”ޒެންޓްރެސް“ ހޮސްޕިޓަލްގެ ތެރެއިން ނުކުމެ، އަތުގައި އަޅާލެވިފައިވާ ބްރޭންޑެޑް ގަޑިއަށް ކަޅިއެއް އެއްލަމުން، ހިފައިގެން ހުރި ބޯ ލެދާރޖެކެޓް ގަޔަށް މަހާލިއެވެ. ފިރިހެންވަންތަ ހިނގުމުގައި ހިނގާލާފައި ދިޔައިރު މިސްރާބު ހުރީ މާ ދުރުނޫން ހިސާބެއްގައިވާ ޕާކިންގ އޭރިއާ އަށެވެ. ތުނިތުނިކޮން ވެހެމުން ދިޔަ ގަނޑުފެނުން، ފިނީގެ އަސަރެއް ނުކުރި ނަމަވެސް ލިއަމްއަށް ހުރީ އުނދަގޫވެފައެވެ. ޕާކްކޮށްފައި އޮތް އޭނާގެ ”ޕޯރޗް“ ފެނުމުން، ޖީބުން ރިމޯޓް ނެގުމަށްފަހު ހުޅުވާލިއެވެ.
ސީޓުގައި ހަމަޖެހި ، ލޯގަނޑުން ލިއަމް ފުރަތަމަ ވެސް ބަލައިލީ އޭނާގެ އިސްތަށިގަނޑެވެ. ކަނދުރާއާއި ހަމައަށް ހުރި ކަޅު ކަންގަދަ، ރާޅުބާނީ އިސްތަށިގަނޑުގައި ހަރުލާފައިވާ ގަނޑުފެން ކޮޅުތައް އަތުން ފޮޅައިލި ނަމަވެސް ބައެއް ހިސާބުތަކުގައި ހުރި ގަނޑުކޮޅުތައް ހުރީ ވިރެން ފަށާފައެވެ. އިސްތަށިގަނޑުގެ ބައެއް ނިއްކުރި މައްޗަށް ފައިބާފައި ވާއިރު، ފުދޭވަރަކަށް ދިގުކޮން ހުރި ތުނބުޅީގެ ތެރެއިން ”މިއުޓެޑް ބެއިޖް“ ތުންފަތް ފެންނަނީ ސިހުރުވެރި ގޮތަކަށެވެ. މަޑު މުށިކުލައިގެ ޓޭންވެލާފައިވާ ހަންގަނޑާއި އަޅިކުލައިގެ ދެލޯ އިޒާންގެ ފަރާތުން ވަނީ ލިއަމްއަށް ލިބިފައެވެ. ކަޅުކުލައިގެ ނަމްބަރު އައިނަކުން އެރީތި ދެލޯ ފޮރުވާލާފައި ވީ ނަމަވެސް އޭނާގެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ސީޓް ބެލްޓް އަޅުވާލުމަށް ކާރު ދުއްވާލިއެވެ. ދުއްވާ ތަކެތީގެ ތޮއްޖެހުމާއި ހޮސްޕިޓަލަށް ވަދެ އުޅޭ މީހުންގެ ބައި ބޯކަމުން ފުދޭވަރަކަށް ދުރަށް ދެވެން ދެން ލިއަމް ދުއްވަމުން ދިޔައީ ނުހަނު މަޑުންނެވެ. ހޮސްޕިޓަލްއާއި ދުރުވުމުން ކާރުގެ ދުވެލި ބާރުކޮށްލިއެވެ.
ހަވީރްގެ އެންމެ ހިތްފަސޭހަވަގުތެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ލިއަމް ބޭރަށް ނަޒަރު ހިންގާލިއެވެ. މަގުތައް އަނދިރިވެފައި ފަޒާއަށް ފެތުރިފައި ވަނީ ، ހަށިގަނޑަށް ރާހަތު ކުރުވަނިވި ތެތް ފިނިކަމެކެވެ. ގޭގޭގެ ފުރާޅުތަކާއި މަގުތަކުގައި ޕާކްކޮށްފައިވާ ވެހިކަލްތަކުގައި ކޮންމެ ވެސް ވަރަކަށް ސްނޯގެ އަސަރު ހުއްޓެވެ. ފިނި މޫސުމް ކަމުން، ކުލަކުލައިގެ ބޯ ކެހެރި ކޯޓުތަކުގައި އެކި އުމުރު ފުރައިގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ.
ކާރު ދުއްވަމުން ގޮސް ޒިއުރިކްގެ ބޯ ޖަންގަލީގެ ތެރެއަށް ވަދެވުނެވެ. މަގުގެ ދެފަރާތުން ޕައިން، އޯކް އަދި ޗެސްޓްނަޓް ފަދަ ޖަންގަލީގައި ހެދޭ އެތައް ވައްތަރުތަކުގެ އުސް ގަސްތައް ފެންނަން ހުރި އިރު ގަސްތަކުގެ ކުރިތައް ސްނޯވްގެ ސަބަބުން ވަނީ ހުދުވެފައެވެ. ހަވީރުގެ އެހާ ކުރީކޮޅުވެސް ޖަންގަލި ތެރެ ފެންނަލެއް ނުހަނު އަނދިރިއެވެ. ދޫނި ސޫފާ ސޫފީގެ ތޫލި ގޮވުންތަކުން ކަންފަތައް އުނދަގޫ ވެގެން، އެންމެ ފަހުން ކާރުގެ ދޮރުފަތް މައްޗަށް ކަހާލަން ޖެހުނެވެ. ޖަންގަލީގެ މެދުން ދެ ކަފި ވެފައިވާ މަގަކާއި ހިސާބަށް އާދެވުމުން ލިއަމް ކާރު އަނބުރާލީ ވައަތް ފަރާތަށެވެ. މާދުރަށް ނުދެވެނީސް އިމާރާތްތަކުގެ އަލިތައް ފެންނަން ފަށައިފިއެވެ. އަލަށް މީހުން އާބާދުވާ ހިސާބެއް ކަމުން މާގިނަ ގެއެއް ނެތެވެ. ދިހަ ވަރަކަށް އިމާރާތް ދުރު ދުރުގައި ހުރި އިރު ލިއަމް ކާރު ހުއްޓާލީ، އެންމެ ބިއްދޮށަށް، އެކަހެރިކޮން ހުރި ގެއެއްގެ ދޮރު މައްޗަށެވެ.
ގޯތި ތެރޭގައި ވަނީ ގާޑެން ލައިޓްތަކުގެ ފަނޑު އޮރެންޖް އަލިކަމެވެ. އޮޓޯމެޓިކް ގޭޓް ހުޅުވުމުން ކާރު ޕާކް ކުރުމަށްފަހު ދިގު ވޯކްވޭގައި ހިނގާލާފައި ގޮސް ކުރިމަތިން ފެންނަން ހުރި ހަވޭލީ އެއް ފަދަ ރީތިގެއަށް ލިއަމް ވަދެގެން ދިޔައެވެ. ކަޅާއި އަޅި ކުލައިން ތިން ފަންގިފިލާއަށް، ނުހަނު އުސް ކޮން ހުރި ހުވަފެނީ ގެއެކެވެ. ހުރިހާ ފަންގިފިލާއަކާއި ގުޅިފައި، ގޭގެ ވަށައިގެން ބޭރަށް ޥާހެން އިން ދިގު ސިނޑިއެއް އެއް އިނެވެ. ގެއާއި ހިސާބަށް އާދެވުނު އިރު ކޮންމެ ވެސް ވަރަކަށް ގަނޑު ފެނުގެ ހަމަލާތައް ހުއްޓިފައި ވީނަމަވެސް ބޯ ދުންފިނީގެ އަސަރު ހުއްޓެވެ. މާހައުލު ހަމަހިމޭން ކަމުން އެބޮޑުގޭގައި އެއްވެސް ދިރުމެއް ނުވާފަދައެވެ.
ލިއަމް އެތެރެއަށް ވަން އިރު މުޅި ގޭތެރެ އަނދިރިކޮން އޮތުމުން ލިބުނީ ހައިރާން ކަމެވެ. އޭނާ ގޭގައި ނޫޅޭ ނަމަ އަބަދުވެސް ގޭގެ ހުރިހާ ލައިޓް ތަކެއް ހުންނާނީ ޖައްސާފައެވެ. ލައިޓްތައް ނިއްވާލާނީ ގެއަށް އޭނާ ވަނުމަށްފަހުއެވެ.
”އިޒް އެނީވަން ހިއާރ“ ލިއަމް ގޮވާލިއެވެ. ކޮންމެވެސް ބަޔެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވިގެން އޭނާއަށް ނަގައިގަނެވުނެވެ. އެ އަޅިކުލަ ދެލޮލަށް ހިސާބެއްގެ ލާނެތް ކަމެއް ވެރިވިއެވެ. ގޭގަ އުޅެނީ ކޮންބައެއްކަން އޭނާއަށް އެނގޭ ކަހަލަ އެވެ.
ނުހަނު ހަމަޖެހިގެން ހުރެ އެ އަނދިރިކަމުގައިވެސް ފަރިތަކަމާއި އެކު ލިވިންގރޫމް ސޯފާގައި އޭނާ އިށީނެވެ.
”ކޮބާ ލައިޓް ޖައްސާކަށް ނުވޭ؟“ އެހެން އިނދެފައި އެއްފައި މައްޗަށް އަނެއްފައި ލަމުން ލިއަމް އަޅައިގެން ހުރި ނަމްބަރު އައިނު ބާލަމުން ގޮވައިލިއެވެ. އެއާއި އެކު މުޅިތަން ދިއްލުނު އިރު މުޅި ގޭގެ ތެރޭގައި ގުގުމާލީ ހުނުމުގެ އަޑެވެ.
”ދެން ވަރަށް ފޫހިވޭ.. މިމީހުންގެ އުޅޭލެއް ސްޕާރ ނެޗްރަލް ކަމުން ސަޕްރާއިޒް އެއް ވެސް ދެވޭ ވަރެއް ނޫން“ ލިއަމްގެ ކުރިމަތީގަ ހުއްޓުނީ އިޒްވާއެވެ. މޫނުކޮށްލައިގެން ހުރިއިރު އޭނާގެ އަތުގައި ކޭކްއެއް އިނެވެ. އޭރު އެހެން މީހުން ހުއްޓުމެއް ނެތި ހެމުން ދިޔައެވެ. ހުރިހާ ޒުވާނުން އެއްތަން ވެފައި ވީ އިރު އެއްވެސް ބޮޑު މީހަކު ނެތެވެ.
ޔަޒަކް އާއި މިލާންގެ މީރާ، ޔީލާ އަދި ލޫކްގެ އިތުރުން އީން އާއި އަލާނިޔަލްގެ ނޫހް އަދި ލޫތުގެ އިތުރުން ކައިޥާން އާއި ޔޫމީންގެ ކީވާން އާއި ޔެނާ ތިއްބެވެ. އަދި ޒިހާން އާއި ޔިރާގެ ނީރާ ވެސް މެއެވެ. ސުވިޒާރލޭންޑްގެ މުސްލިމް ޒުވާނަކާއި ކައިވެނި ކުރުމަށްފަހު، ދެއަހަރުގެ އަންހެން ކުއްޖަކު މީރާގެ ހުރެއެވެ. ޔެނާ އާއި ލޫތްގެ ކައިވެނި ވެސް ވަނީ އަހަރެއްގެ ކުރިން ވަނީ ކުރެވިފައެވެ. ހަތް މަހުގެ ބަނޑަކާއި އެކު ޔެނާ ފެންނަނީ ނުހަނު ބުރަހެލި ކޮންނެވެ. އެ ދެ ޒުވާނުންގެ ކައިވެނީގެ ފަހުން، އީން އާއި އަލާނިއަލް އަދި ކައިވަން އާއި ޔޫމީންގެ ގުޅުން އިހުނަށް ވުރެން ބޮޑަށް ވަނީ ވަރުގަދަ ވެފައެވެ.
”ކޮބާ ދޮންތި ބުނިން ދޯ އޭރުވެސް އިޒީ ކައިރީގައި މިގޮތައް ސަޕްރާއިޒް ދިނުމަކީ ބޭކާރުކަމެކޭ.. ދޮންބެ މީ އާދައިގެ މީހެއް ނޫނޭ..“ މީރާ ހެމުން ބުނެލިއެވެ. މީރާގެ ހުނުމުގައި ބައިވެރި ވަމުން، އޭނާގެ އަތުގައި އިން މައިލީން އުރާލަމުން އެ ދެކޮލުގައި ހިފާލަމުން ތުއްތު ބަހުރުވައަކުން ވާހަކަ ދައްކަން ފެށިއެވެ. އެހިނދު ލޯބި ގޮތައް ހީގަނެފައި އޭނާގެ ކޮލުގައި މައިލީން ބޮސްދިނެވެ. ހުދު ދޮންކަމެއް ހުރިއިރު ބްލޮންޑްކުލައިގެ ބުޅި އިސްތަށިކޮޅުގައި މައިލީން ނުހަނު ލޯތްބެވެ.
”ކަލޯ ހެޔޮނުވާނެ އަލުން ބޭރަށް ނުކުމޭ.. ގޮސްފަ އާދޭ ސަޕްރައިޒް ވި ކަމުގެ އެކްޓެއް ނަމަވެސް ޖައްސާލައިގެން.. އެހެންނޫނީ މިގޭ ވެސް ރޯ ކޮށްލަފާނެ “ އިޒްވާގެ މޫނު ފެނުމުން ކީވާން ދިމާކޮށްލިއެވެ. އިޒްވާ ތުން އަނބުރާލުމަށްފަހު އައިސް އިށީނީ ޔީލާގެ ގާތުގައެވެ.
”ކޮބާ.. މިހާރު އަހަރެމެން ޓީމަށް ޖޮއިން ވާން ވީ އެނގޭ.. ތިރީސް އަހަރު ތިވީ ތިހެން ހުއްޓާ.. ލަދެއް ނުގަނޭތަ“ ލޫތް އިއްވާލިއެވެ. ލޫތްގެ ވާހަކައަށް އެއްބާރުލުން ދެމުން ކީވާން ވެސް އެއީ ތެދެކޭ ބުނެލިއެވެ. އެހިނދު އެންމެން އެއްފަހަރާ ކީވާން އާއި ދިމާލަށް ކަޅި އަޅައިގަތެވެ.
“އައްދެ މީނަ ތަ ލިއަމްބެ އާއި ދިމާލަށް އެކިޔަނީ.. ނަވާވީސް އަހަރު ވީ އިރު ހަމަ ތިހުންނަނީ ތިހެންނު ..ދެ މަސް ފަހުން ތިރީސް ވާނެ ހަމަ ކީވާން އަށް ވެސް.. ނައު ލުކް އެޓް މީ “ ސޯފާ މަތިން ކުޝަން އެއް ނެގުމަށްފަހު ކީވާންގެ މޫނާއި ދިމާލަށް ޔެނާ އެއްލާލިއެވެ.
”ކަލޭމެން އެންމެން އެކަމާއި އެނގޭ އުޅެން ވީ.. މެރީޑް މީހުން ނުލާ މިތާކު ނެތް އެކަކާއި ދިމާލަށް ވެސް އެއްޗެއް ބުނެވޭ ވަރުގެ މީހެއް، ކުޑޫ އާއި ނޫހްބެ ނޫނީ..“ ލޫކް ވެސް ނުހަނު ހަމަޖެހިލާފައި އިނދެ ބަލައިލީ ސީދާ ޔީލާގެ މޫނަށެވެ. އޭރު އޭނާގެ މޫނު ރަތްވެފައި ހުރި ގޮތުން ލޫކް އަށް ދިޔައީ ހެވެމުންނެވެ. ނޫހްވެސް އިސްޖެހިފައި އިން އިރު ތުންފަތް މަތީގައި ދުވެލަ ދުވެލަ ހުރީ ލަދު ރަކި ހިނިތުން ވުމެކެވެ.
”ވަޓް.. ވައި ޔީލާ.. އެންޑް ނޫހް.. ވެއިޓް އަ މިނެޓް“ ލިއަމް ހައިރާން ވެފައި ހުރެ އެދެމީހުންގެ މޫނުތަކަށް ބަލަމުން ދިޔައިރު ދެން ތިބި މީހުން ވެސް ހައިރާން ވެފައި ތިއްބެވެ.
”ކަމެއް ފޮރުވާ އެބަ މިދެމީހުން… ބުނޭ … ބުނޭ“
”ގާއީޒް ކާމް ޑައުން..“
”ކާމް ވެވޭތަ“ ނޫހްގެ ބުނެލި ގޮތުން ކީވާން ވެސް ނުހުއްޓާ ސުވާލް ކުރަމުން ދިޔައެވެ.
”މީނދަ ކިވީ ހާދަ އިންޓްރެސްޓެއް އެބަހުއްޓޭ މީހުންގެ ލަވް ލައިފް އަށް.. ހޫމް ހޫމް އެންމެން އަޑު އަހާ.. މީ އެންޑް ޔީލް .. ވީ އާރ ޑޭޓިންގް“ އެންމެ ފަހުން ނޫހް އިއްވާލިއެވެ. ލަދުން ގޮސް ޔީލާގެ މޫނު ހީވަނީ ފިއްސަކުން މަޑުފިޔާތޮށި ކުލަ ޖައްސާލާފަ ހުރިހެންނެވެ.
”ވެން.. ސިންސް ވެން.. ދޮންތި އަށް ވެސް އަންގާ ނުލާ“
”އައުޗް ތަދުވެއޭ…. މްމްމް…ފިއު ޑޭސް އެގޯ.. “ ޔީލާގެ ކޮނޑުގައި މީރާ ތަޅައިގަތުމުން ވަރަށް މަޑުމަޑުން ބުނެލިއެވެ. ޔީލާ ބަލައިލި އިރު ނޫހް ބަލަހައްޓައިގެން އިން ގޮތުން އިތުރަށް ލަދުގަންނަ ގޮތްވިއެވެ.
އެންމެން އެކު އެކީގައި ދެ ޒުވާނުންނަށް މަރުހަބާ ކިޔަމުން ދިޔަ އިރު އިޒްވާ އިނީ ހިސާބަކަށް ނެގިމަޑުވެފައެވެ. ނަމަވެސް އެކަން ނުދެއްކުމަށް ނުހަނު މަސައްކަތް ކުރިއެވެ. ނުހަނު ބޮޑަށް ހިނިތުން ވެފައި އިނދެ އޭނާ ވެސް ޔީލާއާއި ދިމާ ކުރަމުން ދިޔައެވެ.
“ކޮބާ ދެން ކޭކް ފަޅައިގެން ކަމާ.. ގެނެސްފަ ހުރި ކާ އެއްޗިހިތައް ވެސް ހިހޫ ނުވާ ކަމެއް ވެސް ނޭނގޭ.. އަނެއްކާ ވީ ހޭވް ޓް ގޯ ކާރުތައް ހުރިތަނެއް ވެސް ހޯދަން..ލިއަމްބެ އަށް ބަސްޓް ވެދާނެ ތީ ވަރަށް ދުރުގަ ހުރިހާ ކާރެއް ޕާކް ކޮށްފަ އައިސް މިއުޅެނީ ދޯ“ އިޒްވާގެ މޫނަށް ބަލައިލަމުން، އަތުގައި ހިފައިގެން ނީރާ އިންތަނުން ތެދުވެ ހިނގައިގަތީ ޑައިނިންގް ރޫމައި ދިމާލަށެވެ. އެހިސާބަށް އާދެވުމުން އިޒްވާ ގަދަކަމުން ވެރިކޮށްގެން ހުރި ހިނިތުންވުމުން ފޭދުނެވެ.
”ބެސްޓީ އާރ ޔޫ އޯކޭ“ މޭޒުމަތީގައި ހުރި ތަށިތަކުގެ މަތިތައް ހިއްލަމުން ނީރާ ސުވާލު ކޮށްލިއެވެ. އިޒްވާ ބޯ ޖަހައިލިއެވެ. ނަމަވެސް ނީރާ ހުރީ ޝައްކެއްގެމަތީގައެވެ. ހާލަތުގެ ގޮތުން ސުވާލެއް ވެސް ކުރެވޭކަށް ނެތެވެ. ފަހުން އަދި އިޒްވާ އާއި ސުވާލް ކުރުމަށް އޭނާ ހިތުލިއެވެ.
ދެމީހުންގެ މަސައްކަތުން ކާން ހަދާލިއެވެ. ޕިއްޒާއާއި ދެވައްތަރެއް ކުކުޅާއި ގާލިކް ނާންގެ މީރުވަހުން މުޅިތަން އެއްވަސް ވެލިއެވެ. ތަށިތަކަށް ޖޫސް އެޅުމަށްފަހު ނީރާ ގޮޥާލުމުން އެންމެން ހެން އައިސް ކާން ފެށިއެވެ.
”ކޮބާ މީރުތަ އިޒީގެ ކެއްކުން ގަނޑު.. ބިގް ބިގް ބެލީ އާއި އެކު ވެސް ޔެން ދައްތި އަޅާފަ ހުރި ވަރަށް ލޯބި ކޭކެއް މިއީ.. ދެން މިހުރީ ނީގެ ޔަމީ ޔަމީ ޕިއްޒާ“ އިޒްވާ ބުނެލި ހިނދު އެންމެން ކާން ފެށިއެވެ. ކާ އެއްޗިހި މީރުކަމުން އެންމެންގެ ތައުރީފްތައް އިއްވަމުންވެ.
”ހަމަ އިޒީ ތަ ކުކުޅު ހެދީ.. ޔަގީނޭ ބޭރުން އޯޑާރ ކޮށްގެން ގެނެސްފަކަން“ ލިއަމް ބެލީ އިޒްވާ ރުޅި އަރުވާލެވޭތޯ އެވެ. ވަގުތުން އިޒްވާގެ ދެލޯ އަޅާލިއެވެ.
”އެ ދޮގެއް.. ހަމަ ބަރާބަރު އިޒީގެ ކެއްކުންގަނޑަށް … މި ކެއްކުންގަނޑު ވެސް ބުނާ ކަހަލަ.. އިޒީ އޭ ތިހުރީ ސައްބީސް އަހަރު ވެފައޭ..ދެން އަވަހަށް މީހަކާއި އިންނަން އުޅޭށޭ..“ މީރާގެ ފިރިމީހާ ސަމަރް ވެސް ލާނެތް ރާގެއްގައި އިޒްވާއާއި ދިމާކޮށްލިއެވެ.
”ހާން ހާން.. ތި ދިލުން މި ނިކަމެތި އަޅާއަށް ހެޔޮ ބަހެއް އޮޅިގެން ވެސް ނުބުނައްޗޭ.. އަނގަ ގަދަ ނުކޮށް ކެވޭތޯ ބަލާބަލަ ނިކަން.. ދޮންތިބެ ވެސް ދޯ .. ދޮންބެ ކައިރިން ރަނގަޅަށް ވެސް ދަސްކޮށްފި “ ތުން އޫކޮށްލަމުން އިޒްވާ، ލިއަމްގެ އުނަގަނޑުގައި ތަޅައިގަތެވެ. މަޖާ މާހައުލެއްގައި ތިބެ އެންމެން ކައި ނިމުނު އިރު މައިލީން ވެސް ނިދައިފިއެވެ. ލަސްނުކޮށް ގެޔަށް ދިޔުމަށްޓަކައި އެންމެން ވެސް ނުކުމަތެވެ. ފިރިހެން ވެރިން ކާރުތަކުގައި ބަލާ އައުމަށް އަންހެން ކުދިން ވެސް ކާރަށް އަރަން އުޅުނެވެ.
”ބަލައިގެން އުޅޭއްޗޭ.. މާމައާއި ކާފައަށް ސަލާމް ބުނާތި“ އިޒްވާގެ ގައިގާ ބައްދާލަމުން ލިއަމް ހީލިއެވެ. އިޒްވާ ޖަވާބު ދިނީ ލުއި ހިނިތުންވުމަކުންނެވެ.
”ދޮންބޭ މާދަން ބަލައްޗޭ ގެއަށް އާދެވޭތޯ.. ދޮންބެ ބާތްޑޭ ވީމަ މާމަ މެން ވަރަށް ރެޑީ ވެގެން ތިބީ އެކަމަކު އެންމެ ފަހު ވަގުތު ޒެކް ދޮންބެ އަށް ސާޖަރީ އަކަށް ދާންޖެހިގެން މާދަމާ ސެލެބްރޭޓް ކުރަން ނިންމީ..“ އިޒްވާ ގެ ޖުމްލަތަކަށް ލިއަމް ބޯ ޖަހަލިއެވެ. އެމީހުން ކާރުތަކުގައި ފަސްދީފައި ދަންދެން މަޑުކޮށްގެން ހުރެފައި ލިއަމް އެތެރެއަށް ވަންނަން ދިޔައެވެ.
ގެއަށް ވަދެ ފުރަތަމަ ވެސް ހުރިހާ ލައިޓްތަކެއް އޮފްކޮށްލުމަށްފަހު ގޭތެރޭގެ އެކި ހިސާބުތަކުގައި ވާ އުއްބައްތިތައް ރޯކޮށްލިއެވެ. އެއާއިއެކު އުއްބައްތީގެ ހުޅުކޮޅުތައް ނަށަމުންދިޔައީ، މުޅި ގޭތެރެއަށް މަޑުމަޑު އަލިކަމެއް ގެނެސްދެމުންނެވެ. އެއީ އެގޭގެ އާދައެވެ. ރޭގަނޑަކަސް ދުވާލަކަސް އަބަދުމެ ފެންނަން ހުންނަ އަލިކަމަކީ އުއްބައްތީގެ ރަން އައްޔެވެ. ގޭގެ ބޭރުން ކަޅާއި އަޅިކުލަ ފެނުނު ނަމަވެސް ގޭގެ ތެރޭގައިވަނީ ލަކުޑި ކުލަ އާއި އެކުލައިގެ ސާމާނެވެ. ފަރުނީޗަރުން ފެށިގެން ހުރިހާ ސާމާނެއްވެސް އެކުލައިން ވާއިރު މަޑު އޮރެންޖް ކުލައިގެ ވިދުމެއް ހުރި ޗާންދަލިޔާ އިން އިތުރު ފުރިހަމަ ކަމެއް ލިބެއެވެ. ނަމަވެސް އެންމެ ފަހުން އެ ދިއްލި ދުވަހެއް ލިއަމްގެ ހަނދާނަކު ނުވެއެވެ. ގޭގެ އެތެރެ އާއި ބޭރު ޑިޒައިން ކޮށްފައި ހުރިގޮތުން ބޮޑަށް ސިފަ ވެގެން ދަނީ އާސާރީ ގޮތްގަނޑެވެ. އަނދިރި ކަމަށް ލޯބި ކުރުމަކީ އޭނާގެ އެންމެ ތަފާތު ސިފައެވެ. އޭނާގެ މިޒާޖް ގޭގެ ކޮންމެ ކަނަކުން ވެސް ހީވަނީ ބުނެދެމުން ދިޔަހެންނެވެ.
ކަންނެތް ހިނގުމުގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްލުމަށް ފަހު އޭނާގެ ކޮޓަރި ހުންނަ ތިންވަނަ ފަންގިފިލާއަށް އެރިއެވެ. ”ހާދަ ވަރެއް ކޮށްލައިފި އޭ ދޯ އެމީހުން“ ތަނަވަސް ކޮޓަރީގެ އެނދުމަތީގައި އެންމެން ގެނެސް ހުރި ހަދިޔާތައް ފެނި އެ ރަތް ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.
ސޯފާގެ މައްޗަށް އެ ސާމާނު އަޅާލުމަށްފަހު ފާހާނައަށް ވަދެލީ ތާޒާވެލުމުގެ ނިޔަތުގައެވެ. ފެންވަރައިގެން ނުކުމެ ނަމާދު ކޮށްލިއެވެ. ތިރިއަށް ގޮސް ކޮފީ މަގެއް ހިފައިގެން އެނބުރި އައިސް، ކޮޓަރީގެ ތެރެއިން ނުކުމެވެން ހުރި ބެލްކޮންޏަށް ލިއަމް ނުކުމެލި އިރު ސްނޯވްގެ އަސަރު ދިޔައީ ކުރަމުންދިޔައެވެ. އަތް ކުރު ޓީޝާޓަކާއި ކުރު ސޯޓް ބުރި އެއްގައި ހުރިއިރު ވެސް އެ ފިނިގަދަ މާހައުލުން ލިއަމްއަށް އެއްވެސް އުނދަގުލެއް ނުވެއެވެ. ރެއިލިންގގައި އަތް ވިދެލައިގެން ހުރެ އޭނާ ބަލައިލީ ދުރަށް ފެތުރިފައި އޮތް ބިޔަ ޖަންގަލީ ގެ ތެރެއަށެވެ. އަނެއްފަރާތުން ފެންނަން އޮތީ ގެއާއި މާ ދުރު ނޫން ހިސާބެއްގައި އޮތް އޮއިދެމޭ ކޯރެކެވެ. އެތަނުގައި ހުރި އިރު ދޭތެރެއަކުން ކޮންމެ ވެސް ދެ ޖަނަވާރެއްގެ ކޯޅުމުގެ އަޑު އިވިލައެވެ.
”މްމްމް އަމް ސްލީޕީ“ ނިދީގެ އަސަރު ކުރަން ފެށުމުން ލިއަމް އެތެރެއަށް ވަނެވެ. ދޮރުފޮތިތައް ކަހާލަމުން، ލައިގެން ހުރި ޓީޝާޓު ބޮލުން ދަމައިގަނެ ، އެނދަށް ޖެހިގަތް އިރު ސްނޯ ވެސް ބޯކޮށްލައިފިއެވެ. އެނދުގައި އޮތް އިރު ބެލްކޮނީގެ ދޮރު ކަހާލެވިފައިވާތީ އެ މަންޒަރު ނުހަނު ރީއްޗަށް ފެންނަމުން ދިޔައެވެ.
***
”ރުއާ..ރުއާ“ އިވުނީ ތޫލި އަޑެކެވެ. ނިދީގެ ފޮނި މީރު ކަމުގެ ތެރެއަށް ޣަރަޤުވެފައި ވަނިކޮން، އެއަޑަށް ރުއާނާ ކޮޅަށް ޖެހުނެވެ. އޭރުވެސް ސައިޑް ޓޭބަލް މަތީގައި ހުރި ގަޑި އެގޮތުގައި ސޯނާވަމުންދިޔައެވެ. ގަޑީގައި ހަރުކުރެވިފައި ސްޕީކަރުން ”ރުއާ..ރުއާ“ ކިޔަމުން ދިޔަ ގޮތުން ބޮލަށް އުނދަގުވެގެން އަނގަ ހަދާލެވުނެވެ. އެންމެ ފަހުން ސްވިޗް އޮފްކޮށްލާފައި ތެދުވެގެން ދިޔައީ ފާހަނައާއި ދިމާލެވެ.
ފަނަރަ މިނެޓް ވަރު ފަހުން، މެޔާއި ހަމައަށް ދުވާލި އޮޅާލައިގެން ހުރެ ފާހަނައިން ނުކުމަތް އިރު މުޅި ކުއްޖާ ހީގަނެގެން ތުރުތުރު އަޅަމުންދިޔައެވެ. އެ ދޮން މޫނުގައި ފެންތިކިތައް ބަބުޅަމުން ދިޔައިރު ފެނިގެންދަނީ ތާޒާކަމެވެ. ހެއާރ ޑްރަޔާރ ނަގާ ކަރަންޓަށް ޖެހުމަށްފަހު އިސްތަށިގަނޑު ހިއްކަންފެށިއެވެ. އެ ހޫނު ވައިން ހީ ފިލަމުން ދިޔައެވެ. ދޭތެރެއަކުން މޫނާއި ދިމާލަށް ހެއާރ ޑްރަޔާރ ދިއްކޮށްލަމުން ހިނިގަނޑެއް ޖަހާލައެވެ.
”ދަރިފުޅާ.. ހޭލައިފިންތަ.. “ އިވުނީ އޭނާގެ ބައްޕަގެ އަޑެވެ. ރާބިއުއަށް ޖަވާބު ދެމުން އަނެއްކާވެސް މަސައްކަތައް ރުއާނާ ސަމާލުކަން ދިނެވެ.
“ބައްޕަ މަޑުކުރަންވީތަ ދަރިފުޅާއިއެކު ދާން “
”ނޫން..ބައްޕައަށް ލަސްވާނެ އެންނު.. ރުއާ ދާނަން ބަހުގަ.. އަދި އިރުކޮޅެއް ވާނެ“
”ޓްރާންސްފާރ އަށް ފަހު ކިޔަވަންދާ ފުރަތަމަ ދުވަހު ގަޑި ޖެހުނީމަ މަންޒަރު އެހާ ރީއްޗެއް ނުވާނެ.. ހެއާރް ޑްރަޔާރ ހިފައިގެން އިނދެވިދާނެ ދެން ކޮލެޖުން އައިސްވެސް“ ރުއާނާއަށް އިއްވާލުމަށްފަހު ރާބިއު ދިއުމާއި އެކު ރުއާނާގެ ގާތައް ހިނިއަންނަގޮތްވިއެވެ. އެހިފައިގެން މޫނަށް ވައި ޖައްސުވަން، ރުއާނާ ކިތަންމެ އިރެއް ވަންދެންވެސް އިނދެދާނެކަން ރާބިއު ދަންނާނެއެވެ.
އައިސްބްލޫ ގަމީސްކޮޅާއި އެކު ޑެނިމް ޖީންސްގައި ރުއާނާ ފެންނަނީ ނުހަނު ފުރިހަމަ ކޮންނެވެ. އުނަގަނޑާއި ހަމައަށް އޮތް ކަޅު ދިހުން ކުލައިގެ ފަން އިސްތަށިގަނޑުގެ އެކި ހިސާބުތައް ރަންކުލައިން ވިދަމުން ދިޔައެވެ. އެ އިސްތަށިގަނޑަކީ ގުދުރަތީ ގޮތުން އޭނާއަށް ލިބިފައިވި އެންމެ އަގުބޮޑު ހަދިޔާއެވެ. މޭކަޕް ކުރުމަކީ ކޮށް އުޅޭ ކަމެއް ނޫން ނަމަވެސް ލިޕް ގްލޮސް އަކުން މަޑު ފިޔާތޮށިކުލައިގެ ތުންފަތް ފަވާލިއެވެ.
”ނިއު ޔުނީ އިން ނޭނގޭ ކޮންފަދަ ބަޔަކާއި ކަމެއް ވެސް ޑީލް ކުރަން ޖެހޭނީ.. އައި ޑޯންޓް ލައިކް ޔަންގް ލެކްޗަރާސް.. އެމީހުންނަކަށް ނޭނގޭނެ، ދުވަސްވީ ލެކްޗަރާސް ކިޔައިވައިދޭހެން އެކައްޗެއް ވެސް ކިޔައިދޭކަށް.. އެންމެ ކުޑަމިނުން އެގްޒާމްޕަލް އެއް ވެސް ދޭން އެނގޭ ކަމަކަށް ނުވޭ މިޙާރު ކިޔަވައިގެން ނުކުމެގަތް މިއުޅޭ މީހުން.. ހަމަ ބޮޑު މުސާރައިގެ ދަހިވެތި ކަމުގަ އައިސް ތިބޭނީ އެވެރިން.. ޒަމާނީ ވެގެން ގޮސް މެޑިކަލް އެގްޒާމްޕަލް އެއް ވެސް މިދެނީ ޗެޓް ޖީޕީޓީ ބަލައިގެން..މީ ދެން ތަންފުކެއް ބޮޑުވަރެއްނު..ސިކުނޑީގަ ތެތްކަމެއް ވެސް ނުހުންނަ ތާ، ޒަމާނީ ވަބާގަ ޖެހިފަ ހަމަ ސީދާ ބްރެއިން ވޮޝްވެފަ… އާރގްގް“
”އޭންޑް ދިޒް އިޒް މައި ލާސްޓް ސެމް .. އައި ވޯންޓް އެވްރީތިންގް ޓް ބީ ޕާރފެންޓްޓް.. މަށައް ފަސޭހަ ވެދާނެ ތީ ޑިއުޓީ ވެސް، އެވެރިން ލާފަ މި އިނީ ކްލާސް ނިމޭ ގަޑިއަށް..ދެރަ ކަންކަން“ ރާގު ދަމަމުން ލޯގަނޑުގެ ކުރިމަތީގައި ހުރެ ރުއާނާ ކުދި ކިޔަމުންދިޔައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އެހެން ވާހަކަ ދެއްކުމަކީ ކޮންމެ ދުވަހަކު ރުއާނަގެ އާދައެވެ. ދުވަސް ނިމިގެން ދާ އިރު އެދުވަހެއްގެ ހިނގާ ހުރިހާ ކަމެއް ވެސް އޭނާ ބަންޑުން ކޮށްލާނީ އެގޮތުގައި އެވެ. ފޯނުން ގަޑި ބަލާޅަމުން އޭނާ އަތްމަތި އަވަސް ކޮށްލިއެވެ. ރާބިއު ބުނިހެން ފުރަތަމަ ދުވަހު ގަޑި ޖެހޭކަށް އޭނާވެސް ބޭނުމެއް ނޫނެވެ.
ދިގު އެސްފިޔަތަކުގެ ނިވަލުގައި ވާ ދެލޮލަށް ގޮތެއް ހަދާލައިގެން ހުރެ ފަރާތް ފަރާތައް އަރިވެލި އިރު އޭނާ ހިތްހަމަ ޖެހޭ ވަރުވުމުން، ކަޅުކުލައިގެ ކެހެރި ޖެކެޓެއް ހިފައިގެން ގެއިން ނުކުންނަން ދިޔައެވެ.
އެޕާޓްމަންޓްގެ ލިފްޓުން ތިރިއަށް ފޭބި އިރު ސްނޯ ވެހެމުން ދިޔަތަން ފެނި ރުއާނާގެ ތުންފަތުގައި ވާ ލުއި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ”އައި ލާވްވް ވިންޓާރ“ ބޮލުގައި އަޅައިގެން ހުރި ކޯރި ރަނގަޅު ކޮށްލާފައި ކޯޓު ގަޔަށް މަހާލަމުން އޭނާ މިސްރާބު ޖެހީ ގެޔާއި މާދުރުނޫން ހިސާބެއްގައި ވާ ބަސް ސްޓޮޕަށެވެ. ފަސްމިނެޓުން ހިނގާލާފައި އެހިސާބަށް އާދެވެއެވެ. އޭރު އަދި އޭނާގެ މަންޒިލަށް ދާ ބަސް ނާންނާތީ ވެއިޓިންގް އޭރިޔާގައި އިށީންދެލަމުން، ކަންފަތުގައި އަޅުވާފައިވާ އިޔާރ ޕޮޑު އިން މަޑުމަތިރި މިއުޒެއް އަޅުވާލިއެވެ. އޭނާގެ މޫޑް އިތުރަށް ރަނގަޅު ވެލިއެވެ. އެހެން އިންނަތާ މާގިނައިރެއް ނުވެ ބަސް އައިސް ހުއްޓާލުމާއި އެކު، ކިއު ތަރުތީބުން ރުއާނާ ވެސް ބަހަށް އެރިއެވެ.
”ފައިނަލީ“ މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ،ސީޓެއް އަތުޖެހޭ ތޯ ބަލަމުން ދިޔަ ހިނދު އޭނާގެ ލޮލުގައި، އެންމެ ފަހަތު ބަރީގައި ހުސްކޮން އިން ސީޓް އަޅައިގަތެވެ.
އެތަނަށް ގޮސް ގޮސް ހުއްޓާ، ހުރި ފިޔަވަޅު މަތީގައި ހުއްޓެން މަޖުބޫރުވީ ޖެހިގެން އިން ގޮނޑީގައި އިށީންދެ އިން ޒުވާނާ ފެނިއެވެ. ވަގުތުން ރުއާނާއަށް ހުއްޓުމެއް އެރިއެވެ.
ކަޅުކުލައިގެ ތޮއްޕެއްގައި، ކޯޓު ފަޓުލޫނު އަޅައިގެން އިން ޒުވާނާގެ ނަޒަރު ވެސް ހުރީ ރުއާނާއަށް ހުއްޓިފައެވެ. ރުއާނާއަށް ނުރައްކާތެރި ނަޒަރެއް ދެމުން އޭނާގެ މޫނު ފޮރުވޭނެހެން، ކަރުގައި އޮޅާލާފައި އޮތް ސްކާފް މައްޗަށް އަރުވަމުންދިޔައެވެ. ނަމަވެސް އެދެލޯ ހުރީ ސީދާ ރުއާނާގެ މޫނަށް ހުއްޓިފައެވެ. މުޅި ކުއްޖާ ރޫރޫ އަޅައިގެން ދިޔައިރު ، މޫނު މައްޗަށް އަނދިރި ވާ ގޮތް ވިއެވެ. އޭރު ބަސް ވެސް ނައްޓާލައިފިއެވެ. ބަހުން ފޭބޭނެ ގޮތެއް ވެސް ނެތެވެ. ހިސާބަކަށް ފިނިވަމުން ދިޔައިރު، އެ ޒުވާނާގެ ނަޒަރުން ރުއާނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ކަޅި ޖަހައިނުލާ ރުއާނާ ބިރުގަނެފައި ވާ ފަދައަކުން ބަލަމުން ދިޔައިއިރު، ވަށައިގެން ތިބި މީހުންގެ ނަޒަރުވެސް އަމާޒުވާން ފެށުމުން ޒުވާނާ އިސްޖަހައިލިއެވެ. ބަހުގައި މަޑު ނުކޮށް، އެންމެ އަވަހަށް މަޑުކޮށްލި ބަސް ސްޓޮޕަށް އޭނާ ފޭބިއެވެ.
”އެކްސްކިއުޒް މީ .. މިސް އާރ ޔޫ އޯލް ރައިޓް..“ ރުއާނާއަށް ވަމުން ދިޔަ ގޮތުން އޭނާގެ ގައިގާ ދުވަސްވީ އަންހެނަކު ހިފަހައްޓާލިއެވެ. އެހެން މީހުން ވެސް ކަންބޮޑުވެފައި ތިބި އިރު ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް އެއިން ސްވާލަކަށް ޖަވާބް ދެވޭ ވަރަށް ވުރެން އޭނާގެ ހާލަތު ގޯހެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ތުރުތުރަށް ކެތް ނުވެގެން އެންމެފަހުން ރުއާނާ އަރިއަޅާލިއެވެ.
*****
(ނުނިމޭ)
Comments (8)
Zuhasays:
ސެޕްޓެމްބަރ 3, 2025 at 16:05Wowww
Hama gadiyah mi vahtaalevuny
Let me readi first
Hama kiyaalafa annaanan🥰🥰
Meow 😸says:
ސެޕްޓެމްބަރ 3, 2025 at 16:29V salhi
Hama kuhliyakah fenuny
Cant blv adhives meee hiraas kamehh
Vvvvvv furihama liam ge sufa jurun amd rua ve behaviour is another level🤣
Vvv reethi
Lahusays:
ސެޕްޓެމްބަރ 3, 2025 at 16:30Omgshhhhh😭😭😭😭
My heart
2019 ge fav and s2
Ommmyyy ommyyy❤️❤️
Vvvvvaaaarrrraaahhh loabiiii story feshun goi❤️❤️❤️
I can’t believe gurlll❤️❤️❤️😭😭
Craving for this sooo longsays:
ސެޕްޓެމްބަރ 3, 2025 at 16:31Whatttt hiraas s2???
Mrs gareysays:
ސެޕްޓެމްބަރ 3, 2025 at 16:52Ahhhh ahhhh this is tufff 🔥🔥🔥🔥
I swear this gonna be my fav
Ikr from the very first ep💞💞
I love ittttt 💋
Maleesays:
ސެޕްޓެމްބަރ 3, 2025 at 17:05My liam 🥵
So guess vey eba izy like noah dhw🫢
Is that it tha?🫢
Varah reethii my fav author mi part ves ❤️❤️
Rooyasays:
ސެޕްޓެމްބަރ 3, 2025 at 17:47Damnnnn gyurlll😭😭
This is crazyyyy
Ma moyavaningsssss
When next
Huvaa billahi haadha salhi ey sifakurun thH😭😭🥰🥰
Ma sha allah
Ehmm💅says:
ސެޕްޓެމްބަރ 3, 2025 at 20:21…..Omg..🤣vrh loabi ingey vhk😍❤️