ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 32

“ޝަވަންގެ ކާރު” ޒެވިއަލްއަށް އެއްމިޔަނުން ހީލެވުނެވެ. އެންމެ ފަހުން ޝަވަންގެ ކާރަށް ވެސް އީވާއަރަން ފެށީތާއެވެ. “އެންމެން މިތާގަ ތިބި ދަނޑިވަޅު ބަލާފަ ދޯ މި ނައްޓާލީ.. ނޮޓް ބޭޑް އީވާ މުހައްމަދު އަޒީޒް” ޒެވިއަލް ފޯނު ނަގާ ދެތިން ފޮޓޯ އެއް ނަގާލިއެވެ. އެއް ފޮޓޯ އީވާ ކާރަށް އަރަނިކޮން ހުރި އިރު އަނެއް ފޮޓޯ އެއީ ކާރުގެ ނަމްބަރު ބޯޑެވެ. އަރްކާންއާއި ހިސާބަކަށް ދެވެން ހުރީ ކޮންމެވެސް ވަރަކަށް މައުލޫމާތު އެއްކޮށްގެންނެވެ. އީވާގެ ފަހަތުން ދާން ހިނގައިގަންނަން އުޅެފައި ވެސް ޝާތިރް ވަޅުލަން ގެންދަން އުޅެން ފެށުމުން އޭނާ އަލުން އެތެރެއަށްވަނެވެ.
***
ޝާތިރްގެ މަރަށްފަހު ހަފްތާއެއްވެގެން ދިޔައިރުވެސް ގޭތެރޭގައިވާ މޮޅިވެރިކަން ފިލައިގެން ނުދެއެވެ. މުޅިގޭތެރެއަށް މަރުފަދަ ހިމޭންކަމެއްގެ ތެރޭގައި އޮތް އިރު ދިރުމެއް ނުވެއެވެ. އަޒީޒް އާއި ހައުލާ ވެސް ފެންނަނީ ބަލިކަށިކޮންނެވެ. ދިނާޔާ އުޅެނީ އަބަދުހެން އެދެމީހުންގެ ހިދުމަތުގައިއެވެ.
އޮފީހަށް ނުގޮސް އަރްކާން މަޑުކުރަން ބޭނުންވި ނަމަވެސް އަޒީޒްއާއި ދިނާޔާވެސް ގޭގައި މި ދުވަސްކޮޅު ހުންނާތީ ދިޔުން ނޫން އިތުރު ގޮތެއް ނެތެވެ. އެކަނިމާއެކަނި ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން ހުންނަން ޖެހުމުން އޮފީހުން ގެއަށް އަންނައިރު އޭނާ ހުންނަނީ އިންތިހާއަށް ވަރުބަލި ވެފައެވެ. އަނެއްކޮޅުން ކުރިއަށް އޮތް ހުކުރު ދުވަހަކީ އަޒީޒްގެ ރިޒޯޓް ހުޅުވުމަށް ހަމަޖެހިފައި އޮތް ދުވަހެވެ. ދުވަސް ލަސްކުރަން ބޭނުންވި ނަމަވެސް ރާއްޖޭން ބޭރުގެ ވެސް އެތައް ބަޔަކަށް ދައުވަތު ދީފައިވާތީ އެކަމެއް ވެސް ވާކަށް ނެތެވެ.
ފޯނު އެލާމް ވުމުން އެނދުން ތެދުވަންނަން ވެގެން އަރްކާން ބޯ ހިއްލާލި އިރު ހުރީ ފާޑަކަށް ބޮލުގައި ރިއްސާ ގޮތްވެފައެވެ. އެނދުން ތެދުވެ ކަރުގައި އަތް ޖައްސާލި އިރު ހޫނެވެ. “ހުން އަންނަނީބަ” އޮފީހަށް ގޮސް ގޯސްވަންޏާ ބޭސްގުޅައެއް ކާލުމަށް ހިތައް އަރުވާލާފައި ތުވާލި ހިފައިގެން އޭނާ ފާހަނާއަށް ވަނެވެ.
އަރްކާން ތައްޔާރުވެގެން ތިރިއަށް ފޭބިއިރު އެންމެން ސައިބޯން ތިބިތަން ފެނި ހިނިތުންވެލެވުނެވެ. މަދީ އީވާއެވެ. ސާތިރްގެ މަރަށްފަހު އެންމެން އެއްކޮން ކާން ތިބިތަން ވެސް އެފެނުނީ އަލަށެވެ. އޭނާ ހައިރާންވީ ދިނާޔާއާއި އަޒީޒް ރީތިވެގެން ތިބިތަން ފެނިއެވެ.
“ބައްޕަ މެން ތާކަށް ދާންތަ..” އަރްކާން ގޮނޑިއެއްގައި އިށީންދެލަމުން އަހައިލިއެވެ.
“ލައްބަ..މިހާރު ދެން ހަފްތާ އެއް ވަނީ ދަރިފުޅު އެކަނި އޮފީހުގެ ހުރިހާ ކަމަކާއި އުޅޭތާ..އެހެންވީމަ ދެން ބައްޕައާއި މަންމަވެސް މި ގަސްދުކުރީ އަލުން އޮފީހަށް ދާން.. އަދި އެބައޮތް ސަޕްރައިޒް އެއްވެސް” އަޒީޒް ކުޑަކޮން ހީލަމުން ބުނެލިއެވެ. އަރްކާން ނިތް އަރުވާލުމުން އޭނާ ދައްކާލީ ހައުލާއެވެ.
“ހައު އާންޓް ވެސް މިއަދު ޖޮއިން ވަނީ އޮފީހަށް.. އެންޑް އަމީ އާންޓް ވެސް” ހައުލާ އާއި އަމީނާގެ ވާހަކަ އަޒީޒް ބުނެލި ހިނދު އަރްކާންގެ މޫނަށް އުފާވެރިކަން ވަނެވެ. ހައުލާ އެހާ އަވަހަށް އެކަހަލަ ކަމަކާއި އުޅޭނެ ކަމަކަށް އޭނާ ހިއެއް ވެސް ނުކުރެއެވެ.
“އަސްލު ޝާތިރް ވެސް ބޭނުމެއް ނުވާނެ އަހަރެން އެހާ ވީކް ވާކަށް.. މިފަހަރު ރިޒޯޓް ކަންތަކަށް އައިސް އަހަރެމެން ދެމީހުން ޕްލޭން ކޮށްގެން ތިބީ ވެސް އަލުން އަނބުރާ އެކޮޅަށް ނުގޮސް ބޭބެ އޮފީހަށް ޖޮއިން ވާން.. ސަޕްރައިޒް އެއްގެ ގޮތުގައި އެކަން ބާއްވައިގެން ތިބީ އާދެވެންދެން.. އެކަމަކު އެހެނެއް ނުވި.. ޔަގީން ޝާތިރްވެސް ދޮންތަ ވެސް އެންމެ ބޭނުންވާނީ ނޯމަލް ލައިފް އެއްގަ އުޅެން އަހަރެން މަސައްކަތް ކުރުމުން..ވަރަށް އުނދަގު އެކަމަކު އަމް ޓްރައިން” ދިނާޔާ އަތުގައި ހިފާލުމުން އެއަތައް ބާރުކޮށްލަމުން ހައުލާ ބުނެލިއެވެ. އަޅާފައި ބުރުގަލުގެ ތެރެއިން ހައުލާގެ ދޮންމޫނު ފެންނައިރު އަދިވެސް މޫނުމަތީގައިވާ ރަތް ކަން ނުފިލައެވެ. ހަފްތާއެއް ވެގެން ދިޔަ ނަމަވެސް އެހާ ވަރަށް ރޮއިފަހުރުމުން މޫނުމަތި ވެސް ވަނީ ފޮއްސިވެފައެވެ.
“ދޮންބެ ދައްތާ..އަހަންނާއި މަންމައާއި އެއްކޮން ހައު ފޮނުވަފާނަންތަ ހުޅުމާލެއަށް.. އެކޮޅުގަ އުޅެން” އަމީނާ، ދިނާޔާކުރެން އަހައިލިއެވެ. ދިނާޔާއަށް ބަލައިލެވުނީ އަޒީޒްގެ މޫނަށެވެ.
“އަހަރެމެން ރޭގަ ވާހަކަ ދެއްކީމޭ ދޯ ހައު.. އެއޮތް ބޮޑު ގޭގަ އަހަންނާއި މަންމަ އެކަނިން ވިއްޔަ ދިރިއުޅެނީ.. ދަރިއަކު ހުއްޓަސް އެކުއްޖާ މިހާރު ގެނައުމަކީ ނުވާނެ ގޮތެއް..އެކަނިވެރިކަން އިޙްސާސްވޭ އިންތިހާއަށް” ދެރަވެލާފައި އަމީނާ ބުނެލިއެވެ. މާޒީގައި އޭނާއަށް ހެދުނު ގޯހަކުން ފިރިމީހާ، އޭނާ ވަރިކުރީއެވެ. އެ ކައިވެންޏަށް ލިބުނު ދަރިފުޅުވެސް ލިބުނީ ފިރިމީހާއަށެވެ. ދަރިފުޅުވެސް އޭނާ ކައިރިއަށް އަންނަން މިހާރު ބޭނުމެއް ނުވެއެވެ. އަމިނާއަށް ކުރެވުނު ކަންތައް އިޙްސާސްވީ އިރު ވަގުތު ފާއިތުވެއްޖެއެވެ. މިހުރިހާ ދުވަހު އިންޑިއާގައި އުޅެފައި އޭނާ ރާއްޖެއައީ ދާދި ފަހުންނެވެ.
“ކޮއްކޮ ވެސް ދެން އެކަމާއި ނުވިސްނާ ބަލަ.. މިހާރު ތިހުރީ ވިސްނިފަ.. އަލުން ނޯވާ ނުލިބުނަސް، ދަރިފުޅާއި އަމީގެ ގުޅުން ރަނގަޅުވަނެ އަދި އިރާދުކުރެއްވިއްޔާ” އަމީނާ ދެރަވެފައި އިނުމުން އަޒީޒް ބެލީ އޭނާ ހިތްހަމަ ޖައްސާލަ ދެވޭތޯއެވެ.
”ހައު.. ދެރަ ނުވާތި އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އަހަރެމެން އެންމެން ވެސް ތިބީ ހައު އާ އެއްކޮން.. ދުވަހަކުވެސް މިގެއިން ނުކުމެގެން ދިޔަކަ ނުދޭން މިހުރީ.. އެކަމަކު ބޭނުން ވަންޏާ އަމީ އާ އެއްކޮން އެގޭގަ ހުރެވިދާނެ..އަރްކާން އުޅޭ އެޕާޓްމަންޓާއި ޖެހިގެން އެހުރީ ޝާތިރް ދުނިޔޭގަ ރާއްޖެ އައިސް ތި ދެމީހުން އުޅޭ އެޕާޓްމަންޓް ހުސްކޮން.. އެއީ ހަމަ ތިދެމީހުންނަށް ދޮންބެ ބަހައްޓާފަ ހުރިތަނެއް..” އަޒީޒް ހީލަމުން ބުނެލިއެވެ.
”އެ ތަނަށް ވަނީމަ މާ ބޮޑަށް ހަނދާންވަނީ ޝާތިރް މަތިން.. އެހެންވެ އެގެޔަށް ދާން މި ނިންމީ.. ވަރަށް ދުވަހުން ކަންނޭގެ ހީލްވާނީ” އިސްޖަހައިލާގެން އިނދެ ހައުލާ ބުންޏެވެ. ހައުލާގެ ހާލަތު އިހްސާސްވާތީ އަޒީޒްވެސް ބޯ ޖަހައިލިއެވެ.
ތަފާތު ވާހަކައިގާ ތިބެފައި ފަހަރަކު މީހަކު ނާސްތާކޮށް ނިމިގެން ބަދިގެއިން ނުކުމެގެން ދިޔައިރު އަރްކާން މަޑުކޮށްލައިގެން އިނީ އަޒީޒްއާއި ވަކިން ބައްދަލްކޮށްލަން ބޭނުންވެގެންނެވެ. އަރްކާންއަށް އެފުރަސަތު ލިބުނީ އިންތިޒާރުގައި އިންނަތާ އިރުކޮޅެއްވީ ފަހުންނެވެ.
“ބައްޕާ..ކުރިން އަލާ ވޯކް ކުރި މަގާމް ހުސްވެފަ އިންނަތާ އަހަރެއް މިވަނީ..މި..މްމްމް ޒެވިއަލް އަށް އޮފާރ ކުރަންވީނު އެ ވަޒިފާ..” އަރްކާން ނުތަވަސްވެފައި ހުރެ އަހައިލިއެވެ. އަރްކާން ބަލައިލި އިރު އަޒީޒްގެ މޫނުމަތިން ތަފާތެއް ނުފެނުމުން ހިތައް ފިނިކަމެއް ލިބުނެވެ.
“މްމްމް .. ޒެވްއަށް ވާނެތަ.. މިބުނީ ބައްޕައަށް ވެސް އެނގޭ ޒެވް އަކީ ކިޔަވައިގެން ހުރި ކުއްޖެއްކަން އެކަމަކު.. މިހާރު އެ ހަދާ ކޯސްވެފަ އެހަދަނީ އެހެން ދާއިރާއަކުން.. އައި ޓީ ގެ އެއްޗެއް ކަންނޭގެ އެއީ”
“ޔާހް.. ބަޓް އޭނައަށް މަސައްކަތް ކުރެވޭނެ އައި ޓީ ބައިގަ ވެސް އިފް ހީ ވޯންޓްސް.. އޭނަ ޖަލުގަ ހުރި އިރު ވެސް ހުރީ ހުސް ބިޒްނަސް ރިލޭޓެޑް ކޯސްތައް ހަދާފަ.. އެހެންވީމަ އަހަންނަކަށް ނުފެނޭ އޭނައަށް ވުރެން ވަކި ރަނގަޅު މީހެއް” އަރްކާން އިތުރަށް ބުނެލިއެވެ.
“އެހެންތަ.. ބައްޕަ ހީކޮށްގެން މިހުރީ އޭރުވެސް އައި ޓީ ކަމަށް ހެދީ..މާ ރަނގަޅަކަށްނު މި ދިމާވީ.. ޒެވްއަށް އަންގާލަން ވީނު” އަރްކާންގެ ވާހަކަތަކުން އަޒީޒްއަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޒާފިރް ދުނިޔޭގައި ޒާފިރް ވެސް މަސައްކަތް ކުރީ އެ މަގާމުގައެވެ. ޒެވިއަލްގެ ހުންނަ ހަރުދަނާކަމާއި ޒިންމާދާރުކަން އޭނާއަށް ވެސް އެނގެއެވެ. ލޯ މަރާލާފައިވެސް އޭނާއަށް އިތުބާރު ކުރުމަކީ އަޒީޒްއަށް މާކަ އުނދަގޫކަމެއް ނޫނެވެ.
އަޒީޒްގެ ޖަވާބުން ލިބުނު އުފަލާއި އެކު އަރްކާން ބޯ ޖަހާލިއެވެ. ދެމީހުންނަށް ބޭރަށް ނުނިކުމެވެނީސް ދިނާޔާއި އެކު އަލާރާ ވަދެގެން އައެވެ.
”ބައްޕާ ވާހަކަ އެއް ބުނަން..އެބައޮތް..” އިސްޖަހާލައިގެން ހުރި އިރު އަލާރާ ދިޔައީ އޭނާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނުތައް އޮއްބަން މަސައްކަތް ކުރަމުންނެވެ.
“އަލުން އިށީންދެ.. އަހަހަ މިއަދު ހުރިހާ ކުދިންވެސް ކޮންމެ ވެސް ހަބަރަކާއިގެން ދޯ ދުވަސް މި ފަށަނީ.. ދޮންބެ ވެސް ވާހަކަ އެއް ބުނަން އައިހޭ މިއިނީ ދޯ…ދަރިފުޅު ކިހިނެތް ވީ” އަލާރާގެ ބޮލުގައި ފިރުމާލަމުން ނިކަން ލޯބިން އަޒީޒް އަހައިލިއެވެ. އަޒީޒް، ދިނާޔާގެ މޫނަށް ބަލައިލި އިރު ހިސާބަކަށް ނުރުހުން ފެންނަމުން ދާތީ ނިތް އަރުވާލިއެވެ.
“ބައްޕާ އަޅުގަނޑު ބޭނުން ކައިވެނި އަވަސް ކުރަން.. ޓޫ ވީކްސް ތެރޭގަ ކުރަން ބޭނުން” އަރްކާން ދިން ހަބަރުން އެހާ އުފާވެފައި ހުއްޓައި އަލާރާ މި ދިން ހަބަރު އަޒީޒްގެ މުޅި މޫނުމަތީގައިވި އުފާވެރިކަން ގެއްލުނެވެ. އޭނާއަށް ދިނާޔާގެ މޫނަށް ބަލައިލެވުނު އިރު އެމޫނުމަތީގައި ވެސް ވީ މާޔޫސްކަމެވެ.
“އަލާ.. ހަމަ ވިސްނާކަށް ބޭނުމެއް ވެސް ނޫންތަ” އަރްކާންއަށް ބުނެލެވުނެވެ.
“އެދެން މީހަކު އެވަރަށް ވިސްނަން ޖެހޭ ކަމެއްތަ..ދޮންތަ ބޭނުން ވީމަ އެންނު އެއައީ މެރިއޭޖް އަވަސްކުރާ ވާހަކަ ބުނަން” ކާކޮޓަރީގެ ތެރެއަށް ވަދެގެން އައި އީވާ ބުނެލިއެވެ.
“މަ ނާހަން އީވާ ކައިރިއަކު.. މިހާރު ހާދަ އަނގަވެސް ގަދަ ވެއްޖެ އޭދޯ.. ހަމަ މިހާރު ކޮޓަރިއަށް ދޭ” އީވާގެ ބަސްމަގު ހުރިގޮތުން އަރްކާންގެ ގާތައް އައީ ރުޅިއެވެ. އީވާގެ މޫނުމަތީގައި ޖަހަން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރަން އޭނާ މަސައްކަތް ކުރަމުންދިޔައެވެ.
“ހަމަ މިހާރު ކޮޓަރިއަށް ދޭ” ދެވަނަ ފަހަރަށް އީވާ އަނގަހުޅުވާލިތަން ފެނިގެން ދިނާޔާ ގޮސް ހުއްޓުވިއެވެ. އީވާގެ އަތުގައި ހިފައި ކާކޮޓަރިން ބޭރަށް ހޫރުވާލާފައި އެތަނުގެ ދޮރު ލައްޕާ ތަޅުލިއެވެ.
“ދަރިފުޅާ ފަހުގެ ނިންމުންތަ” އަޒީޒްއަށް އަހައިލެވުނު ހިނދު އިސްޖަހައިގެން ހުރެ އަލާރާ ބޯޖަހައިލިއެވެ. އަރްކާންއަށް ދެފަރާތައް ބޯ ހޫރުވާލެވުނެވެ. ރުޅި ގަދަވި ވަރުން އެތާގައި ހުންނަން ބޭނުން ނުވެގެން އޭނާ ނުކުމެގެން ދިޔައީ ގައި ހުރި ބާރަކަށް ދޮރުޖަހާފައެވެ. ހީވީ މުޅި ގޭތެރެއަށް ގުޑުން އަރައިގެން ދިޔަހެންނެވެ. ބަހެއް ނުބުނެ ހަމައެކަނި ހޫމް އަޅުވާލުމަށްފަހު އަޒީޒްވެސް ނުކުމެގެން ދިޔައެވެ.
ދިނާޔާއަށް އަލާރާގެ މޫނައް ބަލައިލެވުނެވެ. އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނުތައް ކޯތާފަތުން ތިރިއަށް ފިރުކިގެން ދާތަން ފެނި، ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ދިނާޔާގެ ހިތައް އަސަރުކުރިއެވެ. “ހުއްޓާލަ ދަރިފުޅާ..ޝަވަން ކީކޭ ބުނަނީ” އޭނާ ހީކުރީ އަރްކާން ކަންތައް ކުރިގޮތުން އަލާރާ މާ ބޮޑަށް ދެރަވީކަމަށެވެ. ނިކަން ލޯބިން އަލާރާގެ ދެލޯ ފުހެލަ ދިނެވެ.
”ޝަވަން ވެސް ބޭނުންވާނެ ކަންނޭގެ” ކުރެހިފައިވި އަޑަކުން އަލާރާބުނެލިއެވެ. ދިނާޔާއަށް ދެލޯ މަރާލެވު ނެވެ. ކިތަންމެ ގަބޫލް ނޫން ނަމަވެސް އެކަން ކުރަން އަލާރާ އެހާ ބޭނުންވާނަމަ ކުރެވޭނެ ކަމެއް ވެސް ނެތްތާއެވެ. އަލާރާ އެހާ ބޭނުންވާއިރު ހުއްޓުވޭކަށް ވެސް ނެތެވެ. ދަރިންނަށް ކަންކަމަށް މަޖުބޫރުކުރުވުމަކީ ދިނާޔާއާއި އަޒީޒް އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަރްކާން އޮފީހުން ގެޔަށް އައުމުން އޭނާއާއި ވާހަކަ ދައްކަން ދިނާޔާ ނިންމިއެވެ. އެކަމަކު ލޯބިވާ އަންހެން ދަރިފުޅު ކައިވެނިކުރަން އެދޭއިރުވެސް އެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެންނާތީ ދިނާޔާ ފިކުރުބޮޑުވާގޮތްވިއެވެ.
**
އޮފީހަށް ވައިން އިރު ވެސް އަރްކާންގެ ތަބީއަތު ހަމައަކަށް ނޭޅެއެވެ. ރުޅިގަދަވެފައި ހުރެ ކެބިންއަށް ވަންނަން އައި ހިނދު ޝުހާދު އާއި ލިއާނާ ތިބި ގޮތުން އޭނާގެ ރުޅިގަނޑު ދެގުނަވިއެވެ. ޝުހާދުގެ އަތުގައި ލިއާނާ ހިފަހައްޓައިގެން ހުރި އިރު ޝުހާދު ކިއައިދެމުން ދިޔަ ވާހަކައަކުން ލިއާނާ ހެމުން ދިޔަތަން ފެނި އިތުރަށް ރުޅިގަދަވިއެވެ.
ލިއާނާއާއި ޝުހާދުއަށް އަރްކާންއައި ކަމެއް ވެސް އެނގުނީ އެ ކެބިންގެ ދޮރު ވެއްޓޭހާ ބާރަށް ދޮރު ޖަހާފައި ވަނުމުންނެވެ. ލިއާނާ އިނީ، ފައިލްތަކެއް އަރްކާންގެ ކެބިންއަށް ލާން އުޅުމުގެ ތެރޭގައި ޝުހާދުގެ އަތް ހަލާކުވެގެން ލޭ އަންނަމުން ދިއުމުން ބޭސް އަޅާލަ ދޭށެވެ. ހައިރާން ވެ ހުރެ އަތުގައިވާ ބެންޑޭޖް ރޯލް މޭޒުމަތީގައި އިން ފަސްޓްއެއިޑް ބޮކްސް ތެރެއަށް ލާފައި އޭނާ ޝުހާދުއަށް ނިތް އަރުވާލިއެވެ. އޭނާވެސް ހައިރާން ވެގެން ދެ ކޮޑު މައްޗަށް ހިއްލާލައިފާ ދެފަރާތައް ބޯ ހޫރުވާލިއެވެ.
“ބޮސް މިއަދު ނުބައި ކޮޅަކުން އިރުއަރައިގެން އުޅުނު ދުވަހަކީ ކަންނޭގެ..ގަޓް އެބަހުރިތަ ވީ ގޮތެއް ބަލާލަން ވަންނަން”ނިކަން ހިނިއައިސްފައި ހުރެ ޝުހާދު ބުނެލީ އެއް ލޯ ވެސް މަރާލާފައެވެ. ލިއާނާ ވަގުތުން ދެނޭ ކިޔާ ކުސްތަޅާލައިފާ ޝުހާދުގެ ބުރަކަށީގައި ޖަހާލިއެވެ.
“މީނަގެ ކަމަކަށް ވާނީ އަބަދުވެސް މަށާ އެ ރުޅި ކުނބޯލާއި އަޅުވާ ކިއުން.. ހޫމް އެބަ އަންނަން ބަލާލާފަ.. މި ބޮކްސް ލާދީބަ ދަމުން ޑްރޯވާރ އަށް” ލިއާނާ ފުންނޭވާއެއް ދޫކޮށްލާފައި އެތެރެއަށް ވަނެވެ.
”މި އަމިއްލަ ގެތަ..ޓަކި ނުޖަޙާ ވަންނަން” އަރްކާން ކުއްލިއަކަށް އިނދެފައި ބުނުމުން ލިއާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ގަތްލަދުން އަނބުރާ ނުކުންނަން ދިޔައެވެ. އަރްކާން ބުނެފަ އޮންނާތީ ފަހުންފަހުން އޭނާ ވަންނަނީ މީހަކު ނޫޅޭކަން ޔަގީންވާނަމަ ޓަކިނުޖަހައެވެ.
“ދެން މަޑުކުރޭ..ކީއްކުރަން ތިއައީ..”އަރްކާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ލިއާނާ ބޭރަށް ނުކުމެ އަލުން ޓަކި ޖަހާފައި ވަނެވެ. ލިއާނާގެ އެއަމަލު ވެގެން ދިޔައީ އަނދައަނދާ ހުރި އަލިފާން ގަނޑަކަށް ދަރު އެޅުން ކަހަލަ ކަމަކަށެވެ. އަރްކާންއަށް މޭޒުގައި ދެއަތުން ބާރަކަށް ޖަހާލިއެވެ. އޭރު އޭނާގެ ބޮލުގައި ކުރިއަށް ވުރެން ބާރަށް ދިޔައީ ރިއްސަމުންނެވެ. ނިތްކުރިއަށް ވާންވަމުން ދިޔަ ގޮތުން ކޮޅަށް ހުންނަން ދަތިވެގެން އޭނާއަށް އިށީންދެވުނެވެ.
ލިއާނާ ހުރީ ބިރުން ސިހިސިހިއެވެ. އަރްކާންގެ އަމަލްތައް ހުރި ގޮތުން ލިއާނާ ހިތުގައި ޖެހޭގޮތްވިއެވެ. އެތަނަށް ވަދެވުނު މޮޔަހީވަމުން ދިޔައެވެ.
“އަމް ޖަސްޓް ޗެކިންގ އޮން ޔޫ” މަޑުމަޑުން ލިއާނާއަށް ބުނެވުނެވެ.
“ފެނިއްޖެ އެންނު.. ދެން ދޭ ޝްހާދުއާއި އެއްކޮން މަޖާ ކޮށްލަން.. އަހަރެން އިންނާނަން މިތާގަ އޭނދަ ކާޓޭއިން ކަހާލައިގެން ބަލަން .. ބޭނުމިއްޔާ އުފާ ކޮށްލަ ދޭން އަތްވެސް ޖަހާލަ ދޭނަން.. އޯކޭ އެންނު”ބޮލުގައި ރިއްސާވަރުން އޭނާގެ ގާތައް އަންނަމުން ދިޔައީ ގަދަ ފަދަ ރުޅިއެކެވެ.
ލިއާނާ ކެތް ކުރެވޭނެ އެންމެ މައްޗަކަށް ދިޔައީ ކެތްކުރަމުންނެވެ. އެންމެފަހުން އޭނާއަށް ރޮވުނެވެ. ދެލޮލުން ފެންތައް ފައިބަމުން ދިޔަ އިރުވެސް ފޮހެވެސް ނުލާ އަރްކާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ހުރެފައި ބޭރަށް ނުކުމަންނަން ދުއްވައިގަތެވެ.
އަރްކަންއަށް ކުރެވުނު ކަންތައް އިހްސާސް ވީ ލިއާނާ ނުކުމެގެން ދިއުމުންނެވެ. އެދެލޮލުން ފޭބި ކަރުނަތައް ސިފަވެގެން ދިޔަހިނދު ހިތުގައި ރިއްސައިގަތެވެ. އަމިއްލަ ނަފްސަށް އަޑު ލަމުން ޑްރޯވަރ އެއް ހުޅުވާލުމަށްފަހު ބޭސް ގުޅައެއް ނަގާ ކާލިއެވެ. އޭނާ ބޭރަށް ނުކުން އިރު ލިއާނާގެ ހިލަމެއް ފެންނާކަށް ނެތެވެ. ލިއާނާ ހޯދުމަށް ދާން ހިނގައިގަތް ވަގުތު ޝުހާދު ނިކަން ހަލުވިކޮން އަންނަތަން ފެނި މަޑުޖެހިލެވުނެވެ. އެންމެ ފުރަތަމަ ވެސް އަރްކާންގެ ދެލޮލުގައި އަޅައިގަތީ ޝުހާދުގެ ބެންޑޭޖްކޮށް ފައިވީ އަތެވެ.
“އަތައް ކީއްކޮށްފަ” އަރްކާންއަށް އަހައިލެވުނެވެ.
“އޯހް މި.. މި ދޯ.. ދެންމެ ސާރ އައުމުގެ ކުރިން އަޅުގަނޑު ހުންނާނެ ކެބިންއަށް ފައިލްތަކެއް ގެންގޮސްފަ..އެކަން ކުރުމުގެ ތެރޭގަ އަތް ކުޑަކޮން ހަލާކުވެފަ… ލިއާ އެދިޔައީ ބޭސް އަޅާލަ ދީފަ.. އަނެއް ހެން އޯކޭ މިހާރު” އަތް ދެފަރާތައް ތަޅުވާލަމުން ޝުހާދު ހީލިއެވެ.
“އޯހް ނޯ.. ކީއް މިކުރެވުނީ..ލިއާ ދެރަކޮށްލެވުނީ އަނެއްކާ ވެސް” އަމިއްލަ ނަފްސަށް އިވޭވަރަށް އަރްކާން އަށް ބުނެލެވުނެވެ.
“ސާރ.. ސާރާގެ ކޭސްގެ އަޕްޑޭޓް އެއް ލިބިފަ އެބައިން” ދެފަރާތައް ބަލާލާފައި ޝުހާދު ނިކަން ސިއްރުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފުދޭވަރަކަށް ހާސްކަން ފެނުނެވެ. އަރްކާން ވަގުތުން އޭނާގެ ފަހަތައް އައުމަށް ބުނެލިއެވެ.
“ކުރީ ދުވަހު ސާރ ބުނުއްވީމެންނު އެ އެޑްރެސް ޗެކް ކޮށްލަން..އެގޭގަ ދުވަސްވި ބޭބެ އަކު އުޅޭވާހަކަ ވެސް ބުނުއްވީ މެންނު.. ޗެކް ދިސް” ޝުހާދު ފޯނު ދައްކާލަމުން ދެއްކީ ދާދި ދެންމެއަކު ނޫހަކުން ލާފައިން ހަބަރެކެވެ.
“މާލޭގެ ގެއެއްގެ ތެރޭގައި ނިއާވެފައި އޮތް ދުވަސްވީ ފިރިހެނަކު ފެނިއްޖެ” ހަބަރުގެ ސުރުހީ ކިޔާލި ހިނދު އަރްކާންގެ ހިތް ތެޅިގަތެވެ. ޝުހާދުގެ މޫނަށް ބަލައިލި ހިނދު އޭނާ ބޯ ޖަހައިލިއެވެ. އަރްކާން ސޯފާއަށް ތިރިވެލެވުނު އިރު އިސްތަށިގަނޑަށް އަތްމަހަލެވުނެވެ.
“ސާރ ބުނުއްވައިގެން އަޅުގަނޑު އިއްޔެ އެގެޔަށް ދިޔައީ..ހަމަ ސާރާއާއި ބައްދަލްކޮށްލަން ބޭނުމޭ ބުނީމަ އަތުގަ ހިފައިގެން ނެރެފަ ގޭޓް ތަޅުލީ..އޭރުވެސް ގަދަ ފަދަ ހަމަ” ޝުހާދު ކިއައިދިނެވެ.
“ވަޓް..ޒެވްއަށް ވެސް ހަމަ ތިހެން ހެދީ.. އޭނައަށް ފޮނުވާލަން އެބަ މި މީހާ ތޯ އޭނާއާއި ވެސް ދިމާވީ” އެހަބަރުގައި އެ ފަރާތުގެ ފޮޓޯ ޖަހާފައިވާތީ ސްކްރީން ޝޮޓެއް ނަގާލުމަށްފަހު އަރްކާން އޭތި ފޮނުވާލީ ޒެވިއަލް އަށެވެ. މާ ގިނައިރެއް ނުވެ ޒެވިއަލްގެ މެސެޖެއް ލިބުނެވެ.
“ޒެވް ބުނީ އާނއެކޭ.. ސޯ ތި ދެމީހުންނަށް، މީނަ ފެނުނީމަ ކުށެއް ނެތި އެބަޔަކު ގޮސް މަރާލީ ދޯ” އަރްކާން ބުނެލިއެވެ.
“ސާރ މި ބޭބެ މަރާލާފަ މި ވަނީ އެހެން ގެޔަކު..ހިނގާބަލަ އަޅުގަނޑާއި އެއްކޮން ކޮންމެވެސް ވަގުތަކުން އެގެޔަށް ދާން.. މިހާރު އެގެއިން ބައްދަލްކުރާ މީހަކުވެސް ބަލަން އެބަ ޖެހޭނު” ޝުހާދުއަށް ފެނުނު އެންމެ ރަނގަޅު ގޮތް ހިއްސާކޮށްލުމުން އަރްކާން ވެސް އެގޮތާ ރުހުނެވެ.
****
މެންދުރު ނިދުނު ގޮތައް ޒެވިއަލްއަށް ހޭލެވުނީ އަސުރަށް ގޮވަން އުޅެނިކޮންނެވެ. ނިދިން ހޭލެވުމުންވެސް، ކަންނެތްވެފައި ހުރި ވަރުން އެނދުން ވެސް ތެދުވަންނަން ބޭނުން ނުވެފައި ޒެވިއަލްއޮތެވެ.އެހެން އޮވެފައި އޭނާ ބޯ ހިތްލާލީ ބާލީސް ދޮށުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ބަލައިލި އިރު ގުޅަނީ ލިއާނާއެވެ.
“ދޮންބޭ.. ލިއާ ބަލާ އާދެބަ.. ސައިކަލްގަ ޕެޓްރޯލް ނެތީމަ ހިނގާފަ އައީ މިއަދު އޮފީހަށް” ލިއާނާ ބުނެލުމާއިއެކު އޯކޭއޭ ބުނެ ތައްޔާރުވާން ތެދުވިއެވެ.
ކުޑަގޮތަކަށް ތައްޔާރުވެގެން ކާރުގައި ޒެވިއަލްއަށް އޮފީސް އިމާރާތާއި ހަމައަށް ދެވުނު އިރު ލިއާނާ ބޭރަށް ނުކުމެފައި ހުއްޓާ ފެނުނެވެ. ލިއާނާއަށް ޒެވިއަލް ފެނިގެން ގޮވާލިއެވެ. ޒެވިއަލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ލިއާނާގެ ކައިރީގައި ހުރި އަލާރާ ފެނިފައެވެ. އޭރު އަރްކާންވެސް އޮފީހުން ނުކުމެގެން ޝުހާދު އާއި އެކު އަންނަތަން ފެނެއެވެ.
ޒެވިއަލް ނިތްއަރުވާލާފައި އަލާރާ، ލިއާނާއަށް ދައްކާލީ އަލާރާ އެތަނުގައި ކީއްތޯ ކުރަނީ އަހާފަދަ އަކުންނެވެ. އަލާރާ ފެނުމުން ޒެވިއަލްގެ ހިތައް އެނގުންވެލިއެވެ. ޒެވިއަލް ހުރިކަން އެގުނު އިރުވެސް އެންމެ ފަހަރަކުވެސް އަލާރާ އިސް އުފުލާ ނުލުމުން ޒެވިއަލްގެ ހިތައް އުނދަގުވިއެވެ. ކުރިއަށް ވުރެން ބޮޑަށް އިސްޖަހައިލި ގޮތުން އޭނާގެ މޫނުވެސް ހީވަނީ ޒެވިއަލްއަށް ފޮރުވާލި ހެންނެވެ.
“ދިނާ ދައްތަ އާއެއްކޮން ދޯ އަލާ ދައްތަ އައީ.. އަހަރެން ފެނުނީމަ ދިނާ ދައްތަ އެވަނީ މީޓިންގ އަކަށް ދާން އެތެރެއަށް.. ސިސް އެހުރީ ޝަވަން ބަލާ އަންނަން ދެން މަޑު ކޮށްލައިގެން.. ވެޑިންގް ޑްރެސް ހެޔޮވަރު ކުރަން ދާން ވެގެން” ޝަވަންގެ ނަން ބުނެލި އިރު ލިއާނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައިއެވެ.
ވަގުތުން ޒެވިއަލްގެ ތަބީއަތު ހަރާބުވިއެވެ. އަސަރުން ފުރިގެންވާ ފަދައަކުން އަލާރާގެ މޫނަށް ބަލައިލެވުނެވެ. އަލާރާގެ ކުރިމަތީގައި މާ ގިނައިރު ހުންނަން ވެއްޖެނަމަ އޭނާފަޟީހަތް ވެދާނެއެވެ. ޒެވިއަލް އެންމެ ސިކުންތަކުވެސް އެތާގަ ހުންނާކަށް ބޭނުމެއް ނުވިއެވެ. ދުރުގައި އަރްކާން ހުރިތަން ފެނުމުން ލިއާނާގެ އަތުގައި ހިފައިގެން ޒެވިއަލް ކާރަށް އަރަން ދިޔައެވެ.
” ދޮންބޭ ..ލިއާއަށް ތަދުވޭ..” ޒެވިއަލް ހިފަހައްޓައިގެން ހުރިލެއް ބާރު ކަމުން ލިއާނާގެ ލޮލުން ފެން އަންނަ ވަރުވިއެވެ. މާފަށް އެދެމުން އޭނާ ގެ އަތުން ދޫ ކޮށްލާފައި ޒެވިއަލް ކާރަށް އެރިއެވެ. ލިއާނާ ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އެހާ ރަނގަޅަށް މޫޑް ހުރެފައި އަލާރާ ބަލައި ޝަވަން އަންނަ ވާހަކަ ބުނި ހިސާބުން މުޅި މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލްވިގޮތް ލިއާނާއަށް ފެނުނެވެ. އަނެއްކާ އަލާރާ ދެކެ ޒެވިއަލް ވެސް ލޯބިވަނީ ހެއްޔެވެ. “އާހް ވިސްނަންވީ އެއްޗެއް ވެސް އޮޅިއްޖެ.. އަލާ ދައްތަ ދޮގު ހަދާނެ ހެން ހިއެއް ނުވޭ.. ދޮންބެ އެހެން މީހަކާއި ގުޅިގެން އުޅެންޏާ އެ ވާހަކަ ބުނީމަ ކީއްވެތަ މިހާ ބޮޑު ރިއެކްޝަނެއް އަންނަން ވީ” ލިއާނާއަށް ކާރަށް އެރި އިރުވެސް ހުރެވުނީ ވިސްނުމެއްގައެވެ.
ޒެވިއަލްއާއި ލިއާނާ ދިޔަތަން ފެނި އަރްކާން، އަލާރާ ގާތައް އައެވެ. އެމީހުން ދިޔައީ އަރްކާން ފެނިގެންކަން އޭނައަށް އެނގެއެވެ. ހެނދުނުގެ ހާދިސާއަށް ފަހު ވާހަކަ ނުދައްކަން ހުރި ނަމަވެސް އަލާރާގެ ކޯތާފަތް މަތިން ތިރިއަށް ފައިބަމުން ދިޔަ ކަރުނުތިކިތައް ފެނި އަރްކާންއަކަށް ނުހުރެވުނެވެ. ” ވަޓް ހެޕެންޑް ދޫނި” ވަރަށް ލޯބިން އަރްކާން އަހައިލިއެވެ. ޒެވިއަލް އިރުކޮޅެއް ކުރިން ކާރަށް އަރައިގެން ދިޔަގޮތް ވެސް އަރްކާންއަށް ފެނުނެވެ. އެމީހުންނާއި ދުރުގައި ހުރުމުން އެތަނުގައި ދެކެވުނު ވާހަކައެއް ނޭނގެއެވެ. އަލާރާއަށް އެއްޗެއް ނުބުނެވެނީސް އެތަނަށް މަޑުކޮށްލީ ޝަވަންގެ ކާރެވެ. ޝަވަންއަށް ނުފެންނާނެހެން އަލާރާ އަވަސް އަވަހަށް ކަރުނުތައް ފުހެލިއެވެ.
“ލެޓްސް ގޯ މައި ލޭޑީ” އަރްކާން ހުރުމުން ޖެއްސުމަށް ހީގަނެފައި އަލާރާގެ އަތުގައި ހިފާލައިގެން އޭނާ ވެސް ކާރަށް އަރައިގެން ދިޔައެވެ.
ގެޔަށް ދިޔުމަށް އަރްކާން ހިނގައިގަތް އިރު ސިކުޑީގައިވަނީ ބޮޑު ހައިޖާނުގެ ގަނޑެއް އުފެދިފައެވެ. ގެއްލިފައި ހުއްޓާ އޭނާ ސިހުނީ ޑްރައިވާރ ކާރުގައި އައިސް މަޑުކޮށްލުމުންނެވެ.
***
ކާރުގައި އައިސް ޝަވަން މަޑުކޮށްލީ އަމިއްލަ ގެޔަށެވެ. ޝަވަންކަންއެނގުމުން ދޮރުވާނުން ވަރަށް އަދަބުވެރި ކަމާއިއެކު ގޭޓު ހުޅުވާލަދިނެވެ. އަރްކާންގެ ލޯމަތިން ދެވުމާއި އެކުހެން ޝަވަންގެ އަސްލު ކުލަ ފާޅުވެއްޖެއެވެ. ކާރުގައި ތިބިއިރުވެސް ޝަވަން އަނގައިން ބަހެއް ވެސް ބޭރު ނުކޮށްލައެވެ. ޝަވަން ކާރުން ފައިބައިގެން އައި އިރު އަލާރާ ހުރި މީހަކަށް ވެސް ހަދާނުލިއެވެ. އެންމެފަހުން ގެއަށް ވަންނަން ދާންފެށުމުން އަލާރާއަށް ގޮވާލެވުނެވެ.
“ކިހިނެތް މަ ބަހައްޓާފަ ދިޔަކަމެއް އެނގުނީ” ޝަވަން އަހައިލީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. އަލާރާގެ ކުރިމަތީގައި ހުރި އިރު ވަރަށް ރަނގަޅަށް އެމޫނަށް ބަލައިލިއެވެ.
“ޝަވަން ހީކުރީ އަހަރެން ބީރު ވެސް ވީ ކަމަށްތަ.. ދެލޮލޭ އަނދިރީ.. ކަންފަތް ސަލާމަތުން އެބަހުއްޓޭ..ކާރުގެ ދޮރުފަތް ލައްޕާލި އަޑާއި ހިނގާފަ ދިޔަ ފިޔަވަޅުތަކުގެ އަޑު…މިހުރީ ކަންކަމެއްނު” އަސަރެއް ނުދައްކާ އަލާރާ ބުނެލިއެވެ. ކިތަންމެ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އޭނާގެ ނިތުން ފިނި ދަލެއް ހިއްލާލިއެވެ.
“ޑޯންޓް ޓްރައި ޓް އެކްޓް އޯވާރ ސްމާރޓް” އަލާރާއާއި ގާތައް ޖެހިލަމުން ޝަވަން ރުންކުރުވެފައި ހުރެ ބުނެލިއެވެ.
“ހަހް…ސްމާޓް މީހުންނަށް ތާ ސްމާޓް ވެވޭނީ ވެސް.. ތީ ދެން ކާކު ތަ” އަލާރާ ފުރަތަމަ ފަހަރަށް ޝަވަންގެ ކުރިމަތީގަ އޭނާއާއި ދެކޮޅަށް އެއްޗެއް ބުނެލިއެވެ. އެއީ ނުހަނު ހިތްވަރެވެ. ދެވަނަ ސިކުންތުގައި ހަމަ ނޭވާ ނުލެވެނީސް އޭނާގެ އަތުގައި ޝަވަން ބާރަކަށް ހިފިއެވެ. ދަމާފައި ކަހަލަ ގޮތަކަށް ޝަވަން، އޭނާގެ ގެންދަން ފެށުމުން އަލާރާއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އެވަގުތު ގޭގައި އެކަކުވެސް ނެތެވެ. ގެއިން ބޭރުގައި ތިބި މަސައްކަތު މީހުންނަށް އެއަޑު އިވުނެއްކަމަކު ދިނީ ބީރު ކަންފަތެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުހީވެފައި ތިބި ކަހަލައެވެ.
ޝަވަން، އަލާރާ ގެންދިއައީ އޭނާގެ ކޮޓަރިއަށެވެ. ގެންދިޔަ ގޮތައް އެނދު މައްޗަށް ހޫރާލިއެވެ. ޖެހުނުގޮތުން އެނދުގެ ލަކުނޑި ހެޑްބޯޑުގައި އޭނާގެ ބޯ ވެސް ޖެހުނެވެ. ވީ ތަދުން އަލާރާގެ ދެލޮލުން ފެން އައެވެ.
“މްމްމް.. ލައްކަ ދުވަސް ވެއްޖެ މިހެން މަ ވެސް ގަނަ ތެޅޭތާ..ކަލޭގެ ތި ބޮޑު އަނގަ ހުޅުވާލީމަ މަވެސް އަނގަހުޅުވާލާނަން .. މަށާއި އިންނަން ރަން ކިއަން ހުކުރު ދުވަހުގެ ރޭ މިއޮންނަ ކަލޭގެ ބައްޕަގެ ރިޒޯޓް އޯޕެނިންގަ އޮތީ ހަމަޖެހިފަ… މިދުވަސް އަންނަންދެން މަ މިހުންނަނީ އެއްޗެއް ނުބުނަން.. ކައިވެނި މިހާ ކައިރީގަ އޮތް އިރު ވެސް ލަދެއް ނުގަނޭތަ ހިލޭ ފިރިހެނެއް ފަހަތު ލައިގެން އުޅޭކަށް…” ޝަވަން ފުރަތަމަ ފަހަރަށް “ކަލޭ” ގެ ނަމުން މުހާތަބު ކުރުމުން ހިސާބަކަށް އަލާރާ ޝޮކް ޖެހުނެވެ.
“ހަހަހަހަ.. ހިލޭ ފިރިހެނެކޭ.. އޯވްވް ތިބުނަނީ ޒެވްގެ ވާހަކަ ތަ..ހަހް..ކަލޭ ހިލޭ އަންހެނެއް ގޮވައިގެން ރިޒޯޓް ތަކުގަ އުޅޭއިރު ނޭނގޭތަ..އެއާރޕޯޓް، ރެސްޓޯރެންޓް، ނޫނީ ކޮންމެވެސް ތާކަށް ކާރު ބުރު ޖަހަން ތި ގެންގުޅޭ އަންހެނަކު ގޮވައިގެން ދާކަން މަށައް ވެސް އެނގެއޭ..ދެންމެ ބުނިހެން މި ދެލޯ އަނދިރި ނަމަވެސް ކަންފަތް އަދި ސަލާމަތުން ހުރީ.. ފެނުމުގެ ހިއްސު ފިޔަވާއި އެހެން ހުރިހާ ހިއްސެއް ވަރަށް ބަރާބަރު” އަލާރާ ހަޅޭއްލަވައިގަތެވެ. އޭނާ ބޭނުންވީ އޭނާއަށް އިންޒާރު ދޭ ވާހަކަ ވެސް ގޮވާލާށެވެ. ނަމަވެސް އެ ފަދައެއްޗެއް ބުނެފި ނަމަ އޭނާއަށް ޝައްކުވެސް ކުރަން ފަށާފާނެއެވެ. އިސްޖަހައިގެން އިންނަމަވެސް ޝަވަންގެ މޫނުމައްޗަށް އެރި ކުލަވަރު އަލާރާ ދުށްޓެވެ. ހީވީ ވަށްކަން ކުރަން އުޅެނިކޮން ފަޅާއަރައިގެން އުޅުނިހެންނެވެ. ރުޅި އައިސް މޫނު ރަތްކޮށްލައިގެން ހުރި އިރު އޭނާ ކޮށްފާނެ ކަމަކަށް އަލާރާ ބިރުގަންނަ ގޮތްވިއެވެ.
ޝަވަން އައިގޮތައް އަލާރާގެ ކަންފަތް މައްޗަށް އޭނާގެ އަތުގެ ހަމަލާއެއް އަރުވާލިއެވެ. ވީތަދުން އަލާރާއަށް ރޮވުނެވެ. ޝަވަން ގޯސްކަން އެނގޭ އިރު ވެސް އެހާ ފާޅުގައި އަނިޔާ ކުރަން ކެރިދާނެ ކަމަކަށް އަލާރާ ހިއެއް ނުކުރެއެވެ.
“ކަލޭގެ ކަންފަތެއްނު ސަލާމަތުން ހުރީ ..ދޯ .. ދެން ދުއްވާލާނީ ކަލޭގެ ދެ ކަންފަތް” ޝަވަން ދެލޯ ބޮޑުކޮށްލައިގެން ހުރެ އެނދާއި ޖެހިގެން ހުރި ފާރުގައި އަލާރާ ތަތްކޮށްލައިގެން ހުރެ އޭނާގެ އަނގަމަތީގައި ޖެހިއެވެ. އަލާރާގެ ތުންފަތް ކައިރިން ތަންކޮޅެއް ފަޅައިގެން ގޮސްފައި އިންއިރު އެތަނުން ހޭކިފައި ހުރި ލޭ ކޮޅުޝަވަން ފުހެލި އިރު ނުބައި ފާޑަކަށް ހެމުންދިޔައެވެ.
“އާންން ކަނު އަންހެނަކާ މަ ވެސް އިންނާކަށް ބޭނުމެއް ނުވާނެ ތާ.. މަށައް އެނގޭ ކަލެއަށް އެ ކާކު ކަމެއް ނޭނގޭތީކަން ތިހާ ޗިލް ވެފަ ތިހުރީ.. ބޭނުން ތަ އެނގެން” ކުރިއަށް ވުރެން ކައިރިއަށް ޖެހިލިއިރު އަލާރާ ކުރިއަށް ވުރެން ބިރުގަތެވެ. ރޮވެމުން ދިޔައިރު އޭނާއަށް ފެންނަކަން ޝަވަންއަށް އެނގިދާނެތީ ކެތްކުރަމުންދިޔައެވެ.
“ހޫމް ހޫމް..އެނގޭ ދޯ މިހާރު އަލާރާއަށް އިންޒާރު ދޭން މަގޭ ކަން ގުޅަނީ” ޝަވަން ހީގަންނަމުން ބުނެލިއެވެ. އަލާރާއަށް ތެޅިގަނެވުނެވެ. އަމިއްލައަށް ޝަވަން އެހެން ބުނެފާނެއެކޭ އަލާރާ ހިތަކަށް ނާރައެވެ.
“މަށައް އެނގޭ ޒެވިއަލްކަން އެ ފޮޓޯތައް ޑިލީޓް ކޮށްދިނީ..އެކަމަކު..އަހަރެމެން ދެމީހުން ގާތްވެފަ ކުރިން ހުރީމަ ކަލެއަށް އެނގޭނެ ކަލޭ ކައިރިއަށް ދިޔައީ މަ ނޫން ކަން.. އަނިޔާ ކުރި މީހާ އަނިޔާ ކުރަންވެސް ކައިރިވެފަ ތާ ހުންނާނީ…ޔަގީން މިހާރު ހިތައް އަރާނެ ކާކު ބާއޭ އަލާރާ ކައިރިއަށް ދިޔައީ..ކަލެއަކަށް އެނގޭކަށް ވެސް ކޮންމެހެން ނުޖެހޭނެ… އެކަމަކު ބުނެފާނަން އެއްޗެއް…އެއީ މަށައް ވަރަށް ވަފާތެރި މީހެއް..ހަހަހަ ވަން މޯ ތިންގް.. މަ ނުވޭ އެއް އިރެއްގަ ވެސް ލޯތްބެއް ކަލޭދެކެ އެއް..ހުސް ދަޅަ އެއީ ސްކޫލް ދުވަސް ވަރުން ފެށިގެން ވެސް..އޭރުވެސް އަހަންނަށް އެންމެ ކަމުދާ މަންޖެއާއި ގުޅިގެން މިއުޅެނީ މިހާރުވެސް..ހަހަހަހަ” އަލާރާގެ ގައިން ދޫކޮށްލާފައި ޝަވަން ދުރުވިއިރުވެސް ދިޔައީ ހެމުންނެވެ. ހުރި ދިމާލަށް އަލާރާއަށް ތިރިވެވުނު އިރު ވެސް އަލާރާއަށް ހުއްޓުމެއްނެތި ރޮވެމުންދިޔައެވެ. އެވަގުތު އޭނާ އެންމެ ހަނދާންވީ ޒެވިއަލްގެ މަތިންނެވެ. ހައްތަހާ ރޮވޭ ގޮތްވިއެވެ. އޭނާއަށް މިލިބެނީ ކޮންކުށެއްގެ ޝަޒާ ބާއޭ ހިތައް އަރަމުންދިޔައެވެ. މިހާރު އެހިތުގައި ޝަވަންއާއި މެދު ނަފްރަތުން ފުރިފައިވީ ނަމަވެސް ކުރިން އޭނާ ޝަވަން ދެކެ ހާދަ ލޯބިވިއެވެ. ނަމަވެސް ޝަވަން މި ވަނީ މާ ކުރިން ވެސް މީހަކާއި ގުޅުން ބާއްވާ އޭނާއަށް ބޭވަފާތެރިވެފައެވެ.
” މަށައް ނޭނގެނީ މަށާއި އިންނަން އުޅޭ ސަބަބެއް..މަށެއް ބޭނުމެއް ނޫނޭ ކަލެއަކާއި އިންނާކަށް” ވެފައި ދެރައިގެ މައްޗަށް ރުޅި ކުރި ހޯދިއެވެ. ނަމަވެސް އަލާރާއަށް ފަސްޖެހެވުނީ އޭނާއާއި ދިމާލަށް ޝަވަން އަނެއްކާ ވެސް އަންނަމުން ދިޔައިރު އަތުގައި މިފަހަރު ފިއޮއްސެއް އޮތްތަން ފެނުމުންނެވެ. އެއްވެސް އިޙްސާސްއެއް މޫނަށް ވެރި ނުކޮށްވޭތޯ ބަލަމުން ދިޔަނަމަވެސް އޭނާގެ ހިތް ހިވަނީ އަރަބި އަހެއް ހެންނެވެ. ތެޅެމުން ދިޔައިރު ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. އޭރު ޝަވަން ހުރީ އޭނާއާއި ނުހަނު ކައިރީގައެވެ.
ޝަވަން ކައިރިއަށް ޖެހެމުން ގޮސް އަލާރާގެ ގައިގާ ޖެހޭ ނުޖެހޭހާ ކައިރިއަށް ހުއްޓުނެވެ. އޭރު އޭނާގެ އަތުގައިވާ ފިއޮހި މައްޗަށް ނަގާ ސީދާކޮށްލީ އަލާރާގެ ވައަތު ލޮލާއި އަމާޒުވާހެންނެވެ. ފަހަރަކަށް ވުރެން ފަހަރެއް ކައިރިވަމުން ދިޔައިރު އަލާރާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެން ނެވެ. އޭނާގެ ލޮލާއި ވަޅި ކައިރި ކުރަމުން ގޮސް ލޮލަށް ވަންނަ ނުވަންނަ ހިސާބަށް ގެން ގޮސް ހުއްޓާލިއެވެ. ކުރީން ސުރެން އެއްފަރާތަކަށް ބަލަހައްޓައިގެން އިން ގޮތައް އަލާރާ އިނެވެ. އޭނާއަށް ކޮށްލެވޭ ކުޑަކަމަކުން ވެސް ބޭޒާރުވެދާނެތީ ހިތް ނެގިނެގިފައި ޖެހެއެވެ. އެސްފިޔަ އެއްވެސް ހަރަކާތް ނުކޮށްލާ އަލާރާ އިނެވެ.
“ހައު އިޒް ދިސް ޕޮސިބަލް” ޝަވަން ވަޅި ތިރިކޮށްލީ އަލާރާ ހަމަ އެހުރި ގޮތައް ހަރަކާތެއް ވެސް ނުގެނެސް ހުރުމުންނެވެ. “އޭމް އައި ގެސިންގ އިޓް ރޯންގް..” އަލާރާގެ ދެލޮލަށް ބަލަން ހުރި ޝަވަން ހުރީ ހައިރާންވެފައިއެވެ.
“ދެޓް ވޮޒް ކްލޯޒް” މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ނޭވާ އަލާރާއަށް ބޭރު ކޮށްލެވުނެވެ.
“ކީއްވެ މާ މައިތިރި ވެފަ ތިހުރީ”
“ޖަވާބު ދެންދެން..ކީއްވެހޭ ބޭނުން ނުވާއިރު އިންނަން އަމުރު ކުރީ..މަށައް އިންޒާރު ދީގެން، ޝަވަން ބޭނުން ނުވާއިރު އިނުމުގެ ބޭނުމެއް ވެސް މަށަކަށް ނުފެނޭ ” ޝަވަންގެ ކުރި ސުވާލު އަހާފައި އަލާރާ ރައްދުދިނެވެ.
“ހަހަހަ..އޯހްހްހް.. މަށެއް ނުބުނަމެންނު އިންނަން ބޭނުމެއް ނުވެއެކޭ އެއް.. މަ ބުނީ އަލާރާ ދެކެ އެއް އިރެއްގަވެސް ލޯތްބެއް ނުވެއޭ.. ކަލޭ ހީކުރީ ހަމަ ތިހެން ބުނީމަ ވަގުތުން މަ ކަލޭ ދޫ ކޮށްލާނެ ކަމަށްތަ..ހަހަހަ..ނުވާނެ އެކަމެއް..”
“މަށެއް ނޫޅެން އިންނާކަށް.. ބޮޑު އަނިޔާވެރިއާ.. މި ކައިވެނީ ހުއްޓުވާނަން” އަލާރާ ރޮވިފައި ހުރެ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ. އޭނާއަށް ވެގެންވަންޏާ ޝަވަންގެ ގައިގާ ޖެހީހެވެ. ނަމަވެސް ދާދި ދެންމެ އަކުވެސް އޭނާގެ ބާރު އިޙްސާސްވެފައި ވާތީ އެކަހަލަ ހިތްވަރެއް ކުރާކަށް ނުކެރުނެވެ. އަދިވެސް ޝަވަން ޖެހި ތަންތަނުގައި ވޭން އަޅައެވެ.
“އެހެންތަ ހީކުރީ.. ބަލާ ޝާތިރްއަށް ވެގެން ދިޔަ ގޮތް..އެވެސް މަށޭ.. ކަލެއަށް ހީވަނީތަ އޭން… ކަލޭގެ އާއިލާގެ ފަރާތުން އަހަރެމެންނަށް ލިބުނު ހިތާމައިގެ ބަދަލެއްގެ ގޮތުގައި މިވަރު ރަނގަޅެއްނޫން ތަ..ހަނދާންކުރާތި މީގެން އެންމެ ޖުމްލައެއް ވެސް އިތުރު މީހަކަށް އިވިއްޖެޔާ އެއީ ކަލޭގެ އާއިލާއިން އަނެއްކާ ވެސް އިތުރު މީހެއްގެ ނިމުން އަންނާނެ ކަމެއް.. ޒެވިއަލް އާއި ހަމައަށް ހާއްސަކޮން ގޮސްފިނަ ވަރަށް ގޯސް ވާނެ..ކަލޭ ހިތައް އަރާނެ މިހާރު މަ އަމިއްލައަށް ގޮސް ކައިވެނި އަވަސްކުރަން އަޒީޒް ކައިރީގަ ނުބުނީ ކީއްވެހޭ..ނޫންތަ..އަހަހަހަހަ.. މަ ބޭނުން ގޮތަކަށް ކަންތައް ކުރާނީ ..މިހާރު ވެސް ދެން ވެސް..ތައްޔާރަށް ހުންނާތި މަ ބުނާ ކޮންމެ ކަމެއް ކުރަން ވެސް” އަލާރާގެ އުޅަބޯށީގައި ހިފައިގެން ހުރެ ޝަވަން އިންޒާރު ދެމުންދިޔައެވެ. އޭނާއަށް އިތުރު އެއްޗެއް ބުނެވެން ޥާއިރަށް ކޮޓަރީގެ ދޮރުގައި މީހަކު ޖަހަން ފެށުމުން އަލާރާގެ ދުރަށް ކޮށްޕާލިއެވެ. އެމީހަކު ދޮރު ހުޅުވުމުގެ ކުރިން މޫނު ފުހެން އަމުރުކޮށްލާފައި ޓިޝޫ ފޮއްޓެއް އަލާރާގެ އަތައް ލާފައި ޝަވަން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ނަސްރާ ހުއްޓާ ފެނުމުން ވަންނަން ތަން ދެއްކި އިރު ޝަވަންގެ ތުންފަތްމަތީގައި ދުވެލީ ނުބައި ހިނިތުންވުމެވެ. ނަސްރާގެ މޫނުމަތިން ވެސް ފެނިގެންދަނީ މަކަރުވެރިކަމެވެ.
“އަލާ..ދަރިފުޅާ.. މިއޮތީ ވެޑިންގް ޑްރެސް.. ހިނގާބަލަ ހެއޮވަރުކޮށްލަން” ކަރުކެހިލަމުން ނަސްރާ އަތުގައި އޮތް ބޮޑު ކޮތަޅު ހިފައިގެން ވަނެވެ.
***
އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތް އަރްކާންގެ ދެލޮލުގައި މިރޭ ނިދީގެ ކަމެއް ވެސް ނެތެވެ. އޭނާގެ ދެލޮލަށް ސިފަވަނީ ޒެވިއަލް ކާރަށް އަރައިގެން ދިޔަގޮތާއި އަލާރާ ރުއި ގޮތެވެ. އެދެމެދުގައި ކަމެއް ހިނގީބާއެވެ. “އަހަންނަށް ޔަގީން ޒެވްގެ ހިތުގަ އަލާއާއި މެދު ފީލިންގްސް ތަކެއް ނެތް ނަމަ އެގޮތަކަށް ނުދާނެ.. އަލާ ކައިވެންޏަށް އެއްބަސްވި ރޭގަ ވެސް އައި ސޯ ޕެއިން އިން ހިޒް އައީޒް..ވަޓް އިޒް ހެޕެނިންގ ޓް ދެމް.. އަނެއްކާ އަހަރެން އެއްބަސް ނުވެދާނެކަމަށް ބަ އެތިބެނީ” އަރްކާން ތަފާތު ގޮތްތައް ވިސްނަމުން ގޮސް އެންމެފަހުން ހިތައް އެރި އެއްޗަކުން އަނގަ ހަދާލެވުނެވެ. “ނޫނޭ..ހިއެއްނުވޭ އަހަރެން ނޫނެކޭ ބުނެފާނެ ތީ އެމީހުން ތިބޭނެ ހެންނެއް..ޒެވް އެއީ އެއަށް ވުރެން ބޯހަރު ގޮތް ދޫނުކުރާ އިންސާނެއް.. އޭނަ ބޭނުން ވެއްޖެ ކަމެއް ހަމަ ނުކޮށް ނުހުންނާނެ.. “އެހެން ހިތައް އެރުމާއި އެކު އެހާ ސީރިއަސް ވެފައި އޮތްވާ ވެސް އަރްކާންގެ ގާތައް ހިނި އަންނަގޮތްވިއެވެ.
“ލިއާ އަށް ގުޅަން ވީ.. ހުންނާނީވެސް މިއަދުގެ ކަންތަކުގަ ރުޅި އައިސްފަ ކަންނޭގެ..އާހްހް އައި މިސްޑް ހާރ” ބާލީހުގައި ބައްދާލައިގެން އޮތް އިރު އަރްކާން ތުންފިއްތާލިއެވެ. އެހެން އޮވެ އޮވެފައި އެންމެ ފަހުން އޭނާ ތެދުވީ ލިއާނާ ނުފެނި ދެން މިރޭ ނުނިދޭނެކަން އެނގުމުންނެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސުގައި އަރްކާން ފެންނަލެއް ސިއްރުވެލިއެވެ. ނުހަނު ފިރިހެން ވަންތައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރު ވެލައިގެން ނުކުމެން އިރު މުޅިތަން އެއްވަސްވީ “ކްރެމޮ ޕަލޯ ސާންޓޯ”ގެ ހިތްގައިމު ވަހުންނެވެ.
ކާރު ދުއްވާފައި ދިޔައިރު އަރްކާންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އަރްކާން ފެނުމުން ލިއާނާ ޔަގީނުން ވެސް ރުޅި މޫނު ދައްކާނެކަން އެނގެއެވެ. ދިޔަ މަގުމަތީގައި ސަލާމަތުގެ މަގު ހޯދަން އޭނައަށް ފެނުނީ ސްޓޯބެރީ ޗީޒްކޭކަކާއި ފިނިފެންމާ ބޮނޑިއެކެވެ.
އެގޭގެ ކައިރިއަށް ކާރު ހުއްޓާލި ހިނދު، ދޮރުމައްޗަށް ވާހެން ތިބި ލިއާނާއާއި ސާމިއު ފެނި އަރްކާންގެ ނިތްކުރިއަށް ރޫ އަރައިގެން ދިޔައެވެ. އެތައް ދުވަހެއް ފަހުން ސާމިއު ފެނުމުން އަރްކާންއަށް ފާޑަކަށް އަނގަ ހަދާލެވުނެވެ. ސާމިއު މިހާރަކަށް އައިސް ނުފެންނާތީ އޭނާ ހީކޮށްގެން އެހުރީ އަލުން އަނބުރާ މެޑްރިޑަށް ދިޔައީ ކަމަށެވެ. ލިއާނާ ވެސް ސާމިއުގެ ވާހަކަ ނުދައްކައެވެ. ކާރުގައި އިނދެ އަރްކާން ބަލަމުން ދިޔައީ އެދެމީހުން އުޅުނު ގޮތެވެ. ލިއާނާ ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު ސާމިއު ކަޅި ޖަހާނުލާ ބަލަން ހުރިގޮތުން އަރްކާންގެ ގާތައް ރުޅި އަންނަގޮތްވިއެވެ. ސާމިއު އެހެން ހުރެފައި ދޭތެރެއަކުން ލިއާނާގެ ކޮނޑުގައި ޖަހާލާ ގޮތުން އަރްކާންގެ ލޭ ކެކިގަނެއެވެ. ޖަޒުބާތުތައް ކޮންޓުރޯލުން ނައްޓާ ވަރުވެއެވެ. އެއިން ކޮންމެ ފަހަރަކު ލިއާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސާމިއުގެ އެ އަމަލުތަކުން އުނދަގު ވެފައި ހުރިވަރެވެ. އެހެން ހުރެފައި ލިއާނާގެ އިސްތަށިގަނޑުގައި އަތް ބީއްސާލި ވަގުތު އަރްކާން އިތުރަށް މަޑުކުރާ ކަށް ނުހަދައެވެ. ކާރުގެ ދޮރުފަތް ބާރަކަށް ހުޅުވާލުމަށްފަހު ދިޔަގޮތަށް ގޮސް ހުއްޓުނީ ސާމިއު އާއި ލިއާނާގެ މެދުގައެވެ. ދެމީހުންވެސް ދިޔައީ ފާޑަކަށް ސިހިގެންނެވެ.
“އަރްކާން..”ލިއާނާއަށް މަޑުމަޑުން ގޮވާލެވުނެވެ.
“މައިންޑް ޔޯ ބިހޭވިއާރ” ނުރައްކާތެރި ނަޒަރެއް ސާމިއުއަށް ދިން އިރު އަރްކާންގެ އަޑުން ވެސް އައިސް ހުރި ރުޅި ހާމަވެއެވެ. އޭނާގެ މޫނުމަތިން ފެނުނު ކުލަވަރުން ސާމިއުވެސް ދެއަތް ހިތްލާލާފައި ދުރަށް ޖެހިލީ އަމާންދީފީމޭ ބުނާފަދައަކުންނެވެ.
“ކާމް ޑައުން ފްރެންޑް..މަ މި އަތް ލީ ލިއާ ކާލާކަށް ނޫނޭ.. މި ގަހުން އެތިކޮޅެއް ވެއްޓުނީމަ” ސާމިއު ދައްކާލީ އޭނާގެ އަތުގައި އޮތް ފަތްކޮޅެވެ. ސާމިއުއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ލިއާނާގެ އަތުގައި ހިފައިގެން ދިޔަ ބާރުމިނުގައި އަރްކާންގެ ކާރުގެ ކުރީ ސީޓަށް ލިއާނާ އެރުވިއެވެ. ސާމިއު ނުފެންނަ ހިސާބަށް އާދެވުމުން އަރްކާންގެ އަތުން މިންޖުވުމަށް ލިއާނާ ގަދަ ހެދި ނަމަވެސް އަރްކާން އެކަމަކަށް ފަރުވަލެއް ނުބަހައްޓައެވެ. އޭނާވެސް ކާރަށް އަރާފައި ކާރު ދުއްވާލީ ނުހަނު ބާރަށެވެ. އަނގައިން ބަހެއް ބޭރުނުކޮށް އަރްކާން ދުއްވަމުން ގޮސް ބްރިޖް ހުރަސްކޮށް ހުޅުމާލެ ވަނެވެ. އަރްކާން އެހާ ރުޅިގަދަވެފައި އިނދެ ދުއްވަމުން ދިޔަލެއް ބާރުކަމުން ލިއާނާ އިނީ ބިރުގަންނަ ގޮތްވެފައެވެ. ނަމަވެސް އޭނާ ދެކެ ހިތްހަމަ ނުޖެހިފައި ހުރުމުން އަނގައިން ބުނާކަށް ލިއާނާގަސްދެއް ނުކުރެއެވެ.
އަރްކާން ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ ބީޗް އެއްގެ ކައިރިއަށެވެ. ކާރުން ފައިބައިގެން އައިސް ލިއާނާ އިން ފަރާތް ހުޅުވާލަ ދީފައި އަތުގައި ހިފައިގެން ނުކުމަތެވެ. އަތިރިމަތީގައި އެކި ހިސާބުތަކުގައި ޒުވާން ޖޯޑުތައް ތިއްބެވެ. ތަންކޮޅެއް ދުރުގައި ބަޔަކު ބާބަކިއު ޖަހައިގެން އުޅޭތަން ވެސް ފެނުނެވެ. ހިނގަމުން އައިސް އަރްކާން މަޑުކޮށްލީ އެހެން މީހުންނާއި ދުރުގައި ރާޅުފެންޖަހާ ހިސާބު ގޮނޑުދަށުގައެވެ. ވަށައިގެން ވީ މާހައުލަށް ގެއްލިފައި ހުރި ލިއާނާއަށް ހޭވެރިކަން ވީ އަރްކާން ހުއްޓުމުންނެވެ. ވަގުތުން ކުއްލިއެއް ޖަހާލާފައި ލިއާނާއަތް މިނިވަން ކޮށްލިއެވެ.
“އެހެން ފިރިހެނުން ޓަޗް ކުރަން އޯކޭ ދޯ..މަ އަތް ލީމަ ތަ ކަމު ނުދަނީ” އަރްކާން ލިއާނާގެ ދެލޮލަށް ބަލައިލި އެވެ. އެ ބެލުމުގައި ވީ ލޯބި ކަން ހީވީ ލިއާނާއަށް ފަހްމް ކޮށްލަ ދޭން އުޅުނުހެންނެވެ.
“ކީކޭތަ ބުނަން ތިއުޅެނީ.. އަރްކާންއަށް ކީއްތަ މަ ކޮންމެ މީހަކާ ވާހަކަ ދެއްކިއަސް..އެއް ދުވަހު މަށާ ރިއްޗަށް ވާހަކަ ދައްކާފަ އަނެއް ބާރަ ދުވަހު މަ ރޮއްވާ މީހަކު ކީއްކުރަން ތަ ރީތި ޥާހަކައެއް ކަމަށް ތިހެން ތި ކިޔަނީ.. އެހެންނޫނަސް ހަގީގަތައް ވުރެން ފެންނަ މަންޒަރުތަކަށް މާ ބުރަވާ މީހެކެއްނު ތިއީ” ވާހަކަ ދައްކަމުން ގޮސް ލިއާނާގެ އަޑު ކުރެހުނެވެ. މިއަދު އަރްކާން ހެދިގޮތް އޭނާ އަނެއްކާ ވެސް ހަނދާންވުމުން ދެރަވާގޮތް ވީއެވެ.
“އަމް ސޮރީ ލިއާ” ލިއާނާއާއި ކައިރިވެލަމުން ލިއާނާގެ އަތުގައި ހިފާލިއެވެ. ނަމަވެސް އަރްކަންގެ އަތް ނައްޓުވާލާފައި ލިއާނާ ޖެހުނީ ދުރަށެވެ.
“ކޮން ސޮރީ އެއް.. އަބަދު ތިހެން ތި ހަދަނީ.. އެއްވެސް ފިރިހެނަކާއި ދޭތެރޭގަ ނުވިސްނާ ވަރަށް މަށައް އަރްކާން އާއި ދޭތެރޭގަ ވިސްނޭ.. އެކަމަކު އަރްކާންގެ ކަމަކީ އިތުރު ފިރިހެނަކު މަގޭ ކައިރީގަ ހުރިއްޔާ އަޅުވާ ކިޔާ ރޮވެންދެން ބެވުން..ޖެހޭތަ ޝައްކުކުރަން..އެހެން ނޫނަސް އަރްކާންއަށް ބެހެވޭނެތަ” ލިއާނާގެ ދެލޮލުން ފައިބަން ފެށި ކަރުނަތިކިތައް ފެނި ލިއާނާގެ ދެކޮނޑުގައި ހިފާލަން އުޅުމުންވެސް ލިއާނާ ޖެހުނީ ދުރަށެވެ.
“އިޓްސް ބިކޯޒް އައި ގޮޓް ޖެލަސް” އެންމެފަހުން އަރްކާން ބުނެލިއެވެ. ތުންފަތުގައި ދަތް އަޅާލެވުނު އިރު އޭނާއަށް ލިއާނާގެ މޫނަށް ބަލައިލެވުނެވެ. ކަރުނަވީ ދެލޯ ބޮޑުވެފައި ވީ އިރު ކަޅި ޖަހައިނުލާ އަރްކާންގެ މޫނަށް ބަލަމުންދިޔައެވެ. އަރްކާން، ލިއާނާއާއި ކައިރިވެލަމުން ކޯތާފަތުގައި ދެއަތުން ހިފާލިއެވެ. މިފަހަރު ލިއާނާ ދުރުކޮށްލާކަށް ނޫޅުނެވެ.
“ކީއްވެ..” ލިއާނާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނުތައް ހުއްޓުމަކަށް އައިސްފައިވީ އިރު އަރްކާންގެ ދެލޯ އެހާ ގާތުން ފެނުމުން ހިތް ތެޅިގަތެވެ. އެހާ ވަރަށް އަރްކާން ބަލަން ފެށުމުން ލަދުގަތް ވަރުން ލިއާނާއަށް އިސްޖެހުނެވެ. މޫނަށް ވެރިވަމުން ދިޔަ ޖަންބުކުލަ އަމިއްލައަށް ވެސް އިޙްސާސްވިއެވެ.
“ކީއްވެހޭ” އަރްކާން އެއްޗެއް ނުބުނެ ހުންނަން ފެށުމުން ލިއާނާ އަނެއްކާވެސް އަހައިލިއެވެ.
“ބިކޯޒް އައި ލަވް ޔޫ ސޯ މަޗް” ލިއާނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ވައި އަޑުން އަރްކާން ބުނެލިއެވެ. ލިއާނާގެ ހަށިގަނޑުގައި ވާހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހިތުގެ ތެޅުން ދެގުނަ ވިއެވެ. އެދެލޮލުގައި ވަނީ ތަފާތު ޖަޒުބާތެކެވެ. ނިމުމެއް ނުވާ ލޯތްބެވެ. އަރްކާންގެ ހިތުގެ އަޑު އިއްވާލަމުން ދިޔައިރު ލިއާނާ ހިތް ވެސް ގޮވަމުން ދިޔައީ އެ ލޯތްބަށެވެ. އެސްފިޔަޖަހައިލަން ވެސް ނޭނގިފައި ލިއާނާއަށް ހުރެވުނީ އެ ރީތި ވަގުތު ކޮޅު ނިމުމަކަށް އައިސްފާނެކަމުގެ ބިރަށެވެ.
***
(ނުނިމޭ)

 

Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.