”ހޫގޯ އެބަ އިވޭތަ އަޑެއް.. ބަޔަކު ވާހަކަ ދައްކާ ހެން ހީވަނީ“ އެނދުމަތިން ތެދުވެފައި ހަށިގަނޑު ނިވާކޮށްލަމުން ލޯލާ ބުނެލިއެވެ. ހޫގޯއަށް ވެސް އަޑު އިވިގެން ތެދުވިއެވެ.
”އެމީ ލެޓްސް ގޯ.. ދޭ ނޯޓިސްޑް އަސް“ އަތްދަނޑި މައްޗަށް އަމީރާ ލައިގެން މާކިން ތެދުވަތް ހިނދު މީހަކާއި މުޑި އެރުމުން ބަލައިލި އިރު، ކުރި މަތީގައި ހުރި މީހަކު ފެނި ދިޔައީ ސިއްސައިގެންނެވެ.
***
”ޒަންޔާ“ މާކިންގެ ދެލޯ ބޮޑުވެފައި ހުރެ ގޮވައިލެވުނެވެ. ކުރިމަތީގައި ހުރީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ.
”މާކިން“ ޒަންޔާގެ މޫނުމަތިންވެސް ފެންނަނީ ހައިރާން ކަމެވެ. ކަޅުކުލައިގެ ޖީންސަކާއި ހޫޑިއެއްގައި ހުރިއިރު އޭގެ ހުޑް ވަނީ އޭނާގެ ބޮލުގައި އަޅުވާފައެވެ. ހަމައެކަނި ފެންނަނީ ޒަންޔާގެ މޫނު އެކަންޏެވެ. ނުހަނު ބަރުކޮން އޮތް ދަބަހެއް ވެސް އޭނާގެ ކޮނޑުގައި އޮތެވެ.
”މާކް..އައި ކެން އެކްސްޕްލެއިން ލެޓްސް ގޯ މިތަނުން.. އެއިވެނީ ހޫގޯގެ މީހުން މިތަނަށް އަންނަ އަޑު“ ބަޔަކު ދުވެފައި އަންނަ އަޑު އިވިގެން ތެޅިގަނެފައި ޒަންޔާ ބުނެލިއެވެ. އޭނާގެ ފަހަތުން މާކިން އާއި އަމީރާ ވެސް ބޮނދަމުން އެތަނުން ނުކުމަތެވެ.
ތިންމީހުންނަށް ސިޑި ގޮޅީގެ ތެރެއަށް ވަދެވުނީ ކިރިޔާއެވެ. މުޅިގޭތެރެ އަލާމްވާން ފެށިއެވެ. ގޭގެ އެކިކޮޅުގައި ހަރުކޮށްފައި ވާ ސެކިއުރިޓީ ބޮކިތައް ރަތް ކުލައިން ދިއްލެމުން ދިޔައެވެ. ކޮޅުކޮޅަށް ހަތިޔާރު އަޅާއިގެން ތިބި މީހުން ދުވަމުންދިޔަ އަޑު އިވި އަމީޜާގެ ހިތް ބިރު ތެޅިފޮޅެމުން ދިޔައެވެ. އޭނާއަށް ބަލައިލެވުނީ މާކިންއާއި ދިމާލެވެ. މާކިންގެ ދެލޮލުން ހާސް ނުވުމަށް އިޝާރާތް ކޮށްލި ނަމަވެސް އަމީރާގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ.
”ޒަން.. ކިހިނެތް..ކިހިނެތް.. މިތަނަށް އައީ.. އައި ކޭންޓް ބިލީވް..ހައޫ“ ހައިރާންވެގެން ހުރެ މާކިން އަހައިލިއެވެ. އޭނާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.
”ލޯންގް ސްޓޯރީ.. ލައިލާ މަންމަ އަހަރެން މިތަނަށް ފޮނުވީ މާކް އާއި މި އަންހެން ކުއްޖާ އަށް ހެލްޕް ވާން“ ޒަންޔާ ވެސް ވާހަކަ ދެއްކީ ވައި އަޑުންނެވެ.
”ލައިލާ އަކީ މާކިންގެ މަންމަ ؟“ އަމީރާ އަހައިލިއެވެ. މާކިން އައި ޒަންޔާ އެކުއެކީގައި ބޯ ޖަހައިލިއެވެ. ހޫގޯގެ ކުރީގެ އަނބިމީހާއަށް ކިޔަނީ ލައިލާކަން އެނގިފައިވާތީ ، އަމީރާވެސް ބޯޖަހައިލިއެވެ.
”މިތަނުގަ ތިބެން އެހާ ސޭފް އެއް ނޫން .. ލެޓްސް ގޯ އައުޓް “ ގާޑުން ތައް އެހިސާބުން ދިޔުމުން މާކިން ބުނެލިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ އޭނާ އެތަނުގެ ދޮރު ހުޅުވާލިއެވެ. އެކަކުގެ ހިލަމެއް ވެސް އެތަނުން ނުވާތީ ތިންމީހުން ލިފްޓާއި ދިމާލަށް ދިޔައެވެ.
”ވެއިޓް.. ލިފްޓުގަ ހުންނާނެ ކެމެރާ… ދޭ ވިލް ސީ އަސް“ އަމީރާއަށް ބުނެވުނެވެ.
”ބަޓް ސްޓިލް ފަންސަވީސް ވަނަ ފްލޯރ އަށް ސިޑިން އަރާނީ ކިހިނެތް.. ހާސް ނުވޭ އަހަރެން ހުއްޓާ އެއްވެސް ކަމެއް ނުވާނެ..“ މާކިން ބެލީ އަމީރާގެ ހާސްކަމަށް ހިސާބެއްގެ ހަމަޖެހުމެއް ހޯދާދެވޭތޯއެވެ.
”ފުދޭވަރަކަށް ތިރިކޮން އިންނާނީ ކެމެރާ.. މޭބީ ޒަންޔާ ކުޑް ހެލްޕް..“މާކިން ޖީބު ހޯދާލާފައި ޒަންޔާގެ އަތައް ދިއްކޮށްލީ މާސްކެކެވެ.
”ޔެސް.. އައި ޙޭވް އަ ގުޑް އައިޑިއާ“ ޒަންޔާ އަޅުވާފައި ދަބަހުގެ ތެރެއިން ނެގީ ފެންފުޅިއަކާއި ޓިޝޫ ފެކެޓެކެވެ. ޓިޝޫ ތަކެއް ބޮނޑިކޮށްލުމަށްފަހު އެއަށް ފެން އަޅާ ރަނގަޅަށް ތެންމާލިއެވެ. ލިފްޓްގެ ދޮރު ހުޅުޥާލުމަށްފަހު ފުރަތަމަ ވަނީ ޒަންޔާއެވެ. މާސްކު އަޅާ ރަނގަޅަށް މޫނު ފޮރުވައިގެން ހުރުމުން ކާކު ކަމެއް އެއްގޮތަކަށް ވެސް ނޭގެއެވެ. މާކިން ބުނިގޮތައް ކެމެރާތައް ހުރީ އޭނާ އަތްޖެހޭހާ ތިރީގައެވެ. ކުޑަކޮން ކޮރާލާފައި އަތުގައިވާ ޓިޝޫތައް ކެމެރާގެ މަތީގައި އަޅާ ރަނގަޅަށް ފޮރުވާލިއެވެ. ”ޔޫ ގާއީޒް ކެން ކަމް“ ޒަންޔާ ގޮވައިލުމުން އަމީރާއާއި މާކިން އެކުއެކީ ވަނެވެ.
“ ތޭވީސް ވަނަ ފްލޯރ އަށް ދާނީ.. އެހިސާބުން ސިޑިން އަރާނީ މައްޗަށް“ އަމީރާ ބުނެލުމާއި އެކު މާކިން ބޯޖަހައިލަމުން ތޭވީސް ވަނަ ނަމްބަރަށް އޮބާލިއެވެ. ލިފްޓް ހުއްޓުމާއި އެކު ފޭބި ހިނދު މާކިންގެ ފޯނަށް ޖިނާން ގުޅަން ފެށިއެވެ.
ފޯނު ނުނަގަން ހުރެފައި މާކިން އެންމެ ފަހުން ފޯނު ނެގީ ޖިނާންއަށް ޝައްކެއް ވެދާނެ ކަމުގެ ބިރު ހީވެފައެވެ. ފުރަތަމަ ވެސް ޖިނާން ސުވާލު ކުރީ ކޮންތާކުހޭ އަހާފައެވެ.
”މްމް ކޮޓަރީގަ.. ކިހިނެތް ވީ“
”ހޫގޯ ބުނެގެން …ތިރިއަށް އާދެވެނެ ތަ“ ޖިނާން ބުނެލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އަމީރާގެ މޫނަށް ބަލައިލުމަށްފަހު މާކިން އާއެކޭ ބުނެ ފޯނު ކަނޑާލިއެވެ.
”ޖިނާން އެގުޅީ.. ޒަން ދޭ އަހަރެންގެ ރޫމަށް.. ޓްވެންޓީ ފޯތް ފްލޯރގެ ދިހަ ވަނަ ރޫމް..ހައިޑް ވެލް.. މޭބީ ދޭ ވިލް ސާޗް އެވްރީވެއާރ.. އެންޑް އެމީ ކީޕް ދިސް ސޭފް.. އެންޑް ގެޓް ޔޯ ރޫމް އޭ ސޫން އޭޒް ޕޮސިބަލް.. އެމީހުންނަށް ޝައްކެއް ވީހެން ހީވަނީ“ ކޮނޑުގައި އަޅުވާފައިވާ ދަބަސް އަމީރާގެ އަތައް ދެމުން މާކިން ބުނެލި ހިނދު އަމީރާއަށް ތެޅިގަނެވުނެވެ.
”ދޭ ސޯ އަސް؟“ އަމީރާއަށް އަހައިލެވުނެވެ. އެސުވަލަށް ވަކި ޖަވާބެއް ނުދީ، ޖިނާން ބުނެލި ގޮތައް ބުނުމަށްފަހު މާކިން އަވަސް ވެގަތީ ތިރިއަށް ދިޔުމަށެވެ. އޭނާއަށް އެންމެ މުހިއްމު ކަމަކަށް ފެނުނީ ދެ އަންހެންކުދިން ރައްކާތެރި ކޮށްދިނުމެވެ.
ދެންމެ އައި ލިފްޓުގެ ބަދަލުގައި މާކިން ހިޔާރްކުރީ އެހެން ލިފްޓެކެވެ. ތިރިއަށް ދެވުނު އިރު ތަނަވަސް ލިވިގްރޫމް ސޯފާތަކުގައި ހޫގޯއާއި ލޯލާއަދި ޖިނާން ތިއްބެވެ. އަދި މަގަތުގުގައި ހޫގޯގެ އަރިސް ދެ ގާޑުން ވެސް ތިއްބެވެ. އެއްވެސް އަސަރެއް ނުދައްކާ މާކިން ގޮސް އިށީންދެލީ ޖިނާން އިން ސޯފާގެ އަނެއްކޮޅުގައެވެ. ފުރަތަމަ ފަހަރަށް އޭނާ އިނީ ޖިނާންގެ މޫނަށް ބަލަން ނުކުޅެދިފައެވެ. ޖިނާންއާއި މެދު މިހާރު ހިތުގައި ވަނީ ހުސް ޝައްކާއި ވަހުމެވެ. އެއީ މިދުނިޔެއިންވެސް އޭނާގެ މަންމަ ފިޔަވައި ދެން އެންމެ ލޯބިވި ފަރާތެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރި ހުރިހާ އިތުބާރެއް ގެއްލިއްޖެއެވެ.
”ކޮންތާކުން ތިއައީ.. “ ސުވާލުކޮށްލީ ހޫގޯއެވެ. އެއާއިއެކު މާކިން ޖަވާބު ދިނީ މިއައީ ކޮޓަރިން ކަމުގައި ބުނެފައެވެ.
”ގެއަށް މީހަކު ވަދެގެން މިއުޅެނީ.. އެއްވެސް ކެމެރާއަކަށް ނާރާ.. ހަމައެކަނި އަޜާފައި ހުރި ލިފްޓްގަ ހުރި ކެމެރާއަށް.. ހީވަނީ ވަރަށް ބަލާފަހެން ހުރީ.. ކެމެރާތައް ނެތް ހިސާބުތައް ބަލައިގެން ގޮސްފަ ހުރީ.. “
”މީހެކޭ.. ކާކު؟ މީހަކު ވަނަސް މަށައް ކިހިނެތްތަ އެނގޭނީ“
”މާކިންއަށް އެނގޭނެ އެކޭ ސީދާ ނުބުނަމެންނު.. ހުސް ކަޅު އަންނައުނުން ފޮރުވިގެން ހުރީ.. އެނީ އައިޑިއާރ ހޫ ކުޑް އިޓް ބީ“ މާކިންގެ މޫނަށް ބަލައިލި އިރު ހޫގޯގެ މަކަރުވެރި ކުޑަ ދެލޮލުގައިވީ ޖާސޫސީ ކުލަވަރެކެވެ. މާކިން ހިންދިރުވާލަމުން އެއިން ކަމެއް އެނގުނު ކަމަކަށް ނުހެދިއެވެ.
”ކުރިން ބުނެލި ހެން މިއައީ ކޮޓަރިން.. ކެން އައި ސީ ދެޓް؟“ މާކިން އަހާލުމާއި އެކު ހޫގޯ، އޭނާގެ މަގަތުގައި ހުރި ގާޑަކަށް އަތުން އިޝާރާތްކޮށްލިއެވެ. އޭނާ ބޯޖަހައިލަމުން، ބޭރަށް ނުކުމެފައި ދެން ގޮސް އައީ ލެޕްޓޮޕެއް ހިފައިގެންނެވެ. މާކިންގެ ކުރިމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ސްކްރީނަށް އަރާފައިވާ ވީޑިއޯކޮޅު އަޅުވާލިއެވެ.
ފެނުނީ ޒަންޔާ ލިފްޓްގެ ތެރެއަށް ވަތް މަންޒަރާއި ކެމެރާގައި ޓިޝޫ އެޅި މަންޒަރެވެ. ޒަންޔާގެ ހުޑުބައި ބޮލުގައި އަޅުވާފައި ހުރިގޮތުން އެއްގޮތަކަށް ވެސް ކާކުކަމެއް ދެނެގަނެވޭ ވަރެއް ނުވިއެވެ. ނަމަވެސް މާކިންގެ ހިތް ޒާތަކަށް ތެޅިގަތީ ޓިޝޫ ތަކުގެ ތެރެއިން، ފަނޑުގޮތަކަށް ކެމެރާއިން އެމީހުންގެ ހިޔަނިތައް ފެންނަން ހުރުމުންވެ. އެތަންކޮޅު ޒޫމްކޮށްލުމަށްފަހު ހޫގޯ ބަލައިލީ ސީދާ މާކިންގެ މޫނަށެވެ.
”މީގެން ކޯއްޗެއް ފެންނަނީ.. މިވަރުން ކާކު ކަން އެނގޭނެ ތަ؟“
”އެހެންވެ އެންނު މާކް މިގެނައީ.. ކޮންމެވެސް ވަރަކަށް ހެކް ކޮށް އުޅެމެންނު.. ބަލާލަބަ އެ ކާކު ތޯ ބައި ޔޫސިންގް ޔުއާރ ހެކިންގް ސްކިލްސް“ މިފަހަރު ވާހަކަ ދެއްކީ ޖިނާން އެވެ.
”ކިހިނެތް ބަލާނީ.. ތި އެންމެންނަށް ވެސް އެބަ ފެނެއެންނު ކެމެރާގައި އެ އެޅި އެއްޗަކުން މަންޒަރުތައް ކްލިއާ ނުވާނެ ކަން..“
”ނޫނޭ.. މާކްގެ ހެކިންގް ސްކިލްސް ބޭނުން ކޮށްގެން ބަލާލަބަލަ ތަންކޮޅެއް ކްލިއާރަ މަންޒަރެއް ނެގޭތޯ.. އެޓްލީސްޓް ފުސްފުސްކޮންވެސް އެތެރޭގައި ތިބީ ކިތައް މީހުންކަން ވެސް އެނގޭނެ ގޮތެއް ވޭތޯ… އެބަ ހީވޭ އިތުރު ބަޔަކު ވެސް ލިފްޓުގަ ތިބިހެން.. ދޮގެއްތަ ބައްޕާ.. ހިއެއް ނުވޭތަ“ ޖިނާން ދެއްކި ވާހަކަ އަށް ވުރެން މާކިންގެ ސަމާލްކަން ހުއްޓުނީ ހޫގޯއަށް ބައްޕާއޭ ކިޔާފައި އޭނާ މުހާތަބު ކުރުމުންނެވެ. މާކިން ހުއްޓުން އެރިއެވެ. އެދެމީހުންގެ މޫނަށް ބަލަހައްޓައިގެން ހުރި އިރު ވިސްނަން ވީ ކޯއްޗެއް ބާ ހިތައް އަރަމުން ދިޔައެވެ. އޭނާގެ ފުރި ބާރުވެފައިވާ ސިކުނޑި އިތުރަށް ބަރުބޮޑު ވެ ބޮލުގައި ރިއްސައިގަތެވެ. ފުރަތަމަ ފަހަރަށް ޖިނާންގެ މޫނުގައި ވާ ތަފާތު ކުލަ މާކިންގެ ލޮލުގައި އަޅައިގަތެވެ. އެ ނަޒަރުގައި ގައިމުވެސް ކުރިން ހުންނަ އޯގާތެރިކަމެއް ނެތެވެ.
”އައިލް ޓްރައި“ ބަހެއް ބުނުމަށް އަނގަ ހުޅުވާލަން ވެސް ދަތި ވެފައި ހުރެ އެންމެ ފަހުން މާކިން ބުނެލިއެވެ.
”އޯކޭ..އެހެންވީމަ މާކިން ތި މަސައްކަތް ކުރަން ޖެހޭނީ އަހަރެންގެ ގާޑުންގެ ކުރިމަތީގަ.. އަދި އިތުރު އައިޓީ ޓެކްނީޝަނެއްގެ ވެސް ކުރިމަތީގަ“ ހޫގޯ އިވާލި ޖުމްލައިން މާކިންގެ ހިތް ތެޅިގަތެވެ.
”އެހެން އައިޓީ ޓެކްނީޝަނެއް ހުރިއްޔާ އަހަރެންގެ މާ ބޮޑު ބޭނުމެއް އެބައޮތްތަ“
”އަހަރެން ބޭނުން ވަނީ މާކިން އެ މަސައްކަތް ކުރަން.. މި ނިންމުން ބަދަލު ކުރަން ނޫޅޭތި“ ހޫގޫ ފަހު ބަސް އިއްވާލިއެވެ. ޔަގީނުންވެސް ހޫގޯއަށް ކަމެއް ދެނެގަނެވިއްޖެކަން މާކިންއަށް ވިސްނުނެވެ. ގަދަކަމުން ހިނިތުންވެލަމުން މާކިން ބޯޖަހައިލިއެވެ.
”މާދަމާ އެ މަސައްކަތް ފަށާނަން“
“އޯކޭ.. އެންމެ ރަނގަޅު ދެން ދިޔަސް“
މާކިން އިންތަނުން ތެދުވަތީ އަވަހަށް އެތަނުން ދިޔުމަށް ބޭނުން ވެފައި ހުރިވަރުންނެވެ.
”މާކް މަޑުކޮށްބަލަ އަދި.. އަމީރާއަށް ރަނގަޅަށް ބަލައްޗޭ އެއީ ދޮންބެގެ ވާން އުޅޭ އަނބިމީހާ“ މާކިން ހިނގައިގަތް ހިނދު ޖިނާން ބުނެލި އެވެ. ފަސް އެނބުރިގެން ހުރުމުން މާކިންގެ މޫނަށް ވެރިވި ކުރަވަރެއް ޖިނާންއަކަށް ނުފެނެއެވެ. މާކިންގެ ދެފައިގާ ކަސްތޮޅު އެޅުނު އިރު އެހާ އަވަހަށް ޖިނާން އެހެންބުނެފާނެ ކަމަކަށް ކުޑަކޮން ވެސް އުއްމީދެއް ނުކުރެއެވެ.
މޫނުމައްޗަށް ވެރިވި އަސަރުތައް ނުހަނު ގަދަ ހިތްވަރު ކަޝްފުކޮށްލަމުން މާކިން އެނބުރުނެވެ. ނަމަވެސް ބުނާނެ އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ.
”ތިކަމުގަ އަމީރާގެ ބަހަކީ ކޮބާ“
”އެ ދެން ކާކުތަ.. އޭނަގެ ބަހެއް ހޯދާކަށް ނުޖެހޭނެ އެންނު.. މުސްލިމެއްނު.. އިންނަން ވެގެން މިއުޅެނީ… މި ހަފްތާގެ ތެރޭގައި ކައިވެނި ކުރާނަން.. ދޮންބެ ވެސް މިކޮޅުގަ މަޑުކުރާގޮތައް ވިސްނުން ހުރީ މިހާރު..އެނީވޭސް ދެދުވަހެއްގެ ތެރޭގަ އޭނައަށް ވެސް އަންގާނަން“ ޖިނާންގެ ކޮންމެ ޖުމްލައަކުން މާކިންގެ ލޭ ކައްކުވާލިއެވެ. އޭނާގެ ކަރުގައި ހިފައި މަރާލަން އެދި ސިކުނޑި ގޮވަމުން ދިޔައިރު ހިތް އެދެމުން ދިޔައީ ކެތްތެރިކަން އިޙްތިޔާރުކުރުމަށެވެ.
”ތީ ދެދުވަހެއްގެ ކުރިން އަމީރާއާއި ބެހެން އުޅުނު އެމީލިއޯ މަރާލި އަހަރެންގެ ދޮންބެގެ ވިސްނުންތަ ހަމަ..“ ކެތްކުރަމުން ދިޔަނަމަވެސް، މާކިންއަށް ބުނެވުނެވެ. އެއާއިއެކު އޭނައަށް އަމާޒުވީ ޖިނާންގެ ނުރުހުމެވެ.
”މާކިން މިހާރު އަހަރެންގެ ކުރިމަތީގަ ބަސް ބުނަން ވެސް ފެށީތަ“
“ނޫނޭ.. މިބުނާ ވާހަކައަކީ ތިވަރުގެ ކަމެއް ކުރަން ހިތުލާ އިރު އަމީރާއަށް ވެސް ލިބޭ ހައްގެއްނު އެއީ އޭނާއަށް މިކަން ކުރިއާލާ އެންގުން“ ހިތް ރޮމުން ދިޔަ ހާލުވެސް މާކިން ވާހަކަ ދެއްކިއެވެ. އަމީރާ ދެކެ މާކިން ގަޔާވާކަން ޖިނާންއަށް ކަނޑައެޅިގެން އެނގިހުރެ އެވަރު ކަމެއް ކުރަން ހިތުލީ ވެސް ކިހިނެތްބާއޭ ހިތައް އަރަމުންދިޔައެވެ.
”މާކިން ތިހުރިހާ ވާހަކަ އެއް ތި ދައްކަނީ އަމީރާއަށް ހިތް ކިޔާފަ ހުރީމަތަ“ ލޯލާ ހުރީ ނުބައި ހިނިތުންވުމެއްގައި ގައެވެ. މާކިން ކަޅި އަޅާލުމުން ވެސް އޭނާގެ ހިތައް އެއްޗެއް އެރިހެނެއް ހިޔެއް ނުވެއެވެ.
”ލޯ އެޅިއަސް މީ ހަމަ ހަގީގަތް“
”ލޯލާ..ކަލޭ ކައިރީގަ ވާހަކަ ދައްކާށޭ ބުނީ ކާކުތަ.. އާއިލީ ކަންކަމަށް އަނގަ ނުކޮށްޕާ ދާންވީނު މިތަނުން.. ”ލޯލާ މައިތިރިވީ ހޫގޯގެ ހަރުކަށި އަޑުންނެވެ. އެތަނުން ނުކުމެގެން ދަމުން މާކިންއާއި ދިމާލަށް ލޯ އަޅާލިއެވެ. ނަމަވެސް މާކިންގެ އެއްވެސް ސަމާލުކަމެއް އެކަމަކަށް ނެތެވެ.
”ދޮންބެ ގެ އުމުރުން ތިރީސް އަހަރު.. އަމީރާ އެއީ އަށާރަ އަހަރުވެސް ނުވާ އަންހެން ކުއްޖެއް.. ހައު ކުޑް ޔޫ އީވެން ތިންކް އެބައުޓް އިޓް.. އެވެސް އެކުއްޖެއް ދެކެ އަހަރެން ލޯބިވާކަން އެނގި..ހަ-“
“އަހަރެން ބޭނުން ވެއްޖެ ނަމަ މާކިން ވެސް ޖެހޭނީ ދުރުގަ ހުންނަން.. އަހަންނަށް އަމީރާ ވަރަށް ކަމުގޮސްފި.. އުމުރަކީ ދެން ކޯއްޗެއްތަ“ މާކިން ވާހަކަ ދައްކަމުން ދަނިކޮން ހުއްޓުވާފައި ޖިނާން ބުނެލިއެވެ. އޭނާ ސޯފާގައި އިށީނުމުން، ޝެމްޕޭން ފުޅިއެއްގެ އިތުރު ވައިން ގްލާސްއެއް، ގާޑް އަކު ގެނެސްދިނެވެ. ޖިނާން އިޝާރާތް ކޮށްލުމާއި އެކު ތައްޓަށް އޭގެން އެތިފޮދެއް އެޅުމަށްފަހު ދިނެވެ. އެއްވެސް ބިރަކާއި ނުލާ ޖިނާން ރާ ބޮމުން ދާ ތަން ފެނި މާކިންގެ ދެލޯ ބޯޑުވިއެވެ. ދެފަރާތައް ބޯ ހޫރުވާލެވުނެވެ.
”އާދޭ މާކް ޖޮއިން ވާން.. މީ އަލަކަށް ކުރާކަމެއް ނޫން“ ވިހަ ހިނިތުން ވުމެއްގައި ހުރެ ޖިނާން ދައުވަތުދިނެވެ. ވަގުތުން މާކިން ފަސް އެނބުރުނެވެ. އެތަނުގައި އެންމެ ސިކުންތެއް ވެސް މާކިން ހުންނާކަށް ބޭނުމެއް ނުވިއެވެ.
ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ލިފްޓަށް އަރައިގެން ގޮސް އެރީ ޓެރެހަށެވެ. އެހިނދު ފުރަތަމަ ވެސް އޭނާއާއި ބައްދަލު ކުރީ ޒަންޔާއެވެ.
”ޒަން ކީއްކުރަނީ މިތާ.. ބުނީމެންނު ރޫމްގަ ހުންނަން“
”ފަތިސް ވީމަ ނަމާދު ކޮށްގެން މިތަނަށް މިއެރީ.. މީހެއްގެ ހިލަމެއް ވެއްޖެޔާ އޭނދަ ފާރުކޮޅު އެފަރާތައް ވަދެ ފިލަނީ “ ޒަންޔާ ހީލިއެވެ.
”މާކް ވަޓް ހެޕެންޑް“ މާކިންގެ ދެލޮލަށް ޖަމާވެފައިވާ ކަރުނުތައް ފެނި ޒަންޔާއަށް އުނދަގޫ ވެގެން އަހައިލިއެވެ. ކުއްލިއަކަށް ޒަންޔާގެ ގައިގާ މާކިން ބައްދާލިއެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ޒަންޔާ ހުއްޓެވެ.
އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނުތައް މާކިން ބޭރުކުރަމުން ދިޔައިރު ހިތައް ނުހަނު ބޮޑަށް ވަނީ އަސަރުކޮށްފައެވެ. އިރުކޮޅެއް ވަންދެން ޒަންޔާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތުމަށްފަހު މާކިން ދުރުވެލިއިރު މުޅި މޫނު ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ.
”އައި ކާންޓް ބިލީވް ދިސް ޒަން.. އައި ކާންޓް ބިލީވް“ ދެންމެ ހިނގާދިޔަ ހާދިސާ ޒަންޔާއަށް މާކިން ކިޔައިދިނެވެ. ޒަންޔާގެ މޫނުމަތިން އެއްވެސް ވަރަކަށް ހައިރާން ކަމެއް ނުފެނެއެވެ. މާކިންގެ ކޮންމެ ޖުމްލައަކަށް ބޯ ޖަހާލަ ޖަހާލަ ހުރިގޮތުން އެއިން އެއްވެސް ކަމަކީ އާ ހަބަރެއް ނޫންކަން ހާމަވެއެވެ.
”ޒަން.. އަހަރެން މިހުރީ އެއްޗެއް ކީ އިރުވެސް ޒަން ތިހުންނަނީ ހައިރާން ވެސް ނުވެ..“
”ތިބުނި އެއްވެސް ކަމަކީ އަހަންނަށް އާ ކަމެއް ނޫނޭ މާކް.. އަހަރެން ނުވާނެ އެންނު ހައިރާނެއް“
”ވަޓް ޑޫ މީން“ މާކިންއަށް ލިބުނީ ޝޮކެކެވެ.
”ލުކް މާކިން.. އަހަރެން މިތަނަށް މިއައީ ވެސް އެހެންވެ..ޖިނާން އަކީ އެއް އިރެއްގަ ވެސް ރަނގަޅު މީހެއް ނޫން.. މާކް އޭނައަށް ބްލައިންޑް އައި އެއް ދީގެން ހުންނާތީ މާކް އަށް ކޯއްޗެއް އެނގޭނީ..“
“ އަހަރެންގެ މަންމަ ނިޔާވީ ކުޑަ އަންހެން ކޮއްކޮގެ އުމުރުން އެންމެ އަހަރެއްގަ.. އަހަންނާއި ކޮއްކޮ ގޮވައިގެން ބައްޕަ ވަރަށް ހާލުގައި އުޅުނީ.. މިބުނީ ފައިސާގެ ގޮތުން ތަނަވަސް ނަމަވެސް އަހަރެމެން ދެމީހުން ބަލާނެ މީހަކު ނެތީމަ ބައްޕައަށް އޮފީހަށް ވެސް ގިނަ ފަހަރު ނުދެވި ހުންނަނީ.. އެހެން ހުއްޓާ ބައްޕަގެ އޮފީސް ޕީއޭގެ މަގާމަށް މާކިންގެ މަންމަ އައީ.. ލައިލާ މަންމަ .. އެއީ އަހަރެމެންނަށް ލެއްވި ރަހްމަތެއް.. ބައްޕައަށް މަންމަ ކަމުގޮސްގެން މެރީކޮށްގެން އަހަރެމެންގެއަށް ޗޭންޖް ވީ.. އެފަހަރު މަންމަ ޖޮބް އިން ކެނޑިގެން އަހަރެމެން ދެބެން ބަލަމުން ދިޔައީ.. އޭރު ޖިނާން އާއި މާކް ވެސް އުޅުނީ އަހަރެމެންނާއި އެކު އެންނު.. އޭގެ ދެތިން އިޔާޒް ފަހުން މާކް މިކޮޅަށް އައީ ..މާކް މިކޮޅަށް އައިގޮތަކަށް ރާއްޖެ ނުދަމެންނު.. ދެން އަހަރެމެން އުޅުނީ ޖިނާން އާއި އެކު.. މާ މަންމަ ވެގެން އޭނަ އުޅެނީ މާކްގެ ކައިރީގަ އެކަނި.. އެނގޭތަ…އަހަރެމެންނާއި ބައްޕަ ގޭގަ ނޫޅޭ ވަގުތު ތަކުގަ އެ ޖިނާން އަނިޔާ ވެސް ކުރޭ މަންމައަށް.. އެކަން އަހަރުތަކެއް ވަންދެން އެގޮތުގަ ހިނގި އިރުވެސް މަންމަ ނުބުނޭ..“ ޒަންޔާ އެހިސާބަށް ކިޔައިދިނުމަށްފަހު މާކިންގެ މޫނަށް ބަލައިލިއެވެ. އޭނާ އެންމެ ފަހުން ބުނެލި ހަގީގަތަކީ ޔަގީނުން ވެސް މާކިންއަށް އާ ހަބަރެކެވެ.
”ވަޓްޓް..ޒަން. ދޮ..ދޮގު ނުހަދާ“ ދެލޯ ބޮޑު ވެފައި ހުރެ މާކިންއަށް އަހާލި އިރު އަޑުއައީ ކެނޑެމުންނެވެ. ދެފަރާތައް ބޯ ހޫރުވަމުން ދިޔައިރު ޒަންޔާ ، މާކިންގެ އުނަގަނޑުގައި ޖަހާލަމުން ވާހަކަ އަޑުއެހުމަށް ބުނެލިއެވެ.
“ ދަރިފުޅު ދެކެ ވާ ލޯބިން މަންމަ ސިއްރު ކުރީ.. ދެން ޒޫރާންއަށް މަންމަ ޕްރެގް ވީ .. އެހިސާބުން ބައްޕަ ގިނަ ވަގުތު ގޭގަ މަންމަޔާއި އެއްކޮން ހޭދަކުރި.. އެދުވަސްކޮޅު ބައްޕައަށް އެނގުނީ، މަންމައަށް ޖިނާން އަނިޔާ ކުރާކަން ވަގުތުން ގެއިން ވެސް ނެރުނު.. މަންމަ ރޯތަން ފެނި އަހަރެން ބައްޕަ ކައިރީގަ ކިޔައިގެން އޭގެ ދުވަސްގަނޑެއް ފަހުން އަލުން ޖިނާން ގެއަށް ގެނައީ.. މިހުރިހާ ކަމެއް މާކްއަށް މަންމަ ސިއްރު ކުރީ ސަބަބަކީ މަންމަ އަށް އެނގޭ މާކިންއަށް އެނގިއްޖެއްޔާ ވަގުތުން އަންނާނެކަން.. ސޯ މަންމަ ބޭނުމެއް ނުވޭ މާކިން މިތަނުން ރާއްޖެ ދާކަށް އެއަންހެން ކުއްޖާ މިތާގަ ހުއްޓަ.. މިބުނީ އަމީރާ މިތާގަ ހުއްޓާ.. މަންމައަށް ކޮންމެ ވެސް ގޮތަކުން އެނގުނީ މާކިން އޭރު އާދޭސް ކޮށްގެން މިކޮޅުގަ މަޑުކުރި ރީޒަން.. މަންމައަށް ހޫގޯ ހަދާލި ގޮތުން، އަމީރާއަކީ މުސްލިމެއް ކުއްޖެއްކަން އެނގުނު ހިނދު މަންމަ އަބަދުމެ ބިރުން ހުރީ…މުސްލިމުން ދެކެ ހޫގޯ އަންނަ ރުޅި އެނގެއެންނު “ ޒަންޔާ ކިޔައިދެމުން ދިޔަ ވާހަކަތަކުން މާކިންގެ ގައިން ހީބިހި ހަލުޥާލިއެވެ. ރެއިލިންގެ ދަގަނޑުގަނޑަށް ބާރުކޮށްލައިގެން ހުރިއިރު މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ.
“އެހެން ހުއްޓާ ލާސްޓް ވީކް ގަ ޖިނާންއަށް އައީ ފޯނު ކޯލެއް.. އޭނާ ކާން އިނދެފަ ދިޔަ ގޮތުން މަންމަ އޭނައަށް ފާރަލީ.. އޭނާ މޮޔަކަމުން ސްޕީކަރަށް ލައިގެން ހުރެ ވާހަކަ ދެއްކީ …އެކޮޅުން ވާހަކަ ދެއްކީ ހޫގޯ .. އެދުވަހު މަންމަ އަށް އެނގުނީ، މަންމައާއި ސިއްރުން އެހުރިހާ ދުވަހެއް ވަންދެން ހޫގޯއާއި ޖިނާން ކަނެކްޝަން ބާއްވަމުން ދިޔަކަން.. އެކޮޅުން ވާހަކަ ދައްކަމުން ޖިނާން ގާތު ހޫގޯ ބުނީ، އަމީރާއާއި ކައިވެނި ކުރުމަށް.. ފުރަތަމަ ހޫގޯ ބުނި ބުނުމަށް ޖިނާން ދެކޮޅު ހެދީ.. އެކަމަކު ހޫގޯ އެދުވަހު ފޯނު ކަނޑާލަމުން ބުނީ ފޮޓޯއެއް ފޮނުވާނެ ކަމަށް .. އޭރުން ޔަގީނުން ވެސް ޖިނާންގެ ހިތް އެނބުރޭނެ ކަމަށް.. ވީވެސް އެހެން.. އެހެން ހުއްޓާ ދެދުވަހެއް ފަހުން އައިސް މަންމަ ކައިރީގަ ބުނަނީ ސްޕެއިންއަށް އަންނަ ވާހަކަ.. ދެން އޭނަ ނިދާފަ އޮއްވަ މަންމަ ސިއްރުން އެ ފޯނު ބެލީ .. ހޫގޯ ވަނީ އަމީރާގެ ފޮޓޯ އެއް ޖިނާންއަށް ފޮނުވާފަ..އޭނަ އެއަށް ހާޓް ރިއެކްޓްކޮށްފަ އިނީ..އެކަމަކު އެއްޗެއް ނުބުނެ.. ދެން އެހިސާބުން މަންމައަށް ވިސްނުން މިވާ ގޮތް.. އެހެންވެ މަންމަ އެދުނީ އަހަރެންގެ ކައިރީގަ ސްޕެއިން އަށް އަންނަން ..އަދި މާކިން އާއި އަމީރާ ސަލާމަތް ކޮށްދޭންބުނީ..“
”އަހަރެން ކިހިނެތް އެ މަންމައަށް ނޯ ބުނާނީ.. އެހާ ރަނގަޅު މަންމަ އެއް އެއްވެސް މީހަކަށް ނުލިބޭނެ.. އެދޭ ލޯބީގެ އަގު ވަޒަން ކުރަން އަހަރެން މިއަދު މިއައީ މާކިންއަށް ހެލްޕް ވާން.. އެންޑް އަހަރެމެން ސަލާމަތް ވާނެ އިންޝާﷲ“ ޒަންޔާ ހީލިއެވެ.
މާކިންއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ދުރުގައި ހުރެގެން ވެސް އޭނާގެ ދެކެ ވާލޯބިން ލައިލާ ހާދަ ބޮޑު ގުރުބާނީއެއް ވެއްޖެއެވެ. ލޯބިވާ މަންމަގެ ހަނދާންތައް އާވުމުން ހިތައް ކުރި އަސަރުން މާކިންގެ ދެލޯ ފެންކަޅިވިއެވެ. މަންމައާއި މެދު ހިތުގައި ވާ ލޯބި އެތައް ދަރަޖައެއް އުފުލިގެން ދިޔައެވެ. ހޫގޯގެ ގާތައް މާކިން ހަފްތާއަކަށް ނުފޮނުވައިފިނަމަ، ހޫގޯ ރާއްޖެ އައިސްކޯޓަށް މައްސަލަ ލުމަށްފަހު މާކިންގެ ކަސްޓަޑީ ލައިލާގެ އަތުން އަތުލާނެ ކަމަށް ބިރު ދެއްކުމުން ،މާކިން ފޮނުވަން އެއްބަސްވީއެވެ. ހިތާ ދެކޮޅަށް މާކިން ފޮނުވި ނަމަވެސް، އައުމުގެ ކުރިން އެތަކެއް ނަސޭހަތެއް މާކިން އަށް ލައިލާ ދިނެވެ. ލައިލާގެ ނަސޭހަތް މިއަދާއި ހަމައަށް މާކިން ގަބޫލްކުރެއެވެ.
ފުރަތަމަ ފެނުނު ދުވަހުން ސުރެން މާކިންގެ ހިތުގައި އަމީރާގެ ސޫރަ ބިންވަޅު ނެގުނެވެ. ވާހަކަ ދެއްކުމަށް މަސައްކަތް ކުރާތާ ދެތިން ދުވަސް ފަހުން އަމީރާއާއި އެކުވެރިވެވުނެވެ. ނަމަވެސް މާކިންއަށް ލޯލާއާއި ހޫގޯގެ ހަގީގީ ކުލަ ފެންނަން މާގިނަ ދުވަހެއް ނުވިއެވެ. ހޫގޯގެ އަޑި ނުބައިކަން އަހާފައިވީ ނަމަވެސް ހުރިހާ މަންޒަރެއް ލޮލަށް ފެނި، އަމީރާ އުޅެމުން ދިޔަ ހާލު އެނގި، ހޫގޯގެ ގާތައް ހަފްތާއަކަށް އައި ނަމަވެސް، އެތަނަށް ދިރިއުޅުން ބަދަލު ކުރަން މާކިން ނިންމިއެވެ. މާކިންގެ ހަމައެކަނި އަޒުމަކަށް ވީ އެ އަނިޔާވެރި ހޮހޮޅައެއް ފަދަ ތަނުން އަމީރާ ނެރެ ސަލާމަތް ކުރުމެވެ. އެހުރިހާ ކަމެއް ޒަންޔާގެ ބައްޕަ ޒާހިރްއަށް އެނގޭނެއެވެ. އެންމެ ކުރިން ވެސް ލައިލާ، ޒަންޔާ އާއި ޒާރާ ދެކެ ލޯބިވާ ހެން ޒާހިރް ވެސް މާކިން ދެކެ އިންތިޙާއަށް ލޯބިވެއެވެ. އުފަންދަރިއަކު ފަދައިން ލޯބި ދީ މާކިންގެ ހާލު ބަލައެވެ. ޒާހިރުގެ ސަކަ މިޒާޖުން މާކިންއާއި ގުޅުން ވަރުގަދަ ކަމުން ކޮންމެ ފަދައެއް ވާހަކައެއް ވެސް އޭނާގެ ގާތުގައި ދެއްކުމަކީ މާކިންއަށް ނުހަނު ފަސޭހަކަމެކެވެ. އަމީރާގެ ވާހަކަ ވެސް މާކިން ކިޔައިދިނީ ޒާހިރްއަށެވެ. ކޮންމެ ދުވަހަކުމެ އޭނާ އެތަނުގެ ދިރިއުޅުން ޒާހިރްއާއި ހިއްސާކުރެއެވެ. ލައިލާއަށް އެކަން އެނގުނީ ޒާހިރްގެ ފުށުން ކަން މާކިންއަށް އެނގުނެވެ. ޖިނާންގެ ފުށުން ލައިލާ ސަލާމަތް ކޮށްދިން ކަން އެނގުމުން ކުރިޔަށް ވުރެން ބޮޑަށް ޒާހިރްއާއި މެދު ހިތުގައިވާ ގަދަރް އުފުލިގެން ދިޔައެވެ.
ކަރުނަތައް ހިންދާލަމުން މާކިން، ޒަންޔާ އާއި ކުރިމަތިލިއެވެ. އަދި ޒަންޔާގެ އަތުގައި ހިފާލިއެވެ.
“ ކިހިނެތް މިތަނުން ސަލާމަތް ވާނީ.. އަހަރެން އެހީ ހޯދަން އުޅުނީ ޖިނާންގެ ކައިރިން.. އެކަމަކު މިހާރު އެކަން ވާކަށް ނެތެއްނު..“
”ނޫނޭ.. މާކިން ހީކުރީ މަންމަ އަހަރެން މިތަނަށް ފޮނުވީ ހުސް އަތާ ކަމަށްތަ.. އަ ޙޭވް ދިސް“ ޒަންޔާ ފުރިހަމަ ހިނިތުންވުމަކާއި އެކު ދިއްކޮށްލީ ކާޑެކެވެ. މާކިން އެއަށް ބަލައިލި ހިނދު ހައިރާންވިއެވެ. އެއީ ބޭރަށް ނުކުމެވެން، ގޭގެ އެންމެ ބިއްދޮށައް އިންނަ ދޮރުގެ ލޮކް ކާޑެވެ.
”ހައު ޑިޑް ޔޫ ގެޓް ދިސް..“
“ ވައްކަން ކުރީ ހޫގޯ ރޫމް އިން.. އަހަންނަކީ ފުލުސް އޮފިސަރެއް ނޫނަސް ކުޅަދާނަ މީހެކޭ… މަންމަ ކިޔައިދިން ގޮތައް ވަދެގެން ގޮސް އައި ސްޓޯލް އިޓް.. މަންމަގެ ޕްލޭންތައް ހަމަ އިންސޭން.. “ ނުހަނު ހަމަޖެހިލާފައި ހުރެ ޒަންޔާ ބުނެލިއެވެ. ކިތަންމެ ސީރިއަސް ވެފައި ހުރި ނަމަވެސް މާކިންއަށް ހެވުނެވެ.
“ ސޯ ވަޓްސް ޔޯ ޕްލޭން“ މާކިން އަހައިލިއެވެ. އެހިނދު ޒަންޔާ ހީލިއެވެ.
***
ނިދީގެ ފުން އާލަމުގައި އޮވެ އިޔާން ދެކޮޅަށް ތެޅި ފޮޅެމުންދިޔަ އިރު ދާހިތްލާ މުޅި މީހާ ވަނީ ފޯވެފައެވެ. އިޔާންއަށް ފެންނަމުން ދިޔައީ ބާސެލޯނާގެ ހިތްގައިމު ޕާކެއްގައި، އޭނާގެ ހިތުގެ މަލިކާގެ އަތުގައި ހިފައިގެން ހިނގާލާފައި ދާ މަންޒަރެވެ. އެ ލޯބި ހީލުމުގައި ހުރެ އިޔާންގެ ހަށިގަނޑުގައި ދޭތެރެއަކުން ބައްދާލައެވެ.
”އިޔާ.. ބަލާ އެހެރަ ލޯބި ބޭބީ އެއް.. އައި ލަވް ބޭބީސް..މިހާރު އަދި ކިރިޔާ ބޭބީމެން ވެސް މިފެންނަނީ.. “
”އެމީ ބޭނުން ވަރަކަށް ބޭބީމެން ދޭނަމޭ… އެކަމަކު މެރީ ކޮށްފަ“
އިޔާންގެ ޖުމްލައިން، އެ ލަދުރަކި ހިނިތުންވުން އިވިލިއެވެ. ލުއިގޮތަކަށް އިޔާންގެ މޭގައި ޖަހާލުމަށްފަހު ލަދުގަތްކަން އަންގާލިއެވެ. ދެމީހުން އަމިއްލަ ދުނިޔެއަށް ގެއްލިފައި ތިއްބާ ކުއްލިއަކަށް އަމީރާ ހަޅޭއްލަވައިގަތެވެ. އިޔާން ސިހިފައި ބަލައިލި އިރު އެމީހުންގެ ފަހަތުން އައި މީހަކު އަމީރާގެ ކަރަށް ބަޑީގެ ހަމަލާއެއް ދިނީއެވެ. ނުބައި ހިނިތުންވުމެއްގައި ހުރެ އެމީހާ، މީހުންގަނޑުގެ ތެރެއަށް ގޮސް ގެއްލުނެވެ.
”އި..އިޔާ“ އަމީރާގެ ހަށިގަނޑުން ލޭގަނޑު އޮހޮރިގެން އައި އިރު ވެއްޓެން ދިޔައެވެ. އެ ހަށިގަނޑު، ގަޔާލާ ބޮނޑީކޮށްލަމުން އިޔާންއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ.
”އެމީ..އެމީ“ ކުއްލިއަކަށް ފުންމައިގެން ތެދުވެވުނު އިރު އިޔާންގެ ދެލޯ ވަނީ ބޮޑުވެފައެވެ. ފެނުނީ ހުވަފެނެއްކަން ޔަގީންވި ނަމަވެސް ނޭވާ ހާސް ވަމުން ގޮސް މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އެނދުން ތެދުވަންނަން އުޅުނު ހިނދު އެކަމެއް ނުވިއެވެ. ތުރުތުރު އަޅަމުން ދިޔަ ގޮތުން ބިމުގައި ފައި ހަރުލާ ގޮތެއް ނުވިއެވެ. ހަށިގަނޑުގެ ބާރު އިހްސާސް ނުވާ ވަރަށް އައްސިވަމުންދިޔައެވެ. ވަރަށް ހިތްވަރުން ސައިޑް ޓޭބަލް ހުޅުވާލުމަށްފަހު އޭގައިވާ ދެ ފުޅި ބޭސް ނެގިއެވެ. އެންމެ އަވަހަށް އަތު ޖެހުނު ބޭސް ފުޅި ނެގިއިރު ވަނީ ހުސްކޮންނެވެ. ޖެހިގެން އިން ފުޅި ނަގާ ބަލާލި އޭގަ ވެސް އޮތް ހަމައެކަނި ދެ ގުޅަ އެއްފަހަރާ އަނގަޔަށް ލަމުން، ފެން ފޮދަކާއި އެކު ދިރުވާލިއެވެ. އިޔާން ހަމައަކަށް އެޅެން ފެށީ، އެގޮތުގައި ބައިގަޑިއިރު ހޭދަވި ފަހުންނެވެ.
ކައިރީގައި ރީއާ ނިދިފައި އޮތްތަން ފެނުމުން، ލަސްލަހުން ހިނގާފައި ގޮސް އިޔާން އިށީންދެލީ ބެލްކޮނީގައިވާ ސޯފާގައެވެ. ހިސާބަކަށް އަލިވާން ފަށައިފާ ވާއިރު އުދަރެސް މަތީގައި ވިއްސާރަ ވިލާކޮޅުތަކެއް ފެންނަން ހުއްޓެވެ. ވައިރޯޅިތައް ވެސް ފުދޭވަރަކަށް ބާރަށް ޖެހެމުން ދިޔައިރު ފަޒާގައިވެސް ތެތް ފިނިކަން ވަނީ ހިފާލާފައެވެ. އެހަމަހިމޭން މާހައުލުން ވެސް ހިތުގައިވާ އުދާސްތަކަށް ލުޔެއް އިޙްސާސްއެއް ނުކުރެވެއެވެ.
”އެމީ“ ސޯފާގެ ލެނގޭ ބަޔަށް ހަށިގަނޑު ދޫކޮށްލަމުން ދެލޯ މަރާލެވުނެވެ. އިޔާންގެ ދެލޮލުގައި ވާ ކަރުނުތައް ލަސްލަހުން ފައިބަމުން ދިޔައިރު، އަދިވެސް ހުވަފެނުގެ މަންޒަރުތައް ސިކުނޑީގައި ދިޔައީ ރޯލްވަމުންނެވެ.
”ވައި އިޓް ފީލް ސޯ ރިއަލް.. އާހްހްހް ވެއާރ އާރ ޔޫ.. ހާދަ ވަރަކަށް އަހަރެން ހޯދައިފީމޭ… މުޅި އުމުރު ދުވަހު މާފަށް އެދެން ޖެހުނަސް ފަރުވާލެއް ނެތް.. އައި ނީޑް ޔޫ ބޭބީ ގާލް“ އެ އަޑުގައި ވަނީ ހިތާމަވެރި އެންމެ ފުންއަސަރުތަކެވެ. ދެލޮލުގައި ބަބުޅަމުން ދިޔައީ މާޔޫސްކަމެވެ.
“އައި ވިޝް އައި ކުޑް ރިވައިންޑް އޯލް ދޯސް ޑޭސް .. އައި ވިޝް އައި ހޭޑް ނެވާރ މެޓް ޔަނާލް….. އެމީ އައި ވިޝް އިޓް ސޯ ބޭޑްލީ..އެޓްލީސްޓް ޓެލް މީ ވެއާރ ޔޫ އާރ“ އިޔާންގެ ދެތުންފަތް ފޫ އަޅުވާފައި ބަސްތައް ނުކުތެވެ. ހިތުގައި ރިއްސައިގަތީ މާޒީގެ ހަނދާންތައް އާވަމުން ދާން ފެށުމުންނެވެ.
***
(ދެ އަހަރު ކުރިން)
***
(ނުނިމޭ)
Comments (2)
Nuhasays:
ސެޕްޓެމްބަރ 5, 2025 at 00:12Vvvvvv reeethi mi part ves
Yumasays:
ސެޕްޓެމްބަރ 5, 2025 at 00:13V salhi.
Hama sifavany😭😭🤍🤍🤍