“އައި ވިޝް އައި ކުޑް ރިވައިންޑް އޯލް ދޯސް ޑޭސް .. އައި ވިޝް އައި ހޭޑް ނެވާރ މެޓް ޔަނާލް….. އެމީ އައި ވިޝް އިޓް ސޯ ބޭޑްލީ..އެޓްލީސްޓް ޓެލް މީ ވެއާރ ޔޫ އާރ“ އިޔާންގެ ދެތުންފަތް ފޫ އަޅުވާފައި ބަސްތައް ނުކުތެވެ. ހިތުގައި ރިއްސައިގަތީ މާޒީގެ ހަނދާންތައް އާވަމުން ދާން ފެށުމުންނެވެ.
***
(ދެ އަހަރު ކުރިން)
***
ހާއްސަ ވޯކްޝޮޕަކަށް، ސްޕެއިންއަށް އިޔާންއައީ އެކުގައި މަސައްކަތް ކުރާ އިތުރު ތިން މުއައްޒަފުންނާއި އެއްކޮންނެވެ. އަރީފް އާއި މަހުދީ އަދި ނަވާޒް އެއީ އެދަތުރުގައި އޭނާގެ ބައިވެރިންނެވެ. ތިންމީހުންނަކީ ވެސް އޭނަގެ ދަށުން މަސައްކަތްކުރާ މީހުންނެވެ. އެއީ އަމިއްލައަށް އެދިގެން ބައިވެރިވި ވޯކްޝޮޕްއަކަށް ވުމުން ދަތުރުގެ ހުރިހާ ކަމެއް ކުރަން ހަމަޖެހުނީ ތިންމީހުން އަމިއްލައަށެވެ. ނަމަވެސް ވޯކްޝޮޕް ފުރިހަމަ ކުރުމުން ވަޒީފާގެ ހާއްސަ ކުރިއެރުމެއް ލިބޭތީ އެކަމަކަށް އެކަކު ވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އެކަމުގައި އޮފީހުން ކޮށްދިން ހަމައެކަނި ކަމަކީ އެ ހަމަސް ދުވަސް ވަންދެން މުސާރަ ބަރާބަރަށް ދޭން އެއްބަސްވި އެއްބަސް ވުމެވެ. އެވަރުވެސް އެމީހުންނަށް ފުދުނެވެ.
ހުންނަން ހަމަޖެހިފައި ވަނީ، ބާސެލޯނާގަ ހުންނަ، އިޔާންގެ ބައްޕަ ނަދީމްގެ އެކުވެރިއެއްގެ ގޭގައިއެވެ. އެއާރޕޯޓުން ގެއަށް އާދެވުނު އިރު ހުރީ އިރު ތިރިވެ ހައެއް ޖަހާފައެވެ. އެހެން އެންމެން ބޭނުން ވީ ޖެހިގެން އަންނަ ދުވަހު ވޯކްޝޮޕް ފެށުމުގެ ކުރިން އެރޭ ރަނގަޅަށް ނިދާލުމަށެވެ. އެތަނުގައި ނަމާދަށް ފަރުވާތެރި މީހަކަށް ހުރީ އިޔާންއެވެ. އިޝާނަމާދު ނުކޮށް ނުނިދަން ހިތުލައިގެން، އިޔާން ނުކުމެލީ ގެޔާއި ކައިރި ހިސާބަކުން މުސްލިމުން ކައި އުޅޭ ކަހަލަ އެއްވެސް އެއްޗެއް ލިބޭ ތޯއެވެ. ގެއަށް އައިސް ވަތް ތަނުން އެގޭގައި ދިރިއުޅޭ، އޭނާގެ ބައްޕަގެ ރަހުމަތެރިޔާ ލުއިސް އާއި އޭނާގެ އަނބިމީހާ މާރިއާ ކާން ބުނުމުން ، ނުކާނަމޭ ބުނެވުނު މޮޔަ މިހާރު ހީވަމުން ދިޔައެވެ. އަލުން އެމީހުން ގާތު ކާން ބޭނުމޭ ބުނާކަށް ވެސް ނުކެރޭނެއެވެ. އެންމެފަހުން ބަނޑުހައިވެގެން އަޑުކިޔަން ފެށުމުން ނުމަތީއެވެ. ފޯނުން މެޕް ބަލައިގެން ހިނގަމުން ދިޔައިރު އޭނާއަކަށް ރަނގަޅު ތަނެއް ނުފެނުނެވެ. މުޅިން ވެސް ފެންނަނީ އޫރު މަހުން ތައްޔާރު ކޮށްފަ ހުންނަ ބާވައްތަކެވެ.
އެންމެ ފަހުން ހަނި ގޯޅިއެއްގެ ތެރޭ ހުރި ކުޑަ ފިހާރައެއް ފެނުނެވެ. ފިހާރާގެ ބޭރުގައި ތާޒާ ޖޫސް ލިބެން އެބަހުރި ކަމަށް އިނގިރޭސި ބަހުން ލިޔެފައިވާ އިބާރާތް ކޮޅެއް އިނެވެ. ލިބުނު ހިތްހަމަ ޖެހުމުން އެތެރެއަށް ވަދެ، ތާޒާ އޮރެންޖް ޖޫސް ފުޅިއެއް ހެދުމަށް އޯޑަރު ދިނުމަށްފަހު އިޔާން އެއްފަރާތެއް ގައި މަޑުކޮށްލިއެވެ. އެހެން ހުއްޓާ ނުހަނު ބާރަށް ދުވެފައި އެދިމާލަށް އައި އަންހެން ކުއްޖަކު ފެނުނެވެ. ލާފައި ހުރި މަޑު ފެހި ކުލައިގެ ހެދުމުގެ އެކި ހިސާބުތަކުގައި ވަނީ ލޭގެ އަސަރެވެ. އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑު މޫގައި ތަތްލަވާފައި ވުމުން ސިފަ ވަކިވާ ވަރެއް ނޫނެވެ. އޭނާ ހުރި ގޮތުން އިޔާންއަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތު ޖޫސްފުޅި ނިމިގެން އޭނާގެ ނަމުން ގޮވާލުމުން އިޔާން ފައިސާ ދެއްކުމަށްފަހު ބާކީ ބައި ހޯދަން ވެސް ނޫޅެ އިޔާން ބޭރަށް ނުކުތެވެ. އަނދިރިކޮން އޮތް ގޯޅިއެއް ކަމުން އެހިސާބުގައި މީހަކުވެސް ނެތެވެ.
”އެކްސްކިއުޒް މ-“
”އަޔޫދެމޭ“ އިޔާންގޮސް ގާތައް ހުއްޓިލި ހިތުން އެ ކުއްޖާ ވާހަކަ ދައްކަން ފެށީ ސްޕެއިން ބަހުންނެވެ.
”ހެލޯ އައި ޑޯންޓް އަންޑަސްޓޭންޑް .. އިފް ޔޫ ކުޑް ސްޕީކް އިންގްލިޝް، އައިކެން ހެލްޕް“ އިޔާން އިތުރަށް ހައިރާންވީ އަންހެން ކުއްޖާގެ ފަހަތުން އައި މީހުންތައް ފެނިފައެވެ. ނަމަވެސް އިޔާން ބަލައިލުމާއި އެކު ފަހަތައް ޖެހެމުން ގޮސް އެމީހުން އެތަނުން ގޮސްފިއެވެ.
”ހެލް..ހެލްޕް މީ.. އަމް އަމީރާ“ މާނޭވާ ލެވެމުން ދިޔަ ހިނދު އަމީރާއަށް ހުރި ދިމާލަށް ތިރި ވެވުނީ އެމީހު ދިޔަ މަންޒަރު ދެކެފައެވެ. އެއާއި އެކު އަމީރާގެ ދެއަތުގައި ހިފާ އިޔާންނެގިއެވެ. އަމީރާ ގޮވައިގެން އިޔާން އެނބުރި ވަނީ ކުރިން ވަތް ފިހާރައަށެވެ.
”އެކްސްކިއުޒް ..ކުޑް ޔޫ ޕްލީޒް ގިވް މީ އަ ފަސް އެއިޓް ކިޓް އިފް ވަން އިޒް އެވައިލަބަލް ހިޔާރ؟“ އިޔާންގެ އަޑަށް ފިހާރައިގަ އިން އަންހެންކުއްޖާ ބަލައިލިއެވެ.
އޭނާއަށް އަމީރާ އިން ހާލަތު ފެނި އަވަސްއަވަހަށް ބޯޖަހައިލަމުން، ފިހާރައިގެ ގުދަން ބަޔަށް ގޮސް އައީ ފަސްޓް އެއިޓް ބޮކްސް އެއް ހިފައިގެންނެވެ. އޭނާ ގެނައި ފޮތިގަނޑެއް އަމީރާގެ ގައިގާ އަޅާލަ ވެސް ދިނެވެ. “ކޭ ޕެސޯ، ޗިއްކާ“ އޭނާ އަހައިލިއެވެ.
އަމީރާއަށް ރޯން ފެށުނެވެ. ވާހަކަ ވެސް ނުދެއްކުނެވެ. އިޔާން ބޭސް އަޅާމުން ދިޔަ އިރު ވެސް މެދުކެނޑުމެއް ނެތި އަމީރާ ރޮމުން ދިޔައެވެ. އިޔާން ހާސްވެފައި ހުރެމެ ހުއްޓާލާށޭ ދެތިން ފަހަރަކު ބުނެލިއެވެ.
”ކިހިނެތް ވީ..އޫޕްސް ސޮރީ ..ވަޓް ހެޕެންޑް“ ހާސްވެފައި ހުރެމެ ވާހަކަ ދެއްކުނީ ދިވެހިކަން ރެއަކާއި ލުމައި އެކު އިޔާން މާފަށް އެދުނެވެ.
”ދިވެހި އިނގޭ ..“ އިޔާން ދިވެހިން ވާހަކަ ދެއްކުމުން، ރޮވެމުން ދިޔަ އަމީރާ ކުއްލިއަކަށް ހުއްޓުނެވެ. އިޔާންއަށް ލިބުނު ހިތްހަމަ ޖެހުމުގައި ހިނިތުންވެލެވުނެވެ.
”ޔުއާރ ސޭފް ވިތް މީ..ފުރަތަމަ ހިނގާ މިތަނުން ދަމާ“
”ކޮންތާކަށް“ އަމީރާ އަށް އެހުނެވެ.
“ އަހަރެން ދިރިއުޅޭ ތަނަށް.. ލެޓްސް ގޯ“ އިޔާން ހިނިތުންވެލާފައި ބުނެލިއެވެ. ފިހާރަތަކުން ނުކުމެ ދެމީހުން ހިނގައިގަތެވެ. އިޔާންގެ ފަހަތުން އަމީރާ މަޑުމަޑުން ހިނގާލާފައި އައިއިރު ހުސްފަޔާއި ހުރުމުން ހިސާބަކަށް ކޮރާ ތެޅުނެވެ. އެކަން އިޔާންއަށް ފާހަގަ ވެގެން ބަލައިލި އިރު އަމީރާ ހުރީ ހުސްފަޔާއި ކަން އެނގި އަމިއްލަ ބޮލުގައި ޖަހައިލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ކުޑަވަރެއް ޝޮޕިންގް މޯލްއެއްގެ ކައިރީގައެވެ. އިޔާންގެ ފައިވާން އަމީރާގެ ފަޔަށް ބޮޑު ނަމަވެސް އޭނާގެ ފައިވާން ބޭލުމަށް ފަހު އެރުމަށް ބުންޏެވެ. ވަގުތުން އަމީރާއަށް ދެކޮޅު ހެދުނެވެ.
”އަރާބަ.. އޯކޭ ވާނެ އޭ.. ހިނގާ މިތަނަށް ވަންނަ ފައިވާނެއް ހޯދަން..“ އިޔާން އެންމެ ފަހުން ކުރުނުކުރުމުން، އަމީރާ އެ ފައިވާނަށް އަރައިގެން ހުރެ އިޔާންގެ ފަހަތުން ފިހާރައަށް ވަނެވެ.
”އައި ހޭވް ނޯ މަނީ.. ވަޓް ޓް ޑޫ “
”އަހަރެން ޕޭ ކުރާށޭ މިއައީ“
ފައިވާނަކާއި ދެތިން ހެދުން އަދިވެސް އަމީރާއަށް ބޭނުންވާނެ ސާމާނުކޮޅެއް ގަނެގެން އިޔާން ނުކުތެވެ. ހަލަބޮލި ވެފައިވާ މަގުތަކުން ދިޔައިރު މީހަކު ބަލައިލި ނަމަވެސް އަމީރާ ބިރުން ސިހޭގޮތް އިޔާންއަށް ފާހަގަ ވިއެވެ. އެންމެފަހުން އަމީރާގެ އަތުގައި އިޔާން ހިފިއެވެ. ގެއަށް ދެވެންދެން ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ބަހެއް ނުބުންޏެވެ.
ގޭގެ ކޯޑު ޖަހައިލުމަށްފަހު ގޭޓުން އެތެރެވެފައި އިޔާން ބަލައިލީ މީހެއްގެ ހިލަމެއް ވޭތޯއެވެ. އެކަކުވެސް ފެންނަން ނެތުމުން އަމީރާ ގޮވައިގެން އިޔާން އެރީ ގޭގެ ދެވަނަ ފަންގިފިލާއަށެވެ. ލުއިސް އާއި މާރިއާ އުޅެމުންދާ ފްލޯ ކަމުން އިޔާން ހުންނަނީ އެ ބައިން ކޮޓަރިއެއް ގައެވެ. އޭނާގެ އެކުވެރިން ދިރިއުޅެނީ ތިރީ ބައިގައި ހުރި ކޮޓަރިތަކުގައެވެ.
”ކަމް..“ އިޔާންގެ ކޮޓަރީގެ ދޮރު ހުޅުވާލަ ދިނުމަށްފަހު ވަނުމަށް ތަންދެމުން އިޔާން އެއްފަރާތައް ޖެހިލިއެވެ. އަމީރާ އެތެރެއަށް ވަތްހިނދު އެ މޫނަށް ފުރިހަމަ ނަޒަރެއް އިޔާންއަށް ދެވުނެވެ. އިޔާންގެ ޒުވާން ހިތް އާދަޔާއި ހިލާފަށް ތެޅިގަތެވެ. އޮމާންކަމުން ބިއްލޫރި ފަދައިން ވިދުން އަރަމުން ދިޔަ ހަންގަނޑަށް ވަނީ މަޑުމަޑު ފިޔާތޮށި ކުލައެއް ފާއްދާލާފައެވެ. ބުޅި އިސްތަށި ކޮޅުތައް ތަރުތީބު ގެއްލިފައިވާއިރުވެސް ލޯބި ބުދެއް ފަދައެވެ. އިޔާން ބަލަހައްޓައިގެން ހުރުމުން، ލަދުގަތް ވަރުން އެ ރަތް ތުންފަތްކޮޅު ހަފާލިގޮތުން ވެސް އިޔާންގެ ހިތައް ގޮތެއްވިއެވެ. ހޭވެރިކަން ވުމުން ދެފަރާތައް ބޯ ހޫރުވާލުމަށްފަހު ނުހަނު އަވަހަށް މާފަށް އެދުނެވެ.
”ހިޔާރސް ޔޯ ސްޓަފް..މްމް މޭކް ޔޯ ސެލްފް އެޓްހޯމް.. އައިލް ބީ އައުޓް ސައިޑް“ އަމީރާ ބޯ ޖަހައިލުމުން އިޔާން ކޮޓަރިން ނުކުމެ ދޮރުގައި ލެނގިލިއެވެ.
”އޯހްހް ގޯޝްޝް.. ޝީ އިޒް ސޯ ޕްރިޓީ“ އިޔާންއަށް އަމިއްލަ މޭގައި އަތް ޖައްސާލެވުނެވެ. ހިނދުކޮޅަކަށް އަމިއްލަ ދުނިޔެއަށް ގެއްލި ހުސްވެވުނެވެ. ފުރަތަމަ ނަޒަރުން ވެސް އަމީރާގެ ސޫރަ އިން އެހިތައް ގޮތެއް ވެއްޖެކަން ގައިމެވެ. ފުރިހަމަ ހިނިތުންވުމަކުން ތުންފަތް ފެވުނުނު އިރު އެތަނަށް އިތުރު ބަޔަކު އައިކަމެއް ވެސް އޭނާއަކަށް ރެއަކާއި ނުލިއެވެ.
”ސަން.. ވައި އާރ ޔޫ ސްމައިލިން ލައިކް އިޑިއަޓް“ އިޔާން ސިހުނީ ލުއިސް ގެ އަޑު އިވުމުންނެވެ. ތެޅިގަނެފައި ބަލައިލި އިރު މާރިޔާއާއި ލުއިސް ތިބީ ކުރިމަތީގައެވެ. ތުންފަތުގައި ވީ ހިނިތުންވުން އިޔާން ފޮރުވާލިލެއް އަވަސްކަމުން ދެމީހުންގެ ގާތައް ހިނިއައެވެ.
”ދަރިފުޅާ ކޮޓަރީގަ މައްސަލަ އެއް އުޅެނީތަ“ މާރިޔާ، އިޔާންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އިޔާން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓަ ކުއްލިއަކަށް ކޮޓަރިގެ ދޮރު ހުޅުވާލާފައި ނުކުމަތީ އަމީރާއެވެ. މާރިއާއާއި ލުއިސް ސިހުނު އިރު އަމީރާ ވެސް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ދެވަނަ ސިކުންތު ނުހަނު އަވަހަށް އަމީރާ ދޮރު ލައްޕާލިއެވެ. ލަދުގަންނަ ގޮތް ވެފައި ހުރެމެ އިޔާންއަށް ބޯ ކަހާލެވުނެވެ.
“އިޔާ…އާރ ވީ ޑިސްޓާރބިން ޓް ސަމްތިންގ“ ލާނެތް ހިންޏެއް ހީލައިގެން ހުރެ ލުއިސް އަހާލިއެވެ. މާރިޔާއަށް ވެސް އަނގަމަތީގައި އަތް އަޅާލެވުން އިރު ހެވިއްޖެއެވެ.
”އެބްސޮލިއުޓްލީ ނޮޓް..މްމްމް..ކެން ވީ ޓޯކް“ ލަދުގަނެފައި ހުރެމެ އިޔާން ވެސް ރަކި ހިނިތުންވުމުގައި ހުރެ އިޝާރާތް ކޮށްލީ ލިވިންގްރޫމު ސޯފާއަށެވެ. ދެމީހުންވެސް އިޔާންގެ ފަހަތުން ގޮސް އިށީންދެލީ ސޯފާގައެވެ. މިރޭގެ ހާދިސާ އިޔާން ކިޔައިދޭންފެށިއެވެ.
***
އަމީރާ ކޮޓަރީގެ ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަލަ ހިނގާލަ ހުރި އިރު ހިތުގެ ތެޅުން ހިސާބަކަށް ދިޔައީ އަވަސް ވަމުންނެވެ. ލަދުގަނެފައި ހުރި ވަރުން މުޅިކުއްޖާގެ މޫނަށް ވަނީ މަޑު ރަތްކުލައެއް ފާއްދާލާފައެވެ. އިޔާންގެ ގާތުގައި ތިބި ދެމަފިރިންގެ މޫނު ފެނުމާއި އެކު އޭނާ ދޮރު ޖެހިގޮތް ހަނދާންވާ ކޮންމެ ފަހަރަކު ދެލޯ މަރާ ފިއްތާލެވެއެވެ. އެންމެ ފަހުން ގޮސް އެނދުމައްޗަށް ޖެހިގަތެވެ.
”ވަޓް ދަ ހެލް ހޭވް އައި ޑަން ނައު“ އެނދުމަތީގައި ދެފަރާތައް ފުރޮޅިލަމުން ބާލީހުގައި މޫނު ފޮރުވާލިއެވެ. އެހެން އޮވެފައި އަމީރާއަށް ސިހުމެއް ލިބުނީ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމުންނެވެ. ބަލައިލި އިރު ކުރިމަތީގައި ހުރީ ކުރިން ފެނުނު އަންހެންމީހާއެވެ. އަވަސްއަވަހަށް ތެދުވަންނަން އުޅުނު ގޮތުން އޭނާ ނުވެއްޓުނީ ވެސް ކިރިޔާއެވެ.
”އަމީރާ ދޯ ކިޔަނީ.. ޑޯންޓް ރަޝް.. ހެހެހެ… މާރިއާ އާންޓް އެނގޭ މިއީ“ އަމީރާއަށް ވެގެން ދިޔަ ގޮތުން މާރިއާ ގާތައް ހިނި އަންނަ ގޮތްވިއެވެ. އޭނާގެ އަތުގައި އޮތް ފަސްޓް އެއިޑްބޮކްސް ހިފައިގެން ގޮސް އެނދުގައި އިށީނދެ އަމީރާގެ ގާތުގައި ވެސް އިށީނުމަށް ބުނެލިއެވެ.
މާރިޔާގެ ހިތްހެޔޮ ހިނިތުންވުމުން އަމީރާ ހިސާބަކަށް ހަމައަކަށް އެޅުނެވެ. ނަމަވެސް އެއްވެސް މީހަކަށް އިތުބާރުކުރުމަކީ އަމީރާއަށް ކުރަން ފަސޭހަކަމެއް ނޫނެވެ. އަމީރާ އިށީންދެލުމުން ފުރަތަމަ ވެސް މާރިއާ ހިފައިލީ އަމީރާގެ ޒަހަމް ވެފައި އަތުގައެވެ.އަމީރާ ލައިގެން ކްރީމް ކުލައިގެ ސްވެޓާރގެ އަތް އޮޅާލަ ދެމުން ޒަހަމް ކޮޅުގައި، ބޭސް އަޅަން ފެށިއެވެ.
”ޑޯންޓް ވޮރީ ސްވީޓްހާޓް… ދައްތައަކީ ކުރީގަ ޑޮކްޓާރ އެއް.. މިހާރު ވަޒީފާއަށް ގޮސް އުޅެވޭ ވަރަށް ވުރެން ބަލިކަށި ވީމަ ގޭގަ މިހުންނަނީ.. ކޮއްކޮއަށް ކިހިނެތް އިޔާ އާއި ދިމާވީ“ މާރިޔާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. މަލަންކޮޅެއް ތަތްކޮށްލަ ދެމުން، ވަށައިގެން ހޭކިފައި ހުރި ބޭސްތައް ކަފަކޮޅަކުން ސާފްކޮށްލަ ދިނެވެ.
”އަމްމް.. އިޓްސް އަ ލޯންގ ސްޓޯރީ“ އަމީރާއަށް ހިތިގޮތެއް ހީލެވުނެވެ. ކިތަންމެ ހިއްސާ ކުރަން ބޭނުން ނަމަވެސް އެއިން ވާޙަކަ އެއް ކިޔައިދިނުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އަނެއްކޮޅުން އެހާ އަވަހަށް، މީހަކަށް އިތުބާރު ކުރުމަށް އޭނާގެ ހިތާއި ސިކުނޑި އިއްތިފާގުން ދެކޮޅެވެ. އަދި މިތަނުން މިދިމާވި މީހުންގެ ގޮތެއް ވެސް ނޭނގެއެވެ. އޭނާގެ އުމުރުން ވީ ސޯޅައަހަރު ތެރޭގައި މުޅިން ވެސް ދިމާވެފައިވަނީ އަނިޔާވެރިކަމުން ހައްދު ފަހަނައަޅާފައިވާ މީހުންނާއެވެ.
”ސްވީޓްހާރޓް.. ޔޫ ކޭން ސޭ އެނީ ތިންގް ޓް މީ.. އަހަރެންގެ ފިރިހެން ދަރިފުޅު މިއަދު ދުނިޔޭގައި ހުރިނަމަ، ފަހަރެއްގަ އަހަންނަށް މާމަ ކިޔާ ތި އުމުރުގެ އަންހެން ދަރިފުޅަކު ވެސް ހުރެދާނެ.. “ އަމީރާގެ އިސްތަށިގަނޑުގައި މާރިއާ ނުހަނު ލޯބިން ފިރުމާލިއެވެ. މާރިއާގެ ދުވަސްވީ މޫނުމަތިން ކޮންމެވެސް ވަރެއްގެ މޮޅިވެރިކަމެއް ފެންނަމުންދިޔައެވެ.
”އަމް ސޮރީ“
”ޑޯންޓް ބީ .. އަޅާ ނުލަމާ.. ބޭބޭ ދިޔައީ ކޮއްކޮއަށް ރޫމްއެއް ރެޑީ ކޮށްލަދޭން.. ވެންއެވާރ ޔޫ ފީލް އޯކޭ.. ޕްލީޒް ކަމް ޓް މީ.. އޯކޭ؟“ މާރިއާގެ ޖުމްލަތަކަށް އަމީރާ ބޯޖަހައިލިއެވެ. ދޮރުގައި ޓަކިޖަހަން ފެށުމުން ވަނުމުގެ ހުއްދަ އަމީރާ ދިނެވެ. ކުރިމަތީގައި ހުރީ ލުއިސް އެވެ. ކޮޓަރި ތައްޔާރު ކުރެވުނު ހަބަރު ދިނުމުގެ މާރިއާ ތެދުވިއެވެ.
”ލެޓްސް ގޯ “ އަމީރާގެ އަތުގައި ހިފައިގެން މާރިއާ ނުކުމަތެވެ.
”ލުއިސް ދޭ އަމީރާ ގޮވައިގެން.. އަހަރެން އެބަ އަންނަން“ މާރިއާ ބަދިގެއަށް މިސްރާބު ޖެހުމުން ލުއިސް ބޯޖަހައިލިއެވެ. އަމީރާ ލިވިންގްރޫމަށް ނަޒަރު ހިންގާލީ އިޔާންގެ ހިލަމެއް ވޭތޯއެވެ. އިޔާން ފެންނަން ނެތުމުން އަހާލަން އުޅެފައިވެސް އަމީރާ ފަސްޖެހުނެވެ.
”އިޔާން ވެސް ވެއްޖެ ތިރިއަށް ގޮސްފަ… އެއްޗެއް ކާލައިގެން ނިދާލަން ބޭބެއަށް ފެންނަނީ… ވަރަށް ވަރުބަލި ވެފަ ހުރިކަން އެނގޭ..އެކަމަކު ކޮންމެ ގޮތެއް ހަދާފަ ވެސް ހެނދުނު ވާނެ ކޮންމެވެސް ވަރަކަށް ވެގެން އުޅޭ ގޮތް ކިޔައިދޭން..އިޔާ ކިޔައި ދިން ދަރިފުޅު ފެނުނު ގޮތް“ ހިތްހެޔޮ ރާގެއްގައި ލުއިސް ބުނެލިއިރު އަމީރާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. އިރުކޮޅަކު ވިސްނާލުމަށް ފަހު، އެންމެފަހުން އަމީރާ ބޯޖަހައިލިއެވެ. އަނިޔާވެރިންގެ އަތްދޮށުން ސަލާމަތް ވެވުނު ނަމަވެސް، އިތުރު ގޮތެއް ވެސް ފެންނާނީ ކޮންމެވެސް ވަރަކަށް ހާލަތު ކިޔައިދީގެންކަން އޭނާގެ ހިތް ވިސްނައިދިނެވެ.
”މި މިރޭ ދައްތަ ހަދާލި ވެޖް ސޫޕެއް… ބީ ކެއާރފުލް ހޫނުކޮށްލައިގެން މިއައީ..ސޫޕް ބޯލައިގެން އަރާމް ކޮށްލާ އެނގޭ… މާ ބޮޑަށް ހާސްނުވާތި… މި ފުރާޅު ދަށުގަ ހުންނަހާ ހިނދު ދަރިފުޅަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމަށް ދައްތަމެން ޔަޤީންކަން ދެން“ އަމީރާގެ އަތުގައި ހިފާލަމުން މާރިޔާ ބުނެލިއެވެ. މާރިޔާގެ ހިތްހެޔޮކަމުން އަމީރާގެ ލޮލަށް ކަރުނަ ވެސް ޖަމާވިއެވެ. އޭނާއަށް މުޅިން ވެސް ތަޖުރިބާ ކުރެވިފައި ހުރީ އަނިޔާވެރިކަމެވެ. މިފަދަ ހިޔާވައްސަކަށް އުއްމީދުކޮށްގެން އޭނަ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ. އަމީރާގެ ކަރުނުތައް ފެނި ހާސް ނުވުމަށް ލުއިސް ވެސް އެދުނެވެ.
”ހެނދުނުން ކިޔައިދޭނަން.. އަލްހަމްދުﷲ، މާރިޔާ ދައްތައާއި ލުއިސް ބޭބެ ގެ މިހިތްހެޔޮ ކަމަށްޓަކައި ޝުކުރިއްޔާ..އަލް އެންޖޯއީ ދިސް“ މާރިއާ ދިން ސޫޕް ތަށިން ސަމްސަލެއް އަނގަޔަށް ލަމުން އަމީރާ ލުއި ހިނިތުންވުމެއް ދިނެވެ. އަމީރާ ހުރީ އެކަނިވެލަން ބޭނުން ވެފައިކަން ނަގައި ގަނެވުނީ ކަންނޭގެއެވެ. އެދެމަފިރިން ވެސް ރޭގަނޑުގެ ސަލާމް ކިޔާލުމަށްފަހު ދިޔައެވެ.
އެ ދެމަފިރިން ދިއުމުން، ކޮޓަރީގެ އެނދުމަތީގައި އަމީރާ އެކަނި އިނެވެ. މާރިޔާ ދިން ހޫނު ސޫޕް ތަށި އެނދުގެ ހެޑްބޯޑުގެ އެއް ފަރާތުގައި ބަހައްޓާފައި އޭނާ ލޯމަރާލީއެވެ. އެކަނިވެރިވުމުން ހީވީ ކޮނޑުގައި އެޅިފައިވާ ބުރަ ބޮޑުވެގެން ދިޔަހެންހެންނެވެ. އެ ދިގު އެސްފިޔަތަކުގެ ނިވަލުގައި ، މިހުރިހާ އިރު ރައްކާކޮށްފައިވީ ކަރުނުތައް ބޭރުކޮށްލީ ދެނެވެ. ހޯސްލާފައި ދެލޮލުން ފައިބަމުން ދިޔަ ކަރުނުތަކާއި އެކު އަމީރާގެ އަނގައިން ގިސްލުމުގެ އަޑުބޭރުވަމުން ދިޔައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދޮން މޫނު ރުއިމުގެ ސަބަބުން ރަތްވިއެވެ.
އަމީރާ ދެލޯ ދެލޯ މަރާލުމާއި އެކު ސިފަ ވީ މިރޭގެ ހާދިސާއެވެ. ދިރިއުޅެމުން ދިޔަ އަނިޔާވެރި ޖަލެއް ފަދަ ހަވޭލިން، ލިބެމުން ދިޔަ އަނިޔާ ތަކަށް ކެތް ނުވެގެން އަމީރާ ފިލީއެވެ. އެއާއި އެކު އެގޭގެ ވެރިޔާ ހޫގޯގެ އަހުލުވެރިންނަށް އެކަން އެނގުމުން އަމީރާ ހޯދުމަށް ނުކުތީވެ. އަމީރާގެ ނަސީބު ދެރަކަމުން މާ ދުރަށް ނުދެވި އުޅެނިކޮން އެމީހުންނަށް ، އޭނާ ފެނުނެވެ. ގައިގާ ހުރި ހަކަތައް ހުސްވަންދެން އަމީރާ ދުވިއެވެ. އެތައް ހިސާބަކަށް ދުވެވުނު އިރު، އެންމެފަހުން ހަށިގަނޑުން ވަރު ހުސްވެ ދުވުން މަޑުޖެހިލެވުނެވެ. އޭރު އެމީހުން ވެސް އޭނާއާއި ނުހަނު ގާތައް އައިސްފިއެވެ. ފަސް އެނބުނު އިރު އެމީހުންގެ މޫނުމަތިން ފެނުނު ނުބައި ހިނިތުންވުންތަކުން ހިތްވަރުކޮށްފައި އަދިވެސް ކުރިއަށް ދެވޭތޯ ބެލިއެވެ. ކަންދިމާކުރި ގޮތުން އެހިސާބުން އިޔާންއާއި ބައްދަލުވީއެވެ. އަމީރާގެ ހިތް، އިޔާންއާއި މެދު ވަނީ ޝުކުރުން ފުރިފައެވެ. އިޔާން އެވަގުތު ނައިނަމަ ދެން ވެގެންދާނެ ގޮތް ހިތައް ގެނުވަން ވެސް ދައްޗެވެ.
ދެލޮލުން ކަރުނު ފުހެލަމުން އަމީރާ އެނދުގައި އޯށޯވެލިއެވެ. ހަށިގަނޑުގައިވާ ވަރުބަލިކަމުގެ ބުރަދަން ވެސް އިޙްސާސްވީ އަރާމް މަޑު ތަންމަތީގައި ހަށިގަނޑު ބީހިލުމުންނެވެ. މާގިނައިރެއް ނުވެ ދެލޮލަށް ނިދީގެ ހިލަން ވިއެވެ.
***
ފޯނުން ވީ އެލާމްއާއި އެކު އިޔާން އެނދުން ތެދުވެ ގަޑި ބަލައިލިއެވެ. ގަޑިން ފަސްގަޑި ބައި ވެފައިވާ ތަން ފެނި ތުވާލި ހިފައިގެން އޭނާ މިސްރާބް ޖެހީ ފާހަނައަށެވެ. އެ ފިނިފިނި ފަތިހު ހޫނު ފެނުން ފެންވާރާ ލުމުގެ ބަދަލުގައި އޭނާ ގަސްތުކުރީ ފިނިފެނުން ފެންވާރާލުމަށެވެ. އެއަށް ވުރެން ފަސޭހައިން ނިދި ފިލާނެ، ހަށިގަނޑަށް ދިރުމެއް ލިބޭނެ ގޮތެއް ވެސް ނެތެވެ. ނަމާދު އެޅުމަށްފަހު ނިދަން އޮތުމަކީ އިޔާންގެ ގޮތެއް ނޫނެވެ. ދުވަހުގެ ކޮންމެ ނަމާދަކީވެސް އޭނާ އެންމެ އަހަންމިއްޔަތުކަން ދޭ ކަންތަކެވެ.
ފެންވަރައިގެން ނުކުމެ ނަމާދުކޮށްލުމަށްފަހު، އޭނާ ބޭނުން ވީ ކޮފީއެއް ބޯލުމަށެވެ. އޭގެ ކުރިން އަމީރާގެ ހިލަމެއް ވޭތޯ ބަލައިލުމަށް ހިތް އެދެމުން ދިޔުމުން ކޮޓަރިން ނުކުމަތެވެ. ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އޭނާގެ ނޭފަތުގައި ހިފާލީ ބަދިގެއާއި ދިމާލުން އަންނަމުންދާ މީރުވަހުންނެވެ. އެހާ ފަތިހާ މާރިއާ ނާސްތާ ތައްޔާރު ކުރަނީބާއޭ ހިތައް އެރުމުން ހިސާބަކަށް ހައިރާންވެސް ވިއެވެ.
”އާންޓް.. ހާދަ އަވަހަކަށް ހޭ..ލައި..ގ..ގެން“ އަވަސް ފިޔަވަޅުތަކެއްގައި އިޔާން ބަދިގެއަށް ވަނެވެ. ނަމަވެސް އުނދުން ކައިރީގައި ހުރި އަމީރާފެނި އިޔާންގެ ޖުމްލަ ތައް ނުކުތީ ކެނޑިކެނޑިގެންނެވެ. ހައިރާންވެފައި ހުރެ އިޔާން ބަލައިލީ މާރިއާކޮބާތޯއެވެ.
”އާންޓް ނިދާފަ.. އާދޭ ސައިބޯން “ ނުކެރި ހުރެފައި އަމީރާ ޖަވާބުދިނެވެ. އިޔާން ބަލައިލީ ކާމޭޒުމައްޗެވެ. ރޭގައި ރަނގަޅަށް ނުކައި ހުރުމުން އޭނާ ގޮސް ކާމޭޒު ދޮށުގައި އިށީންދެލިއެވެ.
މޭޒުމަތީގައިވާ ކާތަކެތިން އިޔާންގެ ބަނޑުހައި ކަން ވީ އިތުރެވެ. ދެވައްތަރެއްގެ ޖޭމާއި ޓޯސްޓްކޮށްފައިވާ ޕާނާއި ސޮސެޖް ހުއްޓެވެ. ޗީޒް އަދި ސްކްރެމްބްލްޑް އެގްގެ އިތުރުން ބުއިމަކަށް އޮރެންޖް ޖޫސް ހުއްޓެވެ. އޭރު އަމީރާ އުނދުން މަތީގައި ކައްކަމުން ދިޔަ ”ޓޮސްޓަޑަ ކޯން ޓޮމާޓެ“ ވެސް ގެނެސް މޭޒުމަތީގައި ބެހެއްޓި ހިނދު ކުރިއަށް ވުރެން ވެސް ވަސް ރަނގަޅުވިއެވެ. އިޔާންގެ މަގަތައް ތައްޓެއް ކައިރިކޮށްލުމަށްފަހު އަމީރާ ހުއްޓިލީ ދުރުގައެވެ.
”ހާދަ ބައިވަރު ސާމާނެއް.. އޯކޭ ވާނެ ޖަސްޓް ބްރެޑް އެންޑް ޖޭމް.. ޔޫ ނީޑް ޓް ރެސްޓް..ރަނގަޅަށް ނިދުނުތަ؟“ އިޔާންގެ ޖުމްލަތަކުގައިވީ އަޅައިލުމެވެ. އެކަން ދެނެގަނެވުނު ހިނދު އަމީރާއަށް ހީލެވުނެވެ.
”މްމްމް ނިދިން.. ތޭންކިއު ފޯރ ސޭވިންގ މީ.. އަ އޯވ ޔޫ.. އިޓްސް މައި ގްރެޓިޓިއުޑް“ އަމީރާ މަޑުމަޑުން ބުނެލިއެވެ. ރޭގައި އޭނާގެ ހާލަތު ހުރިގޮތުން އިޔާންއަށް އެންމެ ފުރިހަމަ ގޮތުގައި ޝުކުރު އަދާ ނުކުރެވެއެވެ. މުޅި އުމުރު ދުވަހު ޝުކުރު އަދާކުރިނަމަވެސް އިޔާންއަށް އެކަމުގެ އަގު އަދާކުރެވިދާނެ ބާއޭ އަމީރާގެ ހިތައް އެރިއެވެ.
އިޔާން ތައްޓަށް ކާ އެއްޗިހި އަޅަމުން ދިޔަ ހިނދު އަމީރާއަށް ސިއްރު ނަޒަރެއް ދެވުނެވެ. ރޭގައި، އިޔާންގެ ސިފައަކަށް ވެސް މާ ބޮޑަކަށް ނުވިސްނެއެވެ. އިޔާންގެ ފިރިހެންވަންތަ ސޫރަ އެހާ ހެނދުނާ ފެނުނު އިރު ތާޒާކަމުން އަމީރާގެ ނާޒުކް ހިތައް ޒާތެއްގެ ގޮތެއް ވެގެން ދިޔައެވެ. ހަތަރު ކަޅި ހަމަކުރަން އުޅެ އެކަމެއް ވެސް އަމީރާއަކަށް ނުވިއެވެ. އެހާ ރީތި ފިރިހެނެއް އޭނާގެ ހަޔާތުގައިވެސް ނުދެކެއެވެ. ވާނީވެސް އެހެންތާއެވެ. އުމުރުން އެހާ ވަރު ވީއިރު ވެސް ގެއިން ބޭރަށް ނުކުތް އެއީ ދެވަނަ ފަހަރެވެ. ބައްދަލުވާނީވެސް ކާކާއިހެއްޔެވެ.
ނަމަވެސް އިޔާންގެ އެ ފިރިހެންވަންތަ ސިފައިން އަމީރާގެ ޅަހިތައް ތަފާތު ހަލަބޮލިކަމެއް ގެނުވައިފިއެވެ.
”އާދޭ ޖޮއިން ވާން… އެކަނިން ކާން ވަރަށް ފޫހި“ އިޔާން ވާހަކަ ދެއްކީ ސީދާ އަމީރާގެ ދެލޮލަށް ބަލައިލަމުންނެވެ. މޫނަށް ޖަންބުކުލަ ވެރިވި އިރު އެ ބަރު އަޑުން ވެސް އަމީރާގެ ހަށިން ހީބިހި ހަލުވާލިއެވެ. ލަސްލަހުން ބޯޖަހައިލަމުން، ގޮނޑިއެއް ދަމާލަމުން އޭނާ އިށީންދެލީ އިޔާންގެ ކުރިމައްޗަށް ވާހެން އިން ގޮނޑީގައެވެ.
”ޔަމީ..“ ޓޮމާޓޯ ސޫޕްގެ ރަހަ ބަލާލަމުން އިޔާން ތައުރީފްކޮށްލިއެވެ. އެއަޑުއިވި އަމީރާގެ ތުންފަތުގައި ދުވެލި ހިނިތުންވުމަށް ގެއްލި އިނދެފައި އިޔާންއަށް އިނދެވުނެވެ. މަޑުން އިނދެ ކެއި ނަމަވެސް އެ ސޫޕް އޭނާއަށް ވަރަށް ކަމުދިޔައެވެ. އާންމުކޮން ކާ ވަރަށް ވުރެން ގިނައިން އިޔާންއަށް ކެވުނެވެ.
ދޭތެރެއަކުން ދެމީހުންގެ ނަޒަރު ސީދަވެ ލުއި ހިނިތުންވުންތައް ބައްދަލުކޮށްލައެވެ. ނަމަވެސް އިތުރަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހަމަހިމޭންކަމާއި އެކު ތިބެ ނާސްތާ ކުރުމަށްފަހު މޭޒުދޮށުން ތެދުވިއެވެ. ލިވިންގރޫމްއާއި ދިމާލަށް އިޔާން ދިޔުމުން އަމީރާ ފެށީ ތަށިތައް ނެގުމުގެ މަސައްކަތެވެ. އެމަސައްކަތުން އަވަދިވެގެން ލިވިންގްރޫމަށް ނުކުމެ ބަލައިލިއިރު އިޔާން ފެންނަން ނެތުމުން ހިސާބަކަށް އަމީރާއަށް އުނދަގޫވިއެވެ. އޭނާއާއި ވާޙަކަ ދައްކަން އިޔާން އަންނާނެ ނަމައޭ ވެސް ހިތައް ހިތައް އަރަމުން ދިޔައެވެ.
”އަމީރާ…ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ… އަދި މިއުޅެނީ އޭނާ ފެނުންތާ ސައުވީސް ގަޑިއިރު ނުވެގެން .. މިހާ އަވަހަށް ކޮންހާ ގޮތެއްތަ މިވަނީ“ އިޔާން އާއި މެދު މާ ވަރަކަށް ވިސްނެން ފެށުމުން އަމިއްލަ ނަފްސަށް އިވޭވަރަށް އަމީރާ އަޑުލައިގަތެވެ. ދެފަރާތައް ބޯހޫރުވާލަމުން އޭނާ މިސްރާބު ޖެހީ ލިވިންގރޫމު ތެރެއިން ދެވެން ހުރި ބެލްކޮނީއަށެވެ. ހަގަޑި ބައި ވީ އިރުވެސް އަދި އަލިވިލުމާއި ގާތްވެސް ނުވެއެވެ. އަމީރާ ހުއްޓިލީ ރެއިލިންގގެ މަގަތުގައެވެ. އެތާގައި ހުންނައިރު ގޯތި ތެރޭގައި ހައްދާފައިވާ، މާރިއާގެ ފިނިފެންމަލުގެ ބަގީޗާ ފެންނަމުން ދިޔައެވެ. ގޭގެ ފާރުގައި ހަރުކޮށްފައިވާ ފަނޑު އޮރެންޖު އަލި ބަގީޗާއަށް އެޅިފައިވާ އިރު ބަލާލަން ރީއްޗެވެ.
”ފައިނަލީ.. އަ ޕީސް އިން މައި ލައިފް..“ ހިތްގައިމު އެވަގުތުގެ ލުއިލުއި ވައިރޯޅީގެ ހަމަލާތައް ހަށިގަނޑަށް ކުރުވަމުން ދިޔަގޮތުން އަމީރާ ހުރީ ހީގަންނަ ގޮތްވެފައެވެ. ކުޑަކޮން ހޫނުކޮށްލުމަށް، ދެއަތްދެއަތާއި ހާކާލިއެވެ. އެހެން ހުއްޓާ ސިހުނީ އޭނަގެ ކޮނޑުގައި މީހަކު އަތްލުމުންނެވެ.
ސިހިފައިހުރެ އަމީރާ ބަލައިލިއިރު ފަހަތުގައި ހުރީ އިޔާންއެވެ. އަމީރާ ހީލި ނަމަވެސް އިޔާން ކުޑަ ރަޖާއެއް ހިފަހައްޓާއިގެން ހުރިތަން ފެނި ނިތް އަރުވާލެވުނެވެ.
”މިތަން ވަރަށް ފިންޏެއްނު“ އިޔާން ލައިގެން ހުރި ކަޅުކުލައިގެ ހޫޑީ ބޯ ވުމުގެ ސަބަބުން އޭނައަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. ޝުކުރު އަދާ ކުރިއިރު ވެސް އަމީރާއަށް ހުރެވުނީ އޭގައި އަތްލާން ނުކެރިފައެވެ. އެންމެފަހު އޭނާގެ އަތުގެ ތެރެއިން އިޔާން، ލައްވާލަ ދިނެވެ.
”ކެންވީ ޓޯކް “ އިޔާންގެ ސުވާލުން އަމީރާއަށް އިސްއުފުލާ ބަލައިލެވުނެވެ. ފިނިނޭވާއެއް ދޫކޮށްލަމުން އަމީރާ ބޯޖަހައިލިއެވެ.
***
(ނުނިމޭ)
Comments (4)
Yamha💕💕💕says:
ސެޕްޓެމްބަރ 11, 2025 at 00:08Awhhhh finalllyyu abbies dhimaa vefa mi epp
Ga past ga viyas dhimaa vehje
I soooooo lovedd ittyyyyyyy❤️❤️🔥🔥🔥
Amaanysays:
ސެޕްޓެމްބަރ 11, 2025 at 00:09Vvv reeethi mi part ves
Vaahakayah vadhevifa in varun neygun nimununiru ves 😭😭
Avahah next part upload kohla dhehchey 🫶🏼🫶🏼
Lahusays:
ސެޕްޓެމްބަރ 11, 2025 at 00:15Iyaan &emy hama perfect
😍
Sharasays:
ސެޕްޓެމްބަރ 11, 2025 at 00:17Mi part ves varah reethi
Thankolheh avahah nerelaa dhehchei next 😭😭
Iya and emee ge part thah annaathy dhen adhi hama jehumeh magey soul ah mi libeny🤧❤️❤️
Next avas avas