ވަފާތެރިމަވީމޭ 9

vaf

~އަޅުގަނޑުގެ ޓެސްޓު ނިމުމުން، މިއަދުން ފެށިގެން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު މި ވާހަކަ ކިޔާލަން ލިބޭނެ، އިންޝާ ﷲ~

”ދޭ ކޮޓަރިއަށް. ކަކޫ ދޮވެލާ ހަދަން.“ އޭރު އެކުއްޖާ ލައިގެން ހުރި ޖީންސްގަ ވެސް ލޭގެ އަސަރު ހުއްޓެވެ. ”ނޫނޭ. އެއޯކޭ ވާނެ. އަޅުގަނޑު ދެން ގޮސް ލާނީ ގެއަށް. ޝުކުރިއްޔާ ވަރަށް ބޮޑަށް“ ޒުކާ ތެދުވިއެވެ.

(9 ވަނަ ބައި)

”ދެން އަޅެ ނޫން. ނުކެރޭނެ ތިހެން ފޮނުވާލާކަށް .ޕްލީޒް؟“ ޔޫއާ ޒުކާގެ އަތުގައި ހިފާލިއެވެ. ”ހެހެ އޯކޭ“ އެންމެފަހުން ޒުކާ އެއްބަސްވިއެވެ.

އިރުކޮޅެއް ފަހުން ނިކްޔާން ދޮރު ހުޅުވާލާފައި ވަނެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރި ނިކްޔާން ފެނި ޔޫއާ ހީލިއެވެ. ”ތިއޯ؟“ ޔޫއާ އަހާލިއެވެ. އެއާއި އެކު ޔޫއާއަށް ނިކްޔާން ގަނެދިން ބެއާރ އާއި މާބޮނޑި ދިނެވެ. ”މަރްހަބާ ސޫން ޓު ބީ ނާސް“ ޔޫއާ އުފާވެލާފައި އޭގައި ހިފިއެވެ.

”އަޅޭ ވަރަށް ލޯބި. ތޭންކްސް“ ޔޫއާ އޭގައި ހިފާފައި އުފަލުން ބުނެލިއެވެ. ”ހެހެ“ ޔޫއާގެ ތުންފަތަށް ވެރިވީ ހިނިތުންވުން ފެނި ނިކްޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

އެވަގުތު ކޮޓަރި ދޮރު ހުޅުވާލިއެވެ. ކޮޓަރިން ނިކުން ޒުކާ ފެނި ނިކްޔާންގެ މޫނު ހުދު ވިއެވެ. ޒުކާ އެގޭގައި އެކުރަނީ ކީއް ހެއްޔެވެ؟

”މިއީ ޒުކާ. ދެންމެ ބޭރުން ދިމާވި ކުއްޖެއް. ޒުކާ. މިއީ އަހަރެންގެ ފިރިމީހާ ނިކްޔާން“ ޔޫއާ ދެމީހުން ދެމީހުނަށް ތަޢާރަފް ކޮއްލަ ދިނެވެ. ”ހޭ“ ޒުކާ ތުއި ގޮތަކަށް ބުނެލިއެވެ. ނިކްޔާން ހީލާފައި ކޮޓަރިއަށް ވަނެވެ.

”އެއްޗެއް ކާލަން ވީނުން؟“ ޔޫއާ ޒުކާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

ގެއަށް ވަދެގެން އައި އިޔާލްއަށް މަރްހަބާ ކިއީ ފަޅު ކަމެވެ. ހުރިހާ ބޮކި ތަކެއް ދިއްލާފައި ހުރި ނަމަވެސް ގޭތެރެއަކު އެއްވެސް ދިރުމެއް ނެތެވެ. ގޭތެރޭގައި ރީތި ފަރުނީޗަރުތައް ހުރި އިރު ހުރިހާ އެއްޗެއްވެސް ހުރީ ޕީޗް ކުލައިގައެވެ. މާލޭގެ ގެއަކަށް ބަލާނަމަ އެ އެޕާޓްމެންޓް ކުޑައެއް ނޫނެވެ.

އެޕާޓްމެންޓް ތެރޭގައިވީ މަރުފަދަ ހަމަ ހިމޭން ކަމަށް އަޑު ލައިދިނީ ސިޓިންގް ރޫމުގައި އަޅުވާފައި ހުރި ޓީވީއެވެ. ޓީވީ އިން އިވެމުން ދިޔަ ކޮރެއަން ޑްރާމާގައި ކިޔާ ނުކިޔާއެއްޗެއް އިޔާލަކަށް ނޭނގެޔެވެ. ސޯފާގައި އިން އަންހެން ކުއްޖާ އިޔާލް ފެނި ކަޅި އަޅާލިއެވެ. އިޔާލް ފުންނޭވާއެއް ދޫކޮށްލާފައި ދިޔައީ ކާގެއާއި ދިމާލަށެވެ.

”ލަޔާ ނެތްތަ ކާއެއްޗެއް؟ ވަރަށް ބަނޑުފައި“ އިޔާލް އަހާލިއެވެ. ”އެކުއްޖާ ޓީވީ ނިވާލިއެވެ. ”އަހަރެން މިއީ ޝެފެއް ތަ؟ ނޫނީ މަސައްކަތު މީހެއް ތަ؟ މަ ނުޖެހޭނެ އިޔާލަށް ކައްކާފަ ކާންދޭކަށް“ ލަޔާލީ ރުޅި އަހިސްފައި ބުނެލިއެވެ.

”ލަޔާ ޕްލީޒް… އިއްޔެ މެންދުރުން ސުރެ ނުކައި މިހުރީ…“ އިޔާލްގެ އަޑު ކުރެހުނެވެ. ”ދެން މަށަށް ކީތް ތަ؟ ތިހާ ބަނޑުހައި ވަންޏާ އަމިއްލައަށް ކައްކަ ބަލަ“ ލަޔާލީ އަޑަށް ބާރު ލަމުން ބުނެލިއެވެ.

”ލަޔާ ހެޔޮނުވާނެ… އިޔާއަށް ތިހެން ނަހަދަބަ…“ އިޔާލްގެ ދެލޯ ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ވެއްޓުނެވެ. ލަޔާލީ ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އިޔާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިއެވެ.

”ކޮން ލަޔާ ޕްލީޒް އެއްތަ؟ އިޔާލް މަށާ ކައިވެނި ކުރީ މަ ބޭނުން ވެގެން ތަ؟ ޔޫ ވާރް މައި ބެސްޓް ފްރެންޑް ޔޫ ބާސްޓާރްޑް. ހުރިހާ ކަމެއް ގޯސް ކުރީ ކަލޭ. ކޮން ލޯތްބެއް ތަ؟ މަ ނުވޭ ކަލޭ ދެކެ ލޯތްބެއް! އަހަރެން ވަރިކުރޭ! ހަމަ މިހާރު ވަރި ކުރޭ! ތިކަހަލަ މީހަކާއި އެކު އެންމެ ހިނދުކޮޅަކަށްވެސް އުޅޭކަށް ބޭނުމެއް ނޫން. ވަރި ކުރާށޭ!“ ލަޔާލީ ދަތްކުނޑި ވިކާލިއެވެ.

އިޔާލް ލަޔާލީގެ އަތް ދުރުކުރިއެވެ. ”އިޔާ ލަޔާދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ލޯބި ވާނަން. މުޅި އުމުރަށް ވެސް ލަޔާއަށް އިންތިޒާރު ކުރާނަން“ އިޔާލް ބުނެލީ އަޒުމުގައެވެ. ”ލޮލް. މަ ދުވަހަކުވެސް ކަލޭދެކެ ލޯތްބެއް ނުވާނަން. ދުވަހަކުވެސް! އެލޯބި ލިބޭނެ ކަމަށް ކަލޭ އިންތިޒާރު ވެސް ނުކުރޭ!“ ލަޔާލީ އަނެއްކާ ވެސް އިޔާލްގެ ހިތަށް ހަންޖަރެއް ހަރާލިއެވެ.

އިޔާލް ލަޔާލީގެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ދެން އިޔާލް ކޮއްލި ކަމަކުން ލަޔާލީގެ ދެލޯ ބޮޑު ވިއެވެ.

ނިދިނިދި އޮތް ހިނާޔާ ގޮވައިގެން ހިދާޔާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ހިދާޔާގެ ކޮންމެ ހަރަކާތެއް ބަލަން އެނދުގައި އޮތް ޔޫއާން އޮތެވެ. ”އިނގޭ ތަ؟ އަހަރެން ކުޑަ އިރު ހިތަށް އެރި ކުއްޖަކު ނުހޯދާނަމޭ. އެއީ ބޮޑު ބޮލުގެ ރިހުމެކޭ. އެކަމަކު ދޯ؟ ނާޔޫ ލިބުން ފަހުން މި ފެންނަ ލޯބި މަންޒަރުތަށް… ހެހެ ބަލާ ބަލާ ފޫހި ނުވޭ. މިހާރު އަހަރެން ބޭނުން 20 ކުދިން ހޯދަން ހެހެ“ ޔޫއާން ނިދިނިދި އޮތް ހިނާޔާއަށް އުނދަގޫ ނުވާނެ ވަރަށް ބުނެލިއެވެ.

”ލާއިލާހަ އިއްލައް ﷲ 20 ކުދިންނޭ؟ ކިހިނެތް ތަ ދާޔާ އެވަރަށް ވިހަނީ؟ އޭގެން ދިހަ ކުދިން އާން ވިހަންޏާމުން އޯކޭ ހަހަ“ހިނާޔާ އެނދުގައި ބާއްވާލާފައި އަހިސް ހިދާޔާ އެނދުގައި އިށީނެވެ. ”ތިކަން ދާޔާއަށް ކޮއްދެވޭނެ ނަމަ އަހަރެން ތިކަން ކޮއްދޭނަން ހަމަ. ހާދަ ލޯތްބެކޭ މިވެވެނީ ދޫނި ދެކެ“ ޔޫއާން ހިދާޔާގެ ތުންފަތަށް ލޯބި ކޮއްލިއެވެ. ”ހެހެ އައި ލަވް ޔޫ މޯރ“ ހިދާޔާ ލަދުން އިނދެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ރިއާނާގެ ޙިޔާލުގައި ވީ އިޔާލެވެ. ކައިޝަލް މަތިން ހަގީގަތުގައިވެސް ރިއާނާ ހަނދާނެއް ނެތެވެ. އިޔާލްގެ ޙިޔާލުން ރިއާނާއަށް ނިކުމެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދިޔައީ ކައިޝަލްއެެވެ. ނަގަން ނުނަގަން ހުރެފައި ރިއާނާ ފޯނު ނެގިއެވެ.

”ހެއީ ޕްރިންސެސް. ކިހިނެތް ތަ ކްލާސް؟“ ކައިޝަލް ވަރަށް ލޯބިން އަހާލިއެވެ. ”ރަނގަޅު“ ރިއާނާގެ ޖަވާބު ކުރެވެ. ”ކިހިނެތްވެފަ ތަ ލޯބީ؟“ ރިއާނާ ވާހަކަ ދެއްކި ރާގުން ކޮންމެވެސް ކަމެއް ވެއްޖެކަން ކައިޝަލްއަށް ދެނެގަނެވުނެވެ.

”ކަމެއް ނުވޭ“ ފޫހި ވެފައި އޮތުމުން ރިއާނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ”ރިއާ؟ އޯކޭ ތަ؟ ކައިއަށް ކަމެއް ކުރެވުނީ ތަ؟“ ރިއާނާގެ އަޑުގައި ހުރި ފޫހިކަން އިވި ކައިޝަލްގެ ހިތުގައި ރިއްސާލިއެވެ.

”ނޫން. ވަރަށް ވަރުބަލި. ފަހުން ގުޅާނަން“ ރިއާނާ ކައިޝަލްގެ ކަންފަތް މައްޗަށް ފޯނު ކަނޑާލީ ކައިޝަލްގެ ޖަވާބަކަށް އިންތިޒާރު ނުކޮށެވެ.

އޭރު ކޮޓަރިއަށް ވައިން ގޮތަށް ނިކްޔާން ކޮޓަރިން ނިކުތީ އިރު އޮއްސެން އުޅެނިކޮށެވެ. ޒުކާ ނިކުމެގެން ދިޔަކަން ޔަގީން ވުމުންނެވެ. ”ޒުކާ ދިޔައީ ތަ؟“ ނިކްޔާން އަހާލިއެވެ. ”ޔާ. ހަމަ ދެންމެ އެދިޔައީ. މަޑު ކޮއްލި ނަމަ؟“ ޔޫއާ ސޯފާގައި އިށީނދެލިއެވެ.

”ޔޫ ރަށް ރަށުގެ މީހުން ހެނެއް ނުވާނެ ދޯ މާލެ މީހުނެއް…؟ މަށަކަށް ނުފެނޭ މާލެ މަގުމަތިން ފެންނަ މީހުން ގެނެސް ކޮޓަރިއަށް ވައްދާކަށް“ ނިކްޔާން ބުނެލިއެވެ. ”ހެހެ ޒުކާ ވަރަށް ނައިސް. އެއީ ގޯސް ކުއްޖެއް ނޫނޭ“ ޔޫއާ ޒުކާގެ ދިފާއުގައި ތެދުވިއެވެ. ”ޔޫއާ! ހެވޭ ކިތަންމެ ނައިސް އަކަސް. މިއީ މަގޭ ގެ. މިގެއަށް ވެއްދޭނެ މީހުނާއި ނުވެއްދޭނެ މީހުން ވެސް އެނގޭނީ މަށަށް! ތިއީ މަގޭ އަންހެނުން. ޔޫއާ ޖެހޭނީ އަހަރެން ބުނާހެން ކަން ކުރަން!“ ނިކްޔާނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

”މިއީ ޔޫއާ ބޭނުން ވެގެން ކުރެވުނު ކައިވެންޏެއް ތަ؟ ނިކްޔާން އަމިއްލައަށް ދޯ ބުނީ ޔޫއާ ބޭނުން މިނިވަންކަން ޔޫއާއަށް ދޭނަމޭ؟ ކިޔާފަ މިހާރު ތިއީ ކޮންކަމެއް؟؟؟“ ޔޫއާ ދަތްކުނޑި ވިކާލިއެވެ.

ބުނެވުނީ ބުނެގެން ނުވާނެ އެއްޗެއްކަން އެނގުމުން ނިކްޔާންގެ ރުޅިގަނޑު ފިލާ ދިޔައެވެ. ތެދެކެވެ. ޔޫއާ ބޭނުން މިނިވަންކަން ދޭނެ ކަމަށް ނިކްޔާން ވަނީ ވަޢުދު ވެފައެވެ. ޒުކާ އަކީ ފިރިހެނެއް ވެސް ނޫނެވެ. ނަމަވެސް ޒުކާ އަކީ…؟…

”ސޮރީ…“ ނިކްޔާން މަޢާފަށް އެދުނެވެ. ޔޫއާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދެ ”ބަން“ ކިޔާފައި ދޮރު ޖެހިއެވެ. ނިކްޔާނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ވާން ކޮއްލަމުން ނިކްޔާން ސޯފާއަށް ވެއްޓިގަތެވެ.

(ނުނިމޭ)

ދިހަވަނަބައި ގެތެރެއިން:

”މިޝަން ވަން! ކާމިޔާބު. ހެހެހެ“ އެކުއްޖާ ވިހަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އަނދިރިގަނޑުން ނިކުމެވުމުން އެޅުނު ބޮކީގެ އައްޔާއި އެކު، އެކުއްޖާގެ މޫނު ކަޝްފު ވެލިއެވެ.

Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.