އޭނާ ބުނަން އުޅޭ ވާހަކަ ބުނުމުން އަލާރާއަށް ވާނެ ގޮތެއް ނޭނގޭތީ ޒެވިއަލް ހިސާބަކަށް ނުތަނަވަސް ވިއެވެ. ފެންނަ ފެނުމަށް ޝަވަންއާއި ހެދި ކުރިން އުޅުނުގޮތައް އަލާރާ ނޫޅުނު ނަމަވެސް އޭނާގެ ހިތް އޮތް ގޮތެއް ޒެވިއަލައަކަށް ނޭނގެއެވެ. ކޮންމެ ގޮތަކަށް އޭނާގެ ހިތް އޮތްނަމަވެސް ބުނަން ޒެވިއަލް ނިންމިއެވެ. އޭނާ ނުބުނި ނަމަވެސް ކޮންމެވެސް އެއްދުވަހަކު ޝަވަންގެ ފަތިފުށް އަލާރާއަށް ހާމަވާނެކަން އޭނާ ދަނެއެވެ. “ހީ އިޒް ޗީޓިން އޮން ޔޫ.. ޑިޑް ޔޫ ނޯ ދެޓް” ޒެވިއަލް އެ އިންގޮތައް އިނދެ ބުނެލިއިރު އަލާރާ ފާޑަކަށް ސިހުނެވެ.
***
“އަހަރެންގެ އަތުގަ އެބަހުރި ފޮޓޯ ތަކެއް ވެސް.. އެކަމަކު” ޒެވިއަލްގެ ޖުމްލަ ނުނިމެނީސް އަލާރާ އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.
“ތިއީ އޭ އަސްލު އުފާވެރި ހަބަރަކީ.. ކުރިން ދިނީ ބޭޑް ނިއުސް” އަލާރާގެ މޫނުމަތިން މިހާރު ފެންނަން ހުރީ ހިނިތުންވުމެކެވެ. ކުއްލިއަކަށް ޒެވިއަލް އެހެން ބުނުމުން އޭނާ ސިހުނު ނަމަވެސް ޝަވަންއަށް، އެކަހަލަ ކަމަކަށް އަލާރާ ޝައްކު ކުރާތާ ދުވަސްގަނޑެއް ވެއްޖެއެވެ. އަލާރާއަށް ހީވީ ބޯ މަތީގައި އެތައް ދުވަހެއް ވަންދެން ހަރުޖަހާފައި އޮތް ހިލަގަނޑެއް ނެގުނު ހެންނެވެ. ހަގީގަތުގައި ޝަވަންގެ ކައިރިން ސަލާމަތް ވުމަށް އޭނާ ވިސްނަމުންދާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އޭނަ އިސްވެ ދުރުވާން ބޭނުން ނުވާތީ ޝަވަންގެ ކިބައިން ކަމެއް ފެންނަން ދެން މަޑުކޮށްލައިގެން ހުރީއެވެ. މިއަދު އެންމެ ފަހުން އެދުވަސް އައިސްފިއެވެ.
“ދެރަ އެއް ނުވޭތަ އަލާ” ހައިރާންވެފައި އިނދެ ޒެވިއަލް އަހައިލިއެވެ. އެވާހަކަ ބުނުމުން ކަންތައް ވެގެން ދިޔައީ މުޅިންއަކުން އޭނާ އުއްމިދު ކުރިގޮތަކަށްނޫނެވެ. އަލާރާގެ މޫނުމަތިން ދެރަ ވުމުގެ އަސަރެއް ފެންނަން ނެތުމުން އެކަމުން ޒެވިއަލްގެ ހިތައް ތަސައްލީއެއް ލިބުނެވެ.
އަލާރާ އެއްޗެއް ނުބުނެ ޒެވިއަލް އިން ދިމާލަށް މޫނު އަނބުރާލިއެވެ. ” އަހަންނަށް އަބަދުވެސް އިނގޭ މިއީ ކޮންމެ ވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ކަމެއްކަން.. ސިއްރެއް ބުނަން ތަ” އަލާރާ އެންމެފަހުން ބުނެލި ޖުމްލަ ބުނެލިލެއް މަޑުކަމުން ކިރިއާ ޒެވިއަލްއަށް އިވުނީއެވެ.
”މްމްމް.. ބުނެބަލަ” އަލާރާގެ މޫނަށް ބަލަހައްޓައިގެން އިނދެ ޒެވިއަލް އަހައިލީ ކަމެއް ދެނެގަންނަ އުޅޭފަދަ އަކުންނެވެ.
“މިހާރު އަހަންނެއް ނުވޭ ޝަވަން ދެކެ ލޯތްބެއް…އަސްލު ހަގީގަތައް ބުނަންޏާ ބުނެވޭނީ އަހަންނަށް އެނގޭ ޝަވަން ޗީޓް ކުރާނެ ކަން.. އެއީ ވަރަށް ލޯބިން އަހަރެމެން އުޅުނީ.. ލައިކް ދެއާ އާރ ނޯ ވަން ލައިކް އަސް.. ބައްޕަގެ ފޭމަސް ކަމުން ފެމެލީއަށް އަބަދުވެސް އޮންނަނީ މީޑިއާގެ ސަމާލުކަން ހުއްޓިފަ.. ސޯ ދަރިން އުޅޭ ނޫޅޭ ގޮތް ވެސް ބަލާނެ ތާ ދޯ އެމީހުން.. ޝަވަން އާއި އަހަރެންގެ ލޯބީގެ ފަލްސަފާ އެއީ އެކަކަށް ވެސް އޮޅިފަ އޮތް އެއްޗެއް ނޫން.. ހާއްސަކޮން ނޫސްވެރިންގެ ވެސް ވަރަށް ފޭވް ޓޮޕިކްއަކަށް ވާނެ އަހަރެމެންގެ ރިލޭޝަންޝިޕް.. އަދި ވަރަށް ހަބަރުތައް ވެސް ދައުރުވި އަހަރެމެން ފޮޓޯ ޖަހައިގެން .. އެކަމަކު ބަލާ .. ލޮލަށް ނުފެންނަ އަނދިރި އަންހެން ކުއްޖަކަށް އަހަރެން ވީ ދުވަހުން ފެށިގެން އަހަންނާ އޭނާ ދުރުވިގޮތް.. ޒެވް ޔޫ ކޭން ސީ އަދިވެސް އެ ނިއުސް ތައް.. އީވް ބުނި ދުވަސްކޮޅެއް ކުރިން ވެސް އެ ހުރިހާ ނިއުސްއެއް އެބަހުޓޭ ފެންނަން އަދިވެސް.. ޝަވަންގެ ހިތުގަ އަހަންނަށް މަޤާމެއް އޮތް ނަމަ މިހެން ހެދީސްތަ.. އޭނާ އަހަންނާ ދުރުވަމުން ގޮސް އަހަންނަށް އެނގޭ މިކަހަލަ ކަމެއް ކަން ދެން ކުރާނީ.. އަހަރެން ހާދަ ލޯތްބެއް ވީމޭ ޝަވަން ދެކެ..އޭނާގެ ހުންނަ އުނި ސިފަތަކާއިވެސް އެކު ހިތުގެ އެންމެ ފުނުން ލޯބިވިން.. އެކަމަކު އަލްހަމްދްލިއްލާހް.. އަހަންނަށް މިހާރު އެއީ އެއްވެސް މުހިއްމު މީހެއް ނޫން..” އަލާރާގެ ވާހަކަ ނިންމާލެވުނު އިރު ހީވީ އެތަކެއް ދުވަހެއް ވަންދެން ނުބުނެވި ހުރި ވާހަކަތަކެއް ބޭރުކޮށްލި ހެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމެވެ. އުފާވެރިކަމެވެ.
“މުހިއްމު މީހެއް ނޫނޭ.. އައި ތޯޓް އޭނާގެ ވާހަކަ ބުނީމަ ދެރަވާނެ ކަމަށް.” ޒެވިއަލް ދިޔައީ އަލާރާގެ ވާހަކަ ތަކާއި މެދު ވިސްނަމުންނެވެ. އެ މޫނުމަތިން ފެންނަމުންދަނީ ތަފާތު ހިތްހަމަޖެހުމެކެވެ. ކުޑަކޮންވެސް ދެރަ ވެފައި ނުވާ އިރު އިނީ ހީލައިގެންނެވެ.
“ޔާހް..ޒެވް..ކުރީކޮޅު އޭނާ ނައީމަ ދެރަ ވެގެން ރޮން.. ހިތައް ތަދުވޭ.. ހަމަ ހީވަނީ ހިތައް މީހަކު އެއްޗަކުން ތޮރުފާހެން.. އެކަމަކު އޭނާ ހެދިގޮތުން އަހަރެން މަސައްކަތް ކުރަން ފެށީ ދެރަ ނުވެ ހުންނަން..ކުރިން އުނދަގޫ ވި..އެކަމަކު ހޭނެން ފެށީ ހީވެސް ނުކުރާހާ އަވަހަށް.. އެކަނި އޮވެ ރުއި ދުވަސްތައް މަދެއް ނުވާނެ…އަހަރެން މަސައްކަތް ކުރީ އެކަމާއި ނުރޯން..ހިތައް ވިސްނައިދިނީ ދެން ޝަވަން އެއް ދެނެއް ނުލިބޭނެކަން..އަހަރެން ދެކެ އޭނަ ކުޑަކޮން ވެސް ލޯބި ވާނަމަ އެހެން ހަދާނެ ތަ..ނޯ ވޭ.. މިއަދާއި ހަމައަށް ވެސް އަހަރެން މިހުރީ އެ ކައިވެންޏަށް ނޫނެކޭ ބުނާނެ ގޮތެއް އޮތްތޯ ބަލަބަލާ..އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ކުށަކުން ދުރުވާކަށް..މީޑިއާގައި ބައްޕައަށް ގޮންޖަހާ މީހުން ވަރަށް ގިނަ ވާނެ.. އަހަރެމެންގެ ފުށުން ފެންނަ ކަމަކަށް ވެސް އެމީހުން ކޮށްލާނެ ވަރަށް ވަރު.. އަހަންނަށް ދެރަ ދިނީ ޝަވަން ތޯ ނޫންތޯ އެމީހުން ނުބަލާނެ.. މޮޅެތި ނޫސްތައް ޖަހާލައިގެން ބައްޕަގެ އަގު ވައްޓާލާކަށް ވެސް އެމީހުން ފަހެއް ނުޖެހޭނެ” އަލާރާ ކިޔައި ދެމުން ދިޔައިރު ޒެވިއަލް އަށް ދޫ ކޮށްލެވުނީ ފިނި ނޭވާ އެކެވެ. ތެދެކެވެ. މީހަކު ނޫނީ ތަނެއް ކުރިއަރާ ދަންޏާ އެބަޔަކު ނުވަތަ އެތަނަކަށް ހަސަދަ ލާ އެމީހުންނަށް ފާރަވެރިޥާ މީހުން ވަރަށް ގިނަވާނެއެވެ. އެބަޔަކު ތިބޭނީ ކަމެއް ނުފެނިފައެވެ. އަގު ވައްޓާލާ ފަޟީލަތް ކޮށްލެވިއްޖެނަމަ މާ ބޮޑު އުފަލެއް އެއިން އެމީހުންނަށް އިޙްސާސް ކުރެވެނީ ކަންނޭގެއެވެ
“އެކަމަކު މިހާރު ތި ފޮޓޯތައް ދައްކައިގެން ތިކަންތައް ވެސް ހައްލު ވާނެ” އަލާރާ ބުނެލިއެވެ.
“ޔާހް.. ޓްރޫ.. އަލާ މިރެއިން މިރެއަށް ވެސް އަޒީޒްބެ ގާތު ބުނެގެން ހުއްޓުވަން ވީ ތި ކައިވެނި.. ލަސްކުރާ ކަހަލަ ކަމެއް ނޫނޭ މި.. އަލާ އަށް ހީވާނީ ކާކުހެން ހުރީ މި ފޮޓޯތަކުގަ” ޒެވިއަލް އަހާލިއެވެ. ޒެވިއަލް ބޭނުންވީ އަލާޜާ ލައްވާ، އެރެއިން އެރެއަށް ވެސް އަޒީޒްއާއި އެވާހަކަ ދައްކުމަށެވެ. އޭނާގެ ހިތް އެކަމަށް ބާރު އަޅަމުން ދިޔައީ އިންތިހާއަށެވެ.
“ސޯފިޔާ އެންނު”
“ނޯ އިޓްސް ނޮޓް ހާ” އަލާރާ ވަރަށް ޔަގީން ކަމާއި އެކު ބުނެލި ޖުމްލަ އިވި ވަގުތުން ޒެވިއަލް ބުނެލިއެވެ. ޒެވިއަލް ބަލައިލި އިރު އަލާރާގެ މޫނުން ހައިރާންކަމެއް ފެންނަން ހުއްޓެވެ.
“ވަޓް..އައި ދޯޓް އެދުވަހުގެ ފަހުން ސޯފިއާ އާއި ޝަވަންގެ ގުޅުމެއް އޮވެއޭ..އޭމް އައި ގެސިންގރޯންގް އޯލް ދީޒް ޑޭސް.. ބައި ދަ ވޭ ހޫ އިޒް ދެޓް.. ޝޯ މީ ދޯސް ޕިކްޝާރސް ޔޫ ހޭވް މެންޝަންޑް ބިފޯރ..” ސޯފިއާ ނޫން ކަން އެނގުމުން އަލާރާ ހުރީ އިންތިހާއަށް އެއީ ކާކުކަން ދެނެގަންނަން ބޭނުން ވެފައެވެ. އަލާރާއަށް ތުންފަތުގައި ދައިގަނެވުނީ ބުނެވުނު ޖުމްލައިގެ ސަބަބުންނެވެ.
ޒެވިއަލްއަށް ދެލޯ ހަނިކޮށްލައިގެން ބަލަހައްޓައިގެން އިނދެވުނެވެ. އަލާރާއަށް ވަމުން ދިޔަ ގޮތުން ޒެވިއަލްގެ ހިތުގައި ޝައްކެއް ހިނގައިލިއެވެ. އަލާރާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ދިޔައިރު ނިތްކުރިން ހިލިގެން ދިޔަ ދާ ތިކިތައް ވެސް ޒެވިއަލް އަށް ފާހަގަ ވިއެވެ. “އަލާ ހާދަ ޗޭންގް އޭ މިއަދު.. ކަމެއް ފޮރުވާހެން ހީވަނީ.. އަނެއްކާ އަލާ އަށް…ނޯ ނޯ.. ހައުސް ދެޓް ޕޮސިބަލް.. ނޯ ވޭ..” ޒެވިއަލްގެ ހިތައް ކުއްލިއަކަށް އަރައިގެން ދިޔަ އެއްޗަކުން ގުނޑުން އަރައިގެން ދިޔައެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ޒެވިއަލްއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.
“އަ..އައި މީން.. ތި ޕިކް އަހަރެންގެ އަނެއް ފޯންއަށް ފޮނުވާލީމަ އީވް އަންނައިރުން ދެއްކޭނެ ތާ ދޯ.. އީވްއަށް އެނގޭނެ އަހަރެންގެ ކްލާސްމޭޓްސް ވެސް ކުރީގެ ރައްޓެހިންވެސް..” އަލާރާގެ ޖުމްލައިން މިފަހަރު ޒެވިއަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހެންނަމަ ވެސް އަލާރާގެ ބަދަލްވެފައިވާ މިޒާޖުން ޒެވިއަލްއަށް ވަނީ އެއްޗެއް ހީވާން ފަށާފައެވެ.
“އޯކޭ..އޯކޭ..ދެންމެ ތިބުނީނު އެދުވަހު އޭ.. އެދުވަހުން ސުރެން ހީކޮށްގެންނޭ ތިހުރީ ސޯފިއާ އާއި ޝަވަންގެ ގުޅުމެއް އޮންނަކަމަށް..ކޮންދުވަހެއް ގެ ވާހަކަ ތިބުނީ”އެތަންކޮޅަށް ޝައުގުވެރިވީ ވަރުން ޒެވިއަލްއަށް އަހާލެވުނެވެ.
“ހަނދާންވޭތަ..އަހަންނާއި އީވް އާއި ދެމީހުންނަށް އެޓޭކް ކުރި ދުވަސް..އެދުވަހު އެދެމީހުން ރޫމް އިން ނުކުމަތްތަނާ ޒެވްއަށް އާދެވުނީ… ޒެވް އައުމުގެ ކުރިން ސޯފިއާ ބުނީ.. އޭނާ ނިކަން ލޯބިވެޔޯ ޝަވަން ދެކެ.. އަލާރާ ކަހަލަ އަނދިރި މީހަކާއި އެކު ހުރެގެން މިހާރު ޝަވަންއަކަށް ހިތްހަމަ ޖެހުމެއް ނުލިބޭނެއޯ.. ދެން ޝަވަންއަށް ޖަވާބެއް ދެވެން ވާއިރަށް ޑޮކްޓަރުން އައިސްފި.. ޒެވް ވެސް އައިސްފި..” އަލާރާ ކިއައިދިނެވެ. ޒެވިއަލްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެދުވަހު އެ ކޮޓަރިތެރެއަށް ވައިން ވަގުތު އަލާރާ ރުއި އެހެންވެތާއެވެ. ޒެވިއަލްގެ ހިތުގައި ޝަވަންއާއި ސޯފިއާއަށް އުފެދިފައިވާ ރުޅިގަނޑު ދެގުނައަށް އިތުރުވިއެވެ. އެ ފޮޓޯތަކުގައި ޝަވަންއާއި އެކު ސޯފިއާ ނުވިނަމަވެސް ޝަވަން އާއި ގުޅިގެން ކޮންމެވެސް ނުބައި ރޭވުމެއް ސޯފިއާ ރާވާނެކަން މިހާރު އޭނާއަށް ޔަގީނެވެ.
“އެންޑް ޒެވް..ސޯފިއާ ނޫނިއްޔަ މަޑު ކޮށްލަމާ އެ ކާކުކަން އެނގެންދެން މި ވާހަކަ ނުދައްކާ.. އަހަރެން ހަމަ ހީކޮށްގެން މިހުރީ ސޯފިއާ ކަމަށް.. ބޭނުން ޝަވަންއާއި އެއްކޮން ފޮޓޯގަ އިނީ ކާކުކަން އެނގެން” އަލާރާގެ ވިސްނުން ހާމަކޮށްލިއެވެ.
ދެކޮޅު ހަދަން ބޭނުންވި ނަމަވެސް ޒެވިއަލްއަށް އެއްޗެއް ބުނެވޭކަށް ނެތެވެ. އޭނާ އެކަމަށް ނޫނެކޭ ބުނާނީ ވެސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ. ޒެވިއަލް ހަމައެކަނި ހޫމް އަޅުވާލިއެވެ.
“ޒެވް އަހަންނަށް އެހީވެދޭނަން ދޯ އެއީ ކާކު ކަން ދެނެގަނެވޭތޯ..” އުއްމީދުން ފުރިގެންވާފަދައަކުން އަލާރާ ބަލަހައްޓައިގެން އިނެވެ. އޭނާގެ ހުރިހާ ވެސް ޝައުގެއް ހުއްޓިފައިވަނީ ޝަވަން އާއި އެކު ދެން ހުރީ ކާކުތޯ ބެލުމަށެވެ.
“އިންޝާﷲ” ޒެވިއަލް ބުނެލިއެވެ. އެހިނދު އަލާރާގެ ތުންފަތައް ވެރިވި ހިނިތުންވުން ފެނި އޭނާއަށް ވެސް ހީލެވުނެވެ.
“އަލާ އަހަރެން އަދި އެބަ ނުކުންނަން ޖެހޭ.. ކުޑަކަމެއް އެބަ އޮތް މިރޭ..” ޒެވިއަލް އެދުނު ހިނދު ބޯހަޖަހާލާފައި އެއީ ކޮންކަމެއްތޯ އަލާރާ އަހައިލިއެވެ. ޒެވިއަލް މާދަމާ އެނގޭނެކަމަށް ބުނެ ފޯނު ހިފައިގެން ދުރަށް ޖެހިލުމުން އަލާރާއަށް ފަހުން ސުވާލެއް ނުކުރެވުނެވެ.
***
އަލާރާގެ ކޮޓަރި ދޮރުމަތީގައި ހުއްޓިލައިގެން ހުރި ޝަވަންގެ މޫނުމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. “ހަފްތާއެއް ފަހުން ވިޒިޓް ކޮށްލި ދުވަހު ވެސް މި އިވުނީ މަށާ ދެކޮޅަށް މޮޅެތި ޕްލޭންތައް ކުރާ އަޑު..ދެން އިނގިދާނެތާ..” އަލާރާގެ ކޮޓަރި ދޮރު ކުޑަކޮން ހުޅުވިފައި ހުރިއިރު އެތެރޭގައި ދެކެވިގެންދިޔަ ހުރިހާ ވާހަކައެއް ޝަވަންއަށް އަޑުއިވުނެވެ. އަލާރާ އާއި ޒެވިއަލް އެހާ ގާތުގައި ތިބެގެން ވާހަކަ ދައްކަމުން ދިޔަތަން ފެނި އޭނާގެ ހިތް ނުބައިގޮތަކަށް އަނދަމުން ދިޔައެވެ. އެމީހުންގެ ވާހަކަ ނިމެންދެން އޭނާ މަޑުކޮށްލައިގެން ހުރެފައި އެތެރެއަށް ނުވަދެ އައިކޮޅަށް އަނބުރާދިޔައެވެ.
***
އެނދުމަތީގައި ފުރޮޅި ފުރޮޅީ އޮތް ލިއާނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ބާލީހުގައި ބައްދައިގަނެގެން އޮތް އިރު ދޭތެރެއަކުން ހީލެވެއެވެ. އަރްކާން އާއި އެކު ހޭދަވި ވަގުތުކޮޅަށްފަހު އޭނާގެ ހިތުގައި ދިޔައީ ފޮނި ރާގެއް ކުޅެވެމުންނެވެ. އަރްކާން ބައްދާލިގޮތް ސިފަވެގެން ދާ ކޮންމެ ފަހަރަކު އޭނާގެ މުޅި ހަށިގަނޑުގައި ހީވަނީ ފިނި ރާޅެއް ދަތުރުކޮށްލާ ހެންނެވެ.
“އޭމް އައި ފޯލިންގ ލަވް ވިތް ހިމް..” އޭނާގެ ދެތުންފަތް ފޫ އަޅުވާލަފައި ނުކުތެވެ. އަރްކާން އަކީ އޭނާގެ އެންމެ ބޮޑު ދުޝްމަނަށް ވިއަސް އަރްކާންގެ ގާތްކަމުން ހިތައް ވެރިވެގަންނަނީ ބަޔާން ކުރަން ދަތި ފޮނި އިޙްސާސެކެވެ. ސިކުނޑިއަށް އަބަދުމެ ވެރިވެފައިވަނީ އޭނާގެ ނަމެވެ. އޭނާ މެދު އަރްކާން މިހާރަކަށް އައިސް ބަހައްޓާ ގާތް ކަމަކީ މީގެ ކުރިން ހުވަފެނުން ވެސް އޭނާ ދުށް ކަންކަމެއް ނޫނެވެ. އަނެއްކާ އަރްކާންގެ ހިތުގައި ވެސް އޭނާއާއި މެދު އިޙްސާސްތަކެއް ވަނީބާއޭ ލިއާނާ ފުރަތަމަ ފަހަރަށް ހިތައް އަރަމުންދިޔައެވެ. އެހެން ހިތައް އެރުމާއެކު އޭނާގެ މޫނަށް ލަދުރަކި ހިނިތުންވުމެއް ވެރިވެލިއެވެ. މޫނު ރަތްވަމުން ދިޔަކަން އިޙްސާސްވެ ކޯތާފަތުގައި ދެއަތުން ހިފާލެވުނެވެ.
“އައި ތިންކް އަމް ފޯލިންގ” ތުންފަތުގައި އަތް ޖައްސާލެވުނު ހިނދު އެއާރޕޯޓު ތެރޭގެ ހާދިސާ އަދި ކާރު ތެރޭގެ ހާދިސާ ހަނދާން ވެ އިހުނައް ވުރެން ބޮޑަށް އެމޫނަށް ލަދުރަކި ކުލަ ތައް ވެރިވެގަތެވެ.
އެހެން އޮތްވާ އޭނާ ސިހުނީ ފޯނު ވައިބްރޭޓްވި އަޑަށެވެ. ބަލައިލި އިރު އިންސްތަގްރާމް އިން އައިސްފައިވާ ނޯޓިފިކޭޝަކެނެވެ. ފެނުނު އެއްޗަކުން އޮށޯވެގެން އޮތް ލިއާނާ ކޮޅަށް ޖެހުނެވެ. އޭނާއަށް އަރްކާން ފޮލޯ ކުރީއެވެ. ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނު އިރު އެއީ ހަމަ އަރްކާން ބާއޭ ހިތައްއެރިއެވެ.
“ވަޓްސް ގޮއިން އޮން.. އިޒް ހީ ރިއަލީ އިންޓް މީ.. އައި ހާޑް ހީ ނެވާ ފޮލޯ އެނީ ވިމެން އަދާރ ދެން ހިޒް ފެމެލީ..” އިރުކޮޅަކު ވިސްނާލަން އިނދެފައި ލިއާނާ އެޕްރޫވް ކޮށްލި ހިނދު އައީ އިތުރު ނޯޓިފިކޭޝަނެކެވެ. މިފަހަރު އަރްކާން އިންސްތަގްރާމް ސްޓޯރީގައި އޭނާއަށް މެންޝަން ކުރީއެވެ. ދެލޯ ބޮޑު ކޮށްލައިގެން އިނދެ ބަލައިލި އިރު ފެންނަން އިން އެއްޗަކުން އޭނާގެ އަނގަހުޅުވުނެވެ. “މިހެންވެ ދޯ އެގަޑީގަ އޭނާ ފޯނު މައްޗަށް ނަގައިގެން އިނދެފަ އަހަރެން ބަލާލީމަ ތިރިކޮށްލީ” ލިއާނާއަށް ހެވުނެވެ.
އަރްކާން ލާފަ އިނީ ކާ މޭޒު ކައިރީގައި އިނދެ ނަގާފައިވާ ފޮޓޯއެކެވެ. ބިރިޔާނީ ތައްޓާއި ކޭކާއި ފިނިފެންމާ ބުކޭ އަރާނެހެން ނަގާފައިވާ ފޮޓޯއެކެވެ. “އަ ސްޕޮންޓޭނިއޮސް ޑޭޓް ވިތް ދި ވަން ހޫ މޭކްސް މައި ހާޓް ރޭސަސް” އެއް އަރިމަތީގައި ލިޔެލާފައި އިން ލިޔުންކޮޅުން ކިޔާލެވުނު ހިނދު ލިއާނާގެ ހިތް ތެޅިގަތެވެ. އަރްކާންގެ އެ ޖުމްލައިން އޭނާ ނަގަންވީ ކޮން މާނައެއް ބާ އޭ ހިތައް އެރިއެވެ. ޔަގީނުން ވެސް އޭނާގެ ހިތުގައި ލިއާނާއާއި މެދު އިޙްސާސްއެއް ނުޥާނަމަ އެފަދަ އެއްޗެއް ނުލިޔާނެކަން އޭނާއަށް އެނގެއެވެ. އެތައް އިރެއް ވަންދެން ސްޓޯރީއަށް ބަލަން އިނދެވުނެވެ.
“ނަން ނުފެންނަހެން މެންޝަން ކޮށްފަ އިންކަން ނަސީބު.. ދޮންބެއަށް އަދި މިއިން ކަމެއް އެނގި ތިންވަނަ ބޮޑު ހަނގުރާމަ ފެށޭ ކަން ބޭނުމެއް ނޫން” އަނެއްކާ ވެސް އެނދުގައި ލިއާނާ އޮށޯވެލިއެވެ. މާދަމާ އޮފީހަށް ދާއިރު ޔަގީނުންވެސް އަރްކާން އާއި ބައްދަލްވާނެއެވެ. އަރްކާންއާއި ހަތަރުކަޅި ހަމަކުރަން ކެރޭނެބާއޭ ހިތައްއަރަމުން ދިޔައެވެ.
****
ހެނދުނު ވެގެން އައި އިރު ގޭތެރެއަށް ހަލަބޮލިކަމެއް ވެރިވެގެން އައެވެ. ދުވަހުގެ އެންމެ ކުރީކޮޅު ހުރިހާ އެންމެންނަށް ލިވިންގރޫމަށް ހާޒިރުވާން އަޒީޒްގެ ގަދަ އަމުރު އައެވެ. އަޒީޒްގެ މޫނުމަތިން ފެންނަނީ އިންތިހާ ރުޅިއެވެ. ސޯފާގައި ދެއަތް ޖޯޑު ކޮށްލައިގެން އިން އިރު ކައިރީގައި ދިނާޔާ ވެސް ހުއްޓެވެ.
ފަހަރަކު މީހަކު އަންނަމުން ގޮސް އެންމެން ހަމަވިއެވެ. އަރްކާން އާއި ލިއާނާއަށް އާދެވުނީ އެކުއެކީގައެވެ. ދެމީހުން ވެސް ތިބީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ދެމީހުންގެ ނަޒަރު ދިމާވި ހިނދު ލިއާނާ ވަގުތުން އިސްޖަހާލިއެވެ. އަރްކާން ހީލިއިރު އޭނާގެ ނަޒަރު ލިއާނާގެ މޫނުން ނުނެއްޓެއެވެ
ޒެވިއަލް ހަމަޖެހިލާފައި އިން އިރު އޭނާއަށް އަޒީޒްގެ ރުޅީގެ އަސްލު އެނގޭ ފަދައެވެ. ނަމަވެސް ލިއާނާއާއި އަރްކާންއާއި ދެމީހުންގެ އަމަލްތައް ހުރިގޮތް ފެނި އޭނާގެ ހިތުގެ ހަމަނުޖެހުން ގެއްލުނެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރީ ލިއާނާއާއި ވަކިން ބައްދަލްވާނެ އިރެއްގެ އިންތިޒާރުގައެވެ.
ރައިހާ އާއި އެކު އަލާރާ ވެސް އާދެވުނީ އެވަގުތުއެވެ. ރައިހާގެ އަތުގައި ހިފައިގެން އޭނާ ގޮސް މަޑުކޮށްލީ ޒެވިއަލްގެ ގާތުގައެވެ. އޭނާ ނިދާފައި އޮތްވާ އަޒީޒް ގުޅާފައި ރައިހާއާއި އެކު އައުމަށް ބުނެލިގޮތުން ވަގުތުން ނިދިވެސް ފިލައިގެންދިޔައެވެ. ކަމަކާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކަން އެނގެއެވެ.
“ކޮބާ އީވާ.. މިތަނަށް ގެންނަން ޖެހޭ މީހާ ކީއްވެތަ ނައިސް ނިދަން އެ އޮންނަނީ..އަހަރެމެންގެ ކުރިމަތީ ގަ އޭ ޅަކުއްޖެއްހެން އެތެޅެނީ.. ނިދާކަށް ނޯވެވޭނެ މިއަދަކު..ދިނާ މަޑުކުރޭ..ޝަފީނާ ގޮސް އީވާ މޫނަށް ހޫނު ފެން ޖަހާފަ ނަމަވެސް ގޮވައިގެން އާދޭ” އަޒީޒްގެ ރުޅިގަނޑު ފެނި ދިނާޔާ ބެލީ އަވަސް ވީ ގޮތަކުން ގެނައުމަށް ދާށޭވެ.ނަމަވެސް އަޒީޒް އޭނާ ހުއްޓުވާފައި ގޭގައި ގެންގުޅޭ މީހަކަށް ގޮވުމުން އަލުން އައިސް އަޒީޒްގެ ގާތު އިށީނެވެ.
”ކިހިނެތް ވެގެން މިއުޅޭނީ” ޒެވިއަލްއާއި އަލާރާގެ ގާތައް ޖެހިލަމުން އަރްކާން އަހައިލިއެވެ. ބައްޕަގެ ރުޅިގަނޑު ފެނި އަރްކާން ހުރީ ޖެހިލުން ވާގޮތް ވެފައެވެ. އަޒީޒްއަކީ އާދައިގެ ކަންކަމާއި ރުޅި އަންނާނޭ މީހެއް ނޫނެވެ. އެ މޫނުމަތިން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގޭހާ ވެއެވެ.
“މްމްމް އިރުކޮޅަކުން އެނގޭނެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ ކެމެރާ ފޫޓޭޖް ލިބޭ ގޮތް ހަދާލަ ދިނީމަ.. ޜޭގަ އެ ނުބަލާ ދޯ މަށައް ދިނީ..” އަރްކާން އެހެން އަހައިލުމުން ޒެވިއަލް ހައިރާންވެސް ވިއެވެ.
”ޔާ ..ރޭގަ ލަސް ވެފަ ހުރީމަ ބަލާކަށް ނޫޅޭވުނު.. ބޮޑު ކަމެއް ވީތަ ” އަނެއް ކާ ވެސް އަރްކާން އަހައިލިއެވެ.
ޒެވިއަލް ޖަވާބު ދޭން އަނގަހުޅުވާލި ހިނދު ސަފީނާގެ ފަހަތުން އެތަނަށް އައިސް ހުއްޓުނު އީވާ ފެނި ހުއްޓިލިއެވެ. ޒެވިއަލް އިޝާރާތުން މަޑުކޮށްލުމަށް ބުނެ ދައްކައިލީ އީވާއެވެ.
“ކިހިނެތް ވީ” ގޭތެރޭގައި އެންމެން ޖަމާވެފަ ތިބިގޮތުން އީވާއަހައިލިއެވެ. އޭނާއަށް އަޒީޒްގެ ރުޅިވެރި މޫނު ފެނުމުން ފުރަތަމަވެސް ބުމަ ހިއްލާލެވުނެވެ.
އަޒީޒްގެ އަނގައަކުން ބަހެއް ނުބުނެއެވެ. ސޯފާގެ ކުރިމައްޗަށް ވާހެން ހުރި ކުޑަ މޭޒުމަތީގައި ކުރިން ސުރެން ބައިންދާފައި އިން ފެންތައްޓެއް އަތައް ނަގައިގެން އަޒީޒް ގޮސް ހުއްޓިލީ އީވާގެ ކުރިމަތީގައެވެ.
“ބައްޕާ..ކިހި” އީވާބުނެ ބުނެ ހުރި ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަޒީޒް ކޮށްލީ އެކަކު ވެސް އުއްމީދު ނުކޮށް ހުރި ކަމެކެވެ. ފެންތަށި ހުރި ގޮތައް އީވާގެ މޫނަށް ޖަހާލިއެވެ. ޒެވިއަލްއާއި ދިނާޔާ ފިޔަވައި އެންމެން ދެލޯ ބޮޑުވެފައި ތިބި އިރު ތިބެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
“ބަ..އް..ޕާ..” އީވާގެ އަނގައިން ލަސްލަހުން ނުކުތެވެ. މީހަކު ނުބުނެދިނަސް އޭނާއަށް މިހާރު އަޒީޒްގެ ރުޅީގެ އަސްލު އެނގިއްޖެއެވެ. ރުޅިން ފިއްސާލާފަދަ ނަޒަރަކުން އޭނާ ބަލައިލީ ދުރުގައި ހުރި ރައިހާގެ މޫނަށެވެ.
ވާނުވާ ރެއަކާލާން ފެށުމުން ފުރަތަމަ ވެސް ރައިހާ ބޭނުން ވީ އެތަނުން ދުވެ ފިލާށޭވެ. ރައިހާއަށް ހިފަހައްޓާލެވުނީ އަލާރާގެ އަތުގައެވެ. އަލާރާގެ އަތައް ބާރުވާ ވަރަށް ހިފުނު އިރުވެސް އޭނާއަކަށް ނޭނގުނެވެ. އޭނާގެ ސަބަބުން އެގޭގައި މައްސަލައެއް ޖެހޭކަން ބޭނުމެއް ނޫނެވެ. އެގޭގައި އަލާރާ އާއި ލިއާނާގެ ގާތުގައި ހުރެވޭނެ އެންމެ ފަހު ދުވަހޭ ހީވެ މުޅިން ހިތްވަރު އެލޭ ގޮތްވެއްޖެއެވެ.
“ކޮން ބައްޕައަކަށް ގޮވާކަށް ތަ.. ” އަޒީޒް ހުރި ދިމާ ތިރިއަށް ހުސްވެފައި ހުރި ބިއްލޫރި ތަށި ވައްޓާލިއެވެ.މުޅި ތަނުގެ ހަމަ ނުޖެހުން ގެއްލުނީ ބުރައިގެން ދިޔަ ބިއްލޫރިކޮޅު ތަކުގެ އަޑު ފައްގަނޑުންނެވެ. “އީވާ.. ހަމަ މިހާރު ދެއަތުން ތި ބިއްލޫރިތައް ސާފްކުރޭ..” އަޒީޒް އަނެއްކާ ވެސް ބުނެލިއެވެ.
“ނޫނޭ.. މަޑުކުރޭ” އަޒީޒްގެ ޖުމްލަ އިވުނު ހިނދު އީވާއާއި ދިމާލަށް ހިނގައިގެން އަރްކާންގެ އަތުގައި ޒެވިއަލް ހިފައިގަތެވެ.
“ބައްޕާ..މީހެއްގެ ދޮގު ވާހަކަ ތަކުގައި ބައްޕަ ވެސް ޖެހުނީ ދޯ.. އުފަން ދަރިވެސް ބައްޕައަށް މިއަދު މުހިއްމެއް ނުވި… ރައިހާ.. މިގެއަށް އައި ފަހުން ކޮން ޖާދުލެއް ތަ ތި ޖައްސަނީ މިގޭ މީހުންނަށް.. އޭން.. މިހި އަންހެނާ” އަޒީޒްގެ ކުރިމަތިން އަޅާފައި ދިޔަ ގޮތައް އީވާ ގޮސް ހުއްޓުނީ ރައިހާގެ ގާތަށެވެ. އަތް މަޅާލަމުން އޭނާ އުޅުނީ ރައިހާގެ މޫނުމަތީގައި ޖަހާށޭވެ. ނަމަވެސް އެދޭތެރެއަށް ލިއާނާ ވަނުމުން އެ ހަމަލާ އަރައިގެން ދިޔައީ ލިއާނާގެ މޫނަށެވެ.
“ލިއާ..” ޖެހިލެއް ބާރުކަމުން ބޮލަށް އެރައިގެން ގޮސް ވެއްޓެން ދިޔަ ވަގުތު ޒެވިއަލް އޭނާގެ ގައިގާ ހިފައިގަތެވެ. ބޮލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅު ނުވަނީސް އެހާ ބާރަށް ޖެހުމުން ލިއާނާއަށް ކޮޅަށް ހުރުން ވެސް ވީ ދަތި ކަމަކަށެވެ.
“ލިއާ.. ކީއްކުރަން ތަ ތިވަނީ މިތަނަށް..” ރައިހާއަށް ހުރީ ރޮވޭ ގޮތްވެފައެވެ.
“ކިހިނެތް ވެގެން އީވާ ތިއުޅެނީ.. ” ލިއާނާއަށް ވެގެން ދިޔަ ގޮތުން އީވާ ހުރީ ބިރުގަންނަ ގޮތްވެފައެވެ. އޭނާއަށް ހަމަ މަގަށް އެޅުނީ މޫނުމައްޗަށް އަޒީޒް ދޫކޮށްލި ހަމަލާއިންނެވެ. ކޯތާފަތުގައި އަތްއަޅާލެވުނު އިރު ދެލޯ ފެންކަޅިވިއެވެ. މިއީ ހައްތަހާ ވެސް އެ ސުންޕާ ރައިހާގެ ކަންތަކެވެ. އީވާގެ ހިތުގެ އެންމެ ފުނުގައި ރައިހާއާއި މެދު އުފެދިފައި ހުރި ރުޅިވެރިކަން ދެގުނަވިއެވެ.
“ތި ނޫނަކަސް މަގޭގެ އިތުރު ދެ ދަރިން އެތިބީ.. ދުވަހަކު ވެސް މިކަހަލަ ލަދަކާއިވެސް ހިތާމައަކާއި ވެސް އެކުދިންގެ ފަރާތުން ކުރިމަތި ލާކަށް ނުޖެހޭ.. ރައްޓެއްސެއްގެ ކުރިމަތީގަ ވެސް އަހަންނަކަށް ލަދުގަންނާކަށް ނުޖެހޭނެ.. އެކަމަކު މިއަދު އަހަރެން ވަރަށް ދެރަ ވެއްޖެ .. އެންމެ ދުވަހެއްގެ ކަމެއް ނޫނޭ މީގެން މިފެންނަނީ.. ދެދުވަހު އަހަރެމެންނަށް މިކަންތައް އެނގުނީ..އަދި ނޭނގި ކިތައް ދުވަހު މި އަނިޔާ އެކުއްޖާއަށް އީވާ ދީފަ ހުންނާނެ.. ބަލަ އެއީ ދެމަފިރިއެއްގެ ހުރި އެންމެ ދަރިއެކޭ.. އެމީހުންނަށް މިއިން ކަމެއްގެ ހިލަމެއް ވެއްޖެނަމަ ފޮނުވާނެތަ.. އަލާރާ ނުބުންޏަސް އަހަރެމެންނަށް އެނގޭ އެ ކޮޓަރިއަށް އީވާ ނުވަންނަކަން..” އަޒީޒްގެ ކޮންމެ ޖުމްލައަކުން އޭނާ އައިސްފައި ހުރި ރުޅީގެ އިތުރަށް ވެފައިވާ ދެރަ ހާމަ ވަމުންދިޔައެވެ.
“އަލާގެ ހުރިހާ ރައްޓެހިން އެ ހާލުގައި ވަނިކޮން ދޫކޮށްލިހެން ކޮއްކޮއަކަށް ވެ ހުރެ އީވާ ވެސް ދޫ ކޮށްލީ.. އެ ތަން ފޫ ބައްދާ ދިނީ ލިއާ އާއި ރައިހާ.. ލިއާ މިގެއަށް ފުރަތަމަ ދުވަހުން ފެށިގެން އެއުޅެނީ އަލާ އަކީ އަމިއްލަ ދައްތައެއް ކަމަށް ދެކިގެން.. ދެން ހުރީ ރައިހާ.. އެކުއްޖާ ވެސް އައި ފުރަތަމަ ދުވަހުން ފެށިގެން އެއުޅެނީ އަލާ ގެ ހިދުމަތުގަ ކިހިނެތް.. އަހަންނަށް ޔަގީން ފައިސާއަކަށް ނޫން ކަން ރައިހާ އެ މަސައްކަތް ކޮށްދެނީ.. ހިތުން ރުހުމުން ލޯބިން އެ ކަންތައް ކުރަނީ… އީވާއަށް ފަހަރެއްގަ ނޭނގިދާނެ އެކަމަކު އީވާއަށް ވުރެން މާ މިނިވަން ކަމާއި ތަނަވަސް ކަންމަތީގަ އުޅެފަ އެއައީ މިކަހަލަ ކަމެއްގަ މިގެއަށް.. އަހަންނަށް ކިތަންމެ ގިނައިން ލާރި ލިބުނަސް އެއްވެސް ދަރިއަކަށް ހިތުހުރި މިންވަރަށް އަމިއްލައަށް ފައިސާއޮއްސާކަށް ނުދެން.. އީވާއަށް ވެސް މިދެނީ ތި އުމުރުގަ އަލާ އާއި އަރްކާން އަށް ވެސް ދިން ހެން ޕޮކެޓް މަނީ… އެކަމަކު ރައިހާ އަކީ ޝާފިއުއަށް ލިބޭހާ އެއްޗެއް ދީގެން އުޅޭ ކުއްޖެއް..އެހެންވީމަ ހަމަ ގައިމުވެސް އީވާއަށް ވުރެން ރައިހާއަށް އެތައް ގުނައެއްގެ ފައިސާ މަހެއްގެ މައްޗަށް ވެސް ބޭނުން ކުރަން ލިބޭ..އެކަމަކު ކިހާ އާދައިގެ ގޮތަކަށް އެއުޅޭނީ.. މިޙާރު އީވާއަށް އަހަރެމެން އެވަރަށް ނުދޭއިރުވެސް އަހަރެންގެ ދަރިއެއް ވީމަ އީވާ އުޅޭނީ އެންމެންގެ ކުރިމަތީގަ މާ މަސްހޫރު މީހަކަށް ވެގެން.. އީވާއަށް ހަމަ ރަނގަޅަށް އެނގޭނެ ޒާފިރް ފަދައިން ޝާފިއު އަކީ ވެސް އަހަރެންގެ ގާތް މިތުރެއްކަން.. މިއަދު ހާދަ ލަދެއް ގަތްފިއޭ.. ކިހިނެތް އެ މީހުންގެ ކުރިމަތީގަ މޫނު ދައްކާލާނީ މިވަރުން.. އަހަރެންގެ އަލާ ދުވަހަކު ވެސް ތި ފާޑަކަށް ނޫޅޭ .. އަލާ އަށް އެހާ ހެޔޮއެދޭ ކުއްޖަކު ލިބުނީ މަ ވެސް މިހެންތަ އީވާއަށް އެނގުނީ ކަންތައް ކުރަން.. އެވެސް ތިމާ މީހާ އެހާ އެ ކުއްޖާއަށް އަޅާލުން ކުޑަ އިރު..މައްސަލަ އެއް ނެތޭ އެ ކުއްޖާއާއި އަނގައިން ނުބުންޏަސް އެކަމަކު މިފާޑަށް ނުބެހި ހުރޭ…ދެން އިނގިލި ކުރިން ރައިހާއާއި ބެހެން އުޅުނަސް މިގެއިން ނުކުމެގެން ދާން ޖެހޭނީ އީވާއަށް.. އިތުރު މީހަކު ދާކަށް ނުޖެހޭނެ.. ރައިހާ މި ވަޒީފާއިން ކެނޑެން ބޭނުންވެގެން އެވާހަކަ ދެއްކީމަ އެކަމާ ވިސްނަނިކޮން މަށައް މި މަންޒަރުތައް ފެނުނީ..އެހެންނޫންނަމަ އެކުއްޖާ މެރިޔަސް ނޭނގޭނެ” އަޒީޒްގެ ވާހަކަތައް އިވެމުން ދިޔައިރު އަނގައިން އެންމެ ބަހެއް ވެސް އީޥާ ނުބުނެއެވެ. މޫނުމަތިން ދެރަވި ފާޑެއް ވެސް ނުޖަހައެވެ. އަޒީޒް ހީކުރީ އޭނާ އެހެން ވާހަކަ ދެއްކުމުން އީވާގެ ހިތް މަޑުވެ ހަމަ މަގަށް އެޅޭނެ ކަމަށެވެ. ނަމަވެސް އެ މޫނުން އެކަހަލަ އަސރެއް ނުފެނުމުން ހިތައް ވެރިވެގަތީ މާޔޫސްކަމެވެ.
”އީވާ ތިރީގަ އެހުރި ބިއްލޫރިތައް ނަގާފަ ރައި ގެ ކައިރިން މާފަށް އެދިފަ ދާންވާނީ ” އެހުރިހާއިރު އެއްޗެއް ނުބުނެ ހުރެފައި ދިނާޔާ ބުނެލިއެވެ. ދިނާޔާގެ އަޑަށް އެތާގަ ހުރެފައި ލިފްޓާއި ދިމާލަށް ދިޔަ އީވާ އެނބުރި އައިސް ބިއްލޫރިތައް ނެގިއެވެ. ނަމަވެސް ސޯފާގައި އިން ރައިހާއާއި ދިމާ ބަލާވެސް ނުލާ އެނބުރި ދިޔައެވެ.
“ދައްތާ އިޓްސް އޯކޭ.. އަހަރެން ކަމަކަށް ނުހަދަން.. އަތް ވެސް މިހާރު އޯކޭ ވޭ އެބަ ..” އީވާ ހެދިގޮތުން އެދިމާލަށް ދިނާޔާ ދަނިކޮން ރައިހާ އަވަސް އަވަހަށް ބުނެލިއެވެ. އިތުރަށް މާހައުލުގައި އޮތް ނުތަނަވަސްކަން އެގޮތުގައި އޮންނާކަށް ރައިހާ ބޭނުމެއް ނުވިއެވެ.
“އީވްގެ ފަރާތުން ދައްތަ މާފަށް މިއެދެނީ.. ވަރަށް ބޮޑަށް ސޮރީ ރައީ.. މި ވަރުވެގެން ދިޔައިރު ވެސް ދައްތަ މެން ގެ ކައިރީގަ ބުނެލަން ރަނގަޅެއްނު.. ” ދިނާޔާ ހިފައިލީ ރައިހާގެ އަތުގައިއެވެ. ކުރިން އިން ބޮޑު ބޭސްގަނޑުގެ ބަދަލުގައި މިހާރު އިނީ ކުޑަ މަލަން ކޮޅެކެވެ.
“ނޫނޭ.. ކަމެއް ނޫނޭ އެއީ.. ވަރަށް ރަނގަޅު މިހާރު.. ދައްތަ ތިހެން މާފަށް އެދުނީމަ ވަރަށް ލަދުގަނޭ އެބަ.. ކަމެއް ކޮށްދީފާނަން ތަ އެންމެން.. މި ވާހަކަ އިހަށް އަހަރެންގެ މަންމައާއި ބައްޕަ އާއި ހިސާބަށް ނުގެންދައްޗޭ.. އެދުވަހު ކެނޑެން ބޭނުމޭ ބުންޏަސް އަސްލު މިގެއިން ދާކަށް ބޭނުމެއް ނުވޭ..އެމީހުންނަށް އެނގިއްޖެޔާ ނާދެވޭނެ ދެނެއް” ރައިހާ އާދޭހާއި އެކު ބުނެލިއެވެ.
ދިނާޔާއާއި އަޒީޒްވެސް އާއެކޭ ބުނެލީ ހިތާ ދެކޮޅަށެވެ. އީވާ އެހެދި ގޮތުން އެކަންތައް ޝާފިއުއަށް ސިއްރު ކުރާކަށް އަޒީޒް ބޭނުމެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި ޝާފިއުގެ ކިބައިން އޭނާ މާފަށް އެދެންޖެހޭނެއެވެ. ނަމަވެސް އެހާ އުއްމީދާއި އެކު ރައިހާ ބުނެލުމުން އަޒީޒްއަށް ދެކޮޅު ނުކެރުނީއެވެ.
އަޒީޒް އާއި ދިނާޔާ ދިޔުމުން އަރްކާން އެދުނީ އަސްލު ވެގެން ދިޔަ ގޮތް ކިއައިދިނުމަށެވެ. ޒެވިއަލް ފޯނު ދައްކާލުމުން ލިއާނާ ވެސް އެބެލިއެވެ. އަލާރާ ދުރުގައި ހުރި އިރު ޒެވިއަލްގެ ފަރާތުން އޮޅުން ފިލުވަމުންދިޔައެވެ.
ވީޑިއޯއަށް ފަހު ފުރަތަމަ ވެސް ރައިހާއާއި ކުރިމަތިލާން ޖެހުނީ ލިއާނާގެ ނުރުހުމާއި އެވެ. ބޮލަށް އެރި އެނބުރުން ފިލާ ދިޔަ ނަމަވެސް ތުންފަތް ކައިރިން ތަންކޮޅެއް އިނީ ފެޅިފައެވެ.
“ކީއްވެތަ އެންމެން މަށައް ކަންކަން ސިއްރު ކުރަނީ .. ފުރަތަމަ ދޮންބެ ދެން ރައީ.. އެންމެ ހީ ނުކުރާ ދެމީހުން.. އަދި ކިތައް ސިއްރު އޮންނާނެ ބާ.. ދޮންބެ އަށް ބުނެވިދާނެ ..އެކަމަކު ރައީއަށް ބުނެވޭނެތަ އަހަރެން ކަމެއް ފޮރުވިއޭ…އަހަރެން ދުވަހަކުވެސް ރައީ އަށް ކަމެއް ސިއްރުކުރިންތަ.. އަހަރެންގެ ލައިފްގަ ޖެހުނު އެންމެ ބޮޑު ކަންތައް ވެސް ރައީ އަށް އެނގޭނެ.. އެކަމަކު ރައިއަށް ނުކިޔާދެވޭ އެއްކަމެއް ވެސް މަށައް ނޭނގެނީހެއް.. ކަޔާން ކަންތައް ވެސް ވާނެ އެއްޗެއް ވަނިކޮން އެނގުނީ..ދެން އޭގެ ފަހުން ވެސް އެހެން..ދެން މިކަންތައް ވެސް .. ދެން ނެތެންނު ދެން މަ ބުނަންވެފަ އޮތް އެއްޗެއް.. އޮފް..”ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނައިގެ ތެރެއިން ލިއާނާއަށް ބުނެވުނެވެ. އިތުރަށް މަޑުނުކޮށް ސޯފާގެ މަތީގައި އޮތް އަތްދަބަސް ނަގައިގެން ލިއާނާ ގެއިން ނުކުމެގެން ދިޔައެވެ.
ޒެވިއަލްއަށް ސޯފާގެ ލެނގޭ ބައިގާ ލެނގިލެވުނު އިރު މުޅި ތަބީއަތު ވަނީ ބަދަލްވެފައެވެ. ލިއާނާގެ ކަރުނަވީ ލޯ ސިފަވި ހިނދު ހިތުގައި ރިއްސާލިއެވެ. ދެމީހުންގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެކަކު އަނެއްކަކާއި ދިމާވާނެ ގޮތެއް ނުވިއެވެ. ދިމާ ވެއްޖެނަމަ ދިމާ ވަނީވެސް ކުޑަވަގުތު ކޮޅަކަށެވެ. ދައްކަން ބޭނުންވެފައި ހުރި އެއްވެސް ވާހަކައެއް ދެއްކޭގޮތް ނުވެފައި ހުއްޓާ އެންމެފަހުން ހުރިޙާ ކަމެއް ލިއާނާއަށް އެނގުނީއެވެ. ލިއާނާ ރުޅި އަންނާނެކަން ވެސް އެނގެއެވެ.
އަރްކާން ހުރީ ލިއާނާގެ ފަހަތުން ދާން ބޭނުންވެފައެވެ. ނަމަވެސް ޒެވިއަލް އިނުމުން އެހިތްވަރު ކުރާކަށް ނުކެރުނެވެ. “އަރްކާން ގޮސްފަ ކުޑަކޮން ލިއާ އަށް ބަލާލަ ދޭތި” އެހެން އިންދާ ޒެވިއަލް ބުނެލުމުން އަވަސްއަވަހަށް އޭނާ ބޯޖަހައިލިއެވެ. އިތުރަށް މަޑުނުކޮށް ބޭރަށް ނުކުން އިރު ކާރުގެ ކައިރީގައި ހުރި ލިއާނާފެނި ހިނިތުންވެލެވުނެވެ. ލިއާނާގެ އަތުގައި ހިފައިގެން ގޮސް ކާރުގެ ކުރީ ސީޓަށް އެރުވުމަށްފަހު އަރްކާން ވެސް ޑްރައިވަރު ސީޓަށް އަށް އެރިއެވެ. ވަތްގަނޑަކުން ނެގި ފަސްޓް އެއިޑް ބޮކްސް އަކުން ކުޑަ މަލަން ކޮޅެއް ނެނގުމަށްފަހު ލިއާނާއާއި ގާތައް ޖެހިލިއެވެ.
ލިއާނާގެ ލޮލުން ފައިބަމުންދިޔަ ކަރުނުތައް ވެސް އަރްކާންއަށް ފެނުނީ އެވަގުތުއެވެ. ތުންފަތުގައި ދަތް އަޅާލެވުނު އިރު އެ މޫނުގައި ދެއަތުން ހިފާލެވުނެވެ. މުޅި މޫނަށް ވަނީ ރުއިމުގެ ސަބަބުން ރަތްކުލަ ފާއްދާލާފައެވެ. ދެލޮލުގެ ރަތްކަން ވަކިން ގަދައެވެ. ލިއާނާއަށް ވެފައިވީ ގޮތުން އަރްކާންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އަރްކާން ނުވިސްނާ އިންދާ ލިއާނާ އެ މޭގައި ބޯ އަޅާލިއެވެ. ލިއާނާގެ އަޑު ވެސް އަނގައިން ބޭރުވަމުން ދިޔައެވެ. އެފަދަ ގޮތަކަށް ލިއާނާ ރޮނިކޮން އަރްކާންއަށް ފެނުނީ އަލަށެވެ. އޭނާގެ ހިތައް ގޮތެއްވިއެވެ.
“ނުހިފަހައްޓާ ރޯލާ…ޔޫ ކޭން ކްރައި އޭޒް މަޗް އޭޒް ޔޫ ވޯންޓް.. ޔޫ ހޭވް މީ” ލިއާނާގެ ގައިގާ އަރްކާންގެ ދެއަތުން ވަށާލި ހިނދު އިތުރަށް ރޮވުނެވެ. ދެރަވެފައި ހުންނަ ވަގުތުތަކުގައި މީހެއްގެ އަޅާލުން އިޙްސާސްވުމުން މާ ބޮޑަށް ޖަޒުބާތީ ވެގެންދެއެވެ. ލިއާނާ ހިތައް ހަމަޖެހުމެއް އިޙްސާސް ވަންދެން އެގޮތުގައި އަރްކާން އިނެވެ.
***
“ވެލްކަމް ހޯމް ބްރޯ..”ގޭތެރެއަށް ވަދެގެން އައި ސާމިއު ފެނި އޭނާގެ އިންތިޒާރުގައި ސޯފާގައި އިން ޝަވަން ދޮރާއި ދިމާލަށް އައެވެ. އޭނާގެ ފަހަތުން ހަމްދީއާއި ނަސްރާ އައި އިރު އެ މޫނުތަކުން ފެންނަނީ ހިނިތުންވުމެކެވެ. ހަމްދީއަށް ވުރެން ނަސްރާގެ މޫނުން ފެންނަ ހިނިތުންވުން ފުނެވެ.
“ދެން އަނެއްކާ ފުރައިގެން ދާނީ އެންނޫން..” ސާމިއު ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ސޯފާގައި ބާއްވަމުން އިށީނދެލިތަން ފެނި ނަސްރާ ބުނެލިއެވެ.
“މިފަހަރު މިއައީ ދާ ގޮތަކަށް ނޫނޭ.. އެއްކޮން މިއައީ.. ބޮޑުބެ އަށް އެހީވާން ކޮމްޕެނީ ޖޮބް އެއްގަ މަޑުކުރަން މިއައީ..”ސިއްރުވެރި ހިނިތުންވުމެއްގައި ހުރެ ޝާމިއު، ޝަވަން އާއި ދިމާ ބަލާލަމުން އެއްލޯ މަރާލިއެވެ.
“އަހަހަހަ.. ރަނގަޅުތާ ދޯ.. ބޭބެ ގެ ދަރިފުޅަށް ވުރެން ކޮއްކޮ މާ ހިންގާލާނެއޭ މިހާރުވެސް ހިތް އެބަ ބުނޭ” ސާމިއުއަށް އުފާވެރި ހިނިތުންވުމެއް ރައްދުކޮށްލަމުން ހަމްދީ ބުނެލިއެވެ. ސާމިއު ފެނުމުން އޭނާ ހިތްހަމަޖެހުނު ވަރު އެމޫނުން ވެސް ހާމަވެއެވެ.
***
މެންދަން ވެގެން ދިޔައިރު ވެސް ލިއާނާގެ ހަބަރެއް ނުވާތީ ޒެވިއަލް އޮތީފޯނަށް ފޯނަށް ބަލަބަލައެވެ. ރައިހާ ގެ ފަރާތުން ލިއާނާ ވީ އަލާރާގެ ގާތުގައިކަން އޭނާއަށް އޮތީ އިނގިފައެވެ. ކަންނެތް ކަމާއި އެކު ދެއަތައް ފުރޮޅިލަ ފުރޮޅިލާ އޮވެފައި އެނދުން ތެދުވަތީ ގޭގަ ދޮރުހުޅުވާލި އަޑުއިވިގެންނެވެ. އަވަސްއަވަހަށް ބޮލަށް ޓީޝާޓެއް މަހާލައިގެން ނުކުތް ހިނދު ދޮރު ޖަހާފައި ލިއާނާ ކޮޓަރިއަށް ވަދެ އެތެރެއިން ތަޅުލައިފިއެވެ. ޒެވިއަލްގެ ހިތް މާޔޫސްވިއެވެ. ލިއާނާއަށް ކަމެއް ބުނެދެވޭނީ ވެސް އޭނާއަށް ފުރުސަތެއް ދީގެން ނޫންހެއްޔެވެ. ދޮރުގައި ޖަހަން އުޅެފައި ވެސް ލިއާނާގެ ބަދަލްވެފައިވާ ތަބީއަތުގެ ސަބަބުން އެ ވިސްނުން ޒެވިއަލް ދޫކޮށްލިއެވެ.
ކޮޓަރިއަށް ވަދެ ވަދެ ހުއްޓާއި އަޒީޒް ގުޅާފައި އެބަޔަށް އައިސް ދިނުމަށް އެދުމުން ނުކުމެގެން ގޮސް ލިފްޓަށް އެރިއެވެ. ޒެވިއަލް ދިޔައިރު އަރްކާން އާއި އަޒީޒް ފިޔަވައި އިތުރު މީހެއްގެ ހިލަމެއް ނުވެއެވެ. އަރްކާންގެ ކައިރީގައި އޭނާ ގޮސް އިށީންދެލިއެވެ.
“އިނގޭތަ .. ބައްޕަ މިއަދު ބަލައިފިން އެ އާނިސް އާއި މައުރޫފް ޖަލުން މިނިވަން ކުރި ބައެއް” އަޒީޒް ދޭން އެއުޅެނީ އާ ހަބަރެއް ނޫންނަމަވެސް ޒެވިއަލް އިނީ އަޑުއަހާށެވެ.
“ކާކު ދޫ ކޮށްލީ” އަރްކާންގެ މޫނުމަތިން ފެންނަނީ ޝައުގުވެރިކަމެވެ.
“ފާތިމަތި ސާރާ ކިއާ އަންހެނެއް” އަޒީޒް ދިން ޖަވާބުން ޒެވިއަލް އިންގޮތައް އިން އިރު އަރްކާން ދިޔައީ ސިހިގެންނެވެ.
“ކީކޭ.. ކޮން ނަމެކޭ” އަރްކާން ދެވަނަ ފަހަރަށް އަހައިލުމުން އަޒީޒް އެ ނަން ތަކުރާރް ކޮށްލިއެވެ. އެ ހިނދު އަރްކާންއަށް ހީވީ ވަރުގަދަ އެތިފަހަރެއް އޭނާގެ މޫނަށް މީހަކު ޖަހާލި ހެންނެވެ. އިށީންދެ އިން ސޯފާގެ އަތްގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. ނިތް މައްޗަށް އެތައް ބައިވަރު ރުލެއް އަރައިގެންދިޔައެވެ.
އަރްކާންއަށް ވެގެން ދިޔަ ގޮތެއް ޒެވިއަލްއަށް ސިއްރެއް ނުވިއެވެ. އޭނާއަށް އެއައި ބަދަލުން ޒެވިއަލްއަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.
***
(ނުނިމޭ)