން ނައްތާލެވޭނެ ފަދަ ގާތްކަމެއް… އަބަދުވެސް ތިގޮތުގަ ހުރެދާނަން ދޯ؟“ އިޒްވާ ބަލައިލީ އީތަންގެ ޖަވާބަކަށް އިންތިޒާރުކުރާ ފަދައަކުންނެވެ. އީތަންގެ މޫނު އަލިވެގެން ދިޔައިރު، ހިތްހަމަ ޖެހުނު ވަރު އެމޫނުމަތިން ފާޙަގަވެއެވެ.
”ޔެސް.. ޔެސް.. ޔެސް.. އަ މިލިއަން ޓައިމްސް ޔެސްސް… އަހަންނަށް ވުރެންބޮޑަށް އިޒީގެ ސިޓުއޭޝަން އެނގޭނެ އިތުރު މީހަކު ނުހުންނާނެ.. ހުރިހާ ކަމެއް އެނގިހުރެ މިވާހަކަ މިފެށީ… ”ދުވަހަކުވެސް މި އަތުން ދޫ ނުކޮށްލާނަން.. ދުނިޔޭގަ ހުރިހާ ހިނދަކު ދުލެއް ނުކޮށްލާނަން..“ ކުރިއަށް ވުރެން ބާރަށް އިޒްވާގެ އަތައް އީތަން ފިތާލިއެވެ. އަޑުގައިވީ ޔަގީންކަމެވެ. އެ ދެލޮލުން ފެނިގެން ދިޔައީ ސާބިތުކަމެވެ.
”ކެން އައި ހަގް ޔޫ…އިޓްސް އޯކޭ އިފް ޔޫ ފީ-“ އީތަންއަށް ޖުމްލަ ފުރިހަ ނުކުރެވެނީސް އިޒްވާ އެއަތް ދުރުކޮށްލުމަށްފަހު އޭނަ ގެ މެދުހަށީގައި ބައްދާލިއެވެ. ދެ ޒުވާނުންގެ މޫނުމަތީގައި ވީ ހިތްހަމަ ޖެހުމެވެ. ހާއްސަކޮން އީތަންގެ ތުންފަތުން ހިނިތުންވުން ފަނޑުނުވެއެވެ. އޭނާ ހީކޮށްގެން ހުރީ އެވާހަކަ އެހިސާބަށް ދިޔުމުން އޭނާގެ މޫނުމަތީގައި ޖެހުމަށްފަހު އިޒްވާ އެތަނުން ދާނީކަމަށެވެ. ނަމަވެސް ކަންވެގެން ދިޔައީ އުއްމީދުވެސް ނުކުރާ ބީދައަކުންނެވެ.
***
ލަސްލަހުން އިރުގެ އަލި ދޯދިތައް ދުނިޔެ މައްޗަށް ފެތުރިގަންނަމުން ދިޔައިރު، އޭގެ އަސަރެއް އަދި ޖަންގަލީގެ ތެރެއަކަށް ނުފޯރައެވެ. ކޮޅު ނުފެންނަހާ އުސްބިޔަ ގަސްތަކުން، ވަނީ މަތި ބައްދާލާފައެވެ. އެކަމުގެ ސަބަބުން ވަނީ އިރިގެ އަލިކަމެއް ޖަންގަލީގެ ތެރެއަކު ނުވެއެވެ. ވަނީ ފަނޑު އަނދިރިކަމެވެ. ދުންފިނީގެ ބޯކަމުން ވަކިން އަނދިރިކަމަށް ދައްކައެވެ. ޒައްޔާން މަޑުކޮށްލައިގެން ހުރި އެގޭ ފެންނަ ހިސާބު ދުރުގައި ހުރި ކޭޕަކް ގަހަކަށް އަރާފައެވެ. ގަހުގެ އެންމެ އުސްދިމާލުން އޮފިގަނޑެއްގަ ހަމަޖެހިގެން އިންނަތާ ބައިގަޑި އިރު ވީ އިރު ވެސް އިންތިޒާރު ކުރަމުން ދާ ފަރާތް އަންނަ ގޮތެއް ނުވެއެވެ.
ކޮންމެ ދުވަހަކު އެގޭގެ ކުރިމައްޗަށް އޭނާ އަންނަތާ ހަފްތާއެއް ވެއްޖެއެވެ. ނަމަވެސް އެދުވަހުގެ ފަހުން އެ އަންހެންކުއްޖާގެ އެއްވެސް ހިލަމެއް ނުވިއެވެ. ނުވިތާކަށް މިރެއިލްއެއް ވެސް ނާދެއެވެ. ކޮންމެ ދުވަހަކު އެގަޑީއަށް އައިސް، މުޅި ހިސާބު ގަނޑު ބަލާ ފާސްކުރެއެވެ.
”އަހަރެން މިތަނަށް އަންނާނެ ކަން އޭނާއަށް އެނގޭތީ އެ ނާންނަނީ.. ދެން ކިހިނެތް ހަދާނީ؟ މްމްމް.. ކޮންމެވެސް އެހެން ގޮތެއް އެބަ ޖެހޭ ހަދަން…ކަމެއް ދެނެގަނެވޭނީ ވެސް އޭނާ ފެނުމުން“ މާ ބޮޑަށް ލަސްވާން ފެށުމުން ޒައްޔާންއަށް ބުނެވުނެވެ. މާޔޫސްކަމާއި އެކު އެންމެ ފަހުން ތެދުވީ އެތަނުން ދިޔުމަށެވެ. އޮފިގަނޑުން ތިރިއަށް ފުންމާލަން އުޅުނު ވަގުތު އޭނާ ސިހުނީ، އެ ގަސް ތެޅިގަތުމުންނެވެ. އެހާ ބޮޑު ގަހެއ އެފަދައިން ތަޅުވާލުމަކީ އާދައިގެ އިންސާނަކަށް ކުޅަދާނަ ކަމެއް ނޫނެވެ. ޒައްޔާން ހުރިގޮތައް ހުރެފައި ތިރިބަލައިލިއެވެ. ވަށައިގެން އެތައް މޭލު ދުރަކަށް ކަޅި އުކި ކަމުގައި ވިޔަސް ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. އެންމެ ކުޑަމިނުން ޖަނަވާރެއްގެ ހިލަމެއް ވެސް ނެތެވެ. ދެވަނަ ފަހަރަށް ތެޅިގަތީ އޭނާ އިން އޮފިގަނޑެވެ. ހިސާބަކަށް ޖެހިލުން ވެފައި ހުރެ އިސްއުފުލާލި އިރު ޒައްޔާން ސިހިގެން ގޮސް ދެލޯ ބޮޑު ވެއްޖެއެވެ.
އޭނާއާއި ފޫޓެއްހާ ދުރުމިނުގައި އެއިނީ ދެވަނަ ފަރާތެއް ނޫނެވެ. އޭނާއެ ހޯދަ ސޫރައެވެ. ދޯފައްޓާއަކުން މޫނު ނިވާ ކޮށްލައިގެން އިން އިރު މަޑުފެހި ކުލައިގެ ދެލޯ ހީވަނީ ވިދަމުންދާ ހެންނެވެ. ޒައްޔާނުގެ ހިތް ހަމައަކަށް އަޅުވާލުމަށްޓާކައި މޭގައި އަތްއަޅާލައިގެން ހުރެ އަވަސް ނޭވާތަކެއް ބޭރުކޮށްލިއެވެ. އެއަށްފަހު އޭނަގެ މުނަށް އަނެއްކާ ވެސް ކަޅިއެއް ދިނެވެ.
ދިގު އެސްފިޔަތައް އޮތީ ލޯ ކައިރިއަށް ނިވާ އެޅިފައެވެ. އެދެލޮލުގައިވީ ކޮންފަދަ ޗާދުލެއް ބާވެއެވެ. އަންހެންކުއްޖާގެ ނަމެއް ނޭނގެއެވެ. އެ މޫނެއް ނުފެނެއެވެ. އެ އަޑެއް ވެސް އިވިފަ އެއް ނުވެއެވެ. ނަމަވެސް ޒައްޔާންގެ ހިތައް ތަފާތު ގޮތެއް ވެއްޖެއެވެ. ދޯޕައްޓާގެ ދެއަރިމަތިން ފަންފަން އިސްތަށިގަނޑުން ބައެއް ނުކުމެފައި ހުއްޓެއެވެ. ނަވާވީސް އަހަރު ވީ ހަޔާތުގައި އަންހެން ކުއްޖަކު ފެނުމުން އަދި ވީ ގޮތެއް ނޫނެވެ. އެ ދެލޮލުގެ ތެރެއަށް ގެއްލުނު އިރު، ޒައްޔާންއަށް ހީވީ ފުން ކަނޑެއްގެ ތެރެއަށް ފީނައިގަނެވުނު ހެންނެވެ. ނަޒަރު ދުރުކޮށްލަން އުނދަގޫވީ އިންތިހާ އަށެވެ.
”ހެލޯ… އަހަންނެއް ނޫންތަ ތި ހޯދަނީ؟“ ކޮންފަދަ ހިތްގައިމު އަޑެއް ހެއްޔެވެ. ހީވީ ރީތި ރާގެއް ކަންފަތްދޮށުގައި ކުޅެލިހެންނެވެ. ހަށިން ހީބިހި ހަލުވާލިއިރު ޒައްޔާންއަށް ބަހެއް ބުނުމަށް ނުކުޅެދުނެވެ. މާގިނައިން ބެލިއްޖެ ކަމުގެ އިޙްސާސް ކުރެވުނު ވަރުން އިސްދޮށައް ޖަހައިލިއެވެ. ހިންދިރުވާލެވުނެވެ.
”ހެލޯ“ ދެވަނަ ފަހަރަށް އޭނާ ގޮވާލިއެވެ.
”މްމް ޔާހް“ އެތަނަށް އައި މަގްސަދު ވެސް ހަނދާނުގައި ނެތް ކަލައެވެ. ހިތައް ވަމުންދާ ގޮތުން އަމިއްލަ ނަފްސަށް ޒައްޔާންއަށް އަޑުލައިގަނެވުނެވެ. ދެން އެދެމެދަށް ވެރިވެގަތީ ހަމަހިމޭންކަމެކެވެ.
”ވީކް އެއް ވަންދެން މިތާގަ ހުރީމަ އަހަރެން ހީކުރީ އެއްޗެއް ބުނަން ވެފަ އޮތީ ކަމަށް..ނެތިއްޔާ ދަނީ“ އޭނާ ތެދުވަތެވެ. ނަމަވެސް ޒައްޔާނު ނޫނެކޭ، ބުނެ ވާހަކަ ދައްކަން ފެށިއެވެ.
”ނޫން.. ވަރަށް ބައިވަރު ސުވާލް އެބަހުރި.. މްމްމް .. އެގެޔާއި އޮތީ ކޮން ކަނެކްޝަނެއް؟މިއީ ކާކު؟“ ނަފްސު ހަމައަކަށް އަޅުވާލާފައި ޒައްޔާން އެއްސެވެ.
”އަހަންނަށް ކިޔަނީ ޝިއާ… އެގެޔަކީ އަހަރެންގެ ފިރިހެން ކޮއްކޮ އެންމެ ފަހުން ފެނުނު ތަން.. ހީވާ ގޮތުން މިތަނަށް އަހަރެންގެ ބައްޕަ އައި ދުވަސްކޮޅު، ފާރަލާކަމަށް ބައްޕަ ބުނި މީހަކީ ތިއީ؟ ކުށްހީ އެއްތަ؟“ ޝިއާ ޖަވާބް ދޭލެއް އަވަސްކަމުން ހީވަނީ، މާ ކުރިންސުރެން އެ ސުވާލްތައް އަންނާނެކަން އެނގިގެން ތައްޔާރުވެފައި ހުރިހެންނެވެ.
ޒައްޔާން ހިނިތުން ވެލާފައި ވެސް ޖަވާބެއް ނުދެވި އުޅެނިކޮން ތިރިން ބައެއްގެ ހިލަން ވެއްޖެއެވެ. ތިރި ބަލައިލި އިރު މޫނު ނިވާ ކޮށްގެން ތިބި ދެ މީހަކު ތިބީ އެ ގަހު ތިރީގައެވެ. ވިހަގަދަ ލޯތަކަކެވެ. އަނގުރު އަލިފާން ފަދައިން ކަނި ބުރަމުން ދިޔައެވެ. އެމީހުންގެ ނަޒަރު ސީދާވެފައި ހުރީ ސީދާ ޝިއާގެ މޫނަށެވެ. ޒައްޔާން އަށް ބަލައިލެވުނީ ޝިއާގެ މޫނަށެވެ. އޭރު އޭނާގެ ދެލޮލުން ޖެހިލުންވުމުގެ ކުލަވަރު ފެންނަންހުއްޓެވެ.
”ޒައްޔާން.. މާދަމާގެ ވަގުތެއްގަ ބައްދަލް ކޮށްލާނަން.. އެކަމަކު މީގެ ފަހުން މިތަނަށް ނާއްނައްޗޭ.. ފައިނަލީ ދޭ ސޯ މީ.. މި ހިފައިގެން ދޭ.. އޭރުން އަހަންނަށް ދެވޭވަރުވީމަ ދާނަން ޒައްޔާން ހުރި ތާކަށް.. ތީތި އަތުގައި އޮތް ހާ ހިނދަކު ޒައްޔާން ހުރިތަން އަހަންނަށް އެނގޭނެ..“ ޒައްޔާންގެ މުށު ތެރެއަށް ޝިއާ ލައްވާލަ ދިނީ ހުދުކުލައިގެ އޮފްކަން ގަދަ ގައުކޮޅެކެވެ.
”އެ ކޮންބައެއް؟ އާރ ޔޫ ޝުއާރ ޔޫ އޯކޭ؟“
”މިވަގުތު ނެތް ހުރެވޭކަށް.. ޔާހް އަމް މޯރ ދޭން ފައިން..“ އިތުރު އެއްޗެއް ނުބުނެ ޝިޔާ ގަހުން ފުއްމާލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ދިގު ވަރަ ފެނިގެން ދިޔައެވެ. ވައިކަފާލާފައި އުދުހިގަތް، ގޮތުން ޒައްޔާންގެ މޫނުމަތިން އޭނާ ގެއްލިގެން ދިޔައިރު ހީވީ ވިދުވަރެއް ހެންނެވެ. ޝިއާގެ ފަހަތުން ދިޔަ ދެމީހުންނަށް އަތުވާވަރަށް ވުރެން އޭނާ ދުވެލި ބާރެވެ. ޒައްޔާން ހީކޮށްގެން ހުރީ ޝިއާ ނުފެނުމުން އަނެއްކާ އެމީހުން އައިސް އޭނާއާއި ވެސް ދިމާކޮށްލާނެ ކަމަށެވެ. ނަމަވެސް ކަންވީ އޭގެ އިދިކޮޅަށެވެ. ޝިއާ އަތުނުވުމުން އެމީހުން ވެސް ދިޔަގޮތައް ދިޔައީއެވެ. އޭނާ އެއީ ހުރި މީހެއް ކަމަށް ވެސް ހަދާނުލިއެވެ. އިތުރު ހައިރާން ކަމެއް ލިބުނެވެ. އެނބުރި އެމީހުން އާދޭތޯ އެތަކެއް ވަގުތެއް އޭނާ ހޭދަކުރިއެވެ. އިރު އެރި ހިނދު އައި ޒުވާނާ އެތަނަށުން ދިަޔައީ އިރު އޮއްސުނު ފަހުންނެވެ.
***
ދެފަރާތައް ފުރޮޅި ފުރޮޅި ރުއާނާ އޮތް އިރު ނިދީގެ ތެރެއިން، އުނދަގޫ ހުވަފެނެއް ފެންނަމުން ދާ ކަން ޔަގީނެވެ. އޭސީގެ ގަދަ ފިނިކަމުގައި ކޮޓަރި ތެރެ ވާއިރުވެސް މުޅި ކުއްޖާ އޮތީ ދާހިތްލާ ފޯވެފައެވެ. ރުއާނާއަށް ފެންނަނީ ވަލުތެރޭގައި އެކަނި މާއެކަނި ދުވާ މަންޒަރެވެ. ދެން އަނެއްކާ ވެސް ފެނިގެންދަނީ އަތް ޒަހަމްވި ދުވަހު ފެނުނު ހުވަފެނުގައި ވެސް، އޭނާއަށް ފެނުނު ކޯރުގެ އައްސޭރިއެވެ. ހަމަ އެ މާހައުލެވެ. އެއްވެސް މަންޒަރެއް ބަދަލެއްނުވެއެވެ. ދުރު ހަނދާނެއް އަންނަން އުޅެފައިވެސް ވީ ނުވީއެއް ނޭނގި އެހިސާބުން ރުއާނާއަށް ހޭލެވިއްޖެއެވެ. ސިއްސައިގެން ގޮސް ތެދުވަތް ގޮތައް ލަތްވެގަނެވުނީ އެނދުގެ ހެޑް ބޯޑުގައެވެ. ލެވެމުން ދިޔަ ނޭވާތައް އަވަސްވެ، ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ސައިޑް ޓޭބަލަ މަތީގައި ހުރި ގަޑިއަށް ބަލައިލިއިރު، އަދި މެންދަމުން އަލިވެ ޖެހީ ދެއެކެވެ. އިއްޔެ ހަވީރު ނިދުނު ކުއްޖާއަށް ހޭލެވުނީ އަދި ކިރިޔާއެވެ. ރޭގެ ބާކީ ބައި ނުނިދޭނެކަން އެނގުމުން ރުއާނާ ގަސްތުކުރީ ފޯނުން ކޮމެޑީ ސީރީޒް އެއް ބަލާލުމަށެވެ. ކުރިން ދުވަހަކު ގަޔާވެގެން ބެލި އެއްޗެއް އެޅުވި ނަމަވެސް، މިރޭ އޭނަގެ ޝައުގެއް ނެތެވެ.
އެހެން އިންދާ އަތުން ދިލައެއް ނަގައިގަތެވެ. ވާ ނުވާ އެނގުނު ނަމަވެސް ރުއާނާ ޓީޝާޓުގެ އަތްކުރި އޮޅާލިއެވެ. އެހިސާބުގައިވާ ބޮޑު ލަކުނުގެ މަތިން އަތުގެ ނާރުތައް ހުރީ ފުއްޕާލާފައެވެ. ކޮންމެ ނާރެއް ހުރީ ވިލުނޫކުލައި ޒާތަކަށް ދިއްލިފައެވެ.
”ވަޓްސް ގޮއިންގ އޮން؟ ޑޭ ތްރީ..“ ރުއާނާ އެ ތަނުގެ މަތީގައި އަތް ހާކާލެވުނެވެ. މަޑުހޫނުކަމެއް ހިފާލާފައި ހުރި އިރު، އޭނާ ބަލަ ބަލާ އިންދާ ފުފިފައި ހުރި ތަންތަން ހިނދެން ފަށައިފިއެވެ. ކުލަ ފަޑުވަމުން ގޮސް ނޫކުލަ ކެނޑިއްޖެއެވެ.
ފާއިތު ވި ދެދުވަހުވެސް އޭނައަށް ހަމަ އެކަންތައް ތަހައްމަލް ކުރަންޖެހުނެވެ. މިއަދު މިއީ ތިންވަނަ ދުވަހެވެ. ހޭލެވެނީ އެހުވަފެނާއި އެކުގައެވެ. ހެނދުނު ހޭލެވުމާއި އެކު، ފުރަތަމަ ވެސް އަތައް އިޙްސާސްވަނީ ތަދެކެވެ. އެއީ ވަކި އަޅުވައިގެން ޒަހަމްވި އަތެވެ. އެހިސާބުގައިވި ޒަހަމްގަނޑު ރަނގަޅުވެ، ބޭސްގަނޑު ނަގާފައި ވާތާ ވެސް ދެ ހަފްތާ ވީއެވެ. މިހާރު އިނީވެސް ލަކުނަށް ވެފައެވެ. ނަމަވެސް ރުއާނާ ހައިރާންވަނީ ހޭލާއިރު އެތަނުގައި ހިފާލާފަ ހުންނަ އެ ތަދާއި ހުރެއެވެ. ބަލާލާއިރު އެތަނުގެ މަތިން ނާރުތަކެއް ފުއްޕާލާފައި ހުންނަނީ ނޫކުލައިން ވިދަވިދައެވެ. ނަމަވެސް އިރުކޮޅަކަށް ހުރެލާފައި ކުލަ މަޑުވަމުން ގޮސް އެއްކޮށް ނޫކުލަ ކެނޑެއެވެ. ދެދުވަހު އެހެން ވަނީ ހެނދުނު ނަމަވެސް މިރޭ އެގޮތައް އެވީ މެންދަމުއެވެ. އެހުރިހާ ކަމަކަށް ވުރެން ރުއާނާ ބިރުގަނެފައި ހުރީ އެރޭ ލިއަމް އިންޖެކްޝަން ޖެހި ހިސާބްތަކަށް އަންނަމުން ދިޔަ ބަދަލާއި ގުޅިގެންނެވެ. އަދި ރޭގަނޑުވުމުން އަންނަ ގަދަފަދަ ނިންޖަކާއި ގުޅިގެންނެވެ. އިތުރު ކަމެއް ކުރާނެހާ ހިތްވަރުވެސް ރުއާނާގެ ގައިގާ ނުހުރެއެވެ. އެ އިންޖެކްޝަން ޖެހި ހަތަރު ތަންކޮޅު ހުންނަނީ ކަޅުކުލަ އަރާފައެވެ. ފުރަތަމަ ކޮޅު، ކަމަކަށް ނުހަދާއި ހުރި ނަމަވެސް މިހާރު މާބޮޑަށް ފާހަގަވެއެވެ. ހާއްސަކޮން ވޭތުވެ ދިޔަ ދެދުވަހު ވަކިން ބޮޑަށް ވަނީ ކުލަ ގަދަ ވެފައެވެ.
”ކަމެއް ވަނީތަ ؟ ކިހިނެތް ވެގެންބަ މިހެން މިވަނީ؟ “ ސަލާމަތުން އޮތް އަތުން އެއަތުގައި ކުޑަކޮން މަސާޖު ކުރަންފެށިއެވެ. ފޯނު ވައިބްރޭޓް ވެގެން ބަލައިލިއިރުގެ ލިއަމްގެ މެސެޖެކެވެ. އެގަޑީގައި ލިއަމް ނުނިދާ ކީއްކުރަނީބާއޭ ހީވެފައި އިންދާއި ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ.
”އިން ފްރޮންޓް އޮފް ޔޯ ޑޯރ“ ލިއަމްގެ މެސެޖް ކިޔާލި އިރު އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނު ފަދައެވެ. އެނދުން ތެދުވި ބާރުމިނުގައި ވަނީ ފާހާނައަށެވެ. މޫނު ދޮވެލުމަށްފަހު، އެންމެ އަވަހަށް އަތުޖެހުނު ހަރުވާޅާއި ޓީޝާރޓް ލައިގެން ދޮރުހުޅުވަން ދިޔައެވެ. ދަމުން ރީތިވާ މޭޒާއި ގާތްވެ ލޯގަނޑުން މޫނު ހުރިގޮތެއް ބަލައިލިއެވެ.
”ދޮރު ހުޅުވިއްޖެ ދޯ؟ ހާދަ އިރެކޭ ދޮރުގަ ތަޅާތާ..“ ލިއަމް ހުރީ އޭނާގެ ކޮޓަރީގެ ދޮރުގައި ލަތްވެގަނެގެންނެވެ. ކަލުކުލައިގެ ސޯޓާއި އަތްކުރު ހުދު ޓީޝާޓްގައިއެވަގުތުގައި ވެސް އޭނާ ފެންނަނީ ނުހަނު ފިރިހެންވަންތަކޮންނެވެ. ތަރުތީބެއް ނެތި ނިތްކުރި މައްޗަށް ފައިބާފައިވާ ތެތް އިސްތަށި ތަކުން ދާދި ދެންމެއަކު ފެންވަރައިގެން ނުކުތްކަން ދޭޙަވެއެވެ.
”މިގަޑީގަ ކީއްކުރަނީ ހޭލައިގެން؟“
”މިއައީ އެމަޖެންސީ ސާޖަރީއަކަށް ގޮސްފަ… ފެންވަރާލައިގެންނު ނިދޭނީ…ދެންމެ ނުކުތްތަނާ އިވޭ ފިލްމެއްގެ އަޑު އެހެންވެ މި ދޮރުގަ ޖަހައިލީ“ ލިއަމް ޖަވާބު ދިނެވެ. އިތުރަށް އެކަކުވެސް ޥާހަކައެއް ނުދައްކައެވެ. ދެމެދަށް ވެރިވީ ހަމަހިމޭން ކަމެކެވެ. ރުއާނާއަށް ލިއަމްގެ މޫނަށް ބެލެމުން ދިޔައީ އާދަޔާއި ހިލާފަށް ގިނައިންނެވެ.
”ކޮބާ ބަލާ ނިމިއްޖެތަ؟ އެހާ ވެސް ރީތިތަ؟“ލިއަމްގެ މޫނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުއްޓާ، އޭނާ އައިސް ރުއާނާގެ މަގަތައް ހުއްޓުނު އިރުވެސް ނޭނގުނެވެ. ރުއާނާގެ ކޯތާފަތުގައި ލިއަމް އެއް އަތް އަޅުވާލިއެވެ. ގެއްލިފައި ހުއްޓާ، ސިހުނީ އެއަޑަށެވެ. ވަގުތުން މުޅި މޫނު ރަތްވިއެވެ. އެ ތޫނު ކަޅި، އެހާ ގާތުން އަމާޒުވެފައި ހުރިގޮތުން އިސްޖެހުނެވެ.
”މްމްމް؟ އަދްރެކް ދެންމެ އޯޓީ އިން ދިމާވެގެން ބުނި، ރުއާ މާދަމާ ވެސް އޮފް ޖެހިވާހަކަ.. މިއީ ތިންވަނަ ދުވަސް.. ކިހިނެތް ވީ؟ ކަމެއް ގޯސް ވީތަ؟“ ލިއަމްފެށި ވާހަކައަކުން ރުއާނާއަށް ބަލައި ލެވިއްޖެއެވެ. ތުންފަތް ހަފާލެވުނީ ދޭނ ޖަވާބެއް ނޭނގިގެންނެވެ.
”ރުއާ.. ޓެލް މީ! ޔޫ ކެން ޓެލްމީ އެނީތިންގ.. ކަމެއް ގޯހީތަ؟ މީހަކު އުނދަގުލެއް ކުރަނީތަ؟“
”ނޫން..ނު..ނޫން.. އަމް ފައިން.. ބޭނުންވަނީ ހަމަ ދެތިން ދުވަސް އޮފް ހަދާލަން“
”ތި ދެތިން ދުވަހުގެ އޮފްޑޭގަ ހިމެނޭތަ އަންކަލްއާއި ބައްދަލް ކުރުން ވެސް؟ ކަމޯން، އަހަރެމެން ދެމީހުންނަށް ވެސް އެބަ އިނގޭ ތިއީ ކަމެއް ނުވެ އޮފް ނަގާ ހަދާނެ ކުއްޖެއް ނޫން ކަން.. ޖަސްޓް ޓެލް މީ..“މިނިވަންކަމާއި އެކު އޮތް އަތްތިލަ އިން ރުއާނާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ފުރަތަމަ ކަމަކަށް ލިއަމްގެ އެ ގާތްކަމުން ރުއާނާ ހުރީ ނަގަންވީ މާނައެއް ނޭނގިފައެވެ. ދެވަނަ ކަމަކަށް، އެކުރި ސުވާލްގެ ޖަވާބް ދޭކަށް އަދި ބޭނުމެއް ނުވިއެވެ. އޭނާ އަލާނިއަލްއާއި ބައްދަލް ކުރަން ދާ ވާހަކަ ބުނީ ކާކު ބާއެވެ. އަލާނިއަލް ނުބުނާނެކަން އެނގެއެވެ. ހަފްތާއެއް ކުރިން ދިމާވެގެން ވެސް އެ ސުވާލް އޭނާއާއި ރުއާނާ ވަނީ ކޮށްފައެވެ. އަލާނިއަލް ބުނިގޮތުން ވިއްޔާ ލިއަމްގެ ގާތުގައި އޭނާއަދި ނުބުނެއެވެ. ނަމަވެސް ފަހަރުގައި ލިއަމްއަށް ޝައްކެއް ވެފަ އޮވެދާނެއޭ އޭނާ ވަނީ ބުނެފައެވެ. އެދުވަހު އަލާނިއަލްއާއި އެހާ ބޮޑަށް ވާހަކައެއް ނުދެއްކުނެވެ. ސާޖަރީއަކަށް ދާން ޖެހުނީއެވެ. ހަފްތާ ނިމިގެން ދިޔައީ އޭނާއާއި ވާހަކަ ދައްކާލަން އިންތިޒާރުގައި ހުއްޓައެވެ. އެންމެ ފަހުން ރޭގައި އޭނާ ގުޅުމަށްފަހު މިއަދު ބައްދަލް ކޮށްލަން އެދުނީއެވެ. ވަގުތުން ރުއާނާ ދުވަހުގެ ޝެޑިއުލް އެކަމަށް ހުސްކޮށްލީއެވެ. ރާބިއު އާއި ޒައްޔާންގެ ހަބަރެއް ނުވާތީ އޭނާއަށް ހުރެވެނީވެސް މިދުވަސްކޮޅު ބޯ ގޮވާފައެވެ. ރުއާނާ ގަސްތު ކުރީ ވާހަކައެއް ހަދާލާށެވެ. ލިއަމްއާއި އެހާ ގާތުގައި މާގިނަ އިރު ހުރުމަކީ އޭނާއަށް ކެތްވާނެ ކަމެއް ނޫނެވެ.
”މްމްމް ދެޓްސް.. އަމްމް.. އައި-“ ނަމަވެސް ދޭނެ ޖަވަބެއް ނޭނގިގެން އެންމެފަހުން ރުއާނާ އުއްމީދު ކަނޑާލާފައި އިސްޖެހިއެވެ. އެހެން ހުންނަތާ އިރުކޮޅެއްފަހުން ލިއަމް އޭނަގެ ގައިން ދޫކޮށްލައިފިއެވެ.
”ވީކް އެއް ކުރިން މީޓް ވާން މިކިޔަނީ ..ދެޓްސް އޮންލީ ފޯރ ޔުއާރ އޯން ގުޑް.. އެކަމަކު ވެސް ކޮންމެ ރެއަކު ހަމަ ނިދަނީ އައިސް.. ސުވާލެއް ކޮށްފާނެތީ ފިލަނީތަ؟ ވަގުތު ބޭނުންވަންޏާ ވެސް ބުނެބަ.. ނުފިލާ ރީތިކޮން ބުނީމަ ވެސް އަންޑަސްޓޭންޑް ވާނެ“ ދުރުވެލުމަށްފަހު އިރުކޮޅަކު ހުރެފައި އޭނާ އެތަނުން ދިޔުމަށް ހިނގައިގަތުމުން ރުއާނާ ކަންތައް ބޮޑުވިއެވެ.
”އަނެއްކާ ލިއަމް ހިތްހަމަ ނުޖެހުނީތަ..؟“ އަމިއްލަ ނަފްސަށް އިވޭވަރަށް ރުއާނާއަށް ބުނެވުނެވެ. ހިތައް ވެގެން ދިޔައީ ތަފާތު އުނދަގުލެކެވެ. އަމިއްލަ ހާލަތު މީހަކަށް ބުނެދޭން ވިސްނޭ ވަރަށް ވުރެން އޭނާ ގެ ހިތައް އުނދަގޫވެފައިވީ ރާބިއުގެ ހަބަރެއް ނުވާތީ އެކަމާއި އެވެ. ދެ ހަފްތާ ފާއިތުވެ ތިންވަނަ ހަފްތާ ފެށުނު އިރު ވެސް އެއްވެސް ހިލަމެއް ނުވިއެވެ. ރުއާނާ އަޒުމް ކަނޑައަޅައިގެން ހުރީ މާދަމާ އަލާނިއަލްއާއި ބައްދަލް ކުރުމަށްފަހު، ގޭގެ ބިއްދޮށުން ނުކުމެވެން އޮތް ޖަންގަލީގެ ބަޔަށް ވަނުމަށެވެ. ކޮންމެ ގޮތެއް ވިޔަސް ބިލާލްއާއި ބައްދަލްކުރުމަށް ނިންމިއެވެ. ކިތަންމެ ބިރުގަތް ނަމަވެސް ރާބިއުއަށް ޓަކައި ފުރާނަ ވެސް ގުރުބާން ކޮށްލަން އޭނާ ފަހަތަކަށް ނުޖެހޭނެއެވެ.
”ފަހަރުގައި ލިއަމްއާއި ހިއްސާކޮށްގެން ރަނގަޅު ގޮތެއް ވެސް ވެދާނެ ކަންނޭގެ.. ޒައްޔާންބެ އާއި ލިއަމް އަކީ ގާތް އެކުވެރިންނަށް ވީމަ ވެސް އެހީއެއް ވެދެވޭނެ ކަންނޭގެ.. އެހެންނޫނަސް ލިއަމް ނޫން އިތުރު މީހަކު ނުހުރޭ އެހީއެއް ވާކަށް ވެސް.. ކޮންމެ ކަމެއް ޖެހުނު ނަމަވެސް އިއްތިފާގުން ވެސް އެހީ ވެވިފަ ހުރީ ލިއަމްއަށް..އެހެންވެ ކަންނޭގެ މިހާ ކުރު މުއްދަތެއްގައި ލިއަމްއަށް އެހާ ބޮޑަށް ބަރޯސާ ވެވެން ފެށުނީ.. މިކަމުގައި ވެސް އިތުބާރު ކުރަން ވީ“ އަމިއްލަ ހިތާއި ވާހަކަ ދައްކަމުން ރުއާނާ ދުވެލާފައި ގޮސް ލިއަމްގެ ފަހަތުން އެ ކޮޓަރިއަށް ވަނެވެ. ހިތްއަވަސްވެފައި ހުރެ ހިނގައިގަތް ބާރުމިނުގައި މުޅި ހަށިގަނޑަށް އެރީ ބާރުގަނޑެކެވެ. އޭނާއަށް ކޮންޓްރޯލްވެސް ނުވިއެވެ.
ލިއަމް ދިޔައީ ސިހިގެންނެވެ. އޭނާއަށްވެސް ހިލަމެއް ނުވާހާ ހަލުވިކޮން ރުއާނާ އައިސް ޖައްސާފައި ހުރީ އޭނަގެ ފަހަތުގައެވެ. އެހާ ހަލުވިއެވެ. ލިއަމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެކަމަކު އެކަމަކު ކިހިނެތް ހެއްޔެވެ. އެބާރުތައް ރުއާނާއަށް އެ ބޭނުންކުރެވެނީ ކީއްވެ. ރުއާނާއާއި ސުވާލްކުރުމަށް އަނގަ ހުޅުވާލި ނަމަވެސް ލައްޕާލަން ޖެހުނީ ރުއާނާގެ ހާލަތު މާ ގޯސްވުމުންނެވެ. މުޅި ކުއްޖާ ހުރީ ހުއްޓުން އަރާފައެވެ. ލިއަމްގެ މޫނަށް ބަލާލާފައި އަމިއްލަ ހަށިގަނޑާއި ދެއަތްތިލައަށް ބަލަމުން ދިޔައެވެ. ބޮޑު ދެލޮލުން ފެނިގެންދަނީ ސިހުމާއި ބިރުވެރިކަމެވެ.
”ރުއާ…؟ “ ލިއަމްއަށް ގޮވާލެވުނެވެ. އޭރު ރުއާނާގެ ދެލޮލަށް ބޮނޑިވެފައި ހުރި ކަރުނުތައް އޭނާއަށް ފެނުނެވެ. މުޅި ކުއްޖާ ދިޔައީ ފިނިވެގެން ގޮސް ތުރުތުރު އަޅަމުންނެވެ. ރުއާނާއަށް ވަމުންދާ ގޮތް ހުދު އޭނާއަށް ވެސް ނޭނގެއެވެ.
”ކިހިނެތް މިވަނީ؟ އަދިވެސް ނުކިޔާ ދޭނަން ދޯ؟“
“ ހުރިހާ ވާހަކައެއް ވެސް ކިޔައިދޭން ބޭނުން.. ބަޓް ލިއަމް.. ދިޒް .. ދިޒް.. އަހަންނަކަށް ނޭނގޭ މިވަނީ ކިހިނެތް ކަމެއް…އާހްހްހް..“’ އަޑުކުރެހިގަތް ގޮތުން ރުއާނާއަށް ވާހަކަ ދެއްކުމަށް ނުހަނު އުނދަގޫވިއެވެ. ހާސްވެފައި ހުރިވަރުން ރުއާނާއަށް ރޮވުނެވެ.
”އިޓްސް އޯކޭ.. އިޓްސް އޯކޭ.. ކަމް ހިޔާރ“ މާ ބޮޑަށް ރުއާނާއަށް ރޮވެން ފެށުމުން، އޭނާ ގެނެސް ލިއަމްގެ ގަޔާލާ ބޮނޑިކޮށްލިއެވެ. ”ކޮން އިރަކު މިހެން ވާން ފެށީ؟“ ޖަވާބް ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ނަމަވެސް ލިއަމް އަހާއިލިއެވެ. އިރުކޮޅަކު އެގޮތުގައި އޮވެ ރޯލުމުން ރުއާނާ ހަމަޖެހެން ފެށިއެވެ. ލިއަމްއާއި ދުރުވެލަމުން މޫނުމަތި ސާފްކޮށްލިއެވެ.
”ޑޮކްޓާރ އަލާނިއަލް ބުނި އެރޭ ޖެހި އިންޖެކްޝަން ތަކަކީ އާދައިގެ އިންސާނަކަށް ކެތްކޮށްލެވޭނެ ފަދަ ވޭނެއް ނޫނޭ.. ސޯ ހީވަނީ މިހާރު ގެސް ވާނެހެން“ ލިއަމްއާއި ހަތަރު ކަޅި ހަމަކުރާކަށް ރުއާނާއަކަށް ނުކެރުނެވެ. އެވާޙަކަ ބުނުމުން އަނެއްކާ ލިއަމް އޭނައާއި ވާހަކަ ދެއްކުން ވެސް ހުއްޓާލަފާނެއެވެ. ލިއަމްގެ ބައްޕަ އަކީ އެ ނަސްލުކަމުގައި ވީ ނަމަވެސް މަންމަގެ ގޮތެއް ރުއާނާއަކަށް ނޭނގެއެވެ. ފަހަރުގައި އެ ނަސްލަށް ލިއަމް ނިސްބަތް ނުވެދާނެއެވެ.
“ކާމް ޑައުން.. އަހަންނަކީ އެމީހުންގެ ތެރެއިން މީހެއް..“
ރުއާނާއަށް ސިހިފައި ބަލައިލެވުނެވެ. ލިއަމް ބޯ ޖަހައިލީ އޭނާގެ ޖުމްލައަށް ބާރުދޭ ފަދައިންނެވެ.
”ރިއަލީ؟“
”ޔާހް އައި އޭމް.. އެހެންވެ ފުރަތަމަ ދުރުން އުޅުނީ.. އެކަމަކު މިހާރު ހިއެއް ނުވޭ ދުރުން އުޅެވިދާނެ ހެންނެއް..އީވެން އިފް ޔޫއާރ ހިއުމަން“ ރުއާނާގެ އަތުގައި ލިއަމް ހިފާލަމުން، ލޮލާއި ލޯ ސީދާކޮށްލިއެވެ. ނަމަވެސް ރުއާނާ ހުރީ ލިއަމްގެ އެއަދާ ވިސްނައިގަނެވޭނެ ފަދަ ހާލަތެއްގައެއް ނޫނެވެ. ސިހުމާއި އެކު އަތް ދަމައިގަނެވުނު އިރުވެސް ނޭނގުނެވެ.
”ވެއިޓް؟ ވަޓް؟ ސޯ އާރ ވީ ސޭމް؟“ ހައިރާންކަމުގައި ހުރެ ރުއާނާ އެއްސެވެ. ލިއަމް ހިނިއަންނަ ގޮތްވެފައި ހުރެ ވެސް ބޯ ޖަހައިލިއެވެ. ރުއާނާ އިތުރަށް މަޑުކުރާކަށް ނުވިސްނިއެވެ. އެވަގުތު ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. އެންމެ ފުރަތަމަ ޓީޝާޓުގެ އަތް އޮޅާލަފާއި އަތް ދައްކާލިއެވެ.
”މިއީ އެރޭ ލިއަމް ކަށިކޮށްޕާލި ތަންތަން.. ބަލިވެގެން އެތައް ފަހަރަކު ގޮސް އިންޖެކްޝަން ޖަހާފަ ހުންނާނީ.. އެކަމަކު މިގޮތަކަށް ނުވޭ..“
ރުއާނާގެ އަތުގައި ހިފާލައިގެން ހުރެ ލިއަމް ބަލަމުން ދިޔައީ ކަމެއް ދިރާސާ ކުރާ ފަދައަކުންނެވެ. އެ ހިސާބުތަކުގެ ޝަހާދަތް އިނގިލި ހިންގާލަމުން ލިއަމް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ދެޓްސް ބިކޯޒް، އަލަށް ވެސް އެއްވެސް ބާރެއް ބޭނުން ނުކޮށް ހުރީމަ.. އެދުވަހު ރުއާ ގެންގޮސް ވެއްދީ ކޮންތާކަށް ކަމެއް އެނގޭތަ؟“
”ނޫން ނޭނގޭ.. އައި ހާރޑް އެތާކަށް އެއްވެސް ސްޓާފަކަށް ނުދެވޭނެއޭ.. މުޅިތަން އޮންނަނީ ގާޑް ކޮށްފައޭ.. އެކަމަކު އެރޭ އެހާ ހުން ބުރާންތިކަމުގަ އޮތް އިރުވެސް އެނގޭ އެތަނުގައި މީހަކު ނެތް ކަން..“
”އެތާގަ މީހުން ތިބޭނެ އަބަދުވެސް.. އެގަޑީގަ ވެސް ތިބި.. ކާފަގެ ހާއްސަ އެކުވެރިން އަދި އަދަށް ދާންދެން ވެސް އެތަން ހިމާޔަތް ކުރުމުގަ ދެމި އެތިބީ..ރުއާގެ ލޯ މައްޗަކަށް އެމީހުންނެއް ނުފެންނާނެ.. ސަބަބަކީ އިންސާނުންގެ ލޯތަކަށް އެމީހުން ނުފެންނާނެތީ ވެ.. އަހަރެމެންގެ ތެރެއިން މީހެއްކަމުގައި ވީނަމަވެސް އަލަށް ވެސް ބާރެއް ބޭނުން ނުކޮށް ހުންނަ މީހެއްކަމުގައި ވާނަމަ އެމީހެކޭ ނޯމަލް ހިއުމަން އެކޭ އެއްވެސް ތަފާތެއް ނުހުންނާނެ.. އެރޭ ރުއާ ގެންގޮސް ވެއްދީ އެންމެ މަތީ ބަޔަށް.. އެއީ އަހަރެމެން ނަސްލުގެ މީހުންނަށް ފަރުވާ ކުރުމަށް ކާފަމެން ވޯކް ކުރަން ފެށީންސުރެން ހުންނަ ތަނެއް.. އަހަރެމެން ކަހަލަ މީހަކަށް އަނިޔާއެއް ވީ ކަމުގައި ވީ ނަމަވެސް އެތަނަށް ގެންނާނެ“ ލިއަމްގެ ކިޔައިދިނެވެ. ލިއަމްގެ ވާހަކަތަކުން ރުއާނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
”ލިއަމްއަކަށް އޭރު ނީނގެ އެންނު އަހަރެންގެ ހަގީގަތެއް.. ކީއްވެގެންތަ ދެން އެރޭ ގެންދިޔައީ؟“
”ޔާޙް.. އޭރު ނޭނގެ ރުއާގެ ހަގީގަތެއް.. އެކަމަކު ރުއާގެ އަތައް ލިބިފައި އިން ޒަހަމްކޮޅު… އެއީ ވަކިތަކެއް.. އަހަންނަކަށް ނޯޅޭނެ އަހަރެމެންގެ ނަސްލުގެ މީޙުންގެ ހަގީގަތެއް.. ފެނުނު ތަނުން އެނގުނު އެއިން މީހެއްގެ ކަމެއްކަން .. ނީނގެނީ ރުއާއަށް އެ ވަރުގެ ކަމެއް ދިމާވާން މެދުވެރިވީ ކީއްވެކަން“ ލިއަމްގެ ޖަވާބު ދިނެވެ. ރުއާނާގެ އަތައް ބާރުކޮށްލަމުން ލިއަމް އަނެއްކާ ވެސް އެދުނީ ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ.
ރުއާނާ ދޫކޮށްލީ ފިނި ނޭވާއެކެވެ. އެދުނީ ތަނެއްގައި އިށީނުމަށެވެ. ލިއަމް ބޯޖަހަލާފާއި އައިސް އިށީންދެލީ އެނދުގެ އަރިމަތީގައެވެ. ރުއާނާގެ އަތުގައި ހިފައިގެން ގެނެސް ލިއަމްގެ މަގަތުގައި ބައިންދާލިއެވެ.
އާދައިގެ މަތިން އެކޮޓަރީގައިވީ އަނދިރިކަމެވެ. އުއްބައްތީގެ ރަން ހުޅުކޮޅުތައް ނަށަމުން ދާއިރު އެ ހިޔަނިތައް ހުރީ ފާރަށް އެޅިފައެވެ. އެ މަންޒަރަށް ގެއްލި އިނދެ ރުއާނާ ވާހަކަ ފެށިއެވެ. އެންމެ ފުރަތަމަ އޭނާ ފެށީ ހޫރައިންގެ ވާހަކައިންނެވެ.
”އެންމެ ފުރަތަމަ ކަމަކަށް ރާބިއު ބައްޕައަކީ އުފަން ބައްޕައެއް ނޫން.. ހަމައެކަނި މަދީ އުފަން ބައްޕަގެ ލޭބަލް.. މުޅި ދުނިޔެއިން ވެސް އަހަރެންދެކެ އެންމެ ލޯބިވާނީ އަބަދުވެސް ބައްޕަ.. ހަމަ އެގޮތައް އހަރެން ވެސް އެ ބައްޕަ ދެކެ ވާ ލޯބި އިތުރު އެކަކު ދެކެ ވެސް ނުވޭ.. ބައްޕަ ނެތްނަމަ މިއަދު މިހެން ކުރިމަތީގަ ނުހުންނާނެ“
”ހޭންން؟ ރާބިއުއަކި އަސްލު ބައްޕައެއް ނޫނޭ؟“ ލިއަމްއަށް އިނދެވުނީ އަނގަ ނަގައިގެންނެވެ. ރުއާނާ ބޯޖަހައިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ މަންމަ ގެއްލުމުން ކުރިން ހިނގާ ދިޔަ ކަންތައް ކިޔައިދޭން ބުނާނަން ޒައްޔާންބޭގެ ކައިރީގަ..އެކަންތައް ލިއަމްއަށް އެންމެ ރީއްޗަށް ކިޔައިދެވޭނީ ބޭބެއަށް… އަހަރެން، ވަރަށް ވީކް ވެފަ ހުރީ އޭގެ ކުރިން.. ކިޔައިދިނުމުގެ ހިތްވަރެއް ނެތް… އެކަމަކު އޭގެ ފަހުން ވެގެންދިޔަ ގޮތް ބުނެދީފާނަން.. މަންމަ ގެއްލުނު ދުވަހު ވީ އެއްވެސް ކަމެއް ސިކުނޑިއަކަށް ނާދެ.. ކިތަންމެ ބޮޑަށް ބޮލަށް ބާރުކުރި ނަމަވެސް އެއްވެސް ކަމެއް ހަނދާނަކަށް ނާދެ.. އެނގެނީ ވެއްޓެން ދިޔަކަން.. ބިންމަތީގައި ޖެހުނު އެވަގުތު މަންމައާއި އެކު އިތުރު ދެ މީހުން ފެނުނު ހެން ހީވި… ކިރިޔާ ލޯ ހުޅުވޭ ވަރު ވެފައި އޮތީ ބައްޕަމެންނަށް އާދެވުނު އިރު.. އެމީހުން ކައިރީގަ ބުނިން އެ ވާހަކަ .. މިބުނީ ހީވެއޭ ބަޔަކު ފެނުނު ހެން.. ދެން ލޯ މެރުނީ.. ހޭވެރިކަން ވެގެން ދިޔައިރު އޮވެވުނީ ހޮސްޕިޓަލްގަ… އޭރު ވަލުތެރޭގަ ވީ އެއްވެސް ކަމެއް ހަނދާނަކު ނެތް.. އަހަރެން ހޭ އެރީމަ ބައްޕައާއި ޒައްޔާންބޭ ގެ ބައްޕަ ދިޔަ ހޯދަން ވެސް…އެކަމަކު އެމީހުން ގޮސް އައިސް ބުނި އެއްވެސް މީހަކު ނުފެންނަ ކަމަށް.. އެދުވަހުގެ ފަހުން އަހަރެންގެ އަމިއްލަ ބޭބެ ގެ އުނދަގޫ ޖެހޭ.. އޭނާ ނަމަކީ ބިލާލް“ ރުއާނާއަށް ލޯ މަރާލެވުނެވެ. ދެލޯ ފިތާލެވުނު އިރު ކަރުނު ތިއްކެއް ކޯތާފަތައް ވެއްޓިއްގެން ދިޔައެވެ. މަންމަގެ އެއްވެސް ކުށެއް ނެތި އެވަރުގެ އަނިޔާއެއް ދީފައިވެސް ބިލާލް އާއި އުފަން ބައްޕަ ނުހުއްޓުނެވެ. ލިއަމްގެ ގާތުގައި އެވާހަކަ ބުންނަ ބޭނުން ނުވީ އެ ކަޅު އަނދިރި ދުވަސްތަކުގެ ވޭން ގަދަ ވީމައެވެ. މަންމަގެ މަތިން ހަނދާންވީ ނަމަވެސް ހިތުގައި އަޅަނީ އިންތިހާ ވޭނެވެ. ކެތްކުރަން ދަތިވެއެވެ.
”ދެން ކިހިނެތް ވީ؟“
”ދެން މަންމަ ގެއްލުނު ދުވަހުގެ ފަހުން އައިސް ބުނި ބާރުތައް އުނގެނި އެ ބޭނުން ނުކުރަން.. ބައްޕަ އެއްފަހަރު އުޅުނު ދަސްކޮށްދޭން.. އެކަމަކު އަހަރެން ބޭނުމެއް ނުވި.. ސަބަބަކީ އުނގެނިއްޖެޔާ ދެން އައިސް ހަނދާނެ ގޮތެއް އެނގެނީ އެއް ނޫން.. މަންމަގެ އާއިލާއާއި ވެސް ދުރުން އުޅެން މިޖެހެނީ.. އެކި ތަންތަނުން ދިމާ ކުރާނެ.. ހަނދާންވޭތަ.. ލިއަމްއަށް އަހަރެން އަލަށް ފެނުނު ގޮތް.. ބަހުގެ ތެރެއިން.. އެދުވަހު މަށައް ފެނުނީ ބިލާލް.. ޕެނިކް ވޭ ފެނުނަސް.. އަނދިރީގަ ހުންނަން ނުކެރުނީ ވެސް އޭނަގެ ސަބަބުން.. މައުވާ ފާހާނައިގަ ބަންދުކުރި ދުވަހުވެސް އެހާ ބޮޑުވަރުވީ އެހެންވެ.. އަނދިރިވާއިރަށް ހީވަނީ ބިލާލް އައިސްފާނެހެން.. މުޅިން ވެސް އެކަނި ވާ ވަގުތާއި ކަނު އަނދިރިކަމުގެ ތެރެއިން ބިލާލް އައިސް ބައްދަލް ކުރަނީ.. އެމީހުން ބޭނުންވަނީ އެމީހުންގެ ގާތައް އަހަރެން ގެންދަން.. އެކަމަކު އަހަރެން ބޭނުމެއް ނޫން ދާކަށް.. ކޮންފަދަ ނުބައި އަނިޔާވެރި ބައެއްކަން އެނގޭތީ އަހަރެން ދާން ބޭނުންނުވަނީ.. މިވަރު އޯކޭ ދޯ.. އައި ކާންޓް ލިއަމް.. އައި ޖަސްޓް، ކާންޓް“ މޫނުމަތީގައި އަތްއަޅާލެވުނު ހިނދު ރުއާނާއަށް އަނެއްކާ ވެސް ރޮވުނެވެ. އެވާޙަކަތައް ކިޔައިދިނުމުން ހޫރައިންގެ މަތިން މާ ބޮޑަށް ހަނދާންވީއެވެ.
ރުއާނާ ގަޔާ ކައިރި ކޮށްލައިގެން އިނދެ ބޮލުގައި ލިއަމް ފިރުމާލިއެވެ. ލިއަމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރުއާނާގެ ދެލޮލުން ކަރުނު ފެނުމުން ހިތައް އިންތިޙާއަށް އުނދަގޫވިއެވެ. އަވަސް މުސްތަގްބަލެއްގައި ހޫރައިން ފެނޭތޯ ދުއާކޮށްލެވުނެވެ. އެ ވޭނަކީ އޭނާވެސް އަދާއި ހަމައަށް ތަހައްމަލް ކުރަމުން ދާ ވޭނެކެވެ.
”ރުއާ.. އައި އަންޑަސްޓޭންޑް ތި ޕެއިން.. ތި ކަންތައް އަހަރެން ވެސް އެބަ ގޯ ތުރޫ ކުރަން“ ލިއަމް ތުންފަތް ހަފާލިއެވެ. ރުއާނާ ކަރުނަތަކާއި އެކު އިސްއުފުލާލާ ލިއަމްގެ މޫނަށް ބަލައިލިކަން އެނގުމުން ވެސް އިންގޮތައް އިނެވެ. އެވާހަކަ ފެށުނު މޮޔަވެސް ދިޔައީ ހީވަމުންނެވެ.ނަމަވެސް އެހިސާބަށް ބުނެ، އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލައިފިއްޔާ ރުއާނާ އެއްޗެއް އަރާފާނެއެވެ.
”ތިބުނީ؟“
”މީގެ އަހަރުތަކެއް ކުރިން، އަހަރެންގެ މަންމައާއި ބައްޕަވެސް ގެއްލިފަވަނީ.. ވީ ގޮތެއް ނޭނގެ.. ރުއާ މިވާހަކަ ކިޔައިދޭނަން، ރުއާގެ ވާހަކަ އަޑުއެހުމަށްފަހު.. އޯކޭ ދޯ؟“ ލިއަމް އެދުމާއި އެއްބަސްވެލަމުން ރުއާނާ ބޯޖަހައިލިއެވެ. ނަމަވެސް ރުއާނާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.
”ކިޔައިދީބަލަ އެދުވަހު އަތައް އެ ޒަހަމް ކޮޅު ލިބުނު ގޮތް؟“
”ނިދާފަ އޮތްވަ ފެންނަނީ ހުވަފެނެއް…“ ރުއާނާ އެދުވަހު ހުވަފެނުގައި ފެނުނު ގޮތައް ކިޔައިދިނެވެ. އުމުރުން އަށެއްކަ އަހަރުގެ ރުއާނާ ރޮމުން ރޮމުން ވަލުތެރޭގައި ދުވިގޮތާއި އޭރު އަތުގައި ވަތްކެތް އަޅުވާފައިން ވާޙަކާ ބުނެދިނެވެ. ދެން ކުއްލިއަކަށް މުޅިތަން އަނދިރިވެ ދިޔަގޮތާއި އޭގެ ސިކުންތު ކޮޅެއްފަހުން އަލުން އަލިވެގެން ދިޔައިރު ހުރެވުނީ ކޯރެއްގެ އައްސޭރީގައި ކަމަށް ބުންޏެވެ. ފަހަރަކަށް ވުރެން ފަހަރެއް ފެންގަނޑާއި ގާތް ވަމުން ގޮސް ނުހަނު ކައިރިން ފެންގަނޑު ފެނުނު އިރު، އޭގެ ތެރެއިން ހޫރައިންގެ ސޫރަ ފެނުނުގޮތެވެ. ރުއާނާގެ ނަމުން ހޫރައިން ގޮވާލި ވަގުތު ، އެ ހުވަފެނުން ރުއާނާއަށް ހޭލެވުނު ވާހަކައެވެ.
”ހޭލެވުނީ މަންމަގެ އަޑުން ރުއާ އޭ ކިޔާފައި ގޮވާލި އަޑަށް… ފެނުނީ ހުވަފެނެއް ކަން ޔަގީންވީ ނަމަވެސް އިތުރަށް ސިހުނީ ރޫމްގެ ކުޑަދޮރު ކައިރިން މީހެއްގެ ހިލަން ވެގެން ..ހީވި ގޮތެއް ކަމަށް ބަލާފައި އިންދާ ދެވަނަ ފަހަރަށް ވެސް އެ ހިޔަނި ފެނި އެއީ ހީވުމެއް ނޫން ކަން ޔަގީންވި.. ބިރުގަނެފައި ހުރިވަރުން ބޭރު ބަލާކަށް ވެސް ނޫޅޭވުނު އަވަހަށް ދޮރު ލެއްޕީ.. އާންމު ކޮން ދޮރުލައްޕާފައި ބަހައްޓާނީ..އެދުވަހު ދެން ނޭނގޭ ކީއްވެކަމެއް އޯޕެން ކޮށްފަ ބެހެއްޓުނީ.. ދޮރުގެ ކައިރިން ދާން އުޅެނިކޮން އައި ސޯ ރަތާއި ކަޅު ހުރި ދޫނި ފަތްތަކެއް.. ބިރުން ތުރުތުރު އެޅި ނަމަވެސް ބައްޕަގެ ގާތައް ނުގޮސް މަޑުކޮށްލީ .. ހަމައަކަށް އެޅެން ފެށުމުން ފާހަނައަށް ވަދެ ފެންވަރަށް އުޅެނިކޮން އަތުން ދިލަ ނަގައިގަނެގެން ބަލައިލެވުނީ.. ހުވަފެނުގަ ފެނުނު ގޮތައް އަތުގަ ބޮޑު ވައްކެއް އެޅިފަ އިނީ.. އެވަގުތު ހިތައް އެރީ ކިތަންމެ ބިރު ގަތަސް ބިލާލް ގާތައް ދާން .. އެ އަޜާފަ ހުރި ފޯރިގަ ގެއިން ނުކުމެގެން ދިޔައީ އާލް ލައްވާ ބޭސް ގަނެގެން.. ބޭސް ކެއީމަ، އަތައް ވާތަދު ކުޑަކޮން ލުއިވެފަ ހުރީ… ކާރު ނެރެގެން ދުއްވަމުން މިހިސާބަށް އައީ، ވަކި މި ގޭ އެނގިގެންނެއް ވެސް ނޫން.. މިހިސާބުގައި މީހުން އުޅޭކަން ވެސް އެދުވަހު އެނގުނީ.. އަހަރެން ކުރަން ބޭނުންވި ކަންތައް ކުރެވެން އޮތީ ބިލާލް ފެންނަ ފަދަ މާހައުލަކަށް ގޮސްގެން ކަމަށް ވުމުން، މިއީ ޖަންގަލި ބޯ ހިސާބަކަށް ވާތީ އައީ .. މިގޭ ފެނިގެން ރީތިވެގެން ކާރުން ފޭބުނީ.. ގެއަށް ބޭރުން ބަލަން ހުއްޓާ، ޝައުގުވެރިކަން ދަމައިގަތީ ބިއްދޮށުން އެފެންނަ ފޮރެސްޓް އޭރިއާ.. އެތެރެއަށް ވަދެގެން ދަނިކޮން ވަކި ހިސާބަކުން އެނގިއްޖެ ފަހަތުން މީހަކު އަންނަ ކަން.. ފޫޓްސްޓެޕްސް އިވުނީ.. އެނގޭތަ ދެން ވީ ގޮތް.. ސަމްވަން ވިސްޕާރޑް ޓް މައި އިޔާސް..“
”ކާކު؟ ކީކޭ ބުނީ؟“ ލިއަމް އަހައިލިއެވެ.
“ ރުއާ ރަން ރަން.. އެއީ ބުނި އެއްޗަކީ.. ނޭނގޭ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވެސް .. އެހެން ހުއްޓައި، ދޫނި ފަތްތަކެއް ކޭއްތިގެން ދިޔަފަދަ އަޑެއް ކަންފަތުގައި ޖެހުނީ ވަރަށް ކައިރިން.. އަހަރެން ދުއްވައިގަތީ ދެން.. ވަލުން ނުކުމެވުމުން ފަސް އެނބުރުނީ.. އުއްމީދު ކުރިގޮތައް ބިލާލް ހުރީ..“ ރުއާނާ ބުނެލިއެވެ.
”ސޯ ފަހުން ދުވަހު ލައިބްރަރީއަށް އައި ގަޑީގަ އެހުރީ ބިލާލް ދޯ؟“ ލިއަމް އަހާލުމުން ރުއާނާ ބޯޖަހައިލިއެވެ. ރުއާނާ ދެން ކިޔައިދިނީ ނިމިދިޔަ ހަފްތާގައި އޭނާއަށް އައި ބަދަލެވެ. އަންނަ ގޮތް ނޭނގޭ ގަދަފަދަ ނިދީގެ ޥާހަކައެވެ. ހާއްސަކޮން މި ތިންދުވަހު ހުވަފެން ފެނުނު ގޮތާއި އެއަށްފަހު އަތައް އައި ބަދަލެވެ.
”އަމް ސޯ ސޮރީ ރުއާ.. އައި ޑިޑިންޓް ނޯ އެހެންވެ ކަމެއް ބައްދަލް ނުކުރެވުނީ.. އަމް ރިއަލީ ސޮރީ“ދާދި ދެންމެއަކު، އޭނާއާއި ބައްދަލް ނުކުރި ޝަކުވާ ރުއާނާއާއި ކޮށްލެވުނު ހަނދާންވެފައި ލިއަމް މާފަށް އެދުނެވެ. އެކަމެއް ނޫނޭ ބުނަމުން ރުއާނާ ބޯހޫރުވާލިއެވެ.
”އިޓްސް އޯކޭ އޭ.. މިޙާރު ހުރިހާ ވާހަކައެއް ވެސް މިކިޔައި ދެވުނީ.. ހީވަނީ ބޮލުން ބު ހިލަގަނޑެއް ނަގައި އެއްކައިރިކޮށްލެވުނުހެން.. “ ރުއާނާ ބުންނެވެ. ލިއަމް އެދުނީ އަދި އެއްފަހަރު އަތް ދައްކާލުމަށެވެ.
”އެ އިންޖެކްޝަން ތަކަކީ އަހަރެމެން ނަސްލުގެ މީހުންނަށް އަނިޔާ ވުމުން ކުރާ ފަރުވާ ތަކުގެ ތެރެއިން އެންމެ އާދައިގެ ފަރުވާ.. އެކަމަކު އެއީ އިންސާނަކަށް ކެތްވާނެ ކަމެއް ނޫން.. އެހެންވެ ޖަހަން ނުކެރިގެން ބޭރަށް ނުކުމެ ނުކުމެ އުޅުނީ..އެންމެ ފަހުން އަންކަލްއަށް ގުޅައިގެން ގެނައީ.. ހިތާއި ދެކޮޅަށް އޭގެން ދެފުޅި ގެނެސް އުޅުނީ އައިވީއާއި މިކްސްކޮށްފަ ޖަހަން .. ނަމަވެސް ތައްޔާރު ކޮށްލި ތަނުން އަންކަލް އައީ.. އަހަރެންގެ ހިތެއް ނުބުނޭ އެއިން އެންމެ ފުޅިއެއް ޖެހިޔަސް ނޯމަލް މީހަކަށް ސާވައިވް ވެވިދާނެހެންނެއް.. އަންކަލް އައިގޮތައް ނެގީ ހަތަރު ފުޅި.. އެހުރިހާ އެއްޗެއް ޖެހި އިރު ވެސް ރުއާ އަށް ކެތް ނުވެގެން އުޅުނީމެންނު.. އެކަމަކު އެވަރަށް ވެސް މިބުނާހެން އިންސާނަކަށް ކެތެއް ނުކޮށްލެވޭނެ.. އަނެއްކާ އެހާ އަވަހަށް މުޅި ކުއްޖާ ހަމައަކަށް އެޅެން ފަށައިފި.. އެވަރުން ޝައްކުވާނެ އެންނު.. ދެން އެރޭ ރުއާ ގެއަށް ދިޔައީމަ މަ ވެސް ގެއަށް ދާން ނުކުތީ.. އެކަމަކު އަންކަލް ގުޅާފަ ރުއާ ބަހައްޓާ ދޭން އެދުނީ … އެންމެ ސިކުންތެއް ވެސް އެކަނި ނުކޮށްލައްޗޭ ބުނީ.. ސުވާލް ކުރެވޭނެ ފުރުސަތެއް ވެސް ފޯނު ކަނޑާލާފަ ދެން ފޮނުވީ ގޭގެ އެޑްރެސް.. ދެން ތިގެޔަށް ދިޔަތަނުން އަނެއްކާ ޒައްޔާން ފެނިއްޖެ… އެފަހުން އަންކަލްއަކާއި ވާހަކަ ދައްކާލެވޭ ވަރެއް ނުވޭ.. ޒައްޔާން ވެސް ނުފެނޭ“
”ސޯ ބާރެއްގެ ބޭނުން ނުކުރިއަސް ރުއާއަކީ އަހަރެމެންގެ ތެރެއިން މީހަކަށް ވީތީ އިންޖެކްޝަންތަކުގެ އެހީގައި ސާވައިވް އެ ވެވުނީ.. ދެން މި އަންނަ ބަދަލްތަކާއި ދޭތެރޭގަ އަންކަލްއާއި ޑިސްކަސް ކޮށްފާ ވަކި އެއްޗެއް ބުނެލާނަން.. ހީވަނީ އިންޖެކްޝަންތަކުގެ ސަބަބުން ފަވާރސްތައް އަންނަމުން ދަނީހެން … މިސާލަކަށް ދެންމެ ވެސް.. އެހާ ސްޕީޑް ހުރި މިތަނަށް ވަތްވަގުތު.. މާދަމާ ވާނެ ގޮތެއް ހަދަން .. އޭގެ ކުރިން ޑޯންޓް ފޯސް ޔޯ ބޮޑީ.. ލަސްލަހުން ހަރަކާތްތެރިވާނީ..އޭރުން ކޮންޓްރޯލް ކުރެވޭނީ.. އެއްވެސް ކަމެއް ދަސްކޮށްފަ ނެތީމަ ވަރަށް އުނދަގޫ ވެސް ވާނެ“ ލިއަމް ހުރިހާ ކަމެއް ވެސް ކިޔައިދެމުން ދިޔައެވެ. ހުރިހާކަމަކަށް ރުއާނާ ބޯޖަހައިލިއެވެ. ކޮޓަރިއަށް ދިޔުމުގެ ކުރިން ރާބިއުގެ ހަބަރެއް ނުވާ ވާހަކަ ވެސް ރުއާނާ ބުނެލިއެވެ. އަލާނިއަލްއާއި ބައްދަލްކުރުމަށް ދާން އުޅެނީ ވެސް އެކަމާއިކަމުގައި ބުނެލިއެވެ. ލިއަމް އިތުރު ސުވާލެއް ނުކޮށް ބޯޖަހައިލިއެވެ. އެކަމުގައި އޭނާ އެހީ ވާނެކަމުގެ ޔަގީން ކަން ވެސް ދިނެވެ. އެނބުރި ކޮޓަރިއަށް ވަނުމަށް ރުއާނާ އައީ ނުހަނު ހިތްހަމަ ޖެހިފައި ހުރެއެވެ.
****
ކްލާސް ނިމުމާއިއެކު އީތަން އެރީ ޓެރެހަށެވެ. އޭނާ ބޭނުންވީ ސާފް ވައިކޮޅެކެވެ. ހިތުގައި އުފެދިފައިވީ ނުތަވަސްކަމަށް ދިރުމެއް ވެސް ލިބޭނީ އޭރުން ކަންނޭގެއެވެ. ސްކްރަބްއާއި އާއި އެކު ތިރިން ލާފައި ހުރި ޕޭންޓްގެ ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ ލިފްޓުން ފޭބިގޮތައް އޭނަ ޓެރެހަށް ވަނެވެ. ފުންނޭވާ އަކަށް ފަހު ނޭވައެއް ދޫކުރަމުން އޭނާ ޖައްސާލީ އެތަނުން ސޯފާއެއްގައެވެ.
އީތަން ވިސްނަމުން ދިޔައީ ކައިވެނީގެ ހަބަރާއި އެކު ލިއަމްގެ ގާތައް ދާނެ ގޮތަކާއި މެދުގައެވެ. ލަދުވެސް ގަނެއެވެ. ބިރުވެސް ގަނެއެވެ. ލިއަމް ހުންނަލެއް އަބުއިކަމުން އެކަމުގައި ދެކެފާނެގޮތެއް ނޭނގޭތީވެ ޒާތަކަށް ހިތްތެޅެނީއެވެ. އެމީހުން ފަދައިން މުއްސަންޖަކަށް ނުވާތީ އަނެއްކާ ދެކޮޅު ހަދާފާނެބާއެވެ. ނޫނެކެވެ. ފަގީރްކަމާއި މުއްސަނދިކަން އަޅާ ކިޔާވަރަށް ވުރެން ލިއަމްއަކީ ރަނގަޅު މީހެއްކަން އޭނާ ދަނެއެވެ.
”ހިތައް އަރާފާނެ ދެން ކޮންމެ ފަދަ އެއްޗެއް ވެސް.. ހަހް“ އަނގަޔަށް ވައްތަރެއް ޖައްސާލައިގެން އޮވެ އީތަން ބުނެލިއެވެ. އެހެން އޮތްއިރުވެސް އިޒްވާގެ މޫނުކޮޅު ސިފަވުމުން ތުންފަތުގައި ހިނިތުންވުމެއް ދެމިލިއެވެ.
”ކަލޯ މަޖާ ވާނެ.. އަހަންނަށް ހީވަނީ އޭނައަށް ވިޒިޓް ކުޜާއިރު ކޮންމެ ވައްތަރަކުން ކޭޙެއް ކަންނޭގެ ގެންދަންވީ..“ އީތަން އެހެން އޮތްވާ ސިހުނީ ގާތުން ބައެއްގެ ހުނުމުގެ އަޑު އިވިފައެވެ. ބޯހިތްލާލި އިރު ކީވާން އާއި އަދްރެކް އަދި ޝާއިންއެވެ. އެމީހުންގެ މޫނުތަކުން ކޮންމެވެސް ލާނެތްކަމެއް ކުރަން އުޅޭފަދައެވެ.
”އަހަންނަށް ފެންނަނީ މުޅި ބޭސް ފިހާރަ ގަނެލަން“ ކީވާން ބުނެލި ހިނދު ދެމީހުން ނުހިފެހެއްޓިގެން ހެވެމުން ދިޔައެވެ. އެމީހުންނަށް އީތަން ފެނުނީ ކައިރިއަށް ފަހުންނެވެ.
”އަހާން ޅިއަންބެ.. މިތާގަ ކީއްތިކުރަނީ“ އީތަން ފެނިގެން ކީވަން ނިކަން ހިނިއައިސްފާ ހުރެ އައެވެ.
އީތަން ވިސްނާލިއެވެ. އެތަނުގައި އުޅެ އުޅެ ކީވާންއާއި އޭނާގެ ގުޅުން ނުހަނު ރަނގަޅެވެ. ހާއްސަކޮން އިޒްވާއާއި އެއްކޮން އުޅެން ފެށިފަހުން ގުޅުން އިތުރަށް ވަރުގަދައެވެ. ފަހަރުގައި ކީވާންއަށް ކިޔައިދީފިނަމަ ލިއަމްގެ ގާތައް ދާނެ މޮޅުގޮތެއް ވެސް އެނގިދާނެ ކަންނޭގެއެވެ.
”އަވަދިވަނީނު.. ދޮންބެ ގެ ގާތައް… އައި މީން އިޒީގެ ދޮންބެގެ ގާތައް ދާނެގޮތެއް ބުނެދީބަލަ..“ ހިސާބަކަށް ލަދުން އިނދެވެސް އީތަން ބުންޏެވެ. އެހިނދު ކީވާންއާއި އަދްރެކް ހޭންފެށިއެވެ. ވާނުވާ ނޭނގިފައި އިނީ ޝާއިންއެވެ. އަންހެނުން ވިހައިގެން ޗުއްޓީ ނަގައިގެން އުޅެފައި އޭނާ ވަޒީފާއަށް ނުކުންނަށް ފެށީ މީގެ ދެތިން ދުވަސްކުރިންނެވެ.
”އެއިނީ ލިފްޓް.. ލިފްޓަށް އަރައިގެން އެ ފްލޯއަށް ނިކަން ދޭބަލަ.. ގޮސް ޓަކި ޖަހާލީމަ ހުއްދަ ދޭނެ .. ދެން ވަނީމަ ލިއަމް ފެންނާނެ“ ޝާއިން ޖަވާބު ދިނެވެ. އެ ޖަވާބު އީތަން އާއި ދެން ތިބި ދެމީހުންނަށް ހޭންފެށުނެވެ.
”ކަލޯ އެހެންނެއް ނޫނޭ އެކިޔަނީ… މަ ދެންމެ ޅިއަންބެ އޭ ބުނީމަ ވެސް ނޭނގުނު ދޯ.. ތެޔޮ އަރާފަ ތަ ތިއިނީ .. ހަހަހަ.. އީތަން އާއި އިޒީ އާއޭ..“ ކީވަން އެންމެ ފަހުން ބުނެލިއެވެ. ޝާއިންގެ އަނގަ ހުޅުވުނެވެ.
”އޭންން.. ރަނގަޅު އެއްޗެއްތަ ތިކިޔަނީ؟“
”އެހެންވެތާ އެބުނީ ލިއަމްގެ ކައިރިއަށް ދާން ނުކެރިގެން އުޅޭ ވާހަކަ.. އަޖައިބެއް ނުވާނެ ތަ ޝާއިނޫ“ އަދްރެކްގެ ރާގު ދަމާލާފައި ބުންޏެވެ. އޭރުވެސް ޝާއިން އިނީ އަނގަ ހުޅުވާލައި ގެންނެވެ.
”ކިހިނެތްތަ ވާން ވީ؟ ހެލްޕެއް ވެވޭނީ ވެސް އޭރުންނެއްނު“
“މެރީ ކުރަން މިއުޅެނީ.. އެކަމާއި އިޒީގެ ދޮންބެ އާއި ބައްދަލް ކޮށްލަން އެބަ ޖެހޭ…މިހެންވެ މިއުޅެނީ“ ކީވަންއަށް އީތަން ރައްދެއް ދިނެވެ.
”މްމްމް ތިދެމީހުންނާއި އެއްކޮން ލިއަމްއާއި ރުއާގެ ކައިވެނި ވެސް ކުރުވަން ވީނު.. އެއްގެއެއްގަ އުޅެނިކޮން ގޮތެއް ނުވެ ހުންނާނެތަ“ ޝާއިން ބުންޏެވެ. ކީވާން އާއި އަދްރެކް ހެމުން ދިޔައިރު އީތަން ވާނުވާގައި އިނދެ ސުޥާލް ކޮށްލިއެވެ.
”ވަޓް؟ އެދެމީހުންނޭ؟ އެއްގޭގަ އޭ؟“ އެހައިރާންކަން މަތީގައި އިނދެ އެހުނެވެ.
”ޝާއިން ކަލޭ އެހާ ދުރަށް ނުވިސްނަބަލަ..ހަހަހައްހާ… އެއް ގެއެއްގައި އުޅޭތާ މަހެއްވަނީ މިއޮތް.. އެކަމަކު ލިއަމް އަދިވެސް ނޫޅޭ ރުއާގެ ގާތުގަ ބުނާކަށް.. ދުރުން ހިންޓު ދެނީ.. މިހާރު މަގޭ ހިތައް ވެސް އުނދަގޫވެ އެބަ އެކަމާއި ހުރެ“
”ކޮންކަހަލަ ކުއްޖެއް.. އެހާ ގާތް އިރުވެސް އަންގާ ނުލާ.. ބެސްޓީސް އޯ! މައި ފޫޓް..“ އީތަން އިނީ އެހާ ހިސާބަށް ރުއާނާ ގެންދިޔައިރު ވެސް އެކަން އަންގާނުލުމުން ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޔަގީނުން ވިއްޔާ އިޒްވާއަށް ވެސް ނޭނގޭނެއެވެ. އެހެންނަމަ އީތަންގެ ގާތުގައި ބުނާނެތާއެވެ.
”ނޭނގޭތަ ހަމަ؟ އެހެންވީމަ އިޒީއަށް ވެސް ނޭނގެނީ ދޯ.. އަހަރެމެން ކައިރީގަ ލިއަމްވެސް ނުބުނޭ.. އޮޅިގެން ލިއަމްއަށް ބުނެވުނީ އެޑީގެ ކައިރީގަ.. މީނަ ވެސް ނުބުނަން ހުރެހުރެފަ ހަފްތާއެއް ވީފަހުން އަހަރެމެން ގާތުގަ އަދި ބުނީ.. މާދަމާ ރޭ ބޮނޑިއެއް ދޭން ދާންވެގެން މިއުޅެނީ..“ ކީވާން ބުނެލިއެވެ. އީތަން ސުވާލް ކުރުމުން އެމީހުންގެ ޕްލެއިން އަންގާލިއެވެ. އެއާއިއެކު އެހާ ހިތްހަމަ ނުޖެހިފައި އިންދާ ވެސް ހޭންފެށުނެވެ. ކީވަން ހީހީފައި ކިޔައިދިނީ ، އާލިއާ އެގެޔަށް ބަދަލްވިކަން އެނގުމުން އެމީހުން ވެގެން އޭނައަށް ހެދިގޮތެވެ.
”ބަނޑަށް ތަދުވެއްޖެ ހީހީ.. ރުޅިއެއް ނާންނާނެ ބާ.. އަހަންނަށް ފެންނަނީ ރުއާ ލައްވާ ބޮކްސްތައް ކަނޑުވަން އޭނަގެ ކުރިމަތީގަ“
”އޭ ތި އަދި މާ ސަޅި އައިޑިއާއެއްނު.. މަށައް ފެންނަނީ ތިހެން ހަދަން.. އީތަން އެބަ ޖެހޭ ހެލްޕްއެއް ވާން“ ޝާއިންއަށް އީތަން ބުނެލި ގޮތް ކަމުގޮސްފިއެވެ. އަދްރެކް އާއި ކީވާން ވެސް ޝާއިންއާއި އެއްބަސްވެލިއެވެ. ނަމަވެސް އޭނާ ވަގުތުން ދެކޮޅު ހެދިއެވެ.
”މިއުޅެނީ އިންނަން ހުއްދައެއް ހޯދަން ވެސް ދާން ނުކެރިގެން.. ތިމީހުންނަށް މަ ހެލްޕް ވިކަން އެނގިއްޖެއްޔާ ނޭނގޭ ކައިވެންނަށް އާންބަސް ބުނާނެ ކަމެއް ވެސް“
އެމީހުންނާއި އެކު އިރުކޮޅަކު ވާހަކަ ދައްކަން އިނދެފައި އީތަން އެތަނުން ނުކުތެވެ. އެމީހުން އެތައް ހިޔާލެއް ވެސް ދިނެވެ. ލަސްނުކޮށް އަވަހަށް އެކަމާއި އުޅުމަށް ނަސޭހަތްތެރިވިއެވެ. އީތަން ވެސް ނިންމީ މަޑުނުކޮށް މިއަދު އެކަމާއި އުޅުމަށެވެ. ލޯ މަރާލުމަށް ފަހު މީހާ ހަމަޖެހިލިއެވެ.
އީތަން ލިފްޓުން ފައިބައިގެން ގޮސް ހުއްޓުނީ ލިއަމް އިންނަ ކޮޓަރީގެ ދޮރުމައްޗަށެވެ. ޓަކި ދިން ހިނދު އެތެރެއަށް ވަނުމަށް ދައުވަތު ލިބުމުން ވަނެވެ. ނަމަވެސް ސިހުނީ އެތަނުގައި އިޒްވާ ވެސް ހުރުމުންނެވެ. އިޒްވާ ފެނުމުން އީތަން ލޮލުގެ އިޝާރާތުން އެތަނަށް އައި ބޭނުން އަންގާލިއެވެ. އޭނާ އުޅުނީ އެތަނުން ނުކުމަންނާށެވެ.
“ވެއީޓް. ދެމީޙުން ތިބެގެން ހީވެ މާ ރަނގަޅު ނަތީޖާއެއް ފެންނާނެހެން.“ އީތަން ހިފާލީ އިޒްވާގެ އަތުގައެވެ. އިޒްވާ ދެފަރާތައް ބޯހޫރުވާލީ ލަދުގަނެފައި ހުރި ވަރުނެވެ. އޭނާ ބަލައިލި އިރު ލިއަމް އިނި ޒާތަކަށް ހިނި އައިހެވެ.
އެދެމީހުން ލޮލުން ކުރާ އިޝާރާތްތައް ފެނި ލިއަމް އެތެރެއިން ހިންދާލައިގެން އިންނަތާ އިރުކޮޅެއްފަހުން އޭނާގެ ކުރިމައްޗަށް އަރައިފިއެވެ. އީތަންގެ މޫނުންވެސް ލަދުން ހުރިކަން އެނގެއެވެ. އިޒްވާއާއި އީތަންގެ ގުޅުން ކީވާންގެ ގާތުން އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަހާފައެވެ. އީތަންގެ މަޑުމައިތިރިކަމާއި ރަނގަޅު އަހްލާގު ފެނިފައިވާތީ އޭނާ ހުރީ އެކަމާއި ރުހިގެންނެވެ. ނަމަވެސް އިޒްވާވެސް އިސްވެ އެކަހަލަ ވާހަކައެއް ފަށާފައި ނުވާތީ އޭނާ ވެސް މަޑުން ހުރީއެވެ. ގޮނޑީގެ ލެނގޭ ބަޔަށް ހަށިގަނޑު ދޫކޮށްލައިގެން އިނދެ ލިއަމް ހަށަމް ބަނދެލިއެވެ. އީތަންގެ މޫނަށް ބަލައިލަމުން ބުމަ ހިތްލާލިއެވެ.
”މްމްމް .. ވީ ..މްމްމް.. މީ.. އަހަރެމެން ދެމީހުން މެރީ ކުރަން ބޭނުންވޭ“ އެންމެފަހުން ސިކުނޑީގައި އެއްކުރަމުން ދިޔަ ޖުމްލަ އީތަން ދުލާއި ހަމައަށް ގެނެސްފިއެވެ. އިތަން ބަލައިލި އިރު ލިއަމްގެ މޫނުމަތިން ހިތްހަމަ ނުޖެހުމެއް ނުފެނެއެވެ. އިރުކޮޅަކުން އިނދެފައި ބޯޖަހައިލިއެވެ. ނަމަވެސް އަނގަބަހުން ވަކި އެއްޗެއް ނުބުނާތީ، އީތަންއަކަށް އެކަމުން ނަގާނެ މާނައެއް ނޭނގުނެވެ.
”އިޒީ ؟ އެއްޗެއް ބުނަން ވެފަ އެބަ އިން؟“ ދެތުންފަތް ފިއްތާލާ ބާރުކޮށްގެން ހުރެ އިޒްވާ ދެފަރާތައް ބޯހޫރުވާލިއެވެ. އޭރު އިޒްވާގެ މޫނު ރަތްކަމުން ހީވީ ޓޯމާޓޯއެއްހެންނެވެ.
“އިޒީގެ ހެޕިނަސް އެއީ ދޮންބެގެ ވެސް ހެޕިނަސް.. ދެމީހުން ބޭނުންވަންޏާ އެއްވެސް މައްސަލައެއް ނެތް .. އެކަމަކު އީތަންއާއި ވަކިން ވާހަކަ ދައްކަން ބޭނުން“ ދާން ނުދާން ހުރެފައި އެންމެފަހު އިޒްވާ އެތަނުން ނުކުތީ ހިތާއި ދެކޮޅަށެވެ. އެވެސް ލިއަމް ލޮލުގެ އިޝާރާތުން ދޮރު ދައްކާލުމުންނެވެ.
ލިއަމް ބަލައިލީ އީތަންގެ މޫނަށެވެ.
”ކިހާ ވަރަކަށް އީތަން ލޯބިވޭ އިޒީ ދެކެ؟“
”ވަރަށް ބޮޑަށް“ ތުންފަތް ހަފާލަމުން އީތަން ބުނެލިއެވެ. އެ ޖުމްލައިގެ އަޑު އިޒްވާގެ ކަންފަތައް ފޯރާފާނެކަމުގެ ބިރަށް، ދޮރު ހުރީ ރަނގަޅަށް ލެއްޕިފަތޯ އީތަން ބަލައިލިއެވެ.
”އީތަން އެއީ އަހަރެންގެ ފުރާނަ.. އުއްމީދު ކުރަން ދުވަހަކުވެސް އިޒީގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުފެންނާނެކަމަށް.. އެފަދަ ދުވަހެއް އައިސްފިނަމަ އެއީ ތިގުޅުމުގެ ނިމުން އަންނާނެ ދުވަސް .. އައި ޑޯންޓް ގިވް ސެކަންޑް ޗާންސެސް.. ކޮން އިރަކުން މެރީ ކުރަން ބޭނުންވަނީ؟“ ލިއަމްގެ ޖުމްލަތައް ސާފެވެ. އެއިން ކޮންމެ ޖުމްލައަކުން އިޒްވާދެކެ ލިއަމް ލޯބިޥާ ވަރު ހާމަވެއެވެ. އީތަންއަށް ހީލެވުނެވެ. އޭނާގެ ވެސް އަމިއްލަ ކޮއްކޮއެއް ހުރިނަމަ ކަންވާނީ އެހެން ކަންނޭގެއެވެ. އީތަން ބޯޖަހައިލިއެވެ.
”އިރާދުކުރެއްވިއްޔާ އެފަދަ ދުވަހެއް ނުފެންނާނެ.. އެއަށްވުރެން ބޮޑަށް އިޒީ ދެކެ ލޯބިވޭ.. ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން .. މިއަދު އެކަމާއި އުޅޭނަން.. އޭގެ ކުރިން ބައްދަލް ކުރަންވެގެން މިއައީ“ އީތަން އޮޅުން ފިލުވައިދިނެވެ. އެގތާއި ރުހިގެން ލިއަމްވެސް ބޯޖަހައިލިއެވެ.
****
ހަވީރްވެގެން އައި އިރު ޒައްޔާން އިނީ ދިރިއުޅޭ ގެ ބެލްކޮންޏަށް ނުކުމެފައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޝިއާއަށެވެ. އަންނާނީ މާދަމާ ކަމުގައި ބުނެލި ނަމަވެސް އޭނާ ހުރީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރުންމަތީގައެވެ. ސިކުނޑީގައިވާ ގަޑުބަޑު ގަނޑަށް ލުޔެއް ވެސް ލިބޭނީ އޭރުންނެވެ.
“ހާދަ ކެތްތެރިކަމެއް ނެތޭ ދޯ؟“ ޒައްޔާން ސިހުނީ ފަހަތުން ޝިޔާގެ އަޑުއިވިފައެވެ. އުއްމީދު ވެސް ނުކޮށް ހުއްޓާ ފެނުމުން އޭނަ ދިޔައިވެސް ސިހިގެންނެވެ. ކުރީ ފަހަރާއި ހިލާފަށް މިފަހަރު އޭނާގެ މޫނު ހުރީ ހާމައަށް ފެންނަހެންނެވެ. ޒައްޔާން އަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެހާ ރީތި އަންހެން ކުއްޖެއް އޭނާގެ ހަޔާތުގައި ވެސް އަދި ނުދެކެއެވެ. ކުޑަ މޫނުކޮޅު ޙީވީ އޭނާގެ ހިތައް ޖައްސާލި ސިހުރެއް ހެންނެވެ. ރަތް ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވީ އިރު، ޒައްޔާން ބަލަ ބަލާ އިންދާ އައިސް ކައިރިއަށް ހުއްޓިލިއެވެ.
”ސޮރީ.. ކޮންބައެއް އެގަޑީގަ އެއައީ.. “
”ނީލްގެ މީހުން“
”ނީލް އޭ؟ ކޮން ނީލް އެއް؟ “
”ހޫރައިންގެ ކުރީގެ ފިރިމީހާ.. އޭނައަށް ކިޔަނީ ނީލް އޭ.. ނޭނގޭތަ؟“ ޝިއާ އިތުރަށް ބުނެދިނެވެ. ހޫރައިންއާއި ކައިވެނި ކުރިނަމަވެސް އެ ބުނާ ނީލްއެއްގެ އެއްވެސް މައުލޫމާތެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ޔަގީން ވަނީ ޒައްޔާންގެ ކާފަމެން ކިޔާ އުޅުނީ އެނަމުން ނޫން ކަމެވެ. ހަނދާންވާ ގޮތުގައި އެމީހުން މުހާތަބްކޮށް އުޅެނީ ’އަދަން‘ ގެ ނަމުންނެވެ. ހައިޜާންވެގެން ޒައްޔާން ދެވަނަ ފަހަރަށް އެހުނެވެ. ނަމަވެސް ތަކްރާރް ކޮށް ސިޔާ ދިނީ އެޖަވާބެވެ.
”ކީއްވެތަ އެމީހުން ތި އާއިލާގެ ފަހަތުން އެއުޅެނީ؟އަހަރެން ހުރީމޭ ހެނދުނު އެ ގަހުގަ އެމީހުން އައިސްފާނެ ކަމަށް..އެކަމަކު އެމީހުން، މަ މީ އެތާގަ ހުރި މީހަކަށްވެސް ހަދާނުލާ ދިޔައީ..“ ޒައްޔާޏް ބުނެލިއެވެ.
”ޔާހް .. އެމީހުން އެ ހޯދަނި އަހަރެންގެ ބައްޕަ.. ސަބަބަކީ ނީލްގެ ހަގީގަތް ބައްޕައަށް އެނގުނީމަ.. އަހަރެންގެ ކައިރީގަ ވެސް ބައްޕައެއް ނުކިޔާ ހުރިޙާ ވާހަކައެއް… އެއިން ކަމެއްގެ ސަބަބުން އަހަންނަށް ކަމެއް ވެދާނެތީވެ“ ޝިޔާ ކިޔައިދެމުންދިޔައެވެ.
”އެހެންވީމަ ތިއީ މިރެއިލްގެ ދަރި އެއް ދޯ..“
”ޔާހް..މިރެއިލްގެ އަންހެން ދަރިފުޅު..“
”ކޮބާ ފިރިހެން ކޮއްކޮ؟ ހެނދުނު ބުނީމެންނު“
”ހީ އިޒް ދެއާރ.. ”އެހެން ބުނެލި އިރު ޝިއާގެ ދެލޮލުން މޮޅިވެރިކަމެއް ފެނުނެވެ. ޒައްޔާން އިތުރަށް ސުޥާލް އުފެދުނެވެ. ޝިޔާގެ ފިރިހެންކޮއްކޮއާއި އެގެޔާއި ހުރީ ކޮން ގުޅުމެއް ބާއެވެ.
”ކޮންތާކު؟.. އައި ނީޑް އޭން އާންސްވާރ.. މްމްމް؟“
”އެގެޔަކާއި އެއްވެސް ގުޅުމެއްނެތް… އެގެޔަކީ ކޮއްކޮ އެންމެފަހުން އަހަރެމެންނާއި ބައްދަލް ކުރިތަން.. ބައްޕަ ރިގްރެޓް ކުރޭ ކޮއްކޮ އަހަރެމެން ދޫކޮށް ދިޔަ ދުވަހުން ސުރެން.. އެހެންވެ މިތަނަށް ބައްޕަ އައިސް ހުންނަނީ“ ޝިއާ އޮޅުން ފިލުވައިދިނެވެ.
”އެހެންތަ.. ކޮއްކޮ ނިޔާވީތަ؟“
”ނޫން އެބަހުރި ދުނިޔޭގަ.. ހަމަ އެއް ފަސްގަނޑެއްގަ.. އަހަރެމެންނާއި ވަރަށް ކައިރީގަ “ ޝިޔާގެ ދެލޮލަށް ޖަމާވެގެން އައި ކަރުނުތައް ޒައްޔާންއަށް ފެނުނެވެ. ނަމަވެސް ޒައްޔާން އިނީ ސުވާލްތައް ހުއްޓާ ގޮތަކަށްނޫނެވެ. ޝިޔާގެ ކޮންމެ ޖަވާބަކާއި އެކު އިތުރު އޮޅުންބޮޅުން ގަނޑަކަށް ޒައްޔާން ދިޔައީ ވެއްޓެމުންނެވެ.
”ވަޓް ؟ ކީކޭ ތިކިޔަނީ؟ ތިއަށް ވުރެން ސާފް ވާހެން ކިޔައިދީފާނަންތަ؟“ ޒައްޔާންއަށް ބުނެވުނެވެ. ކަރުނައިގެ ތެރެއިން ވެސް ޝިޔާ ހީލިއެވެ.
”ދިމާވި ކަމެއްގައި ބައްޕައާއި ގުޅުން ކަނޑާލުމަށްފަހު، ކޮއްކޮ އިންސާނުންގެ ތެރޭގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ.. ބައްޕައަށް ވެސް އެނގޭ ބައްޕަގެ މިސްޓޭކްކަން.. އެކަމާއި ވާ ދެރައިން ބައްޕަ މިތާގަ އައިސް އެހުންނަނީ.. އެކަމަކު މިހާރު ބައްޕައަށް ތެދުވެ އުޅެވޭވަރަށް ވުރެން ބަލިކަށިވެއްޖެ..ވަރަށް ބޮޑަށް ބަލިވެއްޖެ.. ހަމައެކަނި އެދެނީ އަބަދުގެ އަބަދަށް ދެލޯ މަޜާލުމުގެ ކުރިން، އެއް ފަހަރު ނަމަވެސް ކޮއްކޮ ދެކިލަން .. އަހަރެން ކައިރީގަ ހަމައެކަނި އެނދުނު އެދުމަކީ އޭނަ ގެނެސްދިނުން.. އެކަމަކު އަހަރެން ނުވޭ އޭނާ ހޯދަން ދާ ހިތެއް.. އެހެންވެ އަހަންނަށް ވެސް މިތާގަ ހުރެ ހުރެފަ ދެވެނީ އަނބުރާ“ ރުއުމުގެ އަޑު އަނގައިން ބޭރު ނުކުރި ނަމަވެސް ކޮށްފައިވާ އަސަރު ޒައްޔާން ދެނެގަތެވެ. އޭނާއަށް ތުންފަތުގައި ދައިގަނެވުނެވެ. އެކަމުން ޒައްޔާންއަށް ވަރަށް އުނދަގޫ ވިއެވެ.
”ބައްޕަ މާފަށް އެދެން ދިޔުމުން ވެސް މޫނު މައްޗަށް ދޮރު ޖެހީ ..އިތުރަށް މާފަށް އެދެން މިތަނަށް އައިސްފިނަމަ އާއިލާގެ ބާކީ ތިބި މެމްބަރުންނާއި ވެސް ގުޅުން ކަނޑާލާނެކަމަށް ބުނީ.. މަންމައާއި ގުޅުން ކަނޑާލާފާނެ ކަމުގެ ބިރަށް ބައްޕަ ނުދާންފެށީ.. އަހަރެމެން އެންމެނަށް ވެސް އެނގޭ އޭނާ ކުރަން ބުނެފި ކަމެއް ކުރާނެކަން…“ ޝިޔާ އިތުރަށް ކިޔައިދިނެވެ. މިރެއިލްގެ ހާލަތު އިޙްސާސްވެ ޝިޔާ އިތުރަށް ދެރަވެއެވެ. ކޮއްކޮގެ ބޯހަރުކަން ކެނޑިގެންދާނީ ކިހިނަކުން ބާއޭ ވިސްނާ ވިސްނާ އޭނާވެސް ހުންނަނީ ބޮލުގައި ރިއްސައިގަނެފައެވމިރެއިލްގެ ބަލިބޮޑުވީ ވެސް އެކަމާއި ވިސްނަމުން ގޮހެވެ.
”އަމް ސޮރީ… “
”އިޓްސް އޯކޭ..އެނީވޭޒް، ހޫ އާރ ޔޫ؟ ބައްޕަ ބުނި ގޯސް ޒުވާނެއް ނޫން ކަމަށް.. ހީވަނީ ޖާސޫސް އެއް ކުރަން އުޅޭހެންނޭ ބުނި.. މިތާގަ ކޮންމެ ދުވަހަކު ހުންނަނީ ކީއްކުރަން؟ ބައްޕައާއި ގުޅުމެއް ނެތް ކަމަށް ބައްޕަ އަންގަނީ.. އެކަމަކު ތީނަ ކީއްވެ ބައްޕަ ފަހަތުން ތި މުގޯލި އަޅަނީ؟“ މޫނުމަތި ސާފްކޮށްލަމުން ޝިއާ އެއްސެވެ. ޒައްޔާންގެ ތުންފަތުގައި ހިނިތުންވުމެއް ދައުރުވެލިއެވެ. ކުރުގޮތަކަށް އަމިއްލަ ތައާރަފްއެއް ޒައްޔާން ދިނެވެ.
”މްމްމް.. ގުޑް ކްއެޝަން.. ތި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އިތުރު އެއްޗެއް އަހާލާނަން… މިރެއިލްއަށް ބަލާލާފަ އެނގޭ އަހަރެމެންގެ ބައްޕަ އޭޖް ދަރިއަކު ނަމަވެސް ހުރެފާނެހެން.. ތިދެމީހުން ނޫން އިތުރު ދަރިއެއް ހުރޭތަ؟ މިބުނީ ޝިއާއަށް ވުރެން ބޮޑު؟“
”އަހަހަ.. ނޫނޭ.. އަހަރެންގެ ބައްޕައާއި މަންމަ ކައިވެނި ވެސް ކޮށްފި އަށާރަ އަހަރުގަ.. ދެމީހުންނަށް ދަރިއެއް ނުލިބި އެތައް އަހަރެއް ވީފަހުން އަހަރެން ލިބުނީ.. އޭރު ދެމީހުންގެ އުމުރުން ސާޅީސް ސާޅީހުންވެސް މާ ބޮޑަށް މަތިވެއްޖެ.. އަހަންނަށް ހަތާވީސް އަހަރު މިހާރު … ބައްޕަ އާއި މަންމަ ވަރަށް ލޯބިވާނެ އަހަރެމެން ދެބެން ދެކެ ވެސް.. އެހާ ދުވަހަށް ފަހު ދަރިއަކު ލިބުނީ.. އެކަމަކު ވެސް އެ ބޯ ހަރުގަނޑަށް އެނގުނީ އާއިލާއާއި ގުޅުން ކަނޑާލަން“
ޝިއާގެ ވާހަކައިން ޒައްޔާންއަށް ’އޯހްހް‘ އޭނ ބުނެލެވުނެވެ. ޝިޔާއަށް ބަލާލާފައި، އޭނާ ދޮގު ހަދާ ކަހަލަ އެއްވެސް އަސަރެއް ނުފެނެއެވެ. އެ ބޮޑު ދެލޮލުގައިވީ ޒާތެއްގެ ރިހުމެކެވެ. ވޭނެކެވެ. ބަހެއް ނުބުނެވި އިންދާ އޭނާ ކުރި ސުވާލް ޒައްޔާން ގާތު އަނެއްކާ ވެސް އަހައިލިއެވެ.
ޒައްޔާން ވިސްނާލިއެވެ. އޭނާ ދައްކަން ގަސްތުކޮށްގެން ހުރި ވާހަކަ ހަމަ ބުނަންވީބާއޭ ހިތައް އެރިއެވެ. ނަމަވެސް އެއިން ސުޥާލެއް ޝިއާއާއި ކޮށްގެން ޒައްޔާންއަށް ޖަވާބު ލިބދާނެބާއެވެ. އޭނާ ބޭނުންވީ ސީދާ މިރެއިލްކުރެން އަހާށެވެ.
”މިރެއިލް ވެރިކަމުން އެހާ އަވަހަށް އިސްތިއުފާ ދިނީ ކީއްވެ؟“ ޒައްޔާން އެއްސެވެ.
”އެއީ މިބުނާ ކަންތައް ހިނގީމަ، ކޮއްކޮ ގެއިން ނުކުމެ ގުޅުން ކަނޑާލި ހިސާބުން.. “ ޝިއާ ހިތިގޮތަކަށް ހީލިއެވެ.
”ކިޔައި ދެވިދާނެތަ، ކޮން ކަންތައްތަކެއް ކަން؟ ކަމެއް ހިނގީތަ؟“
”ބައި އެނީ ޗާންސް، ޒައްޔާން ތިއީ އިޒާންގެ އާއިލާތަ؟ ނޫނީ ހޫރައިންގެ އާއިލާތަ؟ “ ޝިއާ އިނދެފައި ކޮށްލި ސުވާލާއި އެކު ޒައްޔާން ސިހިއްޖެއެވެ. ޝިއާ އެ އަހާލީ ހާދަ ގޮތަކަށެވެ. އަނެއްކާ އެކަންތައް ޝިއާއަށް ވެސް އެނގެނީބާއޭވެ. އެކަމަކު ކީއްވެހެއްޔެވެ. ޒައްޔާންއަށް ޝިއާގެ ދެލޮލަށް ގެއްލިފައި އިނދެވުނެވެ.
”ވަޓް؟ހަ..ހަ..ހައު؟… ކިހިނެތް އެނގުނީ؟“
”ސޯ ޔޫ އާރ؟ އެއީތަ ޒައްޔާން މިގެއާއި އޮތް ގުޅުމަކީ؟ އެއީތަ އަހަރެންގެ ބައްޕަ ހޯދާ ސަބަބު؟ ބުނެބަލަ ކޮބާތަ މިގެއާއި އޮތް ގުޅުމަކީ؟ މި ވީކްގަ އަހަރެން ޒައްޔާންއަށް ފާރަލީން.. ދުށިން އަލާނިޔަލް ބޭބެއާއި ބައްދަލް ކުރަނިކޮން.. މިގެ ކުރިން ބައްޕަ ބުނި، ޒައްޔާން އަށް ބައްޕަ ފެނުނު ދުވަހުގެ ފަހުން، ބައްޕަގެ ހާއްސަ އަޅަކު ފޮނުވައިގެން ބެލިބެލުމުން ރާބިއުގެ ގާތުގަ ހުރިތަން ފެނުނުކަމަށް.. ރާބިއު އަކީ ހޫރައިން ފަހުން އިން މީހާ“
”ހާދަ އޮޅުން ބޮޅުން ވެއްޖެއޭ.. ތިތާގަ ނެތް އަހަންނާއި ދުރު މީހެއް.. އެންމެ ގާތް އެކުވެރިޔާގެ ބައްޕަ އާއި މަންމަ އަދި އަހަރެންގެ މަންމައާއި އެއްބަނޑު އެއްބަފާ ދައްތަގެ ވާހަކަ ތިބުނަނީ“ ޒައްޔާން ބުންޏެވެ.
”ވަޓް؟ އެތާގަ ހައްޔަރުގަ އެ ތިބީ ޒައްޔާންގެ ހޯލް ފޭމްލީ؟“ ޝިޔާއަށް އެހުނެވެ. ޝިއާގެ މޫނުގައިވެސް އިންތިހާ ދަރަޖައިގެ ހައިރާންކަމަކަމާއި ވަރުގަދަ ސިހުމެކެވެ. މިފަހަރު ޒައްޔާން އަކަށް މަޑަކުން ނުހުރެވުނެވެ. ތެޅިގަނެފައި ޝިޔާއާއި ދިމާލަށް އެނބުރި ލެވިއްޖެއެވެ. ޝިއާގެ ކޮނޑާއި ހިސާބަށް ޒައްޔާންގެ އަތް ހަރަކާތް ކުރިއެވެ.
”ޓެލް މީ އެވްރީތިންގ؟“ ޒައްޔާން ހުރީ ހިސާބަކަށް ތުރުތުރުވެސް އަޅައިގަނެފައެވެ. ޝިއާގެ ކޮނޑަށް ފިތެމުން ދިޔައީ ކިހާ ބާރަކަށް ކަން ވެސް އިޙްސާސް ވީ އޭނާއަށް އަނގައިން އަޑެއް ލައްވާ ލެވިގެންނެވެ. އަވަސްއަވަހަށް ދުރުވެލަމުން ދެވަނަ ފަހަރަށް ޒައްޔާން އެއްސެވެ.
”އެ ގޭގެ ބިއްދޮށަށް ޥާހެން، މާ ދުރުނޫން ހިސާބެއްގައި އޮންނާނެ ވަރަށް ރީތި އޮއި ދެމޭ ކޯރެއް.. އެތަން ބަލަން، އަހަރެމެން އޭރު ވަރަށް ގިނައިން ދިޔައިން.. އެންމެ ގިނައިން ކޮއްކޮ އަންނާނީ.. ބައެއް ދުވަސް ދުވަހު ގޮވައިގެން ބައްޕައަށް ނާދެވޭތީވެ، ނޯކަރުން ކުރެ މީހަކާއި އެކު އަންނާނެ.. އެގޮތެއް އައި ދުވަހެއްގަ.. ކޮއްކޮއަށް އިވުނީ އެވަރުގެ އަންހެން ކުއްޖަކު ރޯ އަޑު.. އަޑު އަންނަ ދިމާލަށް ނޯކަރާއި އެކު ދަނިކޮން ފެނުނީ އަންހެނަކު ހައްޔަރު ކޮއްގެން ގެންދާތަން .. އެހެން ހުއްޓާ ރަތްކުލައިގެ ހެދުން ކޮޅެއް ލާފަ ހުރި އަންހެން ކުއްޖަކު ރޮނިކޮން ދުށްކަމަށް ބުނީ. އެކުއްޖާއަށް ވަރަށް އަނިޔާ ކޮށްފަ ހުރީ.. ރަނގަޅަށް ނުވެސް ހިނގޭ ކަމަށް ވަނީ.. ކޮރު ޖަހަމުން ދުވެފަ ގޮސް އެ އަންހެން މީހާ ސަލާމަތް ކުރަން އުޅުނީ.. އެ އަންހެން މީހާ މިބުނީ ހޫރައިން.. އޭރު ހޫރައިންގެ ހޭވެރިކަމެއް ނެތޯ.. ހުސް މޫނު ނިވާ ކޮށްގެން ތިބި މީހުން ތިބީ.. އެހެންވެ މީހެއްގެ ސޫރަ ވަކި ވާވަރެއް ނުވި.. އެމީހުންގެ ބައި ބޯ ކަމުން ފެނިއްޖެޔާ ސަލާމަތް ނުވާނެތީވެ ފިލައިގެން ތިބީ.. ކޮއްކޮ އަކީ ކުޑަ ކުއްޖެއް …ދެން ހުރީ ނޯކަރު އޫޒް.. އޭނާއަށް ގޮތެއް ވެދާނެތީ އޫޒްއަކަށް ވެސް ނުކެރުން ދާކަށް… އޫޒް ނުދާން އެދުނީމަ ވެސް ކޮއްކޮ ދާން ގަދަ ހަދާލި .. އެންމެ ފަހުން އޫޒްއަށް ޖެހުނީ ކޮއްކޮގެ ގައިގަ ހިފަހައްޓަން.. ވަރަށް ބިރުކުޑަ ޖެހިލުން ކުޑަ ފިރިހެންކުއްޖެއް އެއީ.. މީހަކަށް އަނިޔާވެރިވެގެން ދާނަމަ އޭނައަކަށް ބަލާކަށް ނުހުރެވޭނެ.. އެތަނުން މީހަކު ހޫރައިންއަށް އަނިޔާ ކޮށްކޮށްފައި ގޮވި ކަމަށްވޭ ހޫރައިންގެ ނަމުން.. އެހެންވެ އެއަންހެން މީހާއަށް ކިޔަނީ ހޫރައިން ކަން އެނގުނީ.. ދެން އެތަނަށް އައީ އިޒާން.. އަދި އޭނާގެ އަންހެނުން..އަހަންނަށް ވެސް އަދި ކޮއްކޮއަށް ވެސް އިޒާން އެނގޭނެ.. އެއީ ބައްޕައާއި ގާތް ގުޅުމެއް އޮންނަ މީހެއް..އެތައް ފަހަރަކު ފެނިފަ ހުރި މީހެއް“ ޝިޔާ ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ޒައްޔާން އަށް ހީވީ ދުނިޔެ އެނބުރެމުން ދިޔަ ހެންނެވެ. ހޫރައިންއާއި އެކު ހައްޔަރުކުރި ދެމަފިރިންނަކީ އިޒާންއާއި ޒީވާ ހެއްޔެވެ. އެކަމަކީ އެއީ ކީއްވެގެން ހެއްޔެވެ. ބޯ ހާސްވި ވަރުން ޒައްޔާންއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.
***
(ނުނިމޭ)


Comments (3)
Fathsays:
ޑިސެމްބަރ 5, 2025 at 06:23VVVV reethi mibaives ❤️❤️❤️❤️
Malhersays:
ޑިސެމްބަރ 5, 2025 at 11:59Ohh noesss
🫨🫨🫨
Shafsays:
ޑިސެމްބަރ 12, 2025 at 14:55Waiting for next part 😭😭