ހިރާސް 2 (13)

”ވެއިޓް!  ޝުޑް އައި ފުލްފިލް ޔޯ ޑްރީމް؟“ ރުއާނާގެ އަތުގައި ލިއަމް ހިފާލަމުން ހުއްޓުވިއެވެ. އޭރު ރުއާނާ ހުރީ އިސްޖަހައި ގެންނެވެ. އިތުރަށް އެ ރީތި އަންހެންކުއްޖާ ލަދު ގަންނަވާލަން ހިތް އެދެމުންދިޔައެވެ. އުއްބައްތި ސްޓޭންޑާއި ދިމާލައް ރުއާނާ އެނބުރިގެން ހުރިމުން އެމޫނާއި ތުންފަތުގައި ވީ ރަތްކަން އެއަލީގެ ތެރެއިން ފެންނަމުން ދިޔައެވެ. ހާދަ ރީއްޗެވެ. ލިއަމްގެ ދެފައި ހަރަކާތް ކުރިއެވެ. ރުއާނާގެ އަތައް ދަމާލަމުން ކައިރިވެލަމުން އެ ހިމަ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ހިނދުހީވީ ވަށައިގެންވާ މާހައުލު ވެސް ފުސްވެގެން ދިޔަހެންނެވެ.

***

ރުއާނާގެ ހިތެކޭ އަރަބި އަހަކޭ އެއްވަރެވެ. އެހާ ވެސް ހަލުވި މިނުމުގައި ހިތް ތެޅެމުން ދިޔައިރު އެއްހަމަ އެއްގައި ނޭވާލުންވެސް ވީ ދަތި ކަމަކަށެވެ. ލިއަމްގެ ގައިން އަރަމުން ދިޔަ މީރުވަސް ނޭފަތް ހިޝާރު ކުރިއެވެ. އޭނާއަށް ފަހުމް ނުވާނެ ހާ ސިއްރުން އެ ވަސް އެތެރެއަށް ދަމާލެވުނެވެ. އެ ތޫނު ދެލޮލުން ރުއާނާގެ މޫނަށް އެހާ ގާތުން ބަލަމުން ދިޔަގޮތުން ، ކެތް ނުކޮށްލެވިގެން އިސް ޖަހައިލިއެވެ. ނަމަވެސް ލިއަމްގެ އަތުން ރުއާނާގެ މޫނުގައި ހިފާ ތެދުކޮށްލި ގޮތަކަށް ކުރިޔަށް ވުރެން ވެސް ގާތްވެލިއެވެ. ޖެހި ފިތިގެން ކަހަލަ ގޮތަކަށް ތިބެވުނު އިރު ، އޭނާގެ ހިތުގެ ތެޅުމުގެ އަޑު ލިއަމްއަށް ނީވި ނުދާނެކަމާއި މެދު ވެސް ޝައްކު އުފެދުނެވެ.

”ލި..ލިއަމް“ ހުރެވުނު މަގާމް އިޙްސާސްވެ ރުއާނާގެ ދެތުންފަތް ހަރަކާތް ކުރިއެވެ. ލިއަމްގެ މޫނު ފަހަރަކަށް ވުރެން ފަހަރެއް ކައިރި ކުރަމުން ދިޔަ ގޮތުން ދެލޯ މެރިގެން ދިޔައީ ހުވަފެނެއްގެ ތެރެއަށް ފީނައިގަނެވުނު ފަދަ ގޮތަކަށެވެ.

”ޓެލް މީ ޓް ސްޓެޕް ބެކް.. އޯރ އަމް ނޮޓް ސްޓޮޕިންގ..“ ރުއާނާގެ ކަންފަތް ދޮށުން އިއްވާލިއެވެ. ލިއަމްގެ އަޑު އެހާ މަޑެވެ.  މުޅި ކުއްޖާ ފިނިވެ ހީބިހި ހަލުވާލި އިރު، ހަށިގަނޑުގައި ވީހާ ލެޔެއް ހީވީ އެ މޫނަށް ޖަމާވެފައި ހުރި ހެންނެވެ.

”މްމްމް މި..މް-“ އެއްޗެއް ބުނެވުނުގެ ކުރިން ރުއާނާގެ ހަރަކާތް ހުއްޓުނީ ލިއަމްގެ ހިތް އެދެމުން ދިޔަ ކަންތައް ކުރުމުންނެވެ. އެހިމަ އުނަގަނޑުގައި ލިއަމްގެ ވަރުގަދަ ދެއަތް އަޅުވާލައިގެން ހުރި އިރު ރުއާނާއަށް ވެސް ދިޔައީ އެކަމުގައި ބައިވެރި ވެވެމުންނެވެ. އެހިސާބުން ފެށިގެން ބެލްކޮންޏަށް ނުކުމެވުނު ގޮތް ވެސް ނޭނގެއެވެ. ކުރީންސުރެން ބެލްކޮނީގައި ލިއަމް ޖަހާފައިވާ ”ބްލެވާރޑް“ ލަވައިގެ ރާގު މަޑުގޮތަކަށް ހަރުލާފައިވީ އިރު، އިހުނަށް ވުރެން ދެމެދުގައި ވީ އިޙްސާސްތައް ހަލަބޮލި ކުރުވަމުން ދިޔައެވެ. ލިއަމްގެ ކޮންމެ ބީހިލުމަކަށް ރުއާނާއަށް ވެސް ހިތުން ރުހުމުން މަރްހަބާ ކިޔެމުން ދިޔައެވެ. ބިއްލޫރި ބިތުގައި ރުއާނާ ތަތްކޮށްލާފައިވީ އިރު ދުރުވެލީ ނޭވާ ކޮޅަށް ދިޔަފަހުންނެވެ.ހުވަފެނީ ދުނިޔޭގައި ފީނަމުން ދިޔަ ދެ ޒުވާނުންނަށް ހަމަހޭވެރިކަން ލިބުނެވެ.

ދުރުވެލަމުން ލިއަމްއަށް ރުއާނާގެ މޫނަށް ނަޒަރެއް ދެވުނެވެ. އެ މޫނުގެ ރަތްކަމަށް ވުރެން އެތުންފަތުގެ ކުލަ ވަކިން ގަދަހެން ހީވެއެވެ. ލިއަމްގެ ބޮޑުވާ އިނގިލިން ރުއާނާގެ ތުންފަތުގެ އިނގިލި ހާކާލިއެވެ. އެދެލޮލުން ރުއާނާގެ މޫނަށް ބަލަން ހުރިގޮތުން ހީވީ ބަސްމޮށުންތެރި ކަމަކާއި ނުލާ ވެސް، އޭނާގެ ހިތުގައިވާ ހުރިހާ ޝުޢޫރެއް އެއްފަހަރާ ބޭރުކޮށްލެވޭތޯ މަސައްކަތް ކުރަމުން ދިޔަހެންނެވެ.

”އަ ޑްރީމް ކޭމް ޓްރޫ.. ރައިޓް މިނިއަން؟“ ލިއަމްގެ އަޑުން، ރުއާނާ ގަތީ ލަދެވެ. އޭނާގެ އަތުގެ ތެރެއިން ވީއްލިގަނެގެން ދުވެލާފައި އެ ކޮޓަރިން ބޭރަށް ނުކުތެވެ.

ރުއާނާގެ ފަހަތުން ދާން އުޅެފައި ވެސް ލިއަމް މަޑު ޖެހިލިއެވެ. ނުފިލާ ހިނިތުންވުމެއްގައި ހުރިއިރު އަމިއްލަ ތުންފަތުގައި އިނގިލި ހާކާލެވުނީ ދެންމެ ހިނގާދިޔަ ކަންތަކުގެ މަތިން ހަނދާންވެފައެވެ. “ އިޓް ވޯޒް ޓޭސްޓީ“ އެއްމިޔަކަނުން ހީލައިގެން ހުރެ ބެލްކޮނީގެ ދޮރު ލައްޕާލަމުން ކޮޓަރީގެ ތެރެއަށް ވަނެވެ.

އެނދުމައްޗަށް ޖެހިގަނެވުނު އިރު ، މޫނުމަތީގައި ބާލީހެއް އަޅައިގެން ރުއާނާއަށް ތޫލިއަޑަކުން ހަޅޭއްލަވައިގަނެވުނެވެ. “ އާހްހްހް“ ލިއަމްގެ އަތުތެރޭގައި ހުރެވުނުގޮތް ހަނދުމަވެ އަނެއްކާވެސް ހަޅޭއްކެއް އަޑު ބޭރުވިއެވެ. ލަދުން މުޅި ކުއްޖާ ހުރީ ދާހިއްލާގަނެފައެވެ.

”ހައު އޭމް އައި ސަޕޯސްޑް ޓް ފޭސް ހިމް ޓްމޯރޯ؟  އާހްހްގް.. ދިޒް އިޒް ކްރޭޒީ!…އިޓް ވޯޒް މައި ވެރީ ފަސްޓް ކިސް.. އޯހް ގޯޑް!“ ބާލީހުގައި ބޮލުން  ތަޅަން ފެށިގޮތައް ، އެންމެފަހުން ބަންޑުން އޮތްތާލިއެވެ. ލޯމަރާލި ހިނދު ހީވީ ލިއަމްގެ ނޭވާގެ ވަސް އަދިވެސް އޭނާގެ ނޭފަތުކުރީގައި ހަރުލާފައި ވާހެންނެވެ. ހިނދުކޮޅެއް ކުރިން ހިނގާދިޔަ ކަންތަކުން ރުއާނާގެ ނަފްސަށް ކުރުވާފައިވަނީ ބުނެދޭންވެސް އުނދަގޫ އިޙްސާސްއެކެވެ. ނިދުނީވެސް އެތައް އިރަކު އެހެން އޮތްފަހުންނެވެ.

 

ފަތިސް ނަމާދުގެ ކުރިން ރުއާނާ ތެދުވިއެވެ. ރޭގައި ނުނިމުނު ފިލާވަޅުވެސް ނިންމަން ވެފައިވާތީ އޭނާ ބޭނުންވީ، ވީހާ ވެސް އަވަހަކަށް އެކަމާއިގެން އުޅޭށެވެ. އަނެއްކޮޅުން ނަމާދުކޮށްގެން މަޑުނުކޮށް ހޮސްޕިޓަލަށް ދިޔުމަށް އޭނަ ރެއިންސުރެން ވަނީ ’ޕްލޭން‘ ކޮށްފައެވެ. މިއަދު އެއްވެސް ވަރަކަށް ލިއަމްއާއި ހަތަރުކަޅި ހަމަކުރާކަށް ލާހިކެއް ނޫނެވެ. އަނެއްކޮޅުން އެ މަސައްކަތާއި ބެހޭ ގޮތުން އެކައްޗެއް ވެސް އޭނާއަކަށް ނޭނގެއެވެ. މީހެއްގެ އެހީއެއް ނުލިބި އެކަމެއް ނުޥާނެއެވެ.

އީތަން އުޅޭނީ ހޭލައިގެން ކަން އެނގޭތީ ގުޅާލިއެވެ. ދެތިންފަހަރަކު ރިންގްވިތަނާ ނަސީބަކުން ފޯނު ނަގައިފިއެވެ.  ”އީތޫ.. ކެން ޔޫ ހެލްޕް މީ ޕްލީޒް؟ އަމް ޑައިންންގގ“ ފަހުބަސް ރާގަކަށް ފައްތާލަމުން ރުއާނާ ވާހަކަ ދެއްކިއެވެ. އަދި އޭނާގެ ފިލާވަޅަށް އެހީއެއް ވުމަށް ބުނެދިނެވެ.

”އަސްތާ މިއޮތް ފަދަ ހެދުނާތަ.. އަނެއްކާ ގޮވާލި ނަން.. އީތޫ އޭ.. ކޮން އީތޫ އެއް“ އީތަންއަށް ދިޔައީ ރުއާނާ ގޮވާލި ގޮތުން ހެވެމުންނެވެ.

”އަޅާނުލާ އަހަރެން މިވަގުތު މި އިނީ ނިކަން ބޮޑަށް ބޯ ގޮވާފަ.. އެހެންނޫނަސް ކިހާ ލޯބި ނަމެއްތަ.. ފޮނިވެސްވާ މީހެކޭ މި އަދި.. ދެން ހެލްޕް ވެދީބަ ނުހީ“  ރޮވޭ ފާޑަކަށް ރުއާނާ ވާހަކަ ދެއްކިއެވެ. އީތަންގެ ހުނުން ވީ އިތުރެވެ. އީތަން އެދުނީ ނަމާދުކޮށްގެން ކޮލެޖަށް ދިޔުމަށެވެ. އެތަނުން އޭނާ ބައްދަލްކުރާނެ ވާހަކަ ބުނެލިއެވެ. އެންމެ ރަނގަޅު ކަމަށް ބުނެ ރުއާނާ ފޯނު ބާއްވާލިއެވެ. އަވަސްވީ ގޮތަކުން ބެލީ ތައްޔާރު ވެލެވޭތޯއެވެ. ފެންވަރާލައިގެން ނުކުމެ އެންމެ އަވަހަށް އަތުޖެހުނު ރަތްކުލައިގެ ގަމީސްކޮޅާއި ކަޅު ޖީންސް ލިއެވެ. މިނިވަން ކަމާއި އެކު ފަން އިސްތަށިގަނޑު ވަޔަށް ވިހުރެން އޮތީ ދޫކޮށްލާފައެވެ. އެހުރިހާ ވަގުތަކު އޭނާގެ ފުރިހަމަ ސަމާލުކަންދީގެން ހުރީ ޖެހިގެން ހުރި ކޮޓަރިން އިވިދާނެ އަޑަކަށެވެ. ތައްޔާރުވެވުމުން އެންމެ މިނެޓެއްވެސް ލަސްނުކޮށް ދަބަސް ހިފައިގެން ރުއާނާ ބޭރަށް ނުކުތެވެ.

ރުއާނާ ސިހުނީ ލިއަމްގެ ކޮޓަރީގެ ދޮރުގައި ތަތްކޮށްލާފައި އިން ނޯޓުކޮޅު ފެނިފައެވެ.ލިއަމް ހޭލީބާއޭ ހީވެ ހިސާބަކަށް ޖެހިލުން ވެފައި ހުރެމެ އޭގައިވާ އެއްޗެއް ކިޔާލަން ކައިރިވެލިއެވެ.

”ފޯނު ބަލާލައްޗޭ..“ލިއަމް ޖަހާފައިވަނީ ހަމައެކަނި އެހެންނެވެ. ނިތް އަރުވާލައިގެން ހުރެ ރުއާނާ އަމިއްލަ ފޯނު ހުޅުވާލިއެވެ. އަނެއްކާ ލިއަމް ފޮނުވައިގެން އެއުޅެނީ ކޯއްޗެއް ހެއްޔެވެ.

”ބީ އިން ދި ލައިބްރަރީ …އެޓް ޓޫ.. އައި ވޯންޓް ޔޫ ދެއާރ!“ މެސެޖް ކިޔާލި ހިނދު ރުއާނާގެ ގައިން ހީބިހި ހަލުވާލިއެވެ. ”ކޮންފަދަ މެސެޖެއް.. ވައި ޑޫ ހިޒް މެސެޖްސް ގިވް މީ އަ ސްލައިޓް، ޑާރކް ރޮމޭންސް ވައިބް ؟“  މޭގައި އަތް އަޅައިގެން ހުރެ ދަބަހުގެ އެތެރެއަށް ފޯނު ކޮށްޕާލަމުން ރުއާނާ  ނުކުތެވެ.

***

ޒައްޔާން މަޑުކޮށްލައިގެން ހުރީ ވަލުތެރޭގައި އެކަހެރިކޮން ހުންނަ ފަޅުގޭ ފެންނަ ހިސާބު ތަންކޮޅެއް ދުރުގައެވެ. ގިނަ ދުވަސް ވުމުން ގޭގެ ބޭރު ފެންނަނީ ފުދޭވަރަކަށް ވީރާނާ ވެފައިވާ ތަނެވެ.  ބޭރަށް ހިނގާލާ އެންމެ ކަޅިއަކުން، ގޭގެ އެތެރެ ވެސް އޮންނާނީ އެފަދަ ގޮތަކަށް ކަން ޔަގީންވާނެއެވެ.  ގޭގެ އިން ވަކިން ކުރުމަށް ހުރި ވަށާފާރުން ކޮންމެވެސް ވަރަކަށް ނޫކުލަ ފެންނަން ހުރުމުން ކުރިން އެއީ ނޫކުލަ ލާފައި ވާ ތަނެއްކަން ހާމަވެއެވެ.

އެއީ ކުރިން ވެސް އޭނާ އެތަނަށް އާންމުކޮން އައިސް އުޅުނު ގަޑިއެވެ. އަދި ރަނގަޅަށް އިރު ނާރާތީ ހުރީ ފަނޑު އަނދިރިކަމެވެ. ބިޔަ ޕައިން ގަސްތަކުގެ ތެރެއިން، ވަކިން ފާންގަސްތަކުން ޖަންގަލި ހެދިފައިވާ ހިސާބަކަށް ވެފައި ބޯ ދުންފިނީގެ އަސަރާއި އެކު ގަސްތަކުގެ ފަތްތަކުން ފެނިތިކިތައް ފެންނަމުން ދިޔައެވެ. މާހައުލުގައި ހިފާލާފައިވަނީ ސިކުނޑި ތާޒާ ވާ ފަދަ ގުދުރަތީ މީރުވަހެކެވެ.  ދޭތެރެއަކުން ޖަންގަލިތޭރޭގައި އުޅޭ ބާވަތް ބާވަތުގެ ޖަނަވާރާއި ދޫނި ސޫފާ ސޫފީގެ އަޑުން ހަމަހިމޭންކަން ކެނޑެއެވެ. ޕައިންގަހެއްގެ ބިއްދޮށުގައި ޒައްޔާން މަޑުކޮށްލައިގެން ހުރި އިރު ދޭތެރެއަކުން ކަޅިއެއް އެކި ކަންކޮޅުތަކައް ދަތުރުކޮށްލައެވެ.

އެއްވެސް ކަހަލަ ހިލަމެއް ވޭތޯ އޭނާ ފާރަވެރިވެގެން ހުންނަތާ އިރުކޮޅެއް ފަހުން ގޭގެ ކުރިމަތިން ހާމައަށް އޮތް ސަރަހައްދު ފުސްވާން ފަށައިފިއެވެ. ހުދުކުލައިގެ ދުންތައް ބޯވެފައި ހުރިއިރު އާދަޔާއި ހިލާފަށް ވައި ވެސް ހުއްޓވެ. ދުންފިންޏާއި އެކު ނުތެމި ހުރި ފަތްތައް ކޮޅުކޮޅަށް ހޫރެމުންދާތާ އިރުކޮޅެއްފަހުން ވައިރޯޅި މަޑުވެ ދުންތައް ވެސް ސާފްވިއެވެ. އެތަނުގައި މަޑުކޮށްލައިގެން ހުރީ ޒުވާން ފުރައިގެން އަންހެން ކުއްޖެކެވެ. ޒައްޔާންއަށް ލިބުނު ހައިރާންކަމުގައި އަނގަހުޅުވުނެވެ.

އޭނާގެ މޫނު ފެންނަ ގޮތެއް ނުވެއެވެ. ކަޅުކުލައިގެ ދޯޕައްޓާއެއް ބޮލާއި އެކު އޮޅާލާފައިވީ އިރު މޫނުންވެސް އޮތީ ފޮރުވާލާފައެވެ. މަޑު މުށިކުލަ އަކަށް ދާ އިސްތަށިގަނޑު ދޯޕައްޓާގެ އެތެރެއިން ތިރިއަށް ސޮހިފައި އޮތެވެ. އޭނާ ލައިގެން ހުރި ހެދުމުގެ އުނގަނޑާއި ހަމައިން ހިމަވެފައި، ދިގު ފަސްބައި ދިޔައީ ބިންމަތީގައި ކޭއްތެމުންނެވެ. ޒައްޔާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިން ނުދަންނަ އަންހެން ކުއްޖެއް ނަމަވެސް ފަހަތުން ފެނުނު އިރުވެސް އެހާ އަޅައިގަންނަ ގޮތެއް ހުއްޓެވެ. އެއީ ކާކުބާއެވެ. އޭނާ އެތަނަށް އައީ މިރެއިލް އާއި ބައްދަލްވާނެ ގޮތެއް ވޭތޯއެވެ. ނަމަވެސް މިދިމާވީ އެއަށްވުރެން ހައިރާންކަމުން ފުރިގެންވާ ފަދަ ކަމަކާއިއެވެ.

”ހޫ އިޒް ޝީ؟“ ޒައްޔާންގެ ދެތުންފަތް ހަރަކާތްކުރިއެވެ. އަންހެންކުއްޖާ އެނބުރިލީ މިހެއްގެ ހިލަން ވީހެން ހީވެގެން ކަންނޭގެއެވެ. ޒައްޔާނުއަށް އެ މޫނުން ފެނުނީ ހަމައެކަނި މަޑުފެހިކުލައިގެ ދެލޮލެވެ. ސިހުނުވަރުން ތެޅިގަނެވިއްޖެއެވެ. ވަގުތުން އަންހެން ކުއްޖާ ވެސް ތެޅިގަތެވެ. އިތުރަށް ފޮރުވުމުގެ މާނައެއް ނެތްތާއެވެ. ލައިގެން ހުރި އަލިކުލައިގެ ލެދާރ ޖެކެޓްގެ ހުޑް ބައި ބޮލަށް ވައްޓާލައިގެން، ފިލާފައި ހުރި ގަހުގެ ފުރަގަހުން އޭނާ ނުކުމަތެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒައްޔާން އެދިމާލަށް ދިޔައީ ވިދުވަރެއްހާ ހަލުވިކޮންނެވެ. ނަމަވެސް އޭނާ މާ ހަލުވިއެވެ. ބޮޑުވެފައިވާ ދެލޮލަކުން ބަލަން ހުރެފައި، ޒައްޔާންއަށް ވުރެން ހަލުވި ކޮން ވައިގެ ތެރެއަށް އަރައިގެން ދިޔައެވެ. އެއާއި އެކު ކަޅުކުލައިގެ ދިހުން ކުލައިގެ ވަރައެއް އޭނާގެ އުނަގަނޑުން ތިރިއަށް ކެހިގެން ދިޔައެވެ. ޒައްޔާން ވެސް ވައިގެ ތެރެއަށް އަރައިގެން ދިޔައެވެ. އަޅިކުލައެއްގެ ވަރައެއް އޭނާގެ އުނަގަނޑުން ތިރިއަށް ކަޝްފުވެގެން ދިޔައިރު ވައިކަފާލާފައި އުދުހެމުން ދިޔައެވެ. ނަމަވެސް އެ އަންހެންކުއްޖާ އޭނާއަށް ވުރެން އެތައް ގުނައެއް ހަލުއްވެއެވެ. އޭނާއާއި އިންޗިއެއް ކައިރިވުމާއި އެކު ހެދި ނުހެދިއެއް ނޭނގުނެވެ. ދުވެލި ބާރުކޮށްލި ގޮތައް ޒައްޔާންއަށް ވެސް ފެނުނީ އަލިކޮޅެއް ފަދައިންނެވެ.

”ވަޓްޓް؟.. ނޯ ވޭ..! “ އެއީ އާދައިގެ އިންސާނަކަށް އެ ނަސްލުގެ މީހަކު ފެންނާނެގޮތެވެ. ލަސްލަހުން ފަނޑުވަމުން ދިޔަ އަލިކޮޅަށް ގެއްލި، މައްޗަށް ކަޅި ހުއްޓުވާލައިގެން ޒައްޔާންއަށް އެތައް އިރެއް ވަންދެން ހުރެވުނެވެ. މިއީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ.

ޒައްޔާން އެނބުރި އައިސް މަޑުކޮށްލީ އެގޭގެ ފުރާޅު މައްޗަށެވެ. އޭނާ ބަލަން ބޭޏުންވީ އިތުރު މީހަކު އައިތޯއެވެ.ނަމަވެސް އެއްވެސް ދިމާލަކުން އެކަހަލަ  ހިލަމެއް ނުވިއެވެ.

”ކިހިނެތް މިވީ؟ ވަޓް ޑިޑް އައި މިސް؟ ކޮބާތަ އޭރު ކޮންމެ ދުވަހަކު މިތަނަށް އަންނަ މިރެއިލް؟ އަނެއްކާ އެއީ މިރެއިލްގެ ދަރިއެއްބަ؟ ހަމަ އެ މަޑުފެހި ކުލައިގެ ދެކަޅި.. ކޮންމެވެސް ގޯހެއް އެބައުޅޭ.. ހޯދާފަ ނޫނީ ނުހުއްޓާނަން“ މިރެއިލްގެ ބަދަލްގައި މިއަދު މިފެނުނު ޒުވާން އަންހެން ކުއްޖާއާއި މެދު ޒައްޔާން ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ. އަޑި ނޭނގޭ ސިއްރުތަކެއް ވާކަން އޭނާއަށް ކަށަވަރެވެ. އެކަމަކު މިމީހުންނާއި އެގެޔާއި ގުޅެންވީ ގޮތެއް ނުވިސްނުނެވެ. ޒައްޔާން ނިންމީ މާދަމާ ވެސް އެގަޑިއަށް، އެތަނަށް އައުމަށެވެ. ހަގިގަތް ހޯދުމަށް، އެނޫން އިތުރު ވަކި ގޮތެއް ވެސް ނެތެވެ.

****

ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން ހެނދުންސުރެން އިޒްވާގެ ބޮލުގައި ހުރީ ރިއްސާ  ގޮތްވެފައެވެ. މެންދުރު ފަސްވިފަހުން ލިބުނު ހުސްވަގުތު ކޮޅުގައި އޭނާ އޮތީ ޓެރެހުގައި ބިއްލޫރި ފެންސަކުން ހިޔާކޮށްފައިވާ ހިސާބުގައި ހުރި ސޯފާއެއްގައެވެ. އަތްގަނޑުގައި ބޯ އަޅާލައިގެން އޮތް އިރު، ސޯފާގެ ހުސްޖާގަޔަށް ދެފައި އަރުވާލައި ރަނގަޅަށް ހަމަޖެހިލައިގެންނެވެ. ދެލޯ މަރައިގެން އޮތީ ގަޑިއިރަކަށް ނަމަވެސް ނިދާލެވޭތޯއެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ބޭސް ގުޅައެއް ނުކާލައި އެތަނަށް އާދެވުނު މޮޔަ ވެސް ހީވިއެވެ.  މިއަދު ކްލާހުން ދިމާވި ގޮތައް އީތަންއާއި ރުއާނާގެ ހަބަރެއް ވެސް އަދި ނުވެއެވެ. ހީވާ ގޮތުން ދެމީހުން ސާޖަރީއަކަށް ދިޔައީއެވެ.

ހަށަމް ބަދެލައިގެން އޮތް އިރު މޮޅިވެރިކަމެއްގެ އަސަރު ވެސް ފެންނަމުން ދިޔައެވެ. ނުވިސްނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިޒްވާއަށް ހަމަ ވިސްނެމުން ދަނީ ނޫހް އިއްޔެ ކީ އެއްޗިހިނާއި މެދުއެވެ. ދެރަވަނީއެވެ. މާޒީއަށް ފިލަން ކުރާ މަސައްކަތް ބޭކާރުވަނީ އެ ސުންޕާ ނޫހްގެ ސަބަބުންނެވެ. ގެއަށް ގޮސްފިއްޔާ ކޮޓަރިން ބޭރަށް ވެސް އޭނަ ނުކުންނަ ހިތެއް ނުވެއެވެ. މިހާރަކަށް އައިސް އާދަޔާއި ހިލާފަށް ގިނައިން ނޫހް ގެއަށް ވެސް އާދެއެވެ. ހެނދުނު ހޮސްޕިޓަލަށް އައުމުގެ ކުރިން ވެސް އެންމެ ފުރަތަމަ ވެސް އިޒްވާއަށް ފެނުނީ ނޫހްގެ މޫނެވެ. އައި  ރުޅިން އަލުން އަނބުރާ ކޮޓަރިއަށް ދޮރު ޖެހި ގޮތައް އޭނާ ނުކުތީ ނޫހް ދިޔަކަން ޔަގީންވެގެންނެވެ.

އެހެން އޮއްވާ ފިޔަވަޅު ތަކެއްގެ ހިލަން ވިއެވެ. މާޔޫސް ކަން ފޮރުވާލުމަށްފަހު ހިނިތުންވުމެއް ވެރިކުރުވީ ރުއާނާ ނޫނީ އީތަންއަށް ވެދާނެކަމަށް ހީކޮށެވެ. އިރުކޮޅެއް ކުރިން އެމީހުންނަށް މެސެޖަކުން އެތާގައި އޮތް ވާހަކަ އަންގާލިއެވެ.

”ހާދަ މާޔޫސް ވެފަ .. އީތަން ނާންނަނީތަ މ**ނ.. “ ސިހުނީ އިވުނު ނޫހްގެ އަޑުންނެވެ. ނޫހް ބުނެލި ލަދުކުޑަ ބަހުން އިޒްވާގެ މޫނުމަތިން ރުޅިވެރިކަން ފެންނަން މާގިނަ އިރެއް ނުނެގިއެވެ. ނަމަވެސް އެއްޗެއް ބުނަން ނުހަދާ، ޖެހިގެން އޮތް ސޯފާގެ އަތްގަނޑުގައި އަޅުވާލާފައި އޮތް އޭނާގެ ކޯޓް ހިފައިގެން އިޒްވާ ދިމާ ކޮށްލީ އެތަނުން ނުކުމެގެން ދާށެވެ.

ނޫހް އެއަށް ވުރެން ހުށިޔާރެވެ. ހީވީ އެފަދަ ކަމަކަށް މާކުރިން ތައްޔާރުވެގެން ހުރިހެންނެވެ.

”ކޮންތާކަށް ދާން؟ މަ މިހުރީ އޭ ކުރިމަތީގަ؟“

”މިދަނީ އީތަން ކައިރިޔަށް ތިބުނި ގޮތައް ކަންކުރަން.. ކަޑަ؟“ އިޒްވާ ވެސް ބުނެލީ ޖެއްސުމުގެ ރާގެއްގައިއެވެ. ނޫހްގެ ދެބުމަ ޖޮށްޖެހިގެންދިޔައެވެ.

“ޕްލެއިންގ ވިތް ފަޔާރ؟ ހައު ކުޑް ޔޫ!.. މާ ބޮޑަށް ޖެލެސް ވާތީވެ ބުނެވުނީ އޭ.. ބުނީމަ ބުނާ ގޮތް ހަދައިގެން ބަސްއަހައިގެން ހުރެބަލަ.. މީގެކުރިން ވެސް ހުރީއެއްނު.. ދެންވެސް ހުރެބަލަ.. ނޭނގެނީތަ އަހަރެން ލޯބިވާ ވަރު… އަހަންނަކަށް ކެތެއް ނުވޭ އިޒީގެ މޫނު ފެންނަން ހުރެމެ ދުރުގަ މިހެން ހުންނާކަށް.“ ނޫހްގެ ބަސްމަގު ހުރިގޮތުން އިޒްވާގެ ރުޅި ދެގުނަވެ އޭނާގެ އަތް ހަރަކާތް ކުރިއެވެ. ނޫހްގެ މޫނުމައްޗަށް އަރުވާލި ހޫނު އެތިފަހަރާއި އެކު ވެސް އެނާއަށް ގުޑުމެއް ނައެވެ. ނަމަވެސް ތަދުވިކަން އެ ދެލޯ ހެކި ދިނެވެ.

”ކަމެއްނު..“ ވީ ތަދުން ނޫހްގެ ދެލޮނުން ހީވީ ތަރިބުރައިގެން ދިޔަހެންނެވެ. އަޅާއިލުމެއް ނެތި އިޒްވާ އަނެއްކާ ވެސް ދާނ އުޅެން ފެށުމުން  އޭނާ ގެ ރުޅިގަނޑު ހިލިގަތެވެ. އިޒްވާގެ އަތުގައި ހިފާ ގާތައް ދަމާލި ގޮތަށް ގެނެސް މޭގައި ތަތް ކޮށްލިއެވެ.

“ދޫކުރޭ .. ނޫހް.. ހަމަ މިހާރު ދޫކުރޭ.. އަހަރެންގެ ގެ ގައިގަ އިނގިލި ކުރި ޖައްސާލުމުގެ ވެސް   ހައްގެއް ކަލެއަކަށް ނޯންނާނެ .. ދޫކުރާށޭ“ އިޒްވާ ގަދަ ހަދަމުން ދިޔައެވެ. ނަމަވެސް ނޫހް އޭނާ ފަހަތައް ގެންދިޔަ ބާރުމިނުގައި ގެން ގޮސް މަތަކޮށްލީ ފާރުގައި ޖައްސާފައެވެ. އިޒްވާގެ ކަރުދޮށުގައި ނޫހްގެ ތުންފަތް ބީއްސިގެން ދިޔަ ހިނދު ނޭވާ އުފުރިގެން ދާނެ ފަދައަކުން ހަޅޭއްލަވައިގަތެވެ.

”ދޫކުރާށޭ!..  އަޑެއް ނީވޭތަ!.. ދޮންބޭ.. އާހްހް“ އިޒްވާ ކުރަމުން ދިޔަ އާދޭހަށް ބެލުމެއް ނެތި ނޫހް ކުރިއަށް ވުރެން ވެސް ބޮޑަށް ގާތްވަމުން ދިޔައެވެ. ރޮމުން އާދޭސް ކުރަމުން އިޒްވާ ބެލީ ގަދައެއް ހެދޭތޯއެވެ. ނޫހް ހިފަހައްޓައިގެން ހުރިގޮތުން އެކަމަށް ވެސް ނުހަނު އުނދަގޫ ވިއެވެ.

”ނުކުރާނަން! އިވިއްޖެތަ! އަހަންނަށް ނުލިބުނު ފުރުސަތު އީތަން އަކަށް ވެސް ނުލިބޭނެ! ބ*އެއްނު.. މަޑުން ހުރެބަލަ“ އެންމެފަހުން ނޫހް ގަދަކަމުން އިޒްވާގެ ގައިގާ ބައްދާލިއެވެ. އޭނާ ކުރަން އުޅުނު ކަންތައް ކުރިއެވެ.

ކެނޑި ނޭޅީ އިޒްވާ ގަދަ ހަދަމުން ގޮސް ، ދުރުނުވެވުމުން ކުރީ އެވަގުތު ކުރުމަށް ވިސްނުނު ގޮތަށެވެ.

”އާހްހް“ ތުންފަތައް ވެގެން ދިޔަ ތޫނު ތަދުން އިޒްވާގެ ގައިން ނޫހް ދޫކޮށްލިއެވެ.  އޭރު އޭނާގެ  ތުންފަތުގެ އެއް ފަރާތު އަރިމަތިން ތަންކޮޅެއް ހަލާކުވެ ލޭ އައިސް ހުއްޓެވެ. އިޒްވާ އެންމެ ސިކުންތެއް ވެސް ލަސް ނުކޮށް ދުވެލާފައި އެތަނުން ނުކުމެގެން ދިޔައެވެ. ލިފްޓު ނާންނަނީސް، ނޫހް ޓެރެހުގެ ދޮރުން ނުކުތްތަން ފެނުނެވެ.

ފޯނުން އީތަންގެ ނަމްބަރު ހޯދުމަށްފަހު ޑައިލް ކޮށްލިތަނުން ނަސީބަކުން ފޯނު ނަގައިފިއެވެ. އޭރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ.

”ހޭއި މިދަނީ މައްޗަށް.. ލިފްޓުގަ މިހުރީ.. “

”އީތަން އަވަހަށް އާދެބާ.. އިޓްސް ނޫހް އެގެއިން..“

”މިދަނީ މައްޗަށް .. ޖަސްޓް ވެއިޓް ދެއާރ.. “ ނޫހްގެ ނަން އިވުމާއިއެކު، އީތަންގެ މަޑުމައިތިރި އަޑަށް ވެރިވެގަތީ ގަދަފަދަ ރުޅިއެކެވެ. އިތުރަށް އީތަންއަށް އެއްޗެއް ބުނެވުމުގެ ކުރީގައި އިޒްވާގެ ފޯނުއަތުލާފައި ކަނޑާލިއެވެ.

 

”އައްދޭ ފިލަން ދެވޭނެ ކަމަށްތަ ހީކުރީ! ހީކުރަނީތަ އަހަރެންގެ އަތްދޮށުން ސަލާމަތް ވެވޭނެ ކަމަށް“ ނޫހް ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ. އިޒްވާ ރޮވިފައި ހުރެ ދެފަރާތައް ބޯހޫރުވާލެވުނެވެ. އިޒްވާއަށް ބެލެމުން ދިޔައީ ލިފްޓު ހުއްޓޭނެ އިރަކަށެވެ. އެންމެ ތިރިން އެހާ މައްޗަށް އަންނައިރު ފުދޭވަރަކަށް ވަގުތު ވެސް ދާނެތާއެވެ. ނަމަވެސް އޭރު ހުރީ ފުދޭވަރަކަށް ކައިރިވެފައެވެ.

”އަންކަލްއަށް ތިޙާ ހަޔާތްކުޑަ ދަރިއެއް ހުންނަކަން އެނގިއްޖެނަމަ ޔަގީނުން ވެސް ދެރަ ވާނެ.. ޝޭމް އޮން ޔޫ“

”ހަހްހަހްހާ.. ޝޭމް ވާކަށް ނުޖެހޭނެ ލޯބިވަންޏާ އެއް..“

”އެހެންތަ ހީކުރީ.. ޔީލާ ކައިރީގަ އޮންނަން ދޭބަލަ “ ހުއްޓުނު ލިފްޓުގެ ތެރެއިން އީތަން ނުކުމެގެން އައިގޮތައް ނޫހްގެ އުނަގަނޑުގާ ކޮޅު ފައިން ޖެހިއެވެ. ނުވިސްނާ ހުރުމުން މީހަކު އައިކަމެއް ވެސް ނޭނގުނެވެ. ވަމުން ދިޔަ ތަދުން އޭނާ ތެދުވަތް ވަގުތު އަނެއްކާ ވެސް އީތަންގެ ހަމަލާއިން ތިރިވިއެވެ. ދެތިން ބޮނޑި އޭނާގެ މޫނުމައްޗަށް އެރި އިރު  ވާނުވާ ނޭނގޭ މިންވަރަށް އޮތީ ބުރާންތިވެފައެވެ.

”ކީއްކުރީ އޭނަ..؟ ބުނޭ…!“ ނޫހް އޮތްގޮތައް ބާއްވާފައި، އީތަން ހުއްޓިލީ އިޒްވާގެ ގާތަށެވެ. އެ މޫނުގެ ދެފަރާތުން ހިފާލަމުން މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. އީތަން އައިސް ހުރި ރުޅިވެސް އިޒްވާގެ ކަރުނުތައް ފެނި ވަތްތަނެއް ނޭނގުނެވެ.

”ހީ ކިސްޑް މީ.. ފޯސްފުލީ..“ އީތަންގެ އަޅާލުން އިޙްސާސް ވުމާއިއެކު އިޒްވާއަށް މާބޮޑަށް ރޮވުނެވެ.

”ކޮންތާކަށް؟“ އިޒްވާ އިޝާރާތް ކޮށްލީ ކަރާއި ތުންފަތަށެވެ. އޭނާއަށް ވާހަކަ ނުދެއްކުނީއެވެ. އިޒްވާ ތުންފިއްތާލާފައި ކުރިއަށް ވުރެން ބޮޑަށް ރޯންފެށި ގޮތުން އީތަންގެ ގާތައް އައިސް ހުރި ރުޅި ވީ އިތުރެވެ. އެ ރުޅީގައި މީހަކު މަރާލެވުނަސް ނޭނގޭނެއެވެ. އިޒްވާގެ ކައިރިން ދުރަށް ޖެހިލާފައި ދިޔަ ބާރުމިނުގައި ނޫހްގެ އަނގަމަތީގައި ފައިން ޖަހާލިއެވެ. ނޫހްގެ ގައިގެ އެތަން މިތަނުގައި ލޭތައް ހުއްޓެވެ. ވަމުންދިޔަ ތަދުން ނޫހް ހަޅޭއްލަވަމުން ދިޔައެވެ.

އިޒްވާ ހުރީ ސިހިސިހިއެވެ. އީތަން އެހާ ބާރުހުރި ހަމަލާތައް ނޫހް ފަދަ ޒުވާނަކަށް ދިންގޮތެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ރުއިން ވެސް ހުއްޓުނެވެ. އިޒްވާއަށް ބަލަން ހުރެވުނީއެވެ. އީތަން މާ ބޮޑުވަރު ކުރަން ފެށުމުން  އޭނާގެ ދެފަޔަށް ބާރު ލިބނެވެ  އީތަންގެ އަތުގައި ހިފާ ހުއްޓުވަން އުޅުނެވެ. ނަމަވެސް ކާމިޔާބު ވާގިތެއް ނުވިއެވެ.

”އީތަން ޕްލީޒް.. ދޫކޮށްލާ.. ޕްލީޒް“ އީތަން ހުއްޓުނީ އޭނާގެ ފަހަތުން އިޒްވާ ބައްދާލުމުންނެވެ. އެ ނޫންނަމަ ނޫހްގެ ހުރިޙާ ގުނަވަނެއް ހަށިގަނޑާއި ވަކި ކުރެވުނީހެވެ.

”ޓަޗް ހާރ އަގެއިން، ނޫހް… އެންޑް އައި ޕްރޮމިސް ޔޫ، އައި ވޯންޓް ޖަސްޓް ސްޓޮޕް ޔޫ..  އައިލް އިންޑް ޔޫ!.. ޝީ އިޒް މައިން!“ ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ، އީތަން ދިން އިންޒާރަށް މިފަހަރު ނޫހް ސިހިއްޖެއެވެ. އެދެލޮލުން ފެނުނީ އޭނާ ބިރުގަންނުވާލާ ފަދަ ވިދުވަރެކެވެ. ހީވީ ލޮލުން އަލިފާން ކަނި ބުރައިގެން ދިޔަ ހެންނެވެ.

އެތަނުގައި މަޑުނުކޮށް އިޒްވާގެ އަތުގައި ހިފައިގެން އީތަން އެރީ ލިފްޓަށެވެ. އީތަން އަށް ބަލައިލެވުނީ ދެމީހުންގެ ގުޅުވާލެވިފައިވާ ދެއަތަށެވެ. ހިތައް އުފާވެރިކަން ވަތް ނަމަވެސް، ނޫހް އެކުރި ކަންތައް މަތިން ހަނދާންވެ ހިތައް އުނދަގޫ ވަމުން ދިޔައެވެ. އީތަންގެ ތޮބީއަތު އެކީ ވަނީ ގޯސްވެފައެވެ.

ހިނގާދިޔަ ކަންތަކުގެ ސަބަބުން، އިޒްވާގެ މޫނުމަތި ވަނީ މިލާފައެވެ. އެހެން ހުރެފައި އީތަންގެ އަތުން އިޒްވާ އަތް ނައްޓުވާލަން އުޅުނު ހިނދު އީތަން އެއަތައް ބާރުކޮށްލިއެވެ. ހީވީ ދުވަހަކުވެސް އެއަތުން ދޫނުކޮށްލާނެކަން އަންގާލަ ދިންހެންނެވެ.

”ޔޫ އޯކޭ..؟“

“އިފް ޔޫ ސްޓޭ ވިތް މީ، އައިލް ބީ އޯކޭ“ އިޒްވާގެ ޖަވާބް ސާފެވެ. އީތަންއަށް ކުރާ އިތުބާރު އެދެތިން ބަހުން އެކަނިވެސް ޙާމަވެއެވެ. އީތަންގެ ހިތައް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ.

”އަމް ހިޔާރ .. ދުވަހަކު ވެސް ދުލެއް ނުކޮށްލާނަން.. އައި ޕްރޮމިސް“ އީތަންގެ ޖުމްލައިގެ އަޑު އިވި، މިފަހަރު އެއަތައް ބާރުކޮށްލީ އިޒްވާއެވެ.

”އިޒީ.. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ.. މިރޭ އެއްކަލަ ޕާކްއަށް ދާން އޯކޭ ވާނެ ދޯ.. “ އިޒްވާ ބޯޖަހައިލަމުން ކިހަ އިރަކުތޯ  އަހައިލިއެވެ.

***

މަސައްކަތުގެ އުޅެފައި ރުއާނާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އެތެރެއަށް ވަތް އިރު އިޒްވާގެ މޭޒުމަތީގައި އޭނާގެ ބައެއް ސާމާނުތައް ހުރިތަން ފެނުމުން، ހޯދާލިއެވެ. ޗޭންޖިންގ ރޫމުގައިވެސް އިޒްވާ ފެންނާކަށް ނެތެވެ.

ރުއާނާގެ މޭޒުމަތީގައި، ކުރީންސުރެން ބާއްވާފައި އާފަލު އެއް ހިފައިގެން ކުޑަ ދޮރުގެ ތިރީ ކައިރިފަށުގައި އިށީންދެވޭނޭ ހެން ހުރި ’ވިންޑޯސިލް’ގައި އިށީންދެލިއެވެ. ރުއާނާ ބަލައިލީ ބޭރެވެ. އެތައް ދުވަހަކަށް ފަހު އިރުގެ އަލިކަން މިއަދު ލިބިއްޖެއެވެ. އެހިސާބުން ގަހެއް ފެންނަން ނެތްނަމަވެސް ، އިރުގެ ރަން ދޯދިތައް ކުޑަދޮރުގެ ހަނި ދޭތެރެތަކުގެ ފުރޭނިގެން އައިސް އައިސް ހުއްޓެވެ. އާފަލް އަނގަޔަށް ޖަހައިގެން ހުރެ، ފޯނު ނަގައި ބަލައިލީ ރާބިއުގެ މަތިން މިއަދު މާ ބޮޑަށް ހަނދާންވާތީއެވެ. ރާބިއު ދިޔަ ފަހުން ޒައްޔާން ވެސް އޭނަގެ ލޮލަށް އަދި ނުފެނެއެވެ. ފޯނަށް ގުޅި ނަމަވެސް ނަގަނީއެއް ނޫނެވެ. މިދެދުވަހު ދިހަވަރަކަށް ފަހަރަށް ޒައްޔާންގެ ފޯނަށް ގުޅިއްޖެއެވެ.

”ބައްޕައަށް ކަމެއް ދިމާ ވީތަ؟ ނޫން.. ނޫން.. ހިތައް އަރާ އެއްޗިސް… ދިޔަ ފަހުން ފޯރޑޭސް ވަނީ ސްޓިލް ނޯ ނިއުސް … ވީކްއެއް ވަންދެން ބަލާފަ ނައިސްފިއްޔާ އައި ހޭވް ޓް ޑޫ ސަމްތިންގް..ނޫން ވީކް އެއް  ލަސް .. މިހާރު ވެސް ދާންވީ ކަންނޭގެ ޑޮކްޓާޜ އަލާނިއަލް ކައިރިއަށް“ ހަމަޖެހިލައިގެން އެކަމާއި ނުވިސްނާ ހުންނަން މަސައްކަތް ކުރި ނަމަވެސް ނުހުރެވެއެވެ. ރާބިއު ވީ ކިޙާ ހިސާބެއްގައި ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ދެރަ ގޮތެއް ނުވޭތޯ ދުއާ ތާ އަބަދު ދުޢާ ކުރެވެއެވެ.

”ޑޮކްޓާރ ކައިވަން އާއި ޑޮކްޓާރ އަލާނިއަލްއަށް ވެސް ވަކި އިނގޭނެ ހެނެއް ހިއެއް ނުވޭ.. ބައްޕައަކީ ކޮންމެ ކަމެއް ކުރިއަސް ސިއްރުން އުޅޭ މީހެއް.. ފަހަރުގައި އެނގި ވެސް ދާނެ ކަންނޭގެ.. އެންމެ ފަހުން ޑޮކްޓާރ އަލާނިއަލް ދޯ ހުރީ ވެސް ބައްޕަގެ ކައިރީގަ.. ކިހިނެތްބާ ހަދަންވީ.. ޝުޑް އައި ވިޒިޓް ހިމް؟“ ފާރުގައި ބޯޖައްސާލަމުން ރުއާނާއަށް ދެލޯ މަރާލެވުނެވެ. ހަލަބޮލިވެފައިވީ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނީ ވެސް އަލާނިއަލްއާއި ބައްދަލް ކުރެވިގެންނެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައި ހުއްޓެވެ.

”ބައްޕަ ނެތިއްޔާ ހާދަ ދެރަވެއޭ.. އެއީ ހުރި މީހަކީ ވެސް.. އައި ފީލް ސޯ ލޯންލީ ވިތްއައުޓް ހިމް“ ދެލޯ މަރައިގެން އިންދާ ވެސް ފެންކަޅިވަމުން ދާ އިޙްސާސް ކުރެވުނެވެ. ރޯލަން ބޭނުންވެފައި އިނދެމެ ވަރަށް މަސައްކަތުން ހިންދިރުވާލީ ފޯނުވަމުން ދިޔަ އެލާމްގެ އަޑުއިވިފައެވެ.  ބަލައިލިއިރު ދޭ ޖެހުމުގެ ދިހަ މިނެޓް ކުރިއަށް އޭނަ ހަމަކުރި ކުރި އެލާމެވެ. ”ރޯލާނެ ވަގުތު ވެސް މިއަދު ނުވި“ ތުން ފިއްތާލައިގެން އިނދެ ތެދުވިއެވެ.

”އޯހް ލިއަމް.. “ ކަރުގަނޑު ޑަސްބިނަށް ލާފައި އިޒްވާގެ މޭޒުމަތީގައި ހުރި ކުޑަ  ލޯގަނޑުން މޫނު ހުރިގޮތެއް ބަލައިލިއެވެ. އެއަށްފަހު ލިޕް ގްލޮސްއަކުން ދެ ތުންފަތް ފަވާލިއެވެ.

”ވޫވޫހްހް.. އައި ކެން ޑޫ ދިސް .. ލިއަމްއަށް ފިލައިގެންނެއް ވެސް ނޫޅެވޭނެތާ ދޯ.. އެވެސް އެއް ގެޔެއްގަ އުޅޭއިރު.. “ ރެއަށް ފަހު އޭނާ އަކާއި ލިއަމް އަދި ދިމަލެއް ނުވެއެވެ. ކްލާހުން ބައްދަލް ވީ ނަމަވެސް އެންމެ ފަހަރަކު ވެސް ރުއާނާ ބަލާ ނުލާތީ، ލިއަމްގެ މޫނު ނުފެނެއެވެ. އެ ސޫރަ ދެކިލަން އެހާ ހިތްއެދުނު ނަމަވެސް ގަނެފައިވާ ލަދުން އިސްއުފުލާލަން ވެސް ނުކެރުނެވެ.

ސްކްރަބް ބޭލުމަށްފަހު،  އޭނާގެ ހެދުމަށް ބަދަލްކޮށްލިއެވެ. އެބައިންނުކުމެގެން ލިފްޓަށް އެރީ ޔުނިވާސިޓީ ބަޔަށް ދިޔުމަށެވެ. “ ދެބައިގެ ލިފްޓް ވަކިކޮށްފަ ހުންނާތީ ވެސް ހާދަ އުނދަގުލެއް ވެއޭ.. އެއް އިމާރާތެއް ވިއްޔަ..“ އެދޭތެރޭގައި ވެސް ހިނގަން ޖެހޭ ތަންކޮޅެއް އޮތުމުން ރުއާނާ ހުރީ ފޫހިވެފައެވެ. ހިނގަން ބޭނުންވާ ވަރަށް ވުރެން އޭނާ ހުރީ ކަންނެތް ވެފައެވެ.  އަރާމްކޮށްލަން ބޭނުންވެފައި ހުއްޓާ ލިއަމް އަދި ގެންދަން ވެއްޖެއެވެ. ހިތާއިހިތުން ލިއަމްއަށް އަޑުލައިގަތެވެ.

އެ ލިފްޓަށް އަރަން އެ ދޮރުން ވަދެވަދެ ހުއްޓާ އެއްލި ކަޅިއަކުން، ގޯތިތެރޭގައި އޭނާއަށް ބަލަން ހުރި މީހަކު ފެނި ހުއްޓުން އެރިއެވެ.

އެ ’ވިލު ނޫކުލަ’އިގެ ދެލޮލުން އެކަނިވެސް އެއީ ކާކުކަން ރުއާނާއަށް އެނގިއްޖެއެވެ. ހީވީ ނޭވާ ވެސް އަރުތެރޭގައި ތާށިވެއްޖެ ހެންނެވެ. ފަހަތައް ފިޔަވަޅެއް އަޅާ އިމާރާތުގެ ތެރެއަށް ވަންނަން ސިކުނޑި ގޮވަމުން ދިޔަ ނަމަވެސް އިޖާބައެއް ނުދެވުނެވެ. ރުއާނާގެ ދެފައި ބިމުން ހިއްލާލަން ވެސް ވީ ދަތި ކަމަކަށެވެ. އާދަޔާއި ހިލާފަށް ފައި ހުރީ ބަރުވެފައެވެ. އެޒުވާނާގެ ފިޔަވަޅުތައް އޭނާ ހުރި ދިމާލަށް ސީދާ ކޮށްލިތައް ފެނި ތުރުތުރު އަޅައިގަތެވެ.

”ރުއާނާ… ހެލޯ! ވަޓް ހެޕެންޑް؟“ ރުއާނާ ހުރިގޮތުން ލިއަމްއަށް ކައިރިއަށް އާދެވުނުގޮތް ވެސް ނޭނގެއެވެ. ރުއާނާގެ ގާތައް އައި މީހާ އޭނާ ދެކުނެވެ. އޭނާ އައުމާއިއެކު އެމީހަކު ދިޔަގޮތް ވެސް މެއެވެ. އިތުރު ހައިރާން ކަމެއް ލިބުނީ އެފަދަ ގޮތަކަށް އެ ޒުވާނާ ދެވަނަ ފަހަރަށް ފެނުމުންނެވެ. ލިއަމް ރަނގަޅަށް ހަނދާން ހުއްޓެވެ. ގޭ ކައިރިން ރުއާނާއާއި ބައްދަލްވި ދުވަހު ވަލާއި ދިމާލުން ފެނުނީ ހަމަ އޭނާއެވެ. އެދުވަހުވެސް ލިއަމް ފެނިގެން އޭނާ އައިކޮޅަށް އަނބުރާލާފައި ދިޔައީއެވެ. ކަޅުކުލައިގެ އަންނައުނުގައި ފޮރުވިގެން ހުރިއިރު ފެނުނީ ދެލޮލެވެ. ވިލު ނޫކުލައިގެ ދެލޮލެވެ.

އިރުކޮޅެއް ވިފަހުން ރުއާނާގެ މޫނުމަތީގެ ހުދުކަން ކެނޑިއްޖެއެވެ. އެކަމަކު ކަޅިޖަހައި ނުލާ ބޭރަށް ބެލެމުން ދިޔައެވެ. ލިއަމް ދެވަނަ ފަހަރަށް ވާހަކަ ދެއްކުމުން ރުއާނާ ބޯހޫރުވާލިއެވެ. ބަލައިލިއިރު އެމީހަކު ފެންނާކަށް ނެތެވެ. ވަށައިގެން ހޯދި ނަމަވެސް އެކަހަލަ ހިލަމެއް ނުވިއެވެ.

”ލެޓްސް ގޯ ”އެންމެ ފަހުން އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ލިއަމް އެތެރެއަށް ވަނެވެ. ކުރިން ސުރެން ލިއަމް ނަގާފައިވާ މޭޒުގެ ކައިރިއަށް ދެމީހުން ދިޔައެވެ. ދެ ފޮތްހަރު ދެމެދުގައި ވާ މޭޒަކަށް ވުމުން އެހިސާބުގައި އިތުރު ބަޔަކު ނެތެވެ. ހަމަޖެހިލެވުނީ ގޮނޑީގައި އިށީންދެލެވުމަށް ފަހުގައެވެ.

”ކިހިނެތް ވީ މީޓް ވާންބުނީ؟“

”މިސްވެގެން“ލިއަމްގެ ޖަވާބުން ރުއާނާ ލަދުގަތެވެ. ޖެހިޖެހިގެން ތިބި ދެގޮނޑީގައި ތިބިއިރު، ލިއަމް ބަލަމުންދާކަން އިޙްސާސްވެ، އިސްއުފުލާލާކަށް ވެސް ނުކެރުނެވެ. މޭޒުމަތީގައި ބޭއްވިފައިވާ އޭނާގެ އަތުގައި ލިއަމް ހިފާލުމުން ރުއާނާގެ ހިތައް އެނގުންވެލިއެވެ. ލިއަމް އަތް ހިތްލާލަމުން ރުއާނާގެ ކޮލުގައި ޝަހާދަތް އިނގިލިން ހިންގާލިއެވެ.

“ބުނެބަލަ ކިހިނެތް ވީ.. ޔޫ ކޭން ޓޯކް އެނީތިންގް ވިތް މީ“

”އިޓްސް ނަތިންގ“ ރުއާނާ އެވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ. ޖަޥާބު ދިނީ ވެސް އެހާ އަވަހަށެވެ. ނަމަވެސް ލިއަމް ހުރީ އެވާހަކަ އޮއްބާލާ ކަހަލަ ގޮތަކަށް ނޫނެވެ.

”ރިއަލީ؟ އައި ސޯ ހިމް ޓްވައިސް.. ގޭގެ ކައިރިން ފުރަތަމަ ފެނުނު ދުވަހު… ރުއާނާގެ ފަހަތުން އޭނާ އައީ.. މަ ފެނުނީމަ އައިކޮޅަށް ދިޔައީ.. މިއަދުވެސް.. މޫނު ނުފެނުނަސް އެ ބުލޫ އައީޒް އިން އެނގޭ ސޭމް ޕާސަން ކަން .. ޕްލަސް ބޮޑީ ފިގާރސް“ ލިއަމްގެ ޖުމްލަތަކުން ރުއާނާއަށް ލިބުނު ހާސްކަން އިތުރު ވިއެވެ. އެދުވަހު އޭނާއަށް ކުރެވުނު ހީ ޔަގީނަށް ވީތާއެވެ. އެކަހަލަ ސުޥާލެއް ނުކޮށް އެގެޔަށް ވެއްދިގޮތުން ރުއާނާ ހީކޮށްގެން ހުރީ ލިއަމްއަށް ބިލާލް ނުފެންނަނީ ކަމަށެވެ. ރުއާނާއަށް ދެލޯ މަރާލެވުނެވެ. އޭނާގެ އަނދިރި ސިއްރު ލިއަމްއަށް އަންގަން ވީބާއެވެ.  އެކަމަކު އޭގެ ކުރިން ޒަހަމްތަކާއި ގުޅިގެން ޖެހި އިންޖެކްޝަންތަކާއި ބެހޭ ގޮތުން އަހަން ބޭނުންވިއެވެ.

”އައި ހޭވް އަ ކްއެޝަން… އަތައް އަނިޔާވެގެން ހުން އައި ދުވަހު އަހަރެންގެ އަތައް ޖެހީ ކޮންކަހަލަ އިންޖެކްޝަނެއް؟ އެންޑް އެންމެ މަތީ ދެ ފްލޯއަށް އެރުން ހުރިހާ ސްޓާފުންނަށް މަނާކޮށްފަ އޮންނަނީ.. މިކޮޅަށް ފުރަތަމަ އައި ދުވަހު، އައި ހާރޑް އެތާގަ ޓްވެންޓީ ފޯރ އަވާރސް ސެކިއުރިޓީ އިން ތިބޭ ކަމަށް.. އެހާ ބޮޑަށް ހުމުގެ ބުރާންތީގަ އޮތް އިރު ވެސް އަހަންނަށް އެނގޭ އަހަރެމެން ދެމީހުން ފިޔަވައި އިތުރު މީހަކު ނެތްކަން.. އެމަޖެންސީއަށް ނުގެންގޮސް އެތަނަށް ގެންދިޔައީ ކީއްވެ؟“ ސުވާލަށްފަހު ރުއާނާ ބަލައިލީ ލިއަމްގެ މޫނުން ކަމެއް ހޯދަން އުޅޭފަދަ ގޮތަކަށެވެ. ލިއަމްގެ ތުންފަތައް ވެރިވި ސިއްރުވެރި ހިނިތުންވުން އޭނާގެ ލޮލުން ކަސިޔާރުނުވިއެވެ.

”ނޭހި ނަމަވެސް މާދަމާ ރޭ ތީގެ ޖަވާބު ދޭން މިހުންނަނީ.. ކޮޓަރިއަށް އައިސް ދެއްޗޭ އިލަވެން ހާއިރު.. ނައިޓް.. އެންޑް ވަން މޯރ ތިންގް.. ރުއާ ތި ސިއްރުކޮށްގެން އުޅޭ ހުރިހާ ކަމެއް މަށައް ކިޔައިދޭނެ ގޮތަކާއި މެދު ވިސްނާ މާދަން ވަންދެން.. އެގަޑީގަ ޖެހޭނެ ކިޔައިދޭން.. ޔޫ ބެޓާރ ނޮޓް ޓް ލައި.. އެނގޭނެ ކިރިޔާ އޮޅުވާލަން މަސައްކަތް ކުރިޔަސް“

ލިއަމްގެ ވާހަކަ ތަކައް ރުއާނާ ބޯޖަހައިލިއެވެ. ފުރަތަމަފަހަރަށް ’ރުއާ‘ އޭ ކި ބުނެ މުހާތަބްކުރުމުން ފޮނިކަމެއް އިޙްސާސްކުރެވުނެވެ. އެހުރިހާ ވާހަކައަކުން ވެސް އޭނާއަށް ނަގައިގަނެވުނީ އެންމެ ތަންކޮޅެކެވެ. ”ރޫމަށް؟“

”މްމްމް.. ޑެފިނިޓްލީ ނޮޓް ފޯރ އަ ކިސް.“ ރުއާނާގެ އަތައް ބާރުކޮށްލަމުން، ލިއަމް ބުނެލީ ކިރިޔާ ކަންފަތައް އެއަޑު ފޯރާހާ މަޑުންނެވެ. ކަޅި ޖަހާނުލާ ލިއަމް ބަލަން އިނެވެ. މުޅި ކުއްޖާގެ މޫނު ރަތްވިއެވެ. ހިތް ތެޅިގަތް ގޮތުން ނޭވާ ވެސް އަވަސްވިއެވެ. ލިއަމްގެ އެ ގާތް ކަމުންނަގަންވީ  މާނައެއް ނޭނގުނެވެ. އެ ހިތުގައި ރުއާނާއާއި މެދު އިހްސާސްތަކެއް ވަނީބާއެވެ. އަނެއްކާ ލޯބިވަނީ ހެއްޔެވެ. ނޫނެކެވެ. ލޯބި އުފެދޭވަރަށް ވުރެން އެދެމެދުގައި ޒާތެއްގެ ދުރުމިނެއް އެބަވެއެވެ. އޭނާ ދެކޭ ގޮތުގައި ހިތްކިއުމާއި ލޯބިވުމަކީ ވެސް ތަފާތު ދެ އިޙްސާސްއެވެ. ލިއަމް ހަދިޔާ ކޮށްލާ ހިނިތުންވުންތަކާއި އެ ބެލުންތަކުން ގަޔާ ވާހެން ރުއާނާއަށް އިޙްސާސްވިއެވެ. ނަމަވެސް އޭނާއާއި އެ ގާތްވާ ގާތްވުމަށް ދޭނެ ނަމެއް ރުއާނާއަކަށް ނޭނގުނެވެ. ރޭގެ ހާދިސާއިން ވެސް ނަގަންވީ ކޮން މާނައެއް ހެއްޔެވެ.

“ ވައި އާރ ޔޫ ހޯލްޑިންގ މައި ހޭންޑް؟ ވީ އާރ ނޮޓް ދެޓް ކްލޯޒް“ އެންމެފަހުން ރުއާނާ ބުނެލިއެވެ.

ލިއަމްގެ ލުއި ހުނުމެއްގެ އަޑު އެހިނދު އަނެއްކާ ވެސް އިވިލިއެވެ. އޭނާ މަޑުމަޑުން ރުއާނާ އާއި ކައިރިވެލިއެވެ. އެ ކަންފަތާއި ކައިރިވެލަމުން ލިއަމް އިއްވާލީ ބުނަން އުޅުނު ޖުމްލައެއްގެ އެއްބައެވެ. ”އިފް ވީ ވާރންޓް ކްލޯޒް، …“

“ ވަޓް؟“ ލިއަމް ބުނަން އުޅެނީ ކީކޭ ކަމެއް ރުއާނާއަކަށް ނޭނގުނެވެ.

”ޔޫ ވުޑުންޓް ބީ ލެޓިންގ މީ ޓަޗް ޔޫ ލައިކް ދިޒް“ ރުއާނާގެ ކޮލުގައި ނުހަނު ލޯބިން ހިފާލަމުން ވައި އަޑުން ލިއަމް އިއްވާލިއެވެ. ހީވީ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. މޫނުގައިވީ ރަތްކަން ގަދަވީ އިރު އެކަން އިޙްސާސްވަމުން ދިޔައެވެ. ރަކިވީ ވަރުން ދިގު އެސްފިޔަތައް ތިރިކޮށްލަން މަޖުބޫރުވިއެވެ.

”ސްޓޮޕް“ އެއިން ގޮތައް ލިއަމް ބަލަން އިނުމުން ރުއާނާއަށް ބުނެވުނީ ވެސް ކޮށިގޮތަކަށެވެ.

”ހެހެހެ.. ޔޫ އާރ ބްލަޝިންގ..އޯކޭ ފޯރ ނައު އަމް ގޮނަ ސްޓޮޕް… މްމްމް.. މިއީ އަސްލު އަންނަން ބުނި ރީޒަން..“ ލިއަމް ދައްކައިލީ މޭޒުމަތީގައި އޮތް ފޮތެވެ. ރުއާނާ އެއީ ކޯއްޗެއްހޭ އަހާ ފަދައިން ނިތް އަރުވާލުމުން ލިއަމް ލޮލުގެ އިޝާރާތުން ހުޅުވާލުމަށް ބުނެލިއެވެ. ރުއާނާ ހުޅުވާލި އިރު އޭގައި ހުރީ ކްލާހުގައި ނިންމަން ބުނި ވޯކްޝީޓެވެ. އާ ގަނޑުތަކެކެވެ.

”ރޭގައި މީހެއްގެ ޑްރީމް ކޮމްޕްލީޓް ކޮށްދޭން އުޅެން ހަދައިގެން މިކަން ނުވީ .. އެހެންވެ މިއައީ.. ހެލްޕް ވެދޭން.. ހިނގާ ފަށަމާ.. “

“ މިއަދު އީތަންއާއި އެއްކޮން އުޅުނިން ހަދަން .. ބަޓް އެއްބައި ނިމުނީ.. ސާރ މިއަދު ކްލާސްގަ މި ވާހަކަ ނުބުނީމަ މާދަން ނިންމަން މިހުރީ“ ރުއާނާ ލަދުން އިންކަން އެނގިގެން ހީވީ، ލިއަމްގެ ކޮންމެ ޖުމްލައަކުން ވެސް އިތުރަށް ލަދު ގަންނަވާލަން އުޅުނުހެންނެވެ.

”ހޫމް ހޫމް.. ކޮންމެ ވެސް އެއް ނަމަކުން ގޮވަން ވެއްޖެއެއްނު.. ގޭގަ އަންކަލް.. ދެން ލިއަމް ނޫނީ ސާރ މިކިޔަނީ.. ކަމޯން މިތިބީ ކްލާހަކު ނޫން ޔޫ ކޭން ކޯލް މީ ލިއަމް..  އީތަން ބުނި މިއަދު ކްލާސް ލަސްވެގެން ކީއްކުރީ ހޭ އެހީމަ ތި ޥާހަކަ.. އެހެންވެ ގަސްތުގަ މިއަދު މީގެ ވާހަކަ ކްލާހުގަ ނޭހީ..އެވަރުން ވެސް ރަނގަޅޭ ނުބުންޏެއްނު“ ވާޙަކަ ދެއްކި ވަރަކަށް ލިއަމްގެ ސަމާސާތައް ވެސް ދިޔައީ އިވެމުންނެވެ. އެ ސިފަ ފޮރުވާލައިގެން ބޭރުފުށުން ދައްކައިގެން ހުންނަ ސީރިއަސްކަމުން ހީވަނީ އެވަރުގެ ސީރިއަސް މީހަކު މިއުޑު ދަށުގައި ވެސް ނުވާހެންނެވެ. ރުއާނާއަށް ހެވުނެވެ.

”އެހެންވެތަ މިއަދު މީގެ ވާހަކަ ނުބުނީ؟ އަޅޭ ތޭންކިއު.. ތޭންކިއު ސޯ މަޗް “ އެރި ޖޯޝުގައި ރުއާނާއަށް ލިއަމްގެ އަތުގައި ހިފުނެވެ. ލިއަމް ހިނިއައިސް އިނެވެ. އޭނާ އެއްޗެއް ނުބުނުމުން ވީ ގޮތް ފަހްމް ވެގެން އަވަސް އަވަހަށް ރުއާނާ އަތް ދަމައިގަތެވެ. ނަމަވެސް އޭނާގެ މޫނުމަތިން ހިތްހަމަ ޖެހިފައި ހުރިވަރު ފެންނަން ހުއްޓެވެ.

އަވަހަށް ގެޔަށް ދާން ބޭނުންވާތީ ދެމީހުން ގަސްތުކުރީ މަސައްކަތް ފަށާށެވެ. ތަފްސީލާއި އެކު ކޮންމެ ސުވާލެއް ލިއަމް ކިޔައިދޭ ނިމެންދެން އެ މޫނަށް ރުއާނާ އިނީ ބަލާށެވެ. އެ ފިރިހެންވަންތަ މޫނަށް ގެއްލިފައި ކިތަންމެ އިރެއް ވަންދެން ވެސް އިނދެވިދާނެއެވެ. ބައެއް ފަހަރު ލިއަމް ކުރާ ސުވާލް ތަކައް ޖަވާބެއް ނުދެވެއެވެ. ދިވާނާކަން މަތީގައި ގިނަ ވަގުތު ގެއްލިފައި އިނދެވެނީއެވެ. އެގޮތުގައި ހަތަރެއް ޖެހުމުން އަނެއްކާ ވެސް ފޯނު އެލާމް ވި އަޑުވިއަހާފައި ރުއާނާ ފުރިހަމަ ސަމާލުކަން ދީގެން އިނދެވޭތޯ ބެލިއެވެ.

***

”އެކަނި ނުދައްޗޭ.. ނިމުނީ ގުޅާލަ ..ދޮންބެ އަންނާނަން ބަލާ“ ލިއަމްގެ ކާރުން އިޒްވާ ފޭބި ހިނދު  ގޮވާލިއެވެ.

“އޯކޭ.. އެހާ ބާރަށް ނުދުއްވައްޗޭ“ ދޮރުފަތް ލައްޕާލަމުން އިޒްވާވެސް ރައްދުގައި ބުނެލިއެވެ. ލިއަމް ކާރުގައި ދުއްވާލުމުން އިޒްވާ ވެސް އެތެރެއަށް ވަންނަން ދިޔައެވެ.

ޕާކްގެ ތެރެއަށް އިޒްވާ ވަދެގެން އައި އިރު ދެލޯ ހޯދަމުން ދިޔައީ އީތަންއެވެ. ދެމީހުން އެކުގައި އަންނަން މަޑުކޮށްގެން ހުއްޓާ ވެސް އެންމެ ފަހު ވަގުތު ލިއަމްއާއި އެކު އިޒްވާ ބޭރަށް ދާން ޖެހިގެން އާދެވުނީ އަންނަން ކީ ގަޑިއަކަށް ވެސް ނޫނެވެ. ފުދޭވަރަކަށް ދިގު ވޯކްވޭއެއް އޮންނަ ޕާކަކަށް ވުމުން އީތަން އިންކަމަށް ބުނި ބެންޗާއި ހިސާބަށް ދެވުނީ އިރުކޮޅެއް ވަންދެން ހިގުނު ފަހުންނެވެ.

އީތަން އިން ބެންޗްގެ ފުރަގަހަށް ހުއްޓިލަމުން އިޒްވާ ބަލައިލިއެވެ. އީތަން އިންގޮތުން އިޒްވާގެ ސިކުނޑިއަށް މޮޅު ހިޔާލެއްއައެވެ. ލަސްފިޔަވަޅުތަކެއް އީތަންގެ މަގަތައް ހުއްޓެމުން ފަހަތުން އޭނާގެ ކަންފަތާއި ދިމާލަށް އަރިވެލިއެވެ.

”ޕޮއް!“

”އާހްހް“ އީތަން ސިއްސުވާލުމަށް އަނގަހުޅުވާލި ހިނދު، ކުއްލިއަކަށް އީތަން ފަސް އެނބުރި ގޮވާލިއެވެ. ސިހިގެން ގޮސް އިޒްވާ ފަހަތައް ނުވެއްޓުނީ ކިރިޔާއެވެ. ބެންޗްގެ އަތްގަނޑުގައި އަތް ނޭޅުވުނު ނަމަ ވެއްޓުނީހެވެ.

”ހަހަހަހައްހާ“ އިޒްވާއަށް ވީ ގޮތުން ނުހިއްފެހެއްޓިގެން އީތަންއަށް ހޭން ފެށުނެވެ. އިޒްވާ ތުންދަމައިގެން ހުރެ އައިސް އީތަންގެ ގާތުގައި ހުސްކޮން އޮތް ޖާގައިގާ އިށީނެވެ.

”ދެން ވަރަށް ފޫހިވޭ.. މިމީހުންނަށް ސަޕްރައިޒްއެއް ނުދެވޭނެ ދުވަހަކު ވެސް.. ދޮންބެއަށް ވެސް އަބަދު ހުންނާނީ ބަސްޓް ވެފަ ކޮންމެވެސް ގޮތަކުން .. އީތަން ވެސް ހަމަ އެހެން.. ކިހިނެތް އެނގުނީ އައިކަމެއް“

”ދެ ފޫޓު ދުރުން އިޒީގެ ޕާފިއުމް ވަސް ދުވައިފި.. މަށަކަށް ނޯޅޭނެ އެންނު އިޒީގެ ކަމެއް“ އެއްމިޔަކަނުން ހީލައިގެން އިނދެ އީތަން ދިން ޖަވާބުން އިޒްވާއަށް ހީލެވުނެވެ. ހިސާބަށް ރަކި ވެސް ވިއެވެ.

”ކިހިނެތްތަ ފަހުން.. ނޫހް ގެއަށް ދިޔަތަ އުނދަގޫ ކުރަން؟“

”ނުދާނެ ތަ.. އިރުއޮއްސުން ގަނޑީގަ އޭނަ އިންކަން އެނގުނު މާމަ އަށް ގުޅި ގަޑީގަ.. އެހެންވެ ނުދަން ގެއަކަށް…އަ ޕްލޭންޑް ޓު މޫވް .. މާމައާއި ކާފަ ކައިރީގަ ކިހިނެތް ބުނާނީ ވެސް… މިރޭ ބޭރަށް ދިޔައީ ދޮންބެ ކައިރީގަ އެހެން ބުނަންށާ އެއްކޮން.. “

”ދެން ވަޓް ހީ ސެއީޑް؟“ އީތަން އަހައިލިއެވެ. މާޔޫސް ކަމާއި އެކު ތުންފިއްތާލަމުން އީތަންގެ މޫނަށް ބަލާލާފައި އިޒްވާ ދެފަރާތައް ބޯހޫރުވަލިއެވެ.

“ ދޮންބެ ބުނީ ނުދެވޭނެއޭ އިޒީއަކަށް ..އެގޭގަ ނުހުންނަންޏާ ދެން ޖެހޭނީ ދޮންބެ ކައިރިއަށް އަންނާށޭ.. ބަޓް އައި ޑޯންޓް ވޮނަ ގޯ ދެއާރ.. ޖަންގަލީގަ އުޅޭކަށް ބޭނުމެއް ނޫން.. އެކަމަކު މިހާރު ވެފަ އޮތް ގޮތުން ޖަންގަލީގަ ދިރިއުޅެން ވެސް މާ ސޭފް ކަންނޭގެ ގެއަށް ވުރެން.. އަޅެ އީތަން ބުނެބަލަ ހަދަންވީ ގޮތެއް.. ނޭނގެ މިހާރު ބޮލުގަ ރިއްސާފަ އަބަދު ހުންނަނީ.. ކަންތައް ކުރާނެ ގޮތެއް ނުކުރާނެ ގޮތެއް ނޭނގޭހާ ބޮޑަށް އޮޅިއްޖެ.. “ އިޒްވާ ވާހަކަ ދައްކަމުން ދިޔައިރު ކަޅި ޖަހައި ނުލާ އީތަންއަށް ބަލަހައްޓައިގެން އިނދެވުނެވެ. މާދުރު ނޫން ހިސާބަކުން އެޅިފަ ހުރި ފަނޑު އަލިކަމުގައި ވެސް އިޒްވާގެ މޫނު ވިދަމުން ދިޔަ ގޮތް އީތަންއަށް ރީތިވިއެވެ. ހާދަ ރީއްޗެވެ. މައޫސުމް އަދާތަކައް  ގެއްލި އިނދެވުނެވެ.

”ބިރުގަންނަނީ އޭނާ އައިސް ކޮށްފާނެތީ.. މިއަދު ކިސް .. މާދަމާ ނޭނގެ ރ-“

”ޝުޝްޝް.. ތިކަހަލަ އެއްޗިހި ނުކިޔާ.. އަހަރެން ހުއްޓަ އިނގިލި ކުރި ވެސް ޖައްސާލިއަ ނުދޭނަން“ އިޒްވާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްލެވެން ވާއިރަށް އަނގަމަތީގައި އީތަން އަތް އެޅިއެވެ. އެކަހަލަ ލަފްޒެއް އަހަން ވެސް ކެތް ނުވީއެވެ. އެފަދަ ހާލަތަކަށް އިޒްވާ ދާން އޭނާ ދުލެއް ނުކޮށްލާނެއެވެ.

”އައިނޯ.. ސްޓިލް މިއަދު ކުރި ކަންތައް ސިފަވިއަސް ޖެހިލުން ވޭ“ ހިތުގައި އުފެދިފައިވާ ހަގީގީ ބިރުވެރިކަން އަނެއްކާ ވެސް އިޒްވާ އީތަން އަށް ހަނދާންކޮށްލަ ދިނެވެ. އީތަން އެހީވާނެކަން އެނގެއެވެ. ނަމަވެސް ގެއަށް ދިޔުމަށްފަހު ވެދާނެ ގޮތެއް ނޭނގޭތީ ޖެހިލުންވަނީ އިންތިހާއަށެވެ. ހޮސްޕިޓަލަށް ގޮސްފިއްޔާ އެއްގޮތަކަށް ވެސް އޭނާ ގެޔަކަށް ދާކަށް ބޭނުމެއް ނޫނެވެ.

އީތަން ވިސްނާލިއެވެ. އިޒްވާގެ ވާހަކަ ހުރި ގޮތުން ލަސްނުކޮށް އީތަން ބޭނުންވީ އޭނާ ދައްކަން އައި ޥާހަކަ ފަށާށެވެ. ނަމަވެސް ދެރައީ، އެހުރިހާކަމެއް އެގޮތުގައި ހިނގަމުން ދާއިރު ވެސް އަދިވެސް އިޒްވާގެ ހިތުގައި ހިސާބަކަށް ނޫހްގެ ގެ ހިޔާލްތައް އެނބުރޭކަމެވެ. އެކަމުގެ ސަބަބުން އިޒްވާގެ ޖަވާބަކަށް ވާނީ ކީކޭ ކަމެއް އީތަންއަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް އެންމެ ފަހުން އީތަން ވާހަކަ ފަށަން ގަސްތުކުރިއެވެ. ”އަހަންނާއި އެއްކޮން އުޅެން އަންނަން ވީނު.. އެއްކޮން“

”ތިބުނީ؟“ އިޒްވާއަކަށް ނުވިސްނުނެވެ.

”އިޒީ އައި ތިންކް އައި ރިއަލީ ލައިކް ޔޫ“ އިޒްވާގެ ލޮލާއި ލޯ ގުޅުވާލަމުން އީތަން އިއްވާލިއެވެ. އިޒްވާގެ ބޮދުވެގެން ދިޔަ ލޮލަށް ގެއްލި އިނދެފައި އިސްޖަހައިލެވުނީ، އިތުރަށް އިޒްވާގެ މޫނަކަށް ބަލަން ކުޅަދާނަ ކަމަކަށް  ނުވީމައެވެ. އިޒްވާގެ ހިތުގެ ހާލަތު އެންމެ ރަނގަޅާށް އެނގިހުރެ އޭނާގެ އަމިއްލަ ބޭނުން އިސްކުރުމުން އެހިތައް އަރާނެ އެއްޗެއް ވެސް ނޭނގެއެވެ. ޔަގީނުން ވެސް ރުޅި އަންނާނެއެވެ.

***

(ނުނިމޭ)

 

 

 

Share this
Copy to Clipboard

Comments (7)

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.