ވަފާތެރިމަވީމޭ 12

vaf

”ޔާންއަށް ކީއްތަ ތިވަނީ؟ ކިހިނެތް އެތަނަށް އަންނަން އެނގުނީ؟ އެތާ ކީއްތަ ތިކުރަނީ؟ ކީއްވެ ތަ ޔާން މިހާރު ޔޫ ފަހަތުން އަބަދު ތިއުޅެނީ؟“ ޔޫއާ އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. ”ބުނަން ވީތަ؟“ ނިކްޔާން ތެދުވެގެން ގޮސް ހުއްޓުނީ ޔޫއާގެ މޫނާއި މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ހިންދިރުވާލާފައި ޔޫއާ ބޯޖަހާލިއެވެ.

(12 ވަނަ ބައި)

”އަޑު އަހަން ކެރޭނެ؟“ ނިކްޔާން އެއްބުމަ ހިއްލާލަމުން އަހާލިއެވެ. ޔޫއާއަށް ހިންދިރުވާލިއެވެ. ނިކްޔާން މިއުޅެނީ ކީކޭ ބުނަން ބާއެވެ؟ ”އަހަރެން ޔޫއާދެކެ ލޯބި ވާތީ“ ސީދާ ޔޫއާގެ ލޮލަށް ބަލަން ހުރެ ނިކްޔާން ބުންޏެވެ.

ހިނދުކޮޅަކަށް ހިތުގެ ހިނގުން ހުއްޓުނު ކަހަލަ އިހުސާސެއް ޔޫއާއަށް ކުރެވުނެވެ. ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރެވުނެވެ. ނިއްކުރިމަތީގައި އޮށްދާ ހިއްލަމުން ދިޔައިރު ތިރީ ތުންފަތް ތުރުތުރުލާން ފެށިއެވެ.

”ކިހިނެތް ވީ؟“ ނިކްޔާން ޔޫއާއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. ސިހިފައި ޔޫއާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ޔޫއާ ފާރުގައި ޖެހުނެވެ. ސިހިފައި ފަހަތަށް އެނބުރެވެން އުޅުން ވަގުތު ޔޫއާގެ ނިއްކުރި ފާރުގައި ނުޖެހުނީ ނިކްޔާން އެތަނުގައި އަތްއެޅުމުންނެވެ. ”ޔޫ އާރް ސޯ ކްލަމްޒީ“ ނިކްޔާން އެއްމިޔަކަނުން ހީލިއެވެ.

ޔޫއާ އިސްޖަހާލިއެވެ. ސިކުނޑި ބުނީ ދުއްވައިގަންނާށެވެ. ހިތްބުނީ މަޑު ކުރާށެވެ. ކުރަންވީ ކީއްކަމެއް ޔޫއާއަކަށް ނޭނގުނެވެ. ގަބުކައިފައި ހުރެވުނީ އެހެންވެގެންނެވެ.

ޔޫއާގެ ދޮންމޫނަށް ބަލަން ހުރި ނިކްޔާންގެ ދެލޯ ދެން ދައުރު ކޮއްލީ ޔޫއާގެ ފިޔާތޮށި ކުލައިގެ ތުންފަތާއި ދިމާލަށެވެ. ފިނިފެންމާ ފިޔައެއްފަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. ނިކްޔާންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. މަޑުމަޑުން އަތް ހިއްލާލަމުން ޔޫއާގެ ތުންފަތުގައި ފިރުމާލިއެވެ. އެއާއި އެކު ޔޫއާ ސިހުނެވެ.

”ކީއްވެ ހާދަ ވަރަކަށް ތި ސިހެނީ؟ ޔާން ފެންނަނީ ވަރަށް ބިރުވެރިކޮށް ތަ؟ ނޫނީ ފަހަތުގަ ފުރޭތައެއް ހުރީ ތަ؟“ ނިކްޔާން ފަހަތް ބަލައިލިއެވެ. ”ނު… ނޫން…“ ޔޫއާ ބުނެލީ އަޅައަޅައިގަންނަމުންނެވެ.

”ދެން…؟ ކިހިނެތް ވީ؟“ ނިކްޔާން ހީލާފައި އަހާލިއެވެ. ”ކަ… ކަމެއް… ނުވޭ-“ ޔޫއާގެ ވާހަކަ ދެއްކުވުން ނިކްޔާން ހުއްޓުވީ ޔޫއާއަށް ބޮސްދެމުންނެވެ. ޔޫއާގެ ދެލޯ ބޮޑުވީ އިރު ހަށިގަނޑު ގަނޑުވީ ކަހަލަ އިހުސާސެއް ކުރެވުނެވެ. ހަމަ ހުރެވުނު ގޮތަށް ހުރެވުނީއެވެ. ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު އިރު ހިތުގެ ތެޅުން އަވަސްވެލީ އިންތިހާއަށެވެ.

”ހެހެހެ“ ޔޫއާ ދެކޮޅު ނެހެދުމުން ނިކްޔާން ލުއިކޮށް ހީލިއެވެ. ނިކްޔާންގެ ހުނުމުގެ އަޑު އިވުމުން ޔޫއާއަށް ދެލޯ މަރާ ބާރު ކޮއްލެވުނެވެ. މަޑު މަޑުން ހުރި ނިކްޔާންގެ އަތް ހަރަކާތް ކުރަން ފެށިއެވެ. ޔޫއާގެ ހަށިގަނޑުގެ އެތަންމިތާގައި ނިކްޔާންގެ އަތް ހަރަކާތް ކުރަމުން ދިޔައީ އަވަސް އަވަހަށެވެ.

ނޭވާ ކުރުވާ ކަހަލަ އިހުސާސެއް ކުރެވުމުން ނިކްޔާން ޔޫއާއާއި ދުރުވެލިއެވެ. އެއްމިޔަކަނުން ހީލަމުން ޔޫއާ އުރާލީ ލުއި ފަތެއް ނަގާހާ ފަސޭހަ ކަމާއި އެކުގައެވެ. ޔޫއާ އުރާލައިގެން ނިކްޔާން ވަނީ ކޮޓަރިއަށެވެ. މަޑުމަޑުން ޔޫއާ އެނދުގައި ބާއްވާފައި ނިކްޔާން ޔޫއާގެ ގައިމައްޗަށް އެރިއެވެ.

”ޔޫ އާރް ޓޫ ކްލަމްޒީ. މިއީ އަމިއްލަ ނަފްސު ރައްކާތެރި ނުކުރާތީ ލިބޭ އަދަބު އިނގޭ؟“ ޔޫއާ ލައިގެން ހުރި ހެދުމުގެ މޭމަތީގައި އިން ޒިބު ހުޅުވާލަމުން ނިކްޔާން ބުނެލިއެވެ. ޔޫއާގެ މޫނު މައްޗަށް ރަތް ކަން އަރާކަހަލަ އިހުސާސެއް ކުރެވުނެވެ. މޫނު މަތި ހޫނުވި ކަހަލަ އިހުސާސެއް ކުރެވުނެވެ.

ނިކްޔާން ޔޫއާގެ މޭމަތީގައި މޫނު ޖައްސާލިއެވެ. ”ހާދަ ވަރަކަށް ތި ހިތްތެޅެނީ ތި؟ ތިހާ ވަރަށް ނުތަޅުވަބަ ދެން“ ނިކްޔާން ހީލަމުން ބުނެލިއެވެ. ޔޫއާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހަމަ އޮތް ގޮތަށް އޮވެވުނީއެވެ.

”ޑޯންޓް ޓެލް މީ ޓު ބީ ޖެންޓަލް“ ނިކްޔާން އެއްލޯ މަރާލަމުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ.

ގެއަށް ވަދެގެންއައި އިޔާލްއަށް މިއަދުވެސް މަރްހަބާ ކިއީ ފަޅުކަމެވެ. ނަމަވެސް އެފަޅުކަމުގެ އަޑު އިޔާލްއަށް ވަރަށް ބާރެވެ. ލަޔާލީ މިއަދު ހުންނާނީ ވަރަށް ރުޅިއައިސްފައި ކަން އިޔާލަށް އެނގެޔެވެ. އެހެނަސް އިޔާލް އެތެރެއަށް ވަނީ އާދައިގެ ގޮތަކަށެވެ.

ސިޓިންގް ރޫމުގައި ތުންކޮޅު އޫކޮށް، ދެފައި ވަށްކޮއްގެން ސޯފާގައި އިން ލަޔާލީ ފެނި އިޔާލަށް ހެވޭ ގޮތް ވިއެވެ. ރުޅިއައުމުން ލަޔާލީގެ މައުސޫމްކަން ފެނިފައެވެ. ”ކޮން ހުނުމެއް ތަ ތިހެނީ؟“ ލަޔާލީ ސޯފާއިން ތެދުވިއެވެ.

”ހޭން ތަ އެބަ؟“ އިޔާލް ފެންފުޅިއެއް ނަގަމުން އަހާލިއެވެ. ”ކަލޭ ކީއްކުރަން ރޭގަ މަގޭ ގަޔަށް އެރީ؟ ކަލޭ ތި ކާކު މަގޭ ގަޔަށް އަރަން؟ އޭން؟ ޖަވާބު ދީބަލަ!“ ލަޔާލީ އިޔާލްގެ އަތުގައި ބޮނޑިއެއް ޖެހިއެވެ.

”ލަޔާ ވެސް ބޭނުން ވީމަ ދޯ ކުރެވުނީ؟ ލަޔާ ވެސް ގަދައެއް ނަހަދަމެއްނުން؟“ އިޔާލް ހީލާފައި ބުނެލިއެވެ. އަދި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ލަޔާލީއަށް އިސްޖަހާލެވުނެވެ. ލަދުގައިން ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއާއި އެކު ވަގުތުން ބޯހޫރުވާލެވުނެވެ. ”އާރްރްގްގްގގ ވަޓްސް ރޯންގް ވިތް މީ؟“ މޫނު މަތީގައި މަޑު މަޑުން ޖަހާލަމުން ލަޔާލީ ސޯފާގައި އޮށޯތެވެ.

ފޯނު ހިފައިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރިއާނާގެ މޫނު މަތީގައިވީ ނުތަނަވަސް ކަމެވެ. އިރުއިރު ކޮޅުން ފޯނަށް ބަލާލައެވެ. އަނެއްކާ ފޯނު ނިއްވާލައެވެ. ހީވަނީ ކުރަން އުޅޭ ކަމެއް ކުރަން ނުކެރިގެން އުޅޭހެންނެވެ.

އެންމެ ފަހުން ރިއާނާ ނަންބަރަކަށް ޑައިލް ކޮއްލިއެވެ. ފުރަތަމަ ރިންގާއި އެކު ކައިޝަލް ފޯނު ނެގިއެވެ. ”ރިއާ؟“ ކައިޝަލް މަޑުމަޑުން ގޮވާލިއެވެ. އެއަޑަކު މިހާރު އެއްވެސް ޖޯޝެއް ނެތެވެ.

”ކައި… އަހަރެން ވާހަކައެއް ބުނަން ބޭނުން…“ ރިއާނާ ބިރުން އިނދެ ބުނެލިއެވެ. ”ބުނެބާ؟“ ކައިޝަލް ބުނެލިއެވެ. އެއަޑުގައި ވީ ވޭން އަޑު އިވި ރިއާނާގެ ހިތުގައި ރިއްސާލިއެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

”ރިއާ ބޭނުމީ ބްރޭކްއަޕް ވާން…“ ރިއާނާ ހިތްވަރު ކޮއްލާފައި ބުނެލިއެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ކައިޝަލް ގިސްލާ އަޑު އިވެން ފެށިއެވެ. ”ކީއްވެ…؟ ކޮބާ ތަ ކައިގެ ކުށަކީ؟“ ނޭފަތް ދަމާލަމުން ކައިޝަލް ސުވާލު ކުރިއެވެ. ހީވީ ނުރޯނަމޭ ބުނެލިހެންނެވެ.

”ރިއާ…“ ރިއާނާއަކަށް ދެން ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ”ސޮރީ…“ ރިއާނާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

(ނުނިމޭ)

ތޭރަވަނަބައިގެ ތެރެއިން:

ރިއާނާއަށް ހުރި ތަނަށް ތިރިވެވުނެވެ. އަޑުން އަޑުނަގާ ރޯން ފެށުނެވެ. ދެން ރިއާނާ ހަދާނީ ކިހިނެތް ހެއްޔެވެ؟

Share this
Copy to Clipboard

Comments (1)

  • Arrmyy gurrlsays:

    ސެޕްޓެމްބަރ 22, 2025 at 11:17

    Alheyy.. Ria n kaishal breakup nuvahcheyy..
    They were a so cute coulpe dhww..
    Anekka yoo ah vx nikyan dheke lowbi vevunyba..
    So curious
    Can’t wait for the next prt
    Whn nxt????
    Take Care
    Lyy💜🖤💜🖤💜🖤💜

    3

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.