ކަޅި ޖަހާ ނުލާ ޔޫއާއާއި ދިމާލަށް ބަލަން އޭނާ އިރުކޮޅަކު އިނެވެ. ޔޫއާ އާއި ނަޒަރު ދުރުކޮށްލީ ފޯނަށް އެސް.އެމް.އެސްއެއް އައުމުންނެވެ. ”ހުރިހާ ކަމެއް ހަމަ ޖެހިއްޖެ. މިދަތުރު ދާނީ ހަމަ ރޭވި ގޮތަށް.“ އެމެސެޖުގައި އިނެވެ. އެކުއްޖާ ހީލިއެވެ. އަދި ސީޓުގައި ހަމަ ޖެހިލިއެވެ.
(7 ވަނަ ބައި)
އަމާން އޮމާން ދަތުރަކަށް ފަހު ޔޫއާ މެނަށް ކ.މާލެއަށް ވާސިލް ވެވުނެވެ. ބޯޓުން ފޭބި ގޮތަށް ޔޫއާ ލީ ހޮޑެވެ. ރިއާނާ ގޮވައިގެން ފާހާނާއަށް ވަދެ ޔޫއާ މޫނު ދޮވެ ހަމަ ޖެހިލިއެވެ.
”ހޫމް… ކިޔަވަން އައި ކުއްޖާ ބަނޑުބޮޑީބާ؟“ ރިއާނާ ބުނެލީ ސަމާސާ ރާގަކަށެވެ. ޔޫއާ ދެލޯ ބޮޑު ކޮއްލާފައި ރިއާނާއާއި ދިމާލަށް ބަލައިލިއެވެ.
”ދޭންންންން. ސްޓޮޕް ވިއްޔާ. ޔޫ ޕްރެގްއެއް ނޫނޭ. ބޯއަނބުރައިގަތީއޭ“ ޔޫއާ ތުންކޮޅު އޫ ކޮއްލިއެވެ. ”ހަހަ ޝުއާރ ޝުއާރ“ ރިއާނާ ހެމުން ހެމުން ބުނެލިއެވެ. ޔޫއާ ކަޅި އަޅާލާފައި ފާހާނާއިން ނިކުމެގެން ދިޔައެވެ.
ޔޫއާ އާއި ނިކްޔާން އުޅެން ހަމަ ޖެހިފައިވީ ހުޅުމާލެ ފޭސް 2 ގައި އިން ފްލެޓެއްގައެވެ. އެއީ ނިކްޔާންގެ އެޕާޓްމެންޓެކެވެ. އެކަނި އުޅެވޭނެ ގޮތެއް މަގުފަހި ވުމުން ޔޫއާ ހިތް ހަމަ ޖެހުނެވެ. ގެއަށް ވަދެގެން އައީ ހެދިކާ ކޮޅެއް ހިފައިގެން ކަމުން ދެމަފިރިން ހަމަ ޖެހިލީ އަވަހަށް ކާލުމަށެވެ. ހޮޑުލެވުމުން ޔޫއާ ހައިވެފައި ހުރި ވަރުންނާއި އެކުއެވެ.
”މިގޭގަ ބަޔަކު އުޅޭތަ؟ ސާފު ކަމުން..؟“ ކޮތަޅުން ނެގި ސޮސެޖް ރޯލްއިން ދަތްވަޅެއް ނަގަމުން ޔޫއާ އަހާލިއެވެ. ”މި ބައިގެ ބަތީ ބައިގަ އުޅޭނެ ޔާންގެ ބޮޑުދައިތަ. ޔާންމެން އަންނަ ވާހަކަ ބުނީމަ ބޮޑު ދައިތަ ސާފު ކޮއްލާފަ މިހުރީ“ ނިކްޔާން ބުނެލިއެވެ.
ހޮޑު ލެވުމުގެ ސަބަބުން ޔޫއާއަކަށް މާ ގިނައިންނެއް ނުކެވުނެވެ. އެހެން ކަމުން ޔޫއާ ވަނީ ކޮޓަރިއަށެވެ. އާދައިގެ ކޮޓަރިއެވެ. ކުޑަޔަސް ކުޑައޭ ބުނެވޭވަރުގެ ކުޑަ ކޮޓަރިއެއް ނޫނެވެ. މާލޭގެ ކޮޓަރިތަށް ކުޑަވެސް ވާނޭތާއެވެ. ރީތިވާ މޭޒަކާއި އެކު އަލަމާރިއެއްގެ އިތުރުން އިނީ ބަންކް ބެޑެކެވެ. ކޮޓަރި ތެރޭގައި ލައިފައިވީ އަޅި ކުލަޔާ ގުޅުވައިގެން މުޅި ފަރުނީޗަރުތަށް ގަނެފައި ހުރުމުން ވަރަށްވެސް ރީއްޗެވެ.
އެނދުގައި އޮށޯވެލުމުންވެސް ބޮލަށް ލުއި ވީހެން ހީނުވުމުން ޔޫއާ ދެންވަނީ ފެންވަރާލާށެވެ. ބޯދޮވެގެން ފެންވަރައިގެން ނިކުމެ، ގައިން ފެން ހިއްކާފައި ޔޫއާގެ އިސްތަށިގަނޑުގައި ތުވާލި އޮޅާލިއެވެ. ދަބަހުންނެގި ލޯޝަން ފުޅި ހިފައިގެން ޔޫއާ ގޮސް އެނދުގައި އިށީނެވެ.
ހަމަ އެވަގުތު ދޮރު ހުޅުވާލިއެވެ. އެއަޑަށް ޔޫއާ ދިޔައީ ސިއްސައިގެންނެވެ. އެނދު މަތީގައި ހެއްދެވި ގޮތަށް އިން ޔޫއާ ފެނި ނިކްޔާންގެ ތަލިން ކުޅު ހިކުނު ފަދައެވެ. ދެލޯ ބޮޑު ކޮއްގެން ހުރި ޔޫއާގެ ބޮލުން ފެށިގެން ފަޔާ ދިމާލަށް ބަލައިލެވުނެވެ. ހީވީ ސްކޭނެއް ކޮއްލި ހެންނެވެ.
ނިކްޔާންގެ ދެލޯ ހަރަކާތް ކޮއްލިތަން ފެނި ޔޫއާގެ ދޮން މޫނަށް ޖަންބު ކުލަ އެރިއެވެ. ކުއްލިއަކަށް އިނދެފައި ހަޅޭލަވައިގަތެވެ. އެއަޑަށް ސިހިފައި ނިކްޔާން ދޮރު ލެއްޕިއެވެ. ހަމަ އެއަޑާއި އެކު ޔޫއާ ދޮރު ތަޅުލި އަޑު އިވުނެވެ.
ގަންނާ ކުރެއްވީ ލަދުން ޔޫއާ ބޮލުގައި ހިފާ ބާރު ކޮއްލިއެވެ. އޭރު ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް ޔޫއާގެ މޫނަށް ޖަމާވެފައި ވާފަދައެވެ. ”ޔޫއާ… ޔޫ އާރް ސޯ ޑަމްބް. ކީއްވެތަ ދޮރު ތަޅުލަން ހަނދާން ނެތުނީ؟ އަޅޭ. ދެން ކިހިނެތްތަ ޔާންއާއި ކުރިމަތި ލާނީވެސް؟ އާރްރްގގ ލަދުން ބޯހަލާކު“ ޔޫއާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
ދޮރުގެ އަނެއް ފަރާތުގައި ހުރި ނިކްޔާންވެސް ހުރީ އެފަދަ ހާލެއްގައެވެ. މޭމަތީގައި އަތް ޖައްސާލައިގެން ހުރި އިރު ނިކްޔާންގެ ހިތް ”ޑަން ޑަން“ ލާފައި ތެޅެމުން ދިޔައެވެ. އޭރުވެސް ނިކްޔާނަށް ސިފަވަމުން ދިޔައީ ޔޫއާއެވެ.
”އާރްރްގގގ ވަޓްސް ރޯންގް ވިތް މީ؟؟؟“ މޫނު މަތީގައި ދެތިން ފަހަރު ޖަހާލަމުން ނިކްޔާން ސޯފާގައި އިށީނެވެ.
ރޭގަނޑުގެ ވަގުތެވެ. ނިކްޔާން އިޝާ ނަމާދު ކޮއްގެން ގެއަށް އައި އިރު ޔޫއާ ހުރީ ކާން ހަދާށެވެ. ނިކްޔާން ފެނުމުން ޔޫއާއަށް އިސްޖަހާލެވުނެވެ. ހަވީރުގެ ވަގުތު މަތިން ހަނދާން ވުމުންނެވެ. ނިކްޔާނަށްވެސް ވީ އެކަހަލަ ގޮތެކެވެ.
”ކާންވީނުން؟“ ދެ ތައްޓަށް ޕާސްތާ އަޅަމުން ޔޫއާ ބުނެލިއެވެ. ނިކްޔާން ބޯޖަހާލާފައި ކާން އިށީނެވެ.
”ކޮން އިރަކުން އޮރިއެންޓޭޝަން އޮތީ؟“ އަތް ދޮވެގެން އަހިސް ނިކްޔާން އަހާލިއެވެ. ”މާދަމާ 2 ގަ ދާން ޖެހޭނެ“ ޔޫއާ ވެސް އިށީނެވެ. ”އެހެންތަ.. އަނެއް.. ޔޫ ކޮން އެނދެއްގަތަ ނިދާނީ؟ މަތީ އެނދުތަ ތިރީ އެނދުތަ ބޭނުމީ؟“ ކޮޓަރީގެ ވާހަކަ ދައްކަން ވީމަ ނިކްޔާން ލަދުގަތެވެ. ހަވީރުގެ މަންޒަރު ލޮލަށް ސިފަ ވުމުންނެވެ.
”އަމް.. ތިރީ އެނދު އޯކޭ އޭނުން؟ އޭރަށް ޔޫ ކޮލެޖަށް ދާން ހޭލާ އިރުން ޔާންއަށް އުނދަގޫ ނުވާނީ“ ޔޫއާ ބުނެލިއެވެ. ނިކްޔާން ބޯޖަހާލިއެވެ.
ކައި ނިމުމުން ދެމަފިރިންވެސް ދިޔައީ ނިދާށެވެ. އެނދުގައި ހަމަ ޖެހުން ތަނާހެން ޔޫއާއަށް ނިދުނެވެ. ނަމަވެސް ނިކްޔާނަކަށް ނުނިދުނެވެ. ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮތީއެވެ.
އެންމެ ފަހުން ނިކްޔާން ކަނާތް ފަރާތަށް އެނބުރި ހަމަ ޖެހިލިއެވެ. ޔޫއާވެސް އޮތީ ކަނާތްފަރާތަށް އެނބުރިގެން ކަމުން ކުރިމަތީ އިން ކަބަޑުގައި ހުރި ލޯގަނޑުން ޔޫއާގެ މޫނު ފެންނަމުން ދިޔައެވެ. ނިކްޔާނަށް އާޝޯޙުވެފައި ޔޫއާގެ މޫނަށް ބަލަން އޮވެވުނެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ނިދިފައި އޮންނަ އިރު މާ ލޯއިތްބެވެ. ކޮޓަރީގައި އިން މަޑު ނޫކުލައިގެ އަލިން ޔޫއާގެ މޫނުމަތިން ފެންނަނީ ނިޔަނެތި ކަމެވެ. ކިތަންމެ އިރަކު ޔޫއާގެ މޫނަށް ބަލަން ނިކްޔާނަށް އޮވެވުނެވެ.
ދެން ނިކްޔާންގެ ނަޒަރު ހުއްޓުނީ ޔޫއާ ބައްދާލައިގެން އޮތް ޓެޑީ ބެއާރް އަށެވެ. އެއީ ދެން ޔޫއާ މާ ލޯބި ވާ އެއްޗެކެވެ. ޔޫއާ އަބަދުވެސް އުޅޭނީ ޕެންޑާއެއްހެން އިންނަ އެބެއާރް ހިފައިގެންނެވެ. ނިދާނީވެސް މެއެވެ.
”ޔޫ އާރް ސޯ ލަކީ މޭން“ ޔޫއާގެ މެއާލާ ބޮނޑި ކޮއްގެން އޮތް ބެއާރް ގަނޑާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލިއެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެ އިށީނެވެ. ”މިހާރު ކީކޭތަ މިހިތަށް އަރަނީ؟“ ނިކްޔާން ކޮލުގައި ދެތިން ފަހަރު ޖަހާލިއެވެ. އަދި ޔޫއާއަށް ފުރަގަސްދީ އޮށޯއޮތެވެ.
(ނުނިމޭ)
އަށްވަނަބައި ގެތެރެއިން:
ކޮލެޖާއި ދިމާލަށް ދިޔަ ޔޫއާ ހުރީ ހާސްވެފައެވެ. މީހަކު ފާރަ ލާހެން ހީވަނީއެވެ. ނަމަވެސް އެކަހަލަ ކަމެއް ކޮއްދާނެހެން ހީވާ ވަރުގެ މީހަކު ކައިރިއަކުން ފެންނާކަށްވެސް ނެތެވެ. ފިޔަވަޅުތައް ޔޫއާ އަވަސް ކޮއްލިއެވެ. ނަމަވެސް އެމީހަކު ޔޫއާ އާއި އަރާ ހަމަ ކުރިއެވެ.
Comments (4)
Nayerrsays:
އޯގަސްޓް 14, 2025 at 14:23Masha Allah Mi part ves vrh reethi anehka yooaa preg veebaa 👀alheyy kaaku baa yooaa ah efaara lany anyways mi part ves vrh reethi curiously waiting for the next part when’s next ☺️
LYSM❤️😘
Aanaqsays:
އޯގަސްޓް 14, 2025 at 16:57Masha allah mi part vs vrh reethi
Yoo n yaan soo cutee
Loabivevihje hn vrh hiivey dhemyhunnah
Kaakubaa eiii? Neynge eyna nun kmhvs eiii…anehka eyna yoo r frnd viyya kihineh baa vaany?
Sooo curious
When next?
Lyyyy🫶
Shaf_maansays:
އޯގަސްޓް 15, 2025 at 00:20Maasha Allah mi prt vx vrh reethi
Yooaa dheke nikyaan loabi vey kahneynge…
8th ep ge therein kiyaalaafa vrh vrh curious.. Shiherrrr
Nxt prt thankolhey dhigu koh genes dheh cheyy ….
So curious
Impatiently waiting
Whn nxt???????
Tc.. Lysm Shiher 💜💜💜
Your fav babsays:
އޯގަސްޓް 15, 2025 at 13:48Wow shierr mi part ves varah furihama maashaa allah!
Loved it!
Alhe yooaa fakeeru😂😂 she’ll be so embarrassed!!
8th episode ge therein kiyaafa varah curious vejje! Eei eyna hen vx heevey varah!!
When next?
Lyssm