މި ޖިސްމުގާ ވަނީ 04

mijism

”ހެލޯ މާކިން“މާކިން ފަސް އެނބުރުނު އިރު ކޮރިޑޯގެ ފާރުގައި ލެނގިލައިގެން އެހުރީ ލޯލާ ނޫން ދެވަނަ މީހެއް ނޫނެވެ. އަނދިރި ގަނޑުން އަލި ހިސާބަށް އޭނާއައި އިރު ދެތުންފަތުގައި ފެވިލާފައިވަނީ ވިހަހިނިތުން ވުމެކެވެ. ނަމަވެސް މާކިންގެ މޫނުމަތިން ހައިރާން ކަމެއް ނުފެނެއެވެ. ވެރިވީ ފޫހިކަމެވެ.

”މިހާރު އެނގިއްޖެ ދޯ އެގަމާރު އަމީރާ ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑުނާހާނެކަން“ ލޯލާ އެ ނުބައި ހިނިތުންވުމުގައި ހުރެ އެއްސެވެ.

***

”މަށެއް ނެތް ކަލެއާއި ވާޙަކަ ދެއްކުމުގެ އެއްވެސް ޝައުގެއް..“ މާކިން މިސްރާބު  ޖެހީ އެތަނުން ދިޔުމަށެވެ. ލޯލާގެ ސޫރަ ފެނުމުން ވެސް އޭނާގެ ހަރާބު ވެފައިވާ މިޒާޖު އިތުރަށް ކިލަނބުވިއެވެ.

”ހަހަހަހާ… ހަބަރެއް ދޭން ވެގެންނޭ މިއައީ.. ރޭން ސުރެން ލޮރެންޒޯއާއި އެމީލިއޯ އަދި ހޫގޯ، ދެތިން އަންހެން ކުދިން ގޮވައިގެން މަތީ ފްލޯގަ ޕާޓީ ކުރަނީ.. އެހެންވެ މިހާ ހެނދުނާ އެމީލިއޯ އެ ފެނުނީވެސް .. އެނގޭތަ މިހާރު އަމީރާ އެދިޔައީ ވައިން ހިފައިގެން ހޫގޯ އަންގައިގެން .. ހަހަހަހަ އެ މޮޔަގަނޑަށް ނޭނގޭ އެތާގަ އެމީލިއޯ އިން ކަމެއް.. ހޫގޯ ކުރިމަތީގަ ލައިވް ސ* ކުރުމަކީ ވެސް އެމީލިއޯ މެން ކަހަލަ މީހުންނަށް އެއްވެސް ކަމެއް ނޫން.. ހަހަހަ މަޖާ ވާނެ“ ލޯލާގެ ވިހަ ޖުމްލަތަކުން މާކިން އަނދައިގަތެވެ. ރުޅިގަދަ ވިވަރުން ލޯލާގެ ގާތައް ދެވުނު ގޮތްވެސް ނޭނގެއެވެ.

”ހޯލްޑް އޮން ލޯބިވާ ސްޓެޕް ސަން… މަށާ ދިމާލަށް ނައިސް ކަލޭގެ ހިތުގެ މަލިކާ ސަލާމަތް ކޮށްދޭކަށް ނޫން ތަ ދެން ވެސް ދާންވީ..“  ލޯލާގެ ޖުމްލައިން އޭނާގެ ގާތައް ގޮސްގޮސްފައި މާކިން ހުއްޓުނެވެ.

”ކޮބާ އަމީރާ.. ހަމަ މިހާރު ބުނޭ“

”އަހަހަހަ ހީވާ ގޮތުން ވައިން ހުންނަ ސްޓޯރ ރޫމް ތެރެއަށް އެދިޔައީ.. އެކަމަކު އެހިސާބަށް މާކިންއަށް ދެވެން ވާއިރަށް އޭނާ ނިމިގެން ދާނެ ހޫގޯގެ ގާތައް“ ލޯލާގެ ޖުމްލަ އިވުމުން މާކިން އިތުރަކަށް މަޑެއް ނުކުރެއެވެ. ދެން ލޯލާ ދެއްކި އެއްވެސް ވާހަކައެއް ވެސް މާކިންއަކަށް ނީވުނެވެ. ގައި ހުރި ބާރެއްލާ ދުވެފައި ގޮސް މާކިންއަށް ލިފްޓަށް އެރުނު ހިނދު އެތެރޭގައި ހުރި ޒުވާނަކު ފެނި ހުއްޓެވުނެވެ.  ލިފްޓުގެ ތެރޭގައި ހުރި ޒުވާނާގެ ތުންފަތުގައި ވީ ހިނިތުން ވުމެކެވެ.

”އާހްހް މާކްއަށް ސަޕްރާއިޒް ދޭން އައި މީހާއަށް މި ލިބުނީ ސަޕްރާއިޒް..ހެހެހެ“ މާކިންގެ ގައިގާ ބައްދާލަމުން ޖިނާން ބުނެލިއެވެ. ތުނިކޮން ކޮށާލެވިފައިވާ އިސްތަށިގަނޑާއި ތުނބުޅީގައި ޖިނާން ނުހަނު ފިރިހެން ވަންތަ އެވެ. ހުދު ދޮންކަމެއް ހުރި އިރު އިސްކޮޅުން މާކިންއަށް ވުރެން ދިގެވެ.  ނަމަވެސް ސިފައިގެ ގޮތުން ދެމީހުންގެ ނުހަނު ވައްތަރެވެ.

”ދޮންބޭ ރަނގަޅު ވަގުތަކު ތިއައީ .. އާދެބަލަ މަށާއި އެކު“ މާކިން، ފްލޯރގެ ނަމްބަރަށް އޮބާލުމާއި އެކު ލިފްޓްގެ ދޮރު ލެއްޕުނެވެ. އެގޭގައި ހިނގާ ކަންތައްތަކާއި ލޯލާގެ ހަގީގަތް އެއީ ޖިނާންއަށް ވެސް އާކަންކަމަށް ނުވާތީ މާކިން، ދެންމެގެ ހާދިސާ ކިޔައިދިނެވެ. ޖިނާންގެ ލޭ ކެކިގަތެވެ.

”މިހާރު ކޮބާ އެ އަންހެންކުއްޖާ..މާކްގެ ހަގީގަތް ބުނެދޭވަރު ވެސް ނުވަނީސް މިހެން ފެނުނީމަ ލޯލާގެ ސަބަބުން އޭނާގެ ހިތުގަ މާކްއަށްޓަކައި އުފެދިފައި ވާ ރުޅިގަނޑު ޑަބަލް ވާނެ“

”މަތީގަ ވާނީ.. ޔާހް އެއީ އެންމެ ބިރުގަންނަ ކަންތައް.. ސްޓިލް ކޮންމެ ވެސް ދުވަހަކުން އަހަންނަކީ ކާކު ކަން އޭނައަށް އަންގަންޖެހޭނެ. އަދި ލޯލާގެ ނުބައިކަން ވެސް އެނގެން ޖެހޭނެ“ މާކިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭރު ލިފްޓް ހުއްޓިފައިވާތީ ދެމީހުން ފައިބައިގެން ގޮސް ވަނީ ހޫގޯގެ ބަޔަށެވެ.

ދެމީހުން އެތެރެއަށް ވައިން ހިނދު ފުރަތަމަ ވެސް ކަންފަތުގައި ހަރުލައިގެން ދިޔައީ އަމީރާގެ ރުއިމުގެ އަޑެވެ. މާކިން ދިމާކޮށްލީ އެކޮޓަރީގެ ތެރެއަށް ވަންނާށެވެ. ނަމަވެސް ދޮރު ކުރިމަތީގައި ގާޑުކޮށްގެން ތިބި ހޫގޯގެ ބައިވެރިން ދިޔައީ ހުރަސް އަޅާމުންނެވެ.

”ނުވަދެވޭނެ.. ސާރ އޮތީ މަނާކޮށްފަ ”

”އެހެންތަ ކަލެއަށް ކީއް ކުރެވޭނީ ވަނަސް.. މަށައް އެނގޭ މިގޭގަ އުޅެވޭނީ ހޫގޯ އުޅޭހެން އުޅެގެން ކަން“ ޖިނާން ލައިގެން ހުރި ޖީންސުގެ އެތެރެއަށް ޖަހާފައިޥާ ފިސްތޯލް ދަމައިގަނެ ލޯޑް ކޮށްލަމުން ދޮރާއި އެންމެ މަގަތައް ހުރި މީހާގެ ފަޔަށް އަމާޒުވާހެން ޖަހައިލިއެވެ. އެހިނދު އިވިގެން ދިޔަ ބާރު އަޑައި އެކު ވަޒަން އަރައިގެން ދިޔަ މީހާގެ ހަޅޭކުގެ އަޑު އިވިގެން ދިޔައީ އެކު އެކީގައެވެ. ކަރުފަޅައިގެން ދާހާ ބާރަށް އޭނާ ހަޅޭއްލަވައިގަތެވެ.

”ކޮން އަޑެއް“ ބޭރުގައި އަޑުގަދަ ވެގެން ހޫގޯ އެތެރޭގައި ހުރެ ގޮވާލިއެވެ. ހޫގޯއަށް ޖަވާބު ވެސް ދޭން ނުކެރި ބިރުގަނެފައި، ތިބެ އެދެބެން ވަނުމަށް ގާޑުން ތަން ދެއްކިއެވެ.

މާކިން ވެސް ދެލޯ ބޮޑުވެފައި ހުރެ ދޮރު ތަޅުގައި ހިފީ ވަދެވޭތޯއެވެ. ނަމަވެސް ތަޅުލާފައި ހުރުމުން އޭނާ ބަލައިލީ ޖިނާން އާއި ދިމާލެވެ. އޭނާ ފިސްތޯލުން ދޮރުގެ ތަޅަށް ޖަހައިލި ވަޒަނުން އަޑެއް ކިޔާފައި ދޮރު ހުޅުވިގެން ދިޔައެވެ.

”އެމީ“ އަމީރާގެ ގައިގާ އެމީލިއޯ ހިފަހައްޓައިގެން ހުރި އިރު ހޫގޯ އާއި ލޮރެންޒޯ ހީހީފައި އެ މަންޒަރުން ބަލަން ތިއްބެވެ. ދެމީހުން ކުރެ ކޮންމެ މީހެއްގެ ކައިރީގައި، ނިވާކަން ކުޑަ އަންނައުނު ލައިގެން ހުރި އަންހެން ކުއްޖަކު ހުއްޓެވެ. މާކިން ފެނުމުން ދެމީހުން ސިހިފައި ކޮޅަށް ތެދުވިއެވެ. ކައިރީގަ ތިބި ދެ އަންހެންކުދިންނަށް ވީ އެވަރެވެ. އަމީރާގެ ގައިން ދޫކޮށްލައިފާ އެމިލިއޯ ވެސް ދުރަށް ޖެހިލިއިރު ހިސާބަކަށް ޖެހިލުންވުމުގެ އަސަރުތައް އޭނާގެ މޫނުން ފެންނަމުންދިޔައެވެ.

މާކިން ދިޔައީ އަނދައިގެންނެވެ. އަމީރާ ހުރި ހާލު ފެނި ހީވީ ހިތުގައި މީހަކު ވިކައިގަތް ހެންނެވެ. ލާފައިވި ޔުނީފޯމުގެ ކޮޑުމަތިން ވީދިފައިވީ އިރު ލޭގެ އަސަރުވެސް ފެންނަމުން ދިޔައެވެ. ތުންފަތް ފެޅިފައިވީ އިރު އެހިސާބު ނުހަނު ބޮޑަށް ރަތްވެފައި ހުއްޓެވެ. މާކިންއަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. އަވަސް ހަރަކާތަކާއި އެކު ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އަމީރާގެ ކައިރިއަށް ގސްގައިގާ އޮޅާލިއެވެ. އޭރުވެސް މުޅި ކުއްޖާ ބިރުން ގޮސް ރުރޫއަޅަމުން ދިޔައެވެ.

”އާރ ޔޫ އޯކޭ “ މާކިން ނުހަނު މަޑުމަޑުން އަހައިލިއެވެ. ރުއިމުގެ ތެރެއިން އަމީރާ ބޯ ހޫރުވާލި އިރު މާކިންގެ ހިތައް ނުހަނު އުނދަގޫ ވިއެވެ.

“ މައި ސަން“ ޖިނާން ފެނި ހޫގޯއަށް ލިބިފައިވި ބޮޑު ޝޮކުން އަދިވެސް އަރައި ނުގަނެވެއެވެ. ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަމުން ޖިނާން އާއި ގާތައް ދިޔައެވެ.

”ޖިނާން.. ސަން އަންގާ ވެސް ނުލާ“ ހޫގޯ އައިސް  ޖިނާންގެ ގައިގާ ބައްދާލިއެވެ. ނަމަވެސް އެ މޫނުމަތީގައި ވީ ނުރުހުމެވެ. ޖިނާން ދެން ބަލައިލީ މާކިންގެ ގާތުގައި ހުރި އަމީރާގެ މޫނަށެވެ. އޭނާ ހުރި ހާލުން ޖިނާންގެ ހިތުގައި ނުހަނު ބޮޑަށް ހަމްދަރުދީ އުފެދުނެވެ.

“ކަލޭމެން ދެމީހުން ކުރެން އެކަކަށް ވެސް ލާހިކެއް ނޫން ދެން ސަލާމަތް ވާކަށް“ ހޫގޯ ދުރަށް ކޮއްޕާލަމުން ޖިނާން ބަލައިލީ އެމީލިއޯ އާއި ލޮރެންޒޯ އާއި ދިމާލަށެވެ.

”ދަރިފުޅާ.. އެއީ ބައްޕަގެ ބިޒްނަސް ޕާޓްނާރސް އިން.. ކުޑަކޮން ނަމަވެސް ރެސްޕެކްޓް ކޮށްބަލަ.. ލެޓްސް ގޯ އައުޓް“ ދެތުންފަތް ފިއްތާލައިގެން ހުރެ ހަމައެކަނި  ޖިނާންއަށް އިވޭ ވަރަށް ހޫގޯ އިއްވާލިއެވެ. ނަމަވެސް ޖިނާންގެ މޫނު ދުރަށް އަނބުރާލިއެވެ. އޭރު އޭނާގެ އަތްވަނީ މުށްކެވިފައެވެ.

”ފަނަރަ އަހަރު ފަހަރުން ލޯބިވާ ދަރިފުޅު އަމިއްލަ ވަޒަނަށް އައީމަ ވެސް އަދިވެސް މުހިއްމު ވަނީ އެހެން މީހުންތަ… “ ހޫގޯ، އޭނާގެ އަތުގައި ހިފާލުމުން، ހިފަހައްޓައިގެން ހުރި އަތް ޖިނާން ފޮޅުވާލިއެވެ.

”ވަޓް އާރ ޔޫ ޓޯކިންގ އެބައުޓް.. މައި ބޯއީޒް އާރ މައި އެވްރީތިންގ..މަ“

”ޝަޓް އަޕް ހޫގޯ.. އެހެންވެ ތަ އަމިއްލަ ދަރިއަކު މިތާގަ ނޯކިރީ ކުރުވަނީތި.. އެހެން އަންހެންހެނުންނާއި ގުޅުން ތި ބާއްވަނީ އޭނާގެ ކުރިމަތީގަ … ތިކުރާ ހުރިހާ ކަމެއް މަށައް ނުފެނުނަސް އޭނައަށް ފެންނާނެ.. ހިތަކަށް އަސަރެއް ނުކުރާނެތަ މިކަހަލަ ނިކަމެތި ކުދިން މިތާގަ އެއްވެސް ކުށެއް ނެތި ގެންގުޅޭތަން ފެނުނީމަ “ އަމީރާއާއި ދިމާލަށް އަތް ދިއްކޮށްލަމުން ޖިނާން ހަޅޭއްލަވައިގަތް އިރު އޭނާގެ ދެލޮލުން ހޫގޯ ދެކެ އަންނަ ރުޅި ހާމައަށް ފެންނަން ހުއްޓެވެ.

”ޔޫ ގާއިޒް ކޭން ގޯ.. އަމް ސޮރީ“ މަޑުމަޑުން ހޫގޯ ބުނެލި އިރު އެމީލިއޯ އާއި ލޮރެންޒޯ ދާންވެގެން ނުކުމަތެވެ.

”ނޫނޭ  އެމީހުންނަކަށް ނުދެވޭނެ.. އެމީހުން ފޮނުވާލަން ހިތައް ވެސް އަރުވައިގެން ނުވާނެ “ އަނެއްކާ ވެސް އިވިލީ ޖިނާންގެ ރުޅިވެރި އަޑެވެ.

”ލައިލާ ފޮނުވައިގެން ދޯ ތިއައީ“

”މަންމަ ނޫޅޭ ހޫގޯ ހޯދާކަށް.. މަށެއް ވެސް ބޭނުމެއް ނޫން މިތަނުގަ އެންމެ ސިކުންތެއް ވަންދެން ވެސް ހުންނާކަށް.. މާކް މިތާގަ ނެތް ނަމަ ހީވޭތަ މިތަނަށް މަ ބޯ ވެސް ކޮށްޕާލާނެ ހެން..އެންޑް ޔޫ އައި ޙާރޑް ޔޫ އާރ އަ މުސްލިމް.. އެނގޭތަ ރާ އުފުލައިދީގެން ތިކުރެވެނީ ކިހާ ބޮޑު ފާފަ އެއްކަން.. މަ ނަމަ ސަލާމަތް ވީސް މިހާރު ވަގަށް ވިޔަސް“ ޖިނާން، ހޫގޯއަށް ކަޅިއަޅާއިލަމުން އަމީރާއަށް ވެސް ރައްދުދިނެވެ.

ދެލޯ މަރާލައިގެން ހުއްޓާ ވެސް އަމީރާގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އެތަނުން ސަލާމަތް ވާން އޭނާ ކުރަމުން ދިޔަ މަސައްކަތް މާތްﷲ ދެނެވޮޑިގެންވާނެއެވެ. ޔުނީފޯމްގެ ތިރިން ލާފައި ހުރި ޓްރައުޒާ ހިއްލާލަމުން އަމީޜާއަށް ބަލައިލެވުނީ ފައިގާ އަޅުވާފައިވާ ޓެގަށެވެ. އެއީ ސައުވީސް ގަޑިއިރު އޭނާގެ ފައިގާ އޮންނަ އެއްޗެކެވެ. އަދި އިތުރު މިހަކަށް ދެއްކުން މަނާ އެއްޗެއް ވެސްމެއެވެ. އަނެއްކޮޅުން އޭނާ މިހުރިހާ ދުވަހަކު ސިއްރު ކުރަމުން އައިކަންތައް ޖިނާން އެ ބޭރުކޮށްލިއެވެ. އަމީރާއަށް ޖިނާން އެފެނުނީ މުޅިން އަލަށެވެ. ނަމަވެސް އޭނާގެ އަނގައިން ދެންމެ އެ ބޭރުކޮށްލީ އަމީރާއާއި ބެހޭގޮތުން މަދު މީހަކަށް މެނުވީ ނޭނގޭނެ ސިއްރެކެވެ. ޝަކުވާގެ ނަޒަރަކުން އޭނާއަށް ބަލައިލެވުނީ މާކިންގެ މޫނަށެވެ. ކުށްވެރިއަކުން ފަދައިން މާކިން އިސްޖެހިފައި ހުއްޓެވެ.

”އަމީރާ ކަލޭ ވެސް ތީ މުސްލިމެއްތަ“ ހޫގޯގެ ސުވާލުން އަމީރާއަށް ބަލައިލެވުނެވެ. އެހިނދު ފެނިގެން ދިޔައީ އަނގުރު އަލިފާންކޮޅެއްފަދަ ދެލޮލެވެ. ރުޅިގަދަވެފައި ހުރިވަރުން ހޫގޯ ދިޔައީ ތުރުތުރު އަޅަމުންނެވެ. އަމީރާއަށް ރޮވިފައި ހުރެ ވެސް ބޯ ޖަހައިލެވުނެވެ.

 ”ހައު ޑެއާރ ޔޫ.. އެއްވެސް މުސްލިމަކަށް މިގެއަކުން ޖާގައެއް ނުދެވޭނެ“ ހޫގޯގެ އެޖުމްލަ އިން އެކަނި ވެސް މުސްލިމުން ދެކެ އޭނާ ނަފްރަތުކުރާ ވަރުހާމަވެއެވެ. އޭނާ ލައިގެން ހުރި ފަޓުލޫނުގެ ތެރެއަށް ޖަހާފައިވާ ފިސްތޯލު ނަގާ އަމީރާގެ ގާތައް ދިޔަލެތް ބާރުކަމުން ހީވީ އުދުހިގަތްހެންނެވެ.  ”ނޫން .. ނޫން.. “ އަމީރާއަށް ދެފަރާތައް  ބޯހޫރުވާލެވުނެވެ. ކަރުނަތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައިރު އެހިތް ބިރުން ތެޅިފޮޅެމުން ދިޔައެވެ. ޖިނާން ޖަހައިލީ ހިނިގަނޑެކެވެ. ހޫގޯ ދެކެ ޖެހިލުމެއް ނުވާކަން އޭނާ ސާބިތުކޮށްދިން ފަދައެވެ.

”ހަމަ މިހާރު ބަޑި ތިރިކުރޭ“ އެންމެ ފަހުން މާކިން އަނގައިން ނުބުނެ ހުންނަން ކުރަމުން ދިޔަ ހިތްވަރަށް ނިމުމެއް އައެވެ. މާކިންގެ ހަޅޭކުގެ އަޑަށް ހޫގޯއަށް ހުއްޓެން މަޖުބޫރުވިއެވެ. ހުށިޔާރުކަމާއި އެކު މޭޒުމަތީގައި އޮތް ފިސްތޯލު ނަގާ ހޫގޯއާއި ދިމަލަށް ދިއްކޮށްލިއިރު އެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. 

”ދެ މީހުން މިއަދު މަށައް ބިރު ދައްކަން ހިތުލާފަ ހުރި ދުވަހެއް ތަ..ކަލޭމެން ދެމީހުންގެ ބައްޕައޭ މަށަކީ“ ހޫގޯގެ ޖުމްލައިން ސިހުން ލިބުނީ އަމީރާއަށެވެ. ދެލޯ ބޮޑުވެފައި ހުރެމެ އޭނާއަށް ބަލައިލެވުނީ މާކިންގެ މޫނަށެވެ.

”އަމީރާ ކަލެއަށް އާ ހަބަރެއް ދޯ..ހަހަހަހާ.. މާކިން އެއި އަހަރެންގެ ދަރިއެއް“ ބަރު ހިނިގަނޑަކައި އެކު ހޫގޯ އިއްވާލިއެވެ.

އަމީރާގެ މޫނަށް ބަލަން ނުކުޅެދިފައިވީ ފަދައަކުން މާކިންއަށް އިސްޖެހުނެވެ. އެ ދެލޮލުގައި ވިދާލާފައިވާ ހިތްދަތިކަމާއި މާޔޫސްކަމުގެ ހުޅުކޮޅުތަކަށް ސީދާކޮށް ކުރިމަތިލާން ކެރުނު ނަމަވެސް، އޭނާގެ ހިތުގެ އެތެރެއިން ގޮވަމުންދިޔަ ކުށްވެރިކަމުގެ އަޑުތަކުން އޭނާގެ ހަށިގަނޑު ވަށާލައިފިއެވެ. އެކަމާއި ދެކޮޅުހަދަން ބުނާނެ އެއްވެސް ބަހެއް މާކިންގެ ދުލަކަށް ނައެވެ. ހަޒާރު ބަސްތަކެއް ހިތުގައި ހުރި ނަމަވެސް، އެ ހުރިހާ ބަސްތަކެއް ވެސް ކުއްލިއަކަށް ހިމޭންވެ، އެއްވެސް އަޑެއް ބޭރުނުވެ ބާރުބޮޑުކަމާއެކު ސިކުނޑީގެ ތެރޭގައި ފުނިޖެހެމުން ދިޔައެވެ. ކުށްވެރިކަމުގެ އިޙްސާސްތަކުން ނަފްސު ބަދެވިއްޖެއެވެ. އޭނާގެ ކޮނޑުމަތީގައި ބަރުދަންވެފައިވާ އެ އިޙްސާސްތަކުން ހަށިގަނޑު މުޅިން ވަށާލައި، އަމީރާގެ ހިމޭން ކަރުނަތަކަށްވުރެ ބާރަށް އޭނާގެ ހިތް ތެޅެމުން ދިޔައެވެ.

”މާ..މާކިން..އެއީ ތެދެއްތަ.. ހޫގޯ..އަކީ މާކިންގެ ބައްޕަތަ“ އަމީރާގެ ހިތް ކެތްތެރިކަމެއް ނެތި އެދެމުން ދިޔައީ މާކިންގެ ޖަވާބަކަށެވެ. މާކިން އެގޮތުގައި ހުރިއިރު ދެލޮލުގައިވީ ތެތްކަން އަމީރާއަށް ނަގައިގަނެވުނެވެ. ނަމަވެސް އެކަމަކަށް އަމީރާގެ ފަރުވާލެއްނެތެވެ. އެއަށްވުރެން ބޮޑަށް އަމީރާގެ ހުރިހާ ވެސް ސަމާލުކަމެއް ހުއްޓިފައި ހުރީ މާކިންގެ ޖަވާބަކަށެވެ.

“މާކިން.. އަމް އާސްކިންގް ޔޫ އަ ކްއެޝަން“  މާކިންގެ މަގަތައް ޖެހިލަމުން އަމީރާ އޭނާގެ ކޮނޑުގައި ވަރަށް ބާރަށް ހިފާ ތަޅުވައިގަތެވެ. އެ އަޑުގައި ހުރީ، އުފެދިފައިވާ ވަރުގަދަ ނުތަނަވަސްކަމާއި، ހާސްކަމުގެ ނިޝާންތަކެވެ. އެތައް ފަހަރަކު އެއް ސުވާލު ތަކުރާރު ކޮށްލި ނަމަވެސް މާކިންގެ ދުލުން އެންމެ ބަހެއްވެސް ބޭރު ނުވިއެވެ. ހިމޭންކަމުގެ ތެރޭގައި ގެއްލިފައި ހުރި މާކިން، އަމީރާގެ ދިމާއަށް އެންމެ ފަހަރަކުވެސް ބަލައި ނުލިއެވެ.

”މާކިން އާއޭ މި ސުވާލު ކުރަނީ.. ކީއްވެތަ ޖަވާބު ނުދެވިގެން ތިއުޅެނީ.. އަހަރެން މިއަހަނީ ހޫގޯ އެކިޔަނީ ތެދެއް ޙޭ! މާކިން ޖަވާބު ދޭށޭ!“ އޭނާގެ ދެލޯ ހުސްކަމެއްގެ ތެރެއަށް ހުއްޓިފައި ހުރިއިރު އަމީރާގެ މެޔަށް ކުރަމުން ދިޔަ ބާރު ދެގުނަވިއެވެ.

އެންމެ ފަހުން، ކުރަމުންދިޔަ މަސައްކަތް އަމީރާއަށް ހުއްޓަލަން ޖެހުނެވެ. އިތުރަށް ދެން ވިސްނަން އޮތީވެސް ކޯއްޗެއް ހެއްޔެވެ. އެ ހަމަހިމޭންކަމުން ހޫގޯގެ ޖުމްލައިގެ ތެދުކަން އަމީރާގެ ހިތައް ވާސިލް ވެއްޖެއެވެ. ފުރަތަމަވެސް ހަނދާނަށް އައީ މާކިން ފެންނަ ހިނދު ހޫގޯގެ ހަރުކަށި މިޒާޖު އާދަޔާއި ހިލާފަށް މަޑުވެގެންދާ ގޮތެވެ. މާކިން ފެނުމުން ހޫގޯ ބަސް ހުއްޓެއެވެ. އެތާނގައި ފެތުރިފައި ހުރި ހަމަހިމޭންކަމުގެ ތެރެއިން އަމީރާއަށް އޭނާގެ ސުވާލުތަކުގެ ޖަވާބު ވަރަށް ސާފުކޮށް ލިބިއްޖެއެވެ. އެ ޖަވާބަކީ ބަހުން ނުބުނެވުނު ނަމަވެސް، ހާދަހާ ނުރައްކާތެރި ޖަވާބެކެވެ. ހިތައް ކުރި އަސަރުން، ހިތް ކުދިކުދިވެ، ކަރުނަތައް ހިފަހައްޓަން ނުކުޅެދިގެން، ރޮވިއްޖެއެވެ. ނަމަވެސް، މާކިންގެ ކުރިމަތީގައި ދެން އިތުރަށް އެ ކަރުނަތައް އޮހޮރުވަން ބޭނުމެއް ނެތްކަން އިޙްސާސްވެ ، އަމީރާ ނެތް ހިތްވަރު ދެއްކިއެވެ. ފަސް އެނބުރިލާފައި ފުން ނޭވައެއް ބޭރުކޮށް ހިންދިރުވާލިއެވެ. ލޯލާ ނަގާފައި ކިރިޔާ ވެސް އޭނާ އިތުބާރު ކުރީ އިޔާންއާއި މާކިންއަށެވެ. އެކަކު އޭނާ ކުރި އިތުބާރުގައި ކޮޅުފައިން ޖަހާ ފިލީއެވެ. އަނެކަކު ކުރިމަތީގައި ހުރެ އޮޅުވާލީއެވެ. އެންމެ ފަހުން އެތަނުން ނުކުތުމަށް އަމީރާ ހިނގައިގަތެވެ. އިތުރަށް މަޑުކުރުމުގެ މާނައެއް ނެތެވެ. ފަސް އެނބުރި މާކިންއަށް ބަލައިވެސް ނުލާ، އަމީރާ ނުކުންނަން ދިޔައެވެ.

“އަމީރާ ވެއިޓް“ ދޮރާއި ހިސާބުން އަމީރާ ހުއްޓުނީ  ޖިނާންގެ އަޑަށެވެ. އޮހިގަންނަން ތައްޔާރަށް ހުރި ކަރުނުތައް ހިންދާލަމުން އޭނާ ހުއްޓިލިއެވެ.

”ދިސް ވަން އިޒް ފޯރ ޔޫ“ އެހިނދު މުޅިތަނަށް އިވިގެން ދިޔައީ ޖިނާންގެ ފިސްތޯލުން ޖަހާލި ވަޒަނުގެ އަޑާއި އެމީލިއޯގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑަށް ބޭރުގަ ތިބި މީހުން ވެސް އެތެރެއަށް ވަނެވެ. އަމީރާއަށް ވެސް ސިހިފައި ބަލައިލެވުނެވެ.

ހަށިގަނޑުގެ އެތަން މިތަނަށް އަރައިގެން ދިޔަ ވަޒަނާއި އެކު އެމީލިއޯ ވެއްޓުނު ހިނދު އޭނާގެ ދެލޮ ބޮޑުވެ އަނގައިން ހުދު ފޮނުތަކެއް ނުކުތެވެ. އޭނާ ވެއްޓިފައި އޮތް ހިސާބު ލެއިން ކަޅިވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ހޫގޯ އާއި ލޮރެންޒޯވެސް ލިބުނު ސިހުމުގައި ހަރަކާތެއް ވެސް ގެންނަން ނޭނގި ތިއްބެވެ. އިރުކޮޅެއް ފަހުން ހަމައަކަށް އެޅުނު ހިނދު ދެމީހުން އެކުއެކީގައި އެމީލިއޯގެ ފައިބުޑަށް ޖެހިގަތެވެ.

”އެމީލިއޯ.. އޭތް.ވޭކް އަޕް މޭން.. އޭތް..“ ހޫގޯ ތުރުތުރު އަޅަމުންދިޔައިރު އަޑުވެސް އައީ ހިސާބަކަށް ކުރެހިގެންނެވެ. އެ މަންޒަރު ފެނި ޖިނާން ޖަހައިލީ ހިނިގަނޑެކެވެ. އޭނާ އެމީހުންގެ ގާތައް ޖެހި ފިސްތޯލުގައި ބާކީ އިން ވަޒަން ވެސް އެމީލިއޯގެ ބޮލާއި ސިދާ ވާނެހެން ޖަހައިލަމުން ފިސްތޯލް ވެސް ދުރަށް އެއްލާލިއެވެ. އެއާއި އެކު ހޫގޯއާއި ލޮރެންޒޯ އެކުއެކީގައި ހަޅޭއްލަވައިގަތެވެ.

”އޭ މޮޔާ ވެގެންތަ ތިއުޅެނީ… މިހިރަ ގޮތްކުޑަ އިންސާނާ.. ކަލޭގެ ލަދު ހަޔާތް ކޮބައިތަ.. ކަލެއަށް އެނގޭތަ އެއީ ކާކު ކަން..ފ** ”ޖިނާންގެ ގަމީހުގައި ހިފައިގެން ގޮތައް ހޫގޯ ދިމާ ކޮށްލީ އޭނާ ދުރަށް ކޮށްޕާލުމަށެވެ. ނަމަވެސް ޖިނާންގެ ފަޔަށް ލޮޅުމެއް ވެސް ނޭރިތާ ދުރަށް ވިއްސައިގެން ދިޔައީ ހޫގޯއެވެ.

”ކީއްވެތަ އަދިވެސް ބަލަން ތިތާ ތިތިބެނީ..ކޯލް ދަ އެމްބިއުލޭންސް ރައިޓް ނައު“ ލޮރެންޒޯގެ ގަދަ އަޑުން ހަޅޭއްލަވައިގަތީ ތަނުގައި އެވަގުތު ތިބި ގާޑުންނާއި ދިމާލަށެވެ. އެމީހުންވެސް ތެޅިގަނެފައި ގުޅަން އުޅެގަތެވެ.  އެ މަންޒަރު ފެނި  ޖިނާންގެ ހުނުން ވީ އިތުރެވެ.

”ކަލޭމެން ދެލޯ ކަނީތަ..އޭތް.. އޭނާ އެއޮތީ މަރުވެފަ އޭ.. އޭނައަށް ލިބެންޖެހޭ ހައްގު ލަގާ އެއޮތީ ލިބިފަ.. ކުށެއް ނެތް މައުސޫމް އަންހެން ކުއްޖަކަށް ކިތައް  ފަހަރު މަތިން އެ ގޯނާ ކުރަނީ.. ނަސޭހަތް ދީފަ ވެސް މާކިން، އޭނަ ދޫ ކޮށްލި ދެފަހަރު ..ދޮގެއްތަ މީ..އޭތް.. އެކަހަލަ މީހަކު މަރާ މީހާކު ވެސް ފާފަ ނުވާނެ.. “ ޖިނާން އިއްވާލިއެވެ.

”ކަލޭ މަށައް މިއަދު ތި ކުރިމަތި ކުރުވީ ކޮންފަދަ ކަމަކާ ތަ.. ނޭނގޭތަ އެއީ ކިހާ ބާރުގަދަ އާއިލާއަކުން އައިސް ހުރި މީހެއްކަމެއް.. އޭނާގެ ދަރިއެއް މިގައުމުގެ ސްޓޭޓް މިނިސްޓަރަކީ.. ހީވޭތަ މިކަން އާދައިގެ ގޮތަކަށް ނިމި ދާނެހެން.. އޭތް.. ކަލޭ މިތަނަށް ތިއައީ ކާކު ބުނެގެންތަ.. އެ ރަންޑި ލައިލާ ބު-“ ހޫގޯގެ ޖުމްލަ ނުނިމެނީސް މާކިން ދިޔަ ބާރުމިނުގައި ގޮސް ހޫގޯގެ މޫނުމައްޗަށް އަތުގެ ހޫނު ހަމަލާއެއް އަރުވާލިއެވެ. އެހިނދު އޭނާގެ މޫނުމައްޗަށް އަނދިރިވެގެން ދިޔަ އިރު އަރިއަޅާލާ ގޮތްވިއެވެ. ނުހަނު އުނދަގުލުން ދެފައި ބިމުގައި ހިއްޕާލަމުން ރުޅިއައިސް ރަތްވެފައި ހުރެމެ އޭނާ މާކިން އާއި ކުރިމަތިލިއެވެ.

”ހަބަރުދާރު ތި މުޑުދާރު އަނގައިން އަހަރެމެންގެ މަންމަގެ ނަން ވެސް ނުގަންނާތި.. އެއީ ކަލޭގެ ތި ވިހަ ދުލުން ބޭރު ކުރެވޭ ވަރަށް ވުރެން މާތް މީހެއް.. އެ މަންމަގެ ފުރިހަމަ ތަރުބިއްޔަތު  އަހަންނަށް ހުރީ ލިބިފަ.. އެހެންވެ ކަންނޭގެ އަހަރެންގެ އަތުން ކަލޭ މަރުނުވެ ތިހުރީ.. އެމީލިއޯއަށް ވީ ގޮތް ވާން ބޭނުން ނުވަންޏާ މީގެ ފަހުން މަންމަގެ ނަން ތި އަނގައިން ބޭރު ނުކުރާތި“ މާކިން ތުރުތުރުއަޅަމުން ދިޔައެވެ. ނަމަވެސް މާކިންގެ އެއްވެސް ޖުމްލައަކަށް ހޫގޯގެ ސަމާލުކަމެއް ނެތްފަދައެވެ.

”މަށައް އެއްވެސް މައްސަލައެއްނެތް މަ މަރާލިއަސް.. މިހާރަކު ނެތް ފިސްތޯލެއްވެސް.. އަދި އެއަށް ލާނެ ވަޒަނެއް ވެސް..މަ ކުރަން ބޭނުންވި ކަންތައް އެއޮތީ ކޮށްފަ.. އެކަމަކު ނަމަނަމަ މާކްގެ ގައިގަ އިނގިލި ކުރިވެސް ޖައްސާލައިފިއްޔާ މަށައް ވުރެން ނުބައި މީހަކު ނުހުންނާނެ.. މަށައް އެނގޭ ކަލޭގެ މުޅި ފައުޖާއި ދެކޮޅަށް ނުކުތުން އެއި ކުރަން އުނދަގޫ ކަމެއް ކަން.. އެކަމަކު ވެސް އެކަމުގައި އަހަރެން ފުރާނަ ދިޔަސް ހުރި އެންމެ ކޮއްކޮ ސަލާމަތް ކޮށްދޭން މަސައްކަތް ކުރާނަން“ މާކިންގެ ގައިގާ ދެންމެ ދެންމެ ހޫގޯ ޖަހާފާނެހެން ހީވުމުން ޖިނާން އެދެމެދަށް ވަދެގަތެވެ. ޖިނާންގެ ކޮންމެ ޖުމްލައަކުން ހޫގޯގެ މޫނު އިތުރަށް ބަނަވެއެވެ.

“ޑް އައި ލުކް ލައިކް އައި ކެއާރ.. ފ*** ****“ދެބެންގެ ރުޅިވެރިކަން ފެނި ދެމީހުންނާއި ދެކޮޅަށް ޒުވާބު ކުރުމުގެ ބަދަލުގައި ހޫގޯ އަވަސްވެގަތީ އެމީލިއޯ އަށް ގޮތެއްހެދުމަށެވެ.

އެމީހުންގެ ގާތުން ދުރަށް ދިޔުމަށް އަމީރާ އަވަސްވެގަތެވެ. އޭނާ ނުކުތުމުން ފަހަތުން ހެން މާކިން އަންނަކަން އެނގިހުރެމެ އަމީރާ ނުކުމަތެވެ.

ހޫގޯ ދިރިއުޅޭ ބައިން ނުކުމެ އޭނާ ދިރިއުޅޭ ކޮޓަރިއަށް ދިޔުމުގެ ނިޔަތުގައި ލިފްޓަށް އެރިއެވެ. އޭރު މާކިން ވެސް އޭނާގެ ފަހަތުން ލިފްޓަށް އެރިއެވެ. ނަމަވެސް ބަހަކުން ބަހެއް ނުބުނެއެވެ. ދެތިންފަހަރު ލިފްޓްގައި ވާ ލޯގަނޑުން ބަލައިލި އިރުވެސް މާކިން އިސްޖެހިފައި ހުރިތަން ފެނި އަމީރާ ވެފައިވި ދެރައިގެ މައްޗަށް ރުޅި އިސްވެގެން އައެވެ. އެކަމަކު ހިތްވަރު ކޮށްލައިގެން ހުއްޓެވެ. ލިފްޓު ހުއްޓުމާއި އެކު ނުކުމެ ހަލުވި ފިޔަވަޅު ތަކެއްގައި އަމީރާ މިސްރާބު ޖެހީ ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މާކިން އޭނާގެ އަތުގައި ހިފާލުމުންނެވެ.

”ކެން ވީ ޓޯކް އެމީ“ އެންމެ ފަހުން މާކިން ވާހަކަ ދެއްކިއެވެ. އަމީރާއަށް ރޮވުނީ ރުޅިގަދަވި ވަރުންނެވެ. ވަގުތުން މާކިންގެ އަތް ފޮޅުވާލުމަށް ފަހު އޭނާ ދިމާކޮށްލީ ކޮޓަރިއަށް ވަނުމަށެވެ.ނަމަވެސް މާކިން އަމީރާގެ އަތުގައި ހިފައިގެން ގޮސް ވަނީ އަނެއްކާ ވެސް ލިފްޓަށެވެ.

”ދޫކުރޭ މާކިން.. ހަމަ މިޙާރު ދޫކުރޭ.. އަހަރެންގެ އަތުގައި ތިހެން އަތް ލުމުގެ އެއްވެސް ހައްގެއް ނޯންނާނެ މާކިން އަކަށް“ އަމީރާ މަސައްކަތް ކުރަމުން ދިޔަ މާކިންގެ އަތް ފޮޅުވާލެވޭތޯއެވެ. ނަމަވެސް މާކިންގެ ބާރު އިހްސާސްވެ މަޑުވާން މަޖުބޫރުވިއެވެ. ލިފްޓް ދަތުރު ކުރަމުން ގޮސް ހުއްޓުނީ އެންމެ މަތީ ފްލޯއަށެވެ. އެހިސާބުން ސިޑިން އަރައިގެން މާކިން މަޑުކޮށްލީ ޓެރެހުގައެވެ. އިރުއޮއްސެމުން ދިޔަ ވަގުތުކަމުން އުދަރެސް، ރަތާއި އޮރެންޖްގެ ކުލަތަކުން ފެވިލާފައި އޮތެވެ.

”މާކިން ދެން ދޫކޮށްލާކަށް ނުވޭތަ.. އޭތް ”

”ފުރަތަމަ އަހަރެންގެ ވާހަކަ އަޑުއަޙާ.. ހޫގޯ އަކީ އަހަރެންގެ ބައްޕަކަން ބުނެދޭން މަސައްކަތް ކުރި ވަރު އަހަންނަށް އެނގޭ.. ވާހަކަ ދައްކަން ކިތައް ފަހަރު މަސައްކަތް ކުރިން ތަ..އެކަމަކު އަމީރާ އެ ފުރުސަތު މަށައް ދިނިންތަ.. މިއަދު މަޖުބޫރުކުރަން ވެސް އަހަންނަށް މަޖުބޫރު.. ބޭބެއަށް އެބުނެވުނީ އަމީރާ އަކީ މުސްލިމެއް ކަން .. އެނގޭތަ ދެން ކިހިނެތް ކަން ވާނީ.. މިޙާރު ކުރިއަށް މި ހިނގާ އެންމެ ސިކުންތަކީ ވެސް އަމީރާއަށް ސޭފް ވާނެ ސިކުންތެއް ނޫން.. އަދި ވެސް މަ ދައްކާ ވާހަކަ އަޑުއަހާކަށް ނުވޭތަ“

”ޖެހޭތަ އަޑު އަހަން.. މާކިން ތީ މަށައް އެއްވެސް މީހެއް ނޫނޭ.. މިހާރު ވެސް ނޭނގޭ ކިތައް ސިއްރު ވަންހަނާ ވެފަ އޮތް ކަމެއް.. ނުވިތާކަށް އެންމެ ފަހުން ޖިނާން ލައްވާ ހޫގޯ ގާތު އަހަންނަކީ މުސްލިމެއް ކަމުގަ ބުނެފި.. ހޫގޯއަށް އަހަރެން ފެނުން ކަންނޭގެ ދެން ލަސްވާނީ.. މައްސަލަ އެއް ނެތް.. ދެން އަހަރެން ވެސް ކުރިމަތި ލާނީ.. މާކިންމެން އަހަރެން މަރަން އުޅުނަސް ހައްގު ހަމަ ވީމަ އެކަން ވާނީ.. އައި ޓްރަސްޓް ﷲ“

”ކީކޭ ތަ ތިކިޔަނީ.. އަހަރެން އަމީރާ މަރާލަން ބޭނުން ވާ ނަމަ ކޮންމެ ފަހަރަކު މިހެން އެހީވާން އަންނާނެތަ..  ފުރަތަމަ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަބަލަ.. ކިތައް ފަހަރުތަ އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރީ.. ލޯލާ އާއި އޭ ކިޔައިގެން މަށައް ކޮންމެ ފަހަރަކު ވެސް ބުނެވެނީ އެންމެ ޖުމްލައެއް.. މަ ހުއްޓުވަމެންނު.. ބަލަ އެމީއަށް ހެޔޮ އެދޭތީއޭ އެހީވާން މަސައްކަތް މިކުރަނީ..“

މާކިން ބުނަމުން ދިޔަ ކޮންމެ ބަހަކާއި ވިއްދާފައި އަމީރާ ވެސް ޥާހަކަ ދެއްކިއެވެ. އައިސް ހުރި ރުޅިއާއި ވެފައިވާ ދެރައިން އޭނާގެ އަޑުވެސް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ދެލޮލުގެ ރަތް ކަމުން ހީވަނީ ދެންމެ ދެންމެ ލޭ އައިސްފާނެހެންނެވެ. ރުއިމުގެ ސަބަބުން ދޮން މޫނު ވަނީ ނުހަނު ބޮޑަށް ދުޅަވެފައެވެ.

”އަހަންނަކަށް އަޑެއް ނޭހޭނެ އާންޓްއާއި ދެކޮޅަށް ބަހެއް ބުނެފިއްޔާ.. އަމުދުން މާކިން ދައްކާ ވާހަކަ ނުހަނު އުނދަގޫ އަޑުއަހަން“ އަމީރާ ކުރެހިފައިވީ އަޑުން ބުނެލިއެވެ.

”އެހެން ވިއްޔާ މާދަމާ ރޭ އަހަރެން ބުނާ ގަޑިއަށް ނުކުމެ.. ތި ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ ހަމަ އެ މަންޒަރުން.. އަހަންނަށް އެއީ އާ ކަމެއް ނޫން.. އެކަމަކު އެ މަންޒަރަކީ އެމީއަށް އާ މަންޒަރެއް.. އަހަރެން ދައްކާ ވާހަކަ ގަބޫލް ކުރަން އުނދަގޫ ވާނެކަން އެނގޭ..“

”ވަޓް ޔޫ މީން.. ކޮން މަންޒަރެއް“ މާކިން ދެކެ ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް އެ ސުޥާލު ނުކޮށްލާ އަމީރާއަކަށް ނުހުރެވުނެވެ. މާކިންގެ ވާހަކަ ތަކަށް ބުރަނުވާން ހުރި ނަމަވެސް އެ މޫނުގައިވާ ކުލަވަރުން މާކިންއާއި މެދު ވިސްނާލަން އަމީރާގެ ހިތް މަޖުބޫރުކުރަމުން ދިޔައެވެ.

”އައީމަ އެނގޭނީ.. ދައްކަބަލަ އަތް“ މާކިން ދެފަރާތައް ބަލާލައިފާ އަމީރާގެ އަތުގައި ހިފާލިއެވެ. ވާނުވާ ނޭނގި ބަލަހައްޓައިގެން ހުއްޓާ އަމީރާގެ މާކިން ލައްވާލީ ފޯނެކެވެ. އަމިރާ ދިޔައީ ސިހިގެންނެވެ. އަމީރާއަށް ތެޅިގަނެވުނީ އެންމެ ފަހުން ފޯނެއް ގެންގުޅެނިގެން ފެނިގެން ހޫގޯ، މީހަކު މަރާލި ހަނދާންވެފައެވެ.

”ޑޯންޓް ވޮރީ.. އެއްވެސް ކަމެއް ނުވާނެ.. މި ފޯނަށް ގުޅާލީމަ ނުކުމޭ.. އޯކޭ“ މާކިންގެ ޖުމްލައަށް، ދެބުމަ ގޮތްޖަހާލައިގެން ހުރެފައި ވެސް އަމީރާ ބޯޖަހައިލިއެވެ. އެހިނދު އިވުނީ ޓެރެހުގެ ސިޑިއާއި ދިމާލުން ބަރުފިޔަވަޅުތަކެއްގެ އަޑެވެ. ދެމީހުންނަށް ވެސް ތިބެވުނީ ދޮރާއި މާދުރު ނޫން ހިސާބެއްގައި ކަމުން އެއަޑު ނުހަނު ސާފްކޮން އިވުނެވެ. މާކިން އަވަސް އަވަހަށް އަމީރާގެ އަތުގައި ހިފާލަމުން، އިޝާރާތަކުން ފޯނު އޭނާ ލައިގެން ހުރި ޖީންސުގެ ޖީބަށް ލުމަށް އެދުނެވެ. ހާސްވެފައި ހުރެ އަމީރާވެސް، ތެޅިގަނެފައި ފޯނު ޖީބަށް ކޮށްޕާލިއެވެ.

”ދެމީހުން މިތާގަ ކީއްކުރަނީ..“ އެތަނަށް ވަދެގެން އައީހަތިޔާރު އަޅައިގެން ހުރި ހޫގޯގެ ހާއްސަ ފާރަވެރިއެކެވެ. އޭނާގެ ޖާސޫސީ ނަޒަރުން ދެމީހުންގެ ހިތުގެ ތެޅުން އަވަސްވިއެވެ.

”މި ވިއު ބަލާލަން“ މާކިން ހަމަޖެހިލަމުން އިޝާރާތް ކޮށްލީ  ދުރު ދުރަށް ދާންދެން ފެންނަމުން ދާ އިރުއޮއްސޭ މަންޒަރަށެވެ. އެމީހާވެސް ބޯ ޖަހައިލަމުން އެތަނުން ނުކުމެގެން ދިޔައެވެ.

”އާހް“ އެއާއިއެކު ހިފަހައްޓާލައިގެން ހުރި ނޭވާ އަމީރާއަށް ބޭރު ކޮށްލެވުނެވެ. މާކިން ބަލާހެން ހީވެގެން އަމީރާ ލޯ އަޅާލަމުން އެތަނުން ނުކުމަތެވެ. މާކިންގެ ގާތައް ހިނިއައިސްފައި ހުރެ އަމީރާ ދިޔަ ދިމާލަށް ބަލައިލީ ހުވަފެނީ ގޮތަށެވެ. 

**

އިޔާން އުޅެމުން ދިޔައީ ބަދިގެތެރޭގައިއެވެ. ޗުއްޓީ ދުވަހެއް ކަމުން އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ރީއާއަށެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާޓާއި ޖީންސްގައި ފުރިހަމައެވެ. އަތުގެ މުލައްދަނޑީގެ ބާރު ހާމަވަމުން ދިޔައިރު އެރަތް ތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ކަޓިންގ ބޯޑު މަތީގައި އަތުރާލާފައިވާ ލޮނުމެދާއި ފިޔާ ކޮށަމުން ދިޔައިރު، އެތަކެތީގެ ދިލައިން ދޭތެރެއަކުން ދެލޯ މަރާލަން ޖެހެއެވެ.

”ދަރިފުޅު ސްކޫލަށް ދާނަމެންނު ނެކްސްޓް ޖުލައިގަ.. ބޭބީ ދާހިތްވޭތަ ކިޔަވަން“ އިޔާން ނުހަނު ލޯބިން ރީއާގާތު އަހައިލިއެވެ. ނުހަނު އުފާވެރި ހިނިތުވުމެއްގައި ރީއާ އިނދެ ބޯޖަހައިލިއެވެ. ބަދިގެ ކައުންޓަރުގެ މަތީގައި ދެތިން ކުޅޭ އެތި އޮތް އިރު ރީއާ ދެފައި ވަށް ކޮށްލައިގެން އިނެވެ. އުނގުގައި އޭނާ އެންމެ ގަޔާވާ، ފިޔާތޮއްޓާއި ހުދުކުލައިގެ ޓެޑީ ބެއާ ވެސް އޮތެވެ. ފަންފަން އިސްތަށިކޮޅު ވަޔާއި އެކު ވިހުރެމުން ދިޔައިރު ދޭތެރެއަކުން އެކަމާއި އުނދަގޫ ވެގެން އިޔާން ގާތު ޝަކުވާ ކޮށްލިއެވެ. އެންމެ ފަހުން އަތް ދޮވެލައިގެން އައިސް އިސްތަށިކޮޅުގައި ވޫލްކޮޅެއް އައްސާލަމުން ރަމަތަ ކޮށްލަދިނެވެ. ރީއާގެ ނިތްގަނޑު ކޮށާލެވިފައިވާ ބައި ބުމަޔާއި ހިސާބަށް އޮތް ނުހަނު ލޯތްބެވެ.

”ބައްޕީ.. ސްކޫލް ދިޔާމަ އާންޓީ ދޭނެ ދޯ ޓެޑީ“ރީއާގެ ތުއްތު އަޑުން ނުހަނު މައުސޫމް ގޮތަކަށް އަހާއިލިއެވެ. އެ ޖުމްލައިން އިޔާންގެ ގާތައް ހިނިއަންނަގޮތް ވިއެވެ. އެހިނދު އިޔާންގެ ކޮލަށް އެޅުނީ ދެ  އަޑިކޮޅެވެ.

”ހެހެހެ ޔެސް…. ބައްޕި ދޫނިއަށް މިހާރު ހުރިޙާ އެއްޗެއް ވެސް ކިޔަން އެނގެޔޭ ދޯ.. ހިނގާބަ ބައްޕިއާއި ދެކުދިން ކައިގެން މިއަދު ބެއާރ ގަންނަން ދާން.. ބޭބީ ބޭނުން ވަރަކަށް ދޭނަން“ އިޔާން، ރީއާގެ ކޯތާފަތުގައި ބޮސްދިނެވެ. ރީއާ ނުހަނު ލޯބިގޮތަކަށް ހީލިއެވެ. އެއާއި އެކު ރީއާގެ ދެކޮލަށް ވެސް އެޅިގެންދިޔައީ ފުރިހަމަ ދެ އަޑިކޮޅެވެ. އެ ސިފައަކީ އިޔާންގެ ފަރާތުން ރީއާއަށް ލިބިފައިވާ އެންމެ ހާއްސަ ސިފައެވެ. އިޔާން ކައްކާ ނިމެންދެން ރީއާ ދިޔައީ ތަފާތު ސުވާލު ކުރަމުންނެވެ.

”ޕަމްކިން މިހާރު ނިމުނީ.. ލެޓްސް އީޓް“ ކަޅުކުލައިގެ ޑައިނިންގ ޓޭބަލްގެ މައްޗަށް އިޔާން ތައްޔާރުކުރި ޕާސްތާ ދެތަށި ނެގިއެވެ. އެއާއި އެކުގައި ބުއިމަށް އިޔާންއަށް ކޯކް އެޅި އިރު ރީއާއަށް ކްރޭންބެރީ ޖޫސް އަޅާލލިއެވެ.

”ޔޭ ޔޭ.. ކްރޭބެރީ“ ފުމެމުން ފުމެމުން ރީއާ ވެސް އައިސް އިޔާންގެ މަގަތުގައި ހުއްޓިލިއެވެ.

”ކްރޭ ބެރީ ނުކިޔާނެ.. އިޓްސް ކްރޭން ބެރީ“ މޭޒުގެ ކޮޅުގައި، ރީއާއަށް ހާއްސަ ގޮނޑީގައި އިޔާން، ރީއާ ބޭންދިއެވެ. އެ ގޮނޑި އެހެން ގޮނޑިތަކަށް ވުރެން އުސްވެފައި ތަންކޮޅެއް ކުޑައެވެ.

”ބައްޕީ..ދިސް ޕާސްޓާ ޔަމީ.. މާމާއަށް ގުއާބަ“

”ބައްޕި އޯލްރެޑީ ކޯލްޑް .. ލުކްސް ލައިކް ނޯ ވަން އިޒް އިން ހޯމް“ އިޔާން ބުނެލި ހިނދު ރީއާ ތުންކޮޅު އޫކޮށްލިއެވެ.

”އިޓްސް އޯކޭ އޭ ބޭބީ.. ނެކްސްޓް ޓައިމް ދޯ ”ރީއާގެ އަނގަޔަށް ތަށިން އެތިކޮޅެއް ނެގުމަށްފަހު އިޔާން ލައްވާލަ ދިނެވެ. ގަޑިއިރެއްގެ މަސައްކަތުން ރީއާއަށް ކާންދެމުން އިޔާން ވެސް ކައިނިންމާލިއެވެ.

”ކޮބާ ޕްރޭ ކުރަން ދަމާ.. ބައްޕި އެބަ ދަން އެނގޭ ޓޭބަލް ކްލީން ކޮށްލާފަ..  ބޭބީ ދޭ ނަމާދު ތިއްތި ނަގަން“ ރީއާގެ ބޮލުގައި ފިރުމާލަމުން އިޔާން ބުނެލިއެވެ. އެހިނދު ބޯ ޖަހައިލުމަށްފަހު ދުވެލާފައި ރީއާ ގޮސް ވަނީ ކޮޓަރިއަށެވެ. ރީއާ ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރެފައި އިޔާން ވެސް އަވަސް ވެގަތީ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔުމަށެވެ. ކެއްކިހިސާބު ސާފް ކުރަމުން ދިޔައިރު އޭނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެންނަމުން ދިޔައެވެ. ރީއާ އާއި އެކު ހޭދަކޮށްލެވޭ ކުޑަ ވަގުތު ކޮޅެއްވެސް، އޭނާގެ  ގާތުގައި އެއީ ރަނަށް ވުރެން އަގުހުރި ވަގުތުކޮޅެކެވެ. އާންމު ގޮތެއްގައި ކައްކާ ނުހެދިނަމަވެސް ލިބޭ ޗުއްޓީ ދުވަސް ދުވަހު ރީއާ ގޮވައިގެން ކޮންމެވެސް އެއްޗެއް ކައްކާލައެވެ. އެ ތުއްތު ކުއްޖާގެ ހިތްހަމަ ޖެހުމަކީ އޭނާގެ ދިރިހުރުމުގެ މަގުސަދެވެ. މަސައްކަތް ނިމުން ތަނާހެން އިޔާން ފޯނު ރިންގުވާން ފެށިއެވެ.

”ކާކު ބަ މިގަޑީ..“ އަތް ފުހެމުން އައިސް ފޯނު ބަލައިލި އިރު އަރާފައިވާ ވިޝާމް ގެ ނަން ފެނި އޭނާގެ ފޯނު ނެގުމަށްފަހު ސްޕީކަރަށް ލިއެވެ.

”އޭ ބްރޯ ބިޒީ ތަ.. ކަމެއް ކޮށްދޭން ޖެހިއްޖެއޭ“

“ ކަމެއް ނެތި ކަލޭ ގުޅަންތަ މަށައް.. މިފަހަރު ކިހިނެތް ހަދައިގެން ތިއުޅެނީ“ ފޯނުގައި ހުރެ ގޮސް ލިވިންގްރޫމު ސޯފާއަށް އިޔާން ޖެހިގަތެވެ.

”އެބުނީ އެންނު.. މަ މިއައީ ހަތަރު ދުވަހަށް ލަންކާއަށް ގޮހޭ.. ހަމަ ނޭނގިގެން ތަ ޝަކުވާ ތިކުރަނީ ޝަކުވާ ބެއްޔާ.. އެއެށް ނޫނޭ.. އަހަރެންގެ ބައްޕަ ވަރަށް މީޓް ކޮށްލަން އެބަ ބޭނުންވޭ.. ފޯނު ނުނަގައިގެން ފުރަތަމަ މަޖުއްތައަށް ގުޅީ.. ކޮބާހޭ އެހީމަ ބުނީ އޮފް ދުވަސް ވީމަ ގޭގަ އޭ ވީ ރީއްކޮ ގޮވައިގެން.. ސޯ މަ މިހާރު މިދަނީ ތިބޭފުޅާއާއި ބައްދަލު ކުރަން.. ބައްޕަ ކިޔާ ވަރުން ހަމަ ނުހުރެވިގެން“ ވިޝާމް އެއް ފައްޗަކަށް އަމުނާލިއެވެ. އިޔާން ބޭރަށް ދާން އުޅޭ ވާހަކަ ބުނަން އުޅެފައި ވެސް ހައިކަލް އެއަންނަނީ ކޮން ކަމަކާއި ކަން އެނގޭތީ އާން އެކޭ ބުނެ ފޯނު ކަނޑައިލިއެވެ.

އެނބުރި ކޮޓަރިއަށް ވައިންއިރު ކުޑަކުޑަ މުސައްލައެއް ނަގައިގެން ރީއާ ހުރިތަން ފެނި އިޔާން އަށް ހީލެވުނެވެ. ރީއާ ކައިރީގައި ބަހައްޓައިގެން ނަމާދު ކޮށްގެން އިޔާންއަށް އަލުން ލިވިންގްރޫމަށް ނުކުން އިރު ބެލް އަޅާމުންދާ އަޑު އިވި ދެފަރާތައް ބޯހޫރުވާލެވުނެވެ.

”މި ސޮރަށް މިގޭގެ ކޯޑް އެނގޭ އިރު ވެސް މަ ލައްވާ އަނގަ ތަޅުވާ ހިތުން ހަމަ ”

އިޔާން ދޮރު ހުޅުވާލި އިރު ހައިކަލް ހުރިތަން ފެނި ހިނިތުންވުމަކާއި އެކު މަރްހަބާ ކިޔއެވެ. އޭނާގެ ފަހަތުގައި ލާނެތް ހިންޏެއް ހީލައިގެން ހުރި ވިޝާމްއަށް ކަޅި އަޅާލަމުން އައުމަށް އިޝާރާތް ކޮށްލިއެވެ. ވިޝާމް ވެސް ހެވިފައި ހުރެ އަތުގައި ހުރި ކޮތަޅު ތަކާއި އެކުވަނެވެ.

”ކޮބާ ރީއްކޮ.. ޔޫވީ ވަރަށް ޝަކުވާ ކުރޭ އެބަ ނުލާ އައީމަ“

”އެބައިން ފޮތެއް ހިފައިގެން “ ވިޝާމްގެ ޖުމްލައަށް އިޔާން ރައްދު ދިނެވެ.

”ބޭބެ ކިހިނެތް..“ ހައިކަލްގެ ސުވާލަށް އިޔާން ހަމަޖެހިލާފައި ހިނިތުންވުމެއް ރައްދުކޮށްލީ ވަރަށް މަޑުމަޑުންނެވެ. ދެދުވަސް ކުރިން ހައިކަލް ބަލައިދިނުމަށް އެދި އޭނާއަށް ފޮނުވި ފައިލްގައި އަދި އަތްނުލެވޭކަން އެނގޭތީ، އިޔާން އިނީ ލަދުގަންނަ ގޮތްވެފައެވެ. ނަމަވެސް އެ ފައިލްގައިވާ މައުޟޫއަކީ އިޔާންއަށް އާ ހަބަރަކަށް ނުވާތީ، ހައިކަލް ދައްކަން އައި ވާހަކަ އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކުޑައިރުން ސުރެން ވިޝާމްއާއި މާއިން އޮންނަ އެކުވެރިކަމެއްގެ ސަބަބުން ހައިކަލް އޭނާއާއި މެދު  ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އޭގެ ފަހުން ޔުމާން އާއި ނާޔާގެ ކައިވެން ކުރުމުން ދެއާއިލާގެ ގުޅުން ވަނީ އިތުރަށް ބަދަހި ވެފައެވެ. ހައިކަލް އާއި އާމިލާ، ޔޫވިންދެކެ ވާ ލޯބި ރީއާ ދެކެ ވެސް ވެއެވެ.

”އަލްހަމްދުލިއްލާހް.. ނަދީމް ބުނި ނިކަން ބުރަކޮން އުޅޭ ވާހަކަ ވެސް.. ހަށިގަނޑަށް ބަލާލައިގެން އުޅެއްޗޭ ދަރިފުޅާ.. ކިހިނެތްތަ ކަންކަން “ ހައިކަލް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އަހައިލި އެވެ. އިޔާންވެސް ރައްދުގައި ހީލަމުން ރަގަޅު ކަމަށް ބުނެލިއެވެ.

”އަމް ހިޔާރ ފޯ ދެޓް ކޭސް“

”އަމްމް.. ކުޑަ ކޮން ބަލާލިން.. އެކަމަކު ޑިއުޓީގަ ތަންކޮޅެއް ބިޒީކޮން އުޅުނީމަ ރަނގަޅަށް ބަލައެއް ނުލެވޭ.. އާ ހަބަރަކަށް ނުވާތީ ކޮންމެވެސް ވަރަކަށް އެނގޭ ހިނގާފަ އޮތް ގޮތް.. މްމްމް އެ މައްސަލައަކީ ތޭރަ އަހަރު ކުރިން ނިމިފަ ވާ މައްސަލަ އަކަށް ވެފަ ރިއޯޕެން އަށް ހީވޭ ފުދޭވަރަކަށް އުނދަގޫ ވެދާނެހެން.. ”

”ޔެސް .. އޭގެ ފަހުން ކޭސް ރި އޯޕެން ކުރަން އުޅުމުން ހަމަ އޯޕެން ވާ ގޮތެއް ނުވި .. ދިހަ ފަހަރަށް މަސައްކަތް ކުރިން.. އެކަމަކު ވެސް ކޭސްއާއިގެން ކުރިއަށް ދެވޭ ވަރަށް އެއްވެސް ހެއްކެއް ވެސް ނެތް.. އެންމެ ފަހުން އަމީ ދުށް މީހަކުވެސް ނެތް..އެދުވަހަކީ އަމީގެ ބާތްޑޭ ޕާޓީ އޮތް ދުވަސް.. ކޭކު ފެޅުމަށްފަހު އެންމެނަށް  އޭނާ ކޭކް ވެސް ކާންދިން.. އެއީ އެންމެންނަށް އިއްތިފާގުން އަމީ ފެނުނު ކަމަށް ބުނާ ވަގުތު ކޮޅު.. އެހިސާބުން ދެން ވީ ގޮތެއް ނޭނގޭ.. ގޭގެ ގޭޓުގެ ކުރިމަތި ފެންނަހެން އިން ކެމެރާއަށް އަރާފަ އިނީ ހަމަ އެކަނި ގެއިން ނުކުމެގެން އަމީ މަގު ހުރަސް ކުރަނިކޮން..  ދެން އިތުރު ކެމެރާއަކަށް އަރާފަ ވެސް ނެތް.. ހުރިހާ ކެމެރާއެއް ފުލުހުން ޗެކް ކުރި އިރު އަމީ އަރާފަ ހުރި އެއްވެސް މަންޒަރެއް އެއްވެސް ކެމެރާއަކުން ފެންނާކަށް ނެތް.. ފުލުހުން ވެސް ވަރަށް މަސައްކަތް ކުރި އެކަމަކު އަމީ ހޯދާތާ އަށް އަހަރު ފަހުން އެންމެ ފަހުން އެމީހުން ނިންމީ ނިޔާވީ ކަމަށް.. މުޅި މާލެއާއި އަތޮޅުތެރެ ބަލާ ފާސް ވެސްކުރި.. ދެން މީހަކަށް ވެސް ޝައްކު ކުރާކަށް ނޭނގޭނެ އެންނު ފެނުނު ކެމެރާއަށް ވެސް އަރާފަ ހުރީ އަމީ އެކަނިން ހިނގާލާފަ ދަނިކޮން ވީމަ … މިހެންވެ ކޮންމެ ފަހަރަކު ވެސް ކޭސް ރިޖެކްޓް ވަނީ“ ހައިކަލްގެ ވާހަކަ ޝައުގުވެރިކަމާއި އެކު އިޔާން އަޑުއަހަންއިނެވެ. ހައިކަލްގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފެނުމުން ހިތައް އަސަރު ކުރިއެވެ. ހައިކަލްއާއި އާމިލާގެ އަންހެން ދަރިފުޅު ގެއްލުނީ ވިޝާމް އާއި އިޔާންގެ އެކުވެރިކަން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ފަހުން ކަމުން އެ އަންހެން ކުއްޖާ އިޔާންއަށް ފެނިފައެއް ނުވެއެވެ. ނަމަވެސް މަދު ފަހަރަކު ވިޝާމްގެ ފަރާތުން އެ ކުއްޖާގެ ފޮޓޯ ވަނީ ފެނިފައެވެ. ނަދީމް އާއި މަޖުދާ އަދި ނާޔާގެ ފަރާތުން އެ މައްސަލަ އެހިސާބަށް ގޮސް އޮތް ކަން އޭނާ އަށް ވެސް ވަނީ އެނގިފައެވެ.

”ކޮބާ ކިހާ ހިސާބަކަށް ގޮސްފި“ ވިޝާމް ކޮޓަރީގެ ތެރެއިން ނުކުމެގެން އައިސް އިޔާންގެ ކުރިމައްޗަށް ވާހެން އިން ސޯފާގައި އިށީނެވެ.

”ލައްބަ ބޭބެ ތިބުނިހެން އުނދަގޫ ވާނެ.. އެއީ ވަކި މީހަކަށް ޝައްކު ކޮށްގެން މައްސަލައެއް  ޖެއްސޭ ކަހަލަ ގޮތަކަށް ނޫން ގޮސްފަ އިނީ.. އެކަމަކު އެ ފޫޓޭޖް ބަލާލާފަ ވަކި އެއްޗެއް ބުނެލާނަން.. އިރާދު ކުރެއްވިއްޔާ އަދި ފެންނާނެ“ އިޔާންގެ ހިތުގައި އެކަމަށް އުއްމީދެއް ނެތް ނަމަވެސް އޭނާ ބެލީ ހައިކަލްގެ ހިތްހަމަ ޖައްސުވައިދެވޭތޯއެވެ. ވިޝާމްވެސް އެހާ އުއްމީދާއި އެކު ބަލަހައިޓައިގެން އިން އިރު އެމީހުންގެ އުއްމީދު ގެއްލޭފަދަ އެއްވެސް އެއްޗެއް ބުނާކަށް އިޔާންއަކަށް ލާހިކެއް ނޫނެވެ. އަނެއްކޮޅުން އޭނާގެ ގާތައް ހައިކަލް ކަމަކު އެއައީ ފުރަތަމަ ފަހަރެވެ.

”އިޔާ.. އެދުވަސް… އެދުވަސް.. އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ.. އަމީ އަކީ އަހަރެންގެ މުޅި ދިރިއުޅުން..ފުރާނަ.. ހުރި ހަމައެކަނި އަންހެން ދަރިފުޅު.. މިއަދު އެ ކުއްޖާ ކައިރީގަ ހުރިނަމަ ގާތްގަނޑަކަށް އިރޫ ހާ ވާނެ… އަށާރަ އަހަރު.. އެކުއްޖާ ގެއްލުނުފަހުން އަހަރެންގެ މުޅި ދިރިއުޅުން ބަނަ ވެއްޖެ ކަހަލަ“ ހައިކަލްގެ ދެލޮލަށް ޖަމާވެފައިވާ ކަރުނުތައް އޭގެ މަގާމުން ހީވީ ދެންމެ ދެންމެ ކައްސާލަފާނެހެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނާއުންމީދުގެ އަސަރުތަކެވެ.

”އަހަރެންގެ އަތުގަ އެތައް ބައިވަރު މުދަލާއި ފައިސާ ހުރި އިރު ވެސް ނުކުރެވޭ އެތައް ކަމެއް އެބަހުރި .. އަހަރެން ކަހަލަ ކިތައް މީހުން ދުނިޔޭގަ އުޅޭނެ ބާއޭ ހިތައް އަރާ.. މިފަދަ ވޭނެއް އެހެން މީހަކަށް ކުރިމަތި ވާކަން ބޭނުމެއް ނޫން.. ”

”ބައްޕާ ކެތްތެރި ވަމާ.. ކެތްތެރިވުން ނޫން ގޮތެއް އޮތްހެންނެއް ހިއެއް ނުވޭ.. އިޔާން އެބުނީނު ބަލާލަ ދޭނަމޭ“ ހައިކަލްގެ ކޮޑުގައި ދެއަތުން ހިފާލަމުން ވިޝާމް ބުނެލީ ނުހަނު ލޯބިންނެވެ.

”ތެދެއް ބޭބޭ.. އަހަންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން.. ވީ އެންމެ އަވަހަކަށް ފައިލް ބެލުމުގެ މަސައްކަތް ފަށާނަން…“

”އިޔާއަށް ދޫކޮށްލާފަ ތިހުރީ.. ތިކަމުގައި ހަރަދެއް ކުރަން ޖެހިއްޖެނަމަ އެހުރިހާކަމެއް ބޭބެ ކުރާނަން.. އަން މިއޮތީ އަމީގެ ޕޮޓޯއެއް..ފައިލްގަ ނީންނާނެ އެއްވެސް ފޮޓޯއެއް“ ހައިކަލް ދިއްކޮށްލީ ސިޓީ އުރައެކެވެ. އިޔާން އޭގައި ހިފާލިއެވެ.

އިރުކޮޅަކު ވާހަކަ ވާހަކަ ދައްކަން ތިބެފައި ހައިކަލްއާއި ވިސާމް ދިޔުމުން އިޔާންވަނީ އޭނާގެ މަސައްކަތު ކޮޓަރިއަށެވެ. ކޮޓަރީގެ މެދުގައިވާ މޭޒެއް ހުރިއިރު މަގަތުގައި އެގްޒެކިއުޓިވް ގޮނޑިއެއް ހުއްޓެވެ. އެ ތަނުގެ އެއްފަރާތުގައި ތަފާތު ވައްތަރުގެ ފޮތްތަކުން ބަރާވެފައިވާ ފުޅާ ދެ ފޮތް ހަރުގަނޑު ހުރިއިރު އަނެއް ފަރާތުގައި ހުރީ އިޔާންގެ އޮފީސް މަސައްކަތް ކުރުމަށް ބޭނުންވާނެ ހާއްސަ ލިޔެ ކިޔުންތައް އަޅާފައިވާ ކަބަޑެކެވެ.

”އެ ފައިލް ގެނެވުނު ބާ“ ކަބޮޑުގެ ދޮރުފަތްތައް ހުޅުވާ ބެލި އިރު ވެސް ހައިކަލް ހަވާލު ކުރި ފައިލް ނުފެނުމުން އެ ފައިލްވީ އޮފީހުގައި ކަން އިޔާން ހަނދާންވިއެވެ. ގޮނޑީގެ އަތްގަނޑުގައި ހިފާ އަނބުރާލަމުން އޭގެ ގެތެރެއަށް ޖެހިގަންނަމުން  ހަށިގަނޑު ދޫކޮށްލިއެވެ.

”މްމްމް  ލެޓްސީ “ ޝައުގުވެރިކަމާއި އެކު ހައިކަލް ދިން ސިޓީ އުރަ އިޔާން ކަނޑަލިއެވެ. އޭގެ ތެރޭގައި އޮތީ ޓޭޕް އަޅާ ރަނގަޅަށް ބަންދުކޮށްފައިވާ އިތުރު ސިޓީ އުރައެކެވެ. އެއްބުމަ ހިއްލާލައިގެން ހުރެ އޭނާ އެއަށް ބަލައިލިއެވެ. ”ހާދަ ވަރަކަށް ޕެކް ކޮށްލާފައޭ ދޯ މިއޮތީ..“ ލަސްލަހުން އެ ސިޓީ އުރާގައި ވާ ޓޭޕްތައް ނައްޓަމުން ދިޔައެވެ. ހަދާލެވޭ އެންމެ ގޮތަކުންވެސް ފޮޓޯއަށް ގޮތެއް ވެދާނެތީ އެކަމަށް އިޔާން ނުހަނު ފަރުވާތެރިވިއެވެ. އެންމެ ފަހުން އެ މަސައްކަތް ކާމިޔާބުވިއެވެ. އެތެރޭގައި އޮތް ފޮޓޯގަނޑު ނަގާ އިޔާންއަށް ބަލައިލެވުނެވެ.

 އިސްކޮޅުން ކުރު، ހިމަ ތޮޅިކޮން ހުރި އަންހެންކުއްޖެކެވެ. އެ ކުއްޖާގެ ފުރިހަމަކަމުން، ދެވަނަ ފަހަރަށް ކަޅިއެއް އެއްލަން މަޖުބޫރުކުރުވާފަދަ ރީތިކަމެއް އޭނާގެ ވެއެވެ. ކޮނޑާއި ހިސާބަށް އޮތް ރާޅުބާނީ އިސްތަށިކޮޅު ވަޔަށް ވިހުރިލާފައިވާއިރު ތުންފަތުގައި ވީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. ފޮޓޯއަށް ވިދާލާފައިވާ އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ އުފާވެރިކަމާއި، ހިތްހަމަޖެހުމެވެ..

”އަމާޔާ އަހުމަދު ހައިކަލް.. ފައިވް އިޔާރޒް އޯލްޑް“ ފޮޓޯގަނޑުގެ މަތީގައި އިނގިރޭސި އަކުރުތަކުން ޖަހާފައިވާ ލިޔުން ކޮޅު ކިޔާލިއިރު، އިޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (2)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.