ވަފާތެރިމަވީމޭ 8

vaf

”ޔޫ އާރް ސޯ ލަކީ މޭން“ ޔޫއާގެ މެއާލާ ބޮނޑި ކޮއްގެން އޮތް ބެއާރް ގަނޑާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލިއެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެ އިށީނެވެ. ”މިހާރު ކީކޭތަ މިހިތަށް އަރަނީ؟“ ނިކްޔާން ކޮލުގައި ދެތިން ފަހަރު ޖަހާލިއެވެ. އަދި ޔޫއާއަށް ފުރަގަސްދީ އޮށޯއޮތެވެ.

(8 ވަނަ ބައި)

ނިދިފައި އޮތް ޔޫއާ އަށް ހޭލެވުނީ ބާލިސް ކައިރީ އޮތް ފޯނު ސޯނާ ވާއަޑަށެވެ. އާފުރިލަމުން ޔޫއާ ފޯނު ނަގާ އޮފް ކޮއްލިއެވެ. ތެދުވެ އިށީނދެ މޯޅިއަކަށް ދެމިލަމުން ފާހާނާއަށް ވަނެވެ.

ފެންވަރައިގެން ނިކުމެ ޔޫއާ ނަމާދު ކޮއްލާފައި ނިކްޔާންއަށް ގޮވިއެވެ. ދެން ޔޫއާ ދިޔައީ ސައި ހަދާށެވެ. ނިކްޔާން ޑިއުޓީއަށް ދިޔުމުން ޔޫއާ މަންމަމެނަށް ގުޅާލިއެވެ.

މެންދުރުގެ ވަގުތެވެ. ކޮލެޖާއި ދިމާލަށް ދިޔަ ޔޫއާ ހުރީ ހާސްވެފައެވެ. މީހަކު ފާރަ ލާހެން ހީވަނީއެވެ. ނަމަވެސް އެކަހަލަ ކަމެއް ކޮއްދާނެހެން ހީވާ ވަރުގެ މީހަކު ކައިރިއަކުން ފެންނާކަށްވެސް ނެތެވެ. ފިޔަވަޅުތައް ޔޫއާ އަވަސް ކޮއްލިއެވެ. ނަމަވެސް އެމީހަކު ޔޫއާ އާއި އަރާ ހަމަ ކުރިއެވެ.

”ޔޫ؟“ ފަހަތުން އައި ރިއާނާ ޔޫއާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޔޫއާ ދިޔައީ ސިހިގެންނެވެ. ”ދޭންންނނނ ރިއާ… ވަރަށް ފޫހިވޭ. ބިރުން ކިރިޔާ ހަލާކު ނުވީ“ ޔޫއާ ކަޅި އަޅާލިއެވެ. ”ހަހަ. ބިރުން ދޯ ތިހުރީ؟ ސޮރީ ނޯ ސޮރީ“ ރިއާނާ ހީލިއެވެ.

”ރިއާ ދޭ ކްލާހަށް. ޔޫ އެބަ އަންނަން ފާޙާނާއަށް ވަދެލާފަ“ ބޯހޫރުވާލާފައި ޔޫއާ ހިނގައިގަތެވެ.

”ޔޫއާ ދިޔުމުން ރިއާނާ ހިނގައިގަތެވެ. ފޯނުން ކައިޝަލްއަށް މެސެޖު ކުރަމުން ދިޔަ ރިއާނާ ސިހުނީ މީހެއްގެ ގައިގައި ވިދުމުންނެވެ. އެއާއި އެކު ރިއާނާގެ ތޫލި ހަޅޭކުގެ އަޑު އިވިލިއެވެ.

ދެލޯ މަރާ ބާރުކޮށްގެން އޮތް ރިއާނާ ދެލޯ ހުޅުވާލީ ނުވެއްޓުމުންނެވެ. އޭރު ޒުވާނަކު ރިއާނާ ހިފަހައްޓައިގެން ހުއްޓެވެ. އެޒުވާނާގެ ދެލޮލަށް ގެއްލިފައި އިރުކޮޅަކު ރިއާނާއަށް ހުރެވުނެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރީތި ހަށިގަނޑެއްގެ ވެރިޔެކެވެ. ލައިގެން ހުރި ގަޔަށް ބާރު ޓީޝާޓުން އެޒުވާނާގެ ހަށިގަނޑުގައި ހުރި މަސްތައް ވަރަށް ރީތިކޮށް އިނގެމުން ދިޔައެވެ. ވާތު ލޯ ކައިރީގައި ކަޅު ތިލައެއް އިން އިރު ލޮލުގައި ހުރީ މަޑު މުށި ކުލައެވެ. އަވިން ވަންހަނާ ވެގެން ހުންނަ އިރުވެސް ލޮލުގެ ކުލަ ހުންނަނީ ދިއްލާލާފައެވެ.

”ހެހެ ޑޭ ޑްރީމް ކުރަނީތަ؟“ އެޒުވާނާ ހީލާފައި ސުވާލު ކޮއްލިއެވެ. އެޒުވާނާގެ ބަރު އަޑު އިވުމުން ރިއާނާއަށް ހިންދިރުވާލެވުނެވެ. ހީލުމުން ކޮލަށް އެޑި އަޑި ކޮޅުން ރިއާނާގެ ހިތުން ވިންދެއް ހުޓުނު ކަން ގައިމެވެ. އެޒުވާނާ ރިއާނާގެ ހަށިގަނޑު ތެދު ކޮއްލަ ދިނެވެ.

”ސޮރީ“ ރިއާނާ ކަރު ކެހިލާފައި ބުނެލިއެވެ. ”ހެހެ އެ އޯކޭ ވާނެ“ އެޒުވާނާ ބުނެލިއެވެ. ”މީ ރިއާނާ. ތީ؟“ އެޒުވާނާ ދިޔަ ނުދޭން ވެގެން ރިއާނާ ސުވާލު ކޮއްލިއެވެ. ”މިއީ އިޔާލް“ އިތުރު ސުވާލެއް ކުރަން އުޅެނިކޮށް އިޔާލް ހިނގައިގަތެވެ. ދެން އިތުރަށް ސުވާލު ގޮވާކަށް ރިއާނާއަކަށް ނުކެރުނެވެ.

ރިއާނާއަށް މޭގައި ފިރުމާލެވުނެވެ. އިޔާލް ފެނިގެން އޭނާއަށް މިހެން މިވީ ކީއްވެ ހެއްޔެވެ؟ ރިއާނާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. ރިއާނާއަކީ ކައިޝަލްގެ ހައްގެކެވެ.

ރިއާނާ ކުލާހަށް ވައިންތާ އިރުކޮޅަކުން ޔޫއާ ވެސް ކުލާހަށް ވަނެވެ. ޔޫއާ ވަނުމުން ރިއާނާ ބެލީ ޔޫއާ އާއި ވާހަކަ ދައްކާ އެޙިޔާލު ތަކުން ބޭރު ވުމަށެވެ. އެކަން ހިނދުކޮޅަކަށް ކާމިޔާބު ވެސްވިޔެވެ. ނަމަވެސް ކުލާހަށް ވައިން އިޔާލް ފެނި އެކަން ދިޔައީ ފެނަށް ވެގެންނެވެ.

ކުލާހުގައި އިން އިރުވެސް ރިއާނާއަށް އިރު އިރު ކޮޅުން އިޔާލްއާއި ދިމާލަށް ބަލާލެވެޔެވެ. އެކަމެއް ޔޫއާ އަކަށް ފާހަގެއެއް ނުކުރެވުނެވެ.

ޑިއުޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ނިކްޔާންއަށް ”މިނީ ސޯ“ ފިހާރަ ކުރިމައްޗަށް އެރުނެވެ. ބޭރުގައި ހުރި ބެއާތަށް ފެނި ނިކްޔާން ހަނދާންވީ ޔޫއާ މަތިންނެވެ. ހިނިތުންވެލާފައި ނިކްޔާން ފިހާރައަށް ވަނެވެ.

ޔޫއާ އަށް އެނބުރި ގެއަށް އާދެވުނީ 30 3 ވާން އުޅެނިކޮށެވެ. ވަރުބަލި ވެފައި ހުރި ޔޫއާ ސިހުނީ ފަހަތުން ”ބަން“ ލާފައި އަޑެއް އިވުމުންނެވެ. ބިންމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާ ފެނި ޔޫއާ އެކުއްޖާއާއި ދިމާލަށް ހިނގައިގަތެވެ.

”ހޭ؟ އާރ ޔޫ އޯކޭ؟“ އެކުއްޖާ ކައިރީ އުޑަފައިން އިށީންނަމުން ޔޫއާ އަހާލިއެވެ. ”އާރްރްގގގ. ހީވަނީ ކަކޫ މެށުނީހެން“ އެކުއްޖާ ލައިގެން ހުރި ޖީންސްގެ ކަކުލުގައި ހުރި ހިރަފުސް ފޮހެލަމުން ބުނެލިއެވެ.

”ހިނގާ އަޅުގަނޑާއި އެކު“ ޔުއާ އެކުއްޖާ ތެދުވުމަށް އެހީތެރިވެދިނެވެ.

”ކޮން ނަމެއްތަ ކިޔަނީ؟“ އެކުއްޖާ ގެންގޮސް ސޯފާގައި ބައިންދަމުން ޔޫއާ އަހާލިއެވެ. ”ޒުކާ. ތިއީ؟“ ޒުކާ ހިނިތުންވެލާފައި ބުނެލިއެވެ. ”އައިމް ޔޫއާ“ ޔޫއާ ޒުކާއަށް ސަލާމް ކޮއްލިއެވެ.

”ދޭ ކޮޓަރިއަށް. ކަކޫ ދެވެލާ ހަދަން.“ އޭރު އެކުއްޖާ ލައިގެން ހުރި ޖީންސްގަވެސް ލޭގެ އަސަރު ހުއްޓެވެ. ”ނޫނޭ. އެއޯކޭ ވާނެ. އަޅުގަނޑު ދެން ގޮސް ލާނީ ގެއަށް. ޝުކުރިއްޔާ ވަރަށް ބޮޑަށް“ ޒުކާ ތެދުވިއެވެ.

އިރުކޮޅެއް ފަހުން ނިކްޔާން ދޮރު ހުޅުވާލާފައި ވަނެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރި ނިކްޔާން ފެނި ޔޫއާ ހީލިއެވެ. ”ތިއޯ؟“ ޔޫއާ އަހާލިއެވެ. އެއާއި އެކު ޔޫއާއަށް ނިކްޔާން ގަނެދިން ބެއާރ އާއި މާބޮނޑި ދިނެވެ. ”މަރްހަބާ ސޫން ޓު ބީ ނާސް“ ޔޫއާ އުފާވެލާފައި އޭގައި ހިފިއެވެ.

ނުވަވަނަބައިގެ ތެރެއިން:

”އަހަރެން ވަރިކުރޭ! ހަމަ މިހާރު ވަރި ކުރޭ! ތިކަހަލަ މީހަކާއި އެކު އެންމެ ހިނދުކޮޅަކަށްވެސް އުޅޭކަށް ބޭނުމެއް ނޫން. ވަރި ކުރާށޭ!“

Share this
Copy to Clipboard

Comments (2)

  • Aanaasays:

    އޯގަސްޓް 18, 2025 at 22:23

    Masha allah mi part vs vrh reethi
    Riana loabi vanii kaaku dheke? Kaishaan ah dhera gth hadhan heyo nuvaane…
    Zuka r knmvs gulhumeh onnaane hn vrh hiivey yoo mnge life r
    Wwwww…vari kuraahsheyyy??? Anehkaa yoo tha ehn e kiyanyyy? Khnh v? Sooo curious
    When next?

    2
  • Shiu🤍says:

    އޯގަސްޓް 19, 2025 at 20:51

    Mi part vx varah Reethi Masha Allah..
    Riana is liking Iyaal I’m very sure.. but Kaishal ah cheat nukurachey..
    Is Zuka ”Eyna“ 👀🤔
    Nikyaan Is falling for Yoo 🤭
    Keevve baa vari kuraashey E buny..
    Vrh Curious vejje.. waiting for the next part..
    Lysm Shiher 🤍

    1

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.