ޒެވިއަލް ވެސް އޯކޭ އޭ ބުނެ ސައިކަލަށް އަރަން ދިޔައީ ލިއާނާ ފުރަން ވާއިރަށް ކޮންމެހެން ވެސް ގެއަށް ދާން ބޭނުންވާތީ އެވެ.
****
“ޒެވިއަލްއަށް ގެޔަށް އާދެވުނު އިރު ލިއާނާއާއި އަރްކާން ގެ އިތުރު އަޒީޒް ގޭޓްގެ ކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ. ޒެވިއަލް ލަސްވުމުން ލިއާނާ ފުރަތަމަވެސް އެކަމާއި ޝަކުވާކޮށްލިއެވެ.
“ސޮރީ..ކުޑަކަމެއް ދިމާވީ…ޓްރެފިކްގައި ވެސް ޖެހުނު ކުޑަކޮން..ލިއާ ހަނދާން އެބަހުރިތަ ދޮންބެ ދެއްކި ވާހަކަތައް” ލިއާނާގެ ގައިގާ ބައްދާލަމުން ޒެވިއަލް އަހައިލިއެވެ. ވަގުތުން ލިއާނާ ބޯޖަހައިލިއެވެ.
“ބަލައިގެން އުޅޭތި..ކަމެއް ވިއަސް ނުބުނެ ނުހުންނައްޗޭ.. ޑޯންޓް ފައިޓް ވިތް ހިމް” އަޒީޒްއާއި ވާހަކަ ދައްކަމުން ދުރުގައި ހުރި އަރްކާން ދައްކާލަމުން ޒެވިއަލް ލިއާނާގެ ކަންފަތުގައި ހިފާލިއެވެ.
”އާއުޗް ދޮންބޭ..ބަސް އަހާނަމޭ..އެކަމަކު މިހާ ލަސް ވީމަ އެއާޕޯޓަށް ދާން ނުހަދާ ޖައްސާލަން ދޭ އެނގޭ.. އަހަރެމެން ގޮސް އެއާޕޯޓުގަ މަޑުކުރާކަށް ނުޖެހޭނެ..ޔޫނޯ ވީއައިޕީ ބޭފުޅުންނާއި އެއްކޮން ދާއިރު އެކަހަލަ ބެނިފިޓްސް ވެސް ލިބޭނެ..”ލިއާނާ ބުނެލިގޮތުން ޒެވިއަލްގާތައް ހިނި އަންނަ ގޮތްވިއެވެ. ޒެވިއަލް ދެތިންފަހަރަކު ބުނުމުން ވެސް ލިއާނާ ދެކޮޅުހެދުމުން ޒެވިއަލް ނިންމީ މަޑުކުރާށެވެ.
ޑްރައިވަރު ކާރުގައި މަޑުކޮށްލުމުން އަރްކާން އާއި ލިއާނާ ކާރަށް އެރިއެވެ. ކާރު ނައްޓާލުމާއިއެކު އަޒީޒް އާއި އެކު ޒެވިއަލް ވެސް ލަސްނުކޮށް ގެއަށްވަނެވެ.
***
ހެނދުނުވެގެން އައި އިރު ބައްދަލްކުރީ ގަދައަށް ވެހެމުންދިޔަ ބޯ ވާރެޔާއެވެ. އުދަރެސް ކޮޅުނެތް ކޮޅަށް ބައްދާލާފައި އޮތީ ބަނަވިލާތަކުންނެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ގަސްގަހުގައި ކޭއްތެމުން ދިޔައިރު އެ ވަޔަށް ކެތް ނުވެގެން ގަސްތައް ވެސް އެކި ބީޓަށް ވައިގެ ތެރޭގައި ނަށަމުންދެއެވެ. އެހާމެ ބާރަށް ގުގުރާ އަޑު އިވެމުންދާއިރު، ވިދުވަރުގެ އަލިކަން އުޑުމަތިން ފެންނަމުންދެއެވެ. ގަސްތަކުގެ ފަތްތައް ތެމި، ފެންފޮދުތައް އެއިން ތިރިއަށް ފައިބަމުންދާ މަންޒަރު ފެންނަމުންދިއައީ ހިތްދަމައިގަންނަ ފަދައަކުންނެވެ.
މޫސުމުގެ ނުތަނަވަސްކަމުން، ތާއަބަދުމެ ބަގީޗާގެ ގަސްތަކުގެ ތެރޭގައި ނަށަމުން ދުވާ ދޫނިތަކުގެ ހިލަމެއްވެސް މިއަދު ފެންނަން ނެތެވެ.
ބެލްކޮނިން ފެންނަމުންދިޔަ އެ މަންޒަރަށް ޒެވިއަލް ހިތް ދޫކޮށްލައިގެން ހުރި އިރު ލަސްލަހުން އަތުގައި ހުރި ކޮފީމަގު ހުސްވަމުންދިޔައެވެ. ދޭތެރެއަކުން އަތުގައި އޮތް ފޯނަށް ނަޒަރު ދިއްކޮށްލައެވެ. އަދިވެސް ލިއާނާގެ ހަބަރެއް ނުވާތީ ވައިބާ މެދުވެރިކޮށްވެސް ޒެވިއަލް ގުޅަން މަސައްކަތް ކޮށްފިއެވެ.
“އަދިވެސް ހޮޓެލްއަށް ނުދެވެނީބަ..” ފުންނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ކޮފީ މަގުގައި ތުންޖެހިއެވެ. އޭނާހުރީ އެތަނުން ދުރަށް ދާހިތް ނުވެފައެވެ. އޭނާގެ ހަލަބޮލި ސިކުނޑިއަށް އެ މަންޒަރަކީ ޝިފާއެކެވެ. ވާރެއާއި ފިނިމޫސުމަށް ޒެވިއަލްގެ ހިތުގައި އެންމެ ކުޑައިރުން ފެށިގެންވެސް އޮންނަނީ ތަފާތު ލޯތްބެކެވެ.
އެންމެ ފަހުން ހިތާ ދެކޮޅަށް ޒެވިއަލް އެތަނުން ދުރަށް ޖެހިލީ އޭނާގެ ޑިއުޓީއަށް ދިޔުމަށެވެ. އަލާރާގެ މަތިން ހަނދާން ވުމުން އެ ރަތް ތުންފަތުގައި ތުވެލީ ލުއި ހިނތުންވުމެކެވެ. ހިތުގައި ކުޅެލީ އުފާވެރި ރާގެކެވެ. ހުދުކުލައިގެ ސްވީޓްޝާޓާއި ކަޅުކުލައިގެ ސްވީޓްޕޭންޓްގައި ތައްޔާރުވެގެން ނުކުން އިރު އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އޭނާގެ އިސްތަށިގަނޑު ބޭއްވީ ހާވާލާފައެވެ. ތަފާތު ގޮތެއް ހުއްޓަސް އޭނާގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ.
ޒެވިއަލް އަލާރާގެ ކޮޓަރިއަށް ވައިން އިރު އެތަން ހުސްކޮން އޮތުމުން ހައިރާންވިއެވެ. ފާހާނާގައި ކަމަށް ހީކޮށް ޒެވިއަލް އިރުކޮޅަކު މަޑުކޮށްލިއެވެ. އެހެން އިންނަތާ ވިއްސަކަށް މިނެޓް ހިނގިއިރުވެސް އަލާރާގެ ހިލަމެއް ނުވިއެވެ. ނުވިތާކަށް ފާހާނާގައި މީހަކު އުޅޭކަމުގެ ހިލަމެއް ނުވިއެވެ. ޒެވިއަލް ފޯނުނަގައި ގުޅާލީ ދިނާޔާއަށެވެ.
“ހަލޯ ޒެވް..ދައްތަ ހަމަ ގުޅަން މިއުޅެނީ…ވަރަށް ގިނަ އިރު ވެއްޖެ ދޯ ހުންނަ ތާ…އަލާ ކައިރީގަ ވާރޭ ވެހޭ ވާހަކަ ބުނީމަ ބޭރަށް ނުކުމެލަން ބޭނުން ވެގެން އުޅޭތީ ޕޫލް ކައިރީގަ މިއުޅެނީ..” ދިނާޔާ ބުނެލުމުން ޒެވިއަލް އެހެންހޭ ބުނެ އެތަނަށް ދިއުމަށް ކުޑައެއް ހިފައިގެން ނުކުތެވެ. އޭރުވެސް ދިޔައީ ވާރޭ ވެހެމުންނެވެ.
ޒެވިއަލްއަށް ދެވުނު އިރު ފަތާފެންގަނޑުގެ ކައިރީގައި ހިޔާ ކޮށްފައިވާ ބައިގާ ދިނާޔާއާއި އަޒީޒްގެ އިތުރުން އަލާރާ އިނެވެ. ޒެވިއަލް ފެނުމުން އަޒީޒް އާއި ދިނާޔާ ތެދުވިއެވެ.
”ޒެވް މިއޮތް އައީ..ދައްތަ މެން ދަނީ އެނގޭ ރެޑީވާން..ކުޑަކޮން ރޯގާ ޖެހިފަ އަލާ ހުރީ ..ފަހަރެއްގަ އުޅެފާނެ ތެމެން ވެސް…އެކަމަކު ތެމުނަ ނުދެއްޗޭ.. މާ ފިނިބޮޑުވެއްޖެއްޔާ އަލާ ނިކަން ބަލިވާނެ “ދިނާޔާ ހިނިތުންވެއްގައި ހުރެ ކިޔައިދިނެވެ. ޒެވިއަލްވެސް ލުއި ގޮތަކަށް ހީލަމުން ބޯޖަހައިލިއެވެ.
އަޒީޒް އާއި ދިނާޔާ ދިއުމުން އަލާރާ އިން ސޯފާގެ އަނެއްކޮޅުގައެވެ.
“ހޭއި”ޒެވިއަލް ބަލާލި އިރު އަލާރާ އިނީ ދިމާ ކުރިމައްޗަށް މޫނު އަމާޒު ކޮށްލައިގެންނެވެ. އެހެން އިންނަ އިރު ހީވަނީ ހަމަ ވާރޭގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިންހެނެވެ. ދުރުން ދެކޭ މީހަކަށް އެއީ ލޯފަންކުއްޖެއް ކަމެއް ބުނެދޭން ވެސް ދަތިވާނެއެވެ.
“ކީއްވެ ތިހާ ދުރުގަ ތި އިނީ..” ، “އާ..މްމް..އައިގޮތައް މިތާގަ ހަމަ އިށީންދެވުނީ..އޮޓޮމެޓިކަލީ” އަލާރާ ކުއްލިއަކަށް ކޮށްލި ސުވާލުން ދޭނެ ޖަވާބެއް ނޭނގި އިނދެފައި ޒެވިއަލް އަށް ޖަވާބު ދެވުނީ އާގަންނަމުން ކަހަލަ ގޮތަކަށެވެ.
“އޯކޭ” ޒެވިއަލް ޖަވާބު ދިންގޮތުން އަލާރާގެ ގާތައްހިނިއައި ނަމަވެސް އެކަން ނުދައްކައެވެ. އަތްހާކާލާފައި އޭނާ ލައިގެން ހުރި ޖިންސްގެ ޖީބަށް ލާފައި ފޯނު ނެގިއެވެ. ޒެވިއަލް ކިޔައިދިން ގޮތައް އޭނާގެ އިނގިލި ހާކަލަމުން ހޯދަން ބޭނުންވި ނަމްބަރު ހޯދާލުމަށްފަހު ޒެވިއަލްގެ ނަމްބަރު އިން ފިތައް އަލާރާ އޮބާލިއެވެ. މާގިނައިރު ނުވަނީސް ޒެވިއަލްގެ ފޯނު ރިންގު ވާން ފެށި އަޑުއިވި އަލާރާ ހީލައިގެންއިނެވެ.
“އޮޅިގެންތަ..” ،
“ޓޭކް އިޓް” ހައިރާން ވެފައި ޒެވިއަލް އަހައިލުމުން އަލާރާ ރައްދުދިނެވެ.
“ބުނީމެންނު ޝޯލްޑާއެއް ބޭނުން ވެއްޖެނަމަ ކޯލް ކުރަން…ސޯ އައި ޑިޑް…”ޒެވިއަލް ފޯނު ނެގުމުން އަލާރާ ވާހަކަ ދެއްކިއެވެ. ހައިރާންވިނަމަވެސް ޒެވިއަލްގެ ތުންފަތައް އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވާން މާގިނައިރެއް ނުނެގިއެވެ. މަޑުމަޑުން އިނދެ “ޔެސް”އޭ ޒެވިއަލް ބުންޏެވެ.
“ފަސްޓް…ކެން އައި ކޯލް ޔޫ ޒެވް..އެންޑް…ލެޓްސް ބީ ފްރެންޑްސް..އޮފިޝަލީ..އައި ނޯ ވީލް ބީ ބެސްޓްފްރެންޑްސް އިން ދި ފިއުޗާރ” ދެން އަލާރާގެ ފަރާތުން އިވުނު ޖުމްލައިން ޒެވިއަލްއަށް ހުއްޓުމެއް އައެވެ. ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ. އަލާރާ އެފަދަ ގާތް ގުޅުމަކަށް އިސްނެގިއިރު އަރްކާން އާއި ދޭތެރޭގައި ވެސް ޒެވިއަލް ވިސްނަން ޖެހެއެވެ. ޔަގީނުންވެސް އެހާދިސާ ކޮންމެވެސް ވަރަކަށް އަލާރާއަށް ވެސް އޮންނާނީ އިވިފައެވެ. އެކުވެރިކަމަށް އެދުނު އިރު އޭނާއާއި ދޭތެރޭގައި އަލާރަ ދެކެނީ ކިހިނެތް ބާއެ ހިތައް އަރަމުންދިޔައެވެ. އަލާރާގެ އެ އެކުވެރިކަމަށް ހިތާއި ސިކުނޑި އެދެމުން ދިޔަނަމަވެސް ޒެވިއަލްގެ ހިތައް ޒާތެއްގެ އުނދަގުލެއް ދިޔައީ ވަމުންނެވެ.
“އިންޝާﷲ..އައި ކެން…އެކަމަކު އެނގޭ ދޯ..މީ އެންޑް ހިމް…މިބުނީ އަލާރާގެ ދޮންބެ..ވީ އާ އެނިމީސް” ޒެވިއަލް ތުންފަތް ހަފާލަ ހަފާލަ އިނެވެ.
“ކެން ޔޫ ކަމް ލިލް ކްލޯޒާ”
“މްމް..އޯ..އޯކޭ..” އަލާރާ އެދުނުގޮތައް ޒެވިއަލް ކައިރިއަށް އައެވެ.އެދެމެދުގައި ފޫޓެއްހާ ދުރުމިން ހުއްޓެވެ. ޒެވިއަލް ސިހުނީ އަލާރާ އިނދެފައި އޭނާގެ އަތުގައި ހިފާލުމުންނެވެ. އެ މަޑު ދެއަތުގެ ބީހިލުން އިހުސާސް ކުރެވުނު ހިނދު ޒެވިއަލްގެ މެޔަށް ހީވީ ފިނިވެލިހެންނެވެ. “ޒެވް” ވެސް އެބުނެލީ ހާދަ ލޯބިވެތިގޮތަކަށެވެ.
“ކަމޯން..އަހަރެން އެދުވަސްކޮޅު ރާއްޖޭގައި ނެތަސް އަދި ކުރިން ޒެވްއަށް އަހަރެން ފެނިފަ ނެތަސް..އައި ހާޑް އޯލް ދޯޒް..އެންޑް މީ އެން މައި ފޭމްލީ..ވީ އޯލް ނޯ ދެޓް ޔޫ އާރ އިނޮސެންޓް..ދެން ދޮންބެ..ވައި ވުޑް ހީ ކެއާރ..އެހާ ރަނގަޅު ފްރެންޑެއް ލިބުނީމަ ވެސް ދޮންބެއަށް ނޭނގުނީ..އަހަންނަށް ޔަގީން ދޮންބެވެސް އެހެން ގަދަ ހަދާފަ ހުއްޓަސް ދޮންބެ ވެސް ގިލްޓީ ވާނެކަން…ބްލައިންޑް ނުވަނީސް އެދެލޮލަށް ބަލާލީމަ އެނގޭ އޭނަ ކަމަކާ ސަފާރ ކުރާކަން..މަންމަ އާއި ބައްޕަ ވެސް އަދިވެސް އުޅެނީ ތި ދެމީހުންގެ ދެމެދުގައި އަސްލު ހިނގި ކަމެއް ނޭނގިގެން..ކެން ޔޫ ޓެލް މީ އިފް އައި އާސްކް” އަލާރާގެ ވާހަކަ ނިމުން އިރު ވެސް ޒެވިއަލް އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
“ސޮރީ..އެ ވާހަކައަށް ކޮމްފޮޓަބަލް ވީ އިރަކުން ކިޔައިދޭނަން..އަހަންނާއި އަރްކާންގެ ކަންތައް ބާއްވަމާ ދޯ..”
“މައްސަލައެއް ނެތް..ޒެވްއަށް ކޮންފޯޓް ވީމަ ކިޔައިދެން ދެން އަހަރެން އިންތިޒާރުގަ ހުންނާނަން.. އުއްމީދުކުރަން އެދުވަސް އަވަހަށް އަންނާނެކަމަށް..ވީ އާ ފްރެންޑްސް ރައިޓް” އަލާރާ އަހައިލީ ޔަގީންކުރަން ބޭނުންވާ ފަދައަކުންނެވެ.
“އޮފް ކޯޒް..ކެން ވީ އިންޑް އަވާރ ފޯން ކޯލް”ޒެވިއަލްގެ ތުންފަތުގައި ދައުރުކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ.
“ހެހެހެ..ޔެސް ޔެސް..ވަރަށް ހީކަރުވާ އެބަ..އެކަމަކު މިތަނުން ދާ ހިތެއް ނުވޭ..ލޮލަށް ނުފެނުނަސް ވާރޭ ވެހޭ އަޑާއި މި ފިނިކަން އިހްސާސްވީމަ ބުނެދޭން ނޭނގޭކަހަލަ ހިތްހަމަ ޖެހުމެއް ލިބެނީ” ފޯނު އުނގުމަތީގައި ބާއްވަމުން އަލާރާ ދެއަތް ދެއަތާއި ހާކާލިއެވެ. އެއަމަލުން އެކަނިވެސް އޭނާއަށް ފިނިވެފައިވީ ވަރު އެނގެއެވެ.
“ބަލިވެދާނެ…ލެޓްސް ގޯ އިންސައިޑް..ބެލްކޮނީގަ އަހަރެން އިންނަ ތަނަށް ވެސް މި ފިނިކަން ފީލް ވާނެ … އަލާރާ ބޭނުން ވާނަމަ އެތާގަ ވެސް އިނދެވިދާނެ… ޑޯ ސްލައިޑް ކޮށްގެން އަހަރެން އަބަދުވެސް އިންނަނީ”
“ޕިސް..އަދިވެސް އަލާރާ ތަ ކިޔަނީ..އަހަރެންގެ އެންމެ ގާތް މީހުން އަލާގެ ނަމުން ގޮވަނީ..އެހާ ބުރަ ނޫނިއްޔާ އެ ނަމުން ގޮވޭނެތަ…އަލާރާ ކިޔާފަ ގޮވާނީ ދުރުމީހުން” ޝަކުވާގެ ޜާގެއް ބުނިއިރުވެސް ތުންކޮޅު ދަމާލާފައި ބުނެލިގޮތުން ޒެވިއަލްއަށް ހީލެވުނެވެ. ހާދަ ރީއްޗެވެ. އަލާރާގެ ކޮންމެ އަދާއެއް ވެސް ޒެވިއަލްގެ ހިތުގެ އެންމެ ހިމަ ނާރާއި ވެސް ކުޅެލަނީ އަޖައިބެއްފަދަ ގޮތަކަށެވެ. މާފަށް އެދެމުން ޒެވިއަލް އަލާރާގެ އަތުގައި ހިފައިލީ ގެއަށް ވަނުމަށެވެ. ކުޑަހުޅުވާލަމުން އިހުނައްވުރެން އަލާރާ ގަޔާއި ކައިރިކޮށްލަމުން މަޑުމަޑުން ހިނގައިގަތެވެ.
“ޒެވް ޔޫ ސްމެލްސް ގުޑް…”
“ވަޓް..” ޒެވިއަލްގެ ދެލޯ ބޮޑުވިއެވެ.
“އައި މީން ވަރަށް ކަމުދޭ ތި ޔޫސްކޮށްގެން ހުރި ސެންޓް…އަދި ދުވަހަކުވެސް ތި ވަސް ދުވާ އެއްވެސް ސެންޓްއެއް ނުފެނޭ..އެންމެ ފުރަތަމަ ދުވަހުވެސް އެހެން އަހަން އުޅުނިން..”
“އޯހް..ދިސް…އަކުއާ ޑި ޖިއޯ..”ޒެވިއަލްގާތައް ހިނިއައީ އަލާރާވެސް އޭގެ ސެންޓްފުޅިއެއް ބޭނުމޭ ބުނުމުންނެވެ.
“ގާލް..މިއީ ފިރިހެން ސެންޓް އެއް..ބަލާލާނަން އަޅެ މީގެ އަންހެން ސެންޓް ހުރޭ ތޯ…ބައިދަވޭ..ޝަވަން ކަންތައް ކިހިނެތް ތި ހެދީ…ވައި ޑިޑް ޔޫ ސޭ ދެޓް” ޒެވިއަލްގެ ހިތުގައި އިއްޔެއިން ސުރެން އުފެދިފައި ހުރި ސުވާލް އަލާރާއާއި ކުރިއެވެ.
“ކޮންމެ މީހަކަށް ވެސް ސެކަންޑް ޗާންސްއެއް އިންނަން ވާނެ ތާ ދޯ..އީވެން އިފް ވީ ކޭންޓް ޓްރަސްޓް..ވީ ޝުޑް ވެއިޓް ފޯރ ދި ރައިޓް ޓައިމް” އަލާރާގެ މޫނުން ފެނިލީ ސިއްރުވެރި ހިނިތުންވުމެކެވެ. އެ ހީލުމުގެ ފަހަތުގައި ކަމެއް ފޮރުވާފައިވާ ފަދައެވެ.
“އައި ޑޯންޓް އަންޑަސްޓޭންޑް..ތި ފޭސް އިން ހީވަނީ ކަމެއް ފޮރުވާ ހެން” ޒެވިއަލް ދެލޯ ހަނިކޮށްލައިގެން ހުރެ ވަރަށް ރަނގަޅަށް އަލާރާގެ މޫނަށް ބަލައިލިއެވެ.
“އަހަހަ…ނޫނޭ..ލެޓްސް ސީ” އެވަގުތުވީ ތުނިކޮށްލާފައި އޮތް ވާރޭވެސް ބޯކޮށްލިވަގުތަށެވެ. ލަސްނުކޮށް ގެއަށް ވަނުމަށް އަލާރާ އެދުމުން ޒެވިއަލް ފިޔަވަޅުތައް އަވަސް ކޮށްލިއެވެ.
***
އަރްކާންއާއި ލިއާނާއަށް ތިބެން ހަމަޖެހުނު ހޮޓެލްއަށް ދެވުނު އިރު ނުވައެއް ޖަހަނީއެވެ. ރާއްޖެއިން ސްޕެއިންގެ މެޑްރިޑަށް އައުމަށް ސާދަގަޑިއިރުގެ ފްލައިޓުގައި ހޭދަކުރަންޖެހެއެވެ. އެކަމުގެ ސަބަބުން ދެމީހުން ވެސް ތިބީ ހިސާބަކަށް އަރާމްކޮށްލަން ބޭނުންވެފައިއެވެ.
“ކާސާ ޑި މެޑްރިޑް” އަކީ ސްޕެއިންގެ ވަރަށް މަޝްހޫރު ހަތް ތަރީގެ ހޮޓެލެކެވެ. އެމީހުން ތިބެން ހަމަޖެހިފައި ވަނީ އެ ހޮޓެލްގައެވެ. ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވީ ނަމަވެސް ތަނުގެ ހައިބަތު ހާމަވެއެވެ. އެންމެ ބަލާލުމަކުން ވެސް އެއީ މުއްސަނދިންނަށް ހާއްސަ ތަނެއް ކަން ޔަގީންވާ ވަރުވެއެވެ. އަރްކާން އާއި ލިއާނާ ތިބީ ހޮޓެލްގެ ރިސެޕްޝަންގައެވެ. އެމީހުންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިތަކަށް ދިޔުމަށް އަރްކާން ދިޔައީ ރިސެޕްޝަނިސްޓުން ކައިރިން މައުލޫމާތު ތައް ހޯދަމުންނެވެ. އަރްކާން އެމީހުންނާއި ވާހަކަ ދައްކަމުންދިޔައީ ސްޕެއިން ބަހުންނެވެ. އެ މަންޒަރު ފެނި ލިއާނާ އަނގަހަދައިލައިގެން ހުއްޓެވެ.
“ލޮ ސިއެންތޯ ސެންޔޯރް.. ޕޮރް އެލް މޯމެންތޯ ނޯ ތެނެމޮސް ހަބިތަސިއޮން ލިބްރެ..”ރިސެޕްޝަން ގައިހުރި ޒުވާން ފުރައިގެ އަންހެން ކުއްޖާ ބުނެލި ޖުމްލައަކުން އަރްކާންގެ ނިތައް ރޫ އަރައިފިއެވެ.
“އެކްސްކިއުޒްމީ ވަޓް ހެޕެޑް” އަރްކާންގެ ފަހަތުގައި ހުރި ލިއާނާ ހައިރާންވެފައި ހުރެ އަހައިލިއެވެ.
“އޮންލީ ވަން ރޫމް ހޭޒް ބީން ބުކްޑް ފޯރ ޔޫ..އަންފޯޗުނޭޓްލީ ވީ ޑޫ ނޮޓް ހޭވް އެނީ ސްޕެއާރ ރޫމްސް އެވެއިލަބަލް އެޓް ދި މޯމެންޓް…” އެ އަންހެންކުއްޖާގެ ޖުމްލައިން ލިއާނާއަށް ދެލޯ މަރައިލެވުނެވެ. އެކަމުގެ ފަހަތުގައި އަޒީޒް އާއި ޝުހާދުގެ އަތެއް ވެދާނެ ބާއޭ އެވަގުތު އޭނާގެ ހިތައް އެރިއެވެ. ދަތުރަށް އަރްކާން އެއްބަސްވި ދުވަހު އަރްކާން ނުކުމެގެން ދިޔުމުން އެދެމީހުން ހެއުނު ވަރު އޭނާ ދުއްޓެވެ. ދެ ފަރާތައް ބޯ ހޫރުވާލާ ހޫރުވާލަ ހުރެފައި ލިއާނާ ބަލައިލީ އަރްކާންއާއި ދިމާލަށެވެ. އޭރު އޭނާގެ މޫނު ރުޅިން ގޮސް ހުރީ ރަތްވާ އަތައް އަޅާފައެވެ.
“ކެން ޔޫ ޗެކް އެގެއިން..ވީ އާރ ނޮޓް ޓްގޭދާރ” ލިއާނާގެ ގާތައް އަންނަމުން ދިޔަ ރުޅިގަނޑު ހިފަހައްޓަން މަސައްކަތް ކުރަމުން އޭނާ އަހައިލިއެވެ.
“ސޮރީ މިސް..ވީ ޗެކްޑް..” ދެރަވެލާފައި އޭނާ ބުނެލިއިރު، އިތުރު ގޮތެއް ނެތިގެން އަރްކާން އެމީހުން ދިން ތަޅުދަނޑީގައި ހިފިއެވެ.
އަރްކާންގެ ފޮށި ހިފައިގެން ލިފްޓަށް އަރަން ދިޔައިރު ފަހަތުން ލިއާނާއާދޭތޯ ވެސްބަލައި ނުލައެވެ. އެދިޔަ ބާރުމިނުގައި ލިފްޓަށް އެރުމަށްފަހު ލިފްޓްގެ ދޮރު ލެއްޕުނަ ނުދޭން އަތް އަޅާފައި ލިއާނާ ކޮބާތޯ ބަލާލިއިރު އޭނާގެ ފޮށި ހިފައިގެން ނާދެވިގެން އުޅުންގޮތް ފެނި އެހާ ރުޅިގަދަވެފައި ހުއްޓަސްވެސް ހިނިއަންނަގޮތްވިއެވެ. އެއްބައިފަހަރު ބާރުލާފައި ދެއަތުން ދަމައިގަނެފާނެއެވެ. އަވަހަށް އަންނަންފައިންވެސް ޖަހާލައެވެ. މާނޭވާ ލެވެމުންދިޔަ ލިއާނާ އައިސް ލިފްޓަށް އެރުމުން ހިނިތުންވުމުން ފޮރުވާލާފައި އާދައިގެ މަތިން ހުންނަ ހަރުކަށި ކުލަ ގެންނަމުން އެހުރިގޮތައް އަރްކާން ހުއްޓެވެ.
“ކީއްކުރަންތަ ވަކި ލިފްޓް ތި ހިފަހައްޓާ ދިނީ..”
“މިހާރު މަ ކީއްކުރީ..ރަނގަޅު އެއްގޮތެއް ވެސް ނޯވޭ ދޯ..” ލިއާނާ އައިސް ރުޅިވެރިކަމާއި އެކު ބުނުމުން ނޭނގޭ ކަމަށް ހަދާލަމުން އަރްކާން ވެސް ރައްދު ދިނެވެ.
“ނޫނޭ ހިއުމޭނިޓީ އޭ ކިޔާ ސިފައިގެ ވެސް ވަރެއް ބަހައްޓަން ވާނެ ދޯ..އެ ފޮށި ނުގެނެވިގެން އުޅުނީމަވެސް އެހީއެއް ވެސް ވާން ނޭނގުނުތަ..މަ މިތަނައް އައީ އަންނަ ހިތަކުން ނޫން..އެޓްލީސްޓް އަހަންނަށް ނުވާ ވަރުގެ ކަންކަން ވެސް ހުންނާނެ ދޯ” ރުޅިއާއި އެއްވަރަށް ޝަކުވާވެސް ލިއާނާގެ އަޑުގައިވިއެވެ.
“އެކްސްކިއުޒްމީ..އާރ ވީ ކްލޯޒް ޓް ހެލްޕް އީޗް އަދާރ..ދެމީހުން އެއް ރޫމެއްގެ އުޅެން ޖެހުނީމަ އޭގަމާނައަކީ ޖެހޭހާކަމެއްގަ އަހަރެންގެ އެހީ ހޯދަންޖެހޭނެއެކޭ ނޫން…އިތުރަށް އެތާގަ ފައިޓް ނުކުރަން އައީ އަހަރެންގެ އަގު ވެއްޓެން ބޭނުންނުވާތީ..އެހެންނަމަމިތާގަ ހުޅުޖަހާފަ ވެސް އަހަރެން ބަލާނަން ތި ލިއާނާއާއި އެއްކޮން ވާނެ ގޮތެއް ނެތް ތޯ..ހަނދާންކުރާތި ކޮންމެ ކަމެއް ކުރިއައިސް އައިސް ތިހުރީ އަހަންނާ އެއްކޮން ކަން..އަހަރެން ފޭސް އަހަރެން ސަލާމަތްކުރާނަން ކޮންމެ ހާލަތެއްގަ ވެސް..އަހަރެންގެ އިއްޒަތް ކިލަނބު ވާތަން ބަލާކަށް ނުހުރެވޭނެ…ހިތައް އަރާ ކިހިނެތް ބާއޭ ތަރުބިއްޔަތު ކޮށްފަ ތިހުރީ…އެއްވެސް އަހުލާގެއް ވެސް ނެތް” ލިއާނާ ދެކެ އަންނަ ރުޅި އަރްކާންގެ ކޮންމެ ޖުމްލައަކުން ހީވީ ލިއާނާއަށް އަންގަން އުޅޭހެންނެވެ.
އަރްކާންގެ ވާހަކަތައް ހުރި ގޮތުން ފުރަތަމަ ފަހަރަށް ލިއާނާގެ ހިތުގައި ޖެހޭގޮތް ވިއެވެ. އޭނާގެ މައިންބަފައިންގެ ހުރުމަތް ކުޑަވެގެން އަންނަތަން ބަލާކަށް އޭނައަކަށް ކެތެއް ނުވާނެއެވެ. ތަރުބިއްޔަތޭ ބުނިއިރުގަ ގައިމްވެސް އެ ޖުމްލަތައް ރައްދުވާނީ އޭނާގެ މައިންބަފައިންނަށް ތާއެވެ. ކެތްނުވެގެން ރައްދެއް ދޭން އަނގަހުޅުވާލި ހިނދު ޒެވިއަލްގެ ނަސޭހަތް މަތިން ހަނދާންވެ ދެލޯ މަރާލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރިއެވެ. ކިތަންމެ ރުޅި އައިނަމަވެސް ފުރަތަމަ ފަހަރު ކަމަށް ބަލާފައި ލިއާނާ ހަމަޖެހިލިއެވެ. ނަމަވެސް އަރްކާންގެ ފަރާތުން އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރް ވެއްޖެނަމަ އޭނާ އިތުރަކަށް ހަނު ނުހުންނާނެއެވެ. އޭނާ އެވަރު އެއްޗެއް ބުނުމުން އަރްކާން އެގޮތައް ބަވާލުން އޭނާއަށް ހަމަ ހައްގުބާވެއޭ ހިތާހިތާ ސުވާލް ކޮށްލެވުނެވެ. ލިއާނާ ފޯނު ނަގާލީ ޒެވިއަލްއަށް ނުގުޅޭ ކަން ހަދުމަވެފައެވެ. އޭނާގެ ފޯނު ނުނަގާތީވެ ލިއާނާ މެސެޖްއެއް ކޮށްލިއެވެ. އޭރު ލިފްޓްވެސް އަންނަން ބޭނުންވި ފްލޯއަށް އައިސްފިއެވެ. ލިއާނާ، ފޮށީގެ އަތްގަނޑުގައި ހިފައިލި ހިނދު އަރްކާން ވެސް ލިއާނާގެ ފޮށިގެ އަތްގަނޑުގައި ހިފައިލިއެވެ. ލިއާނާ ވަގުތުން އަރްކާންގެ އަތްފޮޅުވާލާފައި އޭނާއަށް ލެވުނުހާ ބާރެއްލާފައި އަތްގަނޑުގައި ހިފާ ދަމަމުން ބޭރަށް ނުކުތެވެ.
“އާހް..މައި ބިގް މައުތް” ލިއާނާގެ މޫނު ފެނުނު ހިނދު އަރްކާންގެ ހިތައް ޒާތެއްގެ އުނދަގުލެއް ވިއެވެ. ޔަގީނުންވެސް އޭނާގެ ފަރާތުން ދެންމެ އެއިވުނު ބަސްތަކުން ލިއާނާ ދެރަކޮށްލެވުނީއެވެ. ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރުވާލަމުން އަވަހަށް ހިނގައިގަތީ އޭނާ ހިތައް ވެރިވި އިހްސާސް ފިލުވާލުމަށެވެ. ނޫނެކެވެ. އޭނާ ކުރަންވީ އުފަލެވެ. އޭނާގެ ދުޝަމަނުގެ މޫނުން މާޔޫސީ ކުލަ ދުށުމަކީ އޭނާއަށް ލިބޭ ކާމިޔާބީއެއްތާއެވެ.
އަރްކާންގެ ފަހަތުން ގޮސް އެކޮޓަރިއަށް ވައިން ލިއާނާ އާޝޯހްވާގޮތްވިއެވެ. ވެފައި ހުރި ދެރަ ވެސް ފިލައިގެން ދިޔަ ފަދައެވެ. މުށީގެ ކުލަތަކުން ވާ އެތަން ފުރިހަކަމުން އޭނާގެ ދުލަކުން ބަހެއް ނައެވެ. ކިންގްސައިޒް އެދާއި އަލަމާރިއެއް އެއްކަނުގައި ހުރިއިރު އޭގެ ކުރިމައްޗަށް ވާހެން ދިގު ސޯފާސެޓާއި ޓީވީއެއްވެއެވެ. ތިރިފާރުބުރިއަކުން ވަކިކުރެވިފައި ކުޑަވަރެއްގެ ބަދިގެއެއްވާއިރު އެތަނުގައި މިނީބާ އެއްވެސް ވެއެވެ. ކޮޓަރިއަކަށް ވުރެން ބޮޑަށް ވައްތަރީ އެޕާޓްމެންޓަކާއިއެވެ.
“ތިނެއްޖަހާއިރު މީޓިންގް އޮތީ.. މީޓިންގް އިންނާނެ ގޮތް އެނގޭނެ ..މި ދާ ބައްދަލްވުމުގަ އަހަރެން އެކަނި ވާހަކަ ދައްކާނީ…އަހަންނާއި އެމީހުންގެ ވާހަކަ ދެކެވޭނީ ބޮޑަށް އަޕްގްރޭޑިންގްސް އާއި ބެހޭގޮތުން…ލިއާނާއަށް އަނެއް ހެން ކަމެއް ނީންނާނެ..ބަޓް އޭޒް މައި ސެކްރަޓަރީ އެނގޭނެކަމަށް މިބަލަނީ ލިއާނާގެ ޒިންމާ” ކޮޓަރީގެ ފުރިހަމަ ކަމަށް ގެއްލިފައި ހުރި ލިއާނާ ސިހުނީ އަރްކާންގެ އަޑުންނެވެ. އަރްކާންގެ އަޑު އިވުނު ހިނދު މޫނުގައި ހުރި އުފާވެރިކަން ފޮރުވާލިއެވެ. އޭނާ އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.
ލިއާނާ އެއްޗެއް ނުބުނުމުން މިފަހަރު އަރްކާންއަށް އުނދަގޫ ގޮތެއްވިއެވެ. ނަމަވެސް ދެކޮނޑު އަރުވާލާފައި އޭނާ އެހެންކަމަކާއި އުޅެންފެށިއެވެ.
”އަހަންނަށް އެނދު..އައި ކޭންޓް ސްލީޕް ބެޑް ނޫން އެހެން ތަނެއްގަ” ލިއާނާ މަޑުމަޑުން ބުނެލިއެވެ.
“ދެން ތިބުނީ އަހަރެން ސޯފާގަ އޮންނަން ވީ އޭތަ..ނޯ ވޭ…ވަޓް ޑޫ ޔޫ ތިންކް އަހަންނަކީ ވެސް ބެޑް ގަ ނިދާ އުޅޭ މީހެއް…”
“އައި ޑޯންޓް ކެއާރ ތީނަ ތީ ކޮންމެ ތާކު ނިދާ މީހަކަށް ވިއަސް…އައި ހޭވް ދިސް ބެކްޕެއިން…އަމްނޮޓް ލައިން ޓް ޔޫ..” ލިއާނާ އަރްކާން އާއި ދިމާ ބަލާލަމުން ލޯ އަޅާލިއެވެ.
“އޯހް ޑޭމްމް..ބެކް ޕެއިން އޭ..އައި ހޭވް ބަޓް ޕެއިން..މޮޅެތި ވާހަކަ ނުދައްކާ ހުރޭ..” އަރްކާންވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.
“ގުރު ލާން ވީނުން..އައި ހޭވް ބެކް ޕެއިން އެންޑް ޔޫ ހޭވް ބަޓް ޕެއިން..ސޯ ދެމީހުންނަށް ވެސް ފެއާރ ވާނީ އޭރަށް އެހެންނު..ދޯ” ރާގު ދަމާލާފައި ލިއާނާ ބުނެލީ ޖެއްސުމުގެ ރާގެއްގައެވެ. އަރްކާން ދޫ ކޮށްލީ ފުންނޭވާ އެކެވެ. އެންމެފަހުން ދަބަހުން ކުޑަ ނޯޓުފޮތަކާއި ގަލަމެއް ހިފައިގެން އައިސް ގުރުއަތު ލުމަށް އުޅެންފެށިއެވެ.
“ހޫމް ދެން ނަގާ..އެކަތީގަ އިންނާނީ ބެޑް..އަނެއް އެތީގަ އިންނާނީ ސޯފާ” އަރްކާން އަތުގެ ތެރޭގައި އޮތް ދެކަރުދާސް ކޮޅު ލިއާނާއަށް ދައްކާލިއެވެ.
“މަށައް ކިހިނެތް އެނގޭނީ އަރްކާން މަކަރެއް ނުހަދާނެކަމެއް ވެސް..އެހެން ނޫނަސް މަށެއް ނޫޅެން އަރްކާން ގައިގަ ޓަޗް ކުރާ ހިތަކުންނެއް.. ތި ބަހައްޓާ ކޮންމެވެސް ތާކު” ލިއާނާ ގަދަ ހަދާލުމުން އަރްކާން މޫނައް ވައްތަރެއް ޖައްސާލައިގެން ހުރެ ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތިގައި ކަރުދާސްކޮޅުތައް ބެހެއްޓިއެވެ.
ކަރުދާސްކޮޅު ނެގިއިރު އިއްތިފާގުން ލިއާނާއަށް ލިބުނީ ސޯފާއެވެ. އަރްކާންއަށް ލިބުނީ އެނދެވެ.
“މަށައް އެނގޭ އޭރުވެސް އަރްކާން ހަދާނީ ދޮގުކަން..އަބަދު ވެސް އުޅޭނީ މަކާރާއި ހީލަތުން..މަށާ ދިމާލަށް އެއްޗެއް ނުބުނެ ދިޔައީމަ ވެސް އެނގޭ މޮޅުކަމެއް ކުރާނެކަން..” ލިއާނާ އިނީ ރުޅީގަދަ ވެފައިއެވެ. މިފަހަރު އަރްކާން އޭނާ ގެންގުޅުނު ނޯޓު ފޮތާއި ގަލަން ލިއާނާ އަށް ދިނުމަށްފަހު އަލުން ނަން ޖަހާށޭ ބުނެލިއެވެ.
ލޯ އަޅާލައިގެން ހުރި ގޮތައް ލިއާނާ އެ ފޮތާ ގަލަން ވެސް ޖަހައިގަތެވެ. ދެ ކަރުދާސްކޮޅު ތައްޔާރުކުރުމަށްފަހު އަލުން ނެގުމަށް ބުނެލިއެވެ. އަރްކާން ކަރުދާސްކޮޅު ނެގީވެސް ލިއާނާ ނެގިފަހުންނެވެ. ލިއާނާ ބަލަން ދެން އަރްކާން ކަރުދާސްކޮޅި ނިއުޅައިނުލާ މަޑުކުރިއެވެ.
“ވަޓް ދަ ހެލް”މިފަހަރުވެސް ލިއާނާއަށް ލައްވާލީ ސޯފާއެވެ. އޭނާ ރުޅިގަދަވެފައި ހުރެ ބަލައިލި އިރު އަރްކާން ކާމިޔާބީގެ ހިންޏެއް ހީލައިގެން އިނެވެ.
“ހޫމް ހޫމް..މިފަހަރު ލިއާނާ ތިޔަހެދި މަކަރުން ވެސް ކާމިޔާބު މިލިބުނީ މަށައް..ނޯ މޯރ އާގްއިމެންޓްސް..” އަރްކާން ދިޔަގޮތައް ގޮސް އެނދަށް ޖެހިގަތެވެ. ހަވީރު އޮންނަ ބައްދަލުވުމަށް ދާން ވާއިރަށް އޭނާ ހުރީ އަޜާމްކޮށްލަން ނުހަނު ބޭނުންވެފައެވެ. ލިއާނާ އެއްޗެއް ބުނެފާނެތީ އެނދުގައި ބަންޑުން އޮތްތި ގޮތަށް ކަންފަތާއި ބޯ ފޮރުވޭނެހެން ބާލީހަކުން ނިވާވެސް ކޮށްލިއެވެ. އޭރު ލިއާނާ ރުޅިގަދަވެފައި ހުރެ ގޮސް ފާހާނައަށް ވަދެއްޖެއެވެ.
***
ޑިއުޓީ ނިމިގެން ގޭގެ ކުރިމައްޗަށް ސައިކަލު ހުއްޓާލި ކަޔާންގެ ނަޒަރު ހުއްޓުނީ އެގޭ ކުރިމަތީގައި ހުރި ގޭގެ ފާރަށް ލެނގިލައިގެން ހުރި ސޯފިއާއަށެވެ. އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފިލްޓާރ ފެނި ކަޔާން ގާތައް ރުޅި އަންނަ ގޮތްވިއެވެ. އެހާ ފާޅުކަން ބޮޑު ގޮތަކަށް ސޯފިޔާހުރި ސިނގިރޭޓް ބޯން ހުރިއިރު މަގުން ހިނގަމުންދިޔަ މީހުންނަށް ވެސް އުނދަގު ވާހާ މިންވަރަށް އޭނާ ދިޔައީ ދުންބުރުވަމުންނެވެ.
ސޯފިޔާ ހުރިމީހަކަށް ހަދާނުލާ ދާން އުޅުމުން އަވަސްފިޔަވަޅު ތަކެއްގައި މަގު ހުރަސްކޮށްލާފައި އޭނާ އައި ގޮތައް އައިސް ހިފައިލީ ކަޔާންގެ އަތުގައެވެ. ކަޔާން ވަގުތުން އަތްފޮޅުވާލިއެވެ.
“އާދޭ” މީހުންގެ ނަޒަރު އަމާޒުވާތީ ކަޔާން ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ކަޔާން ދިރިއުޅޭ އެޕާޓްމަންޓްއަށް ސޯފިއާ ގޮވައިގެން ވައިން އިރު ވެސް ދުވާ ސިނގިރޭޓްވަހުން ކަޔާންއަށް ހުރީ އުނދަގުވެފައެވެ.
“ކީއްކުރަން ތިއައީ..އެދުވަހު ސޯފިއާއާއި މަ އަނގައިން ބުނީ އެތާގަ އަހަރެންގެ އެންމެ ގާތް އެކުވެރިއާ ހުރީމަ.. އެހެންނޫންނަމަ އަޅާ ވެސް ނުލާނަން..އަހަރެންގެ އަގު އެހެންމީހެއްގެ ކުރިމަތީގަ ވެއްޓޭތަން ބަލަން އަހަންނަކަށް ނުހުރެވޭނެ..ހާއްސަކޮން މި ޔުނީފޯމްގެ އަގު” ކަޔާން ހިތްހަމަ ނުޖެހިފައި ހުރި މިންވަރު އެންމެ ޖުމްލައަކުން ވެސް ހާމަވެއެވެ.
ކަޔާންގެ ފަހަތުން އައިގޮތައް ސޯފިއާ ބައްދާލިއެވެ. ވަގުތުން ކަޔާން، އޭނާ ގައިން ނައްޓުވާލާފައި ކުރިމަތީގައި ހުރި ސޯފާއާއި ދިމާލަށް ހޫރާލިއެވެ. އޭރު ކަޔާންގެ ދެލޮލުން އަލިފާންކަނި ބުރާހެން ވެސް ހީވެއެވެ. ޝަހާދަތް އިނގިލި ހިއްލާލާފައި އޭނާ ސޯފިއާއާއި ދިމާލަށް ބަލާލީ އިންޒާރު ދެފަދައަކުންނެވެ.
“ދެން ޔާން..އޫޕްސް އައި މީން ކަޔާންބެ…އަހަހަ އަހަރެން ހަނދާން ނެތުނިއްޔޭ ތީ ބޭބެ ކަން” ސޯފިއާ އޭނާގެ އަޅިކުލައިން ހައިލައިޓްކޮށްލާފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ސޯފާގައި ހަމަޖެހިލިއެވެ.
“ސޯފީ ލަދެއް ވެސް ނުގަނޭތަ ތި ވައްތަރަށް އުޅޭކަށް..އާން މަ މީ ސޯފިއާގެ ބޭބެ އެއް..ސޯ ބިހޭވް ޔޯ ސެލްފް..ދެން މިގޭ ކުރިމަތިން ފެނިގެން ނުވާނެ އިނގޭ..އެހެންނޫނީ-”
“އެހެންނޫނީ ކީއްކުރެވޭނީ..ހާން ހާން..މަށައް ވެސް އެނގެއޭ ތިވަރަށް ނުކިޔާދިނަކަސް އެދުވަހު އެ ހޮޓް ފިރިހެން ކުއްޖާ ޔާން ކައިރީގަ ހުރީމަ ކަން އެހާ ނައިސް ވެގެން އުޅުނީ..އޭނާކުރިމަތިން ގެއްލުނީމަ މަ އެއްލާލާފަ ދިޔައީއެންނު..ހޮސްޕިޓަލަކަށް ވެސް ނުގެންދަމެންނު..އެހެންނޫނަސް މީގެ ހައެއްކަ މަސް ކުރިން އަހަރުން ދެމީހުންގެ ދެމެދުގައި ކަމެއް ނުހިނގާ ކަމަށް ވާނެތަ..” ކަޔާންގެ ވާހަކަ ހުއްޓުމަކަށް ގެނެސް ސޯފިއާ ބުނެލި ވާހަކައިން ކަޔާންގެ ގާތައް އައީ ހިންޏެވެ.
“ސޯފިއާ އަށް ވެސް އޮޅިފައެއް ނޯންނާނެ އަހަރެންގެ އަތުގަ އެވިޑެންސް ހުރިކަން އަދި އެކަމާއި ނޫޅެ މިހުންނަނީ ކީއްވެކަން ވެސް…ތިއީ ކިހާ ބޮޑު ކްރިމިނަލް އެއް ކަން ވެސް ހޯލް ފެމިލީ ނޯޒް..ހަހަހަ އަދި މަށައް ބިރު ދައްކަން މިތަނައް އައިސް އެބަހުރި..އާހް އަދި ބުނެފިއެންނު ހޮޓް ފްރެންޑޭ.. އޭނަ އާއި ވައިވެސް ނޭޅޭތި..”
”އޯހް މައި ކަޔާންބޭބޭ…މަ މިތަނައް އައީ ވެސް އެހެންވެ ސޯ ކިހިނެތް ނާހާ ދާނީ..ކާކުތަ އެއީ” ލަދެއް ނެތި ސޯފިޔާ ދިމާކޮށްލީ ކަޔާންގެ އަތުގައި އަތްލެވޭތޯއެވެ. ނަމަވެސް ކަޔާން މާ ހުށިއާރެވެ. މިފަހަރުވެސް ސޯފިއާ ދުރަށް ކޮއްޕާލިއެވެ.
“ގައިގާ އަތް ނުލާތި…އޭނަ އާއި ނޫޅޭށޭ ބުނެފީމެންނު..ކަލެއަށް ރަނގަޅުވާނީ ބޮޑަށް ކަލޭ ކަހަލަ ވައި ކުޅަނދުރެއް…އާހް ..ހަހަހަ އެއް ޥާހަކަ ބުނަންތަ..އޭނަ އެއީ އަލާރާގެ ގެ ބޮޑީގާޑް..އަލާރާއަކީ ކާކު ކަން މަ ނުޖެހޭނެ ކަންނޭގެ ބުނެދޭކަށް” ކަޔާންގެ ޖުމްލައިން ސޯފިއާގެ މޫނުމަތިން ކޮކާ ބުރައިގެން ދިޔަފަދައެވެ. އޭރު ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ކަޔާން ދިޔަގޮތައް ގޮސް ގޭގެ ދޮރު ހުޅުވުމަށްފަހު ސޯފިއާ ގާތު ނުކުމަންނާށޭ ބުނެލިއެވެ. އޭރުވެސް ސޯފިއާ ހުއްޓުން އެރިގޮތައް ހުރިއިރު އެ މަންޒަރު ފެނި ކަޔާންއަށް މަޖާވިއެވެ. ސޯފިއާގެ އަތުގައި ހިފާ ދޮރުން ބޭރަށް ނެރެފައި އޭނާގެ މޫނުމައްޗަށް ކަޔާން ދޮރުޖެހިއެވެ.
ކަޔާން ދިޔަގޮތައް ގޮސް ޖެހިގަތީ ސޯފާއަށެވެ. އޭރު އޭނާގެ ފިރިހެންވަންތަ މޫނުމަތިގައި ވަނީ ނުރުހުންތެރިކަމެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނު ނަގައި ބަލައިލި އިރު އަރާފައި އިން ނަމްބަރުން އިތުރަށް މޫނަށް ފޫހިކަން ވެރިވެގަތެވެ.
“އާން..ރަނގަޅު ވަގުތަކު ތިގުޅީ..އަދުނާންބޭ މަށައް ވަރަށް ރަނގަޅު ބޭބެގެ އެހުރި އަންހެން ދަރި ގޭގަ މައިތިރިވާނެ ގޮތެއް ހަދައި ދީފިއްޔާ..އޭނަގެ ސަބަބުން އަހަންނަށް އަހަރެންގެ މައިންބަފައިންނާއި ވެސް ޖެހުނީ ދުރުވާން.. އަހަންނަށް ރަނގަޅީ ދުވަހަކުވެސް އަހަރެންގެ ދެލޮލަށް އޭނަ ނުފެނުނިއްޔާ..ދެން އޭނަ މިގޭދަށުން ފެނިއްޖެޔާ ވާނެގޮތް މާ ރީއްޗެއް ނުވާނެ…އަހަންނަކީ ކާކުކަން އޮޅިފައެއް ނޯންނާނެ ކަންނޭގެ” ކަޔާންގެ ކޮންމެ ޖުމްލައަކަށް އަދުނާން އާއެކޭ ބުނި އިރު އޭނާގެ އަޑުގައި ހުރި ނުތަވަސްކަން ކަޔާންއަށް އިހްސާސްވިއެވެ. އެކަމުން ވެސް ކަޔާން ވެފައި ހުރީ ފޫހި ވި އިތުރެވެ.
****
މެންދަމުގެ ހަމަހިމޭން ވަގުތު، މުޅި ގޭ ހިމޭންކަމުގެ ފޭރާމެއް ލައިގެން އޮތެވެ. ހިމަފޮދުވާރޭ ވެހެމުން ދިޔައިރު ފިނިފިނި ވައިރޯޅިތައް ބާރުމިނުގައި އަންނަމުންދިޔައެވެ. އާދައިގެމަތިން ގޭގެ ދެފަރާތުގައި ހިޔާކޮށްފައިވާ ތަންކޮޅެއްގައި ސެކިއުރިޓީ ދެ އޮފިސަރުން އެމީހުންގެ ވާޖިބައިގެން ތިއްބެވެ. ކޮންމެ މީހެއްގެ އަތުގައި އާވިއަރައަރާހުރި ކޮފީ ޖޯޑެއް އޮތެވެ.
ގޭގެ ދޮރުވާނުންގެ ހަރަކާތްތަކަށް ފާރަވެރިގެން ހުރި، ޒުވާން ފުރައިގެ ފިރިހެނެކެވެ. ކަޅުކުލައިގެ ހޫޑީ އެއްގައި ހުރިއިރު މޫނުވެސް ހުރީ ކާކުކަން ނޭނގޭ ވަރަށް ފޮތިގަނޑެއް އޮޅާފައި ނިވާ ކޮށްފައެވެ. މޫނުން ހަމައެކަނި ފެންނަނީ ދެލޮލެވެ. އެގޭ ފެންނަ ހިސާބު ތަންކޮޅެއް ދުރުގައި ހުރުމަށްފަހު އެގެޔާއި ކައިރިވާން ފެށިއެވެ. ގޭޓު ކައިރިން ދަމުން ވަރަށް ރަނގަޅަށް އެތަނުގައި ތިބި ދޮރުވާނުންނަށް ނަޒަރެއް ދިނެވެ. ގޭޓު ފަސްދީފައި ދެން އޭނާ ގޮސް ހުއްޓުނީ އެގޭގެ އެއްކަނުގައެވެ. އެދިމާލަށް ވާހެން އެތެރެފަރާތުގައި ބިޔަ ގަހެއް ވެސް ހުއްޓެވެ. އެތަނުގައި ހުންނަ އިރު ބޮޑު ގެއެއް ކަމުން ގޭޓު ފެންނަނީ ލޮލު ކޮޅަށެވެ. ދެކޮޅު ބަލާލައިފާ މީހެއްގެ ހިލަމެއް ނުވާތީ ދެން އޭނާ ލާފައި ހުރި ހޫޑީގެ ޒިޕް ކަހާލުމަށްފަހު ކުރިންސުރެން އަޅުވައިގެން ހުރި ދަބަސް ނަގާ، ޒިޕް ކަހާލަމުން އެއިން ނެގި ދިގު ވާގަނޑެއް އަތުކޮޅަށް އެއްލާލީ ގަހަދިމާލަށެވެ. އޭނާ އަމާޒު ކުރިފަދައިން ނުހަނު ރީއްޗަށް ވާގަނޑު ގޮސް ގަހުގެ ކުރީގައި އޮޅިގަނެ ހަރުލިއެވެ.
ފަރިތަކަމާއިއެކު ވާގަނޑުން އަރައިގެން ގޮސް، އޭނާ ފާރުގެ މައްޗަށް އެރިއިރު ވިއްސާރައިގެ ސަބަބުން ދެތިންފަހަރަކު ކަހާވެސްލިއެވެ. ފާރުމަތިގައި އޮވެ ގޯތިތެރެއަށް ނަޒަރެއް ދިން އިރު މީހެއްގެ ހިލަމެއް ނުޥާތީ އުސް ފާރުމަތިން ޖެހިލުމެއްނެތި އޭނާ ފުންމާލިއެވެ. އެދިމާލަކީ ގޭގެ ގުދަން ހުންނަ ފަރާތެވެ. ތެދުވެ ގައި ފޮޅާލަމުން ދެން އޭނާ އަމާޒުހިފީ ގެޔަށް ވަންނަން އިންނަ ދޮރަށެވެ. އަތުގައި ކަށިގަނޑެއް ވެސް އޮތްއިރު ހީވާގޮތުން އެއީ ތަޅު ހަލާކު ކޮށްލަން ގެނައި ވަސީލަތެވެ. ނަމަވެސް ނަސީބުވެސް އޭނައާއި އެއްކޮޅުވިއެވެ. އެންމެ ފަހުން ގެޔަށް ވައިން ދޮރުވާނު ހަނދާނުން ކައްސާލައިގެން ގޭގެ ދޮރު ހުރީ ތަޅުނުލެވިއެވެ.
އެތެރެއަށް ވައިން ގޮތައް ތިންވަނަ ފަންގިފިލާއަށް އަރައި އޭނާގެ މިސްރާބު ހުރީ އަލާރާގެ ކޮޓަރިއާއި ދިމާލަށެވެ. ހީވަނީ އެގެޔަށް ފަރިތަ މީހަކީ ހެންނެވެ. ނޫނީ މީހެއްގެ އިރްޝާދުގެ ދަށުން އެކަންކަން ކުރަމުން ދިޔަހެންނެވެ. އެހާ ވެސް އޭނާގެ އުކުޅުތައް ފަރިތަވެފައި ސިއްރުވެރިއެވެ. އަލާރާގެ ކޮޓަރީގެ ތަޅުލާފައި ހުރުމުން އޭނާގެ އަތުގައި އޮތް ކަށިގަނޑުގެ ބޭނުން ކޮށް ތަޅު ހަލާކުކޮށްލިއެވެ. ކަށިގަނޑު ޖީބަށް ކޮށްޕާލާފައި ދެން ނެގީ އަނެއްއަތުގައި އޮތް މިޔަތޫނު ފިއޮއްސެވެ. ނިދާ ބޮކީގެ ލުއި އަލި ތަނަށް ފެތުރިފައިވީއިރު އަލާރާގެ މައުސޫމު މޫނަށް ބަލައިލީ ވިހަގޮތަކަށެވެ. ކައިރީގައި އީވާވެސް ނިދާފައި އޮތެވެ. އެމީހަކު ދިޔަގޮތައް ގޮސް އެއްއަތުން އަލާރާގެ އަނގަމަތީގައި އަތް އެޅިއެވެ. އަނެއް އަތުން އަލާރާގެ ކަރަށް ބާރުކޮށްލިއެވެ.
ކުއްލިއަކަށް އަލާރާއަށް ހޭވެރިކަންވީ އޭނާގެ ގާތުގައިވި މީހާގެ އިޙްސާސްކުރެވިގެންނެވެ. ކަރުގައި ހިފައިގެން ހުރި އަތުގައި އަތް އަޅުވައި ނެއްޓޭ ތޯ ވެސް އުޅުނެވެ. ވާ ތަދުން އޭނާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައިރު ހަޅޭއްލަވަން ކުރި މަސައްކަތް ވެސްވި ބޭކާރެވެ. ތަނެއް ނުފެންނާތީ ކުރިމަތީގައި ހުރީ ކާކުކަމެއް ވެސް ނޭނގޭނެތާއެވެ.
“ދޫ..ދޫ..ކުރޭ..މަންމާ..އާހް” ލިބުނު ތަންވަޅެއްގައި ހަޅޭއްލަވައިގަން ހިނދު އެމީހާގެ ހަމަލާ އަލާރާގެ އަނގަމައްޗަށް އަރައިގެން ގޮސް އެއަޑުވެސް ފަޑުވިއެވެ.
“ނުކުރާނަން..އަހަރެން އެހާ ތައްޔާރުވެގެން މިއައީ ކަލޭގެ ފުރާނައަށް..އެންމެ ކުރިން ވެސް އިންޒާރު ދިނިން..އަހަރެން ބުނިން ޝަވަންއާއި ދުރުވާށޭ..ކަލޭ އަމިއްލައަށް މި އަނިޔާ ހޯދައިގަތީ” އޭމީހާ ގޮށްމުށުގެ ދެތިންބޮނޑި އައަޅައިލި ހިނދު އަލާރާގެ ހެއަށް ގޮތްވާން ފެށިއެވެ. އެވަގުތުވީ ކައިރީގައި އޮތް އީވާއަށް ވެސް ހޭލެވުނު ވަގުތެވެ. އީވާއަށް ލިބުނު ސިހުމުގައި ބިރުން ގޮސް ރޮއިގަތެވެ. އިސާހިތަކު އެތަނުގައި ހިފައިލީ ވޭނީ ހަޅޭއްކެއްގެ އަޑެވެ.
***
(ނުނިމޭ)