ނިކްޔާންގެ އެއްޗެހި އިސްތިރިކޮށް ނިމުނު ތަނާހެން ނިކްޔާން ވަނެވެ. ނިކްޔާން ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓު ގައިގައި ތަތްލާފައި ހުރި އިރު ދާހިލިފައި ހުރުމުގެ ސަބަބުން ބޮލުން ފެންތިކި ޖަހަމުން ދިޔައެވެ. އަތުގައި އޮތް ފެންފުޅީގައި ތުންޖަހައިގެން ހުރި އިރު ޔޫއާއަށް ހުރެވުނީ ކަޅި ޖަހާނުލާ ނިކްޔާންއާއި ދިމާލަށް ބަލަންށެވެ. ފެންފުޅި ހުސްކޮއްލާފައި ނިކްޔާން ޔޫއާ އާއި ދިމާލަށް ބަލައިލިއެވެ. ދެލޯ ބޮޑުކޮއްގެން ހުރި ޔޫއާ ފެނި ނިކްޔާންއަށް ހެވުނެވެ. ”ކިހިނެތްވީ؟ އަހަރެން މޫނު މަތީގަ އެއްޗެއް އޮތީތަ އަނެއްކާ؟“ ނިކްޔާން ހީލާފައި އެއްސެވެ. އެއާއި އެކު ޔޫއާ އަށް ހަމަ ބިމަށް އާދެވުނެވެ. ”ހޫމް.. އަގްލީނެސް“ ދޫނެރެލާފައި ޔޫއާ ބުންޏެވެ. ނިކްޔާން ހީލާފައި ފާހާނާއަށް ވަނެވެ. އެއާއި އެކު ޔޫއާއަށް މޭގައި ފިރުމާލެވުނެވެ.
(6 ވަނަ ބައި)
ފެންވަރާ ތާޒާ ވެލައިގެން ނިކްޔާން ފާހާނާއިން ނިކުތެވެ. 5 ވަރަކަށް މިނިޓް ތެރޭގައި ރެޑީ ވެލައިގެން ނިކްޔާން ގެއިން ނިކުތެވެ. ނިކްޔާން ގެއިން ނިކުތުމުން ވަގުތުގެ ބޭނުން ހިފާ އޭނާ ކޮޓަރި ޖާލި ދޮރުން ނިކްޔާންއާއި ޔޫއާގެ ކޮޓަރިއަށް ވަނެވެ. ދެފަރާތް ބަލަމުން އޭނާ ގޮސް ކޮޓަރި ތެރޭގައި ހުރި ޑަސްބިން ހާވަން ފެށިއެވެ. ފާހާނާ ޑަސްބިންވެސް މެއެވެ. އޭނާ ހޯދި އެއްޗެއް ނުފެނުމުން ރުޅި އަހިސްފައި އޭނާ ގޮށް މުއްކަވާފައި ފާރުގައި ޖެހިއެވެ. އޭރު އޭނާގެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ.
ސައި ހަދާ ނިމުމުން ޔޫއާ ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ވައިން އިރު ސޯފާގައި ހިދާޔާ އިން އިރު ހިދާޔާގެ އުނގުގައި އިން ހިނާޔާ ފެނި ޔޫއާ އެތެރެއަށް ދުއްވައި ގަތެވެ. ”އަޅޭ ދޮންތި ބިސްކޮޅު“
”ހެހެ ކޮބާތަ ފިރިކަލުން“ ހިދާޔާ އަހާލީ ދިމާކުރާ ރާގަކަށެވެ. ”ޑިއުޓީގަވީ“ އެވަގުތު ޔަޒީދާ ކޮޓަރިން ނިކުތެވެ. ”އަސްތާ ދަރިފުޅާ ކޮން އިރަކު އައީ؟ އުޅޭ ސައިބޯން؟“ ޔަޒީދާ ހިނިތުންވެލިއެވެ. ”ހެހެ ހަމަ ދެންމެ މިއައީ.. ނޫނޭ ސައެއް ނުބޯނަން. ސައިބޮއެގެން މިއައީ..“ ޔޫއާ ބުންޏެވެ.
ހަމަ އެވަގުތެވެ. ރިއާނާއާއި ކައިޝަލް ތިބީ އަތިރި މަތީގައެވެ. ”ދެން އެހެންވެ ކިހިނެތްތަ ހަދާނީ؟“ ކައިޝަލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ރިއާނާ އެއްސެވެ. ”ކައިއަށް ފެންނަނީ ރިއާ ކިޔަވަންދާން.. މިހާރު ދެން ކައިވެނީގެ ކަންކަމާ އުޅެން ވިއްޔާމުން ވަރަށް ސްޓްރެސްފުލް ވާނެއްނުން ރިއާ އަށް.. ކޮޓަރި ހަދާ ނިމޭނެ ކަމަށް މިބަލަނީ ރިއާ ފައުންޑޭޝަން ނިމެންވާއިރަށް.. އޭރުން ދެން ކައިވެނި ކުރަން ކައިއަށް ފެންނަނީ.“ ކައިޝަލް ރިއާނާގެ އަތުގައި ފިރުމަމުން އިނދެ ވާހަކަ ދެއްކިއެވެ. ”އެކަމަކު 1 އަހަރު ކައި އާއި ދުރުގަ ރިއާ ނޭނގެ އުޅޭނެ ގޮތެއްވެސް..“ ރިއާނާގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަން ފެށިއެވެ.
”އަޅޭ ކައީގެ ޕްރިންސެސް ރޮނީތަ؟ ހުއްޓާލާ ލޯބީ.. މިހެން ކޮންމެވެސް ކަހަލަ ގުރުބާނީ ތަކެއް ވެވިގެންނޭ ހަޔާތެއް ފެށޭނީ.. ކައީ ހުންނާނަމޭ ރިއާގެ އިންތިޒާރުގަ. އޯލްވޭސް އެންޑް ފޯރްއެވާރް.“ ރިއާނާގެ ބޮލުގައި ކައިޝަލް ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ”ޕްރޮމިސް…؟“ ކުޑަވައިން އިނގިލި ދައްކާލަމުން ރިއާނާ ބުނެލީ މައުސޫމް ގޮތަކަށެވެ. ”ޕްރޮމިސް“ ރިއާނާގެ ކުޑަވައިން އިނގިލީގައި އިނގިލި އަޅުވާލަމުން ކައިޝަލް ބުނެލިއެވެ. ”ޔޫއާ މެރީ ކުރީމަދޯ މިއަދު މާ މެރީ ކުރާ ވާހަކަ ތިދައްކަނީ؟ ހެހެ“ ކައިޝަލް އަހާލިއެވެ. ”ކިޔޭނެދޯދެން. ހެހެ.. ރިއާ ބޭނުން ކައިގެ އަންހެނުންނަށް ވާން“ ރިއާނާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ. ”ހެހެ ހަމަ ޖެހިބަލަ ދޫނީ ސޫން އިންޝާ ﷲ“ ކައިޝަލް ބުންޏެވެ.
ދުވަސްތަށް ފާއިތު ވަމުން ދިޔައެވެ. ޖެހިގެން އަންނަ ދުވަހަކީ ޔޫއާ އާއި ރިއާނާ މާލެދާން ފުރާ ދުވަހެވެ. ޔޫއާ އާއި އެކު ނިކްޔާންވެސް މާލެ ދެޔެވެ. އެހެން ކަމުން އެރޭ އިރު އޮއްސުނީން ސުރެ ޔޫއާ އިނީ ދަބަސްތައް ތައްޔާރު ކުރުމަށެވެ.
”މިގެވެސް ޕެކް ކޮއްލަން މަށަށް ފެންނަނީ ހަހަ“ ނިކްޔާނަކަށް ޔޫއާ އާއި ދިމާލަށް އެއްޗެއް ނުބުނެ ނީނދެވުނެވެ. ”ކިހިނެތްތަވީ؟“ ޔޫއާ ކަޅި އަޅާލިއެވެ. ”ނޭނގެ މަށަކަށް ހަހަ“ ނިކްޔާން ހޭން ފެށިއެވެ. ”މިއަދި ބޮލުން ރޮދި ކެނޑިފަ ހުންނަ މީހެކޭދޯ“ ޔޫއާ ކަޅި އަނބުރާލިއެވެ. އެވަގުތު މާޔާ ކޮޓަރިއަށް ވަނެވެ.
”ކޮބާ ޕެކްކޮށް ނިމުނީތަ؟“ މާޔާ އެނދުގައި އިށީނެވެ. ”ލައްބަ. މިނިމުނީ ދެން“ ފޮށީގެ ޒިބު ދަމާލަމުން ޔޫއާ ބުންޏެވެ. ”ދަރިފުޅުމެން ދިޔައީމަ މަންމަ ވަރަށް އެކަނިވެރިވާނެ ދެން. ކިހާ ދުވަހެއްގެ ކޯހެއްތަ ތިހަދަނީ؟“ މާޔާ އަހާލިއެވެ.
”އަހަރެއް ކަމަށް ބަލަމާ ހެހެ“ ޔޫއާ ހީލިއެވެ. ”ހެހެ އެހެންތަ؟ އިންޝާ ﷲ ތިކޯހުންވެސް ދަރިފުޅު ފާސްވެ، ނަރުހަކަށް ވެވޭނެ. މިހާރު އެދުވަހަށް އެންމެ އިންތިޒާރު ކުރެވެނީ“
”ދެން އެހެން ކަމެއް އޮތީތަ މަންމަ އިންތިޒާރު ކުރާ؟ އަވަހަށް ބުނޭ. އޭރަށްދޯ އެކަމެއް ކޮއްދެވޭނީވެސް“ މާޔާގެ ވާހަކައިގައި ނިކްޔާން ބައިވެރިވެލިއެވެ. ”ދެން ތިއީ ކުރާ ކަހަލަ ސުވާލެއްވެސް ނޫނެއްނުން؟ މަންމަދެން އެންމެ ބޭނުންވާނީ މާމަ ދަރިއެކޭނުން؟ ޔޫއާ ކިޔަވަން ދާ ވާހަކަ ކިޔާތީ އެހެން ކިޔަންވެސް ނުކެރިފައި މިހުންނަނީ ހެހެ“ މާޔާގެ ވާހަކައާއި އެކު ނިކްޔާން ލަދުގަތެވެ. އެއީ މަންމަ ބޭނުންވާނޭ ކަމެއްކަން އެނގޭ ނަމަވެސް މަންމަ ދުލުން އެހެން ފުރަތަމަ ފަހަރަށް ބުނުމުން ނިކްޔާން ހަގީގަތުގައި ލަދުގަތެވެ.
އެހެނަސް ޔޫއާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މައެއްގެ އުންމީދު ހަލާކު ކޮއްލެވުނު ކަހަލަ އިހުސާސެކެވެ. ނިކްޔާނާއެކު އުޅޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނިކްޔާންގެ މޫނަށް އެރި ކުލަވަރުން ޔޫއާގެ މޫޑު ވަކިން ހަރާބު ވިއެވެ.
”ދެން ތިކަންވެސް އަދި ކޮންމެވެސް ދުވަހަކުން ވާނޭ، ދޯ ޔޫއާ؟“ ނިކްޔާން ލަދު ކަނޑުވާލާފައި ޔޫއާއަށް ދޯދިނެވެ. ޔޫއާއާއި ނިކްޔާންގެ ދެމެދުގައި އެކަހަލަ ގުޅުމެއް ނެތްކަން މަންމައަށް އެނގޭކަށް ނިކްޔާން ބޭނުމެއް ނޫނެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ހދ.ކުޅުދޫފުށީ އެއާޕޯޓުގައި ނިކްޔާންއާއި ޔޫއާގެ އިތުރުން އާއިލާގެ އިތުރުން ރިއާނާގެ އާއިލާއާއި ކައިޝަލް ތިއްބެވެ. ފުރާ ވަގުތު ޖެހުމުން އެންމެނަށް ވަދާޢީ ސަލާމް ކިޔާލީ ހިތުގައި ހިލަގަނޑެއް ބާއްވާފައެވެ. އެހެނަސް އަހުދާއި ވައުދުތަކެއް ވެގެންނެވެ.
ބޯޓަށް އަރާ ހަމަ ޖެހިލަމުން ނިކްޔާން ކަންފަތަށް އިއާރްބަޑްސް ޖަހާލިއެވެ. ޖީބުން ފޯނު ނެގި ވަގުތުގައި އެއްލި ކަޅިއަކުން ތުރުތުރު ލަމުން ދިޔަ ޔޫއާގެ އަތްތިލަ ނިކްޔާން އަޅައިގަތެވެ. އިއާރްބަޑްސް އަލުން ފޮއްޓަށް ލާފައި ނިކްޔާން ޔޫއާގެ އަތުގައި ހިފާލިއެވެ. ”މޭ ނުބައި ކުރަނީތަ؟“ ނިކްޔާން އަހާލިއެވެ.
”ނޫން. އައި ހޭވް ފިއާރް އޮފް ހެއިޓްސް.. އަދި އަލަށް މަތިންދާ ބޯޓަކަށް މިއެރީވެސް“ ޔޫއާ ބުނެލިއެވެ. ނިކްޔާން ހިނިތުންވެލިއެވެ. އަދި ވަރަށް ބާރަށް ޔޫއާގެ އަތުގައި ހިފާލިއެވެ. ”ހާސް ނުވޭ. ދަތުރު ދުޢާ ކިޔާލައިގެން އިނދޭ އިނގޭ؟ ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. 55 ވަރަކަށް މިނިޓް ތެރޭ ބޯޓު ޖައްސާނެ“ ނިކްޔާން ބެލީ ޔޫއާ ހަމައަކަށް އެޅުވޭތޯއެވެ.
ނިކްޔާނާއި ޔޫއާ އިން ސީޓާއި ތަންކޮޅެއް ދުރުގައި އިން ސީޓުގައި އޭނާވެސް އިނެވެ. ކަޅު ކުލައިގެ ހޫޑީއެއް ލައިގެން އިން އިރު ހަމަ އެކުލައިގެ ޖީންސްއެއް ލައިގެން އިން އެކުއްޖާ ހީވަނީ 20 އަހަރު ކުއްޖެއް ހެންނެވެ. ކޮނޑާއި ހަމައަށް އަރާ އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލާފައިވީ އިރު، ކަރުގައި ”ޗޯކާރް ނެކްލެސް“ އެއްއަޅާލެވިފައި ވިއެވެ. ނޭފަތާއި އެއްބުމަ ތޮރުފައިވީ އިރު ކަންފަތުގައިވެސް ތޮރުފޭނެ ތަންކޮޅެއް ވިއްޔާ ތޮރުފައިފައި އިނެވެ.
ކަޅި ޖަހާ ނުލާ ޔޫއާއާއި ދިމާލަށް ބަލަން އޭނާ އިރުކޮޅަކު އިނެވެ. ޔޫއާ އާއި ނަޒަރު ދުރުކޮށްލީ ފޯނަށް އެސް.އެމް.އެސްއެއް އައުމުންނެވެ.
”ހުރިހާ ކަމެއް ހަމަ ޖެހިއްޖެ. މިދަތުރު ދާނީ ހަމަ ރޭވި ގޮތަށް.“ އެމެސެޖުގައި އިނެވެ. އެކުއްޖާ ހީލިއެވެ. އަދި ސީޓުގައި ހަމަ ޖެހިލިއެވެ.
(ނުނިމޭ)
ހަތްވަނަބައިގެ ތެރެއިން:
”ޔޫ އާރް ސޯ ލަކީ މޭން“ ޔޫއާގެ މެއާލާ ބޮނޑި ކޮއްގެން އޮތް ބެއާރް ގަނޑާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލިއެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެ އިށީނެވެ. ”މިހާރު ކީކޭތަ މިހިތަށް އަރަނީ؟“ ނިކްޔާން ކޮލުގައި ދެތިން ފަހަރު ޖަހާލިއެވެ. އަދި ޔޫއާއަށް ފުރަގަސްދީ އޮށޯއޮތެވެ.
Comments (2)
Aanaasays:
އޯގަސްޓް 8, 2025 at 09:04Masha allah mi part vs vrh reethi
15 faharah vure ginain belihje up vefa thww iny
Yooaa n yaan dhuru nukurahchey
Eyna e ulheny knmvs nubai kmh kuran kan yageen… Vrh hiivey yaan dheke eyna loabi vaahn..6th part ge therein kiyaafa yageen yaan ah yooaa dheke loabivevihje…..hehhe
When next?
Lyyy🫶🫶
Your fav babsays:
އޯގަސްޓް 8, 2025 at 14:20Alhey mi part hama obiness to the max~3
Descriptions varah salhi💗💗💗
Nikyaan and yooaa fahathu alhuvaigen e ulheny kon ”eyna“ eh tha??
So sure yaan yooaa ah hith kiyaafikan👀
I’m so curious
When next??